މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ވ. އަޘްމަތު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 3212/Cv-C/2018
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- މުވައްޒަފަކު ކިޔަވަން ފޮނުވުމުގެ ބޮންޑު/އިޤްރާރުގެ ދަށުން ކޯސް ފުރިހަމަނުކުރުމުން ޚަރަދު ހޯދުމަށް ކުރި ދަޢުވާގައި، ފަހުން ވަޒީފާއާއެކު ރާއްޖޭގައި ކޯސް ފުރިހަމަކުރުމަށް ހަމަޖެއްސުމަކީ ކުރީގެ އެއްބަސްވުން ނިމި އައު އެއްބަސްވުމެއް ވުމެއްތޯ، އަދި ދަފްޢު ސާބިތުކުރުމުގެ ބުރަ އޮންނަނީ ކާކުގެ މައްޗަށްތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ޙުކުމް ބާޠިލު؛ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި 260,987.19ރ. އެއް މަހުގެ ތެރޭގައި ދެއްކުމަށް ޙުކުމްކުރި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކޮންޓްރެކްޓެއްގައި ދެފަރާތް ވަކިގޮތަކަށް އެއްބަސްވެފައިވާނަމަ އެއްބަސްވި ގޮތުގެ މަތިން ދެފަރާތުން ޢަމަލުކުރަންޖެހޭނެއެވެ؛ ޞައްޙަވުމުގެ ޝަރުޠުތަކާއި ރުކުންތައް ފުރިހަމަވެފައިވާ ކޮންޓްރެކްޓަކީ 'العقد شريعة المتعاقدين' ގެ އުޞޫލުގެ ދަށުން ބައިވެރިންގެ މެދުގައި ޙަކަމްވާ އެއްޗެކެވެ. (ސުޕްރީމް ކޯޓުގެ 2013/SC-A/27)
HN2 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގެ ދަށުން، ކޮންޓްރެކްޓުގެ ބައިވެރިއެއް އަނެއް ބައިވެރިޔާއަށް ދޭ ލުޔެއް (ދުލެއް) އަކީ ކުރީގެ ކޮންޓްރެކްޓް ނިމުމަކަށް ގެނެސް އައު އެއްބަސްވުމެއް ވުމެއް ނޫނެވެ. ބޭރުގައި ހަދަމުންދިޔަ ކޯސް ވަޒީފާ އަދާކުރަމުން ރާއްޖޭގައި ފުރިހަމަކުރުމަށް ހަމަޖައްސައިދިނުމަކީ ދެވުނު ލުޔެއް ކަމަށްވާތީ، ކުރީގެ އިޤްރާރުގެ ދަށުން ދަޢުވާކުރުމަށް ހުރަހެއް ނުއެޅެއެވެ.
HN3 ކޮންޓްރެކްޓެއް ނިމުމަކަށް ގެނައިކަމަށް ކަނޑައަޅާއިރު ދަށުކޯޓުން އެކަމަށް ޤާނޫނީ ހަމައެއް ބަޔާންކުރަންވާނެއެވެ؛ ދަށު މަރުޙަލާގެ ކޯޓުތަކަކީ މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ތަބާވާން ޖެހޭ ކޯޓުތަކެވެ.
HN4 މަދަނީ ދަޢުވާއެއް ސާބިތުވޭތޯ ބަލާ މިންގަނޑަކީ ބެލެންސް އޮފް ޕްރޮބެބިލިޓީއެވެ (ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާ).
HN5 ދަޢުވާ ސާބިތުކުރުމުގެ ބުރަ އޮންނަނީ ދަޢުވާކުރާ ފަރާތުގެ މައްޗަށެވެ (onus probandi actori incumbit)؛ ދަފްޢެއް ސާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހެނީ އެ ދަފްޢު ކުރިމަތިކުރާ ފަރާތެވެ. ދަޢުވާލިބޭ ފަރާތުން އައު އެއްބަސްވުމެއް އޮތްކަމުގެ ދަފްޢު ނަގައި ސާބިތުކޮށްފައި ނުވާއިރު، އެފަދަ އެއްބަސްވުމެއް އޮތްކަމަށް ބަލައިގެން ދަޢުވާ ރައްދުކުރުމަކީ އެ އުޞޫލާ ޚިލާފު ނިންމުމެކެވެ. (ސުޕްރީމް ކޯޓުގެ 2010/SC-A/02)
HN6 ވަޒީފާއިން ވަކިކުރުން ޤާނޫނާ ޚިލާފުކަމަށް ކަމާބެހޭ ފަރާތެއްގައި ޗެލެންޖްކޮށް ކަނޑައަޅާފައި ނުވާއިރު، އަދި އެ ސުވާލާމެދު އިސްތިއުނާފީ ކޯޓުން ގޮތް ކަނޑައެޅިދާނެ ޤާނޫނީ ހަމައެއް ބަޔާންކޮށްފައި ނުވާއިރު، ކޯސް ފުރިހަމަކުރުމުގެ ފުރުޞަތު ނުދީ ވަކިކުރިކަމަށް ބުނާ ޝަކުވާ ދަޢުވާގެ ޖަވާބެއްގެ ގޮތުގައި ބަލައިނުގަނެވެއެވެ.
HN7 ކިޔަވަން ފޮނުވުމުގެ އިޤްރާރުގައި ސޮއިކުރިކަމާއި ޚަރަދުގެ މިންވަރާމެދު ޚިލާފެއް ނެތްއިރު، ކޯސް ފުރިހަމަނުކުރިކަން ސާބިތުވާނަމަ، އިޤްރާރުގެ ދަށުން ޚަރަދު ދައްކަންޖެހޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙަސަން ޝަފީޢު، މުޙައްމަދު ފައިޞަލް، ޙުސައިން ޝަހީދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު
ތަޢާރުފު
4މިއީ، ސިވިލް ކޯޓުގެ ނަންބަރު 3212/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފކުރުމަށު އެދި މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފރައްދުވާ ފަރާތަކީ، ދަފްތަރު ނަންބަރު 5599 / އަޡްމަތު އެވެ.
ކަން ހިނގާފައިވާގޮތް
2މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި އަޡްމަތުއާ ދެމެދު 40 މާރިޗު 2662 ގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މުވައްޒަފުން ތަމްރީނު ކުރުމާބެހޭ ޤަވާޢިދާއި މުވައްޒަފުންގެ އިޤުރާރުގައި ސޮއިކޮށްފައިވެއެވެ. އެއްބަސްވުމުގެ ދަށުން އަޡްމަތު ފުރިހަމަކުރުމަށް ހަމަޖެހުނު ކޯހުގައ ހޭދަވި މުއްދަތަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ފަރާތުން 260,987.19ރ. (ދެލައްކަ ފަސްދޮޅަސް ހާސް ނުވަސަތޭކަ އަށްޑިހަ ހަތް ރުފިޔާ ނަވާރަ ލާރި) ޚަރަދުކޮށްފައިވާކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ފަރާތުން ފާހަގަކުރެއެވެ.
9ދެފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ އިޤުރާރުގެ 5 ވަނަ މާއްދާގައި ކިޔަވަން ފޮނުވި ފަރާތް ކޯސް ފުރިހަމަނުކޮ ށްފިނަމަ، ކޯހަށް އެހާތަނަށް ޚަރަދުކޮށްފައިވާ ފައިސާއެއް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން އަންގާ މުއްދަތެއްގެ ތެރޭގައި ދައްކަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
1. އަޡްމަތުގެ ފަރާތުން ޓްރެއނި ންގ ފުރިހަމަ ކޮށްފައިނުވާތީ، ޓްރެއިނިންއަށް ޚަރަދުކޮށްފައިވާ 260,987.19ރ. (ދެލައްކަ ފަސްދޮޅަސް ހާސް ނުވަސަތޭކަ އަށްޑިހަ ހަތް ރުފިޔާ ނަވާރަ ލާރި) އެއް އަހަރު ދުވަހުގެ ތެރޭގައި ދެއްކުމަށް 21 ޖޫން 2649 ގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ފަރާތުން އެންގިއެވެ.
9. އަޡްމަތު، މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ގެ ވަޒީފާއިން 49 ސެޕްޓެންބަރު 2641 ގައި ވަކިކޮށްފައިވެއެވެ. އަދި ކޯހަށް ޚަރަދުކޮށްފައިވާ ފައިސާ ދެއްކުމަށް އަޡްމަތުއަށް ދެވުނު 4 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި އައިޑީކާޑު ނަންބަރު […] ދައްކަންޖެހޭ ފައިސާގެ އެއްވެސް މިންވަރެއް ދައްކާފައިނުވާތީ ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅުމުން، އެ ކޯޓުގެ ނަންބަރު 3212/Cv-C/2018 ޤަޟިއްޔާއިން އެ މައްސަލަ ބަލާފައިވެއެވެ.
0. މިއީ ސިވިލް ކޯޓުގެ ނަންބަރު 3212/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަލާފައިވާ ޤަޟިއްޔާއެކެވެ. ސިވިލް ކޯޓަށް ހުށަހެޅި ދޢަ ވ އާއި ސިވިލް ކޯޓުގެ ނިންމުނާ
1. މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި އަޡްމަތުއ ދެމެދާ ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ 260,987.19ރ. (ދެލައްކަ ފަސްދޮޅަސްހާސް ނުވަސަތޭކަ އަށްޑިހަ ހަތް ރުފިޔާ ނަވާރަ ލާރި) ދައްކާފައިނުވާތީ، އެ ފައިސާ ހޯދުމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވެއެވެ.
2. މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ނަންބަރު 2010/20-(1)MPL (49 ޖުލައި 2646) ވަޒީފާ ހަމަޖައްސައިދިން ލިޔުމުގައި ބަޔާން ވެފައިވާ "އެއްބަސްވުން" ވީ ހިސބުނާ ފެށިގެން ދެފަރާތުގެ ދެމެދުގައި ޢަމަލު ކުރެވޭނީ އެ އެއްބަސްވުމުގައިވާ ގޮތުގެ މަތިންކަމަށްވާތީ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ފަރާތުން ދަޢުވާކޮށްފައިވަނީ، 40 މާރިޗް 2662 ގެ އިޤްރާރުގެ ދަށުން ކަމަށް ފާހަގަކޮށް، ހުށަހަޅާފައިވާ ދަޢުވާއާއި އެއްގޮތަށް ފައިސާ އަޡްމަތުގެ ކިބައިން ނަގައިދެވެން ނެތްކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ޙުކުމްކޮށްފައިވެއެވެ.
އިސްތިއުނާފަށް ހުށަހެޅުނު ނުކުތާތައް
5. މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެ ނުކުތާތަކާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށްފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
5.4 ސިވިލް ކޯޓުގެ ނަންބަރު 3212/Cv-C/2018 ޤަޟިއްޔާ ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/27 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވ އުޞޫލާ ޚިލާފަށާ ކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އާއި
5.2 އެ ޤަޟިއްޔާގައި ފައިސާ ހޯދުމަށް އެދިފައިވަނީ ދެފަރާތުގެ ދެމެދު ކޮށްފައިވާ އެއްބަސްވުމުގެ ދަށުން ކަމަށްވާއިރު، ހުށަހެޅިފައިވާގޮތަށް ދަޢުވާ ކުރިއަށް ގެންދެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއްނެތްކަމަށާ ނިންމާފައިވަނީ ޤާނޫނު ނަންބަރު 10/21 (ހެއްކާބެހޭ ޤާނޫނު) ގެ 0 ވަނަ މާއްދާއާއި މަދަނީ މިންގަނޑުން ސާބިތުކުރުމުގެ އަސާސްއާ ޚިލާފަށް ކމަށަ ބުން ހުށަހެޅި ނުކުތާ؛ އަދި
5.9 އެ ޤަޟިއްޔާ ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރިމ ކޯޓުގް ނަންބަރު A/02-/SC1020 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ދަފުޢު ސާބިތުކުރުމުގެ އުޞޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް
46އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ: " ސިވިލް ކޯޓުގެ ނަންބަރ 3212/Cv-C/2018 ޤަޟިއްޔާގެ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞުލުތަކާއި ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ނަންބަރު 3212/Cv-C/2018 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް؛ކުންފުންޏާއި ދަޢުވާލިބޭ ފަރާތާއި ދެމެދު ކޮށްފައިވާ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މުވައްޒަފުން ތަމްރީނު ކުރުމާބެހޭ ޤަވާޢިދާއި މުވައްޒަފުންގެ އިޤްރާރުގެ ދަށުން ކޯސް ފުރިހަމަ ކޮށްފައިނުވާތީ، ކޯހަށް ކުންފުނިން ޚަރަދުކޮށްފައިވާ 260,987/19ރ. (ދެލައްކަ ފަސްދޮޅަސްހާސް ނުވަސަތޭކަ އަށްޑިހަހަތ ރުފިޔް ނަވާރަ ލާރި) އަކީ ދަޢުވާލިބޭފަރާތުން ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި، މި ފައިސާ އެކީ އެއްފަހަރާ ދަޢުވާލިބޭފަރާތުން ކުންފުންޏަށް ދެއްކުމަށް ކަނޑައަޅައި، މައްސަލަ ނިންމަވާދެއްވުން." މިފަދައިންކަން އެނގެން އޮވެއެވެ. އިސްތިއުނާފު ފޯމުގެ 46 ވަނަ ނަންބަރު އިސްތިއުނާފީ ނުކުތާތަކާމެދު އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާ ކަންކަން އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅޭ
44.ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/27 ޤަޟިއްޔާގެ ފހަގަކުރެވުނާ 1 ވަނަ ނުކުތާއިން އެނގޭ ގޮތުގައި ކޮންޓްރެކްޓެއްގައި ދެފަރާތުން ވަކި ގޮތަކަށް އެއްބަސްވެފައިވާނަމަ، އެއްބަސްވެވުނު ގޮތުގެ މަތިން ދެފަރާތުންވެސް ޢަމަލުކުރަމުން ގެންދަންޖެހޭނެ ކަމަށާއި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާކަމަށް ދަލާލަތުކޮށްދޭ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާއިރު، ސިވިލް ކޯޓުން އެއްބަސްވުން ނިމުމަކަށް ގެނެސްފައިވަނީ އިސްވެ ބުނެވުނު ސުޕްރީމްކޯޓުގެ ޤަޟިއްޔާއާ ޚިލާފަށްކަމަށްވާތީ، ސިވިލް ކޯޓުގެ ނިންމުން ޤާނޫނުއަސާސީގެ 419 ވަނަ މާއްދާގެ (ރ) ގައި މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށުމަރުހަލާގ ކޯޓުތަކުގެ ތަބާވާންޖެހޭނެކަމަށ ކަނޑައަޅާފައިވް އަސާސާ ޚިލާފުކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅޭ
42. ސިވިލް ކޯޓުގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ފަރާތުން ދަޢުވާކޮށްފައިވަނީ، އެއްބަސްވުމުގެ ދަށުން ފައިސާ ހޯދަންކަމަށާއި، އެ ފައިސާއަކީ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ފަރާތުން ޚަރަދު ކޮށްފައިވާ ފައިސާއެއް ކަމާމެދު އަޡްމަތުގެ ފަރާތުން އިންކާރުކޮށްފައި ނުވާކަމަށާއި، އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާސާގެ 9 ގެ (ހ) ގައި ވަޒީފާ ހަމަޖައްސައިދިންކަން އަންގާ ލިޔުމުގައި، ނޯޓްގެ ގޮތުގައި ބަޔާންކޮށްފައިވާ ލިޔުމުގައި ބަޔާންވެފައިވާ އެއްބަސްވުންވީ ހިސާބުން ފެށިގެން ދެފަރާތުގެ ދެމެދު ޢަމަލު ކުރެވޭނީ އެ އެއްބަސްވުމުގައިވާ ގޮތުގެ މަތިންކަން އެނގެން އޮންނައިރު، ދަޢުވާކުރާ ފަރާތުން މި ދަޢުވާ ކޮށްފައިވަނީ ދެފަރާތުގެ ދެމެދު ފަހުން ވެވުނު އެއްބަސްވުމުގެ ދަށުން ކަމަށްނުވާތީ، މިހާރު ހުށަހެޅިފައިވާ ގޮތަށް ދަޢުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅާފައިވަނީ، ޤާނޫނު ނަންބަރު 10/21 (ހެއްކާބެހޭ ޤާނޫނު) ގެ0 ވާނަ މާއްދާ އާއި މަދަނީ މިންގަނޑުން ސާބިތުކުރުމުގެ އަސާސް ކަމަށްވާ، of balance probability (ބޮޑަށް ބުރަވެވޭ ގޮތް) އާ ޚިލާފަށްކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްއިން ފާހަގަކޮށްފައިވެއެވެ.
އިސްތިއުނާފީ ތިންވަނަ ނުކުތާއާ ގުޅޭ
49ދަފުޢު ސާބިތުކުރުމަކީ ދަފުޢު ކުރިމަތިކުރާ ފަރާތުގެ ޒިންމާއެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވކަމަށާއި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ނަންބަރު 2010/20-(1)MPL (49 ޖުލައި 2646) ވަޒީފާ ހަމަޖައްސައިދިން ލިޔުމުގައި ބަޔާންވެފައިވާ އެއްބަސްވުންވީ ހިސާބުން ފެށިގެން ދެފަރާތުގެ ދެމެދު ޢަމަލު ކުރެވޭނީ އެ އެއްބަސްވުމުގައިވާ ގޮތުގެ މަތިންކަން އެނގެން އޮންނަކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާއިރު، ދެފަރާތުގެ ދެމެދުގައި މިހާރު ކުރެވިފައިވާ އައު އެއްބަސްވުން އޮތްކަން ސާބިތުކުރަންވާނީ އަޡްމަތުގެ ފަރާތުން ކަމަށްވީނަމަވެސް، އެ ދަފުޢު ސާބިތުކުރުމުގެ ގޮތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނެތީސް، ދެފަރާތުގެ ދެމެދު ޢަމަލު ކުރެވޭނީ އަލަށް ކުރެވުނު އެއްބަސްވުމުގައިވާ ގޮތުގެ މަތިންކަމަށް ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ދަފްޢު ސާބިތުކުރުމުގެ އުޞޫލާ ޚިލާފަށް ކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްއިން ފާހަގަކޮށްފައިވެއެވެ.
އިސްތިއުނާފރައްދުވާ ފަރާތު ން ފާހަގަކުރާ ކަންކަނު
41. އެއްބަސްވުމަކީ ނިމުމަކަށް ގެނެސްފައިވާ އެއްބަސްވުމެއްކަން ދަލާލާތުކުރާނެ އެ އްވެސ ހެއްކެއް އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާކަމަށް ބަޔާންކޮށްފައިވީނަމަވެސް، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ނަންބަރު 2010/20-MPL (4) (49 ޖުލައި 2646) ވަޒީފާ ހަމަޖައްސައިދިންކަން އަންގާ ލިޔުން ވާނީ ސިވިލް ކޯޓަށް ހުށަހަޅާފައިކަމާއި އެ ލިޔުމުގައި ނޯޓެއްގެ ގޮތުގައި އަޡްމަތު އާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި ދެމެދު އިޤްރާރުވެވޭ އެއްބަސްވުމެއްގެ ދަށުންކަން ބަޔާންކޮށްފައިވާނެކަން އަޡްމަތުގެ ފަރާތުން ފާހަގަކުރެއެވެ.
އިސްތިއުނާފުރައްދުވާ ފަރާތުން އެދޭގޮތް
49. އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ: "ސިވިލ ކޯޓުގް ނަންބަރު 3212/Cv-C/2018 ޤަޟިއްޔާގެ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި އެއްގޮތަށް ކޮށްފައިވޫ ޙުކުމެއްކަމަށް ކަނޑައަޅައި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ނަންބަރު 2010/20-(1)MPL (49 ޖުލައި 2646) ވަޒީފާ ހަމަޖައްސައިދިންކަން އަންގާ ލިޔުމުގައި ނޯޓެއްގ ގޮތުގައެ ބަޔަންކޮ ށްފައިވަނީ "އަލްފާޟިލާ އަޡްމަތު މެލޭޝިޔާގައި ފުރިހަމަ ކުރަމުން ދިޔަ ކޯސް "އެސޯސިއޭޝަން އޮފް ޗާޓާރޑް ސަރޓިފައިޑް އެކައުންޓެންޓް" (އޭސީސީއޭ) ގެ ޕާރޓް 2 ގެ 4 ޕޭޕަރ ކަމުގައިވާ އޮޑިޓް އެންޑް އެޝުއަރެންސ އާއް އޭސީސީއޭގެ ޕާރޓް 9 މާލެއިން ފުރިހަމަ ކުރުމަށް ބޭނުންވެގެން ކުންފުންޏަށް އެކަން އަންގާ މާލެއަށް ބަދަލުވުމާއި ގުޅިގެން ކުންފުނީގައި ވަޒީފާ އަދާކުރަމުން ކޯސް ފުރިހަމަ ކުރުމަށްޓަކައި ކިޔަވަމުންދާ ގޮތަށް ވަނީ ހަމަޖައްސާ ދެއްވާފައެވެ. މިގޮތަށް ހަމަޖެހިފައިވަނީ އަޡުމަތު އާއި މި ކުންފުންޏާއި ދެމެދު އިޤްރާރުވެވޭ އެއްބަސްވުމުގެ ދަށުންނެވެ." ނަމަވެސް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ވަނީ ވަޒީފާއަދާކުރަމުން ކޯސް ފުރިހަމަ ކުރުމުގެ ފުރުޞަތު ނުދީ މަޝްވަރާކުރުމެއްނެތި ކުރިން އެންގުމަކާނުލައި މުސާރަ ނުލިބޭ ޗުއްޓީގައި ވަނިކޮށް ޤަވާޢިދާ ޚިލާފަށް 64 ޖުލައި 2649 ވަނަ ދުވަހު ވަޒީފާއިން ވަކިކޮށް ވަކިކުރުމުގެ ޗިޓް ގެއަށް ފޮނުވާފައެވެ. މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ދަޢުވާ ކޮށްފައިވަނީ ކޯސް ފުރިހަމަ ކޮށްފައިނުވާތީވެ ކޯހަށް ދިޔަ ޚަރަދު ހޯދުމަށްކަމުގައިވީނަމަވެސް، ކޯސް ފުރިހަމަ ކުރުމަށް ފުރުޞަތު ނުދީ ޤަވާޢިދާ ޚިލާފަށް ވަނީ އަޅުގަނޑު ވަޒީފާއިން ވަކިކޮށްފައެވެ. ވީމާ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ހޯދުމަށް ދަޢު ވާކުރާ 260,987/19ރ. (ދެލައްކަ ފަސްދޮޅަސްހާސް ނުވަސަތޭކަ އަށްޑިހަހަތ ރުފިޔް ނަވާރަ ލާރި) އަކީ އަޅުގަނޑު ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ކަނޑައަޅައި މައްސަލަ ނިންމަވައި ދެއްވުން." އިސްތިއުނާފީ ނުކުތާތަކާމެދު ޝަރީޢަތުން ރިޢާޔަތްކޮށްފައިވާ ގޮތް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/27 ޤަޟިއްޔާއާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނާ ބުނުން
40.މި ނުކުތާގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ފާހަގަކޮށްފައިވަނީ ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާކަން ދަލާލަތުކޮށްދޭ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވަނީސް، އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާކަމަށް ދަށު ކޯޓުން ބަޔާންކޮށްފައިވާކަމަށް ބުނެ ފާހަގަކުރާކުރުންކަން އެނގެއެވެ.
41.ދަށު ކޯޓުގު ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ރިޕޯޓްގައި ޙުކުމަށް ވާޞިލުވި ސަބަބުގެ ގޮތުގައި ފާހަގަކޮށްފައި އޮންނަނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ހުށަހެޅި ދަޢުވާ ބިނާކޮށްފައިވަނީ ފަހުން ވެވުނު އެއްބަސްވުމުގެ ދަށުންކަމަށް ނުވާތީ ހުށަހެޅިފައިވާގޮތަށް އެ ދަޢުވާ ކުރިއަށް ގެންދެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށެވެ.
42.އެގޮތުން، ދަށު ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓްގެ 9 ވަނަ ނަންބަރުގެ (ށ) ގައި ބަޔާންކޮށްފައި އޮތީ: "(ށ) ދެވަނަ ކަމަކީ؛ 40 މާރިޗު 2662 ގައި ވެފައިވާ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މުވައްޒަފުން ތަމްރީންކުރުމާބެހޭ ޤަވާއިދާއި މުވައްޒަފުންގެ އިޤްރާރުގެ ދަށުން ދަޢުވާލިބޭ ފަރާތުގެ ކިބއިނަ 260,987/19ރ. (ދެލައްކަ ފަސްދޮޅަސްހާސް ނުވަސަތޭކަ އަށްޑިހަހަތ ރުފިޔް ނަވާރަ ލާރި) ނަގައިދިނުމަށް އެދިފައިވާއިރު، ދަޢުވާކުރާ ފަރާތުގެ ނަންބަރު 2010/20-(1)MPL (49 ޖުލައި 2646) ވަޒީފާ ހަމަޖައްސައިދިންކަން އަންގާ ލިޔުމުގައި ނޯޓެއްގ ގޮތުގައެ ބަޔާންކޮށް "އަލްފާޟިލާ އަޡްމަތު މެލޭޝިޔާގައި ފުރިހަމަ ކުރަމުން ދިޔަ ކޯސް "އެސޯސިއޭޝަން އޮފް ޗާޓަރޑް ސަރޓިފައިޑް އެކައުންޓެންޓް (އޭސީސީއޭ) ގެ ޕާރޓް 2 ގެ 4 ވަނަ ޕޭޕަރ ކަމުގައިވާ އޮޑިޓް އެންޑް އެޝުއަރެންސ އާއް އޭސީސީގެ ޕާރޓް 9 މާލެއިން ފުރިހަމަ ކުރުމަށް ބޭނުންވެގެން ކުންފުންޏަށް އެކަން އަންގާ މާލެއަށް ބަދަލުވުމާއި ގުޅިގެން ކުންފުނީގައި ވަޒީފާ އަދާކުރަމުން ކޯސް ފުރިހަމަ ކުރުމަށްޓަކައި ކިޔަވަމުންދާ ގޮތަށްވަނީ ހަޖައްސާފައިކަމަށާއި، މިގޮތަށް ހަމަޖެހިފައިވަނީ އަޡުމަތާއި މިކުންފުންޏާއި ދެމެދު އިޤުރާރުވ އެއްބަސްވުމަކުންކަމަށް.." އޮތްއޮތުމުނު40 މާރިޗު 2662ގައި ވެފައިވާ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މުވައްޒަފުން ތަމްރީންކުރުމާބެހޭ ޤަވާއިދާއި މުވައްޒަފުންގެ އިޤްރާރުގެ އިތުރަށް އިތުރު އ އްބަސްވުމެއް (އިޤްރާރެއް) އޮތްކަން އެނގެން އޮތްހިނދު، މިދަޢުވާގައ ދަޢުވާކުރި ފަރާތުން އެދިފައިވާ ފަދައިން ދަޢުވާލިބޭ ފަރާތާ ގެ ކިބައިން ނަގައިދިނުމަށް ދަޢުވާކުރާ ފަރާތުން އެދިފައިވާ 260,987/19ރ. (ދެލައްކަ ފަސްދޮޅަސްހާސް ނުވަސަތޭކަ އަށްޑިހަހަތ ރުފިޔް ނަވާރަ ލާރި) ނަގައިދިނުމަށް އެދިފައިވީ ނަމަވެސް ބުނެވުނު މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ނަންބަރު 2010/20-(1)MPL (49 ޖުލައި 2646) ވަޒީފާ ހަމަޖައްސައިދިންކަން އަންގާ ލިޔުމުގައި، ނޯޓުގެ ގޮތުގައި ބަޔާންކޮށްފައިވާ ލިޔުމުގައި ބަޔާންވެފައިވާ އެއްބަސްވުންވީ ހިސާބުން ފ ށިގެނ ދެފަރާތް ދެމެދް ޢަމަލު ކުރެވޭނީ އެއްބަސްވުމުގައިވާ ގޮތުގެ މަތިންކަން އެނގެން އޮންނައިރު، ދަޢުވާކުރާ ފަރާތުން މިދަޢުވާ ކޮށްފައިވަނީ ދެފަރާތު ގެ ދެމެދުގައި ފަހުން ވެވުނު އެއްބަސްވުމުގެ ދަށުންކަމަށް ނުވާތީ މިހާރު ހުށަހެޅިފައިވާ ގޮތަށް މިދަޢުވާ ކުރިއަށް ގެންދެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަން އެނގެން އޮންނަކަމެވެ." މިފަދައިންކަން އެނގެއެވެ.
45.ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 21A/-/SC2649 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ 1 ވަނަ ނަންބަރުގައި ވަނީ: "ހަތަރުވަނަކަމަކީ، ކޮންޓްރެކްޓަކީ ޝަރީޢަތާއި ޤާނޫނު ހުއްދަކުރާ މުޢާމަލާތެއް ކުރުމަށް ދެފަރާތެއްގެ ދެމެދުގައި ނުވަތަ އެ އަށްވުރެ ގިނަ ފަރާތްތަކެއްގެ މެދުގައިވެވޭ އެއްބަސްވުމަކުން ބަނދެވޭ ބަނދެވުމެއްކަން ޝަރީޢަތާއި ޤާނޫނުގައި ކަނޑައެޅި ބަޔާންވެފައިވާ އުޞޫލުތަކާއި ކަމާބެހޭ ޖޫރިސްޕްރޫޑެންސަށް ބެލުމުން އެނގެން އޮންނަކަމާއި އަދި ކޮންމެ ކޮންޓްރެކްޓަކީވެސް އެ އަށް ޤާނޫނީ ޙައިޘިއްޔަތު ލިބުމަށްޓަކައި އެ ކޮންޓްރެކްޓް ޞައްޙަވުމުގެ ޝަރުޠުތައް ފުރިހަމަ ވުމުގެ އިތުރަށް އެ ކޮންޓްރެކްޓެއްގެ ރުކުންތައް ފުރިހަމަވެފައިވާ ކޮންޓްރެކްޓަކަށް ވާންޖެހޭކަމާއ އަދި ޤާނޫނަކުން ވަކިގޮތަކަށް އޮތުން ލާޒިމްނުކުރާހާ ހިނދަކު ކޮންޓްރެކްޓަކީ ޢާންމު އުޞޫލެއްގެ ގޮތުން ވަކި ގޮތަކަށް އޮތުން ލާޒިމްވާ އެއްޗެއް ނޫންކަމާއި، ކޮންޓްރެކްޓެއްގެ ބައިވެރިންގެ މެދުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ވަކި ގޮތަކަށް އެއްބަސްވެވި އެ ކޮންޓްރެކްޓެއްގެ ޞައްޙަވުމުގެ ޝަރުޠުތަކާއި އެ ކޮންޓްރެކްޓެއްގެ ރުކުންތައް ފުރިހަމަވެފައިވާނަމަ، އެ ހިސާބުން އެ ކޮންޓްރެކްޓް ކުރެވުނީކަމާއ އަދި އެ ކޮންޓްރެކްޓަށްފަހު ކޮންޓްރެކްޓްގެ ދެ ބައިވެރިންގެ މެދުގައި ޙަކަމަށްވާނީ "العقد شريعة المتعاقدين" ގެ ޝަރުޢީ އުޞޫލުގެ ދަށުން އެ ކޮންޓްރެކްޓްކަމީ، ޤާނޫނީ ގޮތުން ދެބަސްވެވެން ނެތް ޙަޤީޤަތަކަށްވާއިރު، ކޮންޓްރެކްޓްތަކުގައި ހިމެނޭ ދެފަރާތް އެއްބަސްވާ ޝަރުޠުތަކާއި ޖަޒާއީ ޝަރުޠުތަކާއި އެ ކޮންޓްރެކްޓްގައި ނުހިމެނުނުކަމުގައިވިޔަސް އެ ކޮންޓްރެކްޓްގެ ބައިވެރިއަކު އަނެއް ބައިވެރިއަކަށް އަންގާ އެންގުންތަކުގެ ޝަރުޢީ އަދި ޤާނޫނީ ޙައިޘިއްޔަތުގެ މައްޗަށް ބަލާއިރު އެކިއެކި މަދަނީ މުޢާމަލާތް ކުރުމުގައި ކުރީއްސުރެ މުޖުތަމަޢުގައި ތަޢާރަފްވެ އިސްތިޤްރާރުވެފައިވާ ޝަރުޠުތަކުގެ އިތުރުންވެސް ކޮންޓްރެކްޓެއްގެ މަޤްޞަދު ޙާޞިލްކުރުމަށް ހުރަސްއަޅާ ޝަރުޠުތަކާ ޝަރީޢަތާއި ޤާނޫނު ހުއްދަނުކުރާ ކަމެއްގެ މައްޗަށް ކުރެވޭ ޝަރުޠުތައް ފިޔަވައި އެހެނިހެން ޝަރުޠުތައް ކޮންޓްރެކްޓްތަކުގައި ހިމެނުމަށް ޝަރުޢީ ގޮތުން ހުރަސްއަޅާ ސަބަބެއްނެތްކަމާއި، ކޮންޓްރެކްޓެއްގެ ބައިވެރިއަކު ކޮންޓްރެކްޓެއްގައި ހިމަނާ ޝަރުޠެއްގެ ސަބަބުން އަނެއް ބައިވެރިއެއްގެ ޙައްޤަކަށް ހުރަސްއެޅިގެންދާނަމަ އެކަމާމެދު އިންކާރުކޮށް އޭނާގެ ޙައްޤު ޙިމާޔަތް ކުރުމަށްޓަކައި އަޅަންޖެހެ ފިޔަވަޅުތައު އަޅަމުން ގެންދިއުމަކީ އެ ފަރާތް ގެ މަސްއޫލިއްޔަތަކަށްވާއިރު، އ މަސްއޫލިއްޔަތު ގަސްތުގައި އަދާނުކޮށް ހުރުމުގެ ސަބަބުން، އެ ޝަރުޠަކާމެދު ޟިމްނީ ގޮތުން ރުހި ޤަބޫލުވެފައިވާކަމަށ ޝަރުޢީގޮތުން ބަލަންޖެހޭ ޙާލަތުގައި ޝަރީޢަތާއި ޤާނޫނުގެ ކުރިމަތީގައައެއްވެސ ޒިންމާއެއް ނަގަންޖެހޭނަމަ އެ ޒިންމާއެއް ނަގާނީވެސް އެކަމުގައި އިހުމާލުވި ފަރާތުންކަމަށްވާތ އިސްލާމީ ފިޤުހުގައި އިސްތިޤުރާރުވެފައިވާ ޤިވާޢިދުތަކުގެ ތެރޭގައި ހިމެނޭ ޤާޢދާއެއްގެ އެއްބައި ކަމުގައިވާ "الينسب إلى ساكت قول" (ހަނުހުރި ފަރާތކަށަ އެއްވެސް ވާހަކައެއް ނިސްބަތެއްނުކުރެވޭނެއެވެ.) މިފަދައިން ބުނެފައިވާ ބުނެވިދިޔަ ޤާޢިދާގެ އެ ބަޔަކީ އެ ޤާޢިދާގެ އަނެއް ބައިކަމުގައިވާ "ولكن السكوت في معرض الكالم بيان" ޖަވާބުދާރީވެ ވާހަކަދައްކަންޖެހޭފަދަ މަޤާމެއްގައި ހުރެމެ އެ ކަމަށް އިހުމާލު ވުމުގެ ސަބަބުން ޙައްޤެއް ގެއްލިގެން ދިޔަދިޔުމުގެ ޒިންމާ ޤާނޫނުގެ ކުރިމަތީގައި އުފުލަންޖެހޭނެ ކަމަށް ބުނެފައިވާ ބުނެވިދިޔަ ޤާޢިދާގެ މި ބަޔާއި ވަކިން ޙުއްޖަތެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އުޞޫލެއްނޫންކަން ރަނގަޅަށް އެނގެން އޮންނާތީ މި މައްސަލާގައި ދަޢުވާ ލިބޭ ފަރާތުން " الينسب إلى ساكت قول السكوت في معرض الكالم بيان" އެ ފިޤުހީ ޤާޢިދާގެ އެއްބައި ބޭނުންކޮށްފައިވަނީ، ޝަރުޢީ ދަލީލުތަކުގެ މައްޗަށް ބިނާކޮށް އިސްތިދުލާލުކުރުމުގެ ޢާންމު އުޞޫލުތަކާ ޚިލާފަށްކަމާއި އަދި އިސްވެ އިޝާރާތްކުރެވުނު ފިޤުހީ ޤާޢިދާގެ އެ ބައި އެ ފަރާތުން ބޭނުންކުރު މަޤާމަކީވެސް އެ ޤާޢިދާގެ ބޭނުންކުރެވިދާނެ މަޤާމެއް ނޫންކަން ރަނގަޅަށް އެނގެއެވެ."
26.މ މައްސަލާގައި ކަނި ހިނގާފައިވާގޮތަށް ބަލާއިރު، މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި އަޡްމަތުއާ ދެމެދު 40 މާރިޗު 2662 ގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މުވައްޒަފުން ތަމްރީނުކުރުމާއ ބެހި ޤަވާޢިދާއި މުވައްޒަފުންގެ އިޤްރާރުގައި ސޮއިކޮށްފައިވާކަން ކިތާބީހެކިތަކުން އެނގެންއޮވެއެވެ. އަދި މިކަމަކީ ޚަޞްމުންގެ މެދުގައި ޚިލާފެއް އޮތްކަމެއް ނޫންކަން ދެފަރާތުގެ ބަހުންވެސް އެނގެއެވެ.
24.ފުރިހަމަކުރުމަށް އެއްބަސްވި ކޯސް އަޡްމަތު ފުރިހަމަ ނުކުރާކަން އެނގެން އޮތްއިރު، ދަޢުވާގައި ހޯދުމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން އެދުނު ފައިސާއަކީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ޚަރަދުކޮށްފައިވާ ފައިސާއެއްނޫންކަމަށް ބުނެ އެ ފައިސާއަށް އަޡްމަތު އިންކާރުކޮށްފައެއްނުވެއެވެ. އަދި އެ ފައިސާގެ މިންވަރާމެދުވެސ އެއްވެސް ސުވާލެއް އުފައްދާފައިވާކަން އެނގެން ނެތްކަން ފާހަގަކުރެވެއެވެ.
22.ދެފަރާތުގެ ދެމެދު ސޮއިކޮށްފައިވާ އިޤްރާރުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ: " ކިޔަވަން ފޮނުވާ މީހަކު ކޯސް ފުރިހަމަނުކޮށްފިނަމަ، ކޯހަށް އެހާތަނަށް ޚަރަދުވެފައިހުރި ފައިސާއެއް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން އަންގާ މުއްދަތެއްގެ ތެރޭގައި ދައްކާ ޚަލާޞްކުރަންވާނެއެވެ. އަދި މިފައިސާ ދައްކަން އެއްބަސްވާ މުއްދަތަކަށް އެމީހަކު މޯލްޑިވްސް ޕޯސްޓް ލިމިޓެޑަށް ޚިދުމަތްކުރަން އެއްބަސްވެ އިޤުރާރުވާންވާނެއެވެ. މިގޮތަށް އެއްބަސްވާ މުއްދަތުގެ ކުރިން ފައިސާ ދައްކާ ނިމިއްޖެނަމަ، ފައިސާ އަނބުރާ ދައްކާ ނިންމާ ތާރީޚުން ފެށިގެން ބޮންޑު ނިމޭނެއެވެ."
29.މި ދެފަރާތުގެ ދެމެދު ވެވުނު އެއްބަސްވުން ނިމުމަކަ ށ ގެނެސްފައިވާކަމަށް ދަށް ކޯޓުނު ބަލާފައިވަނީ ރާއްޖޭން ބޭރުގައި ހަދަމުންދިޔަ ކޯހުގެ ފުރިހަމަ ނުކުރެވި އޮތްބައި ވަޒީފާއަދާކުރަމުން ރާއްޖޭގައި ފުރިހަމަކުރުމަށް އަޡްމަތުގެ ފަރާތުން އެދުމުން، އެގޮތަށް ހަމަޖައްސާދީފައިވާތީކަން އެނގެއެވެ.
21.ނަމަވެސް، އެގޮތަށް ހަމަޖައްސައިދިން ދިނުމަކީ ދެފަރާތުން ވެވުނު އެއްބަސްވުން ނިމުމަކަށް ގެނައީކަމަށް ބެލިދާނެ އެއްވެސް ޤާނޫނީ ހަމައެއް ދަށު ކޯޓުން ބަޔާންކޮށްފައެއް ނުވެއެވެ.
29. އަހުރެންނަށް ފާހަގަކުރެވެނީ ރާއްޖޭން ބޭރުގައި ހަދަމުންދިޔަ ކޯހުގެ ފުރިހަމަ ނުކުރެވި އޮތްބައި ވަޒީފާއަދާކުރަމުން ރާއްޖޭގައި ފުރިހަމަކުރުމަށް އަޡްމަތުގެ ފަރާތުން އެދުމުން، އެގޮތަށް ހަމަޖައްސާދީފައި އޮތް އޮތުމަކީ، ރާއްޖޭން ބޭރުގައި ފުރިހަމަކުރަމުންދިޔަ ކޯހުގެ ފުރިހަމަ ނުކުރެވި އޮތްބައި ރާއްޖޭގައި ހުރެގެން ފުރިހަމަކުރުމަށް ދެވުނު ފުރުސަތަކށްވާތީ، އެއީ އެ ކޯސް ފުރިހަމަ ކުރުމަށް ދެވުނު ލުޔެއްކަމަށެވެ.
20. ރާއްޖޭގައި ކޯސް ފުރިހަމަ ކުރުމަށް ދެވުނު ފުރުސަތަކީ،އަޡްމަތަށް ދެވުނު ލުޔެއްކަނ އެނގެން އަޡްމަތަށް ވަޒީފާދިންކަން އަންގާލިޔުމުގައި ނޯޓްގ ގޮތުގައެ ބަޔާންކޮށްފައިވާ ޢިބާރާތުންނެވެ. އެގޮތުން، އެ ނޯޓްގައި އޮތީ: " އަލްފާޟިލާ އަޡްމަތު މެލޭޝިޔާގައި ފުރިހަމަ ކުރަމުން ދިޔަ ކޯސް "އެސޯސިއޭޝަން އޮފް ޗާޓަރޑް ސަރޓިފައިޑް އެކައުންޓެންޓް (އޭސީސީއޭ) ގެ ޕާރޓް 2 ގެ 4 ވަނަ ޕޭޕަރ ކަމުގައިވާ އޮޑިޓް އެންޑް އެޝުއަރެންސ އާއް އޭސީސީގެ ޕާރޓް 9 މާލެއިން ފުރިހަމަ ކުރުމަށް ބޭނުންވެގެން ކ ންފުންޏަށ އެކަން އަންގާ މާލެއަށް ބަދަލުވުމާއި ގުޅިގެން ކުންފުނީގައި ވަޒީފާ އަދާކުރަމުން ކޯސް ފުރިހަމަ ކުރުމަށްޓަކައި ކިޔަވަމުންދާ ގޮތަށްވަނީ ހަޖައްސާފައިކަމަށާއި، މިގޮތަށް ހަމަޖެހިފައިވަނީ އަޡުމަތާއި މިކުންފުންޏާއ ދެމެދި އިޤުރާރުވް ވ އެއްބަސްވުމުގެ ދަށުންނެވެ." މިފަދައިންކަން އެނގެއެވެ.
21.އަދި އެ ނޯޓްގައި ކުރިންވެވުނު އެއްބަސްވުން ނިމުމަކަށް ގެނައިކަމަށް ބަޔާންކޮށްފައެއްނުވެއެވެ.
22.ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 26 ވަނަ މާއްދާގެ (ހ) ބަޔާންކޮށްފައިވަނީ: "ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ، އެކޮންޓްރެކްޓްގައިވާ ޝަރްޠުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިއާޚިލާފުގޮތަކަށް ޢަމަލުކުރެވޭނީ، އެކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ދުލެއްދީފިނަމއެވެ. ނުވަތަ އޭނާ ކޮންމެވެސް އެހެން ގޮތަކަށް ޢަމަލުކުރާން އެއްބަސްވެއްޖެނަމައެވެ."
25.ވަޒީފާދިންކަން އަންގައި ޗިޓުގައި ނޯޓްގ ގޮތުގައެ ލިޔެފައިވާ ޢިބާރާތަކީ ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 26 ވަނަ މާއްދާގައި ވާފަދައިން ދެވިފައިވާ ލުޔެއްކަން އެނގެއެވެ. އެހެންކަމުން، މި ދެފަރާތުގެ ދެމެދު އައު އެއްބަސްވުމެއް ވެފައިވާކަމަކަށް ނުބެލވެ އެވެ.
96.ވުމާއެކު،ދަށު ކޯޓުގު ނިންމުމަކީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ބުނާފަދައިން ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/27 ޤަޟިއްޔާގެ 1 ވަނަ ނަންބަރުގައިވާ އުޞޫލާ ޚިލާފު ނިންމުމެއްކަން އެނގެއެވެ.
94.އެހެންކަމުން، ދަށު މަރުޙަލާގެ ކޯޓުތަކުން އެ އަށްވުރެ މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ތަބާވާންޖެހޭނެކަމަށް ޤާނޫނުއަސާސީގާ419 ވަން މާއްދާގަ (ރ) ގައި ބުނާ އުޞޫލްޚިލާފަށ ދަށް މަރުޙަލާއިން އެ މައްސަލަ ނިންމާފައިވާކަން އެނގެއެވެ. ހެއްކާބެހޭ ޤާނޫނުގެ 0 ވަނަ މާއްދާއާ މަދަނީ މިންގަނޑުން ސާބިތުކުރުމުގެ އަސާސްކަމުގައިވާ ބެލެންސް އޮފް ޕްރޮބެބިލިޓީއާ ޚިލާފުކަމަށް ބުނާ ބުނުން ޤާނޫނު ނަންބަރު 54/1
92.މ ނުކުތާގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ފާހަގަކުރަނީ އެ ފަރާތުން ހުށަހެޅި ދަޢުވާ ހުށަހެޅިފައިވަނީ ދެފަރާތުގެ ދެމެދުވެވިފައިވާ އެއްބަސްވުމުގެ ދަށުންކަމަށްވެފައި، އެ އެއްބަސްވުމުގެ ފަހުން އައު އެއްބަސްވުމެއްވެފައި އޮތްކަމަކަށް ބުނެ، ހުށަހެޅިފައިވާގޮތަށ ދަޢުވް ކުރިއަށް ނުގެންދެވޭނެކަމަށް ދަށު ކޯޓުން ނިންމި ނިންމުން ހެއްކާބެހޭ ޤާނޫނުގެ 0 ވަނަ މާއްދާއާ މަދަނީ މިންގަނޑުން ސާބިތުކުރުމުގެ އަސާސްކަމުގައިވާ ބެލެންސް އޮފް ޕްރޮބެބިލިޓީއާ ޚިލާފުކަމަށެވެ.
99.ހެއްކާބެހޭ ޤާނޫނުގެ 0 ވަނަ މާއްދާގައި ބަޔާންކުރަނީ: " ހަގީގަތެއް ސާބިތުވެއްޖެކަމަށް ޝަރީޢަތުން ބެލޭނީ އެކަން ސާބިތު ކުރުމަށް ކަނޑައެޅިފައިވާ ހަމަތަކުގެމަތިން އެކަމެއް ހިނގާކަމަށް ނުވަތަ ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ގަބޫލު ކުރެވިއްޖެ ހިނދެއްގައެވެ. އަދި ބުއްދި ސަލާމަތުން ހުރި މީހަކު އެކަމެއް ހިނގާފައިވާކަމަށް ބަލައި، އެމައްޗަށް ޢަމަލު ކުރަންޖެހޭ ފަދަ މިންވަރަކަށް އެކަމެއް ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ބުރަވެވިއްޖެނަމަ، އެފަދަ ޚާއްޞަ ޙާލަތަށް ކަނޑައެޅިފައިވާ އުޞލެއޫގެމަތިން އެކަމެއްގެ ހަގީގަތް ސބިތުވެއްޖެކަމަށް ޝަރީޢަތުގެ މަޖިލީހުން ނިންމިދާނެއެވެ." މިފައިންނެވެ.
91.މަދަނީ ދަޢުވާއެއް ސާބިތުވޭތޯ ބަލާ މިންގަނޑަކީ ބެލެންސް އޮފް ޕްރޮބެބިލިޓ ކަނީ އެނގެއެވެ.
99.މި ރިޕޯޓްގެ 25 ވަނަ ނަންބަރުގައި ބަޔާންވެދިޔަ ފަދައިން މި ދެފަރާތުގެ ދެމެދު އައު އެއްބަސްވުމެއް ވެފއިވާކަމަކަށަ ނުބެލެވެއެވެ. އެހެންކަމުން، ކުރީގެ އެއްބަސްވުމގު ދަށުން ދަޢުވާ ނުކުރެވޭނެކަމަށް ދަށު ކޯޓުން ކަނޑައެޅި ކަނޑައެޅުން ޞައްޙަކަމަކަށ އަހުރެން ނުދެކެމެވެ. ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ދަފްޢު ސާބިތުކުރުމުގެ އުޞޫލާ ޚިލާފުކަމަށް ބުނާ ބުނުން
90.މި ނުކުތާގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ފާހަގަކުރަނީ އައު އެއްބަސްވުމެއް ވެފައިވާކަމަށް ބުނާނަމަ އެ ދަފްޢު ސާބިތުކުރަން ވާނީ އަޡްމަތުގެ ފަރާތުންކަމަށެވެ. ނަމަވެސް، އެ ދަފްޢު ސާބިތުކުރުމަށް އަޡްމަތުގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވަނީސް ދެފަރާތުގެ ދެމެދު ޢަމަލުކުރެވޭނީ އައު އެއްބަސްވުމުގައިވަ ގޮތުގެ މަތިންކަމަށް ދަށު ކޯޓުން ކަނޑައެޅި ކަނޑައެޅުން ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ދަފްޢު ސާބިތުކުރުމުގެ އުޞޫލާ ޚިލާފުކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ބުނެފައިވެއެވެ.
91.އައު އެއްބަސްވުމެއް ވެފައިވާކަން އަންގާދޭ ލިޔުމެއްގެ ގޮތުގައި ވަޒީފާދިންކަން އަންގައިދޭ ލިޔުން ދަށު ކޯޓަށް ހުށަހަޅާފައިވާނެކަމަށާއި އެ ލިޔުމުގައި ނޯޓްގ ގޮތުގައެ ލިޔެފައިވާ ޢިބާރާތުގައި ދެފަރާތުގެ ދެމެދު އިޤްރާރުވެވޭ އެއްބަސްވުމެއްގެ ވާހަކަ ބަޔާންކޮށް ފައި އޮންނަކަމަށް އަޡްމަތުގެ ފަރާތުން ބުނެފައިވެއެވެ.
92.ދެބަސްވުމެއް ނެތް އެނގެނި އޮންނަގޮތުގައ ދަޢުވި ސާބިތުކުރުމުގެ ބުރައަކީ ދަޢުވާކުރާ ފަރާތުން އުފުއްލަންޖެހޭ ބުރައެކެވެ. އެހެނީ، ދަޢުވާކުރާ ފަރާތުގެ ދަޢުވާ ސާބިތުކޮށްދިނުމަކީ ދަޢުވާކުރާ ފަރާތުން ކުރަންޖެހޭކަމެކެވެ. ބުނެވިދިޔަ އުޞޫލު ބިނާވެފައިވަނީ probandi” onus incumbit Actori" މި ޤާނޫނީ ޤާޢިދާގެ މައްޗަށެވެ. އެ ޤާޢިދާގެ އިނގިރޭސި ތަރުޖަމާއަކީ: “The burden of proof lies on the plaintiff” ކަން އެނގެއެވެ.
95.ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާގައި މަދަނީ ޚުޞޫމަތްތަކުގައި ސާބިތުކުރުމުގެ ބުރަނުވަތަ Probandi Onus އުފުލުމުގެ ޒިންމާއަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއްކަމާއި، ދަޢުވާއެއްގައި އެއް ޚަޞްމަކު އަނެއް ޚަޞްމަކާ ކުރިމަތި ކުރުވާ ދަފްޢު ސާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ ދަފްޢުއެއްކުރާ ފަރާތެއްކަން އެ ޤަޟިއްޔާގައި ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި ކަނޑައަޅާފައިވާކަން އެނގެން އޮވެއެވެ.
16.ދަށު ކޯޓުގައު މި މައްސަލި ހިނގަމުން ދިޔައިރު، އައު އެއްބަސްވުމެއް އޮތްކަމަށް ބުނެ، އެ ދަފްޢު އަޡްމަތުގެ ފަރާތުން ނަގާފައިވާކަން އެނގެން ނެތްކަން ފާހަގަކުރެވެއެވެ. ނަމަވެސް، އަޡްމަތުގެ ފަރާތުން ދަޢުވާގެ ޖަވާބުގައި ދަށު ކޯޓުގައި އަދި މި ކޯޓުގައިވެސް ފާހަގަކުރާ ނުކުތާއަކީ ވަޒީފާއަދާކުރަމުން ރާއްޖޭގައި ކޯސް ފުރިހަމަ ކުރުމުގެ ފުރުސަތުދޭގޮތަށް އެއްބަސްވުމަށްފަހު، ވަޒީފާއަދާކުރުމުގެ ފުރުސަތު ނުދީ ވަޒީފާއިން ވަކިކުރިކަމަށް ބުނެކުރާ ޝަކުވާއެކެވެ.
14.ނަމަވެސް، އަޡްމަތު ވަޒީފާއިން ވަކިކުރިކުރުން ކަމާބެހޭ އެއްވެސް އިދާރާއެއްގައި ޗެލެންޖްކޮށް އެ ވަކިކުރިކުރުމަކީ ޤާނޫނާ ޚިލާފަށް ވަކިކުރިކުރުމެއްކަމަށް ކަނޑައަޅާފައި ވާކަން އެނގޭކަށް ނެތެވެ. އަދި ވަކިކުރިކުރުމުގެ ޞައްޙަކަމާމެދު އެ އުފައްދާ ސުވާލާމެދު، މިހާރު މި ކޯޓުން ގޮތެއް ކަނޑައެޅިދާނެ ޤާނޫނީ އެއްވެސް ހަމައެއް އަޡްމަތުގެ ފަރާތުން ބަޔާންކޮށްފައެއްވެސް ނުވެއެވެ.
12. ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމުން، މި ދެފަރާތުގެ ދެމެދު އައު އެއްބަސްވުމެއް ވެފައި އޮތަތީ ކުރީގަ އެއްބަސްވުމުގެ ދަށުން ދަޢުވާނުކުރެވޭނެކަމަށް ދަށު ކޯޓުން ކަނޑައެޅި ކަނޑައެޅުމަކީ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން އެ ފާހަގަކުރާ ފަދައިން ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ދަފްޢު ސާބިތުކުރުމުގެ އުޞޫލާ ޚިލާފަށް ދަށު ކޯޓުން ކަނޑައެޅި ކަނޑައެޅުމެއްކަމުގައި އަހުރެން ދެކެމެވެ.
ނިންމަން ފެންނަގޮތް
19.އިސްތިއުނާފަށް ހުށަހެޅުން ނުކުތާތަކުގެ މައްޗަށް ބިނާކޮށް، މި އިސްތިއުނާފީ ދަޢުވޮ ބެލިއިރު، އިސްވެ ބަޔާންވެ ދިޔަ ކަންކަން އެގޮތުގައި ހުރިކަން އެނގެން އޮތަތީ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، އެ ދަޢުވާގައި ހޯދުމަށް އެދުނު 521.45،206ރ (ދެލައްކަ ފަސްދޮޅަސް ހާސް ނުވަސަތޭކަ އަށްޑިހަ ހަތް ރުފިޔާ ނަވާރަ ލާރި) 64 (އެކެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞްކުރުމަށް އަންގައި ޙުކުމްކުރުމަށް ފެނެއެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
11.މ ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، އެ ނިންމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މިމައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ނިންމުން ނިންމާ ތާރީޚުން ފެށިގެން 96 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި މިނިންމުން ނިމުނުގޮތުގެ ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފާށާނެ ތާރީޚަކީ ނިންމުން ނިމުނުގޮތުގެ ރިޕޯޓު ޚަޞްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ނިންމުން ނިމުނުގޮތުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔު؛
19.ފަނޑިޔާރު ޙަސަނު ޝަފީޢުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޙުސައިން ޝަހީދގު ރައުޔު؛
10.ފަނޑިޔާރު ޙަސަނު ޝަފީޢުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ. ޤާނޫނު ނަންބަރު 2624/92 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 221 ވަނަ މާއްދާގެ (ހ) ޤާނޫނު ނަންބަރު 2624/92 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 221 ވަނަ މާއްދާގެ (ށ) ޤާނޫނު ނަންބަރު 2624/92 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 221 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ)
- ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ (ދަށު ކޯޓުތައް މަތީ ކޯޓުތަކުގެ ނިންމުންތަކަށް ތަބާވުމާބެހޭ) މާއްދާ – ލިޔުމުގައި '419 ވަނަ މާއްދާގެ (ރ)' ކަމަށް ޖެހިފައި
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތާބެހޭ މާއްދާ (ލިޔުމުގައި '221')
- ސުޕްރީމް ކޯޓުގެ 2013/SC-A/27
- ސުޕްރީމް ކޯޓުގެ 2010/SC-A/02
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.