ސަލްފިއްޔާ އަންވަރު ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ވަޒީފާއާބެހޭ ޓްރައިބިއުނަލް 128/Cv-C-HD/2021
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓު: 2022/SC-A/93 — ހައިކޯޓުގެ ޙުކުމް ދަމަހައްޓާފައި
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ވަޒީފާއާބެހޭ ޤާނޫނަށް 6 ވަނަ އިސްލާޙު (22 ސެޕްޓެންބަރު 2020) ގެނައުމުގެ ކުރިން ހިންގުމުގެ އިސްމަޤާމަކުން ވަކިކުރެވުނު މީހެއްގެ މައްސަލަ، އިސްލާޙުގެ ފަހުން ސިވިލް ކޯޓަށް ހުށަހެޅުމުން، އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންވޭތޯ، އަދި ސިވިލް ކޯޓުގެ ނިންމުމުން ޤާނޫނުއަސާސީގެ 65 ވަނަ މާއްދާގެ ޙައްޤު ގެއްލިގެންދޭތޯ؛ އަދި 4 އަހަރު ލަސްވެގެން ހުށަހެޅުމުގެ އަސަރު.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް (ގިނަ ރައުޔުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 (ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު) ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިސްލާޙަށް ޢަމަލުކުރަން ފެށި 22 ސެޕްޓެންބަރު 2020 އިން ފެށިގެން، ހިންގުމުގެ އިސްމަޤާމުތަކުގައި ތިބޭ މީހުން އެ ޤާނޫނުގެ 28 ވަނަ މާއްދާއިން އިސްތިސްނާވެގެން ނުވާތީ، އެފަދަ މީހުންގެ ވަޒީފާއާބެހޭ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ކަމާއި ސިވިލް ކޯޓަކަށް ނޫންކަން.
HN2 (ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު) ޤާނޫނަކީ އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހިނދު ކުރިއަށް ހިނގާ (prospective) އެއްޗެއް ނަމަވެސް، ޤާނޫނަށް އަންނަ އިސްލާޙަކުން ވަކި ބާވަތެއްގެ މައްސަލަ ބެލުމުގެ އިޚްތިޞާޞް (subject-matter jurisdiction) ގެއްލިއްޖެނަމަ، ހާދިސާ ހިނގީ ކުރިން ނަމަވެސް، އެވަގުތުން ފެށިގެން އެތަނަކުން އެ ބާވަތުގެ މައްސަލަ ނުބެލޭނެކަމާއި، އިޚްތިޞާޞް ނެތި މައްސަލަ ބެލުމަކީ ޣައިރު ދުސްތޫރީ އަދި ޣައިރު ޤާނޫނީ ޢަމަލެއްކަން؛ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ބ) ގެ ފަހު ޢިބާރާތް އިޚްތިޞާޞް ބެލުމުގައި ތަޠުބީޤު ނުކުރެވޭނެކަން.
HN3 (ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު) ޙައްލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު ޤާނޫނުން ލިބިދީ އޭގެ މަގު ކަނޑައަޅާފައި އޮއްވާ، ޤާނޫނު ދައްކާފައިވާ މަގުން އެ ޙައްޤު ބޭނުން ނުކުރުމަކީ ނުވަތަ އެ މަގު ނޭނގުމަކީ ކޯޓުތަކުން ޙައްލު ހޯދައިދެވޭނެ ކަމެއް ނޫންކަން.
HN4 (ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު، މަޖިލީހުގެ ނިންމުމާ ޚިލާފަށް) ޤާނޫނެއް ފަހުން އަންނަ ކަންކަމަށް ހިނގާނީ ޤާނޫނު އެހެން ގޮތަކަށް ބަޔާންނުކުރާހިނދު ކަމާއި، ޤާނޫނުގައި ސަރީޙަ ބަހުން އިސްތިސްނާ ނުކުރާހިނދު ފަހުން ހަދާ ޤާނޫނެއްގެ ބުރަ ކުރިން ހިނގާފައިވާ ހާދިސާއަކަށް ނުހިނގާނެކަން (2014/SC-A/41)؛ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އިޚްތިޞާޞް ލިބުމުގެ ކުރިން އުފެދުނު ވަޒީފާގެ މައްސަލަތައް ޤާނޫނުގައި ވަކި ގޮތެއް ނުބުނާނަމަ ކޯޓުން ބަލަންޖެހޭ މައްސަލަތަކެއް ކަމާއި (2009/HC-A/203)، އިސްލާޙުގެ ކުރިން ވަކިކުރެވުނު މީހެއްގެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް އޮންނާނެކަން.
HN5 (ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު) ރަޖުޢީކޮށް ޤާނޫނު ތަޠުބީޤުނުކުރުމުގެ މަބްދައުގައި އިޖުރާއީ ޤާނޫނާއި މައުޟޫޢީ ޤާނޫނު ފަރަޤުކުރެވޭކަމާއި، މައްސަލަ ބަލާ ތަން ބަދަލުވުމަކީ (change of forum) އިޖުރާއީ ބަދަލެއްކަމުން ޤާނޫނުގައި އެހެން ގޮތެއް ނުބުނާނަމަ ހާދިސާ ހިނގި ތާރީޚަށް ނުބަލާ ތަންފީޛުކުރެވޭނެކަން؛ އެހެނަސް އަލަށް ތަޢާރުފުކުރެވޭ 3 މަސްދުވަހުގެ ތަޤާދުމުގެ ސަބަބުން ކުރިން ލިބިފައިވާ މައުޟޫޢީ ޙައްޤެއް ނެތިދާނަމަ، ޤާނޫނުގައި ބަޔާންވެގެން ނުވާނަމަ އެ ތަޤާދުމު ރަޖުޢީކޮށް ތަޠުބީޤު ނުކުރެވޭނެކަމާއި، އެހެންކަމުން އެފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ގެއްލިފައި ނުވާކަން.
HN6 (ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު) ޤާނޫނުއަސާސީގެ 65 ވަނަ މާއްދާއަކީ ޤާނޫނުއަސާސީން ލިބިދޭ ޙައްޤެއް ނިގުޅައިގަތުމުން ނުވަތަ ހިފަހައްޓައިފިނަމަ ޙައްލު ހޯދުމަށް ވަކި ޚާއްޞަ ދަޢުވާއެއް ކުރުމުގެ ޙައްޤު އުފައްދާ މާއްދާއެއްކަމާއި، ސިވިލް ކޯޓުގެ މި ނިންމުމުން އެ ޙައްޤު ގެއްލިގެން ނުދާކަން.
HN7 (ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު) ޤާނޫނެއްގައި ކަމެއް ކުރުމަށް މުއްދަތެއް ކަނޑައަޅާފައި ނުވާނަމަ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) ގެ ދަށުން އެކަން ކުރަންވާނީ އެކަށީގެންވާ އަވަސްމިނެއްގައި ބޭކާރު ލަސްވުމެއް ނެތިކަމާއި، މުއްދަތެއް ނެތުމަކީ ޤާނޫނީ ހުސްކަމެއް ނޫންކަން (Ooredoo v Ameen Construction [2021] SC 111 ޕެރ. 55؛ PG v Mohamed Shifau [2022] SC 13 ޕެރ. 27)؛ ޓްރައިބިއުނަލުން ނިންމިތާ 4 އަހަރު ފަހުން ސަބަބެއް ނެތި ސިވިލް ކޯޓަށް ހުށަހެޅުމަކީ އެކަށީގެންނުވާ ލަސްވުމެއްކަމުން ސިވިލް ކޯޓުގެ ނިންމުމަށް ބަދަލެއް ނުގެނެވޭނެކަން.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސައިން މަޒީދު، ޙުސައިން ޝަހީދު، ފާޠިމަތު ފަރްހީޒާ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- އެބައޮތް
- ވަކި ރައުޔު
- ޙުސައިން ޝަހީދު، ފާޠިމަތު ފަރްހީޒާ
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1މިއީ ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 128/Cv-C-HD/2021 ޤަޟިއްޔާ އެކޯޓުން ނިންމިގޮތާމެދު ހިތްހަމަނުޖެހިގެން ސ. ހުޅުދޫ، މިނާ، ސަލްފިއްޔާ އަންވަރު )ދރއ( ގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދވު ފަރާތަކާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް )ރަޖިސްޓްރީ ނަންބަރު: C-793/2008، މީގެ ފަހުން "އިސްތިއުނާފު ރައްދުވާފަރާތް" ނުވަތަ "އެޗް.ޑީ.ސީ" މިފަދައިން ބަޔާންކުރެވިފައި( އެވެ.
މައްސަލައިގެ ފަސްފަހަތް
2ސަލްފިއްޔާ އަންވަރު އަކީ 23 ނޮވެންބަރު 2004 އިން ފެށިގެން އެޗް.ޑީ.ސ ގައީ ވަޒީފި އަދާކުރަމުން އައި ފަރާތެކެވެ. ނަމަވެސް 18 އޮކްޓޫބަރު 2016 ގައި ސަލްފިއްޔާ އަންވަރު އެޗް.ޑީ.ސީ ގެ ވަޒީފާއިން ވަކިކުރެވުނެވެ. މިގޮތުން ވަޒީފާއިން ވަކިކުރެވުނު އިރު، ސަލްފިއްޔާ އަންވަރު ހުރީ އެޗް.ޑީ.ސީ ގެ "ޑިރެކްޓަރ، ފިޒިކަލް ޕްލޭނިންގ" ގެ މ ގާމުގައެވެ. މިކަމާމެދު ޚިލާފެއް ނެތެވެ.
3ސަލްފިއްޔާ އަންވަރު ބުނެވުނު ވަޒީފާއިން ވަކިކުރުމާ ގުޅިގެން އެކަމާ ހިތްހަމަނުޖެހިގެން 19 ޖަނަވަރީ 2017 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 14/VTR/2017 މައްސަލައިގައި ދައުވާ ހުށަހެޅިއެވެ. . ސިވިލް ކޯޓަށް ހުށަހެޅުނު އެގްޒިބިޓ 1 ނަމަވެސް ހިންގުމުގެ އިސްމަގާމުތަކުގައ ތިބި މީހުންގެ އެފަދަ މައްސަލަ ބެލުމުގެ އިޚްތިޞާޞް އެ ޓްރައިބިއުނަލަށް އެއިރު ލިބިގެން ނުވާކަމަށް ކަނޑައަޅައި 7 މާރިޗު 2017 ގައި އެ މައްސަލަ ނިންމިއެވެ.
4ބުނެވުނު މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމިތާ 4 )ހަތަރެއް( އަހަރު ފަހުން، 25 އެޕްރީލް 2021 ގައި ސަލްފިއްޔާ އަންވަރުގެ ފަރާތުން ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަން އަށް ވަޒީފާއާބެހޭ މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ބަލާފައިވަނީ އެކޯޓުގެ ނަންބަރު 128/Cv-C-HD/2021 ޤަޟިއްޔާގައެވެ. މިފަދައިން ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަން އަށް މައްސަލަ ހުށަހެޅުނު އިރު، ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު( އަށް 6 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނަށް 22 ސެޕްޓެންބަރު 2020 ގައި ވަނީ ޢަމަލުކުރަން ފެށިފައެވެ. އަދި މި އިސްލާހު އައުމާ ގޭ ޅިގެން،ހިންގުމުގެ އިސްމަގާމު ތަކުގައި ތިބި މީހުންގެ މައްސަލަތައް ބެލުމުގެއިޚްތިޞާޞް ވަނަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބަދަލުވެގެން ގޮސްފައެވެ. އެހެންކަމުން މިސަބަބުގެ މައްޗަށް ބިނާކޮށް ސަލްފިއްޔާ އަންވަރުގެ ފަރާތުންސިވިލ ކޯޓް ހުޅުމާލެ ޑިވިޜަން އަށް ހުށަހެޅ މައްސަލް ބެލުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެންނުވާކަމަށާއި އެ ކޯޓުގައި އެ މައްސަލަ ކުރިއަށ ނުގެންދެވޭނެކަމަށް ކަނޑައަޅައި 13 ސެޕްޓެންބަރު 2021 ގައި ޙުކުމްކުރިއެވެ. އެ ޙުކުމުގައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމުން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް )ރަޖިސްޓްރޭޝަން ނަންބަރު: C-793/2008(ގެ މައްޗަށް ރައްދުވާގޮތަށް ސ. ހުޅުދޫ / މިނާ، ސަލްފިއްޔާ އަންވަރު )ދ.ރ.އ ކާޑު ނަންބަރ (، ވަޒީފާއިން ވަކިކުރުމާ ގުޅގެނި ހުށަހަޅާފައިވް މި ޝަކުވާގި މައްސަލައަކީ، މި ޑިވިޜަނަށް ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ މައްސަލައެއް ކަމުގައި ނުވާތީ، މިމައްސަލ މި ޑިވިޜަންގައ ބަލައި ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައި، ހުކުމްކޮށްފީމެވެ." . ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 14/VTR/2017 މައްސަލަ . ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2021-C-128/Cv ޤަޟިއްޔާ
5މި ޙުކުމާމެދު ހިތްހަމަނުޖެހިގެން ސަލްފިއްޔާ އަންވަރުގެ ފަރާތުންސިވިލ ކޯޓް ހުޅުމާލެ ޑިވިޜަންގެ ނަންބަރ 128/Cv-C-HD/2021 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ.
އިސްތިއުނާފީ ނުކުތާ
6ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 128/Cv-C-HD/2021 ޤަޟިއްޔާއިސްތިއުނާފުކުރަމުނ ސަލްފިއްޔާ އަންވަރުގ ފަރާތުން ހުށަހަޅާފައިވަނީ 1 )އެކެއް( ނުކުތާއެވެ. އާ ނުކުތި އަކީ އިޖުރާއީ ކަންކަމާ ގުޅިގެން މާޒީގައި ހިނގާފައިވާ ކަމަކަށް ޤާނޫނު ތަޠުބީޤުކުރުމުގައެ ވަށައިގެންވާ ކަންކަމަށް ފުރިހަމައަށް ރިޢާޔަތްކުރުމަކާ ނުލައި، ޤާނޫނުއަސާސީގެ 65 ވަނަ މާއްދާއިން ލިބިދޭ އަސާސީ ޙައްޤަށް އުނިކަން އަންނަ ގޮތަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާއާ މެދު ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާ
7އިސްތިއުނާފީ ނުކުތާއާގުޅިގެން ސަލްފިއްޔާ އަންވަރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކޮށްފައިވަނީ މާޒީގައި ހިނގާފައިވާ ކަމަކަށް އިޖުރާއީ ޤާނޫނު ތަޠުބީޤުކުރުމުގައި ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކުރެ ންޖެހޭ ކަމަށް ދެކޭކަމަށެވެ. އަދި ސިވިލް ކޯޓުން މައްސަލަ ނިންމާފައިވާގޮތުނ ޤާނޫނުއަސާސީން ލިބިދޭ ޙައްލުހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު ގެއްލިގެންގޮސްފައިވާކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގ ހައިކޯޓުގައި އެދޭގޮތަކީ ސިވިލް ކޯޓުގެ ޙުކުމް ބާޠިލްކުރުމާއެކު މައްސަލައަކީ މައުޟޫއީގޮތުން ސިވިލް ކޯޓުނ ބަލައި ގޮތް ކަނޑައަޅަންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައިދިނުންކަމަށެވެ.
8ޖަވާބުގައި އެޗް.ޑީ.ސީ ގެ ފަރާތުން ބުނެފައިވަނީ ސަލްފިއްޔާ އަންވަރުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއިރު ވަޒީފާއާބެހޭ ޤާނޫނަށް 6 ވަނަ އިސްލާހު އައިސްފައިވާކަމަށާއި އެހެންކަމުން ސިވިލް ކޯޓުގެ ނިންމނު ނިންމާފައިވަން ރަނގަޅަށް ކަމަށެވެ. އަދި ސަލްފިއްޔާ އަންވަރުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީވެސް ވަޒީފާއާބެހް ޓްރައިބިއުނަލުން މައްސަލަ ނިންމިފަހުން ދިގު މުއްދަތެއް ވޭތުވް ދިޔަ ފަހުން ކަމަށެވެ. މީގެ އިތުރުން ކޮންމެ ޙައްޤާއެކު ޒިންމާއެއްވެސް އޮންނާނެކަމަށް ދެކޭކަމަށާއި އެހެންކަމުނ ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކީ ސިވިލް ކޯޓުގެ ޙުކުމަށް ތާއިދުކޮށ މައްސަލް ނިންމައިދިނުންކަމަށެވެ.
އިސްތިއުނާފީ ނުކުތާއާމެދު ޝަރީޢަތުން ރިޢާޔަތްކުރިގޮތ
9މި މައްސަލައިގައި ހުށަހެޅުނު އިސްތިއުނާފީ ނުކުތާއަކީ އިޖުރާއީ ކަންކަމާ ގުޅިގެން މާޒީގައި ހިނގާފައިވާ ކަމަކަށް ޤާނޫނު ތަޠުބީޤުކުރުމުގައި ވަށައިގެންވާ ކަންކަމަށް ފުރިހަމައަށް ރިޢާޔަތްކުރުމަކާ ނުލައި، ޤާނޫނުއަސާސީގެ 65 ވަނަ މާއްދާއިން ލިބިދޭ އ ސާސަ ޙައްޤަށް އުނިކަން އަންނަ ގޮތަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. މިނުކުތާއާމެދު ޝަރީޢަތުން ރިޢާޔަތްކުރިއިރު އަންނަނިވ ކަންކަން ފާހަގަކުރެވެއެވެ.
ވަޒީފާއާބެހޭ ޤާނޫނު
10ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުގައިހިމެނޭ މާއްދާއާއެ ކަމަށްވާ، 34 ވަނި މާއްދާގަ )ހ( ގެ ފެށޭ ޢިބާރާތުގައި، އެޤާނޫނަށް 6 ވަނަ އިސްލާހު ގެނައުމުގެ ކުރިން، ބަޔާންވެގެންވަނީ އަންނަނިވި ފަދައިންނެވެ. "ތިރީގައި ބަޔާންކުރެވިފައިވާ ފަރާތްތައް މި ބާބުގައިވާ މާއްދާތަކުން އިސްތިސްނާ ވާނެއެވެ." އަދި ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ )ހ( ގ 6 ވަނި ނަންބަރުގައި "ހިންގުމުގެ އިސް މާގާމުތަކުގައ ތިބޭ މީހުން" ބަޔާންވެގެންވެއެވެ. އެހެންކަމުން ހިންގުމުގެ އިސްމަޤާމުތަކުގައި ތިބޭ މީހުން 4 ވަނަ ބާބުގައި ހިމެނޭ މާއްދާތަކުން އެއިރު އިސްތިސްނާވެގެންވާކަން އެނގެއެވެ.
11ވަޒީފާއިން ވަކިކުރުމާ ވިދިގެން ޝަކުވާ އުފުލުމާ ގުޅޭ ކަންކަން ބަޔާންކެ ރަނު ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގައެވެ. މި މާއްދާ އަކީ އެ ޤާނޫނުގެ 4 ވަން ބާބުގައި ހިމެނޭ މާއްދާއެކެވެ. އެގޮތުން 28 ވަނަ މާއްދާގެ )ހ( ގައި އަންނަނިވި ފަދައިން ބަޔާންވެގެންވެއެވެ. "ނޯޓިސް ދިނުމަށްފަހު، ނުވަތަ ނޯޓިސް ދިނުމަކާ ނުލައިނަމަވެސް، މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ، އެވަޒީފާއިން އޭނާ ވަކިކުރީ އެކަށީގެންވާ ސަބަބއްނެތ ކަމުގައި ވަޒީފި އަދާކުރުމީހާއަށް ޤަބޫލުކުރެވޭނަމަ، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ތިންމަސް ދުވަހުގެ ތެރޭގައި އެކަމުގެ ޝަކުވާ، ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު އޭނާއަށް ލިބިގެންވެއެވެ..." މިފަދައިން އެ ޤާނޫނުގައި ބަޔާންވެގެންވުމުން، ވަޒީފާއާބެހޭ ޤާނޫނަށް 6 ވަނަ އިސްލާހު ގެނައުމުގެ ކުރިން، ހިންގުމުގެ އިސްމަޤާމުގައ ތިބި މީހުން ވަޒީފާއިން ވަކިކުރުމާގުޅިގެން އެކަމުގެ ޝަކުވާ، އެ ޤާނޫނުގެ 28 ވަނަ މާއްދާގެ )ހ( ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ހުށަނޭޅޭނެކަން އެނގެއެވެ.
12HN1HN2HN3ވަޒީފާއާބެހޭ ޤާނޫނަށް 6 ވަނަ އިސްލާހު ގެނެވި ގެޒެޓުގައި ޝާއިޢުކުރވުނެ 22 ސެޕްޓެންބަރު 2020 ގައެވެ. އެ އިސްލާހުގައި ބަޔާންވެގެންވަނީ އެޤާނޫނުގެ 13 ވަން މާއްދާ ފިޔަވައި، ދެންހުރި މާއްދާތަކަށް ޢަމަލުކުރަންފަށާނ ޤާނޫނީ ފާސްވެ ތަސްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ. މި އިސްލާހުގައި ވަޒީފާއާބެހޭ ޤާނޫނުގާ 34 ވަނަ މާއްދާގެ )ހ( ގެ ފެށޭ ޢިބާރާތް އަންނަނިވި ފަދައިން އިސްލާޙުކޮށްފައިވެއެވެ. "ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތައް މި ޤާނޫނުގެ 32 ވަނަ މާއްދާއާއި 37 ވަނަ މާއްދާއާއި 38 ވަނަ މާއްދާއިން އިސްތިސްނާވާނެއެވެ." އެހެންކަމުން 22 ސެޕްޓެންބަރު 2020 އިން ފެށގެނި، އެ ޤާނޫނުގެ 34 ވަނަ މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވާ ފަރާތްތައް، އެ ޤާނޫނުގެ 4 ވަނަ ބާބުގައިވާ އެންމެހާ މާއްދާތަކުން އިސްތިސްނާވެގެން ނުވާކަމާއެ،އެފަރާތްތައް އިސްތިސްނާވެގެންވަނީ ހަމައެކަނި އެ ޤާނޫނުގެ 32 ވަނަ މާއްދާއާއި 37 ވަނަ މާއްދާއާއި 38 ވަނަ މާއްދާއިނކަން އެނގެއެވެ. އެހެންކަމުން ވަޒީފާއިން ވަކިކުރުމާގުޅޭގޮތުން ޝަކުވާ ހުށަހެޅުމާގުޅޭ ކަންކަން ބަޔާންވެގެންވާ، އ ޤާނޫނުގެ 28 ވަނި މާއްދާ އިން، "ހިންގުމުގެ އިސް މާގާމުތަކުގައ ތިބޭ މީހުން" 22 ސެޕްޓެންބަރު 2020 އިން ފެށިގެން އިސްތސްނާވެގެން ނުވާކަނި ވަރަށް ސާފުކޮށް އެނގެއެވެ. ޔަ ޢޭނީ، ހިންގުމުގެ އިސްމަޤާމުތަކުގައ ތިބި މީހުންގެ ވަޒީފާއާބެހޭ މައްސަލަތައް އެ ޤާނޫނަށް ގެނެވުނު 6 ވަނަ އިސްލާޙަށް ޢަމަލުކުރެވުނު ތާރީޚުކަމުގައިވ 22 ސެޕްޓެންބަރު 2020 އިން ފެށގެނި، ބެލުމުގެ އިޚްތިޞޞ ލިބިގެންވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށެވެ. ސިވިލް ކޯޓަކަށް ނޫނެވެ.
ތަޠުބީޤުކުރުން
12.1. އެޗް.ޑީ.ސީ ގެ ހިންގުމުގެ އިސްމަޤާމެއް ކަމަށްވާ "ޑިރެކްޓަރ، ފިޒިކަލް ޕްލޭނިންގ" ގެ މަގާމުން ސަލްފިއްޔާ އަންވަރު ވަކިކުރެވުނީ ވަޒީފާއާބެހޭ ޤާނޫނު އަށް 6 ވަން އިސްލާހު ގެނައުމުގެ މާކުރިން 2016 ގައި ކަން ބަޔާންވެ ހިނގައްޖެއެވެ. އަދި އެކަމާ ގުޅިގެން ސަލްފިއްޔާ އަންވަރުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅީ 2017 ވަނަ އަހުރުގައ ކަމާއި ހަމަ އެއަހަރު އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބެލުމުގެ އިޚްތިޞާޞް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމިކަންވެސް ބަޔާންވެ ހިނގައްޖެއެވެ.
12.2. އިސްތިއުނާފު ކުރެވިފައިމިވަނީ އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމިތާ 4 އަހަރު ފަހުން އަދި ވަޒީފާއާބެހޭ ޤާނޫނ އަށް 6 ވަނަ އިސްލާހު ގެނައުމުގެވެސ ފަހުން ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަނަށް މައްސަލަ ހުށަހެޅުމުން ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަނަށްމައްސަލަ ބެލުމުގެ އިޚްތޞާޞި ނެތް ކަމަށް ކަނޑައެޅުމާގުޅިގެން، އެކަމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ޙައްލު ހޯދުމަށް ދަޢުވާކާރުމުގެ ޙައްޤށ އުނިކަން އައިސްފައިވާ ކަމެއް ކަމަށް ބުނެ ހުށަހެޅި މައްސަލައެވެ.
12.3. ވަޒީފާއާބެހޭ ޓްރައިބިއުނަލުންއ މައްސަލަ ބެލުމުގެ އިޚްތިޞާޞް ނެތްކަމަށް 2017 ވަނަ އަހަރު ކަނޑައެ ޅިނަމަވެސް، ވަޒީފާއާބެހޭ ޤާނޫނށ 6 ވަނަ އިސްލާހު 22 ސެޕްޓެންބަރު 2020 ގައި ގެނައި މުގެ ކުރިން، ހައްލު ހޯދުމަށްޓަކައ ސަލްފިއްޔާ އަންވަރުގެ ފަރާތުން ސިވިލް ކޯޓަށް އ މައްސަލަ ހުށަހަޅާފައިނުވެއެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުން 14/VTR/2017 މައްސަލައިގާ ނިންމުން ބިނާކޮށްފައިވާ ޤާނޫނީ ސަބަބު، ވަޒީފާއާބެހޭ ޤާނޫނު އަށް 6 ވަނަ އިސްލާހު ގެނައުމުގެ ޤާނޫން ވުޖޫދުވުމުން ނެތިގޮސްފައިވީނަމަވެސް، ހައްލު ހޯދުމުގެ ގޮތުނަސަލްފިއްޔާ އަންވަރުގ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފަހުން އެ މައްސަލަ ހުށަހަޅާފައޭ ވެސި ނުވެއެވެ. ވަޒީފާއާބެހޭ ޤާނޫނ އަށް 6 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު ވުޖޫދިވުމުގެ ފަހުން ސަލްފިއްޔާ އަންވަރުގު ފަރާތުން އެ މައްސަލަ ސވިލ ކޯޓް ހުޅުމާލެ ޑިވިޜަނަށް ހުށަހަޅާފައިވަނީ ހައްލު ހޯދުމުގެ ގޮތުނ ކަމުގައި ބެލެވޭނީ ޤާނޫނު ދައްކާފައިވާ މަގުން އެކަން ކުރިނަމައެވެ.ޙައްލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤި ޤާނޫނު އަސާސީއާއ ޤާނޫނުތަކުންލިބިދީ އެކަމުގައި ހިނގަންވީ މަގު ކޮށައިދީފައި އޮތްނަމަވެސީ،އ ޙައްޤުގެ ބނުނޭ ޤާނޫނީއިމުގެ ތެރެއިން ނުކުރުމަކީ ނުވަތަ ޙައްޤު ހޯދަން ހިނގަންވީ މަގު ނޭނގުމަކީ އެކަމަށް ކޯޓުތަކނު ޙައްލު ހޯދައިދެވޭނެ ކަމެއް ކަމަށް އަހުރެނ ނުދެކެމެވެ.
12.4. ޤާނޫނަކީ އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހިނދު އަބަދުވެސް ކުރިއަށް ހިނގާ )Prospective( އެއްޗެއްކަން އެނގެއެވެ. ޤާނޫނަށް އަންނަ އިސްލާހަކުނ ވަކް ބާވަތެއްގެ މައްސަލަ ބެލުމުގެ އިޚްތިޞާޞް )jurisdiction Subject-matter( ގެއްލިއްޖެނަމަ، އެވަގުތުން ފެށިގެން އެތީނަކުނ އެބާވަތުގެ މައްސަލަ ނުބެލޭނެއެވެ. އެފަދައިން އިޚްތިޞާޞް ގެއްލުން، ހާދިސާ ހިނގުމުގެ ކުރިން ނުވަތަ ފަހުންނަމަވެސް، ނުވަތަ މައްސަލަ ޝަރީޢަތަށް ހުށަހެޅިފައިވަނިކޮށ ނަމަވެސްމެއެވެ. އެ މައްސަލައެއް ބެލޭނީ ނުވަތަ ނިންމޭނީ އެ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ލިބް އޮވެގެންނެވެ. އިޚްތިޞާޞް ގެއްލިފައިވާ ޙާލުވެސް އެ މައްސަލައެއް އެތަނަކުން ބަލަންވެއްޖެނަމަ، އެކަން ވެގެންދާނީ ޤާނޫނުން އެކަމެއް ކުރުމަށް އިޚްތިޔާރާއި ބާރު ޙަވާލުކޮށްފައިނުވާ ފަރާތަކުން ކުރާ ޣައިރު ދުސްތޫރީ އަދި ޣައިރު ޤާނޫނީ ޢަމަލަކަށެވެ. މާނަކުރުމުގެ ހަމަ ތައް ބަޔާންކުރުމުގެ ޤާނޫނު ގެ 12 ވަން މާއްދާގަ )ބ( ގައި "ޤާނޫނު އެކުލަވާލި ދުވަހުން ފެށިގެން ކުރިއަށް ހިނގާ އެއްޗަކަށް ޤާނޫނުވުމާއި، ޤާނޫނުގެ ތާރީޚުގެ ކުރިން ހިނގާފައިވާ ކަމަކަށް ހިނގާނީ އެއްޗަކަށ ޤާނޫން ނުވުން" ބަޔާންކޮށްފައި ވާއިރު، އިޚްތިޞާޞް ލިބި އ ތްތޯ ބެލުމުގައި ތަޠުބީޤުކުރެވޭނީ މި އަކުރުގެ ފެށޭ ޢިބާރާތުގައިވާ ޤާނޫނު އެކުލަވާލި ދުވަހުން ފެށިގެން ކުރިއަށް ހިނގާ އެއްޗަކަށް ޤާނޫނުވުންކަމުގައި ބަޔާންކޮށްފައިވާ ޢިބާރާތެވެ. އަދި އިޚްތިޞާޞް ލިބި އޮތްތޯ ބެލުމަށް ޤާނޫނު މާނަކުރުމުގައި އެ އަކުރުގެ ފަހު ޢިބާރެ ތުގައިވާ "ޤާނޫނުގް ތާރީޚުގެ ކުރިން ހިނގާފައިވާ ކަމަކަށް ހިނގާނީ އެއްޗަކަށް ޤާނޫނު ނުވުން" މި ޢިބާރާތް ތަޠުބީޤުކުރެވިދާނެކަމުގައި ނުދެކެމެވެ. މިކަންކަން މިމޭރުމުނި ދިވެހިރާއްޖޭގެ ހައިކޯޓުގެ އިޙްސާން ޝަރީފް މައްސަލާގައި އަދި ދިއާރު އައިޑެނިޒް މައްސަލައިގައި އަހުރެންގެ ރައުޔުގައް ފާހަގަކޮށްފައިވާނެއެވެ.
12.5. އިސްވެ ފާހަގަކުރެވުނު ކަންކަން އެހެން ހުރުމުން، ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 128/Cv-C-HD/2021 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޤާނޫނީހަމަތަކާ އެއްގޮތަށް ކަމަށް އަހުރެން ދެކެމެވެ.އަދި އެފަދައިން އެކޯޓުން ކަނޑައެޅުމަކީ، ހައްލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤަށް އުނިކަން އަންނަފަދަ ނިންމުމެއްކަމުގައިވެސް އަހުރެން ނުދެކެމެވެ.
ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު؛
13އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގެ ފަސްފަހަތް އަދި ދެފަރާތުން ދައްކާފައިވާ ވާހަކަތައް
ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔުގައި ފާހަގަކޮށްފައިވާ ކަންކަން އެފަދައިން އައިސްފައިވެއެވެ.
14އިޖުރާއީ ކަންކަމާ ގުޅިގެން މާޒީގައި ހިނގާފައިވާ ކަމަކަށް ޤާނޫނު ތަޠުބީޤުކުރުމުގައި ވަށައިގެންވާ ކަންކަމަށް ފުރިހަމައަށް ރިޢާޔަތްކުރުމަކާ ނުލައި، ޤާނޫނުއަސާސީގެ 65 ވަނި މާއްދާއިން ލިބިދޭ އަސާސީ ޙައްޤަށް އުނިކަން އަންނަ ގޮތަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ފާހަގަކުރި އިސްތިއުނާފ . ދިވެހިރާއްޖެގެ ހައިކޯޓުގެ ނަންބަރު 2021/HC-A/168 ޤަޟިއްޔާ . ދިވެހިރާއްޖެގެ ހައިކޯޓުގެ ނަންބަރު 2021/HC-A/313 ޤަޟިއްޔާ ނުކުތާކަމުގައިވާއިރު، ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު 128/Cv-C-HD/2021 ޤަޟިއްޔާގައި ޤާނޫން ތަޠުބީޤު ކޮށފައިވަނ ރަނގަޅަށްތޯ ޝަރީޢަތުން ވަޒަންކުރަންޖެހޭނެކަމަށ އަހުރެން ޤަބޫލުކުރަމެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާ ކުރިން އޮތްގޮތާއި އެ މާއްދާއަށް ފަހުން ގެނެވުނު އިސްލާޙު
15ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު( ގެ 34 ވަނަ މާއްދާއަކީ،ވަޒީފާއާބެހޭ ޤާނޫނުގެ ހަތަރު ވަނަ ބާބުގައި ބަޔާންކޮށްފައިވާ މާއްދާތަކުން އިސްތިސްނާކުރެވިފައިވާ ފަރާތްތައް ބަޔާންކޮށްދޭ މާއްދާއެކެވެ. މި ގޮތުން އެ މާއްދާގައި ބުނާ ފަރާތްތައް، މިސާލަކަށް ކުއްލި ޙާލަތްތަކުގައި މަސައްކަތްކުރި މީހުންނާއި، ކަނޑުދަތުރުކުރާ އުޅަނެ ދ ނުވަތު މަތިންދާ ބޯޓުގައި މަސައްކަތް ކުރާ މީހުންނަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 04 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ކަންތައްތަކުން އިސްތިސްނާ ލިބިގެންވާ ފަރާތްތަކެއްކަން އެ މާއްދެ އޮތްގޮތަށް ބެލުމުން އެނގެއެވެ. އިސްތިސްނާ ލިބިގެންވާ ބުނެވުނު ފަރާތްތަކުގެ ތެރޭގެ އ ހިންގުމުގެ އިސް މަގާމުތަކުގައ ތިބި މީހުންވެސް ހިމެނެއެވެ. މި ފަރާތްތައް ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުން އިސްތިސްނޭކޮށްފާ އޮތް އޮތުމުގެ ނަތީޖާއެއްގެ ގޮތުން މިފަދަ މީހަކު ވަޒީފާއިން ވަކިކޮށްގެން އެކަމުގެ ޝަކުވާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅގޮތެއް ނުވެއެވެ. އަދި މިފަދަ މީހަކު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލައެއް ހުށަހެޅިކަމުގައިވިޔަސ އެފަދް މައްސަލައެއް އެ ޓްރައިބިއުނަލަށް ބެލުމުގެ އިޚްތިސާސްނެތްކަމުގައ ކަނޑައަޅައެވެ. މިހެންކަމުން ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާއަށް އިސްލާޙު އެ އުމުގެ ކުރިން ވަޒީފާއާބެހަ ޤާނޫނުގެ 34 ވަނަ މާއްދާއިން އިސްތިސްނާކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތެއް ވަޒީފާއިން ވަކިކޮށްފިނަމަ އެކަމުގެ ޝަކުވާ ހުށަހެޅުމުން އެ މައްސަލަތައް ބަލަމުން ގެންދިއައީ ސިވިލް ކޯޓުންނެވެ. ވަޒީފާއިން ވަކިކުރުމުން އެ ކަމުގެ ޙައްލު ހޯދުމަށް ވަޒީފާއަކުން ވަކިކުރި ތާރީޚުން ފެށިގެން 03 މަސްދުވަހުގެ ތެރޭގައި އެކަމުގެ ޝަކުވާ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު ލިބޭކަމަށް ކަނޑައަޅާފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގައެވެ . ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަން މާއްދާ ހިމެނެނީ ވަޒީފާއާބެހޭ ޤާނޫނުގައި ހިމެނޭ ބާބުތަކުގެ ތެރެއިން 04 ވަނަ ބާބުގައެވެ .
16ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާ އޮތް ގޮތުގެ މައްޗަށް ރިޢާޔަތްކޮށް އެ މާއްދާއިން އިސްތިސްނާކުރެވިފައިވާ ފަރާތްތަކުގެ މައްސަލަތައް ސިވިލް ކޯޓުން ބަލައިގަނެ އެ ކޯޓުން ބަލާ މައްސަލަތަކެއްގެ ގޮތުގައި ކުރިއަށް ދަނިކޮށް، 22 ސެޕްޓެމްބަރ 2020 މި ތާރީޚުގައި ވަޒފާއާބެހީ ޤާނޫނަށް 06 ވަނަ އިސްލާޙަށް ޢަމަލުކުރަން ފެށުނެވެ. ޤާނޫނު ނަންބަރ 2020/22 ނ ޤާނޫން ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު( އަށް ގެނެވުނު 06 ވަނަ އިސްލާޙުގައި ބުނާ ގޮތުން، އެ ޤާނޫނުގެ 4 ވަނަ ބާބުގެ ތެރޭގައި ހިމެނޭ މާއްދާތަކުން ވަޒީފާއާބެހޭ ޤާނޫނގ 34 ވަނަ މާއްދާގައި ބުނާ ފަރާތްތަކަށް އިސްތިސްނާ ލިބިގެންވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 32 ވަނަ މާއްދާއާއި 37 ވަނަ މާއްދާއާއި އަދި 38 ވަނަ މާއްދާއަށެވެ. މިހެންކަމުން ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު އިސްލާޙުގެ ދަށުން ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާ އިސްތި ސްނ ކުރެވިފައި ނެތުމުން، ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގައި ހިމެނޭ ފަރާތްތަކުގެ މައްސަލަތައް ބެލުމުގެ އިޚްތިސާސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފަހުން ގެނެވުނު އިސްލާޙުގެ ދަށުން ލިބިގެން ދެއެވެ. ޤާ ނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނ( އަށް 6ވ ނ އިސްލާޙު ގެނައުމުގެ ޤާނޫނަށް ފަހަ ސިވިލް ކޯޓުން އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަންކުރަމުންދާގޮތް
17ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން މީހެއްގެ ވަޒީފާއިން ވަކިކޮށްގެން ހުށަހަޅާ މައްސަލަތަކަކީ، ވަޒީފާއާބެހު ޓްރައިބިއުނަލަށް ހުށަހަޅަންޖެހޭ މައްސަލަތަކެއްގެ ގޮތުގައި ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިސްލާޙު މާނަކުރުމުގެ ނަތީޖާއެއްގެ ގޮތުން ސިވިލް ކޯޓުން ނިންމަވާފައި މިވަނީ، އެފަދަ މީހެއްގެ މައްސަލައެއް ބެލުމުގެ އިޚްތޞާޞަ ދެން ސިވިލް ކޯޓަށް ލިބިގެންނުވާނެކުމަށެވެ. މި ގޮތުން ކޯޓެއްގެ އިޚްތާ ޞާޞން ބޭރުގައި އެއްވެސް މައްސަލައެއް ބަލާ ނިޔާ ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު( އަށް 6 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ 9 ވަނަ މާއްދާ . ކުރުމަކީ، ޤާނޫނާއި ޚިލާފުކަމަކަށް ވެގެންވާނެކަނ ޤާނޫން ނަންބަރު 2010/22 )ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު( ބެލުމުން އެނގޭކަމަށާއި، އެ ކޯޓެއްގެ އިޚްތޞާޞި ގެއްލިއްޖެ ހިސާބުން އެ މައްސަލައެއް އެ ކޯޓުގައި ބެލުން ނިމުމަކަށް އަންނާނެކަން ޤާނޫނުގެ ހަމަތަކުގެ މަތިން އެނގެން އޮތް ކަމަށް ސިވިލް ކޯޓުން ފާހަގަ ކުރައްވައެވެ.
18އެހެންނަމަވެސް މި ފަދަ މައްސަލަތަކުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ދެކޭ ގޮތަކީ، ވަޒީފާއާބެހޭ ޤާނޫނަށް 6 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން އިސްލާޙުތައް ގެނައުމުގެ ކުރިން، އެ ޤާނޫނުގެ 34 ވަނަ މާއްދާގެ )ހ( ގައި ބަޔާންކުރާ ފަރާތްތައް އެ ޤާނޫނުގެ 4 ވަނަ ބާބުގައިވާ މާއްދާތަކުން އިސްތިސްނާވާނެކަމަށް ބަޔާންކޮށްފައިވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 6 ވަނަ އިސްލާޙުގެ ކުރި ން، ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުގައިވާ މާއްދާތަކުން އިސްތިސްނާވާ ފަރާތެއްގެ ވަޒީފާއިން ވަކިކޮށްފައިވާ މައްސަލައެއް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލުމުގެ އިޚްތިސާސް އެ ޓްރައިބިއުނަލަށް ލިބިގެން ނުވާކަމުގައެވެ.
19މ މައްސަލައިގައި ފ ންނަނ ހުރް ޙަޤީޤެ ތްތަކުގެ މައްޗަށް ބަލާއިރު، މައްސަލަ އިސްތިއުނާފުކުރ ސަލްފިއްޔާ އަންވަރު ވަޒީފާއިން ވަކިކުރެވުނު އިރު، ސަލްފިއްޔާ އަންވަރު ހުރީ އެޗް.ޑީ.ސީ ގެ "ޑިރެކްޓަރ، ފިޒިކަލް ޕްލޭނިންގ" ގެ މާގާމުގައެވެ. . ހިންގުމުގެ އިސްމަޤާމުތަކުގައި ތިބޭ ފަރާތްތަކަކީ، ޤާނޫނު ނަންބަރ 2008/2 )ވަޒީފާއާބެހޭ ޤާނޫނު( ގެ 34 ވަނީ މާއްދާގަ )ހ( ގައި ހިމެނޭ ފަރާތްތަކެކެވެ. އެ ފ ދެ ފަރާތްތަކަކީ އެ ޤާނޫނުގެ 4 ވަނަ ބާބުގެ އެންމެހައި މާއްދާތަކުން އިސްތިސްނާވާނެކަމަށ ބަޔާންކޮށްފައިވް ފަރާތްތަކެކެވެ. ހިންގުމުގެ އިސް މަޤާމެއްގެ ހުންނަ ފަރާތެއްގެ ވ ޒީފާއިނ ކޮށްގެން ހުށަހެޅް މައްސަލަތައް ބެލުމަކީ ވަޒީފާއާބެހޭ ޤާނޫނަށް 06 ވަނަ އިސްލާޙު ގެނައުމުގެ ކުރިން ސިވިލް ކޯޓުގެ އިޚްތިސާސްގެ ތެރޭގައި ހިމެނިގެން އެ ކޯޓުން ސިވިލ ކޯޓުގް ރަޖިސްޓްރަރގެ ނިންމުން އަލުން ބަލައި ނިންމިގޮތް ނަންބަރ..... 2 ވަނަ ނަންބަރުގެ )ކ.( ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު VTR/IJ/2021/9-200 "އިޖުރާއީގޮތުން ނިންމިގޮތް" ބަލަމުންދިޔަ ބާވަތުގެ މައްސަލައެކެވެ. ސަލްފިއްޔާ އަންވަރު ވަޒީފާއިން ވަކިކުރީ ވަޒީފާއާބެހޭ ޤާނޫނަށް 06 ވަނަ އިސްލާޙު ގެނައުމުގެ ކުރިންނެވެ. އެ މައްސަލަ ސަލްފިއް ޔާ އަންވަރުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށ ހުށަހެޅުމުން އެ ޓްރައިބިއުނަލުން އެ މައްސަލަ ބެލުމުގެ އިޚްތިސާސް ނެތް ކަމަށ ނިންމާފައިވެއެވެ. ސަލްފި އްޔާ އަންވަރުގެ ފަރާތުން ސިވިލް ކޯޓުގެ ޙުކުމް އިސްތިއުނާފު ކުރުމަށް ހުށަހެޅ ނުކުތާތަކުގައި ބުނި މައިގަނޑު ވާހަކައަކީ، މާޒީގައި ހިނގާފައިވާ ކަމަކަށް އިޖުރާއީ ޤާނޫނު ތަޠުބީޤުކުރުމުގައ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކުރަންޖެހޭ ކަމަށް ދެކޭކަމަށެވެ. އަދި ސިވލ ކޯޓުން މައްސަލް ނިންމާފައިވާގޮތުނ ޤާނޫނުއަސާސީން ލިބިދޭ ޙައްލުހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު ގެއްލިގެންގޮސްފައިވާކަމަށާއި، އިސްތިއުނާފުކުރެވިފައި މިވާ މައްސަލައަކީ މައުޟޫއީގޮތުން ސިވިލް ކޯޓުން ބަލައި ގޮތް ކަނޑައަޅަންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައދިނުންކަމަށެވެ.
ރަޖުޢީކޮށް )retrospective( ޤާނޫނު ތަތުބީޤުކުރުން
20ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު( އަށް 6 ވަން އިސްލާޙު ގެނައުމުގެ ޤާނޫނުގައި، އެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތައް، އެ ޤާނޫނު އައުމުގެ ކުރިން ހިނގާފައިވާ ކަންކަމަށު ހިނގާނެކަމަށް ބަޔާން ކޮށްފައެއްނުވެއެވެ. އެ ޤާނޫނުގައި ބުނާ ގޮތުން، އެ އިސްލާޙަށް ޢަމަލު ކުރަން ފަށާނީ، އެ އިސްލާޙު ފާސްކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުންނެވެ.
21HN4ޤާނޫނަކީ، ޤާނޫނު އެކުލަވާލި ދުވަހުން ފެށިގެން ކުރިއަށް ހިނގާ އެއްޗެކެވެ. ޤާނޫނުގައި އެ ޤާނޫނަކީ ކުރިއަށް ހިނގާނެ އެއްޗެއްކަމަށް ބަޔާންކޮށްފައިނެތްނަމ، ޤާނޫނުގެ ތާރީޚުގެ ކުރިން ހިނގާފައިވާ ކަމަކަށް ހިނގާނެ އެއްޗަކަށް އެ ޤާނޫނު ނުވުމަކީ ޤާނޫނު މާނަކުރުމުގައި ޤަބޫލު ކުރެވެން އޮންނަ ހަމައެކެވެ. ހަމަ ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު( އަށް 6 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު ޤާނޫނު ނަންބަރު 2011/4 )މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު( ގެ 12 ވަނަ މާއްދާގެ )ބ( އެ ގޮތަށް ޤާނޫނެއް ހިންގަން ފ ށާނަ ވަކި ދުވަހަކުން ކަމަށް ބަޔާން ކޮށްފައިވާނަމަ، އެ ޤާނޫނެއް ހިނގަންފަށާނީ، އެދުވަހުގެ ކުރީދުވަސް ނިމޭ ހިސާބުންކަން މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނަށް ބެލުމުން އެނގެއެވެ. މީގެ އިތުރުން ޤާނޫނުގައި ސަރީޙަ ބަހުން އިސްތިސްނާކޮށްފައިވާ ޙާލަތެއްގައި މެނުވީ ފަހުން ވުޖޫދުވާ ޤާނޫނެއްގެ މަންފާ ނުވަތަ އެއިގެ ބުރަ ދައުލަތަށް އަދި ފަރުދަކަށް ނުވަތަ އެހެންފަރާތަކަށ ލިބިގެން ނުވާނެކެމަށާއ ނުވަތި އުފުލަންނުޖެހޭކަމަށާއި، ވަކި ޙާލަތެއްގައި ޖިނާއީ އަދަބަކަށް ދެވޭ ލުއިގެ މަންފާ ފިޔަވައި، ފަހުން ހަދާ ޤާނޫނެއްގެ އަސަރު ނުވަތަ އެއިގެ ބުރަ، އެ ޤާނޫނު ހެދުމުގެ ކުރިން ހިނގާފައިވާ ޙާދިސާއެއްގެ މައްޗަށް ނުހިނގުމަކީ )retrospective application of law ( ޢާއްމު އުސޫލެއްކަން ސާފުވާކަމަށާއި، އަދި މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޤާނޫނީ ނިޒާމުތަކުގައިވެސް އިސްތިޤްރާރުވެފައިވާ އުސޫލެއްކަމަށާއ މި އުސޫލަށް ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 19 ވަނަ މާއްދާއިން އިތުރު ބާރުވެރިކަމެއް ދޭކަމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2014/SC-A/41 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވެއެވެ.
22ބަޔާންކުރެވުނު އުސޫލުތައް ވަޒީފު އާބެހޭ ޤާނޫނަށް ގެނެވުނު އިސްލާޙުގެ މައްޗަށް ބަލާއިރު، ވަޒީފާއާބެހާ ޤާނޫނަށް ގެނެވުނު 6 ވަނަ އިސްލާޙުގެ ސަބަބުން ލިބެންއޮތް ބުރައެއް އެ އިސްލާޙު އައުމުގެ ކުރިން ހިނގާފައިވާ ކަމަކަށް ރައްދުކުރުމުގެ ސަބަބުން އެކަން ރައްދުވާ ފަރާތަކުން އެ ބުރަ އުފުލާން ނުޖެހު ނެކަނ އެނގެއެވެ. ހަމަ އެ ގޮތަށް ޤާނޫނު ނަންބަރ 2008/2 )ވަޒީފާއާބެހޭ ޤާނޫނު( އަށް 6 ވަނަ އިސްލާޙުގެ 34 ވަނަ މާއްދާގައި އެ އޮތްގޮތަށް ތަތުބީޤު ކުރަން ފަށަންޖެހޭނީ ބުނެވުނު އިސްލާޙު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން ކުރިއަށް ހިނގާކަނކަމުގެ މައްޗަށްކަން އެނގެއެވެ. އެ އިސްލާޙަށް ޢަމަލު ބުނެވުނު ޤާނޫނުގެ 18 ވަނަ މާއްދާ .
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު، 40.1 ވަނަ ނަންބަރުގައި - މ ބުނެވުނު އުސޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ
2015/SC-A/08 ޤަޟިއްޔާގައިވެސް ފާހަގަ ކުރައްވާފައިވެއެވެ . ކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ކަންކަމުގެ މައްޗަށް އެ އިސްލާޙުގައި ބަޔާންކޮށްފައިވާ އުސޫލުތައް ތަތުބީޤު ކުރެވިގެން ނުވާނެކަންވެސް ބުނެވުނު އުސޫލުތަކުގައި ބުނެފައިވާ ކަންކަމުގެ މައްޗަށް ބެލުމުން އެނގެއެވެ. ޤާނޫނަށް ނުވަތަ ޤަވާޢިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ވަޒީފާގެ މައްސަލައަކަށް ރަޖުޢީކޮށް ޤާނޫނު ތަތުބީޤު ކުރުމުގައި މީގެ ކުރިން ހައި ކޯޓުން ނިންމާފައިވާގޮތް
23ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނަންބަރު 2009/HC-A/203 ޤަޟިއްޔާއަށް ބަލާއިރު، އެ ޤަޟިއްޔާއަކީ، ޤާނޫނު ނަންބަރ 2008/2 )ވަޒީފާއާބެހޭ ޤާނޫނު( އަށް ޢަމަލުކުރަން ފެށުނު ތާރީޚާއި އެ ޤާނޫނުގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލް އުފެދި އެ ޓްރައިބިއުނަލުން ޢަމަލީ ގޮތުން މަސައްކަތް ފެށުނު ތާރީޚާއި ދެމެދު އުފެދިފައިވާ ވީ ޒީފާއާބެހޭ މައްސަލަތަކުގައި ޢަމަލު ކުރާނެ ގޮތެއް ކަނޑައެޅިގެން ދިޔަ ޤަޟިއްޔާއެކެވެ. ބުނެވުނު ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާ އުސޫލަކީ، އެއް އުސޫލަކާ ޤާނޫނު އައުމުގެ ކުރިން ހިނގާފައިވާ ވަޒީފާއާބެހޭ މައްސަލަތައް ބެލުމުގެ އިޚްތިސާސް ވެ ޒީފާއާބެހ ޓްރައިބިއުނަލަށް ލިބިގެންނުވާނެތީ އެ ތާރީޚުގެ ކުރިން އުފެދިފައިވާ ވަޒީފާއާބެހޭ މައްސަލަތައް ބެލުމުގެ އިޚްތިސާސް ކޯޓަށް ލިބިގެންވާނެކަމަށެވެ.މީގެ އިތުރުން ވަޒީފާއާބެހޭ ޓްރައިބިއުނަލެއް އުފެދި ޢަމަލީ ގޮތުން މަސައްކަތް ފެށުން އިރު އުފެދިފައިވާ ވޒީފާއާއ ބެހި މައްސަލަތަކުގެ ތެރެއިން 3 މަސް ދުވަސް ފާއިތުވެފައިވާ މައްސަލަތަކާއި ވަޒީފާއާބެހޭ ޓްރައިބިއުނަލް ޤާއިމުވުމުގެ ކުރިން އުފެދިފައިވާ ވަޒީފާއާބެހޭ މައްސަލަތަކުގައި، އިންސާފު ޤާއިމުކުރުމުގެ އިޚްތިސާސް ޝަރުޢީ ކޯޓުތަކަށް ލިބި އޮންނާނެކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/203 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ 3 ވަނަ ނަންބަރުގެ )ހ( ބުނެވުނު ރިޕޯޓުގެ 3 ވަނަ ނަންބަރުގެ )ށ(
24ދިވެހެ ރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ބުނެވުނު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުގެ މައްޗަށި ބަލާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ވަޒީފާއާބެހޭ މައްސަލައެއް ބެލުމުގެ އިޚްތިސާސް ލިބުމާއި އެކު އޭގެ ކުރިން އުފެދިފައިވާ ވަޒީފާގެ މައްސަލަތައް އެ ޓްރައިބިނަލަށޭ ބެލުން ނަޤުލު ނުވާކަން އެނގެއެވެ. އެފަދަ މައްސަލަތައް ބަލާނެ ތަނަކާއިމެދު ޤާނޫނުގައި ވަކި ގޮތެއް ބުނެފައިނުވާނަމަ ދެން ބަލަން ޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށ މައްސަލް ބެލުމުގެ އިޚްތިސާސް ލިބުމުގެ ކުރިން އުފެދޭ ވަޒީފާގެ މައްސަލަތަކަކީ، ކޯޓުނ ބަލަންޖެހޭ ގޮތަށް އޮތް މައްސަލަތަކެއް ކަމުގައެވެ. ބަޔާންކުރެވުނު އުސޫލުތައް މި މައްސަލައަށް ތަތުބީޤުކުރުން
25މ މައްސަލައިގައި ކަނި ހިނގާފައިވާ ގޮތުގެ މައްޗަށް ބަލާއިރު، ސަލްފިއްޔާ އަންވަރް އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކުރި މައްސަލަ އުފެދިފައިވަނީ ވަޒީފާއާބެހޭ ޤާނޫނަށް 6 ވަނަ އިސްލާޙު ގެނައުމުގެ ކުރިންނެވެ. ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިސްލާޙުގައި އެ ޤާނޫނަށް ޢަމަލު ކުރަން ފެށުމުގެ ކުރިއަށް އުފެދިފައިވާ ވަޒީފާގެ މައްސަލަތަކަށް ފަހުން ގެނެވުނު އިސްލާޙު ރަޖުޢީކޮށް ތަތުބީޤު ކުރެވޭނެކަމަށް ބަޔާންކޮށްފައެއްނުވެއެވެ. ސަލްފިއްޔާ އަންވަރެ އަދާކުރަމުން ދިޔަ ވަޒީފާގެ ބާވަތުން އޭނާ ވަޒީފާއިން ވަކިކުރި އިރު އޭނާއަކީ ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުން އިސްތިސްނާ ކުރެވިފައިވާ ފަރާތެއްކަމުން އެ މައްސަލަ އޭރު ސަލްފިއްޔާ އަންވަރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ މައްސަލަ އެ ޓްރައިބިއުނަލަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާކަމަށް ނިންމާފައިވެއެވެ. ސަލްފިއްޔާ އަންވަރޮވަޒީފާއިން ވަކިކުރެވުނުއިރު، އެ މައްސަލަ ބެލުމުގެ އިޚްތިސާސް ލިބި އޮތީ ސިވިލް ކޯޓަށްކަމުނ މިހާރުވެސް އެ އިޚްތިސާސް އެ ގޮތުގައި ސިވިލް ކޯޓަށް އޮންނާނެއެވެ.
26ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސަލްފިއްޔާ އަންވަރު ގެ ފަރާތުނ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ، އެ ކޯޓުން ބެލުމުގެ އިޚްތިސާސް ލިބިގެންނުވާކަމަށް އެކޯޓުނު ނިންމަވާފައި ނިންމުމަށް ބަދަލާ ގެންނަންޖެހކަމާއި، އެމައްސަލައަކީ، ސިވިލް ކޯޓަށް ބެލުމުގެ އިޚްތިސާސް ލިބިގެންވާ މައްސަލައެއްކަމަށް ކަނޑައަޅަން ޖެހޭކަމަށް އަހުރެން ދެކެމެވެ.
ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު؛
27ސްލްފުއި ޔާ އަންވަރު އެޗް.ޑީ.ސީ ގެ "ޑިރެކްޓަރ، ފިޒިކަލް ޕްލޭނިންގ" ގެ މަޤާމުގައިވަޒީފާ އަދާކުރަމުން ދަނިކޮށް، 18 އޮކްޓޫބަރު 2016 ގައި ވަޒީފާއިން ވަކިކުރެވިފައިވެއެވެ. އެކަމާ ހިތްހަމަ ނުޖެހިގެން އެމައްސަލަ 19 ޖަނަވަރީ 2017 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ސަލްފާ އިޔ އަންވަރްހުށަހަޅާފައިވެއެވެ. އެހެންނަމަވެސް، ހިންގުމުގެ އިސްމަޤާމުތަކުގައި ތިބޭ މީހުންގެ އެފަދަ މައްސަލަ ބެލުމުގެ އިޚްތިޞާޞް އެޓްރައިބިއުނަލަށ ލިބިގެން ނުވާކަމަށް 7 މާރިޗު 2017 ގައި ކަނޑައަޅައި، އެ މައްސަލަ ވަޒިފާއާބެހޭ ޓްރައިބިއުނަލް އިން ބަލައި ނުގަތުމށް ނިންމުނެވެ.
28ސްލްފުއި ޔާ އަންވަރުވަޒީފާއިން ވަކިކުރެވުނު ބުނެވުނު މައްސަލް ސިވިލް ކޯޓު ހީޅުމާލެ ޑިވިޜަނަށް ހުށަހަޅާފައިވަނީ، 25 އޭޕްރީލް 2021 ގައެވެ. މައްސަލަ ހިނގަމުން ދަނިކޮށް، އެޗް.ޑީ.ސީގެ ފަރާތުން ނެގި އިޖުރާއީ އިއުތިރާޒެއްގެ މައްޗަށް ބިނާކޮށް، 13 ސެޕްޓެމްބަރ 2021 ގައީ ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަނުން ނިންމާފައިވަން )ވަޒީފާއާބެހޭ ޤާނޫނު( އަށް 6 ވަން އިސްލާހު އައުމާ ގުޅިގެން، ހިންގުމުގެ އިސް މަގާމު ތަކުގައި ތިބޭ މީހުންގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބަދަލުވެގެން ގޮސްފައިވާތީ، އެމައްސަލ ބެލުމުގެ އިޚްތިޞާޞަ އެ ކޯޓަށެ ލިބިގެންނުވާކަމަށެވެ. މިއީ، ސަލްފިއްޔާ އަންވަރުގ ފަރާތުން އެނިންމުން އިސްތިއުނާފ ކުރުމުން ބެލެވެމުންދާ މައްސަލައެވެ
29މިއިސްތިއުނާފު ބިނާވެފައިވަނީ އެންމެ ނުކުތާއެއްގެ މައްޗަށެވެ. އެއީ، އިޖުރާއީ ކަންކަމާ ގުޅި ގެނ މާޒީގައި ހިނގާފައިވާ ކަމަކަށް ޤާނޫނު ތަޠުބީޤުކުރުމުގައި ވަށައިގެންވާ ކަންކަމަށް ފުރިހަމައަށް ރިޢާޔަތްކުރުމަކީ ނުލައި، ޤާނޫނުއަސާސީގެ 65 ވަނަ މާއްދާއިން ލިބިދޭ އަސާސީ ޙައްޤަށް އުނިކަން އަންނަ ގޮތަށް މައްސަލަ ނިންމާފައިވާކަމަށ ބުން ފާހަގަކުރި ނުކުތާއެވެ. އެގޮތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، މިމައްސަލ ސިވިލް ކޯޓުން ނުބެލޭނެ ކަމަށް ނިންމާފައިވަން، މިމައްސަލައިގެ ހާދިސާ ހިނގި ތްރީޚުގެ ފަހުން ޢަމަލުކުރަނާ ފެށުނު ވަޒީފާއާބެހޭ ޤާނޫނަށް 6 ވަނަ އިސްލާހު ރަޖުއީކޮށް ތަޠުބީޤުކުރެވުމުންކަމަށެވެ. އަދި އެގޮތަށް، ޤާނޫނު ރަޖުއީކޮށް ތަޠުބީޤުކުރުމުގެ ސަބަބުން ޤާނޫނުއަސާސީގެ 65 ވަނަ މާއްދާ އިން ލިބިދޭ ޙައްލު ހޯދުމަށްޓަކައި ކޯޓަށް ހުށަހެޅުމުގެ ޙައްޤަށް އުނިކަން ލިބިފައިވާކަމަށެވެ.
ޤާނޫނު ރަޖުއީ ކޮށް ތަޠުބީޤުކުރުން- އާންމު އުސޫލު
30HN5މިކޯޓުގެ ޕަމޭލް ލީ މެއި ނ އަދި ނިކޮލަސް މައިކަލް ހިއު މޭސަން ވ. އެފްޒީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއާއި ދިއާރު އައިޑެނިޒް ޤަޟިއްޔާގައި، ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިސްލާހު ރަޖުއީކޮށް ތަޠް ބީޤުކުރުމާމެދު އަހުރެން ދެކޭ ގޮތް ތަފްސީލްކޮށް ބަޔާންކުރެވިފައިވާނެއެވާ. އެގޮތުން ފާހަގަކުރެވިފައިވ މައިގަނޑު ކަންތައްތަކަކީ؛
30.1. ޤާނޫނުގައި ސަރީޙެ ބަހުން އިސްތިސްނާކޮށްފައިވާ ޙާލަތެއްގައި މެނުވީ ފަހުން ވުޖޫދުވާ ޤާނޫނެއްގެ މަންފާ ނުވަތަ އެއިގެ ބުރަ ދައުލަތަށް އަދި ފަރުދަކަށް ނުވަތަ އެހެން ފަރާތަކަށް ލިބިގެން ޤާނޫނު ނަންބަރ 2008/2 މި ބާބުގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއް އެއްވެސް މީހެއްގެ ކިބައިން ނިގުޅައިގެންފިނަމަ، ނުވަތަ ހިފަހައްޓައިފިނަމަ، އިންޞާފުވެރި ޙައްލެއް ހޯދުމަށްޓަކައި އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ޙައްޤު އެ މީހަކަށް ލިބިގެންވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/112,113 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/313 ނުވާނެކަމަށާއި،ނުވަތަ އުފުލަން ނުޖެހޭކަމަށާއި، ވަކި ޙާލަތެއްގައި ޖިނާއީ އަދަބަކަށް ދެވޭ ލުއިގެ މަންފާ ފިޔަވައި، ފަހުން ހަދާ ޤާނޫނެއްގެ އަސަރީ ނުވަތަ އެއިގެ ބުރަ އެޤާނޫނު ހެދުމުގެ ކުރިން ހިނގާފައިވާ ހާދިސާއެއްގެ މައްޗަށް ނުހިނގުމަކީ (restropective application of law) ޢާއްމު އުޞޫލެއްކަން ސާފުވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޫސާ ނަޞީރު ވ. މޯލްޑިވްސ އިންލެންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާގައި ފާހަގަކޮށްފައިވާކަން؛
30.2. ރަޖުއީކޮށ ޤާނޫން ތަޠުބީޤުނުކުރުމުގެ މަބްދައު މާނަކުރުމުގައި އިޖުރާއީ ޤާނޫނުތަކާއި )law (procedural އާއި ޙައްޤުތައް ޤާއިމުކުރާ މައުޟޫޢީ substansive)( ޤާނޫނުތަކާ ފަރަޤުކުރެއެވެ. ޤާނޫނީ ޢާންމު އުޞޫލަކީ ހަމައެކަނި އިޖުރާއީ އުޞޫލުތައް ބަޔާންކުރާ ޤާނޫނުތަކަކީ، މާޒީގައި ހިނގާފައިވާ ކަންތައްތަކަށް ވެސް ތަޠުބީޤުކުރެވޭނެ ޤާނޫނުތަކަށްވުންކަނަ .
30.3. ވަޒީފާއާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ގައި، ބަޔާންކޮށްފައިވާ އުޞޫލުތައް، އެޤާނޫނު އައުމުގެ ކުރިން ހިނގާފައިވާ ކަންކަމށ ހިނގާނެކަމަށް ބަޔާންކޮށްފައިނުވެއެވެ. އަދި އެޤާނޫނަށް އަމަލުކުރަން ފަށާނީ )13 ވަނަ މާއްދާ ފިޔަވައި( އެ އިޞްލާޙު ފާސްކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
30.4. ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނޫ 6 ވަނަ އިސްލާޙު ގެނައުމުގެ ކުރިއަށް ބަލާއިރު، އެކަށީގެނވ ސަބަބެއް ނެތި ވަޒީފާއިން ވަކިކޮށްފިކަމަށް ޤަބޫލުކުރެވޭ ޙާލަތްތަކުގައި އެކަމުގެ ޝަކުވާ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާ Maxwell 11th Edn., p. 217, where it is stated that the general principle, however, seems to be that alterations in procedure are retrospective, unless there be some good reason against it ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު( އަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ނަންބަރު 28 ޓްރައިބިއުނަލްއަށް ހުށަހެޅުމުގެ ޙައްޤު ލިބިދީފައިވަނީ، ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާ އިންނެވެ. މިމާއްދާގެ ދަށުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ލިބިގެންދަނީ، އެމީހަކު ވަޒީފާއިން ވަކް ކުރި ތާރީ ޚުނ ނުވަތް އެމީހަކަށް އެކަމުގެ ނޯޓިސް ލިބުނު ތާރޚުނ ފެށިގެން 3 މަސްދުވަހުގެ ތެރޭގައިކަން؛
30.5. އެހެންނަމަވެސް، ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަން މާއްދާގަ ދަށުން ޓްރައިބިއުނަލްގެ އިޚްތިޞި ޞާ އިނަ އިސްތިސްނާވާ ފަރާތްތަކުން މައްސަލަ ހުށަހަޅަމުން އައިސްފައިވަނީ ކަމާ ބެހޭ ކޯޓަށްކަމާއ އޭރު ޢަމަލުކުރެވެމުން ދިޔަ ޢާންމު އެހެން މަދަނީ މައްސަލަތަކުގައި ވެސް ޢަމަލުކުރެވެމުން ދިޔަ އުޞޫލުން މިފަދަ މައްސަލަތައް ތަޤާދުމެއް ނެތި ބަލައިގަންނަމުން ގޮސްފައވާކަނ؛
30.6. ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިސްލާޙުން ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ ދަށުނ ވަޒީފާއިން ވަކިކުރުމުގެ ޝަކުވާ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ހައްޤު ކުރިން އިސްތިސްނާ ކުރެވިގެންވާ މ ފަރާތްތަކަށްވެސް ލިބިދިޔި ނަމަވެސް، އެފުރުސަތެ ލިބިގެންދަނީ ވަޒީފާއިން ވަކިކުރި ތާރީޚުގެ ނުވަތަ އެކަމުގެ ނޯޓިސް ލިބުނު ތާރީޚުގެ 03 މަސް ދުވަހުގެ ތެރޭގައި އެފަދަ ޝަކުވާ އެއް ހުށަހެޅިފއިވާނަމަކަން؛
30.7. އެހެންކަމުން، ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާއަށް ގެނެވުނު އިސްލާޙުގެ ސަބަބުން ދެކަމެއް ތައާރުފުވެގެނ ދިޔަކަމާއި، އޭގެ ތެރެއިން މިބާވަތުގެ މައްސަލަ ބަލާ ތަން ބަދަލުވުން 28 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރުމާ ވިދިގެން ޝަކުވާ އުފުލުން )ހ( ނޯޓިސް ދިނުމަށްފަހު ނުވަތަ ނޯޓިސް ދިނުމަކާ ނުލައިނަމަވެސް، މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ، އެވަޒީފާއިން އޭނާ ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައި ވަޒީފާ އަދާކުރި މީހާއަށް ގަބޫލުކުރެވޭނަމަ، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ތިންމަސް ދުވަހުގެ ތެރާގައި އެކަމުގެ ޝަކުވާ، ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު އޭނާއަށް ލިބިގެންވެއެވެ. ވަޒީފާ އަދާކުރި މީހެ އަށް ނޯޓިސް ލިބުނު ތާރީޚުން ފެށިގެން ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަކަށް މިމާއްދާ ހުރަހެއް ނާޅައެވެ 16 ޖޫން 2022 ގައި ޢަމަލުކުރަން ފެށުނު ޤާނޫނު ނަންބަރު 2021/32 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 61 ވަނަ މާއްދާގެ ދަށުން މިބާވަތުގެ މައްސަލަތަކުގައި ދައުވާ އުފުލުމުގެ މުއްދަތު ކަނޑައެޅިފައިވާކަން ފާހަގަކުރެވެއެވެ . forum) of change( އެއީ އިޖުރާއަތަށް ގެނެވޭ ބަދަލެއްކަމުން މިފަދަ ބަދަލުތަކަކީ، ޤާނޫނުގައި ކަނޑައެޅިގެން ބަޔާން ނުކުރާނަމަ ހާދިސާ ހިނގި ތާރީޚަށް ބެލުމެއް ނެތި ތަންފީޛުކުރެވޭ ޤާނޫނ ބަދަލުތަކެއްކަން؛ އެހެންނަމަވެސް، މައްސަލަތައް ހުށަހެޅުމުގައި މިފަދަ ފަރާތްތަކަށް ތަޢާރުފުވި 3 މަސް ދުވަހުގެ ތަޤާދުމެއް )time limitation( ރަޖުއީކޮށް ތަޠުބީޤުކުރުމުގައި،ހުށަހެޅޭ މައްސަލައިގެ ކަންހިނގާފައިވާ ގޮތަށް ބަލައު،އަލަށް ތަޢާރުފުކުރެވޭ ތަޤާދުމި ގިއުޞޫލެއް ތަޠުބީޤުކުރުމުގައ ބަލަން ޖެހޭ އުޞޫލު ތަފާތުވެގެން ދާކަމަށާއ، އަލަށް ތަޢާރުފުކުރެވޭ ތަޤާދުމުގެ އުޞޫލުގެ ސަބަބުނު، އެޤާނޫނު އައުމުގެ ކުރިން ލިބެން އޮތް މަޢުޟޫޢީ ޙައްޤެއް ނެތިދާކަމުގައިވާނަމަ، އެފަދަ އުޞޫލެއް ރަޖުއީކޮށް ތަޠުބީޤުކުރެވިގެންވާނީ ޤާނޫނުގައި އެގޮތަށް ބަޔާންވެގެންވާނަމަކަން؛
30.8. ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާ ޢިބާރާތްކުރެވިފައިވާ ގޮތުނެ، މައްސަލަ ހުށަހަޅަންޖެހޭ ތަން ބަދަލުވުމުގ ކުރިން ވަޒީފާއިން ވަކިކޮށްފައިވާ، އެހެންނަމަވެސް 3 މ ސްވީއިރަ ހުށަނޭޅި ހުރި މައްސަލަތައްބެލުމުގެ އޚްތިޞާޞ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބޭނެ ކަމުގައި ނުދެކޭކަން؛
30.9. އެހެންނަމަވެސް، އިސްތިއުނާފ ކުރެވު މިމައްސަލަ ސިވިލް ކޯޓަށް ހުށަހެޅުނު ދުވަސްވަރު ޢަމަލުކުރެވެމުން ދިޔަ އުސޫލަކީ މިފަދަ ފަރާތްތަކުން )ވަޒީފާއްބެހޭ ޓްރައިބިއުނަލްގެ އިޚް ތޞާޞ ނުހިނގާ ފަރާތްތައް( ހުށަހަޅާ މައްސަލަތައް ބަލައިގަތުމުގައި ތަޤާދުމެއް ނތުންކަމަށްވާތެ، ޤާނޫނަށް ގެނެވުނު މިއިސްލާހު ރަޖުއީ ކޮށް ތަޠުބީޤުކުރާނަމަ މިފަރާތްތަކަށް އެޤާނޫނުގެ ކުރިން ލިބި އޮތ ޙައްޤެއް ގެއްލިގެންދާކަމަށް ބުރަވެވޭތީ، އެފަދް މައްސަލަތަކުގައި ޤާނޫނާ ރަޖުއީ ކޮށް ތަޠުބީޤުނުކުރެވޭނެކަން؛
30.10.ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު މިއިސްލާޙުގެ ސަބަބުން މިބާވަތުގެ މައިސަލަތަކުގައް ސިވިލ ކޯޓުގް އިޚްތޞާޞީގެއް ލޭތޯ އުފެދޭ ސުވާލާއި ގުޅިގެން އަހުރެންނަށް ފާހަގަކުރެވެނީ، ވަޒީފާއާބެހޭ ޤާނޫނަށް ބެލުމުން އެޤާނޫނުގެ 28 ވަނަ މާއްދާގައި ބަޔާންވެގެންވަނީ،މިބާވަތުގެ މައްސަލައެއް އެޓްރައިބިއުނަލަށ ހުށަހެޅޭނީ ވަޒީފާއިން ވަކިކުރި ނޯޓިސް ލިބުނުތާ 3 މަސް ދުވަހުގެ ތެރޭގައި ކަމަށެވެ. އެހެންކަމުން 3 މަސް ހަމަވާ ފަހުން ހުށަހެޅޭ މައްސަލަތައް ބެލުމުގެ އިޚް ތިޞާޞ އެޓްރައިބިއުނަލަށް ލިބިގެންނުވެއެވެ. އެއާ ޚިލާފަށް ސިވިލް ކޯޓުން ކުރިންވެސް މިބާވަތުގެ މައްސަލަތައް ބެލުމުގެ އިޚތިޞާޞ ލިބުނު މާއްދާތައް ހަމަ އެގޮތަށް ބަދަލެއް ނައިސް މިމައްސަލަ އެކޯޓަށް ހުށަހެޅުނު އިރު ވުޖޫދުގައި އޮތެވެ. އެހެންކަމުން މިފަދަ މައްސަލަތައްބެލުމުގެ އިޚތިޞާޞ ސިވިލް ކޯޓަށް ގެއްލުނީކަމުގައި ނުދެކޭކަން؛
31ހުށަހެޅިފައިވާ މައްސަލައަށް ބަލާއިރު، ސަލްފިއްޔާ އަންވަރުގެ ފަރާތުން ހުށަހެޅި މައްސަލައިގެ ފޯމުގައިވާ ވަޒީފާގެ މައްސަލައަކީ، އެމައްސަލަ ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށްލިބިގެންނުވާ މައްސަލއެއްކަމަށް ކަނޑައެޅިފައިވަނީ، ވަޒީފާއާބެހޭ ޤާނޫނު އަށް ގެނެވެނު 6 ވަނަ އިސްލާޙުރަޖުއީ ކޮށް ތަޠުބީޤުކޮށެވެ. މި މައްސަލައިގެ ވާޤިއާތަކަށް ބަލާއިރް، ބުނެވުނު ޤާނޫނު ރަޖުއީކޮށް ތަޠުބީޤުކުރުމުނު ސަލްފިއްޔާ އަންވަރު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއިރް،އެފަރާތަށް ލިބް އޮތި މައްސަލް ހުށަހެޅުމުގެ ޙައްޤު ގެއްލިގެން ދާކަމަށް ބުރަވެއެވެ. އެހެންކަމުން، މިމައްސަލަ ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯ ޓަށ ލިބިގެންނުވާކަމަށް ނިންމި ނިންމުން ރަނގަޅު ކަމުގައި ނުދެކެމެވެ. ވަޒީފާއާބެހޭ ޤާނޫނު އަދި ވަޒީފާއާބެހޭ ޓްރައިނިއުނަލްގ ގަވާއިދެ ގެ 19 ވަނަ މާއްދާއަށް ބަލާއިރު މިމުއްދަތު އިތުރުކޮށްދިނުމުގެ ބާރެއް އެޓްރައިބިއުނލ އަށް ލިބިގެން ނުވެއެވެ. ޤާނޫނު ނަންބަރު 2010/22 )ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު( ގެ ޖަދުވަލް 1 ގެ 27 ވަނަ ނަންބަރު
32ސުވާލަކީ، ސިވިލް ކޯޓުގެ މިނިންމުމުގެ ސަބަބުން ޤާނނުއަސާސީގޫ 65 ވަނަ މާއްދާއިން ލިބިދޭ އަސާސީ ޙައްޤު ހަނިވޭތޯއެވެ. ޤާނޫނުއަސާސީގެ 65 ވަނަ މާއްދާގައި ބަޔާންކުރެވިފައިވަނީ އަންނަނިވި ފަދައިންނެވެ. " މި ބާބުގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއް އެއްވެސް މީހެއްގެ ކިބައިން ނިގުޅައިގެންފެނަމަ، ނުވަތި ހިފަހައްޓައިފިނަމަ، އިންޞާފުވެރި ޙައްލެއް ހޯދުމަށްޓަކައި އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ޙައްޤު އެ މީހަކަށް ލިބިގެންވެއެވެ".
33HN6ޤާނޫނުއަސާސީގެ މިމާއްދާއަށް ބަލާއިރު،މިއީ އެޤާނޫނުއަސާސީނަލިބިދީފައިވާ ޙައްޤެއް ނިގުޅައިގެންފިނަމ ނުވަތަ ހިފަހައްޓް އިފިނަމަ ހައްލު ހޯދުމަށްޓަކައި ވަކި ޚާއްސަ ދައުވާއެއް ކުރުމުގެ ޙައްޤު އުފަންކުރުވާ މާއްދާއެކެވެ. އެކަނ މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 94 ވަނީ މާއްދާއިން ކަށަވަރުވެގެންދެއެވެ. މިގޮތުން މިބާވަތުގެ ދަޢުވާއެއްގެ މައުޟޫޢަކަށް ވެގެންދާނީ ހިފެހެއްޓުނު އަސާސިޙައްޤު ހިފެހެއްޓުނު ގޮތާއި އެކަމުގެ ސަބަބުން ލިބެންޖެހޭ ޙައްލު ހޯދުމެވެ. އިސްތިއުނާފުކުރެވިފައް މ ވާ ސިވިލް ކޯޓުގެ ނިންމުމުގެ ސަބަބުނ އެ ޙައްޤު ގެއްލިގެންދާކަމުގައި ނުދެކެމެވެ.
އެކަށީގެންނުވާ މިންވަރަށް ލަސްވުން
34މިމައްސަލައިގެ ޖަވާބު ހުށަހެޅުމުގައި، އެޗް.ޑީ.ސީ އިން ފާހަގަކޮށްފައިވާ އެއްކަމަކީ،ސަލްފިއްޔާ އަންވަރުގެ ފަރާތުނ މައްސަލަ ހުށަހެޅުމުގައި 4 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަވެފައިވުމުން، equity defeats Delay ގެ ޤާއިދާގެ ދަށުން އެފަރާތަށް އިކުއިޓަބަލް ފަރުވާއެއް ދިނުމަށް ހުރަސް އެޅޭ ކަމަށެވެ. މީގެ އިތުރުން މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނ ގެ 35 ވަނަ މާއްދާގެ )ބ( އަށް ޙަވާލާދީ، މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވަނީ، ވާ ކ ކަމެއް ކުރުމަށް ވަކި މުއްދަތެއް ކަނޑައަޅާފައިނުވާނަމަ، އެކަމެއް ކުރަންވާނީ އެކަށީގެންވައަވަސްމިނުގައި، ބޭކާރު ލަސްވުންތަކެއް ނުހިމެނޭ ގޮތެއްގއ ކަމަށި ވާއިރު، މިމައްސަލައިގައި ހޭދަވެފައިވާ މުއްދަތަކީ މިބާވަތުގެ މައްސަލައެއް ހުށަހެޅުމަށް ނުބައްދަލު ބޭކާރު ވަގުތުތަކެއް ކަމަށެވެ.
35މިނުކުތާގެ ރައްދުގައި ސަލްފިއްޔާ އަންވަރުގެ ފަރާތުނީފާހަގަކޮށްފއިވަނަ، މިމައްސަލައިގައި ބޭކާރު ލަސްވުންތަކެއް އޮތް ކަމަށް ނުބެލެވޭނެކަމަށެވެ. އެގޮތުން ފާހަގަކޮށްފައިވަނ،މިއީ ޤާނޫނޫއަސާސީން ލިބިދޭ އަސާސީ ޙައްޤަކާ ގުޅިގެން ކުރެވޭ އިސްތިއުނާފެއް ކަމުގައިވާތީއާއަ،ޤާނޫނުން ވަކް ބާވަތެއްގެ މައްސަލަތަކަށް ތަޤާދުމެއް ކަނޑަ އެޅުމަށް ފަހު ވަކި ބާވަތުގެ މައްސަލަތަކަށް އެފަދަ މުހުލަތެއް ނެތުމުން މާލަސްވާނ ގޮތެ ޤާނޫނެއްގައި ބަޔާންކުރެ ނ ވާން ކަމަށެވެ. އަދި މިއުސޫލު ސުޕްރީމް ކޯޓުގ އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ . އަމީން ކޮންސްޓރަކްޝަނ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައެޅިފައިވާ ކަމަށެވެ.
36މިމައްސަލައަކީ، ޤާނޫނުއަސާސީން ލިބިދޭ ޙައްޤެއް ހަނިކުރުމ ގުޅާ މައްސަލައެއް ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ދެކޭ ސަބަބަކީ، މިއީ ޤާނޫނުއަސާސީގެ 65 ވަނަ މާއްދާއިން ލިބޭ އަސާސީ ޙައްޤެއް ހަނިވުމާ ގުޅޭ ކަމެއްކަމަށް އިސްތިއުނާފުކުރާ ފ ރާތަށް ބުރަވެވުން ކަމުގައި ބެލެވެއެވެ. އެހެންނަމަވެސް މިރައުޔުގައ ޕެރެގްރާފް 33 ގައި ފާހަގަކޮށްފައިވާނެ ފަދައިން އެމާއްދާއިން ލިބޭ ޙައްޤު މި މައްސަލައިގެ ދަށު ކޯޓުގެ ނިންމުމުގެ ސަބަބުން ގެއްލިގެންދާކަމުގައި ނުދެކެމެވެ.
37HN7އެހެންކަމުން، ސުޕްރީމް ކޯޓުގެ އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. އަމީން ކޮންސްޓް ރަކްޝަނ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގެ 55 ވަނަ ޕެރެގްރާފްގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު މިމައްސަލައާއި ގުޅިގެނި ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖްލީހުގައި ފާހަގަކުރައްވާފައިވާ އުސޫލުތައް ތަޠުބީޤުކުރުމުން މިމައްސަލައަށް މ ނަކުރުމުގާ ހަމަތައް ބަޔާންކުރުމުގެ ޤާނޫނ ގެ 35 ވަނަ މާއްދާގެ )ބ( ގައި ބަޔާންކުރި އުސޫލުތައް ތަޠެ ބީޤުކުރެވޭނެ ކަމުގައި ދެކެމެވެ. އަދ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ.މުޙައްމަދު ޝިފާޢު ޤަޟިއްޔާގައި،
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުގެ 27 ވަނަ ޕެރެގްރާފްގައިވެސަ،ޤާނޫނެއްގައި މުއްދަތެއް
ކަނޑައަޅާފައިނުވާނަމ، ދެން ޢަމަލުކުރަންޖެހޭ ގޮތް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ )ބ( ގައި ބަޔާންކުރެވިފައިވާތީ ޤާނޫނުގައި މުއްދަތެއް ބަޔާންކޮށްފައިނުވުމ ޤާނޫނީ ހުސްކަމެއްކަމަށް ނުބެލެވޭނެ ކަމަށް ކަނޑައެޅިފައިވާތީއެވެ.
38އެހެންކަމުން މިމައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުގައި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނ ގެ 35 ވަނަ މާއްދާގެ )ބ( ގެ ދަށުން އެކަށީގެންވާ އަވަސް މިނެއްގައި ބޭކާރު ލަސްވުންތަކެއް ނެތި ޢަމަލުކުރެވިފައިވޭތޯ ބަލަންޖެހެއެވެ.
38.1. ދެފަރާތުން ދެއްކި ވާހަކަތަކަށް ބަލާއިރު، ސަލްފިއްޔާ އަންވަރު، 18 އޮކްޓޯބަރު 2016 އިން ވަޒީފާއިން ވަކިކުރުމުން، 19 ޖަނަވަރީ 2017 ގައި، މައްސަލް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅުމުން 7 މާރިޗް 2017 ގައި އެޓްރައިބިއުނަލ އިން މައްސަލް ބަލައިނުގަތުމަށް ނިންމިކަން އެނގެއެވެ. އަދި އެޓްރައިބިއުނަލްގެ ނިންމުން ރަނގަޅުކަމަށް ސަލްފިއްޔާ އަންވަރަށ ޤަބޫލުކުރެވުނުކަމަށާއ، ދެން މައްސަލަ ހުށަހަޅަން ޖެހެނީ،ސިވިލް ކޯޓަށްކަނ ވެސް އެފަރާތުން ފާހަގަކުރެއެވެ. އެހެން ނަމަވެސް، އެފަރާތުން ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަނީށަ މައްސަލް ހުށަހަޅާފައިވަނީ، އޭގެ 4 އަހަރު ފަހުން 25 އޭޕްރީލް 2021 ގައި ކަން އެނގެއެވެ.
38.2. އެހެންކަމުން މިމައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރާ ފަދައިން އެކަށީގެންނުވާ ބޭކާރު ލަސްވުންތަކެއް ހިމެނޭކަމަށް ބެލެވެއެވެ. އަދި މިފަދަ ލަސްވުމެއް އައި އިތުރު ސަބަބެއް ވެސް އެފަރާތަށް ބުނެދެވިފައިނުވެއެވެ.
ނިންމަން ފެންނަ ގޮތް
39ބުނެވިދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމުން، މިއިސްތިއުނާފު ބިނާވެފައިވަނީ، ޤާނޫނުއަސާސީގެ 65 މާއްދާގެ ދަށުން ލިބޭ ޙައްޤެއް ގެއްލިގެންދިއުމުގެ މައްޗަށްކަމަށް ފާހަގަކޮށްފާއިރަ، ސިވިލ ކޯޓުގް ނިންމުމުގެ ސަބަބުން އެޙައްޤު ގެއްލިގެންދާކަމަށް ބުރަނުވެވޭތީއާއް،މިދައުވާ ސިވިލް ކޯޓަށް ހުށަހެޅުމުގައި އެކަށީގެންނުވާ ދިގު މުއްދަތެއް ފާއިތުވެފައިވާކަނ އެނގެން އޮތުމުން، މިމައްސަލަ ބަލައިނުގަތުމަށް ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެންނަންނުޖެހޭ ކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
40މިޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމަކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށްލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 )ތިރީސް( ދުވަހެވެ.އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ހ(
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 4 ވަނަ ބާބު، 28 ވަނަ މާއްދާގެ (ހ)، 32، 34 ވަނަ މާއްދާގެ (ހ)، 37، 38 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2020 (ވަޒީފާއާބެހޭ ޤާނޫނަށް 6 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު)
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ބ) އަދި 35 ވަނަ މާއްދާގެ (ބ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 19 ވަނަ މާއްދާ އަދި 65 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 1 ގެ 27 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 61، 94 އަދި 284 ވަނަ މާއްދާ
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 19 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ 2014/SC-A/41 (މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ)
- ސުޕްރީމް ކޯޓުގެ 2015/SC-A/08
- ސުޕްރީމް ކޯޓުގެ އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް [2021] SC 111
- ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޝިފާޢު [2022] SC 13
- ހައިކޯޓުގެ 2009/HC-A/203
- ހައިކޯޓުގެ 2021/HC-A/168 (އިޙްސާން ޝަރީފް މައްސަލަ)
- ހައިކޯޓުގެ 2021/HC-A/313 (ދިއާރު އައިޑެނިޒް މައްސަލަ)
- ހައިކޯޓުގެ 2021/HC-A/112، 113 (ޕަމޭލާ ލީ މެއި ނާ އަދި ނިކޮލަސް މައިކަލް ހިއު މޭސަން ވ. އެފްޒީ ހޯލްޑިންގްސް)
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 14/VTR/2017
- Maxwell on Interpretation of Statutes, 11th Edn., p. 217
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.