ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/480

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް ލިމިޓަޑް ވ. މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 10 ޖޫން 2024ދަށު ކޯޓު: ސިވިލް ކޯޓު 4649/Cv-C/2018ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 4649/Cv-C/2018
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ދަރަނި ހޯދުމުގެ ދަޢުވާގައި ދަޢުވާކުރާ ފަރާތުން އަމިއްލައަށް ތައްޔާރުކުރި ސްޓޭޓްމަންޓަށް ރިޢާޔަތްނުކޮށް ދަޢުވާ ސާބިތުނުވާކަމަށް ނިންމުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފުތޯ؛ އިސްތިއުނާފީ މަރުޙަލާގައި ހުށަހެޅި އައު ހެކި (ބޭންކް ސިޓީ) ބަލައިގަނެ މައްސަލަ ތަޙުވީލުކުރެވޭތޯ؛ އަދި ޖަވާބުގައި އެދުނު ރައްދު އިސްތިއުނާފު ބަލައިގަނެވޭތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް؛ ރައްދު އިސްތިއުނާފު ބަލައިނުގަނެވޭ

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދަޢުވާކުރާ ފަރާތުން އަމިއްލައަށް ތައްޔާރުކުރި ސްޓޭޓްމަންޓަކަށް ދަޢުވާ ސާބިތުކުރުމުގެ ހެއްކެއްގެ ގޮތުގައި ރިޢާޔަތްކޮށް ބުރަދަން ދޭންޖެހޭ ޤާނޫނީ އަސާސް، އަދި އެ ލިޔުމުގެ ސަބަބުން ދަށު ކޯޓުގެ ޙުކުމް އެނބުރިގެންދާނެ ގޮތް، އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްދޭންވާނެއެވެ.

HN2 ދަށު ކޯޓުން ހެކިތަކަށް ރިޢާޔަތްނުކުރިކަމަށް ނުވަތަ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފުވިކަމަށް ބުނާނަމަ، އެ މާއްދާ ތަޠުބީޤުކުރުމުގައި ހެދުނު ގޯހަކީ ކޮބައިކަން ޤާނޫނީ ހަމަތަކުން ބަޔާންކޮށްދޭންވާނެއެވެ. އެނޫން ޙާލަތުގައި އިސްތިއުނާފުގައި ޤާނޫނީ ބަހުސެއް އުފެދިފައެއް ނުވެއެވެ.

HN3 ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ގައި ބަޔާންކުރަނީ މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ރިޢާޔަތްކުރަންޖެހޭ ވާހަކައެވެ. ދަޢުވާކުރާ ފަރާތުގެ އަމިއްލަ ސްޓޭޓްމަންޓުގައި ފައިސާ ލިބުނުކަމަށް އެ ފަރާތުން ބަޔާންކޮށްފައިވާކަން ފާހަގަކުރުމަކީ އެ ލިޔުމަށް ބަލައި ދަރަންޏެއް ސާބިތުކުރުމެއް ނޫނެވެ.

HN4 އިސްތިއުނާފީ މަރުޙަލާގައި އައު ހެކި ބަލައިގަނެވޭނީ އިސްތިސްނާ ޙާލަތްތަކުގައި، އެ ހެއްކަކީ (1) ދަށު މަރުޙަލާގައި އެކަށީގެންވާ މަސައްކަތްކޮށްގެންވެސް ނުލިބުނު (non-availability)، (2) މައްސަލައިގެ މައުޟޫޢަށް އެކަށީގެންވާ ނުފޫޒެއް ފޯރުވާ (relevance)، (3) ޞައްޙަކަމާމެދު ސުވާލު ނެތް (credibility) ހެއްކަކަށް ވާނަމައެވެ.

HN5 ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު އޮތް، ޙުކުމްކުރުމަށްފަހު ހޯދި، އަސްލު ނުވަތަ އަސްލާ އެއްގޮތްކަމަށް ތައްގަނޑު ނުޖަހާ ލިޔުމަކީ އައު ހެކި ބަލައިގަތުމުގެ ޝަރުޠުތައް ފުރިހަމަވާ ހެއްކެއް ނޫނެވެ.

HN6 އިންސާފު ޤާއިމުކުރުމުގެ ނަމުގައި ވިޔަސް، އައު ހެކި ބަލައިގަތުމުގެ އުޞޫލުގެ ބޭރުން އައު ހެކި ބަލައިގަނެ މައްސަލަ ތަޙުވީލުކުރުމަކީ ޝަރުޢީ މަރުޙަލާގެ ނަޒާހަތްތެރިކަން ދެމެހެއްޓޭނެ ގޮތެއް ނޫނެވެ.

HN7 މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރީގެ މައްސަލަތަކުގައި، ރައްދު އިސްތިއުނާފު ބަލައިގަނެވޭނީ އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ހުށަހަޅައިގެންނެވެ. ދަށު ކޯޓުގެ ނިންމުން އިސްތިއުނާފު ނުކޮށް ޖަވާބުގައި އެދޭ އެދުމެއް ރައްދު އިސްތިއުނާފުގެ ގޮތުގައި ބަލައެއް ނުގަނެވޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
މުޙައްމަދު ޝިފާޒް ޢަބްދުލްޤަދީރު، ސީ.އެލް.އޭ ޕާރޓްނާރސް އެލް.އެލް.ޕީ
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
އަޙްމަދު ހައިލަމް، ކްރައުން ޗެމްބަރސް އެލް.އެލް.ޕީ
ބެންޗު
ޙަސަން ޝަފީޢު، ޙުސައިން ޝަހީދު، މުޙައްމަދު ފައިޞަލް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު، މުޙައްމަދު ފައިޞަލް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު

ތަޢާރުފު

1މިއީ، ސިވިލް ކޯޓުގެ ނަންބަރު 4649/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފކު ރުމަށް އެދު މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ)ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފރައްދުވު ފަރާތަކީ، މިލީނިއަމ ކެޕިޓަލް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް (މިލީނިއަމ ކެޕިޓަލް މެނޭޖްމަންޓް)އެވެ. މި ރިޕޯޓުގައި "ދަށުކޯޓު" ކަމަށް ބަޔާންކޮށްފައި އެވަނީ ސިވިލް ކޯޓަށް ނިސްބަތްކޮށެވެ.

ކަން ހިނގާފައިވާގޮތް

2އެމްއެމްޕީއާރްސީ އާއިމިލީނިއަމ ކެޕިޓަލް މެނޭޖްމަންޓއް ދެމެދާ ސޮއިކުރެވިފައިވާ 02 (ދޭއް) ޕްރޮމިސަރީ ނޯޓެއްގެ ދަށުން މިލީނިއަމ ކެޕިޓަލް މެނޭޖްމަންޓްއަށ ފައިސް ދޫކޮށްފައިވާކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ. އެގޮތުން، ފައިސާ ދޫކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ނަންބަރު MMPRC/2014/V/200 ޕްރޮމިސަރީ ނޯޓާއި ނަންބަރު MMPRC/2014/V/201 ޕްރޮމިސަރީ ނޯޓުގެ ދަށުންކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ. ބުނެވިދިޔަ 02 (ދޭއް) ޕްރޮމިސަރީ ނޯޓުގެ ދަށުން ޖުމލް $5,000,000 (ފަސްމިލިއަން އެމެރިކާ ޑޮލަރު) އެމްއެމްޕީއާރުސީއިން ދޫކޮށްފައވާކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ. އަދި އޭގެ އިތުރުން، އެމްއެމްޕީއާރުސީ ގެ ނަންބަރު 01/2014/97 ޕޭމަންޓް ވައުޗަރުން އަނބުރާ ދައްކާގޮތަށް $1,500,000 (އެއްމިލިއަން ފަސްލައްކަ އެމެރިކާ ޑޮލަރު) މިލީނިއަމ ކެޕިޓަލް މެނޭޖްމަންޓްއަށް ދޫކޮށްފައިވާކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ. އެހެންކަމުން، އެމްއެމްޕީއާރުސީއިން ދޫކޮށްފައިވާ ޖުމްލަ ފައިސާގެ ޢަދަދަކީ $6,500,000 (ހަމިލިއަން ފަސްލައްކަ އެމެރިކާ ޑޮލަރު) ކަމަށް އެމްއެމްޕީއާރުސީއިން ރަޖިސްޓްރީ ނަންބަރު 0509/2011-C ރެޖިސްޓްރީ ނަންބަރު 1027/2009-C ބުނެއެވެ. ބުނެވިދިޔަ ޖުމްލަ ފައިސާގެ ތެރެއިން މިލީނިއަމ ކެޕިޓަލް މެނޭޖްމަންޓްއިން އަނބުރާ ދައްކާފައިނުވާ ފައިސާގެ ޢަދަދަކީ $2,500,000 (ދެ މިލިއަން ފަސްލައްކަ އެމެރިކާ ޑޮލަރު) ކަމަށް ބުނެ، އެ ފައިސާ ހޯދުމަށްއެދި އެމްއެމްޕީއާރުސީއިނ ސިވިލް ކޯޓުގައި ދަޢުވާއުފުލާފައިވެއެވެ.

ދަށު ކޯޓަށް ހުށަހެޅި ދަޢުވާ އާއި އެ ކޯޓުގެ ނިންމުން

3އެމްއެމްޕއީ ރާސީ އާއި މިލީނިއަމ ކެޕިޓަލް މެނޭޖްމަންޓް އާ ދެމެދު ސޮއިކުރެވިފައިވާ ޕްރޮމިސަރީ ނޯޓުތަކުން ދޫކުރެވިފައިވާ $5,000,000 (ފަސްމިލިއަން އެމެރިކާ ޑޮލަރު) އާއި އަނބުރާ ދައްކާގޮތަށް ދޫކޮށްފައިވާ $1,500,000 (އެއް މިލިއަން ފަސްލައްކަ އެމެރިކާ ޑޮލަރު) ގެ ތެރެއިން ދައްކާފައިނުވާ $2,500,000 (ދެމިލިއަން ފަސްލައްކަ އެމެރިކާ ޑޮލަރު) ޝަރީޢަތް މެދުވެރިކޮށް އެކީއެއްފަހަރާ މިލީނިއަމް ކެޕިޓލަ މެނޭޖްމަންޓުގެ ފަރާތުން އެމްއެމްޕީއާރސީ އަށް އެކީ އ އްފަހަރާ ލިބިދިނުމަށް އެދި އެމްއެމްޕީއާރުސެގެ ފަރާތުން ދަޢުވާކޮށްފައިވެއެވެ.

4އެމްއެމްޕއާރީ ސީގެ ނަންބަރު MMPRC/2014/V/200 އަދި MMPRC/2014/V/201 ޕްރޮމިސަރީ ނޯޓަކީ މިލީނިއަމ ކެޕިޓަލް މެނޭޖްމަންޓްގެ ފަރާތުން ސޮއިކޮށްފައިވާ ދެ ލިޔުންނޫންކަމަށ ބުން އެ ދެލިޔުމަށް މިލީނިއަމ ކެޕިޓަލް މެނޭޖްމަންޓްގެ ފަރާތނ އިންކާރުކޮށް އ ދެލިޔުމާމެދ ޝައްކު އުފައްދާފައިވާއިރު، އެ ދެލިޔުމުގައ ސޮއިކުރި ފަރާތެއްގެ އިނގިލީގެ ނިޝާން ނުވަތަ މިލީނިއަމ ކެޕިޓަލް މެނޭޖްމަންޓްގެ ފަރާތުން އެ ލިޔުންތަކުގައި ސޮއިކޮށްފައިވާކަން ރަމްޒުކޮށްދޭ އެ ކުންފުނީގެ ސިއްކަވެސް ޖަހާފައިނެތް ލިޔުންތަކެއް ކަމުން، އެ ދެލިޔުމަކީ މިލީނިއަމ ކެޕިޓަލް މެނޭޖްމަންޓްގެ ފަރާތުން ސޮއިކޮށްފައިވާ ޞައްޙަ ލިޔުންތަކެއްކަން ނުވަތަ އެ ދެލިޔުމުގައި ބަޔާންވެގެންވާ ފައިސާ އެ ކުންފުންޏާ ހަވާލުކޮށްފައިވާކަނ ޝަރީޢަތަށް ސާބިތުވާފަދަ ކާފީ ހެއްކެއްވެސް ދެއްކިފައިނުވާކަމަށާއި، އެމްއެމްޕީއާރސީއިން އަނބުރާ ދައްކާގޮތަށް މިލީނިއަމް ކެޕިޓަލު މެނޭޖްމަންޓްއަށް $ 1,500,000.00 (އެއްމިލިއަން ފަސްލައްކަ އެމެރިކާ ޑޮލަރު) ދީފައިވާކަމަށް ބުނެ އެކަން ސާބި ތުކުރުމަށ ހުށަހަޅާފައިވް އެމްއެމްޕީއާރުސީގެ ނަންބަރު 01/2014/07 (15 އޮކްޓޯބަރު 2014) ޕޭމަންޓް ވައުޗަރގައި މިލީނިއަމ ކެޕިޓަލް މެނޭޖްމަންޓްގެ ފަރާތުން ފައިސާ ލިބުނުކަމަށް ސޮއިކޮށް ކުންފުނީގެ ސިއްކަ ޖަހާފައިވާކަން އެނގެން އޮންނަކަމަށާއި، އެ ފައިސާ މިލީނިއަމ ކެޕިޓަލް މެނޭޖްމަންޓާއި ހަވާލުކޮށްފައިވާކަން އެ ވައުޗަރުނ އެނގެން އޮންނަކަމާއި ފައިސާ ހަވާލުކޮށްފައިވާކަނ އެނގެން އޮތް ތާރީޚުގެ ފަހުން، 25 ނޮވެމްބަރު 2014 ވަނަ ދުވަހު މިލީނިއަމ ކެޕިޓަލް މެނޭޖްމަންޓްގެ ފަރާތުން އެމްއެމްޕީއާރސީއަށު $ 2,000,000.00 (ދމިލިއަނެ އެމެރިކާ ޑޮލަރު) ދައްކާފައިވާކަން އެމްއެމްޕީއާރުސީއިން ޝަރީޢތަށަ ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭތީ، މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓަށް ދީފައިވާ ފައިސާއަށްވުރެ އެ ފަރާތުން އެމްއެމްޕީއާރުސީއަށް އަނބުރާ ދައްކާފައިވާ ފައިސާގެ މިންވަރު އިތުރުވެފައިވާކަން އެނގޭތީ، ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާއަކީ މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓްއިން އެމްއެމްޕީއާރުސީއަށް ދައްކަންޖެހި ނުދެއްކިވާ ފައިސާއެއްކަން ސާބިތުނުވާތީ އެ ފައިސާ ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށްފައިވެއެވެ.

އިސްތިއުނާފަށް ހުށަހެޅުނު ނުކުތާ

5އެމްއެމްޕއީ ރުސީއިނާ އަންނަނިވި ނުކުތާ ހުށަހަޅާ އެ ނުކުތާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށް ފައިވެއެވެ. އެގތުނ ހުށަހަޅާފައިވް ނުކުތާއަކީ:

1.5 ސިވިލް ކޯޓުގެ ނަންބަރު 4649/Cv-C/2018 ޤަޟިއްޔާގެ ޙުކުމް ކުރައްވާފައިވަނީ ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ ނާއްދާ (ށ) ގައި، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ރިޢާޔަތްކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ދަޢުވާ ސާބިތު ނުވާކަމަށް ކަނޑައަޅުއްވާފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ހެކިތަކަށް ނުވަތަ ޤާރީނާއަކަށް ރިޢާޔަރްނުކުރައްވައި، އެ މާއްދާއާ ޚިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަމުގެ ޚުލާސާ

6ސިވިލް ކޯޓަށް ދަޢުވާ ފޯމާއެކު އެގްޒިބިޓް 3 ގެ ގޮތުގައި ހުށަހަޅާފައިވާ ސްޓޭޓްމަންޓުގައި، އެކި ފަހރުމަތިނަ އެމްއެމްޕީއާރުސީއިން މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓަށް ޖުމަ ލ $6,500,000 (ހަ މިލިއަން ފަސްލައްކަ އެމެރިކާ ޑޮލަރު) ދޫކޮށްފައިވާކަން އެނގޭކަން އެމްއެމްޕީއާރުސީއިން ފާހަގަކުރެއެވެ.

7މިލީނިއަމ ކެޕިޓަލް މެނޭޖްމަންޓްގެ ފަރާތުން $4,000,000 (ހަތަރު މިލިއަން އެމެރިކާ ޑޮލަރު) އެމްއެމްޕީއާރސީއުށް ދައްކާފައިވާކަން އެ ސްޓޭޓްމަންޓަށް ރިޢާޔަތްކުރުމުން އެނގޭކަން އެމްއެމްޕީއާރސީއިނު ފާހަގަކުރެއެވެ.

8ނަމަވެސް، އެ ސްޓޭޓްމަންޓްއާ ގުޅޭގޮތުންވެސް އަދި އެ ސްޓޭޓްމަންޓްގައި ހުރި ޢަދަދުތަކާ ގުޅޭގޮތުންވެސް މިލީނިއަމ ކެޕިޓަލް މެނޭޖްމަންޓްގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައިވެސް އަދި ލިޔުމުންވސް ޗެލެންޖުކޮށްފައެ ނުވާކަން އެމްއެމްޕީއާރުސީއިން ފާހަގަކުރެއެވެ.

9އަނބުރާ ދައްކާ ގޮތަށް މިލީނިއަމ ކެޕިޓަލް މެނޭޖްމަންޓްއަށް ދޫކޮށްފައިވާ ފައިސާއާއި އެ ފައިސާ ދޫކުރި ޗެކް ނަންބަރުތައް އެ ސްޓޭޓްމެންޓްގައި ހިމަނާފައިވާއިރު، އެ ފައިސާ ލިބުނު ކަމަށް އިންކާރުކޮށްފައިނުވާކަމަށާއި، އެ ސްޓޭޓްމަންޓްއަށް ބަލައި އެމްއެމްޕީއާރސީއަށު $2,000,000 (ދެ މިލިއަން އެމެރިކާ ޑޮލަރު) މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓްއިނ ދައްކާފައިވާކަމަށް ސާބިތުވާ ކަމަށް، ދަށު ކޯޓުގައި މައްސަލަ ބެލި ފަނޑިޔާރު ކަނޑައެޅިއިރު، އެ ސްޓޭޓްމަންޓްގައިވާ އެހެން ޢަދަދުތަކަށް މިލީނިއަމ ކެޕިޓަލް މެނޭޖްމަންޓގް ފަރާތުން އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމްގެ 7 ވަނަ ނަންބަރުގެ ދަށުން 7.1 ގައި ބަޔާންކޮށްފައިވާ ގޮތް ޗެލެންޖނުކުރާ ހާލަތުގައި އ ޢަދަދުތައް ސާބިތުވާކަމަށް ކަނޑައަޅާފައިނުވަނ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ދެކޭކަމަށް އެމއްމްޕީއާރސުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

10ހ ށަހެޅިފައިވާ ލިޔުންތަކުން މިލީނިއަމ ކެޕިޓަލް މެނޭޖްމަންޓްއަށ ދޫކޮށްފައިވާކަން ސާބިތުވަނީ، 1,5000,000$ (އެއްމިލިއަން ފަސްލައްކަ އެމެރިކާ ޑޮލަރު) ކަމަށް ދަށުކޯޓުގެ ފަނޑިޔާރު ކަނޑައަޅާފައިވަނީ، އެ ފައިސާ ދޫކުރިފަހުން، މިލީނިއަމ ކެޕިޓަލް މެނޭޖްމަންޓްގެ ފަރާތުން އެމްއެމްޕީއާރސު އަށީ $ 2,000,000 (ދެ މިލިއަން އެމެރިކާ ޑޮލަރު) ދައްކާފައިވާކަން އެމްއެމްޕީއާރސު އިނީ ހުށަހެޅް ސްޓޭޓްމަންޓްއަށް ރިޔާޢތްކޮށަ ކަމަށްވެފައި، މިލީނިއަމ ކެޕިޓަލް މެނޭޖްމަންޓްއިނ އިތުރަށް ދައްކާފައިވާ ފައިސާއަކީ ކޮންކަމަކާ ގުޅިގެން ދެއްކި ފައިސާއެއްކަން ދަށުކޯޓުގެ ފަނޑިޔާރު ސާފުކޮށްފައިނުވާކަމަށާއި، މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓއިން އިތުރަށް ދައްކާފައިވާ ފައިސާއަކީ އިތުރަށް ދެއްކިފައިވާ ފައިސާއެއްކަމަށްވާނަމަ އެ ފައިސާ އަނބުރާ ހޯދުމަށް މިލީނިއަމ ކެޕިޓަލް މެނޭޖްމަންޓްއިނ މަސައްކަތް ކުރަންޖެހޭނެކަމަށާއި، އެފަދަ އަމަލެއް އެ ފަރާތުން ނުކުރާ ހާލު އެއީ އިތުރަށް ދެއްކިފައިވާ ފައިސާކަމަށް މިލީނިއަމ ކެޕިޓަލް މެނޭޖްމަންޓގް ފަރާތުން ކްލއިމެ ނުކުރަނީސ އެގޮތަށް ޝަރީޢަތަށް ސާބިތުވާނަމަ ޙުކުމް ކުރުމުގެ ކުރިން އެކަން ސފުކޮށ އޮޅުން ފިލުވުމަކާ ޝަރީޢަތުން ކުރަންޖެހޭ ކަމެއް ކަމަށަ އެމއެމް ޕީއާރްސީގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

11އިސްތިއުނާފުކޮށްފައިމިވާ ޤަޟިއްޔާގެ ދަޢުވާ ފޯމުގެ އެގްޒިބިޓް 3 ގައި ހުށަހަޅާފައިވާ ސްޓޭޓްމަންޓާމެދު މިލީނިއަމ ކެޕިޓަލް މެނޭޖްމަންޓްގެ ފަރާތުން އިންކާރުކޮށް ސުވާލު އުފައްދާފައިނުވާއިރު، އެ ސްޓޭޓްމަންޓްގައި 25 ނޮވމްބެ ރ 2014 ވަނަ ދުވަހު މިލީނިއަމ ކެޕިޓަލް މެނޭޖްމަންޓއިން $ 2,000,000 (ދެ މިލިއަން އެމެރިކާ ޑޮލަރު) ދައްކާފައިވާކަން (މިފައިސާ ދެއްކިކަން ސާބިތުކުރުމަށް އިތުރު ލިޔުމެއް ހުށަހަޅާފައިނުވަނީސް) ސާބިތުވާކަމަށް ކަނޑައަޅާނަމަ އެ ސްޓޭޓްމަންޓްގައިވާ އެހެން ޢަދަދުތަކަކީވެސް ޞައްޙަ ޢަދަދުތަކެއް ކަމަށް ކަނޑައަޅަންޖެހޭނެކަމަށާއި، ދަޢުވާއެއް ސާބިތުކުރަން ހުށަހަޅާ ލިޔުމެއްގެ އެއްބައި ޞައްޙަކަމަށް ކަނޑައަޅާ ޙާލަތުގައި އެ ލިޔުމުގައިވާ އަނެއް ބަޔަށް ޗެލެންޖްކޮށްފައިނުވާނަމަ މުޅި ލިޔުމަކީ ޞައްޙަ ލިޔުމެއްކަމަށް ބެލެވޭނެކަމަށް އެމްއެމްޕީއާރސުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

12އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގެ ދަޢުވާއަށް މިލީނިއަމ ކެޕިޓަލް މެނޭޖްމަންޓގް ފަރާތުން ކަނޑައެޅިގެން އިންކާރުކޮށްފައިނުވާކަމަށާއި، އެ ފަރާތުން އިންކާރުކޮށްފައިވަނީ އެ ޤަޟިއްޔާގެ ދަޢުވާ ފޯމާއެކު ހުށަހަޅާފައިވާ ޕްރޮމިސަރީ ނޯޓްތަކުގައި ސޮއިކޮށްފައިވާކަމަށް ކަމަށާއި، ނަމަވެސް، އެ ޤަޟިއްޔާގެ ދަޢުވާ ފޯމްގެ 10 ވަނަ ނަންބަރުގެ އެގްޒިބިޓް 3 ގައި މިލީނިއަމ ކެޕިޓަލް މެނޭޖްމަންޓއަށް ދޫކޮށްފައިވް ފައިސާގެ ތަފްޞީލާއި ފައިސާ ދޫކޮށްފައިވާ ތާރީޚާއި ޗެކް ނަންބަރުތަކާއި މިލީނިއަމ ކެޕިޓަލް މެނޭޖްމަންޓއިން އަނބުރާ ދައްކާފައިވާ ފައިސާގެ ތަފްޞީލް ބަޔާނކޮށްފައިވާއިރު، މިއިން އެއްވެސް ކަމަކަށް މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓް ގެ ފަރާތުން ލިޔުމުންވެސް އަދި ޝަރޢަތުގީ މަޖިލީހުގައިވެސް ޗެލެންޖްކޮށްފައިނުވާކަމަށް އެމްއެމްޕީއާރުސީއިން ފާހަގަކުރެއެވެ.

13ބުނެވިދިޔަ ސްޓޭޓްމަންޓްގައިވާ ފައިސާގެ ޖުމްލަ ޢަދަދުތައް ބޭންކް އޮފް މޯލްޑިވްސްގެ ނަންބަރު BML/CDB/2019/539 (9 ސެޕްޓެމްބަރު 2019) ސިޓީއިން ސާބިތުވާކަމަށް އެމއްމްޕީއާރސީގު ފރާތުނަ ފާހަގަކޮށް އެ ސިޓީ މި އިސްތިއުނާފީ ކޯޓަށް ހުށަހަޅައި، އެ ލިޔުމަކީ ދަށުކޯޓަށް ހުށަހެޅިފައިވާ ލިޔުމެއް ނޫންކަމަށާއި އެ ލިޔުން އެމްއެމްޕީއާރުސީއަށް ލިބިފައިވަނީ ދަށުކޯޓުން ޙުކުމްކުރުމުގެ ފަހުން 09 ސެޕްޓެމްބަރު 2019 ގައި ކަން ފާހަގަކުރެއެވެ.

14ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/42 ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފީ މައްސަލަތައް ބަލާނީ ދަށުކޯޓުގައި މައްސަލައާ ގުޅިގެން ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމާއި އަދި ހައިކޯޓުގައި އިސްތިއުނާފު ކުރެވޭ މައްސަލަ ބެލުމުގެ ތެރޭގައި، އެ މައްސަލަ ދަށުކޯޓުން ބެލިއިރު، ނުބެލި ހުރި ކަންތައްތަކެއް ހުރިކަނަ ފާހަގަ ކުރެވި، އެ މައްސަލަ އަލުން ބެލުމުގެ މޞަ ލަޙަތް ބޮޑުކަމަށް ފެނިއްޖެނަމަ، ދަށު ކޯޓުން މައްސަލަ ބަލަންޖެހޭ ޤާނޫނީ އުޞޫލުތައް ކަނޑައަޅައި އެ މައްސަލަ ބެލި ދަށު ކޯޓަށް މައްސަލަ އަނބުރާ ފޮނުވުމުގެ ބާރަކީ ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިގެންވާ ބާރެއްކަމަށް ބަޔާންކޮށްފައިވާކަމާއި އިސްތިއުނާފުކުރެވިފައިވާ މި މައްސަލާގައި އިސްތިއުނާފު ފޯމާއި އެކު ހުށަހެޅިފައިވާ ބޭންކް އޮފް މޯލްޑިވްސްގެ ނަންބަރު BML/CDB/2019/539 (9 ސެޕްޓެމްބަރު 2019) ސިޓީ އިން އެމްއެމްޕީއާރުސީއިން ޙަވާލާދީފައިވާ ސްޓޭޓްމަންޓްތަކުން މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓަށް ދޫކުރެވިފައިވާ ޗެކުތަކުގައިވާ ޢަ ދަދުތަކާއި ބޭންކް އޮފް މޯލްޑިވްސްގެ މި ސިޓީގައި އެމްއެމްޕީއާރުސީއިން މިލީނިއަމ ކެޕިޓަލް މެނޭޖްމަންޓަށް ދޫކޮށްފައިވާ ފައިސާގެ އަދަދުތައް ދިމާވާކަން އެ ލިޔުމުން ފެންނަން އޮންނަކަން އެނގެން އޮތުމުން އިސްވެ ބަޔާންކުރެވުނު ޤަޟިއްޔާގައިވާ އުޞޫލުގައިވާ ގޮތުގެ މަތިން މި ވާޤިއާތައް ދަށުކޯޓުން އަލުން ބަލައި ކަށަވަރު ކުރަންޖެހޭ ކަމަށް އެމްއެމްޕީއާރުސީއިން އިސްތިއުނާފީ އަޑުއެހުމުގައި ފާހަގަކުރެއެވެ.

އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް

15އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފުކުރުމަށް އެދި ހުށަހެޅި ފޯމުގައި އެދިފައިވަނީ: "އިސްވެ ދެންނި ފައިވާ ކަންކަން އެހެން ހުރުމާއެކު، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑނު އެދެނީ، ސިވިލް ކޯޓުގެ ނަންބަރު 4649/Cv-C/2018 ޤަޟިއްޔާގެ ޙުކުމަކީ ބާޠިލް ޙުކުމެއް ކަމަށް ކަނޑައަޅުއްވައިދެއްވައި، ސިވިލް ކޯޓުގެ ނަންބަރު 4649/Cv-C/2018 ޤަޟިއްޔާގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑުން އެދިފައިވާގޮތުގެ މަތިން މި މައްސަލަ ނިންމަވައިދެއްވުން" މިފަދައިންނެވެ.

އިސްތިއުނާފް ފޯމްގެ 10 ވަނަ ނަންބަރު

16ނަމަވެސް،އިސްތިއުނާފުކުރާ ފަރާތުން މައްސަލައިގައި އެދޭގޮތް ބަދަލުކޮށް މިހާރު ބޭނުންވަނީ ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލްކޮށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަމަށް ރިޢާޔަތްކޮށް ސިވިލް ކޯޓުން މައްސަލަ އަލުން ބެލުމަށްޓަކައި ތަޙުވީލްކޮށްދިނުން ކަމަށް ބުނެފައިވެއެވެ. އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރި ކަންކަމުގެ ޚުލާސާ

17ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީ ޚުޞޫމަތްތަކުގައި ސާބިތުކުރުމުގެ ބުރަ އުފުލުމަކީ ދަޢުވާކުރާފަރާތުގެ މަސްއޫލިއްޔަތެއްކަން ބަޔާންކޮށް، އެ ނުކުތާގެ ތަފުސީލުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ ޤަޟިއްޔާ އާއި އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ އާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ އާއި ދިވެހިރައްޔިތުންގެ ޕާޓީ ވ. ހަބް 10 9 ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ އާއި ޒީނަތު ޙަސަން ވ. އައްޑޫ ސިޓީ ކައުންލިސް ޤަޟިއްޔާ މިލީނިއަމ ކެޕިޓަލް މެނޭޖްމަންޓްއިން ފާހަގަކުރެއެވެ.

18ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕވޓ ލޓޑ ޤަޟިއްޔާ އާ ހަވާލާދީ ކިތާބީ ހެއްކާބެހޭ ބައެއް ޢާންމު އުޞޫލުތައް މިލީނިއަމ ކެޕިޓަލް މެނޭޖްމަންޓްއިން ފާހަގަކުރެއެވެ. 04 މާރިޗު 2024 ގައި ހައިކޯޓުގައި ބޭއްވުނު މި މައްސަލައިގެ އިސްތިއުނާފީ އަޑުއެހުމުގައި. 2010/SC-A/02 ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާގެ (ނ) 2013/SC-A/28 ފަނޑިޔާރުންނަށް ފާހަގަކުރެވުނު ތިންވަނަ ކަމެއްގެ ގޮތުގައި ބަޔާންކުރާކުރުން 2017/SC-A/40 ޕެރެގްރާފް ނަންބަރު 18 އިން ފެށިގެން ދެންހުރި ފެރެގްރާފްތައް

19އެމްއެމްޕީއާރުސީއިނ ދަޢުވް ސާބިތުކުރުމަށް ދަށުކޯޓަށް ހުށަހެޅި ހެކިތަކަކީ ކޮބައިކަން ބަޔާންކޮށް އެމްއެމްޕީއާރުސީއިން ދަށުކޯޓަށް ހުށަހެޅި އެގްޒިބިޓ1، 2 އަދި 3 މިލީނިއަމ ކެޕިޓަލް މެނޭޖްމަންޓްއިން ފާހަގަކުރެއެވެ.

20މިލީނިއަމ ކެޕިޓަލް މެނޭޖްމަންޓްއިން ދަށުކޯޓުގައި ދަޢުވާއަށް ޖަވާބުދީފައިވ ގޮތާ ފާހަގަކޮށް، މުޅި ދަޢުވާއަށް އިންކާރުކޮށްފައިވާނެކަމަށާއި، ދަޢުވާގައި ބަޔާންކުރާފަދަ މުޢާމަލާތެއް އެމްއެމްޕީއާރުސީއާއެކު ހިންގާފައިވާކަން ކުންފުނީގެ ލިޔުންތަކުން އެނގެން ނެތްކަން ފާހަގަކޮށްފައިވާނެކަމަށާއި އަދި ދަޢުވާ ސާބިތުކުރުމަށް އެމްއެމްޕީއާރުސީއިނ ހުށަހަޅާފައިވް ލިޔުންތަކުގެ ޞައްޙަކަމާމެދު ސުވާލުއުފައްދާފައިވާކަންވެސް މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓްއިން ފާހަގަކުރެއެވެ. އޭގެ އިތުރުން، އެ ލިޔުންތަކުގެ އަޞްލު ނުވަތަ އަޞްލާއެއްގޮތްކަމަށް އެމްއެމްޕީއާރުސީއިން ތައްގަނޑުޖަހާފައިވާ އެއްވެސް ލިޔުމެއް އޮތްނަމަ އެ ލިޔުމެއް ޝަރީޢަތުގެ މަޖިލިސް މެދުވެރިކޮށް ހުށަހަޅާދިނުމަށ އެދުމުންވެސް އެފަދް ލިޔުންތަކެއް ހުށަހަޅާފައިނުވާކަން މިލީނިއަމ ކެޕިޓަލް މެނޭޖްމަންޓްއިން ފާހަގަކުރެއެވެ.

21ދަޢުވާކުރާ ފަރާތުން އަދާކުރަންޖެހޭ ދަޢުވާ ސާބިތުކުރުމުގެ ޒިންމާ އެމްއެމްޕީއާރުސީއިން އަދާކޮށްފައިނުވާކަން ފާހަގަކޮށް ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން ރިޢާޔަތްކުރުމަށްޓަކައި ބޭނުންވާ ދަރަޖައިގެ ހެއްކާއި ޤަރީނާ ދަށުކޯޓަށް ހުށަހެޅުމެއްނެތި، މައްސަލަ ބެލި ފަނޑިޔާރުގެ ނިންމުން ޤާނޫނާ ޚިލާފުކަމަށް ބުނެ އިސްތިއުނާފުކުރުމުގެ ފުރުސަތު އެމްއެމްޕީއާރުސީއަށ އޮތްކަމަށް ނުދެކޭކަން މިލީނިއަމ ކެޕިޓަލް މެނޭޖމަންޓްއިން ފާހަގަކުރެއެވެ.

22އެމްއެމްޕީއާރުސީއިން އިސްތިނާފީ މަރުޙަލާގައި ހުށަހެޅި އައު ހެކި ބަލައިގަންނަންޖެހޭ ޙާލަތެއް ނެތްކަމާއި އެމްއެމްޕީއާރުސީއިން އެދިފައިވާ ގޮތުގެ މަތިން މި މައްސަލަ ދަށު ކޯޓަށް ތަޙުވީލުކުރަންޖެހޭ ސަބަބެއްވެސް މި މައްސަލައިގައި ނެތްކަމށަ މިލީނިއަމ ކެޕިޓަލް މެނޭޖްމަންޓްއިން ފާހަގަކުރެއެވެ.

އިސްތިއުނާފުރައްދުވާ ފަރާތުން އެދޭ ގޮތް

23އިސްތިއު ނާފުރައްދުވާ ފަރާތުން އެދިފައިވަނީ: "5.1 ސިވިލް ކޯޓުގެ ނަންބަރު 4649/Cv-C/2018 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ (ނ) ގައި، އެމް.އެމް.ޕީ.އާރު.ސީގެ ނަންބަރު: ޕޭމަންޓް ވައުޗަރ 97/2014/01 ގެ ދަށުން، ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް އަނބުރާ ދައްކާގޮތަށް -$1,500,000/ (އެއްމިލިއަން ފަސްލައްކަ އެމެރިކާ ޑޮލަރު) ދޫކޮށްފައިވާކަން އެ ޑޮކިއުމަންޓުން ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރު: 13/2010 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނޫ ނަންބަރު: 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 1،2 އަދި 6 ވަނަ މާއްދާގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ނަޝީދު ވ މުޙައްމަދު މުޞްޠަފާ ޤަޟިއްޔާއާއި އެ ކޯޓުގެ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލނެޑ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއާއި، އެ ކޯޓުގެ ޢަބްދުﷲ ޢާރިފް ވ އެޕޯލޯ ހޯލްޑިންގްސް ޕވޓ ލޓޑ ޤަޟިއްޔާއާ ޚިލާފަށް ކަމަށް ކަނޑައަޅުއްވައިދެއްވައި، އަދި،

5.2 ސިވިލް ކޯޓުގެ ނަންބަރު 4649/Cv-C/2018 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ހ) އާއި (ށ) ގެ ގައި، ދަޢުވާކުރާ ފަރާތާއި ދަޢުވާ ލިބޭ ފަރާތާ ދެމެދު ސޮއިކުރެވިފައިވާ ކަމަށް ބުނާ ދަޢުވާކުރާ ފަރާތުގެ ނަންބަރު: MMPRC/2014/V/200 ޕްރޮމިސަރީ ނޯޓާއި ނަންބަރު: MMPRC/2014/V/201 ޕްރޮމިސަރީ ނޯޓުގައި ބަޔާންކުރާ ވާޤިޢާ ނުވަތަ މުޢާމަލާތް ހިނގާފައިވާކަން، އެ ދެ ޑޮކިއުމަންޓުނ ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައް ޙުކުމްކޮށްފައިވާ ބަޔަށް ތާޢީދުކޮށްދެއްވުމަށް." މި ފަދައިންނެވެ. ޖަވާބް ފޯމްގެ 5 ވަނަ ނަންބަރު އިސްތިއުނާފާ ގުޅިގެން ފާހަގަކުރެވޭ ކަންކަން

24ވިޔަފާރީގެ ދުނިޔޭގައި އިތުބާރާއި ލޭންދޭނުކުރުމަކީ މުއާމަލާތްތަކުގެ ދިރުމެވެ. މި އިސްތިއުނާފުގައި އޮތީ، ލޭންދޭނަށް ދޫކުރި ފައިސާއާމެދު ދެ ކުންފުންޏެއްގެ ދެމެދު ޖެހުނު މައްސަލައެއްގެ ވާހަކައެވެ. އެއްކޮޅުން އެމްއެމްޕީއާރުސީއެވެ. އަނެއްކޮޅުން މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓވެ.

25ދެ ޕްރޮމިސަރީ ނޯޓެއްގެ ކޮޕީއާއި، ޕޭމަންޓް ވައުޗަރެއްގެ ކޮޕީއާއި، ފައިސާގެ ތަފުސީލު ބަޔާންކޮށް އަމިއްލައަށް ތައްޔާރުކޮށްފައިވާ ސްޓޭޓްމެންޓެއްގެ ކޮޕީ ހިފައިގެން ޝަރީޢަތަށްގޮސް ދައުވާކުރާ އެމްއެމްޕީއާރުސީއިން ބުނެފައިވަނީ މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓއިން ދައްކަންޖެހޭ ދަރަންޏެއް އަދާކޮށްފައިނުވާ ކަމަށެވެ.

26ނަމަވެސް، ދައުވާލިބޭ މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓްއިން އެ ލިޔެކިޔުންތަކުގެ ސައްހަކަމާމެދު ސުވާލުއުފައްދާފައިވެއެވެ. އެ ކޮޕީތަކުގެ އަސްލު ނުވަތަ އަސްލާއެއްގޮތްކަމަށް ތައްގަނޑުޖަހާފައިވާ ކޮޕީ ހުށަހެޅުމަށް އެދިފައިވެއެވެ. އަދި އެފަދަ މުޢާމަލާތެއް އެ ދެފަރާތްދެމެދު ހިނގާފައިވާކަން މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓްގެ އެއްވެސް ރެކޯޑަކުނ ފެންނަން ނެތްކަމަށްބުނެފައިވެއެވެ. ދައުވާއަށް އިންކާރުކޮށްފައިވެއެވެ.

27މައްސަލައިގެ ތަފުސީލަށް ބަލާއިރު، އެ މައްސަލައަކީ އަނބުރާ ދައްކާގޮތަށް އެމްއެމްޕީއާރުސީއިން މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓަށް ދޫކޮށްފައިވާކަމަށް ބުނާ $6,500,000 (ހަމިލިއަން ފަސްލައްކަ އެމެރިކާ ޑޮލަރު)ގެ ތެރެއިން $2,500,000 (ދެ މިލިއަން ފަސްލައްކަ އެމެރިކާ ޑޮލަރު) އެމްއެމްޕީއާރުސީއަށް އަނބުރާ ދައްކާފައިނުވާކަމަށް ބުނެ އެ ފައިސާ ހޯދުމަށް މިލީނިއަމ ކެޕިޓަލް މެނޭޖްމަންޓްގެ މައްޗަށް ދަޢުވާކުރުމުން ދަށުކޯޓުން ބެލުނު މައްސަލައެއްކަން އެނގެއެވެ.

28ދަށު ކޯޓުނު އެ މައްސަލަ ބެލިއެވެ. ޝަރީޢަތްކޮށްނިންމިއެވެ. ނިމުނުއިރު، އެމްއެމްޕީއާރުސީއަށް ދަޢުވާ ކާމިޔާބެއް ނުވިއެވެ. ކާމިޔާބުނުވީ، ދެ ޕްރޮމިސަރީ ނޯޓު މެދުވެރިކޮށް މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓށަ ދޫކުރިކަމަށް ބުނާ ފައިސާ ހަމަ ޙަޤީޤަތުގައިވެސް ދޫކޮށްފައިވާކަން ސާބިތުކޮށްދެވިފައިނުވާތީކަމަށ ދަށް ކޯޓުން ބަޔާންކޮށްފައިވެއެވެ.

29އެކަމަކު އެ ވާހަކަ އެ ހިސާބުން ނިމުނީކީ ނޫނެވެ. އެމްއެމްޕީއާ ރުސީއިނ ބަލް ގަބޫލުކުރަން ދެކޮޅު ހަދައި، އެ މައްސަލަ މި ކޯޓަށް އިސްތިއުނާފުކުރިއެވެ. އެ އިސްތިއުނާފު ބިނާކޮށްފައި އޮތީ ހަމަ އެންމެ ނުކުތާއެއްގެ މައްޗަށެވެ.

30އެ ނުކުތާއަކީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ރިޢާޔަތްކުރަންވާނެކަމަށް ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާއިރު، އެމްއެމްޕީއާރުސީއިނ ހުށަހަޅާފައިވް ދަޢުވާ ސާބިތު ނުވާކަމަށް ދަށުކޯޓުން ކަނޑައަޅާފައިވަނީ، އެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކަށް ނުވަތަ ޤރީނަ ތަކަށް ރިޢާޔަތްނުކޮށް، އެ މާއްދާއާ ޚިލާފުކަމަށް ބުނާ ބުނުންކަން އެނގެއެވެ. ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ރިޢާޔަތްކުރަންވާނެކަމަށް ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާއިރު، އެމްއެމްޕީއާރުސީއިން ހުށަހަޅާފައިވާ ދަޢުވާ ސާބިތު ނުވާކަމަށް ދަށުކޯޓުން ކަނޑައަޅާފައިވަނީ، އެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކަށް ނުވަތަ ޤާރީނާއަކަށް ރިޢާޔަތް ނުކޮށް، އެ މާއްދާއާ ޚިލާފުކަމަށް ބުނާ ބުނުން ޤާނޫނު ނަންބަރު 13/2010 (މީގެ ފަހުން މި ރިޕޯޓްގައި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުކަމަށް ބަޔާންކޮށްފައި އެ ވަނީ މި ޤާނޫނަށް ނިސްބަތްކޮށެވެ.) ޤާނޫނު ނަންބަރު 13/2010 (މީގެ ފަހުން މި ރިޕޯޓްގައި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުކަމަށް ބަޔާންކޮށްފައި އެ ވަނީ މި ޤާނޫނަށް ނިސްބަތްކޮށެވެ.)

31ބުނެވިދިޔ އިސްތިއުނާފަ ނުކުތާއަށް ބަލާއިރު، އެ ނުކުތާގައި 02 (ދޭއް) ކަމެއް ބާޔަންކޮށްފައިވާކަން އަހުރެންނަށް ފާހަގަކުރެވެއެވެ. އެގޮތުން، ބަޔާންކޮށްފައިވާ ފުރަތަމަ ކަމަކީ، އެމްއެމްޕީއާރުސީއިން ހުށަހަޅާފައިވާ ދަޢުވާ ސާބިތު ނުވާކަމަށް ދަށުކޯޓުން ކަނޑައަޅާފައިވަނީ، އެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކަށް ނުވަތަ ޤަރީނާއަކަށް ރިޢާޔަތްނުކޮށް ކަމަށް ބުނާ ބުނުންކަން އެނގެއެވެ. އަދި ދެވަނަ ކަމަކީ، އެމްއެމްޕީއާރުސީއިނ ހުށަހަޅާފައިވް ދަޢުވާ ސާބިތު ނުވާކަމަށް ދަށުކޯޓުން ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަމަށް ބުނާ ބުނުންކަން އެނގެއެވެ.

32HN1އެމްއެމްޕީއާރުސީއިނ ހުށަހަޅާފައިވް ދަޢުވާ ސާބިތު ނުވާކަމަށް ދަށުކޯޓުން ކަނޑައަޅާފައިވަނީ، އެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކަށް ނުވަތަ ޤަރީނާއަކަށް ރިޢާޔަތްނުކޮށްކަމަށް އެމްއެމްޕީއާރުސީއިން ބުނާއިރު، ދަށު ކޯޓުގެ ފަނޑިޔާރު ރިޢާޔަތްކޮށްފައިނުވާކަމަށް އެމްއެމްޕީއާރުސީގެ ފަރާތުން ބުނާ ހެއްކަކީ ނުވަތަ ޤަރީނާއަކީ އެ ފަރާތުން އަމިއްލައަށް ތައްޔާރުކޮށް ހުށަހެޅި ސްޓޭޓްމެންޓެއްގެ ވާހަކަކަން އެނގެއެވެ. އެ ސްޓޭޓްމަންޓަކީ އެމްއެމްޕީއާރުސީއިން އަމިއްލައަށް ތައްޔާރުކޮށްފައިވާ ސްޓޭޓްމެންޓަކަށްވާއިރު، އެމްއެމްޕީއާރުސީއިން ހުށަހެޅި ދަޢުވާ ސާބިތުކުރުމަށް ހެއްކެއް ނުވަތަ ޤަރީނާއެއްގެ ގޮތުގައި އެ ސްޓޭޓްމަންޓަށް ރިޢާޔަތްކޮށް އެ ސްޓޭޓްމަންޓަށް ބުރަދަންދޭންޖެހޭނެ އއްވެސެ ޤާނޫނީ އަސާސެއް ނުވަތަ ޤާނޫނީ ހަމައެއް އެމްއެމްޕީއާރުސީއިން މި އިސްތިއުނާފުގައި ބުނެދީފައިނުވާކަން ފާހަގަކުރެވެއެވެ. އަދި ދަޢުވާ ސާބިތުކުރުމުގައި އެ ސްޓޭޓްމަންޓަށް ރިޢާޔަތްކޮށް ބުރަދަން ދޭންޖެހޭކަމަށް ކަނޑައެޅޭ ޙާލަތެއްގައިވެސް، ދަށުކޯޓުގެ ޙުކުމް އެ ސްޓޭޓްމެންޓްގެ ސަބަބުން އެނބުރިގެންދާނެގޮތެއް ނުވަތަ އެ ޙުކުމަށް އެ ސްޓޭޓްމެންޓުން ކުރާނެ އަސަރެއް މި އިސްތިއުނާފުގައި ބުނެދީފައިނުވާކަން ފާހަގަކުރެވެއެވެ.

33HN2އެހެންކަމުން، އެމްއެމްޕީއާރުސީއިނ ހުށަހަޅާފައިވް ދަޢުވާ ސާބިތު ނުވާކަމަށް ދަށުކޯޓުން ކަނޑައަޅާފައިވަނީ، އެ ފަރާތުން ހުށަހަޅާފައިވަ ހެކިތަކަށް ނުވަތަ ޤަރީނާއަކަށް ރިޢާޔަތްނުކޮށްކަމަށް އެމްއެމްޕީއާރުސީއިން ބުނެ މި އިސްތިއުނާފުގައި އުފައްދަން އުއްމީދުކުރާ ޤާނޫނީ ބަހުސަކީ ކޮބައިކަން އަހުރެންނަކަށް ސާފެއްނޫނެވެ.

34ދެން އޮތީ، އެމްއެމްޕީއާރުސީއިނ ހުށަހަޅާފައިވް ދަޢުވާ ސާބިތު ނުވާކަމަށް ދަށުކޯޓުން ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފަށްކަމަށް ބުނާ ބުނުމެވެ.

35ދަށުކޯޓުގެ ފަނޑިޔާރު ޚިލާފުވެފައިވާކަމަށް އެމްއެމްޕީއާރުސީއިން ބުނާ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގއަ ބަޔާންކޮށްފައި ވަނީ: "5. (ހ) ފަނޑިޔާރުންގެ ނިންމުންތައް ނިންމުމުގައި ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނަށެވެ. ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައަޅާފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އަންނަނިވި ކަންކަމަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެއެވެ. (1) މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާ. (2) މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ނުވަތަ އެ ކޯޓަށްވުރެ މަތީ ކޯޓަކުން ކޮށްފައިވާ ޙުކުމް. (3) ވަކި ފަރާތަކަށް ނުޖެހުމާއި، ވަކި ފަރާތެއްގެ ނުފޫޒަށް ނުލެނބުމާއި، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވުމާއި ތަޢައްޞުބުން އެއްކިބާވުން." މިފަދައިންނެވެ.

36އެމްއެމްޕީއާރުސީއިނ ހުށަހަޅާފައިވް ދަޢުވާ ސާބިތު ނުވާކަމަށް ދަށުކޯޓުން ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފަށްކަމަށް އެމްއެމްޕީއާރުސީއިން ބުނާއިރު، ދށުކޯޓުގަ ފަނޑިޔާރަށް އެ މާއްދާ ތަޠުބީޤުކުރުމުގައި ހެދިފައި އޮތް ގޯހަކީ ކޮބައިކަން، އެމްއެމްޕީއާރުސީއިން މި އިސްތިއުނާފުގެ ތަފުސީލުގައިވެސް، ޤާނޫނީ ހަމަތަކުން ހަމަދެއްކުމާއެކު ބުނެދީފާއިވާކަން އަހުރެންނަކަށް ފާހަގައެއް ނުވެއެވެ. ކިރިޔަކިރިޔާވެސް މި ނުކުތާއާ ގުޅުވާލެވޭ ގޮތަކަށް އެމްއެމްޕީއާރުސީއިން ފާހަގަކޮށްފައިވާ ކަމަކީ އެގްޒިބިޓް 3 ގެ ގޮތުގައި އެ ފަރާތުން ދަށުކޯޓަށް ހުށަހެޅި ސްޓޭޓްމަންޓުގެ އެއްބައި ޢަދަދުތައް ސާބިތުވާކަމަށް ނިންމައި އަނެއްބައި ޢަދަދުތައް ސާބިތުނުވާކަމަށް ނިންމާފައިވާކަމަށް ބުނާ ބުނުންކަން އަހުރެންނަށް ފާހަގަކުރެވެއެވެ.

37HN3ނަމަވެސް، އެ ޑޮކިއުމަންޓަށް ބަލައި ދަށުކޯޓުގެ ފަނޑިޔާރު އެއްވެސް ދަރަންޏެއް އޮތްކަން ސާބިތުވާކަމަށް ނިންމާފައި ނެތްކަން ދަށުކޯޓުގެ ރިޕޯޓުން ސާފުކޮށް އެނގެއެވެ. އެއާ ޚިލާފަށް، ދަށުކޯޓުން ފާހަގަކޮށްފައިވަނީ، އެމްއެމްޕީއާރުސީއިނ އަމިއްލައަށް ތައްޔާރުކޮށް ހުށަހެޅް ސްޓޭޓްމަންޓުގައި 2,000,000 $ (ދެމިލިއަން އެމެރިކާ ޑޮލަރު) އެމްއެމްޕއާރުސީއަށް ލިބިފައިވާކަމަށީ އެމްއެމްޕީއާރުސީއިން އަމިއްލައަށް ބަޔާންކޮށްފައިވާކަން އެނގެން އޮތަތީ، އެ މިންވަރުކަމަށް އަހުރެންނަށް ދޭހަވެއެވެ. އަދި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ "ހުށަހެޅިފައިވާ ހެއްކާއި ޤަރީނާ" އަށް ރިޔާޢަތްކުރަންޖެހޭނެ ވާހަކަކަން އަހުރެންނަށް ދޭހަވެއެވެ.

38އެހެންކަމުން، އެމްއެމްޕީއާރުސީއިނ ހުށަހަޅާފައިވް ދަޢުވާ އެ ހުށަހެޅި ގޮތަށް ސާބިތު ނުވާކަމަށް ދަށުކޯޓުން ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަމަށް އެމްއެމްޕީއާރުސީއިން ބުނެ، މި އިސްތިއުނާފުގައި އުފައްދަން އުއްމީދުކުރާ ޤާނޫނީ ބަހުސަކީ ކޮބައިކަން އަހުރެންނަކަށް ސާފެއްނޫނެވެ.

39މީގެ އިތުރުން، އެމްއެމްޕީއާރުސީއިން ދަށުކޯޓުގައި ހުށއަޅާފައ ނެތި ޑޮކިއުމަންޓްއެއް ކަމުގައިވާ ބޭންކް އޮފަ މޯލްޑިވްސް ގެ ނަންބަރު BML/CBD/2019/539 ސިޓީ ހައިކޯޓުގެ އިސްތިއުނާފު ފމޯ އެކު ހުށަހަޅާ އާ ލިޔުމަށް ރިޢާޔަތްކޮށް މައްސަލަ އަލުން ބެލުމަށްޓަކައި ދަށުކޯޓަށް ތަޙުވީލުކޮށްދިނުމަށް މި އިސްތިއުނާފުގައި އެދޭއެދުން އަހުރެންނަށް ފާހަގަކުރެވެއެވެ.

40އެމްއެމްޕީއާރުސީގ އެ ހުށަހެޅުމާ ގުޅިގެން، އެ ބަޔާންކުރާ އައު ހެކި މި އިސްތިއުނާފީ ކޯޓަށްބަލައިގަތުމާމެދު މައްސަލައިގެ ޚަޞްމުން ދެކޭގޮތް ހާމަކުރުމުގެ ފުރުސަތު މި ކޯޓުން ދެވިފައިވެއެވެ. އެގޮތުން، ދެވުނު ފުރުސަތުގައި، އެ ސިޓީއަކީ ކުރިން ހޯދަން މަސައްކަތްކޮށް ލިބިފައިނުވާ ސިޓީއެއްވެސް ނޫންކަމާއި، އެ ސިޓީ ހޯދުމަށް އެމްއެމްޕީއާރުސީއިން ބޭންކުގައި އެދިފައިވަނީވެސ ދަށުކޯޓުން މައްސަލް ނިމުނުފަހުން ކަމާއި، އެ ސިޓީއަކީވެސް އޭގެ ޞައްޙަކަން ކަށަވަރުވާ ގޮތަށް ހުށަހަޅާފައިވާ ލިޔުމެއްނޫންކަމަށް މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓުން ފާހަގަކުރާކަން އެނގެއެވެ. އަދި ބުނެވިދިޔަ ކަންކަން އެ ނޫންގޮތަކަށް އޮތްކަމަށް ބުނެ، އެކަންކަމަށް އެމްއެމްޕީއާރުސީގެ ފަރާތުން އިންކާރުކޮށްފައިވެސ ނެތްކަން އެނގެއެވެ.

41HN5މިލީނިއަމ ކެޕިޓަލް މެނޭޖްމަންޓުން ފާހަގަކުރާފަދައިން، އިސްވެ ދެންނެވުނު ލިޔުމަކީ ދަށުކޯޓުގައި މައްސަލަ ހިނގިއިރުވެސް އިސްތިއުނާފުކުރާ ފަރާތަށް ހުށައެޅުމަށް ފުރުޞަތު އޮތް ލިޔެކިޔުމެއްކަން ދެފަރާތުގެ ބަހުންވެސް ސާފުކޮށް އެނގެއެވެ. ދަށުކޯޓުގައި މައްސަލަ ހިނގިއިރުވެސް އެފަދަ ޑޮކިއުމެންޓްއެއެ ހުށަހަޅަން ބޭނުންވާކަމަށް އެމްއެމްޕީއާރުސީއިން ބުނެފއިނުވާކަނަވެސް ސާފުކޮށް އެނގެއެވެ. އެ ޑޮކިއުމަންޓް ދަށކޯޓަށު ހުށަހެޅިފައިނުވާ އެކަށީގެންވާ ސަބަބެއްވެސް އެމްއެމްޕީއާރުސީއަށް މި އިސްތިއުނާފުގައިވެސް ދެއްކިފައިނުވާކަން ސާފުކޮށް އެނގެއެވެ.

42HN4ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ އަށް ބަލާއިރު، އިސްތިސްނާ ޙާލަތްތަކުގައި އައު ހެކި ބަލައިގަތުމުގެ އުޞޫލު އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން އެނގެއެވެ. އެއީ، ހުށަހެޅޭ އައު ހެއްކަކީ އަންނަނިވި އުންސުރުތައް ފުރިހަމަވާ ހެކިކަމުގައިވުންކަން އެނގެއެވެ.

1. އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އެ މައްސަލައެއް ދަށު މަރުޙަލާގައި ހިނގަމުންދިޔައިރު، އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްގެންވެސް ލިބިފައިނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން availability)-(Non 2013/SC-A/20

2. އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އޭގެ ސަބަބުން މައްސަލައިގެ ޙުކުމަށް ބަދަލު ނައިނަމަވެސް، އޭގެ ސަބަބުން އެ މައްސަލައިގެ މައުޟޫޢަށް އެކަށީގެންވާ ފަދަ ނުފޫޒެއް ފޯރުވާފަދަ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން (Relevance)

3. އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އޭގެ ޞައްޙަކަމާމެދު ސުވާލު އުފެދިފައިނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން (Credibility)

43އެމްއެމްޕީއާރުސީއިން ހުށަހަޅާފައިވާ ބުނެވިދިޔަ އައު ހެކި ބަލައިގަތުމަށް އެ ފަރާތުން މި އިސްތިއުނާފުގައި އެދިފައިވީނަމަވެސް، އެ ހެއްކަކީ އިސްތިއުނާފީ މަރުޙަލާގައި އައު ހެކި ބަލައިގަތުމުގައި ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވާ ހެއްކެއްކަން ބަޔާންކޮށްދީ އެ އައު ހެކި ބަލައިގަންނަންޖެހޭކަނ ޤާނޫން ހަމަތަކުން ބުނެދެވިފައިނުވާއިރު، އިންސާފުޤާއިމުކުރުމުގެ ނަމުގައި، އެ އައު ހެކި މި މަރުޙަލާގައި ބަލައިގަނެ އެއަށް ރިޢާޔަތްކޮށް މި މައްސަލަ ދަށކޯޓުނު އަލުން ބެލުމަށް ތަޙުވީލުކުރަންޖެހޭފަދަ ޤާނޫނީ ހަމައެއް އެމްއެމްޕީއާރުސީއަށް ދެއްކިފައިވާކަމަކަށް އަހުރެންނަކަށް އެއްބަހެއް ނުވެވެއެވެ.

44HN6މ މައްސަލި ދަށުކޯޓުން އަލުން ބެލުމަށް ތަޙުވީލުކުރަންޖެހޭފަދ ޤާނޫނަ ހަމައެއް އެމްއެމްޕީއާރުސީއަށް ދެއްކިފައިވާކަމަށް އަހުރެންނަށް އެއްބަސްނުވެވޭ ފުރަތަމަ ސަބަބަކީ، އިންސާފުޤާއިމުކުރުމުގެ ނަމުގައި، އައު ހެކި ބަލައިގަނެވޭނީވެސް، އެ އައު ހެއްކަކީ އައު ހެކި ހުށަހެޅުމުގެ އުޞޫލާއެއްގޮތަށް ހުށަހެޅިފައިވާ ހެއްކަކަށް ވެގެން ކަމުގައިވާއިރު، އެކަން އެގޮތަށް އޮތްކަން އެނގެން ނެތަތީއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ އާ ޙަވާލާދީ އިސްވެ ފާހަގަކުރެވިފައިވާ 3 (ތިނެއް) ޢުންޞުރު މި އިސްތިއުނާފުގައި އަލަށް ހުށަހެޅުނު ހެކީގައި ފުރިހަމަވޭތޯ ބަލާއިރު، އެ ހެއްކަކީ، ދަށުކޯޓުގައި މައްސަލަ ހިނގަމުން ދިޔައިރު، ހޯދުމަށް މަސައްކަތްކޮށް ލިބިފައިނުވާ 2013/SC-A/20 ހެއްކެއްކަން އެނގެން ނެތްކަން ފާހަގަކުރެވެއެވެ. އަދި އައު ހެއްކެއްކަމަށް ބުނެ ހުށަހެޅި ސިޓީއަކީވެސް އޭގެ އަސްލެއް ނުވަތަ އަސްލާއެއްގޮތްކަމަށް ތައްގަނޑުޖަހާފައިވާ ސިޓީއެއް ނޫންކަން އެނގެއެވެ. އެހެންކަމުން، އެއީ އޭގެ ޞައްޙަކަމާމެދު ސުވާލުއުފެދިފައިނުވާ ހެއްކެއްކަމަކަށް ބެލުމުގެ ޖާގައެއް އޮތް ހެއްކެއްކަމކަށަ އަހުރެންނަކަށް އެއްބަހެއް ނުވެވެއެވެ. ވުމާއެކު، އެ ހެއްކަކީ، އޭގެ ސަބަބުން އެ މައްސަލައިގެ މައުޟޫޢަށް އެކަށީގެންވާ ފަދަ ނުފޫޒެއް ފޯރުވާފަދަ ހެއްކެއްކަމަކަށްވެސ އަހުރެންނަކަށް އެއްބަހެއް ނުވެވެއެވެ.

45މ މައްސަލި ދަށުކޯޓުން އަލުން ބެލުމަށް ތަޙުވީލުކުރަންޖެހޭފަދ ޤާނޫނަ ހަމައެއް އެމްއެމްޕީއާރުސީއަށް ދެއްކިފައިވާކަމަށް އަހުރެންނަށް އެއްބަސްނުވެވޭ ދެވަނަ ސަބަބަކީ، އިންސާފުޤާއިމުކުރުމުގެ ނަމުގައި، އައު ހެކި ބަލައިގަންނަ ގަތުމަކީ، އެ އުޞޫލުގެ ބޭރުން ބަލައިގަންނަ ގަތުމެއްކަމުގައި ވާނަމަ، ޤާއިމު ވެގެން ދާނީ އިންސާފުތޯ ނުވަތަ ބޭއިންސާފުތޯ ސުވާލު އުފެދޭތީއެވެ.

46މ މައްސަލި ދަށުކޯޓުން އަލުން ބެލުމަށް ތަޙުވީލުކުރަންޖެހޭފަދ ޤާނޫނަ ހަމައެއް އެމްއެމްޕީއާރުސީއަށް ދެއްކިފައިވާކަމަށް އަހުރެންނަށް އެއްބަސްނުވެވޭ ތިނވަން ސަބަބަކީ، ޤާއިމުކުރެވިފައިވާ އިޖުރާއީ އުޞޫލުތަކަށް ތަބާނުވެ، އެ އެޞޫލުތަކާ ފެޔަށްޖެހި އެމްއެމްޕީއާރުސީގެ ހުށަހެޅުމާއެއްގޮތަށް، މި ޙާލަތުގައި، ދީލާލައިފިނަމަ ޝަރުޢީ މަރުޙަލާގެ ނަޒާޙަތްތެރިކަން ދެމެހެއްޓިދާނެ ކަމަށް ނުބެލެވޭތީއެވެ. އިސްތިއުނާފުރައްދުވާ ފަރާތުން ހުށަހަޅާފައިވާ ރައްދު އިސްތިއުނާފީ ދަޢުވާއާ ގުޅިގެން ފާހަގަކުރެވޭ ކަންކަން

47HN7މ އިސްތިއުނާފި ޤަޟިއްޔާގައި އިސްތިއުނާފުރައްދުވި ފަރާތުން ޝަރީޢަތަށް ހުށަހެޅި ޖަވާބުގައި އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 4649/Cv-C/2018 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ (ނ) ގައި، Non-availability Credibility Relevance އެމް.އެމް.ޕީ.އާރު.ސީގެ ނަންބަރު: ޕޭމަންޓް ވައުޗަރ 97/2014/01 ގެ ދަށުން، ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް އަނބުރާ ދައްކާގޮތަށް -,000/$1,500 (އެއްމިލިއަން ފަސްލައްކަ އެމެރިކާ ޑޮލަރު) ދޫކޮށްފައިވާކަން އެ ޑޮކިއުމަންޓުނ ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރ 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނޫ ނަންބަރު: 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 1،2 އަދި 6 ވަނަ މާއްދާގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގައި ކަނޑައަޅުއްވާފައިވާ އުޞޫލާއި ޚިލާ ފަށާ ކަމަށް ކަނޑައަޅައިދިނުމަށެވެ. ނަމަވެސް، އިސްތިއުނާފު ރައްދުވި ފަރާތުން ދަށު ކޯޓުގެ ނިންމުން އިސްތިއުނާފަށް ހުށަހަޅާފައެއްނުވެއެވެ.

48މި މައްސަލައަކީ މަދަނީ އިޖުރާއަތުގެ ޤާނޫނު އަށް ޢަމަލުކުރަން ފެށުމުގެ ކުރީގެ މައްސަލައަކަށް ވާތީ، ޝަރީޢަތުން މި ނުކުތާއާމެދު ގޮތް ކަނޑައެޅުމުގައި ބަލަންޖެހޭނީ އޭރު ޢަމަލުކުރެވެމުން ދިޔަގޮތުގެ މައްޗަށް ކަމަށް އަހުރެން ދެކެމެވެ. އެގޮތުން ބަލާއިރު، ރައްދު އިސްތިއުނާފުކުރަން ބޭނުންވާ ފަރާތުންވެސް އިސްތިއުނާފު ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ހުށަހެޅުމުން ނޫނީ ރައްދު އިސްތިއުނާފު ބަލައިނުގަނެވޭނެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އާމިނަތު އަރީޖް ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާއިން އެނގެން އޮވެއެވެ. އެހެންކަމުން، ރައްދު އިސްތިއުނާފުގެ ގޮތުގައި އިސްތިއުނާފުރައްދުވާ ފަރާތުން ހުށަހެޅި ހުށަހެޅުން ބަލައިގަންނާނެ ތަނެއް ނެތްކަމަށް އަހުރެން ދެކެމެވެ. ޤާނޫނު ނަންބަރު 2021/32 [2021] SC 35 ގެ 14 ވަނަ ނަންބަރު ނިންމަން ފެންނަގޮތް

49އިސްތިއުނާފުކުރާ ފަރާތު ން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގެ މައްޗަށް ބިނާކޮށް ދަށުކޯޓުގެ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތްކަމަށާއި އެ މައްސަލަ އަލުންބެލުމަށް ތަޙުވީލުކުރަންޖެހޭ ފަދަ ޤާނޫނީ ސަބަބެއްވެސް ނެތްކަމަށް ކަނޑައަޅާ މި ޤަޟިއްޔާ ނިންމަން ފެނެއެވެ.

އިސްފަނޑިޔާރު ޙުސައިން ޝަހީދުގެ ރަޢުޔު

50އަހުރެނ ފަނޑިޔާރް ޙަސަނު ޝަފީޢުގެ ރަޢުޔަށް ތާޢީދުކުރަމެވެ.

ފަނޑިޔާރު މުޙައްމަދު ފައިޞަލގް ރަޢުޔު

51އަހުރެނ ފަނޑިޔާރް ޙަސަނު ޝަފީޢުގެ ރަޢުޔަށް ތާޢީދުކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

52މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މި މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ އެ ރިޕޯޓު ޚަޞްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޚުލާޞާ ރިޕޯޓަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ) l.lr,rru.aoS.Unooqfirq@oJur r --iz : l.1nocqflrq,\1,,!^^\ ^w ^oA ?tit-a, .J.a,--.t 7u,u,.t,2.ir-?, tu: ^7n.7c., /drt tlrctcc r.',- /-rt ,z t' f c.cA. oo .. -ae aacz.a u.?d f rJ ,a?r.. fzl. o ..2 o . .r./tl/1/..?./ t'{ l./-a .laat/l,r ....r/1a./ ,-a7 !/4 4 aet? al ?). / ,.1ai ()8t/v-a)t l/6 l0i

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ