ހައިޘަމް ޢަލީ އަދި ޢަލީ މޫސާ ވ. މީޑިއާ ނެޓް ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 2078/Cv-C/2019
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުއްޔަށް ދިނުމުގެ އެއްބަސްވުން ކުއްޔަށްދިން ފަރާތުން ބާޠިލުކުރުމުން، ކުއްޔަށްހިފި ފަރާތުން ދެއްކި އެޑްވާންސް ފައިސާއިން، ތަން ހަވާލުނުކޮށް ހޭދަވި މުއްދަތުގެ ކުލި އުނިކުރެވޭނެތޯ (އެއްބަސްވުމުގެ 3.2 އާއި 3.3 ވަނަ މާއްދާ)؛ އަދި ދަށުކޯޓަށް ހުށަނާޅާ ސިޓީއެއް އައު ހެއްކެއްގެ ގޮތުގައި ހައިކޯޓަށް ހުށަހެޅިދާނެތޯ.
ނިންމުން
ނިންމުން ލިޔުމުގައި ނުފެނޭނިންމުން ލިޔުމުގައި ނުފެނޭ
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދަށުކޯޓެއްގެ ނިންމުމެއް އިސްތިއުނާފުކުރެވޭ ޙާލަތްތަކުގެ ތެރޭގައި، ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބު ހުރުމާއި، ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހުރުން ހިމެނެއެވެ.
HN2 ކުއްޔަށްދިނުމުގެ އެއްބަސްވުމުގައި އެޑްވާންސް ފައިސާ އުނިކުރާނެ ގޮތް ޚާއްޞަކޮށް ބަޔާންކޮށްފައިވާނަމަ، ދެފަރާތުން ވަކިން އެހެން ގޮތަކަށް އެއްބަސްނުވާ ޙާލަތެއްގައި، އެ އުޞޫލާ ޚިލާފަށް އެޑްވާންސް ފައިސާގެ ތެރެއިން ބައެއް އުނިކުރުމުގެ ބާރު ޝަރީޢަތަށް ލިބިގެންނުވެއެވެ.
HN3 ތަން ދޫކޮށްލާއިރު ކުއްޔަށްހިފި ފަރާތުން ދައްކަންޖެހޭ ފައިސާ ސެކިއުރިޓީ ޑިޕޮސިޓުން އުނިކުރެވޭނެކަމަށް ބުނާ މާއްދާއެއްގެ ދަށުން، ކުލި ދައްކަން ފެށޭނީ ތަން ހަވާލުކުރާ ދުވަހުން ކަމަށް އެއްބަސްވުމުގައި ބުނެފައިވާއިރު ތަން ހަވާލުކުރުމެއް ނެތި އެއްބަސްވުން ބާޠިލުކޮށްފިނަމަ، ކުލި ދެއްކުން ފެށޭނެ ޙާލަތެއް މެދުވެރިވެފައިނުވާތީ، ކުލި ޑިޕޮސިޓުން އުނިކުރެވޭނެކަމަށް ނުވަތަ ކުލި ނަގައިދޭންޖެހޭކަމަށް ޤަބޫލުނުކުރެވެއެވެ.
HN4 ކޮންޓްރެކްޓަކީ ދެމީހެއްގެ ނުވަތަ ދެމީހަކަށްވުރެ ގިނަ ބައެއްގެ މެދުގައި އެއްބަސްވެވޭ، ޤާނޫނު ޤަބޫލުކުރާ ނުވަތަ ޤާނޫނު ބާރުދޭ އެއްބަސްވުމެކެވެ؛ ލިޔުމުން ވެވިފައިވާ އެއްބަސްވުމުގެ ޝަރުޠުތަކާ އެއްގޮތަށް ދެފަރާތުގެ ޙައްޤުތައް ކަނޑައަޅަންވާނެއެވެ.
HN5 ޢާއްމު އުޞޫލެއްގެ ގޮތުން މަދަނީ ޚުޞޫމާތްތަކުގައި ޘާބިތުކުރުމުގެ ބުރަ (onus probandi) އުފުލަންޖެހޭނީ ދަޢުވާކުރާ ފަރާތުންނެވެ؛ ދަޢުވާ ރައްދުވާ ފަރާތުން ދިފާޢުގައި ކުރާ ދަފްޢު (plea) ޘާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ އެ ދަފްޢު ކުރާ ފަރާތުންނެވެ.
HN6 ހައިކޯޓުން އިސްތިއުނާފު ބަލާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތައް އަސާސްކޮށްގެންނެވެ؛ ދަށުކޯޓުގައި އެކަށީގެންވާ މަސައްކަތް ކޮށްގެންވެސް ނުލިބޭ ހެކި މެނުވީ، އެމަރުޙަލާގައި ހުށަހެޅުމުގެ ފުރުޞަތު އޮތް ނަމަވެސް ހުށަނާޅާ ހެކި، އިސްތިސްނާ ޙާލަތެއްގައި މެނުވީ ހައިކޯޓަށް ހުށަނާޅޭނެއެވެ. ދަށުކޯޓުގައި މައްސަލަ ހިނގަމުންދިޔައިރު ހުށަހެޅުމުގެ ފުރުޞަތު އޮތް ސިޓީއެއް، ފުރުޞަތު ނުލިބުމުން ހުށަނާޅާކަން ދަލީލުނުކޮށް، ހައިކޯޓަށް އައު ހެއްކެއްގެ ގޮތުގައި ހުށަހެޅުމަކުން އެކަމުގެ ޝަރުޠު ފުރިހަމަނުވެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ފާޠިމަތު ފަރްހީޒް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޙުސައިން ޝަހީދު · ތާއީދުކުރެއްވީ: ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ފާޠިމަތު ފަރްހީޒް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1މިއީ، ސިވިލު ކޯޓުގެ ނަންބަރ 2078/Cv-C/2019 ޤަޟިއްޔާއެ ކޯޓުން ނިންމާފައިވަނީ، ޝަރުޢއަދީ ޤާނޫނީ އުޞޫލު ތެކާ ޚިލާފަށްކަމަށް ބުނީ ކ.މާލެ، […] / ހައިޘަމް ޢަލ )އައިޑީ( އާއި ކ.މާލެ، […] / ޢަލީ މޫސާ )އައިޑީ( ގެފަރާތުނ އުމައްސަލަ އިސްތިއުނާފ ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
2މިޤަޟިއްޔާ ގައީ އިސްތިއުނާފި ރައްދުވު ފަރްތަކު މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް )ރަޖިސްޓްރީ ނަންބަރ (C-349/2005އެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް
3މަޑިއާނެޓ ޕްރައިވެޓް ލިމިޓެޑާއި، […] / މާލެ، ހައިޘަމް ޢަލީއާއި ޢަލީ މޫސާއާ ދެމެދު […] ސެކަންޑް ފްލޯރއާއި، ތާރޑް ފްލޯރ ކުއްޔަށްދިނުމުގެ އެއްބަސްވުން ނަމުގައި އެއްބަސްވުމެއްގައ 13 ޑިސެންބަރު 2018 ގައި ސޮއިކުރެވުނެވެ.
4މިއެއްބަސްވުމުގެ ދަށުން މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހައިޘަމް ޢަލީއާއި ޢަލީ މޫސާއަށް އެޑްވާންސްގެ ގޮތުގައި 800,000/- ރ. )އަށްލައްކަ ރުފިޔާ( ދައްކާފައިވެއެވެ. އަދި މި އެއްބަސްވުން ހައިޘަމް ޢަލީއާއި ޢަލީ މޫސާގެ ފަރާތުނ 08 މެއި 2019 ތާރީޚުގައި ބާޠިލްކޮށްފައިވެއެވެ.
5ބުނެވެދިޔަ އެއްބަސްވުން ހައިޘަމް ޢަލީއާއި ޢަ ލީ މޫސާ ބާޠިލްކޮށްފައިވާތީ، މީޑިއާނެޓްޕްރައިވެޓ ލިމިޓެޑްއިން އެއްބަސްވުމުގެ ދަށުން އެޑްވާންސްގެ ގޮތުގައި ދައްކާފައިވާ 800,000/-ރ. )އަށްލައްކަ ރުފިޔާ( 08 މެއި 2019 ގައިހައިޘަމް ޢަލީގެ ފަރާތުންމިޑިއާނެޓ ޕްރައިވެޓް ލިމިޓެޑށަ ފޮނުވާފައިވާ ސިޓީ މިއަދާހަމައަށްވެސް ލިބިފައިނުވާތީ، އެފައިސާ ހޯދުމަށް އެދި މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ
6އިސްތިއުނާފެ މިކުރެވޭ ސިވިލް ކޯޓުގ ނަންބަރ 2078/Cv-C/2019 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑާއި، […] / މާލެ، ހައިޘަމ ޢަލީއާއި ޢަލީ މޫސާއާ ދެމެދު 13 ޑިސެންބަރު 2018 ގައި ވެވުނު "މ.ފުރަންކަރަގެ ސެކަންޑް ފްލޯރއާއި، ތާރޑް ފްލޯރ ކުއްޔަށްދިނުމުގެ އެއްބަސްވުން" ހައިޘަމް ޢަލީއާއެ ޢަލީ މޫސާ ބާޠިލުކޮށްފައިވާތީ، މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑްއިން އެއްބަސްވުމުގެ ދަށުން އެޑްވާންސްގެ ގޮތުގައި ދައްކާފައިވާ 800,000/- ރ. )އަށްލައްކަ ރުފިޔާ( މިއަދާ ހަމައަށްވެސް ލިބިފައިނުވާތީ، އެފައިސާ ހޯދުމަށް އެދި މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން […] / މާލެ، ހައިޘަމް ޢަލީއާއި ޢަލީ މޫސާގެ މައްޗަށް ދަޢުވާކޮށް ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެން އޮވެއެވެ.
ސިވިލް ކޯޓުން ނިންމގޮތި
7ސިވިލް ކޯޓުގެ ނަންބަރ: 2078/Cv-C/2019 ޤަޟިއްޔާ ނިންމަވާފައިވަނީ؛ "ދެންފަހެ،ބުނެވިދިޔ ކަންކަނަ އެގޮތުގައި ހުރުމާއެކު، މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑުގޭ ފަރާތުން […] / މާލެ، ހައިޘަމް ޢަލީއާއި، ޢަލީ މޫސާގެ މައްޗަށް ދަޢުވާކޮށް ހުށަހެޅި މި މައްސަލާގައި ދަޢުވާކުރާ ފަރާތާއި، ދަޢުވާލިބޭ ފަރާތްތަކާ ދެމެދާ […] އެވެކިޔާ ގޯތީގައި ކޮށްފައިވާ ޢިމާރާތުގެ ސެކަންޑް ފްލޯރއާއި، ތާރޑް ފްލޯރ ކުއްޔަށްދިނުމާ ގުޅޭގޮތުން ވެވުނު އެއްބަސްވުމުގެ ދަށުން، ދަޢުވާކުރާ ފަރާތުން ދައްކާފައިވާ އެޑްވާންސް ފައިސާއަށްވާ 800,000/- ރ. )އަށްލައްކަ ރުފިޔާ( ގެ ތެރެއިން ދަޢުވާކުރާ ފަރާތުގެ އެދުމުގެ މަތީން ދަޢުވާލިބޭ ފަރާތްތަކުން ތަނަށް ގެންނަންޖެހުނު ބަދަލަށް އެފަރާތްތަކުން ކޮށްފައިވާ ޚަރަދުގެ ގޮތުގައި އެމް-ބިލްޑަރސްގ ގޮތުގައެ އިންވޮއިސްއިނ ފެންނަން އޮންނަ 175,960/- ރ. )އެއްލައްކ ހަތްދިހަ ފަސްހާސް ނުވަސަތޭކަ ފަސްދޮޅަސް ރުފިޔާ( އުނިކުރުމުންވ 624,040/- ރ. )ހަލައްކަ ސައުވީސްހާސް ސާޅީސް ރުފިޔާ( އަކީ ދަޢުވާލިބޭ ފަރާތްތަކުން ދަޢުވާކުރާ ފަރާތަށް އަދާކުރަންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ޘާބިތުވާކަމަށާއި، އަދި ދަޢުވާލިބޭ ފަރާތްތަކުން އެދުނުފަދައިން 02 )ދޭއް( މަސްދުވަހުގެ ކުއްޔަށްވާ ފައިސާ އެޑްވާންސްގެ ފައިސާގެ ތެރެއިން އުނިކޮށްދެވޭނޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއްވިޔަސ ނެތްކަމަށް ކަނޑައަޅައި، ބުނެވުނު 624,040/- ރ. )ހަލައްކަ ސައުވީސްހާސް ސާޅީސް ރުފިޔާ( ދަޢުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުން 13 ޖުލައި 2020 އިން ފެށިގެން 03 )ތިނެއް( މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކު އެމަހަކަށްޖެހޭ ފައިސާގެ ޢަދަދަށްވުރެ މަދުނޫން ފައިސާގެ ޢަދަދެއް ސިވިލް ކޯޓަށް ދައްކައި މިދަރަނި ޚަލާސްކުރުމަށް ދަޢުވާލިބުނު […] / މާލެ، ހައިޘަމ ޢަލީއާއި ޢަލީ މޫސާއަށް އަންގައި، ޢަލީ މޫސާގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް
8ސިވިލް ކޯޓުގެ ނަންބަރ 2078/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފ ކުރުމަށް އެދި ކ.މާލެ، […] / ހައިޘަމް ޢަލީއާއި ކ.މާލެ، […] / ޢަލީ މޫސް ގ ފަރާތުނ 02 )ދާ އ(ނުކުތެ ހުށަހަޅައި އާ ނުކުތެ ތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގާމަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެ ނުކުތތަކކީ؛
8.1 ސިވިލް ކޯޓުން މައްސަލަ ނިންމެވިއިރު، އިސްތިއުނާފު ރައްދުވާ ފަރާތުގެ ބޭނުމަށް ކުއްޔަށްދިން ތަނުގެ ޑްރޯވިންގ ބަދަލުކޮށް ކުއްޔަށްދިން ތަނަށް ކުއްޔަށްހިފި ފަރާތުން އެދިގެން ތަނަށް ގެނެވުނު ބަދަލުތަކުގު މަސައްކަތަށްވ ފައިސާ އެޑްވާންސް ފައިސާއިން އުނިކުރަންޖެހޭކަމަށް ކަނޑައެޅުއްވުމަށްފަހު އިސްތިއުނާފު ރައްދުވާ ފަރާތުން ތަނުގެ ކުރެހުން ބަދަލުކުރުމަށާއި، އައުކުރެހުން އެކުލަވައިލުމަށާއި، އައު ކުރެހުން ފާސްކުރުވައި އެކުރެހުމާ އެއްގޮތަށް ތަނަށް ބަދަލުތަކެއެ ގެނައުމަށް ހޭދަވްފައިވާ މަސްތަކުގެ ކުލި އެޑްވާނސ ފައިސާއިން އުނިކުރަން އެއްބަސްވުމުގް 2.1 ވަނަ މާއްދާއާއި 3.2 ވަނީ މާއްދާއާ ޙަވާލާދެއްވައި ނިންމަވާފައިވާއިރު އެޑްވާންސް ފައިސާއިން އުނިކުރެވޭނެ ގޮތްތަކާއި ކަންކަން ބަޔާންކުރަން އެއްބަސްވުމުގ 3.3 ވަނަ މާއްދާކަން އ ނގެން އޮވެފައި އެ މާއްދާގައި "...ކުއްޔަށްހިފިތަން ދޫކޮށްލާއިރު ކުއްޔަށްހިފި ފަރާތުން ކުއްޔަށްދިން ފަރާތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ..." އެ ފައިސާއެއް އެޑްވާންސް ފައިސާއިން އުނިކުރެވޭނެކަމަށް ބަޔާންކޮށްފައި އޮތުމުން، މައްސަލަ ނިންމެވުމުގައ ރިޢާޔަތްކުރެވިފައިވަނީ އެއްބަސްވުމުގެ ރަނގަޅު މާއްދާއަށް ނޫންކަން އެނގެން އޮތުމާއި، އިސްތިއުނާފު ރައްދުވް ފަރާތުގާ ބޭނުމަކަށް ކުއްޔަށްދިން ތަން ހިފެހެއްޓިފައިވީ މުއްދަތުގެ ކުލި ކުއްޔަށްދިން ފަރާތަށް ޙައްޤުވާކަމާއި، ކުލީގެ އެ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއްކަމަށްވުމުނ 3.3 ވެނ މާއްދާގަ ދަށުން އެ ފައިސާ އުނިކުރެވޭނެކަން އ ނގެނ އޮތްނަމަވެސް އެކަމަށް ރިޢް ޔަތްނުކުރައްވައ މައްސަލި ނިންމަވާފައި އޮތުމުން މައްސަލައިގެ އިންސާފު ޤައިމުވެފައިނެތުންކަމަށ ބުނެ ހުށަހެޅި ނުކުތާއާއި
8.2 ޝަރީޢަތަށް ހުށަހެޅި ފައިވާ މައްސަލައެއްގައި ޝަރީޢަތުން ވަކިކަމެއް ވަކިގޮތަކަށް ނިންމަންވާނީ އެކަމާބެހޭގޮތުނ ދެފަރާތުން ވާހަކް ދައްކާފައިނުވާނަމަ އެކަމާބެހޭގޮތުނ ދެފަރާތުން ސުވާލުކޮށް ދެފަރާތަށްމެ ވާހަކަދައްކަން ފުރުޞަތުދިނުމަށްފަހުގައިކަމާއި، މިގޮތުން ކުއްޔަށްދިންތަނަށް އ ސްތިއުނާފ ރައްދުވާ ފަރާތުން ބޭނުންވާ ބަދަލުތައް ގެނައުމަށްޓް ކައި އެފަރާތުން ތަނުގެ ކުރެހުން އެތައް ފަހަރެއްގެމަތިން އިސްލާޙުކުރަމުން ހޭދަވެގެންދިޔަ މުއްދަތުގެ ކުލި ދައްކަން އަންގާފައިނުވާކަމަށ ޝަރީޢަތުން ނިންމުމުގެ ކުރިން އެ މުއްދަތުގެ ކުލި ދައްކަން އެން ގިތޯ ނުވަތަ ނޫންތޯ ސުވާލުކޮށް ބަޔާނެއް ނަގާފައިނުވާތީއާއި، އެ މުއްދަތުގެ ކުލި ދައްކަން އިސްތިއުނާފުކުރާ ފަރާތުނ 14 އޭޕްރީލް 2019 ގައި އަންގާފައި އޮތުމުން މައްސަލައިގެ އެ ނުކުތާއަށް ގޮތެއް ކަނޑައެޅިފައިވަނީ ޢަދުލު އިންސާފުގެ ހަމަތަކާ ޚްލފަށްކަމަށ ބެލެން އޮތުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
9ސިވިލް ކޯޓުގެ ނަންބަރ 2078/Cv-C/2019 ޤަޟިއްޔާގެ ޝަރީޢަތް ނިމުން ގޮތުގު ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށެ ކ.މާލެ، […] / ހައިޘަމް ޢަލީއާއި ކ.މާލެ، […] / ޢަލ މޫސާގިފަރާތުނ ހުށަހަޅާފައިވް ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން މައްސަލައިގައި ހިމެނޭ ފަރާތްތަކުނ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރެ ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
10HN1ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް އިސްތިއުނާފު ކުރެވޭނެ ޙާލަތްތަކުގެތެރޭގައި، އިސްތިއުނާފު ކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠުބީޤު ކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހުރުން ހިމެނޭކަން އެނގެން އޮވެއެވެ.
11އިސްތިއުނާފުކުރެވިފައި މިވާ ޤަޟިއްޔާއަކީ ބިމާ ޢިމާރާތް ކުއްޔަށް ދިނުމާބެ ހ ގޮތުން ހުށަހެޅިފައިވާ މައްސަލައެއްކަން އެނގެންއޮވެއެވެ. އެ މައްސަލަ ބިނާކޮށްފައިވާ މައިގަނޑު އަސާސަކީ ދެފަރާތުގެ ދެމެދުގެ ވެވުނު އެއްބަސްވުމެއްގެ ދަށުން ކުއްޔަށް ހިފި ފަރާތުން ދައްކާފައިވާ އެޑްވާންސް ފައިސާ ކުލިން އުނިކުރުމާ ގުޅޭގޮތުންނެވެ.
12HN2އިސްތިއުނާފު ކުރެވިފައި މިވާ ޤަޟިއްޔާ ނިންމާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ބޭނުމަށް ކުއްޔަށްދިން ތަނުގެ ޑްރޯވިންގ ބަދަލުކޮށް ކުއްޔަށްދިން ތަނަށް ކުއްޔަށްހިފި ފަރާތުން އެދިގެން ތަނަށް ގެނެވުނު ބަދަލުތަކުގެ މަސައްކަތަށްވ ފައިސާ އެޑްވާންސް ފައިސާއިން އުނިކުރަނުޖެހޭކަމަށް ކަނޑައެޅމަށްފަހ، ތަނުގެ ކުރެހުން ބަދަލުކުރުމަށާއި، އައުކުރެހުން އެކުލަވައިލުމަށާއި، އައު ކުރެހުން ފާސްކުރުވައި އެކުރެހުމާ އެއްގޮތަށް ތަނަށް ބަދަލުތަކެއް ގެނައުމަށް ހޭދަވެފައިވާ މަސްތަކުގެ އަގު އެޑްވާންސް ފައިސާއިން އުންނުކުރެވޭނެކމަށ އެއްބަސްވުމުގެ 2.1 ވަނަ މާއްދާއާއި 3.2 ވަނަ މާއްދާއާ ޙަވާލާދީ ނިންމަވާފައވާކަމަށާއި، އެޑްވާންސް ފައިސާއިން އުނިކުރެވޭނެ ގޮތްތަކާއި ކަންކަން ބަޔާންކުރަނީ އެއްބަސްވުމުގ 3.3 ވަނަ މާއްދާކަން އެނގެން އޮތްއިރު، އިސްތިއުނާފުކުރެވިފައި މިވާ މައްސަލަ ނިންމެވުމުގައި ރިޢާޔަތްކުރެވިފައިވަނީ އެއްބަސްވުމުގެ ރަނގަޅު މާއްދާއަށް ނޫންކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތުގެ ބޭނުމަކަށް ކުއްޔަށްދިން ތަން ހިފެހެއްޓިފައިވީ މުއްދަތުގެ ކުލި ކުއްޔަށްދިން ފަރާތަށް ޙައްޤުވާކަމާއި، ކުލީގެ އެ ފައިސާއަކީ ދައްކަންޖެހްފައސާއެއްކަނ އެއްބަސްވުމުގެ 3.3 ވަނަ މާއްދާގެ ދަށުނ އެނގެން އޮތްނަމަވެސް އެކަމަށް ރިޢެ ޔަތްނުކުރައްވައ މައްސަލި ނިންމަވާފައި އތުމުނ މައްސަލައިގް ޤާނޫނު ނަންބަރު 2010/22 ) ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު(ގ 43 ވަނަ މާއްދާ އިންސާފު ޤއިމުވެފައިނެތުންކަމަށާ ބުނާބުނުމަށް ބަލާއިރު،ސިވިލ ކޯޓުގް ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ ހަތަރު ވާނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކުރާ ކުލީގެ ފައިސާއަމެދ ގޮތެއު ކަނޑައެޅުމުގައި ޝަރީޢަތުން ނަޒަރުކުރަންޖެހޭނީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ބަޔާން އޮތް ގޮތެއްގެ މައްޗަށްކަމަށެވެ. އެގޮތުނެ އެއްބަސްވުމުގ 2.1 ވާނަ މާއްދާގަ ދަށުން އެއްބަސްވުމުގެ ދަށުން ކުއްޔަށް ދެވޭ މުއްދަތަކީ ތަން ހަވާލުކުރި ދުވަހުން ފެށިގެން މީލާދީ 10 އަހަރު ދުވަސް ކަމަށް ބަޔާންވެގެންވާއިރު، އެއްބަސްވުމުގ 3 ވަން މާއްދާގައިވާ އެޑްވާންސް ފައިސާ އާއި، ޑޭ ޕޮޒިޓި ފައިސާ ރިފަންޑް ކުރެވޭ ގޮތުގެ މައްޗަށް ބަލާއިރު، އެއްބަސްވުމުގެ 3.2 ވަނީ ނަންބަރުގައި އެޑްވާންސް ފައިސާ އުނިކުރާނެ ގޮތަކީ ތަން ހަވަލުކުރާ ދުވަހުން ފެށިގެން މީލާދީ 80 )އަށްޑިހަ( މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކު 10,000/-ރ. )ދިހަހާސް ރުފިޔާ( ގެ މަގުން އުނިކުރަމުންގޮސް ކަމަށް ބަޔާންވެ އޮތުމުން، އެއްބަސްވުމުގ 2.1 ވަނަ މާއްދާއާއި، 3.2 ވަނަ މާއްދާ ފުށުއަރާގޮތަށް، ވަކިން ދެފަރތުންވަކިގޮތަކަށް އެއްބަސްނުވި ޙާލަތތަކުގައ އެއްބަސްވުމުގެ 3.2 ވަނަ ނަންބަރުގައި ބަޔާންކުރާ އުޞޫލާ ޚިލާފަށް އެޑްވާންސް ފައިސާގެ ތެރެއިން ބައެއް އުނިކުރުމި ގެ ބާރަކީ ޝަރީޢަތަށް ލިބިގެންވާ ބާރަކަށް ނުވާތީ، އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކުރި 02 )ދޭއް( މަސްދުވަހުގެ ކުއްޔަށްވާ ފައިސާ އެޑްވާންސް ފައިސާގެ ތެރެއިން އުނިކޮށްދެވެނ ނެތްކަން ބަޔާންކޮށްފައިވެއެވެ.
13އިސްތިއުނާފު ކުރެވިފައި މިވާ ޤަޟިއްޔާގެ ޝަރީޢަތް ނމުނުގޮތުގި ރިޕޯޓަށް ބެލުމުން، އިސްތިއުނާފުކުރާ ފަރާތްތަކާއާ އިސްތިއުނާފުރައްދުވ ފަރާތާ ދެމެދާ ވެފައިވާ އެއްބަސްވުމަށް ރިއާޔަތްކޮށް، އިސްތިއުނާފުކުރ ފަރާތްތަކުނ އެޑްވާންސްގެ ގޮތުގައި ދައްކާފައިވާ ފައިސާ އުނިކުރެވޭނެގޮތް ވަރަށް ތަފްޞީލްކޮށް ބަޔާންކޮށްފައި ވާކަން އެނގެން އޮވެއެވެ. އަދި އިސްތިއުނާފުކުރެވިފައި މިވާ މައްސަލަ ނިންމެވުމުގައ ރިޢާޔަތްކުރެވިފައިވަނީ އެއްބަސްވުމުގެ ރަނގަޅު މާއްދާއަށް ނޫންކަމަށާއި، އެޑްވާންސް ފައިސާއިން އުނިކުރެވޭނެ ގޮތްތަކާއި ކަންކަން ބަޔާންކުރަނީ އެއްބަސްވުމުގ 3.3 ވަނި މާއްދާއިން ކަމަށާއި، މި މާއްދާއަށް ރިޢާޔަތްކޮށް އިސްތިއުނާފުކުރާ ފަރާތުން ނަގަދިނުމަށް އެދިފައިވާ ކުލީގެ ފައިސާ އެޑްވާންސް އަށް ދެއްކި ފައިސާ އިން އުނިކުރެވިދާނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާއިރު، އެއްބަސްވުމުގ 3.3 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނ "އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ނުވަތް އެހެންވެސް ސަބަބަކަށްޓަކައި، ކުއްޔަށް ހިފި ތަން ދޫކޮށްލާއިރު، ކުއްޔަށް ހިފި ފަރާތުން ކުއްޔަށް ދިން ފަރާތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ވާނަމަ އަދި އެތަނުގައި މަރާމާތެއ ކުރަން ހުރިނަމަ، ނުވަތަ ސްޓެލްކޯ،އެމް.ޑަބްލިޔު.އެސް.ސީ ފަދަ އެއްވެސް ތަން އްގެ ބިލަކަށް ކުއްޔަށް ހިފާފައިވާ މުއްދަތުގެ ތެރޭގައި ފައިސާނުދައްކާ ބިލެއްވާނަމަ، ސެކިއުރިޓީ ޑިޕޮސިޓް އިނާ އ އަދަދެއް އުނިކުރުމަށްފަހު،ބާކީވ ފައިސާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ކުއްޔަށް ދިން ފަރާތްތަކުން ކުއްޔަށްހިފި ފަރާތަށް އަނބުރާ ދައްކަންޖެހޭނެއެވެ."
14HN3ހަވާލާދެވުނު މާއްދާގައި ފާހަގަކޮށްފައިވަނީ، އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ކުއްޔަށް ހިފި ފަރާތުން ކުއްޔަށް ދިން ފަރާތްތަކަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ ނުވަތަ އެތަނުގައި އެއްވެސް މަރާމާތެއ ކުރުމަށް ހުރިނަމަ ނުވަތަ ދައްކަންޖެހޭ ބިލެއް ނުދައްކާވާނަމަ އެ އަދަދެއް ސެކިއުރިޓީ ޑިޕޮސިޓް އިނ އުނިކުރެވޭނެކަމަށެވެ. އަދި އިސްތިއުނާފުކުރާ ފަރާތްތަކުން އެއްބަސްވުމުގ 3.3 ވަނީ މާއްދާއަށް ރިޢާޔަތްކޮށް ހޯދުމަށް އެދިފައިވަނީ 3 މަސް ދުވަހަށް ލިބެންޖެހޭ ކުލިކަނ އެނގެން އޮންނައިރު، އެއްބަސްވުމުގެ 4.1 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފި ތަނުގެ ކުލި ދައްކަން ފެށޭނީ ތަން ހަވާލުކުރި ދުވަހުން ފެށިގެން ކަމަށްވާއިރު، ކުއްޔަށް ހިފި ތަން އިސްތިއުނާފުކުރާ ފަރާތްތަކުން އިސްތިއުނާފ ރައްދުވާ ފަރާތަށް ހަވާލުކުރުމެއ ނެތް އެއްބަސްވުން ބާޠލްކޮށްފައިވާތީ، އެއްބަސްވުމުގެ 3.3 ވަނަ މާއްދާގެ ދަށުނ ސެކިއުރިޓީ ޑިޕޮސިޓުން 2 މަހުގެ ކުލި އުނިކުރެވިދާނެކަމަށް ޤަބޫލުނުކުރެވެއެވެ. އެހެންކަމުން ސިވިލް ކޯޓުން މައްސަލަ ނިންމެވުމުގައި އެއްބަސްވުމުގެ 3.2 ވަނަ މާއްދާއަށް ރިޢާޔަތްކޮށްފައިވަނީ ގޯސްކޮށް ކަމަށް ބެލެވެން ނެތެވެ.
15HN4ކޮންޓްރެކްޓަކ ދީ މީހެއްގެ ދެމެދުގައި ނުވަތަ ދެމީހަކަށްވުރެ ގިނަ ބައެއްގެ މެދުގައި އެއްބަސްވެވޭ އެއްބަސްވުމެއްކަމާއި އަދި އެ އެއްބސްވުމަކ ޤާނޫނީ ޤަބޫލުކުރާ، ނުވަތަ ޤާނޫނު ބާރުދޭއެއްބަސްވުމަކަށ 08 މެއި 2019 ގައި ހައިޘަމް ޢަލީގެ ފަރާތުން މިޑިއާނެޓ ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ސިޓީ ވެސް ވާންވާނެކަނ އެނގެން އޮތްހިނދު، މި ދެފަރާތުގެ ދެމެދު ލިޔުމުން އެއްބަސްވުމެއް ވެފައިވާކަން ހުށަހެޅިފައިވާ ލިޔެކިއުން ތަކުންނާއި ދެފަރާތުގެ ބަހުންވެސް އެނގެން އޮވެއެވެ. އެހެންކަމުން، އާސްތިއުނާފ ރައްދުވިފަރި ތުން ބޭނުންވި ބަދަލުތައް ގެނައުމަށް ހިނގި ޚަރަދާއެކު އެ ބަދަލުތައް ގެނައުމަށްޓަކައި ހ ންގ މުއްދަތުގެ ކުލި ސިވިލް ކޯޓުން ނަގައިދީފައި ނުވަނީ އެއްބަސްވުމުގެ ދަށުން އިސްތިއުނާފުކުރާ ފަރާތްތަކަށް ދައްކަންޖެހޭ ކުލި ދައްކަން ފަށަންޖެހޭނީ އިސްތިއުނާފުކުރާ ފަރާތްތަކުން އިސްތިއުނާފު ރައްދުވާ ފަރާތަށް ކުއްޔަށް ހިފި ތަން ހަވާލުކުރުވެމުންކަނ އެއްބަސްވުމުން ވަރަށް ސާފުކޮށް އެނގެންއޮތްވައި، އިސްތިއުނާފުކުރާ ފަރާތްތަކުން އިސްތިއުނާފު ރައްދުވާ ފަރާތަށް ކުއްޔަށް ހިފި ތަން ހަވާލުނުކޮށް އެއްބަސްވުނ ބާޠިލްކޮށްފައިވުމުން، އެއްބަސްވުމުގެ ދަށުން ކުލި ދެއްކުން ފެށޭނެ ކަމަށް އެއްބަސްވެފައިވާ ހާލަތެއް މެދުވެރިވެފައިނުވާތކަނ އެނގެން އޮވެއެވެ. އެހެންކަމުން ކުލި ދަށު ކޯޓުން ނަގައިދީފައި ނުވުމުން މައްސަލައިގެ ފުރިހަމަ އިންސާފު ޤާއިމުވެފައިނުވާކަމަށ އިސްތިއުނާފު ކުރާ ފަރާތުން ބުނެވޭނެ ޤާނޫނ ހަމައެއް އޮތް ކަމަކަށް ނުދެކެމެވެ.
16އިސްތިއުނާފުކުރާ ފަރާތްތަކުން ދެވަނަ ނުކުތާއެއްގެ ގޮތުގައި ފާހަގަކޮށްފައިވާ، ކުއްޔަށްދިންތަނަށ އިސްތިއުނާފުރައްދުވާ ފަރާތުން ބޭނުންވާ ބަދަލުތައް ގެނައުމަށްޓް ކައި އެފަރާތުނަތަނުގެ ކުރެހުން އެތައް ފހަރެއްގެމަތިނ އިސްލާޙުކުރުމަށް ހޭދަވެގެންދިޔަ މުއްދަތުގެ ކުލި ދައްކަން އަންގާފައިނުވާކަމަށް ޝަރީޢަތުން ނިންމުމުގެ ކުރިން އެ މުއްދަތުގެ ކުލި ދައްކަން އެންގިތޯ ނުވަތަ ނޫންތޯ ސުވާލުކޮށް ބަޔާނެއް ނަގާފައިނުވާތީއާއި، އެ މުއްދަތުގެ ކުލި ދައްކަން އިސްތިއުނާފުކުރާ ފަރާތުން 14 އޭޕްރީލް 2019 ގައި އަންގާފައި އޮތުމުން މައްސަލައިގެ އެ ނުކުތާއަށް ގޮތެއް ކަނޑައެޅިފައިވަނީ ޢަދުލު އިންސާފުގެ ހަމަތަކާ ޚިލާފަށްކަމަށ ބެލެން އޮތުންކަމަށް ބުން ހުށަހެޅި ނުކުތާއަށް ރިޢާޔަތްކުރިއިރު،
17HN5ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ )ނ( ގައި "އާންމު އުޞޫލެއްގެ ގޮތުގައި މަދަނީ ޚުޞޫމާތްތަކުގައި ޘާބިތުކުރުމުގެ ޤާނޫނު ނަންބަރު 91/4 )ކޮންޓްރެކްޓާބެހޭ ޤާނޫނު( ގެ 2ވަނަ މާއްދާ ބުރަ (onus probandi) އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއ ލިއްޔަތެއްކަމާއި، މި މާނައިގެ ދަޢުވާ ކުރޫ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާ ފަރާތެއް ނޫންކަމާއި، އޭގެ އިތުރުން ދަޢުވާ ރައްދުވާ ފަރާތުނ ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ޘާބިތުކުރުމަކީ އެފަރާތުގެ މަސްއޫލިއްޔަތެއްކަމާއި، އެހެންކަމުނ ދަޢުވާއެއގައ އެއި ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރުވާ "ދަފްޢު" (plea) ޘާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ ދަފްޢެއް ކުރާ ފަރާތް" ކަމަށް ކަނޑައަޅުއްވާފައިވާކަނ އެނގެން އޮންނަކަމެވެ.
18ބަޔާނވެދިޔް ޤާނޫނަ ނައްޞުތައް މި މައްސަލައަށް ތަޠުބީޤުކުރާއިރު، އިސްތިއުނާފުރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ސިވިލް ކޯޓުގައި އުފުލި ދަޢވާގު ދިފާޢުގައި ކުރާ ދިފާޢު ދަފްޢު ޘާބިތުކުރުމަކ އިސްތިއުނާފީ ކުރު ފަރާތުންކުރަންޖެހޭކަމެއްކަން އެނގޭކަމާއި، އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފުރައްދުވި ފަރތަށާ ކުލި ދެއްކުމަށް އަންގައި 14 އޭޕްރީލް 2019 ގައި އިސްތިއުނާފުރައްދުވާ ފަރާތަށް ފޮނުވި ސިޓީއެއް ކަމަށް ބުނާ ސީޓިއަކ އިސްތިއުނާފީ ކުރެވިފައި މިވާ ޤަޟިއްޔާ ސިވިލް ކޯޓުގައި ހިންގުނުއިރު އެ ކޯޓަށް ހުށަހެޅިފައިނުވާ ލިޔުމެއްކަން އެނގެން އޮވެއެވެ.
19HN6ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓު ގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމަށް ބަލައިގެންކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނ ގެ 32 ވުނ މާއްދާގަ )ހ( ގައި ބަޔާންކޮށްފައިވާކަމާއި، އަދި އެމާއްދާގެ )ހ( ގައި އެހެން ބުނެފައި އޮތް މަކީ ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުސަތު ލިބިފައިނުވާ ހެކިއިސްތިއުނާފުގެ މަރުޙަލާގައި ހުށަހެޅުމަށް ހުރަސްއަޅާކަމެއ ނޫންކަމަށް އެމާއްދާގެ )ށ( ގައި ބަޔާންކޮށްފައިވއެވެ.
20ދަށު ކޯޓުގައު ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި' ކަމަށް ބެލެވޭނީ، މައްސަލަ ދަށު ކޯޓުގައި ހިނގަމުން ދިޔައިރު އެކަށީގެންވާ މަސައްކަތްތަކެއް ކޮށްގެންވެސް އެ މަރު ޙަލާގައ ނުލިބި ހެކި، އެކަމަކު ފަހުނ ހައިކޯޓް މަރުޙަލާގައި ލިބުން މެދުވެރިވާ ]ހެކި ކަމަށާއި[ އެފަދަ ހެއްކެއް ހައިކޯޓަށް ހުށަހަޅައި އ ކޯޓުން ބަލައިގަތުން ޤާނޫނު މަގުފަހިކޮށްދ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސ ޤާނޫނު ނަންބަރު 2010/22 )ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު( އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ.
21ދިވެހިރާއްޖޭގެ ހައިކޯޓަށެ ހުށަހެޅޭ އިސްތިއުނާފީ މައްސަލަތަކުގައި، އާންމު އުސިލަކޫ ދިވެހިރާއްޖޭގ ހއ ކޯޓގައު އައި ހުށަހެޅުންތައް ހުށަހަޅައި އެއާ މެދު ބަހުސް ނުކުރަ މެވެ. ދ ށ މަރުޙަލާގެ ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ބަލައި ފައިޞަލާކޮށްފައިވާ މައްސަލައެއް، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފ ކުރެވި ހިނގަމުންދާއިރު، ދަށު މ ރުޙަލާގައ ހުށަނޭޅި ހެކި ނުވަތަ ހުށަހެޅުމުގެ ފުރުޞަތު ގެއްލިފައިވާ ހެކި، އިސްތިސްނާ ގޮތެއްގައި މެނުވީދިވެހިރާއްޖޭގ ހައިކޯޓަށް ހުށަނޭޅޭނެކަނ ވަރަށް ސާފުކޮށް އެނގެއެވެ.
22އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލި އަށަ ބަލާއިރު، އިސްތިއުނެ ފުކުރާ ފަރާތުން ދާ ވެހިރާއްޖޭގެ ހައިކޯޓަށް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ 14 އޭޕްރީލް 2019 ސިޓީއަކީ، އިސްތިއުނާފުކުރެވިފައި މިވާ މައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދިޔައިރުވެސް އެ ފަރާތަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ސިޓީއެއްކަން އެނގޭކަމާއި، ސިވިލް ކޯޓުގައި މައްސަލަ ހިނގަމުންދިޔައިރު އެ ސިޓީ ހުށަހަޅުއްވާފައި ނުވަނީ،ކުލި ދައްކަން އިސްތިއުނާފުރައްދުވާ ފަރާތަށް އެންގިތޯ ޝަރީޢަތުން ސުވާލުކުރައްވާފައި ނުވާތްކަމަށ އިސްތިއުނާފުކުރާ ފަރާތްތަކުނ ބުނެފައިވެއެވެ.
23ބުނެވެދިޔަ ކަންތައްތަކަށް ރިޢަޔަތްކުރާއިރު،ދަށު ކޯޓުގު ޝަރީޢަތުގެ މަރުޙަލާގައި ހެކިން ހ ށަހެޅިފައިނުވަނ އެމަރުޙަލާގައި ހެކިން ހުށަހެޅުމުގެ ފުރުސަތު ލިބިދީފައިނުވުމުންކަމަށް ދަލީލުކޮށްދޭ އެއްވެސް ހެއްކެއް އިސްތިއުނާފުކުރ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިނުވކަން އެނގެއެވެ.
24ސޕްރީމު ކޯޓުގް ބުނެވދިޔިޤަޟިއްޔާގައިދަށ ކޯޓަށު ހ ށަނޭޅޭ އައު ހެކި ހައިކޯޓަށް ހުށަހެޅިދާނެ ހާލަތްތަކުގެ ތެރޭގައަދަށ ކޯޓުނު މައްސަލް ނިންމަ ގޮތެއްގެ ސަބަބުން ހައިކޯޓަށް އިތުރު ހެކި ހުށު ހެޅިދާނެކަމަށް ކަނޑައި ޅިފައިވީނަމަވެސް، މިމައްސަލައިގައިމިސަބަބުއޮތ ކަމަށް ބަލައި އައު ހެކީގެ ގޮތުގައި ހުށަހެޅިފައިވާ ސިޓީ އަށް ބުރަދަން ދޭން ބަލާއިރު މިސިޓީ އަކީ ދެފަރާތުގެ ދެމެދުގައި [2016/SC-A/18] ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/18
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/18 ޤަޟިއްޔާ (މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.