ނަން ސިއްރު ކުރެވިފައި ވ. މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި ޢަރަބިއްޔާ ސްކޫލް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 144-B9/VN/2023/02
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޢަރަބިއްޔާ ސްކޫލަށް ނިޤާބު އަޅައިގެން ދަރިވަރުން ދިޔުމަށް ހުރަސް ނޭޅުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ބެލެނިވެރިން ކުރި އެދުން ސިވިލް ކޯޓުން ރައްދުކުރުމުގައި، ވަގުތީ އަމުރުގެ ޝަރުޠުތައް (ފާޅުކަންބޮޑު މައުޟޫޢީ ޙައްޤު، ތަދާރުކު ނުކުރެވޭ ގެއްލުން، ޙައިޞިއްޔަތު) ވަޒަންކުރި ގޮތް ރަނގަޅުތޯ؛ އަދި ޙައިޞިއްޔަތު ނެތްކަމަށް ކަނޑައެޅުނު އިސްތިއުނާފުކުރާ ފަރާތެއް އިސްތިއުނާފުން އުނިކުރަންޖެހޭތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ވަގުތީ އަމުރާމެދު ނިންމުން ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދަށުކޯޓުން ނެރުނު ނިންމުމެއްގައި އަމުރަށް އެދުނު ފަރާތެއްގެ ގޮތުގައި ހިމެނި، އެ ނިންމުން ނިންމިއިރު އޭނާއަކީ މައްސަލައިގެ ޚަޞްމަކު ކަމުގައިވާނަމަ، އެ ނިންމުން އިސްތިއުނާފުކުރުމުގެ ޙައްޤު އޭނާއަށް ލިބިގެންވެއެވެ؛ ފަހުން ދަޢުވާކުރުމުގެ ޙައިޞިއްޔަތު ނެތްކަމަށް ކަނޑައެޅުނު ކަމުގައިވިޔަސް، އިސްތިއުނާފުން އޭނާގެ ނަން އުނިކުރުމަކީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އިސްތިއުނާފުގެ ޙައްޤަށް އުނިކަން އަތުވެދާނެ ކަމެކެވެ.
HN2 ވަގުތީ އަމުރަކީ ދަޢުވާއެއްގައި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ވަގުތީ ފަރުވާއެއް ނުވަތަ ވަގުތީ ރައްކާތެރިކަމެއް ހޯދައިދިނުމަށް ނެރޭ އަމުރެކެވެ؛ އޭގެ ޝަރުޠުތަކަކީ: ފާޅުކަންބޮޑު ގޮތެއްގައި ޤާނޫނީ ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު، ލަސްވުމުން ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން، އަދި އެދޭ ފަރާތަށް ޞިފަތު ނުވަތަ ޙައިޞިއްޔަތު ލިބިފައިވުމެވެ (2012/SC-A/21).
HN3 ވަގުތީ އަމުރަށް އެދެންވާނީ ކަނޑައަޅާފައިވާ ފޯމު މެދުވެރިކޮށް، އަމުރަށް އެދޭ ސަބަބުތަކަށް ބާރުދޭ ހެކި (ފައިސާ ނުވަތަ މުދަލާ ނުގުޅޭ އަމުރުތަކަށް ހެކިބަސްދޭ ފަރާތުގެ ބަޔާން މެދުވެރިކޮށް) ފޯމާއެކު ހުށަހަޅައިގެންނެވެ؛ ފޯމާއެކު ހުށަހެޅި ހެކިތަކަށް ނަޒަރުކޮށް ކޯޓުން ހެކި ވަޒަންކޮށްފައިވާނަމަ، އެކަމުގައި ގޯހެއް ހަދާފައިވާކަމަށް ނުބެލެވޭނެއެވެ.
HN4 ކުރިމަތިވާނެކަމަށް ޤާނޫނީ ގޮތުން ނުބެލެވޭ ކަންތައްތަކެއް ނުވަތަ ނަތީޖާތަކެއް ހުއްޓުވުމަށް އަމުރު ނެރުމަކީ ވަގުތީ އަމުރުގެ މާނައިގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ.
HN5 ފާޅުކަންބޮޑު މައުޟޫޢީ ޙައްޤު ދައްކުވައިދިނުމަށް އެދޭ ފަރާތުން ދައްކުވައިދޭންޖެހޭނީ ދަޢުވާ ކާމިޔާބުވުމުގެ އަސާސީ އަދި ޙަޤީޤީ އިޙްތިމާލެއް އޮތްކަމެވެ؛ ކާމިޔާބީގެ އިޙްތިމާލު ކުޑަނަމަ ވަގުތީ އަމުރު ނެރެނުދެވޭނެއެވެ. މަތީ ކޯޓުތަކުގެ އުޞޫލުތައް ނަކަލުކުރުން އެކަނި ކާފީ ނުވެ، އެ އުޞޫލުތައް މައްސަލައަށް ތަޠުބީޤުކުރުމުން ނަތީޖާ ތަފާތުވާ ގޮތް ބުނެދޭންޖެހޭނެއެވެ.
HN6 ތަދާރުކު ނުކުރެވޭ ގެއްލުމަކީ ފޫނުބެއްދޭ ނުވަތަ ރަނގަޅު ނުކުރެވޭނެ ގެއްލުމެވެ (2021/SC-A/43)؛ ގެއްލުމުގެ ބަދަލު އެކަށީގެންވާ ފަރުވާއެއްކަމުގައިވާނަމަ ވަގުތީ އަމުރު ނުނެރޭނެއެވެ؛ ފާޅުކަންބޮޑު މައުޟޫޢީ ޙައްޤެއް ނެތްނަމަ ގެއްލުމުގެ ސުވާލު ބެލުމުގެ ބޭނުމެއް ނެތެވެ؛ އަދި ހުއްޓުވަން އެދޭ ކަންކަން ނުހިންގާނެކަމުގެ އިތުބާރު ދަޢުވާލިބޭ ފަރާތުން ދީފައިވާނަމަ ގެއްލުމެއް ލިބޭކަމަށް ނުބެލެވޭނެއެވެ.
HN7 ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެ ޙައްޤުގެ ވެރި ކުދިންގެ ބެލެނިވެރިންކަން އަންގައިދޭ ލިޔުމެއް ނުވަތަ ކުދިންނަކީ ކޮބައިކަމާއި ކިޔަވާ ގްރޭޑު އެނގޭނެ މަޢުލޫމާތެއް ހުށަހަޅާފައި ނުވާނަމަ، ޙައިޞިއްޔަތު ނެތްކަމަށް ކޯޓުން ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތެވެ.
HN8 ދަށުކޯޓުން ވަކި ގޮތަކަށް ނިންމާފައިވާކަން ނުއެނގޭ ކަމެއްގައި، އެ ކޯޓުން އެފަދަ ނިންމުމެއް ނިންމިކަމަށް ބަލައިގެން އިސްތިއުނާފީ މަރުޙަލާގައި ގޮތް ކަނޑައަޅަން ނުޖެހޭނެއެވެ؛ ވަގުތީ އަމުރާމެދު ނިންމުމުގައި ދަޢުވާގެ ބާވަތާމެދު ސުވާލު އުފެއްދުމަކީ މައުޟޫޢުގައި ގޮތް ނިންމުމެއް ނޫނެވެ (މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ނޫން).
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ފާޠިމަތު ޝަރީފް، ޢަލީ ސަޢީދު، ރެހެންދި ޗެމްބަރސް ލލޕ
- ބެންޗު
- ޙަސަން ޝަފީޢު، ހުޒައިފާ މުޙައްމަދު، މުޙައްމަދު ސަލީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު
ތަޢާރުފު
1މިއީ، ސިވިލް ކޯޓުގެ ނަންބަރު B9/VN/2023/02-144 ވަގުތީ އަމުރާމެދު ނިންމިގޮތް އިސްތިއުނާފުކުރުމަށް އެދި ޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕއާއި، ޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕ އަދި ޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢވު ރައްދުވާ ފަރާތްތކަ ކ، މިނިސްޓްރީ އޮފް އެޑިއުކޭޝަން(ދައުލަތް) އަދި މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ(ދައުލަތް) އެވެ.
ކަން ހިނގާފައިވާގޮތް
2އިސްތިއުނާފުކުރާ ފަރާތްތަކުގެ ކުދިން ހިމެނޭގޮތުން، އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ބައެއް އަންހެން ދަރިވަރުން، ސްކޫލުން ހުއްދަދީގން ނިޤާބު އަޅައިގެން ސްކޫލަށް ޙެ ޟިރުވަނިކޮށް، އާ ކުދިން ނިޤބާ އެޅުމުގެ ސަބަބުން ސްކޫލަށް ޙާޟިރުނުވެވޭނެކަމަށް ބެލެނިވެރިންނަށ އަނގަބަހުން އަންގައި، އަދި ނިޤާބު އަޅައިގެން ސްކޫލަށް ޙޟާ ރުވުމަކީ ޔުނިފޯމް ކޯޑާއި ޚިލާފުކަމެއް ކަމުގައި ލިޔުމުން އަންގައި ސްކޫލަށް ގޮސަ ތަޢުލީމު ޙާޞިލުކުރުމަށް ހުރަސްއަޅަމުންދާތީ، ނިޤާބު އެޅުމަކީ ދިވެހި މުޖުތަމަޢުގައި ހުއްދަ އަދި އެކަން މިހާރު ބަލައިގަނެފައިވާ ހެދުން އެޅުމުގެ އާދައަކަށްވާއިރު، ނިޤާބު އަޅައިގެން މެނުވީ މުޖުތަމަޢުގެ ތެރެއަށް ނިކުންނަން ބޭނުންނުވާ އަންހެން ކުދިންނަށް، ރަސްމީ ތަޢުލީމް ހޯދޭނެ އެހެން ފުރުސަތެއް ޤާއިމުކޮށްނުދީ، މި ކުދިން އަދި އެއްވެސް ކުއްޖަކަށް ރަސްމީ ތަޢުލީމު ލިބިގަތުމުން މަޙުރޫމް ކުރެވޭ ގޮތަށް އެއްވެސް ޤަވާޢިދެއްވިޔަސް އަދި، އެންގުމެއްވިޔަސް ނޭނގޭނެ ކަމަށާއި، ޔުނީފޯމް ކޯޑުގެ ތެރެއިން ވިޔަސް އަދި އެހެން ޤަވާޢިދެއްގެ ތެރެއިން ވިޔަސް ތަޢުލީމްގެ ފުރުސަތު ނުލިބޭނޭ ގޮތަށް، ސިޔާސަތުތަކާއި ޤަވާޢިދުތައް އެކުލަވާލައި ތަންފީޛުނުކުރެވޭނެ ކަމަށާއި، ނިޤާބު އަޅައިގެން ސްކޫލަށް ޙޟިރުވުމަކާ އެ ކުދިންނާ ދޭތެރޭ ސްކޫލުން ވިޔަސް އަދި އެހެން ބަޔަކުވިޔަސ ތަފާތުކުރުމެއް ގެންގުޅެންވާނޭ ކަމެއް ނޫންކަމަށާއި، އެއްވެސް ފަރާތަކުން އެ ކުދިންނށަ ނިޤާބު އެޅުމުގެ ސަބަބުން އެއްވެސް ކަހަލަ ތަފާތުކުރުމެއް ގެންގުޅެ އަދި ހަނގާކުރުމުގެ އެއްވެސް ޢމަލެއ ހިންގައިގެން ނުވާނެކަމުގައި ކަނޑައަޅއަ ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ) ގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ޖުޑީޝަލް ރިވިއުގެ މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ. އެ މައްސަލަ ބަލަމުންދަނީ ސިވިލް ކޯޓުގެ ނަންބަރު 2023-CVC-1231 ޤަޟިއްޔާއިންނެވެ.
3ސިވިލް ކޯޓުގެ ނަންބަރު 2023-CVC-1231 ޤަޟިއްޔާ ބަލައި ޙުކުމް ކުރެވެންދެން ޢަރަބިއްޔާ ސްކޫލްގައް ތަޢުލީމް ޙާޞިލުކުރަމުންގެންދ އަންހެނާ ކުދިންގެ ތެރެއިން މޫނު ކަޝްފުކޮށްގެން ޢާންމުންގެ ތެރެއަށް ނިކުތުމަށް ބޭނުންނުވުމުގެ ސަބަބުން، ސްކޫލަށް ދާއިރު، ނިޤާބު އަޅައިގެންދާ ކުދިންނަށް ނިޤާބް އަޅައިގެން ސްކޫލަށް ދިޔުމުގެ ފުރުސަތު ލިބިދިނުމަށާއި އަދި އެއްވެސް ގޮތަކުން ސްކޫލަށްގޮސް ތަޢުލީމް ޙާޞލުކުރުމަށި ހުރަސްއެޅޭނެ އެއްވެސް ކަހަލަ ޢަމަލެއް ނުހިންގުމަށް، ދިވެހި ދައުލަތަށާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނަށަ އަދި ޢަރަބިއްޔާ ސްކޫލަށް އަދި އެ މުއައްސަސާތަކުގެ އިސްވެރިންނަށ އަމުރުކޮށްދިނުމަށް އިސްތިއުނާފުކުރާ ފަރާތްތަކުން އެދިފައިވެއެވެ. އިސްތިއުނާފުކުރި ފަރާތްތަކުން އެދިފައިވާ އަމުރު ނެރެދެވެން ނެތްކަމަށް ސިވިލް ކޯޓުގެ ނަންބަރު B9/VN/2023/02-144 ވަގުތީ އަމުރާމެދު ނިންމިގޮތުގައި ނިންމާފައިވެއެވެ. މިއީ އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. ވަގުތީ އަމުރާމެދު ސިވިލް ކޯޓުން ނިންމިގޮތް ބިނާކުރި ސަބަބުތައް
4ސިވިލް ކޯޓުގެ ނަންބަރު B9/VN/2023/02-144 ވަގުތީ އަމުރާމެދު ނިންމިގޮތް ބިނާކޮށްފައިވާ ސަބަބުތަކަކީ:
1.4 ޖުޑީޝަލް ރިވިއުގެ ދަޢުވާއާއި ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓުމުގެ ސަބަބުން ކޯޓަށް ހުށަހަޅާ ދަޢުވާތަކަކީ ތަފާތު ދެބާވަތެއްގެ ދަޢުވާއެއްކަމާއި، ސިވިލް ކޯޓުގެ ނަންބަރު 2023-CVC-1231 ޤަޟިއްޔާގައި ހުށަހަޅާފައިވާ މައްސަލައަކީ، ޖުޑީޝަލް ރިވިއުގެ ދަޢުވާއެއްތޯ ނުވަތަ އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓުމުގެ ސަބަބުން ކުރާ ދަޢުވާއެއްތޯ، މިއީ ދަޢުވާގައި ގޮތް ކަނޑައަޅަންޖެހޭ ގޮތުގެ މައްޗަށް އޮތް ކަމެއް ކަމުގައިވާތީ، މި މަރުޙަލާގައި ވަގުތީ އަމުރަށް އެދޭ ފަރާތުން ހުށަހަޅާފައިވާ ދަޢުވާއަކީ، ޝަރީޢަތުން އެ މައްޗަށް ގޮތް ކަނޑައަޅަންޖެހޭ ބުރަދަންހުރި ސީރިއސަ ނުކުތާއެއް ހިމެނިފައިވާ ދަޢވާއެއްކަމުގައި ބެލެވެން ނެތްކަން.
2.4 ބަހުސްގެ ބޭނުމަށް، މިއީ ޖުޑީޝަލް ރިވިއުގެ ދަޢުވާއެއްގެ ގޮތުގައި ބެލި ނަމަވެސް، ޖުޑީޝަލް ރިވިއުގެ ދަޢުވާއެއް އުފުލަންވާނީ އެ ދަޢުވާ ކޯޓުގައި އުފުލައިގެން މެނުވީ، މެދުވެރިވެފައިވާ މައްސަލައަށް ޙައްލެއް ހޯދެން ނެތް ޙާލަތުގައި އެކަނިކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 96 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާއިރު، މައްސަލައަށް ޙައްލު ހޯދުމަށް މަސައްކަތްކުރިކަން ސާބިތުކުރުމަށް ހެކި ހުށަހަޅާފައިނެތުމުން، މިއީ ޝަރީޢަތުން އެ މައްޗަށް ގޮތް ކަނޑައަޅަންޖެހފަދަ ބުރަދަންހުރި ސީރިއަސޭ ނުކުތާއެއް ހިމެނި ފައިވާ ދަޢުވާއެއްކަމުގައި ބެލެވެން ނެތްކަން.
3.4 ވަގުތީ އަމުރަށް އެދުނު ފަރާތްތަކާއި ދައުލަތުގެ ބަހުންވެސް ސްކޫލްގެ ޔުނިފޯމް ކޯޑާއި ޚިލާފުވިނަމަވެސް، ކުދިން ސްކޫލަށް ގޮސް ކިޔެވުމުގެ ޙައްޤުން މަޙްރޫމްކޮށްފައިވާކަނ އެނގެން ނެތަތީ، ވަގުތީ އަމުރަށް އެދޭ ފަރާތްތަކަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ޤާއިމްވެގެންވާކަމުގައި ބެލެވެން ނެތްކަން.
4.4 އުނގެނުމުގެ ޙަ އްޤުނ އެއްވެސް ކުއްޖެއް މަޙުރޫމ ކޮށްފައިވާކަން އެނގެން ނެތުމުން، ވަގުތީ އަމުރަށް އެދޭ ފަރާތަށް ފޫނުބެއްދޭވަރުގެ ގެއްލުމަކާ ކުރިމަތެ ލާންޖެހޭކަމުގައި ބެލެވެން ނެތްކަން.
54 ވަގުތީ އަމުރަށް އެދުނު ފަރާތްތަކުގެ ކުދިން ހިމެނޭގޮތުން ޢަރަބިއްޔާ ސްކޫލްގއި ނިޤާބު އަޅައިގެނަ ތަޢުލީމް ޙޞިލުކުރާ ކުދިނާ ގެ ފަރާތުން ކަމަށް ދޭހަވާފަދަ ޢިބާރާތަކުން އޮތް ނަމަވެސް، އެ ކުދިންނކަ ކޮބައިކަމާއި، އެ ކުދިން އަރަބއްޔާ ސްކޫލްގައި ތަޢުލީމް ޙާޞިލުކުރަނީ ކޮން ގްރޭޑެއްގައި ކަން އެނގޭނެ އެއްވެސް މަޢލޫމާތެއ ދަޢުވް ފޯމުގައި ބަޔާންކޮށްފައިނުވާތީ، ވަގުތީ އަމުރަށް އެދުމުގެ ޞިފަތު ނުވަތަ ޙައިޞިއްޔަތު އޮތް ކަމަށް ބެލެވެން ނެތްކަން.
އިސްތިއުނާފަށް ހުށަހެޅުނު ނުކުތާ
5. އިސްތިއުނާފުކުރާ ފަރާތުން އަންނަނިވި ނުކުތތައާ ހުށަހަޅާ އެ ނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށްފައިވެއެވެ. އެގތުނ ހުށަހަޅާފައިވް ނުކުތާތަކޮ ކ:
1.5 ސިވިލް ކޯޓުގެ ނަންބަރު 2023-CVC-1231 ޤަޟިއްޔާގައި ދަޢުވާކުރާ ފަރާތްތަކުން ނެރެދިނުމަށް އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތްކަމަށް ސިވިލް ކޯޓުގެ ނަންބަރު B9/VN/2023/02-144 "ވަގުތީ އަމުރާމެދު ނިންމިގޮތް" ގައި ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރ 2012/SC-A/21 (ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓިކޮރަޕްޝަން ކޮމިޝަން) ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/43 (ރިޖްވުޑް ހޮޓެލްސް އެންޑް ސުއިޓްސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޞަދީފް) ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/156 (ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ) ވ. މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ) ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/305 (ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އިބްރާހީމް މަނިކު) ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާއި ޚިލާފަށް ކަމުގައިވުމާއި، ވަގުތީ އަމުރުގެ ޝަރުޠުތައް ދަޢުވާކުރާ ފަރާތްތަކުގެ ކިބައގި ފުރިހަމަނުވާ ކަމަށް ނިންމުމުގައި ހެކިވަޒަންކޮށް ހެއްކަށް ބުރަދަންދީފައިވަނީ ރަނގަޅަށް ކަމުގައިނުވުމާއި، އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހެޅި ހެކިބަހުގެ ބަޔާން ބަލައިނުގަތުމަށް ނިންމުމަށްފަހު ޔުނީފޯމު ކޯޑާއި ޚިލާފުވުމުގެ ސަބަބުން އެއްވެސް ކުއްޖެއްގެ ކިޔެވުމަށް އަސަރުކޮށްފައިނުވ ކަމަށާ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އަދި
2.5 ސިވިލް ކޯޓުގެ ނަންބަރު 2023-CVC-1231 ޤަޟިއްޔާގައި ހުށަހަޅާފައިވާ ދަޢުވާއަކީ ދަޢވާކުރު ފަރާތްތަކަށް ހުށަހެޅުމުގެ ޙައިޞިއްޔަތު އޮތް މައްސަލައެއްނޫން ކަމުގައި ކަނޑައަޅާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަން ފުރަތަމަ ނުކުތާއާ ގުޅޭ
6ސިވިލް ކޯޓުގައި ނެރެދިނުމަށް އެދުނު ވަގުތީ އަމުރަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގެ
(ށ) ގެ (1) އަދި (2) ވަނަ ނަންބަރަށް ރިޢާޔަތްކޮށް އެދުނު އެދުމެއްކަމަށާއި، އަމުރަށް އެދުނުއިރު، މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާނީ، ދަޢުވާގެ މައުޟޫޢު ބ ނާވެފައިވާނީ، ނިޤާބު އަޅައިގެން ސްކޫލަށް ދިޔުމުގެ ހުއްދަ ދިނުމަށްފަހު، އެކަން މަނާކޮށް، ނިޤާބު އަޅައިގެން ސްކޫލަށްދާ ދަރިވަރުންގެ މޫނު ކަޝްފުކުރުމަށް މަޖުބޫރުކުރަމުންގެންދާތީ އެކަމުގެ މައްޗަށް ކަމަށާއި، ޝަރީޢަތުގެ ޢާންމު އިޖުރާއަތުގެ ތެރެއިން މައްސަލަ ކުރިއަށް ގެންގޮސްފިނަމަ އެކަމުގެ ސަބަބުން މައުޟޫޢާމެދު ގޮތެއް ކަނޑައެޅުން ލަސްވެގެން ހިނގައްޖެނަމަ ދަރިވަރުންނަށް ލިބިދާނެ ގެއްލުމަކަށް ބަލާފައި ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކޮށް ކުދިންގެ ކިޔެވުމަށް އަސަރުކުރާނެ ކަމަށާއި، ކްލާސްތަކާއި ފިލާވަޅު ގެއްލމުގު ފުރުސަތު އޮތުމާއި އިމްތިޙާނުގައި ބައިވެރިވުމާއި، އިމްތިޙާނތަކަށް ދަރު ވަރުން ވެއްދުމުގައި ސްކޫލުން ޢި މ ލުކުރާ ގޮތުގެ ސަބަބުނަ އިމްތިޙާ ނުތައް ގެއްލުމުގެ ފުރުސަތު އޮތުމުން، މީގެ ނޭދެވޭ އަސަރު ކުރާނެތީ އެކަން ހުއްޓުވުމުގެ ގޮތުން ވަގުތީ އަމުރު ނެރެދިނުމަށް އެދިފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
7އިސްތިއުނާފުކުރާ ފަރާތްތަކުން މި ނުކުތާއާއި ގުޅިގެން ދެން ފާހަގަކޮށްފައިވަނީ، ވަގުތީ އަމުރު ނެރުމުގައި ފުރިހަމަވާންޖެހެނީ 3 (ތިނެއް) ޝަރުޠުކަމަށާއި، އެއީ، -ވަގުތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީ ގޮތުން ޙމާޔަތި ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވުން (Fumus boni iuris) -ވަގުތީ އަމުރު ނެރުމަކާނުލައި އަޞްލު މައުޟޫއީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން (Periculum in mora)، އަދި -ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ "ޞިފަތު" (capacity) ނުވަތަ ޙައިޞިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތެއްކަމުގައިވުން ކަމަށެވެ.
8އެގޮތުން، މަޢުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތްތޯ ބެލުމުގައި، ބަލަންޖެހޭނީ ހުށަހެޅިފައިވާ މައުޟޫޢީ ދަޢުވާގައި ހިމެނޭ ވާޤިޢާތަކަށް ވަކިވަކިން ކަން، ރ ޖްވުޑ ހޮޓެލްސް އެންޑް ސުއިޓްސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޞަދީފް ޤަޟިއްޔާއިން އެނގޭކަމަށާއި، ދައުލަތުން މި މައްސަލާގައި އިނކާރުނުކުރް އެއް ހަޤީޤަތަކީ ޢަރަބިއްޔާ ސްކޫލުން ނިޤާބު އަޅައިގެން ކިޔެވުމުގެ ފުރުސތަ ދަރިވަރުންނަށް ހުއްދަދިން ކަމާމެދުގައި ކަމަށާއި، އަދި އެކަމަށް ޗެލެންޖވެސް ކޮށްފައިނުވާކަމަށާއި، މި މައްސަލާގައި މައުޟޫޢީ ގޮތުނ ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ނުކުތާއެއް އެބައޮތް ކަމަށް ފާހަގަކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2021/SC-A/43 ޤަޟިއްޔާ
9ދިވެހިރާއްޖޭހެ ހައިކޯޓުގެ ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ) ވ. މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ ޤަޟިއްޔާގައި މައުޟޫޢީ ޙައްޤު އޮތްތޯ ބެލުމުގައި ބަލަންޖެހޭ ކަންކަން ބަޔާންކޮށްފައިވާކަމާއި، އެގޮތުން، ޝަރީޢަތުން ގޮތެއް ކަނޑއަޅަންޖެހަ ހަރުދަނާ ޤާނޫނީ ނުވަތަ ވާޤޢި ސުވާލެއް ނުވަތަ ޚުޞޫމަތެއް އޮތްތޯ ބަލަންޖެހޭކަމަށް ބަޔާންކޮށްފައިވާކަމާއި، މި މައްސަލާގއ ގޮތި ކ ނޑައަޅަންޖެހެނަ ޢަރަބިއްޔާ ސްކލޫން ނިޤާބު އަޅައިގެން ކިޔެވުމުގެ ފުރުސަތު ދިންތަ ކަމަށާއި ނިޤާބު އަޅައިގެން ސްކޫލަށް ޙާޟިރުވި ދަރިވަރުންނަށް ދިމާވި ދަތިތައް ސާބިތުކުރުމަށް ބެލެނިވެރިންގެ ހެކިބަހުގެ ބަޔާން ހުށަހެޅި ނަމަވެސް އެ ބަޔާންތައް ބަލައިނުގަނެ އަމުރު ނެރެންނުޖެހޭކަމަށް ޝަރީޢަތުން ނިންމާފައިވާކަމަށެވެ.
ދެވަނަ ނުކުތާއާ ގުޅޭ
10މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާއަށް ބަލާއިރު، ދަޢުވާލިބޭ ފަރާތުން ދަޢުވާ ޙަވާލުވުމަށްފަހު، އެ ދަޢުވާ ބަލައި، އ ދަޢުވާއާމެދު ގޮތެއް ނިންމުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެންނުވާކަމަށް ފެނިއްޖެނަމަ، ނުވަތަ ޢާންމު އޞުލުނ އެފަދް މައްސަލަ ބެލުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިދީފައިވީނަމަވެސް، އެ ޙާލަތުގައި އެ ކޯޓުން އެ މައްސަލަ ބަލައިގެންނުވނެ ޙާލަތެއް ވުޖޫދުގައިވާ ކަމަށް ފެނިއްޖެނަމަ، ދަޢުވާއަށް ރައްދު ދިނުމުގެ ބަދަލުގައި ދަޢުވާ ބެލުމުގެ ނުވަތަ ކުރިއަށް ގެއްދިޔުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެންނވާކަމަށ ކަނޑައަޅައިދިނުމަށް އެދި ދަޢުވާލިބޭ ފަރާތަށް ކޯޓަށް ހުށަހެޅިދާނެކަމާއި މިފަދަ ހުށަހެޅމެއު ހުށަހަޅަންޖެހޭ މުއްދަތަކީ 14 (ސާދަ) ދުވަހުގެ ތެރޭގައި ހުށަހެޅުންކަން އެނގޭކަމަށާއި، ވަގުތީ އަމުރުގެ ޖަވާބު ހުށަހެޅިއިރުވެސް މިފަދަ ކަމެއް ފާހަގަނުކޮށް، ވަގުތީ އަމުރު ހުށަހެޅިފައިވާ ގޮތާމެދު އިޖުރާއީ ގޮތުން ފާހަގަކުރަންހުރި ކަންކަން ހުރި ކަމަށް ބުނުމުން އެ ކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން އިއުތިރާޟުކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/156 ޤަޟިއްޔާ އެ އިއުތިރާޟް ޝަރީޢަތުންވެސް ބަލައިގަތުމަށްފަހު، ވަގުތީ އަމުރާމެދު ގޮތް ނިންމިއިރު ޖުޑީޝަލް ރިވިއުގެ ދަޢުވާތައް އޮންނަންޖެހޭގޮތާއި އެ އިޖުރާއަތުތައް ކިޔާދިނުމަށްފހު ހުށަހެޅިފައިވަނީ އެފަދަ ދަޢވާއެއް ނޫންކަމަށު ނިންމާފައިވާއިރު، އޭރު ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލު އުފެއްދުމަށް އޮތް މުއްދަތުވެސް ހަމަވެފައިނުވާކަމާއި، މައުޟޫޢަށް އަސަރުކުރާ ގޮތަށް އަދި ހުށަހެޅިފައިވާ މައްސަލައަކީ ކުރިއަށްގެންދެވޭނެ މައްސަލައެއް ނޫންކަމަށް ދޭހަވާގޮތަށް ޝަރީޢަތުން މައްސަލައިގެ މައުޟޫޢަށް ގޮތެއް ނިންމާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާއާ ފާޅުކަން ބޮޑު ގޮތެއްގައި ޚިލާފަށް ކަމަށް އިސްތިއުނާފުކރު ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް
11އިސްތިއުނާފުކުރާ ފަރާތްތަކުން އެދިފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު B9/VN/2023/02-144 "ވަގުތީ އަމުރާމެދު ނިންމިގޮތް" ގައި ނިންމާފައިވާ ނިންމުމަކީ ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ކަނޑައަޅުއްވައިދެއްވައި، އެ ނިންމުން ބާޠިލުކޮށްދިނުމަށާއި، ސިވލި ކޯޓުގެ 2023-CVC-1231 ޤަޟިއްޔާގައި ޝަރީޢަތުން ފައިޞަލާކޮށް ވަކި ގޮތެއް ކަނޑައަޅަންދެން އިސްތިއުނާފުކުރާ ފަރާތްތަކުގެ ބެލެނިވެރިކަމުގެ ދަށުގައިވާ ކުދިންނަށް އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް ނިޤާބު އަޅައިގެން ކިޔަވަން ދިއުމަށް ހުރަސް ނޭޅުމަށާއި، އެކަމުގެ ސަބަބުން އުނގެނުމުގެ ޙައްޤަށް ހުރަސްއެޅުންފަދަ އެއްވެސް ޢަމަލެއް ނުކުރުމަށް ދައުލަތުގެ މައްޗަށް އަންގައި އަމުރުކޮށްދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ. އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރި ކަންކަން އިޖުރާއީ ގޮތުން ފާހަގަކޮށްފައިވާ ކަންކަން
12ސިވިލް ކޯޓުގެ ނަންބަރު 2023-CVC-1231 ޤަޟިއްޔާ އެ ކޯޓަށް ހުށަހެޅުނުއިރު، ދަޢުވާކުރާ ފަރާތްތަކުގެ ގޮތުގައި، މި ޤަޟިއްޔާގެ އިސްތިއުނާފުކުރާ 3 (ތިނެއް) މީހުން ހިމަނާފައިވީނަމަވެސް، 15 ޖޫން 2023 ގައި، ސިވިލް ކޯޓުގެ ނަންބަރު 0232-CVC-1231 ޤަޟިއްޔާގައި ހިމެނޭ މައުޟޫއާ ގުޅިގެން ދަޢުވާކުރުމުގެ ހައިޞިއްޔަތު ޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕއަށް ލިބިގެންނުވާކަމަށް ކަނޑައަޅާފައިވާތީ، މި އިސްތިއުނާފު މައްސަލައިން އޭނާ އުނިކޮށްދިނުމަށް ދައުލަތުން އެދިފައިވެއެވެ.
ފުރަތަމަ ނުކުތާއާ ގުޅޭ
13އިސްތިއުނާފުކުރާ ފަރާތތަކުގް ކިބައިގ ޤާނޫނާ ގޮތުން ޙމާޔަތި ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތްކަމުގެ އިޙްތިމާލު ފާޅުކަންބޮޑު ގޮތެއްގައި ނެތްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ މައިގަނޑު ސަބަބަކީ، އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހެޅި ލިޔުންތަކަށް ރިޢާޔަތްކުރާއިރު، އެ ކޯޓުން ބަލަމުންދާ މައްސަލައިގާ "ބުރަދަންހުރި ސީރިއަސް ނުކުތާއެއް" ހިމެނިފައިނުވާކަމަށ ސިވިލް ކޯޓަށް ބުރަވެވޭތީ ކަމަށާއި، އިސްތިއުނާފުކުރާ ފަރާތްތަކުގެ ބަހުންވެސް ސްކޫލްގެ ޔުނިފޯމް ކޯޑާއި ވަކި ކުއްޖެއް ޚިލާފުވިނަމަވެސް، އެ ކުދިން ސްކޫލށަ ގޮސް ކިޔެވުމުގެ ޙައްޤުން މޙަރޫމްކޮށްފައިވާކަން އެނގެން ނެތުމުންކަން އެނގޭކަމަށާއި، އަދި ހުށަހަޅާފައިވާ ދަޢުވާއަކީ ބުރަދަންހުރި ސީރިއަސް ނުކުތާއެއް ހިމެނިފައިވި މައްސަލައެއް ކަމަށް ސިވިލް ކޯޓަށް ބުރަނުވެވުނ މައިގަނޑު ސަބަބަކީ ދަޢުވާގައި އިޖުރާއީ އައިބުތަކެއް ހުރިކަމަށް ސިވިލް ކޯޓަށް އެ ހިނދު ބެލެވުމުން ކަމަށާއި އަދި މިއީ ސިވިލް ކޯޓުން އިޖުރާއީ ނަޒަރަކުން ބެލި ބެލުމެއްކަމަށާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާގެ ދަށުން ވަޒަންކުރަންޖެހޭ ކަންތައްތަކެއް ކަމަށް ބުނި ނަމަވެސް، އެ ދަޢުވާގެ މައުޟޫޢު ސާފުނުވާކަމާއި، އެކަމުގެ ސަބަބުން އެ ފަރާތްތކަ ގ ހުށަހެޅުމުގައި ބުރަދަންހުރި ސީރިއަސް ނުކުތާއެއް އޮތްތޯ ނުވަތަ ނޫންތޯއާ މެދު ކަނޑައެޅުމަށް ސިވިލް ކޯޓަށް ދަތިތަކެއް ކުރިމަތިވިކަމަށ ދޭހަވާކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
14"ފާޅުކަން ބޮޑް ގޮތެއްގައި" ނިޤާބު އެޅުމުގެ ސަބަބުން ކުދިންގެ އުނގެނުމުގެ ޙައްޤަށް ހުރަސްއެޅިފައިވާ ކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ބަޔާންކޮށްފައިވާއިރު، މިއީ ސްޕެކިއުލޭޓިވ ސްޓޭޓްމަންޓެއް ކަމާއި އެ ފަރާތަށް ލިބޭނެ ތަދާރުކު ނުކުރެވޭނެ ގެއްލުން ދަށުކޯޓުގައިވެސް އަދި އިސްތިއުނާފީ ކޯޓުގައިވެސް ދައްކާދެވިފައިނުވާކަމަށ ދައުލަތުން ފާހަގަކޮށްފައިވެއެވެ.
15އިސްތިއުނާފުކުރާ ފަރާތްތަކުން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރަށް އެދުމުގެ ޙައިޞިއްޔަތު އެ ފަރާތްތި ކުގަ ކިބާގައި ނެތްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ މައިގަނޑު ސަބަބަކީ، އިސްތިއުނާފުކުރާ ފަރާތްތަކުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ "ޖުޑީޝަލް ރިވިއުގެ ދަޢުވާއެއް" ކަމުގައިވާއިރު، މި ބާވަތުގެ ދަޢުވާތައް ހުށަހެޅުމުގެ ޙައިޞިއްޔަތު ލިބިފައިވަނީ ދައުލަތުގެ އިދާރާއަކުން އަޅާ އިދާރީ ފިޔަވަޅެއްގެ ސަބަބުން ސދީ ގޮތެއްގައި އަސަރުފޯރާފައިވާ ފަރާތަކަށް ކަމުގައިވާއިރު، ސިވިލް ކޯޓގު 2023-CVC-1231 ޤަޟިއްޔާގައި ހިމެނޭ މައުޟޫޢާ ގުޅޭ ދަޢުވާއެއް ހުށަހެޅުމުގެ ޙައިޞިއްޔަތު ލިބިގެންވަނި ޢަރަބިއްޔާ ސްކޫލަގައި ކިޔަވަމުންދާ ނިޤާބުއަޅާކުދިންނަށާއި، އެ ކުދިންގެ އަމިއްލަ ނަމުގި އ ދަޢުވާނުކުރެވަ ޙާލަތުގައި އެ ކުދިންގެ ބެލެނިވެރާ ންނަށް ކަމުގައިވާއިރު، އިސްތިއުނާފުކުރާ ފަރާތްތަކުން ސިވިލް ކޯޓަށް ދަޢުވާ ފޯމު ހުށަހެޅުމުގއާއަ ވަގުތީ އަމުރަށް އެދި ހުށަހެޅުމުގައި އެ ފަރާތްތަކުގެ ކުދންނަކި ކޮބައިކަމާއި އެ ކުދިން ޢަރަބިއްޔާ ސްކޫލްގައި ތޢަ ލީމު ޙާޞިލުކުރަނީ ކޮން ގްރޭޑެއްގައި ކަން އެނގޭފަދަ އެއްވެސް މަޢުލޫމާތެއް ހުށަހަޅާފައިނުވާތީ ކަން ސިވިލް ކޯޓުގެ ނިންމުމުން އެނގޭކަމަށާއި، ނަމަވެސް، މިކަންކަން ސާބިތުކުރުމަށްކަމަށ ބުން ހުށަހެޅި ބަޔާންތއަ ހުށަހަޅާފައިވަނީ، މަދަނީ އިޖުރާއާތުގެ ޤާނޫނުގެ 244 ވަނަ މާއްދާގެ އިޖުރާއަތުގެ ބޭރުން އަދި ދައުލަތަށް ވަގުތީ އަމުރާ ގުޅޭ ގޮތުން ޖަވާބުދާރީ ވުމަށް ލިބިފައިވާ ފުރާ ސުތާއި ޙައްޤަށް ހުރަސްއެޅޭގޮތަށްކަމަށްވާތީ، އެ ބަޔާންތަކުގެ އަލީގައި އިސްތިއުނާފުކުރާ ފަރާތްތަކަށް ވަގުތީ އަމުރަށް އެދުމގު ޙައިޞއްޔަތެއް އޮތްތޯ ނުވަތި ނޫންތޯ ވަޒަންކުރަންޖެހޭ ޤާނޫނީ ހަމައެއް ނެތްކަމަށް ދައުލަތުން ފާހަގަކަށްފައިވެއެވަ.
ދެވަނަ ނުކުތާއާ ގުޅޭ
16މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާގައި ދަޢުވާ ރައްދުވާ ފަރާތަށް އިޖުރާއީ ނުކުތާ ހުށަހެޅުމުގެ މުއްދަތު ދީފައިވުމަކީ، މައްސަލަ ބަލާ ކޯޓަށް އިޖުރާއީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް އޮތް ހުރަހެއް ނޫންކަމަށާއި، ވަގުތީ އަމުރު ނެރުމުގެ ކުރިން އެ ކޯޓަށް އަމުރު ނެރުމުގެ އިޚްތިޔާރާއި ބާރު ލިބިފައިވޭތޯ ބެލުމުގެ ގޮތުން މައްސަލަ ބެލުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބޭތޯ ބެލުމަށް ހުރަހެއް ނެތްކަމަށް ދައުލަތުން ބަޔާންކޮށްފައިވެއެވެ.
17އިސްތިއުނާފުކުރެވިފައިވާ ކޯޓު އަމުރާމެދު ގޮތް ކަނޑައެޅުމުގައި މައްސަލާގައި ހިމެނޭ މައުޟޫއާ ގުޅޭގޮތުން ވަކި ގޮތެއް ކަނޑައަޅާފައިނުވާކަމަށާއި، އެ ނިންމުމުން ދޭހަވާ ކަމަކީ ހުށަހަޅާފައިވާ ދަޢުވާގެ މައުޟޫޢު ސާފުނުވާކަމަށާއި، އެކަމުގެ ސަބަބުން އެ ފަރާތްތަކުގެ ހުށަހެޅުމުގައި ބުރަދަން ހުރި ސީރިއަސް ނުކުތާއއެ އޮތްތޯ ނުވަތަ ނޫންތޯއާމެދު ވަކި ގޮތެއް ކަނޑައެޅުމަށް ދަތިތަކެއް ހުރި ކަމަށާއި، އެހެންނަމަވެސް، މައުޟޫޢާ މެދު އެ ކޯޓުން ގޮތް ކަނޑައަޅަންޖެހޭކަމާމެދު ދެބަސްވެފައިނުވާކަމަށ ދައުލަތުން ފާހަގަކޮށްފައިވެއެވެ.
18މީގެއިތުރުން، ދަށުކޯޓުގެ ނިންމުމުގެ 21.18 ގައި ވަގުތީ އަމުރަށް އެދުމުގެ ޙައިޞިއްޔަތު އޮތްތޯ ނުވަތި ނޫންތޯ ވަޒަންކޮށްފައިވަނީ "ޖުޑީޝަލް ރިވިއުގެ ދަޢުވާއެއް" ގައި ވަގުތީ އަމުރަކަށް އެދުމުގެ ޙައިޞއްޔަތި ލިބޭ މިންގަނޑުން ކަމުގައިވާތީ އެ ނިންމުމުގެ 21.1 ވަނަ ނުކުތާއިން 21.9 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް، ސިވިލް ކޯޓުގެ ނަންބަރު 2023-CVC-1231 ޤަޟިއްޔާގައި ހިމެނޭ މައުޟޫޢާ ގުޅޭ ގޮތުން ވަކި ގޮތެއް ކަނޑައަޅާފައިނުވާކަމަށ ދައުލަތުން ފާހަގަކޮށްފައިވެއެވެ.
އިސްތިއުނާފުރައްދުވާ ފަރާތުން އެދޭގޮތް
19ދައުލަތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު B9/VN/2023/02-144 "ވަގުތީ އަމުރާމެދު ނިންމިގޮތް" އަށް ބަދަލު ގެންނަންޖެހޭ އެއްވެސް ޤާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން ޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕގެ ނަން އިސްތިއުނާފީ ދަޢުވާއިން އުނިކުރަންޖެހޭކަމަށ ދައުލަތުން ބުނެ ފާހަގަކުރި އިޖުރާއީ ނުކުތާ
20ސިވިލް ކޯޓުގެ ނަންބަރު 2023-CVC-1231 ޤަޟިއްޔާ އެ ކޯޓަށް ހުށަހެޅުނުއިރު، މި ޤަޟިއްޔާގެ އިސްތިއުނާފކުރު 3 (ތިނެއް) ފަރާތަކީވެސް ދަޢުވާކުރާ ފަރާތްތަކުގެ ގޮތުގައި ހިމަނާފައިވާ ފަރާތްތައް ނަމަވެސް، 15 ޖޫން 2023 ގައި، ސިވިލް ކޯޓުގެ ނަންބަރު 2023-CVC-1231 ޤަޟިއްޔާގައި ހިމެނޭ މައުޟޫއާ ގުޅިގެން ދަޢުވާކުރުމުގެ ޙއިޞިއްޔަތަ ޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕއަށް ލިބިގެންނުވާކަމަށް ކަނޑައަޅާފައިވާތީ އާއި ހައިކޯޓުން މިހާރު ބަލަމުންމިދާ ޤަޟިއްޔާއަކީ ސިވިލް ކޯޓުގެ 2023-CVC-1231 ޤަޟިއްޔާގައި ހިމެނޭ މައުޟޫޢުއ ގުޅާ އިސްތިއުނާފީ މައްސަލައަކަށްވާތީ، މި ޤަޟިއްޔާއިން ޕޕޕޕޕޕޕޕޕޕޕ އުނިކޮށްދިނުމަށް ދައުލަތުން އެދިފައިވެއެވެ.
21HN1އިސްތިއުނާފުކުރެވިފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 2023-CVC-1231 ޤަޟިއްޔާގެ ތެރެއިން ވަގުތީ އަމުރަކަށް އެދުމުން އެ ކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު B9/VN/2023/02-144 "ވަގުތީ އަމުރާމެދު ނިންމިގޮތް" އެވެ. މި ނިންމުން ނިންމާފައިވަނީ 17 އެޕްރީލް 2023 ގައެވެ. މި ނިންމުމުގައި އަމުރު ނެރެދޭން އެދުނު ފަރާތްތަކުގެ ގޮތުގައި، ޕޕޕޕޕޕޕޕޕޕޕ ވެސް ހިމަނާފައިވެއެވެ. އަދި އެ ނިންމުން ނިންމިއިރު އޭނާއަކީ ސިވިލް ކޯޓުގެ 2023-CVC-1231 ޤަޟިއޔާގް ޚޞަމެކެވެ. އެހެންކަމުން، އެ ނިންމުން އިސްތިއުނާފުކުރުމުގެ ޙައްޤު އޭނާއަށް އޮންނާނެ ކަމަށް އަހުރެންނަށް ޤބޫލުކުރެވޭތަ ދައުލަތުގެ އިޖުރާއީ ނުކުތާ ބަލައިގަނެ، ޕޕޕޕޕޕޕޕޕޕޕ މި ޤަޟިއްޔާއިން އުނިކުރަން ޖެހޭކަމަށް އަހުރެން ނުދެކެމެވެ. ސަބަބަކީ، ދައުލަތުން އެ އެދޭފަދައިން އޭނާގެ ނަން އުނިކޮށްފިކަމުގައިވާނަމަ، އޭނާއާމެދު ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފުކުރެވޭނެ ގޮތެއް ނެތި، އިންސާފު ހޯދަން ދާނެ ތަނެއް ނެތި، އޭނާއަށް ޤާނޫނީ ޙައްލު ފަރުވާ ހޯދުމަށް އޮތް ދޮރު އެކީއެކަށްޗަކަށ ބަންދުވެގެން ދާނެތއެވެ. އަދި ޖިނާއީ މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓުގެ އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު، މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ލިބިގެންވާކަން ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން އެނގެން އޮތްހިނދު، އޭނާ ހިމެނޭގޮތަށް ދަށު ކޯޓުން ނިންމި ނިންމުން އޭނާއަށް އިސްތިއުނާފުނުކުރެވޭނެކަމަށް ކަނޑައެޅުމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އިސްތިއުނާފުކުރުމުގެ ޙައްޤަށް އުނިކަން އަތުވެދާނެ ފަދައަކުން ކުރެވޭ ޢަމަލެއްކަމުގައި ބެލެވުމުގެ އިޙްތިމާލު އޮތަތީ ޕޕޕޕޕޕޕޕޕޕޕ މި ޤަޟިއްޔާއިން އުނިކުރަން ޖެހޭކަމަށް އަހުރެން ނުދެކެމެވެ. ވަގުތީ އަމުރު ނެރެދީފައިނުވަނ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުން
22HN2ވަގުތީ އަމުރަކީ ކޯޓަށް ހުށަހެޅިފައިވާ ދަޢުވާއެއްގައި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ވަގުތީ ފަރުވާއެއް ހޯދައިދިނުމުގެ ގޮތުން ނުވަތަ ވަގުތީ ރައްކާތެރިކަމެއް ހޯދައިދިނުމުގެ ގޮތުން ކޯޓުން ނެރެދޭ ވަގުތީ 4 3 ފަރުވާއެއްކަން، މަދަނީ އިޖުރާއަތުގެ ޤާނޫނނު އެނގެން އޮވެއެވެ. މީގެ އިތުރުން އެ ޤާނޫނުގެ ބާވީސްވަނަ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގެ (ހ) ބާބުގައި، ވަގުތީ އަމުރުގެ ގޮތުގައި ނެރެވޭނެ އަމުރުގެ ބާވަތްތަކާއި، ވަގުތީ އަމުރަށް އެދޭ ވަގުތާއި އެދޭނެ ގޮތް އަދި ފައިސާ ދެއްކުމުގެ އަމުރުތައް ނެރުމުގައި ޢަމަލުކުރާނެ ޢާންމު އ ޞުލު ބަޔާންކޮށްފައިވެއެވެ.
23ވަގުތީ އަމުރު ނެރުމުގައި ބަލަންޖެހޭ ޢާންމު ޝަރުޠުތަކެއް ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ. އެ ޝަރުޠުތަކަކީ:
1.23ވަގުތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނނޫ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެގެންވުން؛
2.23ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ، ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން؛ އަދި
3.23ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ "ޞިފަތު" ނުވަތަ ޙައިޘިއްޔަތު ޤާނޫނީ ގޮތުން ލިބިފައިވާ ފަރާތެއްކަމުގައިވުން ކަންއެނގެން އޮވެއެވެ.
24ސިވިލް ކޯޓުގެ ނަންބަރ B9/VN/2023/02-144 ވަގުތީ އަމުރާމެދު ނިންމިގޮތުގައި، އިސްވެ ބުނެވުނު ޝަރުޠުތަކަށް ރިޢާޔަތްކޮށްފައިވކަންވެސް އެނގެއެވެ.
25އެހެންނަމަވެސް،އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ފުރަތަމަ ނުކުތާގައި ފާހަގަކޮށްފައިވަނީ، ވަގުތީ އަމުރު ނެރެނުދިނުމަށް ނިންމާފައިވަނީ ވަގުތީ އަމުރު ނެރުމުގައި ރިޢާޔަތްކުރަނޖެހޭ މަތީ މަރްޙލާގެ ކޯޓުތަކުގަ ނިންމުންތަކާއި ޚިލާފަށްކަމަށާއި، ވަގުތީ އަމުރު ނެރުމުގެ ޝަރުޠުތައް އިސްތިއުނާފުކުރާ ފަރާތްތަކުގެ ކިބައިގާ ފުރިހަމަނުވާ ކަމަށް ނިންމުމުގައި ހެކިވަޒަންކޮށް ބުރަދަންދީފައިވަނީ ރަނގަޅަށް ކަމަށް ނުވާތީއާއި، އިސްތިއުނާފުކުރާ ފަރތްތާ ކނަ ހުށަހެޅި ހެކިބަހުގެ ބަޔާން ބަލައިނުގަތުމަށް ނިންމުމަށްފަހު ޔުނިފޯމް ކޑާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާ ސިވިލް ކޯޓުގެ ނަންބަރު B9/VN/2023/02-144 "ވަގުތީ އަމުރާމެދު ނިންމިގޮތް" ގެ 19 ވަނަ ނަންބަރު ޚިލާފުވުމުގެ ސަބަބުން އެއް ވެސް ކުއްޖެއް ކިޔެވުމަށް އަސަރުކޮށްފައިނުވާކަމަށ ނިންމާފައިވަން ރަނގަޅަށް ނޫންކަމަށް ބުނެކަން އެނގެއެވެ.
26ވަގުތީ އަމުރު ނެރުމުގެ ޝަރުޠުތައް އިސްތިއުނާފުކުރާ ފަރާތްތަކުގެ ކިބައިގ ފުރިހަމަނުވާ ކަމަށް ނިންމުމުގައި ހެކިވަޒަންކޮށް ބުރަދަންދީފައިވަނީ ރަނގަޅަށް ނޫންކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާއިރު، ޤާނޫނީގޮތުން އެ ނިންމުން ރަނގަޅު ނޫންކަމަށް ބަލަންޖެހޭ ޤާނޫނީ އެއްވެސް ޙުއްޖަތެއް އިސްތިއުނާފުކުރާ ފަރާތަށް މި ކޯޓުގައި ބުނެދެވިފައިވާކަމަކަށް އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ.
27HN3ވަގުތީ އަމުރަކަށް އެދި ހުށަހަޅާނީ އެކަމަށް ކަނޑައަޅާފައިވާ ފޯމު މެދވެރިކޮށްކަމާއި، ވަގުތީ އަމުރކަށަ އެދި ހުށަހަޅާ ފޯމާއެކު އެ އަމުރު ނެރެދިނުމަށް އެދޭ ސަބަބުތަކަށް ބާރުދޭ ހެކި ހުށަހަޅަންވާނެކމާއަ، ވަގުތީ އަމުރަށް އެދެންވާނީ ހެކިބަސްދޭ ފަރާތުގެ ބަޔާން މެދުވެރިކޮށް ހުށަހަޅާ ހެއްކާއެކުގައިކަން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 244 ވަނަ މާއްދާއިން އެނގެއެވެ.
28ސިވިލ ކޯޓަށް ހުށަ ހެޅި ވަގުތީ އަމުރަށް އެދޭފޯމުގައި "ވަގުތީ އަމުރު ނެރެދިނުމަށް ބާރުދޭ ހެކި ނުވަތަ ހެކިތައް" މި ސުރުހީއާ ވިދިގެން ބްރެކެޓްގައި "މި ފޯމާއެކު މި ހެކިތައް ހުށަހަޅަންވާނެއެވެ." މިފަދައިން ލިޔެފައިވާކަން އެނގެއެވެ. އެހެންކަމުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 244 ވަނަ މާއްދާއާއި ސިވިލް ކޯޓުގެ ވަގުތީ އަމުރަށް އެދޭ ފޯމުންވެސް ސާފުވާ ކަމަކީ ވަގުތީ އަމުރަށް އެދޭއިރު ހެކި ހުށަހަޅަންވާނެކަމެވެ. ޤާނޫނު ނަންބަރު 2021/32 ގެ 244 ވަނަ މާއްދާގެ (ހ) ޤާނޫނު ނަންބަރު 2021/32 ގެ 244 ވަނަ މާއްދާގެ (ށ) ޤާނޫނު ނަންބަރު 2021/32 ގެ 244 ވަނަ މާއްދާގެ (ނ) އަދި ހަމައެހެންމެ، ކުރިމަތީގައި މިވާ ވަގުތީ އަމުރުފަދަ ވަގުތީ އަމުރަކަށް އެދެންވާނީ ހެކިބަސްދޭ ފަރާތުގެ ބަޔާން މެދުވެރިކޮށް ހުށަހަޅާ ހެއްކާއެކުގައިކަން ވެސް ސާފުކޮށް އެނގެއެވެ.
29ސިވިލ ކޯޓަށް ހުށަހެޅް ވަގުތީ އަމުރަށް އެދޭފޯމުގައި "ވަގުތީ އަމުރު ނެރެދިނުމަށް ބާރުދޭ ހެކި ނުވަތަ ހެކިތައް" މި ސުރުހީގެ ދަށުގައި ބަޔާންކޮށްފައި އޮތީ: "1.ޢަރަބިއްޔާ ސްކޫލުން ބެލެނިވެރިންނަށް ފޮނުވާފައިވާ ލިޔުން
2.މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނަންބަރު E/CIR/2023/05-22 ސަރކިއުލަރ" މިފަދައިންކަން އެނގެއެވެ.
30އެހެންކަމުން، ބުނެވިދިޔަ 02 (ދޭއް) ލިޔުން ފިޔަވައި އިތުރު ހެއްކެއް ވަގުތީ އަމުރަށް އެދުނު ފޯމާއެކު ހުށަހަޅާފައިނެތްކަން އެނގެއެވެ. ވަގުތީ އަމުރާމެދު ގޮތް ނިންމުމުގައި ސިވިލް ކޯޓުގެ ފނަ ޑިޔާރު ހެކިވަޒަންކޮށް ބުރަދަންދީފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނާއެއްގޮތަށް ވަގުތީ އަމުރަށްއެދޭ ފޯމާއެކު ހުށަހެޅި ހެކިތަކަށް ނަޒަރުކުރުމަށްފަހުގައިކަން އެނގެއެވެ. ވީމާ، އެކަމުގައި ސިވިލް ކޯޓުގެ ފަނޑިޔާރު ގޯހެއް ހަދާފައިވާކަމަށް ބެލިދާނެ ޤާނޫނީ ޙުއްޖަތެއް އިސްތިއުނާފުކުރާ ފަރާތަށް ދެއްކިފައި ނެތތަ ހެކިވަޒަންކޮށް ބުރަދަންދީފައިވަނީ ރަނގަޅަށްކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ.
31އިސްތިއުނާފުކޮށްފައިވާ މައްސަލާގައި، އިސްތިއުނާފުކުރާ ފަރާތްތަކުން އެދިފައިވަނީ، ނިޤާބު އަޅއިގެނަ ސްކޫލަށް ދިޔުމުގެ ފުރުސތަ ލިބިދިނުމަށާއި، އެއްވެސް ގޮތަކުން ސްކޫލަށްގސޮ ތަޢުލީމު ޙާޞިލުކުރުމަށް ހުރަސްއެޅޭނެ އެއްވެސް ކަހަލަ ކަމެއް ނުހިންގުމަށް، ދިވެހި ދައުލަތަށާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް އަދި ޢަރަބިއްޔާ ސްކޫލް އަދި އެ މުއައްސަސާތަކުގެ އިސްވެރިންނަށ އަމުރުކޮށް ދިނުމަށްކަން އެނގެއެވެ. ޤާނޫނު ނަންބަރު 2021/32 ގެ 244 ވަނަ މާއްދާގެ (ނ) ގައި "ފައިސާއިން ނުވަތް މުދަލުން މުޢާމަލާތްކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ނުވަތަ ބަލައި ފާސްކުރުމުގެ ވަގުތީ އަމުރަކަށް އެދި ހުށަހަޅަންވާނީ އެފިޑެވިޓް މެދުވެރިކޮށް ހުށަހަޅާ ހެއްކާއެކުގައެވެ. އެނޫން ބާވަތުގެ ވަގުތީ އަމުރަށް އެދެންވާނީ، ހެކިބަސްދޭ ފަރާތުގެ ބަޔާން މެދުވެރުކޮށ ހުށަހަޅް ހެއްކާ އެކުގައެވެ." މިފަދައިން ބަޔާންކޮށްފައިވެއެވެ.
32ނިޤާބު އަޅައިގެން ސްކޫލަށް ޙާޟިރުވާ ދަރިވަރުން ސްކޫލަށް ދިޔުން މަނާކޮށްފައިނުވާކަމަށާއި، އެއްވެސް ކުއްޖެއް ކިޔެވުމުންވެސް މަޙުރޫމުކޮށްފައި ނުވާނެކަމަށާއި، ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނާއި ޤަވާޢދުތައި އެފަދަ ފިޔަވަޅެއް ސްކޫލުނ ނުވަތް އެޑިއުކޭޝަން މިނިސްޓްރީންވެސ އެޅުމަށް ތަންނުދޭކަމަށާއި އެހެންކަމުން ވަގުތީ އަމުރަށް އެދޭ ފަރާތްތަކަށް ލިބޭނެކަމަށް ބުނެފައިވާ އެއްވެސް ގެއްލުމެއް ލިބުމުގެ ފުރުސތުވެސަ ނެތްކަމަށާއި އަދި އިޢާދަނުކުރެވޭނެ ގެއްލުމެއް ނެތްކަމަށް ދައުލަތުން ފާހަ ގަކޮށްފައިވކަން އެނގެއެވެ.
33ނިޤާބު އަޅައިގެން ކުދިން ސްކޫލަށް ދިޔުމަށް ހުރަސްނާޅާނ ކަމަށެ ދައުލަތުން އެއްބަސްވެފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުންވެސް ބަޔާންކޮށްފައިވެއެވެ. އަދި މިއީ އަމުރު ނެރުމަށް ހުރަހެއް ނެތްކަން ދަލާލަތުކޮށްދޭ ކަމެއް ކަމަށް އިސްތިއުނާފކުރު ފަރާތްތަކުން ގަބޫލުކުރާކަމަށް ބުނެފައިވެއެވެ.
34HN4އެހެންނަމަވެސް، އަހުރެންނަށް ގަބޫލުކުރެވެނީ ނިޤާބު އަޅއަގެނ ސްކޫލަށް ދިޔުމުން ކުރިމަތިވާނެ ކަމަށް ޤާނޫނީ ގޮތުން ބެލެވެންނެތް ކަންތައްތަކެއް ނުވަތަ ނަތީޖާތަކެއް ހުއްޓުވުމަށް އަމުރެއް ނެރުމަކީ މަދަނީ އިޖުރާއަތުގައި ބަޔާންކޮށްފައިވާ ވަގުތީ އަމުރުގެ މާނައިގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމަށެވެ. ސަބަބަކީ، މި ޙާލަތުގައި ވަގުތީ އަމުރެއް ނެރެގެން ވަގުތީ ފަރުވާއެއް ހޯދައިދިނުމުގެ ގޮތުން ނުވަތަ ވަގުތީ ރައްކާތެރިކަމެއް ހޯދައި ދިނުމުގެ ގޮތުން ކޯޓުން ދޭންޖެހޭ ވަގުތީ ފަރުވއެއ އޮތް ކަމަކަށާ ވާޤިޢީގޮތުން އަދި ޤާނޫނީ ގޮތުންވެސް ބެލެވެން ނެތަތީއެވެ.
35ސިވިލ ކޯޓުން ވަގުތީ އަމުރު ނެރެދީފައިނުވަނ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ ވަގުތީ އަމުރު ނެރުމުގައި ޝަރީޢަތުން ޢާންމު އުޞޫލުން ރިޢާޔަތްކުރަމުން އަންނަ، ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިޔާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާ އަސާސީ 3 (ތިނެއް)ޝަރުޠު ފުރިހަމަ ނުވާކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން މަތީ މަރުޙަލާގެ ކޯޓުތަކުގެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާ ނިންމުންތަކާ ޚިލާފަށް ކަމަށް ބުނެކަން އެނގެއެވެ. އެހެންކަމުން، އެ ޝަރުޠުތަކަށް ވަކިވަކިން ނަޒަރުކުރުމުން، ފާހަގަކުރެވޭ ކަންކަން ތިރީގައި ބަޔާންކުރަމެވެ. ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވޭތޯ
36HN5ދަޢުވާގެ މައުޟޫޢީ ޙައްޤު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމްވެފައިނުވާކަމަށް ކަނޑައަޅާފައިވަނީ ގޯސްކޮށްކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަކަށް ޙަވާލާދީ އެ ނިންމުންތަކުގައި ބަޔާންކޮށްފައިވާ އުޞޫލުތައް ބަހުން ބަހަށް ނަކަލުކޮށްފައިވީނަމަވެސް، އެ އުޞޫލުތައް މި މައްސަލައަށް ތަޠުބީޤުކުރުމުން ނުކުންނަ ނަތީޖާ ތަފާތުވާގޮތެއް އަދި އެ އުޞޫލުތަކާ ޚިލާފަށް ސިވިލް ކޯޓުން ނިންމި ނިންމުމެއް އިސްތިއުނާފުކުރާ ފަރާތތް ކަށ ބުނެދެވިފައިވާކަމަކަށް އަހުރެންނަކަށް ނުބެލެވެއެވެ.
37ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި އޮތްކަން ހާމަކޮށްދިނުމުގެ ގޮތުން، އަމުރަށް އެދޭ ފަރާތުން ދައްކުވައިދޭން ޖެހޭހައިވެސް ކަމަކީ، ދަޢުވާ އޭނާއަށް ކާމިޔާބުވާނެކަމުގެ އަސާސީ އަދި ޙަޤީޤީ އިޙްތިމާލެއް އޮތްކަން ދައްކުވައިދިނުމެވެ.
38އަމުރަށް އެދް ފަރާތުގެ ކާމިޔާބީގެ އިޙްތިމާލު ކުޑަނަމަ، އަސާސީ އަދި ޙަޤީޤީ އިޙްތިމާލެއް އޮތްކަމަށް ބެލެވިދާނެ ކަމަކަށް ޤަބޫލެއްނުކުރެވެއެވެ. އެހެންކަމުން، އެ ޙާލަތުގައި ވަގުތީ އަމުރެއް ނެރެދެވިދާނެކަމަކަށް ނުދެކެމެވެ. އެހެނީ، އެ ޙާލަތުގައި ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު "ފާޅުކަން ބޮޑު" ކަމަށް ބުނެވިދާނެފަދަ ޙާލަތެއް އޮތުމަށްވުރެ ނެތުން ގާތްކަމަށް ފެންނާތީއެވެ. އަދި އެ ޙާލަތުގައި ކާމިޔާބުވުމުގެ އިޙްތިމާލު ޙަޤީޤަތުގައި އޮތްކަމަށް ބުނެވިދާނެ ކަމަށް ބެލެވެން ނެތަތީއެވެ.
39އަމުރަށް އެދުން ފަރާތަށު ޤާނޫން ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި މި ޤަޟިއްޔާގައި އޮތްތޯ ބަލާއިރު، ފުރަތަމަ ނަޒަރުން މިކަން މިހިނދަށް ބަލާއިރު، މި ދަރަޖައަށް މި އިޙުތިމާލު ފާޅުކަން ބޮޑުގޮތެއްގައި އޮތްކަން އިސްތިއުނާފުކުރާ ފަރތަށާ ބުނެވެދިފައިވާކަމުގައި ނުދެކޭހިނދު، 36 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ފަދައިން މިކަމުގައި ސިވިލް ކޯޓުން ނިންމާފައިވާ ނިންމުން، ޤާއިމުކުރެވިފައިވާ އުޞޫލުތަކާއި ޚިލާފުވާ ގޮތެއް އިސްތިއުނާފުކުރާ ފަރާތާ ތ ކަށަ ބުނެދެވިފައިވާކަމުގައި ނުދެކެމެވެ.
40އެހެންކަމުން، އަހުރެން ދެކެނީ ފާޅުކަން ބޮޑު މައުޟޫއީ ޙައްޤެއް ނެތްކަމަށް ސިވިލް ކޯޓުން ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ފަދަ އެއްވެސް ޙުއްޖަތެއް އިސްތިއުނާފުކުރާ ފަރާތާ ތ ކަށް ދެއްކިފައިނެތަތީ އެ ނިންމުން ރަނގަޅުކަމަށެވެ. ވަގުތީ އަމުރު ނެރުމަކާނުލައި އަޞްލު މައުޟޫއީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތްތޯ ތަދާރުކު ނުކުރެވޭނެ ގެއްލުމެއް އޮތްތޯ)
41HN6ތަދާރުކު ނުކުރެވޭ ގެއްލުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުން ނުވަތަ އިސްލާހުކޮށް، ރަނގަޅު ނުކުރެވޭނެފަދަ ގެއްލުންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރިޖްވުޑް ހޮޓެލްސް އެންޑް ސުއިޓްސް ޕްރިވެޓް ލިމިޓެޑް ވ. މުޙައްމަދު ޞަދީފް ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ.
42އެކަށީގެންވާ ފަރުވާއެއްގެ ގޮތުގައި ގެއްލުމުގެ ބަދަލު ދެވޭނަމަ، ޢާންމު ގޮތެއްގައި، ދަޢުވާކާ ރ ފަރާތުގާ ދަޢުވު އެ މަރުޙަލާގައި ކިތަންމެ ވަރުގަދަ ކަމަށް ފެންނަން އޮތް ނަމަވެސް، ވަގުތީ އަމުރެއް ނެރެ ދިނުމަށް ހުރަސްއެޅޭނެކަމަށް ޤަބޫކުރެވެއެވެ. އެހެނީ، ވަގުތީ އަމުރު ނެރެވޭނީ ގެއްލުމުގެ ބަދަލޭ ދިނުން އެކަށީގެން ނުވާ ޙާލަތްތަކުގައި ކަމުގައި ވާތީއެވެ.
[2021] SC 73 ގެ 31 ވަނަ ޕެރެގްރާފް
43އެގޮތުން، ދަޢުވާރައްދުވި ފަރާތުގެ ޢަމަލުގެ ސަބަބުން ގެއްލުމުގެ ބަދަލު އެކަށީގެންވާ ގޮތެއްގައި ނުދެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެކަން، އަމުރަށް އެދި ހުށަހެޅި ފަރާތުން ދައްކުވައިދޭން ޖެހޭނެކަމަށް ދެކެމެވެ.
44މި ޙާލަތުގައި، ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު "ފާޅުކަން ބޮޑު" ގޮތެއްގައި އޮތްކަމަށް ފެންނަން ނެތްކަން އެނގެއެވެ. އެހެންކަމުން، ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް އޮތްކަން ފާޅުކަން ބޮޑުގޮތެއްގައި އެނގެންނެތީސް ގެއްލުމަކީ ތަދާރުކު ނުކުރެވޭ ގެއްލުމެއްތޯ ނުވަތަ ނޫންތޯ ބެލުމުގެ ބޭނުމެއް ނެތްކަމުގައި ދެކެމެވެ.
45ބަހުސްގެ ބޭނުމަށް،ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު "ފާޅުކަން ބޮޑު" ގޮތެއްގައި އޮތްކަމަށް ބެލިނަމަވެސް، އަމުރު ނެރެނުދިނުމުގެ ސަބަބުން ވަގުތީ އަމުރަށް އެދުނު ފަރާތަށް، ލިބޭނެ ގެއލްމެއ އޮތްކަމަކަށް ނުބެލެވެއެވެ. ސަބަބަކީ، ވަގުތީ އަމުރެއް ނެރެގެން ޙިމާޔަތްކުރަން އެދިފައިވާ ކަންކަމަކީ މިހާރުވެސް ޙިމާޔަތްކުރެވިފައިވާ ކަންކަންކަމާއ އަދި ވަގުތީ އަމުރަކުން ހުއްޓުވުމަށް އެދުނުކަންކަނ ހިނގަމުން ނުދާނެކަމުގެ އިތުބާރު ދައުލަތުންދީފައިވާއިރު، ޔުނީފޯމް ކޑާ ޚިލާފުވުމުގެ ނަތީޖާއެއްގެ ގޮތުން ކުދިންގެ ތަޢުލީމަށް ހުރަސްއެޅޭފަދަ ފިޔަވަޅެއްވެސް ނޭޅޭނެކަމަށް ދަށު ކޯޓުގައްޔާއ މި ކޯޓުގައިވެސް ދައުލަތުން ފާހަގަކޮށްފައިވާތީއެވެ.
46އެހެންކަމުން، އަހުރެން ދެކެނީ ތަދާރުކުރުނުކުރެވޭނެ ގެއްލުމެއް ނެތްކަމަށް ސިވިލް ކޯޓުން ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ފަދަ އެއްވެސް ޙުއްޖަތެއް އިސްތިއުނާފުކުރާ ފަރާތަށް ދެއްކިފައިނެތަތީ އެ ނިންމުން ރަނގަޅުކަމަށެވެ.
ވަގުތީ އަމުރަށް އެދުމުގެ ޙއަ ޞި އްޔަތި
47HN7ވަގުތީ އަމުރަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަކީ، އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް ނިޤާބު އަޅައިގެން ޙާޟިރުވާ ދަރިވަރުންގެ ބެލެނިވެރިންކަމަށް އެ ފަރާތްތަކުން ހުށަހަޅާފައިވާ ދަޢުވާގައާއި، ވަގުތީ އަމުރަށް އެދި ހުށަހަޅާފައިވާ ފޯމުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ވަގުތީ އަމުރށ އެދް ހުށަހެޅި ފަރާތުގަ ޙައިޞިއްޔަތާމެދު ޚަޞްމުންގެ މެދުގައި ދެބަސްވުން އޮތްކަން އެނގެއެވެ.
48އިސްވެ ބުނެވުނު ފަދައިން ބަޔާންކޮށްފައިވީނަމަވެސް، ދަޢުވާކުރާ ފަރާތްތަކުގެ ކުދިންނަކީ ކޮބައިކަމާއި، އެ ކުދިން ޢަރަބިއްޔާ ސްކޫލްގައި ތަޢުލީމް ޙާޞިލިކުރަނީ ކޮން ގްރޭޑެއްގައ ކަނި އެނގޭފަދަ އެއްވެސް މަޢުލޫމާތެއް ދަޢުވާފޯމުގައި ބަޔާންކޮށްފައިނުވާކަމާއި އެކަން ވަގުތީ އަމުރަށް އެދޭ ފޯމުގައިވެސް ބަޔާންކޮށްފައިނުވާކަމަށް ސިވިލް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާކަން އެނގެއެވެ.
49ސިވިލ ކޯޓަށް ވަގުތީ އަމުރަކަށް އެދި ހުށަހަޅާފައިވާ ފޯމާއެކު ހުށަހަޅާފައިވާ ޢރަބިއްޔަ ސްކޫލްގެ ބެލެނިވެރިންނަށް ފޮނުވާފައިވާ ލިޔުން ކަމަށް ބަޔާންކޮށް ހުށަހެޅި ލިޔުމަށް ބަލާއިރު، އެ ލިޔުން ރައްދުވަނީ، "ޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕޕ" އަށް ކަންއެނގެއެވެ. ނަމަވެސް، އެ ނަން ކިޔާ ފަރާތެއް ދަޢުވާކުރާ ފަރާތްތަކުގެ ތެރޭގައި ހިމެނިފައނުވާކަނި އެނގެއެވެ. އެކަމާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވަނީ، އެ ލިޔުމަކީ ޕޕޕޕޕޕޕޕޕޕއަށް ޙަވާލުކޮށްފައިވާ ލިޔުމެއްކަމަށާއި، އެ ލިޔުމުގައި "ޕޕޕޕޕޕޕ" ލިޔެފައިވަނީ ކުށަކުންކަމަށާއ އެކަނި އެނގެން އެ ނަމާއި ދިމާލުގައިވާ އެޑްރެހަކީ ދަޢވާފޯމުގައު ޕޕޕޕޕޕޕޕޕޕގެ ދާއިމީ އެޑްރެސްގެ ގޮތުގައި ބަޔާންކޮށްފައިވާ އެޑްރެސްކަމަށެވެ.
50ވަގުތީ އަމުރަށް އެދުނު ފަރާތްތަކަކީ ޙަޤީޤަތުގައިވެސް ޢަރަބިއްޔާ ސްކޫލްގައި ނިޤާބު އަޅައިގެން ކިޔަވަމުންދާ ދަރިވަރުންގެ ބެލެނިވެރިންކަން އަންގައިދޭފަދަ ލިޔުމެއް ވަގުތީ އަމުރަށް އެދި ހުށަހެޅި ފޯމާއެކު އަދި ދަޢުވާ ފޯމާއެކު ހުށަހަޅާފައިވާކަން އެނގެން ނެތްކަން އަހުރެންނަށްވެސް ފާހަގަކުރެވެއެވެ.
51އެހެންކަމުން، ވަގުތީ އަމުރާމެދު ގޮތް ނިންމިއިރު ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލައި، ވަގުތީ އަމުރަށް އެދުމުގެ ޙައިޞިއްޔަތު ނެތްކަމަށް ނިންމި ނިންމު މަށް ބަދަލެއް ގެންނަންޖެހޭފަދަ ސަބަބެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށް ބުނާ ބުނުން
52HN8މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާއަކީ ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލު އުފެއްދުމަށް ދަޢުވާ ލިބޭ ފަރާތަށް ލިބޭ މުއްދަތާއި އެކަމާ ގުޅިގެނި ޢަމަލުކުރަންޖެހޭ އިޖުރާއަތު ބަޔާންކޮށްފައިވާ މާއްދާއެވެ. އިސްތިއުނާފުކުރެވިފައިވާ ކޯޓު އަމުރާމެދު ނިންމި ގޮތުގައި މި މާއްދާއާ ޚިލާފު ނިންމުމެއް ކޯޓުން ނިންމާފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. އެގޮތުން، ޖުޑީޝަލް ރިވިއުގެ ދަޢުވާއެއް އޮންނަންޖެހޭނެ ގޮތް ބަޔާންކޮށް، ހުށަހަޅާފައިވަނީ އެފަދަ ދަޢުވާއެއްނޫންކަމަށ ސިވިލް ކޯޓުން ނިންމާފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
53ދައުލަތުން މި ނުކުތާގެ ޖަވާބުގައި ފާހަގަކޮށްފައިވާ ފަދައިން އަހުރެންނަށްވެސް ބުރަވެވެނީ ދަށުކޯޓުން މައުޟޫއުގައި ގޮތް ނިންމާފައިނުވާކަމަށެވެ. ނަމަވެސް، ދަށުކޯޓުން އެ ނުކުތާގައި ފާހަގަކޮށްފައިވާ ކަމަކީ، އެ ކޯޓަށް ހުށަހެޅިފައިވާ ދަޢުވާއަކީ ޖުޑީޝަލް ރިވިއުގެ ދަޢުވާއެއްތޯ ނުވަތަ ޤާނޫނޫއަސާސީގއަ ބަޔާންކުރާ ޙައްޤެއް ގެއްލިގނ ހުށަހަޅާފައިވް ދަޢުވާއެއްތެ ސުވާލު އުފެދޭތީ، އެކަންކަން އެނގެއެވެ. އަދި އެކަމަކީ އެ ކޯޓުން މައުޟޫއުގައި ގޮތް ކަނޑައެޅުމުގެ ކުރިން ޖަވާބު ހޯދަންޖެހޭ ސުވާލެއް ކަމަށް އެ ކޯޓަށް ޤަބޫލުކުރެވޭކަމަށް ބުނެ ފާހަގަކޮށްފައިވާ ކަންތައްތަކެއް ކަމަށް ބެލެވެއެވެ. މިއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާގައިވާ އިޖުރާއަތާ ޚިލާފަށް ފާހަގކޮށްފައިވަ ކަންތައްތަކެއް ކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ބުނިނަމަވެސް، ވަގުތީ އަމުރާމެދު ނިންމި ނިންމުމުގައި މައްސަލައިގެ މައުޟޫއާމެދު އިސްތިއުނާފުކުރާ ފަރާތްތަކުން ބުނާފަދަ ނިންމުމެއް ނިންމާފައިވާކަން އެ ނިންމުމުން އެނގެން ނެތަތީ މި ނުކުތާއާމެދު ޝަރީޢަތުން ގޮތް ކަނޑައަޅަންޖެހޭ ކަމަކަށް އަހުރެން ނުދެކެމެވެ. ސަބަބަކީ، ދަށު ކޯޓުން ވަކި ގޮތަކަށް ނިންމާފައިވާ ކަމެއްކަން އެނގެން ނެތް ކަމެއްގައި އެ ކޯޓުން އެފަދަ ނިންމުމއެ ނިންމި ކަމަށް ބަލައިގެން އިސްތިއުނާފުގެ މި މަރުޙަލާގައި ގޮތް ކަނޑައަޅަންޖެހޭނެކަމަށް ނުބެލެވޭތީއެވެ.
ނިންމަން ފެންނަގޮތް
54އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު B9/VN/2023/02-144 ވަގުތީ އަމުރާމެދު ނިންމިގޮތް ބާޠިލްކުރަންޖެހޭފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށް، ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރަޢުޔު
55އަހުރެނ ފަނޑިޔާރް ޙަސަނު ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރަޢުޔު
56އަހުރެނ ފަނޑިޔާރް ޙަސަނު ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
57މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މި މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާ ނިންމާ ތާރީޚުން ފެށިގނެ 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 242 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 244 ވަނަ މާއްދާގެ (ހ)، (ށ)، (ނ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ ބާވީސްވަނަ ބާބު
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 110 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) (އިސްތިއުނާފުގެ އިޖުރާއަތު)
- ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 (ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން)
- ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/43 (ރިޖްވުޑް ހޮޓެލްސް އެންޑް ސުއިޓްސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޞަދީފް)، [2021] SC 73 ގެ 31 ވަނަ ޕެރެގްރާފް
- ހައިކޯޓުގެ ނަންބަރު 2022/HC-A/156 އަދި 2018/HC-A/305 (އިސްތިއުނާފުކުރި ފަރާތްތަކުން ހުށަހެޅި)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.