ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-A/231

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ ވ. ޑީޓެކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

ބައެއް ބަދަލުކުރި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 23 އޮކްޓޫބަރު 2025ދަށު ކޯޓު: ސިވިލް ކޯޓު 1888/Cv-C/2019ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 1888/Cv-C/2019
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ލިޔުމުން ވަކި އެއްބަސްވުމެއް ނެތި ދައުލަތުން ހޯދި ޚިދުމަތެއްގެ އިންވޮއިސްގައިވާ ދުވާލަކު 2% ގެ ޖޫރިމަނާ (ޖަޒާއީ ޝަރުޠު) އަށް، އެއަށް އިޢުތިރާޟު ނުކުރުމުން ދައުލަތުން ޟިމްނީގޮތުން އެއްބަސްވީ ކަމަށް ބަލައި ޖޫރިމަނާ ނަގައިދެވޭނެތޯ.

ނިންމުން

ބައެއް ބަދަލުކުރި

ބައެއް ބަދަލުކުރި (ޟިމްނީ ޖަޒާއީ ޝަރުޠާއި 226,034.40 ރ. ގެ ޖޫރިމަނާ ބައި ބާޠިލު)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޤާނޫނުގައި ވަކި ގޮތަކަށް އެކުލަވާލުން ލާޒިމުނުކުރާ ކޮންޓްރެކްޓަކީ ހުށަހެޅުމާއި ޤަބޫލުކުރުމުން ވުޖޫދަށް އަންނަ ރިޟާއީ ކޮންޓްރެކްޓެއް ކަމަށާއި، އެއީ ކިތާބީ ކޮންޓްރެކްޓަކަށް ވާން ނުޖެހެއެވެ؛ ނަމަވެސް ޤާނޫނުގައި ވަކި ޝަރުޠުތަކެއް ކަނޑައަޅާފައިވާނަމަ އެ ޝަރުޠުތައް ފުރިހަމަވުމަކީ ކޮންޓްރެކްޓް ޞައްޙަވުމަށް ލާޒިމު ކަމެކެވެ.

HN2 ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ތަރުތީބަށް ބަލާއިރު، ދައުލަތުން ކޮންމެ ޚިދުމަތެއް ނުވަތަ މުދަލެއް ޕްރޮކިއަރކުރުމަށް ކޮންމެ ފަހަރަކު ވަކި ލިޔުމެއްގައި އެއްބަސްވުމެއް ސޮއިކުރުން ލާޒިމުކަމަށް މުޠުލަޤަށް މާނަނުކުރެވޭނެއެވެ؛ މުޢާމަލާތުގެ އަގާއި ބާވަތުން އެއްބަސްވުން އޮންނަންޖެހޭ ގޮތް ތަފާތުވެއެވެ.

HN3 ޚިދުމަތް ހޯދުމަށް ލިޔުމުން އެއްބަސްވުމެއް ނެތި ޚިދުމަތް ހޯދާފައި، ލިޔުމުން އެއްބަސްވުމެއް ނެތުމުގެ ސަބަބުން ޝަރުޠަކަށް އެއްބަސްނުވާ ކަމަށް ދައުލަތުން ހުށަހަޅާ ބަހުޘަކީ ހެޔޮނިޔަތުގައި ހުށަހަޅާ ބަހުޘެއް ނޫނެވެ.

HN4 ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އޮވެގެން މެނުވީ ޖޫރިމަނާ ފަދަ ފައިސާ ނުނެގޭނެއެވެ؛ އިންވޮއިސްއަކުން ކުރާ ޝަރުޠަކަށް އިޢުތިރާޟު ނުކޮށް ހަނުހުރުމަކުން ހުށަހެޅުން، ޤަބޫލުކުރުން، މުޤާބިލު، ޤާނޫނީ ގުޅުމެއް އުފެއްދުމުގެ ނިޔަތާއި ރުހުން ފަދަ އެއްބަސްވުމުގެ ރުކުންތައް ފުރިހަމަނުވާތީ، އެ ޝަރުޠަށް ޟިމްނީގޮތުން އެއްބަސްވީ ކަމަށް ނުބެލެވޭނެއެވެ.

HN5 ކްރެޑިޓަށް މުދަލާއި ޚިދުމަތް ދިނުމުގައި ޗާޖެއް ނެގޭނެކަމާއި އޭގެ މިންވަރު، ހުށަހެޅުމާއި ދަޢުވަތުގެ މަރުޙަލާގައި (މިސާލަކަށް ކޯޓޭޝަނުގައި) ހާމަކުރުން ފަދަ ފިޔަވަޅުތަކުން ވިޔަފާރިތަކަށް ޙިމާޔަތް ހޯދިދާނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ޖަވާބުދާރީވި ފަރާތުގެ ވަކީލުން
އިބްރާހީމް ލޯ އެސޯސިއޭޓްސް
ބެންޗު
ފާޠިމަތު ފަރްހީޒާ، ޙަސަން ޝަފީޢު، ޙުޒައިފާ މުޙައްމަދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، ޙުޒައިފާ މުޙައްމަދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ތަޢާރުފު

1މިއީ ސިވިލް ކޯޓުގެ ނަންބަރު 1888/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) (މީގެ ފަހުން "ދައުލަތް " ނުވަތަ "ޕަބްލިކް ވަރކްސް" ނުވަތަ "އިސްތިއުނާފ ކުރު ފަރާތް" ) އިން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.

2މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ޑީޓެކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ޑީޓެކް " ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް") އެވެ.

ސިވިލް ކޯޓު މަރުހަލާ

3ސިވިލް ކޯޓުގެ ނަންބަރު 1888/Cv-C/2019 އަކީ ޑީޓެކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުނު ދިވެހި ދައުލަތު ގެ މައްޗަށް ހުށަހަޅާފައިވާ ދައުވާއެކެވެ.

4މިދައުވާގައި ޑީޓެކް ގެ ފަރާތުން ފާހަގަކޮށްފައިވަނީ، ޕަބްލިކް ވަރކްސް ގެ އެދުމުގެ މަތިން ކޯޓޭޝަން ފޮނުވައި އެކޯޓޭޝަނުގެ މައްޗަށް ފޮނުވި ޕާރޗޭސް އޯޑަރުތަކަށ ބިނާކޮށް މުދަލާއި ޚިދުމަތް ފޯރުކޮށްދީފައިވާނެ ކަމަށެވެ. މިގޮތުން މައިގަނޑު 4 މުޢާމަލާތެއް ފާހަގަކޮށްފައިވާއިރު، މީގެ ތެރޭގައި މުދާ ފޯރުކޮށްދިނުމާއި މުދާ ސަރވިސް )icev(Deutz Genset ser ކޮށްދިނުން ހިމެނެއެވެ. އަދި، މުދަލާއި ޚިދުމަތް ފޯރުކޮށްދިނުމަށްފަހު އަގު ހޯދުމަށްޓަކައި އިންވޮއިސް ފޮނުވާފައވާނ ކަމަށެ ޑީޓެކުނި C-8/98 ދައުލަތުގެ މުއައްސަސާއެއް އަދި މީގެ ފަހުން ޕަބްލިކް ވަރކްސްގ ގޮތުގައެ މުޚާތަބް ކުރެވޭ ސިވިލް ކޯޓަށް ހުށަހެޅުނު ދައުވާ ފޯމުގެ 8.1 ފާހަގަކޮށްފައިވެއެވެ. މިއިންވޮއިސްތަކަށ ފައިސް ދެއްކުމަށް އެދި ޑީޓެކ އިން ޕަބްލިކް ވަރކްސް އަށް ސިޓީ ފޮނުވިކަމަށާއި، ނަމަވެސް އެއްވެސް ފައިސާއެއް ލިބިފައި ނުވާކަމަށް ޑީޓެކ އިން ފާހަގަ ކުރެއެވެ.

5އެއަށްފަހު، ޑީޓެކ އިން ޕަބްލިކް ވަރކްސްއަށ ފޯރުކޮށްދިން މުދާތަކަށް ދައްކަންޖެހޭ ޖުމްލަ ފައިސާގެ އަދަދު ހިމެނޭ "ސްޓޭޓްމަންޓް އޮފް އެކައުންޓް" ޕަބްލިކް ވަރކްސް އަށް ފޮނުވިއެވެ. މިގޮތުން، މުދަލާއި ޚިދުމަތުގެ އަގުގެ ގޮތުގައި ޖުމްލަ -226,034.40/ރ. (ދެލައްކަ ސައްބީސް ހާސް ތިރީސް ހަތަރު ރުފިޔާ ސާޅީސް ލާރި) އަރާފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.

6ދައުވާއާ އެކު ހުށަހެޅިފައިވާ އިންވޮއިސްތަކުގައި އިންވޮއިސްގައި މައްސަލައެއްވާނަމަ 2 (ދޭއް) ދުވަހުގެ ތެރޭގައި އެންގުމަށާއި، އިންވޮއިސް ލިބޭތާ 7 ދުވަސް ތެރޭގައި ފައިސާ ނުދައްކައިފިނަމަ ފައިސާ ނުދައްކާ ކޮންމެ ދުވަހަކަށް 2% ގެ ޕެނަލްޓީ އިންޓްރެސްޓް ނެގޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

7ޑީޓެކ އިން ޕަބްލިކް ވަރކްސްއަށް ފޮނުވާފައިވާ އިންވޮއިސްއާއި ޕެނަލްޓީ އިންޓްރެސްޓްގެ ތަފްސީލް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ. # ތާރީޚް އިންވޮއިސް ނަންބަރު އަދަދު ޑީޓެކްގެ އޯޑަރ ނަންބަރު ޕެނަލްޓީ އިންޓްރެސްޓް 1 20 މެއި 2016 INV:1882 -5,626.48/ PR/PRIV/2016/297-447 118,494.09ރ. 20 ފެބްރުއަރީ 2017 INV:1781 re -199,653.12/ PR/PRIV/2016/229-447 3,102,609.48ރ. 20 ފެބްރުއަރީ 2017 INV:2017/33 -.80/17,839 IV/2016/299/PRPR-447 277,230.49ރ. 16 މެއި 2017 INV:2017/84 2,915.00 Service form:1478 40,343.60ރ. ޖުމްލަ:-226,034.40: -3,538,677.67/ރ.

8ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއިރު، އިންވޮއިސްތަކުގެ ފައިސާއާއި އެފައިސާ ނުދެއްކުމުން އަރާފައިވާ ޕެނަލްޓީ އިންޓްރެސްޓްގެ އެއްވެސް ފައިސާއެއް ލިބިފައިނުވާތީ، ޑީޓެކްގެ ފަރާތުން ހުށަހެޅި ދައުވާގައި ޑީޓެކްގެ ފަރާތުން ޕަބްލިކް ވަރކްސްއަށް 03 ސެޕްޓެމްބަރު 2017 އަދި 10 އޮކްޓޯބަރު 2017 ވަނަ ދުވަހު ފޮނުވި ސިޓީ/ ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ފޯމާ އެކު ހުށަހެޅި ޑޮކިއުމެންޓް 12 ޑީޓެކްގެ ފަރާތުން ހުށަހަޅާފައިވާ ސްޓޭޓްމަންޓް އޮފް އެކައުންޓް 14 އޮކްޓޯބަރު 2018 ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ފޯމާއެކު ހުށަހެޅި ޑޮކިއުމެންޓް 13 INV:2017/84، INV:2017/33،INV:1882,INV:1781 re 08 އޭޕްރީލް 2019 ނިޔަލަށް އެދިފައިވަނީ ޕަބްލިކް ވަރކްސ އިން ގަންނަން އެދިފައިވާ މުދާ ތައް ޑީޓެކ އިން ފޯރުކޮށްދީފައިވާކަމަށް ކަނޑައަޅައި، ޑީޓެކް އިން ޕަބްލިކް ވަރކްސްއަށް ފޯރުކޮށްދީފައިވާ މުދަލާއި ޚިދުމަތުގެ އަގަށް ދައްކަންޖެހޭ ފައިސާއާއި އެފައިސާ ދައްކާފައި ނުވުމުން، ޕެނަލްޓީ އިންޓްރެސްޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ، އެކީ އެއްފަހަރާ ޑީޓެކ އަށް ދެއްކުމަށް އަންގައި، ޙުކުމްކޮށްދިނުމަށެވެ.

9މިދއަވާގެ ރައްދުގައި ދައުލަތުން ބުނެފައިވަނީ، ޑީޓެކ އިން ހުށަހަޅާފައިވް އިންވޮއިސްތަކުގެ ޕްރިންސިޕަލް އަދަދުކަމަށްވާ -226,034.40/ރ. (ދެލައްކަ ސައްބީސް ހާސް ތިރީސް ހަތަރު ރުފިޔާ ސާޅީސް ލާރި) ދިވެހި ރުފިޔާ، ދެއްކުމާމެދު ދައުލަތުން އިޢުތިރާޟް ނުކުރާކަމަށެ ވެ. ނަމަވެސް ޖޫރިމަނާގެ ގޮތުގައި ހޯދުމަށް އެދިފައިވާ 3,538,677.67ރ. (ތިން މިލިއަން ފަސްލައްކަ ތިރީސް އަށްހާސް ހަސަތޭކަ ހަތްދިހަ ހަތް ރުފިޔާ ފަސްދޮޅަސް ހަތް ލާރި) ޑީޓެކ އަށް ދެއްކުމާމެދު ދައުލަތުން އިންކާރކުރާކަމަށެވެ. އެގޮތުން ފާހަގަކޮށްފައިވަނީ، މައްސަލައިގެ ޕްރިންސިޕަލް އަދަދަށް ވުރެ 15 ގުނަ ބޮޑު ގެއްލުމުގެ ބަދަލަކަށް އެދިފައިވާއިރު، އެމިންވަރަށް ގެއްލުން ވެފައިވާކަން އެނގެން ނެތްކަމަށާއި، މިއީ ނުބައްދަލު އަދަދެއް ކަމަށެވެ. މީގެ އިތުރުން ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން ޖޫރިމަނާ ކުރެވޭނީ ގިނަވެގެން 15 އިން ސައްތައަށ ކަމަށް ފާހަގަކޮށްފައިވެއެވެ.

10ސިވިލް ކޯޓގު ނަންބަރު 1888/Cv-C/2019 ޤަޟިއްޔާގައި ނިންމާފައިވަނީ، އިންވޮއިސްތަކުގައި އަގުގެ ގޮތުގައިވާ -226,034.40/ރ. (ދެލައްކަ ސައްބީސް ހާސް ތިރީސް ހަތަރު ރުފިޔާ ސާޅީސް ލާރި) ޑީޓެކް އަށް ދެއްކުމަށް ދައުލަތުން އިޢުތިރާޟްކޮށްފައިނުވާތީ، މިފައިސާއަކީ ދައުލަތުން ޑީޓެކް އަށް ދައްކަންޖެހޭ ފައިސާކަމަށް ކަނޑައަޅައެ ވެ. އަދި، ޖޫރިމަނާގެ ގޮތުގައި ނަގައިދިނުމަށް ޑީޓެކް އިން އެދޭ ފައިސާއަކީ ދައްކަންޖެހޭ ފައިސާކަމަށް ކަނޑައަޅައި، ޖޫރިމަނާގެ ގޮތުގައި ނަގައިދިނުމަށް ޑީޓެކް އިން އެދިފައިވާ ފައިސާގެ ތެރެއިން، ނަގައިދެވޭނީ މި މުޢާމަލާތުގެ އަޞްލީ އިލްތިޒާމުގެ ގޮތުގައި އޮތް އަދަދާ ޑީޓެކ އިން ސިވިލް ކޯޓަށް ހުށަހެޅް "ދައުވާ ފޯމް" ގެނަންބަރު 12- އެދޭގޮތް ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި ޖަވާބު ފޯމުގެ ނަންބަރު 6- ޖަވާބުގެ ޚުލާސާ އެއްވަރަށް -226,034.40/ރ. (ދެލައްކަ ސައްބީސް ހާސް ތިރީސް ހަތަރު ރުފިޔާ ސާޅީސް ލާރި) ކަމަށް ކަނޑައަޅާފައިވެއެވެ.

11ސިވިލް ކޯޓުގެ މިނިންމުން ބިނާކޮށްފައިވާ އަސާސްކަމުގައި އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

1.11. ޚުސޫމާތެއް އޮތްނަމަ 2 (ދޭއް) ދުވަސްތެރޭ ޙައްލުކުރުމަށް އިންވޮއިސްގައި ބަޔާންކޮށްފައިވާއިރު، ޖޫރިމަނާއަށް އިންކާރުކުރާކަން ޑީޓެކ އަށް އަންގާފައިވާކަން އެނގެން ނެތުމުން، ޑީޓެކްގެ އިންވޮއިސްގައިވާ ޝަރުތުތަކަށ ދައުލަތުން ޟިމްނީގޮތުން ޤަބޫލުކޮށްފައިވާކަމަށް ބެލެވޭކަން ؛

2.11. ދައުލަތުން ޙަވާލާދީފައިވާ މާލިއްޔަތު ގވާއިދުގަ 10.71 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތާއި މިމައްސަލައިގެ ޖޫރިމަނާގެ ޙާލަތާ ތަފާތުކަމުން، މާލިއްޔަތުގެ ގަވާއިދުގެ އެމަ އްދާ ތަތުބީޤު ނުކުރެވޭނެކަން؛

3.11. ފައިސާ ނުދެއްކުމުގެ ސަބަބުން ޑީޓެކްއަށ ގެއްލުން ލިބިފައިވާކަމަށް ބުން ނަމަވެސް، އެކަން އެފަރާތަށް ސާބިތުކޮށްނުދެވޭތީ، ޖޫރިމަނާގެ ގޮތުގައި ނެގޭނީ އަޞްލީ އިލްތިޒާމްއާ އެއްވަރުގެ އަދަދުކަން؛ މިއެވެ. އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާ ތަކާއި ދެފަރާތުގެ ވާހަކަ:

12ސިވިލް ކޯޓުގެ ނަންބަރު 1888/Cv-C/2019 ޤަޟިއްޔާ ނިންމާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ދައުލަތުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އަންނަނިވި ސިވިލް ކޯޓުގެ ނަންބަރު 1888/Cv-C/2019 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ ޙުކުމް ދަށު ކޯޓު ރިޕޯޓުގެ 3 (ށ) އބޙ ގެ 3 (ނ) އބޙ ގެ 3 (ރ) ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި؛

1.12. ފުރަތަމަ ނުކުތާއަކީ، ޑީޓެކްގެ އިންވޮއިސްގައިވާ ޖަޒާއީ ޝަރުޠަށް ޟިމްނީގޮތުން ދައުލަތުން ޤަބޫލުކޮށްފައިވާކަމަށް ކަނޑައަޅާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

1.1.12. މިނުކުތާގެ ތަފްސީލު ގައި ދައުލަތުން ބުނެފައިވަނީ، މާލިއްޔަތު ގަވާއިދު ގެ 8.22 ވަނަ މާއްދާގައި ދައުލަތުގެ މަސައްކަތެއް ކުރުވުމަށ އެއްވެސް ފަރާތަކާ ޙަވާލުކުރަންވާނީ އެމަސައްކަތެއް ކުރުވުމާ ބެހޭގޮތުން އެއްބަސްވުމުގައި ދެފަރާތުން ސޮއިކުރުމަށްފަހުގައިކަމަށް ބަޔާންކޮށްފައިވާކަމަށާއި، އަދި ފަހުގެ މާލިއްޔަތު ގވާއިދަ ގެ 10.22 ވަނަ މާއްދާގައި ދައުލަތުގެ މަސައްކަތެއް ކުރުމަށް ނުވަތަ ޚިދުމަތެއް ހޯދުމަށް އެއްވެސް ފަރާތަކާ ޙަވާލުކުރަންވާނީ، އެމަސައްކަތެއް ކުރުވުމާބެހޭ ގޮތުން ނުވަތަ އެ ޚިދުމަތެއް ހޯދުމާބެހޭގޮތުން އެމާއްދާގެ (ކ) އަދި (އ) ގައިވެވޭ އެއްބަސްވުމެއްގައި ދެފަރާތުން ސޮއިކުރުމަށްފަހުގައިކަމަށް ބަޔާންކޮށްފައިވާކަމަށެވެ. މީގެ އިތުރުން ސުޕްރީމް ކޯޓުގެ 2015/SC-A/08 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އޞު ލުގޫ ދަށުން ދައުލަތުން މަސައްކަތެއް ނުވަތަ ޚިދުމަތެއް ހޯދުމުގެ ކުރިން، ލިޔުމުން އެއްބަސްވާ ޝަރުތުތަކެއް އޮންނަން ޖެހޭކަމާއި، ޟިމްނީ އެއްބަސްވުމެއް އެއްވެސް އިދާރާއަކަށް އެކުލަވާނުލެވޭނެކަނ އެނގެން އޮތުމުން، ޑީޓެކްގެ އިންވޮއިސްތަކުގައިވާ ޝަރުތުތަކަށ ޟިމްނީގޮތުން އެއްބަސްވެފައިވާކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ 11 ފެބްރުއަރީ 2009 ގައި ޢަމަލުކުރަން ފެށި 20 ފެބްރުއރަ 2017 ގައި ޢަމަލުކުރަން ފެށި އުސޫލު: ދައުލަތުގެ އިދާރާއަކުން ކުރާ ފައިސާގެ މުޢާމަލާތްތައް ކުރަންޖެހޭނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ އިމުގެ ތެރެއިންކަމއި، އެ ޤާނޫނުގާ ދަށުން ހަދާފައިވަ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 6.05 ގެ (ރ) ގައި، ދައުލަތުގެ ތަނެއް ނުވަތަ އެއްޗެއް ކުއްޔަށް ހިފާ ފަރާތާއި ކުއްޔަށް ދޫކުރާ ފަރާތާ ދެމެދުވާ ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގެ ދަށުންކަމުގައި ބަޔާންކޮށްފައިވާއިރު، މިޙާލަތަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ޤަނޫނަކުނ އެއްބަސްވުން ލިޔުމުން އޮތުން ލާޒިމްކޮށްފައިވާ ޙާލަތެއްކަމަށް ބެލެވޭތީ، އެޤަޟިއްޔާގައި ހިމެނޭ ދެ ޚަސްމުންކަމަށްވާ މާލޭ މުނިސިޕަލްޓީއާއި ޢަބްދުލްމަޖީދު ދެމެދާ އެއްބަސްވުމެއް ކަމުގައިވާ ޙާލަތުގައި ކަމަށް ބަޔާންކޮށްފައިވެއެވެ. ކޮންޓްރެކްޓާބެހޭ ޤާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި މާލިއްޔަތުގެ ގަވާއިދާ ޚިލާފަށްކަމަށް ދައުލަތުން ފާހަގަކުރާކަމަށެވެ.

1.1.1.12. މިނުކުތާގެ ރައްދުގައި ޑީޓެކްގެ ފަރާތުން ފާހަގަކޮށްފައިވަނީ، މިމައްސަލައިގައި ހިމެނޭ މުޢާމަލާތަކީ ކޯޓޭޝަން ހޯދައިގެން މުދަލާއި ޚިދުމަތުގެ އަގު ބެލުމަށްފަހު، ޕާރޗޭސް އޯޑަރ ފޮނުވައިގެން ހޯދާފައިވާ މުދަލާއި ޚިދުމަތެއްކަމަށާއި، ޕާރޗޭސް އޯޑަރގައި ހުށަހަޅާފައިވަނީ މުދަލާއި ޚިދުމަތް ފޯރުކޮށްދިނުމަށްފަހު ބިލްކުރުމަށްކަމާއި، އެގޮތުން މުދަލާއި ޚިދުމަތް ފޯރުކޮށްދިނުމަށްފަހު، އިންވޮއިސްކުރުމުން، ދެފަރާތުގެ ދެމެދު އެލިޔުންތަކުގެ މައްޗަށް ކޮންޓްރެކްޓެއް ވެވުނީކަމަށާއި، މިފަދަ ކޮންޓްރެކްޓްތަކަކީ، ދައުލަތުގެ މާލިއްޔަތު ގަވާއިދު ޤަބޫލުކުރާ ކޮންޓްރެކްޓްތައް ކަމަށާއި، އަދި މިމުއާމަލާތުގައ ހިމެނި އިންވޮއިސްގައި ޖޫރިމަނާ ކުރެވޭނެކަމަށް ބަޔާންކޮށްފައިވާއިރު، އެކަމަށް އިންކާރުކޮށްފައިނުވާތީ އެޝަރުޠު ޟިމްނީ ގޮތުން ޤަބޫލުކޮށްފައިވާކަމަށް ބަލަންޖެހޭކަމަށެވެ. މިމުޢާމަލާތުގައި ހިމެނޭ އެއްބަސްވުމަކީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ ޚިލާފު އެއްބަސްވުމެއް ކަމަށް ދައުލަތުގެ ފަރާތުން ބުނާބުނުމުގައި ޤާނޫނީ ރަނގަޅު އަސާސެއް ނެތްކަމަށެވެ.

2.12. ދެވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ 1888/Cv-C/2019 ޤަޟިއްޔާގެ ވާޤިއާތަކާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިބްރާހީމް ޒަރީރު އަދި މޫސާ ޙުސައިން ވ. އިބްރާހީމް ޔޫސުފް ޤަޟިއްޔާގެ ވާޤިއާތައް ތަފާތުއިރު، ޖަޒާއީ ޝަރުތުތަކާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލު އިސްތިއުނާފު ކުރެވިފައިވާ ޤަޟިއްޔާގައި ތަތުބީޤު ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ސްޓާރޭ ޑިސައިސިސް decisis) (stare އުޞޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

1.2.12. މިނުކުތާގެ ތަފްސީލުގައި ދައުލަތުން ބުނެފައިވަނީ، މިމައްސަލައަކީ އިންވޮއިސްއެއްގައި ހިމެނޭ ޝަރުތު ޖަޒާއީއާ ގުޅޭ ދެބަސްވުމެއް ކަމަށްވާއިރު، މި މައްސަލައިގައި ތަތުބީޤުކުރާނަމަ ކުރެވޭނީ މައްސަލައިގެ މެޓީރިއަލް ފެކްޓްސް އެއްގޮތް މައްސަލައެއްކަމަށް ވާ އަމިއްލަ ފަރާތަކާއި ދައުލަތުގެ އިދާރާއަކާއި ކުރެވުނު މުޢާމަލާތަކާއި ގުޅިގެން އުފެދުނު ޚުސޫމާތް ފައިސަލާކުރި ހައިކޯޓުގެ ވައިޓްލައިން ޕވޓ ލޓޑ ވ. ޖަމާލުއްދީން ސްކޫލް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އޞުލުތައްކަމަށެވެ. ނަމަވެސް ސިވިލް ކޯޓުން މައްސަލަ ނިންމެވުމުގައި ތަތުބީޤުކޮށްފައިވަނީ މެޓީރިއަލް ފެކްޓްސް ތަފާތު އަމިއްލަ ދެ ފަރާތެއް ދުރާލާ ލިޔުމުނަ ވެފައިވާ އެއްބަސްވުމެއްގައި ޝަރުތު ޖަޒާއީގެ އުޞޫލުތައް ބަޔާންކުރާ އިބްރާހީމް ޒަރީރް އަދި މޫސާ ޙުސައިން ވ. އިބްރާހީމް ޔޫސުފް ޤަޟިއްޔާކަމުނ މިއް ސުޕްރީމް ކޯޓުގެ އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ސްޓާރޭ ޑިސައިސިސް އުޞޫލާ ޚިލާފު ނިންމުމެއްކަމަށް ދެކޭކަމަށެވެ.

1.1.2.12. މިނުކުތާގެ ރައްދުގައި ޑީޓެކ އިން ފާހަގަކޮށްފައިވަނީ، ހައިކޯޓުގެ އިބްރާހީމް ޒަރީރް އަދި މޫސާ ޙުސައިން ވ. އިބްރާހީމް ޔޫސުފް ޤަޟިއްޔާގެ ވާޤިއާތަކާއި އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގެ މުޢާމަލާތަކީ މުދާ ގަތުމުގެ ވިޔަފާރީގެ މުޢާމަލާތެއްކަމަށާއި، މިދެ މުޢާމަލާތަކީ ލިޔެކިޔުމުން އެއްބަސްވެގެން ކުރެވިފައިވާ މުޢާމަލާތެއްކަމަށެވެ. ލިޔެކިޔުމުން ކުރެވިފައިވާ މުޢާމަލާތުގައި ދެފަރާތުން އެއްބަސްވެފައިވާ ކަންކަން އެނގެން އެބައޮތްކަމަށާއި، މިދެމުޢާމަލާތުގެ މުހިންމު ވާޤިއާތަކުގައި އާދަޔާ ޚިލާފު ތަފާތުތަކެއް ނެތްކަމަށާއި، ވީމާ، ހައިކޯޓުގެ އިބްރާހީމް ޒަރީރް އަދި މޫސާ ޙުސައިން ވ. އިބްރާހީމް އުޞޫލު: އެއްގޮތަކަށް ޢަމަލުކުރުމުގެ މަފްހޫމްގެ ދަށުން މަތީ މަރުހަލާ ކޯޓަކުން ނިންމާ ނިންމުންތަކާ، ފަހުން ދަށުން ކޯޓަކަށް ހުށަހެޅޭ މައްސަލައެއްގެ އެންމެ މުހިންމު ވާޤިއާތައް އެއްގޮތްނަމަ، ކުރިން ނިންމި މައްސަލައާ އެއްގޮތަށް ފަހުން ހުށަހެޅޭ މައްސަލަ ނިންމަން ވާނެކަމަށް. ޔޫސުފް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލު މިމައްސަލައިގައި ތަތުބީޤުކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ސްޓޭރާ ޑިސައިސިސްގެ އުޞޫލުތަކާ ޚިލާފަށް ނޫންކަމަށެވެ.

3.12. ތިންވަނަ ނުކުތާއަކީ؛ ޖޫރިމަނާގެ ގޮތުގައި ފައިސާ ލިބެންވާ ފަރާތަށް ޙަޤީޤީ ގެއްލުމެއް ލިބިފައިވާކަން އަދި ލިބިފައިވާނަމަ ލިބިފައިވާ ގެއްލުމުގެ މިންވަރަކީ ކޮބައިކަން ޝަރީޢަތަށް ހުށަހަޅައި އެކަން ސާބިތުކޮށްދޭންވާނެ ކަމަށް ވައިޓްލައިނ ޕްރައިވެޓް ލިމިޓެޑް ވ.ޖަމާލުއްދީން ސްކޫލް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވ އުސޫލާ ޚިލާފަށް، ގެއްލުމުގެ ބަދަލުގެ މިންވަރު ސާބިތުކުރުމަށް އެއްވެސް ހެއްކެއް ޑީޓެކުން ހުށަހަޅައިފައި ނުވަނީސް އެމިންވަރަށް ގެއްލުން ވާނޭކަމަށ ސިވިލް ކޯޓުން ނިންމާފައިވަން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބަދަލު ދޭންޖެހޭ އުޞޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

1.3.12. މިނުކުތާގެ ތަފްސީލުގައި ދައުލަތުން ބުނެފައިވަނީ، ޖޫރިމަނާ އާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުންނާއި ސުޕްރީމް ކޯ ޓުން ނިންމާފައިވާ ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ އުޞޫލަށް ބަލާއިރު، ދައުލަތުން ހޯދާފައިވާ ޚިދުމަތްތަކަކީ، 2016 ވަނަ އަހަރު ހޯދާފައިވާ ޚިދުމަތްތަކެއް ކަމަށްވެފައި، 2017 ގައި ސިޓީއެއް ފޮނުވުން ފިޔަވައި ގެއްލުން ކުޑަކުރުމަށްޓަކައި ޑީޓެކް އިން އެއްވެސް މަސައްކަތެއް ކޯޓުގައި ފާހަގަކޮށްފައިނުވާއިރު، އެކަންކަމަށް ކޯޓުން ބަލާފައި ނުވާކަމަށެވެ. އަދި ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީވެސް އިންވޮއިސްތަކަށް 2 އަހަރު ފާއިތުވެގެން ދިޔުމަށްފަހުގައިކަމަށާއި، މިމުއްދަތުގެ ތެރޭގައި ފައިސާ ހޯދުމަށް ޑީޓެކް އިން އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާކަމަށެވެ. ޝަރުތު ޖަޒާއީއަކީ އެ ޝަރުތއެ އިންވޮއިސްގައި އޮންނަ އޮތުމަށްޓަކައ އެކަނި ނަގައިދެވޭނެ ފައިސާއެއް ނޫންކަމަށްވެފައި، އިންވޮއިސްއެއްގައި ޝަރުތު ޖަޒާއީ އޮތްނަމަވެސް ޖަޒާއީ ޝަރުތުގެ ގޮތުގައި ފައިސާ ހޯދުމަށް އެދޭ ފަރާތަށް ޙަޤީޤީ ގެއްލުމެއް ލިބިފައިނުވާނަމަ ނުވަތަ ގެއްލުންވި މިންވަރެއް އެނގޭނޭ ގޮތެއް ނެތްނަމަ މިފަދަ ބަދަލެއް ނަގައިނުދެވޭނެކަން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާއި، މަތީ މަރުހަލާގެ ނިންމުންތަކުން އެނގޭއިރު، ހުށަހެޅިފައިވާ މައްސަލައިގައި ބަދަލު ނަގައިދީފައިވަނީ ޑީޓެކްއަށް ލިބިފައިވާ ގެއްލުމެއް އެފަރާތުން ސާބިތުނުކުރާ ޙާލތުގައިކަމަށެވެ.

1.1.3.12. މިނުކުތާގެ ރައްދުގައި ޑީޓެކްގެ ފަރާތުން ބުނެފައިވަނީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ ކޮންޓްރެކްޓުގައި ފައިސާ ދެއްކުމަށް ދީފައިވާ 7 (ހަތެއް) ދުވަހުގެ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ، އޭގެ ފަހުން ފައިސާ ބަލައިގަންނާނީ އިންވޮއިސްތަކުގައިވާ އަގުގެ ތެރެއަށް 2% އިތުރު ކުރަމުންދާ ގޮތަށްކަމަށް ބަޔާންކޮށްފައިވާކަމަށެވެ. ވިޔަފާރިކުރާ ކުންފުންޏަކުން މުދަލާއި ޚިދުމަތް ހޯދުމަށްފަހު، ދައްކަންޖެހޭ ފައިސާ ނުދެއްކުމުން ކުންފުނިން ވިޔަފާރިކުރުމަށް މުދާ ގަތުމަށާއި، އެކިއެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސަ ދެއްކުމަށާއި ވިޔަފާރި ފުޅާކުރުމަށާއި، ކުންފުނި ހިންގުމަށާއި މުވައްޒަފުންގެ މުސާރައާއި އެހެނިހެން ކަންތައްތައް ހަމަޖެއްސުމުގައި ފައިސާގެ ދަތިކަން ދިމާވެ، ގެއްލުން ލިބޭނެކަން ހަމަ ބުއްދިހުރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު އެނގޭނެކަމަށާއި، މިފަދަ ވިޔަފާރިކުރާ ފަރާތްތަކަށް އެފަދަ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ މިންވަރު ބަޔާންކޮށްދިނުމަކީ ދަތިކަމެއްކަމަށެވެ. އާންމު ވިޔަފާރީގެ މުޢާމަލާތްތަކުގައި ކްރެޑިޓަށް މުދާ ނުވަތަ ޚިދުމަތް ފޯރުކޮށްދިނުމުގައި ޢަމަލުކުރަމުންދާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް، މިފަދަ މުޢާމަލާތްތަކުގައި އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުދޭން ގޮތެ ކަނޑައެޅެން ދެފަރާތުން ކުރިއާލައި އެއްބަސްވާ އަދަދެއްގެ މައްޗަށްކަމަށާއި، މިމައްސަލައިގައި ކަނޑައަޅާފައިވަނީ މިފަދަ މުޢާމަލާތްތަކުގައި ދިވެހިރާއްޖޭގެ ވިޔަފާރިތަކުންނާއި ސަރުކާރުގެ ކުންފުނިތަކުން ނަގާ އަދަދު 2% ޖޫރިމަނާކަމަށާއި، ވިޔަފާރިކުރުމުގައި ޢާންމުކޮށް ޢަމަލުކުރަމުން އަންނަ އާދަކާދައަކީ ޤަބޫލުކުރެވޭ ޝަރުޠު އްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދައުލަތް ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅައިފައިވާކަމަށެވެ. އެދޭ ގޮތް:

13އިސްތިއުނާފ ކުރު ފަރާތުން އެދޭގޮތް ކަމަށް ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1888/Cv-C/2019 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމުގައި، ދައުލަތުން ޟިމްނީ ގޮތުން ޖަޒާއީ ޝަރުޠަށް އެއްބަސްވެފައިވާކަމަށް ބަޔާންކޮށްފައިވާ ބަޔާއި، ޖޫރިމަނާގެ ގޮތުގައި ކަނޑައަޅާފައިވާ -226,034.40/ރ. (ދެލައްކަ ސައްބީސް ހާސް ތިރީސް ހަތަރު ރުފިޔާ ސާޅީސް ލާރި) ބައި ބާޠިލްކޮށްދިނުމާއެކު، އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވާ މިންވަރަށް ޖޫރިމަނާގެ ފައިސާ ޝަރީޢަތުން ނަގައިދޭންޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައިދީ މައްސަލަ ނިންމައިދިނުމަށެވެ.

14އިސްތިއުނާފ ރައްދުވު ފަރާތުން އެދޭގޮތް ކަމަށް ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1888/Cv-C/2019 ޤަޟިއްޔާގައި، ދައުލަތުން ޟިމްނީ ގޮތުން ޖަޒާއީ ޝަރުޠަށް އެއްބަސްވެފައިވާކަމަށް ނިންމާފައިވާ ބަޔާއި، ޖޫރިމަނާގެ ގޮތުގައި ނަގައިދީފައިވާ ފައިސާގެ ބައި، ބާޠިލްކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއްނެތްކަމަށް ކަނޑައަޅުއްވައި ދެއްވައި ދަށުކޯޓުގެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ދެމެހެއްޓުމަށް ޙުކުމްކޮށްދިނުމަށެވެ. ދައުލަތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ފޯމުގެ ނަންބަރު 10- "އެދޭ ގޮތް" ޑީޓެކްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ދައުވާގެ ޖަވާބު ފޯމުގެ ނަންބަރު 5- "އެދޭ ގޮތް" ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް: ދައުލަތުން ހޯދާ ޚިދުމަތަކާ ގުޅިގެން ޟިމްނީ ގޮތުން އެއްބަސްވުން

15HN1ކޮންޓްރެކްޓެއް ވަކް މިވެނި ގޮތަކަށް އޮތުން ލާޒިމުނވާކަމާއު، ކޮންޓްރެކްޓް ކުރެވޭ ގޮތަކީ އެކަކު އަނެކަކުގެ މައްޗަށް ހުށަހަޅާ ހުށަހެޅުމެއް، އެ ހުށަހެޅުން ރައްދުވީ ފަރާތުން ޤަބޫލު ކުރމުންކަމަށު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޚަލީލް ވ. ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ގައި ފާހަގަކޮށްފައިވެއެވެ.

16ޤާނޫނުގައި ވަކި ޚާއްޞަގޮތަކަށ އެކުލަވާލުން ލާޒިމް ނުކުރާ ނުވަތަ ވަކި ޚާއްޞަ ރަސްމީ ސިފައެއްގައި އޮތުން ލާޒިމްނުކުރާ ކޮންމެ ކޮންޓްރެކްޓަކީ، އެ ކޮންޓްރެކްޓެއްގައި ހިމެނޭ އެއްފަރާތުން އަނެއްފަރާތަށް ހުށަހަޅާ ހުށަހެޅުމެއް، އެ ހުށަހެޅުން ރައްދުވީ ފަރާތުން ޤަބޫލުކުރުމުން ވުޖޫދަށް އަންނަ 'ރިޟާއީ' (consensual) ކޮންޓްރެކްޓެއްކަމާއި، އެފަދަ ކޮންޓްރެކްޓަކީ، އޭގެ ޒާތުގައި ކިތާބީ ކޮންޓްރެކްޓަކަށް ވާން ނުޖެހޭކަމާއި، ޘާބިތުކުރުމަށްޓަކައ ލިޔެވިފައި އޮތުން ޝަރުޠުކުރެވުމަކީ އޭގެ ޒާތުގައި ކޮންޓްރެކްޓުގެ ވުޖޫދު ނަފީކުރެވޭނެކަމެއް ނޫންކަމާއި، ކޮންޓްރެކްޓްގެ ވުޖޫދަކީ ތަފާތު ވަސީލަތްތަކުން ޘާބިތު ކުރެވިދާނެ އެއްޗެއްކަން އެނގެން އޮންނަ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙަސަން ޙަލީމް ވ. ހަރންގް ތްޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައެޅިފައިވެއެވެ.

17ކޮންޓްރެކްޓެއްގައ ވަކި ޝަރުޠުތަކެއް ނުވަތަ ސިފަތަކެއް ހުންނަންޖެހޭ ކަމަށް ޤާނޫނުގައި ކަނޑަޅާފައިވާނަމަ، އެ ޝަރުޠުތަކެއް ނުވަތަ ސިފަތަކެއް ފުރިހަމަވެފައި އޮތުމަކީ ކޮންޓްރެކްޓެއް ސައްޙަކަން މަތީ ތަންފީޒުވުމަށ ލާޒިމް ކަމއްކަމަށެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ ވ. ޢަބްދުއްސައްތާރު ޢަބްދުﷲ އާއި އިތުރު 6 ފަރާތް ޤާ ނޫނު ނަންބަރު 4/91 ގެ 4 ވަނަ މާއްދާ އާއި އެކޯޓުގެ އިބްރާހީމް ޚަލީލް ވ. ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.

18އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ދައުލަތުން ފާހަގަކޮށްފައިވަނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ގެ

8.22 ވަނަ މާއްދާގައި ދައުލަތުގެ މަސައްކަތެއް ކުރުވުމަށ އެއްވެސް ފަރާތަކާ ޙަވާލުކުރަންވާނީ، އެމަސައްކަތެއް ކުރުވުމާ ބެހޭގޮތުން އެއްބަސްވުމުގައި ދެފަރާތުން ސޮއިކުރުމަށްފަހުގައިކަމަށް ބަޔާންކޮށްފައިވާކަމަށާއި، އަދި މާލިއްޔަތުގެ ގަވާއިދު (2017) ގެ 10.22 ވަނަ މާއްދާގައި ދައުލަތުގެ މަސައްކަތެއް ކުރުމަށް ނުވަތަ ޚިދުމަތެއް ހޯދުމަށް އެއްވެސް ފަރާތަކާ ޙަވާލުކުރަންވާނީ، އެމަސައްކަތެއް ކުރުވުމާބެހޭ ގޮތުން ނުވަތަ އެ ޚިދުމަތެއް ހޯދުމާބެހޭގޮތުން އެމާއްދާގެ (ކ) އަދި (އ) ގައިވެވޭ އެއްބަސްވުމެއްގައި ދެފަރާތުން ސޮއިކުރުމަށްފަހުގައިކަމަށް ބަޔާންކޮށްފައިވާކަމަށެވެ. އަދި މިކަމަށް ބާރުދޭ މަސްދަރެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދުލްމަޖީދު ވ. މާލޭ ސިޓީ ކައުންސިލް ޤަޟިއްޔާ ފާހަގަކޮށްފައިވެއެވެ.

19ސުޕްރީމް ކޯޓުގެ ޢަބްދުލްމަޖީދު ވ. މާލޭ ސިޓީ ކައުންސިލް ޤަޟިއްޔާގައިވަނީ މާލޭ ބިމެއް ކުއްޔަށް ދިނުމުގައި ޟިމްނީގޮތުން ކޮންޓްރެކްޓެއް އުފެދުމާ ގުޅޭގޮތުން އުފެދުނު ޚުސޫމާތެކެވެ. އެޤަޟިއްޔާގައި

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުގައި، ދައުލަތުގެ އިދާރާއަކުން ކުރާ ފައިސާއާބެހޭ

މުޢާމަލާތްތައް ކުރަންޖެހެނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު ގެ އިމުގެ ތެރެއިންކަމށާއަ، އެ ޤާނޫނުގެ ދަށުން ހަދާފައިވާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 6.05 ގެ (ރ) ގައި، ދައުލަތުގެ ތަނެއް ނުވަތަ އެއްޗެއް ކުއްޔަށް ދޫކުރަންވާނީ ކުއްޔަށް ހިފާ ފަރާތާއި ކުއްޔަށް ދޫކުރާ ފަރާތާ ދެމެދުވާ ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމެއްގެ ދަށުންކަމުގައި ބަޔާންކޮށް، އެފަދަ އެއްބަސްވުމެއްގައި ހިމަންނަންޖެހޭ މަޢުލޫމާތު އެ 11 ފެބްރުއަރީ 2009 ގައި ޢަމަލުކުރި 20 ފެބްރުއަރީ 2017 ގައި ޢަމަލުކުރަން ފެށި ގަވާއިދު ނަންބަރު 20-2017/R ޤާނޫނު ނަންބަރު 2006/3 މާއްދާގައި ބަޔާންކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި، އެހެންކަމުން، މިޙލަތަކާ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ޤާނޫނަކުން އެއްބަސްވުން ލިޔުމުން އޮތުން ލާޒިމުކޮށްފައިވާ ޙާލަތެއްކަމުގައިވާތީ، އެޙލަތުގައާ ދެފަރާތުގެ ދެމެދގައު އެއްބަސްވުމެއް ވުޖޫދުވެފައިވާކަމުގައި ބެލޭނީ، އެފަދަ އެއްބަސްވުމަކީ ލިޔުމުން އޮތް އެއްބަސްވުމެއްކަމުގައިވާ ޙލަތުގައާ ކަމުގައި ފާހަގަކޮށްފައިވެއެވެ.

20ހަ މ މިއުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ ވ. ޢަބްދުއްސައްތާރު ޢަބްދުﷲ އާއި އިތުރު 6 ފަރާތް ޤަޟިއްޔާގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުގައި ތަކުރާރުކުރަމުން ފާހަގަކޮށްފައިވަނީ، ދައުލަތުގެ ބިމެއް ކުއްޔަށްދެވޭއިރު ނުވަތަ އެއްބަސްވުމެއް އައުކުރެވޭއިރު، ތަބާވާންޖެހޭ ޚާއްސަ އުޞޫލުތަކެއް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ގައި ކަނޑައަޅާފައި ވާތީވެ ދައުލަތުގެ ތަނެއް ނުވަތަ އެއްޗެއް ކުއްޔަށް ދޫކުރަންވާނީ، ކުއްޔަށް ހިފާ ފަރާތާއި ކުއްޔަށް ދޫކުރާ ފަރާތާ ދެމެދު ލިޔުމުން ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށާއި، ޟިމްނީ ގޮތުން ދައުލަތުގެ މުދަލެއް ކުއްޔަށްދިނުމާބެހޭ އެއްބަސްވުމެއް އުފަންވުމަކީ އެހެން ގޮތަކަށް ކަނޑައެޅި ބަޔާންކޮށްފައި ނުވާނަމަ ވަރަށް ނާދިރު ކަމެއްކަމަށެވެ.

21ދައުލަތުގެ މިބަހުޘުގެ ރައްދެއްގ ގޮތުގައެ ޑީޓެކުގެ ފަރާތުން ފާހަގަކޮށްފައިވަނީ، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.24 ވަނަ މާއްދާ އަދި 10.25 ވަނަ މާއްދާ ގައި ކޯޓޭޝަން ހޯދައިގެން ދައުލަތަށް މުދަލާއި ޚިދުމަތު ހޯދުމުގެ ފުރުޞަތު އޮތްކަން އެނގޭ ކަމަށެވެ. މިގޮތުން، އެ މާއްދާގެ ދަށުން ޝޮޕިން އުޞޫލުން ތިން ފަރާތަކުން ކޯޓޭޝަނުން އަގު ހޯދައިގެން އޭގެ ތެރެއިން އަގު ހެޔޮ ފަރާތެއް ނޫނީ އެހެން ގޮތް ގޮތުން ބަލާ ޚިދުމަތް ހޯދަން ބޭނުންވާ ފަރާތަކަށް އެ މަސައްކަތް ނޫނީ ޚިދުމަތް ޙަވާލު ކުރެވޭކަން އެނގޭކަމަށެވެ. އަދި، ސިންގަލް ސޯސ ޕްރޮކިއުމަންޓް އުޞޫލުން ވަކް ޚިދުމަތެއް ލިބެން ހުރި ވަކި ޤާ ނޫނު ނަންބަރު 4/91 ފަރާތްތަކުން ސީދާ ކޯޓޭޝަން ހޯދައިގެން އެފަރތާއާ މަސައްކަތް ޙަވާލުކޮށް ނޫނީ އެފަރާތަކުން މުދާ ގަތުމުގެ އުޞޫލެއްވެސް މާލިއްޔަތު ގަވާއިދު ދަންނަ ކަމަށެވެ.

22HN2ދައުލަތނ މިކޯޓަށް ހުށަހެޅު އިސްތިއުނާފު ފޯމުގައި ދައުލަތުން ޙަވާލާދޭ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (2017 ( ގައި، ދައުލަތުން ބަޔާންކރު އެނަންބަރުގެ މާއްދާއެއް އޮތް ތަނެއް ނުފެނެއެވެ. އެހެންނަމަވެސް، އޭރު ޢަމަލުކުރެވެމުންދިޔަ، 2017 އިގެ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.52 ގެ (ޅ) ގައި ދައުލަތުން ފާހަގަކުރާ ފަދައިން ދައުލަތުގެ މަސައްކަތެއް ކުރުމަށް ނުވަތަ ޚިދުމަތެއް ހޯދުމަށް އެއްވެސް ފަރާތަކާ ޙަވާލުކުރަންވާނީ، އެއްބަސްވުމެއްގައި ދެފަރާތުން ސޮއިކޮށްފައިކަމަށް ބަޔާންކުރެއެވެ. އަދި އެމާއްދާގެ (ކ) އަދި (އ) ގައި، މަސައްކަތް ޚިދުމަތުގެ ނިސްބަތުން އެއްބަސްވުމުގައ މަދުވެގެން ހިމަނަންޖެހޭ ކަންތައްތައް ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، އެގަވާއިދަށް ގެނެވުނު 3 ވަނަ އިސްލާޙނު އެމާއްދާ އިސްލާޙުކޮށް، މަސައްކަތުގެ/ ޚިދުމަތުގެ /ތަކެތީގެ އަގު، އެ ބާބުގެ ޖަދުވަލު 2 ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ (35،000) އަގަށްވުރެ ބޮޑުނަމަ، އެފަދަ މަސައްކަތުގެ/ ޚިދުމަތުގެ ޙަވާލުކުރެވޭނީ، ދެފަރާތުން އެއްބަސްވާ އެއްބަސްވުމެއްގައި ސޮއިކޮށްގެންކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިގިނތީގެ އަގަށްވުރެ ކުދި މަސައްކަތް ކުރުވަންވާނީ، އެ ކަމެއްގެ ފެންވަރާއި އަގާ ބެހޭގޮތުން ދެފަރާތުން އެއްބަސްވާ އެއްބަސްވުމެއްގައި ސޮއިކޮށްގެންކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިބާވަތުގެ އެއްބަސްވުމުގައި ހިމަނަންޖެހޭ މަޢުލޫމާތު އެމާއްދާގެ (ކ) އަދި (އ) ގައި ހިމެނިފައިވެއެވެ. މީގެ އިތުރުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު 2023 އަށް ބަލާއިރު، މިމާއްދާތަކާ ދާދި އެއްގޮތް މާއްދާތަކެއް މިގަވާއިދުގައި އޮތްކަން ފާހަގަކުރެވެއެވެ. އެގޮތުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު 2023 ގެ 10.46 ވަނަ މާއްދާގެ (ރ) އަށް ބެލުމުން، މިބާވަތުގެ ކޮންޓްރެކްޓެއް އެއްބަސްވުމުގެ ލިޔުމަކުން، އބޙ ގެ 10.52 ވަނަ މާއްދާ ޕަރޗޭސް އޯޑަރަކުން، ޤަބޫލުކުރިކަމުގެ ސިޓީއަކުން ނުވަތަ މުޢާމަލާތުކުރެވޭނ އެހެނެ ވަސީލަތަކުން ޙަވާލުކުރެވިދާނެކަން އެނގެއެވެ.

23އެހެންކަމުން، ދައުލަތުގެ މާލިއްޔަތގު ގަވާއިދެ ތަރުތީބުކުރެވިފައިވާ ގޮތަށް ބަލާއިރު، ދައުލަތުން އެއްވެސް ޚިދުމަތެއް ނުވަތަ މުދަލެއް ޕްރޮކިއަރކުރުމަށްޓަކައި ކޮންމެ ފަހަރަކު އެއްބަސްވުން ވަކި ލިޔުމެއްގައި ސޮއިކުރުން ލާޒިމުކަމަށް މުޠުލަޤަށް މާނަކުރެވިދާނެކަމުގައި ނުދެކެމެވެ. އެހެނީ، އެމުޢާމަލާތއްގައެ ހިމެނި އަގާއި ބާވަތުން، އެއްބަސްވުން އޮންނަންޖެހޭ ގޮތާއި ހިމަނަންޖެހޭ މަޢުލޫމާތު ތަފާތުވެއެވެ. ސުޕްރީމް ކޯޓުގެ ޢަބްދުލްމަޖީދު ވ. މާލޭ ސިޓީ ކައުންސިލް ޤަޟިއްޔާގައި ހިމެނޭ މާއްދާއަކީ މާލިއްޔަތު ގަވާއިދުގައި ލިޔުމުން އެއްބަސްވުން އޮތުން ލާޒިމުކޮށް ބަޔާންކޮށްފައިވާ މާއްދާއެއް މާނަކޮށްފައިވާ މާއްދާއެކެވެ.

24HN3ދައުލަތާއެކު އެއްބަސްވުމެއް ހަދާނަމަ ހަދަން ޖެހޭނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު އާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް ދައުލަތުން ހުށަހެޅި އިސްތިއުނާފީ ދައުވާގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް ދައުލަތުން ޖޫރިމަނާ ދައްކަންޖެހޭނީ ޑީޓެކ އިން ދައުލަތަށް ހުށަހެޅް ކޯޓޭޝަންތަކުގައި ޖޫރިމަނާ ލިޔެފައިވާނަމަކަމަށް މިކޯޓުގައި ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވެއެވެ. ލިޔުމުން އެއްބަސްވުމެއް ނެތު މުގެ ސަބަބުން އިސްތިއުނާފު ރައްދުވާ ފަރާތުގެ އިންވޮއިސްގައި ހިމެނުނު ޝަރުޠަކަށް އެއްބަސްވކަމަށީ އިފްތިރާޟް ނުކުރެވޭނެ ކަމަށް ދައުލަތުން ވަކާލާތު ކުރާއިރު، ޚިދުމަތް ހޯދުމުގައި ވެސް އެފަދަ އެއްބަސްވުމެއް ނެތް ކަމާއި އެހެންކަމުން ދައުލަތުގެ މިބަހުޘަކީ ހެޔޮނިޔަތުގައި ސާފުއަތަކާއެކު ހުށަހަޅާ ބަހުޘެއް ކަމުގައި ނުދެކެމެވެ. 28 ޖެނުއަރީ 2025 ދުވަހު ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި - މަޙްޟަރު ބަޔާން ޞަފްޙާ 9 އިންވޮއިސްއިން ޖޫރިމަނާ އިފްތިރާޟްކުރުން

25އިސްވެ ފާހަގަކުރެވުނު ފަދައިން، މިމައްސަލައިގައި ހިމެނެނީ، މުދަލާއި ޚިދުމަތުގެ އަގު ހޯދުމަށް ޑީޓެކްއިން ފޮނުވި 4 އިންވޮއިސްގައި ބަޔާންކޮށްފައިވާ ފައިސާ، އިންވޮއިސްތަކުގައި ބުނާ މުއްދަތުގައި ނުދައްކަފިނަމަ، ދުވާލަކަށް 2% ގެ ރޭޓުން ޗާޖު (މީގެ ފަހުން " ޖޫރިމަނާ" ގެ ގޮތުގައި ނިސްބަތްކުރެވޭ) ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވުމުން، މިޖޫރިމަނ ނަގައިދިނުމާ މެދާ އޮތް ޚުސޫމާތެކެވެ.

26ބުނެވުނު އިންވޮއިސްތަކުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. ** Any dispute should be sorted out within 2 days of invoice. **If this invoice is not settled within 7 (Seven) days after receipt of, the payment will be accepted with a charge (fine) of 2% per each day.”

27އިންވޮއިސްގައި ހިމެނުނު މިޝަރުޠާއި ގުޅޭގޮތުން ދަށުކޯޓުން ފާހަގަކޮށްފައިވަނީ، އިންވޮއިސްގައި ޚުސޫމާތެއް އޮތްނަމަ 2 ދުވަސްތެރޭ ޙައްލުކުރުމަށް އިންވޮއިސްގައި ބަޔާންކޮށްފައިވާއިރު، ޖޫރިމަނާއަށް އިންކާރުކުރާކަން ޑީޓެކ އަށް އަންގާފައިވާކަން އެނގެން ނެތުމުން، ޑީޓެކްގެ އިންވޮއިސްގައިވާ ޝަރުޠތައު ދައުލަތުން ޟިމްނީގޮތުން ޤަބޫލުކޮށްފައިވާކަމަށް ބެލެވޭކަމަށެވެ. އިސްތިއުނާފީ 3 (ތިނެއް) ނުކުތާގައި ވެސް ދައުލަތުން އިޢުތިރޒާ ކުރަން ދައުލަތާއިއެކ ކުރެވު މުޢާމަލާތެއްގައި އިންވޮއިސްގައި ހިމެނޭ ޖޫރިމަނާގެ މާއްދާއެއް ޟިމްނީގޮތުން ވެވިފައިވާކަމަށް ބަލައި ސާބިތުނުކުރެވޭ ގެއްލުމެއް ނަގައިދެވިދާނެތޯކަމާމެދުއެވެ.

28HN4އިންވޮއިސގައް ހިމަނައިގެން ކުރެވޭ ޖޫރިމަނާއާ ގުޅޭ ފަހުގެ ޤަޟިއްޔާތަކާއި ގުޅޭގޮތުން ދެފަރާތުން ދެކޭގޮތް ފާހަގަކުރުމަށް ދެފަރާތަށް ފުރުސަތު ދެވިފައިވައިވާނެއެވެ. އިންވޮއިސްއާއި އެއްބަސްވުމުގެ ތަފާތު ފަރަޤުކޮށް ތަފްސީލުގޮތެއްގައި ބަޔާންކޮށްފައިވާ ފަހުގެ ޤަޟިއްޔާއެއްގެ ގޮތުގައި ފާހަގަކުރެވޭނެ INV:2017/84، INV:2017/33،INV:1882,INV:1781 re ދަށު ކޯޓު ރިޕޯޓުގެ 3 (ށ) ކޯސްޓްލައިން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް ވ. ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއެވެ. އެމައްސަލައިގައި ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރުގެ ރައުޔުގައި އިންވޮއިސްއަކުން ޖޫރިމަނާއަށްވާ ފައިސާ ނެގިދާނެތޯ މިސުރުޙީގެ ދަށުން މިމައުޟޫއ ގުޅިގެނާ ސުޕްރީމް ކޯޓުން އެހިނދަށް 49 48 ނިންމާފައިހުރި ޤަޟިއްޔާތައް ތަފްސީލުކޮށް ދިރާސާކުރުމަށްފަހު އިންވޮއިސްއަކުން ޖޫރިމަނާއަށްވާ ފައިސާ ނެގިދާނެތޯ ކުރާ ސުވާލުގެ ޖަވާބަކީ ސުޕްރީމް ކޯޓުގެ ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްވ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ކަނޑައަޅާފައިވާ ފަދައިން ދެފަރާތުގެ ދެމެދު އެއްބަސްވުމެއް އޮވެގެން މެނުވީ ޖޫރިމަނާ ފައިސާ ފަދަ ފައިސާ ނުނެގޭނެކަމަށް ކަނޑައަޅާފައިވެއެވެ. މިގޮތުން ބަލާއިރު، ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްވ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ޤަޟިއްޔާގައި، އެއް ފަރާތުން އަނެއް ފަރާތުން އިއުތިރާޒު ނުކޮށް ހަނުހުރުމަކުން، އައު ކޮންޓްރެކްޓެއް އުފެދި، ޟިމްނީ ގޮތުން އިންވޮއިސްގައިވާ ކަންކަމަށް އެފަރާތުން އެއްބަސްވީ ކަމުގައި ނުބެލެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

29ކޯސްޓް ލައިން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް ވ. ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއަކީ، މިމައްސަލައަކ އެއްފަދައިން، ލިޔުމުން ވަކި އެއްބަސްވުމެއް ނެތި، އިންވޮއިސްގައި ކަނޑައެޅިފައިވާ ޖޫރިމަނާ ޝަރުޠުތަކަކަށ ފައިސް ދެއްކުމާ ގުޅާ ޤާނޫނީ އުޞޫލުތައް ކަނޑައެޅުނު ޤަޟިއްޔާއެކެވެ. މިދެފަރާތުގެ ދެމެދުގައި އޮތީވެސް މުދަލާއި ޚިދުމަތް ފޯރުކޮށްދިނުމުގެ މުޢާމަލާތެއް ކަމުގައިވާއިރު، އެޤަޟިއްޔާގައި ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވާ ފަދައިން، ޑީޓެކުން ފޮނުވާފައިވާ އިންވޮއިސްއަކުނ ކުރް ޝަރުޠަކަށް އިޢުތިރާޒު ނުކޮށް ހަނުހުރުމަކުން، އެއްބަސްވުމުގެ އަސާސީ އަޙްމަދު ޢާމިރު ވ. ދިވެހި ރައްޔިތުންގެ ޕާޓީ، ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް، ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެ ޑް ވ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް 35 [2024] SC ޤަޟިއްޔާގެ ޕެރެގްރާފް 19 އިން ފެށިގެން ޝަރުޠުތައްކަމުގައިވާ ހުށަހެޅުން، ޤަބޫލުކުރުން، މުޤާބިލެއްއޮތުން، ޤާނޫނީގޮތުން ބަނދެވޭ ގުޅުމެއް އުފެއްދުމުގެ ނިޔަތާއި ރުހުމާއި ޤާބިލިއްޔަތުކަން އޮތުމުގެ ރުކުންތައް ފުރިހަމައެއް ނުވެއެވެ.

30އެހެންކަމުން، މިއޞު ލުތައޫ ތަޠްބީޤުކުރާއިރު، ދައުލަތުން ޖޫރިމަނާއަށް އިންކާރުކޮށްފައިނުވުމުން ޟިމްނީގޮތުން އެއްބަސްވުމެއް ވެވިފައިވާ ކަމަށް ނިންމި ނިންމުން ބާޠިލްކަމަށް ކަނޑައަޅަން ޖެހޭ ކަމުގައި ދެކެމެވެ.

31މިނުކުތާގައި މިގޮތަށް ކަނޑައެޅުމުން އިސްއިތުނފާ ދެވަނަ ނުކުތާގައި، ދައުލަތުން ކުރާ މުޢާމާލާތްތަކުގއަ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިބްރާހީމް ޒަރީރު އަދި މޫސާ ޙުސައިން ވ. އިބްރާހީމް ޔޫސުފް ޤަޟިއްޔާގެ ވާޤިއާތައް ތަޠްބީޤުކުރުމުގައި ދައުލަތާއި އަމިއްލަ ފަރުދުންނ މެދާ ކުރެވު މުޢާމަލާތް ފަރަޤުކުރަންޖެހޭ ކަމަށް އުފައްދާ ބަހުޘު މެދާ އިތުރަށް ގޮތެއް ކަނޑައަޅަންޖެހޭ ކަމުގައި ނުދެކެމެވެ. އެހެނީ، ސުޕްރީމް ކޯޓުގެ ކޯސްޓް ލައިން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް ވ. ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައެޅިފައިވާ އުޞޫލަކީ އިންވޮއިސްއެއްގައި ހިމެނޭ ޝަރުޠަކާ ގުޅިގެން ހަނުހުރުމަކުނ އެއްބަސްވުމެއް ޤާއިމުކުރުމަށް ބޭނުންވާ އުންސުރުތައް ފުރިހަމަނުވުމުގެ މައްޗަށް ބިނާވާ އުޞޫލެކެވެ.

ގެއްލުން ސާބިތުކޮށްދިނުން

32އިސްތިއުނާފީ ތިންވަނަ ނުކުތާގައި ގެއްލުން ސާބިތުކޮށްދިނުމާ ގުޅޭގޮތުން ދައުލަތުން އުފެއްދި ބަހުޘާ ގުޅިގެން، ޑީޓެކްގެ ފަރާތުން ފާހަގަކޮށްފައިވަނީ، ދިވެހިރާއްޖޭގެ ވިޔަފާރި ކުރުމުގައި ޢާންމުކޮށް ކުރެޑިޓަށް މުދާ ދޫކުރުމުގައި ފައިސާ ނަގަމުންދ މިންވަރާ އެއްވަރު އަދަދެއް ޖޫރިމަނާގެ ގޮތުގައި ހިމަނަމުންދާކަމަށާއި، ގެއްލުމުގެ ބަދަލު ކަނޑައެޅުމަކީ، މި ބާވަތުގެ ވިޔަފާރިތަކުގައި ވަރަށް އުނދަގޫ ކަމެއް ކަމަށާއި، ވަކި މުދަލަކުން ފައިސާ ނުލިބުނީމަ، ލިބުނީ ކިހާ މިންވަރެއްގެ ގެއްލުމެއްތޯ ކަނޑައެޅުމަކީ ވަރަށް އުނދަގޫ ކަމެއްކަމަށެވެ. އެހެންނަމަވެސް، ޖުމްލަ ގޮތެއްގައި މިފައިސާ ނުލިބުމުގެ ސަބަބުނު ޑީޓެކް ކޮމްޕެނީގެ ހިންގުމަށާއި ވިޔަފާރި ކުރުމަށް އިތުރު މުދާ ގަތުމަށާއި، ޚިދުމަތް ދިނުމަށާއި، މުވައްޒަފުންނަށް މުސާރަ ދިނުމާއި، އަދި އެނޫން ކަންތައްތައްވެސ ކުރުމަށް ކޭޝް ފްލޯ ތާށިވގެނެ ކުންފުނި އިތުރަށް ވިޔަފާރި ކުރުމަށް ދަތިތަކެއް ދިމާވެފައިވާކަމަށާއި، މިޙާލަތުގައި ބަދަލެއް ނުލިބުމަކާ ބޭއިންސާފެއް ކަމަށް ޑީޓެކުގެ ފަރާތުން ފާހަގަކުރެއެވެ.

33ކޯސްޓް ލައިން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް ވ. ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ނުދެއްކުމުގެ ސަބަބުން ގެއްލުން ލިބޭނެކަމީ ޝައްކެއް އޮތް ކަމެއް ނޫންކަމަށާއި، ނަމަވެސް އެ ގެއްލުމަކީ ފޯރުކޮށްދިން މުދަލުގެ/ ޙިދުމަތުގެ އަގަށްވުރެ އެތައް ގުނަ ބޮޑު އަދަދެއް ނަމަ، ގެއްލުން ހިސާބުކޮށްފައިވަނީ ކޮން ކަންތައްތަކަކަށަ ބިނާކޮށް ކިހިނެތްތޯ ސުވާލު އުފައްދާފައިވެއެވެ.

34ސުޕްރީމް ކޯޓުގެ ޙަސަން ޢަލީ މަނިކު ވ. އަޙްމަދު ޖަނާޙް ޤަޟިއްޔާގައިވާ އުޞޫލުތަކަކީ ޢާންމު އުޞޫލުން ގެއްލުމުގެ ބަދަލު ސާބިތުކޮށްދިނުމެއް ނެތި، ލިކުއިޑޭޓެޑް ޑެމެޖަސް ޝަރީޢަތުން ނަގައިދެވިދާނެ ޙާލަތްތައް ކަނޑައަޅާ އޞުލުތަކއްކަމަށާއެ، އެ ޤަޟިއްޔާގައިވާ އުޞޫލުތައް ތަޠުބީޤުކުރުމާއެކު ހުއްޓުވިގެން ދަނީ ގެއްލުމުގެ ބަދަލު ސާބިތުކޮށްދިނުމެއް ނެތި، އެކަށީގެންނުވާ ބޮޑެތި އަދަދުތައް ޝަރީޢަތުން ނަގައިދިނުންކަމަށާއި، އެ އޞުލުތައ ތަޠުބީޤުކުރުމުން އެއްބަސްވުމުގައިވާ މާއްދާއަކީ ޕެނަލްޓީ ކްލޯޒްއެއްކަމަށް ކަނޑައެޅޭ ޙާލަތްތަކުގައި، އެއް ފަރާތުން އެދާ އަދަދު ނަގައިދެވެން ނެތްކަމަށް ކަނޑައެޅުމުގެ މާނައަކީ އެ ފަރާތަށް އެއްވެސް ގެއްލުމެއް ލިބިގެންނުވާކަމަށް ޝަރީޢަތުން ކަނޑައެޅުމެއް ނޫންކަމަށާއި، ނަމަވެސް ގެއްލުމުގެ ނަމުގައި އެކަށީގެންނުވާ ބޮޑެތި އަދަދުތައް ޝަރީޢަތުން ނަގައިނުދޭނެކަމގައު ކޯސްޓްލައިން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް ވ. ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ.

35މިމައްސަލައިގައިވެސް، ޖުމްލަ -226,034.40/ރ. (ދެލައްކަ ސައްބީސް ހާސް ތިރީސް ހަތަރު ރުފިޔާ ސާޅީސް ލާރި) ގެ އަސާސީ އިލްތިޒާމަކަށް، ޘނަވާ އިލްތިޒާމެއގް ސަބަބުން ޖުމްލަ -/3,538,677.67ރ. (ތިން މިލިއަން ފަސްލައްކަ ތިރީސް އަށްހާސް ހަސަތޭކަ ހަތްދިހަ ހަތް ރުފިޔާ ފަސްދޮޅަސް ހަތް ލާރި) ގެ ޖޫރިމަނާއަކަށް ޑީޓެކުގެ ފަރާތުން އެދިފައިވާއިރު، މއ ދަދު ޕްރިންސިޕަލަ އަދަދާ އެއްވަރުގެ އަދަދަކަށް ސިވިލް ކޯޓުން ކުޑަކޮށްފައިވެއެވެ. ކޯސްޓް ލައިން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް ވ. ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައިވެސް ހަމަމިގޮތަށް ކުޑަކުރި ކުރުމަކާ ގުޅިގެން، މިއީ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ޙިމާޔަތްކުރެވޭ ޞައްޚަ މސަ ލަޙަތާއް ނުބައްދަލު ބުރައަކަށ ނޫން ނުވާނެކަމަށް ފާހަގަކޮށްފައިވެއެވެ.

36HN5ކްރެޑި ޓަށް މުދައު ދޫކުރުމުގައި ޗާޖެއް ކުރުމާއި އިންވޮއިސްތަކަށް ފައިސާ ނުލިބި، އެތަކެއް އަހަރެއްވުމުން ވިޔަފާރިތަކަށް ގެއްލުންވާނެކަމީ ޝައްކެއްވެސް ނެތް ކަމެއްކަމުގައިވާއިރު، އިންވޮއިސްގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެ ފައިސާ ނުދައްކައިފިނަމަ، ނުވަތަ ކްރެޑިޓަށް މުދަލާއި ޚިދުމަތް ފޯރުކޮށްދިނުމުގައި ޗާޖެއް ކުރެވިދާނެކަމާއި، އެގޮތުން ނެގިދާނެ އެންމެ ބޮޑު އަދަދެއް ޤާނޫނުން ކަނޑައެޅުމާއި، ނުވަތަ މިފަދައިން ދިމާވާ ބޭއިންސާފު ކުޑަކުރުމަށްޓަކައި ވިޔަފާރިތަކުން ކުރިއާލާ ހަރުދަނާ ފިޔަވަޅު އެޅުމަކީ ކުރެވިދާނެ ކަންކަމެވެ. މިފަދަ ފިޔަވަޅު ތެރޭގައި، މިސާލަކަށް، މިމައްސަލައިގައި ކަންހިނގާފައިވާ ފަދައިން ކޯޓޭޝަން ފޮނުވުމުގައި ލޭޓްފ އެއީ ނެގޭނެކަމަށާއި، މިންވަރަކީ ކޮބައިކަން ހާމަކުރުން ފަދަ ދައުވަތާއި ހުށަހެޅުމުގެ ފިޔަވަޅުތައް ހިމެނިދާނެއެވެ.

37މިމައްސަލައިގައި ކުންފުންޏަށްވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ޘާނަވީ އިލްތިޒާމެއްގެ ގޮތުގައި ޖުމްލަ -/3,538,677.67ރ. (ތިން މިލިއަން ފަސްލައްކަ ތިރީސް އަށްހާސް ހަސަތޭކަ ހަތްދިހަ ހަތް ރުފިޔާ ފަސްދޮޅަސް ހަތް ލާރި) އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވާ އިރު، މިފައިސާ އެއްކޮށް މިމިންވަރަށް ދަށު ކޯޓުން ނަގައިދީފައިނުވާކަން ފާހަގަކުރެވެއެވެ. މިފަދައިން ފަނޑިޔާރުގެ އަމިއްލަ އިސްނެގުމަކަށް މިފަދަ ފައިސާގެ އަދަދުތައް ކުޑަ ނުކުރެވޭނެކަން ތަފުސީލާއެކ ދިވެހިރާއްޖޭގު ސުޕްރީމް ކޯޓުގެ ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް މައްސަލައިގެ އަޣްލަބިއްޔަތު ރަޢޔުގައު ކަނޑައަޅާފައިވެއެވެ. އަދި އެކަން އަޙްމަދު ޢާމިރު ވ. ދިވެހި ރައްޔިތުންގެ ޕާޓީ ޤަޟިއްޔއާއާ ކޯސްޓްލައިން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް ވ. ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ވެސް ކަނޑައަޅާފައިވެއެވެ.

ނިންމަން ފެންނަ ގޮތް

38އިސްވެދިޔަ ސަބަބުތައް އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 1888/Cv-C/2019 ޤަޟިއްޔާގައި، ދައުލަތުން ޟިމްނީ ގޮތުން ޖަޒާއީ ޝަރުޠަށް އެއްބަސްވެފައިވާކަމަށް ބަޔާންކޮށްފައިވާ ބަޔާއި، ޖޫރިމަނާގެ ގޮތުގައި ދައުލަތުން ޑީޓެކް އަށް -226,034.40/ރ. (ދެލައްކަ ސައްބީސް ހާސް ތިރީސް ހަތަރު ރުފިޔާ ސާޅީސް ލާރި) ދެއްކުމަށް ކަނޑައަޅާފައިވާ ބައި، ބާޠިލްކަމަށް ކނޑައަޅައަމައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު ޙަސަން ޝަފީޢގު ރައުޔު

39ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު

40ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަ މެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

41މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ހ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ށ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ނ)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ