އަޙްމަދު އާމިރު ވ. އަޙްމަދު މާޖިދު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 2435/Cv-C/2019
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޕާޓްނަރޝިޕް އަންޑަސްޓޭންޑިންގއެއްގެ ދަށުން ވިޔަފާރި ހިންގި ފަރާތް އެއްބަސްވުމާ ޚިލާފުވިކަމަށް ކަނޑައަޅައި އިންވެސްޓްކުރި USD 80,000 އަނބުރާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ޙުކުމަކީ، ދަޢުވާގެ ތަރަހައިން ބޭރުން، ސާބިތުކުރުމުގެ ބުރައިގެ އުޞޫލާއި އެއްބަސްވުމާ ޚިލާފަށް ނިންމި ނިންމުމެއްތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 މަދަނީ މައްސަލަތަކުގައި ފަނޑިޔާރުންގެ ދައުރަކީ ޚަޞްމުން ހުށަހަޅާ ދަޢުވާތަކާއި ހުށަހެޅުންތަކުގައި ފާހަގަކުރާ ކަންކަމާމެދު ފައިޞަލާކުރުމެވެ. ދަޢުވާ ނުކުރާ، ހުށަނާޅާ އަދި ޖަދަލު ނުކުރާ ކަންކަމާމެދު ގޮތް ކަނޑައެޅުމުގެ ބާރެއް ކޯޓަށް ނުލިބެއެވެ. އެގޮތަށް ކުރުމަކީ އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ ދުސްތޫރީ ޙައްޤު ގެއްލޭނެ ކަމެކެވެ.
HN2 އެއްބަސްވުމާ ޚިލާފުވުމުގެ ދަޢުވާއެއްގައި ކޯޓުގެ ކުރިމަތީގައި އޮންނަ ސުވާލަކީ ފަރާތެއް ކުރުމަށް އެއްބަސްވި ކަމެއް ކުރުމުގައި އެއްބަސްވުމުގެ މާއްދާތަކަށް ތަބާވިތޯއެވެ. އެއްބަސްވުމާ ޚިލާފުވިތޯ ކަނޑައެޅޭނީ ކޮންމެ ފަރާތެއް އަދާކުރަންޖެހޭ އިލްތިޒާމަކީ ކޮބައިކަން ބަލައި، އެ އިލްތިޒާމު އަދާކޮށްފައިވޭތޯ ބެލުމުންނެވެ. ހުށަހެޅިފައިވާ ހެކިތަކަށް ބަލައި އެކަން ދެނެގަތުމަކީ ފަނޑިޔާރުގެ ދައުރުގެ ތެރޭގައި ކުރަންވާނެ ކަމެކެވެ. އެހެންކަމުން، ވިޔަފާރި ފެށުނުކަމާމެދު ޚިލާފެއް ނެތަސް، އެއްބަސްވުމާ އެއްގޮތަށް ވިޔަފާރި ކުރިއަށް ގެންދިޔަތޯ ބެލުމަކީ ދަޢުވާގެ ތަރަހައިން ބޭރުން ގޮތް ކަނޑައެޅުމެއް ނޫނެވެ.
HN3 ވިޔަފާރީގެ ހިސާބު ކިތާބާއި ލިޔެކިޔުމާއި އިންވެސްޓްކުރި ފައިސާގެ ފުރިހަމަ ކޮންޓްރޯލް އޮތް ފަރާތުން އެ މަޢުލޫމާތު ހިއްސާނުކޮށް ޝަރީޢަތަށްވެސް ހެކި ހުށަނާޅައިފިނަމަ، އޭގެ ނަތީޖާ ދޭހަކުރެވޭނީ އެ ފަރާތާ ދެކޮޅަށެވެ. ހަމައެކަނި ވިޔަފާރި ބަނގުރޫޓުވީކަމަށް ބުނުމުން އެ ފަރާތަށް އެއްބަސްވުމުގެ ޒިންމާއިން އެއްކިބާއެއް ނުވެވޭނެއެވެ.
HN4 މަދަނީ މައްސަލަތަކުގައި ދަޢުވާ ސާބިތުކުރުމުގެ ބުރައަކީ އެ ދަޢުވާއެއް ނުވަތަ ވަކި ކަމެއް ހިނގީ ވަކި ގޮތަކަށް ކަމަށް ބުނާ ފަރާތުގެ ޒިންމާއެކެވެ. މިއީ ދިވެހި ޝަރުޢީ ނިޒާމުގައި އިސްތިޤްރާރުވެފައިވާ އުޞޫލެކެވެ.
HN5 ހައިކޯޓުން މައްސަލަތައް ބަލަނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތައް އަސާސްކޮށްގެންނެވެ. ދަށުކޯޓުގައި ވަކި ޢަދަދަކަށް އިންކާރުކޮށް ދިފާޢެއް ނަގާފައި ނުވާނަމަ، އެ ބަހުސް އިސްތިއުނާފީ މަރުޙަލާގައި އައްވަލަށް ނެގޭނެ ތަނެއް ނެތެވެ. އަދި އިސްތިއުނާފީ ނުކުތާއެއް ބަލަން ޖެހެނީ، ތަފްޞީލާއި ޤާނޫނީ ޙުއްޖަތްތަކާއެކު ބަހުސް ހުށަހަޅައި އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ މިންވަރަށް ވާޞިލުވެއްޖެނަމައެވެ.
HN6 އިންވެސްޓްކުރި ފައިސާ އެއްބަސްވެފައިވާ ޝަރުޠުތަކާ އެއްގޮތަށް ބޭނުންކުރިކަން ދައްކުވައިދިނުމުގެ ފުރުޞަތު ލިބި، އެކަން ނުކޮށް، އެ ފައިސާ ބޭނުންކުރި ގޮތާމެދު އެކަށީގެންވާ ގޮތެއްގައި ޖަވާބުދާރީ ނުވާނަމަ، އެއްބަސްވުމުގައި ފައިސާ އަނބުރާ ދިނުމުގެ މާއްދާއެއް ނެތަސް، އިންވެސްޓްކުރި ފައިސާ އަނބުރާ ދެއްކުމަށް ނިންމުމަކީ އެއްބަސްވުމާ ޚިލާފު ނިންމުމެއް ނޫނެވެ.
HN7 ދަށުކޯޓުގެ ނިންމުމުގައި ގޮތެއް ނިންމާފައި ނުވާ ކަމެއްގެ މައްޗަށް އިސްތިއުނާފުގައި ގޮތެއް ކަނޑައަޅަންޖެހޭކަމެއް ނެތެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- އިބްރާހިމް މާހިދު، ސީ.އެލް.އޭ ޕާރޓްނާރސް އެލް.އެލް.ޕީ
- ބެންޗު
- ޙަސަން ޝަފީޢު، ދީބާނާޒް ފަހުމީ، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ދީބާނާޒް ފަހުމީ، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު
ތަޢާރަފު
1މިއީ، ސިވިލް ކޯޓުގެ ނަންބަރ 2435/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދު […] / އަޙްމަދު އާމިރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓށަ ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފރައްދުވާ ފަރާތަކީ، ޅ.ނައިފަރު/ މަރިޔާދު، އަޙްމަދު މާޖިދއެވު .
ކަންހިނގާފައިވާ ގޮތް
2އަޙްމަދު މާޖިދުއާ އަޙްމަދު އާމިރުއާ ދެމެދު 17 ޖަނަވަރީ 2016 ގައި "ޕާޓްނަރޝިޕް އަންޑަސްޓޭންޑިންގ" އެއްގައި ސޮއިކޮށްފައިވެއެވެ.
3ބުނެވުނު އެއްބަސްވުމުގެ 1.5 ގައި، އެއްބަސްވުމުގެ ދަށުން އަޙްމަދު މާޖިދު ވިޔަފާރިއަށް އިންވެސްޓްކުރުމުން، އެ ފައިސާއިން ވިޔަފާރި ކުރުމަށްފަހު، ވިޔަފާރގީ ޚަރަދުތައް ކެނޑުމަށްފަހު ސާފު ފައިދާ ދެފަރާތުގެ ދެމެދުގައި ހަމަހަމަކޮށް ބެހުމަށް އެއްބަސްވެފައިވެއެވެ.
4ކޮންމެ ޝިޕްމަންޓަކާއެކ ޚަރަދު ކަނޑު ފައިދާގެ ގޮތުގައި ލިބޭވަރު އެނގޭނެގޮތަށް ފައިނޭންޝަލް ސްޓޭޓްމަންޓް ތައްޔާރުކޮށް ބަލަހައްޓަންޖެހޭކަމަށް އެއްބަސްވުމުގެ 1.7 ގައި ބަޔާންކޮށްފައިވެއެވެ.
5އަޙްމަދު މާޖިދު، ތަފާތު އެކިފަހަރުމަތިން އަޙްމަދު އާމިރުއަށް USD 80,000 (އަށްޑިހަހާސް އެމެރިކާ ޑޮލަރު) ހަވާލުކޮށްފައިވާކަމާއި، މި ފައިސާއިން ވިޔަފާރިކޮށ އެކަން އަޙްމަދް މާޖިދުއާ ހިއްސާކޮށްފައިނުވާކަމާއި، ކޮންމެ ޝިޕްމަންޓަކުން ސާފު ފައިދާގެ ގޮތުގައި 7700 USD (ހަތްހާސް ހަތްސަތޭކަ އެމެރިކާ ޑޮލަރު) ލިބޭނެ ކަމަށް އަޙްމަދު އާމިރު ބުނެފައިވާކަމަށް ބުނެ، މަންފާގެ ގޮތުގައި ފައިސާ އައިޑީކާޑު ނަންބަރު […] އައިޑީކާޑު ނަންބަރު […] ލިބިފައިނުވަތީ އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ބުނެ، އަޙްމަދު މާޖިދުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
6އަޙްމަދު މާޖިދު ހުށަހެޅި މައްސަލަ، ސިވިލް ކޯޓުގެ ނަންބަރު 2435/Cv-C/2019 ޤަޟިއްޔާގައި ބަލާފައިވެއެވެ.
7މިއީ ސިވިލް ކޯޓުގެ ނަންބަރު 2435/Cv-C/2019 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
ސިވިލް ކޯޓަށް ހުށަހެޅި ދަޢވު އާއާ އެ ކޯޓުގެ ނިންމުން
8އަޙްމަދު މާޖިދު އާއި އަޙްމަދު އާމިރު އާ ދެމެދު 17 ޖަނަވަރީ 2016 ގައި ލިޔުމުން ވެ ފައިވާ "ޕާޓްނަރޝިޕް އަނޑްސްޓޭންޑިންގ" އާ ދަޢުވާލިބޭ ފަރާތުން ޚިލާފުވެފައިވާތީ އާއި އެއްބަސްވުމާ އެއްގޮތަށް ވިޔަފާރީގެ ފައިދާ ލިބިދީފައިނުވާތ ދަޢުވާކުރީ ފަރާތުން ވިޔަފާރީގެ ބޭނުމަށް އިންވެސްޓްކޮށްފައިވާ ޖުމްލަ 80,000 USD (އަށްޑިހަހާސް އެމެރިކާ ޑޮލަރު) އަޙްމަދު އާމިރުގެ ފަރާތުން އެކީ އެއްފަހަރާ ލިބިގަތުމަށާއި، އަޙްމަދު އާމިރު އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި އަޙްމަދު މާޖިދު ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވެއެވެ.
9އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ: [ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ރިޢާޔަތްކުރާއިރު، އަޙްމަދު މާޖިދު އާއި އަޙްމަދު އާމިރު އާ ދެމެދު 17 ޖެނުއރަ 2016 ގައި "ޕާޓްނަރޝިޕް އަންޑަސްޓޭންޑިންގ" ގެ ނަމުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަޙްމަދު އާމިރު ވިޔަފާރި ހިންގިކަން އެނގެން ނެތުމުން ދެ ފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އަޙްމަދު އާމިރު އަދާކުރަންޖެހޭ ޒިންމާއާ ޚިލާފުވެފައިވާކަމަށް ކަނޑައަޅައި، ވިޔަފާރިއަށް އަޙްމަދު މާޖިދު އންވެސްޓިކޮށްފައިވ އެކާ ޖުމްލަ USD80,000 (އަށްޑިހަ ހާސް އެމެރިކާ ޑޮލަރު) އަކީ އަޙްމަދު މާޖިދުއަށ އަޙްމަދް އާމިރު އަނބުރާ ދޭންޖެހޭ ފައިސާކަމަށް ކަނޑައަޅައި، އަދި ވިޔަފާރީގެ ފައިދާ އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާ ނަގައިދޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، މި ޤަޟިއްޔާގައި ސާބިތުވެފައިވާ ޖުމްލަ USD80,000 (އަށްޑިހަހާސް އެމެރިކާ ޑޮލަރު) އަޙްމަދު މާޖިދުއަށް ލިބިދިނުމުގެ ގޮތުން، 24 މާރިޗް 2022 މި ތާރީޚުން ފެށިގެން 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކު އެ މަހަކަށް ޖެހޭވަރަށްވުރެ މަދުނޫން އަދަދެއްގެ ފައިސާ ސިވިލް ކޯޓަށް ދައްކަމުންގޮސް މި ދަރަނި ޚަލާޞްކުރުމަށް އަޙްމަދު އާމިރު އަންގައި، ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
އިސްތިއުނާފަށް ހުށަހެޅުނު ނުކުތާތައް
10ސިވިލް ކޯޓުގެ ނަންބަރ 2435/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި […] / އަޙްމަދު އާމިރުގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެ ނުކުތާތަކާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާ ތަކަކީ:
1.10 ޢާއްމު އާ ޞުލެއްގ ގޮތުނެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ ދޢަ ވާތައ ފައިޞަލް ކުރުމުގައި ޢަމަލުކުރާ ގޮތަކީ ހުށަހެޅޭ ސީޣާއަށް ބެލުމަށް ފަހު، އެ ހުށަހެޅުނު ދަޢުވާއެއް ޝަރީޢަތަށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމާއެކު ދަޢުވާގައި އެދިފައިވާ ކަންތަކަކީ ކޯޓަށް ސާބިތުވާ ކަންތައްތަކެއް ކަމުގައިވާނަމަ އެގޮތުގެ މަތީން އެދިފައިވާ އެ ކަންތަކުގެ މައްޗަށް ޙުކުމް ކުރުންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/47 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ 3 ވަނަ ނަންބަރުގެ (ނ) ގައި ކަނޑައަޅާފައިވާއިރު، އިސްތިއުނާފު މި ކުރެވޭ މައްސަލައިގައި ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމާ އެއްގޮތަށް ވިޔަފާރި ކުރިކަން އިސްތިއުނާފުކުރާ ފަރާތަށް ސާބިތުކޮށްދެވިފައިނުވާތީ ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމާ އިސްތިއުނާފުކުރާ ފަރާތުން ޚިލާފުވެފައިވާކަމަށް ޝަރީޢަތުން ކަނޑައަޅާފައިވަނީ ދަޢުވާގެ ސީޣާގައި ބަޔާންކޮށްފައިނުވާ، ޝަރީޢަތަށް އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިނުވާ، އަދި ދަޢުވާކުރާ ފަރާތުން އެ ޤަޟިއްޔާއިން ހޯދުމަށް އެދޭ ފަރުވާގެ ތެރޭގައި އެފަދަ ކަމަކަށް އެދިފައި ނުވަނީސްކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި؛
2.10 ފަނޑިޔާރުންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ފަނޑިޔާރުންގެ ނިންމުންތަކާއި، ޙުކުމްތަކާއި، އަމުރުތައު ނެރުމުގައި މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ގަރީނާއަށް ރިޢާޔަތް ކުރަންވާނެކަމަށް ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާއިރު، އިސްތިއުނާފު މިކުރެވޭ މައްސަލައިގައި ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމާ އެއްގޮތަށް ވިޔަފާރި ކުރިކަން އިސްތިއުނާފުކުރާ ފަރާތަށް ސާބިތުކޮށްދެވިފައިނުވާތީ ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމާ އެއްގޮތަށް ވިޔަފާރި ކުރިކަން އިސްތިއުނާފުކުރާ ފަރާތަށް ސާބިތުކޮށްދެވިފައިނުވާތީ ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމާ ދަޢުވާލިބޭ ފަރާތުން ޚިލާފުވެފައިވާކަމަށް ޝަރީޢަތުން ކަނޑައަޅުއްވާފައިވަނީ، ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމާ އެއްގޮތަށް ވިޔަފާރި ފެށިކަމާއި، އެ ވިޔަފާރީގެ ދަށުން ނަފާ ލިބުނުކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ވެސް އެއްބަސްވެފައި ވަނިކޮށް ކަމަށްވާތީ، އިސްތިއުނާފުމިކުރެވޭ މައްސަލައިގައި ވިޔަފާރި ނުފަށާކަމަށ ސިވިލް ކޯޓުން ކަނޑައަޅަ ފައިވާ އަސާސް ސާފު ނުވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި؛
3.10 މަދަނީ ޚުޞޫމާތްތަކުގައި ސާބިތު ކުރުމުގެ ބުރަ (onus probandi) އުފުލަންޖެހޭނީ އެ ދަފްޢެއް ކުރިމަތި ކުރި ފަރާތަކުން ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާގެ ޝަރީޢަތަށް ފާހަގަކުރެވޭ ނުކުތާތަކުގެ (ނ) ގައި ކަނޑައަޅާފައިވާއިރު، އިސްތިއުނާފު މކި ރެވު މައްސަލައިގައި އިންވެސްޓް ކުރިކަމަށް ބުނާ ފައިސާގެ ޢަދަދު އިންވެސްޓް ކުރިކަން ސާބިތު ކުރުމުގެ ބުރަ އިސްތިއުނާފު ރައްދުވާ ފަރާތުން އުފުލަން ނުޖެހުމާއި، އިސްތިއުނާފު ރައްދުވާ ފަރާތުން ބުނާ މިންވަރަށް އިންވެސްޓް ކުރިކަން ސާބިތު ކުރެވޭ މިންވަރަށް އެއްވެސް ހެއްކެއް ހުށަހަޅާފައިނުވަނީސް އެ ޢަދަދު ސާބިތުވެފައިވާކަމަށ ސިވިލް ކޯޓުން ޙުކުމްކޮށްފައިވާކަމަށް ބުން ހުށަހެޅި ނުކުތާއާއި؛
4.10 ސިވިލް ކޯޓުގެ ނަންބަރު 2435/Cv-C/2019 ޤަޟިއްޔާ ބިނާވާ މައްސަލައަކީ ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމާ އެއްގޮތަށް އިސްތިއުނާފުކުރާ ފަރާތުން ވިޔަފާރިކޮށް އެ ވިޔަފާރީގެ ފައިދާ އިސްތިއުނާފު ރައްދުވާ ފަރާތަށް ދީފައި ނުވާތީ ކަމަށް ބުނެ ހުށަހެޅުނު މައްސަލައެއްކަން ސާފުކޮށް އެނގެން އޮތްއިރު، އަދި ދެފަރާތުގެ ދެމެދގައ އޮތި އެއްބަސްވުމަކީ ދެފަރާތުގެ ބައިވެރިވުމާއެކު ވިޔަފާރު އެއް ކުރުމަށް ވެފައވި އެއްބަސްވުމެއްކަމާއި، އެ އެއްބަސްވުމުގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތުން ކުރި އިންވެސްތްމަންޓަކީ ވިޔަފާރިއަށް ކުރި އިންވެސްޓްމަންޓެއް ކަމަށް ވެފައި، އެއްވެސް ސަބަބަކާ ހުރެ އިންވެސްޓް ކުރި ފައިސާ އަނބުރާ އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދޭންޖެހޭ ކަމަށް ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވަނީސް، ސިވިލް ކޯޓުގެ ނަންބަރު 2435/Cv-C/2019 ޤަޟިއްޔާގެ ޙުކުމުގައި ފާހަގަކުރެވުނު ނުކުތާގެ 3 ވަނަ ނަންބަރުގެ (ބ) ގައި، ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމާ އެއްގޮތަށް ވިޔަފާރި ކުރިކަން އިސްތިއުނާފުކުރާ ފަރާތަށް ސާބިތުކޮށްދެވިފައިނުވާތީ އިސްތިއުނާފު ރައްދުވާ ފަރާތުން އިންވެސްޓްކުރި ފައިސާ އެކަށް އަނބުރާ ދޭންޖެހޭކަމަށް ޝަރީޢަތުން ކަނޑައަޅާފައިވަނީ ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމުގެ ރޫހާ ދެފަރާތުގެ ދެމެދުގައި ޢަޤުދު ކުރެވިފައިވާ ގޮތާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި؛
5.10 ފަނޑިޔާރުންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައާއި ފަނޑިޔާރުންގެ ނިންމުންތަކާއި، ޙުކުމްތަކާއި، އަމުރުތައް ނެރުމުގައި މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ގަރީނާއަށް ރިޢާޔަތް ކުރަންވާނެކަމަށް ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާއިރު، އިސްތިއުނާފު މިކުރެވޭ މައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތަށް އިސްތިއުނާފުކުރާ ފަރާތުން ކުރިން ދީފައިވާ ފައިސާއަކީ ސިވިލް ކޯޓުގެ ނަންބަރު 4694/Cv-C/2018 ޤަޟިއްޔާ އާ ގުޅިގެން ދަރަނި އަދާކުރުމުގެ ގޮތުން އިސްތިއުނާފުކުރާ ފަރާތުން ދީފައިވާ ފައިސާއެއްކަމަށް ޝަރީޢަތުން ބަލައިގެންފައިވަނީ ސާފުކޮށް ފެންނަން އޮތް ޙަޤީޤަތާ ޚިލާފަށް އަދި ޝަރީޢަތަށް ހުށަހެޅިފައިވާ ޑޮކިއުމަންޓްތަކުން ސާބިތުވާ ގޮތާ ވެސް ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަމުގެ ޚުލާސާ އިސްތިއުނާފީ ފުރަތަމަ ނުކުތާ އަދި ދެވަނަ ނުކުތާ
11ދަށުކޯޓުގެ ޤަޟިއްޔާގައި އަޙްމަދު އާމިރު އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ކަނޑައަޅާފައިވަނީ ދެފަރާތުގެ ދެމެދު އޮތް އެއްބަސްވުމުގެ ދަށުން ވިޔަފާރިކުރިކަން ސާބިތުކޮށްދެވިފައިނުވާތީކަން ދަށުކޯޓުގެ ނިންމުމުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ށ)، (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާއިރު، ދަށުކޯޓުގެ ޤަޟިއްޔާގައި، އަޙްމަދު އާމިރުގެ ފަރާތުން ވިޔަފާރި ފަށާފައިވާކަމަށ އަޙްމަދް މާޖިދުގެ ފަރާތުން އެއްވެސް ވަރަކަށް އިންކާރު ކޮށްފައިނުވާކަމާއި، އަޙްމަދު މާޖިދުގެ ފަރާތުން އިންވެސްޓްކުރި ފައިސާއިން އަޙްމަދު އާމިރު ވިޔަފާރިއެއް ނުކުރާ ކަމަށް އަޙްމަދު މާޖިދުގެ ފަރާތުން ބުނެފައިނުވާކަމަށް އަޙްމަދު އާމިރުގެ ފަރާތުން
12ދަޢުވާގެ ސީޣާގައި އިންވެސްޓްކުރި ފައިސާއިން ވިޔަފާރިކުރުމަށްފަހު އޭގެ ފައިދާ އެއްބަސްވީގޮތަށް ދީފައިނުވާތީ އެއްބަސްވުމާ ޚިލާފުވިކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވާއިރު، ވިޔަފާރި ކުރިކަމާމެދ އަޙްމަދު މާޖިދު ޚުޞޫމާތު އުފައްދާފައިނުވާކަމާއި، ހެކީގެ ގޮތުގައި އަޙްމަދު މާޖިދު ޝަރީޢަތަށް ހުށަހަޅާފައިވާ 04 ޖުލައި 2018 ގައި އޭނާގެ ފަރާތުން ފޮނުވާފައިވާ ޑިމާންޑް ސިޓީގައިއެ ސިޓީ ފޮނުވުމާ ހަމައަށް ވިޔަފާރީގެ މަންފާގެ ގޮތުގައި 62,000ރ. (ފަސްދޮޅަސް ދެހާސް ރުފިޔާ) އާއި USD 1900 (އެއްހާސް ނުވަސަތޭކަ އެމެރިކާ ޑޮލަރު) އަޙްމަދު މާޖިދުއަށ ލިބިފައިވާކަމަށް ބަޔާންކޮށްފައިވާތީ، މިކަންކަމުން އަޙްމަދު އާމިރުގެ ފަރާތުން ވިޔަފާރިކޮށްފައިވާކަނ އެނގޭކަމަށް އޭނާގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
13އިސްވެ ބުނެވުނު ކަންކަން އެހެން ހުރުމުން، އެއްބަސްވުމުގެ ދަށުން ވިޔަފާރިކުރިކަނ އަޙްމަދް އާމިރުއަށް ސާބިތުކޮށްދެވިފައިނުވާކަމަށް ކަނޑައެޅުމަކީ، ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފު ކަމެއްކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ 2010/HC-A/47 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ 3 ވަނަ ނަންބަރުގެ (ނ) ގައި ކަނޑައަޅާފައިވާ، ޢާއްމު އޞުލެއްގ ގޮތުނެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ ދަޢުވާތައް ފައިޞަލާ ކުރުމުގައި ޢަމަލުކުރާ ގޮތަކީ ހުށަހެޅޭ ސީޣާއަށް ބެލުމަށްފަހު، އެ ހުށަހެޅުނު ދަޢުވާއެއް ޝަރީޢަތަށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމާއެކު ދަޢުވާގައި އެދިފައިވާ ކަންތަކަކީ ކޯޓަށް ސާބިތުވާ ކަންތައްތަކެއް ކަމުގައިވާނަމަ، އެގޮތުގެ މަތީން އެދިފައިވާ އެ ކަންތަކުގެ މައްޗަށް ޙުކުމް ކުރުންކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމާ ޚިލާފަށް ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމެއްކަމަށް އަޙްމަދު އާމިރުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
އިސްތިއުނާފީ ތިންވަނަ ނުކުތާ
14ޢާންމު އުޞޫލެއްގެ ގޮތުން މަދަނީ ޚުސޫމާތުތަކުގައި ސާބިތުކުރުމުގެ ބުރަ us probandi)(on އުފުލުމަކީ އެ ދަފްޢެއް ކުރިމަތިކުރި ފަރާތުގެ މަސްއޫލިއްޔަތެއް ކަމާއި، މިއީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ 2010/SC-A/02 ޤަޟިއްޔާގެ ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި ކަނޑައަޅާފައިވާ އަދ މިހާރު ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައި އިސްތިޤްރާރުވެ ޢަމަލުކުރެވޭ ޢާއްމު އޞު ލުކަމަށް އަޙްމަދ އާމިރު
15ދަށުކޯޓުގެ ޤަޟިއްޔާގައި، ވިޔަފާރިއަށް އަޙްމަދު މާޖިދުގެ ފަރާތުން ކުރި އިންވެސްޓްމަންޓަކީ ޖުމްލަ USD 80,000 (އަށްޑިހަހާސް އެމެރިކާ ޑޮލަރު) ކަމަށް ޝަރީޢަތުން ކަނޑައަޅާފައިވާކަމާއި، މި ފައިސގާ ތެރެއިން USD 50,000 (ފަންސާސްހާސް އެމެރިކާ ޑޮލަރު) އިންވެސްޓްކުރިކަމަށް ކަނޑައަޅާފައިވަނީ ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމުގެ 1.3 ވަނަ މާއްދާގައި އެފަދައިން ބަޔާންކޮށްފައިވާތީ ކަމަށާއި، މި ފައިސާގެ އިތުރަށް، އަޙްމަދު މާޖިދުގެ ފަރާތުން 30,000 USD (ތިރީސ ހާސް އެމެރިކާ ޑޮލަރު) ވިޔަފާރިއަށް އިންވެސްޓކޮށްފައިވާކަން ވެސް ޝަރީއަތަށް ސާބިތުވާކަމަށް ކަނޑައަޅާފައިވާކަމާއި، މި USD 30,000 (ތިރީސ ހާސް އެމެރިކާ ޑޮލަރު) އިންވެސްޓްކުރި ގޮތާ ގުޅޭ ގޮތުން ފާހަގަކުރެވުނު ނުކުތާގެ 3 ވަނަ ނަންބަރުގެ (ބ) ގައި "...އަޙްމަދު އާމިރުގ އެދުމުގެ މަތިން ތިންވަނަ ފަރާތަކަށް އޮންލައިން ބޭންކިންގ މެދުވެރިކޮށް ޓްރާންސްފަރ ކުރި ފައިސާއާއި އަޙްމަދު އާމިރުއަށ ނަގުދުން ދީފައިވާ ފައިސާކަމަށް މައްސަލަ ހުށަހެޅި ފޯމުގައި އަޙްމަދު މާޖިދު ބަޔާންކޮށްފައިވާ ކަމާއި، މި ފައިސާ ލިބުނުކަމާމެދ އަޙްމަދު އާމިރު އިންކާރުކޮށްފައި ނުވާތީ..." މިފަދައިން ބަޔާންކޮށްފައިވާކަމަށް އަހްމަދު އާމިރުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
16ދަޢުވާއަށް ޖަވާބުދާރީވަމުން ދަޢުވާއަށް، އަޙްމަދު އާމިރުގެ ފަރާތުން، އިންކާރުކޮށްފައިވާނެކަމަށާއި، ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމުގެ ދަށުން އަޙްމަދު މާޖިދު އިންވެސްޓްއެއ ކުރް ނަމަވެސް، އެ ދަޢުވާގައި ބުނާ މިންވަރަށް އިންވެސްޓްކޮށްފައިނުވާކަމާއި، އެ ފައިސާގެ ތެރެއިން ކޮންމެވެސް މިންވަރެއް އެއީ، ސިވިލް ކޯޓުގެ 4694/Cv-C/2018 ޤަޟިއްޔާއާ ގުޅޭ ފައިސާކަމަށް އިސްތިއުނާފުކުރާ ފަރާތުން
17އިންވެސްޓްކުރި ފައިސާގެ ޢަދަދު އެ މައްޗަށް ބިނާވާ ދަފްޢު ސާބިތުކުރުމަކީ، އަޙްމަދު މާޖިދުގެ ޒިންމާއެއްކަމަށާއި، އެއްބަސްވުމުގެ ދަށުން 80,000 USD (އަށްޑިހހާސަ އެމެރިކާ ޑޮލަރު) އިންވެސްޓްކުރިކަނ ސާބިތުވާން ހެއްކެއް އަޙްމަދު މާޖިދުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިނުވާއިރު، USD 50,000 (ފަންސާސ ހާސް އެމެރިކާ ޑޮލަރު) ގެ އިތުރަށް ދެން ހުރި ފައިސާއަކީ މި މައްސަލައާ ގުޅޭ ފައިސއެއާ ނޫންކަމަށް އަޙްމަދް އާމިރު ފާހަގަކޮށްފައިވެއެވެ.
18އެހެންކަމުން، 80,000 USD (އަށްޑިހަހާސް އެމެރިކާ ޑޮލަރު) ދެއްކުމަށް ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަކީ ޝަރީޢަތްކުރުމުގެ ޢާއްމު އުޞޫލާ ޚިލާފު، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާގައި މަދަނީ ޚޞު މާތުތަކުގައި ސާބިތުކުރުމުގެ ބުރަ އުފުލުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުޞޫލާ ޚިލާފު ކަމެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށް ފާހަގަކޮށްފައިވެއެވެ.
އިސްތިއުނާފީ ހަތަރުވަނަ ނުކުތާ
19ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އަޙްމަދު މާޖިދުގެ ފަރާތުން އަޙްމަދު އާމިރުއަށް ދޭ ފައިސާއަކީ ވިޔަފާރިއަށް އިންވެސްޓް ކުރުމަށްޓަކައި ދޭ ފައިސާކަން އެއްބަސްވުމުން ސާފުކޮށް އެނގޭކަމާއި، އެއްވެސް ސަބަބެއް މަތިކޮށް އިންވެސްޓްކުރި ފައިސާ އެކަށް ނުވަތަ އެއިން ބައެއްވިޔަސް އަޙްމަދު އާމިރުގެ ފަރާތުން އަޙްމަދު މާޖިދުއަށް ދޭންޖެހޭނެކަމަކަށް އެއްބަސްވުމުގައި ބަޔާންކޮށްފައިނުވާކަމާއި، މި އެއްބަސްވުމުގެ އެއްވެސް މާއްދާއަކަށް ބަދަލެއް ގެނެސްފައިނުވާކަމާއ އަދި އެއްބަސްވުމަށް އެއްވެސް ބަދަލެއް ގެނައިކަމަށް އަޙްމަދު މާޖިދުގެ ފަރާތުން ބުނެފައިވެސ ނުވާކަމަށް އަޙްމަދް އާމިރުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
20އަޙްމަދު އާމިރުގެ މައްޗަށް މަތިކޮށްފައިވާ ވިޔަފާރި ހިންގުމުގެ ޒިންމާ ފުރިހަމައަށް އަދާކުރިކަމަށް އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން ބަޔާންކޮށްފައިވާނެކަމަށާއި، ވިޔަފާރި ނުކުރާކަން އަޙްމަދު މާޖިދުގެ ފަރާތުން ފާހަގަކޮށްފައިނުވާކަމާއި، ވިޔަފާރީގެ އެއްވެސް ފައިދާއެއް ނުލިބޭކަމަށް އަޙްމަދު މާޖިދު ބުނި ނަމަވެސް، އިސްތިއުނާފު ފޯމުގެ 8.4 ގައި ހަވާލާދީފައިވާ ޑިމާންޑް ސިޓީއިން ފައިސާ އަޙްމަދު މާޖިދުއަށް ލިބުނުކަން އެނގޭކަމަށް ބަޔާންކޮށްފައިވެއެވެ.
21ދަޢުވާއަށް ޖަވާބުދާރީވަމުން ވިޔަފާރިއަށް ވެގެންދިޔަގޮތްވެސ ޝަރީޢަތަށް ކިޔައިދީފައިވާނެކަމަށާއި، ވިޔަފާރީގެ މައި ހަބުގ ގޮތުގައެ ބޭނުން ކުރަމުން އައި މެލޭޝިޔާގައ ވިޔަފާރި ކުރުމަށް ދިމާވި ހުރަސްތަކާހުރެ، ވިޔަފާރިން ފައިދާ ނުލިބި ގެއްލުންވުމުގެ ސަބަބުން ވިޔަފާރި ހުއްޓާލަން ޖެހުނުކަމާއި، މި ކަންކަމަކީ އަޙްމަދު މާޖިދުގެ އެނގުމާއި ފެނުމުގެ ތެރެއިން ހިނގާފައި ހުރި ކަންކަން ކަމާއި، އެ މަޢުލޫމާތު ގަވާއިދުން ހިއްސާކޮށްފައިވާނެ ކަމަށް އަޙްމަދު އާމިރު ފާހަގަކޮށްފައިވެއެވެ.
22ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގައި ގެއްލުންވެއްޖެނަމަ ޢަމަލު ކުރާނެ ގޮތެއް ބަޔާންކޮށްފައި ނުވި ނަމަވެސް، އަޙްމަދު މާޖިދުއަކީ ވިޔަފާރީގައި އަޙްމަދު އާމިރުގެ ބައިވެރިއަކަށްވީތީ، ވިޔަފާރި ފައިދާ ހަމަހަމަކޮށް ހިއްސާކުރާ ފަދައިން ވިޔަފާރީގެ ގެއްލުމުގައިވެސް ބައިވެރިވާންޖެހޭނެކަމަށ އަޙްމަދް އާމިރު
23އެއްބަސްވުމުގެ ދަށުން އަޙްމަދު އާމިރުއަށް ދީފައިވާ ފައިސާއަކީ، އަނބުރާ ދައްކާ އުޞޫލުން ދިން ލޯނަކަށް ނުވާއިރު، އަދި އެ ފައިސާއަކީ އިންވެސްޓްކުރި ފައިސާކަމާއި، އިންވެސްޓްކުރި ފައިސާއިން އަޙްމަދު އާމިރު ވިޔަފާރިކުރކަމިމެދު އެއްވެސް ދެބަސްވުމެއް ޚިލާފެއް ނެތްއިރު، ދަށުކޯޓުގެ ނިންމުމުގައި، އަޙްމަދު މާޖިދުގެ ފަރާތުން އިންވެސްޓްކުރިކަމަށް ބުނި USD 80,000 (އަށްޑިހަހާސް އެމެރިކާ ޑޮލަރު) އަޙްމަދު އާމިރުގެ ފަރާތުން އަޙްމަދު މާޖިދުއަށް އަނބުރާ ދޭންޖެހޭކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަކީ، ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމުގެ ރޫހާ ޚިލާފު، އެ އެއްބަސްވުމުގެ މަޤްޞަދާ ޚިލާފު އަދި ދެފަރާތުގެ ދެމެދުގައި ޢަޤުދުކުރެވިފައިވާގޮތާ ވެސް ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ދެކޭކަމަށް އަޙްމަދު އާމިރުގެ ފަރާތުން އިސްތިއުނާފީ ފަސްވަނަ ނުކުތާ
24ފައިދާ ލިބުނު މަސްމަހުގައި އަޙްމަދު މާޖިދުއަށ ފައިސް ދީފައިވާނެ ކަމަށް ބުނެފައިވާނެ ކަމާއި، އެއަށް ރައްދުދީ އަޙްމަދު މާޖިދުގެ ފަރާތުން ބުނެފައިވަނީ އަޙްމަދު އާމިރުގެ ފަރާތުން މާޖިދުއަށް ދީފައިވާ ފައިސާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2435/Cv-C/2019 ޤަޟިއްޔާއާ އެއްވެސް ގުޅުމެއްނުވާ، އަދި ސިވިލް ކޯޓުގެ ނަންބަރު 4694/Cv-C/2018 ޤަޟިއްޔާއާ ގުޅިގެން ދަރަނި އަދާކުރުމުގެ ގޮތުން ދީފައިވާ ފައިސާތަކެއް ކަމަށްކަނ އަޙްމަދް އާމިރު ފާހަގަކޮށްފައިވެއެވެ. މި ބުނުމަށް ޝަރީޢަތުން ބުރަދަން ދިން ނަމަވެސް މިއީ ހަޤީޤަތާ ޚިލާފު ކަމެއްކަމަށް ވެސް އަޙްމަދު އާމިރު ފާހަގަކޮށްފައިވެއެވެ. މިކަން އެނގެނީ ވެސް އަޙްމަދު މާޖިދުގެ ފަރާތުން ހުށަހެޅި ޑޮކިއުމަންޓްތަކުން ކަމަށާއި، މިކަން ކުރިން ހަވާލާދީފައިވާ 04 ޖުލައި 2018 ގެ ޑިމާންޑް ސިޓީގެ 3 ވަނަ ޕެރެގްރާފުން އެނގޭކަމަށް އަޙްމަދު އާމިރު ފާހަގަކޮށްފައިވެއެވެ.
25ސިވިލ ކޯޓުގް ނަންބަރު 4394/Cv-C/2018 ޤަޟިއްޔާގައި ޙުކުމަކާ ހަމައަށް ވާޞިލުވީ ޑިސްޕިއުޓް މަރުހަލާގައި ދެފަރާތުން ވާހަކަ ދެކެވިގެން ވެވުނު އެއްބަސްވުމެއްގެ މައްޗަށްކަމާއި އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ 24 ޖަނަވަރީ 2019 ގައި ކަމަށާއި، ހަވާލާދީފައިވާ ޑިމާންޑް ސިޓީ ފޮނުވީ 04 ޖުލައި 2018 ގައި ކަމަށްވާއިރު، އެ ފައިސާއަކީ، ސިވިލް ކޯޓުގެ ނަންބަރު 4394/Cv-C/2018 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ދީފައިވާ ފައިސާއަކަށް ވާނެ އެއްވެސް ގޮތެއް ނެތްކަމަށް އަޙްމަދު އާމިރު އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް
26އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2435/Cv-C/2019 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާޠިލްކޮށްދިނުމަށެވެ. އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރި ކަންކަން އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ދެވަނަ ނުކުތާއާ ގުޅޭ
27ދަށުކޯޓަށް ހުށަހެޅް ދަޢުވި ފޯމުގެ 12 ވަނަ ނަންބަރުގައި ދަޢުވާގައި އެދޭ ކަންކަމުގެ ތެރޭގައި ދެފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ "ޕާޓްނާޝިޕް އަންޑަސްޓޭންޑިންގ" އާ އަޙްމަދު އާމިރުގެ ފަރާތުން ޚިލާފުވެފައިވާކަމަށް ކަނޑއަޅައިދިނުމަށް އެދިފައިވާނެކަމާއި، ސިވިލް ކޯޓުގެ ނަންބަރ 2019C/-2435/Cv ޤަޟިއްޔާ ގެ ޝަރީއަތް ނިމުނުގޮތުގައ އިސްތިއުނާފުކުރި ފަރާތުން އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ކަނޑައެޅި ހަމަތަކާއި، އެ ނިންމުމަށް ވާޞިލްވިގޮތ ބަޔާންކޮށްފައިވާކަމަށް ފާހަގަކޮށް، ދަށުކޯޓުގެ ނިންމުމުގެ 3 ވަނަ ނުކުތާގެ (ހ)، (ށ)، (ނ) ގައި ފާހަގކޮށްފައިވަ ކަންކަނާ އަޙްމަދް މާޖިދު ފާހަގަކޮށްފައިވެއެވެ.
28ދަށު ކޯޓުގު ނިންމުމެއް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރަންޖެހޭނީ، ޤާނޫނާ ޚިލާފަށް ނުވަތަ ޤާނޫނު ތަޠުބީޤު ކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވުމުން ކަމުގައިވާއިރު، މި މައްސަލައިގައި އެފަދަ ކަމެއް ދެއްކިފައިނުވާކަމަށް އަޙްމަދު މާޖިދުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
29އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި މުޅި ދަޢުވާ އެ މައްޗަށް ބިނާވަނީ ދެފަރާތުގެ ދެމެދުގައި ހެދިފައިވާ އެއްބަސްވުމުގެ ދަށުން ފައިސާ އިންވެސްޓްކުރި ކަމާމެދުގައިކަމާއި، މިކަމަކީ ދެފަރާތުގެ ދެމެދުގައިޚޞު މަތޫ އޮތް ކަމެއް ނ ންކަމާއި، ދެން އޮތް ކަމަކީ، އަޙްމަދު އާމިރުގެ ފަރާތުން ދަޢުވާއަށް ޖަވާބުދާރީވެފައިވާ ގޮތް ބެލުންކަމަށ އަޙްމަދް މާޖިދުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
30ދަށުކޯޓުގައި އަޙމަދް އާމިރުގެ ފަރާތުން ޖަވާބުގައި ފާހަގަކުރި ކަންކަމަށް ރައްދު ދީފައިވާނެ ކަމަށާއި، އެގޮތުން، ވިޔަފާރީގެ ފައިދާއެއް ނުލިބި ގެއްލުންވުމުގެ ސަބަބުން ވިޔަފާރި ފެށިތާ އެއް އަހަރު ދުވަހުގެ ތެރޭގައި ވިޔަފާރި ބަނގުރޫޓުވެ ވިޔަފާރި އުވާލަންޖެހުނުކަމާއި، އެކަމުގެ ސަބަބުން ގެއްލުންވި ކަމާއި، ވިޔަފާރެ ބަނގުރޫޓުވުމުން، އިންވެސްޓްމަންޓް ގެއްލިފައިވާކަމަށް ބުނެ އަޙްމަދު އާމިރު ދަފްޢު ކުރިމަތިކުރިކަމަށް އަޙްމަދު މާޖިދު ފާހަގަކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލުން އެ ދަފްޢު ސާބިތުކުރުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަމާއި، 04 ޖުލައި 2018 ގައި އަޙްމަދު އާމިރުއަށް ސިޓީ ފޮނުވާފައިވާއިރު، އެހާތަނަށް ގެނެސްފައިވާ ޝިޕްމަންޓުގެ ތަފްޞީލްތަކާއި އެ ޝިޕްމަންޓްގެ ހިސާބު ކިތާބާއި މަންފާޖެހޭ މިންވަރު އެނގޭނެ ތަފްސީލީ ލިޔެކިޔުންތައް 04 ޖުލައި 2018 އިން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި ފޮނުވައިދިނުމަށް އެދުނު ނަމަވެސް އެ މަޢލޫމު ތ ފޯރުކޮށްދީފައިނުވާއިރު، ދަޢުވާއާ ގުޅިގެން ހެކި ހުށަހަޅަންދެވުނު ފުރުސަތުގައިވެސް އެފަދަ އެއްވެސް ލިޔެކިޔުމެއް ހުށަހަޅާފައިނުވާކަމަށް އަޙްމަދު މާޖިދު ފާހަގަކޮށްފައިވެއެވެ.
31ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ވިޔަފާރި މެނޭޖްކުރުމާއި ވިޔަފާރިއާ ގުޅޭ އެންމެހައި ހިސާބު ކިތާބާއި ލިޔެކިޔުންތައް ބެލެހެއްޓުމާއި މިގޮތުން މުޅި ވިޔަފާރީގެ ޢަމަލީ ގޮތުން ކުރަންޖެހޭ ކަންކަމާއި، ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަމުގައި އުޅޭ ފަރާތަކީ އަޙްމަދު އާމިރުކަމުގައިވެފައި، އަޙްމަދު މާޖިދުގެ ފަރާތުން ކޮށްފައިވާ އިންވެސްޓްމަންޓާ އެއްގޮތަށް ޚަރަދުކޮށްފައިވާނަމަ އެކަން އެނގޭނެ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ވިޔަފާރީގެ ބޭނުމަށް ގެނެސްފައިވާ ޝިޕްމަންޓްގެ ތަފްސީލުތަކާއި އެކަމަށް ހިނގާފައިވާ ޚަރަދުތަކާއި ގެއްލުންވެފައިވާނަމަ އެ ގެއްލުމެއްވެފައިވާ ގޮތާއި އެކަމާގުޅޭ ހިސާބު ކިތާބު އަޙްމަދު އާމިރުގެ އަތުގައި ހުންނަންޖެހޭއިރު، މިފަދަ އެއްވެސް ލިޔުމެއް ހިއްސާކޮށްފައިނުވާތީ އާއި ދަފޢް ސާބިތުކޮށްދިނުމުގެ ގޮތުންވިޔަސް އެފަދަ ލިޔެކިޔުމެއް ހުށަހަޅާފައިނުވާތީ އަޙްމަދ މާޖިދު ހުށަހެޅު ދަޢުވި ސާބިތުވާކަމުގައި ބަލަންޖެހޭކަމުގައި އޭނާ ފާހަގަކޮށްފައިވެއެވެ.
32ދަށުކޯޓަށް ހުށަހެޅި ޖަވާބު ފޯމުގެ 7.4 އިން 7.6 އަށް ބަޔާންކޮށްފައިވާ ފައިސާއަކީ މި މައްސަލައާ ގުޅޭ ފައިސާ ނޫންކަމާއި، އެއީ ސިވިލް ކޯޓުގެ 4694/Cv-C/2018 ޤަޟިއްޔާއާ ގުޅޭ ފައިސާކަމަށް އަޙްމަދު މާޖިދު ފާހަގަކޮށްފައިވެއެވެ.
33ޝަރީޢަތްކުރާ ފުރަތަމަ މަރުޙަލާގައި އިއްވާ ޙުކުމްތަކާއި ނިންމާ ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށްޓަކައި އިސްތިއުނާފުކުރާ ފަރާތުން ގިރާކުރަންޖެހޭކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް މައްސަލައިގައި ބަޔާންކޮށްފައިވާ ޤާނޫނީ އޮޅިގަނޑު މި މައްސަލައިގައި ގިރާކުރެވިފައިވާކަމުގައި ބެލެވޭކަށް ނެތްކަމަށް އަޙްމަދު މާޖިދުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
އިސްތިއުނާފީ ތިންވަނަ ނުކުތާއާގުޅޭ
34ދަށުކޯޓަށް ހުށަހެޅި ހެކި ލިސްޓުގައި ޑޮކިއުމަންޓް 2 ގެ ގޮތުގައި އަޙްމަދު އާމިރުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ނަންބަރު 7730000070674 އެކައުންޓަށް 16 ޖަނަވަރީ 2016 ގައި ޗެކެއް މެދުވެރިކޮށް 50,000 USD (ފަންސާސްހާސް އެމެރިކާ ޑޮލަރު) ޖަމާކޮށްދީފައިވާކަމާއި، 17 މާރިޗު 2016 ގައި އަޙްމަދު ޢާމިރުގ އެދުމުގެ މަތިން ޢާއިޝަތު ނަޝީދާއަށ އޮންލައިން ބޭންކިންގ މެދުވެރިކޮށް USD 10,000 (ދިހަހާސް އެމެރިކާ ޑޮލަރު) ޓްރާންސްފަރ ކޮށްދީފައިވާކަމާއި 20 މާރިޗް 2016 ގައި އަޙްމަދު ޢާމިރުގ އެދުމުގެ މަތިން ޢާއިޝަތު ނަޝީދާއަށ އޮންލައިން ބޭންކިންގ މެދުވެރިކޮށް USD 10,000 (ދިހަހާސް އެމެރިކާ ޑޮލަރު) ޓްރާންސްފަރ ކޮށްދީފައިވާކަމާއި، ނަގުދު ފައިސާގެ ގޮތުގައި އަޙްމަދު އާމިރުއަށް 10,000 USD (ދިހަހާސް އެމެރިކާ ޑޮލަރު) ދީފައިވާކަން ސާބިތުކުރުމަށާއި، ތަފާތު އެކި ފަހަރުމަތިން ހަވާލުކުރެވުނު ޖުމލް USD 80,000 (އަށްޑިހހާސަ އެމެރިކާ ޑޮލަރު) އަކީ 17 ޖަނަވަރީ 2016 ގެ އެއްބަސްވުމާ އެއްގޮތަށް އިންވެސްޓްމަންޓް ބޭނުމަށް ދެވިފައިވާ ފައިސާތަކެއްކަން ސާބިތުކޮށްދިނުމުގެ ގޮތުން ހުށަހަޅާ އަޙްމަދު މާޖިދުގެ ނަންބަރު 7701166302101 ޔޫ.އެސް.ޑޮލަރު އެކައުންޓުގެ "އެކައުންޓް ސްޓޭޓްމަންޓް" ގެ ކޮޕީއާއި ނަގުދު ފައިސާގެ ގޮތުގައި ދަޢުވާލިބޭ ފަރާތަށް USD ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2019/SC-L/91 "މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު" 10,000 (ދިހަހާސް އެމެރިކާ ޑޮލަރު) ދެވިފައިވާކަން ސާބިތުކުރުމުގެ ގޮތުން ދެފަރާތުގެ ދެމެދުގައި 02 މެއި 2017 ގައި ބަދަލުކުރެވިފައިވާ މެއިލް ކޮންވަޒޭޝަންގެ ކޮޕީ ހުށަހަޅާފައިވާކަމަށް އަޙްމަދު މާޖިދުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އަދި ދަޢުވާކުރި ފަރާތުގެ ދަޢުވާއަށް ނުވަތަ އެ ދަޢުވާގައި ހިމެނޭ ވަކިކަމަކާ ބެހޭގޮތުން ވަކި އެއްޗެއް ބުނަން ބޭނުން ނުވާކަމަށް ބުނެފައިވާނަމަ، ނުވަތަ އެކަމަކާ ގުޅިގެން ސާފުބަހުން އިންކާރުކޮށްފައި ނުވާނަމަ ބެލެވޭނީ ދަޢުވާކުރި ފަރާތުގެ ދަޢުވާ ނުވަތަ އެ ދަޢުވާގައި ހިމެނޭ ވަކިކަމަކާ ބހޭގޮތުނެ އެ ދަޢުވާ ކުރި ފަރާތުން ބުނި އެއްޗެއް އެ ބުނި ގޮތަށް ޤަބޫލުކުރި ކުރުމެއްކަމުގައިކަން ބެލެވޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ އެންގްލިސް ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑް ވ. އެފް އެންޑް އެފް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓޑެ ޤަޟިއްޔާގައި ކަނޑައަޅާފައިވާކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
35ދަށުކޯޓުން 80,000 USD (އަށްޑިހަހާސް އެމެރިކާ ޑޮލަރު) ނަގައިދިނުމަށް ވާސިލްވިގޮތް އެ ކޯޓުގެ ނިންމުމުގެ 3 ވަނަ ނުކުތާގެ (ނ) ގައި ބަޔާންކޮށްފައިވާކަމާއި، ހެކިތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ނުވަތަ ޢަދަދަށް ވާސިލުވިގޮތް އެނގެން ނެތްކަމަށް ހަމައެކަނި ބުނާ ބުނުމުގެ މައްޗަށް ބިނާކށޮގެނ ޙުކުމަށް ބަދަލު ގެނެވޭނެ ހަމައެއް ދެއްކިފައިވާކަމަށް ނުދެކޭކަމަށް އަޙްމަދު މާޖިދުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
36އ ޙްމަދު އާމިރުގެ ފަރާތުން، ދަށުކޯޓުގައި މައްސަލަ ހިނގިއިރު އަޑުއެހުންތަކަށް ހާޟިރުވެފައިނުވާކަމާއި، ތަކުރާރުކޮށް ޝަރީޢަތުން ދީފައިވާ ފުރުޞަތުގައި ޖަވާބު ހުށަހަޅާފައި ނުވާކަމާއި، ތަމްސީލުކުރާނެ ފަރާތެއް އައްޔަންކޮށްފައިނުވާކަމާއި، ތަމްސީލުކުރާ ފޯމު ނުލިބި އެތައް ދުވަހެއް ދަށުކޯޓުގައި މައްސަލަ ނުހިނގާ ދިޔަކަމާއި، މީހަކު އައްޔަންކުރުމަށްފަހުވެސް ދަށުކޯޓުގައި އެ ފަރާތުން ހުށަހެޅީ އެންމެ ބަޔާނެއްކަމާއި، މުޅި މައްސަލައިގައި ދެއްކި ވާހަކައަކީ، ވިޔަފާރި ބަނގުރޫޓުވުމާއި، އިންވެސްޓްމަންޓް ގެއްލިފައިވާތީ ފައިސާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/182 ޤަޟިއްޔާ އަނބުރާ ދައްކަންނުޖެހޭ ވާހަކަކަމާއި، މިކަމަށް ބާރުދޭ ހެއްކެއް ހުށަހަޅާފައި ނުވާކަމަށް އަޙްމަދު މާޖިދު
37ޝަރުޢީ ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ބޭނުން ހިފުމުގެ ގޮތުން ކުރެވޭ މި ބާވަތުގެ ކަންކަން ހުއްޓުވަންޖެހޭނެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބޭންކް އޮފް މޯލްޑިވްސް ވ. ތެލިވެލިގާ ރިޓްރީޓް ޕްރައިވެޓް ލިމޓެޑި ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމަށް އަޙްމަދ މާޖިދު ފާހަގަކޮށްފައިވެއެވެ.
އިސްތިއުނާފީ ހަތަރުވަނަ ނުކުތާއާ ގުޅޭ
38މި ނުކުތާއާ ގުޅިގެންވެސް މައިގަނޑު ގޮތެއްގައި ފާހަގަކުރަންހުރީ އިސްވެދިޔަ ނުކުތާތަކުގައި ފާހަގަކުރި ކަންކަން ކަމަށް ބަޔާންކޮށް، މި ނުކުތާގައިވެސް ފާހަގަކޮށްފައިވާ ކަންކަމަކީ ދަށުކޯޓުގައި ބަޔާން ހުށަހެޅުމުގެ ފުރުސަތު ދިނުމުން ތަފްސީލުދީފައިވާ ވާހަކަތައް ނޫންކަމާއި، މި މަރުޙަލާގައި އައު ދިފާޢުތަކަށް ފުރުޞަތު ނުދެވޭނެކަމަށް އަޙްމަދު މާޖިދު ފާހަގަކޮށްފައިވެއެވެ.
39ވިޔަފާރކުރުމަށި ދީފައިވާ ފައިސާތައް އަނބުރާ ރައްދުކޮށްދޭން ނުޖެހޭކަމަށް ބުނާނަމަ އޭގެން ނުކުންނަ ނަތީޖާއަކީ ވިޔަފާރި ކުރުމަށް މީހަކަށް ފައިސާ ދިނުމުން އެ ފައިސާއިން އެ މީހަކު ކުރިކަމެއް ދެއްކުމެއްނެތި ހަމައެކަނި އެ ފައިސާ ގެއްލުނީކަމަށް އެ މީހަކު ބުނާ ބުނުމެއްގެ މައްޗަށް އެ ފައިސާއަށް ޚިޔާނާތްތެރިވި ފަރާތަށް ނުޙައްޤު މަންފާއެއް ލިބިދިނުން ކަމަށާއި، ދަށުކޯޓުގައި ވިޔަފާރިއަށް ގެއްލުންވިކަމަށް ނުވަތަ އިންވެސްޓްމަންޓް ގެއްލުނުކަމަށް ބުނާނަމަ އެކަން ސާބިތުކޮށްދޭންޖެހޭނެކަމާއި، އެފަދައިން އެކަން ކުރުމެއްނެތި އަދި ފައިސާ އަނބުރާ ދައްކަންނުޖެހުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށް އަޙްމަދު މާޖިދު ފާހަގަކޮށްފއަ ވެއެވެ. މީގެ އިތުރުން، އަޙްމަދު މާޖިދު ފާހަގަކޮށްފައިވަނީ، މި މައްސަލައިގައި ވިޔަފާރި ހިންގުމާއި، ހިސާބު ކިތާބު ބެލެހެއްޓުމަކީ އެއްބަސްވުމުގެ ދަށުން އަޙްމަދު އާމިރުގެ ޒިންމާއެއް ކަމުގައިވާއިރު، ވިޔަފާރީގެ ހިސާބުތަކާއި، އެކަމާގުޅޭ އެއްވެސް ކަމެއް ޝަރީޢަތަށް ހުށަހެޅުމެއްނެތ ހަމައެކަނި ބުނި ބުނުމެއްގެ މައްޗަށް ފައިސާދޭން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 47/S-2019/SC ޤަޟިއްޔާ ނުޖެހޭކަމަށް ނިންމުމަކީ އެއްބަސްވުން އެ މައްޗަށް ބިނާވާ ވިޔަފާރީގެ އަސާސާވެސް ޚިލާފުކަމެއް ކަމާއި، އެހެނީ، ވިޔަފާރިކުރަން ބޭނުންކުރާ މައިގަނޑު އެއްޗަކީ ފައިސާ ކަމުގައިވެފައި، މީހަކަށް ފައިސާއެއްދީ އެ ވިޔަފާރިއަށްވީ ގޮތެއް އަނެއް ފަރާތަށް ނޭނގި އަދި އެކަން ކިޔާދިނުމެއްނެތި ކާފީ ހެކިތކަ އ ހުށަހެޅުމެއްނެތެ ވިޔަފާރިނުވީކަމުގައި ނިންމޭނެ ހަމައެއް ނޯންނާނެތީ ކަމަށެވެ.
40އެހެންކަމުން، އަޙްމަދު އާމިރުގެ ފަރާތުން އެއްބަސްވުން ތަރުޖަމާކުރި މޭރުމުން އެއްބަސްވުން މާނަކުރުމަކީ އެއްބަސްވުމުގެ މަޤްޞަދާ ޚިލާފު ކަމެއްކަމަށާއި، ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގައި ބުނެފައިވަނީ، ކަމެއް ސާބިތުވެއްޖެކަމަށް ބެލެވޭނީ އެކަމެއް ހިނގިކަމަށް ނުވަތަ ހިނގާކަމަށް ޝަރީއަތުގެ މަޖިލީހަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި ކަމަށާއި، ބުއްދި ސަލާމަތުން ހުރި މީހަކަށް އެކަން ހިނގާފައިވާކަމަށް ބަލައި، އެ މައްޗަށް ޢަމަލުކުރަންޖެހޭފަދަ މިންވަރަކަށް އެކަމެއް ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހށަ ބުރަވެވިއްޖެނަމަ އެފަދަ ޚާއްޞަ ޙާލަތަށް ކަނޑއެޅިފައިވަ އޞުލުގެމަތިން އެކަމުގެ ޙަޤީޤަތް ސާބިތުވެއްޖެކަމަށް ޝަރީޢަތުގެ މަޖިލީހުން ނިންމިދާނެކަމަށް ވާތީ، ވަކި ކަމެއް ވަކި ގޮތަކަށް އޮތްކަމަށް ބުނަ ހަމައެކަނި ބުނުމެއްގެ މައްޗަށް ބިނާކޮށް އެކަމެއް އެގޮތުގައި ހިނގާފައިވާކަމުގައި ކަނޑައެޅޭނެ ހަމައެއް އޮތްކަމުގައި ނުދެކޭކަމަށް އަޙްމަދު މާޖިދު ފާހަގަކޮށްފައިވެއެވެ.
އިސްތިއުނާފީ ފަސްވަނަ ނުކުތާއާ ގުޅޭ
41ހައިކޯޓުގައި މައްސަލަ ބަލާނީ ފުރަތަމަ މަރުޙަލާގައި ކޯޓުގައި ހުށަހެޅުނު ކަންކަމާއި، ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމާއި، މި މައްސަލައިގައި، އެއްބަސްވުމުގެ ދަށުންކުރި ވިޔަފާރީގެ ފައިސާ ކަމަށްބުނެ ޖަވާބު ފޯމުގައި އަޙްމަދު އާމިރުގެ ފަރާތުން ޖަވާބު ފޯމުގެ 7.2 ގައި ފައިސާތަކެއް ހިމަނާފައިވާކަމާއި، މިފަދައިން ފާހަގަކުރުމުން، 19 މާރިޗު 2019 ގައި އަޙްމަދު މާޖިދު ހުށަހެޅި ބަޔާނުގައި އެ ފައިސާއަކީ، ސިވިލް ކޯޓުގެ 4694/Cv-C/2018 ޤަޟިއްޔާގައި ދެއްކުމަށް ކަނޑައަޅާފައިވާ ފައިސާކަމަށް ބަޔާންކޮށްފައިވާނެކަމަށ އަޙްމަދް މާޖިދު ފާހަގަކޮށްފައިވެއެވެ.
42އިސްވެބުނެވުނު ފަދައިން އެ ޙަޤީޤަތް އެގޮތުގައި ވާކަން ބަޔާންކުރިފަހުން، ރައްދު ބަޔާން ހުށަހެޅުމަށް އެ ފަރާތަށް ފުރުޞަތު ލިބިފައިވާކަމާއި، ނަމަވެސް ރައްދެއް ދީފައިނުވާކަމަށް އަޙްމަދު މާޖިދު ފާހަގަކޮށްފައިވެއެވެ.
43އެހެންކަމުން، އިސްތިއުނާފު ފޯމުގެ 8.4.3 އިން ފެށިގެން 8.4.6 ގެ ނިޔަލަށް ހުށަހަޅާފައިވާ ދިފާޢުތަކަކީ ހައިކޯޓުގައި އަލަށް ނަގާ ދިފާޢުތަކެއްކަމާއ މިއި އިސްތިއުނާފީ އުޞޫލުތަކާ ޚިލާފު ކަމެއްކަމަށް އަޙްމަދު މާޖިދުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް
44އިސްތިއުނާފުރައްދުވާ ފަރާތުން އެދިފައިވަނީ މި މައްސަލައަކީ ސިވިލް ކޯޓުގެ ނަންބަރު 2435/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ މިންގަނޑު ޤާނޫނީ ބަހުސެއް އޮތް މައްސަލައެއްނޫން ކަމުގައި ކަނޑައަޅައިދީ، ސިވިލް ކޯޓުގެ ނަންބަރު 2435/Cv-C/2019 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ.
ޝަރީޢަތަށް ފާހަގަކުރެވޭ ކަންތައްތައް
45މި އިސްތިއުނާފުގައި އޮތީ، ދެމީހަކު ވިޔަފާރިއެއްކުރުމަށް އެކަކު އަނެކަކަށް ކުރި އިތުބާރާ ހަމައިން ފެށިގެން އައި މައްސަލައެއްގެ ވާހަކައެވެ. އެކަކީ، އަޙްމަދު މާޖިދުއެވެ. އަނެކަކަކީ، އަޙް މަދު އާމިރުއެވެ. މި ދެމީހުން އެކުގައި ވިޔަފާރިއެއްކުރުމުގެ އުންމީދުގައި އަތް ގުޅާލިއެވެ. އެގޮތުން، 17 ޖަނަވަރީ 2016 ގައި މި ދެމީހުން ޕާޓްނަޝިޕް އަންޑަސްޓޭންޑިންގއެއްގއި ސޮއިކުރިއެވެ. އަދި އެ އަންޑަސްޓޭންޑިންގގައ ބަޔާންކުރި ފަދައިން ވިޔަފާރި ފެށުމަށް ކެޕިޓަލްގެ ގޮތުގައި އަޙްމަދު މާޖިދު 50,000 USD (ފަންސާސްހާސް) ޑޮލަރު އަޙްމަދު އާމިރުއާ ހަވާލުކުރިއެވެ. އެ އަންޑަސްޓޭންޑިންގ އާ އެއްގޮތަށް އަޙްމަދު އާމިރު ވިޔަފާރި ހިންގައި ބެލެހެއްޓުމަށް އެއްބަސްވިއެވެ.
46އެކަމަކު، އެ ލިޔުމުގައި ސޮއިކުރިތާ 3 (ތިނެއް) އަހަރާއި 5 (ފަހެއް) މަހާއި އެތައް ދުވަހެއްފަހުން، 03 ޖުލައި 2019 ގައި، އަޙްމަދ މާޖިދު ހުއްޓިހުރީ ކޯޓުގައެވެ. އެއީ، އަޙމަދް އާމިރުގެ މައްޗަށް ދަޢވާކުރުމަށެވެ. އެއީ، އަޙް މަދު އާމިރު އެއްބަސްވުމާ ޚިލާފުވިކަމަށް ބުނެއެވެ. އެއީ، އަޙްމަދު އާމިރު ވިޔަފާރީގެ ހިސާބުތައް ހިއްސާނުކުރާކަމަށް ބުނެއެވެ. އެއީ، އަޙްމަދު އާމިރު ވިޔަފާރީގެ ފައިދާ ހިއްސާނުކުރާކަމަށް ބުނެއެވެ.
47އެ ދަ ޢުވގައި އާޙމަދު މާޖިދް 3 (ތިނެއް) ފަރުވާއެއް ހޯދުމަށް އެދުނެވެ. އެކަންކަމަކީ:
1.47 އެއްބަސްވުމާ އަޙްމަދު އާމިރު ޚިލާފުވެފައިވާކަމަށް ކަނޑައަޅައިދިނުމަށާއި،
2.47 އިންވެސްޓްކުރިކަމަށް އަޙްމަދ މާޖިދު ބުނާ 80,000 USD (އަށްޑިހަހާސް އެމެރިކާ ޑޮލަރު) އަނބުރާ ދެއްކުމަށް އަމުރުކޮށްދިނުމަށާއި، އަދި
3.47 ދަ ޢު ވާގައި ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށެވެ.
48އެ ދަޢު ވާގެ ޖަވާބުގައި ވިޔަފާރި ހިނގިކަމަށް އަޙްމަދ އާމިރު ބުނެފައިވެއެވެ. ފައިދާ ވީއިރު ފައިދާ ހިއްސާކުރިކަމަށް އަޙްމަދ އާމިރު ބުނެފައިވެއެވެ. އަދި ވިޔަފާރި ފަހުން ބަނގުރޫޓްވީކަމަށް އަޙްމަދު އާމިރު ބުނެފައިވެއެވެ. ނަމަވެސް، މިއިން އެއްވެސްކަމަކަށް އަޙްމަދ އާމިރު ހެއްކެއް ނުދައްކައެވެ. އެހެންކަމުން، ޝަރީޢަތުގެ ކުރިމަތީގައި އޮތީ ހަމައެކަނި އޭނާ ބުނާބުނުމެއ އެކަނިކަން އަހުރެންނަށް ފާހަގަކުރެވެއެވެ.
49ދަށުކޯޓުން އެ މައްސަލަ ބަލައި ޙުކުމްކުރިއެވެ. އެ ޙުކުމުގައި، އަޙްމަދު އާމިރު އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ ޒިންމާއާ ޚިލާފުވެފައިވާކަމަށް ކަނޑައެޅިއެވެ. އަޙމަދް މާޖިދު އިންވެސްޓްކުރިކަމަށް ދ ޢަވާގައި ބުނާ USD 80,000 (އަށްޑިހަހާސް އެމެރިކާ ޑޮލަރު) އަނބުރާ އޭނާއަށް ދެއްކުމަށް އަޙްމަދު އާމިރުގެ މައްޗަށް އަމުރުކުރިއެވެ. އަދި ދަޢުވާގައި އެދުނު އިތުރު ފަރުވާތައް ނަގައިދޭނެ ތަނެއް ނެތްކަމަށް ކަނޑައެޅިއެވެ.
50އ ޙްމަދު އާމިރު އެ ނިންމުން މި ކޯޓުގައި އިސްތިއުނާފުކުރިއެވެ. އޭނާ ބުނާ ގޮތުގައި، އެ ޙުކުމް ރަނގަޅެއްނޫނެވެ. އެ ޙުކުމް ރަނގަޅު ނޫންކަމަށް ބުނެ އަޙްމަދ އާމިރު ފާހަގަކުރާ ފުރަތަމަ ކަމަކީ، ދަށުކޯޓަށް ހުށަހެޅި ކަންކަމުގެ ތަރަހައިގެ ބޭރުން ގޮތް ކަނޑައަޅާފައިވާކަމަށް ބުނާ ބުނުމެވެ. އެ ޙުކުމް ރަނގަޅު ނޫންކަމަށް ބުނެ އަޙް މަދު އާމިރު ފާހަގަކުރާ ދެވަނަކަމަކީ، ވިޔަފާރި ނުފަށާކަމަށ ދަށުކޯޓުން ކަނޑައެޅި އަސާސް ސާފުނުވާކަމަށް ބުނާ ބުނުމެވެ. އެ ޙުކުމް ރަނގަޅު ނޫންކަމަށް ބުނެ އަޙްމަދު އާމިރު ފާހަގަކުރާ ތިންވަނަކަމަކީ، އަޙްމަދު މާޖިދު އިންވެސްޓްކުރިކަމަށް ބުނާ 80,000 USD (އަށްޑިހަހާސް އެމެރިކާ ޑޮލަރު) ސާބިތުވާކަމަށް ދަށުކޯޓުން ކަނޑައެޅީ ދަޢުވާ ސާބިތުކުރުމުގެ އުޞޫލާ ޚިލާފަށްކަމަށް ބުނާ ބުނުމެވެ. އެ ޙުކުމް ރަނގަޅު ނޫންކަމަށް ބުނެ އަޙްމަދު އާމިރު ފާހަގަކުރާ ހަތަރު ވަނަކަމަކީ، އަޙްމަދު މާޖިދު އިންވެސްޓްކުރިކަމަށް ބުނާ USD 80,000 (އަށްޑިހަހާސް އެމެރިކާ ޑޮލަރު) އަނބުރާ ދައްކަން ދަށުކޯޓުން ނިންމީ އެއްބަސްވުމާ ޚިލާފަށްކަމަށް ބުނާ ބުނުމެވެ. އެ ޙުކުމް ރަނގަޅު ނޫންކަމަށް ބުނެ އަޙްމަދު އާމިރުގެ ފަރާތނު ފާހަގަކުރާ ފަސްވަނކަމަކީ، ފައިދާގެ ގޮތުގައި އަޙްމަދު މާޖިދަށ ކުރިން ދީފައިވާ ފައިސާއަކީ ސިވިލް ކޯޓުގެ އެހެން ޤަޟިއްޔާއަކާ ގުޅިގެން ދަރަނި އަދާކުރުމުގެ ގޮތުން އަޙްމަދު އާމިރު ދީފައިވާ ފައިސާއެއްކަމަށް ދަށުކޯޓުން ބަލައިގެންފައިވަނީ ހުށަހެޅިފައިވާ ހެއްކާއި ޚިލާފަށްކަމަށާއި އެހެންކަމުން އެއީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފު ނިންމުމެއްކަމަށް ބުނާ ބުނުމެވެ.
ގޮތް ކަނޑައަޅަންޖެހޭ ކަންކަން
51މި އިސްތިއުނާފއާ ގުޅިގެނި ގޮތް ކަނޑައަޅަންޖެހޭކަންކަނ ކަމުގައް އަހުރެންނަށް ފާހަގަވާ ކަންކަމަކީ:
1.51 ދަށުކޯޓަށް ހުށަހެޅި ކަންކަމުގެ ތަރަޙައިގެ ބޭރުން ގޮތް ކަނޑައަޅާފައިވޭތޯ؟
2.51 ވިޔަފާރި ނުފަށާކަމަށ ދަށުކޯޓުން ކަނޑައެޅި އަސާސް ސާފތު؟
3.51 އަޙްމަދު މާޖިދު އިންވެސްޓްކުރިކަމަށް ބުނާ 80,000 USD (އަށްޑިހަހާސް އެމެރިކާ ޑޮލަރު) ސާބިތުވާކަމަށް ދަށުކޯޓުން ކަނޑައެޅީ ދަޢުވާ ސާބިތުކުރުމުގެ އުޞޫލާ ޚިލާފަށްތޯ؟
4.51 އަޙްމަދު މާޖިދު އިންވެސްޓްކުރިކަމަށް ބުނާ 80,000 USD (އަށްޑިހަހާސް އެމެރިކާ ޑޮލަރު) އަނބުރާ ދައްކަން ދަށުކޯޓުން ނިންމީ އެއްބަސްވުމާ ޚިލާފަށްތޯ؟
5.51 ފައިދާގެ ގޮތުގައި އަޙްމަދު މާޖިދަށ ކުރިން ދީފައިވާކަމަށް އަޙްމަދް އާމިރު ބުނާ ފައިސާއަކީ، ސިވިލް ކޯޓުގެ ނަންބަރު 4694/Cv-C/2018 ޤަޟިއްޔާއާ ގުޅިގެން ދަރަނި އަދާކުރުމުގެ ގޮތުން އަޙްމަދު އާމިރު ދީފައިވާ ފައިސާއެއްކަމަށް ދަށުކޯޓުން ބަލައިގެންފައިވަނީ ހުށަހެޅިފައިވާ ހެއްކާ ޚިލާފަށްތޯ އާއް އަދި އެއީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފު ނިންމުމެއްތޯ؟ ގޮތް ކަނޑައަޅަންޖެހޭ ކަންކަމާމެދު ފާހަގަވި ކަންކަން ދަށުކޯޓަށް ހުށަހެޅި ކަންކަމުގެ ތަރަޙައިގެ ބޭރުން ގޮތް ކަނޑައަޅާފައިވޭތޯ؟
52HN1މަދަނީ މައްސަލަތަކުގައި ފަނޑިޔާރުން ޢަމަލުކުރަންޖެހޭގޮތަކީ، ޚަޞްމުން ފަނޑިޔާރުންގެ ކުރިމައްޗަށް ގެންނަ ޚުޞޫމާތުތަކާމެދ ގޮތު ކަނޑައެޅުމެވެ. އެކަން އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުންވެސް އެނގެއެވެ.
53ޢާންމު އުޞޫލެއްގެ ގޮތުން، ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ ދަޢުވާތައް ފައިސަލާކުރުމުގައި ޢމަލުކުރަ ގޮތަކީ ހުށަހެޅޭ ސީޣާއަށް ބެލުމަށްފަހު، އެ ހުށަހެޅުނު ދަޢުވާއެއް ޝަރީޢަތަށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމާއެކު ދަޢުވާގައި އެދިފައިވާ ކަންތައްތަކަކީ ކޯޓަށް ސާބިތުވާ ކަންތައްތަކެއްކަމުގައިވާނަމަ އެގޮތުގެ މަތިން އެދިފައިވާ އެ ކަންތައްތަކުގެ މައްޗަށް ޙުކުމްކުރުންކަމަށް ބުނެވިދިޔަ ނިންމުމުގައި ކަނޑައަޅާފައިވެއެވެ.
54މ މައްސަލައިގައި ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމާއެއްގޮތަށް ވިޔަފާރިކުރިކަން އަޙްމަދު އާމިރަށް ސާބިތުކޮށްދެވިފައިނުވާތީ އަޙްމަދ އާމިރު އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ކަނޑައަޅާފައިވަނީ ދަޢުވާގެ ދިވެހިރާއްޖޭގެ ހައިކޯޓު ގެ ނަންބަރު 2010/HC-A/47 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ނ) ސީޣާގައި ބަޔާންކޮށްފައިނުވާ، ޝަރީޢަތަށް އަޙްމަދ މާޖިދު ހުށަހަޅާފައިނުވާކަމެއްގެ މައްޗަށްކަމަށް ބުނެ އަޙްމަދު އާމިރުގެ ފަރާތުން މި ބަހުސް ހުށަހަޅައެވެ.
55މަދަނީ މައްސަލަތަކުގައި ފަނޑިޔާރުންގެ ދައުރަކީ ޚަޞްމުން ހުށަހަޅާ ދޢަ ވާތަކާއި، ހުށަހަޅާ ހުށަހެޅުންތަކުގައި ފާހަގަކޮށްފައިވާ ކަންކަމާމެދު ފައިސަލާކޮށް މައްސަލަ ނިންމުމެވެ. އެކަމާމެދު ޚަޞްމުންގެ މެދުގައިވެސް ދެބަސްވުމެއް ނެތްކަން އަހުރެންނަށް ފާހަގަކުރެވެއެވެ.
56ދަ ޢވާ ނުކުރާ، ހުށަނާޅައި، އަދި ޖަދަލު ނުކުރާ ކަންކަމާމެދު ގޮތް ކަނޑައެޅުމުގެ ބާރެއް ކޯޓަށް ލިބިގެން ނުވެއެވެ. އަދި އެގޮތަށް އެކަން ކުރުމަކީ، އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ ދުސްތޫރީ އަސާސީ ޙައްޤު ގެއްލިގެންދާނެކަމެއްކަނ އަހުރެންނަށް ފާހަގަކުރެވެއެވެ.
57މި މައްސަލައިގައި، އަޙްމަދު މާޖިދު އާއި އަޙްމަދު އާމިރުވެސް ވިޔަފާރި ފެށުނުކަމަށް އެއްބަސްވެފައިވާކަން މި މައްސަލައިގެ ވާޤިޢާތަކުން އެނގޭކަމަށް އަޙމަދް އާމިރު ބުނެއެވެ. އެގޮތުން، އަޙމަދް މާޖިދު އަމިއްލައަށް އަޙްމަދު އާމިރުއަށް ފޮނުވި އަދި އޭނާ އަމިއްލައަށް ހެކީގެ ގޮތުގައި ދަށުކޯޓަށް ހުށަހެޅި ޑިމާންޑް ލެޓަރގައި ވިޔަފާރިން އޭނާއަށް ފައިދާ ލިބުނުކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަން އަޙްމަދު އާމިރު ފާހަގަކުރެއެވެ.
58އެގޮތުން، ފައިދާގެ ގޮތުގއަ 62,000 (ފަސްދޮޅަސްދެހާސް) ރުފިޔާ އަދި 1,900 (އެއްހާސް ނުވަސަތޭކަ) ޑޮލަރު ލިބުނުކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވާކަން އޭނާ ފާހަގަކުރެއެވެ. ފެށި ވިޔަފާރި ފަހުން ބަނގުރޫޓުވިކަމަށް އަޙްމަދު އާމިރު ބުނެފައިވުމުން، ވިޔަފާރި ފެށިކަން އޭނާގެ ބަހުންވެސް އެނގޭކަމަށް އޭނާ ބުނެއެވެ. ވިޔަފާރި ނުފަށާކަމަށް ސާފު އިބާރާތުން ބުނެ، އެއްވެސް ޚަޞްމަކު އެއްވެސް ހުށަހެޅުމެއް ހުށަހަޅައި، އެކަމާމެދު ބަހުސެއް އުފައްދާ އެފަދަ ބަހުސެއްވެސްކޮށްފައި ނެތްކަން އެނގޭކަމަށް އޭނާ ބުނެއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ ސިވިލް ކޯޓުގެ ނަންބަރު 2435/Cv-C/2019 ޤަޟިއްޔާއާއި ގުޅިގެން ޑޮކިއުމަންޓް 2 ގެ ގޮތުގައި އަޙްމަދު މާޖިދުގެ ފަރާތުން ހުށަހެޅި 04 ޖުލައި 2018 ގެ ސިޓީ
59ދަށުކޯޓުން މުޅި މައްސަލައާމެދު ގޮތް ކަނޑައެޅުމުގައި އެންމެ އަސާސީ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި އޮތް ކަމަކީ، އެއްބަސްވުމާ އެއްގޮތަށް ވިޔަފާރިކުރިކަން އެނގެންނެތްކަމަށ ބުން ފަނޑިޔާރު ފާހަގަކުރާ ކުރުންކަމަށް އަޙްމަދު އާމިރު ބުނެއެވެ. އަދި، އެއީ އެއްވެސް ޚަޞްމަކު ޝަރީޢަތުގައި ފާހަގަކުރިކަމެއްނޫންކަމަށާއި އަދ އެއީ ދަށުކޯޓުގެ ފަނޑިޔާރު އެކަން ފާހަގަކޮށް އެކަމާމެދު ބަސްބުނުމުގެ ފުރުސަތު ދިންކަމެއްވެސްނޫންކަމަށާއި އަދި އެއީ މި މައްސަލައިގެ ޚަޞްމުން ހޯދަން އެދުނު ފަރުވާއެއް އެ މައްޗަށް ބިނާކުރި އަސާސެއް ވެސް ނޫންކަމަށް އަޙމަދް އާމިރު ބުނެއެވެ. އ ޙްމަދު އާމިރުގެ މި ބުނުމަށް ފުރަތަމް ނަޒަރުން ބަލާއިރު، ދަށުކޯޓުގެ ނިންމުން ގޯސްކަމަށް ހީވެއެވެ. އެއީ ވިޔަފާރއެއި ހިނގިކަމާމެދު ދެބަސްވުމެއް އޮތްކަން އެނގެން ނެތަތީއެވެ.
60HN2އެހެންނަމަވެސް، އަޙްމަދު އާމިރުގެ މި ބުނުމަކީ ޙަޤީޤަތާ ދުރު ބުނުމެއްކަން ފާހަގަކުރެވެއެވެ. އެގޮތުން، އަޙްމަދު މާޖިދު ކުޅަ ދަޢުވާއަށް ބަލާއިރު، ދަށުކޯޓުގެ ކުރިމަތީގައި އޮތް ޙަޤީޤީ ސުވާލަކީ، ވިޔަފާރި ކުރިތޯ ނުވަތަ ނުކުރޭތޯ އޮތް ސުވާލެއްކަމުގައި އަހުރެންނަކަށް ފާހަގައެއް ނުކުރެވެއެވެ . އެއާ ޚެ ލާފަށް، އަހުރެންނަށ ފާހަގަކުރވެ ގޮތުގައި، ދަށުކޯޓުގެ ކުރިމަތީގައި އޮތް ސުވާލަކީ، އަޙްމަދު އާމިރު ކުރުމަށް އެއްބަސްވި ކަންތައް އޭނާ ކުރުމުގައި އެއްބަސްވުމުގެ މާއްދާތަކަށް ތަބާވިތޯ އޮތް ސުވާލެއްކަމުގައި އަހުރެންނަށް ފާހަގަ ކުރެވެއެވެ. ދަށުކޯޓުގެ ފަނޑިޔާރު ޖަވާބުދީފައި އޮތީ އެ ސުވާލަށްކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ.
61މި ދެފަރާތުގެ ދެމެދު އޮތް އެއްބަސްވުން ވަރަށް ސާފެވެ. ކޮންމެ ޝިޕްމަންޓަކ ގުޅިގެނާ އަޙމަދް އާމިރު ކުރަންޖެހޭ ކަމެއް އޮވެއެވެ. އެއީ މާލީ ބަޔާން ތައްޔާރުކުރުމާއި ޚަރަދު ކެނޑުމަށްފަހު، ހަމަހަމަކޮށް ފައިދާ ބެހުމެވެ.
62HN3ނަމަވެސް، މިހާތަނަށްވެސް އެއްވެސް މާލީ ބަޔާނެއް އަޙްމަދު އާމިރު ހިއްސާކޮށްފައިވާކަން އެނގޭކަށް ނެތެވެ. އަދި އެންމެ ކުޑަމިނުން އެ ހިސާބުތައް ހިއްސާކުރިކަމަށް އޭނާ ޝަރީޢަތުގައި ބުނެފައިވާކަންވެސް އެނގޭކަށް ނެތެވެ. ވިޔަފާރި ހިނގިކަމަށް ބުނެފައިވާއިރު، އެ ދުވަސްވަރުވެސް އެއްވެސް މާލީ ބަޔާނެއް ހިއްސާކުރިކަން އެނގޭކަށް ނެތެވެ. އަދި ޝަރީޢަތަށް ދަޢު ވާ ހުށަހެޅުމުންވެސ އެއްވެސް މާލް ބަޔާނެއް ހިއްސާކުރިކަން އެނގޭކަށް ނެތެވެ. އަޙް މަދު މާޖިދު ވިޔަފާރީގެ ރެކޯޑުތައް ހޯދަން އެދުމުންވެސް ރެކޯޑުތައް ހިއްސާކުރިކަން އެނގޭކަށް ނެތެވެ. އަދި ޝަރީޢަތަށް ހެކި ހުށަހަޅަންޖެހުމުންވެސް އެކަމުގެ އެއްވެސް ހެއްކެއް ހުށަހަޅާފައިވާކަނވެސް އެނގޭކަށް ނެތެވެ.
63މި މައްސަލައިގައި ކަންހިނގި ގޮތަށް ބަލާއިރު، ހުރިހާކަމެއް ބަލަހައްޓަމުން ދިޔައީ އަޙްމަދު އާމިރެވެ. އިތުރު ފަރާތެއް ނޫނެވެ. ވިޔަފާރީގެ ހިސާބު ފޮތްތަކާއި، ޝިޕްމެންޓްތަކާއި އަޙްމަދު މާޖިދު އިންވެސްޓްކުރި ފައިސާގެ ފުރިހަމަ ކޮންޓްރޯލް އޮތީ އަޙްމަދު އާމިރުގެ އަތުގައެވެ. ކަންވީގޮތް ކިޔައިދިނުމަކީ، މި ޙާލަތުގައި، އަޙމަދް އާމިރުގެ ޒިންމާއެކެވެ. އެ ޒިންމާ އޮވެމެ، ހަމައެކަނި ވިޔަފާރި ބަނގުރޫޓުވީކަމަށ ބުން ޒިންމާއިން އެއްފަރާތްވެވިދާނެ ކަމަކަށް އަހުރެން ނުދެކެމެވެ.
64މާލީ ހުރިހާ މ ޢލޫމާތެއްގެ ކޮންޓްރޯލް އ ޙްމަދު އާމިރުގެ އަތުގައި އޮވެމެ، އެކަން ހިއްސާނުކުރުމުގެ ނަތީޖާއަކީ އިޖާބީކޮށް ދޭހަކުރެވޭނެކަމެއްކަމުގައި އަހުރެންނަކަށް ނުބެލެވެއެވެ. އަހުރެންނަށް ބެލެވެނީ އޭގެ ނަތީޖާ ދޭހަކުރެވޭނީ ސަލްބީކޮށްކަމަށެވެ. އެގޮތުން، އެކަން ހިއްސާނުކުރުމުން ދޭހަވާ ދޭހަވުން ނެގެނީ އޮތް އަޙްމަދު އާމިރުއާ އެއްކޮޅަކަށް ނޫނެވެ. އޭނާއާ ދެކޮޅަށެވެ. މި ޙާލަތުގައި، ބުނެވިދިޔަ ފަދަ ދޭހައެއް ކުރުމަކީ ބޭއިންސާފުވެރިކަމެއްކަމުގައި އަހުރެންނަކަށް ނުބެލެވެއެވެ. ސަބަބަކީ، ޝަރީޢަތުގެ ކުރިމަތީގައި އޮތް ސުވާލުގެ ޖަވާބު ހޯދުމަށް ބޭނުންވާ ހުރިހާ ވާޤިއާތަކާ ގުޅޭ ހެއްކެއް އަޙްމަދު އާމިރުގެ އަތުގައި ހުންނަންޖެހޭ ޙާލަތާ އެ މި މައްސަލައިގައި އޮތް ހިނދު، އެއިން ހަމަ އެންމެ ހެއްކެއްވެސް އޭނާ ޝަރީޢަތައް ގެނެސްދީފައިނުވާތީއެވެ.
65އެހެންކަމުން، ވިޔަފާރިއެއް ޒާތުގެ ކަމެއް ފެށުނު ކަމަށް ދެފަރާތުން އެއްބަސްވިޔަސވެސް އެއް ޝަރީޢަތުގެ ކުރިމަތީގައި އޮތް ސުވާލުގެ ޖަވާބަށް ފުދޭ މިންވަރެއްކަމުގައި އަހުރެންނަކަށް ނުބެލެވެއެވެ . އަޙްމަދު އާމިރު އެއްބަސްވި ގޮތަށް އެކަން ކުރިއަށް ގެންދިޔަކަން އެނގޭކަށްނެތެވެ. ހަމަ އެންމެ ޝިޕްމެންޓަކަށްވެސް މާލީ ބަޔާން ތައްޔާރުކުރިކަނ އެނގޭކަށް ނެތެވެ. ހަމަ އެންމެ ޝިޕްމެންޓެއްގެ ފައިދާވެސް ހިއްސާކުރިކަން އެނގޭކަށް ނެތެވެ. އަދި އަޙްމަދު މާޖިދު އިންވެސްޓްކުރި ފައިސާއަށް ވީގޮތެއް ވެސް އެނގޭކަށްނެތެވެ. ހަމައެކަނި އޮތްހާވެސް އެއްޗަކީ، އަޙްމަދު އާމިރު ބުނާ ބުނުމެކެވެ.
66ދަށުކޯޓަށް ހުށަހެޅުން ދަޢުވާއަކީވެސް، އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ބުނެ ހުށަހެޅި ދަޢު ވާއެއްކަމުގައިވާއިރު، އެއްބަސްވުމާ އެއްގޮތަށް ވިޔަފާރިކުރިކަނ ނުވަތް ނުކުރާކަން ވަޒަންކުރުމެއްނެތި ދަޢު ވާގައި އެދިފައިވާ އެއްވެސް ފަރުވާއަކާމެދ ގޮތު ކަނޑައެޅުމުގެ ޖާގައެއް އޮތްކަމަށް ބެލޭނެ އެއްވެސް ހަމައެއް މި ނުކުތާގައި އަޙް މަދު އާމިރުގެ ފަރާތުން މި އިސްތިއުނާފުގައި ބުނެދީފައިނުވާކަން އަހުރެންނަށް ފާހަގަކުރެވެއެވެ.
67ފެންނަން އޮތް ޙަޤީޤަތަކީ، އަޙްމަދު މާޖިދު ފައިސާ އިންވެސްޓް ކުރިކަމެވެ. ފެންނަން އޮތް ޙަޤީޤަތަކީ، އ ފައިސާއިން ވިޔަފާރިކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތް ލިޔެވިފައި އޮތްކަމެވެ. ފެންނަން އޮތް ޙަޤީޤަތަކީ، އެފަދައިން ވިޔަފާރިކުރިކަން އެނގޭނެ ހަމަ އެއްވެސް ހެއްކެއް ޝަރީއަތަށް ހުށަހަޅާފައިނެތްކަމެވެ.
68މި ދެފަރާތުގެ ދެމެދު އޮތް އެއްބަސްވުމާ އާޙމަދ އާމިރު ޚިލާފުވެފައިވޭތޯ ބެލުމުގައި އެންމެ އަސާސީ ކަމެއްގް ގޮތުގައި ބަލަންޖެހެނީ އެއްބަސްވުމާ އެއްގޮތަށް ވިޔަފާރިކުރިތޯ ނުވަތަ ނުކުރޭތޯއެވެ. އެއީ އެއްބަސްވުމާ ޚިލާފުވެފައިވޭތޯ ބެލުމުގައި ދެފަރާތުން އަދާކުރަންޖެހޭ އިލްތިޒާމަކީ ކޮބައިކަން ބަލައި، އެ އިލްތިޒާމް އަދާކޮށްފައިވޭތޯ ނުވަތަ ނޫންތޯ ބަލައިގެން މެނުވީ، އެއްބަސްވުމާ ޚިލާފުވިތޯ ނުވަތަ ނޫންތޯ ކަނޑަނޭޅޭނެތީއެވެ. އޭގެ އިތުރުން، މަދަނީ މައްސަލަތަކުގެ ޝަރީޢަތް ހިންގާ ފަނޑިޔާރެއްގެ ދައުރުގެ ތެރޭގައި އެ މައްސަލައެއްގައި ކަން ހިނގާފައިވާ ގޮތް ބެލުމަކީ އޮންނާ ނެކަމެއްކަމަށ އަހުރެން ދެކެމެވެ. އެގޮތުން، ހުށަހެޅިފައިވާ ހެކިގަރީނާތަކަށް ބަލައި އެކަން ދެނެގަތުމަކީ، ފަނޑިޔާރަށް އޭނާގެ ދައުރުގ ތަރަހައިގެ ތެރޭގައި ކުރެވިދާނެ އަދި ކުރަންވާނެ ކަމެއްކަމެއްކަމަށްވެސ އަހުރެން ދެކެމެވެ.
69އެއްބަސްވުމާއި ޚިލާފުވެފައިވާކަމަށް ކަނޑައަޅައި، ފަރުވާއެއް ނަގައިދިނުމުގެ ކުރިން އެ އެއްބަސްވުމުގައި ބަޔާންކުރާ ކަންކަން އެ އެއްބަސްވުމުގެ ބައިވެރިން އަދާކުރިގޮތ ހެކިތަކުން ފެންނަން ހުރިނެތްގޮތުގެ މައްޗަށް ފަނޑިޔާރު ބަލަންނުޖެހޭނެކަމަށް ބަޔާންކުރާ އެއްވެސް ޤާނޫނީ ޙުއްޖަތެއް މި އިސްތިއުނާފުގައި އަޙްމަދު އާމިރް ބުނެދީފައެއްނުވެއެވެ.
70އެއްބަސްވުމާ އެއްގޮތަށް ވިޔަފާރި ހިންގިކަން ބެލުމެއްނެތި، މި މައްސަލައިގައި، އެއްވެސް ފަރާތެއްގެ މައްޗަށް ޒިންމާއެއް މަތިކުރުމަކީ ބުއްދީގެ ހަމައިން ބެލިޔަސް ކުރެވިދާނެކަމެއްނޫންކަނ އަހުރެންނަށް ފާހަގަކުރެވެއެވެ. އަދި އެއްބަސްވުމާ އެއްގޮތަށް ވިޔަފާރި ހިންގިކަން ބެލުމެއްނެތި، އެއްވެސް ފަރުވާއަކާމެދ ގޮތު ކަނޑައެޅުކަމީ، ކުރެވިދާނެ ކަމެއްނޫންކަނ އަހުރެންނަށް ފާހަގަކުރެވެއެވެ.
71އ ޙްމަދު މާޖިދު ކުޅަ ދަޢވު ބިނާވެފައިވަނީ އަޙް މަދު އާމިރު އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާނުކުރާކަމަށ ބުން ބުނުމުގެ މައްޗަށްކަން އެނގެއެވެ. އަދި އަޙްމަދު އާމިރަކީ އެ އެއްބަސްވުމުގައި ބުނާ އިލްތިޒާމްތަކާމެދު ޖަވާބުދާރީވާންޖެހޭ ފަރާތްކަން އެނގެއެވެ. ކަންމިހެން އޮތްއިރު، ވިޔަފާރީގެ މާލީ ހިސާބުތަކާއި ވިޔަފާރީގެ ފައިދާ، އެއްބަސްވުމާ އެއްގޮތަށް ހިއްސާނުކުރާކަމުގެ ތުހުމަތު އޭނާގެ މައްޗަށް އުފުލުމުން، އެ ތުހުމަތުތައް ވަޒަންކުރެވޭނީ ވިޔަފާރިއަކީ، ޙަޤީޤަ ތުގައި، އެއްބަސްވުމުގެ ޝަރުތުތަކާ އެއްގޮތަށް ކުރިއަށް ދިޔަ ވިޔަފާރިއެއްތޯ ވަޒަންކުރެވިގެންކަމުގައި އަހުރެން ދެކެމެވެ.
72އެހެންކަމުން، އެއީ އަޙްމަދު އާމިރު ސިފަކުރާ ފަދައިން ފަނޑިޔާރުގެ ދައުރުގ ތަރަހައިގެ ބޭރުން ނިންމާފައިވާ ނިންމުމެއްކަމުގައި އަހުރެންނަކަށް އެއްބަހެއްނުވެވެއެވެ. ވިޔަފާރި ނުފަށާކަމަށ ދަށުކޯޓުން ކަނޑައެޅި އަސާސް ސާފުތޯ؟
73HN5މ ނުކުތާގައި އަޙްމަދު އާމިރުގެ ފަރާތުން ހަމައެކަނި ބުނެފައިވަނީ ވިޔަފާރި ނުފަށާކަމަށ ދަށުކޯޓުން ކަނޑައެޅި އަސާސް ސާފުނުވާކަމަށެވެ. އެހެންނަމަވެސް، އެކަމުގެ ތަފުސީލު ބަޔާންކޮށް ޤާނޫނީ ބަހުސެއް އުފެދޭ މިންވަރަށް މި ނުކުތާގައި ފާހަގަކުރާ ކަންކަމުގެ ތަފުސީލު އަޙްމަދު އާމިރުގެ ފަރާތުން ހުށަހަޅާފައިވާކަމުގައި އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ.
74އަޙްމަދު އާމިރުގެ ފަރާތުން އެފަދައިން ބުނެފައިވީނަމަވެސް، ދެފަރާތުގެ ދެމެދު އެއްބަސްވެފައިވާ ގޮތުގެ މަތިން ވިޔަފާރި ފެށިކަން އަދި ވިޔަފާރި ބަނގުރޫޓުވިކަން އެނގޭނެ ހެއްކެއް އަޙްމަދު އާމިރު ހުށަހަޅާފައި ނެތްކަމަށް ޝަރީޢަތް ނިމުނުގޮތުގެ 3 ވަނަ ނަންބަރުގެ (ށ) ގައި ބަޔާންކޮށްފައިވާކަން އެނގެއެވެ. އަދި އެ ނަންބަރުގެ (ނ) ގައި އެއްބަސްވުމާއި ހަވާލާދީ ތަފުސީލު ބަޔާންކޮށްފައިވާކަން އެނގެއެވެ.
75އެހެންކަމުން، އަޙްމަދު އާމިރު ބުނާފަދައިން ވިޔަފާރި ނުފަށާކަމަށ ދަށުކޯޓުން ނިންމް އަސާސް ސާފުވާންނެތްކަމުގައި އަހުރެންނަކަށް ނުބެލެވެއެވެ. އަޙްމަދު މާޖިދު އިންވެސްޓްކުރިކަމަށް ބުނާ USD 80,000 (އަށްޑިހަހާސް އެމެރިކާ ޑޮލަރު) ސާބިތުވާކަމަށް ދަށުކޯޓުން ކަނޑައެޅީ ދަޢުވާ ސާބިތުކުރުމުގެ އޞު ލާ ޚިލާފަށްތޯ؟
76HN4މަދަނީ މައްސަލަތަކުގައި ދަ ޢވާ ސާބިތުކުރުމުގު ބުރައަކީ، އެ ދަޢވާއެއ ހުށަހަޅް ފަރާތުގާ ޒިންމާއެކެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގައި މި އުޞޫލު ބަޔާންކޮށްދީ ތަފުސީލުކޮށްދީފައިވާކަން އެނގެއެވެ. އެހެންކަމުން، މި އުޞޫލަކީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައިވެސް އިސްތިޤްރާރުވެފައިވާ އޞުލެއްކަނ އަހުރެންނަށް ފާހަގަކުރެވެއެވެ. އަދި މިކަމަކީ، ޚަޞްމުންގެ މެދުގައިވެސް ދެބަސްވުމެއް އޮތްކަމެއް ނޫންކަން އަހުރެންނަށް ފާހަގަކުރެވެއެވެ.
77ކުރުކޮށް ބުނާނަމަ، މި އުޞޫލުގައި ބަޔާންކުރަނީ ވަކި ކަމެއް އޮތީ ނުވަތަ ހިނގީ ވަކިގޮތަކަށްކަމަށް ބުނާނަމަ، އެ ބުނުމެއް ބުނާފަރާތަކުނ އެކަމެއް ސާބިތުކުރުމަށް ހެކް ހުށަހަޅަންވާނކަމަށެވެ.
78މ މައްސަލައިގައި ކަނި ހިނގާފައިވާގޮތަށް ނަޒަރުކުރާއިރު، އަޙްމަދު މާޖިދު ވިޔަފާރިއަށް ޖުމްލަ USD 80,000 (އަށްޑިހަހާސް އެމެރިކާ ޑޮލަރު) އިންވެސްޓްކުރިކަމަށް އޭނާ ދަޢވާކުރުއެވެ. އެއީ ލިޔުނު އެއްބަސްވުމުގައި ބުނާ 50,000 USD (ފަންސާސްހާސް އެމެރިކާ ޑޮލަރު) އާއި ފަހުން އިތުރަށް އިންވެސްޓްކުރިކަމަށް ބުނާ USD 30,000 (ތިރީސްހާސް އެމެރިކާ ޑޮލަރު) ކަން އެނގެއެވެ. ބުނެވިދިޔަ 30,000 USD (ތިރީސްހާސް އެމެރިކާ ޑޮލަރު) ގެ ތެރެއިން 20,000 USD (ވިހިހާސް އެމެރިކާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ 2010/SC-A/02 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޒީނަތު ޙަސަން ވ. އައްޑޫސިޓީ ކައުންސިލް [2021] SC 83 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޞަފޫރާ ނާފިޢު މޫސާ ވ. މުޙައްމަދު ޝަރީފް [2023] SC 23 ޑޮލަރު) އަކީ އަޙްމަދު އާމިރުގ އެދުމުގެ މަތިން ތިންވަނަ ފަރާތެއްގެ އެކައުންޓަށް ދެފަހަރެއްގެ މަތިން ފަހަރަކު ޓްރާންސްފަރކުރި 10,000 USD (ދިހަހާސް އެމެރިކާ ޑޮލަރު) ކަމށަ ތަފުސީލުގައި އޭނާ ބަޔާންކުރެއެވެ. އަދި ނަގުދު ފައިސާގެ ގޮތުގައި USD 10,000 (ދިހަހާސް އެމެރިކާ ޑޮލަރު) އަޙްމަދު އާމިރުއާ އަތުން އަތަށް ހަވާލުކުރިކަމަށް ބުނެއެވެ.
79ދަށުކޯޓުން ނިންމާފައިވަނީ، ދަޢުވާގައި އެދުނުގޮތަށް ޖުމްލު USD 80,000 (އަށްޑިހަހާސް އެމެރިކާ ޑޮލަރު) އަޙްމަދު މާޖިދު އިންވެސްޓްކުރިކަނ ޝަރީޢަތަށް ސާބިތުވާކަމަށެވެ. މިގޮތަށް ދަށުކޯޓުން ނިންމާފައިވަނީ، އިންވެސްޓްކުރިކަމަށް އަޙްމަދު މާޖިދު ބުނާ ފައިސާގެ ޢދަދަށަ އަޙމަދް އާމިރު ކަނޑައެޅިގެން އިންކާރުކޮށްފައިނުވާކަމަށް ބުނެއެވެ.
80މ ނުކުތާގައި އިސްތިއުނާފުކުރި ފަރާތުގާ ބަހުސް ބިނާކޮށްފައިވަނީ ހެކި ހުށަހަޅާ ދަޢވު ސާބިތުކުރުމުގެ ބުރައަކީ ދަޢު ވާކުރާ ފަރާތުގެ މައްޗަށް އޮންނަ ޒިންމާއެއްކަމަށް ބުނެއެވެ. ނަމަވެސް، މި މައްސަލައިގައި ޝަރީއަތުގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ބަލައި، ދަށުކޯޓުގެ ނިންމުން ގޯސްވާގޮތެއް ޤާނޫނީ ހަމައިނާ ހަމަދެއްކުމާއެކު އަޙްމަދު އާމިރަށް ބުނެދެވިފައެއްނުވެއެވެ. އެގޮތުން، މައްސަލައިގައި ހިމެނޭ ވާޤިޢާއަކަށް ދަޢު ވާލިބޭ ފަރާތުން ކަނޑައެޅިގެން އިންކާރުކޮށްފައި ނުވުމުގެ ޤާނޫނީ ނަތީޖާއަކީ ކޮބައިކަން އޭނއަށާ ބުނެއެއް ނުދެވެއެވެ.
81މި މައްސަލައަށް ބަލާއިރު، އަޙްމަދު މާޖިދު 50,000 USD (ފަންސާސްހާސް އެމެރިކާ ޑޮލަރު) އިންވެސްޓްކުރިކަމާމެދު އަޙް މަދު އާމިރުގެ އެއްވެސް ދެބަސްވުމެއް ނެތްކަން މި އިސްތިއުނާފުގައި އޭނާގެ ފަރާތުން ބަޔާންކުރެއެވެ. އަދި އެ ޢަދަދު ޝަރީއަތަށް ސާބިތުވާކަމަށް ނިންމި ނިންމުމާމެދު ދެބަސްވުމެއް ނެތްކަން އެނގެއެވެ.
82ނަމަވެސް، އަޙް މަދު މާޖިދު އިތުރަށް އިންވެސްޓްކުރިކަމަށް ބުނާ USD 30,000 (ތިރީސްހާސް އެމެރިކާ ޑޮލަރު) ސާބިތުވާކަމަށް ނިންމި ނިންމުމާމެދު އަޙްމަދު އާމިރު މި އިސްތިއުނާފުގައި ސުވާލުއުފައްދައެވެ. އޭނާގެ ބަހުސަކީ، އެ ޢަދަދު އިންވެސްޓްކުރިކަން ސާބިތުކުރުމުގެ ބުރަ އަޙް މަދު މާޖިދުގެ ކިބައިގައި އޮތް ނަމަވެސް، ދަށުކޯޓުން އެ ޢަދަދު ސާބިތުވޭތޯ ބަލައި ވަޒަންކުރުމެއް ނެތި، ހަމައެކަނި އަޙމަދް އާމިރު ކަނޑައެޅިގެން ފައިސާގެ ޢދަދަށަ އިންކާރުކޮށްފައިނުވާކަމަށްޓަކައި، އަޙް މަދު މާޖިދު އިންވެސްޓްކުރިކަމަށް ބުނި ޢަދަދު ސާބިތުވާކަމަށް ދަށުކޯޓުން ނިންމާފައިވާތީ އުފައްދާ ބަހުސެއްކަމުގައި އަހުރެންނަށް ދޭހަވެއެވެ.
83ދަށުކޯޓުގައި އެ USD 30,000 (ތިރީސްހާސް އެމެރިކާ ޑޮލަރު) ގެ ޢަދަދަށް އިންކާރުކުރުމެއް ނެތި، މި އިސްތިއުނާފީ މަރުހަލާގައި އައްވަލަށް އެ ބަހުސް ނުކުރެވޭނެކަމަށް ބުނެ އަޙް މަދު މާޖިދު މި ނުކުތާއަށް ޖަވާބުދީފައިވެއެވެ.
84ހައިކޯޓުން މައްސަލަތައް ބަލާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާއިރު، އަޙްމަދު މާޖިދު ފަހުން އިންވެސްޓްކުރިކަމަށް ބުނާ އެ USD 30,000 (ތިރީސްހާސް އެމެރިކާ ޑޮލަރު) އަށް ދަށު ކޯޓުގައި އަޙްމަދު އާމިރު އިންކާރުކޮށް ދިފާޢުއެއް ނަގާފައި ނެތްކަން އަހުރެންނަށް ފާހަގަކުރެވެއެވެ.
85އ ޙްމަދު އާމިރުގެ ބަހުސަކީ، އެ ޢަދަދު ސާބިތުވާކަމަށް ދަށުކޯޓުން ނިންމި ނިންމުމުގައި ހެކިތައް ވަޒަންކުރުމެއްނެތ ގޮތި ނިންމާފައިވާކަމަށް ބުން އުފައްދަން އުންމީދުކުރާ ބަހުސެއްކަމުގައި އަހުރެންނަށް ބެލެވެއެވެ.
86މ މައްސަލައިގައި ދަށުކޯޓުގައި އަޙްމަދު އާމިރު ދަޢުވާއަށް ޖަވާބުދިންގޮތަށް ބަލާއިރު، މުޅި ދޢަ ވާއަށް އޭނު އިންކާރު ކުރުމާއެކު އަޙްމަދު މާޖިދަށް މި ދަޢވު އާ ގުޅިގެނާ ދޭންޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެކަމަށް ބުނެފައިވާކަން އެނގެއެވެ.
87އަހުރެންގެ ސުވާލަކީ، މުޅި ދަޢު ވާއަށ އެކީއެކަށް އިންކާރުކުރާ ހާލަތުގައި، އެ ދަޢުވާގައި ހިމެނޭ ވަކިވަކި ވާޤިޢާތަކަށް އިންކާރުކޮށްފައި ނެތުމުގެ ޤާނޫނީ ނަތީޖާއަކީ ކޮބައިކަން އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވުނުތޯ؟ ސުވާލަކީ، އެ ވާޤިޢާތަކާމެދު ބެލެވޭނީ އެއްބަސްވީކަމަށްކަނ ނުވަތް ނޫންކަން އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވުނުތޯ؟ ސުވާލަކީ، އެ ވާޤިޢތަކާމެދާ ޚަޞްމުންގެ މެދުގައި ދެބަސްވުމެއް ނެތްކަމަށް ބެލެވޭ ޤާނޫނު ނަންބަރު 2010/22 ހާލަތުގައިވެސް، ހެކިތައް ވަޒަންކޮށް އެ ވާޤޢިތައ ސާބިތުވާކަން ނުވަތް ނުވަތަ ނުވާކަން ބަލަންޖެހޭނެކަން އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވުނުތޯ؟ ކަނޑައެޅިގެން އިންކާރުކޮށްފައިނުވާތ އެއީ ދެބަސްވުމެއްނެތް ވާޤިޢާއއެކަމުގައ ބަލައި ހެކިތަކުން އެ ވާޤިޢާ ސާބިތުވާކަން އިތުރަށް ބެލުމެއްނެތި މި މައްސަލައިގައި ގޮތް ކަނޑައެޅި ފަދައިން ގޮތް ކަނޑައެޅި އެޅުން ގޯސްވާގޮތް އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވުނުތޯ ؟
88ނަމަވެސް، އެފަދައިން މި އިސްތިއުނާފުގައި ސުވާލުއުފައްދައި ޤާނޫނީ ޙުއްޖަތްތަކާއެކު ބަހުސް ހުށަހަޅާފައި ނެތަތީ، މިއީ އިސްތިއުނާފީ އޮޅިގިރާކުރާ މިންވަރަށް ވާސިލުވެވިފައިވާ ނުކުތާއެއްކަމުގައި އަހުރެން ނުދެކެމެވެ.
89އެހެންކަމުން، އަޙްމަދު އާމިރު ބުނާފަދައިން އިންވެސްޓްކުރި ފައިސާގެ ޖުމްލަ ޢަދަދު ދަށުކޯޓުން ކަނޑައެޅަ އެޅުމުގައި ދަޢުވާ ސާބިތުކުރުމުގެ އުޞޫލާ ޚިލާފުވެފައިވޭތޯ މި އިސްތިއުނާފުގައި ބަލަންޖެހޭ ހަމައެއް އޮތްކަމަށް އަހުރެންނަކަށް ނުބެލެވެއެވެ. ސަބަބަކީ، މި ނުކުތާގައި އުފައްދާ ބަހުސްގެ ތަފުސީލުތަކާއި ޤާނޫނީ ޙުއްޖަތްތައް ބަޔާންކޮށްދީފައި ނެތަތީއެވެ. އަޙްމަދު މާޖިދު އިންވެސްޓްކުރިކަމަށް ބުނާ USD 80,000 (އަށްޑިހަހާސް އެމެރިކާ ޑޮލަރު) އަނބުރާ ދައްކަން ދަށުކޯޓުން ނިންމީ އެއްބަސްވުމާ ޚިލާފަށްތޯ؟
90HN6މ ނުކުތާގައި އަޙްމަދު އާމިރު ބުނަނީ، އަޙްމަދު މާޖިދު އިންވެސްޓްކުރި ފައިސާ އެއްވެސް ހާލެއްގައި އަނބުރާ ދޭންޖެހޭނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިނުވާތީ އެ ފައިސާ އަނބުރާ ދޭންނުޖެހޭނެކަމަށެވެ. އަދި އަޙްމަދު އާމިރުއ މަތިކޮށްފައިވާ ޒިންމާއަކީ، ވިޔަފާރި ހިންގުމުގެ ޒިންމާކަމާއި، އެ ޒިންމާ ފުރިހަމައަށް އަދާކުރިކަމަށް އޭނާ ބުނެއެވެ. ނަމަވެސް، އޭނާއާ ހަވާލުކުރެވިފައިވާ ޒިންމާ އޭނާ އެއްބަސްވުމާ އެއްގޮތަށް އަދާކުރިކަން އެނގޭނެ ހަމަ އެންމެ ހެއްކެއްވެސް ހުށަހަޅާފައިނުވެއެވެ.
91ވިޔަފާރިކުރުމަށް އިންވެސްޓްކުރި ފައިސާ އަކީ، ލޯނެއް ނޫންކަމަށް އަޙްމަދު އާމިރު ބުނެއެވެ. އެހެންކަމުން އެ ފައިސާ އަނބުރާ ދައްކަން ނުޖެހޭނެކަމަށް އޭނާ ބުނެއެވެ. ނަމަވެސް، ދަށުކޯޓުގެ ފަނޑިޔާރު އެ ފައިސާ އަނބުރާ ދައްކަން އެންގި އަސާސަކީ އެއެއްނޫނެވެ. އަދި އެ ފައިސާ އެއްވެސް ހާލެއްގައި އަނބުރާ ދޭންޖެހޭނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިނުވާކަމަށް އަޙް މަދު އާމިރު ބުނެއެވެ. ނަމަވެސް، ދަށުކޯޓުގެ ފަނޑިޔާރު އެ ފައިސާ އަނބުރާ ދައްކަން އެންގި އަސާސަކީ އެއެއްވެސްނޫނެވެ.
92އިންވެސްޓްކޮށްފައިވ ފައިސާ އެއްބަސްވެފައިވާ ޝަރު ޠތަކާ އެއްގޮތަށް ބޭނުން ކުރިކަން ދައްކުވައިދިނުމުގު ފުރުސަތު އޮވެމެ، އެކަން އެގޮތަށް ކޮށްފައިނެތްހިނދު، އެ ފައިސާ ބޭނުންކުރިގޮތާމެދު އެކަށީގެންވާ ގޮތެއްގައި ޖަވާބުދާރީނުވ އޮތެ އޮތުމަށް ބަލައި، އިންވެސްޓްކޮށްފައިވާ ފައިސާ އަނބުރާ ދެއްކުމަށް ނިންމި ނިންމުމަކީ، ޢަދުލުވެރި އިންސާފުވެރި ނިންމުމެއްކަމުގައި ނުބެލެވޭންވީ އެއްވެސް ޤާނޫނީ އަދި ވާޤޢި ސަބަބެއް މި އިސްތިއުނާފުގައި އަޙްމަދު އާމިރަށް ޤާނޫނީ ހަމައިން ބުނެދެވިފައިވާކަމުގައި އަހުރެން ނުދެކެމެވެ.
93އެހެންކަމުން، އަޙްމަދު އާމިރު ބުނާފަދައިން އިންވެސްޓްކުރި ފައިސާ އަނބުރާ ދައްކަން އެންގި އެންގުމަކީ، އެއްބަސްވުމާ ޚިލާފަށް އެންގި އެންގުމެއްކަމުގައި އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ. ފައިދާގެ ގޮތުގައި އަޙްމަދު މާޖިދަށ ކުރިން ދީފައިވާކަމަށް އަޙްމަދް އާމިރު ބުނު ފައިސާއަކީ، ސިވިލްކޯޓުގެ ނަންބަރު 4694/Cv-C/2018 ޤަޟިއްޔާއާ ގުޅިގެން ދަރަނި އަދާކުރުމުގެ ގޮތުން އަޙްމަދު އާމިރު ދީފައިވާ ފައިސާއެއް ކަމަށް ދަށުކޯޓުން ބަލައިގެންފައިވަނީ ހުށަހެޅިފައިވާ ހެއްކާ ޚިލާފަށްތޯ އާއި އަދި އެއީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފު ނިންމުމެއްތޯ؟
94HN7ފައިދާގެ ގޮތުގައެ އަޙްމަދު މާޖިދަށ ކުރިން ދީފައިވާކަމަށް އަޙްމަދް އާމިރު ބުނު ފައިސާއަކީ، ސިވިލްކޯޓުގެ ނަންބަރު 4694/Cv-C/2018 ޤަޟިއްޔާއާ ގުޅިގެން ދަރަނި އަދާކުރުމުގެ ގޮތުން އަޙްމަދު އާމިރު ދީފައިވާ ފައިސާއެއްކަމަށް ދަށުކޯޓުން ބަލައިގެންފައިވަނީ ހުށަހެޅިފައިވާ ހެއްކާ ޚިލާފަށްތޯ އާއި އަދި އެއީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފު ނިންމުމެއް ކަމަށް ބުނެ އަޙްމަދު އާމިރުގެ ފަރާތުން ހުށަހެޅި މި ނުކުތާއަށް ބަލާއިރު، ދަށުކޯޓުގެ ނިންމުމުގެ އެއްވެސް ތަނެއްގައި ފައިދާގެ ގޮތުގައި އަޙްމަދު މާޖިދަށ ކުރިން ދީފައިވާކަމަށް އަޙްމަދް އާމިރު ބުނު ފައިސާއަކީ، ސިވިލްކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާއާ ގުޅިގެން ދަރަނި އަދާކުރުމުގެ ގޮތުން އަޙްމަދު އާމިރު ދީފައިވާ ފައިސާއެއްކަމަށް ދަށުކޯޓުން ބަލައިގެންފައި ވާތީއެއ އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ. އަޙްމަދު އާމިރުގެ ފަރާތުން ބުނާ ގޮތާ ޚިލާފަށް ދަށުކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ 3 ވަނަ ނަންބަރުގެ (ށ) ގައި ބަޔާންކޮށްފައި އޮތީ އެ ފައިސާއާމެދު އަޙްމަދު މާޖިދު އެފަދައިން ބުނާކަމަށް ފަނޑިޔާރު ބަޔާންކުރިކުރުމެއްކަން އެނގެއެވެ. އަދި އެ ބުނުމުގެ މައްޗަށް ބަލައި އެ ފައިސާއާމެދު ފަނޑިޔާރު އެ މައްސަލައިގެ ތެރެއިން ވަކިގޮތެއް ނިންމާފައި ނެތްކަން އެނގެއެވެ.
95އެހެންކަމުން، އަޙްމަދު އާމިރުގެ މި ބުނުމުގެ މައްޗަށް ބަލައި ދަށުކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވެސް ނެތްކަމެއްގެ މައްޗަށް ގޮތް ކަނޑައަޅަންޖެހޭކަމަކަށ އަހުރެންނަކަށް ނުބެލެވެއެވެ.
ނިންމަން ފެންނަގޮތް
96އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، އަޙްމަދު އާމިރުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ބިނާކޮށް، ސިވިލް ކޯޓުގެ ނަންބަރު 2435/Cv-C/2019 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔީ
97އަހުރެނ ފަނޑިޔާރް ޙަސަނު ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔު
98އަހުރެނ ފަނޑިޔާރް ޙަސަނު ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ. N0 N---N :cu~ \0M M'tj- Q\"\ 0\h Q\\\,,"\\' ,,"'U ""I:~"~" '~ ""'Q :'\, h l1i 'I ~~ ~~ oi.,\ "\~~ ~,", or' \ "a., QI\ Q~"l ""IllQ'''\ .. Q)"I\"I\Q\ o,"ll \ ""IllQ'''\ "~\ Q',,.__ ,:-, 0\0\ I\ i., \\"I \~ '\J \\~' \ '\ \ '\J \\ ·L I\, 0' \ "\~ ''\", or' Q)"\)( ", "°' "°'", o,""I Q ,t.,ot._"I\ol \ • ""I \ ,l o,\ ":O,o,\ ""I""'"I\ "\ ,,"\ I\ ~ i., "I II \ \ \ \\\ I\ I\\ 'i ' \ '--'ol ,-._M0 ot.,""I ":\ o,"·\ ~\ \\ ot._ \\ o, \:"I 0\"a.,~~\\\ ""Ill o,''\ .. ~~ o,"I\ ""I"I\""'-."\ ,,"\ :-..~\ \\ \~ I\ \ \ ·L I\\ '\J \, ~' ~~ ""I"I\"\~~ ~,", ol \ \\''e>..."\ ':\0' x~''e>...\ 0 \\ot.,"I\ol \ ·\ "a}~ \ ll "\ ""I~~ o,"I\ ", \ "°' "\~~ i., \\ '- I\ \\ 'i \ \ \\"I \ \ \ ,, ''\"·\ ol"°' \ \\ot._"'"\ N "~" ·\ ,, ''\ ~~~°'\ ,,,ot.,"I\ol \\ "a}~ " \•\ ,, "\~~ ot._\\""I ~~ o,"I\ l I\ \~ i. 'i \ ' ~~ \~ i. "'"°' ","\\\ "\ ,,"\ ~~ \\ ", ol ol"°' oi.,)(~\\\ oi.,\"~(\ :\..... \ \ \\ II aJ \ \ \ ' \ QI\"~"'( "\\IIot._, ""I" ~~ O+.,_ 0)"I\"\"\ ot_; \ ""I"\"')( o,\\o,\\o,\~ "\"°' "\"~ot._\\'"°'\II ol ~5' 0\":\ ... a., °' L i., I\ "I \\
0)\ \~n'I,,"\ o,"II\II,l l!\"'\J0\\\ ot._""I ~~ \II oi.,\ "~"'i''°' ':\oi.,h o,"a.,~~" \ ,,.__o, \:"I N-.:::I'"M-Ir)u s 0 ........0\ I\ I\ \\ ' \\"I ·L ;;:>I "°' "I\ II\)(~0 "~" '"' \' \"' \~ ot.,"='''\ o, ""I"\ \ ""Io,"\\\ \ ""I"11..J~~\\\ ""Ill o,''\ "~\ "II '\,l o,\ :\~ I\ 'i \\ \ "1 \ \\ \~'lJ\I\ \ "'\\ :\ '\J \, +.,,, I\ I\\ "~ 01\"~" '!\ ,, Q',, ,=-, .,, '( ,, 1, "\ ' ~f\. ~ ' \ "I\ "\~ \ "t 1 ot.,,l \ "\ ,,.__ \ ~~ O'CJ''\ ,, "\\\' \ ' 'i "''... \ :\ · :\~ 'i "'\\ :\ I\~ II''I. "'\\ :\ i ~,l \\\ ,--... \, '-',,,~~""., '"',, N"""00 ""I'-''\ ~,,,:-,""'I''!,"'\ \ "'\J\ \ ,.'"\ '.\ ~f')---N N0 N ..................'\ ,,.,,,'\ ~,,,:-, '-' ~~""., '"',, N"""00 ... , '-''\ ~,,,:-.,""'I''!,"'\ \ "" ,.'"\ '.\ ,-.._f')-----N N0 N '\ ,,.,,,'\ ~,\\:-, '.::! "" "' '-' ~~ ., ' "' ,, N"""00 ""I '-''\ ~,\\:-.,""'I''!,\ \ I\ 'U \ \ ,.'"\ '.\ ,-.._f')-----N N0 N '\ ,,.,,,'\ ~,\\:-., (")(") \0-sj"r---.:.:•l ;~ ~(")N.,..,0 N~ a\~:'\•"'\J!< \ \.._:...,~'' " ••«.."..,i.. ,,"\J:,*'i -~ ~\\\\... ., ~'\J.,''\\,-~ ' 1 _g •a,,l a,. ~ @)..c:-~..c: ·.\ "f\ ~ ~ i 0 ::,t oil0 ;: ~;,: "\ ._ 0 ug t bl)0 :>~ :> "\ \.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1)
- ހައިކޯޓުގެ ނަންބަރު 2010/HC-A/47 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ނ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 (އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ) ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ޒީނަތު ޙަސަން ވ. އައްޑޫސިޓީ ކައުންސިލް [2021] SC 83
- ސުޕްރީމް ކޯޓުގެ ޞަފޫރާ ނާފިޢު މޫސާ ވ. މުޙައްމަދު ޝަރީފް [2023] SC 23
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.