ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/253

ގްލޯބަލް ލިންކްސް ޕްރައިވެޓް ލިމިޓެޑް އަދި 3 މީހުން ވ. މޮރިޝަސް ކޮމާޝަލް ބޭންކް ޕްރައިވެޓް ލިމިޓެޑް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓުން ދަމަހައްޓާފައިޙުކުމުގެ ހާލަތު
ހައިކޯޓު · 24 ފެބުރުއަރީ 2022ދަށު ކޯޓު: ސިވިލް ކޯޓު 206/Cv-C/2018ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 206/Cv-C/2018
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓު: 2022/SC-A/60 — ހައިކޯޓުގެ ޙުކުމް ދަމަހައްޓާފައި

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ބޭންކުން ދޫކުރި އޯވަރޑްރާފްޓް ފެސިލިޓީއެއްގެ ފައިސާ ދަރަނިވެރި ކުންފުންޏާއި ޕާރސަނަލް ގެރެންޓަރުން ދެއްކުމަށާއި ރަހުނު ވިއްކުމުގެ ހުއްދަ ދިން ޙުކުމުގައި، ބޭންކް ސްޓޭޓްމަންޓްތަކުގެ ހެކި، ގެރެންޓަރުންގެ ޒިންމާގެ ތަރުތީބު، ޤާނޫނީ ޚަރަދު، އަދި ބިމާބެހޭ ޤާނޫނުގެ 36 (ށ) ގެ ޝަރުޠު ފުރިހަމަވޭތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ކޮންމެ މީހަކީވެސް ޒިންމާއިން ބަރީޢަ މީހެއް ކަމުގައި ބެލުމަކީ އަޞްލެވެ؛ ނަމަވެސް ޞައްޙަކަމާމެދު ޤާނޫނީ ސުވާލެއް ނުއުފެދޭ ކިތާބީ ހެކިތަކުން (ފެސިލިޓީއަށް އެދުން، ހުށަހެޅުން، ޤަބޫލުކުރުން، ގެރެންޓީ އަދި ރަހުނުގެ އެއްބަސްވުންތައް) އެ އަޞްލު ނަފީވުމުން ޒިންމާ އުފުލަންޖެހޭ ގޮތަށް ފުރޮޅިގެންދެއެވެ.

HN2 ބޭންކާއި ކަސްޓަމަރާ ދެމެދު އޮންނަ ގުޅުމުގެ އަސާސަކީ ތަޢާޤުދީ ގުޅުމެކެވެ؛ އެ ގުޅުން ގިނަފަހަރަށް ބިނާވަނީ ސްޓޭންޑަރޑް ފޯމް ކޮންޓްރެކްޓުތަކާއި ޤާނޫނުން އިފްތިރާޟްކުރާ ޝަރުޠުތަކާ ގުޅިފައިވާ ލިޔުންތަކުގެ މައްޗަށެވެ؛ ފެސިލިޓީ ލެޓަރަކީ އެފަދަ ސްޓޭންޑަރޑް ފޯމް ކޮންޓްރެކްޓެކެވެ.

HN3 އޯވަރޑްރާފްޓަކީ ކަސްޓަމަރުގެ ކަރަންޓް އެކައުންޓުގައި ނެތް ފައިސާ ކުރިން އެއްބަސްވެފައިވާ ޢަދަދަކާ ހަމައަށް ނެގުން ހުއްދަކޮށްދޭ ކުރު މުއްދަތުގެ ފެސިލިޓީއެކެވެ؛ އޯ.ޑީ އަކަށް ލިޔުމުން އެދުމުން، ނުވަތަ އެކައުންޓުގައި ފައިސާ ނެތި ނެގުމުން ބޭންކުން ޤަބޫލުކުރުމުން ޟިމްނީ ގޮތުން ކޮންޓްރެކްޓް އުފެދިދާނެއެވެ؛ މިއީ ވަކި ޢަދަދެއް އެއްފަހަރާ ދޭ ލޯނެއް ނޫން ކަމުން، ފައިސާ ދިންކަން ނުވަތަ ބޭނުންކުރިކަން ވަކިން ޘާބިތުކުރަން ޖެހޭ ކަމަށް ބުނުމަކީ އޯ.ޑީގެ ޠަބީޢަތާ ގުޅޭ ވާހަކައެއް ނޫނެވެ.

HN4 އޯ.ޑީ ހުއްދަކޮށްފައިވާ ކަރަންޓް އެކައުންޓަކުން ޗެކު ނުލައިވެސް (ޓްރާންސްފަރ ފަދަ) މުޢާމަލާތު ކުރެވޭ ކަމުން، ޗެކް ފޮތްތައް ބޭންކާ ހަވާލުކުރިކަމަކީ ބޭންކް ސްޓޭޓްމަންޓުން ދައްކާ މުޢާމަލާތުތައް ނަފީކުރެވޭނެ ސަބަބެއް ނޫނެވެ.

HN5 ގެރެންޓަރުގެ ޒިންމާއަކީ ޕްރިންސިޕަލް ޑެޓަރެއްގެ ޒިންމާ ކަމަށާއި، ބޮރޯވަރަށް ޑިމާންޑު ކުރުމުގެ ކުރިން ގެރެންޓަރަށް ޑިމާންޑު ކުރެވޭނެ ކަމަށް ގެރެންޓީ އެއްބަސްވުމުގައި ބުނެފައިވާނަމަ، ދަރަނިވެރިޔާ ދައްކަމުން ނުދާތީ ހުށަހަޅާ ދަޢުވާއެއްގައި ގެރެންޓަރުން ފައިސާ ދެއްކުމަށް އެކުގައި ޙުކުމް ކުރެވޭނެއެވެ؛ ދަރަނިވެރިޔާ ނުދައްކާ ފަހުން ގެރެންޓަރުންގެ މައްޗަށް ވަކި ދަޢުވާއެއް ކުރަންޖެހޭ ކަމަށް ބެލުމަކީ އެއްބަސްވުމާ ޚިލާފު ގޮތެކެވެ.

HN6 ވަކީލު ފީއާއި ޤާނޫނީ ޚަރަދު ދެއްކުމަށް ފެސިލިޓީ އަދި ގެރެންޓީ އެއްބަސްވުންތަކުގައި އެއްބަސްވެފައިވާނަމަ، ޚަޞްމުގެ ކިބައިން ޤާނޫނީ ޚަރަދު ނަގައިދިނުމަށް ބޭނުންވާ އެއްބަސްވުން އޮތް ކަމަށް ބެލެވޭނެއެވެ؛ ޚަރަދުގެ ޢަދަދު ޘާބިތުނުވާތީ ދަށުކޯޓުން އެ ޢަދަދު ކަނޑަނާޅާ ޒިންމާ ކަނޑައެޅުމުގައި ގޯހެއް ނެތެވެ.

HN7 ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ (ށ) ގެ މާނަ 2018/HC-A/60 ގައި ކަނޑައަޅާފައިވާ ކަމުން، އެ އުޞޫލަކީ އެ ނުކުތާގައި މިހާރު ޢަމަލުކުރަން އޮތް ޤާނޫނީ އުޞޫލެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
މުޙައްމަދު ނިޔާޒް، ޢަލީ ސަމީރު، ޙުސައިން މަޒީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ޢަލީ ސަމީރު، ޙުސައިން މަޒީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު: (މިރައުޔަށް ފަނޑިޔާރް ޢަލީ ސަމީރު އަދި ފަނޑިޔާރު ޙުސައިން މަޒީދު

ތާއީދު ކުރެއެވެ.)

ތަޢާރަފު

1ދަ މޮރިޝަސް ކޮމރާ ޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އެމް.ސީ.ބީ މޯލްޑިވްސ" ނުވަތަ "އިސްތިއުނާފު ރައްދުވާ") އާއި ދަރަނިވެރިއެއްގެ ހައިޞިއްޔަތުން ގްލޯބަލް ލިންކްސް ޕްރައިވެޓް 3 2 ލިމިޓެޑް އާއި ޕާރސަނަލް ގެރެންޓަރއެއްގެ ހައިޞިއްޔަތުން […] ފާޠިމަތު ސުދުނ މުޞްތަފާ ވަޙީދު 6 5 4 އާއި، […] ކ.މާލެ / މުޙައްމަދު ޖުނައިދު އާއި […] އަޙްމަދު މުޙައްމަދު، (މީގެ ފަހުން، ވަކިވަކިން، ގްލޯބަލް ލިންކްސް، ފާޠިމަތު ސުދުނާ، މުޙައްމަދު ޖުނައިދު، އަޙްމަދު މުޙައްމަދު ނުވަތަ މިފަރާތތަކަށް ޖުމްލަކޮށް "އިސްތިއުނާފުކުރާ") 20 ޑިސެންބަރު 2011 ގައި ސޮއިކޮށްފައިވާ ފެސިލިޓީ ލެޓަރ އާއި ކޯޕަރޭޓް ގެރެންޓީ އެންޑް އިންޑެމްނިޓީ އާއި ޕަރސަނަލް ގެރެންޓީ އެންޑް އިންޑެމްނިޓީގެ ދަށުން އޯވަރޑްރާފްޓް ފެސިލިޓީގެ ގޮތުގައި ދޫކޮށްފައިވާ -/000،000،11ރ. (އެގާރަ މިލިޔަން ރުފިޔާ) ގެ އޯވަރޑްރާފްޓް ލޯނު އަދާކުރުމަށް އެއްބަސްވެފައިވާ ގޮތަށް އެލޯނު އަދާކޮށްފައިނުވަތީ، 25 ސެޕްޓެނބަރް 2017 ވަނަ ދުވހާއަ ހަމައަށް ދައްކަންޖެހޭ 14،174،328.96ރ. (ސާދަމިލިޔަން އެއްލައްކަ ސައުރަހަތްތރިހާސަ ތިންސަތޭކަ އަށާވިސް ރުފިޔާ ސަޔާނަވައި ލާރި) ހޯދުމަށާއި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އަރަމުންދާ އިންޓަރެސްޓާއި ޖޫރިމަނާގެ ފައިސާ އާއި ޤާނޫނީ ފީގެ ގޮތުގައި ހޭދަވި -/20,000ރ. (ވިހިހާސް ރުފިޔާ) އެއްކޮށް ދައްކާ ޚަލާޞް ކުރުމަށް އަންގައިދިނުމަށް އެދި އެމް.ސީ.ބީ މޯލްޑިވްސް ގެ ފަރާތުން ދަޢުވާ ކުރުމުން ބެލި ސިވިލް ކޯޓުގެ ނަންބަރު ރަޖިސްޓްރޭޝަން ނަންބަރު 0528/2010-C. ރަޖިސްޓްރޭޝަން ނަންބަރު: 1072/2008-C. ސިވިލް ކޯޓަށް މުޙައްމަދު ޖުނައިދުގެ ފަރާތުން ހުށަހެޅި އައި.ޑީ.ކާރޑް ކޮޕީގައި ދާއިމީ އެޑްރެހެއްގ ގޮތުގައެ ލިޔެފައިވަނީ […]، ސ.މީދޫ އެވެ. ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އައި.ޑީ.ކާރޑް ކޮޕީގައި ވަނީ […] . އެހެންކަމުން، ފަހުން ހައިކޯޓަށް ހުށަހެޅި އައި.ޑީ.ކާރޑް ކޮޕީއަކީ ފަހުން ހެދި އައި.ޑީ.ކާރޑްއެއްކަމަށ މުއްދަތް ހަމަވާ ތާރީޚްތަކަށ ބެލުމުން އެނގެއެވެ. C/2018-Cv/206 ޤަޟިއްޔާ ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފކު މަށަ ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް، އިސްތިއުނާފކުރު ފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މައްސަލައިގައި ކަންހިގާފާއިވާ ގޮތް: ކްރެޑިޓް ފެސިލިޓީއަކަށް އެދުން )request the(:

2ގްލޯބަލް ލިންކސްގެ ފަރާތުން އެމް.ސީ.ބީ މޯލްޑިވްސް އަށް ކްރެޑިޓް ފެސިލިޓީއެއް ހަމަ ޖައްސައިދިނުމަށް އެދި ރިކުއެސްޓް ކުރެއެވެ. އެކަން އެމް.ސީ.ބީ މޯލްޑިވްސް އިން ގްލޯބަލް ލިންކްސްގެ ޑިރެކްޓަރުންނަށް ފޮނުވި ނަންބަރު: SDW11/000601 (20 ޑިސނެ ބަރް 2011) "”Facilities tuest for CrediqRe:Re މިހެން ބަޔާންކޮށް ފޮނުވާފައިވާ ކްރެޑިޓް ފެސިލިޓއަށީ އެދް ފޮނުވި ލިޔުމުން އެނގެއެވެ. ކްރެޑިޓް ފެސިލިޓީއެއް ހުށަހެޅުނީ )offer the(:

3ގްލޯބަލް ލިންކްސްގެ ފަރާތުން ކުރި ރިކުއެސްޓާއި ގުޅިގެން، އެމް.ސީ.ބީ މޯލްޑިވްސގް ފަރާތުން ކްރެޑިޓް ފެސިލިޓީއެއްގެ ހުށަހެޅުމެއް ގްލޯބަލް ލިންކސ އަށް ފޮނުވިއެއެވެ. މިހުށަހެޅުމުގައި ބަޔާންކޮށްފައިވަނީ؛ “The Mauritius Commercial Bank (Maldives) Private Limited (“MCB Maldives”) is pleased to offer the following Credit Facility, subject to the terms and conditions mentioned below, and listed in the facility and security documentation to be executed.” ގްލޯބަލް ލިންކްސް ސ ޕްރައިވެޓް ލިމިޓެޑްގެ 20 ޖޫން 2011 ގެ ބޯޑު ރޒި ލިއުޝަން. ( އެގްރީމެންޓް ނަންބަރު:601SDW11/000 "މޯގޭޖް އެގްރީމެންޓް"ގެ ރިސައިޓަލްގެ Aގައި ބަޔާންކޮށްފައިވާ) ކްރެޑިޓް ފެސިލިޓީ ޤަބޫލު ކުރުން )acceptance the(:

4އެމް.ސީ.ބީ މޯލްޑިވްސްގެ ފަރާތުން ގްލޯބަލް ލިންކްސް އަށް ހުށަހެޅި ހުށަހެޅުން ޤަބޫލު ކުރަ ންޖެހޭ ގޮތާބެހޭ ގޮތުން އެހުށަހެޅުމުގައި ބަޔާން ކޮށްފައިވެއެވެ؛ “ Please sign and return the enclosed copy of this offer letter by th 20 January 2012, otherwise this offer will stand expired. Notwithsanding acceptance of this letter on or before the expiry date specified above, this offer shall stand terminated unless the documents referred to above have been duly executed and th delivered on or before 20 January 2012 Should this date expire, MCB Maldive may at its sole discretion extend the said date to a later specified date.” މި ހުށަހެޅުން ލިބުމުން ”read and approved“ މިހެން ބަޔާންކޮށް ގްލޯބަލް ލިންކްސގެ ސިއްކަޖް ހައަ ”Signatory of Borrower Authorised“ މިހެން އޮތް ތަނުގެ މަތީގައި "ސޮއި" ކޮށް ޤަބޫލު ކޮށްފައި ވެއެވެ. ”(Borrower“ the( އަކީ، ގްލޯބަލް ލިންކސ ކަމަށް މި ހުށަހެޅުމުގް 1 ވަނަ ނަންބަރުގައި ބަޔާން ކޮށްފައި އޮވެއެވެ. ގްލޯބަލް ލިންކްސް ސްޓޮކް އިން ޓްރޭޑް މޯގޭޖްކުރުން:

5ގްލޯބަލް ލިންކސްގެ ފަރާތުން ކުރި ރްކުއެސްޓާއި ގުޅިގެން އެމް.ސީ.ބީ މޯލްޑިވްސް ގެ ފަރާތުން ހުށަހެޅި ކްރެޑިޓް ފެސިލީޓ ޤަބޫލުކޮށް އެކަމުގެ ސެކިއުރިޓީއެއްގެ ގޮތުގައި ގްލޯބަލް ލިންކްސްގެ ސްޓޮކް އިން ޓްރޭޑް -stock( )trade-in -/8,000,000ރ. (އަށެއ މިލިޔަން ރުފިޔާ)ގެ އަގުހުރި މުދައު ފުލޯޓިންގ ޗާޖް floating( )charge ގެ ގޮތުގައި މޯގޭޖްކޮށް، މޯގޖަރ އަދ ބރޯވަރޮ ގެ ހައިޞިއްޔަތުން ގްލޯބަލް ލިންކް ސްގެ ސިއްކަޖަހައް ސޮއިކޮށްފައވެއެވެ.އަދި އެމް.ސީ.ބީ މޯލްޑިވްސގް ފަރާތުން ސިއްކަޖަހައި 20 ޑިސެނބަރް 2011 ގައި ސޮއިކޮށްފައި ވެއެވެ. އެގްރީމެންޓް ނަންބަރު:SDW11/000601 (ޑޮކިއުމެންޓް 2 ގެ ގޮތުގައި ދަށު ކޯޓަށް ހުށަހެޅި ލިޔުން) […] އެވެ ކިޔާ ގޯތި މޯގޭޖް ކުރުން:

6ގްލޯބަލް ލިންކްސގެ ފަރާތުން ކުރި ރްކުއެސްޓާއި ގުޅިގެން އެމް.ސީ.ބީ މޯލްޑިވްސް ގެ ފަރާތުން ހުށަހެޅި ކްރެޑިޓް ފެސިލީޓ ޤަބޫލުކޮށް އެކަމުގެ ސެކިއުރިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ނަންބަރު: ބ. 16468 […] އެވެ ކިޔާ ގޯތި -/8,000,000ރ. (އަށެއ މިލިޔަން ރުފިޔާ)ގެ އަގުހުރި މުދަލެއްގެ ގޮތުގައި މޯގޭޖްކޮށް، މޯގް ޖަރޭ ގެ ހައިޞިއްޔަތުން އަޙްމަދު މުޙައްމަދު ސޮއިކޮށް އނި ގިލިއޮބައި، އަދި ބރޯވަރޮ ގެ ހައިޞިއްޔަތުން ގުލޯބަލް ލިންކްސްގެ ސިއްކަޖަހައ ސޮއިކޮށްފައި ވެއެވެ. އަދި އެމް.ސީ.ބީ މޯލްޑިވްސގް ފަރާތުން ސިއްކަޖަހައި 20 ޑިސެނބަރް 2011 ގައި ސޮއިކޮށްފައިވެއެވެ. ޕާރސަނަލް ގެރެންޓީ:

7ގްލޯބަލް ލިންކްސގެ ފަރާތުން ކުރި ރްކުއެސްޓާއި ގުޅިގެން އެމް.ސީ.ބީ މޯލްޑިވްސްގެ ފަރާތުން ހުށަހެޅް ކްރެޑިޓް ފެސިލީޓ ޤަބޫލުކޮށް އެކަމުގެ ޕރާ ސަނަލް ގެރެންޓީ އަދި އިންޑެމްނިޓީގެ ގޮތުގައި، ފާޠިމަތު ސދުނު އާއި، މުޙައްމަދު ޖުނައިދު އާއި އަޙްމަދު މުޙައްމަދު 20 ޑިސެނބަރް 2011 ގައި ގެރެންޓދިނީ ލިޔުމުގައި ސޮއިކޮށްފައު ވެއެވެ. އެމް.ސީ.ބީ މޯލްޑިވްސް އިން ދަޢުވާ ކުރުން:

8އެމް.ސީ.ބީ މޯލްޑިވްސްގެ ފަރާތުން ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީ އާއި އެއްގޮތަށް ދަޢުވާލިބޭ ގްލޯބަލް ލިންކްސް އަދި ފާޠިމަތު ސުދުނާ، މުޙައްމަދު ޖުނައިދު، އަޙްމަދު މުޙައްމަދު ލޯނށަ (އޯވަރޑްރާފްޓް) ފައިސާ ދައްކަމުން ނުދާތީ، 25 ސެޕްޓެންބަރު 2017 އާ ހަމައަށް ދައްކަންޖެހޭ 328.96،174،14ރ. (ސާދަމިލިޔަން އެއްލައްކަ ސައުރަހަތްތެރިހާސް ތިންސަތޭކަ އަށާވިސް ރުފިޔާ ސަޔާނަވައި ލާރި) ހޯދުމަށާއި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އަރަމުންދާ އިންޓަރެސްޓާއި ޖޫރިމަނާގެ ފައިސާ އާއި ޤާނޫނީ ފީގެ ގޮތުގައި ހޭދަވި ސިވިލް ކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާ ނަންބަރު: 01272/2-C/C-Cv އެގްރީމެންޓް . -/20,000ރ. (ވިހިހާސް ރުފިޔާ) އެއްކޮށް ދައްކާ ޚަލާޞް ކުރުމަށް އަންގައިދިނުމަށް އެދި އެމް.ސީ.ބީ މޯލްޑިވްސްގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ. ސިވިލް ކޯޓުން އެދަޢުވާ ބަލާފައިވަނީ އެކޯޓުގެ ނަންބަރު: C/2018-Cv/206 ޤަޟިއްޔާއިންނެވެ. ސިވިލް ކޯޓު ނަންބަރު: C/2018-Cv/206 ޤަޟިއްޔާ ނިންމި ގޮތް:

9ސިވިލް ކޯޓްގެ ނަންބަރު C/2018-Cv/206 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ؛ [ދެންފަހެ، […] / މާލެ، ފާޠިމަތު ސުދުނ މުޞްތަފާ ވަޙީދާ (ދިވެހި ރައްޔިތެއްކަން އަންގައިދޭ އާއި ސ.މީދޫ / ކެނެރީވިލާ، މުޙައްމަދު ޖުނައިދު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު؛ ) އާއި […] / މާލެ، އަޙްމަދު މުޙައްމަދު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ޔަޤީންކަންދީގެން ގްލޯބަލް ލިންކްސް ޕްރައިވެޓް ލިމިޓެޑުގެ އެދުމަކަށް ދަ މޮރިޝަސް ކޮމަރޝަލް ބޭންކ (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑގު ނަންބަރު: SDW11/000601 ފެސިލިޓީ އެގްރިމެންޓްގެ ދަށުން -/11,000,000ރ. (އެގާރަ މިލިއަން ރުފިޔާ) ގެ އޯވަރޑްރާފްޓް ފެސިލިޓީއެއް ގްލޯބަލް ލިންކްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާކަމާއި، މިލޯނު ދޫކުރުމާ ގުޅޭގޮތުން ވެފައިވާ ރަހުނު އެއްބަސްވުމުގެ ދަށުން ގްލޯބަލް ލިންކްސް ޕްރައިވެޓް ލިމިޓެޑުގެ ސްޓޮކް- އިން ޓްރޭޑް އާއި އަޙްމަދު މުޙައްމަދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ […] އެވެ ކިޔާ ގޯތި ރަހުނުކޮށްފައިވާކަމާއި، މިރަހުނުތަކުގެ އިތުރުން ފާޠިމަތު ސުދުނ މުޞްތަފާ ވަޙީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރު 10665 ގޯތި (ސިލްވަރސީ) ރަހުނު ކޮށްފައިވާކަމަށް ދަ މޮރިޝަސް ކޮމަރޝަލް ބޭންކ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވިއަސް، މިގޯތި ރަހުނުކުރުމަށް ވެފައިވާ ރަހުނު އެއްބަސްވުން މިމައްސަލައިގައި ހުށަހަޅާފައިނުވާތީ، އެރަހުނުގެ ނަތީޖާއާއި އިލްތިޒާމްތައް ދެނެގަނެވެން ނެތްޙާލަތުގައި، އެރަހުނާމެދު މިމައްސަލައިގައި ގޮތެއް ކަނޑައަޅައި ދެވެން ނެތްކަމާއި، މިއެއްބަސްވުމުގައިވާ ގޮތުގެ މަތީން ގްލޯބަލް ލިންކްސް ޕްރައިވެޓް ލިމިޓެޑުން ފައިސާ ދައްކައިފައިނުވާތީ، 25 ސެޕްޓެމްބަރ 2017 ވަނަ ދުވަހާ ހަމައަށް 328.96،174،14ރ. (ސާދަމިލިއަން އެއްލައްކަ ހަތްދިހަ ހަތަރުހާސް ތިންސަތޭކަ އަށާވީސް ރުފިޔާ ނުވަދިހަ ހަލާރި) ދައްކަންޖެހި ނުދައްކައިވާކަމާއި، މިއެއްބަސްވުންތަކުގެ ދަށުން ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުން ކުރަންޖެހުނު ޤާނޫނީ ޚަރަދަށް ގްލޯބަލް ލިންކްސް ޕްރައިވެޓް ލިމިޓެޑާއި، ފާޠިމަތު ސުދުނާ މުޞްތަފާ ވަޙީދު އާއި، މުޙައްމަދު ޖުނައިދު އާއި، އަޙްމަދު މުޙައްމަދު ޒިންމާވާންޖެހޭނެކަމާއި، މިމުޢާމަލާތާ ގުޅިގެން އިތުރަށް އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާއާއެކު މިއެންމެހައި ފައިސާ ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށްޓަކައި، މިއަދު 21 މާރިޗް 9201 އިން ފެށިގެން 07 (ހަތެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް މަދުވެގެން އެމަހަކަށް ޖެހޭވަރު ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑަށް ދައްކަމުންގޮސް، މިފައިސާ މިމުއްދަތުގެ ތެރޭގައި އެއްކޮށް ދައްކައި ޚަލާޞްކުރުމަށް ގްލޯބަލް ލިންކްސަ ޕްރައިވެޓް ލިމިޓެޑަށާއި، މިލޯނަށ ޔަޤީންކަން ދީފައިވާ ފަރާތްތަކުގެ ޙައިޘިއްޔަތުން ފާޠިމަތު ސުދުނ މުޞްތަފާ ވަޙީދާ އަށާއި، މުޙައްމަދު ޖުނައިދު އަށާއި، އަޙްމަދު މުޙައްމަދު އަށް އަންގައި، އަދި މިފައިސާ ދެއްކުމަށް މިދެވުނު 07 (ހަތެއް) މަސްދުވަހުގެ މުއްދަތު ހަމަވާއިރު، މިފައިސާ އެއްކޮށް ދައްކައި ޚަލާޞްކުރެވިފައިނުވާނަމަ، މިލޯނާ ގުޅިގެން ރަހުނު ކުރެވިފައިވާ […] އެވެ ކިޔާ ގޯއްޗާއި ގްލޯބަލް ލިންކްސް ޕްރައިވެޓް ލިމިޓެޑްގެ ސްޓޮކް- އިން ޓްރޭޑް އެއްބަސްވުމުގައިވާ ގޮތުގެ މަތިން ވިއްކާލުމުގެ ހުއްދަ، ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާކަމަށް ކަނޑައަޅައި، ޙުކުމްކޮށްފީމެވެ." ސިވިލް ކޯޓުގެ ނަންބަރު: C/2018-Cv/206 ޤަޟިއްޔާގެ ނިންމުން ބިނާކުރި ސަބަބުތައް:

10ސިވިލް ކޯޓުގެ ނަންބަރު: C/2018-Cv/206 ޤަޟިއްޔާގެ ޙުކުމް ބިނާކޮށްފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށްގެންކަން އެޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ.

1.10. އެމް.ސީ.ބީ މޯލްޑިވްސް އިން ގްލޯބަލް ލިންކްސް އަށް -/000،000،11ރ. (އެގާރަ މިލިޔަން ރުފިޔާ)ގެ އޯވަރޑްރާފްޓް ފެސިލިޓީއެއް ދީފައިވާކަން ހުށަހެޅުނު ލިޔުންތަކުން އެނގެން އޮތުން.

2.10. ގްލޯބަލް ލިންކްސްގެ ސްޓޮކް އިން ޓްރޭޑް އާއި […] އެވެ ކިޔާ ގޯތި ރަހުނު ކޮށްފައިވާކަން ހުށަހެޅުނު ލިޔުންތަކުން އެނގެން އޮތުން.

3.10. މިއީ އޯވަރޑްރާފްޓް ފެސިލިޓީއެއްކަމާއި ޓާރމް ލޯނެއް ނޫންކަން ގްލޯބަލް ލިންކް ސްގެ އެކައުންޓް ސްޓޭޓްމަންޓުން އޯވަރޑްރޯ ކޮށްފައިވާކަން އެނގެން އޮތުން.

4.10. އެމް.ސީ.ބީ މޯލްޑިވްސް ގެ ފަރާތުން ޤާނޫނީ ފީގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ -/20,000ރ. (ވިހިހާސް ރުފިޔާ) އަކީ މިމައްސަލައާއި ގުޅިގެން ކުރި ޚަރަދެއްކަން ދެނެގަނެވެން ނެތުމުން ޤާނޫނީ ފީގެ މިންވަރަކީ އެޢަދަދުކަން ކަނޑައަޅައިދެވެން ނެތްކަމާއި ނަމަވެސް އެމް.ސީ.ބީ މޯލްޑިވްސް އިން ކުރަންޖެހުނު ޤާނޫނީ ޚަރަދަށް ގްލޯބަލް ލިންކްސް އާއި ގެރެންޓީ ދިން ފަރާތްތަކުން ޒިންމާވާންޖެހޭކަން.

5.10. ގްލޯބަލް ލިންކްސް ގެ ޗެކް ފޮތްތައް އެމް.ސީ.ބީ މޯލްޑިވްސް އަށް ޙަވާލުކޮށްފައިވާކަމަށް ބުނެ ހުށަހެޅި ލިޔުމުން ގްލޯބަލް ލިންކްސްގެ އެކައުންޓް އޮޕަރޭޓް ކުރުމުގެ ބާރު ގެއްލިފައިވާ ކަމަށް ބެލެވެން ނެތުން. ގްލޯބަލް ލިންކްސް އަދި އެހެން ފަރާތްތަކުން ކުރި އިސްތިއުނާފު:

11ސިވިލް ކޯޓުގެ ނަންބަރު: C/2018-Cv/206 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވކަމަށ ބުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި އިސްތިއުނާފކުރު ފަރާތްތަކުން ތިރީގައިވާ ނުކުތތައާ ހުށަހަޅާ އެނުކުތތަކާ އާ ބެހި ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެ ގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛

1.11. ފުރަތަމަ ނުކުތާއަކީ: ގްލޯބަލް ލިންކްސް ޕްރައިވެޓް ލިމިޓެޑުން އެއްވެސް ޓްރާންސެކްޝަނަކަށް އެދި ދަ މޮރިޝަސް ކޮމާރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑއަށް ހުށަހެޅި ހުށަހެޅުމެއް ދަ މޮރިޝަސް ކޮމާރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްގެ ފަރާތުނު ޝަރީޢަތަށް ހުށަހެޅިފައިނުވާއިރު، ދަ މޮރިޝަސް ކޮމާރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑު ނ ޝަރީޢަތަށް ހުށަހެޅް ބޭންކް ސްޓޭޓްމަންޓަކީ ޙަޤީޤަތުގެ މައްޗަށް ބިނާވެފައިނުވާ މުސްތަނަދެއކަމުގައް ފާޅުކަންބޮޑުގޮތުގައި އނެ ގެން އޮތް ހިނދުވެސް، އެ ސްޓޭޓްމަންޓުގެ މައްޗަށް ރިޢާޔަތް ކުރައްވައި 328.96،174،14 ރުފިޔާ ދައްކަންޖެހި ނުދައްކާވާކަމަށާއި، މިފައިސާއާއި، މިމުޢާމަލާތާ ގުޅިގެން އިތުރަށް އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާއާއެކު މިއެންމެހައި ފއިސަ ދަ މޮރިޝަސް ކޮމާރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑށަ ދެއްކުމަށް، ގްލޯބަލް ލިންކްސް ޕްރައިވެޓް ލިމިޓެޑަށާއި، […] ފާޠިމަތު ސުދުނާ މުޞްތަފާ ވަޙީދު އާއި ސ.މީދޫ، […] / މުޙައްމަދު ޖުނައިދު އާއި […] އަޙްމަދު މުޙައްމަދު އަށް އަންގައި ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/206 ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބުނާފަދަ ޢަދުލުވެރި ޙުކުމެއްކަމުގައި ބެލެވެން ނެތްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

2.11. ދެވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު 018C/2-Cv/206 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ދަޢުވާކުރި ދަ މޮރިޝަސް ކޮމާރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑު ނ ސިވިލް ކޯޓަށް ހުށަހެޅް ދަޢުވި ފޯމުގައި އެފަރާތުން އެދިފައިވާ ގޮތާވެސް ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

3.11. ތިންވަނަ ނުކުތާއަކީ: ދަ މޮރިޝަސް ކޮމާރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑނު ކުރަންޖެހުނު ޤާނޫނީ ޚަރަދަށް ގްލޯބަލް ލިންކްސް ޕްރައިވެޓް ލިމިޓެޑާއި، […] ފާޠިމަތު ސުދުނ މުޞްތަފާ ވަޙީދު އާއި ސ.މީދޫ، […] / މުޙައްމަދު މުޙައްމަދު ޖުނައިދު އާއި […] އަޙްމަދު މުޙައްމަދު ޒިންމާވާންޖެހޭނެކަމަށް ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/206 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ ވަކީލު ފީ، މައްސަލައިގެ އަނެއް ޚަޞްމުގެ އަތުން ނަގައިދިނުމުގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާތަކުން ކަނޑައަޅުއްވާފައިވާ އުޞޫލާވެސް ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

4.11. ހަތަރުވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/206 ޤަޟިއްޔާގައި، […] އެވެ ކިޔާ ގޯތި ރަހުނު ކުރެވިފައިވާކަމަށް ބައްލަވާފައިވަނީ، އަދި އެގޯތި ވިއްކާލުމަށް ކޯޓުން ހުއްދަދެއްވާފައިވަނީ، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) 36 ވަނަ މާއްދާއާއި ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

5.11. ފަސްވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/206 ޤަޟިއްޔާގެ ޙުކުމުގައި، ދަ މޮރިޝަސް ކޮމާރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑގް ނަންބަރު: SDW11/000601 ފެސިލިޓީ ލެޓަރއަކީ، ފެސިލިޓީ އެގްރިމެންޓެއްކަމަށް ބައްލަވާފައި އޮތް އޮތުމަކީ، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ށ) އާއި ޤާނޫނު ނަންބަރު 2010/24 (ދިވެހިރާއްޖޭގެ ބޭންކިންގ އާބެހޭ ޤާނޫނު) ގެ 24 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގައި ލޯނު ދޫކުރުމުގައި ބޭންކުތަކުން ޢަމަލުކުރަމުންދާ ބެސްޓް ޕްރެކްޓިސްއާއި، އިސްތިޤުރާރުވެފައިހުރި ބޭންކިންގ ގެ ނިޒާމުގެ ހަރުދަނާ އުޞޫލުތަކާވެސް ޚިލާފު ނިންމުމެއްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. ފާހަގަކުރެވުނު ނުކުތާތައް:

12ސިވިލް ކޯޓުގެ ނަންބަރު: C/2018-Cv/206 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އސްތިއުނާފި ކުރު ގްލޯބަލް ލިންކްސް ޕްރައިވެޓް ލިމިޓެޑއާ […] / މުޙައްމަދު ޖުނައިދު އާއި […] އަޙްމަދު މުޙައްމަދު އަދި […] ފާޠިމަތު ސުދުނާ މުޞްތަފާ ވަޙީދގު ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތތަކާ އާ ގުޅިގެނި މައްސަލއިގައަ ހިމެނި ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ. ޒިންމާއިން ބަރީޢަ ވެގެންވާކަމަށ ބުން ބުނުން:

13އިސްތިއުނާފު ކުރާ ފަރާތްތަކުން، ހުށަހެޅި ފުރަތަމަ ނުކުތާގައި ބަޔާންކުރަނީ، އެމް. ސީ.ބީ މޯލްޑިވްސް އިން ހުށަހެޅި ބޭންކް ސްޓޭޓްމަންޓްތަކކީ، އިންތިހާއަށަ ޝުބުހާތައް އެކުލެވޭ ސްޓޭޓްމަންޓްތަކެއް ކަމަށެވެ. އަދި އަޞްލަކީ ކޮންމެ މީހަކީވެސް ޒިންމާއިން ބަރީޢަ މީހެއް ކަމަށް ބަލަން ޖެހުނކަމަށެވެ. ވީމާ، ޝުބުހާތައް އެކުލެވޭ ސްޓޭޓްމަންޓްތަކެއްގެ މައްޗަށް ބިނާކޮށް، މީހެއްގެ މައްޗަށް ޒިންމާއެއް މަތި ނުކުރެވޭނެ ކަމަށެވެ.

14HN1އޯވަރޑްރާފްޓް ފެސިލިޓީއަށް ގްލޯބލަ ލިންކް ސ އިން އެދުން ކަމާއި، އެ އެދުމާއި ގުޅިގެން، އެމް.ސީ.ބީ މޯލްޑިވްސް އިން އޯވަރޑްރާފްޓް ފެސިލިޓީ އެއް ހުށަހެޅި ކަމާއި، އެހުށަހެޅުން ގްލޯބަލް ލިނކްސ އިން ޤަބޫލު ކުރިކަން އިސްވެ ޙަވާލާ ދެވުނު ލިޔުންތަކުން ސާބިތުވާން އެބައޮތެވެ. އަދި ހަމައެހެންމެ، މިދެންނެވި އޯވަރޑްރާފޓްއަށ ފަރުދީގޮތުން ދިން ޔަޤީންކަމާއި ކުރެވުނު މޯގޭޖްތަކުގެ އެއްބަސްވުންތައް ހުށަހެޅިފައި އެބަހުއްޓެވެ. މިދެންނެވި އެއްބަސްވުންތަކުގެ ޞައްޙަކަމާމެދު ދަށު ކޯޓުގައި ޤާނޫނީ ސުވާލެއް އުފައްދާފައެއް ނެތެވެ. މިސާލކަށ އެއް ނުރަނގަޅު ނޫފޫޒއްގެ ދަށުން، ނުވަތަ މަކަރެ އާ ޙީލަތުން އޮޅުވާލުމެއްގެ ތެރެއިން ވަދެ ފައިވާ އެއްބަސްވުންތަކެއްކަމަށވުން ފަދަކަމެއް ނެތެވެ. އުފައްދް ސުވާލަކީ އެއްބަސްވުމެއް ވުޖޫދު ނުވާކަމުގެ ސުވާލެކެވެ.

15ކޮންމެ މީހަކީވެސް ބަރީއަ މީހެއްކަމަށް ބުނާ އަޞްލު ގޮތް އެއީ، އަބަދަށް ބަދަލު ނުވެ އޮންނނާ ގޮތެއް ނޫނެވެ . އެއީ ކޮންމެ މީހަކާމެދުވެސ ޔަޤީނީކޮށް ޤަބޫލް ކުރެވު އަޞްލީ ގޮތެވެ. މިނުކުތާއަށް ބަލާއިރު، އަޞްލު ގޮތް ދެމިގެންދާނީ، އަޞްލު ގޮތުގައި އެމީހަކު ހުރިކަން، އެހެން ހެކިތަކަކުން ނަފީ ނުވާނަމައެވެ. މިމައްސަލައިގައި، އަޞްލަކީ، ގްލޯބަލް ލިންކްސް އިން އޯ ވަރޑްރޯ ނުކުރުމެވެ. އަދި އެކަމަށު އިސްތިއުނާފކުރު އެހެން ފަރާތްތަކުން ޒިންމާ ނުނެގުމެވެ. ނަމަވެސް މިއަޞްލު ބަދަލުވެގެންދާ ފަދަ ކިތާބީ ހެކިތައް މިމައްސަލައިގައި ހުށަހަޅާފައި އެބަހުއްޓެވެ. މިގޮތުން މިއަޞްލ އުޞޫލު ބަދަލުވެގެންދާނެ ގޮތއާ ގުޅޭ ޝަރުޢީ އެއް ޤާއިދާގައި ބަޔާންކުރަނީ، މިފަ ދއިނަ ނެވެ. އިސްވެ ދެންނެވި ކިތާބީ ހެކިތަކުގެ ޞައްޙަ ކަމާއިމެދު ޤާނޫނީ ސުވާލެއް އުފައްދާނެ ޖާގައެއް ނެތުމުން، ޒިންމާއިން ބަރީޢަވެގެންވކަމަށާ ބުނާ އަޞްލުގޮތް މިހާރު އެވަނ ޔަޤީނީ ހެކިތަކުން ބަދަލުވެ ޒިންމާ އުފުލަންޖެހޭ ގޮތަށް ފުރޮޅިގެން ގޮސފައެވެ. ފައިސާ ދިންކަމާއި ފައިސާ ބޭނުން ކުރިކަން ސާބިތު ނުވާކަމަށް ބުނާ ބުނުން:

16HN2ބޭންކާއި ކަސްޓަމަރާއ ދެމެދި އޮންނަ ގުޅުމުގެ އަސާސަކީ ތަޢާޤުދީ ގުޅުމެކެވެ. މިގުޅުން އުފެއްދުމަށްޓަކައި، ވޭވޭ އެއްބަސްވުމަކީ އެއް ލިޔުމެއްގައި އޮންނަ އެއްބަސްވުމަކަށް ނުވެދާނެއެވެ. ނަމަވެސް އެއީ ލިޔެފައިވާ އެތަކެއް ފޯމް ތަކެއްގެ މައްޗަށް ބިނާވާ ޤާނޫނުން އިފް ތިރާޟްކުރ ޝަރުޠުތަކާ ގުޅިފައިވާ ލިޔުންތަކެކެވެ. ބޭންކާއި ކަސްޓަމަރާއ ދެމެދި އޮންނަ ގުޅުން ގިނަފަހަރަށް ބިނާވަނީ، ސްޓޭންޑަރޑް ފޯމެއްގެ މައްޗަށް ބިނާވާ އެއްބަސްވުމެއްގެ މައްޗަށެވެ.

17މިއުޞޫލުން ބަލާއިރު، މިމައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކަށް ބެލުމުން، ޑޮކިއުމެންޓު 1 ގެ ގޮތުގައި ހުށަހަޅާފައިވާ ނަންބަރު:SDW11/000601 "ކުރެޑިޓް ފެސިލިޓީ" އާ ގުޅޭ ލިޔުމަކީ ސްޓޭންޑަރޑް ފޯމް ކޮންޓްރެކްޓެއްކަން ސާފުވެއެވެ. މިއެއްބަސްވުމުގެ ދަށުން، އެމް.ސީ.ބީ މޯލްޑިވްސް އާއި އިސްތިއުނާފކުރު ފަރާތްތަކާއި ދެމެދު އޯވަރޑްރާފްޓް (އޯ.ޑީ) ފެސިލީޓ އެއީ ހަމަޖެހިގެން ގޮސްފައިވާކަން ސާބިތުވެއެވެ.

18HN3ވިޔަފާރީގެ އުޞޫލުން ބޭންކުތަކުން ދޫކުރާ ފައިސާ ތަފާތު ސޫރައިގައި ދޫކޮށް އުޅެއެވެ. މިގޮތުން ދޫކުރާ ހުރިހާ ބާވަތެއް އެއްކޮށް ބަޔާންކޮށް ދިނުމަށް ބޭންކިންގ ގައި ބޭނުންކުރާ ޖެނެރިކް ނަމަކީ ފެސިލިޓީ )facility( އެވެ. އ.ޑޯ އަކީވެސް ބޭންކުން ދޫކުރާ ކުރެޑިޓް ފެސިލިޓީގެ ތެރޭގައި ހިމެނޭ، ބޭންކުން ކަސްޓަމަރުންނަށް ދޭ ޚިދުމަތެކެވެ. އ.ޑޯ އަކަށް އެދެވިދާނެ ދެގޮތެއް އޮވެއެވެ. އެއީ އެކަމަށް ބޭންކުގައި ލިޔުމުން އެދުމާއި، ކަސްޓަމަރުގެ އެކައުންޓްގައި އެމިންވަރަށް ފައިސާ ނެތި، ފައިސާ ނެގުމަށް އެދުމުން، ބޭންކުން އެކަން ޤަބޫލުކޮށް އެމިންވަރަށް ފައިސާ ދޫކުރުމެވެ. ފަހުން މިބުނި ޙާތަލުގައި ޟިމްނީގޮތުން އޯ.ޑީ ކޮންޓްރެކްޓެއް އުފެދިގެން ދާނެއެވެ. އަދި ބޭންކުގެ ޢާންމު އުޞޫލުން އޯ.ޑީއ މެދާ ޢަމަލު ކުރެވޭނެއެވެ. މިމައްސަލައިގައި ބަޔާނކުރް އ.ޑީ އަކީ ގްލޯބަލް ލިންކްސްގެ އެދުމަށް، ލިޔެކިޔުމުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެމް.ސީ.ބީ މޯލްޑިވްސް އިން ހަމަޖެއްސި )arranged/authorised-pre( އޯ.ޑީއެއްކަން ސާފުކޮށް އެނގެން އޮވެއެވެ. މިކަން މިގޮތށަ ކަނޑައެޅުމުން، އިސްތިއުނާފކުރު ފަރާތްތަކާ ނ ހުށަހެޅް ފަސްވަނަ ނުކުތާއާމެދު ކަނޑައެޅުނު ގޮތަކވީ ސ މިއީއެވެ.

19މި އ.ޑޯ ހަމަޖެއްސުމާއއެކު، ގްލޯބަލް ލިންކްސގް ނަންބަރު: 9229 އެކައުންޓުން އެފެސިލިޓީ ގެ ބޭނުން ކޮށްފައިވާކަން، ހުށަހެޅިފައިވަ ބޭންކް ސްޓޭޓްމަންޓްތަކުން ފންނެ ނ އޮވެއެވެ. މި އ.ޑޯ ފ ސިލޓީގެ ނަމުންވެސި ދޭހަކޮށްދޭ ފަދައިން، މިއީ ކަނޑައަޅާ ވަކި ޢަދަދެއްގެ ރުފިޔާ ލޯން ނަގާފަރާތަށް ދޭ ދިނުމެއް ނޫނެވެ. އޯ.ޑީ އަކީ، ކަސްޓަމަރުގެ ކަރަންޓް އެކައުންޓް، އެއެކައުންޓްގައި ނެތް ފައިސާއެއް އެއެކައުންޓް މދުވެރިކޮށެ ކުރިން އެއްބަސްވެފައިވާ ޢަދަދަކާ ހަމައަށް ނެގޭނެ ނުވަތަ މުޢާމަލާތު ކުރުން ހުއްދަކޮށް ބޭންކުން ހަމަޖައްސާ ކުރު މުއްދަތުގެ ފެސިލިޓީއެއް ނުވަތަ ލޯނެކޭވެސް ކިއިދާނެއެވެ. ވީމާ، އިސްތިއުނާފު ކުރާ ފަރާތުން މި އ.ޑީގެ ފައިސާ ގްލޯބަލް ލިންކްސް އަށް ދިންކަން ނޭނގޭކަމަށާއި އަދ ގްލޯބަލް ލިންކްސް އިން އެފައިސާ ބޭނުން ކުރިކަން ސާބިތު ނުކޮށްދޭ ކަމަށް ބުނާބުނުމަކީ، މިފެސިލިޓީ ގެ ތަބީޢަތާއި ގުޅޭ ވާހަކައެއް ކަމަކަށް ނުދެކެމެވެ. ގްލޯބަލް ލިންކްސއަށ މުޢާމަލާތް ކުރެވޭނެ މަގެއް ނެތްކަމަށް ބުން ބުނުން:

20HN4އިސްތިއުނާފކުރު ފަރާތްތަކުން ބަޔާންކުރާގޮތުން، އ.ޑޯ އަކާއި ގުޅިގެން އެކައުންޓުން މުޢާމަލާތާ ކުރެވޭނީ ހަމައެކަނި ޗެކެއް މެދުވެރިކޮށެވެ. ނަމަވެސް މިއީ މުޅިން ރަނގަޅު ވާހަކައެއް ކަމަށް ބުރައއެ ނުވވެ އެވެ. ސަބަބަކީ، ކަރަންޓު އެކައުންޓުން އޯ.ޑީ އެއީ ހުއްދަކޮށްފައި އޮތުމުން، ޗެކު މެދުވެރި ކުރުމަކާއި ނުލައިވެސް އެ އެކައުންޓުން މުޢާމަލާތު ކުރެވޭނެތީއެވެ. ހުށަހަޅާފައިވާ ގްލޯބަލް ލިންކް ސްގެ ނަންބަރު: 9229 އެކައުންޓް ސްޓޭޓްމަންޓުން ދައްކާ ގޮތުން، ޗެކުގެ އިތުރުން ފއިސަ ޓްރާންސްފަރ ކޮށްފައިވާކަންވެސް އެނގެނެ އެބަހުއްޓެވެ.

21އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކުރާ ގޮތުން، ގްލޯބަލް ލިންކްސްގެ ޗެކް ފޮތްތައް ވަނީ، 25 އޮގަސްޓް 2013 ގައި އެމް. ސީ. ބީ މޯލްޑިވްސްއަށް ޙަވާލުކޮށްފައެވެ. އެސިޓީއަށް ބަލާއިރު، އެމް. ސީ. ބީ މޯލްޑިވްސ ގައް އޮންނަ ގްލޯބަލް ލިންކްސގެ ނަންބަރު: 9229 ޗެކް ފޮތް ޙަވާލުކުރިކަމަށް ބަޔާން ކުރެއެވެ. ނަމަވެސް އެސިޓީގައި ބަޔާންކޮށްފައިވާ އެހެން ޗެކް ފޮތްތަކާ އ ގުޅިގެނި އެޙަވާލ ކުރު ޗެކް ފޮތުގައި ހިމެނޭ ޗެކްތަކުގެ ޢަދަދާއެކު ބަޔާން ކޮށްފައިވާއިރު، އެމް. ސީ. ބީ މޯލްޑިވްސްގައި ހުޅުވާފައިވާ ބަޔާންވެދިޔަ އެކައުންޓް ނަންބަރާއި އަދި އެހެން އެކައުންޓެއްގެ ޗެކް ފޮތް ކަމަށް ބަޔާނކުރިއިރު، ޗެކް ފޮތުގައި ޗެކްތަކުގެ ޢަދަދު ބަޔާން ކުރަން އޮތްތަން އޮތީ ހުސްކޮށެވެ. މީގެ އިތުރުން، ގްލޯބަލް ލިންކްސް ގެ ބޭންކް ސްޓޭޓްމަންޓުން ދައްކާ ގޮތުން 11 އޮގަސްޓް 2014 ގައި ނަންބަރު : 9229 އެކައުންޓަށް ޗެކް ފޮތެއް ދޫކުރުމުގެ ޗާޖް ކުރެވިފައި އެބަ އޮތެވެ. ޗެކު ގެ ބޭނުން ކުރުމުގެ އިތުރުން، ކަރަންޓް އެކައުންޓް ބޭނުން ކޮށްގެން، ފައިސާ ދެއްކޭނެ އެހެން ވަޞީލަތްތައްވެސް ހުރުމާއެކު، ޗެކް ފޮތްތައް ޙަވާލު ކުރިކަމަށް ބެލިނަމަވެސް އެއީ ބޭންކް ސްޓޭޓްމަންޓުން ދައްކާ ޓްރާންސެކްޝަންތައް ނަފީ ކުރެވޭނެ ސަބަބެއް ނޫނެވެ. މައްސަލަ ނިންމީ އެދިފައިވާ ގޮތަށް ނޫންކަމަށް ބުނާ ބުނުން:

22HN5އިސްތިއުނާފު ކުރާ ފަރާތްތަކުން ފާހަގަކުރާ އަނެއް ކަމަކީ، ދަށު ކޯޓުގައި އެމް. ސީ. ބީ މޯލްޑިވްސ އެދުން ގޮތާއި ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށް ބުނާ ބުނުމެވެ. މިނުކުތާގައި ބުނެފައިވަނީ، އެމް. ސީ. ބީ މޯލްޑިވްސްއިން އެދިފައިވަނީ "...އަދި ދަރަނިވެރިއެއްގެ ހައިޞިއްޔަތުން ގްލޯބަލް ލިންކްސް ޕްރައިވެޓް ލިމިޓެޑުން އެފައިސާ ދައްކާ ޚަލާޞްނުކޮށްފިނމަ، ޕާރސަނަލް ގެރެންޓަރ އިންގެ ހައިޞިއްޔަތުން...." މިނުކުތާގެ އަސާސަކީ، ޕރާ ސަނަލް ގެރެންޓަރުންގެ މައްޗަށް ފައިސާ ދައްކަން ޙުކުމް ކުރަންޖެހޭނީ، ގްލޯބަލް ލިންކްސް އިން ފައިސާ ދައްކާ ޚަލާޞް ނުކޮށްފިނަމަ އޭ ގެ ފަހުން ކަމަށެވެ. ގްލޯބަލް ލިންކްސް އިން އެމްސީބީ މޯލްޑިވްސްއަށް 25 އޮގަސްޓް 2013 ގައި ފޮނުވި ސިޓީ.

23މި ނުކުތާއަށް އެމް. ސީ. ބީ މޯލްޑިވްސްގެ ފަރާތުން އިންކާރުކޮށް، ދަށު ކޯޓުގައި މިމައްސަލަ ހުށަހެޅިއިރު، ޕާރސަނަލް ގެރެންޓޯއިންގެ ކިބައިންވެސް މިފައިސާ ނަގައިދިނުމަށް އެދިފައިވާނެ ކަމަށް ބުނެފައިވެއެވެ. އަދި ހުށަހެޅިފައިވާ އެއްބަސްވުންތަކަށް ރިޢާޔަތްކޮށް، މިފައިސާ އަކީ ގްލޯބަލް ލިންކް ސ އާއް ޕރާ ސަނަލް ގެރެންޓޯއިން އެކުގައި އަދި ވަކިވަކިން ޒިންމާވާންޖެހޭނެ ފައިސާއެއްކަމަށް ބުނެފައިވެއެވެ.

24ދަށު ކޯޓަށް މިދަޢުވާ ހުށަހެޅި ފޯމަށް ބަލާއިރު، މިދަޢުވާ ކޮށްފައިވަނީ ގްލޯބަލް ލިންކްސގް އިތުރުން އިސްތިއުނާފުކުރާ ފާޠިމަތު ސުދުނާއާއި މުޙައްމަދު ޖުނައިދު އާއި އަޙްމަދު މުޙައްމަދުގެ މައްޗަށެވެ. ދަޢުވާ ހުށަހެޅި ފޯމގު 8.10 ގައި ބަޔާން ކޮށްފައިވަނީ؛ " ދަޢުވާކުރާ ފަރާތާއި ޕާސަނަލް ގެރެންޓޯއިންގެ ހައިސިއްޔަތުން ހުޅުމާލެ، ސިލްވަރސީ، ފާތިމަތު ސުދުނ މުސްތަފާ ވަހީދު އާއި ސ.މީދޫ ކެނެރީވިލާ، މުޙައްމަދު ޖުނައިދު އާއި […] އަހްމަދު މުޙައްމަދު އާ ދެމެދު 20 ޑިސނެ ބަރް 2011 ގައި ވަނީ ދަރަނިވެރިޔެއްގެ ހައިސިޔަތުން ދަޢުވާލިބޭ ފަރާތުގެ އެދުމުގެ މަތިން ޕާސަނަލް ގެރެންޓީ އެންޑް އިންޑެމްނިޓީ އެއްގައި ސޮއެކޮށްފައިވެއެވެ. މި ޕާސަނަލް ގެރެންޓީގެ ދަށުން ދަރަނިވެރިޔެއްގެ ގޮތުގައި ދަޢުވާލިބޭ ގްލޯބަލް ލިންކްސް ޕްރައިވެޓް ލިމިޓެޑް އިން ފެސިލިޓީ އެގްރީމެންޓްގައިވާ ގޮތުގެ މަތިން ފައިސާ ދައްކަމުން ނުދާނަމަ، ޕާސަނަލް ގެރެންޓޯގެ ހައިސިއްޔަތުން ހުޅުމާލެ، ސިލްވަރސީ، ފާތިމަތު ސުދުނ މުސްތަފާ ވަހީދު އާއި ސ.މީދޫ، […] މުޙައްމަދު ޖުނައިދު އާއި […] އަޙްމަދު މުޙައްމަދުގެ ފަރާތުން ދަޢުވާކުރާ ފަރާތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ ހުއްދައަށް ޝަރީޢަތުން އެދެމެވެ." މިހެން ބަޔާންކުރުމަށްފަހު، ދަޢުވާ ފޯމުގެ 12 ވަނަ ނަންބަރުގައި ދަޢުވާ ނުވަތަ މައްސަލަ ހުށަހަޅާ ފރާތުނަ އެދޭ ގޮތް ކަމަށް ބަޔާންކުރަނީ؛ " ދަޢުވާކުރާ ފަރާތުން އެދެނީ، ދަޢުވާލިބޭ ފަރާތްތަކުން ދައްކަންޖެހޭ 328.96،174،14 (ސާދަ މިލިއަން އެއްލައްކަ ހަތްދިހަ ހަތަރުހާސް ތިންސަތޭކަ އަށާވީސް ރުފިޔާ ނުވަދިހަ ހައެއް ލާރި) އާއި ދެފަރާތުގެ މެދުގައި ވެވިފައިވާ އެއްބަސްވުމުގެ ދަށުން އަރަމުންދާ އިންޓަރަސްޓާއި ޖޫރިމަނާގެ ފައިސާ އާއި ޤާނޫނީ ފީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެއްކޮށް ވީއެންމެ އަވަހަކަށް ދައްކާ ޚަލާޞްކުރުމަށް އަމުރުކޮށްދެއްވުމަށާއި، އަދި ދަރަނިވެރިޔެއްގެ ހައިސިއްޔތުނަ ދަޢުވާލިބޭ ގްލޯބަލް ލިންކްސް ޕްރައިވެޓް ލިމިޓެޑްއިން އެފައިސާ ދައްކާ ޚަލާޞް ނުކޮށްފިނަމަ، ޕާސަނަލް ގެރންޓޯއިންގެ ހައިސިއްޔަތުން ހުޅުމާލެ، ސިލްވަރސީ، ފާތިމަތު ސުދުނ މުސްތަފާ ވަހީދު އާއި ސ.މީދޫ ކެނެރީވިލާ، މުޙައްމަދު ޖުނައިދު އާއި […] އަޙްމަދު މުޙައްމަދުގެ ފަރާތުން އިސްވެދެންނެވި ފައިސާ ދަޢުވާކުރާ ފަރާތަށް ލިބިދިނުމަށާއި ދަޢުވާލިބޭ ފަރާތްތަކުގެ ރަހުނު ވިއްކާލުމަށްފަހު އިސްވެދެންނެވި ފައިސާ ދަޢުވާކުރާ ފަރާތަށް ލިބިދިނުމަށް މައްސަލައިގައި ޙުކުމެއް ކޮށްދެއްވުމެވެ."

25ދަޢުވާ ފޯމގް 8.10 ގައި ބަޔާންކުރަނީ، "...ފައިސާ ދައްކަމުން ނުދާނަމަ،..." މިހެންނެވެ. ދަޢުވާ ފޯމްގެ 12 ވަނަ ނަންބަރުގައި ބަޔާންކުރަނީ، "...އެފައިސާ ދައްކާ ޚަލާޞް ނުކޮށްފިނަމަ،..." މިހެންނެވެ. މިމައްސަލަ ހުށަހަޅާފައިވަނީ ގްލޯބަލް ލިންކްސް ގެ ފަރާތުން ފައިސާ ދައްކަމުން ނުދތީކާ ން އެނގެއެވެ. ވީމާ ޕރާ ސަނަލް ގެރެންޓޯއިން މިފައިސާ ވަކިވަކިން ދެއްކުމަށް ޙުކުމް ކުރެވޭނެއެވެ. ސަބަބަކީ، ގްލޯބަލް ލިންކްސް ގެ ފަރާތުން، ފައިސާ ދައްކާ ޚަލާސްނުކޮށްފިނމަ، ކަމަށަ ބުން ބުނުމަކީ، ޙުކުމް ކުރި ތާރީޚުގެ ފަހުން ކަމަށް ބަލާނަމަ، އެބުނެވެނީ ޕރާ ސަނަލް ގެރެންޓޯއިން ގެ މައްޗަށް 07 ދުވަސް ފަހުން ވަކި ދަޢުވާއެއް އަނެއްކާވެސް ކުރަނޖެހް ކަމަށެވެ. ނަމަވެސް ދީފައިވާ ޕރާ ސަނަލް ގެރެންޓީ އެންޑް އިމްޑެމްނިޓީގައި ބަޔާންކޮށްފައި އޮތް؛ “1.2 The Guarantor’s liablity under this Guarantee shall be that of a principal debtor. The Bank may, at its own discretion, hold the Guarantor primarily responsible for all the libilities of the Borrower. For the avoidance of doubt, the Bank may make demand under this Guarantee: (a) before making any demand on the Borrower of the Borrower’s assets or any other surety;or (b) before enforcing any other security offered to or taken by the Bank.”

26ވީމާ، އިސްތިއުނާފު ކުރާ ފަރާތްތަކުން ހުށަހެޅި މިނުކުތާއަކީ، އެމައްޗަށް ބިނާކޮށް، ދަށު ކޯޓުގެ ޙުކުމް ބ ދަލުކުރެވޭނ ޤާނޫނެ ނުކުތާއެއްކަމަށް ބުރައއެ ނުވވެ އެވެ. ޤާނޫނީ ޚަރަދު ނަގައިދިނުމާގުޅޭ:

27HN6މިމައްސަލައިގައި ހުށަހަޅާފައިވާ "ޑޮކިއުމެންޓް 1" (ރިކުއެސްޓް ފޯ ކުރެޑިޓް ފެސިލިޓީ) ގައި ބަޔާން ކޮށްފައިވަނީ ތިރިގައިވާ ގޮތަށެވެ؛ “ 11. Prinicipal positive Covenants The Company shall: Pay MCB Maldives all governmental fees, levies, duties, charges, costs and expenses of whatever nomenclature, including but not limited to, counsel fees and those arising from the transaction documents.”

28މީގެ އިތުރުން، ފާޠިމަތު ސުދުނ އާއާ މުޙައްމަދު ޖުނައިދު އާއި އަޙްމަދު މުޙައްމަދު ދީފައިވާ "ޕރާ ސަނަލް ގެރެންޓީ އެންޑް އިންޑމްނިޓީ" (ޑޮކިއެ މެންޓު 3) ލިޔުމުގެ ގައި ބަޔާންކޮށްފައިވެއެވެ؛ “1.1…the Guarantor hereby guarantees to pay to the Bank on DEMAND all moneys and discharge all obligations and liabilities whether actual or contingent now or at any time…all commissions fees and other charges and all legal and other costs and expenses incured by the Bank in relation to the Borrower or this Guarantee or…

11.7 The Guarantor shall pay all legal and other costs and expenses incured by the Bank in connection with the preservation and enforcement of its rights under this Guarantee.”

29އެހެންކަމު ން، އިސްތިއުނާފުކުރާ ފަރާތުން، ހައިކޯޓުގެ ނަންބަރު: A/348-HC/2009 ޤަޟިއްޔާއާ ޙަވާލާދީ، ވަކީލު ފީ ޚަޞްމުންގެ އަތުން ނަގައިދެވޭނީ ދެ ޚަޞްމުންގެ މެދުގައި ވަކީލު ފީ ނަގައިދިނުމާ ގުޅޭ ގޮތުން އެއްބަސްވުމެއް އޮތްނަމަ ކަމަށް ބުނުމާއިއެކު، އިސްތިއުނާފަ ކުރާ ފަރތްތަކާއާ އެމް. ސީ. ބީ މޯލްޑިވްސް އާ ދެމެދު އެފަދަ އެއްބަސްވުމެއް ނެތްކަމަށް ބުނަނީ، މަތީގައިވާ މާއްދާތަކުން ފެންނާން އޮތް އެއްބަސްވުމަށް ނުބަލާކަން އެނގެއެވެ.

30ހަމައެހެންމެ، މިނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ބުނަނީ އެމް. ސީ. ބީ މޯލްޑިވްސ އިން ވަކީލް ފީގެ ގޮތުގައި -/20،000ރ. (ވިހިހާސް ރުފިޔާ) ހޯދުމަށް އެދިފައިވާއިރު، ވަކީލުންނަށް އެމިންވަރު ޚަރަދުކުރިކަން ސާބިތުކޮށްދޭ އެއްވެސް ހެއްކެއް ހުށަނާޅާ ކަމަށެވެ. ދަށު ކޯޓުގެ ނިންމމަށު ބަލާއިރް އޮތީ؛ " 3.5 ފަސްވަނަކަމަކީ، މިފަރާތްތަކުގެ މެދުގައި ވެފައިވާ އެއްބަސްވުންތަކުގެ ދަށުން، މިފައިސާ ހޯދުމަށްޓަކައި ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުން ކުރަންޖެހޭ ޤާނޫނީ ޚަރަދުތަކަށް ގްލޯބަލް ލިންކްސް ޕްރައިވެޓް ލިމިޓެޑާއި ފާޠިމަތު ސުދުނ މުޞްތަފާ ވަޙީދާ އާއު މުޙައްމަދު ޖުނައިދު އާއި، އަޙްމަދު މުޙައްމަދު ޒިންމާވާންޖެހޭނެކަނ އެނގެން އޮތްކަމުގައިވިޔަސް، ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުން ޤާނޫނީ ފީގެ ގޮތުގައި އެދިފައިވާ -/20,000ރ. (ވިހިހާސް ރުފިޔާ) މިމައްސަލައާ ގުޅިގެން ޚަރަދުކޮށްފައިވާކަން ދެނެގަނެވޭނެ ފަދަ ލިޔުމެއް މިމައްސަލައިގައި ހުށަހެޅިފައި ނެތުމުން، ޤާނޫނީ ފީގެ މިންވަރަކީ އެޢަދަދުކަމަށް ކަނޑައަޅައި ދެވެން ނެތްކަން އެނގެން އޮންނަ އޮތުމެވެ." ވީމާ، ޤާނޫނީ ވަކީލުންނަށް އެމިންވަރު ޚަރަދުކުރިކަން ސާބިތުވާ ހެކި ހުށަހަޅާފައި ނެތްކަމަށް ބުނެ، އިސްތިއުނާފު ކުރާ ފަރާތްތަކުން، މިނުކުތާ މިކޯޓަށް ހުށަހަޅައިގެން ކުރާނެ ޤާނޫނީ ބަހުޘެއް ނެތެވެ. ބިމާބެހޭ ޤާނޫނުގި 36 ވަނަ މާއްދާގެ (ށ):

31HN7އިސްތިއުނާފުކުރާ ފަރާތު ތަކުން ޤާނޫން ނަންބަރު: 2002/1 ( ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 36 ވަނަ މާއްދާގެ (ށ) އާއި ޙަވާލާދީ ހުށަހެޅި ނުކުތާއަށް މިކޯޓުގެ ނަންބަރު: A/60-HC/2018 ( ޢަބް ދުއްލަޠީޕް ޢަބްދުﷲ ވ. ދަ މޮރިޝަސް ކޮމރަ ޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑގް މައްސަލައިގައި ތަފްޞީލީ ގޮތަކަށް ބަލައި ޖަވާބު ދީފައިވެއެވެ. ވީމާ، ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާ ގެ (ށ) ގައި ބަޔާން ކުރަނީ ކީކޭކަން މިކޯޓުން ވަނީ މާނަކޮށްދީފައެވެ. ވީމާ، އެއީ އެނުކުތާގައި މިހިނދަށް ޢަމަލުކުރަން އޮތް ޤާނޫނީ އުޞޫލެވެ.

32ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު: C/2018-Cv/206 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލެއް ގެނަންޖެހޭ ޤާނޫނީ އެއްވެސް ސަބަބެއް ނެތެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ