ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2009/SC-A/18ސުޕްރީމް ކޯޓު · 22 ފެބުރުއަރީ 2010

—

ސުޕްރީމް ކޯޓު
17 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 22 ފެބުރުއަރީ 2010ބާވަތް: ޖިނާއީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2009/SC-A/18

ދަޢުވާކުރާ ފަރާތް: އާދަމް ޝަރީފް

ދަޢުވާލިބޭ ފަރާތް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

މައްސަލައިގެ ބާވަތް: ޖަމާޢަތްހަދައިގެން ތަނެއް ހަލާކުކޮށްލައިގެން ސަރުކާރުގެ ދިހަހާސް ރުފިޔާއަށްވުރެ އަގުހުރި މުދަލަކުން ވައްކަންކުރުން

މައްސަލަ އައިގޮތް: އިލްތިމާސްއަށް އެދޭ ފޯމުން

ހުށަހެޅުނު ތާރީޚް: 17 މެއި 2009

ނިމުނު ތާރީޚް: 22 ފެބްރުއަރީ 2010

މައްސަލަ ނިންމި ގަޑި: 11:40

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު

އިލްތިމާސް ކުރެވުނު ޤަޟިއްޔާ

ނަންބަރު: 2008/HC-A/16

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 17 ޖެނުއަރީ 2008

ނިމުނު ތާރީޚް: 06 ޖުލައި 2008

މައްސަލައިގެ ޚުލާޞާ

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2008/HC-A/16 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް، ޝަރުޢީ އަދި ޤާނޫނީގޮތުން ރަނގަޅުނޫންކަމަށްބުނެ އެކަންތައްތައް ފާހަގަކޮށް އެޤަޟިއްޔާ އަލުން ބަލައިދިނުމަށް އެދި އާދަމް ޝަރީފް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބަލައިދެވުނު މައްސަލައެކެވެ.

ފާހަގަ ކުރެވުނު ނުކުތާތައް.

މިމައްސަލައާއި ގުޅިގެން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، ޖިނާއީކޯޓުގެ ނަންބަރު 1141/JC/2007 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/16 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، މިމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން ސުޕްރީމް ކޯޓުގައި މިމައްސަލަބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަކަމަކީ އާދަމް ޝަރީފްގެ މައްޗަށް ދައުލަތުން ވައްކަން ކުރުމުގެ ކުށުގެ ދަޢުވާކޮށްފައިވަނީ މީނާ އިތުރު މީހަކާއެކު 2006 ފެބްރުއަރީ 08 ވަނަ ދުވަހުގެރޭ 2:00 ހާއިއިރު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ކުޑަ ދޮރަކަށް ކަށިގަނޑެއް ލައްވައި މަތާލައިގެން ހުޅުވައި އެތާތެރޭގައި ހުރި އެކި ކޮޓަރިތަކަށްވަދެ ގިނަ ޢަދަދެއްގެ އިލެކްޓްރޯނިކްސް ސާމާނު ވަގަށްނަގާފައިވާކަމަށް މިމައްސަލައިގެ ތަޙްޤީޤުގައި އާދަމް ޝަރީފް ދީފައިވާ ބަޔާނުގައި އިޢުތިރާފްވެފައިވާތީއާއި، މިމައްސަލައާ ގުޅިގެން ބަޔާންދީފައިވާ އެހެނިހެން ފަރާތްތަކުގެ ބަޔާންތަކުން ލިބޭ ޤަރީނާތަކުގެ މައްޗަށް ބިނާކޮށްގެންކަން އެނގެން އޮތުމެވެ.

(ށ) ދެވަނަކަމަކީ އާދަމް ޝަރީފްގެ މައްޗަށް ދައުލަތުން ކުރި މިދަޢުވާއަށް މީނާ ޖިނާއީކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިންކާރުކޮށްފައިވިޔަސް ޓްރާންސްޕޯޓް މިނިސްޓްރީ ފަޅާލައިގެން އެތަނުން ވަގަށްނަގާފައިވާ ބައެއްތަކެތި އާދަމް ޝަރީފްގެ ބެލުމުގެ ދަށުގައި ހުއްޓައި ފެނިފައިވާކަން އާދަމް ޝަރީފްގެ އިޢުތިރާފުން އެނގެން އޮތުމެވެ.

(ނ) ތިންވަނަކަމަކީ އާދަމް ޝަރީފްގެ މައްޗަށް ދައުލަތުން ކުރި ވައްކަންކުރުމުގެ ކުށުގެ މިދަޢުވާގައި ބަޔާންކުރެވުނު ކުށް ސާބިތުވާކަމަށް ޖިނާއީކޯޓުން ނިންމި ނިންމުން ރަނގަޅުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/16 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ އާދަމް ޝަރީފް ތަޙްޤީޤުގައި ވެފައިވާ އިޢުތިރާފުގެ މައްޗަށް ބަލައިގެންނޫންކަމާއި، ޖިނާއީކޯޓުގެ އެޙުކުމުގައި ކުށް ސާބިތުވާކަމަށް ނިންމި ނިންމުން ރަނގަޅުކަމަށް ހައިކޯޓުން ނިންމާފައިވަނީ މިމައްސަލައިގެ ތަޙްޤީޤުގައި އާދަމް ޝަރީފް ދީފައިވާ ބަޔާނުގައި މިވައްކަމުގެ ޢަމަލު ހިންގިގޮތް ބަޔާންކޮށްދީފައިވާގޮތާއި، އާދަމް ޝަރީފާއެކު މިވައްކަމުގައި ބައިވެރިވި ދެވަނަ ފަރާތްކަމުގައިވާ މުޙައްމަދު އަޙްމަދު އެޙާދިޘާ ހިނގިގޮތާއި ބެހޭގޮތުންނާއި އެތަން ފަޅާލައިގެން ވަގަށްނަގައިގެން ގެންދިޔަ ތަކެއްޗާއި، އެތަކެއްޗާއިމެދު ޢަމަލުކުރިގޮތާއި ބެހޭގޮތުން ދައްކާފައިވާ ވާހަކަތަކުގައި ހުރި ގުޅުންތަކުގެ މައްޗަށާއި، މިދެމީހުން ކުއްޔަށް ހިފައިގެން އުޅުނު މއ.ނޫމަސްގެސްޓްހައުސްގެ ކޮޓަރިން ނެރެފައިވާ ތަކެއްޗާއި، އާދަމް ޝަރީފް ދިރިއުޅޭގޭގައި ހުރި އާދަމް ޝަރީފްގެ ދަބަހުން ފެނިފައިވާ ތަކެތީގެ ތެރޭގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް ފަޅާލައިގެން ވަގަށްގެންގޮސްފައިވާ ތަކެތި ހިމެނިފައިވާތީއާއި، މިކަންކަމުގެ މައްޗަށް ލިބިފައިވާ ގުޅިފައިވާ ޤަރީނާތަކާއި ހެކިތަކުގެ މައްޗަށް ބިނާކޮށް އެކަށީގެންވާ މިންވަރަށް ޝައްކެއްނެތި ކުށް ސާބިތުވާކަމަށް ޝަރީޢަތަށް ބުރަވެވިގެންކަން އެނގެން އޮތުމެވެ.

(ރ) ހަތަރުވަނަކަމަކީ 2008 އޯގަސްޓް 07 ގައި ޢަމަލުކުރަން ފެށުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ތަޢާރުޟްވުމުގެ ސަބަބުން ޤާނޫނެއް އުވިގެންދިޔަ ކަމުގައިވިޔަސް އެޤާނޫނުއަސާސީގައި އެހެންގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު އެޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޢަމަލުކުރެވެމުންދިޔަ ޤާނޫނެއްގެ ދަށުން ލިބިފައިވާ ޙައްޤެއް ނުވަތަ ފުރިހަމަކުރަންޖެހޭ ޒިންމާއެއް ނުވަތަ ދީފައިވާ އަދަބެއް ބާޠިލެއް ނުވާނޭކަން އެޤާނޫނުއަސާސީގެ 270 ވަނަ މާއްދާގެ ޞަރީޙަ ނައްޞުން އެނގެން އޮތުމެވެ.

(ބ) ފަސްވަނަކަމަކީ އާދަމް ޝަރީފްގެ ކުށުގެ ރެކޯޑު ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ކުށުގެ ޢަދަދު ގުނުމުގައި ކުށެއް އޮތްކަމަށް ބުނެފައިވާ ނުކުތާގައި ކަން ހިނގާފައިވާ ގޮތް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބެލިއިރު، 2007/ޖޭސީ/444 ނަންބަރު ޤަޟިއްޔާ ހިމެނިފައިވަނީ ލިޔުމުގެ ކުށަކުންކަން ޖިނާއީކޯޓުގައިވާ، އާދަމް ޝަރީފްގެ ކުށުގެ ރެކޯޑުން އެނގޭ ކަމާއި، ރަނގަޅުގޮތަކީ 1997/ޖޭސީ/444 ކަމާއި، މިކުށް އިޞްލާޙު ކުރިކަމުގައި ވިޔަސް އާދަމް ޝަރީފްގެ މައްޗަށް ސާބިތު ވެފައިވާ ވައްކަމުގެ ކުށުގެ ޢަދަދަށް ބަދަލު އައިސްފައި ނުވާތީ ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ ދަށުން ކަނޑައެޅިފައިވާ އަދަބު އިޞްލާޙު ކުރެވޭނެ ތަނެއް ނެތްކަން އެނގެން އޮތުމެވެ.

ޙުކުމް:

އިސްވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު ޖިނާއީކޯޓުގެ ނަންބަރު 1141/JC/2007 ޤަޟިއްޔާގައި އާދަމް ޝަރީފްގެ މައްޗަށް ވައްކަންކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ޤާނޫނުލް ޢުޤޫބާތުގެ 132 ވަނަ މާއްދާއާއި، 136 ވަނަ މާއްދާއާއި، 137 ވަނަ މާއްދާއާއި، 143 ވަނަ މާއްދާގެ ދަށުން އެޤަޟިއްޔާގައި ޢުޤޫބާތް ކަނޑައެޅުއްވިގޮތް ރަނގަޅުކަމަށް ކަނޑައަޅައި މިއީ އާދަމް ޝަރީފްގެ މައްޗަށް ވައްކަންކުރުމުގެ ކުށް ސާބިތުވި 09 ވަނަ ފަހަރުކަމަށްވާތީ، 131 ވަނަ މާއްދާގެ (ހ) ގެ ދަށުން އާދަމް ޝަރީފް 09 އަހަރު ދުވަހުގެ މުއްދަތަށް އެކު ޖުމްލަ 16 އަހަރާއި 03 މަސްދުވަހުގެ މުއްދަތަށް އާދަމް ޝަރީފް ޖަލަށްލުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/16 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްކަމަށް ސުޕްރީމް ކޯޓުގައި މިމައްސަލަބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު އެޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް މައްސަލަ ނިންމީއެވެ.

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު އަޙުމަދު ފާއިޒު ޙުސައިން

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ