މުޙައްމަދު ރިޝްވާން ވ. ޢުމަރު ޒާހިޜު ޢަބްދުއްސަމަދު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 1501/Cv-C/2017
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- އަނގަބަހުން ކުއްޔަށްދިން އިމާރާތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކުރި ދަޢުވާގައި، ޚަޞްމުންނަށް އެކަށީގެންވާ ފުރުޞަތު ނުދީ، ޝަރުޢީ އަގުކުރާ ކޮމިޓީގެ ބޭނުން ނުހިފައި، މުޖުތަމަޢުގެ ޢުރުފަށް ރިޢާޔަތް ނުކޮށް، ހެކިބަޔާންތަކުގައި ސޮއިކުރުން ލަސްވެގެން ސިވިލް ކޯޓުގެ ޙުކުމަށް އަސަރުކުރިތޯ؛ އަދި އިސްތިއުނާފީ ނުކުތާތައް ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ މިންގަނޑަށް ފުރިހަމަވޭތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 މަދަނީ ޚުޞޫމަތްތަކުގައި ދަޢުވާ ސާބިތުކުރުމުގެ ބުރަ އުފުލަންޖެހެނީ ދަޢުވާކުރާ ފަރާތުންނެވެ. ދަޢުވާ ރައްދުވާ ފަރާތުން ކުރިމަތިކުރާ ދިފާޢީ ދަފްޢު ސާބިތުކުރުމުގެ ބުރަ އުފުލަންޖެހެނީ އެ ދަފްޢެއް ކުރިމަތިކުރި ފަރާތުންނެވެ. ޚަޞްމުންގެ އަތުގައިވާ ޤާނޫނު ހުއްދަކުރާ އެންމެހައި ހެކިތަކާއި ދަލީލުތައް ހުށަހެޅުމުގެ ފުރުޞަތު ކޯޓުން ފަހިކޮށްދޭންވާނެއެވެ.
HN2 ކުއްޔަށް ހިފި ތަން ދޫކޮށްލިއިރު ތަނަށް ލިބުނު ގެއްލުމުގެ ބަދަލު ކުއްޔަށް ހިފި ފަރާތުން ހޯދަން ދަޢުވާކުރާ ފަރާތުން، ތަން ކުއްޔަށް ދެވުނުއިރު ހުރި ޙާލަތާއި، އޭގެ ފަހުން ލިބުނު ގެއްލުންތަކާއި، އެ ގެއްލުންތަކަށް ކުއްޔަށް ހިފި ފަރާތް ޒިންމާވާންޖެހޭ އަސާސް ސާބިތުކޮށްދޭންވާނެއެވެ.
HN3 ތަންތަނާއި ތަކެތި އަގުކުރުމުގައި ރިޢާޔަތްކުރާނީ އަގުކުރާއިރު ހުރި ޙާލަތަށް ބަލައި އަގު ކަނޑައެޅުމަށެވެ. ޚަޞްމަކު ބުނާ ޚަރަދު ޚަރަދުވެފައިވޭތޯ ބެލުމަކަށް ނޫނެވެ. ތަން ކުއްޔަށް ދިންއިރު ހުރި ޙާލަތު ނޭނގޭ ޙާލަތެއްގައި ޝަރުޢީ އަގު ކޮމިޓީ މެދުވެރިކޮށް އަގުކުރުމަކުން ކުއްޔަށް ހިފި ފަރާތް ޒިންމާވާންޖެހޭ މިންވަރު ދެނެގަނެވޭނެ ބުރަވެވޭ ނަތީޖާއެއް ނުނިކުމެދާނެއެވެ.
HN4 ކުއްޔަށް ދޭ ތަން މަރާމާތުކުރުމާމެދު ދެފަރާތުގެ މެދުގައި އެއްބަސްވުމެއް ނެތި، ކުއްޔަށް ދިންއިރު ހުރި ޙާލަތުވެސް ނޭނގޭއިރު، ތަން ދޫކޮށްލުމަށްފަހު ކުއްޔަށް ދިން ފަރާތުން ކޮށްފައިވާ އެންމެހައި މަރާމާތަށް ކުއްޔަށް ހިފި ފަރާތް ޒިންމާވާންޖެހޭނެކަމަށް ކަނޑައެޅޭނެ ހަމައެއް ނެތެވެ.
HN5 ފަނޑިޔާރުންގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ރ) ގައިވާ އެކަށީގެންވާ ފުރުޞަތު ނުދީއޮތްކަމަށް ބުނާނަމަ، ހުށަހެޅުމަށް ފުރުޞަތު ނުދިނީ ކޮން ހެއްކެއްކަން ނުވަތަ ދެއްކުމަށް ފުރުޞަތު ނުދިނީ ކޮން ވާހަކައެއްކަން ތަފްޞީލުކޮށް ބަޔާންކުރަންވާނެއެވެ. އަދި ވަކި އިޖުރާއަތެއް (މިސާލަކަށް ޝަރުޢީ އަގު ކޮމިޓީ މެދުވެރިކޮށް އަގުކުރުން) ލާޒިމުކަމަށް ބުނާނަމަ، އެކަން ލާޒިމުކުރާ ޤާނޫނެއް، ޤަވާޢިދެއް ނުވަތަ ކޯޓުގެ ޙުކުމެއް ދައްކަންވާނެއެވެ.
HN6 މުޖުތަމަޢުގައި ޢަމަލުކުރާ ގޮތް ނުވަތަ ކޯޓެއްގައި ޢަމަލުކުރަމުން އަންނަ ގޮތް ދަށު ކޯޓުން ދޫކޮށްލާފައިވާކަމަށް ބުނާ ނުކުތާއެއް ހަރުދަނާ ޤާނޫނީ އަސާސަކާ ޙަވާލާދީ، އެ ޢާދަ ބަޔާންކޮށް އަދި އެފަދަ ކަމަކަށް ރިޢާޔަތްކޮށް ކޯޓަކުން ކޮށްފައިވާ ޙުކުމަކާ ޙަވާލާދީ ހުށަހަޅަންވާނެއެވެ.
HN7 ހެކިބަޔާންތަކުގައި ސޮއިކުރުން ލަސްވުމުން ޙުކުމަށް އަސަރުކުރިކަމަށް ބުނާނަމަ، އެކަމުގެ ސަބަބުން ޙުކުމަށް ކުރި އަސަރަކީ ކޮބައިކަން ނުވަތަ ނިކުތް ނުރަނގަޅު ނަތީޖާއަކީ ކޮބައިކަން ބަޔާންކޮށްދޭންވާނެއެވެ.
HN8 ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނީ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައިވާ ޙާލަތެއް މެދުވެރިވެގެންނެވެ. އިސްތިއުނާފުގެ ޙައްޤަކީ ތިން މަރުޙަލާއިން މައްސަލަ އަލުން ބެލުމެއް ނޫނެވެ. 43 ވަނަ މާއްދާގެ ޙާލަތެއް އޮތްކަން ތަފްޞީލާއެކު ހާމަކުރުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެވެ. ޤާނޫނީ ގޯހެއް ހަދާފައިވާކަމަށް، ނުވަތަ ހެކިތަކަށް ނުވަތަ ދެއްކި ވާހަކަތަކަށް ރިޢާޔަތްނުކުރާކަމަށް ޖުމްލަ ގޮތެއްގައި ބުނުމަކުން އެ މިންގަނޑަށް ނުފޯރައެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ، މުޙައްމަދު ސަލީމް، ޢަބްދުލްމާނިޢު ޙުސައިން
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: މުޙައްމަދު ސަލީމް، ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 1501/Cv-C/2017 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި މާލެ، މުޙައްމަދު ރިޟްވާން (އައި.ޑީ. (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "މުޙައްމަދު ރިޟްވާން) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މާލެ / ދަފްތަރު ނަންބަރު 5378، ޢުމަރު ޒާހިރު ޢަބްދުއްޞަމަދު (އައި.ޑީ. (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ޢުމަރު ޒާހިރު ޢަބްދުއްޞަމަދު") އެވެ. މައްސަލައިގެ ފަސްފަހަތް:
2[…] 04 (ހަތަރެއް) ފަންގިފިލާ ކުއްޔަށްދިނުމާއި ގުޅޭ ގޮތުން އިސްތިއުނާފު ކުރާ ފަރާތާއި، އިސްތިއުނާފު ރައްދުވާ ފަރާތުގެ ދެމެދު އަނގަބަހުން އެއްބަސްވުމެއް ވެވިފައިވެއެވެ.
3މި އެއްބަސްވުމުގެ މުއްދަތަކީ 05 (ފަހެއް) އަހަރު ދުވަސްކަމަށާއި، މި އެއްބަސްވުން ފެށޭ ތާރީޚަކީ 01 އޮގަސްޓް 2011 ކަމާއި، ކުލީގެ މުއްދަތު ނިމެނީ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ކަން ދެފަރާތުގެ ބަހުން އެނގެން އޮވެއެވެ.
4ދެފަރާތުގެ ދެމެދުގައި އަނގަބަހުންވެފައިވާ އެއްބަސްވުމެއްގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތުން […] 04 (ހަތަރެއް) ފަންގިފިލާ ކުއްޔަށްހިފައި، އެތަނުގެ ކުލި ފުރިހަމައަށް ދައްކަމުން ގޮސްފައިނުވާތީއާއި، ތަން މަރާމާތު ނުކުރުމާއި، ތަން ހުސްކޮށް ނިކުތުމަށް ކުއްޔަށްދީފައިވާ މުއްދަތު ހަމަވެގެން އިމާރާތް ހުސްކޮށް ތަން ޙަވާލުކޮށް ނިކުތުމަށްބުނެ އެންގުމުން އެކަމާ ބަހަނާ ދައްކައި، އިތުރަށް ސިވިލް ކޯޓުގެ ނަންބަރު 1501/Cv-C/2017 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ (ށ) އބމ ދިން މުއްދަތު ފަހަނައަޅައި ދިއުމުންވެސް ކުލިދޭންވާ މިންވަރަށްނުދީ ތަނުން ނިކުމެފައިނުވާތީއާއި، އެއްބަސްވުމާއި ޚިލާފަށް ތަން ވީރާނާކށޮ މަރާމާތުކޮށްނުދީ ބައެއް ބިލްތަކަށް ފައިސާވެސް ނުދައްކައި، ތަނުގެ ދެމަހެއްގެ ބިލްތަކާއި ކުލިވެސް ނުދައްކައި ތަންހުސްކޮށ ގޮސްފައިވާކަމަށް ބުނެ، އެ އިމާރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއި، ކުލި ނުދައްކައި އޮތް 02 (ދޭއް) މަސްދުވަހުގެ ކުއްޔަށްވާ ފައިސާ ހޯދުމަށް އެދި އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ދައުވާ ރައްދުވާ ގޮތަށް ސިވިލް ކޯޓުގައު އިސްތިއުނާފި ކުރާ ފަރާތުން ދައުވާ ކޮށްފައިވެއެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމި ގޮތް
5ސިވިލް ކޯޓުގެ ނަންބަރު 1501/Cv-C/2017 ޤަޟިއްޔާ ނިންމަވާފައިވަނީ؛ "ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، […] / މާލެ، މުޙައްމަދު ރިޟްވާންގެ ފަރާތުން ދަފްތަރު. ނަންބަރު 5378 / މާލެ، ޢުމަރު ޒާހިރު ޢަބްދުއްޞަމަދުގެ މައްޗަށް ދަޢުވާކޮށް ހުށަހަޅާފައިވާ މި މައްސަލާގައި، ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާ ދެމެދު ވެވުނު ކުލީގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު، ދަޢުވާލިބޭ ފަރާތުން 2016 ވަނަ އަހަރުގެ ނޮވެންބަރު މަހާއި ޑިސެންބަރު މަހުގައި ތަން ބޭނުންކޮށް، އެ މަސްތަކުގެ ކުލި ދަޢުވާކުރާ ފަރާތަށް އަދާކޮށްފައިވާކަން ދަޢުވާލިބޭ ފަރާތަށް ސާބިތުކޮށްދެވިފައި ނުވާތީ، 2016 ވަނަ އަހަރުގެ ނޮވެންބަރު މަހާއި ޑިސެންބަރު މަހުގެ ކުލީގެ ގޮތުގައި އެކުޖުމްލަ -/50,000ރ. (ފަންސާސްހާސް ރުފިޔާ) ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް އަދާކުރަންޖެހޭކަނ މަދަން މިންގަނޑުތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، މިބުނެވުނު -/50,000ރ. (ފަންސާސްހާސް ރުފިޔާ) ދަޢުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުން 19 ޑިސެންބަރު 2018 އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މިފައިސާ ސިވިލް ކޯޓަށް ދައްކައި، މިދަރަނި ޚަލާސްކުރުމަށް ދަޢުވާލިބުނު ދަފްތަރު. ނަންބަރު 5378 / މާލެ، ޢުމަރު ޒާހިރު ޢަބްދުއްޞަމަދުއަށް އަންގައި، މިގޮތުގެމަތީން ޙުކުމް ކޮށްފީމެވެ." މިފަދައިންނެވެ.
އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް
6ސިވިލް ކޯޓުގެ ނަންބަރު 1501/Cv-C/2017 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެ މައްސަލަ އިސްތިއުނާފު ކުރުމަށް އެދި މުޙައްމަދު ރިޟްވާނގް ފަރާތުން 03 (ތިނެއް) ނުކުތާ ހުށަހަޅާފައިވެއެވެ.
1.6 ފުރަތަމަ ނުކުތާއަކީ، މިޤަޟިއްޔާގެ ޙުކުމަށް ވާޞިލްވެފައިވާގޮތަށް ބަލާއިރު، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައި ވަނީ، މައްސަލައާ ގުޅޭގޮތުން ހުށަހަޅަންޖެހޭ ހެއްކާއި ޤަރީނާ ހުށަހެޅުމާއި މައްސަލައާއިގުޅޭ ވާހަކަތައް ދެއްކުމަށް މައްސަލައިގެ ޚަޞްމުންނަށް ނުވަތަ ޚަޞްމުން ތަމްސީލުކުރާ ފަރާތްތަކަށް އިޖުރާޢަތުގައިވާ ގޮތުގެ މަތީން އެކަށޭނަ ފުރުސަތު ދޭންޖެހޭނެކަމަށެވެ. ނަމަވެސް ބަޔާންކުރި ޤަޟިއްޔާގެ ޙުކުމަށް ވާޞިލްވެފައިވަނީ ބަޔާންކުރި ޤާނޫނީ ޢިޖުރާޢަތުތައް ފުރިހަމަނުކޮށްކަން ފާހަގަކުރެވޭކަމުގައެވެ.
2.6 އެގޮތުން ފާހަގަކުރެވޭ އެއްކަމަކީ، ޝަރީއަތަށް ހުށަހެޅޭ މައްސަލައެއްގައި ބަދަލު ހޯދުމަށް ހުށަހަޅާފައިވާ އަގަކާއ ނުވަތި ކަމަކާއި މެދު ދެޙަޞްމުންގެ ދެމެދު ޙުޞޫމަތެއް އުފެދި އެއްބަސްވުމަކަށް ނާދެވުނުނަމަ، ހުށަހެޅިފައިވާ ލިޔުމަކުން ނުވަތަ ކަމަކުން އެކަމެއް ޝަރީޢަތުގެ މަޖިލީހަށް ސާފުނުވެ އެކަމަކާމެދު ޝުބުޙާއެއް އުފެދޭކަމެއް އޮތްނަމަ، އެކަމެއް ސާފުކޮށް ދެނެގަނެ ވަޒަންކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުންނެރެ ޢާންމުކުރައްވާފައިވާ ޝަރުޢީ އަގުކުރުމާ ބެހޭ ޤަވާޢިދުގެ 4 ވަނަ މާއްދާގައިވާ ފަދައިން، ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ތަންތަނާއި ތަކެތީގެ ޝަރުޢީ އަގުކުރުމަށާއި، އިންސްޕެކްޓް ކުރުމަށާއި، އެސެސްމެންޓް ހެދުމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ޝަރުޢީ އަގުކޮމެޓީއެއް އޮންނާންވާނެކަމަށް ބަޔާންކޮށްފައި އޮތުމާއިއެކުގައިވެސް، އަދި ޢާންމު އުޞޫލުގެ މަތީން ސިވިލް ކޯޓުން އެކޮމިޓީގެ ބޭނުންކުރަމުން ގޮސްފައިވާކަން އެނގެންއޮންނައިރު، ސިވިލް ކޯޓުގެ ނަމްބަރު 1501/Cv-C/2017 ޤަޟިއްޔާގައި ޙުކުމަށް ވާޞިލްވުމުގެ ކުރީން ޝަރުޢީ އަގުކުރުމާއި ބެހޭ ކޮމެޓީގެ ބޭނުންހިފާފައިނެތި އެއިޖުރާޢަތު ފުރިހަމަކޮށްފައިނެތުމާއި، ބަދަލުނެގުމަށް ހުށަހަޅާފައިވާ ބައެއް ކަންކަމާއި އަގުގެމައްޗަށ ޝަރީޢަތުން ޔަޤީން ކުރުމެއްނެތި، ޙަޤީޤަތުގައިވެސް އިސްތިއުނާފކުރު ފަރާތަށް ލިބެންވާ ޙައްޤެއް އޮތްތަނެއްގައި އެޙައްޤު ނުލިބޭނޭފަދަ ގޮތަކަށް މައްސަލައިގެ ޙުކުމަށް ވާޞިލ ވެފައިވާކަމަށް ބުން ހުށަހެޅި ނުކުތާއެވެ.
3.6 ދެވަނަ ނުކުތާއަކީ، މަދަނީ މައްސަލަތަކުގައި ދެހަޞްމެއްގެ ދެމެދު ލިޔުމަކުން އެއްބަސްވުމެއް ހަދާފައިނެތ ނުވަތި އެގްރީމެންޓެއް ކޮށްފައި ނެތް މައްސަލަތަކުގައި ހުށަހެޅޭ އަގަކާއި ނުވަތަ ކަމަކާއިމެދު ދެޙަޞްމުންގެ ދެމެދު ޙުޞޫމަތެއް އުފެދި އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، ދެފަރާތުން ހުށަހަޅާ ޤަރީނާ ނުވަތަ ލިޔެކިޔުން ތަކަށާއި، ދެޙަޞްމުން ދައްކާ ވާހަކަތަކުގެ މައްޗަށާއި، ކަންހިނގާފައިވާ މަގަށްބަލައި، އެފަދަ މައްސަލައެއްގައި ޙުކުމަށް ވާޞިލްވަނީ، ސޮސައިޓީގައި އެފަދަ ކަންކަމުގައި ޢަމަލުކޮށްއުޅޭ ގޮތާއި އާދަކާދައަށް ބަލައި ނުވަތަ އެކަމެއްގެ ޢުރުފަށް ބެލުމާއިއެކު އެ މައްސަލައެއްގައި ހުށަހަޅާފައިވާ އަގަކާއި، ނުވަތަ ކަމަކާއިމެދު މަދަނީ މިންގަނޑުން ބެލުމުގައި އެކަމެއް ތަޤްޔީމް (evaluation) ކޮށް ވަޒަންކުރުމަށްފަހު އެފަނޑިޔާރަށް ޤަބޫލުކުރެވޭ ހެކިތަކާއި ދަލީލުތަކާއި، އެހެކިތަކާ ދަލީލުތަކުން ނިކުންނަ ނަތީޖާ ތަކުގެ މައްޗަށް ބުރަވެހުރެ ޔަޤީނާ ގާތްކުރާ މިންވަރަށް އިޤްތިނާޢު (convince) ވެގެންމެނުވީ ކަމެއްސާބިތުވެއްޖެކަމަށ ޙުކުމް ކުރުމަކީ އާންމުކޮށް މަދަނީ މައްސަލަތަކުގއަ ދިވެހިރާއްޖޭގެ ޝަރުޢީ ކޮމަންލޯގެ ހަމަތަކުން ކަންކުރަމުން އަންނަ ގޮތްކަމުގައި ވީނަމަވެސް އިސްތިޢުނާފްކުރި ސިވިލް ކޯޓުގެ ނަންބަރު 1501/Cv-C/2017 ޤަޟިއްޔާގެ ޙުކުމަށް ވާޞިލުވެފައިވަނީ ބަޔާންކުރި ޤާނޫނީ ހަމަތަކުގެ މަތީން ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
4.6 ތިންވަނަ ނުކުތާއަކީ، ހުށަހެޅޭ ޤަޟިއްޔާތައް އަވަސް މުއްދަތެއްގެތެރޭގައި ނިންމަންވާނޭކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމާއި އެއްގޮތަށް މި މައްސަލާގައި ކޯޓުން އަމަލުކޮށްފައިނެތުމާއި، ޝަރީޢަތުގެ މަޖިލީހަށް ހެކިން ޙާޟިރުކޮށް ހެކިބަޔާންނެގުމަށ އޮންން މަފްހޫމާ އެއްގޮތަށް ބަޔާންކުރި ޤަޟިއްޔާގެ ހެކިން ގެ ހެކިބަސްނެގުމަށްފަހު ހެކިބަޔާންތަކުގައި ސޮއިނުކުރުވާ 7 މަހަށްވުރެން ގިނަ ދުވަސްތަކެއް ވޭތުވެ ގޮސްފައިވާތީ އެއް ހެކިވެރިއެއް އުޅޭތަންނޭނގި ދިޔުމާއި ގުޅިގެން އޭނާގެ ހެކި ބަޔާނުގައި ސޮއިނުކުރެވި ގިނަދުވަސްތަކެއް ވެފައި ވުމުގެ ސަބަބުން ބަޔާނުގައި ސޮއިނުކުރެވި އޮތުމާއިއެކުގައިވެސ މައްސަލައިގް ޙުކުމަށް ވާޞިލްވެފައިވާއިރު އެކަމުގެ ސަބަބުން ޙުކުމަށް އަސަރުކުރާނޭ ކަމެއްކަމުގައި ފެންނާންއޮތްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލުގައި އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތަކުގެ ޙުލާސާ
7ފުރަތަމަ އިސްތިއުނާފީ ނުކުތާ ތަފްސީލުކުރަމުން އިސްތިއު ނާފުކުރާ ފަރާތުން ބުނެފައިވަނީ، ތަން މަރާމާތުކުރުމަށް ދިޔަ ޚަރަދާއި، މަރާމާތު ކުރުމަށް ދާނެކަމަށް ލާފާކުރާ ދުވަސްތަކުގެ ކުއްޔަށްވާ ފައިސާ ނަގައިދެވެން ނެތްކަމަށް ކަނޑައަޅާފައިވަނީ، އެފަދަ މައްސަލަތަކުގައި ޙުކުމަށް ވާސިލުވުމަށް ޝަރުޢީ ކޯޓުތަކުން އަދި ޚާއްސަކޮށް ސިވިލް ކޯޓުން ޢަމަލުކުރަމުންދާގޮތ ޚިލާފަށާ ކަމަށެވެ.
8ހަމައެފަދައިން ތަނުގެ މަރާމާތު ކުރުމަށް ހިނގި މުއްދަތު ބަޔާންކުރުމުގައި އަންދާޒާކުރާ މުއްދަތެއް ބަޔާންކޮށްފައިވުމަކީ، އެ މަސައްކަތެއް ނުކުރާކަމުގެ ދަލީލެއް ނޫންކަމުގައެވެ. އެހެންނަމަވެސް، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ކޯޓޭޝަންތަކާއި އިންވޮއިސްތަކަށް އެއްވެސް ބުރަދަނެއް ދިނުމެއްނެތި މައްސަލަ ނިންމަވާފައިވާކަމަށެވެ.
9ޝަރުޢީ ކޯޓު ތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ތަންތަނާއި، ތަކެތީގެ ޝަރުޢީ އަގު ކަނޑައަޅުމުގައި ސިވިލް ކޯޓުން އަމަލުކުރާ ގޮތަކީ ޝަރުޢީ އަގުކުރާ ކޮމިޓީން އިންސްޕެކްޝަނެއ ނުވަތް އެސެސްމެންޓެއް ހަދައި އަގު ވަޒަންކުރުމަށްފަހު އަގު ކަށަވަރުކުރުން ކަމަށްވީނަމަވެސް މިމައްސަލައިގައި އެފަދަ އިޖުރާއަތެއް ފުރިހަމަކޮށްފައިނުވާކަމަށެވެ.
10ދެވަނަ ނުކުތާ ތަފްސީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތުން ކުއްޔަށް ހިފާފައިވާ ތަން ދޫކޮށްލާއިރު ތަނަށް ގެއްލުންވެފައިވާކަން ސާބިތުކުރުމަށްޓަކައި ސިވިލް ކޯޓަށް މައްސަލައާ ގުޅިގެން ފޮޓޯތަކާއ އަދި ތަނުގެ ޙާލަތު ބަޔާންކުރާ ވީޑިއޯވެސް ހިމެނިފައިވާކަމަށާއި ނަމަވެސް މިއިން އެއްވެސް ކަމަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށެވެ. އަދި ސިވިލް ކޯޓަށް ޑޮކިއުމެންޓް 01 ގެ ގޮތުގައި ހެކި ލިސްޓެއް ހުށަހަޅާފައިވާކަމަށާއި މި ހެކިލިސްޓުގައި ދެފަރާތުގެ ދެމެދުގައި ދައްކާފައިވާ ވާހަކައިގައި ވެސް ފައިސާ ނުލިބިގެން ވާހަކަ ދައްކާފައިވާކަން އެނގެން އޮންނަކަމެވެ. އަދި ފައިސާ ލިބިފައިވާކަމަށް ހުށަހަޅާފައިވާ ލިޔުމަކީ މުޙައްމަދު ރިޟްވާންގެ ސޮއެއް ނޫންކަމަށެވެ.
11ހަމައެފަދައިން، ލިޔުމުން އެގްރީމެންޓެއް ނެތް ހާލަތުގައި، އެކަމުގައި މުޖުތަމަޢުގައި އާންމުކޮށް އަމަލުކުރަމުން އަންނަ އުރުފަށް ބަލަންވާނެކަމަށާއި، ކުއްޔަށް ހިފައިގެން އުޅޭ ތަނެއް ދޫކޮށްދާއިރު، އެތަނަކަށް ގެއްލުންތަކެއް ލިބިފައިވާނަމަ، ނުވަތަ ގަސްތުގައި ގެއްލުމެއް ދީފައިވާނަމަވެސް އެކަމުގައި ކުއްޔަށް ހިފި ފަރާތުން ޒިންމާވާން ޖެނޭކަމަށާއި، މިއީ ޒަމާނުއްސުރެވެސ ޙުކުމަށް ވާސިލުވުމުގައި އޮންނަގޮތްކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެކަމާމެދު ޝައްކެއްވާނަމަ އެ ޝައްކެއް ފިލުވުމެއްނެތި، ތަނަށް ލިބުނު ގެއްލުމާމެދު ގޮތް ކަނޑައަޅާފައިވަނީ ހުށަހެޅިފައިވާ ހެކި ޤަރީނާއަށް ބަލައި މަދަނީ މިންގަނޑުން ވަޒަންކޮށްގެން ނޫންކަމުގައެވެ.
12ތިންވަނަ ނުކުތާ ތަފްސީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، ސިވިލް ކޯޓުން މައްސަލަ ނުނިންމައި އެކަށީގެންވާ ދިގު މުއްދަތެއް ފާއިތުވެގެން ގޮސްފައިވާކަމަށާއި، ހެކި ވެރިންގެ ބަޔާންތައް ސޮއިނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން ބައެއްހެކިވެރިން ވީނުވީތަނެއް ނޭނގި އެބަޔާންތަކުގައި ހެކިވެރީން ލައްވައި ސޮއިކުރެވިފައިނުވާކަމަށާއި، އެކަމުގެ ސަބަބުން މައްސަލައިގެ ޙުކުމަށް އަސަރުކުރާނެކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް:
13އިސްތިއުނާފުކުރާ ފަރާތުން އެދި ފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1501/Cv-C/2017 ޤަޟިއްޔާގެ ޙުކުމަށް ވާސިލްވެފައިވާ ގޮތުގެ މައްޗަށް ބަލައި، އެ މައްސަލައަށް ޙުކުމް ކޮށްފައިވަނީ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމުގައި ކަނޑައަޅައި، ބަޔާންކުރި ޤަޟިއްޔާގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލްކޮށް، އިސްތިއުނާފުކުރާ ފަރާތުން ބަދަލު ހޯދުމަށް ހުށަހަޅާފައިވާ ކަންކަމުގެ ތެރެއިން އިސްތިއުނާފު ރައްދުވާ ފަރާތް ކަމުގައިވާ […] މުޙައްމަދު ރިޟްވާން ހަދާފައިހުރި ޢިމާރާތުން އިސްތިއުނާފު ރައްދުވާ ޢުމަރު ޒާހިރު ޢަބްދުޞަމަދު ކުއްޔަށް ހިފައިގެން އެތަން ބޭނުންކުރި މުއްދަތުގެ ތެރޭގައި 04 ފްލޯ އަށް ލިބިފައިހުރި ގެއްލުމާއި، ކުއްޔަށްދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތް ތަކާ ދެމެދު ޢަމަލުކޮށް އުޅޭ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް، އެފަދަ ކަންކަމުގައި ބަދަލު ނެގުމާއި ގުޅޭ ގޮތުން މާލޭގައި ޢާންމުކޮށް މީހުން ކަންކަންކޮށްއުޅޭ އާދަކާދައާއި އުރުފަށްބެލުމަށްފަހު، އެތަންތަނަކ ދަޢުވީ ރައްދުވާ ފަރާތުން ބޭނުންކުރި ތަނެއްކަމަށްވެފައި، ދައުވާ ރައްދުވަ ފަރާތުން އެތަން ބޭނުންކުރި މުއްދަތުގެ ތެރޭގައި އެތަނަށް ވެފައިހުރ ގެއްލުމާއި ހަލާކުގެ ބޮޑުކަން ތަސައްވުރުކޮށް ވަޒަންކޮށް އެކަމުގެ ޒިންމާ އިސްތިއުނާފު ރައްދުވާ ފަރާތުން އުފުލާނެ ޖެހޭނެކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުންނާއި މަދަނީމިންގަނޑނު ކަނޑައަޅާ، އެތަނުގައި މަރާމާތަށް އިސްތިއުނާފު ކުރާ ފަރާތުން ހޭދަކޮށްފައިވާ ފައިސާ އަށްވާ 45 (ސާޅީސް ފަހެއް) ދުވަހުގެ ކުއްޔަށްވާ 37500.00 ( ތިރީސް ހަތްހާސް ފަސްސަތޭކަ ރުފިޔާ) އާއި ތަނަށް ލިބިފައިހުރި ގެއްލުންތައް މަރާމާތުކުރުމަށް ދަޢުވާކުރާ ފަރާތުން ހޭދަކޮށްފައިވާ 2,85776.00 (ދެ ލައްކަ އަށްޑިހަ ފަސްހާސް ހަތްސަތޭކަ ހަތްދިހަ ހަ ރުފިޔާ) އާއި ދައުވާ ރައްދުވާ ފަރާތުން ކުލިނުދައްކާ އޮތް 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހާއި ޑިސެމްބަރު މަހުގެ ކުއްޔަށްވާ 50,000.00 (ފަންސާސްހާސް ރުފިޔާ) ސިވިލް ކޯޓުގެ މެދުވެރިކޮށް ދަޢުވާކުރާ ފަރާތަށް ދަޢުވާ ރައްދުވާ ފަރާތުން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ދީ ޚަލާސްކުރުމަށް އަންގައި ޙުކުމް ކޮށްދިނުމަށެވެ.
އިސްތިއުނާފު ރައްދުވާ ދެއްކި ވާހަކަތަކުގެ ޙުލާސާ
11. އިސްތިއުނާފު ރައްދުވާ ފަރާތުން، އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1501/Cv-C/2017 ޤަޟިއްޔާ ނިންމާފައިވަނީ ބަޔާންވެދިޔަ ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 30 ވަނަ މާއްދާއާ އެއްގޮތަށް ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުންވެސް ދެކޭކަމަށެވެ. މި ގޮތަށް ދެކޭ ސަބަބެއްގެ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅަން ބޭނުންވާ އެންމެހާ ހެކިން ހުށަހަޅާފައިވާކަމާއި އަދި ޝަފަހީ ހެކީގެ ގޮތުގައި ހުށަހެޅި ފަރާތްތައް ޝަރީޢަތަށް ޙާޟިރުކޮށް ހެކިބަސް ނަގާފައިވާކަމާއ އަދި ހެކިންގެ ހެކިބަހަށް ރިޢާޔަތްކޮށްފައިވާކަމާއި، އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދެ ހެކިވެރިންނަކީވެސް މުޢާމަލާތާގުޅޭ އެއްވެސް ކަމެއް ނޭނގޭ ފަރާތްތަކެއްކަން، ހެކިންގެ ހެކިބަހަށާއި، ސިވިލް ކޯޓުގެ ޙުކުމަށް ބެލުމުން އެނގޭކަމަށެވެ.
12. މީގެ އިތުރުން، ސިވިލް ކޯޓުގެ ޙުކުމަށް ވާސިލުވެފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމުގައި ބުނެފައިވީނަމަވެސް، އެއީ ކޮން ޤާނޫނީ ހަމައަކާ އުސޫލަކާ ޚިލާފަށްކަމެއް ބުނެދެވިފައި ނުވާކަމަށާއި، އެހެންކަމުން އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި މި ނުކުތތައާ ބަލައިގަނެވޭނެކަމަށް ނުދެކޭކަމުގައެވެ. އަދި ހަމައެފަދައިން، ޝަރީޢަތަށް ހުށަހެޅޭ މައްސަލައެއް ލަސްވުމަކީ އިސްތިއުނާފު ކުރެވޭނެ ޤާނޫނީ ސަބަބެއްކަމުގައި ނުދެކޭކަމަށާއި، އެހެންކަމުން އިސްތިއުނާފީ ނުކުތާތަކަކީ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއާ ޚިލާދފަށް އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކެއްކަމުގައި ބަލަންޖެހޭކަމުގައެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:
13. އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1501/Cv-C/2017 ޤަޟިއްޔާގައި ޙާޟިރުކުރެވުނު ހެކިންގެ ހެކިބަހާއި އަދި އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި މައްސަލައިގެ ވަށައިގެންވާ އެންމެހާކަންކަމަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލުމަށްފަހު، މަދަނީ މިންގަނޑަށް ރިޢާޔަތްކޮށްދެއްވައި އިސްތިއުނާފުކޮށްފައިވާ ނުކުތާތައް ހިމެނޭބައި ސިވިލް ކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އުޞޫލުތަކާ މަދަނީ މައްސަލަތައް ނިންމެވުމުގައި ބަލަންޖެހޭ އެންމެހާ ކަންކަމށަ ބެއްލެވުމަށްފަހުގައިކަމަށް ކަނޑައަޅުއްވާދެއވާ، ސިވިލް ކޯޓުގެ ނަންބަރު 1501/Cv-C/2017 ޤަޟިއްޔާގެ ޙުކުމުގެ އިސްތިއުނާފުކުރި ނުކުތާތަކުގެބައި ސިވިލް ކޯޓުން ނިންމަވާފައިވަނީ ރަނގަޅަށް ކަމަށް ކަނޑައަޅުއްވައި މައްސަލަ ނިންމަވައިދެއްވުމަށެވެ.
ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން
14އިސްތިއުނާފީ ފުރަތަމަ ނުކުތާއާއި އިސްތިއުނާފީ ދެވަނަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވާ ފަދައިން މައްސަލައިގެ ޚަސްމުންނަށް އެކަށީގެންވާ ފުރުސަތު ދީފައިނުވާކަމަށާއި، i. އެގޮތުން ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާ މައްސަލަތަކުގައި އަގަކާއި މެދު ދެ ފަރާތުން އެއްބަސްވުމަކަށް ނާދެވިއްޖެނަމަ ދެފަރާތުން ހުށަހަޅާ ޤަރީނާ ނުވަތަ ލިޔެކިޔުން ތަކަށާއި، ދެޙަޞްމުން ދައްކާ ވާހަކަތަކުގެ މައްޗަށާއި، ކަންހިނގައިފައިވާ މަގަށްބަލަ ންވާނެކަމަށާއި، ii. އަދި އެފަދަ މައްސަލައެއްގައި ޙުކުމަށް ވާޞިލްވަނީ، ސޮސައިޓީގައި އެފަދަ ކަންކަމުގައި ޢަމަލުކޮށްއުޅޭ ގޮތާއި އާދަކާދައަށް ބަލައި އެކަމުގެ މައްޗަށް ދެފަރާތުން އެއްބަސްވާ އަގެއްގެ މައްޗަށް ކަމަށާއި، iii. މިފަދައިން އެއްބަސްވުމަކަށް ނާދެވިއްޖނަމެ ޝަރުޢީ އަގުކުރުމާއިބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން އަގުކުރަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.
15HN1މަދަނީ ޚުސޫމަތްތަކުގައި ދަޢުވާ ސާބިތުކުރުމުގެ ބުރަ އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއް އަދި ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރިމަތިކުރާ ދިފާޢީ ދަފްޢު ސާބިތުކޮށްދިނުމކަ އެދަފްޢެއް ކުރިމަތިކުރި ފަރާތުން އުފުލަންޖެހޭ މަސްއޫލިއްޔަތެކެވެ. އަދި ޚަސްމުންގެ އަތުގައިވާ ޤާނޫނު ހުއްދަކުރާ އެންމެހައި ހެކިތަކާއި ދަލީލުތައް ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުޞަތު ކޯޓުން ޚަސްމުންނަށް ފަހިކޮށްދޭންވާނެއެވެ. މިކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުސްތަފާ ޤަޟިއްޔާގއަ ބަޔާންކޮށްފައިވެއެވެ.
16އިސްތިއުނާފްކުރާ ފަރާތުން ފާހަގަކޮށްފައިވާ ފަނޑިޔާރުންގެ ޤާނޫނުގެ 30 ވަނަ މާއްދާ ގެ (ރ) ގައި ބަޔާންކޮށްފައިވަނީ؛ ސުޕްރީމް ކޯޓުގެ ނަންބަރު: 2010/SC-A/02 ޤަޟިއްޔާ "މައްސަލައާގުޅޭގޮތުން ހުށަހަޅަންޖެހޭ ހެއްކާއި ޤަރީނާ ހުށަހެޅުމާއި މައްސަލައާގުޅޭ ވާހަކަތައް ދެއްކުމަށް މައްސަލައިގެ ޚަޞްމުންނަށް ނުވަތަ ޚަޞްމުން ތަމްސީލުކުރާ ފަރާތްތަކަށް އިޖުރާޢަތުގައިވާ ގޮތުގެމަތިން، އެކަށޭނެ ފުރުޞަތު ދިނުން" މިފަދައިންނެވެ.
17މި މައްސަލައަށް ބަލާއިރު މި މައްސަލަ ގައި އިސްތިއުނާފުކުރާ ފަރާ ތުން ހޯދުމަށް އެދުނު ގެއްލުމުގެ ބަދަލަކީ އިސްތިއުނާފު ރައްދުވާ ފަރާތުން އެއްބަސްވުމުގެ މުއްދަތު ހަމަވެގެން ތަންދޫކޮށްލިއިރު، އެތަނަށް ލިބުނުކަމަށް ބުނާ ގެއްލުމުގެ ބަދަލެ ވެ. އަދި އެ ގެއްލުންތައް މަރާމާތުކުރުމަށް ޚަރަދުވި ފައިސާއާއި، އެކަމަށް ހޭދަވި މުއްދަތަށްވާ ކުއްޔވެ.
18މ މައްސަލައިގައި ފެންނަން ހުރި ހަގީގަތްތަކަށް ބަލާއިރު އިސްތިއުނާފު ރައްދުވާ ފަރާތާ ން އެއްބަސްވުމުގު މުއްދަތު ހަމަވެގެން ތަންދޫކޮށްލާއިރު ތަނަށް ގެއްލުމެއް ވެފައިވާނަމަ އެ ގެއްލުމަކަށް ޒިންމާވުމާއި ގުޅޭގޮތުނާ ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއްވެފައިވާކަން އެނގެން ނެތެވެ. އަދި ތަނަށް ލިބިފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ ގެއްލުންތަކަކީ އޭގެ ޒާތުން ލިބިފައިވާ ގެއްލުންތަކެއް ކަމަށް ނުވަތަ އިސްތިއުނާފު ރައްދުވާ ފަރާތުން ގަސްތުގައި ދީފައިވާ ގެއްލުންތަކެއްކަނ ސިވިލް ކޯޓަށް ހުށަހެޅިފައިވާ އެއްވެސް ލިޔެކިޔުމަކުންވެސް އަދި މިކޯޓުގައި ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން ނެތެވެ. މިކަންތައްތައ ރިޢާޔަތްކޮށްފައިވާކަން ސިވިލް ކޓުގޯ 1501/Cv-C/2017 ޤަޟިއްޔާގެ ރިޕޯޓަށް ބެލުމުންވެސް އެނގެން އޮވެއެވެ. ހަމައެފަދައިން، ތަން ކުއްޔަށް ދެވުނުއިރ ހުރު ހާލަތު ދެނެގަނެވޭނެ އެއްވެސް ލިޔުމެއްވެސް ހުށަހަޅާފައިނުވާކަން މައްސަލައިގެ ލިޔުންތަކަށް ބެލުމުން އެނގެއެވެ.
19HN2ދައުވާއެއް ނުވަތް ދަފްޢެއް ކުރިމަތިކުރާ ފަރާތުން އެ ދަފްޢު ސާބިތުކޮށްދޭންޖެހޭއިރު، ކުއްޔަށް ދެވުނު އިރު ހުރި ހާލަތާއި، އަދި އޭގެ ފަހުން ލިބުނު ގެއްލުންތަކާއި، އެގެއްލުންތަކަށ ކުއްޔަށް ހިފި ފަރާތުން ޒިންމާވާންޖެހުމުގެ އަސާސަކީ އެ ދަޢުވާއެއް ކުރާފަރާތުން ސާބިތުކޮށްދޭންޖެހޭ ކަމެކެވެ. ސިވިލް ކޯޓުގެ ޝަރިޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 03 ވަނަ ނުކުތާގެ (ރ)ގ ފަހެ ޕެރެގްރާފު
20HN3މައްސަލަތަކާ ގުޅިގެން ތަންތަނާއި ތަކެތި އަގުކުރުމުގައި ރިޢާޔަތްކުރެވޭ އުސޫލަކީ، އެ ތަނެއް ނުވަތަ އެ އެއްޗެއް އަގުކުރާއިރު ހުރި ހާލަތަށްބަލައި އެތަނެއް ނުވަތަ އެ އެއްޗެއްގެ އަގު ކަނޑައެޅުން ކަމާއި، އެ އެއްޗެއް ނުވަތަ ތަނެއް ހެދުމަށް ޚަރަދުވިކަމަށް ދަޢުވާކުރާ ފަރާތަކުން ނުވަތަ ދަޢުވާލިބޭ ފަރާތަކުން ބުނާ މިންވަރު އެތަނަށް ޚަރަދުވެފައިވޭތޯ ބެލުން ނޫންކނަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދުއްސައްތާރު މުޙައްމަދު ވ. ޝަފީޤާ އިބްރާހީމް ޤަޟިއްޔާގެ "ފާހަގަކުރެވުނު ނުކުތާތައް" ގެ (ރ) އަށް ބެލުމުން އެނގެން އޮންނައިރު، ތަން ކުއްޔަށް ދިންއިރު ހުރި ހާލަތު ދެނެނުގަނެވި، ތަން ދޫކޮށްލިއިރު ހުރި ހާލަތުކަމަށް ދަޢުވާކުރާ ފަރާތުން ބުނާ ޙާލަތުގެ މައްޗަށް އެކަނި ރިޢާޔަތްކޮށް، ތަނުގެ މަރާމަތަށް ޚަރަދުކޮށްފައިވާކަމަށްބުނާ ފައިސާގެ ޢަދަދަކީ ރަނގަޅު ޢަދަދެއތޯ ދެން ގަތެ މަށްޓަކައި، ޝަރުޢީ އަގު ކޮމިޓީ މެދުވެރިކޮށް އަގު ކުރުމަކުން، ތަނަށް ލިބިފައިވާ ގެއްލުންތަކަކީ ކޮބައިކަމެއު އަދި ކއްޔަންދިންއިރު ތަނު ހުރް ހާލަތެއް ދެނެނުގަނެވޭއިރު، ކުރެވުނު މަރާމާތާއި ޚަރަދުތަކުން، އިސްތިއުނާފު ރައްދުވާ ފަރާތުން ޒިންމާވާންޖެހޭ ކަންކަމާއި ޒިންމާވާންޖެހޭ މިންވަރު ދެނެގަނެވިދާނެކަމަށ ބެލެވެން ނެތްއިރު، އެފަދައިން އަގު ކުރުމަކުން އެކަމުގެ މައްޗަށް ޝަރީޢަތުން ބުރަވެ ޙުކުމުއް ކުރެވިދާނެފަދަ އެކަށީގެންވާ ރަނގަޅު ނަތީޖާއެއް ނެރެވިދާނެކަމަށް ބެލެވޭނެ ހަމައެއް އޮތްކަމުގައިވެސް ނުފެނެއެވެ.
21HN4ހަމައެފަދައިން، މި ފަދަ މައްސަލަތަކުގައި ޢާންމުކޮށް (ސޮސައިޓީގައި) ޢަމަލުކުރަމުން އަންނަ ގޮތަށް ބަލަންޖެހޭ ކަމުގައި ބުރަވިނަމަވެސް، ކުއްޔަށްދެވޭ ތަން މަރާމާތު ކުރުމާމެދު ދެފަރާތުގެ މެދުގައި އެއްބަސްވުމެއް ނެތްއިރު، އަދި ކުއްޔަށް ދިންއިރު ހުރި ހާލަތުވެސް ނޭނގި، އެތަން ދޫކޮށްލުމަށްފަހު އިސްތިއުނާފު ކުރާ ފަރާތުން ކޮށްފައިވާ އެންމެހާ މަރާމާތަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޒިންމާވާންޖެހޭނެކަމަށް ކަނޑައެޅިދާނެ ހަމައެއް އޮތްކަމުގައި ނުދެކެމެވެ. އަދި އެއީ އިންސާފުވެރި ގޮތެއްކަމަށްވެސ ނުވަތް ސޮސައިޓީގައި ޢަމަލުކުރަމުންދާ ގޮތްކަމަށްވެސް ބެލެވޭނެ ހަމައެއް އޮތްކަމުގައި ނުދެކެމެވެ.
ސުޕްރީމް ކޯޓުގެ ނަންބަރު: 2010/SC-A/09 ޤަޟިއްޔާ
22HN5މީގެ އިތުރުން، އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ފޯމާއި، އަދި އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މި މައްސަލަ ސިވިލް ކޯޓުން ނިންމިއިރު، މައްސަލަ ބެލި ފަނޑިޔާރު މި މައްސަލާގައި ހެކި ޤަރީނާ ހުށަހެޅު މަށް ފުރުސަތު ނުދޭކަމަށް ނުވަތަ ވާހަކަ ދެއްކުމަށް އެކަށީގެންވާ ފުރުސަތު ނުދޭކަނ ބަޔާންކޮށް އެކަމުގެ ތަފްސީލުގައި އެއްވެސް ނުކުތާއެއް ފާހަގަކޮށްފައި ނުވެއެވެ. ހަމައެފަދައިން، ހުށަހެޅުމަށް ފުރުސަތު ދީފައިނުވަނީ ކޮން ހެއްކެއްކަން ނުވަތަ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދެއްކުމުގައި، ފުރުސަތު ނުދިނީ ކޮން ވާހަކައެއް ދައްކަންކަން، ބަޔާންކޮށްފައިނުވެއެވެ. އެހެންކަމުން ފަނޑިޔާރުންގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތީން، މައްސަލައާގުޅޭގޮތުން ހުށަހަޅަންޖެހޭ ހެއްކާއި ޤަރީނާ ހުށަހެޅުމާއި މައްސަލައާގުޅޭ ވާހަކަތައް ދެއްކުމަށް މައްސަލައިގެ ޚަޞްމުންނަށް ނުވަތަ ޚަޞްމުން ތަމްސީލުކުރާ ފަރާތްތަކަށް އިޖުރާޢަތުގައިވާ ގޮތުގެމަތިން، އެކަށޭނެ ފުރުޞަތު ނުދީއޮތްކަމަށް ބުރަވެވިދާނެ ސަބަބެއް އިސްތިއުނާފު ކުރާ ފަރާތުން މިނުކުތާގައި ހުށަހަޅާފައިވާކަމުގައި ނުދެކެމެވެ.
23ހަމައެފަދައިން، އަގު ކޮމިޓީ މެދުވެރިކޮށް އަގު ކުރުމަކީ، ކަން ކުރަންޖެހޭ ލާޒިމު އިޖުރާއަތުކަމަށް ދޭހަވާގޮތަށް އިސްތިއުނާފްކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އެގޮތަށް ކަން އޮތްކަން ނުވަތަ އެއީ ލާޒިމު އިޖުރާއަތެއްކަން އެނގޭނެފަދަ އެއްވެސް ހެއްކެއް ނުވަތަ އެފަދައިން ޢަމަލުކުރަންޖެހޭކަމަށް ބަޔާންކޮށްފައިވާ ޤާނޫނެއް ޤަވާޢިދެއް ނުވަތަ ކޯޓެއްގެ ޙުކުމެއްނަމަވެސް އިސްތިއުނާފީ މައްސަލައާއެކު ހުށަހަޅާފައިނެތި، އެގޮތަށް ބުރަވެވެން އޮތްކަމުގައި ނުދެކެމެވެ.
24އެހެންކަމުން މި މައްސަލަ ނިންމާފައިވަނީ ޙަސްމުންނަށް އެކަށީގެންވާ ވަރަށް ފުރުޞަތު ނުދީ އަދި ހުށަހެޅިފައިވާ ހެކިތަކަށް ރިޢާޔަތްނުކޮށް ކަމަށް ބެލެވޭނެ ހަމައެއް އޮތްކަމުގައި ނުދެކެމެވެ.
25އިސްތިއުނާފ ކުރު ފަރާތުން ހުށަހަޅާފައިވާ ތިންވަނަ ނުކުތާއަށް ބަލާއިރު، ހެކިންގެ ބަޔާންތައް ނެގުމަށްފަހު ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިއުމަށްފަހު އޭގެ ތެރެއިން ހެކިވެރިން އުޅޭތަން ނޭނގި ދިޔުމާއި، އެބަޔާނުގައި ސޮއިނުކުރެވި އޮތުމުގެ ސަބަބުން ސިވިލް ކޯޓުގެ ޙުކުމަށް އަސަރުކޮށްފައިވާކަމށް ބަޔާންކޮށްފައިވެއެވެ.
26އިސްތިއުނާފު ކުރެވިފައިވާ މައްސަލައަށް ބަލާއިރު އިސްތިއުނާފު ކުރާ ފަރާތުން މި މައްސަލައިގައި ހެކީންގެ ގޮތުގައި ޙާޟިރުކޮށްދިނުމަށް އެދިފައިވަނީ ރިޟްވާން ޝަރީފު އާއި އަޙްމަދު މުނައްވަރު އެވެ. މިދެފަރާތް ހެކީންގެ ގޮތުގައި ޙާޟިރުކޮށްދިނުމަށް އެދިފައިވާ ސަބަބުތަކަށް ބަލާއިރުގައި އެ ދެ ހެކީން ޙާޟިރުކޮށްދިނުމަށް އެދިފައިވަނީ "މއ.ތަބައްގެ" ވަރަށް ބޮޑަށް ވީރާނާވެފައިވާކަން ސާބިތުކޮށްދިނުމަށާއި، ތަނަށް ގެއްލުމެއްވެފައިވާނަމަ އެ ގެއްލުމުގެ ޒިންމާވާނެ ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވާކަން ސާބިތުކޮށްދިނުމުގެ ބޭނުމުގައެވެ. ސިވިލް ކޯޓުގެ ނިންމުމަށްބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ޝަފަހީ ހެކިންގެ ހެކިބަސް ނެގިފައިވާކަމާއި، އެ ހެކިބަހަށް ރިޢާޔަތްކޮށްފައިވާކަން އެނގެން އޮވެއެވެ.
27ހެކިވެރިންގެ ބަޔާންތަކަށް ބަލާއިރު ހުރިހާ ހެކިވެރިންގެ ބަޔާންތަކުގައިވެސް ސޮއިކުރެވިފައިވެއެވެ. އަދި ބައެއް ހެކިވެރިން ޙާޟިރުކުރުމަށްޓަކައި ކުރެވުނު މަސައްކަތުން އެ ހެކިވެރިން ޙާޟިރުވެފައިނުވާތީ، އެ ހެކިވެރިންގެ ބަޔާންތަކުގައި 21 އޭޕްރީލް 2018 ގައި ކޯޓުގެ މުވައްޒަފު ސޮއިކޮށްފައިވާކަން އެނގެއެވެ. އެހެންކަމުން، މި މައްސަލައިގައި މުޙައްމަދު ރިޟްވާން ޙާޟިރުކޮށްދިނުމަށް އެދުނު ދެ ހެކިން ޙާޟިރުކޮށްފައިވާކަމާއި އެ ހެކިން ހެކިބަހަށް ރިޢާޔަތްކޮށްފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ގއ މައްސަލި ބެލި ފަނޑިޔާރު ފާހަގަކޮށްފައިވެއެވެ.
28HN7ބަޔާންކުރެވުނު ފަދައިން، ހެކިންގެ ބަޔާންތަކުގައި ސޮއިނުކުރެވި ލަސްވުމުގެ ސަބަބުން މައްސަލައިގެ ޙުކުމަށް އަސަރުކުރާނެ ފަދަ ސަބަބެއް އިސްތިއުނާފު ކުރާ ފަރާތަށް ބުނެދީފައިނުވެއެވެ. އަދި އެކަމުގެ ސަބަބުން ޙުކުމަށް ކުރި އަސަރެއް ފާހަގަކުރެވިފައިވެސް ނުވެއެވެ.
29އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، މައްސަލާގައި ހުށަހެޅުނު ހެކި ޤަރީނާއާއި ދެކެވިފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށްފައި މުޙައްމަދު ރިޟްވާން ސިވިލް ކޯޓަށް ހުށަހަޅާފައިވާ، ސިވިލް ކޯޓުގެ ނަންބަރު 1501/Cv-C/2017 ޤަޟިއްޔާގެ ދައުވާ ފޯމުގެ 11 ނަންބަރުގެ "ހެކީންގެ ގޮތުގައެ ޙާޟިރުކުރަންއެދޭ މީހުންގެ މަޢުލޫމާތު" ސިވިލް ކޯޓުގެ ނަންބަރު 1501/Cv-C/2017 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 3 ވަނަ ނުކުތާގެ (ރ) ގެ 3 ވަނަ ޕެރެގްރާފު ސިވިލް ކޯޓުގެ ނަންބަރު 1501/Cv-C/2017 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ހެކީންގެ ގޮތުގައި ހުށަހަޅާފައިވާ ބަޔާންތައް. ސިވިލް ކޯޓުގެ ނަންބަރު 1501/Cv-C/2017 ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 03 ވަނަ ނަންބަރުގެ ހަތަރުވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި. ނުވާކަމަ ށާއި، އަދި މި ފަދަ މައްސަލަތަކުގައި އާންމުކޮށް ސޮސައިޓީގައި ޢަމަލުކުރަމުން އަންނަ ގޮތަށާއި، އަދި ސިވިލް ކޯޓުގައި ޢަމަލުކުރަމުން އަންނަގޮތާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމުގައެވެ. މި ނުކުތާގެ މައްޗަށް އިސްތިއުނާފު ކުރާ ފަރާތުގެ ވާހަކަތަކަށް ބާރު ލިބިދޭނެ އެއްވެސް ކަމެއް މި ކޯޓަށް ހުށަހެޅިފައިނުވެއެވެ.
30HN6އެގޮތުން، މި ފަދަ މައްސަލަތަކުގައި ސޮސައިޓީގައި ޢަމަލުކުރާގޮތަކީ ކޮބައިކަން ބަޔާންކޮށްދިނުމުގެ އިތުރުން، އެފަދަ ކަމަކަށް ރިޢާޔަތްކޮށް ކޯޓަކުން ކޮށްފައިވާ ޙުކުމަކާއި ޙަވާލާދީ ވާހަކަދައްކާފައިނުވެއެވެ. އަދި ސިވިލް ކޯޓުން ޢަމަލުކުރަމުންދާ ގޮތާއި ޚިލާފަށް މި މައްސަލާގައި ޢަމަލުކޮށްފައިވާކަމަށް ބަޔާންކޮށްފައިވާއިރު، ސިވިލް ކޯޓުން މިފަދަ މައްސަލައެއްގައި އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްފައިވާ ފަދައިން ޢަމަލުކޮށްފައިވާ ޤަޟިއްޔާއާކާ ޙަވާލާދީ އެފަދަކަމެއް ހުށަހަޅާފައިނުވެއެވެ. އަދި ސިވިލް ކޯޓުގައި އެކި ފަނޑިޔާރުން ބަލަމުންދާ މައްސަލަތަކާއި ނިންމާ ގޮތްތަކުގެ މައްޗަށް އެހެން ފަނޑިޔާރުން ތަބާވާން ލާޒިމުކުރުވ ޤާނޫނާ އަސާސެއް ބަޔާންކޮށްދެވިފައިނުވެއެވެ.
31އެހެންކަމުން، މުޖުތަމަޢުގައި ޢަމަލުކުރާ ގޮތްކަމަށާއި، ސިވިލް ކޯޓުގައި ޢަމަލުކުރަމުން އަންނަގޮތް ކަމަށް ބަޔާންކޮށްފައިވާ ވާހަކަތަކަކީ ހަރުދަނާ ޤާނޫނީ އަސާސަކާ ޙަވާލާދީ ހުށަހަޅާފައިވާ ނުކުތާތަކއްކަމުގައެ ނުދެކެމެވެ.
32HN8ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ މާއްދާގައި ބަޔާންކުރާ ހާލަތެއް މެދުވެރިވެގެންނެވެ. އިސްތިއުނާފު ކުރުމުގެ ޙައްޤު އޮތުމުގެ މާނައަކީ، ތިން މަރުޙލާގަ ކޯޓުތަކުން ތިން ފަހަރު އެއް މައްސަލައެއް އަލުން ބެލުމެއް ނޫނެވެ. އެއާ ޚިލާފަށް އިސްތިއުނާފު ކުރުމުގެ ޙައްޤު އުފަންވާނީ އެއް މަރުޙަލާއިން މައްސަލައެއް ބެލުމުގެ ތެރޭގައި ޢަމަލުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއްގެ މައްޗަށް ބިނވެގެންނެވެ. ކޮންމެ މައްސަލައެއްވެސް ކާމިޔާބު ކުރާނީ މައްސަލައިގެ އެއްފަރާތެވެ. މައްސަލައެއް ކާމިޔާބުނުވާ ފަރާތް އޭނާއަށް މައްސަލަ ކާމިޔާބުނުވިކަމާމެދު ހިތްހަމަނުޖެހުމަކީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ.
33ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ދަށު ކޯޓުގެ ނިންމުމެއް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނެ ޙާލަތްތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން، އެ މާއްދާގައި ވަނީ ޙުކުމްތަކާއި ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ ވަކި ޙާލަތްތަކެއްގައި ކަން އެނގޭހިނދު، ދަށު ކޯޓުގެ ނިންމުން އޮތީ ޤާނޫނާ ޚިލާފަށް ކަމަށް ބުނުމަކުން ހަމައެކަނި ނުފުދެއެވެ. ދަށު ކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުން ކުރެ ޙާލަތެއް އޮތްކަން، އެކަމުގެ ތަފްޞީލާއެކު ހާމަކޮށްދިނުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެކެވެ.
34އެކަން ބަޔާންކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢިމާދު ޔޫސުފް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަގެ 14 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ؛ "ހައިކޯޓަށް އިސްތިއުނާފު މައްސަލަ ހުށަހެޅުމުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ޙާލަތެއް އޮތްނަމަ، އެކަން ހާމަކޮށް ހުށަހެޅުމަކީ އިސްތިއުނާފު ކުރާ ފަރާތުގެ ޒިންމާއެކެވެ. އެހެނީ، ޤާނޫނެއްގެ މާއްދާއަކަށް ޙަވާލާދީ، ޖުމްލަ ގޮތެއްގައި ދަށު ކޯޓުގެ ނިންމުން ގޯސްކަމަށް ބުނުމަކުން، އެ ފަރާތުން އިސްތިއުނާފު ކުރުމުގައި އުފުލަންޖެހޭ މަސްއޫލިއްޔަތު އަދާކޮށް ނިމުނީއެއް ނޫނެވެ. ދަށު ކޯޓުގެ ނިންމުން ރަނގަޅު ނޫންކަމުގައި ބުނާނަމަ، އެފަދައިން ބުނާ ސަބަބު، ޤާނޫނުތަކުގެ މާއްދާ އަދި ޤާނޫނީ އުސޫލުތަކުގެ އަލީގައި ބަޔާންކުރުމަކީ މައްސަލައެއް އިސްތިއުނާފު ކުރަން ހުށަހަޅާ ފަރާތުގެ މަސްއޫލިއްޔަތެކެވެ.
35ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއަށް ބަލާއިރު، މައްސަލަބަލާ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް
1. އިސްތިއުނާފުކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ހިލާފަށްކަމަށް ގަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠްބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ގަބޫލުކުރެވޭނެ ކަންކަން ހުރުން .
2. ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އަންނަނިވި ބާވަތްތަކުންކުރެ ބާވަތެއްގެ އައިބެއްގެ ސަބަބުން އެ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުން
3. އަޑުއެހުން ބޭއްވުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފުވުން
4. ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރަކީ ނުވަތަ ނިޔާވެރިއަކީ އެ މައްސަލައެއް ބެލުމަށް ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ހުރަސއަޅާފަދް ސަބަބެއް މެދުވެރިވެފައިވާ ފަނޑިޔާރަކު ނުވަތަ ނިޔާވެރިއަކު ކަމުގައިވުން
5. ޙުކުމުގައި ނުވަތަ ނިންމު މުގައި ޙުކުމް ކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރު ނުވަތަ ނިޔާވެރިޔާގެ ސޮއި ނެތުން
6. ޙުކުމުގެ ނުވަތަ ނިންމުމުގެ ސަބަބުތައް ބަޔާންވެފައި ނެތުން. ރިޢާޔަތްކޮށްފަ ނުވާކަމަށް ބުނާބުނުމަކުން، ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވހަކަތަކަށާ ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އެ އިސްތިއުނާފުކުރަން 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވެއެވެ.
36ޝަރީޢަތުގެ ފުރަތަމަ މަރުޙަލާގައި އިއްވާ ޙުކުމްތައް ނުވަތަ ނިންމާ ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށްޓަކައި އިސްތިއުނާފުކުރާ ފަރާތުން ގިރާކުރަންޖެހޭ ޤާނޫނީ އޮޅިގަނޑު ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް މައްސަލައިގައި އަންނަނިވި ފަދައިން ބަޔާންކޮށްފައިވެއެވެ.
37ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 43 ވަނަ މާއްދާއަށް ބަލާއިރު، މައްސަލަ ބަލާ ފަނޑިޔާރު ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައިނުވާކަމަށް ބުނާބުނުމަކުން، ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވެއެވެ. ދަށު ކޯޓުން މައްސަލަ ނިންމަވާފައިވަނީ ތިމަންނަގެ ހައްގު ގެއްލޭގޮތަށް ކަމަށް ހަމައެކަނި ބުނާބުނުމަކުން ނުވަތަ އަދުލު އިންސާފަށް ހުރަސް އެޅޭގޮތަށ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވެއެވެ. ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމުގެ ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާބުނުމުގެ ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމަށްވުރެ ނުވަތަ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނާބުނުމުގެ ނުވަތަ އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ބުނާބުނުމުގެ އިތުރުކަމެއް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ކޯޓަށް ސާފުކޮށްދޭންވާނެއެވެ. ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ބުނާނަމަ ނުވަތަ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 "މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ ނުވަތަ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނާނަމަ ނުވަތަ އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ބުނާނަމަ އެކަމުގައި އުފެދޭ ގާނޫނީ ބަހުސަކީ ކޮބައިކަން އެ ނުކުތާގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ސާފުކޮށް ބުނަންވާނެއެވެ.
38ސިވިލް ސަރވިސް ކޮމިޝަން ވ. ޙަސަން ޝިޔާމް ޤަޟިއްޔާގައި މި އުޞޫލު އިތުރަށް ޙުލާޞާކުރަމުން ފާހަގަކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
39މައްސަލައެއްގެ ޙުކުމެއް ނުވަތަ ނިންމުމެއް އިސްތިއުނާފުކުރެވޭ ޢާންމު އުޞޫލުތަކުގެ ޚުލާޞާ އަކީ އެ ޙުކުމް ނުވަތަ ނިންމުން ޤާނޫނާ ޚިލާފުވި ކަމަށް ބެލެވޭ ސަބަބެއް އޮތުމެވެ. އެއީ، އެ ނިންމުމަށް ވާސިލުވުމުގައި ޤާނޫނު ތަޠުބީޤު ކުރުމުގައި ނުވަތަ މާނަ ކުރުމުގައި ނަމަވެސް، އެ ކޯޓަށް ކުށެއް ހެދިފައި އޮތުމެވެ. ނުވަތަ ނިންމުމުގެ ކުރިއަށް އިޖުރާއީ އައިބެއް ކުރިމަތިވުމެވެ. މިއިން ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް، ޢާންމު ގޮތެއްގައި އެކަން ކޯޓުގެ ނިންމުމުން ފެންނަން އޮންނާނެއެވެ. ނުވަތަ އެކަމަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުޞަތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބިފައި އޮންނާނެއެވެ.
40ބަޔާންވެދިޔަ ކަންކަން އެގޮތުގައި ހުރިއިރު، މި މައްސަލައިގައި ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގައި، އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ ހެކިތަކާއި އަދި ދައްކާފައިވާ ވާހަކަތަކަށް ދަށުކޯޓުން ރިޢާޔަތްކޮށްފައިނުވާކަމުގައި ބުނެފައިވާއިރު، ރިޢާޔަތްކޮށްފައިނުވަނީ ކޮން ހެއްކަކަށްކަން ނުވަތަ ދަށު ކޯޓުގައި ދެއްކި ކޮން ވާހަކައަކަށްކަން ބަޔާންކޮށްދީފައިނު ވާއިރު، ޖުމްލަ ގޮތެއްގައި ރިޢާޔަތްނުކުރާކަމަށް ބުނެލުމަކުން އެކަމުގައި ޤާނޫނީ ބަހުސެއް އޮތްކަމުގައި ބަލަންޖެހޭކަމުގައި ނުދެކެމެވެ.
41އެހެނީ، ހެކި ޤަރީނާ ހުށަހެޅުމަށް ނުވަތަ ވާހަކަދެއްކުމަށް އެކަށީގެންވާ ފުރުސަތު ދީފައިނުވާކަމަށް ބުނެފައިވާއިރު، އެފަދަ އެއްވެސް ކަމެއް ތަފްސީލުކޮށް ބަޔާންކޮށްދީފައިނުވެއެވެ. އަދި އާންމުކޮށް ޢަމަލުކުރަމުން އަންނަ ގޮތަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެފައިވާއިރު، އާންމުކޮށް ޢަމަލުކުރަމުން ދިވެހިރާއްޖޭގެ ހައިކޯޓު 2021/HC-A/198 އަންނަގޮތަކީ އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްފައިވާ ގޮތްކަން އެނގޭނެ އެއްވެސް ކަމެއް ބަޔާންކޮށްދީފައިނުވެއެވެ. އަދި ހެކިންގެ ބަޔާންތަކުގައި ސޮއި ނުކުރެވުމުން، އެކަމުން ޙުކުމަށް އަސަރުކުރާކަމަށް ބުނެފައިވާއިރު، އެކަމުގެ ސަބަބުން ކުރި އަސަރަކީ ކޮބައިކަން ނުވަތަ ނިކުތް ނުރަނގަޅު ނަތީޖާއަކީ ކޮބައިކަން ބަޔާންކޮށްދެވިފައި ނުވެއެވެ.
މައްސަލަ ނިންމަން ފެންނަގޮތް
42އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެމަތިން ހުރުމުން މި މައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 1501/Cv-C/2017 ޤަޟިއްޔާގައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭފަދަ ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު
43ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔް
44ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
45މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން . ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ . . މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 268 ވަނަ މާއްދާ އަދި 284 ވަނަ މާއްދާގެ (ރ)
- ސުޕްރީމް ކޯޓުގެ 2010/SC-A/02 (އަޙްމަދު ނާޝިދު ވ. މުޙައްމަދު މުސްތަފާ)
- ސުޕްރީމް ކޯޓުގެ 2010/SC-A/09 (ޢަބްދުއްސައްތާރު މުޙައްމަދު ވ. ޝަފީޤާ އިބްރާހީމް)
- ސުޕްރީމް ކޯޓު: ޢިމާދު ޔޫސުފް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- ސުޕްރީމް ކޯޓުގެ 2019/SC-L/91 (އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް)
- ހައިކޯޓުގެ 2021/HC-A/198 (ސިވިލް ސަރވިސް ކޮމިޝަން ވ. ޙަސަން ޝިޔާމް)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.