މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ވ. ނ. އަތޮޅު ކައުންސިލް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 144-B8/VN/2022/01
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓު: 2022/SC-A/69 — ހައިކޯޓުގެ ޙުކުމް ދަމަހައްޓާފައި
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ނ. ތޮޅެންދޫ ދިގު މުއްދަތަށް ކުއްޔަށްދިނުމުގެ މަސައްކަތް މަޑުޖައްސަން ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު، ނެކްސްބިޒް ޤަޟިއްޔާގެ ޝަރުޠުތައް (ފާޅުކަން ބޮޑު މައުޟޫޢީ ޙައްޤު، ތަދާރުކު ނުކުރެވޭ ގެއްލުން އަދި ބެލެންސް އޮފް ކޮންވީނިއަންސް) ފުރިހަމަވާގޮތަށް ނެރެފައިވޭތޯ، އަދި އެ އަމުރުން މައުޟޫޢީ ދަޢުވާއާމެދު ގޮތެއް ކަނޑައެޅިފައިވޭތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ވަގުތީ އަމުރު ޤާއިމް (އަޣްލަބިއްޔަތުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވުމުގެ މާނައަކީ، ވަގުތީ އަމުރަށް އެދޭ ފަރާތަށް ކާމިޔާބުވުމުގެ ފުރުސަތު އޮތް، ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ހަރުދަނާ ޤާނޫނީ ނުވަތަ ވާޤިޢީ ސުވާލެއް (issue) އޮތުމެވެ.
HN2 ފަޅުރަށް ކުއްޔަށްދިނުމުގައި ލާމަރުކަޒީ ޤާނޫނުގެ ދަށުން އަތޮޅު ކައުންސިލާ މަޝްވަރާކުރުމުގެ ދައުރަކީ ކޮބައިތޯ، ރަށަކީ އެ ކައުންސިލުގެ އިދާރީ ދާއިރާގައި ހިމެނޭ ރަށެއްތޯ، އަދި ނިންމުމަށްފަހު ކައުންސިލަށް އެންގުމަކީ ޤާނޫނުގެ ބޭނުމަށް މަޝްވަރާއެއްތޯ ފަދަ ސީރިއަސް ޤާނޫނީ ސުވާލުތައް އުފެދިފައިވާނަމަ، ހިމާޔަތްކުރަންޖެހޭ މައުޟޫޢީ ޙައްޤެއް ފާޅުކަން ބޮޑުގޮތެއްގައި އޮތެވެ؛ ރަށް ކުއްޔަށްދިނުމަށް ނިންމިކަން ކައުންސިލަށް އެންގިކަން އެނގުމަކީ މައުޟޫޢީ ޙައްޤުގެ އިޙްތިމާލު ކުޑަވާ ކަމެއް ނޫނެވެ.
HN3 ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓަށް ހުށަހެޅުނު ކަންތައްތައް އަސާސްކޮށްގެން ކަމާއި، ދަށު ކޯޓުގައި ފާހަގަނުކުރާ ކަންތައްތަކަށް އިސްތިސްނާއީ ޙާލަތެއްގައި މެނުވީ އިސްތިއުނާފީ ކޯޓަކުން ރިޢާޔަތް ނުކުރާނެއެވެ. ވަގުތީ އަމުރަކީ ނިންމުމަށް ބަދަލު އަންނާނެ އަސާސީ ސަބަބެއް ހުށަހެޅިއްޖެނަމަ މުރާޖަޢާކުރުމުގެ ފުރުސަތު އޮންނަ އަމުރަކަށްވާތީ، އިސްތިއުނާފީ ކޯޓަށް އައު ލިޔެކިޔުން ހުށަހަޅައިގެން މުޅިން އައު ބަހުޘެއްގެ މައްޗަށް ދަށު ކޯޓުގެ ވަގުތީ އަމުރަށް ބަދަލު ނުގެނެވޭނެއެވެ.
HN4 ތަދާރުކު ނުކުރެވޭ ގެއްލުމަކީ ފޫނުބެއްދޭ ވަރުގެ ނުވަތަ އިޞްލާޙުކޮށް ރަނގަޅު ނުކުރެވޭނެފަދަ ގެއްލުމެވެ. ގެއްލުމުގެ ބަދަލަކީ އެކަށީގެންވާ ފަރުވާއަކަށް ވާނަމަ، ދަޢުވާ ކިތަންމެ ވަރުގަދަ ކަމަށް ފެނުނަސް އާންމުގޮތެއްގައި ވަގުތީ އަމުރު ނެރުމަށް ހުރަސްއެޅޭނެއެވެ.
HN5 ވަގުތީ އަމުރެއް ނެރުމުގައި ބަލާ އެއް ކަމަކީ ކޯޓުން ގޮތެއް ނިމެންދެން ޙާލަތު ދެމެހެއްޓުން (ސްޓޭޓަސް ކޯ) އެވެ. ބީލަމުގެ އުޞޫލުން ރަށް ތިންވަނަ ފަރާތަކަށް ދޫކުރެވިއްޖެނަމަ އެފަރާތުގެ ޙައްޤު އުފެދި މައްސަލައިގެ އެންމެހައި ފަރާތްތަކަށް ލިބޭ ގެއްލުން ބޮޑުވާތީ، ސުވާލު އުފެދިފައިވާ ރަށް މައްސަލަ ނިމެންދެން ކުއްޔަށް ނުދީ ބޭއްވުމަކީ ސްޓޭޓަސް ކޯ ދެމެހެއްޓުމަށާއި ގެއްލުން ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅެކެވެ.
HN6 ދައުލަތުގެ ޕްރޮޖެކްޓަކާ ގުޅޭ ޚުޞޫމަތެއްގައި ދައުލަތާ ދެކޮޅަށް ވަގުތީ އަމުރު ނެރުމުން ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ޙައްޤުތަކަށް ހުރަސްއެޅޭނެ ކަމަށް ދައުލަތުން ހަމައެކަނި ބުނާ ބުނުމަކުން އެއީ ތަދާރުކު ނުކުރެވޭ ގެއްލުމެއް ކަމުގައި ނުބެލެވޭނެއެވެ؛ އެގޮތަށް ބެލުމަކީ ދައުލަތާ ދެކޮޅަށް ވަގުތީ އަމުރު ނުނެރެވޭނެ ސާބިޤާއެއް ކަނޑައެޅުމެވެ. ނަމަވެސް އެ ޙައްޤެއް ގެއްލުމުގެ ނުވަތަ ހަނިވުމުގެ ގާތް ނުރައްކަލެއް (imminent and immediate) އޮތްކަން އެކަށީގެންވާ ސަބަބާއެކު ބުނެދެވިއްޖެނަމަ ޝަރީޢަތުން އެކަމަށް ރިޢާޔަތްކުރަންޖެހޭނެއެވެ.
HN7 ޤާނޫނުގެ ރޫޙަކީ ނުވަތަ އިންސާފުވެރި ގޮތަކީ ކޮބައިކަން ކަނޑައެޅެންވާނީ މައުޟޫޢީ ދަޢުވާގައި ކަމަށްވާތީ، ވަގުތީ އަމުރުގެ ބޭނުމަށް އެކަމާ ގޮތެއް ކަނޑައެޅުން ރަނގަޅެއް ނޫނެވެ؛ ނަމަވެސް އެ ރިޢާޔަތް އަމުރުން މަނާކުރި ކަންތައްތަކުގައި ނުހިމެނި، އަމުރުން މަނާކުރީ ހަމައެކަނި ކުއްޔަށްދިނުމުގެ މަސައްކަތް މަޑުޖެއްސުމަށްނަމަ، އެ އަމުރަކީ މައުޟޫޢީ ދަޢުވާގައި އެދޭ ފަރުވާ ސާބިތުކޮށް ނުވަތަ ނަފީކުރާ އަމުރެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ފާޠިމަތު ފަރްހީޒާ، ޙުސައިން މަޒީދު، ޙަސަން ޝަފީޢު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ޙަސަން ޝަފީޢު
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ ގެ ރައުޔު: )މި ރައުޔަށް ފަނޑިޔާރު ޙުސައިން މަޒީދު ތާއީދުކުރެއެވެ. (
ތަޢާރުފު
3މިއީ ސިވިލް ކޯޓު ގެ ނަންބަރު B8/VN/2022/01-144 "ވަގުތީ އަމުރާމެދު ނިންމިގޮތް" ޝރުޢަ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ، ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ) ގެ ފަރާތުން އެނިންމުން އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފ ރައްދުވް ފަރާތަކާ މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ (މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "ނ. އަތޮޅު ކައުންސިލް" މިގޮތަށް ބަޔާންކުރެވިފައި ) އިދާރާއެވެ.
ކަންހިނގާފައިވާ ގޮތް
3. މިލަދުންމަޑުލު ދެކުނުބުރީގައި އޮންނަ ފަޅު ރަށެއް ކަމުގައިވާ ނ. ތޮޅެންދޫ ދަނޑުވެރިކަމާ ގުޅުން ހުރި މަސައްކަތްކުރުމަށް ދިގު މުއްދަތަކަށް ކުއްޔަށްދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ނިންމާފައިވާކަމަށާއި އެކަމާ ގުޅޭ ގޮތުން މަޝްވަރާއެއް އޮތްނަމަ އެކަން 36 ސެޕްޓެމްބަރު 2021 ގެ ކުރިން އަންގައިދިނުމަށް އެދި ނ.އަތޮޅު ކައުންސިލަށް އެމިނިސްޓްރީން އަންގާފައިވެއެވެ.
2މިއެންގުމ ގުޅިގެނާ އަތޮޅު ކައުންސިލްގެ ޤަރާރަކުން ފާސްކޮށް ރަށް ކުއްޔަށްދިނުމާމެދު ކައުންސިލް ދެކޮޅުކަމަށް އެމިނިސްޓްރީއަށް އަންގާފައިވެއެވެ. މިނިސްޓްރީގެ ނަންބަރު E/228/2021/8-30 (23 ސެޕްޓެމްބަރު 3233) ސިޓީ ނ. އަތޮޅު ކައުންސިލްގެ ނަންބަރު 26/3233 (35 ސެޕްޓެމްބަރު 3233) ޤަރާރު
1. 20 ނޮވެންބަރު 3233 ގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ބީލަމުގެ އުސޫލުން ރަށް ކުއްޔަށް ދިނުމަށް އިޢުލާން ކޮށްފައިވެއެވެ.
ސިވިލް ކޯޓު މަރުހަލާ
5ބުނެވުނު ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮން ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ) ގެ މައްޗަށް ރައްދުވާ ގޮތަށް ނ.އަތޮޅު ކައުންސިލްގެ އިދާރާ ގެ ފަރާތުން 26 މާރިޗު 3233 ގައި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ. އެމައްސަލައިގެ ޤަޟިއްޔާ ނަންބަރަކީ 962/Cv-C/2022 އެވެ.
6ސިވިލް ކޯޓަށް ހުށަހެޅިފައިވާ ދަޢުވާގެ ހުލާސާގައި މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ ގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ނ.ތޮޅެންދޫ ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމަށްޓަކައި، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ (ފިޝަރީޒް މިނިސްޓްރީ) އިން ކުރަމުންދާ މަސައްކަތަކީ ލާމަރުކަޒީ ޤާނޫނުގެ 0 ވަނަ މާއްދާއާއި "ނ.އަތޮޅުގެ ފަޅުރަށްތަކާއި، ފަޅާ، ފަރާ ބޭނުންކުރާނެ ގޮތުގެ ޕްލޭން" އާ ޚިލާފުކަމެއްކަމުން، އެކަމަކީ، ޤނޫނުއަސާސީގާ 322 ވަނަ މާއްދާގައި ބޔާންކުރަ އުޞޫލާ ޚިލާފް ކަމެއްކަމަށާއި، އަދި މި މަސައްކަތަކީ ޤާނޫނު ނަންބަރު 7/2010 ގެ 0 ވަނަ މާއްދާގެ (ށ) އަދި (ބ) އާއި ޚިލާފަށް ލާމަރުކަޒީ އުޞޫލުން ދައުލަތް ހިންގުމަށް އެކަށައަޅާފައިވާ ދިމިޤްރާތީ އުޞޫލާއި ޚިލާފަށް ކުރަމުންދާ ކަމެއްކަމަށާއި، އަދި އެގޮތަށް ނ.އަތޮޅު ކައުންސިލްގެ މަޝްވަރާއާއި ޚިލާފަށް ދިގު މުއްދަތަކަށް ރަށް ކުއްޔަށް ދޫނުކުރެވޭނެ ކަމަށް ކަނޑައަޅާ ދިނުމަށެވެ. މިނިސްޓްރީގެ ނަންބަރު E/302021/239-(IUL)30 އިޢުލާން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު
3ނ. އަތޮޅު ކައުންސިލްގެ އިދާރާގެ ފަރާތުން ހުށަހެޅި މައްސަލައިގެ މަޢޟޫގައި ގޮތެއް ނިންމުމުގެ ކުރިނު ނ.ތޮޅެންދޫ ކުއްޔަށް ދިނުމުގެ އެއްބަސްވުން ޤާއިމްކޮށްފިނަމަ، އެކަމުގެ ސަބަބުން އެހެން ފަރާތެއްގެ މަޞްލަޙަތު އުފަންވެ ހުށަހަޅާފައިވާ ދަޢުވާގައި ނިންމާގޮތެއ ތަންފީޛް ނުކުރެވި، އަދި ތަދާރުކު ނުކުރެވޭނެ ވަރުގެ އަދި އިޢާދަ ނުކުރެވޭނެ ވަރުގެ ގެއްލުމެއް އަތޮޅުގެ ރައްޔިތުންނަށް ލިބުމުގެ ފރުޞަތ އޮތު ކަމަށު ޤަބޫލުކުރެވިގެން، މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ ފަރާތުން 26 މާރިޗު 3233 ގައި ވަގުތީ އަމުރަކަށް އެދިފައިވެއެވެ.
0. މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ ގެ ފަރާތުން ނެރުމަށް އެދޭ ވަގުތީ އަމުރު އޮންނަންވީ ގޮތްކަމުގައި ބަޔާންކޮށްފައިވަނީ؛ "ދަޢުވާއާއިމެދު ޝަރީޢަތުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން، ނ.ތޮޅެންދޫ ދިގުމުއްދަތަކަށް ވަކި ފަރާތަކަށް ކުއްޔަށް ދޫކުރުމުގެ ކުރަމުންދާ މަސައްކަތެ މަޑުޖައްސާލުމަށާއި، މި މައްސަލާގައި ގޮތެއް ކަނޑައެޅުމުގެ ކުރިން އެއްވެސް ފަރާތަކަށް ރަށް އެވާޑް ކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރުމަށާއި، އެހެން ފަރާތެއްގެ މަޞްލަޙަތު ނ.ތޮޅެންދޫ ގެ މައްޗަށް އުފަންވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށާއި އެފަދަ އެއްބަސާ ވުމެއް އެކުލަވާލުމުގެ ކަންކަން ނުކުރުމަށް ދަޢުވާލިބޭ ފަރާތަށާއި ދައުލަތުގެ އެންމެހާ އިދާރާތަކުގެ މައްޗަށް އަންގާ އަމުރު ކޮށްދެއްވުން ". މިފަދައިންނެވެ.
3. ސިވިލް ކޯޓުގެ ނަންބަރު B8/VN/2022/01-144 "ވަގުތީ އަމުރާމެދު ނިންމިގޮތް" ގައި އެކޯޓުން ކަނޑައަޅާފައިވަނީ އަނން ނިވި ފަދައިންނެވެ. "އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގައި ހުރުމުން، މި ޤަޟިއްޔާ (ސިވިލ ކޯޓުގް ނަންބަރ 962/Cv-C/2022) ގައި ޝަރީޢަތުން ވަކި ގޮތެއް ކަނޑައެޅުމާހަމައަށް، ނުވަތަ ޝަރީޢަތުން އެހެން ގޮތަކަށް ކަނޑައަޅަންދެން، ނ.ތޮޅެންދޫ ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމަށް ކުރަމުންދާ މަސައްކަތް މަޑުޖައްސާލުމަށާއި، ރަށް އެވޯޑު ކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރުމަށާއި، އެހެން ފަރާތެއްގެ ދައުލަތުގެ އިސްތިއުނާފް ފޯމާއެކު އެގްޒިބިޓް 2 ގެ ގޮތުގައި ފާހަގަކޮށްފައިވާ ވަގުތީ އަމުރަ ށ އެދް ފޯމުގެ ނަންބަރު 6 މަސްލަހަތެއް ނ.ތޮޅެންދޫގެ މައްޗަށް އުފަންވެދާނެ އެއްވެސް މުޢާމަލާތެއް ނުކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ހިމެނޭގޮތުން ދައުލަތުގެ ކަމާގުޅެއެންމެހައ އިދާރާތަކުގެ މައްޗަށް އަންގައި އަމުރުކޮށްފީމެވެ ". އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް:
32ސިވިލް ކޯޓުގެ ނަންބަރު B8/VN/2022/01-144 "ވަގުތީ އަމުރާމެދު ނިންމިގޮތް" އިސްތިއުނާފް ކުރުމަށް ދައުލަތު (މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑްއެގްރިކަލްޗަރ) ގެ ފަރާތުން އަންނަނިވި ނުކުތާތައް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި ނުކުތާތަކަކީ؛
32.3 ސިވިލް ކޯޓުގެ B8/VN/2022/01-144 ވަގުތީ އަމުރަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 1 ގެ (ހ) ގައި، ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެނ ވާންޖެހޭނެކަމަށް ބަޔާންކޮށްފައިވް އުޞޫލާ ޚިލާފަށް ނެރެދެއްވާފައިވ ވަގުތާ އަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
32.3 ސިވިލް ކޯޓުގެ ނަންބަރު B8/VN/2022/01-144 ވަގުތީ އަމުރަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 1 ގެ (ށ) ގައި، ވަގުތީ އަމުރު ނެރުމަކާ ނުލާ ސިވިލް ކޯޓުގެ ނަންބަރު B8/VN/2022/01-144 "ވަގުތީ އަމުރާމެދު ނިންމިގޮތް" ގެ ނިންމުން އަޞްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮންނަންޖެހޭކަމަށް ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް، އެކޯޓުގެ އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓް ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގެ 12 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ Balance of convenience ގެ ޓެސްޓަށް ރިޢާޔަތްކުރެއްވުމެއް ނެތި ނެރެދެއްވާފައިވ ވަގުތާ އަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
32.2 ސިވިލް ކޯޓުގެ ނަންބަރު B8/VN/2022/01-144 ވަގުތީ އަމުރަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 5 ވަނަ ނަންބަރުގެ (ބ) ގައި، ކޯޓަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން ނެރެދެވޭ ވަގުތީ އަމުރުގައި، އަސްލު މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް އަސަރުކުރަނިވި ފަދަ ގޮތަކަށް ނުވަތަ އެ ޙައްޤު ސާބިތުކޮށް ނުވަތަ ނަފީކޮށް ވަގުތީ އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެން ނުވާކަމަށް، ކަނޑައަޅުއްވާފައިވާ އުޞޫލާ ޚިލާފަށް ނެރެދެއްވާފައިވ ވަގުތާ އަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ދެފަރާތުން ދެއްކި ވާހަކަ
33.އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފޞް ލްގައީ ދައުލަތުން ފާހަގަކޮށްފައިވަނީ ވަގުތީ އަމުރަކުން ހމާޔަތި ލިބެންޖެހޭ މައުޟޫއީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއްގެ އިޙްތިމާލް ފާޅުކަން ބޮޑު ގޮތެއްގައި މިމައްސަލައިގައި ނެތް ކަމަށެވެ. އެގޮތުން މިމައްސަލައިގެ މައުޟޫގައި ހިމެނޭ ނ. ތޮޅެންދޫއަކީ އިސްތިއުނާފު ރައްދުވާ ނ. އަތޮޅު ކައުންސިލްގެ އިދާރާގެ ނުވަތި އެއަތޮޅު އެހެން ރަށެއްގް އިޚްތި ޞާޞެގެ ތެރޭގައި ނުހިމެނޭ ދައުލަތުގެ މިލްކީ އްކަމަށެވެ. ރަށް ކުއްޔަށް ދިނުމަށް ބީލަމަށް ހުޅުވާލެވިފައިވަނ، ދިވެހިރާއްޖޭގެ ފަޅުރަށރަށާބެހް ޤާނޫނު ގެ ދަށުން ކަނޑައެޅިފައިވާ އިޖުރާއަތާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގައިވާތީ، އެރަށް ކުއްޔަށް ދިނުމުގައި ޤާނޫނީ ހުރަހެއް ނެތް ކަމަށެވެ. އަދި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގެ ދަށުން ރަށް ކުއްޔަށް ދިނުމުގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ މަޝްވަރާ ހޯދަންޖެހޭ ކަމަށް ކަނޑައަޅާ ޙާލަތުގައިވެސް ދައުލަތުގެ ފަރާތުން މިއިޖުރާއަތު ފުރިހަމަކޮށްފައިވާކަން އެނގެން އޮތުމުން، މައުޟޫއީ ދޢަ ވާ އިސްތިއުނާފު ރައްދުވު ފަރާތަށް ކާމިޔާބު ވާނެ ކަމުގެ އަސާސީ އަދި ޙަޤީޤީ އިޙްތިމާލް ކުޑަ ކަމަށެވެ. އެހެންކަމުން، މިމައްސަލައިގައި ޙިމާޔަތްކުރަންޖެހޭ މައުޟޫއީ ޙައްޤެއް ފާޅުކަން ބޮޑު ގޮތެއްގައި ފެންނާން ނެތް ކަމަށެވެ.
33.3 ނ.އަތޮޅު ކައުންސިލްގެ އިދާރާގެ ފަރާތުން ބުނެފައިވަނީ، އިދާރީ ދާއިރާއެއްގެ ވަކި ރަށްތަކެއްގެ އިޚްތިޞާޞްގައި ނުހިމެނޭ ރަށްތަކުގެ ތެރެއިން، އަތޮޅެއްގެ އިދާރީ ދާއިރާގެ ތެރޭގައި ހިމެނޭ ރަށްތަކާއިމެދ އަތޮޅު ކައުންސިލްގެ މަޝްވަރާ ހޯދަންޖެހޭނެކަން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 3-0 ގެ ދަށުން އެނގެން އޮތުމާއެކު، ވަގުތީ އަމުރަކަށް އެދުމުގެ ޤާނޫނީ މަރުކަޒު އޮތްކަން ސާފުކަމަށެވެ.
33.އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްސީލްގައި ދައުލަތުން ފާހަގަކޮށްފައިވަނީ ވަގުތީ އަމުރަކުން ޙިމާޔަތް ލިބެންޖެހޭ ޤާނޫނީ މަރުކަޒެއް ނުވަތަ ޙައްޤެއްގެ އިޙތިމާލް ފާޅުކަން ބޮޑް ގޮތުގައު އެނގެނި ނެތް މޙި ލަތުގައާ އުފަންނުވާ މައުޟޫޢީ ޙައްޤަކުން ގެއްލުމެއް ކ ރިމަތިނުވާނެކަމަށެވެ. އަދި މިވަގުތީ އަމުރު ނެރުމުގައި ތިންވަނަ ފަރާތަކަށް ކުރިމަތިވެދާނާތަދާރުކުނުކުރެވޭ ގެއްލުމަށް ރ ޢީޔަތްކޮށްފައިވާއިރު މިބާވަތުގެ އަމުރު ނެރުމުގައި ބަލަންޖެހެނީ، އަމުރަށް އެދޭ ފަރާތަށް ލިބިދާނެ ގެއްލުމަކަށް ކަމަށެވެ. ބީލަމެއްގައި ތިންވަނަ ފަރާތަކަށް ލިބުމީ ތަދާރުކުނުކުރެވޭ ގެއްލުމެއް ކަމުގައި ކަނޑައަޅާނަމަ ބީލަމުގެ އުޞޫލަށް ހުޅުވާލެވޭ ކޮންމެ މޢު މަލާތެއްވެސް ވަގުތީ އަމުރުން ހުއްޓުވައިލެވޭނެ ކަމަށެވެ. އެހެންކަމުން މިއީ މުޖުތަމައުގެ ތެރޭގައި litigation vexatious ހުޅުވިގެންދާނެ ކަމެއްކަމަށެވެ. އަދި މިބާވަތުގެ އަމުރުތަކުގައި ގެއްލުން ވަޒަންކުރާއިރު ދެފަރާތަށް ލިބޭ ގެއްލުން ވަޒަންކޮށް ގެއްލުން ބޮޑުވާ ފަރާތެއްގެ ޙައްޤު ޙިމާޔަތްކުރަންޖެހޭއިރު، މިވަގުތީ އަމުރު ނެރުމުން މުޅި ދިވެހި ރައްޔިތުންނަށް އިޖުތިމާއީ އިގްތިސާދީ ހައްޤުތައް ފޯރުކޮށްދިނުމަށް ޤާނޫނުއަސާސީގެ 32 ވަނަ މާއްދާގެ ދަށުން ދައުލަތުގެ މައްޗަށް އޮތް ވާޖި ބަށ ހުރަސް އެޅޭ ކަމަށެވެ. ކޮވިޑް -33 އިގެ ޕެންޑެމިކްއިނ ލިބުން އެއު އިބްރަތަކީ އަވަށްޓެރި ޤައުމުތަކަށް ބަރޯސާވުމުގެ ބަދަލގައު އަމިއްލަ އުފެއްދުންތެރިކަމުން ގޮވާންކުރުން ކަމުގައިވާއިރު، މިވަގުތީ އަމުރުގެ ސަބަބުން އެކަން ހުއްޓިފައިވާކަމަށެވެ. އެހެންކަމުން ވަގުތީ އަމުރު ނެރުމުން ދައުލަތަށާއި ރައްޔިތުންނަށް ލިބޭ ގެއްލުން، އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބޭ ގެއްލުމަށް ވުރެ ބޮޑު ކަމަށެވެ.
33.3 އިސްތިއުނާފް ރައްދުވާ މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ ގެ ފަރާތުން ބުނެފައިވަނީ، ނ.ތޮޅެންދޫ އަކީ ޚާއްޞަ ތިމާވެއްޓެއް ލިބިފައިވާ ރަށަކަށްވެފައި، ޢާންމު ރައްޔިތުންނަށް ރަށް ބޭނުން ނުކުރެވި މަޙްރޫމްވެގެންދާގޮތަށ ވަކް ފަރާތަކަށް 32 އަހަރު ދުވަހުގެ މުއްދަކަށ ރަށް ދޫކޮށްލުމަކީ އެކަމުގެ ސަބަބުން ޒަމާނީގޮތުން އާންމު ރައްޔިތުން ހިންގާ އިޖުތިމާޢީ ޙަރަކާތްތަކަށް ހުރަސްއެޅި އިޤްތިޞާދީ ޙަރަކާތްތައް ހުއްޓި، އަދި ޘަޤާފީ ގޮތުން ކުރަމުން އައި ކަންކަން ހުއްޓި، ތިމާވެށީގެ ގޮތުންވެސް ރަށަށާއި، އަދި ރައްޔިތުންނަށްވެސް ތަދާރަކު ނުކުރެވޭނެ އަދި އިއާދަވެސް ނުކުރެވޭނެ ބޮޑު ގެއްލުމެއްކަމަށެވެ.
32.އިސްތިއުނާފީ ތިންވަނަ ނުކުތާގެ ތަފޞް ލްގައީ ދައުލަތުން ފާހަގަކޮށްފައިވަނީ، މިމައްސަލައިގައި ނެރެފައިވާ ވަގުތީ އަމުރު ނެރެފައިވަނީ، މައުޟޫއީ ޙައްޤު ސާބިތުވެ ނަފވީ ގޮތަށާ ކަމަށެވެ. އެގޮތުން ވަގުތީ އަމުރާމެދު ނމުނި ގޮތުގެ 0 ވަނަ ނަންބަރުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 3-0 (ށ) އަދި އެ މާއްދާގެ (ބ) އަށް ރ ޢޔަތްކޮށާ އެދެ މާއްދާއަކީ ހަމައެކަނި އިޖުރާއަތެއްކަމުގައި ބަލައި މަޝްވަރާއިން ކޮންމެ ނަތީޖާއެއް ނިކުތްކަމުގައިވިޔަސް ފަޅު ރަށެއް ދިގު މުއްދަތަށް ކުއްޔަށްދިނުމުގެ އިޚްތިޔާރު ދައުލަތަށް އޮންނާނެކަމަށް ބަލައިގެން ވަގުތީ އަމުރާމެދު ގޮތެއް ނިންމުމީ، ޤާނޫނުގެ ރޫހާ ނުވަތު އެންމެ އިންސާފުވެރިގޮތް ކަމަށް ޝަރީޢަތަށް ޤަބޫލުނުކުރެވޭ ކަމަށް ފާހަގަކޮށްފައިވާކަމަށެވެ. މިއީ ނ. ތޮޅެންދޫ ކުއްޔަށްދޫކުރުމަށ ނިންމް ނިންމުމަކީ ބުނެވުނު ދެމާއްދާއާ ޚިލާފުކަމެއް ކަނޑައަޅައިދިނުމަށް މައުޟޫއީ ދޢަ ވާގައި އެދޭ ފަރުވާއެއްކު މަށާއި، ވަގުތީ އަމުރު ގައި މިކަމާ މެދު ގޮތެއް ކަނޑައެޅިފައިވާކަމަށެވެ.
32.3 އިސްތިއުނާފް ރައްދުވާ ފަރާތުން ބުނެފައިވަނީ، މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ ގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ވަގުތީ އަމުރުގައި އެދިފައިވާ ކަމަކީ އަސްލު މައުޟޫގައި ނަގާދިނުމަށް އެދިފައިވާ ނަތީޖާއާއި ތަފާތުކަމެއް ކަމަށާއި، ދ.ކުޑަހުވަދޫ ކައުންސިލް އިދާރާ ވ. އިސްމާޢީލް ރަޝީދު ޤަޟިއްޔާއަށް ރިޢާޔަތްކޮށް ވަގުތީ އަމުރެއް ނެރެ ނުދީފިނަމަ ކޯޓުން ބަލަމުންދާ މައްސަލައިގައި ޙުކުމް ކުރުމުގެ ކުރިން އެޙުކުމުގެ ބާރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/277 ގެއްލިދާނެ ފަދަ ކަމެއް ހިނގައިފާނެ ފަދަ ޙާލަތެއް އޮތްނަމަ އެކަމެއް ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެވިދާނެކަމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:
31. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން އާއި އެކޯޓުގެ އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓް ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ވަގުތީ އަމުރު ނެރުމުގައި ޝަރީޢަތުން ރ ޢޔަތްކުރަންވާ މިންގަނޑު ބަޔާންކުރެވިފައިވެއެވެ. އެގޮތުން އިސްތިއުނާފު ކުރާ ފަރާތުގެ އިސްތިއުނާފީ ނުކުތާތަކުގައި ސުވާލު އުފައްދާފައިވަނީ މިމިންގަނޑުގެ ތެރެއިން ޝަރުޠުތަކެއް މިމައްސަލައިގައި ފުރިހަމަ ނުވުމުގެ މައްޗަށެވެ. އެގޮތުން، އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބަލައި މިކޯޓުން ގޮތެއް ކަނޑައަޅަން ޖެހެނީ މައިގަނޑު 2 ކަމަކަށެވެ. އެއީ؛
31.3 ވަގުތީ އަމުރުން ޙމާޔަތްކުރަންޖެހޭ މައުޟޫއި ޙައްޤެއް އޮތުނަ
31.3 ވަގުތީ އަމުރެއް ނެރުމުގައި ދެފަރާތަށް ލިބޭ ގެއްލުން ވަޒަންކުރެވިފައިވާގޮތް
31.2 ވަގުތީ އަމުރުން މޢަ ޟޫއީ ދ ޢަ ވާއ މެދާ ގޮތެއު ކަނޑައެޅިފައިވުން މޢަ ޟޫއީ ޙައްޤު
35.ޤާނޫނީ ގޮތުން ޙމާޔަތި ލިބެންޖެހޭ މައުޟޫއީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލް ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވުމުގެ މާނައަކީ، ހުށަހެޅިފައިވާ މައްސަލައިގައި ވަގުތީ އަމުރަށް އެދޭ ފަރާތަށު ކާމިޔާބުވުމުގެ ފުރުސަތު އޮތް ޝަރީޢަތނު ގޮތެއް ކަނޑައަޅަންޖެހޭ ފަދަ ހަރުދަނާ ޤާނޫނީ legal ނުވަތަ ވާޤިޢީ (factual) ސުވާލެއް ހސޫމަތެއު (issue) އޮތުމެވެ.
36.ސިވިލ ކޯޓަށް ހުށަހެޅިފައިވާ މައުޟއޫ މައްސަލައިގައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގެ 3-0 ގެ ދަށުން އަތޮޅު ކައުންސިލް ނިސްބަތްވާ ދާއިރާތަކުގެ ތެރޭގައި ހިމެނޭ ފަޅުރަށްތައް ކުއްޔަށް/ ވަރުވާ އަށް ދިނުމުގައި، އަތޮޅު ކައުންސިލާ މަޝްވަރާކުރުމަށް އޮންނަ އޮތުމުގައި އެކައުންސިލްގެ ދައުރަކީ ކޮބައިކަން މިއީ މިމައްސަލައިގައި ގޮތެއް ކަނޑައެޅިގެންދާނެ ސީރިއސަ ޤާނޫނީ ސުވާލެއްކަމާއި، އަދި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު ސުވާލު އުފެދިފައިވާ ރަށަކީ، މިފަދައިން މަޝްވަރާކުރަންޖެހޭ ފަދަ "އަތޮޅު ކައުންސިލު ނިސްބަތްވާ އިދާރީ ދާއިރާގެ ތެރޭގައި ހިމެނޭ" ރަށެއްތޯ މިއީ ވެސް މިމައްސަލައިގައި މައުޟޫއީ ދޢަ ވ ގައާ ގޮތެއް ކަނޑައެޅިގެންދާނެ ކަމެއްކަމާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ރަށް ކުއްޔަށްދިނުމުގައި ކައުންސިލްގެ ބަހެއް ހޯދުމަށް ދައުލަތުގެ ފަރާތުން އެދިފައިވާކަމާއި، އެހެންނަމަވެސް އެގޮތަށް ކުއްޔަށްދިނުމާ ކައުންސިލުން ދެކޮޅުކަމަށް ޤަރާރެއް ފާސްކޮށް އެކަން އަންގާފައިވާކަން އެނގެން އޮތުމީ، ޤާނޫނުން ބުނާ ފަދައިން ރަށް ކުއްޔަށްދިނުމުގައި މަޝްވަރާކުރެވުންތޯ މިއީ ވެސް މައުޟޫއީ މައްސަލަ ނިންމުމުގައި ގޮތެއް ކަނޑައެޅޭނެ ސުވާލެއް ކަން އެނގެއެވެ.
33.މިމައްސަލައިގައި އުފެދިފައިވާ މިސުވާލުތަކަށް އިސްތިއުނާފު ރައްދުވާ ފަރާތާ އެއްކޮޅަށް ނިމުމުގެ އިޙތިމާލް ކުޑަކަމަށް ބަޔާންކޮށް ދައުލަތުގެ ފަރާތުން ދެކަމެއް ފާހަގަކޮށްފައިވެއެވެ. ފުރަތަމަ ކަމަކަށް މި ރަށަކީ، ޤާނޫނުގައި ބުނާ ފަދައިން އަތޮޅު ކައުންސިލްގެ އ ޙްތޞާޞިގެ ތެރޭގައި ހިމެނޭ ރަށެއް ނޫން ކަން ދައުލަތުގެ ފަރާތުން ފާހަގަކުރެއެވެ. އެގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 1-56 ވަނަ މާއްދާގެ ދަށުން ސިޓީ ކައުންސިލްތަކާއި، ރަށު ކައުންސިލްގެ އިޙްތިޞާޞް ކަނޑައެޅުމަކީ، ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ޒިންމާއެއްކަމަށާއި، ނ. އަތޮޅު ތޮޅެންދޫއަކީ މިގޮތުން ނ. އަތޮޅު ކައުންސިލްގެ އިޙްތިޞާޞްގެ ތެރޭގައި ހިމެނޭ ރަށެއް ކަމަށް ކަނޑައެޅިފައިނުވާކަމަށެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އޞު ލުނ ހިންގުމުގެ ޤާނޫނު ގެ 3-0 ވަނަ މާއްދާގެ (ހ) ގެ ދަށުން މިގޮތަށް އިޙްތިޞާޞް ކަނޑައެޅިފައިނުވާ ފަޅުރަށްތަކާއި ފަޅުތަކުގެ ވެރި ފަރާތަކީ ދައުލަތްކަމަށާއި، އެހެންކަމުން މިމައްސަލަ އިސްތިއުނާފު ރައްދުވާ ފަރާތަށް ކާމިޔާބުވުމުގެ ފުރުޞަތު ކުޑަކަމަށެވެ.
30.މިމައްސަލައިގައި ސިވިލް ކޯޓު މަރުޙަލާގައި ދައްކާފައިވާ ވާހަކަތަކުގައި މިކަން ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވާކަން އެނގެން ނެތެވެ. އަދި އެގޮތަށް ފާހަގަކުރަން ފުރުސަތު ލިބިފައިނުވަނީ، ވަގުތީ އަމުރާ މެދު ގޮތެއް ނިންމާފައިވަނީ އެންމެ ދުވަހެއްގެ ތެރޭގައިކަމަށްވުމުން އެލިޔެކިޔުންތައް ހުށަހަޅަން ފުރުސަތު ލިބިފައިނުވާތީކަމަށ ދައުލަތުން ހުށަހެޅް އިސްތިއުނާފި ނުކުތާ ގެ ތަފްސީލުގައި ބުނެފައިވެއެވެ. ޤާނޫނީ އުސޫލަކީ، ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓަށް ހުށަހެޅުނު ކަންތައްތަކަކީ އަސާސްކަމަށް
23 .22 ބަލައިގެނނެވް ދަށު ކޯޓުގައި ފާހަގަނުކުރާ ކަންތައްތަކަށް އިސްތިސްނާއީ ޙލަތެއްގައާ މެނުވީ އިސްތިއުނާފީ ކޯޓަކުން ރިޢާޔަތެއް ނުކުރެއެވެ. މިމައްސަލައިގައި އޮތީ އެފަދަ އިސްތިސްނާއީ ޙާލަތެއް ކަމުގައާ ނުދެކެމެވެ. ސަބަބަކީ ކޯޓުތަކުން ނެރޭ ވަގުތީ އަމުރަކީ، އެކޯޓުން އެހެން ގޮތެ އ ކަނޑައެޅެންދެން ނެރޭ އަމުރުތަކެއް ކަމަށްވެފައި ކޯޓުގެ ނިންމުމަށް ބަދަލުއަންނާނެ އަސާސީ ސަބަބެއް ހުށަހެޅިއްޖެނަމަ އެފަދަ އަމުރުތައް މުރާޖަޢާކުރުމުގެ ފުރުސަތު އޮންނަ ކަމާއި އެހެންކަމުން، އިސްތިއުނާފީ ކޯޓަށް އައު ލިޔެކިޔުންތައް ދައުލަތުން ހުށަހެޅި އިސްތިއުނާފީ ފޯމުގެ 0.3.2 ގައި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 23 ގެ (ހ) އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/18 ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 23 ގެ (ށ) އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/18 ހުށަހަޅައި މުޅިން އައު ބަހުޘެއްގެ މައްޗަށް ބިނާކޮށް ދަށު ކޯޓުން ނެރެފައިވާ އަމުރަށް ބަދަލު ގެނެވިދާނެ ކަމުގައި ނުފެންނާތީއެވެ.
33.ރަށް ކުއްޔަށްދިނުމުގެ ކުރިން މަޝްވަރާކުރެވިފައިވާކަނ އެނގެން އޮތުމުން، މިއީ ވެސް އިސްތިއުނާފު ރައްދުވާ ފަރާތަށް މައްސަލަ ކާމިޔާބުވުމުގެ އިޙްތިމާލް ކުޑަކަން އެނގޭކަމެއ ކަން އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރެއެވެ. އެހެންނަމަވެސް، މައްސަލައިގައި އުފައްދާފައިވާ ސުވާލަކީ އިސްތިއުނާފު ކުރާ ފަރާތުން ނިންމުމެއް ނިންމުމަށް ފަހު ކައުންސިލަށް އެކަން އެންގުން އެއީ ޤާނޫނުގެ އެމާއްދާގެ ބޭނުމަށް މަޝްވަރާއެއްގެ ގޮތު ގައި ބެލެވޭތޯއާ އެގޮތަށް އަންގާ އެންގުމަކާ ގުޅިގެން އަތޮޅު ކައުންސިލުން އިންކާރު ކުރާ ޙާލަތުގައި ރަށް ކުއްޔަށް ދެވިދާނެތޯއެވެ؟ އެހެންކަމުން، އިސްތިއުނާފު ކުރާ ފަރާތުން ރަށް ކުއްޔަށްދިނުމަށް ނިންމިކަން އެންގިކަން އެނގެން އޮތުމަކީ މައްސަލއިގަ މައުޟޫއީ ޙައްޤު ގެ އޙި ތިމާލް ކުޑަވާ ކަމެއް ކަމުގައި ނުބެލެވެއެވެ.
ގެއްލުން
32.ވަގުތީ އަމުރުގެ ދަށުން އެޅޭ ފިޔަވަޅުތަކަކީ މައްސަލައިގެ މައުޟޫޢީ ޙައްޤަށް ޤަޟާޢީ ޙިމާޔަތް ނިހާއީ ސިފައެއްގައި ލިބުމުގެ ކުރިން، ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބިދާނެތީ އެފަދަ ގެއްލުމެއް ވިޔަނުދިނުމަށް ނުވަތަ އެ ގެއްލުންތައް ވީހާވެސް ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކކެ ވެ. ތަދާރުކު ނުކުރެވޭ ގެއްލުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުން ނުވަތަ އިސްލާޙުކޮށް، ރަނގަޅު ނުކުރެވޭނެފަދަ ގެއްލުންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރިޖްވުޑް ހޮޓެލްސް އެންޑް ސއިޓްސު ޕރައް ވެޓ ލިމިޓެޑް ވ. މުޙައްމަދު ޞަދީފް ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. އެކަށީގެންވާ ފަރުވާއެއްގެ ގޮތުގައި ގެއްލުމުގެ ބަދަލު ދެވޭނަމަ، ޢންމާ އެސް .ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓު ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް 2020/SC-A/101 [2021] SC 73 ގެ 13 ވަނަ ޕެރެގްރާފް ގޮތެއްގައި، ދަޢުވާ ކުރާ ފަރާތުގެ ދަޢުވާ އެ މަރު ޙލާގައި ކިތަންމެ ވަރުގަދަ ކަމަށް ފެންނަން އޮތާނަމަވެސް، ވަގުތީ އަމުރެއް ނެރެ ދިނުމަށް ހުރަސްއެޅޭނެކަމަށއ، ވަގުތީ އަމުރު ނެރެވެނީ ގެއްލުމުގެ ބަދަލު ދިނުން އެކަށީގެން ނުވާ ޙާލަތްތަކުގައެވެ.
33.މިމައްސަލައިގައި ވަގުތީ އަމުރެއް ނުނެރުމުން އިސްތިއުނާފު ރައްދުވާ ފަރތައާ ގެއްލުމެއް ނުވާނެކަމަށް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރާ އެއް ސަބަބަކީ މައުޟޫއީ ޙައްޤެއް ނެތި ގެއްލުމެއް ނުލިބޭނެ ކަމަށް ބުނެއެވެ. އިސްވެ ދިޔަ ޕެރެގްރާފްތަކުގައި މިމައްސަލައިގައި ދަށު ކޯޓަށް ހުށަހެޅުނު ކަންތައްތަކުގެ މައްޗަށް ބަލާއިރު، ޙި މާޔަތްކުރަން ޖެހޭ މައުޟޫއީ ޙައްޤެއް އޮތް ކަމަށް ބުރަވެވޭ ސަބަބު (އެހިނދަށް ދަށުކޯޓަށް ހުށަހެޅުނު ކަންތައްތަކުގެ އަލީގައި) ބަޔާންކުރެވިފައިވާނެއެވެ. ދެވަނަ ކަމަކަށް، ތިންވަނަ ފަރާތެއް ގެ ޙައްޤު އުފަންވެދާނެތީ ލިބިދާނެ ގެއްލުމަކަށްޓަކައި ވަގުތީ އަމުރެއް ނެރެދެވިދާނެކަމަށް ނުފެންނަ ކަމަށް ދައުލަތުން ފާހަގަކޮ ށްފައިވެއެވެ. އަދި ވަކިން ޚާއްސަކޮށް ބީލަމެއްގެ ތަސައްވުރަކީ ކޮންމެވެސް ފަރާތަކުން ބީލަން ކާމިޔާބު ކުރުން ކަމުގައިވާއިރު، މިފަދަ ކޮންމެ ޙާލަތެއްގައި ވަގުތީ އަމުރެއް ނެރެދޭންޖެހޭނެތީއެވެ. ވަގުތީ އަމުރެއް ނެރުމުގައި ޢާންމު އޞުލުނ ބަލް އެއާ ކަމަކީ ހުސޫމާތާއި ގުޅިގެން ކޯޓުން ގޮތެއް ނިމެން ދެނި .27 ޙާލަތު ދެމެހެއްޓުމެވެ. ނުވަތަ ސްޓޭޓަސް ކޯ ހިފެހެއްޓުމެވެ މިމައްސަލާގައ ސުވާލު އުފެދިފައިވާ ރަށް ކުއްޔަށް ދިނުމުގައި އިސްތިއުނާފު ކުރާ ފަރާތުގެ ދައުރަކީ ކޮބައިތޯ ސުވާލު އުފެދިފައިވާއިރު، މައްސަލައިގައި ގޮތެއް ކަނޑައެޅެންދެން ރަށް ކުއްޔަށް ނުދީ ބޭއްވުމަކީ މައްސަލައިގެ ޙާލަތު ދެމެހެއްޓުމެވެ. ބީލަމުގެ އުޞޫލުން ތަން ތިންވަނަ ފަރާތަކަށް ދޫކުރެވިއްޖެނަމަ ރަށާ މެދު އެފަރާތުގެ ޙައްޤު އުފެދި މައްސަލައިގައި ހިމެނޭ އެންމެހައި ފަރާތްތަކަށް ލިބިދާނެ ގެއްލުން ބޮޑުވެގެންދެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު B6/CHT/2022/10-95 "ވަގުތީ އަމުރާމެދު ނިންމި ގޮތް" 2020/HC-A/150 - ސޭވް ދަ ޑްރީމް ވ. ޙުސައިން ޝިހާމް އަދި ޢަލީ އުސައިދު
33.މިމައްސަލައިގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަށް ލިބޭ ގެއްލުން މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ، ދައުލަތުގެ މައްޗަށް ޤާނޫނުއަސާސީގެ 32 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާ އިޖުތިމާއީ އަދި އިޤްތިސާދީ ޙައްޤުތައް ފޯރުކޮށްދިނުމަށް ހުރަސްއެޅިގެން ދިޔުމުން، ރައްޔިތުންނަށް ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްޤުތައް ގެއްލިގެނދް ދިއުމުގެ ސަބަބުން ލިބޭ ތަދާރަކުނުކުރެވޭ ގެއްލުމުގެ މައްޗަށެވެ. ޤާނޫނުއަސާސީގެ 32 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ތަނަވަސްކަމާއި ކުޅަދާނަކަން ހުރި މިންވަރަކުން ރައްޔިތުންނަށް ހޯދައިދިނުމަށް ދައުލަތުން މަސައްކަތްކުރަންވާނ ކަމަށެ ބަޔާންކޮށްފައިވް ކަންތައްތަކުގެ ތެރޭގައި ރަނގަޅު ކާނާއާއި ސާފު ފެނާއި، ފޭރާމާއި ހިޔާވަހިކަން، ރަނގަޅު ފެންވަރުގެ ސިއްޙީ ޚިދުމަތާއި ދަތުރުފަތުރުގެ ވޞަ ލަތްތަކާއި މުވާސަލާތީ ޚިދުމަތްތަކާއި، ނަރުދަމާގެ ނިޒާމާއި ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުން ހިމެނެއެވެ. ދައުލަތުން ހިންގާ ޕްރޮޖެކްޓްތަކަކީ ޢންމާ އުޞޫލުން ބަލާއިރު ރައްޔިތުންގެ މަންފާއާއި ލާބައަށް އިސްކަންދީގެން ހިންގާ ޕްރޮޖެކްޓްތަކކެވެ. މިފަދަ ޕްރޮޖެކްޓަކާ ގުޅިގެން ހ ސޫމަތެއް އުފެދޭ ޙލަތްތަކުގައ މައްސަލައިގައި ގޮތެއާ ނިމެންދެން ދައުލަތާއި ދެކޮޅަށް އެޅޭ ކޮންމެ ވަގުތީ ފިޔަވަޅަކީ، ބުނެވިދިޔަ ޙއްޤުތައަ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހުރަސްއެޅޭ ކަމެއް ކަމަށާއި، އެހެން ކަމުން އެފަދަ އަމރެއު ނެރުމުން ދައުލތަ ށ ލިބަ ގެއްލުން އަމުރު ނުނެރުމުން ލިބޭ ގެއްލުމަށް ވުރެ ބޮޑު ވާނެ ކަމަށް އިފްތިރާޟްކޮށް އަމުރު ނެރެވިގެންނުވާނެ ކަމަށް ބެލުމީ މިފަދަ އެއްވެސް ހުސޫމަތަކާއ ގުޅިގެނި ދައުލަތަށް ރައްދުވާ ގޮތަށް ވަގުތީ އަމުރު ނުނެރެވޭނެ ކަމަށް ނިންމައި ކޯޓުތަކުން އެމައްޗަށް ތަބާޢަވާންޖެހޭ ގޮތަށް ކަނޑައެޅޭ އުޞޫލު (precedent) އެކެވެ. އެހެންކަމުން، ދައުލަތުން ހަމައެކަނި ބުނާ ބުނުމެއްގެ މައްޗަށް ބިނާކޮށް ޤާނޫނުއަސާސީގެ 32 ވަނަ މާއްދާގެ ދަށުން ރައްޔިތުންނަށް ލިބެން ޖެހޭ އިޤްތިސާދީ އަދި އިޖްތިމާއީ ޙައްޤުތައް ލިބުމަށް ހުރަސް އެޅޭކަމަށް ބަލައި އެއީ ތަދާރުކުނުކުރެވޭނެ ގެއްލުމެއް ކަމުގައި ބެލެވިދާނެ ކަމަށް ނުދެކެމެވެ. އެއާ ޚިލާފަށް ހސޫމަތު އުފެދިފައިވާ މައްސަލައާ ގުޅިގެން ނެރެވޭ ވަގުތީ އަމުރަކުން ޤާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ބަޔާންކުރާ ޙައްޤެއް ގެއްލުން/ހަނިވުނ ގާތް )imminent immediate and( ނުރައްކަލެއް އޮތްކަން އެކަށީގެންވާ ސަބަބާއެކު ބުނެދެވިއްޖެނަމަ އެކަމަށް ޝަރީޢަތުން ރިޢާޔަތްކުރަންޖެހޭ ކަމުގައި ދެކެމެވެ. އެހެންނަމަވެސް، މިމައްސަލައިގައި އެފަދަ ނުރައްކަލެއް އޮތް ކަން ދައުލަތުގެ ބަޔާންތަކުން އެނގެން ނެތެވެ. އަދި މިމާއްދާގެ ދަށުން ދައުލަތުން ދަށު މަރުޙަލާގައި ވަކާލާތުކޮށްފައިވާކަންވެސ އެނގެން ނެތެވެ.
32.އެހެންކަމުން، ނ. ތޮޅެންދޫ ކުއްޔަށްދިނުމުގައި އެއަތޮޅ ކައުންސިލު އިދާރާގެ ދައުރަކީ ކޮބައިކަމާމެދު ސުވާލު އުފެދި ހުށަހެޅިފައިވާ މިމައްސަލައިގައި ގޮތެއް ނިމެންދެން އިސްތިއުނާފު ކުރެވފައިވި ވަގުތާ އމުރުނަ އެޅިފައިވާ ފިޔަވަޅުތަކަކީ، މައްސަލައިގެ ސްޓޭޓަސް ކޯ ދެމެހެއްޓުމަށާއި، މައްސަލަ ނިމޭއިރު ތިންވަނަ ފަރާތެއްގެ މަސްލަޙަތު އުފަންވެ މައްސަލައިގެ ޚަސްމުންނަށް ލިބިދާނެ ގެއްލުނަ ކުޑަކުރުމުގެ ގޮތުން އެޅިދާނެ ފިޔަވަޅެއް ކަމުގައި ދެކެމެވެ. ވަގުތީ އަމުރުން މައުޟޫއީ ދޢަ ވާއާމެދ ގޮތެއު ކަނޑައެޅުން
31. ސިވިލް ކޯޓުގައި ހިނގަމުންދާ މައުޟޫއީ ދޢަ ވާގައު ދޢަ ވ ކުރާ ފަރާތުން އެދިފައިވަނީ އަންނަނިވި ފަދައިންނެވެ. "ދޢުވަ ލިބާ ފަރާތުން ނ.ތޮޅެންދޫ ކުއްޔަށް ދޫކުރުމަށްޓަކައި މަސައްކަތްކުރަނީ، ޤާނޫނުއަސާސީގެ 322 ވަނަ މާއްދާގެ ދަށުން ކަނޑައެޅިފައިވާ އުސޫލާ ޚިލާފަށް، ލާމަރުކަޒީ ޤާނޫނުގެ 0 ވަނަ މާއްދާގައި އެކަށައަޅުއްވާފައިވާ މިންގަނޑާއި ކަނޑައެޅިގެން ޚިލާފަށް އެމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް އަތޮޅު ކައުންސިލްގެ މަޝްވަރާއަށް ރިޢާޔަތްކުރުމެއް، ބެލުމެއް ނެތި 0 ވަނަ މާއްދާގެ (ށ) އަދި (ބ) އާއި މިމާއްދާތަކުގެ މަޤްސަދާއި ރޫހާއި ޚިލާފަށްކަން ކަނޑައަޅުއްވާ ދެއްވާ، މިހާރު އިޢުލާންކޮށްގެނ ރަށްތައް ހަވާލުކުރުމަށް ކުރް މަސައްކަތް އެގޮތަށް ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅުއްވާދެއްވުނ އެދް ކުރި ދަޢުވާއެކެވެ ." ނ.އަތޮޅު ކައުންސިލުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދައުވާ ފޯމުގެ ނަންބަރު 0
35ވަގުތީ އަމުރު އޮންނަންވީ ގޮތް ކަމަށް ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ދަޢުވާއާއިމެދު ޝަރީޢަތުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން، ނ.ތޮޅެންދޫ ދިގުމުއްދަތަކަށް ވަކި ފަރާތަކަށް ކުއްޔަށް ދޫކުރމަށު ކުރަމުންދާ މަސައްކަތް މަޑުޖައްސާލުމަށާއި، މި މައްސަލާގައި ގޮތެއް ކަނޑައެޅުމުގެ ކުރިން އެއްވެސް ފަރާތަކަށް ރަށް އެވާޑް ކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރުމަށާއި، އެހެން ފަރާތެއްގެ މަޞްލަޙަތު ނ.ތޮޅެންދޫ ގެ މައްޗަށް އުފަންވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށާއި އެފަދަ އެއްބަސްވުމެއް އެކުލަވާލުމުގެ ކަންކަން ނުކުރުމަށް ދަޢުވާލިބޭ ފަރާތަށާއި ދައުލަތުގެ އެންމެހާ އިދާރާތަކުގެ މައްޗަށް އަންގާ އަމުރު ކޮށްދެއްވުމަށެވެ."
36ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގެ ނިންމުމުގައި ވަނީ އަންނަނިވި ފަދައިންނެވެ. އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގައި ހުރުމުން، މި ޤަޟިއްޔާ (ސިވިލ ކޯޓުގް ނަންބަރ 962/Cv-C/2022) ގައި ޝަރީޢަތުން ވަކި ގޮތެއް ކަނޑައެޅުމާހަމައަށް، ނުވަތަ ޝަރީޢަތުން އެހެން ގޮތަކަށް ކަނޑައަޅަންދެން، ނ.ތޮޅެންދޫ ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމަށް ކުރަމުންދާ މަސައްކަތް މަޑުޖައްސާލުމަށާއި، ރަށް އެވޯޑު ކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރުމަށާއި، އެހެން ފަރާތެއްގެ މަސްލަހަތެއް ނ.ތޮޅެންދޫގެ މައްޗަށް އުފަންވެދާނެ އެއްވެސް މުޢާމަލާތެއް ނުކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ހިމެނޭގޮތުން ދައުލަތުގެ ކަމާގުޅޭ އެންމެހައި އިދާރާތަކުގެ މައްޗަށް އަންގައި އަމުރުކޮށްފީމެވެ."
33. އިސްތިއުނާފީ ނުކުތާގައި ދައުލަތުން ބަޔާންކޮށްފައިވަނ މިވަގުތީ އަމުރުގެ ސަބަބުން މައުޟޫއީ ދޢަ ވާއު މެދު ގޮތެއް ކަނޑައެޅޭ ކަމަށެވެ. އެގޮތުން އަމުރާމެދު ގޮތެއް ނިންމުމުގައި ޝަރީޢަތުން ރ ޢޔަތްކުރާ ކަންތައްތަކުގެ ތެރޭގައި 0 ވަނަ ޕެރެގްރާފްގައި، "ނ. ތޮޅެންދޫއަކީ ވަކި ފަރާތަކަށް 33 (އެކާވީސް އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށްދިނުމަކީ ރައްޔިތުންނަށް އެންމެ ލާބ ހުރަ ގޮތި ނޫންކަމަށް ނ. އަތޮޅު ކައުންސިލުން ޤަރާރެއް ފާސްކޮށް އެކަން ސަރުކާރަށް އަންގާފައިވާއިރު، ނ.އަތޮޅު ކައުންސިލުން ސިވިލް ކޯޓަށް ހުށަހެޅި ވަގުތީ އަމުރަށް އެދޭ ފޯމްގެ ނަންބަރު 6 ބުނެވުނު 23 މާއްދާއަކީ ހަމައެކަނި އިޖުރާއް ތެއް ކަމުގައި ބަލައި، މަޝްވަރާތަކުން ކޮންމެ ނަތީޖާއެއް ނިކުތްކަމުގައިވިޔަސް ފަޅު ރަށެއް ދިގު މުއްދަތަށް ކުއްޔަށްދިނުމުގެ އިޚްތިޔާރު ދައުލަތަށް އޮންނާނެކަމުގައި ބަލައިގެން ވަގުތީ އަމުރާމެދު ގަތެއް ނިންމުމަކީ ޤާނޫނުގެ ރޫޙާ ނުވަތް އެންމެ އިންސާފުވެރި ގޮތް ކަމށ ޝަރީޢަތަށް ޤަބޫލުނުކުރެވެއެވ". އަދި 33 ވަނަ ނަންބަރުގައި މައުޟޫއީ ޤަޟިއްޔާގައި ޙުކުމް ކުރެވުމާ ހަމައަށް ނ. ތޮޅެންދޫ ކުއްޔަށްދިނުން މަޑުޖައްސާލަނ އަމުރެއް ކުރުމަކީ އެކަމުގެ ސަބަބުން މައްސަލައްގަމައުޟޫއުގައ ކުރެވި ޙުކުމަށް އަސަރެއް ކޮށްފާނެކަމަށް ޤބޫލުނުކުރެވޭކަމަށް ބަޔާންކޮށްފައިވުމ މައުޟޫއީ މައްސަލައާ މެދު ގޮތެއް ކަނޑައެޅިގެންދާކަމެއ ކަމުގައި ދައުލަތުން ދެކެއެވެ.
30. އެއީ ބުނެވުނު އިބާރާތުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގެ 3-0 މާއްދާގެ (ށ) އަދި އެމާއްދާގެ (ބ) މާނަކޮށްދީ، އިސްތިއުނާފު ރައްދުވާ ފަރާތުން އިއުތިރާޟްކުރާ ޙާލަތުގައި ނ. ތޮޅެންދޫ ކުއްޔަށް ދޫކުރުމަކީ، އެޤާނޫނުގެ މަޤްސަދާއި ޚިލާފު އަދި އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށް ސަރީޚަ އިބާރާތުން ބަޔާންކުރެވިފައިވާއިރު މައުޟޫއީ ދޢަ ވާގައިވެސު ގޮތް ކަނޑައަޅަންޖެހޭ މައިގަނޑު އަސާސްކަމަށްވމުންނެވެ.
33.ދަށު ކޯޓަށު ހުށަހެޅިފައިވާ ދޢަ ވާއަށް ބަލާއިރު، އެދު ޢަ ވާގެ މައުޟޫއަކީ އަތޮޅު ކައުންސިލްގައި ހިމެނޭ ރަށެއް ކުއްޔަށްދިނުމުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ގެ 3-0 މާއްދާގެ
(ށ) އަދި އެމާއްދާގެ (ބ)ގެ ދަށުން ކުރަންޖެހޭ މަޝްވަރާގެ ދައުރަކީ ކޮބައިކަން ކަމުގައިވާއިރު، ވަގުތީ އަމުރު ނެރުމުގައި ރިޢާޔަތްކުރެވުނު ކަންތައްތަކުގެ ތެރޭގައި އެފަދަ މަޝްވަރާއަކުން ކޮންމެ ނަތީޖާއެއް ނިކުތްކަމުގައވިޔަސި، ދައލަތަށ ރަށް ކުއްޔަށްދެވިދާނެކަމުގައި ބަލައިގެން ވަގުތީ އަމުރު ނެރުމަކީ ޤާނޫނުގެ ރޫހު އަދި މަޤްސަދާއި ޚިލާފު ކަމެއް ކަމަށް ޝަރީޢަތުން ރޢި ޔަތްކޮށްފައިވަނ، އެންމެ ރަނގަޅަށް ކަމުގައި ނުދެކެމެވެ. އެހެނީ، މައުޟޫއީ ދަޢުވާގެ އަސާސްއަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 3-0 ވަނަ މާއްދާގެ (ށ) ގެ ދަށުން އަތޮޅު ކައުންސިލުގެ ދައުރު ކަށަވަރުކުރުން ކަމުގައިވާއިރު، އެފަދަ ދައުރެއް ނެތްކަމަށް ބެލުމާ ޤާނޫނުގީ ރޫހާ ނޫނު ކަމުގައް ނުވަތަ އިންސާފުވެރި ގޮތް ނޫން ކަމަށް ޝަރީޢަތުން ބަލައި ވަގުތީ އަމުރުގެ ބޭނުމަށްޓަކައި ގޮތް ކަނޑައެޅިދާނެ ކަމުގައި ނުފެންނާތީއެވެ. ޤާނޫނުގެ ރޫހަކީ ނުވަތަ އިންސާފުވެރި ގޮތަކީ ކޮބައިކަން ކަނޑައެޅެންވާނީ މައްސަލައިގައި ދެކެވޭ ވާހަކަތަކަށް ބަލައި މައުޟޫއީ ދޢަ ވާގައެވެ.
22.އެހެންނަމަވެސް، ޝަރީޢަތުން ރިއާޔަތްކޮށްފައިވާ މިރިއާޔަތް ކުރުމަކީ ވަގުތީ އަމުރުގައި (އަމުރުން ކުރުން މަނާ ކުރި ކަންތައްތަކުގައި ތެރޭގައި) ހިމެނޭ ކަމެއް ނޫނެވެ. އެހެންކަމުން، ވަގުތީ އަމުރުން ކުރުން މަނާ ކުރި ކަމަކީ މައްސަލައާ މެދު ގޮތެއް ކަނޑައެޅެން ދެން ރަށް ކުއްޔަށް ދިނުމަށް ކުރަމުންދާ މަސައްކަތް މ ޑުޖައްސާލުމާއި ގުޅުން ހުރި ކަންތައްތަކެވެ. މިއީ މައުޟޫއީ ދަޢުވާގައި އެދިފައިވާ ފަރުވާ ސާބިތުކޮށް ނަފީވާ ކަމެއް ނޫނެވެ. އެހެންކަމުން، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގައި ހުރުމުން ވަގުތީ އަމުރާ މެދު ނިންމި ނިންމުން ބާޠިލް ކުރަންޖެހޭ ތަނެއް އޮތް ކަމުގައި އަހުރެން ނުދެކެމެވެ.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު
23.ސިވިލ ކޯޓުގް ވަގުތީ އަމުރު އިސްތިއުނާފުކުރަމުން އިސްތިއުނާފުކުރާ ފަރާތުން 22 (ތިނެއް) ނުކުތާ ހުށަހަޅާފައިވެއެވެ. އެގޮތުން ފާހަގަކޮށްފައިވާ ނުކުތާތަކަކީ:
23.3 ސިވިލް ކޯޓުގެ B8/VN/2022/01-144 ވަގުތީ އަމުރަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 1 ގެ (ހ) ގައި، ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެން ވާންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް ނެރެދެއްވާފައިވ ވަގުތާ އަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،
23.3 ސިވިލް ކޯޓުގެ ނަންބަރު B8/VN/2022/01-144 ވަގުތީ އަމުރަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 1 ގެ (ށ) ގައި، ވަގުތީ އަމުރު ނެރުމަކާ ނުލާ އަޞްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮންނަންޖެހޭކަމަށް ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް، އެކޯޓުގެ އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓް ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގެ 12 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ of convenience Balance ގެ ޓެސްޓަށް ރިޢާޔަތްކުރެއްވުމެއް ނެތި ނެރދެއްވާފައިވާ ވަގުތެ އަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާ އަދި
23.2 ސިވިލް ކޯޓުގެ ނަންބަރު B8/VN/2022/01-144 ވަގުތީ އަމުރަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރޕްޝަނަ ކޮމިޝަން ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 5 ވަނަ ނަންބަރުގެ (ބ) ގައި، ކޯޓަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން ނެރެދެވޭ ވަގުތީ އަމުރުގައި، އަސްލު މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް އަސަރުކުރަނިވި ފަދަ ގޮތަކަށް ނުވަތަ އެ ޙައްޤު ސާބިތުކޮށް ނުވަތް ނަފީކޮށް ވަގުތީ އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެން ނުވާކަމަށް، ކަނޑައަޅުއްވާފައިވ އުޞޫލާ ޚިލާފަށާ ނެރެދެއްވާފައިވ ވަގުތާ އަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
23.ވަގުތީ އަމުރު ނެރުމުގައި ބަލަންޖެހޭ ޢާންމު ޝަރުޠުތަކެއް ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ. އެ ޝަރުޠުތަކަކީ:
23.3 ވަގުތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެގެންވުން؛
23.3 ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ، ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން؛ އަދި
23.2 ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ "ޞިފަތު" ނުވަތަ ހައިސިއްޔަތު ޤާނޫނީ ގޮތުން ލިބިފައިވާ ފަރާތެއްކަމުގައިވުންކަން އެނގެން އޮވެއެވެ.
އުޞޫލުތައް ތަޠުބީޤުކުރުން
22.ނެރެދިނުމަށް ހުށަހަޅް ވަގުތާ އަމުރު ކާމިޔާބު ކުރުމަށްޓަކައި، އެ އަމުރަށްއެދި ހުށަހަޅާ ފަރާތަކީ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ބަޔާންކުރާ 2 (ތިނެއް) ޝަރުޠު ފުރިހަމަވާ ފަރާތަކަށް ވާންޖެހެއެވެ.
21.އިސްތިއުނާފީ ނުކުތާތަކަށް ނަޒަރުކުރުމުން އަހުރެންނަށް އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ. ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެގެންވޭތޯ ބެލުން
25.ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި އޮތްކަން ހާމަކޮށްދިނުމުގެ ގޮތުން، އަމުރަށް އެދޭ ފަރާތުން ދައްކުވައިދޭން ޖެހޭހައިވެސް ކަމަކީ، ދަޢުވާ އޭނާއަށް ކާމިޔާބުވާނެކަމުގެ އަސާސީ އަދި ޙަޤީޤީ އިޙްތިމާލެއް އޮތްކަން ދައްކުވައިދިނުމެވެ.
26.އަމުރަށް އެދް ފަރާތުގެ ކާމިޔާބީގެ އިޙްތިމާލު ކުޑަނަމަ، އަސާސީ އަދި ޙަޤީޤީ އިޙްތިމާލެއް އޮތްކަމަށް ބެލެވިދާނެ ކަމަކަށް ޤަބޫލެއްނުކުރެވެއެވެ . އެހެންކަމުން، އެ ޙާލަތުގައި ވަގުތީ އަމުރެއް ނެރެދެވިދާނެކަމަކަށް ނުދެކެމެވެ. އެހެނީ، އެ ޙާލަތުގައި ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު "ފާޅުކަން ބޮޑު" ކަމަށް ބުނެވިދާނެފަދި ޙާލަތެއް އޮތުމަށްވު ރ ނެތުން ގާތްކަމަށް ފެންނާތީއެވެ. އަދ އެ ޙާލަތުގައި ކާމިޔާބުވުމުގެ އިޙްތިމާލު ޙަޤީޤަތުގައި އޮތްކަމަށް ބުނެވިދާނެ ކަމަށް ބެލެވެން ނެތަތީއެވެ.
23.އަމުރަށް އެދުން ފަރާތަށު ޤާނޫން ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި މި ޤަޟިއްޔާގައި އޮތްތޯ ބަލާއިރު، ދަޢުވާ ކާމިޔާބުވާނެކަމުގެ އިޙްތިމާލެއް ފާޅުކަން ބޮޑުގޮތެއްގައި ފެންނަން އޮތްކަން އެނގޭކަށްނެތެވެ. އެހެނީ، ދަޢުވާ ކާމިޔާބުވާނެކަމުގެ އަސާސީ އަދި ޙަޤީޤީ އިޙްތިމާލެއް އޮތްކަން އަމުރަށް އެދުނު ފަރާތަށް ބަޔާންކޮށްދެވިފައި ނެތަތީއެވެ.
20.އިސްތިއުނާފ ރައްދުވު ފަރާތާއި އިސްތިއުނާފުކުރާ ފަރާތާއި ދެމެދު ޚުޞޫމަތު އުފެދިފައިވަނީ ނ.ތޮޅެންދޫ ދިގުމުއްދަތަކަށް ކުށްޔަށް ދޫކުރުމަށްޓަކައި، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ (ފިޝަރީޒް މިނިސްޓްރީ) އިން ކުރަމުންދާ މަސައްކަތާމެދުގައިކަން އެނގެއެވެ. ފިޝަރީޒް މިނިސްޓްރީއިން ކުރަމުންދާ މަސައްކަތަކީ:
20.3 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 0 ވަނަ މާއްދާގެ (ށ) އަދި (ބ) އާ ޚިލާފަށް ކުރަމުންދާ މަސައްކަތެއް ކަމަށާއި،
20.3 "ނ.އަތޮޅުގެ ފަޅުރައްތަކާއި، ފަޅު ފަރާ ބޭނުންކުރާނެ ގޮތުގެ ޕްލޭން" އާ ޚިލާފަށް ކުރަމުންދާ މަސައްކަތެއް ކަމަށާއި،
20.2 އެކަމަކީ ޤާނޫނުއަސާސީގެ 322 ވަނަ މާއްދާގައި ބަޔާންކުރާ އުޞޫލާ ޚިލާފަށް ކުރަމުންދާ މަސައްކަތެއް ކަމަށް ބުނެ، ނ. އަތޮޅު ކައުންސިލުން ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވާކަން އެނގެއެވެ.
23.އެހެންކަމުން، ދަޢުވާގައި ބުނާ ފަދައިން އެ މަސައްކަތް ޤާނޫނާ ޚިލާފުކަން އެނގޭނެ ޤާނޫނީ ނައްސެއަ އޮތްކަން ފާޅުކަން ބޮޑުގޮތެއްގައި އެނގެން ނެތީސް، އެ ދަޢުވާގެ ދަށުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް "ފާޅުކަން ބޮޑުގޮތެއްގައި" އޮތްކަން އެނގެން އޮތްކަމަށް ބެލެވިދާނެކަމަކަށ އަހުރެން ނުދެކެމެވެ. އޭގެ އިތުރުން ރިޔާސަތު ފަނޑިޔާރުގެ ރައުޔުގެ 36 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަމުންވެސ އަހުރެންނަށް ފާހަގަވެގެން ދަނީ އެ ދަޢުވާގެ ދަށުން ނ.އަތޮޅު ކައުންސިލަށް ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް "ފާޅުކަން ބޮޑުގޮތެއްގައި" އޮތްކަން އެނގެން ނެތްކަމެވެ. އެހެންކަމުން، މި ޝަރުޠު ފުރިހަމަވާކަމަށް ސިވިލް ކޯޓުން ނިންނި ނިންމުން ރަނގަޅު ކަމަކަށް އަހުރެންނުދެކެމެވެ.
ތަދާރުކު ނުކުރެވޭ ގެއްލުމެއް އޮތްތޯ ބެލުން
12.ތަދާރުކު ނުކުރެވޭ ގެއްލުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުން ނުވަތަ އިސްލާހުކޮށް، ރަނގަޅު ނުކުރެވޭނެފަދަ ގެއްލުންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރިޖްވުޑް ހޮޓެލްސް އެންޑް ސުއިޓްސް ޕްރައިވެޓ ލިމިޓެޑް ވ. މުޙައްމަދު ޞަދީފް ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާ ނަންބަރު [2021] SC 73 ގެ 13 ވަނަ ޕެރެގްރާފް
13.އެކަށީގެންވާ ފަރުވާއެއްގެ ގޮތުގައި ގެއްލުމުގެ ބަދަލު ދެވޭނަމަ، އާންމު ގޮތެއްގައި، ދަޢުވާކުރާ ފަރާތުގެ ދަޢުވާ އެ މަރުޙަލާގައި ކިތަންމެ ވަރުގަދަ ކަމަށް ފެންނަން އޮތް ނަމަވެސް، ވަގުތީ އަމުރެއް ނެރެ ދިނުމަށް ހުރަސްއެޅޭނެކަމަށް ޤަބޫކުރެވެއެވެ. އެހެނީ، ވަގުތީ އަމުރު ނެރެވެނީ ގެއްލުމުގެ ބަދަލު ދިނުން އެކަށީގެން ނުވާ ޙާލަތްތަކުގައި ކަމުގައި ވާތީއެވެ.
13.އެގޮތުން، ދަޢުވާ ރައްދުވި ފަރާތުގެ ޢަމަލުގެ ސަބަބުން ގެއްލުމުގެ ބަދަލު އެކަށީގެންވާ ގޮތެއްގައި ނުދެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެކަން، އަމުރަށް އެދި ހުށަހެޅި ފަރާތުން ދައްކުވައިދޭން ޖެހޭނެކަމަށް ދެކެމެވެ. މި ޙާލަތުގައި، ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު "ފާޅުކަން ބޮޑު" ގޮތެއްގައި އޮތްކަމަށް ފެންނަން ނެތްކަން އެނގެއެވެ. އެހެންކަމުން، ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއު އޮތްކަން ފާޅުކަން ބޮޑުގޮތެއްގައި އެނގެން ނެތީސް ގެއްލުމަކީ ތަދާރުކު ނުކުރެވޭ ގެއްލުމެއްތޯ ނުވަތަ ނޫންތޯ ބެލުމުގެ ބޭނުމެއް ނެތްކަމުގައި ދެކެމެވެ. އަދި ސުޕްރީމް ކޯޓުގެ އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓް ސަރވިސަސް (މޯލްޑި ވްސ) ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގެ 12 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ Balance of convenience ގެ ޓެސްޓަށް މި ޙާލަތުގައި ރިޢާޔަތްކުރަން ޖެހޭނެކަމަކަށް ވެސް ނުބެލެވެއެވެ. ސަބަބަކީ، އަމުރަށް އެދުނު ފަރާތަށް ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް އޮތްކަން ފާޅުކަން ބޮޑުގޮތެއްގައި އެނގެންނތަތީއެވެ. އަސްލު މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް އަސަރުކުރަނިވި ފަދަ ގޮތަކަށް ނުވަތަ އެ ޙައްޤު ސާބިތުކޮށް ނުވަތަ ނަފީކޮށް ވަގުތީ އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެން ނުވާކަން
12.މި ނުކުތާއާ ގުޅިގެން ރިޔާސަތު ފަނޑިޔާރުގެ ރައުޔުގެ 33 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބަޔާންކުރުމަށް އަހުރެން ތާއީދުކުރަމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނުއަސާސީގެ 23 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ށ) އަދި (ބ) (PDF ގައި '0' / '3-0')
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) (ފުޓްނޯޓުގައި '23 ގެ (ހ)، (ށ)')
- ސުޕްރީމް ކޯޓު 2012/SC-A/21 (ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން)
- ސުޕްރީމް ކޯޓު 2020/SC-A/101 (އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓް ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓު [2021] SC 73 (ރިޖްވުޑް ހޮޓެލްސް އެންޑް ސުއިޓްސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޞަދީފް)
- ސުޕްރީމް ކޯޓު 2016/SC-A/18
- ހައިކޯޓު 2020/HC-A/150 (ސޭވް ދަ ޑްރީމް ވ. ޙުސައިން ޝިހާމް އަދި ޢަލީ އުސައިދު)
- ހައިކޯޓު B6/CHT/2022/10-95 (ވަގުތީ އަމުރާމެދު ނިންމި ގޮތް)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.