ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/455

ނޫރާނީ ކެޕިޓަލް ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދުއްރަޙީމް ޙަސަން

ބައެއް ބަދަލުކުރި
ސުޕްރީމް ކޯޓުން ދަމަހައްޓާފައިޙުކުމުގެ ހާލަތު
ހައިކޯޓު · 6 އޮގަސްޓް 2024ދަށު ކޯޓު: ސިވިލް ކޯޓު 1888/Cv-C/2018ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 1888/Cv-C/2018
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓު: 2024/SC-A/37 — ހައިކޯޓުގެ ޙުކުމް ދަމަހައްޓާފައި

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ރިސޯޓެއްގެ ލީސްހޯލްޑް ރައިޓްސް ގަނެވިއްކުމުގައި މެދުވެރިއެއްގެ ދައުރަށް ދިނުމަށް އެއްބަސްވި USD200,000 އަކީ ސޮއިކޮށް 60 ދުވަސް ހަމަވުމުން އެއްވެސް ޝަރުޠަކާ ނުލައި ޙައްޤުވާ ފައިސާއެއް ކަމަށް ސިވިލް ކޯޓުން އެއްބަސްވުން މާނަކުރީ ހައިކޯޓުގެ 2012/HC-A/139 ޤަޟިއްޔާގެ އުޞޫލާ ޚިލާފަށްތޯ؛ އަދި ގެއްލުމުގެ ބަދަލު ނަގައިދިނުން ނެޗުރަލް ޖަސްޓިސްގެ އުޞޫލާ ޚިލާފުތޯ.

ނިންމުން

ބައެއް ބަދަލުކުރި

ބައެއް ބަދަލުކުރި: USD200,000 ދިނުމަށް އަންގާފައިވާ ބައި ބާޠިލު؛ -/300,000ރ. އާއި ޖޫރިމަނާގެ ބައި ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދެފަރާތެއްގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމެއް މާނަކުރުމުގައި ޚިލާފެއް އުފެދިއްޖެނަމަ ރިޢާޔަތްކުރެވޭނީ އެއްބަސްވުމުގެ މަޤްޞަދަށާއި މާނައަށް ކަމާއި ލަފްޒުތަކަށް ނޫންކަމާއި (العبرة في العقود بالمقاصد والمعاني لا بالألفاظ والمباني)، މަޤްޞަދު ދެނެގަތުމަށް އެއްބަސްވުމުގެ މާއްދާތަކާއި މުޢާމަލާތް ހިނގާފައިވާ ގޮތާއި ވަށައިގެންވާ ކަންކަމަށް ބަލަންޖެހޭނެއެވެ (ހައިކޯޓުގެ 2012/HC-A/139 ޤަޟިއްޔާ ޙަވާލާދީ).

HN2 ސުޕްރީމް ކޯޓުގެ [2022] SC 60 ޤަޟިއްޔާގައި ކަނޑައެޅި އުޞޫލުތަކުގެ ތެރެއިން: އެއްބަސްވުމުގައި ބަހަކަށް މާނައެއް ދީފައި ނެތްނަމަ އާންމު މާނަ ބޭނުންކުރާނެކަމާއި؛ މިންގަނޑަކީ އެއްބަސްވުން ވީއިރު ވަށައިގެންވާ ކަންކަން އެނގިހުރި އާދައިގެ ސަބަބުވެރި އިންސާނަކަށް ދޭހަވާ މާނަކަމާއި؛ މާނަ ގިނަވާ (ambiguity) ވިޔަފާރި މުޢާމަލާތެއްގައި ބަސްތަކާ ފުށުނާރާ business common sense އާ އެއްގޮތްވާ މާނަ ނަގަންވާނެކަމާއި؛ މާއްދާތައް މާނަކުރަންވާނީ އެކުއެކީގައިކަމާއި؛ ސޮއިކުރުމުގެ ކުރީގެ ވާހަކަތަކަކީ އާންމު އުޞޫލުން މާނަކުރުމުގައި ބޭނުންކުރާ ވަސީލަތެއް ނޫންކަމާއި؛ އިފްތިރާޟުކުރާ ޝަރުޠެއް (implied term) ބެލޭނީ business efficacy ނުވަތަ officious bystander test ފުރިހަމަވާނަމަ، އެއްބަސްވުމުގެ އެހެން މާއްދާއަކާ ފުށުނާރާނަމަ، އަދި objectively ބަލައިގެންކަން މި ކޯޓުން ނަގާ ތަޠުބީޤުކުރެއެވެ.

HN3 އެއްބަސްވުމުގެ މާއްދާއެއް ލަފްޒީ ގޮތުން ކިޔައިގެން ނިކުންނަ ނަތީޖާއަކީ ސަބަބުވެރި މާނަކުރުމެއް ނޫންނަމަ، މުޅި އެއްބަސްވުން ކިޔައި އެ ވިޔަފާރި މުޢާމަލާތުގެ މަޤްޞަދު ޙާޞިލުވާ މާނަ ނަގަންވާނެއެވެ؛ އެގޮތުން މެދުވެރިއެއްގެ މަސައްކަތުގެ "އުޖޫރަ" ގެ ގޮތުގައި ދިނުމަށް އެއްބަސްވާ ފައިސާއަކީ، މަސައްކަތް ނިމުމުން ޙައްޤުވާ ކަމަށް އެއްބަސްވުމުގައި ސާފުކޮށް ބުނެފައި ނެތްނަމަވެސް، އާދައިގެ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން މަސައްކަތް ނިމުމުން ޙައްޤުވާ ފައިސާއެއް ކަމުގައި ބެލެވެއެވެ.

HN4 ލީސްހޯލްޑް ޙައްޤު ގަނެވިއްކުމުގެ މުޢާމަލާތެއްގައި، މުޢާމަލާތް ނުނިމި 60 ދުވަސް ހަމަވުމުން ޝަރުޠަކާ ނުލައި ބޮޑު އުޖޫރައެއް ޙައްޤުވާ ގޮތަށް މާނަކުރުމަކީ މުޢާމަލާތުގެ މަޤްސަދު ޙާޞިލުވާ މާނަކުރުމެއް ނޫނެވެ؛ އެހެންކަމުން USD200,000 ޝަރުޠަކާ ނުލައި ޙައްޤުވާ ގޮތަށް ދަށުކޯޓުން މާނަކުރީ ރަނގަޅަށް ނޫނެވެ.

HN5 ތަބީޢީ ޢަދުލު (natural justice) އަކީ 'fair play in action' ކަމާއި، އޭގެ މައިގަނޑު ދެ ގޮފިއަކީ ވަކި ފަރާތަކަށް ނުޖެހުން (rule against bias) އާއި ބަސްބުނުމުގެ ފުރުޞަތު (audi alteram partem) އެވެ؛ އަމިއްލަ ބާރު ނުފޯރާ ސަބަބަކާ ހުރެ މުޢާމަލާތް ފުރިހަމަނުވާއިރު ބަދަލު ނަގައިދިނުމަށް އިޢުތިރާޟުކުރާ ނުކުތާއަކީ ނާޖާއިޒް މަންފާ ލިބުމުގެ (unjust enrichment) ބާވަތުގެ ނުކުތާއެއް ކަމުން، ދަށު މަރުޙަލާގައި ފާހަގަނުކުރާ ބަހުޘަކާއި، ބަސްބުނުމުގެ ފުރުޞަތު ނުލިބުމެއް ނުވަތަ ވަކި ފަރާތަކަށް ޖެހުމެއް ނުދައްކާ ނުކުތާއެއްގެ މައްޗަށް ނެޗުރަލް ޖަސްޓިސްއާ ޚިލާފުވިކަމަށް ނިންމޭނެ ތަނެއް ނެތެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފާޠިމަތު ފަރްހީޒާ، މުޙައްމަދު ފައިޞަލް، މުޙައްމަދު ސަލީމް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، މުޙައްމަދު ސަލީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ތަޢާރުފު

3މިއީ، ސިވިލް ކޯޓު ނަންބަރު C/2018-/Cv8188 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ނޫރާނީ ކެޕިޓަލް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ނޫރާނީ ކެޕިޓަލް" ނުވަތަ "އިސްތިއުނާފ ކުރު ފަރާތް") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.

3. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ރ.އިނގުރައިދޫ، […] ޢަބްދުއްރަޙީމް ޙަސަން (މީގެ ފަހުން "ޢަބްދުއްރަޙީމް" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ. މައްސަލައިގެ ފަސްފަހަތް:

223 ޖުލައި 3233 ގައި ނޫރާނީ ކެޕިޓަލް (ފައިސ ލިބާ ފަރާތް) އެއާ ޢަބްދުއްރަޙީމް ޙަސަން (ފައިސާދޭ ފަރާތް) އާ ދެމެދު ލިޔުމުން އެއްބަސްވުމެއް ވެވިފައިވެއެވެ. މިއީ ރ.ބޮޑުފަރ ރިސޯޓު ގަތުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުމަށް -300,000/ރ. (ތިންލައްކަ ރުފިޔާ) ޢަބްދުއްރަޙީމްގެ އަތުން ހޯދައި އަދި އެރިސޯޓުގެ ލީސްހޯލްޑް ރައިޓްސް ވިއްކުމުގެ ކަންކަމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ އުޖޫރައިގެ ގޮތުގައި 200,000USD (ދެލައްކަ އެމެރިކާ ޑޮލަރު) ދިނުމުގެ އޞު ލުތައް ކަނޑައެޅޫ މުގެ މަޤްސަދުގައު ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމެކެވެ.

1. ފައިސާ ދެއްކުމާ ގުޅޭގޮތުން ދެފަރާތު ދެމެދުގައި އެއްބަސްވެފައިވަނީ އަންނަނިވި ފަދައިންނެވެ. 3- […] އެގްރިމެންޓްގައި ސޮއިކުރާދުވަހު -300,000/ރ. (ތިންލައްކަ ރުފިޔާ) ގެ ތެރެއިން -150,000/ރ. (އެއްލައްކަ ފަންސާސްހާސް ރުފިޔާ) ފައިސާ ދޭ ފަރާތުން ފައިސާ ލިބޭ ދަށުކޯޓުގެ ރިޕޯޓުގެ ޑޮކިއުމެންޓް 3 ގެ ގޮތުގައި ހިމަނާފައިވާ "އެއްބަސްވުން" "އެއްބަސްވުން" ގެ 3 ވަނަ ޕެރެގްރާފް މަޤްސަދު ފަރާތަށް ޙަވާލު ކުރަންވާނެއެވެ. ބާކީ -150,000/ރ. (އެއްލައްކަ ފަންސާސްހާސް ރުފިޔާ) 32 ޖުލައި 3233 ވަނަ ދުވަހު ޙަވާލުކުރަންވާނެއެވެ. ށ. މިއެގްރިމެންޓްގައި ސޮއިކުރާދުވަހު -300,000/ރ. (ތިންލައްކަ ރުފިޔާ) އަނބުރާ ދެއްކުމަށް ފަރާތަށް ދޭން ފައިސާ ލިބޭ ފަރާތުން އެއްބަސްވަމެވެ. އަދި މިފައިސާ އިސްވެ ބަޔާންކުރެވުނު 62 ދުވަހުގެ ތެރޭގައި ނުލިބި އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް -3,000/ (ތިންހާސް ރުފިޔާ) ދެއްކުމަށް ފައިސާ ލިބޭ ފަރާތުން އެއްބަސްވަމެވެ. ނ. މިއެގްރިމެންޓްގައި ސޮއިކުރާދުވަހު USD200,000 (ދެލައްކަ ޔޫއެސް ޑޮލަރު) ދެއްކުމަށް ފަރާތަށް ދޭން ފައިސާ ލިބޭ ފަރާތުން އެއްބަސްވަމެވެ. ރ. މިމާއްދާގެ (ށ) އަދި (ނ) ގައިވާގޮތަށ ފައިސް ދެއްކުމުގައި ޢަމަލުކުރާނެ އުޞޫލަކީ މިފައިސާ ދެއްކުމަށް 3 ޗެކެއް މެދުވެރިކޮށް ދެއްކުމެވެ. މިޗެކްތަކަކީ އަދި 3 މި ޗެކްތަކުގެ ތަފްޞީލް ތިރީގައިވާ ތާވަލްގައި ބަޔާންކޮށްފައިވަނީއެވެ. # ޗެކް ނަންބަރު އެކައުންޓް ނަންބަރު އަދި ނަން ބޭންކް ޗެކްގައިވާ ޢަދަދު 3 2222235 101-121154-7701 ބޭންކް އޮފް މޯލްޑިވްސް -300,000/ރ. (ތިންލައްކަ ދިވެހި ޢަބްދުލް މުޙް ސިން މުޙައްމަދު ރުފިޔާ) 3 1292111 0012640159710201 ސްޓޭޓް ބޭންކް އޮފް އިންޑިއާ USD200,000 (ދެލައްކަ ޔޫ.އެސް ޢަބްދުލް މުޙްސިން މުޙައްމަދު ޑޮލަރު)

5އިސްވެ ބަޔާންކުރެވުނު 3 ޗެކްއިނ ފައިސް ނެގުމަށް ބޭންކަށް ދިޔުމުން އެކައުންޓްގައި ފައިސާ ނެތަތީ، ޗެކްތައް ބައުންސްވެފައިވާ ކަމަށާއި، އެއްބަސްވުމާއި އެއްގޮތަށް ފައިސާ ލިބިފައިނުވާތީ، އެފައިސއާއާ އެއްބަސްވުމުގެ ދަށުން ގެއްލުމުގެ ބަދަލު ހޯދުމަށް ޢަބްދުއްރަޙީމް ގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.

6އެއީ އިސްތިއުނާފުން ބެލެވެމުންމިދާ ސިވިލް ކޯޓުގު ނަންބަރު 1888/Cv-C/2018 ޤަޟިއްޔާއެވެ. ޢަބްދުއްރަޙީމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ފޯމްގެ 3 ސިވިލް ކޯޓު މަރުހަލާ:

3ޢަބްދުއްރަޙީމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި އެދިފައިވަނީ، ޖުމްލަ -1,013,000/ރ. (އެއްމިލިއަނ ތޭރަހާސް ރުފިޔާ) އާއި USD200,000 (ދެލައްކަ އެމެރިކާ ޑޮލަރު) އަކީ، ނޫރާނީ ކެޕިޓަލްގެ ފަރާތުން ޢަބްދުއްރަޙީމް އަށް ދޭންޖެހޭ ފައިސާކަމަށް ސާބިތުވާކަމަށް ކަނޑައަޅައިދީ، އެފައިސާ ޢަބްދުއްރަޙީމަށް ދިނުމަށާއި، ނޫރާނީ ކެޕިޓަލްގެ ފަރާތުން އެއްބަސްވުމާ ޚިލާފުވެފައިވާތީ، ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނެވިފައިވާކަމަށް ކަނޑައަޅައި ޙުކުމްކޮށްދިނުމަށެވެ.

2. ދަޢުވާގެ ރައްދުގައި ނޫރާނީ ކެޕިޓަލްގެ ފަރާތުން ފާހަގަކޮށްފައިވަނީ، ދަޢުވާ ގައި ހޯދުމަށް އެދިފައިވާ USD200,000 (ދެލައްކަ އެމެރިކާ ޑޮލަރު) އ ކ، ޢަބްދުއްރަޙީމް ކުރަން އެއްބަސްވެފައިވާ މަސައްކަތެއް ކުރުމުން ދިނުމަށް އެއްބަސްވެފައިވާ އުޖޫރައެއްކަމުން އެމަސައްކަތެއް ފުރިހަމކުރެވިފައިނުވަ ހިނދު އެފައިސާއަކީ، ޢަބްދުއްރަޙީމަށ ލިބުން ޙައްޤް އެއްޗެއް ނޫންކަމަށާއި، އަދި -300,000/ (ތިންލައްކަ ދިވެހި ރުފިޔާ) އަދި އޭގެ ޖޫރިމަނާއަކީ، ދެފަރާތުގެ ދެމެދުގައި އެއްބަސްވެގެން ހިންގަމުން އައި ވިޔަފާރި މޢު މަލާތެއްގެ އިދާރީ ޚަރަދު ތަކެއް ކުރުމަށް އެފަރާތުން ކުންފުންޏާއި ޙަވާލުކޮށްފައިވާ ފައިސާއެއްކަމަށް ވީހިނދު، މޙި ލަތަކާ، ޢަބްދުއްރަޙީމް ދެފަރާތުގެ ދެމެދުގައި އެއްބަސްވެ ކުރަމުން ގެންދިޔަ ރިސޯޓް ގަތުމުގެ މުޢާމަލާތުން ވަކިވުންކަމަށް ވަނީނަމަ، އެފައިސާ ޝަރީޢަތުން ކަނޑައަޅާ އުޞޫލެއްގެ މަތިން އަދި ކުންފުނީގެ ތަނަވަސްކަން ހުރި މިންވަރަކުން ދެއްކުމަށް ކުންފުނިން އެއްބަސްވާކަމަށެވެ. އަދި ވަކީލު ފީއަކީ ޢަބްދުއްރަޙީމަށް ދޭންޖެހޭ ފައިސާއެއްކަމަށް ނުދެކޭކަމަށެވެ. މިފައިސާ ހިސާބު ކުރެވިފައިވަނީ އަންނަނިވި ފަދައިންނެވެ. އެއްބަސްވުމުގެ 3 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ޢަބްދުއްރަޙީމް ދިން -300,000/ ރ. (ތިންލައްކަ ރުފިޔާ) އާއި، އެއްބަސްވުމުގެ 3 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން -300,000/ރ. (ތިންލައްކަ ރުފިޔާ) އަނބުރާ ނުލިބުމުގެ ސަބަބުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 3 ސެޕްޓެމްބަރު 3233 އިން ފެށިގެން 32 އޭޕްރީލް 3232 އަށް ހޭދަވި 333 ދުވަހަށް، ދުވާލަކަށް -3,000/ (ތިންހާސް ރުފިޔާ) ގެ ރޭޓުން -663,000/ރ. (ހަލައްކަ ފަސްދޮޅަސް ތިންހާސް) އާއި، އެއްބަސްވުމުގެ 3 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ނޫރާނީ ކެޕިޓަލް އިން ދިނުމަށް އެއްބަސްވެފައިވާ USD200,000 (ދެލައްކަ އެމެރިކާ ޑޮލަރު) އާއި،އެއްބަސްވުމުގެ 1 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، ވަކީލު ފީގެ ޚަރަދަށްވާ -50,000/ރ. (ފަންސާސްހާސް ރުފިޔާ)، އެކު ޖުމްލަ -1,013,000/ރ. (އެއްމިލިއަނ ތޭރަހާސް ރުފިޔާ) އާއި USD200,000 (ދެލައްކަ އެމެރިކާ ޑޮލަރު) ޢަބްދުއްރަޙީމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި "ދަޢުވާ ފޯމް" ގެ 33 "އެދޭގޮތް" ނޫރާނީ ކެޕިޓަލްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި "ދަޢުވާގެ ޖަވާބު ފޯމް" ގެ 2

3. ސިވިލް ކޯޓުގެ ނަންބަރު 1888/Cv-C/2018 ޤަޟިއްޔާގައި އެކޯޓުން ނިންމާފައިވަނީ، އަންނަނިވި ފަދައިންނެވެ. "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތައް އެގޮތުގައި ހުރުމާއެކު، ރ.އިނގުރައިދޫ ކަނބުރުގެ، ޢަބްދުއްރަޙީމް ޙަސަން އާއި ނޫރާނީ ކެޕިޓަލް ޕްރައިވެޓް ލިމިޓެޑާ ދެމެދި23 ޖުލައި 3233 ގައި ވެފައިވާ އެއްބަސްވުމުގާ3 ވާނަ މާއްދާގަ (ށ) އަދި (ނ) ގެ ދަށުން ނޫރާނީ ކެޕިޓަލް ޕްރައިވެޓް ލިމިޓެޑުން ދެއްކުމަށް އެއްބަސްވެފައިވާ ފައިސުއެއްބާސްވެފައިވ ގޮތަށާ ދައްކާފައިނާ ވާތީ، އެ މާއްދާގެ (ށ) ގެ ދަށުން ދިނުމަށް އެއްބަސްވެފައިވާ -300,000/ރ. (ތިންލައްކަ ރުފިޔާ) އާއި، އެ ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ -663,000/ރ. (ހ ލައްކަ ފަސްދޮޅަސް ތިން ހާސް ރުފިޔާ) އާއި، އެ މާއް ދާގެ (ނ) ގެ ދަށުން ދިނުމަށް އެއްބަސްވެފައިވާ -USD 200,000/ (ދެ ލައްކަ އެމެރިކާ ޑޮލަރު) އަކީ ނޫރާނީ ކެޕިޓަލް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހި ނުދައްކައިވާ ފައިސާކަމަށް ކަނޑައަޅައި، މިފައިސާގެ އިތުރުން ޢަބްދުއްރަޙީމް ޙަސަން ހޯދުމަށް އެދިފައިވާ ޤާނޫނީ ވަކީލުގެ ފީއަކީ އަދި ޚަރަދުކޮށްފައިވާ ފައިސާއެއްކަން މިމައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން ނެތުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/89 ޤަޟިއްޔާގެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ 2 ވަނަ ނަންބަރުގެ (ނ) އަށް ރިޢާޔަތްކޮށް، އެފައިސާއަކީ އަދި ނަގައިދެވެން އޮތް ފައިސާއެއް ނޫންކަމާއި، މި މައްސަލައިގައި ސާބިތުވެފައިވާ އެކުޖުމްލަ -963,000/ރ. (ނުވަ ލައްކަ ފަސްދޮޅަސް ތިން ހާސް ރުފިޔާ) އާއި، -000/ USD 200, (ދެ ލައްކަ އެމެރިކާ ޑޮލަރު) ޢަބްދުއްރަޙީމް ޙަސަން އަށް ލިބިދިނުމަށްޓަކައި، މިފައިސާ މިއަދު 21 ޖުލައި 3233 އިން ފެށިގެން ކޮންމެ މަހަކު މަދުވެގެން އެމަހަކަށްޖެހޭ މިންވަރު މިކޯޓަށް ދައްކަމުންގޮސް މިފައިސާ އެކު ޖުމްލަ 26 (ހައެއް) މަސްދުވަހުގެ ތެރޭގައި އއްކޮށެ ދައްކައި ޚަލާޞްކުރުމަށް ނޫރާނީ ކެޕިޓަލް ޕްރައިވެޓް ލިމިޓެޑަށް އަންގައި ޙުކުމްކޮށްފީމެވެ."

32.ސިވިލ ކޯޓުގް މިނިންމުން ބިނާކޮށްފައިވާ އަސާސްކަމުގައި އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

32.3. ޢަބްދުއްރަޙީމްގެ ފަރާތުން ދަޢުވާގައި ހޯދުމަށް އެދިފައިވާ 00USD200,0 (ދެލައްކަ އެމެރިކާ ޑޮލަރު) އާއި -300,000/ރ. (ތިންލައްކަ ރުފިޔާ) އާއި، -663,000/ރ. (ހ ލައްކަ ފަސްދޮޅަސް ތިންހާސް ރުފިޔާ) ގެ ޖޫރިމަނާ ފައިސާ ދިނުމަށް ނޫރާނީ ކެޕިޓަލް އިން އިންކާރުކޮށްފައިވާ ސަބަބަކީ، އެފައިސާތަކަކ ދީ ފަރާތުގެ ދެމެދުގައި ވެފައިވާ މުޢާމަލާތް ނިމުމުން ދޭންޖެހޭ ފައިސާއެއްކަމަށް އެ ކުންފުނިން ޤަބޫލުކުރުންކަމާއި، އަދި މިފައިސާ ދިނުމަށް ޝަރުތުކޮށްފައިވާ މާއްދާތަކާއި، އެ މާއްދާތައް ބިނާކޮށްފައިވާ ގޮތާމެދު ދެ ފަރާތުގެ ދެމެދުގައި ޚިލާފެއް ނެތްކިމުން، ދ ފަރާތުގެ ދެމެދުގައި އުފެދިފައިވާ ޚިލާފަކީ މ އެއްބަސްވުމުގް ދަށުން ދިނުމަށް އެއްބަސްވެފައިވާ ފައިސާ ދޭންޖެހޭ ޙާލަތު އުފަންވާ ވަގުތާމެދުކަނ ދެފަރާތުން ހުށަހަޅާފައިވް ބަޔާންތަކުން އެނގެން އޮންނަކަން؛

32.3. އެއްބަސްވުމުގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން ދިނުމަށް އެއްބަސްވެފައިވާ -300,000/ރ. (ތިންލައްކަ ރުފިޔާ) އާއި، 3 ވަނަ މާއްދާގެ (ނ) ގެ ދަށުން ދިނުމަށް އެއްބަސްވެފައިވާ USD200,000 (ދެ ލައްކަ އެމެރިކާ ޑޮލަރު) އަކީ އެ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 62 ދުވަހުގެ ތެރޭގައި ދިނުމަށް އެއްބަސްވެފައިވާ ފައިސާކަން އެ މާއްދާތަކުން އެނގެން އޮތްހިނދު، އެ އެއްބަސްވުމުގެ 3 ވަނަ މާއްދާގެ ދަށުން މި ފައިސާ ލިބިގަތުމަށްޓަކައި ޢަބްދުއްރަޙީމް ނުވަތަ އެ އެއްބަސްވުމުގައި ޙަވާލާދީފައިވާ ގޮތުން، ފައިސާ ދޭ ފަރާތުން އިތުރަށް ފުރިހަމަކުރަންޖެހޭ ޝަރުޠެއް އެ މާއްދާގައި ބަޔާންކޮށްފައި ނެތުމުން، މި ފައިސާތަކަކީ އެއްބަސްވުމުގެ 3 ވަނަ މާއްދާގެ (ށ) އަދި (ނ) ގައި އެއްބަސްވެފައިވާ ފަދައިން ދައްކަންޖެހި ނުދައްކައިވާ ފައިސާތަކެއްކަނ އެނގެން އޮންން އޮތުން؛

3.010 މައްސަލަ ކޯޓަށް ހުށަހެޅުމަށް ކުރަންޖެހުނު ޚަރަދު، ޤާނޫނީ ޚަރަދު ހިމެނޭ ގޮތަށް ދިނުމަށް ދެ ފަރާތުން އެއްބަސްވެފއިވާހިނދު، ޢަބްދުއްރަޙީމް ކުރަންޖެހުނު ޤާނޫނީ ޚަރަދަށް ނޫރާނީ ކެޕިޓަލް އިން ޒިންމާވާންޖެހޭނެ ކަމުގައިވިއަސް، ޢަބްދުއްރަޙީމް ޤާނޫނީ ވަކީލުގެ ފީގެ ޚަރަދުގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފަންސާސްހާސް ރުފިޔާ އަދި ޚަރަދުކޮށްފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކނު ދަށުކޯޓުގެ ރިޕޯޓުގެ 2.3 އބޙ ގެ 2.2 އެއްބަސްވުމާ ޚިލާފުވިކަމަށް ކޯޓު ނ ކަނޑައަޅައް ފަރާތުން، މި އެއްބަސްވުމާ ޚިލާފުނުވާ ފަރާތަށް އެ ފަރާތުން މައްސަލަ ކޯޓަށް ހުށަހެޅުމަށް ކުރަންޖެހުނު ޚަރަދު، ޤާނޫނީ ޚަރަދު ހިމެނޭގޮތަށް ދިނުމަށް އެއްބަސްވުމުގެ 1 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވޭ. އެނގެން ނެތުމުން، ހައިކޯޓުގެ ނަންބަރު 2016/HC-A/89 ޤަޟިއްޔާގެ 2 ވަނަ ނަންބަރުގެ

(ނ) އަށް ރިޢާޔަތްކޮށް، މިފައިސާ ނަގައިދެވެން ނެތްކަން؛ މިއެވެ. ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތަ ތަކާއ ދެފަރާތުން ފާހަގަކުރި ކަންކަން:

33.ސިވިލް ކޯޓގު ނަންބަރު 1888/Cv-C/2018 ޤަޟިއްޔާ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އޤަޟިއްޔެ އިސްތިއުނާފު ކުރުމަށް އެދި ނޫރާނީ ކެޕިޓަލގް ފަރާތުން އަންނަނިވި ނުކުތތައާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ؛

33.3. ފުރަތަމަ ނުކުތާއަކީ، ދެފަރާތެއްގެ ދެމެދުގައި ވެފައިވާ އެއްބަސވް މެއު މާނަކުރުމުގައި، އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި ޚިލާފެއް އުފެދިއްޖެނަމަ، އެ އެއްބަސްވުމެއް މާނަކުރުމުގައި ރިޢާޔަތްކުރެވޭނީ އެއްބަސްވުމުގެ މަޤްޞަދަށްކަމާއި، އޭގައިވާ ލަފްޒުތަކަށް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/139 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާއިރު، މި އުޞޫލާއި ޚިލާފަށް، ނޫރާނީ ކެޕިޓަލްއާއި، ޢަބްދުއްރަޙީމް އާ ދެމެދު ވެފައިވާ އެއްބަސްވުން މާނަކޮށް، ސިވިލް ކޯޓުން ޙުކުމްކޮށްފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

33.3.3. މިނުކުތާގެ ތަފްސީލުގައި ނޫރާނީ ކެޕިޓަލްގެ ފަރާތުން ބުނެފައިވަނީ، ދެފަރާތުގެ ދެމެދު އެއްބަސްވުން ވެވިފައިވާ މަޤްޞަދު ޙާޞިލް ކުރުމަށް ނޫރާނީ ކެޕިޓަލގް ފަރާތުން މަސައްކަތްކޮށްފައިވާކަމަށާއި، ނަމަވެސް އެއްބަސްވުމުގެ މަޤްސަދު ޙާޞިލްވެފައި ނުވަނީ، އަމިއްލަ ބާރު ނުފޯރާ ޙާލަތެއް މެދުވެރިވެގެން ކަމަށްވާތީ، ސިވިލް ކޯޓުގެ ނިންމުން ހައިކޯޓުގެ ނަންބަރު 2012/HC-A/139 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފުކަމަށެވެ.

ދަށުކޯޓުގެ ރިޕޯޓުގެ 2.1

33.3.3.3. މިނުކުތާގެ ރައްދުގައި ޢަބްދުއްރަޙީމްގެ ފަރާތުން ފާހަގަކޮށްފައިވަނީ، އެއްބަސްވުމުގެ ދަށުން ޢަބްދުއްރަޙީމް އަދާކުރަންޖެހެނީ 3 ކަމެއް ކަމަށާއި، އެއީ ރިސޯޓުގެ ލީސް ރައިޓް ގަތުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމާއި، ޢަބްދުއްރަޙީމްގެ ފަރާތުން ނޫރާނީ ކެޕިޓަލްއަށް ތިންލައްކަ ރުފިޔާ ދިނުންކަމަށާއި، މި 3 ކަންތައް ޢަބްދުއްރަޙީމްގެ ފަރާތުން ފުރިހަމަކޮށްފައިވާކަމަށާއި، ރިސޯޓުގެ ލީސް ރައިޓް ގަތުމުގެ އެންމެހައި ކަންކަން ފުރިހަމަ ކުރުމަށްފަހު، ނޫރާނީ ކެޕިޓަލް އަށް ދޭންޖެހޭ ފައިސާ ދިނުމަށް އެއްބަސްވެފައި ނުވާނެކަމަށާއި، އެއްބަސްވުމުގެ ދަށުން ޢަބްދުއްރަޙީމް ނުކޮށް އޮތްކަމެއް ނޫރާނީ ކެޕިޓަލްއަށ ސިވިލް ކޯޓުގައި ބުނެދެވިފައި ނުވާކަމަށާއި، ނޫރާނީ ކެޕިޓަލް އިން ކުރަންޖެހޭ ކަންކަން ނުކޮށް އޮތުމުގެ ޒިންމާ ޢަބްދުއްރަޙީމްގެ ފަރާތުން ނަގަންޖެހޭނެ ކަމުގައި ނުދެކޭކަމަށެވެ.

33.3. ދެވަނަ ނުކުތާއަކީ، ނޫރާނީ ކެޕިޓަލް އަދި ޢަބްދުއްރަޙީމްއ ދެމެދާ ވެފައިވާ އެއްބަސްވުމަކީ، ރ.އަތޮޅު ބޮޑުފަރު ރިސޯޓު ގެ ހެޑްލީސް ރައިޓްސް ނޫރާނީ ކެޕިޓަލް އިން ގަތުމަށްޓަކައި ފޯރުކޮށްދޭންޖެހޭ އެހީތެރިކަމެއް ފޯރުކޮށްދިނުމާއި ގުޅޭގޮތުން ވެފައިވާ އެއްބަސްވުމެއްކަމަށްވާއިރު، އެ އެއްބަސްވުމުގެ ދަށުން ނޫރާނީ ކެޕިޓަލްއަށ ލިބެން އޮތް މަންފާއަކީ ނުވަތަ އެއްޗަކީ ރ.ބޮޑުފަރު ރިސޯޓުގެ ހެޑްލީސް ރައިޓްސް ކަމަށްވެފައި، ޢަބްދުއްރަޙީމަށް އުޖޫރައެއް ދިނުމަށް އެއްބަސްވެފައިވަނީ، މިމަންފާ ނޫރާނީ ކެޕިޓަލްއަށް ހާޞިލް ކުރެވިއްޖެނަމަ އެކަމުގެ މުޤާބިލުގައި ކަމަށްވާއިރު، ނޫރާނީ ކެޕިޓަލްއަށް ރިސޯޓުގެ ހެޑްލީސް ރައިޓްސް ލިބިފައި ނުވާކަން އެނގެން އޮތްހިނދު، އެކަމަށް ރިޢާޔަތްކުރުމެއް ނެތި ޢަބްދުއްރަޙީމަށް އުޖޫރަ ނަގައި ދިނުމަށް ސިވިލް ކޯޓުން ކަނޑައަޅައި ޙުކުމްކޮށްފައިވަނީ، ޠަބީޢީ ޢަދުލް ނުވަތަ justice natural ގެ އުޞޫލުތަކާއި ޚިލާފަށްކަމުގައިވުންކަމަށ ބުން ހުށަހެޅި ނުކުތާއެވެ.

33.3.3. މިނުކުތާގެ ތަފްސީލްގައި ނޫރާނީ ކެޕިޓަލްގެ ފަރާތުން ބުނެފައިވަނީ، ޠަބީޢީ ޢދުލަ ނުވަތަ natural justice ގެ އުޞޫލުތަކަކީ، ޙައްޤެއް އުނިވެފައިވާ ފަރާތަށް، ހަމަހަމަ އުޞޫލެއްގެ ތެރެއިން އިންސާފު ހޯދައި ދިނުންކަމުގައިވާއިރު، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ރ.ބޮޑުފަ ރުގެ ހެޑްލީސް ރައިޓްސް ހޯދުމަށް ނޫރާނީ ކެޕިޓަލްގެ ފަރާތުން ހެޔޮނިޔަތުގައި ތެދުވެރިކަމާއެކު މަސައްކަތްކޮށްފައިވާއިރު، އަމިއްލަ ބާރު ނުފޯރާ ޙާލަތެއް މެދުވެރިވެގެން ހެޑްލީސް ރައިޓްސް ނުލިބިވާއިރު، އެމުޢާމަލާތް ކާމިޔާބުވުމުން އުޖޫރައެއްގ ގޮތުގައެ ދިނުމަށް އެއްބަސްވެފައިވާ ފައިސާ، އެ މުޢާމަލާތް ކާމިޔާބު ވެފައި ނުވަނީސް ޢަބްދުއްރަޙީމށަ ނަގައިދިނުމަކީ، ޠަބީޢީ ޢަދުލު ނުވަތަ justice natural ގެ އޞު ލުތަކާއޫ ޚިލާފު ނިންމުމެއްކަމުގައި ދެކޭކަމަށެވެ.

33.3.3.3. މިނުކުތާގެ ރައްދުގައި ޢަބްދުއްރަޙީމްގެ ފަރާތުން ފާހަގަކޮށްފައިވަނީ، ނޫރާނީ ކެޕިޓަލްގެ ފަރާތުން ހުށަހަޅާފައި ވާ ދެ އިސްތިއުނާފީ ނުކުތާގައިވެސް އޮތީ އެއްވާހަކަ އެއްކަމަށާއި، ރ.ބޮޑުފަރު ލީސް ހޯލްޑ ރައިޓްސް ލިބުމަކީ އެއްބަސްވުމުގެ މަޤްޞަދު ނޫންކަމަށާއި، މިއިސްތިއުނާފީ ނުކުތާ ޝަރުޢީ އަދި ޤާނޫނީ އޞުލ ޚިލާފުވެފައިވާ ގޮތެއް ނޫރނާ ކެޕިޓަލް އަށް ބުނެދެވިފައި ނުވާކަމަށެވެ.

ދެފަރާތުން އެދޭގޮތް

33އިސްތިއުނާފު ކުރާ ނޫރާނީ ކެޕިޓަލްގެ ފަރާތުން އެދޭގޮތް ކަމަށް ފާހަގަކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.

33.3. ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ފައިޞަލާކޮށް ގޮތެއް ކަނޑައަޅައި އަންގަންދެން، ސިވިލް ކޯޓުގެ ނަންބަރު 1888/Cv-C/2018 ނޫރާނީ ކެޕިޓަލްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ދައުވާ ފޯމުގެ ނަންބަރު 32- ޞަފްޙާ 3 ޤަޟިއްޔާގައި ކަނޑައަޅާފައިވި ގޮތުގެމަތިން ދައްކަންޖެހޭ ފައިސާ ދެއްކުން ފަސްކުރުމަށް އަންގައު ވަގުތީ އަމުރެއް ނެރެދެއްވުން؛ އަދ

33.3. ސިވިލް ކޯޓުގެ ނަންބަރު 1888/Cv-C/2018 ޤަޟިއްޔާގައި ސިވިލް ކޯޓުން ނިންމާފައިވާ ނިންމެވުން ބާޠިލްކަމުގައި ކަނޑައަޅައިދީ އެ މޭރުމުން ފައިޞަލާ ކުރަނިވި ޙުކުމެއްކޮށްދިނުން؛ މިއެވެ.

32.އިސްތިއުނާފ ރައްދުވު ޢަބްދުއްރަޙީމްގެ ފަރާތުން އެދޭގޮތްކަމަށް ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1888/Cv-C/2018 ޤަޟިއްޔާ ގައި ޙުކުމް ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށްދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:

31.އިސްތިއުނާފީ މިމައްސަލައިގައި މިކޯޓުން ގޮތެއް ކަނޑައަޅަންޖެހެނީ، މިމައްސަލައިގައި ހިމެނޭ އެއްބަސްވުން ޝަރީޢަތުން މާނަކޮށްފައިވަނީ، ހައިކޯޓުގެ މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން ޕލކ ވ. އޯ ޕްލަސް އީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއާ ޚިލާފަށްތޯއާއި އަދި އެއްބަސްވުމާ ގުޅިގެން ބަދަލު ނަގާދީފައިވަނީ justice natural ގެ އުޞޫލާ ޚިލާފަށްތޯ ކަމާމެދުއެވެ.

އެއްބަސްވުން މާނަކުރުން

35.ކުރިން ބުނެވުނު ފަދައިން ދެފަރާތުގެ ދެމެދުގައި އެއްބަސވެވިފައިވަން، ނޫރާނީ ކެޕިޓަލްގެ ބޭނުމަށް ރިސޯޓެއް ގަތުމުގައި -300,000/ރ. (ތިންލައްކަ ރުފިޔާ) ޢަބްދުއްރަޙީމަށް ދިނުމުގެ އިތުރުން އެރިސޯޓު ޢަބްދުއްރަޙީމްގެ ފަރާތުން ހައިކޯޓަށް ފޮނުވާފައިވާ އިސްތިއުނާފީ ދަޢުވާގެ ޖަވާބު ފޯމްގެ ނަންބަރު 5 2012/HC-A/139 ގަނވިއްކުމުގެ ކަންކަމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމެވެ. އަދި، މިމަސައްކަތުގެ އުޖޫރައެއްގެ ގޮތުގައި USD200,000 (ދެލައްކަ އެމެރިކާ ޑޮލަރު) ޢަބްދުއްރަޙމަށީ އަށް ލިބް ގޮތަށެވެ. 310 އިސްތިއުނާފު ކުރާ ފަރާތުން ދަށު ކޯޓުގައި ބަޔާންކޮށްފައިވަނީ، ޢަބްދުއްރަޙީމށަ ދީފައިވާ -300,000/ ރ. (ތިންލައްކަ ރުފިޔާ) އަނބުރާ ޢަބްދުއްރަޙީމަށް ދިނުމާމެދު އިޢުތިރާޒު ނުކުރާކަމަށެވެ. ނަމަވެސް، އެއްބަސްވުމުގެ މަޤްޞަދަކީ ދެފަރާތުގެ މަންފާއަށްޓަކައި ވަކި މުޢާމަލާތެއް ކުރުން ކަމަށްވެފައި މިމުޢާމަލާތް ނުނިމެނީސް އުޖޫރައިގެ ފައިސާ ޙައްޤވެގެނު ނުވާނެކަމަށެވެ. އަދި އެއްބަސްވުމުގައި ވަކި ތާރީޚެއް ބަޔާންކޮށްފައިވީނަމަވެސް، މިމުޢާމަލާތަކީ ބޭރުގެ ފަރާތްތަކާ އެކީ ކުރެވޭ މުޢާމަލާތެއް ކަމުގައިވާތީ، ދަށު ކޯޓުގައި މައްސަލަ ހިނގަމުން ދިޔައިރުވެސް އެމުޢާމަލާތް ނިމުމަކަށް ނާންނަ ކަމަށެވެ. 310މިކޯޓަށ ހުށަހެޅް އިސްތިއުނާފި ފޯމުގައި އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްފައިވަނީ، އެއްބަސްވުމުގެ ދަށުން ރިސޯޓު ވިއްކުމަށްޓަކައި ކުރަންޖެހޭ މުޢާމަލާތްތައް ކުރެވުނު ނަމަވެސް އަމިއްލަ ބާރު ނުފޯރާ ފަދަ ކަމެއް މެދުވެރިވެގެން އެކަން ކާމިޔާބުވެފައިނުވާކަމަށެވެ. އެގޮތުން، ރ.ބޮޑުފަރު ރިސޯޓަކީ ޓޫރިސްޓް ރިސޯޓް ޑިވެލޮޕްކުރުމަށ ޢާންމުކޮށް ރަށްތައް ދޫކުރާ އޞުލުތަކ ޚިލާފަށާ މޯލްޑިވްސް މާރކެޓިންގް އެނޑ ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރ.ސީ) މެދުވެރިކޮށް އުޞޫލުތަކުން ބޭރުން ދޫކޮށްފައިވާ ރަށެއް ކަމުގައިވުމުން އެރަށުގެ ހެޑްލީސް ރައިޓްސް އިތުރު އެއްވެސް ފަރާތަކަށް ބަދަލު (ޓްރާންސްފަރ) ކުރެވެން ނެތުމުން، އެމުޢާމަލާތް ނިމިފައިނުވާކަމަށެވެ. މިއީ، ދަށު މަރުޙލާގައަ އުފައްދާފައިވާ ބަހުޘެއް ނޫނެވެ.

32. އެހެންކަމުން، މިމައްސަލައިގައި ޚުސޫމާތު އުފެދިފައިވަނީ މިދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭ ވަގުތާ މެދުގައިކަން އެނގެއެވެ. އިސްތިއުނާފީ ނޫރާނީ ކެޕިޓަލް އަދި ޢަބްދުއްރަޙީމްއާ ދެމެދު ވެފައިވާ އެގްރީމެންޓްގެ 3- އެގްރިމެންޓް ކުރެވޭ މަޤްޞަދު އބޙ 23 ސެޕްޓެމްބަރު 3232 ވަނަ ދުވަހު ސިވިލް ކޯޓަށް ނޫރާނީ ކެޕިޓަލްގެ ވަކީލު އޒ.ޢަބްދުﷲ ސަޢީދުގެ ފަރާތުން ހުށަހަޅާފައިވާ ބަޔާންގެ 2 ވަނަ ޕްރެގްރާފް އިސްތިއުނާފު ފޯމުގެ 2.3.5 ފުރަތަމަ ނުކުތާގައި ނޫރާނީ ކެޕިޓަލްގެ ފަރާތުން އުފައްދާފައިވާ ބަހުޘަކީ ވެސް މިއެވެ. އެގޮތުން، އްނުކުތާގީ އ އެފަރާތުން ފާހަގަކޮށްފައިވަނ، އެއްބަސްވުން މާނަކުރުމުގައި ރ ޢާޔަތްކުރަންވާނީ، އެއްބަސްވުމުގެ މަޤްސަދަށްކަމަށާއި އޭގައިވާ ލަފްޒަށ ނޫން ކަމަށެވެ.

33.އިސްތިއުނާފީ ފުރަތަމަ ނުކުތާ ގައި ނޫރާނީ ކެޕިޓަލްގެ ފަރާތުން ޙަވާލާދީފައިވާ ހައިކޯޓުގެ މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން ޕލކ ވ. އޯ ޕްލަސް އީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާ (ބ) ގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. " ދެފަރާތެއްގެ ދެމެދުގައިވެވިފައިވާ އެއްބަސްވުމެއް މާނަކުރުމުގައި އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި ޚިލާފެއް އުފެދިއްޖެނަމަ، އެއެއްބަސްވުން މާނަކުރުމުގައި ރިޢާޔަތްކުރެވޭނީ އެއްބަސްވުމުގެ މަޤްސަދަށްކަމާއި އޭގައިވާ ލަފްޒުތަކަށ ނޫންކަން އެނގޭކަމާއި، މިމަބްދއުއަކ (العبرة في العقود بالمقاصد والمعاني ال باأللفاظ والمباني) އަލް ޢިބްރަތު ފިލް ޢުޤޫދު ލިލް މަޤާސިދު ވަލް މަޢާނީ ލާ ލިލް އަލްފާޒު ވަލްމަބާނީ މި ޝަރުޢީ ޤާޢިދާއިނ އިސްލާމް ފިޤުހުގައި ޤާއިމުވެފައިވާ އުސޫލެއްކަމާއި މިއުސޫލުގެ މައްޗަށް ރިޢާޔަތްކޮށް އެއްބސްވުމުނަ މާނަކުރުމުގެ ބޭނުމަށް އެއްބަސްވުމުގެ ބައިވެރިންގެ މަޤްސަދު ދެނެގަތުމަށްޓަކައި އެއްބަސްވުމުގައި ހިމެނިގެންވާ މާއްދާތަކުގެ މައްޗަށާއި މުޢާމަލާތް ހިނގާފައިގޮތުގެ މައްޗަށާއި މުޅި އެއްބަސްވުމުގެ ވަށައިގެންވާ ކަންކަމަށް ބެލެވެންޖެހޭނެކަން އެނގޭ"

32.ސުޕްރީމް ކޯޓުގެ ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އިބްރާހީމްމަނިކު ޤަޟިއްޔާގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ގެ އިއްތިފާޤު ރައުޔުގައި، ކޮންޓްރެކްޓާބެހޭ ޤާނޫނު އާއި ޤާނޫނީ އުޞޫލުތަކުގެ އަލީގައި، އެއްބަސްވުން މާނަކުރުމުގެ އަސާސީ އުޞޫލުތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

32.3. އެއްބަސްވުމުގައި ވަކި ބަހަކަށް ދެވޭ މާނަ ބަޔާންކޮށްފައިނުވާނަމަ، އެއްބަސްވުމުގައި ބުނާ އެއްޗެއް ދެނެގަންނާނީ އެއްބަސްވުމުގައި ބޭނުންކޮށްފައިވާ ލަފްޒުތަކާއި ބަސްތަކުގެ އާންމު މާނަ ބޭނުންކޮށްގެނކަން؛ 2012/HC-A/139 އބޙ ގެ ސ 32 [2022] SC 60 ޤާނޫނު ނަންބަރު 4/91

32.3. އެއްބަސްވުން މާނަކުރާއިރު ގެންގުޅޭނީ އެއްބަސްވުން ވީއިރު ކަންހިނގާދިޔަ ގޮތާއި ވަށައިގެންވާ ކަންކަން އެނގިހުރި އާދައިގެ ސަބަބުވެރި އިންސާނަކު އެއްބަސްވުން ކިޔުމުން އޭގެން ދޭހަވާ މާނަ ދެނެގަތުމުގެ މިންގނޑުކަން؛

32.2. އެއްބަސްވުން ކިޔުމުން، ވަކިކަމަކާމެދ އެއު މާނައަށް ވުރެ ގިނަ މާނަ އޭގެން ދޭހަވާނަމަ (ambiguity)، އަދި އެއީ ވިޔަފާރި މުޢާމަލާތެއްނަމަ، ކޯޓުން އެފަދަ ހާލަތެއްގައި އެކަމެއް މާނަކޮށް ކަނޑައަޅަންވާނީ އެއްބަސްވުމުގައި ބޭނުންކޮށްފައިވާ ބަސްތަކާއި ލަފުޒުތަކާއި ފުށުނާރާ، ވިޔަފާރިއަށް ފަހި ނުވަތަ އެކަށޭނަ (business common sense) މާނައއްކަން. މިފަދަ ހާލަތެއްގައި ކޯޓުން އެއްބަސްވުން މާނަކުރުމުގައި ކަންހިނގާދިޔަ ގޮތުގެ ހަޤީޤަތްތަކާއި، ވަށައިގެންވާ ކަންކަމަށް ބަލައި، ވިޔަފާރިއަށް ފަހި ނުވަތަ އެކަށޭނަ މާނައެއް ކުރުމަށް ފަނޑިޔާރު މަސައްކަތްކުރަންވާނކަން؛

32.1. އެއްބަސްވުމުގެ މާއްދާތައް ކިޔާ މާނަކުރަންވާނީ އެކުއެކީގައެވެ . އެއްބަސްވުމުގެ ވަކި ވަކި މާއްދާތައް (އެހެން މާއްދާތަކަށް ސަމާލުކަން ނުދީ) ކިޔައި މާނަކުރުމަކީ އެއްބަސްވުމުގެ ބައިވެރިން އޭގެން ހާސިލުކުރަން ބޭނުންވި ނަތީޖާ ހާސިލު ނުވާފަދައަކުން ކަންކުރުން ކަމުގައި ބެލެވކަން؛

32.5. އެއްބަސްވުމެއް ވުޖޫދުވެ، އޭގައި ސޮއިކުރުމުގެ ކުރިއަށް ދެކެވުނު ވާހަކަތަކާއި ކުރެވުނު މުޢާމަލާތްތަކަކީ އާންމު އުސޫލެއްގެ ގޮތުން އެއްބަސްވުމެއް މާނަކުރުމުގައި ބޭނުންކުރެވިދާނެ ވަސީލަތްތަކެއް ނުވަތަ މަޢުލޫމާތެއް ނޫންކަން؛

32.6. އެއްބަސްވުމެއްގައި ވަކިކަމަކާއ ގުޅިގެނި ވަކް ގޮތަކަށް އަމަލުކުރުމަށް އެއްބަސްވެފައިނުވާ ޙާލަތެއްގައި، ވަކި ކަމަކީ އެ އެއްބަސްވުމުގައި އިފްތިރާޟުކުރެވޭ ކަމެއް (imply) ކަމުގައި ބެލޭނީ ޤާނޫނެއްގައި ނުވަތަ ޝަރުޢީ މަރުޙަލާތަކުން ނިމިފައިވާ ޤަޟިއްޔާތަކުގައި އެ އުސޫލު ބަޔާންކޮށްފައިވާނަމަ، އެ ބިނާގެ މައްޗަށެވެ. މި ފަދައިން އެއްބަސްވުމުގައި ނުހިމެނޭ ކަމެއް އިފްތިރާޟު ކުރުމަކީ ޤާނޫނީ ގޮތުން އޮޅުން ބޮޅުން ބޮޑު، އެފަދައިން ކަންކުރުމުގައ އަދި ނިންމުމުގައި ފަރުވާތެރިވާންޖެހޭ ކަމެކެވެ. އަދި އެއްބަސްވުމުގައި ނުހިމެނޭ ކަމެއް އިފްތިރާޟު ކުރުމުގައި އަންނަނިވި އަސާސީ އުސޫލުތައް ނަގަހައްޓަންޖެހެއެވެ .

32.6.3. އިފްތިރާޟު ކުރެވޭ ކަމަކީ އެކަމުގެ މައްޗަށް އެއްބަސްވުން ބިނާވާ ވިޔަފާރި މުޢާމަލާތުން އެއްބަސްވުމުގެ ބައިވެރިން ހޯދަން ބޭނުންވި ނަތީޖާ ނެރުމަށް y)(business efficac ނުވަތަ އެ ކަމެއް އެއްބަސްވުމުގައި ބަޔާންކޮށްފައި ނެތްނަމަވެސް އެއީ އެއްބަސްވުމުގައި ހިމެނޭނެކަމަށް ބެލެވޭ ފަދަ ކަމެއް (officious bystander test) ކަމުގައި ވާންޖެހެއެވެ. އަދި އެފަދައިން އިފްތިރާޟު ކުރެވޭ ކަމަކީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެއްވެސްމާއްދާއަކ ފުށުއަރާ ނުވަތާ ތައާރުޒުވާކަމެއ ކަމުގައް ވެގެން ނުވާނކަނ.

32.6.3. ވަކި ކަމަކީ އެއްބަސްވުމަކާ ގުޅުވާ އިފްތިރާޟު ކުރެވިދާނެ ކަމެއްކަން ނުވަތަ ނޫންކަން ބަލާނީ ބޭރުފުށުން ކަށަވަރުކުރެވޭ ފަދައިން (objectively)، އެއްބަސްވުންވީ އިރުގައި އެއްބަސްވުމުގެ ބައިވެރިންގެ ހައިސިއްޔަތުގައި އާންމު ސަބަބުވެރި އިންސާނަކު ހުރިނަމަ އެފަރާތަކުން އަމަލުކުރާނެ ކަމަށް ބެލެވޭ ގޮތުގެ މައްޗަށް ބިނާކޮށެވެ. މިހެންކަމުން، އެއްބަސްވުމަކަށް ކަމެއް އިފްތިރާޟު ކުރުމުގައި އެއްބަސްވުން ވީއިރު، އެއްބަސްވުމުގެ ދެ (ނުވަތަ ހުރިހާ) ބައިވެރިންގެ އެނގުމުގެ ތެރޭގައިވާ ހަޤީޤަތްތަކާއި ވަށައިގެންވާ ކަންކަމަށް ބަލަންވާނެއެވެ.

33. މިމައްސަލައިގައި ސުވާލު އުފެދިފައިވާ ފައިސާ ދެއްކުމާ ގުޅޭ މާއްދާއަކީ އެއްބަސްވުމުގެ 3 ވަނަ މާއްދާއެވެ. އެ މާއްދާގައިވަނީ އަންނަނިވި ފަދައިންނެވެ.

3. ފައިސާދެއްކުމަށް އެއްބަސްވާގޮތ ށ. މިއެގްރިމެންޓްގައި ސޮއިކުރާދުވަހު -300,000/ރ. (ތިންލައްކަ ރުފިޔާ) އަނބުރާ ދެއްކުމަށް ފަރާތަށް ދޭން ފައިސާ ލިބޭ ފަރާތުން އެއްބަސްވަމެވެ. އަދި މިފައިސާ އިސްވެ ބަޔާންކުރެވުނު 62 ދުވަހުގެ ތެރޭގައި ނުލިބި އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް -3,000/ (ތިންހާސް ރުފިޔާ) ދެއްކުމަށް ފައިސާ ލިބޭ ފަރާތުން އެއްބަސްވަމެވެ. ނ. މިއެގްރިމެންޓްގައި ސޮއިކުރާދުވަހު USD200,000 (ދެލައްކަ ޔޫއެސް ޑޮލަރު) ދެއްކުމަށް ފަރާތަށް ދޭން ފައިސާ ލިބޭ ފަރާތުން އެއްބަސްވަމެވެ. 220މި މާއްދާ މާނަކުރަމުނ ދަށް ކޯޓުނު ފާހަގަކޮށްފައިވަނީ، އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 62 ދުވަހުގެ ތެރޭގައި ފައިސާ ދިނުމަށް އެއްބަސްވެފައިވާ ކަން އެމާއްދާތަކުނ އެނގެން އޮތް ހިނދު، އެއްބަސްވުމުގެ 3 ވަނަ މާއްދާގެ ދަށުން މިފައިސާ ލިބުމަށްޓަކައި ޢަބްދުއްރަހީ މ ނުވަތް އެއްބަސްވުމުގައި އެއްބަސްވުމުގައި 3 ވަނަ މާއްދާގެ ގޮތުގައި ދެ މާއްދާއެއް ލިޔެފައިވާއިރު މިތަނުގައި ޙަވާލާމިދެނީ އެއްބަސްވުމުގެ 3 ވަނަ ސަފްޙާގައިވާ މާއްދާއަށެވެ. ޙަވާލާދީފައިވާ ގޮތުން، ފައިސާދޭ ފަރާތުން އިތުރަށް ފުރިހަމަކުރަންޖެހޭ ޝަރުޠެއް އެމާއްދާގައ ބަޔާންކޮށްފައިނެތުމުން އެފައިސާއަކީ ދައްކަންޖެހި ނުދައްކައިވާ ފައިސާތަކެއްކަނ އެނގެން އޮންނަކަމަށެވެ.

32. ދަށު ކޯޓުގެ މިމާނަކުރުމަށް ބަލާއިރު، މިއީ މިމާއްދާ ލަފްޒީގޮތުން މާނަކޮށްފިނަމަ ނިކުންނާނެ ނަތީޖާއެވެ. ސުވާލަކީ، މިއީ ސަބަބުވެރި މާނަކުރުމެއްތޯއެވެ؟ ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމަކީ، ރިސޯޓެއް ގަނެވިއްކުމަށްޓަކައ ފައިސި އިންވެސްޓްކޮށް އަދި ގަނެވިއްކުމުގެ މުޢާމަލާތުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ އެއްބަސްވުމެކެވެ. ޢަބްދުއްރަޙީމްގެ ފަރާތުން ރިސޯޓު ގަތުމުގައޯ -300,000/ރ. (ތިންލައްކަ ރުފިޔާ) ދޭން އެއްބަސްވެއެވެ. އަދި، ރިސޯޓު ވިއްކުމުގައި "މެދުވެރިއެއްގެ" މަސައްކަތްކުރުމުން "އުޖޫރަ" އިގެ ގޮތުގައި USD200,000 (ދެލައްކަ އެމެރިކާ ޑޮލަރު) ލިބެއެވެ. އެއްބަސްވުމުގެ އިބާރާތަށް ބަލާއިރު، މިފައިސާ ދައްކަންޖެހެނީ 62 ދުވަހުގެ ތެރޭގައެވެ. ދަށު ކޯޓުން މާނަ ކޮށްފައިވަނީ، މި 62 ދުވަހުގެ ތެރޭގައި ޢަބްދުއްރަޙީމްގެ ފަރާތުން ކޮށްދޭންޖެހޭ ވަކި ކަމެއް އެއްބަސްވުމުގައި ޝަރުޠުކޮށްފައިނުވުމުން މިފައިސާ އަކީ އެއްވެސް ޝަރުޠަކާ ނުލައި 62 ދުވަހުގެ ތެރޭގައި ޢަބްދުއްރަޙީމް އަށް ލިބެންޖެހޭ ފައިސާއެއް ކަމަށެވެ. އެހެންނަމަވެސް، މުޅި އެއްބަސްވުން ކިޔާލުމުން، ޚާއްސަކޮށް އެއްބަސްވުމުގެ 3 ވަނަ މާއްދާ ކިޔާލުމުން މިއީ ރ.ބޮޑުފަރު ރިސޯޓުގެ ލީސް ހޯލްޑް ރައިޓް ގަނެވިއްކުމުގެ މެދުވެރިއެއްގެ ދައުރު އަދާކުރުމުން ލިބޭ ފައިސާއެއްކަން އެނގެއެވެ. އެހެންކަމުން، މިފައިސާ ޙައްޤުވުމުގައި މަސައްކަތް ކޮށް ނިމިފައިވާން ޖެހޭ ކަމާމެދު އެއްބަސްވުމުގައި ސާފުކޮށް ބަޔާންކޮށްފައިނުވިނަމަވެސް، ޢަބްދުއްރަޙީމް ކުރުމަށް އެއްބަސްވެފައިވާ މަސައްކަތާއި އެމަސައްކަތުގެ "އުޖޫރަ" އިގެ ގޮތުގައި ލިބޭ އަގުގެ މިންވަރަށް ބަލާއިރު، އާދައިގެ ސަބަބުވެރި އިންސާނެއްގެ ވިސްނުމުމުން ބަލާއިރު، މިއީ މިމަސައްކަތް ނިމުމުން ޙައްޤުވާ ފައިސާއެއް ކަމަށް ބެލެވެއެވެ. އެހެނީ، މިއީ ރިސޯޓެއްގެ ލީސްހޯލްޑް ޙައްޤުތައް ގަނެވިއްކުމުގެ މުޢާމަލާތެއް ކަމުގައިވާއިރު، ދަށުކޯޓު ރިޕޯޓުގެ 2.2 އެއްވެސް ޝަރުޠެއް ނެތި، 62 ދުވަސްވުމުން، USD200,000 (ދެލައްކަ އެމެރިކާ ޑޮލަރު) ގެ ބޮޑު "އުޖޫރަ" އެއް ޢަބްދުއްރަޙީމްއަށް ޙައްޤުވުމަކީ، މިފަދަ ވިޔަފާރި މުޢާމަލާތަކަށް ފަހި މުޢާމަލާތުގެ މަޤްސަދު ޙާސިލުކުރެވޭނެ މާނަކުރުމެއް ކަމުގައި ނުބެލެވެއެވެ.

31.އެހެންކަމުން، ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމުގެ 3 ވަނަ މާއްދާގެ (ނ) ގެ ދަށުން ޢަބްދުއްރަޙީމަށް ދިނުމަށް އެއްބަސްވެފައިވާ USD200,000 (ދެލައްކަ އެމެރިކާ ޑޮލަރު) 62 (ފަސްދޮޅަސް) ދުވަސް ހަމަވުމުން އެއްވެސް ޝަރުޠަކާ ނުލައި ޢަބްދުއްރަޙީމަށް ފައިސާ ޙައްޤުވާ ގޮތަށް އެއްބަސްވުން މާނަކޮށްފައިވަނީ ރަނގަޅަށް ކަމުގައި ނުދެކެމެވެ. ނެޗުރަލް ޖަސްޓިސްގެ އޞު ލުތަކޫ ޚިލާފަށާ ބަދަލް ނަގައިދިނުން

35އިސްތިއުނާފީ ދެވަނަ ނުކުތާގައި ނޫރާނީ ކެޕިޓަލްގެ ފަރާތުން ފާހަގަކޮށްފައިވަނީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ރ.ބޮޑުފަރުގެ ހެޑްލީސް ރައިޓްސް ހޯދުމަށް ނޫރާނީ ކެޕިޓަލްގެ ފަރާތުން ހެޔޮނިޔަތުގައި ތެދުވެރިކަމާއެކު މަސައްކަތްކޮށްފައިވާއިރު، އަމިއްލަ ބާރު ނުފޯރާ ޙާލަތެއް މެދުވެރިވެގެން ހެޑްލީސް ރައިޓްސް ނުލިބިވާއިރު، ޢަބްދުއްރަޙީމް އަށް އެއްބަސްވުމުގެ ދަށުން ބަދަލު ނަގައިދީފައިވަނީ، ތަބީޢީ ޢަދުލް ނުވަތަ natural justiceގެ އޞު ލުތަކާއި ޚިލާފަށް ކަމަށެވެ.

36."ތަބީޢީ ޢަދުލު އޞު ލ "، މިމަފްޙޫމް އެއް އިބާރާތަކުން މާނަކރުނު މ ފަސޭހކަމަކަށަ ނުވާއިރު، މިމަފްޙމަކީ އިންސާފު ޤާއިމުކުރުމުގައޫ ޢަދުލުވެރިވުމާ ގުޅުން ހުރި މަފޙް މެކެވެ. ހަމަހަމަ ފުރުސަތާއި އެކު ބަސްބުނެ ވަކިފަރާތަކަށް ނުޖެހި މައްސަލަތައް ނިންމުމެވެ. އެހެން، ޖޫރިސްޑިކްޝަންތަކުގައި ފާހަގަކޮށްފައިވާ ފަދައިން "action in play fair" އެވެ . ޢާންމު އުޞޫލުން ބަލާއިރު، ތަބީޢީ ‘Natural Justice’ is an emotive phrase, particularly to judges. But, as Sir Robert Megarry VC pointed out in McInnes v Onslow Fane [1978] 3 All ER 211 at 219 , (1978) 1 WLR 1520 at 1530 , justice is far from being a natural concept. It is rather a term of art meaning a legal duty to act fairly or, as Sachs LJ put it in Edwards v Society of Graphical and Allied Trades [1970] 3 All ER 689 at 701 , (1971) Ch 354 at 182 , ‘fair play in action’ Natural Justice — The Malaysian Experience [1993] 3 MLJ I ޢަދުލުގުހަމަތައަ ބިނާވަނީ މައިގަނޑު ދެކީ މަށެވެ. އެއް، 3- ވަކި ފަރާތަކަށް ނުޖެހުން the rule against bias އަދި 3- ބަސް ބުނުމުގެ ފުރުސަތު ދިނުން audi alterem partem)) އެވެ. މީގެ އިތުރު ކަންތައްތައްވެސ ހިމަނައިގެން މިމަފްޙޫމް މާނަކުރެވިފައި ހުންނަކަން ފާހަގަކުރެވޭއިރު، އެކަންތައްތަކަކީ ބުނެވުނު ގޮފިގ ގޮތުގައެ ބެލިދާނެ ކަންތައްތަކެވެ.

33.މިމައްސަލައިގައި ތަބީޢީ ޢަދުލުގެ އުޞޫލާ ޚިލާފު ނިންމުމެއް ކަމަށް ބަޔާންކޮށްފައިވަނީ، މައްސަލައިގައި ހިމެނޭ މުޢާމަލާތް އަމިއްލަ ބާރު ނުފޯރާ ސަބަބަކާ ހުރެ ފުރިހަމަނުވާއިރު، އެއްބަސްވުމުގެ އެއްބައިވެރިއަކަށ ބަދަލް ނަގައިދިނުން ނެޗުރަލް ޖަސްޓިސްގެ އުޞޫލާ ޙިލާފުކަމަށެވެ. އިސްތިއުނާފު ކުރާ ފަރާތުން މިފާހަގަކުރާ އުޞޫލަކީ ތަބިޢީ ޢަދުލުގެ އުޞޫލަށް ވުރެ ބޮޑަށް ނާޖާއިޒް މަންފާ ލިބުމުގެ އުޞޫލު enrichment) unjust) ކަމަށް ބެލެވެއެވެ. މައްސަލަ ހިނގާފައިވާ ގޮތަށް ބަލާއިރު، އަމިއްލަ ބާރު ނުފޯރާ ސަބަބެއް މެދުވެރިވެގެން އެއްބަސްވުން ތަންފީޛުކުރުން މުސްތޙަ ލުވުނީ ފަދަ ބަހުޘެއް އިސްތިއުނާފު ކުރާ ފަރާތުން ދަށު މަރުޙލާގައަ ފާހަގަކޮށްފައިވާ ކަން އެނގެންނެތެވެ. މައްސަލަ ހިންގުމުގައި ބަސްބުނުމުގެ ފުރުސަތު ނުލިބުން ނުވަތަ ވަކިފަރާތަކަށް ޖެހުން ފަދަ ކަމެއް ހިނގާފައިވާ ކަމަށް މިއިސްތިއުނާފުގައި ބުނެފައިނުވެއެވެ. އެހެންކަމުން، ނެޗުރަލް ޖަސްޓިސްގެ މަފްޙޫމާ ޚިލާފުވާގޮތެއް މި އިސްތިއުނާފީ ނުކުތާއިން ސާފުނުވާތީ މިނުކުތާއާމެދު މިކޯޓުން ގޮތެއް ނ ންމިދާނ ކަމަށެ ނުދެކެމެވެ.

ނިންމަންފެންނަ ގޮތް

32. އިސްވެ ދިޔަ ސަބަބުތައް އެފަދައިން ހުރުމުން، އަހުރެންނަށް ފެންނަނީ، ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމާ އެއްގޮތަށް -300,000/ރ. (ތިންލައްކަ ރުފިޔާ) އާއި އެރު ފިޔާ ދެއްކުމާ ގުޅޭ ގޮތުން ސިވިލް ކޯޓުން ނިންމާ ފައިވާ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތްކަމަށާއި، އަދި USD200,000 (ދެލައްކަ އެމެރިކާ ޑޮލަރު) ޢަބްދުއްރަޙީމަށް ޙައްޤުވާކަމަށް ސިވިލް ކޯޓުން Natural Justice — The Malaysian Experience [1993] 3 MLJ I އެއްބަސްވުން މާނަކޮށްފައިވަނީ، އެއްބަސްވުމުގެ މަޤްސަދު ގެއްލޭގޮތަށް ކަމަށް ކަނޑައަޅައި، ދެފަރާތުގެ ބަހުން ރިސޯޓުގެ މުޢާމަލާތް ނުނިމޭ ކަން އެނގޭތީ، ޢަބްދުއްރަޙީމަށް USD200,000 (ދެލައްކަ އެމެރިކާ ޑޮލަރު) ނަގައިދޭންޖެހޭނެތަނެއ ނެތް ކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ނިންމުމުގައި ނޫރާނީ ކެޕިޓަލް އިން ޢަބްދުއްރަޙީމަށް USD200,000 (ދެލައްކަ އެމެރިކާ ޑޮލަރު) ދިނުމަށް އަންގާ ކޮށްފައިވާ ޙުކުމްގެ އެބައި ބާޠިލްކރުމަށެވެ.

ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔު

33.ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު މުޙައްމަދު ސަލީމަ ގެ ރައުޔު

22.ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

13. މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 22 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 3233/23)ގެ 321 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 3233/23)ގެ 321 ވަނަ މާއްދާގެ (ހ)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ