ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2020/HC-A/162

މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓުން ބާޠިލުކޮށްފައިޙުކުމުގެ ހާލަތު
ހައިކޯޓު · 8 ޑިސެމްބަރު 2022ދަށު ކޯޓު: ސިވިލް ކޯޓު 126/Cv-C-HD/2018ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 126/Cv-C-HD/2018
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓު: 2023/SC-A/05 — ހައިކޯޓުގެ ޙުކުމް ބާޠިލުކޮށްފައި

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ހުޅުމާލޭގައި ޞިނާޢީ ބޭނުމަށް ބިން ކުއްޔަށް ދިން އެއްބަސްވުމުގައި ކަނޑައެޅި މުއްދަތުގައި ޞިނާޢަތް ޤާއިމުނުކުރުމުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އެއްބަސްވުން ބާޠިލުކުރީ ޤާނޫނީ ހަމަތަކާ އެއްގޮތަށްތޯއާއި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 5 އަދި 20 ވަނަ މާއްދާއާ ޚިލާފަށް ދަށު ކޯޓުން ޙުކުމްކުރީތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދަށު ކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުކަމަށް ބުނުމަކުން ހަމައެކަނި ނުފުދޭނެއެވެ؛ ކޯޓުތަކާބެހޭ ޤާނޫނުގެ 43 ވަނަ މާއްދާގައިވާ ޙާލަތެއް އޮތްކަން ތަފްޞީލާއެކު ހާމަކޮށް، ޙަވާލާދޭ މާއްދާއާ ނިންމުން ޚިލާފުވާ ގޮތާއި އުފެދޭ ޤާނޫނީ ބަހުޘު ބަޔާންކުރުމަކީ އިސްތިއުނާފުކުރާ ފަރާތުގެ (އަދި ޤާނޫނީ ވަކީލުގެ) ޒިންމާއެކެވެ؛ އެކަން ނުކޮށް ހުށަހަޅާ ނުކުތާއަކީ ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއް ނޫނެވެ.

HN2 ދަށު ކޯޓުން ނިންމާފައިވާ ނުކުތާއެއް އިސްތިއުނާފުކުރާ ފަރާތަށް ފަހިވާ ގޮތަށް ނިންމާފައިވާނަމަ، އެ ނުކުތާއާމެދު އިތުރަށް ބަސްބުނަންޖެހޭ ސަބަބެއް ނެތެވެ.

HN3 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ ކޮންޓްރެކްޓުގެ ޝަރުޠުތަކާ އެއްގޮތަށެވެ؛ އެއްބަސްވުމުގައި ވަކި މުއްދަތެއްގެ ތެރޭގައި ޞިނާޢަތް ޤާއިމުކުރަން ކަނޑައަޅައި، އެ މުއްދަތުގައި ޤާއިމުނުކުރިނަމަ އެއްބަސްވުން ބާޠިލުކުރުމުގެ އިޚްތިޔާރު ކުއްޔަށް ދޫކުރާ ފަރާތަށް ދީފައިވާއިރު، ދިގުކޮށްދިން މުއްދަތުގައިވެސް ޞިނާޢަތް ޤާއިމުނުކުރިނަމަ، އެއްބަސްވުން ބާޠިލުކުރުމަކީ ޤާނޫނީ ހަމަތަކާ އެއްގޮތް ޢަމަލެކެވެ.

HN4 އެއްބަސްވުމުގެ ދަށުން ޞިނާޢަތް ޤާއިމުކުރުމަށް ލާޒިމުކުރަނީ ބިމުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ހިފޭނެ ގޮތަށް ޢިމާރާތްކޮށް ޞިނާޢަތް ފެށުމަށެވެ؛ ކޮންމެވެސް ސިފައެއްގައި ކުރެވުނު ގޮތަކަށް ކުރުމަކުން އެ ލާޒިމު އަދާނުވާނެއެވެ.

HN5 ޕާރފޯމަންސް ގެރެންޓީ ނުވަތަ ސެކިއުރިޓީއަކީ ކޮންޓްރެކްޓަރ މަޝްރޫޢު ނިންމުމަށް ވަޢުދުވާ އެއްޗެކެވެ؛ މުއްދަތުގައި މަސައްކަތް ނުނިމިއްޖެނަމަ ސެކިއުރިޓީ މިލްކުކުރުމުގެ ބާރަކީ ކުއްޔަށް ދޫކުރާ ފަރާތުގެ އިޚްތިޔާރެއް ކަމަށްވާއިރު، ސެކިއުރިޓީގެ ފައިސާ ދޫކޮށްލުމަކީ ޞިނާޢަތް ޤާއިމުކޮށްފައިވާކަމަށް ދަލާލަތުކުރާ ކަމެއް ނޫނެވެ.

HN6 ޝަފަހީ ހެއްކަށް ރިޢާޔަތްނުކުރާކަމަށް ބުނާނަމަ ކޮން ހެއްކެއްގެ ހެކިބަހަށްކަމާއި އޭގެ ތަފްޞީލު އިސްތިއުނާފުކުރާ ފަރާތުން ބަޔާންކުރަންޖެހޭނެއެވެ.

މަދަނީ › ބިމާއި އިމާރާތް ކުއްޔަށް ދިނުން

HN7 އެއްބަސްވުމުގައި ޞިނާޢަތް ޤާއިމުކުރާނެ ވަކި މުއްދަތެއް ނުވަތަ ބާޠިލުކުރުމުގެ ޙައްޤު ކަނޑައެޅިފައިނުވާ ޙާލަތުގައި ސުޕްރީމް ކޯޓުން 2018/SC-A/11 އަދި 2018/SC-A/22 ގައި ނިންމި ނިންމުން، އެފަދަ މުއްދަތާއި ބާޠިލުކުރުމުގެ އިޚްތިޔާރު ކަނޑައެޅިފައިވާ އެއްބަސްވުމަކަށް ތަޠުބީޤު ނުކުރެވޭނެއެވެ؛ ޙަޤީޤަތްތައް ތަފާތުވާތީއެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ޢަލީ ޝިހާމް
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ޙުސައިން ސިރާޖް
ބެންޗު
މުޙައްމަދު ސަލީމް، މުޙައްމަދު ނިޔާޒް، ޙުސައިން މަޒީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ސަލީމް · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، ޙުސައިން މަޒީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ސަލީމުގެ ރައުޔު

މައްސަލައިގެ ތަޢާރުފު:

1މިއީ، ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަނގް ނަންބަރ HD/2018-C-126/Cv ޤަޟިއްޔާ، އިސްތިއުނާފު ކުރުމަށް އެދި މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑގް ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލުނު ޤަޟިއްޔާގެ ނިޔާއެވެ.

2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދވަނު ހައުސިންގ ޑިވެލޮޕްމންޓ ކޯޕަރޭޝަން ލިމިޓެޑްގަ މައްޗަށެވެ. މައްސަލައިގައި ކަންހިނގާފައިވާގޮތް:

3ޞިނާޢީ ބނުންތަކަށ ހުޅުމާލެއިން ބިމެއޭ ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރު HDC/LDL/10/140 [ސިނާއީ ބޭނުންތަކަށް ހުޅުމާލެއިން ބިން ކުއްޔަށި ދޫކުރުމުގެ އެއްބަސްވުން] މިނަމުގައި 12 އޮކްޓޯބަރު 2010 ގައި މެރިންކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑއާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި ދެމެދާ އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ.

4އެ އެއްބަސްވުމުގެ ދަށުން، ހުޅުމާލޭގެ 10314 ސަރަޙއްދުނަ 4418.271 އަކަފޫޓުގެ ބިން، 12 އޮކްޓބަރޯ 2010 އިން ފެށިގެން މީލާދީ 25 އަހަރު ދުވަހުގެ މުއްދަތަށް މެރިންކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދެވުނެވެ.

5ޙަވާލާދެވުނު އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން ލަސްވެގެން، 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އިން ވަށައިގެން 0.3 މީޓަރުގެ އުސްމިނުގައި ފާރެއް ރޭނުމަށާއި، އަދި އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ލަސްވެގެން 15 (ފަނަ ރ) މަސް ދުވަސް ތެރޭ، ބިމުގައި ޤއިމާ ކުރަންޖެހޭ ޞިނާޢަތް

1. ރަޖިސްޓްރީ ނަންބަރ38/89 -C

2. ރަޖިސްޓްރީ ނަންބަރ793/2008 -C

3. އެޗް .ޑީ.ސީގެ ނަންބަރު HDC/LDL/10/140 [ސިނާއީ ބޭނުންތަކަށް ހުޅުމާލެއިން ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުނ] ގެ 5 ވަނަ މާއްދާ. ފެށުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތް ނިންމައި އެ ޞިނާޢަތް ފަށަނީ ޖެހޭނެކަމަށް އެ އެއްބަސްވުމުގ 11 ވަނަ މާއްދާގެ (ގ) ގައި ބުނެއެވެ. މިބަޔާންކުރެވުނު މާއްދާގައި ބނެފައިވު 15 (ފަނަރަ) މަސް ދުވހުގަ ތެރޭގައި ޞިނާޢަތް ފެށިފައި ނުވާނަމަ، ލިޔުމުން ނޯޓިސްދީ އެއްބަސްވުން ބާޠިލުކުރުމުގެ އިޚްތިޔާރު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ލިބިގެންވާކަމަށް އެއްބަސްވުމުގެ 18 ވަނަ މާއްދާގެ (ށ) ގައި ބުނެއެވެ.

6މެރިންކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑއާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާ ދެމެދު ވެވުނު ނަންބަރު /10/140HDC/LDL [ސިނާއީ ބޭނުންތަކަށް ހުޅުމާލެއިން ބިން ކުއްޔަށް ދޫކުރުމުގު އެއްބަސްވުން] ގެ ދަށުން ބިން ކުއްޔަށް ދޫކޮށްފައިވާ މައިގަނޑު ޞިނާޢީ ބޭނުމަށް ބިން ބޭނުންކުރަމުން ނުދާތީ އެ އެއްބަސްވުން 17 ސެޕްޓެންބަރު 2015 އިން ފެށިގެން ނިމުމަކަށް ގެނެސްފައިވާކަމަށާއި، އަދި އެބިމުގައި ހުރިނަމަ ހުރި އުފުލޭ މުދަލެއު 2015 އޮކްޓބަރޯ 08 ވަނަ ދުވަހުގެ ކުރިން ގެންގޮސް ބިން ސާފުކުރުމަށްފަހު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑށަ އެންގުމަށް އަންގައި އެޗް.ޑީ.ސީގެ ފަރާތުން މެރިންކޮރަލް މލްޑިވްސޯ ޕްރައިވެޓް ލިމިޓެޑަށް 17 ސެޕްޓެންބަރު 2015 ގައި ސިޓީއެއް ފޮނުވިއެވެ.

7މެރިންކޮރަލ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި އެޗް.ޑީ.ސއީ ދެމެދު ވެވުނު ނަންބަރު HDC/LDL/10/140 [ސިނާއީ ބޭނުންތަކަށް ހުޅުމާލެއިން ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުނ] 17 ސެޕްޓެންބަރު 2015 ގައި އެޗް.ޑީ.ސީން ބާޠިލުކޮށްފައިވަނީ އެ އެއްބަސްވުމާ ޚިލާފަށްކަމަށއާ މި އެއްބަސްވުމަކީ ދެފަރާތްދެމެދު ވެފައިވާ ޞައްޙަ އެއްބަސްވުމެއްކަމަށް ކަނޑައަޅައި ދެއްވުމަށާއި މި އެއްބަސްވުމުގެ މުއްދަތު ދަމަހައްޓައިދިނުމަށްއެދި މެރިންކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ދަޢުވާކޮށް، ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނަށް 13 ސެޕްޓެންބަރު 2018ގައި މައްސަލަ ހުށަހެޅިއެވެ.

8އެ މައްސަލަ ސިވިލް ކޯޓުގައި ބަލާފައިވަނީ، އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2018-C-126/Cv ޤަޟިއްޔާއިންނެވެ.

4. ހައުސިން ގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަންބަރު : L/MIS/2015/973-HDC(161) (15 ސެޕްޓެންބަރު 2015) ސިޓީ

5. ނަންބަރު 0126 [މައްސަލަ ހުށަހަޅާފޯމ] ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް:

9ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2018-C-126/Cv ޤަޟިއްޔާ ގައި އެ ކޯޓުން ޙުކުމްކޮށްފައިވަނީ، [ދެންފަހެ، ބުނެވިދިޔަ ކަންކަން އެ ގޮތުގައި ހުރުމާއެކު، މެރިންކޮރަލ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް 8/89)3-(C އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް 793/2008)-(C އާއި ދެމެދު 12 އޮކްޓޯބަރު 2010 ގައި ވެފައިވާ އެޗް.ޑީ.ސީގެ ނަންބަރު HDC/LDL/10/140 [ސިނާއީ ބޭނުންތަކަށް ހުޅުމާލެއިން ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުން] އެޗް.ޑީ.ސީއިން 17 ސެޕްޓެންބަރު 2015 ގައި ބާޠިލު ކުރުމާއި ގުޅިގެން، މި އެއްބަސްވުން ބާޠިލުކުރީ ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުމާއި ޚިލާފަށްކަމަށްވާތީ، މިއެއްބަސްވުމަކީ ދެފަރާތްދެމެދު ވެފައިވާ ޞައްޙަ އެއްބަސްވުމެއްކަމަށް ކަނޑައަޅައި ދިނުމަށާއި މި އެއްބަސްވުމުގެ މުއްދަތު ދަމަހައްޓައިދިނުމަށްއެދި މެރިންކޮރަލ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗް.ޑީ.ސީ) ގެ މައްޗަށް ދަޢުވާކޮށް ހުށަހެޅިފައިވާ މި މައްސަލާގައި، ދަޢުވާލިބޭ ފަރާތުން މި ދަޢުވާއަށް އިންކާރުކޮށް ހުށަހަޅާފައިވާ ކަންތައްތަކަށާއި، ދެފަރާތުގެ ދމެދުގައެ ވެފައިވާ އެއްބަސްވުމަށާއި، ހުށަހެޅިފައިވާ ލިޔެކިއުންތަކަށާއި، ހެކީންގެ ހެކިބަހުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކޮށް ބެލިއިރު، ދެފަރާތުގެ ދެމެދުގައި ސޮއިކުރެވި އެއްބަސްވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ދަޢުވާކުރާ މެރިންކޮރަލ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޢަމަލުކޮށްފައިވާކަން އެނގެން ނެތަތީ، ދަޢުވާކުރާ ފަރާތުން އެދިފައިވާގޮތަށް ދަޢުވާކުރާ މެރިންކޮރަލ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު އާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑްއާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ދަމަހައްޓައިދިނުމަށ އަންގާނެތަނެއް ނެތްކަން ދަޢުވާކުރާ މެރިންކޮރަލ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި، މިގޮތުގެމަތިން ޙުކުމްކޮށްފީމެވެ.] މިފަދައިންނެވެ. އެ މައްސަލަ ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜނުނަ ނިންމާފައިވަނީ، 2019 ނޮވެންބަރު 25 ގައެވެ. އިސްތިއުނާފަށް ހ ށަހެޅުން:

10ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2018-C-126/Cv ޤޟިއްޔަ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑގް ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި 2019 ޑިސެނބަރް 08 ގައި ހައިކޯޓަށް ހުށަހެޅުމުން މައްސަލަ ބަލައިގަނެވެން ނެތްކަމަށް ހައިކޯޓުގެ ރަޖިސްޓް ރަރ ނިންމިއެވެ. މިމައްސަލަ ހައިކޯޓަށް ބަލައިގެންފައިވަނީ ބުނެވިދިޔަ ހައިކޯޓުގެ ރަޖިސްޓްރަރގެ ނިންމުން މުރާޖަޢާކޮށްދިނުމަށް އެދި މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުގެ ރަޖިސްޓްރަރގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ކަމަށް އެނިންމުން މުރާޖަޢާކޮށް ނިންމި ނިންމުގައި ކަނޑައެޅުމުންނެވެ.

11މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑގު ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 162A/-/HC2020 ޤަޟިއްޔާގެ ދަށުން މިކޯޓުގައި ރަޖިސް ޓްރީ ކުރެވިފައިވަނީ، 14 ސެޕްޓެމްބަރު 2020 ގައެވެ. އިސްތިއުނާފީ ނުކުތާތައް:

12ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަން ގެ ނަންބަރު HD/2018-C-126/Cv ޤަޟިއްޔާ، އެ ކޯޓުން ނިންމާފައިވަނީ ޝަރު ޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑގު ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އަންނަނިވި ނުކތުތައު ފާހަގަކޮށް އެ ނުކުތާ ތަކމެދާ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.

6. ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 18HD/20-C-126/Cv ޤަޟިއްޔާގެ ޙުކުމް

7. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު : CR/PRIV/2020/8-95 (05 ފެބްރުވަރީ 2020[ )ރަޖިސްޓްރަރގެ ނިންމުން].

8. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު : 15/RM/2020(NR)-HC (22 ޖޫން 2020) [ރަޖިސްޓްރަރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތުގެ ރިޕޯޓު]

12.1. ސިވިލް ކޯޓުގެ ޑިވިޜަނުގެ ނަންބަރު HD/2018-C-126/Cv ޤަޟިއްޔާ އެ ކޯޓުން ޙުކުމްކޮށްފައިވަނީ ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 05 ވަނަ މާއްދާއާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛

12.2. ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަން ގެ ނަންބަރު HD/2018-C-126/Cv ޤަޟިއޔް އެ ކޯޓުން ޙުކުމްކޮށްފައިވަނީ ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާއާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛

12.3. މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ކިތާބީ އަދި ޝަފަހީ ހެއްކަށް ރިޢާޔަތް ކުރުމެއްނެތި މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އ ސްތިއުނާފުކުރާ ފަރާތުން އެދގޮތޭ:

13އިސްތިއުނާފު ކުރެވިފައިމިވާ ޤަޟިއްޔާގައި، މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑގު ފަރާތުން އެދިފައިވަނީ؛

(ހ) ސިވިލް ކޯޓަހުޅުމާލެ ޑިވިޜަނު ގެ ނަންބަރ HD/2018-C-126/Cv ޤަޟިއްޔާ އިން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމަށް ކަނޑައަޅައިދިނުމާއެކު، އެ ކޯޓުން ކޮށފައިވް ޙުކުމާ ބާޠިލުކޮށްދިނުމަށާއި، އަދި؛

(ށ) މެރިން ކޮރަލް މޯލްޑިވްސްޕްރައިވެޓް ލިމިޓެޑް އ ހާއުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއއ ދެމެދި 12 އޮކްޓޯބަރު 2010 ގައި ވެފައިވާ އެޗް.ޑީ.ސީގެ ނަންބަރު HDC/LDL/10/140 [ސިނާއީ ބޭނުންތަކަށް ހުޅުމާލެއިން ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުނ] ދެމެހެއްޓުމަށް އެޗް.ޑީ.ސީއަށް އަންގައި އަމުރުކޮށް ދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާތައް:

14ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2018-C-126/Cv ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑގް ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެ ނުތާތަކާއ ގުޅިގެނި މައްސަލާގައް ހިމެނި ފަރާތްތަކުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހަޅާފައިވާ ލިޔުކިޔުންތަކުގެ އަލީގައި ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން ތިރީގައި އެވަނީއެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާއާގުޅޭ:

15އިސްތިއުނާފުކރު މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ފަރާތުން ހުށަހެޅި ފުރަތަމަ އިސްތިއުނާފީ ނުކުތާއަކީ، ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2018-C-126/Cv ޤަޟިއްޔާ ގައި އެ ކޯޓުން ޙުކުމްކޮށްފައިވަނީ، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 05 ވަނަ މާއްދާއާ ޚިލާފަށަ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.

16ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 05 ވަނަ މާއްދާ އަށް ބަލާއިރު އެ މާއްދގައާ ބަޔާންކޮށވަނީ، [މ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން، އެކަކު އަނެކަކަށް ހުށަހަޅާ ހުށަހެޅުމެއް، އެ ހުށަހެޅުން ރައްދުވީ ފަރާތުން ގަބޫލުކުރުމުނ ކޮންޓްރެކްޓެއް ކުރެވުނީއެވެ.] މިފަދައިންނެވެ.

17HN1ޙަވާލާދެވުނު ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 05 ވަނަ މާއްދާއަކީ، ދެފަރާތެއްގެ ދެމެދުގައި ކޮންޓްރެކްޓެއް ކުރެވޭގޮތް ބަޔާން ކޮށްފައިވާ މާއްދާއެއްކަން އެ މާއްދާގެ ނައްޞަށް ބެލުމުން އެނގެއެވެ. އިޝާރާތްކުރެވުނު މާއްދާއާ ޙަވާލާދީ އިސްތިއުނާކުރާ ފަރާތުން ފާހަގަކުރި އިސްތިއުނާފީ ނުކުތާގެ ތަފްޞީލުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ޙަވާލާދެވުނު މާއްދާއަށް ރިޢާޔަތްކޮށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރަން ބޭނުންވާ ޤާނޫނީ ބަހުޘަކީ ކޮބައިކަން ސާފެއްނުވެއެވެ.

9. ޤާނޫނު ނަންބަރު 91/4

10. ޤާނޫނު ނަންބަރު 91/4

18ދަށު ކޯޓުގެ ނުވަތަ ޓްރައިބިއުނަލްގެ ނިންމުން އޮތީ ޤާނޫނާ ޚިލާފަށް ކަމަށް ބުނުމަކުން ހަމައެކަނި ނުފުދެއެވެ. ދަށު ކޯޓުގެ ނުވަތަ ޓްރައިބިއުނަލްގެ ނިންމުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުން ކުރެ ޙާލަތެއް އޮތްކަން އެކަމުގެ ތަފްޞީލާއެކު ހާމަކޮށްދިނުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެކެވެ. އެކަން ބަޔާންކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢިމާދު ޔޫސުފު ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަ ކެގެ 14 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ، [ހައިކޯޓަށް އިސްތިއުނާފު މައްސަލަ ހުށަހެޅުމުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގައި ބަޔާންކޮށްފައިވާ ޙާލަތެއް އޮތްނަމަ، އެކަން ހާމަކޮށް ހުށަހެޅުމަކީ އިސްތިއުނާފު ކުރާ ފަރާތުގެ ޒިންމާއެކެވެ. އެހެނީ، ޤާނޫނެއްގެ މާއްދާއަކަށް ޙަވާލާދީ، ޖުމްލަ ގޮތެއްގައި ދަށު ކޯޓުގެ ނިންމުން ގޯސްކަމަށް ބުނުމަކުން، އެ ފަރާތުން އިސްތިއުނާފު ކުރުމުގައި އުފުލަންޖެހޭ މަސްއޫލިއްޔަތު އަދާކޮށް ނިމުނީއެއް ނޫނެވެ. ދަށު ކޯޓުގެ ނިންމުން ރަނގަޅު ނޫންކަމުގައި ބުނާނަމަ، އެފަދައިން ބުނާ ސަބަބު، ޤާނޫނުތަކުގެ މާއްދާ އަދި ޤާނޫނީ އުސޫލުތަކުގެ އަލީގައި ބަޔާންކުރުމަކީ މައްސަލައެއް އިސްތިއުނާފު ކުރަން ހުށަހަޅާ ފަރާތުގެ މަސްއޫލިއްޔަތެކެވެ. އެއީ ފަރުދެއް، މުއައްސަސާއެއް ނުވަތަ ޤާނޫނީ ޝަޚްސަކަށ ވީނަމަވެސް މެއެވެ. އަދި ވަކިން ޚާއްސަކޮށް، އިސްތިއުނާފު ކުރަން ހުށަހަޅާ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދާނަމަ، މި މިންގަނޑަށް ކަންކުރުމަކީ ޤާނޫނީ ވަކީލުގެ ޒިންމާއެއްވެސް މެއެވެ. ]

19އެހެންކަމުން، ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2018-C-126/Cv ޤަޟިއްޔާ ގައި އެ ކޯޓުން ޙުކުމްކޮށްފައިވަނީ، ކޮންޓްރެކްޓާބެހޭ ޤާނޫނގު 05 ވަނަ މާ އްދާއ ޚިލާފަށާ ކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ނުކުތާގައި، ސިވިލް ކޯޓުން ނިންމި ނިންމުން ކޮންޓްރެކްޓާބެހޭ ޤާނޫނގު 05 ވަނަ މާއްދާއާ ޚިލާފުވާގޮތާއ އަދި އެކަމުގައި އޮތި ޤާނޫން ބަހުޘަކީ ކޮބައިކަން، އިސްތިއުނާފުކުރާ

11. ޤާނޫނު ނަންބަރު 2010/22

12. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/09 ޤަޟިއްޔާ

13. ޤާނޫނު ނަންބަރު 2010/22

14. ޤާނޫނު ނަންބަރު 91/4

15. ޤާނޫނު ނަންބަރު 91/4 ފަރާތަށް ބުނެދެވިފައިނުވާތީ، މިއީ، ޤާނޫނީ އެއްވެސް ބަރުދަނެއ ހުރް އަދި ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ އިސްތިއުނާފީ ނުކުތާއެއް ކަމުގައި އަހުރެން ނުދެކެމެވެ. އިސްތިއުނާފީ ދެވަނަ ނުކުތާއާގުޅޭ:

20އިސްތިއުނާފުކުރާ މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ފަރާތުން ހުށަހެޅި ދެވަނަ އިސްތިއުނާފީ ނުކުތާއަކީ، ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2018-C-126/Cv ޤަޟިއްޔާ ގައި އެ ކޯޓުން ޙުކުމްކޮށްފައިވަނީ، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.

21ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 20 ވަނަ މާއްދާއަށް ބަލާއިރު އެ މާއްދާގައި ބަޔާންކޮށްވަނީ، [(ހ) ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ، އެ ކޮންޓްރެކްޓްގައިވާ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިއާޚިލާފުގޮތަކަށް ޢަމަލުކުރެވޭނީ، އެ ކޮނާ ޓްރެކްޓްގ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ދުލެއްދީފިނަމައެވެ. ނުވަތަ އޭނާ ކޮންމެވެސް އެހެން ގޮތަކަށް ޢަމަލުކުރާން އެއްބަސްވެއްޖެ ނަމައެވެ.

(ށ) ކޮންޓްރެކްޓެއް، އޭގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުކުރާ ކަމެއް ޚުދު އޭނާ ނުވަތަ އެހެން މީހު ކ މެދުވެރިކޮށް ކުރެވިދާނެއެވެ. މިއާ ޚިލާފަށް ކޮންޓްރެކްޓްގައި ކަނޑައެޅިގެން އެބައިވެރިޔަކ ކަމެއްކުރާން އޮވެއްޖެނަމަ ނުވަތަ، ލިޔެފައިނެތަސ އެގޮތަށް އިޝާރާތްކޮށްފައި އޮވެއްޖެނަމަ، އެކަމެއް ކުރަންވާނީ، ޚުދު އެބައިވެރިޔާއެވެ.

(ނ) އެނޫންގޮތަކަށް ކޮންޓްރެކްޓް ގައި ބުނެފައިނުވާނަމަ، ބައިވެރިން ޢަމަލުކުރަންވާނީ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައެވެ.

16. ޤާނޫނު ނަންބަރު 91/4

(ރ) ކަމެއްވާހިނދ، ނުވަތަ ޝަރުޠެއް ފުރިހަމަ ވުމަށްފަހު، ކޮންޓްރެކްޓަކަށް ޢަމަލުކުރަންޖެހޭނަމަ، އެކަމެއް ވާހިނދު ނުވަތަ އެޝަރުޠެއް ފުރިހަމަ ވުމަށްފަހުގައި މެނުވީ ކޮންޓްރެކްޓަށް ޢަމަލުކުރާކަށް ނުޖެހޭނެއެވެ.] މިފަދައިންނެވެ.

22ޙަވާލާދެވުނު ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 20 ވަނަ މާއްދާ އާ ޙަވާލާދީ އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްޞީލުގައި އިސްތިއުނާފުކުރާ މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. ”ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ، އެ ކޮންޓްރެކްޓްގައިވާ ޝަރުޠުތަކާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ. މިއާ ޚިލާފު ގޮތަކަށް ޢަމަލުކުރެވޭނީ އެކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ދުލެއް ދީފިނަމައެވެ. ނުވަތަ އޭނާ ކޮންމެވެސް އެހެންގޮތަކަށް ޢަމަލުކުރާން އެއްބަސްވެއްޖެ ކަމަށް ވަނީ ނަމައެވެ.] މި ޢިބާރާތުން ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވާއިރު ދަޢުވާކުރި މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ދަޢުވާލިބޭ އެޗް.ޑީ.ސީ އާއި ދެމެދު 12 އޮކްޓޫބަރު 2010 ދުވަހު ވެފައިވާ އެޗް.ޑީ.ސީގެ ނަންބަރު HDC/LDL/10/140 ސިނާއީ ބޭނުންތަކަށް ހުޅުމާލެއިން ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމާއި ދަޢުވާކުރި ފަރާތުން ޚިލާފު ވެފައިވާކަމަށް ބުނެ ދަޢުވާ ރައްދުވި ފަރާތުން ފާހަގަކުރި އެއް ނުކުތާއަކީ އެއްބަސްވުމާ އެއްގޮތަށް ކުލި ދައްކަމުން ނުދާކަމަށް ބުނެ ދެއްކި ވާހަކަތަތައް ކަމަށްވާއިރު، ދަޢުވާކުރާ ފަރާތުން ދައްކަމުން ދާކުލި ބަރާބަރަށް ދަޢުވާ ލިބޭފަރާތުން ބޭނުން ކުރަމުން ގޮސްފައިވެއެ ވެ. އަދި ބަޔާން ކުރެވުނު ބިން ކުއްޔަށް ހިފުމާއި ގުޅިގެން ދައްކަންޖެހޭ ކުއްޔާ ދަޢުވާ ލިބޭފަރާތުން ޙަވާލުވެފައި ވާކަން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގިގެން ދާކަމާއ އެގޮތުނި ދައްކަމުންދާ ކުއްޔާ ދަޢުވާލިބޭ ފަރާތުން ޙަވާލުވުމަކީ ބުނެވުނު ޤާނޫނުގެ 02 ވަނަ މާއްދާގައި ބަޔާންކުރާ ހަމަތަކާ އެއްގޮތަށް، އެ ޢަމަލަކީ އެހެންގޮތަކަށް ޢަމަލުކުރަން އެއްބަސްވެފައިވާ ކަމެއްކަމާއި އެލުއ ދަޢުވި ކުރާފަރާތަށް ދީފައިވާކަން ދަލާލު ކޮށްދޭ ކަމެއްކަން ފާހަގަ ކުރަމެވެ.] މިފަދައިންނެވެ.

17. ޤާނޫނު ނަންބަރު 91/4

23ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 20 ވަނަ މާއްދާއާ ޙަވާލާދީ އިސްތިއުނާފުކުރާ ފަރާތުން އުފައްދާ ޤާނޫނީ ބަހުޘަކީ، ދަޢުވާގައި ބަޔާންކުރާ އެއްބަސްވުމާއި ގުޅިގެން، އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކަންޖެހޭކުއްޔާ ގުޅޭގޮތުން އުފައްދާ ޤާނޫނީ ބަހުޘެއްކަން، އެ ނުކުތާގެ ތަފްޞލުގައީ އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނައިރު، ދެފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ އިސްވެ ބުނެވިދިޔަ އެއްބަސްވުން ބާޠިލުކުރުމަށް އަންގައި، އިސްތިއުނާފު ރައްދުވާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ގެ ފަރާތުން އިސްތިއުނާފުކުރާ މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވި ނޯޓިސްގައި، ދެފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ އެއްބަސްވުން ބާޠިލުކުރި ސަބަބުތަކުގެ ތެރެއިން ސަބަބެއްގެ ގޮތުގައި، އެއްބަސްވުމުގައި ބަޔާންކުރާ ކުލި އެއްބަސްވުމާއި އެއްގޮތަށް ދައްކަމުންނުދާކަން ބަޔާންކޮށްފައިވާއިރު، އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2018-C-126/Cv ޤަޟިއްޔާ ގައި، ބުނެވިދިޔަ ސަބަބާ ގުޅޭގޮތުން ވާހަކަދައްކައި އެއްބަސްވުން ބާޠިލުކުރި އެސަބަބުގެ މައްޗަށް ގޮތެއް ނިންމާފައިވާކަން އެނގެން އޮވެއެވެ.

24HN2އެގޮތުން، ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2018-C-126/Cv ޤަޟިއްޔާ ގެ ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާތަކުގެ 3 (ތިނެއް) ވަނަ ނަންބަރުގެ (ނ) ގެ ދަށުން ފާހަގަކޮށްފައިވާ 2 ވަނަ ނަންބަރުގައި، އެއްބަސްވުމުގައި ބަޔާންކުރާ ކުއްޔާ ގުޅޭގޮތުން ނިންމާފައިވަނީ، އެއްބަސްވުމުގައ ބަޔާންކުރި ކުލަ އެއްބަސްވުމާއި އެއްގޮތަށް ދައްކަމުންނުދާކަމަށް އިސްތިއުނާފު ރައްދުވާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ގެ ފަރާތުން ބުނާބުނުމަށް، އިސްތިއުނާފުކުރާ މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންކާރުކޮށްފައިވާއިރު، އެކަން ސާބިތުކުރުމަށް ޝަރީޢަތަށް ހުށަހެޅުނު ލިޔެކިޔުންތަކަށް ނަޒަރުކުރުމުން، ދެފަރާތުގެ ދެމެދު ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން، މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކަންޖެހޭ ކުލި އެއްބަސްވުމާއި އެއްގޮތަށް ދައްކަމުން ނުދާކަން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން

18. ޤާނޫނު ނަންބަރު 91/4

19. މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއާއި ދެމެދު 12 އޮކްޓޫބަރު 2010 ގައި ވެފައިވާ އެޗް .ޑީ. ސީގެ ނަންބަރު HDC/LDL/10/140 [ސިނާއީ ބޭނުންތަކަށް ހުޅުމާލެއިން ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުނ] ލިމިޓެޑަށް ސާބިތުކޮށްދެވިފައި ނުވާކަމަށާ ކަނޑައަޅައި އެގޮތުގެ މަތިން ނިންމާފައިވާ ނިންމުމަކީ، މ މައްސަލައިގައި އިސްތިއުނާފުކުރާ މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަ ށ ފަހިވާގޮތަށް ނިންމާފައިވާ ނިންމުމެއްކުނ އެނގެން އޮންނާތީ، އެނުކުތާއާމެދު އިތުރަށް ވާހަކަދައްކައި ޝަރީޢަތުން ބަސްބުނަންޖެހޭ އިތުރު ސަބަބެއް އޮތްކަމަށް އަހުރެން ނުދެކެވެ. އިސްތިއުނާފީ ތިންވަނަ ނުކުތާއާގުޅޭ:

25އިސްތިއުނާފުކުރާ މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ފަރާތުން ހުށަހެޅި ތިންވަނަ އިސްތިއުނާފީ ނުކުތާއަކީ، މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ޝަރީޢަތަށް ހުށަހެޅި ކިތާބީ އަދި ޝަފަހީ ހެއްކަށް ރިޢާޔަތް ކުރުމެއްނެތި، ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 126/Cv-C-HD/2018 ޤަޟިއްޔާ ގައި އެ ކޯޓުން ޙުކުމްކޮށްފައިވާ ކމަށަ ބުން ފާހަގަކުރި ނުކުތާއެވެ.

26އިސްވެ ބަޔާންކުރެވުނު ނުކުތާގެ ތަފްޞީލުގައި އިސްތިއުނާފުކުރާ މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޖުމްލަ 5 (ފަހެއް) ކަމެއް ފާހަގަކޮށްފައިވެއެވެ. އެއީ؛ […] ދަށުން ޤާއިމްކުރަންޖެހޭ ސިނާޢާތް ޤާ އިމްކޮށްފައިވާކަމަށ ބުން ފާހަގަކުރި ނުކުތާއާއި؛ ށ. އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުލި ދެއްކުމާގުޅޭގޮތުން ފާހަގަކޮށްފައިވާ ނުކުތާއާއި؛ ނ. އެއްބަސްވުމުގެ ދަށުން ބަހައްޓާފައިވާ ޕާރފޯމަންސް ގެރެންޓީއާ ގުޅޭގޮތުން ފާހަގަކޮށްފައިވާ ނުކުތާއާއި؛ ރ. މައްސަލައާ ގުޅިގެން ހުށަހެޅި ޝަފަހީ ހެއްކަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާ ކަމަށް ބުނީ ފާހަގަކޮށްފައިވާ ނުކުތާއާއި އަދި؛ ބ. އިސްތިއުނާފު ރައްދުވް ހައުސިންގެޑިވެލޮޕްމަންޓް ކޯޕަރޭޝަނިގެ ބޯޑުން ދެފަރާތުގާދެމެދުގައ ވެފައިވާ އެއްބަސްވުން ދަމަހައްޓަން ނިންމާފައިވކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ. ޞިނާޢަތް ޤާއިމްކޮށްފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާ:

33ދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން އިސްތިއުނާފުކުރާ މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކުރެވިފައިވާ ބިމަކީ، ހުޅުމާލޭގެ ޞިނާޢީ ސަރަޙައްދުން ޞނާޢި ބޭނުމަށް ކުއްޔަށް ދޫކުރެވިފައިވާ ބިމެއްކަން ދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުން އެނގެއެވެ.

30. މެރިންކޮރަލ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއާއި ދެމެދު 33 އޮކްޓޫބަރު 3232 ގައި ވެފައިވާ އެޗް.ޑީ .ސީގެ ނަންބަރު HDC/LDL/10/140 ސިނާއީ ބޭނުންތަކަށް ހުޅުމާލެއިން ބިން ކުއްޔަށް ދޫކުރުމުގެ އެއްބސްވުމުގަ ދަށުން، ހުޅުމާލޭގެ 32331 ސަރަޙައްދުން 1130.333 އަކަފޫޓުގެ ބިން 33 އޮކްޓޫބަރު 3232 އިން ފެށިގެން މީލާދީ 35 އަހަރު ދުވަހުގެ މުއްދަތަށް މެރިންކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވެއެވެ.

33. އިސްވެ ބުނެވިދިޔަ އެއްބަސްވުމުގެ ދަށުން ކުއްޔަށް ދޫކުރެވޭ ބިން ބޭނުންކުރަންވާނީ ޞިނާޢީ ބޭނުމަށް ކަމަށާއި، އަދި އެއްބަސްވުމުގެ ދަށުން ދޫކުރެވޭ ބިން ޢިމާރާތްކުރަންޖެހޭނީ، އެއްބަސްވުމުގެ ޖަދުވަލު 1 ގައިވާ ހުޅުމާލެއިން ޞިނާޢީ ބޭނުންތަކަށް ދޫކުރެވޭ ބިން ތަރައްޤީކުރުމުގެ ޤަވާޢދާއ ޚިލާފުނުވި ގޮތަށްކަމަށި އެއްބަސްވުމުގެ 33 ވަނަ މާއްދާގެ (ރ) ގައި ބުނއިރާ އެޤަވާޢދުގި 3.3.3 ވަނަ މާއްދާގައި، ހުޅުމާލޭގައި އެއްވެސް ޢިމާރާތެއް ހަދަން ފެށުމުގެ ކުރިން ޢިމާރާތްކުރުމުގެ ހުއްދަ އެޗް.ޑީ.ސީން ހޯދަންވާނެކަމަށް ބަޔާންކުރެއެވެ. އަދި އަލަށް ހަދާ ޢިމާރާތްތައް ބޭނުންކުރަން ފަށަންވާނީ އެމައްސަކަތް ނިންމުމަށްފަހު އެކަން އެޗް.ޑީ.ސީއަށް ހުށަހަޅައި ޢިމާރާތް ބޭނުންކުރުމުގެ ހުއްދަ ހޯދުމަށްފަހުގައ ކަމަށި އެޤަވޢާ ދުގި 3.3.3 ވަނަ މާއްދާގައި ބުނެއެވެ. އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ލަސްވެގެން، 6 (ހައެއް) މަސްދުވަސް ތެރޭގައި އިމުގެ ވަށައިގެން 2.3 މީޓަރުގެ އުސްމިނުގައި ފާރެއް ރޭނުމަށާއި، އަދި އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ލަސްވެގެން 35 (ފަނަ ރ) މަސް ދުވަހުގެ ތެރޭ، ބިމުގައި ޤއިމ ކުރުމަށު ހަމަ ޖެހިފައިވާ ޞިނާޢަތް ފެށުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތް ނިންމައި އެ ޞިނާޢަތް ފަށަން ޖެހޭނެކަމަށް

32. އެޗް .ޑީ.ސީގެ ނަންބަރު HDC/LDL/10/140 [ސިނާއީ ބޭނުންތަކަށް ހުޅުމާލެއިން ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުނ] ގެ 5 ވަނަ މާއްދާ.

33. އެޗް .ޑީ.ސީގެ ނަންބަރު HDC/LDL/10/140 [ސިނާއީ ބޭނުންތަކަށް ހުޅުމާލެއިން ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުނ] ގެ 33 ވަނަ މާއްދާ ގެ (ށ) އެއްބަސްވުމުގެ 11 ވަނަ މާއްދާގެ (ގ) ގައި ބުނެއެވެ. މިބަޔާންކުރެވުނު މާއްދާގައި ބނެފައިވު 15 (ފަނަރަ) މަސް ދުވަހުގެ ތެރޭގައި ޞިނާޢަތް ފެށިފައި ނުވާނަމަ، ލިޔުމުން ނޯޓިސްދީ އެއްބަސްވުން ބާޠިލުކުރުމުގެ އިޚްތިޔާރު އެޗް.ޑީ.ސީއަށް ލިބިގެންވާކަމަށް އެއްބަސްވުމުގެ 18 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރެއެވެ.

30. މައްސަލައއާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ހުޅުމާލޭގައި ޢިމާރާތް ކުރުމުގެ ގތުނޮ ހައުސިން ގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހޯދަންޖެހޭ ހުއްދަ އަށް އެދި މެރިންކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ހުށަހަޅާފައިވަނީ 24 ސެޕްޓެންބަރު 2012 ގައެވެ. އެހއްދު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްން ދޫކޮށްފައިވަނީ، 19 ނޮވެބަރު 2012 ގައި ކަން ހުށަހެޅިފައިވާ، ހުޅުމާލޭގައި ޢިމާރާތް ކުރުމުގެ ހުއްދަ އިން އެނގެއެވެ.

31. މެރިންކޮރަލ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއާއި ދެމެދު ވެފައިވާ އެއްބަސްވުމަށް ބަލާއިރު، އެ އެއްބަސްވުމުގެ ދަށުން ކުއްޔަށް ދޫކުރި ބިމުގައި ޤާއިމު ކުރަންޖެހޭ ޞިނާޢަތް، އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 15 (ފަނަރަ) މަސް ދުވަހުގެ ތެރޭގައި ފަށާފައިނުވާނަމަ އެއްބަސްވުން ބާޠިލްކުރުމުގެ އިޚްތިޔާރު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ލިބިދީފައި ވާއިރު، އެއްބަސްވުމުގައި ލާޒިމްކޮށްފައިވާ ގޮތަށް މެރިންކޮރަލ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެ ބިމުގައި ޢިމާރާތްކޮށް ޞިނާޢަތް ޤާއިމުކޮށްފައި ނުވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮވެއެވެ.

32. އެގޮތުން ބަލާއިރު، ފައިސާ ލިބުމުގައި ދަތިތަކެއް ހުރުމުން ޞިނާޢަތް ފެށުމަށް ހަމަޖެހިފައިވާ 15 (ފަނަރަ) މަސް ދުވަހުގެ މުއްދަތު ފާއިތު ވެދިޔައިރު ޞިނާޢަތް ފެށިފައި ނުވާތީ، އެމުއްދަތު އިތުރު 08 (އަށެއް) މަސްދުވަހަށް އިތުރުކޮށްދިނުމަށް މެރިންކޮރަލް މޯލްޑިވްސ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 12 މާރިޗު 2012 ގައި އެދިފައިވެއެވެ. މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހެޅި ލިޔުމަށް ބަލާއިރު، އެ ލިޔުން ފޮނުވާފައި ވަނީވެސް ޞިނާޢަތް ފަށަނީ ޖެހޭނެކަމަށް އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވފަހުނި ކަން އެނގެން އޮންނައިރު، އެ ހުށަހެޅުމާ ގުޅިގެން 12 ޖަނަވަރީ 2012 އިން ފެށިގެން 08 މަސްދުވަހުގެ މުއްދަތު އިތުރުކުރުމަށް

22. ހައުސިން ޑި ވެލޮޕްމަންޓ ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރު IN/LDL/10/140-HDC [ހުޅުމާލޭގައި ޢިމާރާތް ކުރުމުގެ ހުއްދަ]

23. އެޗް .ޑީ.ސީގެ ނަންބަރު HDC/LDL/10/140 [ސިނާއީ ބޭނުންތަކަށް ހުޅުމާލެއިން ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުން]ގެ 18 ވަނަ މާއްދާގެ (ށ)

24. މެރިންކޮރަލް މޯލްޑވްސި ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު: MC/12/006 (12 މާރިޗު 2012) ސިޓީ. ހައުސިންގުޑްވެލޮޕްމަންޓ ކޯޕަރޭޝަން ލިމިޓެޑަނ ނިންމައި، 12 ސެޕްޓެންބަރު 2012 ގެ ނިޔަލަށް ސިނާޢަތް ޤާއިމުކުރުމަށް އަންގާފައިވއިރާ އެ ތާރީޚަށްވެސް ސިނާޢަތް ޤާއިމުކުރެވިފައިނުވކަނާ މައްސަލައއެކާ ހުށަހެޅިފައިވާ ފޮޓޯ ތަކާއި، ސަރވޭ ފޮޓޯ ރިޕޯޓުތަކުނނާއް، ޚުދު އިސްތިއުނާކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް 07 އޮކްޓޫބަރު 2015 ގައި ފޮނުވި މެރިންކޮރަލ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު: 14/05MC/1 (07 އޮކްޓޫބަރު 2015) ސިޓީއިންވެސް އެނގެން އޮވެއެވެ.

33. އިޝާރާތްކުރެވުނު ސިޓީއަކީ، އެއްބަސްވުމާ އެއްގޮތަށް ޞި ނާޢަތ ޤާއިމުކޮށް ބޭނުން ކުރަމުން ނުދާކަމަށް ހައުސިންގ ޑި ވެލޮޕްމަންޓ ކޯޕަރޭޝަން ލިމިޓެޑުން 14 ސެޕްޓެންބަރު 2015 ގައި ކުރި ސަރވއިނޭ ފާހަގަކުރެވުމާއި ގުޅިގެން، ބިން ދޫކުރި ބޭނުމަށް ބިން ބޭނުންކުރަމުން ނުދާކަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ސާބިތުވާތީ، 17 ސެޕްޓެންބަރު 2015 އިން ފެށިގެން އެއްބަސްވުން ބާޠިލްކުރިކަމާއި، 08 އޮކްޓޫބަރު 2015 ގެ ކުރިން ބިން ސާފުކުރުމަށް އންގައަ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑނު އިސްތިއުނާފުކުރާ ފަރާތަށް 17 ސެޕްޓެންބަރު 2015 ގައި ފޮނުވި ސިޓީއާ ގުޅިގެން ފޮނުވާފައިވާ ސިޓީއެކެވެ.

34އެސިޓީގައި، [.............. ބޮޑެތި ޚަރަދުތަކެއް ކޮށްގެން މަސައްކަތް ކ ރަމުންގޮސް، މިއަހަރުގެ (2015) މެއި މަހުގެ ތެރޭގައި، އެ ޢިމާރާތުގައި ކުރަމުން ގެންދިޔަ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލެވިފައިވަނީ، ތިޔަ ކޯޕަރޭޝަނުން ދީފައިވާ ނަންބަރު 24/IN/2012-HDC [ހުޅުމާލޭގައި ޢިމާރާތްކުރުމުގެ ހުއްދަ] އާ އެއްގޮތްވާ ގޮތުގެ މަތިން ޢިމާރާތް ކުރުމަށްޓަކައެވެ. އަދި އެ ޢިމާރާތުގައި ކުރަމުންގެންދިޔަ މަސައްކަތްތައް މެދުކަނޑާލަންޖެހިފައިވަނީ، އާ ޢިމާރާތަށް ބޭނުންވާ ދަގަނޑުތައް ސައިޓަށް ވައްދަންފެށުމުގެ ކުރިން ފެށިގެން ޢިމާރާތްކޮށް ނިމެންދެން ލޮނާއ ގުޅުންހުރި އެއްވެސް މަސައްކަތެއް އެ ޢިމާރާތުގައި ނުކުރުމަށް އެ މަސައްކަތުގެ އިންޖިނިއަރ ލަފާދެއްވާފައިވާތީވެސް މެއެވެ. އާ ޢިމާރާތުގެ މަސައްކަތް ފެށުން ލަސްވެގެން ގޮސްފައިވަނީ އެކަށީގެންވާ ގޮތެއްގައި މޫސުން ތަން ނުދިނުމުގެ ސަބަބުންނެވެ. ..............

25. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ގެ ނަންބަރު: HDC(161)EM/MIS/2012/282 (13 މާރިޗު 2012) ސިޓީ. މިސިޓީގައި، މުއްދަތު އިތުރުކުރަން ބޭނުންވާނަމަ ޕަރފޯމަންސް ގެރެންޓީގެ މުއްދަތު 12 ނޮވެންބަރު 2012 ގެ ނިޔަލަށް އިތުރު ކުރުމަށްފަހު 18 މާރިޗު 2012 ގެ ކުރިން އެޗް.ޑީ.ސީއަށް އެންގުމަށާއި އެމުއްދަތުގެ ތެރޭގައި ޕާރފޯމެންސް ގެރެންޓީ ހުށަހަޅާފައި ނުވާނަމަ މުއްދަތު އިތުރުކޮށް އެޗް .ޑީ.ސީން ހުށަހަޅާ ހުށަހެޅުން އަނބުރާ ގެންދެވޭނެކަމަށް ބަޔާންކޮށްފައި ވ.

26. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ގެ ނަންބަރު L/MIS/2015/973-HDC(161) (17 ސެޕްޓެންބަރު 2015 ) ސިޓީ. ކުއްޔަށް ހިފާ ފަރާތުން އަދާކުރަންޖެހޭ ޢާންމު ވާޖިބުތައް (11 ވަނަ މާއްދާ) ގެ (ރ) ގައި ބުނާފަދައިން ޒޯން 4 ގައި ޤާއިމްކުރަންޖެހޭ ޢިމާރާތުގެ މަސައްކަތް މި ފެށޭ ނޮވެމްބަރު މަހުގެ ތެރޭގައި ފެއްޓުމަށްވަނީ ޝެޑިއުލް ކުރެވިފައެވެ. މި ސިޓީއާއެކު އެ ޝެޑިއުލްގެ ކޮޕީއެއް ފޮނުވީމެވެ. ............... އަދި އެ ޢިމާރާތަކީ އެސަރަޙައްދުގައިވާ އެންމެ ފުރިހަމަ ޢިމާރާތްކަމުގައި ވާނެކަމަށް ޔަގީންކަން އަރުވަމެވެ. އަދި އެ ޤަވާއިދުގެ

1.1.3 ގައި ބުނާ ފަދައިން އެ ޢިމާރާތް ނިމުމުން ތިޔަ ކޯޕަރޭޝަންގެ ހުއްދަ ހޯދާނެވާހަކަ ދެންނެވީމެވެ.] މިފަދައިން ބަޔާންކޮށްފައިވެއެވެ.

35HN4އިސްވެ ބަޔާންކުރެވުނު ސިޓީގައިވާ ޢިބާރާތްތަކަށް ބ ލުމުން، ދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން އިސްތިއުނާފުކުރާ މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑގް ފަރާތުން ޤާއިމްކުރަންޖެހޭ ޞިނާޢަތުގެ މަސައްކަތް ފެށުމަށް ހަދަންޖެހޭ ޢިމާރާތުގެ ހުއްދަ 2012 ގެ ނޮވެމްބަރު މަހުގައި ނަގާފައިވާއިރު، އެ ޢިމާރާތުގެ މަސައްކަތް ދެފަރާތުގެ ދެމދެ ސޮއިކުރެވިފައިވާ އެއްބަސްވނު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑު ގެ ފަރާތުން ބާޠިލުކުރުމާއި ހަމައަށްވެސް ނިމިފައި ނުވާކަން ޚުދު އެފަރާތުގަ ބަހުންވެސް އެނގޭ ކަމާއި، އެއްބަސްވުމުގެ ދަށުން ކުއްޔަށް ދެވުނު ބިމުގައި ޞިނާޢަތް ޤާއިމްކުރަން ލާޒިމްކޮށްފައިވަނީ ވަކި ބޮޑުމިނަކަށާއި އުސްމިނަކަށ ޢިމާރާތްކޮށް ކުއްޔަށް ދެވުނު ބިމުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތެއްގައި ހިފޭނެ ގޮތެއްގެ މަތިން ކަމަށާއި، ކޮންމެވެސް ސިފައެއްގައި، ކުރެވުނު ގޮތަކަށް އެކަން ކުރުމަށް ނޫންކަން އެނގެއެވެ.

36ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 20 ވަނަ މާއްދާއަށް ބަލާއިރު، ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ، އެކޮންޓްރެކްޓްގައިވާ ޝަރުޠުތކ އެއްގޮތްވާ ގޮތުގެ މަތިންކަމާއި، މިއާޚިލާފުގޮތަކަށް ޢަމަލުކުރެވޭނީ، އެކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ދުލެއްދީފިނަމަ ނުވަތަ އޭނާ ކޮންމެވެސް އެހެން ގޮތަކަށް ޢަމަލުކުރާން އެއްބަސްވެއްޖެނަމައެވެ. މި މައްސަލައަށް ބަލާއިރު މެރިންކޮރަލ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި އެޗް.ޑީ.ސީއާ ދެމެދު 12 އޮކްޓޫބަރު 2010 ގައި

27ޤާނޫނު ނަންބަރު 91/4 ވެފައިވާ އެއްބަސްވުމުގެ ދަށުން ކުއްޔަށް ދޫކުރެވިފައިވާ ބިމަކާ ޞިނާޢީ މަސައްކަތްކުރުމށް ދޫކުރެވިފައިވާ ބިމެކެވެ. އެޗް.ޑީ.ސ ނ އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމާއި އެއްގޮތަށް ތަނުގައި ޤާއިމްކުރަންޖެހޭ ޢިމާރާތާއި ޞިނާޢަތް ޤާއިމްކޮށް ތަން ބޭނުންކުރަމުން ނުދާކަން އެކޯޕަރޭޝަނުނ ކުރް ސަރވޭއަށް ފާހަގަވުމާއ ގުޅިގެންނެވެ. ކުއްޔަށް ދޫކުރެވުންބިމުގައިޢިމާރާތްކޮށް ސިނާޢަތެފަށަށްޖެހޭ ވަކި މުއްދަތެއް އެއްބަސްވުމުގައ ކަނޑައެޅި ބަޔާންކޮށްފައިވާއިރު، އުމުއްދަތު ތެރޭގައި ސިނާޢަތް ޤާއިމުކޮށްފައިނުވާނަމަ ވަގުތުން އެއްބަސްވުނ ބާޠިލުކުރުމުގެ އިޚްތިޔާރު އެއްބަސްވުމަގެ ދަށުނ އެޗް.ޑީ.ސީއްށް ލިބިގެންވާއިރު، އެއްބަސްވުމާއި އެއްގޮތަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައިތަނުގައި ޤާއިމުކުރަންޖެހޭ ސިނާޢާތް އިސްތިއުނާފުކުރި ފަރާތުނ ޤާއިމުކޮށްފައްނުވކަނ ހުށަހެޅިފައިވާ ކިތާބީ ހެކިތަކުން ސާބިތުވެއެވެ. ކުލި ދެއްކުމާ ގުޅޭގޮތުން ފާހަގަކުރި ނުކުތާ:

33. ދެފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުއްޔާ ގުޅޭގޮތުން، ދަށުކޯޓުން އެނުކުތާގެ މައްޗަށް ރިޢާޔަތްކުރި ގޮތާއި އަދި އެކަމާމެދު ޝަރީޢަތުން ނިންމި ނިންމުން ކުރިން އިސްވެ ބަޔާންކުރެވުނު އިސްތިއުނާ ފީ ދެވަނަ ނުކުތާގެ ތަފްޞީލުގައި ފާހަގަކޮށްފައި އެވަނީއެވެ. ކުރިންވެސް ބަޔާންކުރެ ފަދައިން އެނުކުތާގައި (އެއްބަސްވުމުގައ ބަޔާންކުރި ކުއްޔާ ގުޅޭގޮތުން) އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2018-C-126/Cv ޤަޟިއްޔއިނާ ނިންމާފައިވަނީ، އިސްތިއުނާފުކުރާ މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފަހިވާގޮތަށެވެ.

30. އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުލި އެއްބަސްވުމާއި އެއްގޮތަށް ދައްކަމުން ނުދާކަން، އިސްތިއުނާފު ރައްދުވާ ފަރާތަށް ސާބިތުކޮށްދެވިފައި ނުވިނަމަވެސް، ދެފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ އެއްބަސްވުން އިސްތިއުނާފު ރައްދުވާ ފަރާތުން ބާޠިލުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންކަމަށް، އިސްތިއުނާފު ކުރެވިފައިމިވާ ޤަޟިއްޔާގައި ދަށުކޯޓުން ކަނޑައަޅާފައިވަނީ، އެއްބަސްވުމުގެ ދަށުން ޤާއިމްކުރަންޖެހޭ ޞެ ނާޢި ތ އެއްބަސްވު މުގައި ބަޔާންކުރާ ގޮތަށް ފުރިހަމަކޮށްފައި ނުވާތީކަން، ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2018-C-126/Cv ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ. ޕާރފޯމަންސް ގެރެންޓީއާގުޅޭ ގޮތުން ފާހަގަކުރި ނުކުތާ:

39ހުށަހެޅިފައިވާ ހެއްކަށް ރިޢާޔަތްކުރުމެއްނެތި މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި އިސްތިއުނާފީ ތިންވަނަ ނުކުތާގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތުން ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ދެފަރާތުގެ ދެމެދުގައި ސޮއިކުރެވިފއިވ އެއްބަސްވުމުގާ ދަށުން އިސްތިއުނާފުކުރާ ފަރާތުން ބަހައްޓާފައިވާ ޕާފޯމެންސް ގެރެންޓީގެ ފައިސާ ދޫކޮށްފައިވާ ކަމަށާއި، އެކަމުން ދަލާލަތުކޮށްދެނީއެއްބަސްވުމުގެ ދަށުން ޤާއިމްކުރަންޖެހޭ ސިނާޢަތް ޤާއިމްކޮށްފައިވާކަން ކަމާއި، ސިނާޢަތް ޤާއިމުނުކުރާނަމަ ޕާފޯމަންސް ގެރެންޓަ ދޫނުކުރާނެ ކަމާއި، އެހެންކަމުން ދަށުކޯޓުން މައްސަލަ ނިންމުމުގައި މި ކަމަށް ރިޢާޔަތްކޮށްފައި ނުވުމަކީ އިސްތިއުނާފުކުރާ ފަރާތުން މައްސަލަ ސާބިތުކުރަން ހުށަހެޅި ހެކި ޤަރީނާއަށް ރިޢާޔަތްކުރުމެއްނެތި މައްސަލަ ނިންމާފައިވާކަން ދަލީލުކޮށްދޭ ކަމެއްކަމަށް ބުނެ ފާހަގަކުރި ކުރުމެވެ.

40HN5ޕާރފޯމންސެ ގެރެންޓީ ނުވަތަ ޕާރފޯމެންސް ސެކިއިރިޓީއަކީ، ކޮންޓްރެކްޓަރ ކުރިއަށްގެންދާ މަޝްރޫޢު ނިންމުމަށް ވޢަ ދުވާ އެއްޗެކެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، ކޮންޓްރެކްޓަރަކީ އެއްބަސްވުމުގައި ބަޔާންކުރާ މަސައްކަތް ފުރިހަމަކުރުމުގެ ޤާބިލުކަން މާލީގޮތުން ލިބިފައިވާ ފަރާތެއްކަން ދެނެގަތުމެވެ.

41މެރިންކޮރަލ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާ ދެމެދު 12 އޮކްޓޫބަރު 2010 ގައި ވެފައިވާ އެއްބަސްވުމަށް ބަލާއިރު، އެއްބަސްވުމުގައި ސޮއިކުރިއިރު ޕާރފޯމެންސް ސެކިއުރިޓީގެ ގޮތުގައި، 300,000.00ރ. (ތިންލައްކަ ރުފިޔާ) ބޭންކް އޮފް ސިލޯންގައި އިސްތިއުނާފުކރު ފަރާތުން ބަހައްޓާފައިއެވެ. މިފައިސާ އަނބުރާ ދޫކުރަން އެއްބަސްވެފައިވަނީ އެއްބަސްވުމުގެ ދަށުން ކުއްޔަށްދިން ބިމުގައި ޤާއިމުކުރަންޖެހޭ ޞިނާޢަތްޤާއިމުކޮށް ނިމުނުކަން އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް އެންގުމުން، އިސްތިއުނާފު ރައްދުވާ ފަރާތުން އެތަން ބެލުމަށްފަހު މަސައްކަތް ނިމިފައިވާނަމަ، އެދުވަހުން ފެށިގެން 01 މަސް ދުވަސް ތެރޭގައި ކަމަށް އެއްބަސްވުމުގެ 10 ވަނަ މާއްދާ ގައި

28އެއްބަސްވުމުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ؛ [މި މާއްދާގެ (ހ) ގައި ބުނެވުނު ޕާރފޯމަންސް ސެކިއުރިޓީ ކުއްޔަށް ހިފާ ފަރާތަށް އަނބުރާ ދެވޭނަ މި އެއްބަސްވުމުގެ 11 ވަނަ މާއްދާގެ (ގ) ގެ ދަށުން ބިމުގައި ކުރުމަށް ހަމަޖެހިފައިވާ ހުރިހާ މަސައްކަތެއްކޮށ ނިމުނުކަން މި ކޯޕަރޭޝަން އެންގުމުން މި ކޯ ޕަރޭޝަނަށް އެންގުމުން މިކޯޕަރޭޝަނުން ބެލުމަށްފަހު މަސައްކަތް ނިމިފައިވާނަމަ، އެދުވަހުން ފެށިގެން 1 (އެއް) މަސް ދުވަހުގެ ތެރޭގައެވެ.] މިފަދައިންނެވެ. އަދި އެއްބަސްވުމުގެ 11 ވަނަ މާއްދާގެ (ގ) ގައި ބަޔާންކޮށްފައިވަނީ؛ [މ އެއްބަސްވުމުގައި ސޮއިކުރި ދުވަހުން ފެށިގެން ލަސްވެގެން، 15 (ފަނަރަ) މަސް ދުވަހުގެ ތެރޭ ބިމުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ސިނާއަތް ފެށުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސަތްކަތް ނިންމައި އެ ސިނާޢަތެއް ފެށުން] މިފަދައިންނެވެ. ބުނެއެވެ. އަދި ޞި ނާޢީ މަސައްކަތް ޤާއިމުކުރުމަށް އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ނުނިންމައަފިނަމެޕާރފޯމެންސް ސެކިއުރިޓީގެ ގޮތުގައި ބުހައްޓާފައިވ ފައިސާ މިލްކުކުރުމުގައިޚްތިޔާރ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ށ ލިބިގެންވާކަމަށް އެއްބަސްވުމުގ 10 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރެއެވެ.

42މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު އެއްބަސްވުމުގައި ސޮއިކުރި ތާރީޚުން ފެށިގެން 15 (ފަނަރަ) މަސް ދުވަހުގެ ތެރޭގައި އެއްބަސްވުމުގެ ދަށުން އިސްތިއުނާފުކުރާ ފަރާތުން ޤާއިމުކުރަންޖެހޭ ޞިނާޢަތް ފެށުމަށް ކުރަންޖެހޭ މަސައްކަތް ނިންމައި އެ ޞިނާޢަތް ޤާއިމުކޮށްފައި ނުވެއެވެ. ޞިނާޢަތް ޤާއިމްކުރަންޖެހޭ މުއްދަތު އިތުރު 8 (އަށެއް) މަސްދުވަހަށް އިތުރުކޮށްދިނުމަށް 12 މާރިޗު 2012 ގައި އިސްތިއުނާފުކުރާ ފަރާތުން އެދުނެވެ. އޭގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑނު އިސްތިއުނާފކުރު މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް 13 މާރިޗު 2012 ގައި ފޮނުވި ސިޓީގައި ބޔާންކުރެވިފައަ ވަނީ؛ [ތިޔަކުންފުންޏަށް ސިނާއީ ޞަރައްޙަދުނ ކުއްޔަށް ދޫކޮށްފައިވާ ނަންބަރު 10314 (03-M4) ބިމުގައި ސިނާއަތ ފެށުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން ދެވިފައިވާ މުއްދަތު 12 ޖަނަވަރީ 2012 އިން ފެށިގެން 8 މަސްދުވަސް އިތުރުކުރުމަށް ހުށަހަޅަމެވެ. މިގޮތުން ބިމުގައި ޤާއިމުކުރެއްވުމަށް ހުށަހަޅުއްވާފައިވާ ސިނާއަތް 12 ސެޕްޓެންބަރު 2012ގެ ނިޔަލަށް ޤާއިމުކުރެއްވުމަށް ދެންނެވީމެވެ. އަދި މިބިމަށް ބަހައްޓާފައިވާ ޕާރފޯމަންސް ގެރެންޓީގެ މުއްދަތު 12 މާރިޗު 2012 އަށް ހަމަވެފައިވާތީ، އިސްވެދެންނެވުނުފަދައިން ސިނާއަތް ޤާއިމުކުރުމަށް މުއްދަތު އިތުރުކުރަން ބޭނުންވަނީނަމަ، ޕަރފޯމަންސް ގެރެންޓީގެ މުއްދަތު 12 ނޮވެންބަރު 2012 ގެ ނިޔަލަށް އިތުރު ކުރެއްވުމަށްފަހު 18 މާރިޗު 2012 ގެ 15:00 ގެ ކުރިން މިކޯޕަރޭޝަނަށް ހުށަހެޅުއްވުމަށް އެދިދެންނެވީމެވެ. 18 މާރިޗު 2012 ގެ 15:00 ކުރިން ދެންނެވުނު ޕަރފޯމަންސް ގެރެންޓީ މިކޯޕަރޭޝަނަށް ހުށަ ނާޅުވައިފިނަމަ ތިޔަފަރާތުން އިތުރު މުއްދަތެއް ބޭނުން ނުވާކަމަށް ބަލައި މުއްދަތު އިތުރުކޮށް މިކޯޕަރޭޝަނުނ ހުށަހަޅް ހުށަހެޅުން އަނބުރާ ގެންދެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ޢަމަލުކުރެވޭނީ ތިޔަފަރާތއާ މިކޯޕަރޭޝަނާއެކު ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުތަކަށް ކަމުގައި ދެންނެވީމެވެ.] މިފަދައިންނެވެ.

29މެރިންކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު: MC/12/006 (12 މާރިޗު 2012) ސިޓީ.

30އެޗް.ޑީ.ސީގެ ނަންބަރު: HDC(161)EM/MIS/2012/282 (13 މާރޗި 2012) ސިޓީ.

43ޞި ނާޢަތ ޤާއިމުކޮށް ނިންމުމަށް އިތުރަށް ދެވުނު 08 މަސް ދުވަހުގެ މުއްދަތު ފާއިތުވެ ދިޔައިރުވެސް އެއްބަސްވުމާ އެއްގޮތަށް އިސްތިއުނާފުކުރާ ފަރާތުން އެތަނުގައި ޞިނާޢަތް ޤާއިމުކޮށްފައި ނުވެއެވެ. އްކަނ މިރައުޔުގެ 30 ވަނަ ނުކުތާއިން ފެށިގެން 36 ނކުތާއު ދެމެދާ ފާހަގަކޮށްފައިވާ ކަންކަމުން ސާފުވާނެއެވެ. މިޙާލަތުގައ ޕާރފޯމެންސް ގެރެންޓީއާމެދު ޢަމަލުކުރާނެގޮތް ބަޔާންވެގެން ވަނީ އެއްބަސްވުމުގެ 10 ވަނަ މާއްދާގެ

(ނ) ގައެވެ. އެމާއްދާގައި ބުނަނީ؛ [މިއެއްބަސްވުމުގ 11 ވަނަ މާއްދާގެ (ގ) ގައި ބުނެފައިވާ މަސަ އްކަތް، އެމާއްދާގެ އެ އަކުރުގައި ބުނެފައިވާ މުއްދަތުގައި ނުނިންމައިފިނަމަ، ޕަރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ބެހެއްޓިފައިވ ފައިސާ މިލްކުކުރުމުގެ އިޚްތިޔާރު ކުއްޔަށް ދޫކުރާ ފަރާތަށް ލިބިގެންވެއެވެ.] މިފަދައިންނެވެ.

44އިސްތިއުނާފުކުރާ ފަރާތުން ބުނަނީ އެއްބަސްވުމުގެ ދަށުން ބަހައްޓާފައިވާ ޕާފޯމެންސް ގެރެންޓީގެ ފައިސާ ދޫކޮށްފައިވާ ކަމަށާއި، އެކަމުން ދަލާލަތު ކޮށްދެނީ އެއްބަސްވުމުގެ ދަށުން ޤާއިމްކުރަންޖެހޭ ސިނާޢަތް ޤާއިމްކޮށްފައިވކަނާ ކަމާއި ސިނާޢަތް ޤާއިމުނުކުރާނަމަ ޕާފޯމަންސް ގެރެންޓީ ދޫނުކުރާނެ ކަމަށެވެ. ދެފަރތުގާ ދެމެދުގައިވެފައިވާ އެއްބަސްވުމުގެ 10 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު، ޕަރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ބަހައްޓާފައިވާ ފައިސާ މިލްކުކުރުމަށް އެޗް.ޑީ.ސީއަށް ލިބިދީފައިވާ ބާރަކީ އެކޯޕަރޭޝަނުގެ އިޚްތިޔާރަށް ދޫކޮށްލެވިފައިވާ ކަމެއްކަން އެނގެއެވެ. އެހެންކަމުނަ ޕާފޯމެންސް ގެރެންޓީގެ ފައިސާ ދޫކޮށްފައިވަނީ އެފަރާތަށް ލިބިފައިވާ އިޚްތިޔާރުގެ ދަށުން ކަމަށްވާއިރު، އެކަމަކީ އެއްބަސް ވުމުގެ ދަށުން ޤާއިމުކުރަންޖެހޭ ޞިނާޢަތް ޤާއިމުކޮށްފައިވާ ކަމަށް ދަލާލަތު ކޮށްދެވޭނެ ސަބަބެއް ނޫންކަން އެނގެއެވެ. ޝަފަހީ ހެއްކަށް ރިޢާޔތްނުކޮށ މައްސަލް ނިންމާފައިވަ ކަމަށާ ބުން ފާހަގަކރިނުކުތާ:

45HN6އިސްތިއުނާފު ކުރާފަރާތުން ހުށަހަޅައިފައިވާ ޝަފަހީ ހެއްކަށް ޝަރީޢަތުން ރިޢާޔަތްކޮށްފައި ނުވާކަމަށް އިސްތިއުނާފީ ތިންވަނަ ނުކުތާގެ ތަފްޞީލގައ އިސްތިއުނާފުކުރި ފަރާތުން ފާހަގަކޮށްފައިވެއެވެ. މި ނުކުތާގައި މިފަދައިން ފާހަގަކޮށްފައިވީނަމަވެސް، މިފަދައިން ފާހަގަކުރުން ފިޔަވައި ޝަރީޢަތުން ރިޢާޔަތް ނުކުރަނީ

31HN3އިސްތިއުނާފު ފޯމުގެ 3.7 ވަނަ ނަންބަރު އެފަރާތުން ހުށަހެޅި ކޮންހެއްކެއްގެ ހެކިބަހަށްކަމެއް އަދި އޭގެ ތަފުޞީލު އިސްތިއުނާފުކުރި ފަރާތުން ބަޔާންކޮށްދީފައެއް ނުވެއެވެ. އެހެންކަމުން މިނުކް ތާއަށ ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ސަބަބެއް އޮތްކަމަށް ނުފެނެއެވެ. އެޗް.ޑީ.ސީގެ ބޯޑުން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ދަމަހައްޓަން ނިންމާފައިވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާ:

46ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ދަމަހައްޓަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ގެ ބޯޑުން ނިންމާފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ނަމަވެސް އެފަދަ ނިންމުމެއް ނިންމައި އެކަން އިސްތިއުނާފުކުރާ ފަރާތަށް އަންގާފައިވާކަން އެނގެން ނެތެވެ. ދެފަރާތުގެ ދެމެދގައު ސޮއިކުރެވިފައިވާ އެއްބަސވް ން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމއާ އެއް ގޮތަށް ޤާނޫނީ ހަމަތަކުގެ މަތިންކަމަށް އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2018-C-126/Cv ޤަޟިއްޔާ ގައި ކަނޑަޅާފައިވނީ، އެއްބަސްވުމުގެ ދަށުން، އިސްތިއުނާފުކުރާ މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޤާއިމކު ށ ފަށަނޮ ޖ ހ ޞިނެ ޢަތާ، އެއްބަސްވުމުގައި އެކަން ކުރަން އެފަރާތުގެ މައްޗަށް ލާޒިމްކުރާގޮތަށް ކޮށްފައިނުވާތީ އެސަބަބުގެ މައްޗަށް ރިޢާޔަތްކޮށްކަން އެނގެއެވެ. މަތީ މަރުޙަލާގެ ނިންމުންތަކަށް ތަބާވުން:

47HN7މި މައްސަލާގައި ޙަވާލާދޭ އެއްބަސްވުމާއި އެއްގޮތް އެއްތައްގަނޑަށް ހަދާފައިވާ އެއްބަސްވުން ތަކަކ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/22 އަދި 2018/SC-A/11 ޤަޟިއްޔާގައި އެ އެއްބަސްވުންތައް އެޗް.ޑީ.ސީއިން ބޠިލުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ނިންމާފައިވާ ކަމަށާއި، މިއީވެސް އެފަދަ އެއްބަސްވުމެއްކަމަށް ބުނެ އިސްތިނާފުކުރާ މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑގު ފަރާތުން ފާހަގަކޮށްފައިވެއެވެ.

48އިސްތިއުނާފުކުރި ފަރާތުން މި ނުކުތާގައި ޙަވާލާދީފައިވާ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/22 އަދި 2018/SC-A/11 ޤަޟިއްޔާއަށް ބަލާއިރު، އެ ޤަޟިއްޔާގައި ޙަވާލާދީފައިވާ އެއް ބަސްވންތައު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ބާޠިލުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި މައިގަނޑު އަސާސަކީ، އެ މައްސަލަތަކުގައި ޙަވާލާދޭ އެއްބަސްވުންތަކުގައި، އެ އެއްބަސްވުމުގެ ދަށުން ޤާއިމްކުރަންޖެހޭ ޞިނާޢަތް ޤާއިމްކުރުމަށް އެއްބަސްވުމުގެ ބައިވެރީންގެ މައްޗަށް ލާޒިމްކުރާ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާތީ، އެސަބަބުގެ މައްޗަށް ރިޢާޔަތްކޮށްކަން އެނގެން އޮވެއެވެ.

49އެގޮތުން އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/22 ޤަޟިއްޔާއާއި އަދި އެކޯޓުގެ ނަންބަރު 2018/SC-A/11 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ 27 ވަނަ ނަންބަރުގައި [..................... އެއްބަސްވުމުގެ 10 ވަނަ މައްދާގެ (ށ) ގެ ދަށުން ފާޠިމަތު ތަސްލީމާގެ މައްޗަށް ސިނާއަތު ޤާއިމުކުރުން ލާޒިމްވާކަމަށް ބެލިނަމަވެސް، ކުއްޔަށް ހިފި ފަރާތުން އެ މާއްދާއާ ޚިލާފުވަނީ ކޮންއިރަކުންކަނ އެނގޭކަށް ނެތެވެ. އެހެންގޮތަކަށް ބުނާނަމަ، ސިނާއަތ ޤާއިމު ނުކުރާކަމަށް ކަނޑައަޅާނީ ކޮން ވަގުތަކު ހެއްޔެވެ ؟ ސިނާއަތު ޤާއިމުނުކުރާކަމަށް ބުނެ އެއްބަސްވުން ބާޠިލު ކުރުމުގެ ޙައްޤު އެޗް.ޑީ.ސީ އަށް އުފަންވަނީ ކޮންއިރަކު ހެއްޔެވެ؟ އެއީ، އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން ވަކި މުއްދަތެއްގެ ތެރޭގައި ސިނާއަތު ޤާއިމުކުރަންޖެހޭނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައި ނެތީމައެވެ. އަދި ސިނާއަތު ޤާއިމުނުކޮށް އޮތުމަކީ، އެއްބަސްވުމެއް އޮތުމުގެ މަޤުޞަދާ ޚިލާފުކަމެއް ކަމަށް އެޗް.ޑީ.ސީ އިން ޤަބޫލުކުރިނަމަވެސް، އެއްބަސްވުމުގެ ދަށުން އެކަމެއްކޮށ ނިންމުމަށް މުއްދަތެއް ދެވިފައިނެތުމުގެ އިތުރުން، ނުވަތަ ވަކި މުއްދަތަކަށްފަހު މަސައްކަތް ނުކުރާނަމަ، ބިން އަނބުރާ އެޗް.ޑީ.ސީ ގެ ބެލުމުގު ދަށަށް ނެގޭނެކަމަށް ބަޔާންކުރާ މާއްދާއެއްވެސ ނެތް ޙާލަތުގައި، މައްސަލަ ޙައްލުކުރަންވެސް ފުރުޞަތު ދިނުމެއްނެތި، ކުއްލި ގޮތަކަށް އެއްބަސްވުން ބާޠިލު ކުރެވިދާނެކަމަށް ކަނޑައެޅުމަކީ، ދެފަރާތުގެ ދެމެދު ފުރަތަމައިނުންވެސް އެއްބަސްވުމެއްގައ އެ އެއްބަސްވުން ބާޠިލު ކުރެވޭނެ ގޮތްތަކާއި އިޖުރާއާތުތައް ލިޔެފައި އޮތުމުގެ މަޤުޞަދާ ޚިލާފުކަމެކެވެ.] މިފަދައިން ބަޔާންކޮށްފައިވެއެވެ.

50އަދި ވިދިގެންއައި 28 ވަނަ ނަންބަރުގައި، [އެހެންކަމުން، ބިމުގައި މަސައްކަތެއް ނުކޮށް އޮތުމަކީ، އެއްބަސްވުމާ ޚިލާފު ޢަމަލެއްކަމާއި އަދި އެ ޢަމަލުގެ ނަތީޖާއަކަށްވެގެންދާނީ އެޗް.ޑީ.ސީ އަށް އެއްބަސްވުން ބާޠިލުކުރުމުގެ ޙައްޤު އުފަންވެގެންދިއުންކަނ ކަނޑައެޅިގެން އެއްބަސްވުމުގައިވެސް ބަޔާންކޮށްފައިނުވާއިރު، އެއްބަސްވމުގު 10 ވަނަ މާއްދާގެ (ށ) ގެ ދަށުން ހައިކޯޓުން އެ މާނަ ނެރެފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަކަށް ނޫނެވެ.] މިފަދައިން ބަޔާންކޮށްފައިވެއެވެ.

51އަދި އޭގެ އިތުރުން، ޙަވާލާދޭ ޤަޟިއްޔާގެ 30 ވަނަ ނަންބަރުގައި، [ކުރިންވެސް ބުނެވުނު ފަދައިން ފާޠިމަތު ތަސްލީމާއާއި، އެޗް.ޑީ.ސީއާ ދެމެދާ ވެފައިވާ އެއްބަސްވުމުގެ ދަށުން ބިން ކުއްޔަށް ދީފައިވަނީ ފާޠިމަތު ތަސްލީމާގެ ފަރާތުން އެތަނުގައި ސިނާއަތް ޤާއިމުކުރުމުގެ މަޤުޞަދުގައި، ބިޑު ޕްރޮޕޯސަލް ހުށަހަޅައިގެން ކަމުގައިވީނަމަވެސް، އެ ބިމުގައި ސިނާއަތ ޤާއިމުކޮށް ވިޔަފާރި ފެށުމަށް އޮތް މުއްދަތަކާއި، ސިނާއަތް ޤާއިމު ނުކޮށްފިނަމަ ދެން ނިކުންނާނެ ނަތީޖާ، ނުވަތަ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް އެޅޭނެ ފިޔަވަޅުތައް ފަދަ ކަންކަން ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިނުވެއެވެ. އަދި ސިނާއަތ ޤާއިމް ނުކުރުމަކީ އެއްބަސްވު މާ ޚިލާފުވާނެ ކަމެއްކަމަށް، ނުވަތަ [ޓާރމިނޭޝަން އިވެންޓް] އެއްކަމަށް އެ އެއްބަސްވުމުގައި ބަޔާންކޮށްފައިނުވެއެވެ.] މިފަދައިން ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.

52އިސްތިއުނާފު ކުރެވިފައިމިވާ މައްސަލައަށް ބަލާއިރު، މި މައްސަލާގައި ޙަވާލާދޭ އެއްބަސްވުމުގައި ސިނާޢަތ ޤާއިމުކުރުމަށް ވަކް މުއްދަތެއް ކަނޑައެޅި ބަޔާންކުރެވިފައިވެއެވެ . އަދި މުއްދަތުގައި ޞިނާޢަތް ފެށިފައިނުވާނަމަ އެއްބަސްވުން ބާޠިލުކުރުމުގެ އިޚްތިޔާރު އިސްތިއުނާފު ރައްދުވާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއަށް ލިބިގެންވާކަން، ދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ 18 ވަނަ މާއްދާގެ

(ށ) އިން އެނގެންއޮވެއެވެ.

53އެހެންކަމުން، ދިވެހިރާއޖް ގޭ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/11 ޤަޟިއްޔާއާއި އަދި އެކޯޓުގެ ނަންބަރު 2018/SC-A/22 ޤަޟިއްޔާގައި ޙަވާލާދޭ އެއްބަސްވުމާއި، މިމައްސަލައި ގައި ބަޔާންކުރާ އެއްބަ ސްވުމުނ އެމައްޗަށް ބިނާވާ ޙޤީގަތްތައް ތަފާތުކަމަށްވާތީ، އިސްތިއުނާފުކުރާ މެރިން ކޮރަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ފާހަގަކުރާ އިސްވެ ބަޔާންކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/11 ޤަޟިއްޔާއާއި އަދި އެކޯޓުގެ ނަންބަރު 22A/-8/SC201 ޤަޟިއްޔާ ގެ ނިންމުން، މި މައްސަލައަށް ތަޠްބީޤް ކުރެވޭނެކަމަށް އަހުރެން ނުދެކެމެވެ. މައްސަލަ ނިންމަން ފެންނަ ގޮތް:

54ދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ބާޠިލުކޮށްފައިވަނީ، ޤާނޫނީ ހަމަތަކުގެ މަތިންކަން އެނގެން އޮންނާތީ، ދަށުކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު

55މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔަށް އަހުރެން ތާއިދުކުރަމެވެ.

ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު

56މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔަށް އަހުރެން ތާއިދުކުރަމެވެ. އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން:

57މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގއަ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ، ދިވެހިރާއްޖޭ ގެ ހައިކޯޓުން މި ޤަޟިއްޔާ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓޮ ޚަޞްމުންނާ ޙަވާލުކުރާ ތަރީޚެވެ. އެހެ ން ނމަވަ ސ، ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.

32ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)

33ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ)

34ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާ ނޫނު) ގެ 284 ވަނަ މާއްދާގެ (ނ)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ