ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2023/HC-A/241

ނަމާއި އެޑްރެސް އުނިކޮށްފައި ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 23 ފެބުރުއަރީ 2026ދަށު ކޯޓު: - -ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
- -
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު ކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގައި، ހެކިންގެ ތަޙުޤީޤު ބަޔާނާއި ޝަރީޢަތުގެ ބަޔާނުގައި ހުރި ފުށުއެރުންތަކުގެ ސަބަބުން ކުއްޖާގެ ބަހަކީ އާދަޔާ ޚިލާފަށް ތެދު ބަހެއް ނޫންތޯއާއި، ތުހުމަތަކީ ޒާތީ ހަސަދައަކުން އުފެއްދި ތުހުމަތެއްތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ 12 ބާވަތުގެ ހެކިތަކަކީ ވަކިވަކި މުސްތަޤިއްލު ހެކި ކަމަށް ބެލެވޭތީ ލިސްޓްކޮށްފައިވާ ހެކިތަކެއް ނޫން ކަމަށާއި، އެއީ ކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ތެދު ކަމަށް ޤަބޫލުކުރެވޭ ހެކިބަހެއްތޯ ކަށަވަރުކުރުމަށް ފަނޑިޔާރުންނަށް ބޭނުންކުރެވިދާނެ ވަސީލަތްތަކެކެވެ.

HN2 ކުއްޖާގެ ހެކިބަސް އާދަޔާ ޚިލާފަށް ތެދުތޯ ބަލަނީ (1) ހެކިބަސް އެތެރެފުށުން އަދި ބޭރުފުށުން އެއްގޮތްތޯ، (2) ޝަކުވާ އުފުލި ފަރާތުގެ އަޚުލާޤާއި ޢަމަލުތަކާއި ކުއްޖާގެ އުޅުން، (3) ކުއްޖާ ޝަކުވާކުރުމުގައި ނުނިޔަތެއް އޮތްތޯ ބަލައިގެންނެވެ. އެތެރެފުށުން އެއްގޮތްވުމަކީ ތެދުބަހުން ކިޔައިދޭ މީހަކު ކިޔައިދޭނެ ފަދަ ތަފްސީލްތައް ހުރުމެވެ؛ ބޭރުފުށުން އެއްގޮތްވުމަކީ ދެން ހުރި ހެކިތަކުން ކުއްޖާގެ ބަހަށް ބާރުލިބުމެވެ.

HN3 ހެކިވެރިއެއްގެ ކުރީގެ ބަޔާނާއި ޝަރީޢަތުގައި ދިން ބަޔާނުގައި ހުރި ތަޢާރުޟުވުމެއް ބަލާއިރު، ކޮންމެ ތަޢާރުޟުވުމަކުން ހެކިބަހުގެ ޞައްޙަކަން ނަފީނުވާނެއެވެ؛ ތަޙުޤީޤު ބަޔާނަކީ ކްރޮސް އެގްޒަމިނޭޝަނެއް ނެތި ނެގޭ ބަޔާނެއް ކަމާއި ހުރިހާ ހެކިތަކަކަށް ރިޢާޔަތްކޮށް ހެކިބަހުގެ ބުރަދަން ވަޒަންކުރަންވާނެއެވެ؛ ދަޢުވާގެ ޖައުހަރަށް ލޮޅުމެއް ނާންނަ ކުދިކުދި ފަރަގުތަކަށް ބުރަދަނެއް ނުދެވޭނެއެވެ.

HN4 ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި އެކި މަޙައްލުތަކުގައި ކުއްޖާ ކިޔައިދިނުމުގައި ތަފާތު އައުމަކީ ކުއްޖާގެ ބަހުގެ ޞައްޙަކަން ގެއްލިގެންދާނެ ކަމެއް ނޫނެވެ؛ ތަޙުޤީޤު ބަޔާނުގައި ނެތް ވާޤިއާއެއް ދެން ހުރި ހެކިތަކުން ޤާއިމުވާނަމަ އެއީ ހެކިވެރިޔާގެ ތެދުވެރިކަމާ ސުވާލު އުފެދޭ ވަރުގެ ޖައުހަރީ ފުށުއެރުމެއް ނޫނެވެ.

HN5 ދަށު ކޯޓުގައި ނުވަތަ އިސްތިއުނާފީ ދަޢުވާ ފޯމުގައި ފާހަގަނުކުރާ އިޖުރާއީ ނުކުތާއަކާމެދު ކޯޓުތަކުގެ ޤާނޫނުގެ 32 (ހ)، 43 އަދި 45 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ އާމިނަތު ނާޒްލީ ވ. ސީގޭޓް ޤަޟިއްޔާއަށް ރިޢާޔަތްކޮށް އިސްތިއުނާފު މަރުޙަލާގައި ގޮތެއް ނުކަނޑައަޅައެވެ؛ އަދި ކުޑަކުދިންގެ ހެކިބަސް ނެގުމަށް ޝަރީޢަތަށް ޙާޟިރުކުރުމަކީ ޤާނޫނުގެ 48 ވަނަ މާއްދާގެ ދަށުން އިޚްތިޔާރީ، ވަރަށް އިސްތިސްނާ ޙާލަތެއްގައި ކުރާ ކަމެއް ކަމަށް ސުޕްރީމް ކޯޓުން ([2025] SC 22) ކަނޑައަޅާފައިވާތީ ކުއްޖާ ޙާޟިރުކޮށް ހެކިބަސް ނުނެގުމަކީ އުނިކަމެއް ނޫނެވެ.

HN6 ކުއްޖާ ޝަކުވާކުރީ ދޮގުހަދައިގެން ނުވަތަ ނުބައި ނިޔަތެއްގައި ކަމަށް ތުހުމަތުކުރެވޭ ފަރާތުން ހަމައެކަނި ބުނުމަކުން ނުފުދޭނެއެވެ؛ އެކަން އެކަށީގެންވާ ހެކި ހުށަހަޅައިގެން ސާބިތުކުރުމުގެ ބުރަ އޮތީ ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ކަމަށާއި، ދައުލަތަށް ބުރަ ފުރޮޅޭނީ އެފަދަ ހެކި ހުށަހަޅައިފިނަމައެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފާޠިމަތު ފަރްހީޒާ، ޢަބްދުﷲ ޖަމީލް މޫސާ، ޢަބްދުލްމާނިޢު ޙުސައިން
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ޢަބްދުﷲ ޖަމީލް މޫސާ، ޢަބްދުލްމާނިޢު ޙުސައިން
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ތަޢާރުފު

1މިއީ، (ކޯޓުގެ ނަމާއި ނަންބަރު އުނިކޮށްފައި) ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް (ނަމާއި އެޑްރެސް އުނިކޮށްފައި)ގެ (މީގެ ފަހުން "(ނަން އުނިކޮށްފައި) " ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") އިން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، މިކޯޓުގެ ނަންބަރު 2023/HC-A/241 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ޕްރޮސިކިއުޓަރ ޖެނެރަލް އެވެ. (މީގެ ފަހުން "ދައުލަތް " ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް") އެވެ. މައްސަލައިގެ ފަސްފަހަތް:

2އިސްތިއުނާފު ކުރާ ފަރާތުގެ މައްޗަށް އުފުލުނު ދައުވާއަކީ، އިސްތިއުނާފު ކުރާ ފަރާތުން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެކި ދުވަސްމަތިން، މީނާގެ އަންހެން ދޮންދަރިއެއްކަމަށްވާ (ކުއްޖާގެ ނަން އުނިކޮށްފައި) (12 އަހަރު) (މީގެ ފަހުން "ކުއްޖާ" ގެ ގޮތުގައި މުޚާތަބް ކުރެވޭ)، މީނާ ދިރިއުޅޭ ގޭގެ އެޕާރޓްމަންޓްގައި އެކުއްޖާގެ މޭމަތީގައާއި، ކުރިމަތި ފަރާތުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލާފައިވާތީ، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖއާއެކާ ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.

3އިސްތިއުނާފު ކުރާ ފަރާތުގެ ކިބައިން ލިބުނު އަނިޔާ، ކުއްޖާ ކިޔައިދީފައިވަނީ އަންނަނިވި ގޮތަށެވެ.

1.3. ކުއްޖާ ސްކޫލަށް ގެންގޮސް ގެނެސްދޭ ހަދަނީ އިސްތިއުނާފީ ކުރު ފަރާތްކަމަށާއި، ޓިއުޝަނނު ގެއަށް ގެނެސްދޭ ހަދަނީ އެފަރާތްކަމަށާއި، ޓިއުޝަން އިން އައިސް ގޭތެރޭ އެނދުމަތީގައި ރެސްޓު ކޮށްލުމަށް އޮށޯވެލައިގެން އޮންނައިރު، އެއްވެސް މީހެއް ކައިރީ ނުބުނާށޭ ކިޔާފައި ގައިގައި އަތްލާކަމަށެވެ. ފުރަތަމަ އަތްލަން ފެށީ ހެދުމުގެ މަތިން ބަނޑުގައި ކަމަށާއި، މަންމަ ގެއަށް ވަނުމުން، އެނދުން ތެދުވާކަމަށެވެ.

2.3. މި ގޮތަށް އެކި ދުވަސްތަކުގައި ތަކުރާރުވާކަމަށާއި، އެއްދުވަހަކު ބަނޑުގެ އިތުރުން ބުރަކަށީގަ އާއި، މޭމަތީގައި އަތްލާ ހެދިކަމަށާއި، އޮޅިގެން ކަމަށް ބުނެ، ހެދުމުގެ މަތިން ގަސްތު ގޮތަކަށް ހީސްލާ ތަނުގައި އަތްލާ ހެދިކަމަށާއި، ޕުއްޕުލާ ތަނުގައި އަތްލާފައިވަނީ، ޖަނގިޔާގެ ތެރެއިންކަމަށެވެ.

3.3. މޭޒު ކައިރީ ކާން ހުންނައިރު، އިސްތިއުނާފު ކުރާ ފަރާތް ފޯނު ހިފައިގެން ފޯނުން އޮރޔިމުން ތިބޭ އަންހެން އަދި ފިރިހެން ކުދިންގެ ވީޑިއޯ ކުއްޖާއަށް ދައްކާކަމަށެވެ.

4.3. އިސްތިއުނާފު ކުރާ ފަރާތް ފެންވަރާ ނިމިގެން އައިސް ތުވާލި ލައިގެންހުރެ ތުވާލި ނައްޓާފަ ކުއްޖާއަށް ކުރިމަތި ފަރާތް ދެއްކި ކަމަށެވެ. އަދި ސައިކަލް ބުރުޖަހަން ދަމުން އެއްވެސް ބަޔެއްކައިރީ އެވާހަކަ ނުބުނުމަށް އިސްތިއުނާފު ކުރާ ފަރާތުން ކުއްޖާ ކައިރީ ބުނިކަމަށެވެ.

4މިދައުވާއަށ އިންކާރުކުރަމުން ދަށް ކޯޓުގައު އިސްތިއުނާފުކުރި ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.

1.4. ދައުލަތުން ހުށަހަޅާފައިވާ ހެކިތަކާއި ލިޔެކިޔުންތަކަށް ބަލާއިރު، ޤާނޫނުއަސާސގީ 51 ވަނަ މާއްދާގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް މައްސަލަ ސާބިތުކުރުމަށް ހެކި ޤަރީނާ ހުށަހެޅިފައިނުވާކަން؛

2.4. މިމައްސަލައާއި އިސްތިއުނާފު ކުރާ ފަރާތާއި ގުޅުވާލެވޭވަރުގެ ހެކިތައް ދައުލަތަށް ދެއްކިފައިނުވާކަމަށް؛

3.4. އިސްތިއުނާފު ކުރާ ފަރާތުގެ ބައިވެރިވުމެއް ހިމެނޭކަމެއް މިމައްސަލައިގެ ތެރޭގައި ނުހިމެނެ ތީއާއި، އެކަންކަމުގައި އިސްތިއުނާފު ކުރާ ފަރާތުގެ ބައިވެރިވުމެއް ހިމެނޭކަން މިމައްސަލައިގެ ތެރޭގައި ނުހިމެނޭކަމަށް؛ މިއެވެ. ދަށު ކޯޓުން ނިންމިގޮތް:

5(ކޯޓުގެ ނަމާއި ނަންބަރު އުނިކޮށްފައި) ޤަޟިއްޔާގައި ނިންމާފައިވަނީ، އިސްތިއުނާފު ކުރާ ފަރާތުގެ މައްޗަށް ކޮށްފައިވާ ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސާ ޢަމަލެއް ހިންގުމުގެ ކުށުގެ މިދައުވާ ޝަރީޢަތަށް ސާބިތުވާކަމަށެވެ. އަދި ކުށުގެ އުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ށ) ގެ ދަށުން އިސްތިއުނާފު ކުރާ ފަރާތް 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށެވެ. މިފަދައިން އެކޯޓުން ނިންމާފައިވާ މައިގަނޑު ސަބަބުތަކަކީ؛

1.5. ކުއްޖާ ކިޔައިދޭ ކިޔައިދިނުމަށް ބަލާއިރު، ތެދުބަހުން ކިޔައިދޭ ވާހަކައެއްގައި ހުންނަ ތަފްސީލްތައް އެކުލެވޭކަމާއި، ކުއްޖާ ކިޔައިދިންކަމަށް ބަޔާންކޮށް ހެކިބަސްދިން އެންމެހައި ފަރާތްތަކުގެ ހެކިބަހުން ކުއްޖާ އެހުރިހާ ފަރާތްތަކަށްވެސް ކިޔައިދީފައިވަނީ އެއްގޮތަށްކަމަށާއި، އެހެންކަމުން އެއީ ތެދުކަމަށް ޤަބޫލުކުރެވޭކަން؛

2.5. އިސްތިއުނާފު ކުރާ ފަރާތުގެ މޯބައިލް ފޯނުގެ ފޮރެންސިކް ރިޕޯޓަށާއި، ކުއްޖާގެ ނަފްސާނީ ސައިކޮލޮޖިކަލް ރިޕޯޓުން ކުއްޖާއާމެދު ޖިންސީ ގޯނާއެއ ނުވަތް އަނިޔާއެއް ލިބިފައިވާކަން އެނގެން އޮންނާތީ، ކުއްޖާ ކިޔައިދޭ ކިޔައިދިނުން ބޭރުފުށުން އެއްގޮތްކަމަށް؛

3.5. ކުއްޖާއާމެދު ޖިންސީ ޢަމަލެއް ހިންގަފައވިކަމަށް ކުއްޖާ ބުނެފައިވަނީ، އިސްތިއުނާފު ކުރާ ފަރާތުގެ ނުބައި ނިޔަތެއް އޮވެގެން ނުވަތަ ވަކި ކަމެއް ޙާޞިލްކުރުމުގެ ބޭނުމުގައިކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިނުވާކަމަށް؛

4.5. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް، ކުޑަކުއްޖާއާމެދު ހިންގާފައިވާ ޢަމަލުތަކަކީ، (ކޯޓުގެ ނަމާއި ނަންބަރު އުނިކޮށްފައި)ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޕޮއިންޓް 27 އަދި 28 (ކޯޓުގެ ނަމާއި ނަންބަރު އުނިކޮށްފައި) ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޕޮއިންޓް 31 އަދި 32 އެކަށީގެންވާ މީހެއްގެ ވިސްނުމުން ވިސްނާއިރު ޝަހުވާނީ މަޤްޞަދެއް ޙާޞިލްކުރުމުގެ ބޭނުމުގައި ނޫނީ މީހަކު އަތްލާނެ ތަންތަން ނޫންކަމަން، ކުއްޖާއާމެދު ޖިންސީ ޢަމަލެއް ހިންގާފައިވާކަން ހެކިތަކުން ދަލީލުކޮށްދޭކަމަށް؛

5.5. ޖިންސީ ޢަމަލުގެ ކަންކަން ތަދުރީޖީ ގޮތެއްގައި ހިނގަމުން އެކަން ބޮޑުވަމުން އައިސްފައިވާ ގޮތަށް ބަލައި، ކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގާފައިވަނީ ޝަހުވާނީ އެދުންވެރިކަމެއް އޮވެގެންކަމުގައި ޤަބޫލުކުރެވޭކަމަށް؛

6.5. ހުށަހެޅިފައިވާ ހެކިތަކުން އިސްތިއުނާފު ކުރާ ފަރާތް ކައިވެނި ކޮށްގެން އުޅެނީ އަނިޔާ ލިބުނު ކުއްޖާގެ މަންމައާކަމާއި، ކުއްޖާއާއި ކުއްޖާގެ މަންމައާއި، އިސްތިއުނާފު ކުރާ ފަރާތުން ދިރިއުޅެމުން ދިޔައީ އެއްތަނެއްގައ ކަނި އެނގެން އޮތުމުން، އިސްތިއުނާފު ކުރާ ފަރާތަކީ ކުއްޖާ އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި ފަރާތެއްކަން އެނގެން އޮންނަކަން؛

7.5. ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރާ ފަރާތުގެ މައްޗަށް ކޮށްފައިވާ ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދައުވާގެ އެންމެހާ ރުކުންތައް ސާބިތުކޮށްދީފައިވާކަން؛ މިއެވެ. އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތަކާއި ތަފްސީލް:

6(ކޯޓުގެ ނަމާއި ނަންބަރު އުނިކޮށްފައި) ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި 2 (ދޭއް) ނުކުތާއެވެ. އެއީ؛

1.6. ފުރަތަމަ ނުކުތާއަކީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް އަދި ބުނެވިދިޔަ މާއްދާގައި ބުނެފައިވާ މިންވަރަށް ހެކި ލިބިފައި ނުވަނީސް މައްސަލަ ސާބިތުވާކަމަށް (ކޯޓުގެ ނަން އުނިކޮށްފައި) ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

1.1.6.މިނު ކުތާގެ ތަފްސީލުގައި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާގުޅޭ މައްސަލަތަކުގައި ކުޑަކުއްޖާ ދީފައިވާ ހެކިބަހަކީ އާދަޔާ ޚިލާފަށް ޤަބޫލުކުރެވޭ ހެކިބަހެއްކަމުގައިވާނަމަ، އެހެކިބަހުގެ މައްޗަށް ދައުވާ ސާބިތުކުރެވިދާނެކަމަށާއި، އަދި އަނިޔާ ލިބުނު ކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ޤަބޫލުކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި ކުއްޖާގެ ހެކިބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްވޭތޯ އާއި ޝަކުވާ އުފުލި ފަރާތުގެ އަޚްލާޤާއި ޢަމަލުތަކާއި، ކުއްޖާގެ އުޅުން ހުންނަ ގޮތުގެ މައްޗަށާއި، ކުއްޖާ މުއްތަހަމާއި ބެހޭގޮތުން ޝަކުވާކުރުމުގައި ނުނިޔަތެއް އޮތްތޯ ބެލިދާނެކަމަށާއި، އަދި މިކަންކަން ކުރުމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ވަޞީލަތްތަކުގެ ތެރެއިން އެމައްސަލައެއްގައި ލިބެންހުރި ހުރިހާ ވަޞީލަތްތައް ބޭނުން ކުރެވިދާނެ ކަމަށް ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚތާރް ޤަޟިއްޔާގައި ފާހަގަކޮށްފައިވާކަމަށާއި، މިމައްސަލައިގައި ހެކިބަސް އަދާކުރި ފަރާތްތަކުގެ ހެކިބަހަށާއި ތަޙުޤީޤު ބަޔާނަށް ރިޢާޔަތްކުރުމުން، ކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ޤަބޫލުކުރެވެން ނެތް ހެކިބަހެއްކަން ފާހަގަކުރާކަމަށެވެ. އެގޮތުން ފާހަގަކޮށްފައިވަނީ، ހާދިސާ ހިނގާދިޔަ ގޮތް އެންމެ ފުރަތަމަ ކުއްޖާ ކިޔާދީފައިވާ (ނަން އުނިކޮށްފައި) (ކުއްޖާގެ އެއްބަފާ ދައްތަ)ގެ ފަރާތުން މީގެ ފަހުން "ކުއްޖާގެ އެއްބަފާ ދައްތަ" ގެ ގޮތުގައި މުޚާތަބް ކުރެވޭ ތަޙުޤީޤަށް ދިން ބަޔާނުގައި ކުއްޖާގެ ފޫކޮޅުގައި އަތްލާފައިވަނީ، ޖަންގިޔާގެ ތެރެއިނކަމަށާއި، ނަމަވެސް ކުއްޖާގެ އެއްބަފާ ދައްތަ ޝަރީޢަތުގައި ހެކިބަސް ދެމުން ބުނެފައިވަނީ، އިސްތިއުނާފު ކުރާ ފަރާތް އަތްލާފައިވަނީ ކުއްޖާގެ ޖަންގިޔަލުގެ ދަށުން ފުރަގަސް ފަރާތުން ކަމަށް ކުއްޖާ ބުނިކަމަށެވެ. އަދި ކުއްޖާގެ އެއްބަފާ ދައްތަ ޝަރީޢަތުގައި ހެކިބަސް ދެމުން އިސްތިއުނާފު ކުރާ ފަރާތް އެއްޗެއް ނުލާ ކުއްޖާގެ ކުރިމަތީގައި ހުންނަކަމަށް ކުއްޖާ ބުނިކަމަށް ބުނެފައިވީނަމަވެސް، ކުއްޖާ ޙާދިސާ ކިޔާދިންތާ 2 ދުވަސް ތެރޭ ފުލުހުންގެ ފަރާތުން ނެގި ކުއްޖާގެ އެއްބަފާ ދައްތަގެ ތަޙުޤީޤު ބަޔާނުގައި މިފަދައިން ކުއްޖާ ބުނިކަމަށް ކުއްޖާގެ އެއްބަފާ ދައްތަގެ ތަޙުޤީޤު ބަޔާނުގައި ފާހަގަކޮށްފައިނުވާކަމަށެވެ. ކުއްޖާގެ ބައްޕަގެ ތަޙުޤީޤު ބަޔާނުގައި ހާދިސާ ކުއްޖާގެ ބައްޕައަށް ކިޔާދީފައިވަނީ ކުއްޖާކަމށަ ބުނެފައިވީނަމަވެސް މިފަރާތުން ޝަރީޢަތަށް ހެކިބަސް ދެމުން ހާދިސާ ކިޔާދީފައިވަނީ ކުއްޖާގެ އެއްބަފާ ދައްތަ ކަމަށް ބުނެފައިވާކަމަށާއި، ކުއްޖާ ބުނިކަމަށް ތަޙުޤީޤު ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަމާއި ޝަރީޢަތުގައި ހެކިބަސް އަދާކުރަމުން ބުނެފައިވާ ކަންކަމުގައި ފުށުއެރުންތަކެއް ހުރިކަމަށެވެ. ތަޙްޤީޤަށާއި ޝަރީޢަތަށް (ނަން އުނިކޮށްފައި) (ކުއްޖާގެ ދޮންމަންމަ) ދީފައިވާ ބަޔާނުގައި ބޮޑެތި ތަފާތުތަކެއް ހުރިކަމާއި، މި ގޮތުން ޖަންގިޔ ތެރެއިނާ އަތްލާފައިވ ކަމަށާ ބުން ތަނާއި މެދުގައާއި، އިސްތިއުނާފު ކުރާ ފަރާތް ހުސްގަޔާ ހުރެ ކުއްޖާއަށް ފެންނަ ގޮތަށް ކުރިމަތި ފަރާތް ދައްކައިގެން ހުންނަ ތަނާއި، އިސްތިއުނާފު ކުރާ ފަރާތުގެ ފޯނުނު ކުއްޖާއަށް ވީޑިއޯއެއާ ދައްކާފައި ވާކަން ކުއްޖާ ބުނެފައިވާކަން އެނގެން ނެތް އިރު، އެފަދަ ވީޑިއޯއެއް ދެއްކި ކަމަށް ކުއްޖާ ބުނިކަމަށް ބުނެ ޝަރީޢަތުގައި ހެކިބަސް އަދާކޮށްފައިވާ ކަމަށެވެ. ކުއްޖާގެ ޙާލަތު ދެނެ ގަތުމާބެހޭ ރިޕޯޓް ހެދި 3 ފަރާތުންވެސް ޝަރީޢަތުގައި ބުނެފައިވަނީ، ކުއްޖާއާމެދު އިސްތިއުނާފު ކުރާ ފަރާތް ޖިންސީ ޢަމަލު ހިންގާފައިވަނީ، ކުއްޖާގެ މަންމަ ގޭގައި ނޫޅޭ މީގެ ފަހުން "ކުއްޖާގެ ދޮންމަންމަ" ގެ ގޮތުގައި މުޚާތަބް ކުރެވޭ ވަގުތުގައިކަމަށް ކުއްޖާ ބުނެފައިވާކަމަށާއި، ނަމަވެސް ދެން ތިބި ހެކިވެރިން ހެކިބަސް ދެމުން ބުނެފައިވަނީ ކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގާފައިވަނީ ކުއްޖާގެ މަންމަ ފާޚަނާގައި އުޅޭ ގަޑީކަމަށެވެ. އެހެންކަމުން ހެކިބަހުގައި ފުށު އެރުން ހުރިކަމަށެވެ.

2.6. ދެވަނަ ނުކުތާއަކީ، މައްސަލައިގައި ކަން ހިނގާފައިވާގޮތަށް ނަޒަރުކުރުމުން، މިއީ ޒާތީ މައްސަލައެއް ނުވަތަ ހަސަދަވެރިކަމެއް އޮތުމުގެ ސަބަބުން ރާވައިގެން ކޮށްފައިވާ ކަމެއްކަމަށް ޤަބޫލުކުރެވޭކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

1.2.6.މިނުކުތާގެ ތަފްސީލުގައި އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވަނީ، މިކަމަކީ ކުއްޖާގެ ބައްޕަ ކުއްޖާ ލައްވާ ކިއުއްވައިގެން އުޅޭ ވާހަކައެއްކަމަށާއި، މިކަމަށް ބާރުލިބި ނ، މ މައްސަލައާއި ގުޅިގެން ދަށު ކޯޓަށް ހުށަހަޅާފައިވާ ލިޔެކިއުންތަކުގެ ތެރޭގައި ކުއްޖާގެ މަންމަގެ ތަޙްޤީޤު ބަޔާނުގައި، ކުއްޖު ވަރަށް ގިނައިން ކުއްޖާގެ ބައްޕަގެ ގެއަށް ފޮނުވާ ކަމަށާއި، ފޮނުވުމުން ގެންނަނީ ވަރަށް ލަހުން ކަމާއި ދެ އއާލާގ ދިރިއުޅުމުގެ ފެންވަރާއި މެދު ކުއްޖާ ކައިރީ ކުއްޖާގެ ބައްޕަ ވާހަކަ ދައްކާ ކަމަ ށާއި، ކުއްޖާގެ މަންމައަށް ދަރިއަކު ލިބުމުން ކުއްޖާގެ ދޮން ބައްޕަ ކުއްޖާ ދެކެ ލޯބި ނުވާނެ ކަމަށް ކުއްޖާގެ ބައްޕަ ބުނިކަމަށާއި، ކުއްޖާގެ މަންމައަކީ ގޭގައި އިންނަ މީހެއް ކަމާއި، 07 މާރިޗު 2019 ވަނަ ދުވަހު ކުއްޖާ، ކުއްޖާގެ ބައްޕަގެ ގެއަށް ދިޔަފަހުން މީނާއާއި ބައްދަލުވެފައި ނުވާކަމށަ އާ، ކުއްޖާގެ ބައްޕައަށް ކުއްޖާއާ ބައްދަލު ކުރަން ގުޅުމުން ގެއަށް އައުމަށް ބުނާ ކަމަށާއި، އެ ގެއަށް ނުދާނަމޭ ބުނުމުން ނުފޮނުވާނެ ކަމަށް ކުއްޖާގެ ބައްޕަ ބުނި ކަމަށާއި، އެހެން ބުނުމުން އެ ހިފަނީ ބަދަލެއްހޭ އެހުމުން ތިމަންނަގެ އަބުރު ކަތިލިއިރު ތިމަންނައަށ ވެސް ކަންކަންކަން ކުރެވޭނެ ކަމަށް ކުއްޖާގެ ބައްޕަ ބުނިކަމާއި، ކުއްޖާގެ މަންމައާއި ބައްޕަ ވަރިވި ދުވަހު ކޯޓުގައި ޤާޟީގެ ކުރިމަތީގައި، ކުއްޖާގެ ބައްޕަ މީނާއަށް ޚަރަދު ނުކުރާ ވާހަކައާއި، އެއްދާން ނުކުރާ ވާހަކަ ބުނި ކަމަށއާ އެހެން ބުނުމުން ރުޅިއައިސްގެން އެއްޗެހި ކިޔާފައި ވާކަމަށް ބުނެފައި ވާތީ، މި ބަޔާނަށާއި ދެ އާއިލާގެ ކަންކަން ހިނގާފައިވާ ގޮތަށް ބެލުމުން ކުއްޖާގެ ބައްޕަ އިސްތިއުނާފު ކުރާ ފަރާތާއި މެދު ރުޅާ ވެރިކަމެއް އުފެދިދާނެ ކަމަށް ޤަބޫލު ކުރެވޭ ސަބަބެއް މެދުވެރިވެފައި އޮތްކަން ޤަބޫލު ކުރެވޭކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތގު ވާހަކަ:

7ހެކިބަހުގައި ހުރި ފުށު އެރުމެއ ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވާ އެއްކަމަކީ، އިސްތިއުނާފު ކުރާ ފަރާތުގެ ފޯނުން ކުއްޖާއަށު ވީޑިއޯއެއް ދައްކާފައިވާކަން ކުއްޖާގެ ބަޔާނުން އެނގެން ނެތްއިރު، ވީޑިއޯ ދެއްކިކަމަށް ކުއްޖާ ބުނިކަމަށް ބުނެ ހެކިވެރިން ހެކިބަސް އަދާކޮށްފައިވުމެވެ. ކުއްޖާ ތަޙުޤީޤަށް 13 މާރިޗު 2019 ވަނަ ދުވަހު ދީފައިވާ ބަޔާނަށް ބަލާއިރު، ވީޑިއޯއ ގުޅިގެނާ ކުއްޖާ ވާހަކަ ދައްކާފައިވާކަން މިބަޔާނުނ އެނގެން އޮންނަކަމަށެވެ. އިސްތިއުނާފު ކުރާ ފަރާތގު ކުރިމަތި ފަރާތް ދެއްކިކަމަށް ހެކިންގެ ތަޙުޤީޤު ބަޔާނުގައި ނެތީސް ކޯޓަށް ދިން ހެކިބަހުގައި ފާހަގަކޮށްފައިވާކަމަށް ބުނެ ފާހަގަކޮށްފައިވާއިރު، ކުއްޖާ ގެ ބައްޕަ ތަޙުޤީޤުގައިވެސް އަދި ކޯޓަށް ދިން ހެކިބަހުގައިވެސް އިސްތިއުނާފު ކުރާ ފަރާތު ގެ ކުރިމަތި ފަރާތް ކުއްޖާއަށް ދެއްކިކަމަށް ކުއްޖާގެ ބައްޕަ ބުނެފައިނުވާކަމަށާއި، ކުއްޖާގެ ބައްޕަ ބުނެފައިވަނީ، އިސްތިއުނާފު ކުރާ ފަރާތް ކުއްޖާއަށް އޮރިޔާން މަންޒަރު ދައްކާފައިވަނީ، ކިޔަވަން އިންދާ މޭޒުގެ އަނެއްކޮޅުގައި އިށީނުމަށްފަހ ކަމަށު ކުއްޖާ ބުނިކަމަށެވެ. އިސްތިއުނާފު ކުރާ ފަރާތގު ކުރިމަތި ފަރާތް ކުއްޖާއަށް ދެއްކިކަމަށް ކުއްޖާ ބުނިކަމަށް ތަޙުޤީޤުގައި ބުނެފައި ނުވިނަމަވެސް ކޯޓުގައި ހެކިބަސް އަދާކުރަމުން މިފަދައިން ބުނެފައިވަނީ ކުއްޖާގެ އެއްބަފާ ދައްތަ ކަމާއި، ނަމަވެސް މިއީ ހައިކޯޓުގެ މުޙައްމަދު ޝިފާޢު ވ. ޕްރޮސިކިއުޓަރ ޖެނެރަލް ޤަޟިއްޔާގައި ބަޔާންކުރާފަދަ ބޮޑު ޖައުހަރީ ފުށު އެރުމެއްކަމަށް ނުދެކޭކަމަށާއި، އަދި މިއީ ކުއްޖާ ކިޔައިދިން ކިޔައިދިނުމަށް އެތެރެފުށުން ނުވަތަ ބޭރުފުށުން އެއްގޮތް ނުވާނެ ކަމަށް ބަލާ އެ ހެކިބަހަށް ބުރަދަން ނުދެވޭނެ ޤާނޫނީ އަސާސެއް އޮތް ކަމެއްވެސް ނޫންކަމަށް ދެކޭކަމަށެވެ. ކުއްޖާ ހާދިސާ ކިޔާދީފއިވަ ލެއ ތަފްސީލުކަމުން މިކަމަކީ ކުއްޖާ ތަޖުރިބާ ކޮށްފައިވާކަމެއްކަން އެ ނގޭކަމަށާއި، އުމުރުން 12 އަހަރުގެ ކުއްޖަކު އެފަދަ ވާހަކައެއް ހަދަހަދައިގެން ދައްކަންޖެހޭ ފަދަ ސަބަބެއް އިސްތިއުނާފު ކުރާ ފަރާތަށް ސާބިތުކޮށްދެވިފައި ނުވާކަމަށެވެ. ދެވަނަ އިސްތިއުނާފީ ނުކުތާގައި، މިކަމަކީ، ޒާތީ ކަމެއްގެ ނަތީޖާއެއް ކަމަށް އިސްތިއުނާފު ކުރާ ފަރާތް ބުނާ ބުނުން ފިޔަވައި އިތުރު ކަމެއް މި މައްސަލައިގައި އިސްތިއުނާފު ކުރާ ފަރތަށާ ދެއްކިފައިނވާކަމަށާއި، މިއީ އެއްވެސް ޤާނޫނީ އަސާސެއް ނެތި ބަޔާންކޮށްފައިވާ ވާހަކަތަކެއް ކަމަށާއި، އިސްތިއުނާފު ކުރާ ފަރާތއިމެދާ މި ފަދަ ޝަކުވާއެއް ކުއްޖާ ކުރީ ނުނިޔަތެއް އޮވެގެންކަން ޘާބިތު ކުރުމަށް އިސްތިއުނާފު ކުރާ ފަރާތް ދަށުކޯޓަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާކަމަށާއި، މައްސަލައިގެ ވާހަކަ އެންމެ ފުރަތަމަ ކުއްޖާ ކިޔާދީފައިވަނީ ކުއްޖާގެ އެއްބަފާ ދައްތައަށް ކަމަށާއި، މިއީ ކުއްޖާގެ ބައްޕަ އުފަންކުރުވައިގެން ދައްކާފައިވާ ވާހަކަތަކެއްކަނ ނުވަތް ޒާތީ ތަޢައްޞުބެއްގައި ޖެހިގެން ކުއްޖާގެ ބައްޕަ އުފަން ކުރުވައި ގެން ހުށަހަޅާފައި އޮތް މައްސަލައެއްކަން ޘާބިތު ކުރެވޭނެ އެއްވެސް ކަމެއް އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައި ނުވާތީ، މި ނުކުތާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަލައި ގޮތެއް ކަނޑައަޅަން ޖެހޭ ނުކުތާއެއް ކަމަށް ދައުލަތުން ނުދެކު ކަމަށެވެ. އެދޭ ގޮތް:

8އިސްތިއުނާފު ކުރާ ފަރާތުން އެދޭ ގޮތްކަމަށް ބުނެ ފާހަގަކޮށްފައިވަނީ، ދަށުކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމުގައި ކަނޑައަޅައި، އެޙުކުމް ބާޠިލްކޮށްދިނުމާއެކު އިސްތިއުނާފު ކުރާ ފަރާތް މިނިވަންކޮށްދެއްވުމަށް އަމުރުކޮށްދީ މައްސަލަ ނިންމައިދިނުމަށެވެ.

9އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭ ގޮތްކަމަށް ބުނެ ފާހަގަކޮށްފައިވަނީ، (ކޯޓުގެ ނަމާއި ނަންބަރު އުނިކޮށްފައި) ޤަޟިއްޔާއިން އިސްތިއުނާފު ކުރާ ފަރާތުގެ މައްޗަށް ކުށް ޘާބިތުވާކަމަށް ކަނޑައަޅާ އިސްތިއުނާފު ކުރާ ފަރާތުން ހައިކޯޓަށް ހުށަހެޅި "އިސްތިއުނާފު ފޯމުގެ ނަންބަރު 10- "އެދޭ ގޮތް" ނިންމާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:

10މިއިސްތިއުނާފުގައ އޮތި ބަހުސަކީ މިމައްސަލަ (ކޯޓުގެ ނަން އުނިކޮށްފައި) ގައި ސާބިތުކުރުމުގައި ހެކި ވަޒަންކޮށްފައިވާ ގޮތުގެ މައްޗަށް އުފައްދާ ބަހުސއާ، މިކުށުގެ ތުހުމަތަކީ ޒާތީ ހަސަދައެއްގެ މައްޗަށް އުފަންކޮށްފައިވާ ތުހުމަތެއް ކަމަށް ބުނެ އުފެއްދި ބަހުސެވެ.

ހެކި ވަޒަންކުރުމާ ގުޅޭ

11(ކޯޓުގެ ނަން އުނިކޮށްފައި) ހެކި ވަޒަންކޮށްފައިވާ ގޮތަށް ތައުނުކޮށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ވަސީލަތްތަކުގެ ތެރެއިން އެމައްސަލައެއްގައި ލިބެންހުރި ހުރިހާ ވސަލަތްތައ ބޭނުން ކުރެވިދާނެ ކަމަށް ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚތާރް ޤަޟިއްޔާގައި ފާހަގަކޮށްފައިވާކަމަށާއި، މިމައްސަލައިގައި ހެކިބަސް އަދާކުރި ފަރާތްތަކުގެ ހެކިބަހަށާއި ތަޙުޤީޤު ބަޔާނަށް ރިޢާޔަތްކުރުމުން، ކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ޤަބޫލުކުރެވެނީ ނެތް ހެކިބަހެއްކަމަށެވެ. ދައުލަތުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި "އިސްތިއުނާފީ ދައުވާގެ ޖަވާބު ފޯމް" ގެ ނަންބަރު 5- "އެދޭ ގޮތް" 12/2009 ހެކީގެ މިންގަނޑު: ޤާނޫނީ އޞު ލ

12HN1ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނގު 47 ވަނަ މާއްދާގައި ބުނެފައިވަނީ؛ އެހެން ގާނޫނެއްގައި، ޖިނާއީ ކުށް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ މިންގަނޑުކަމަށް ނުވަތަ ޝަރީޢަތަށް ގަބޫލުކުރާ ހެކީގެ ބާވަތްކަމަށ އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މިގާނޫނުގެ ބޭނުމަށްޓަކައި ނުވަތަ މި ގާނޫނުގެ ދަށުން އުފުލޭ ދައުވާއެއްގައި، މީހަކު، ކުޑަކުއްޖަކާއެކު ޖިންސީ ޢމަލެއަ ހިންގައިފިކަން ސާބިތުކުރުމަށްޓަކައި، ނުވަތަ މިގާނޫނުގައިވާ ކުށެއް ސާބިތުކުރުމަށްޓަކައި އަންނަނިވި ބާވަތުގެ ހެކީގެ ތެރެއިން މަދުވެގެން ފަސް ބާވަތެއްގެ ހެކި ހުރެއްޖ ކަމަށެ ވާނަމަ، އެމިންވަރަކީ، ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން، މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ލިބިފައިވާ ހެކިކަމުގައި ބެލެވޭ ކަމަށެވެ. އެބާވަތްތަކުގެ ހެކިތަކަކީ:

( ހ) ޖިންސީ ޢަމަލު ކުޑަކުއްޖަކާއެކު ހިންގައިފިކަން ސާބިތުކޮށްދޭ ރަސްމީ ލިޔުމެއް.

(ށ) ސައިންޓިފިކް ތަހުލީލުތަކުން ދައްކާ ނަތީޖާ.

(ނ) ލޮލަށް ފެނުނު މީހުންގެ ހެކީގެ ބަޔާން.

(ރ) ފޮރެންސިކް ނިޝާންތަކުންނާއި ތަހުލީލުތަކުނ ލިބް ހެކި.

(ބ) ވީޑިއޯ ރެކޯޑުތަކުން ލިބޭ ހެކި.

(ޅ) އެކަމެއް ހިނގުމުން ދާދިއަވަހަށް ނުވަތަ އެކަމެއް ހިނގުމާދެމެދު ގިނަ ދުވަސްތަކެއް ނުވަނީސް ކުއްޖާގެ މައިންބަފައިންނަށް، ނުވަތަ ގާތްތިމާގެ މީހަކަށް، ނުވަތަ ރަޙްމަތްތެރިއަކަށް، ނުވަތަ ޑޮކްޓަރަކަށް، ނުވަތަ ޞިއްޙީ އެހީތެރިއަކަށް، ނުވަތަ ސައިކޮލޮޖިސްޓަކަށް، ނުވަތަ ސައިކިއޭޓްރިސްޓަކަށް، މައްސަލަ ތަޙްޤީޤުކުރާ ފުލުހަކަށް ނުވަތަ ކުޑަކުދިން ރައްކާތެރި ކުރުމުގެ ޚިދުމަތުގައި މަސައްކަތްކުރާ މީހަކަށް ކުޑަކުއްޖާ ދީފައިވާ ބަޔާން؛

(ކ) އޭނާއާމެދު ކަންވީގޮތްކަމަށް ނުވަތަ އެކަން ހިނގާދިޔަ ގޮތްކަމަށް ކުޑަކުއްޖާ ކިޔައިދީފައިވާ ބަޔާން؛

(އ) މީހަކާ ބެހޭގޮތުން ޙަޤީޤަތެއް ނެތް ވާހަކަތަކެއް ހަދައިގެން، ނުވަތަ އަލަށް އުފައްދައިގެން ކިޔައިދިނުންކަމަށް ބެލެވޭ ސަބަބެއްނެތި ނުވަތަ ހާދިސާ ހިނގި ވަގުތާއި އެވާހަކަ ކިޔައިދިން ވަގުތާ ދެމެދު މާދިގު މުއްދަތެއް ފާއިތުނުވަނީސް، ކުޑަކުއްޖާ ކިޔައިދީފައިވާ ކިޔދިނުމެއާ؛

(ވ) ކުޑަކުއްޖާ ކިޔައިދޭ އެއްޗަކާ އެކުއްޖާއަށް ޖިސްމާނީ ގޮތުން ލިބިފައިވާ ގެއްލުންކަމަށް ޑޮކްޓަރީ ގޮތުން ފާހަގަވާންހުރ ކަންކަމާއި ފޮރެންސިކް ތަޙްލީލުތަކުން ފާހަގަވާންހުރި ކަންކަން ދިމާވުން؛

(މ) އެކުއްޖާއާއެކު ޖިންސީ ޢަމަލު ހިންގި މީހަކީ ކުރިން ޖިންސީ ޢަމަލު ހިންގި މީހެއްކަން ސާބިތުވެފައިވުން؛

(ފ) މާއްދީ ހެކި؛

(ދ) މައްސަލަ ބަލާ ފަރާތުން ކުއްޖާއާ އިންޓަރވިއު ކުރުމުން ކުއްޖާ ކިޔައިދީފައިވާ ވާހަކަ؛ މި ހެކިތަކެވެ.

13ސުޕްރީމް ކޯޓުގެ ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލް) ވ. ޢަލީ ޝާހާ ޤަޟިއްޔާގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ޢަމަލުތައް ޢާންމު ގޮތެއްގައި ހިންގަނީ އެކަހެރި ތަންތަނުގައި ސިއްރުން ކަމަށް ވުމާއެކު، އެފަދަ ކުށްތަކާ ގުޅިގެން މިނިވަން މުސްތަޤިއްލު ހެކިތަކެއް ގިނަ ޙާލަތްތަކުގައި ނުހުންނާނެތީ، ޤާނޫނުގައި ވަކި 12 ހެއްކެއް ބަޔާންކޮށްފައިވަނީ، އެހެކިތަކަކީ، އެކަތި އަނެކައްޗާއި ވަކިވެފައިވާ މުސްތަޤިއްލު ހެކިކަމަށް ބެލެވޭތީ ނޫން ކަމަށް ފާހަގަކޮށްފައިވެއެވެ. އެއާ ޚިލާފަށް 12 ބާވަތެއްގެ ހެކި ވަކިވަކިން ލިސްޓްކޮށްފައި އެވަނީ، ކުޑަކުއްޖާގެ ހެކިބަހަކީ، އާދަޔާ ޚިލާފަށް ތެދު ކަމަށް ޤަބޫލުކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރުމުގެ ގޮތުން ފަނޑިޔާރުންނަށް ބޭނުންކުރެވިދާނެ ވަސީލަތްތަކެއްގެ ގޮތުގައި ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

14HN2ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި މިފަދަ މައްސަލަތަކުގައި އަނިޔާ ލިބުނު ކުއްޖާ ދޭ ހެކިބަހަކީ، އާދަޔާ ޚިލާފަށް ތެދުކަމަށް ޤަބޫލުކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ކަށަވަރުކުރުމުގެ ގޮތުން ފަނޑިޔާރުންނަށް ބޭނުންކުރެވިދާނެ ތިން ގޮތެއް ފާހަގަކޮށްފައިވެއެވެ. އެ ތިން ގޮތަކީ؛

1. ކުއްޖާގެ ހެކިބަސް އެތެރެފުށުން އަދި ބޭރުފުށުން އެއްގޮތްތޯ ބެލުމާއި،

2. ޝަކުވާ އުފުލި ފަރާތުގެ އަޚުލާޤާއި ޢަމަލުތަކާއި، އަނިޔާލިބުނު ކުއްޖާގެ އުޅުން ހުންނަ ގޮތުގެ މައްޗަށް ބެލުމާއި، 2018/SC-A/24 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 27 ވަނަ ނަންބަރު

3. އަނިޔާލިބުނު ކުއްޖާ މުއްތަހަމާ ބެހޭގޮތުން ޝަކުވާ ކުރުމުގައި އެއްވެސް ނުނިޔަތެއް އޮތްތޯ ބެލުން ؛ މިއެވެ.

15ކުއްޖާގެ ހެކިބަސް އެތެރެފުށުން އެއްގޮތްވޭތޯ ބަލާނެ މިންގަނޑުކަމަށް ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ފާހަގަކޮށްފައިވަނީ، ހެކިބަސް އެތެރެފުށުން އެއްގޮތްވޭތޯ ބެލުމަކީ ޝަކުވާކުރާ ކުއްޖާ ކިޔައިދޭ ވާހަކަތަކުގައި، ތެދުބަހުން ވާހަކައެއް ކިޔައިދޭ މީހަކު ކިޔާދޭނޭ ފަދަ ތަފްސީލްތައް ހުރުމެވެ.

16އަނިޔާ ލިބުނު ކުއްޖާގެ ހެކިބަސް ބޭރުފުށުން އެއްގޮތވް ތޯ ބަލާނީ، ކުއްޖާގެ ހެކިބަސް ފިޔަވައި ދެން ލިބިފައި ހުރި ހެކިތަކުން ކުއްޖާ ދޭ ހެކިބަހަށް ބާރުލިބޭތޯ އާއި ބާރު ލިބޭ މިންވަރަށް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވ އަޙްމަދު މުޚްތާރު މައްސަލައިގައި ކަނޑައަޅާފައިވެއެވެ.

17މިމައްސަލައިގައި ކުއްޖގާ ބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްކުރުމުގައ ހުރި ފުށުއރެމުގެ ގޮތުގައި މައިގަނޑު ގޮތެއްގައި ފާހަގަކުރާ އެއްކަމަކީ ކުއްޖާ މިވާހަކަ އެންމެ ފުރަތަމަ ކިޔައިދިން ކުއްޖާގެ އެއްބަފާ ދައްތަ ގެ ބަހުގައި ހުރި ފުށު އެރުންތަކެވެ. މިގޮތުން، ކުއްޖާ މިވާހަކަ ކިޔައިދިންތާ 2 ދުވަހުގެ ތެރޭގައި ތަޙްޤީޤަށް ދިން ބަޔާނުގައި ކުއްޖާގެ ޖަނގިޔަލުގެ އެތެރެއިން އަތްލާފައިވަނީ ކުއްޖާގެ ފޫޅުގައި ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް، ޝަރީޢަތުގެ މަޖިލީހުގައި ހެކި ބަސް އަދާކުރަމުން ޖަނގިޔަލުގެ ދަށުން އަތްލާފައިވަނީ ކުއްޖާގެ ފުރަގަސ ފަރާތަށް ކަމަށް ކުއްޖާ ބުނެފައިވާ ކަމަށް ހކިވެރިޔެ ބަޔާންކޮށްފައިވާ ކަމަށެވެ. އަދި، މިހެކިވެރިޔާ ޝަރީޢަތުގެ މަޖިލީހުގައި ހެކި ބަސް އަދާކުރަމުން އިސްތިއުނާފު ކުރާ ފަރާތް އެއްޗެއްނުލައި ކުއްޖާގެ ކުރިމަތީގައި ހުންނަ ކަމަށް ބުނެފައިވާއިރު، މިއީ މިހެކިވެރިޔާގެ ތަހްޤީޤު ބަޔާނުގައި ފާހަގަކޮށްފައިނުވާ ކަމެއް ކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން 2019/SC-A/77 ޤަޟިއްޔާ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 50 ވަނަ ނަންބަރު ކުއްޖާއަށް "ހަޑި" ވީޑިއޯ ދައްކާ ކަމަށް ތަޙްޤީޤު ބަޔާނުގައި މިހެކިވެރިޔާ ބަޔާންކޮށްފައިނުވާއިރު ޝަރީޢަތުގެ މަޖިލީހުގައި ހެކިވެރިޔާ އެފަދައިން ފާހަގަކޮށްފައިވާ ކަމަށެވެ.

18މިހެކިވެރިޔާ ތަޙްޤީޤަށް ދީފައިވާ ބަޔާނަށް ބަލާއިރު، ފާހަގަކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "12 މާރިޗް 2019 ވަނަ ދުވަހުގެ ރޭގަނޑުގައި (ކުއްޖާގެ ނަން އުނިކޮށްފައި) އަޅުގަނޑުމެން ގޭގައި ހުރެފައި އަޅުގަނޑު ގާތު ކުއްޖާގެ ދޮންބައްޕަ، ކުއްޖާގެ މޭމަތީގައާއި ހީސްލާތަނުގައ އާއި ފޫކޮޅުގައި އަތްލާކަމަށް ކުއްޖާ އަޅުގަނޑު ގާތު ބުނެފައިވެއެވެ. އަދި މީގެ އިތުރަށް ކުއްޖާގެ ބަނޑުގައާއި އުނގަނޑުގައިވެސަ ކުއްޖާގެ ދޮންބައްޕަ އަތްލާކަމަށް ކުއްޖާ އަޅުގަނޑު ގާތުގައި ބުނެފައިވެއެވެ. މިގޮތަށް އަތްލާއިރު އަތްލާފައިވަނީ ކުއްޖާ ލައިގެން ހުންނަ ހެދުމުގެ މަތިން ކަމަށްވެސް ކުއްޖާ އަޅުގަނޑު ގާތުގައި ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް އެއްދުވަހެއްގައި (ތާރީޚު ނުބުނޭ) ކުއްޖާގެ ފޫޅުގައި ކުއްޖާ ލައިގެން ހުރި ޖަނގިޔާގެ ތެރެއިން ކުއްޖާގެ ދޮންބައްޕަ އަތްލާފައިވާކަމަށް ކުއްޖާ އަޅުގަނޑު ގާތުގައި ބުނެފައިވެއެވެ. އަދި މީގެ އިތުރުން ކުއްޖާގެ ދޮންބައްޕަ ކުއްޖާއަށް ހަޑި ވީޑިއޯ ދެއްކިކަމަށާއި މިގޮތުން ދައްކާފައިވަނީ ނޭކެޑް ވީޑިއޯކަމަށްވެސް ކުއްޖާ އަޅުގަނޑު ގާތުގައި ބުނެފައިވެއެވެ."

19މިތަޙްޤީޤު ބަޔާނަށް ބެލުމުން ކުއްޖާއަށް ވީޑިއޯ ދައްކާފައިވާކަމ ތަޙްޤީޤީ ބަޔާނުގައިވެސް މިހެކިވެރިޔާ ފާހަގަކޮށްފައިވާ ކަމެއް ކަން އެނގެއެވެ.

20HN4އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން މިތަޙްޤީޤު ބަޔާނުގައި ވަނީ ކުއްޖާގެ ޖަނގިޔަލުގެ ތެރެއިން އަތްލާފައިވަނީ ކުއްޖާގެ ފޫޅުގައި ކަމަށެވެ. ޝަރީޢަތުގައި ހެކި ބަސް އަދާކުރަމުން މިހެކިވެރިޔާ ބުނެފައިވަނީ" ދެން ފުރަގަސްފަރާތުން އަތްލާފައިވަނީ ޖަނގިޔާގެ ދަށުންނެވެ." އިސްތިއުނާފު ކުރާ ފަރާތުގެ ބަހސުކ މިއީ ޖައުހަރީ ފުށުއެރުމެއް ކަމަށެވެ. މަންޠިޤީ ހަމަތަކަށް ބަލާއިރު، ކުއްޖެއްގެ ޖަނގިޔަލުގެ ތެރެއިން "ފޫޅުގައި" އަތްލުމަކީ ވުމަށް ވުރެ ނުވުން އެކަށީގެންވާ ކަމެއް ކަމުގައި ބެލެވޭއިރު، ތަޙްޤީޤު ބަޔާނުގައި "ފޫޅުގައި" ބަޔާންކުރެވިފައިވަނީ "ފޫކޮޅުގައި" ލިޔުމުގެ ކުށެއްގެ ގޮތުގައިކަމަށް ބުރަވެވޭއިރު، މިމައްސަލައިގެ ދެން ހުރި އެއްވެސް ބަޔާނެއްގައި ކުއްޖާގެ "ފޫޅުގައި" އަތްލައިގެން މީގެ ފަހުން "ކުއްޖާ" ގެ ގޮތުގައި މުޚާތަބްކުރެވޭ ދައުލަތުގެ ފޯލިއޯ 27 ބަހސުއ އެއްވެސް ފަރާތަކުން އުފައްދާފައިނުވާއިރު، މިފުށުއެރުން އިސްތިއުނާފު ކުރާ ފަރާތުން ދަށު މަރުހަލާގައި ފާހަގަކޮށްފައިނުވެއެވެ. މައްސަލައިގެ ދެން ހުރި ހެކިބަހަށް، ވަކިން ޚާއްސަކޮށް ކުއްޖާގެ އިންޓަރވިއު ވީޑިއޯ ރެކޯޑިންގް އަށް، ބެލުމުން ކުއްޖާގެ ޝަކުވާގައި ހެދުން ދަށުން އަތްލާފައިވަނީ ފުރަގަސްފަރާތުގައ ކަމާއި ކުރިމަތިފަރާތުގައި ހެދުން ދަށުން އަތް ނުލާ ކަމަށް ބުނާބުނުމުން ކުއްޖާގެ ބަހަކީ ހަދަ ހަދައިގެން ދައްކާ ވާހަކައެއް ނޫންކަން އެނގެއެވެ.

21HN3އިސްތިއުނާފ ކުރު ފަރާތުން ފާހަގަކުރާ ފަދައިން، ކުއްޖާގެ އެއްބަފާ ދައްތަ ތަޙްޤީޤަށް ދިން ބަޔާނުގައި އިސްތިއުނާފު ކުރާ ފަރާތް އެއްޗެއް ނުލައި ކުއްޖާގެ ކުރިމަތީގައި ހުރިކަމަށް ފާހަގަކޮށްފައިނުވެއެވެ. ހެކިބަސްދޭ މހީ ކުރިން ދީފައިވާ ބަޔާނާއި ޝަރީޢަތުގައި ދޭ ބަޔާނުގައި އުނިކަމެއް އޮތްކަމަށް ބުނާނަމަ އެކަން ޝަރީޢަތުން ބަލަންޖެހޭނެކަމަށއާ، އެގޮތަށް ބެލުމުގައި ޢަމަލުކުރަންވީ ގޮތް މިކޯޓުގެ މުޙައްމަދު ޝިފާޢު ވ. ޕްރޮސިކިއުޓަރ ޖެނެރަލަ ޤަޟިއްޔާގެ ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔުގެ 36 އަދި 37 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވެއެވެ.

22ހެކިބަސްދޭ މީހާގެ ހެކިބަހުގައި ހުރި ތަޢާރުޟުވުމާއި އުނިކަމަކީ ކޮބއިތަ ޝަރީޢަތުން ދެނެގަތުމުގައި ބަލަންޖެހޭ ކަންތައްތަކުގެ ގޮތުގައި އެޤަޟިއްޔާގައި ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.

1.22.ތަޢާރުޟުވާ ކަމަށް ނުވަތަ އުނިވާކަމަށް ބަޔާންކުރާ ހެކިބަހުގައި ޙަޤީޤަތުގައިވެސް ތަޢާރުޟުވުމެއް އަދި އުނިކަމެއް އޮތްކަން ފަރުވާތެރިކަމާއިއެކު ދެނެގަނެ އެކަން ކަނޑައެޅުމާއި އެކަމުގެ ތަބީޢަތާއި ޒާތަކީ ކޮބައިކަން ދެނެގަތުން. މިކަން ދެނެގަތުމުގައި، ކުށުގެ ޢަމަލު ރޭވި ބިނާވެގެން އައިސްފައިވާ ގޮތާއި އެކުށް ކުރެވުނު ވެށި ބިނާވެފައިވަނީ ކިހިނެތްކަމާއި، ހެކިބަސްދޭ މީހުންނަށް އެޙަވާދިޘް ދެނެގަނެވިފައިވާ މިންވަރާއި، އެޙާދިޘާއާއި ގުޅިފައިވާ އެއްޙަޤީޤަތެއް ކިޔައި ދިނުމުގައި ކޮންމެ މީހެއްގެވެސް އަމިއްލަ ރިވާޔަތެއް އޮވެދާނެކަމާއި، ކުރިންދީފައިވާ ބަޔާނަކީ ކްރޮސް އެގްޒަމީނޭޝަނެއްގެ ފުރުޞަތު ދެވިގެން ނެގިފައިވާ ބަޔާނެއް ނޫންކަމާއި، ވާހަކަ ދައްކާ ގޮތާއި ބަހުރުވައިގައ އަދި އާދަކައިދައިގައި ހެކިންގެ މެދުގައި ތަފާތުތަކެއް ހުރެދާނެކަމާއ ބަޔާނި ނަގާވަގުތު ބަޔާންދޭ މީހާ ބުނާ އެއްޗެއްގެ ޙަޤީޤީ މާނައަކީ ކޮބާކަން ބަޔާން ކޮށްދިނުމުގެ ގޮތުން، އެބަޔާން ނަގާމީހާ ދެކޭގޮތް އެބަޔާނުގައި ހިމަނާފައި އޮވެދާނެކަމާއި، އަދި ތަފްޞީލީ ގޮތެއްގައި ޙާދިޘާ ބަޔާންކޮށްދިނުމަށް ބަޔާނނަގާ ފަރާތުން 2018/HC-A/225 އެދިފައި ނުއޮވެދާނެކަމާއި މިއިން ކޮންމެ ކަމަކީ، މައްސަލައިގެ ޙަޤީޤަތްތައް ފައިޞަލާކުރާ ފަރާތުގެ ވިސްނުމުގައި ބަހައްޓަންޖެހޭ ކަންކަން.

2.22. ހ ކިބިސްދިނުމުގެ ތެރޭގައި ދައްކާ ވާހަކައިގައި ހިމެނޭ ކޮންމެ ކުށަކީ ނުވަތަ ކޮންމެ ތަޢާރުޟުވުމަކާއި އުނިކަމަކީ ނުވަތަ ހެކިބަސްދޭ މައުޟޫޢުގެ ބޭރުން ދައްކާ ކޮންމެ ވާހަކައަކީ ހެކިބަސްދޭ މީހާގެ ބަހުގެ ޞައްޙަކަމާއި ތެދުކަން ނަފީވެގެންދާނެކަމެއް ނޫންކަމާއި، ވީމާ، ހެކިބަސްދޭ މައުޟޫޢުގެ ޖައުހަރާއި ގުޅުމެއްނެތް ގޮތެއްގައި މައުޟޫއިން ބޭރުން ދައްކާ ވާހަކައަކީ ބުރަދަނެއް ދޭންޖެހޭނެ ކަމަކަށް ނުވެދާނެކަން.

3.22. ތަޢާރުޟުވާ ކަމަށް ބުނާ ހެކިބަހާއިމެދ ފަނޑިޔާރު ނަޡަރުކޮށ އެހެކިބަސް ތަޤްޔީމް ކުރަންޖެހޭނީ އެމައްސަލައިގައި ހުށަހެޅިފައިވާ އެހެން ހުރިހާ ހެކިތަކެއް ޝާމިލުވާ އަސާސެއްގެ މައްޗަށް ބިނާކޮށްގެންކަން. މީގެތެރޭގައި، ހެކިބަސްދޭ މީހާ ދީފައިވާ ބަޔާންތައް ދީފައިވަނީ ކޮންކަހަލަ ޙާލަތެއްގައި އޭނާ ހުރެތޯ އާއި ތަޢާރުޟުވުން ސާބިތުވުމަށް ހުރި ސަބަބުތަކަކީ ކޮބާތޯ އާއި ހެކިބަސްދޭ މީހާގެ ޢަދުލުވެރިކަމާއި އޭނާ ދޭ ހެކިބަހުގެ މައްޗަށް ކުރެވޭ އިތުބާރާއި އަޅާބަލާއިރު ހެކިބަހުގައި ހުރި ތަޢާރުޟުވުންތަކުނ މައުޟޫޢުއަށް ކުރާން އަސަރަކީ ކޮބާތޯ އާއި ހެކިވެރިޔާއަށް އޭނާ ހެކިބަހުގައި ހުރި ތަޢާރުޟުވުންތައ ބަޔާންކޮށްދިނުމަށް އެކަށީގެންވާ ފުރުޞަތެއް ދެވިފައިވޭތޯ އާއި އޭނާ އެކަން ބަޔާންކޮށްދޭ ގޮތާއި އަދި ތަޢާރުޟުވުން ތަކުގައި ހުރި ގުޅުމާއި، ހެކިވެރިޔާ ދިން ހެކިބަހުގެ ދެންހުރި ބައިތަކާއި މިކަންކަމަކީ ހެކިބަހުގެ ބުރަދަން ވަޒަންކުރާއިރު ބަލަންޖެހޭ އެހެނިހެން ކަންކަމުގެ އިތުރުން ފަނޑިޔާރު ބަލަންޖެހޭ ކަންކަން.

4.22. ހުށަހެޅިފައިވާ ހުރިހާ ހެކިތަކެއްގެ މައްޗަށް ރިޢާޔަތްކޮށް ހެކިވެރިޔާ ކުރިން ދީފައިވާ ބަޔާނާއި ހެކިވެރިޔާ ޝަފަހީގޮތުން ދީފައިވާ ހެކިބަސް އެއްހަމަ ކުރާއިރު، އެއީ އިތުބާރު ކުރެވިދާނެ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ބަލައި، އެހެކިބަހުގައި ކުށެއް ނުވަތަ ތަޢާރުޟުވުމަކާއި އުނިކަމެއް ނުވަތަ ޢައިބެއް ހުރިނަމަވެސް ހުށަހެޅިފައިވާ މައުޟޫޢުގެ ޙަޤީޤަތް ބަޔާން ކޮށްދެވިފައިވޭތޯ ބަލައި، ކަންހިގާދިޔަ ގޮތާއި ތެދު ބަޔާން ކުރެވިފައިވަނީ އެހެކިބަހުގެ ކޮންބައެއްގައިތޯ ދެނެގަތުމަކީ ކޯޓުގެ މަސައްކަތެއްކަން. މިގޮތުން، ކޯޓުގެ ޒިންމާއަކީ ހށަހެޅިފައިވު ހެކިތަކުގެ މައްޗަށް ބުރަވެ ތެދު ހޯދައި ތުހުމަތުގައިވާ މީހާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޙައްދާއި ޤިޞާޞްގެ މައްސަލައެއް ނަމަ، ޔަޤީނާ ގާތަށް ސާބިތުވާކަން ނުވަތަ ނުވާކަން ކަނޑައެޅުންކަމާއި، ހެކިންދޭ ހެކިބަސް ތަޤްޔީމް ކުރުމުގައި ހެކިބަހުގައި ހުންނަ ކުދިކުދި ފަރަގު (discrepancies) ތަކަށް އެކަށީގެންނުވާހާ ބޮޑު ބުރަދަނެއް ދީގެން ނުވާނެކަމާއި، ޕްރޮސިކިއުޝަނުން ހުށަހަޅާ ދަޢުވާގެ ޖައުހަރަށް ނުވަތަ އެދަޢުވާގެ އަސާސީ ތަރަހައަށް ލޮޅުމެއް ނާންނަ ވަރުގެ ކުދިކުދި ފަރަގުތައް އެއީ ބުރަދަނެއް ނުދީ ދޫކޮށްލަންޖެހޭ ކަންތައްތައްކަން.

23މީގެ އިތުރުން، ސުޕްރީމް ކޯޓުގެ ޢަބްދުﷲ ނަޡީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤޟިއްޔާގައަ ހެކިބަސް ވަޒަން ކުރުމުގެ އާންމު އުޞޫލަކީ، ޝަރީޢަތުން ހެކީގެ ހެކިބަހުގައި ކުދިކުދި ތައާރުޒުވުން ހުރި ނަމަވެސް، އެ ޚިލާފުގެ މައްޗަށް ބުރަދަނެއް ދޭންޖެހޭ ފަދަ އެއްވެސް ޚިލާފެއް ހެކިންގެ ބަހުގައި ނެތްނަމަ، އަދި އެ ހެކިބަހާއި ހުށަހަޅާފައިވާ އެނޫންވެސް ހެއްކާއި ޤަރީނާގެ އަލީގައި ކަންހިނގާފައިވާ ގޮތާއި ތަރުތީބު ސާފުވެ، ކުރެވޭ ތުހުމަތުގެ ކުޑަބޮޑުމިނާއި، އެކަމެއް އެފަދައިން ހިނގުމުގެ ފުރުޞަތު އޮތް ނެތް މިންވަރަކަށާއި، އެކަމުގެ ނަތީޖާއަށް ރިޢާޔަތްކޮށް، ހާދިސާ ހިނގާދިޔަ ގޮތް ޝަރީޢަތަށް އެކަށީގެންވާ މިންވަރަކަށް ޤަބޫލުކުރެވޭ (satisfaction reasonable) ނަމަ، ކުށުގެ ޢމަލަ ހިންގާފައިވާ ގޮތަކީ ކޮބައިކަން ޝަރީޢަތުން ކަނޑައެޅުންކަމަށް ބަޔާންކޮށްފައިވެއެވެ.

24މިއޞުލުތައ މިމައްސަލައަށް ތަޠްބީޤުކުރަން ބަލާއިރު، ހެކިވެރިޔާގެ ތަޙްޤީޤު ބަޔާނުގައި ނެތްކަމަށް ފާހަގަކުރާ ކަމަކީ، ކުއްޖާ ކުރިމަތީގައި އިސްތިއުނާފު ކުރާ ފަރާތް ހެދުމެއް ނުލައި ހުރި ކަމަށް ކުއްޖާ ހެކިވެރިޔާ ގާތުގައި ބުނާ ބުނުމެވެ. މިއީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތެކެވެ. ކުއްޖާ ބުނިބުނުމެއްގެ މައްޗަށް އަދާކޮށްފައިވާ ހެކިބަހެކެވެ. މިބާވަތުގެ މައްސަލަތަކުގައި އެކި މަހައްލުތަކުގައި ކުއްޖާ ކިޔާދޭ ދިނުމުގައި ތަފާތު އައުމަކީ، ކުއްޖާގެ ބަހުގެ ސައްޙަކަން ގެއްލިގެންދާނެ ކަމެއް ނޫންކަމަށް ސަބަބާއެކު ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގައި ފާހަގަކުރެވިފައިވެއެވެ. މިމައްސަލައިގައި ދެން ހުރި ހެކިބަހުންވެސް އިސްތިއުނާފު ކުރާ ފަރާތް ހުސްގަޔާ ކުއްޖާއަށް އޭނާގެ ހަށިގަނޑު ދައްކާފައިވާކަން އެނގެއެވެ. ކުއްޖާ ތަޙްޤީޤަށް ދިން އޯޑިއޯ-ވީޑިއޯ ރެކޯޑިން ބަޔާނުގައި މިކަން ހިނގިގޮތް ތަފްސީލުކޮށް ކިޔައިދީފައިވެއެވެ. އެގޮތުން، އެއްދުވަހަކު ފެންވަރާ ނިމިގެން އައިސް ތުވާލި އެއްކޮށް ނައްޓާލައި ބޭބެގެ ހީސްލާތަން ދެއްކުމަށްފަހު ތުވާލި އެޅީކަމަށް ބުނެފައިވެއެވެ. އެހެންކަމުން، މހެކިވެރިޔާގި ތަޙްޤީޤު ބަޔާނުގައި ނެތް ނަމަވެސް، މިވާޤިއާއަކީ މައްސަލައިގައި ހިމެނޭ އެހެން ހެކިންގެ (ކުއްޖާ ތަޙުޤީޤަށް ދިން [2023] SC 24 ކުއްޖާ ތަޙުޤީޤަށް ދިން އޯޑިއޯ -ވީޑިއޯ ރެކޯޑިންގް 80:25:3 އޯޑިއޯ -ވީޑިއޯ ރެކޯޑިންގް އަދި ކުއްޖާގެ ދޮންމަންމަ ތަހްޤީޤަށް އަދި ޝަރީޢަތަށް ދިން ބަޔާން) ބަހުން ޤާއިމުވާ ވާޤިއާއެއް ކަމުގައިވާތީ، މިއީ ހެކިވެރިޔާގެ ތެދުވެރިކަމާ މެދު ސުވާލު އުފެދޭ ވަރުގެ އުނިކަމެއް ކަމުގައި ނުބެލެވެއެވެ.

25މިމައްސަލައިގައި ކުއްޖގާ ބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްކުރުމުގައ ހުރި ފުށުއެރމުގެ ގޮތުގައި މައިގަނޑު ގޮތެއްގައި ފާހަގަކުރާ އިތުރު އަނެއް ކަމަކީ، ކުއްޖާއަށް މޙިދިސާތައް ދިމާވާ ވަގުތުތަކުގައި ކުއްޖާގެ މަންމަ ހުރި ތަނަކާ މެދުކަން ފާހަގަކުރެވެއެވެ. ކުއްޖާ ތަޙްޤީޤަށް ދިން އޯޑިއޯ- ވީޑިއޯ ރެކޯޑިންގ އަށް ބެލުމުން ކުއްޖާގެ ހެކިބަހުގައި މިޙާދިސާތައ އެކް ފަހަރު ކުރިމަތިވެފައިވާ ކަމަށާއި، ބައެއް ފަހަރު މަންމަ ބޭރުގައި /ޤުރުއާން ކުލާހުގައި ހުންނަ ގަޑީގައި ނުވަތަ ފޚާނާގައި އުޅޭ ގަޑީގައި ހިނގާފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، އެކި ފަހަރު ހިނގާފައިވާކަމަށް ކުއްޖާ ބުނާ މިޙދިސާތަކުގައި މަންމާ ވީ ބޭރުގައި ނުވަތަ ފޚާ ނާގައި ކަމަށަ ބުނާ ބުނުމުގައި ޖައުހަރީ ފުށުއެރުމެއް އޮތް ކަމުގައި ނުބެލެވެއެވެ.

26އިސްތިއުނާފު ކުރާ ފަރާތުން، ހެކިބަހުގައި ހުރި ފުށުއެރުމެއްގެ ގޮތުގައި ފާހަގަކުރާ އިތުރު ކަމަކީ، ކުއްޖާގެ ބައްޕައަށް މިވާހަކަ ކިޔައިދެނީ ކުއްޖާކަމާމެދު އުފައްދާ ބަހުސެވެ. މިމައްސަލައިގެ ތަޙްޤީޤު ބަޔާންތަކާއި އަދި ޝަރީޢަތުގެ ބަޔާންތަކުން ކުއްޖާ އެންމެ ފުރަތަމަ މިވާހަކަ ކިޔައިދިނީ ކުއްޖާގެ އެއްބަފާ ދައްތައަށް ކަމާއި، މިވާހަކަ ބައްޕަ ކައިރީގައި ބުނުމަށް ކުއްޖާ ގާތު ކުއްޖާގެ އެއްބަފާ ދައްތަ ބުނިކަމާއި، ކުއްޖާގެ އެއްބަފާ ދައްތަ މިވާހަކަ ބައްޕަކައިރ ބުނީ ކަމާއި، އަދި ބައްޕަ ވެސް ކުއްޖާއާ މިކަމާ ގުޅޭގޮތުން ސުވާލުކޮށްފައިވާކަން ސާފުކޮށް އެނގެއެވެ. އެހެންކަމުން މިކަމުގައި ޖައުހަރީ ފުށުއެރުމެއް އޮތް ކަމަށް ނުބެލެވެއެވެ.

27ބ ނެވިދިޔަ އެންމެހައި ކަންކަމަށް ރިޢާޔަތްކުރާއިރު، ކުއްޖާގެ ބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްކުރުމުގައ ހުރި ފުށުއެރުމުގެ ގޮތުގައި މައިގަނޑު ގޮތެއްގައި ފާހަގަކުރާ ކަންތައްތައްތަކަކީ، ޖައުހަރީ ފުށުއެރުންތަކެއް ކަމުގައި ނުބެލެވެއެވެ.

28މިމައްސަލައިގެ އިސްތިއުނާފު ހުށަހަޅަމުން، އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްފައިވަނީ، މިއިސްތިއުނާފު ތައްޔާރުކޮށްފައިވަނީ ކުއްޖާގެ ތަޙުޤީޤު ބަޔާން ނުފެނިކަމަށެވެ. މިމައްސަލައިގެ ދަށު ކޯޓުގެ ރެކޯޑުތަކަށް ބަލާއިރު، ކުއްޖާގެ ބަޔާން، އަދި ކުއްޖާ ތަޙުޤީޤަށް ދިން އޯޑިއޯ-ވީޑިއޯ ރެކޯޑިންގް ވަނީ ރައްކާތެރިކުރެވިފައެވެ. ރައްކާތެރިކުރެވިފައިވާ ލިޔެކިޔުންތައް ބަލައި ދިރާސާކުރަން އެދޭނަމަ އެފުރުސަތު އޮތް ކަން ދަށުކޯޓުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ. އެގޮތުން ކުއްޖާގެ އިޖުތިމާއީ ރިޕޯޓާ ގުޅިގެން އެފަދަ ފުރުސަތއެ ދިނުމާމެދު ޝަރީޢަތުން ފާހަގަކޮށްފައިވަނީ "އޮފީސް ހުޅުވިފައި އޮންނަ ކޮންމެ ދުވަހަކުނަމަވެސް ހަމަ ދައުވާ ލިބޭ ފަރާތަށް ޝަރީޢަތަށް ޙާޟިރުވި، އޮފިސަރެއްގެ ޙާޟިރުގައި ނުވަތަ ޝަރީޢަތުގެ މަޖިލީހުގައި ރިޕޯޓު ދިރާސާކުރަން ފުރުސަތުދޭނަން" މި ފަދައިންނެވެ. ކުއްޖާ ތަޙުޤީޤަށް ދިން އޯޑިއޯ-ވީޑިއޯ ރެކޯޑިންގް ބެލުމަށް އެދި ދަށު މަރުހަލާގައި އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވާ ކަން އެނގެންނެތެވެ. ކުއްޖާގެ ބަޔާން ނުފެންނަކަމަށް އިސްތިއުނާފު ކުރާ ފަރާތުން މިއިސްތިއުނާފުގައި ފާހަގަކުރާތީ، މިކޯޓުގައި އެބަޔާން އިސްތިއުނާފު ކުރާ ފަރާތާ ޙިއްސާކޮށް އިތުރުކަމެއް ފާހަގަކުރުމަށް އޮތް ނަމަ އެކަމެއް ފާހަގަކުރުމަށް ފުރުސަތުދެވިފައިވާނެއެވެ.

29HN5މިކޯޓުގެ ފަހުގެ ޙުކުމްތަކަށް ޙަވާލާދީ މިބާވަތުގެ މައްސަލައެއްގައި ކުއްޖާ ޝަރީޢތަށަ ޙާޟރުކޮށި ހެކިބަސް ނަގަންވާނެކަމަށާއި، މިމައްސަލައިގައި އެފަދައިން ޢަމަލުކޮށްފައިނުވާކަމަށް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ. މިވާހަކައަކ އިސްތިއުނާފީ ކުރު ފަރާތުން ހުށަހެޅި އިސްތިއުނާފީ ދައުވާ ފޯމުގައި ފާހަގަކަކޮށްފައިވާ ވާހަކައެއް ނޫނެވެ. އިސްތިއުނާފު ކުރާ ފަރާތުން ޙަވާލާދިން މިޤަޟިއްޔާތަކުގައި ކަނޑައެޅިފައިވާ އުޞޫލުތައް ބާޠިލުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ފާހަގަކޮށްފައިވަނީ، ކުއްޖާގެ ބަސް ޝަރީޢަތުން ނޫން ގޮތަކަށް ނުނެގޭނެ ކަމަށް ދެކުމުގެ ނަތީޖާއަކީ (ކޯޓުގެ ނަން އުނިކޮށްފައި)ގެ ޝަރީޢަތް ނިމުނުގޮތުގެ ޕެރެގްރާފް 6 – 28 އޮކްޓޯބަރު 2019 ގެ މޙްޟަރަ ބަޔާން ދަށުކޯޓުގެ 23 ޖަނަވަރީ 2020 ގެ މަޙްޟަރު ބަޔާން ހައިކޯޓުގެ 21 ޖުލައި 2024 އަދި 17 އޮކްޓޯބަރު 2024 މަޙްޟަރު ބަޔާން 2022/HC-A/407 [2025] SC 22 ޚާއްސަ ޤާނޫނެއް އޮތުމުގެ މަޤްސަދު ގެއްލި ޚާއްސަ ޤާނޫނުގެ 47 ވަނަ މާއްދާގެ (ޅ)، (އ) އަދި

(ކ) މި އަކުރުތަކުގެ ވާގިނެތުންކމަށާއަ، މިފަދަ މައްސަލަތަކުގައި ކުޑަކުދިންގެ ހެކިބަސް ނެގުމަށް ޝަރީޢަތަށް ހާޟިރުކުރުމަކީ، ވަރަށް އިސްތިސްނާ މަދު ޙާލަތެއްގައި އެ ނޫންގޮތެއ ނެތިގެން ކުރަން 34 33 އޮންނަ ކަމެއްކަން ޤާނޫނުގެ މަޤޞްދަށ ބެލުމުން ދޭހަވާކަމަށާއި، ޚާއްސަ ޤާނޫނުގެ 48 ވަނަ މާއްދާގެ ނައްސަށް ބެލުމުން، ކުޑަކުއްޖެއްގެ ސީދާ ބަސް ޝަރީޢަތަށް ނެގުމަކީ އިޚްތިޔާރެއްކަމަށާއި، އަދި އެކަމަށް ފޯރުކޮށްދީފައިވަނީ ވަރަށް ހަނި ފުރުސަތެއްކަމަށެވެ. އަދި ޤާނޫނުގެ މަޤްސަދަކީ އަދި ޤާނޫނުން ނެރެން ބޭނުންވާ ނަތީޖާ އަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކުގައި ޝަރީޢަތަށް ކުދިން ހާޟިރުނުކުރުން ކމަށަ ފާހަގަކޮށްފައިވެއެވެ.

30މީގެ އިތުރުން، މިމައްސަލަ ހިނގިއިރު، ކޯޓުގެ އިސްމަޤާމެއްގައި ކުއްޖާގެ ބައްޕަ ހުރުމުން މިމައްސަލަ އެކޯޓުގައި ހިންގުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އިސްތިއުނާފުކުރާ ފަރާތުން މިކޯޓުގައި ފާހަގަކޮށްފައިވެއެވެ. ޝަރީޢަތް ހިންގުމުގައި އައަ އިޖުރާއީ އުނިކަމއްކަމަށް އިސްތިއުނާފު ކުރެ ފަރާތުން ފާހަގަކުރާ މިކަމަކީ، ދަށު މަރުހަލާގައިވެސް ފާހަގަކޮށްފައިނުވާ ކަމެއް ކަމަށް ދައުލަތުން ފާހަގަކުރާއިރު، އިސްތިއުނާފު ހުށަހެޅުމުގައިވެސ މިކަން ފާހަގަކޮށްފައިނުވާކަމާއި، އެހެންކަމުން ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި، 43 އަދި 45 ވަނަ މާއްދއާއާ ސުޕްރީމް ކޯޓުގެ އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔއަށާ ރިޢާޔަތްކުރާއިރު، މިނުކުތާއާމެދު މިކޯޓުން މިހިނދުގައި ގޮތެއް ކަނޑައެޅިދާނެ ކަމުގައި ނުދެކެމެވެ. 2009/12 - ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ޤާނޫނު ނަންބަރު 2009/12 -ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު 22/2010 ޒާތީ ހަސަދައަކުން އުފަންކުރުވާފައިވާ މައްސަލއެއަ ކަމަށް ބުން ބުނުނަ

31HN6ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި އަނިޔާ ލިބުނު ކުއްޖާ މުއްތަހަމާ ބެހޭ ގޮތުން ޝަކުވާ ކުރުމުގައި އެއްވެސް ނުނިޔަތެއް އޮތް ތޯ ބލަންވާނެކަމަށަ ކަނޑައަޅާފައިވެއެވެ. އަދި ސުޕްރީމް ކޯޓުގެ ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލް) ވ. ޢަލީ ޝާހް ޤަޟިއްޔާގެ 17 އަދި 18 ވަނަ ޕެރެގްރާފްގައި ކުއްޖާދޭ ހެކިބަހަކީ އާދަޔާ ޚިލާފަށް ޤަބޫލުކުރެވޭ މިންވަރުގެ ހެކިބަހެއްތޯ ބެލުމަށްޓަކައި އެހެކިބަހުގެ އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްވޭތޯ ބެލުމާއި ކުއްޖާގެ ތެދުވެރިކަމާއި ކުއްޖާ މުއްތަހަމާ ބެހޭ ގޮތުން ޝަކުވާކުރުމުގެ އެއްވެސް ނުރަނގަޅު ނިޔަތެއް އޮތް ތޯ ބަލަންޖެހޭ ކަމަށް ބަޔާން ކޮށްފައިވެއެވެ. އަދި މިފަދަ މައްސަލަތަކުގައި ކުއްޖާއަށް އަނިޔާކުރިކަމަށް ބުނެފައިވަނީ، ދޮގުހަދައިގެނ ނުވަތް ނުބައި ނިޔަތެއްގައި ވަކިކަމެއް ހާސިލްކުރުމުގެ ބޭނުމުގައިތޯ ބަލަންވާނެކަމަށް ވެސް އެޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ.

32އަދި ކުއްޖާ ޝަކުވާކުރީ، އެފަދަ ސަބަބެއް އޮވެގެން ކަމަށް ތުހުމަތުކުރެވޭ ފަރާތުން ހަމައެކަނި ބުނާ ބުނުމަކުން ނުފުދޭ ކަމަށާއި، އެކަށީގެންވާ ހެކި ހުށަހަޅައިގެން، މުއްތަހަމުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށާއި ގުޅިގެން ޝަކުވާ ކުރި ކުއްޖާ ވާހަކަ ދެއްކީ، ހަދަ ހަދައިގެން ނުވަތަ އުފައްދައިގެން ކަން ސާބިތުކުރުމުގެ ބުރަ އޮންނާނީ، ކުށުގެ ތުހުމަތު ކުރެވޭ ފަރާތުގެ މައްޗަށްކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އެނޫން ޙާލަތްތަކުގައި ޝަކުވާކުރި ކުއްޖާގެ ވާހަކަތަކަކީ، ނުނިޔަތެއް އޮވެގެން ޙަޤީޤަތާއި ޚިލާފަށް ދެއްކި ވާހަކަތަކެއް ކަމުގައި ނުބެލެވޭނެކަމަށާއި، ކުއްޖާ ޝަކުވާކުރީ، ދޮގު ހަދައިގެން ނުވަތަ ނުބައި ނިޔަތެއްގައި ނޫންކަން ސާބިތުކުރުމުގެ ބުރަ ދައުލަތަށް ފުރޮޅޭނީ، މުއްތަހަމުގެ ފަރާތުން ކުއްޖާގެ ނުނިޔަތް ސާބިތުކުރަން ހެކި ހުށަހަޅާފައިވާނަމަ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

33މިމައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްފައިވަނީ، މިމައްސަލައިގައި މިހިމެނޭ ކަންތައްތަކަކީ، ކުއްޖާގެ ބައްޕަ ކުއްޖާ ލައްވާ ކިއުއްވައިގެން އުޅޭ ވާހަކައެއްކަމަށއި، މިކަމަށް ބާރުލިބެނީ، މި މައްސަލައާއި ގުޅިގެން ދަށު ކޯޓަށް ހުށަހަޅާފައިވާ ލިޔެކިއުންތަކުގެ ތެރޭގައި ކުއްޖާގެ މަންމަގެ ތަޙްޤީޤު ބަޔާނުން ކަމަށެވެ.

34ދަށު ކޯޓުގު ރިޕޯޓަށް ބަލާއިރު، އެރިޕޯޓުގެ 34 ވަނަ ޕެރެގްރާފްގައި "ކުއްޖާގެ ކިޔައިދިނުމަކީ ނުބައި ނިޔަތެއްގައި ބުނެފައިވާ ބުނުމެއްތޯ ބަލަންވާނެކަމާއި ދައުވާ ލިބޭ ފަރާތުން އެހެން ބުނާނަމަ ސާބިތުކުރުމުގެ ޒިންމާ އޮތީ އެފަރާތަށް ކަމަށް" ބަޔާންކޮށްފައިވެއެވެ. އަދި ރިޕޯޓުގެ 35 ވަނަ ޕެރެގްރާފްގައި އެފަދަ ހުށަހެޅުމެއް އިސްތިއުނާފު ކުރާ ފަރާތުން އެކޯޓަށް ހުށަހަޅާފައިނުވާކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް، މިއިސްތިއުނާފުގައި މިފާހަގަކުރާ ކަންތައްތައް ތަޙްޤީޤު ބަޔާނުން ފާހަގަވުމުން އެކަމާމެދު ޝަރީޢަތުންދެކޭ ގޮތް ރިޕޯޓުގެ 36 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ކުއްޖާ މިވާހަކަ ފުރަތަމަ ކިޔައިދިނީ ކުއްޖާގެ އެއްބަފާ ދައްތައަށް ކަމަށާއި އަދި ކުއްޖާ މިވާހަކަ ބައްޕައަށް ކިޔައިދިނީ ކުއްޖާގެ އެއްބަފާ ދައްތަ ހިތްވަރުދީގެނ ކަމަށް ފާހަގަކުރެވޭކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، މިއީ ކުއްޖާގެ ބައްޕައާ އިސްތިއުނާފު ކުރާ ފަރާތާއި އޮތް ޒާތީ މައްސަލައެއްގެ ސަބަބުން ކުއްޖާގެ ބައްޕަ ކުއްޖާ ލައްވާ ދެއްކި ވާހަކައެއް ނޫން ކަމަށް ޝަރީޢަތުން ފާހަގަކޮށްފައިވެއެވެ.

35އެހެންކަމުން، ދައުލަތުން ފާހަގަކުރާ ފަދައިން މިއިސްތިއުނާފީ ނުކުތާގައި ބަހުސއެ އޮތް ކަމަށް ނުފެންނާތީ މިނުކުތާއާމެދު މިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ކަމުގައި ނުދެކެމެވެ.

ނިންމަން ފެންނަ ގޮތް

36އިސްވެ ބަޔާންކުރި ކަންކަން އެގޮތުގައި ހުރުމުން، އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، (ކޯޓުގެ ނަމާއި ނަންބަރު އުނިކޮށްފައި) ޤަޟިއްޔާގެ ނިންމުމަށް ބަދަލެއް ގެންނާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިނގް ރައުޔު

37ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސގެ ރައުޔު

38ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ