ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2022] SC 81 · 2021/SC-A/67

ނޮކް ހިއު ޝިޕިންގ ކޯ ލިމިޓެޑް ވ. ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީ (ހައިސް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް)

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
4 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 27 ނޮވެމްބަރު 2022ދަށު ކޯޓު: ސިވިލް ކޯޓު (1817/Cv-C/2016)ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2017/HC-A/318، 1817/Cv-C/2016
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

މަދަނީއިހުމާލުވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުންތަޤްޞީރީ މަސްއޫލިއްޔަތު ގެ އަސާސީ ރުކުންތައްރައްކާތެރިކޮށްދޭންޖެހޭ ޤާނޫނީ ވާޖިބު (legal duty)ފަރުވާ ކުޑަ ޢަމަލު (negligent act)ނުކޮށް ދޫކޮށްލި ޢަމަލު (omission act)އައު ހެކި ބަލައިގަތުމުގައި ފުރިހަމަވާންޖެހޭ އުންސުރުތައްޝަރުޢިއްޔަތެއް ނެތް ޢަމަލު (Fault)ގެއްލުން (Damage)ކުރި ޢަމަލާއި ލިބުނު ގެއްލުމާ ދެމެދު ގުޅިފައިވާ ސަބަބީ ގުޅުން (Causal link)ގެއްލުމެއް ލިބިދާނެކަމުގެ އިޙްތިމާލު އޮތުން (foreseeability)ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާ ދެމެދު އެކަށީގެންވާ ގާތްގުޅުމެއް އޮތުން (proximity ( ޢަދުލުވެރިހަމަސަބަބުވެރި މިންގަނޑުއިހުމާލުވި ފަރާތް ގެއްލުމަށް ޒިންމާކުރުވުން --Duty of Careއެޕްރޯޗް ބޭސްޑް (approached based) -ޤާނޫނީ ޒިންމާއާ ޚިލާފަށް ކުރި ޢަމަލާ ގުޅިފައިވާ ގެއްލުމެއްކަން (Causation)ޓޯޓްއާ ގުޅޭ މައްސަލަތައްޓޯޓް ޤާނޫނުގައި އިހުމާލު (negligence) -އިހުމާލުވުމުގެ ޢަމަލެއްގެ (negligent act)މަދަނީ ގޯހެއް ހެދުމުގެ ސަބަބުން އުފުލަންޖެހޭ ތަޤްޞީރީ މަސްއޫލިއްޔަތު (tortious responsibility)

ޚުލާޞާ

ކޯޓަށް އައި ގޮތް
ބަނދަރުގެ ފާލަން ވެއްޓިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ނޮކް ހިއު ޝިޕިންގ އިން ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. ސިވިލް ކޯޓުގެ 1817/Cv-C/2016 ޤަޟިއްޔާގައި، ހައިސްގެ މައްޗަށް ޝަރުޢިއްޔަތެއް ނެތް ޢަމަލު (ޚަޠައު) ސާބިތުނުވާތީ ހައިސް ޒިންމާނުވާ ކަމަށް ނިންމިއެވެ. ހައިކޯޓުގެ 2017/HC-A/318 ޤަޟިއްޔާގައި ސިވިލް ކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ނިންމިއެވެ. ނޮކް ހިއު ޝިޕިންގ އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
ވާޤިޢާ
ވިއެޓްނާމްގައި ރަޖިސްޓްރީކޮށްފައިވާ ނޮކް ހިއު ޝިޕިންގ ގެ MV Thai Binh Star 01 އުޅަނދު، ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީއިން ތިލަފުށީގައި ހިންގާ ބަނދަރުގައި ސޮނީ ހާޑްވެއަރ ޕްރައިވެޓް ލިމިޓެޑްގެ މުދާ ބާލަމުން ދަނިކޮށް، 25 އޮކްޓޫބަރު 2013 ގެ ރޭގަނޑު ފާލަމާއެކު ބަނދަރުގެ ބައެއް ކަނޑައިގެން ކަނޑަށް ފައިބައިގެން ދިޔައެވެ. އުޅަނދަށާއި ފަޅުވެރިންނަށާއި ތަކެތިއަށް ގެއްލުން ލިބުނެވެ. ހައިސްއާއި ސޮނީ ހާޑްވެއަރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބަނދަރު ބޭނުންކުރާއިރު ސަލާމަތީ ފިޔަވަޅު އެޅުމުގެ ޒިންމާ އޮތީ ސޮނީ ހާޑްވެއަރ ކިބައިގައެވެ. ނޮކް ހިއު ޝިޕިންގ އިން ހުށަހެޅި ސާވޭ ރިޕޯޓުގައިވަނީ ހާދިސާ ހިނގީ ފާލަމަށް ބަރުކުރަންޖެހޭ ވަރަށްވުރެ ބޮޑަށް ބަރުކުރުމުން ކަމަށެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކޮންޓްރެކްޓެއްގެ ދަށުން ބަނދަރު ބޭނުންކުރަން އެހެން ފަރާތަކާ ޙަވާލުކޮށްފައިވާ ހިނދު، ބަނދަރުގެ ފާލަން ވެއްޓިގެން އުޅަނދަކަށް ލިބުނު ގެއްލުމަށް ބަނދަރު ހިންގާ ފަރާތް އިހުމާލުގެ ތަޤްޞީރީ މަސްއޫލިއްޔަތުން ޒިންމާވާންޖެހޭތޯ؟
ޚަޞްމުންގެ ހުށަހެޅުންތައް
ނޮކް ހިއު ޝިޕިންގ އިން ބުނީ، ބަނދަރުގެ އަމުރުވެރި ފަރާތުގެ ޙައިޘިއްޔަތުން ހައިސްގެ މައްޗަށް ފަރުވާބެހެއްޓުމުގެ ޒިންމާ (duty of care) އޮތް ކަމަށާއި، ބަނދަރު އޯވަރ ލޯޑްވިކަމުގެ މައްޗަށް އެކަނި އެ ޒިންމާއާ ޚިލާފުނުވާ ކަމަށް ކަނޑައެޅުމަކީ އޮކިއުޕަޔާރސް ލައިބިލިޓީގެ އުޞޫލުތަކާ ޚިލާފު ކަމަށާއި، ސޮނީއާއި ހައިސްއާ ދެމެދުގެ އެއްބަސްވުމުން ތިންވަނަ ފަރާތަކާމެދު އޮތް ތަޤްޞީރީ މަސްއޫލިއްޔަތު ނަފީނުވާ ކަމަށެވެ. ހައިސްއިން ބުނީ، އެއްބަސްވުމުގެ ދަށުން ބަނދަރު ސޮނީ ހާޑްވެއަރއާ ޙަވާލުކޮށްފައިވާ ކަމަށާއި، ފާލަން ވެއްޓުމަކީ އޭގެ ޒާތުގައި އިހުމާލު ސާބިތުވާ ކަމެއް ނޫން ކަމަށާއި، ސަބަބީ ގުޅުމެއް ނެތް ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓުން ކަނޑައެޅީ، ދިވެހިރާއްޖޭގައި ތަޤްޞީރީ މަސްއޫލިއްޔަތުގެ ރުކުންތައް ކަނޑައަޅާފައިވަނީ ޝަރުޢީ ނިންމުންތަކުގައި ކަމަށާއި، އިހުމާލުގެ ދަޢުވާއެއް ސާބިތުކުރުމަށް ފަރުވާބެހެއްޓުމުގެ ޒިންމާއާއި، އެ ޒިންމާއާ ޚިލާފުވުމާއި، ގެއްލުމާއި، ސަބަބީ ގުޅުން ސާބިތުކުރަންޖެހޭ ކަމަށެވެ. ހާދިސާ ހިނގިކަމުގެ މައްޗަށް އެކަނި (res ipsa loquitur) ތަޤްޞީރީ މަސްއޫލިއްޔަތު އުފުލަންޖެހޭނެ ކަމަށް ކޯޓުން ނުދެކެއެވެ. ބަނދަރު ކޮންޓްރެކްޓެއްގެ ދަށުން ސޮނީ ހާޑްވެއަރއާ ޙަވާލުކޮށްފައިވާތީ ހާދިސާ ހިނގިއިރު އަމުރުވެރި ފަރާތަކީ ސޮނީ ހާޑްވެއަރ ކަމާއި، ހައިސްގެ މައްޗަށް ފަރުވާބެހެއްޓުމުގެ ޒިންމާއެއް އޮވެ އެ ޒިންމާއާ ޚިލާފުވިކަން ސާބިތުނުވާތީ، ހައިކޯޓުގެ ނިންމުމަށް އިއްތިފާޤުން ތާއީދުކުރިއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ތަޤްޞީރީ މަސްއޫލިއްޔަތު އަދާނުކުރުމާ ގުޅިގެން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ދިވެހިރާއްޖޭގައި ޢަމަލުކުރާނެ ވަކި ޤާނޫނެއް ލިޔެފައެއް ނެތެވެ. އިހުމާލުވުމުގެ ޢަމަލެއްގެ (negligent act) ނުވަތަ މަދަނީ ގޯހެއް ހެދުމުގެ ސަބަބުން އުފުލަންޖެހޭ ތަޤްޞީރީ މަސްއޫލިއްޔަތު (tortious responsibility) އަކީ ކޮބައިކަމާއި އެ ގޯހުގެ ރުކުންތަކަކީ ކޮބައިކަން، ކަނޑައަޅާފައިވަނީ ޝަރުޢީ ނިންމުންތަކުގައެވެ.

HN2 ތަޤްޞީރީ މަސްއޫލިއްޔަތު އޮތްކަމަށް ބެލެވޭނީ މައިގަނޑުގެ 02 (ދޭއް) އުންސުރެއް ފުރިހަމަވެގެންކަން އެނގެއެވެ. އެއީ، ޤާނޫނީ ވާޖިބު (legal duty) އެއް އޮވެ، އެ ޤާނޫނީ ވާޖިބު އަދާކުރުމުގައި ސަމާލުކަންދޭންޖެހޭ ފަރުވާބެހެއްޓުމުގެ ޒިންމާ (duty of care) ގެ މިންގަނޑުތަކާ ޚިލާފުވުމުންކަން އެނގެއެވެ.

HN3 ފަރުވާބެހެއްޓުމުގެ ޒިންމާ (duty of care) ގެ މިންގަނޑުތަކާ ޚިލާފުވެފައިވާކަން ކަނޑައެޅުމުގައި އަންނަނިވި އަސާސީ 03 (ތިނެއް) ރުކުން ފުރިހަމަވެފައިވޭތޯ ޔަޤީންކުރަންވާނެއެވެ. (1) ޤާނޫނުން މަތިކުރާ ޢަމަލަކާ ޚިލާފުވުމުގެ ޢަމަލު (Fault)؛ (2) ޤާނޫނުން މަތިކުރާ ޢަމަލަކާ ޚިލާފުވުމުގެ ސަބަބުން އެހެން ފަރާތަކަށް ގެއްލުން ލިބުން، (Damage)؛ އަދި (3) އެ ގެއްލުން ލިބިފައިވަނީ އެ ޢަމަލުގެ ސަބަބުންކަން ދައްކައިދެނިވި ސަބަބީ ގުޅުން (Causal link). މިއެވެ.

HN4 މި ރާއްޖޭގައި ޢަމަލުކުރަމުންދަނީ، އެޕްރޯޗްޑް ބޭސްޑް (approached based) އުޞޫލެއް ގެންގުޅެ، ޤާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ގޮތުގެމަތީން، މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ދަށު މަރުޙަލާގެ ކޯޓުތަކުން ތަބަޢުވާންޖެހޭ އުޞޫލަށް ބެލުމާއެކު ވަކިވަކި މައްސަލަތަކުގައި މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމަވާފައިވާ ނިންމެވުންތަކަށް ރިޢާޔަތްކޮށް މައްސަލަ ބައްލަވާ ފަނޑިޔާރުގެ ކުރިފުޅުމަތީގައި އޮތް މައްސަލައަށް މަތީ މަރުޙަލާގެ ކޯޓުގެ ނިންމުން ތަޠުބީޤު ކުރެއްވުމެވެ.

HN5 ފަރުވާބެހެއްޓުމުގެ ޒިންމާ (duty of care) އަދާނުކުރުމުގެ ސަބަބުން ގެއްލުން ލިބިފައިވަނީ ވަކި ފަރާތެއްގެ އިހުމާލުން ކަމަށް އެއްވެސް ފަރާތަކުން ބުނާނަމަ، އިހުމާލުވިފަރާތް އެ ގެއްލުމަށް ޒިންމާކުރުވުމަށްޓަކައި އަންނަނިވި އަސާސީ 04 ރުކުން ސާބިތުކޮށްދޭންޖެހޭނެއެވެ. އެއީ؛ (1) އިހުމާލުވިކަމަށް ބުނާ ފަރާތުން ގެއްލުން ލިބުނު ފަރާތުގެ މައްޗަށް އަދާކުރަންޖެހޭ ފަރުވާބެހެއްޓުމުގެ ޒިންމާއެއް އޮތްކަން (Duty of Care)؛ (2) އިހުމާލުވި ފަރާތުން އެ ޤާނޫނީ ޒިންމާއާ ޚިލާފުވެފައި ވާކަން (Breach of Duty of Care)؛ (3) އިހުމާލުވިފަރާތުން އެ ޤާނޫނީ ޒިންމާއާ ޚިލާފުވުމުގެ ސަބަބުން ގެއްލުމެއް ލިބިފައިވާކަން (Damages)؛ އަދި (4) އެ ގެއްލުމަކީ އިހުމާލުވިފަރާތުން ޤާނޫނީ ޒިންމާއާ ޚިލާފަށް ކުރި ޢަމަލާ ގުޅިފައިވާ ގެއްލުމެއްކަން (Causation). މިއެވެ.

HN6 މިފަދަ މައްސަލަތަކަކީ، ހާދިސާ ހިންގިކަމުގެ މައްޗަށް ހަމައެކަނި ރިޢާޔަތްކޮށް (res ipsa loquitur)، ތަޤްޞީރީ މަސްއޫލިއްޔަތު އުފުލަންޖެހޭނެ މައްސަލައެއް ކަމަކަށް އަހުރެން ނުދެކެވެ. މިފަދަ މައްސަލަތަކުގެ ޒިންމާ އުފުލަންޖެހޭކަމަށް ކަނޑައެޅޭނީ، ޤާނޫނީ ގޮތުން އެތަނެއްގެ އަމުރުވެރި ފަރާތް (occupier) އަކީ ކޮބައިތޯ ބަލައި މަތީގައިވާ ޕެރެގްރާފް 16 ގައި ބަޔާންކޮށްފައިވާ އަސާސީ 04 ރުކުން ސާބިތުކޮށްދެވިގެންނެވެ.

HN7 ކޮންޓްރެކްޓެއްގެ ދަށުން، ކޮންޓްރެކްޓްގައި ހިމެނޭ ވަކި ފަރާތަކުން ވަކި ކަމެއް ކުރަން އެއްބަސްވެފައިވާނަމަ ނުވަތަ ވަކި މަސްއޫލިއްޔަތެއް އަދާކުރަން އެއްބަސްވެފައިވާނަމަ އެ ކަމެއް ކުރާނީ ނުވަތަ އެ މަސްއޫލިއްޔަތު އުފުލާނީ ކޮންޓްރެކްޓްގައިވާ ގޮތުގެ މަތިން އެ މަސްއޫލިއްޔަތު މަތިކުރެވިފައިވާ ފަރާތުންނެވެ. ކޮންޓްރެކްޓެއް އޮތުމަކީ އޭގެ ޒާތުގައި ތަޤްޞީރީ މަސްއޫލިއްޔަތު އުފުލަންޖެހޭ ނުވަތަ އުފުލަންނުޖެހޭ ސަބަބެއްވެސް ނޫނެވެ. ތަޤްޞީރީ މަސްއޫލިއްޔަތު އުފުލަންޖެހޭނީ ތަޤްޞީރީ މަސްއޫލިއްޔަތު އުފުލަންޖެހޭކަމަށް ޤާނޫނު ޤަބޫލު ކުރާ ޝަރުޠުތައް ފުރިހަމަވުމުންނެވެ.

HN8 ފަރުވާބެހެއްޓުމުގެ ޒިންމާ (Duty of Care) އެއް އޮވެގެން މެނުވީ އެ ޒިންމާއާ ޚިލާފެއް ނުވެވޭނެއެވެ. ޙަޤީޤަތެއް ސާބިތުވެއްޖެކަމަށް ޝަރީޢަތުން ބަލާނީ އެކަމެއް ސާބިތުކުރުމަށް ކަނޑައެޅިފައިވާ ހަމަތަކުގެ މަތިން އެކަމެއް ސާބިތުވެއްޖެކަމަށް ޝަރީޢަތުގެ މަޖިލީހަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
އަޙްމަދު މުޢުތަޞިމް ޢަދުނާން (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޑރ. މުޙައްމަދު އިބްރާހީމް
ރިޔާސަތު
އަޙްމަދު މުޢުތަޞިމް ޢަދުނާން
ރައުޔު ލިޔުނު ފަނޑިޔާރު
އަޙްމަދު މުޢުތަޞިމް ޢަދުނާން · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، ޑރ. މުޙައްމަދު އިބްރާހީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ތަޢާރުފު

1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/318 ޤަޟިއްޔާ ނިންމާފައިވާގޮތް ރަނގަޅުނޫން ކަމަށް ބުނެ، ވިއެޓްނާމްގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏެއްކަމަށްވާ، ނޮކް ހިއު ޝިޕިންގ ކޯ ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 1000972462)، (މީގެ ފަހުން: "ނޮކް ހިއު ޝިޕިންގ" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީ (ރަޖިސްޓްރީ ނަންބަރު C-0586/2010) (މީގެ ފަހުން: "ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީ" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ.

ސިވިލް ކޯޓުގައި ކުރި ދަޢުވާގެ ޚުލާޞާ

2މި ދަޢުވާއަކީ، ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީ އިން ތިލަފުށީގައި ހިންގާ ބަނދަރަށް ނޮކް ހިއު ޝިޕިންގ ގެ އުޅަނދު MV Thai Binh Star 01 (މީގެ ފަހުން "ބޯޓު" ނުވަތަ "އުޅަނދު") މުދައު ބޭލުމަށް ކައިރިކޮށްފައިވަނިކޮށް، ބަނދަރުގެ ފާލަން ހަލާކުވެ މޫދަށް ވެއްޓި ދިޔުމުގެ ސަބަބުން، ބޯޓަށާއި، ބޯޓުގައި ހުރި ތަކެއްޗަށާއި، އެވަގުތު ބޯޓުގައި ތިބި މީހުންނަށް ލިބިފައިވާ ގެއްލުމާއި، އެ ފާލަން ވެއްޓުމުގެ ނަތީޖާއެއްގެ ގޮތުން ނޮކް ހިއު ޝިޕިންގ އަށް ލިބުނު ގެއްލުމުގެ ބަދަލު ދާދުލަން އެދި ނޮކް ހިއު ޝިޕިންގ ގެ ފަރާތުން ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީގެ މައްޗަށް ކުރި ދަޢުވާއެކެވެ. ނޮކް ހިއު ޝިޕިންގ ގެ ފަރާތުން ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 1817/Cv-C/2016 ޤަޟިއްޔާއިންނެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމި ގޮތް

3ސިވިލް ކޯޓުން މި މައްސަލަ ނިންމާފައިވަނީ މައްސަލައިގައި ހަވާލާދޭ ބަނދަރުގެ ފާލަން ހަލާކުވެ ވެއްޓިފައިވަނީ ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީގެ އިހްމާލެއް އޮވެގެންކަން ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާތީ، މި ހާދިސާގެ ސަބަބުން ނޮކް ހިއު ޝިޕީންގއަށް ލިބުނު ގެއްލުމަށް ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީ ޒިންމާކުރެވެން ނެތްކަމަށް ކަނޑައަޅައެވެ.

4ސިވިލް ކޯޓުގެ ނަންބަރު 1817/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވަނީ ބޯޓު ބަނދަރާ ކައިރިކޮށްފައިވަނިކޮށް، ބަނދަރުގެ ފާލަން ހަލާކުވެ ވެއްޓުމުގެ ސަބަބުން ބޯޓަށާއި ބޯޓުގެ ބައެއް ފަޅުވެރިންނަށް އަދި ތަކެއްޗަށް ގެއްލުންވެފައިވާކަން ހުށަހެޅި ބަޔާންތަކާއި ލިޔުންތަކުން އެނގެން އޮތްކަމުގައިވިއަސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ލަޠީފް ވ. އާމިނަތު ޝާހިދާ ޤަޝިއްޔާއިން ކަނޑައަޅުއްވާފައިވާ ތަޤްޞީރީ މަސްއޫލިއްޔަތު (Tort) ގެ އަސާސީ ރުކުންތަކުގެ ތެރެއިން ފުރަތަމަ ރުކުން، ޝަރުޢިއްޔަތެއް ނެތް ޢަމަލު (ޚަޠައު / Fault)، ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީގެ މައްޗަށް ސާބިތު ނުވާކަމަށެވެ.

5ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީގެ މައްޗަށް ޝަރުޢިއްޔަތެއް ނެތް ޢަމަލު (ޚަޠައު / Fault) ސާބިތުނުވާކަމަށް ސިވިލް ކޯޓުން ނިންމީ އަންނަނިވި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށެވެ. 1 ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/10 ޤަޝިއްޔާ. 2 ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/10 ޤަޟިއްޔާއިން ކަނޑައެޅި ތިން ރުކުނަކީ: (1) ޝަރްޢިއްޔަތެއް ނެތް ޢަމަލު، (2) ގުއްލު. (3) ކުރި ޚަޠައުގެ ޢަމަލާއި ލިބުނު ގެއްލުމާ ދެމެދު ގުޅިފައިވާ ސަބަބީ ގުޅުން. (1) ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީއާއި ސޮނީ ހާޑްވެއަރ ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ސޮނީ ހާޑްވެއަރ") އާދެމެދު ބަނދަރުގެ ބޭނުންކުރުމަށް ވެފައިވާ އެއްބަސްވުމުގެ 1 ވަނަ މާއްދާގައި ބަނދަރު ބޭނުންކުރުމުގެ މަސައްކަތުގެ ތެރެއިން ބޯޓަށާއި، ބޯޓުގައި ތިބޭ މީހުންނަށް ލިބިދާނެ ގެއްލުމަކަށް ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީއިން ޒިންމާވާން ނުޖެހޭނެކަމަށް އެއްބަސްވެފައިވާކަން؛ (2) ނޮކް ހިއު ޝިޕިންގ އިން ހުށަހަޅާފައިވާ ސަރވޭ ރިޕޯޓުގައި ހާދިސާ ހިނގަން މެދުވެރިވި ސަބަބުކަމަށް ބެލެވެނީ، ފާލަމަށް އެކަށީގެންނުވާ މިންވަރަށް ބަރުކޮށްފައިވުންކަން؛ އަދި (3) ދިވެހިރާއްޖޭގެ ޓްރާންސްޕޯޓް އޮތޯރިޓީން ދޫކޮށްފައިވާ ސްޓޭޓްމަންޓް އޮފް ކޮމްޕްލައިންސް އޮފް އ ޕޯރޓް ފެސިލިޓީގެ ދަށުން އެ ބަނދަރުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީއިން ބަލަހައްޓާފައިވާތީ، މި ހާދިސާގައި ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީގެ އިހުމާލެއް އޮތްކަމަކަށް ޝަރީޢަތަށް ބުރަވެވެން ނެތްކަމެވެ.

ހައިކޯޓުގައި ކުރި އިސްތިއުނާފު

6ސިވިލް ކޯޓުގެ ނަންބަރު 1817/Cv-C/2016 ޤަޟިއްޔާ ނިންމާފައިވާގޮތާމެދު ހިތްހަމަ ނުޖެހޭތީވެ ނޮކް ހިއު ޝިޕިންގ ގެ ފަރާތުން މައިގަނޑު 03 (ތިނެއް) ނުކުތާއެއް ފާހަގަކޮށް އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ނޮކް ހިއު ޝިޕިންގ ގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި ނުކުތާތަކަކީ: (1) ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީއަށް ޓްރާންސްޕޯރޓް އޮތޯރިޓީއިން ދޫކޮށްފައިވާ ސްޓޭޓްމަންޓް އޮފް ކޮމްޕްލައިންސް އޮފް އ ޕޯރޓް ފެސިލިޓީއަކީ ބަނދަރުގެ ސެކިއުރިޓީ ބެލެހެއްޓުމާ ބެހޭގޮތުން ދޫކޮށްފައިވާ ސެޓްފިކެޓެއް ކަމުގައިވާއިރު، އެ ސެޓްފިކެޓްގެ މައްޗަށް ބިނާކޮށް ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީއިން ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާފައިވާކަމަށް ސިވިލް ކޯޓުން ކަނޑައަޅުއްވައި، މާނަކުރައްވައި، މައްސަލަ ނިންމަވާފައިވަނީ ރަނގަޅަށްނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ. (2) ބަނދަރު ބަލަހައްޓަމުންދާ ފަރާތުގެ އިހުމާލެއްނެތި ބަނދަރުގެ ފާލަން ވެއްޓުމަކީ ނުވާނެކަމެއް ކަމުގައިވާއިރު، އެކަމަށް ރިޢާޔަތް ނުކުރައްވައި، ސުޕްރީމް ކޯޓުގެ އިބްރާހީމް ލަޠީފް ވ. އާމިނަތު ޝާހިދާ 4 ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާ ތަޤްޞީރީ މަސްއޫލިއްޔަތުގެ އަސާސީ ރުކުންތަކުގެ ތެރޭގައި ހިމެނޭ ފުރަތަމަ ރުކުން ކަމުގައިވާ ޝަރުޢިއްޔަތެއް ނެތް ޢަމަލު (ޚަޠައު / Fault) މި ހާދިސާގައި ސާބިތު ނުވާކަމަށް ކަނޑައަޅުއްވާފައިވަނީ ހެއްކާބެހޭ ޤާނޫނުގެ 06 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ. (3) ބަނދަރުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ބެލެހެއްޓުމަކީ ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީގެ ޒިންމާއެއްކަމުގައިވާއިރު، އަދި އެ ފަރާތުގެ ޒިންމާއިން ބަރީޢަވާނީ ވަކި ޙާލަތްތަކެއްގައި ކަމުގައިވާއިރު، އެފަދަ ޙާލަތެއް މެދުވެރިނުވަނީސް ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީ ޒިންމާއިން ބަރީޢަވެފައިވާކަމަށް ކަނޑައަޅުއްވާފައިވަނީ ރަނގަޅަށް ނޫން ކަމަށް ބުނެ ހުށަހެޅި ނުކުތާ.

ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ގޮތް

7ސިވިލް ކޯޓުގެ ނަންބަރު 1817/Cv-C/2016 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް ހައިކޯޓުން ވަނީ ނިންމަވާފައެވެ. ނޮކް ހިއު ޝިޕިންގ ގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ހައިކޯޓުގެ ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާގައި އަންނަނިވި ކަންކަން ފާހަގަކުރައްވާފައިވެއެވެ. (1) ނޮކް ހިއު ޝިޕިންގ ހުށަހެޅި ފުރަތަމަ އިސްތިއުނާފީ ނުކުތާއާ ގުޅިގެން ހައިކޯޓުން ވިދާޅުވަނީ، ޓްރާންސްޕޯރޓް އޮތޯރިޓީ އިން ދޫކޮށްފައިވާ ސްޓޭޓްމަންޓް އޮފް ކޮމްޕްލައިންސް އޮފް އ ޕޯރޓް ފެސިލިޓީއަކީ ބަނދަރުގެ އަމާންކަން ބެލެހެއްޓުމުގެ ގޮތުން އިންޓަރނޭޝަނަލް ކޯޑް ފޯ ދަ ސެކިއުރިޓީ އޮފް ޝިޕްސް އެންޑް ޕޯރޓް ފެސިލިޓީސް (ISPS Code)ގެ ދަށުން ކަނޑައަޅާފައިވާ ކަންކަން ފުރިހަމަވާކަން އަންގައިދޭ ލިޔުމެއް ކަމާއި، އެއީ އެ ބަނދަރު ބޭނުންކުރުމުގައި ބަނދަރުގެ ރައްކާތެރިކަމާ ގުޅިފައިވާ ކަންކަން ޓްރާންސްޕޯރޓް އޮތޯރިޓީއިން ބަލައި ދޫކޮށްފައިވާ ލިޔުމެއް ނޫންކަން އެ ލިޔުމުންނާއި ޙަވާލާދީފައިވާ ކޯޑަށް ރިޢާޔަތް ކުރާއިރު އެނގެން އޮތުމުން، ދަށުކޯޓުން މި ނުކުތާއާމެދު ނިންމަވާފައިވާ ނިންމުމަކީ ރަނގަޅު ނިންމެވުމެއް ނޫންކަން. (2) ނޮކް ހިއު ޝިޕިންގ އިން ހުށަހެޅި ދެވަނަ އިސްތިއުނާފީ ނުކުތާއާ ގުޅިގެން ހައިކޯޓުން ވިދާޅުވަނީ، ސޮނީ ހާޑްވެއަރއާއި ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 1 ވަނަ މާއްދާގައި، ސަލާމަތްތެރިކަމާއެކު އެ ބަނދަރު ބޭނުންކުރުމަކީ ސޮނީ ހާޑްވެއަރގެ ޒިންމާއެއްކަމާއި، އަދި އެ ބަނދަރު ބޭނުންކުރުމުގެ މަސައްކަތުގެ ތެރެއިން އުޅަނދަށާއި، އުޅަނދުގައިވާ މީހުންނަށް ލިބޭ ގެއްލުމަކަށް ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީއިން ޒިންމާވާން ނުޖެހޭނެކަމަށް ބަޔާންކޮށްފައި އޮތްކަން އެނގެން އޮތުމުން، މި މައްސަލައިގައި ތަޤްޞީރީ މަސްއޫލިއްޔަތު ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީއިން އުފުލާންޖެހޭ ޤާނޫނީ ހަމައެއް ނެތްކަން. (3) ނޮކް ހިއު ޝިޕިންގ އިން ހުށަހެޅި ތިންވަނަ އިސްތިއުނާފީ ނުކުތާއާ ގުޅިގެން ހައިކޯޓުން ވިދާޅުވަނީ، ނޮކް ހިއު ޝިފިންއިން ދެއްކި ވާހަކަތަކުން، ބޯޓު ބަނދަރުކުރީ 22 އޮކްޓޫބަރު 2013 ގެ 09:10 ގައި ކަމާއި، ހަމަ އެ ދުވަހުގެ ހެނދުނު 10:00 ގައި އެ ބޯޓުން މުދާ ބާލަން ފެށިކަމާއި، ބޯޓުން ބާލާ މުދާ ކަމާލުކުރަމުން ގެންގޮސްފައިވަނީ ބަނދަރުގެ ބައިގެ އެތެރެ ފަރާތުގައި ކަމާއި، 25 އޮކްޓޫބަރު 2013 ވަނަ ދުވަހު މުދާ ބޭލުމުގެ މަސައްކަތް ކޮށްފައިވަނީ މެންދުރު ފަހު 2:00 ން 7:30 އަށް ކަމާއި، ހަމަ އެރޭ 8:14 އެހާކަންހާއިރު މުދާ ކަމާލުކޮށްފައިވާ ސަރަޙައްދުގައި ބޮޑެތި ރެނދުތަކެއް ލާފައިވާކަމުގެ ރިޕޯޓްކޮށްފައި ވާކަމާއި، އަދި އެރޭ 8:15 އާއި 8:30 އާދެމެދުގެ ވަގުތެއްގައި، މުދާ ބާލާ ފާލަމާއެކު ގުޅިފައިވާ ސަރަޙައްދު ކަނޑައިގެން ގޮސް ބިނދިގެން ކަނޑަށް ފައިބައިގެން ދިޔަކަމާއި، މި ހާދިސާ ހިނގިއިރު، ބަނދަރުގެ ރައްކާތެރިކަމާމެދު ފަރުވާތެރިކަން ބެހެއްޓުމުގެ ވާޖިބު އޮތީ ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީގެ ކިބައިގައި ނޫންކަމާއި ތަޤްޞީރީ މަސްއޫލިއްޔަތު އުފުލުމުގެ ބޭނުމުގައި ބަނދަރުގެ އަމުރުވެރިފަރާތް (occupier) އަކީ މި ހާލަތުގައި ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީކަމުގައި ޤާނޫނީ ހަމަތަކުގެ މަތިން ބެލެވެން ނެތްކަން. ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވުނު ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު

8ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/318 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އިސްތިއުނާފު ކުރާ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ފޯމުގައި 03 ނުކުތާއެއް ހުށަހަޅާފައިވީނަމަވެސް، ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެފަރާތުން ހުށަހަޅާފައިވަނީ އިސްތިއުނާފީ 02 (ދޭއް) ނުކުތާއެވެ.

8.1- ފުރަތަމަ ނުކުތާއަކީ، ބަނދަރު ވެއްޓިފައިވަނީ ބަނދަރު އޯވަރ ލޯޑްވުމުގެ ސަބަބުން ކަމުގައި ބެލިނަމަވެސް، ބަނދަރު ވެއްޓިފައިވަނީ ބަނދަރު އޯވަރ ލޯޑް ވުމުގެ ސަބަބުން ކަމުގެ މައްޗަށް އެކަނި އަމުރުވެރިފަރާތުގެ ހައިސިއްޔަތުން ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީގެ މައްޗަށް އޮތް ޑިއުޓީ (duty of care) އާއި ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީއިން ޚިލާފުވެފައި ނުވާކަމަށް ކަނޑައެޅުމަކީ ތަރައްޤީވެ ތަހުޒީބުވެފައިވާ މުޖުތަމަޢުތަކުގައި އޮކިއުޕަޔާރސް ލައިބިލިޓީއާ ގުޅިގެން ކަނޑައަޅާފައިވާ ގާނޫނީ އުސޫލުތަކާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ހުށަހެޅިގެންކުޕޯޓީ

8.2- ދެވަނަ ނުކުތާއަކީ، ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީއާއި ސޮނީ ހާޑްވެއަރއާ ދެމެދު ވެވުނު އެއްބަސްވުމުގެ 1 ވަނަ މާއްދާގައި އެ ބަނދަރު ބޭނުންކުރުމުގެ ތެރެއިން ލިބޭ ގެއްލުމަކަށް ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީ ޒިންމާވާން ނުޖެހޭނެކަމަށް އޮތުމަކުން ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީގެ މައްޗަށް އޮތް ތަޤްޞީރީ މަސްއޫލިއްޔަތު ނަފީވާނެކަމަށް ކަނޑައެޅުމުގައި އެ އެއްބަސްވުމުގެ މި މާއްދާ މާނަކޮށްފައިވަނީ އެ މާއްދާއިން ލައިބިލިޓީ އެކްސްކްލޫޑްކުރާ ސްކޯޕްގެ ބޭރުން، އަދި Privity of Contract ގެ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ އެވެ.

9ނޮކް ހިއު ޝިޕިންގ ގެ ފަރާތުން ހުށަހެޅި ފުރަތަމަ އިސްތިއުނާފީ ނުކުތާ އިތުރަށް ތަފްޞީލު ކުރަމުން، ޑިއުޓީ އޮފް ކެއަރ، ބްރީޗް އޮފް ޑިއުޓީ، އަދި ސްޓެންޑަރޑް އޮފް ކެއަރ، މި މަބާދިޢުތަކާ ގުޅޭގޮތުން ވާހަކަ ދައްކާފައިވެއެވެ. އަދި ނޮކް ހިއު ޝިޕިންގ ގެ ފަރާތުން ހުށަހެޅި ދެވަނަ އިސްތިއުނާފީ ނުކުތާ ތަފްޞިލްކުރަމުން ބަޔާންކޮށްފައިވަނީ މި ހާދިސާ ހިނގިއިރު ބަނދަރުގެ އަމުރުވެރިފަރާތް (occupier) އަކީ ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީ ނޫންކަމަށް ހައިކޯޓުން ކަނޑައަޅުއްވާފައިވަނީ ހާދިސާ ހިނގި ވަގުތު ބަނދަރު ބޭނުންކުރުމުގެ އޮޕަރޭޝަނަލް ކޮންޓްރޯލް އޮތީ ސޮނީ ހާޑްވެއަރއަށް ކަމުގައިވާތީ، އެ ވަގުތު ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީގެ އޮޕަރޭޝަނަލް ކޮންޓްރޯލް ނެތްކަމަށް ބައްލަވައިގެން ކަމަށާއި އޮޕަރޭޝަނަލް ކޮންޓްރޯލް އޮތް ފަރާތެއް ކަނޑައަޅާނީ question of fact ގެ ގޮތުގައި ކަމަށާއި ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީއާއި ސޮނީ ހާޑްވެއަރ އާދެމެދު ވެވުނު އެއްބަސްމުގެ ދަށުން ބަނދަރުގެ މެނޭޖްމަންޓް ނުވަތަ ބަނދަރުގެ ރައްކާތެރިކަމުގެ ސުޕަވައިޒަރީ އެއްވެސް ފިޔަވަޅެއް އެޅުމުގެ ބާރެއް ސޮނީ ހާޑްވެއަރއަށް ލިބިފައިނުވާ ކަމަށެވެ. އަދި މި ބަނދަރަށް ވަދެ ނިކުމެ ހަދާފަރާތްތައް ކަނޑައެޅުން ނުވަތަ އެތަނުގެ ރައްކާތެރިކަމާމެދު އެއްވެސް ފިޔަވަޅެއް އެޅުމުގެ އެއްވެސް ޤާނޫނީ ހައިސިއްޔަތެއް ސޮނީ ހާޑްވެއަރއަށް ނެތްކަމަށެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުން ދިން ޖަވާބު

10އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ނުކުތާތަކުގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން މައިގަނޑު ގޮތެއްގައި އަންނަނިވި ކަންކަން ފާހަގަކުރިއެވެ.

10.1- ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީއާއި ސޮނީ ހާޑްވެއަރއާ ދެމެދު އޮތް އެއްބަސްވުމުގެ ދަށުން ޕޯޓް ވަނީ ސޮނީ ހާޑްވެއަރއާ ހަވާލުކުރެވިފައި ކަމަށާއި މި ދެފަރާތު ދެމެދު ވެވިފައިވާ އެއްބަސްވުމަށް ބަލާއިރު، ޕޯޓްގެ ކޮންޓްރޯލް އޮތީ ހަމައެކަނި ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީގެ ކިބައިގައި ނޫންކަމަށެވެ. އަދި ހާދިސާއާ ގުޅިގެން ބޯޓަށް ލިބިފައިވާ ގެއްލުން ސާވޭކޮށް ނޮކް ހިއު ޝިޕިންގ އިން ހުށަހަޅާފައިވާ ރިޕޯޓުގައި، އެ ހާދިސާ ހިނގިކަމަށް ބެލެވޭ ސަބަބަކީ، ފާލަމަށް ބަރުކުރަންޖެހޭ ވަރަށްވުރެ ބޮޑަށް ބަރުކުރުމުން ކަމަށް ބެލެވޭ ކަމަށް ބަޔާންކޮށްފައި އޮތަތީ ފާލަން ވެއްޓުމުގެ ހާދިސާއަކީ އޭގެ ޒާތުގައި އިހުމާލު ސާބިތުވާ ކަމެއް ނޫންކަމަށެވެ.

10.2- ތަޤްޞީރީ މަސްއޫލިއްޔަތު އުފުލަންޖެހޭނީ ކޯޒޭޝަން ނުވަތަ ކޯޒަލް ލިންކް އެއް އޮވެގެންކަމަށާއި މި ހާދިސާއާ ގުޅިގެން ތަޤްޞީރީ މަސްއޫލިއްޔަތު އުފުލަންޖެހޭފަދަ ގުޅުމެއް ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީއަށް އޮތްކަމަށް ޤަބޫލުނުކުރާ ކަމަށެވެ.

10.3- މައްސަލަ ރައްދުވާ ފަރާތާއި ސޮނީ އާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބަނދަރު ބޭނުންކުރުމުގެ ތެރޭގައި ލިބޭ އެންމެހާ ގެއްލުންތަކަށް ސޮނީ ހާޑްވެއަރއިން ޒިންމާވާނެ ކަމަށް ދެ ފަރާތުން އެއްބަސްވެ އިޤުރާރުވެ، އޭގެ މައްޗަށް ޢަމަލުކޮށްފައިވާތީ، އަދި މި ހާދިސާ ހިނގިއިރު، ބަނދަރުގެ އަމުރުވެރި ފަރާތް (occupier) އަކީ ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީ ނޫންކަމަށެވެ. މި މައްސަލައިގައި ދެފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ޤާނޫނު ތަޠުބީޤުކުރުން

11މި މައްސަލައިގައި ދެފަރާތުން ހުށަހެޅި ނުކުތާތަކަށާއި ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކަށް ރިޢާޔަތްކުރާއިރު، މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ކުރިމަތީ އޮތީ މައިގަނޑު އެންމެ ސުވާލެއް ކަމުގައި އަހުރެން ދެކެވެ. އެއީ މި މައްސަލައިގައި ހަވާލާދޭ ބަނދަރު ކަނޑައިގެންގޮސް ވެއްޓުމުގެ ހާދިސާ ހިނގާފައިވަނީ ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީއިން އަދާކުރަންޖެހޭ ތަޤްޞީރީ މަސްއޫލިއްޔަތުގެ ވާޖިބު އަދާނުކޮށް އޮތުމުގެ ސަބަބުންތޯ ބެލުމުގެ ސުވާލެވެ.

12HN1ތަޤްޞީރީ މަސްއޫލިއްޔަތު އަދާނުކުރުމާ ގުޅިގެން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ދިވެހިރާއްޖޭގައި ޢަމަލުކުރާނެ ވަކި ޤާނޫނެއް ލިޔެފައެއް ނެތެވެ. އިހުމާލުވުމުގެ ޢަމަލެއްގެ (negligent act) ނުވަތަ މަދަނީ ގޯހެއް ހެދުމުގެ ސަބަބުން އުފުލަންޖެހޭ ތަޤްޞީރީ މަސްއޫލިއްޔަތު (tortious responsibility) އަކީ ކޮބައިކަމާއި އެ ގޯހުގެ ރުކުންތަކަކީ ކޮބައިކަން، ކަނޑައަޅާފައިވަނީ ޝަރުޢީ ނިންމުންތަކުގައެވެ. އެގޮތުން، ތަޤްޞީރީ މަސްއޫލިއްޔަތުގެ ޢަމަލާއި، ތަޢާރުފާއި، އެ ޢަމަލުގައި ފުރިހަމަވާންޖެހޭ ރުކުންތަކަކީ ކޮބައިކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ އަންނަނިވި ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވެއެވެ.

12.1- އިބްރާހީމް ލަޠީފް ވ. އާމިނަތު ޝާހިދާ ޤަޟިއްޔާ މި ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ބ) ގައި ބަޔާންކޮށްފައިވަނީ: "... ގޯހެއް ހެދުމުގެ ސަބަބުން އުފުލަންޖެހޭ ތަޤްޞީރީ މަސްއޫލިއްޔަތުގެ ޢާންމު ޤާޢިދާއަކީ ގެއްލުމެއް މެދުވެރިކުރާ ކޮންމެ "ޚަޠައު" އަކީ ބަދަލުދޭންޖެހޭ "ޚަޠައު" އެއް ކަމަށް ލެޓިން ކޮޑިފިކޭޝަންތަކުގައި އޮންނަ ޢާންމު ޤާޢިދާކަމާއި ... [މި] ފަދަ ޝަރުޢީ އަޞްލުތަކުގެ މައްޗަށް ބިނާވެފައިވާ ޤާޢިދާ ކަމުގައިވާ، ގެއްލުން މެދުވެރިކުރާ ފަރާތް ގެއްލުމާ ޝާމިން ވާންޖެހޭނެކަމަށް އޮންނަ ޤާޢިދާކަމާއި، އިނގިރޭސި ޓޯޓްސްގެ ޤާނޫނުތަކުގައި ތަފްޞީލުކޮށް ޓޯޓްސްގެ އެޕްލިކޭޝަންތައް ބަޔާންކުރިކަމުގައި ވިޔަސް، އިނގިރޭސި ޓޯޓްސްގެ ޙާލަތްތަކުގެ މައްޗަށް ބަލާއިރު، ޓޯޓްސްގެ ރުކުންތައް ކަނޑައެޅުމުގައި، ބުނެވިދިޔަ އެހެނިހެން ޤާނޫނީ ނިޒާމުތަކާއި އަސާސީ ތަފާތުތަކެއް ނުހުންނަކަން އެނގެން އޮންނަކަމާއި އެގޮތުން، ތަޤްޞީރީ މަސްއޫލިއްޔަތުގެ އަސާސީ ރުކުންތަކަކީ، 1. ޝަރުޢިއްޔަތެއް ނެތް ޢަމަލު (ޚަޠައު/Fault)، 2. ގެއްލުން (ޝަރަރު/Damage)، 3. ކުރި "ޚަޠައު" ގެ ޢަމަލާއި ލިބުނު ގެއްލުމާ ދެމެދު ގުޅިފައިވާ ސަބަބީ ގުޅުން (Causal link) އާ ތިން ރުކުންކަމާއި، މި ރުކުންތަކުގެ ތެރެއިން "ޚަޠައު" އަކީ ލިބުނު ގެއްލުމާ މަސްއޫލުވާ ފަރާތުގެ ޝަރުޢިއްޔަތެއް ނެތް ޢަމަލުކަމަށް ވެފައި، ގެއްލުމާ މަސްއޫލުވާ ފަރާތް "ޚަޠައު" ގެ ޢަމަލެއް ކުރިކަމާއި "ޚަޠައު" ގެ އެ ޢަމަލުގެ ސަބަބުން ގެއްލުން ލިބުނުކަމާއި، ގެއްލުން ލިބުނީ ގެއްލުމާ މަސްއޫލުވާ ފަރާތުގެ ޢަމަލުގެ ސަބަބުންކަމާއި، މި ތިން ރުކުން ސާބިތުވުމަކާ ނުލައި ތަޤްޞީރީ މަސްއޫލިއްޔަތެއްގެ ސަބަބުން ލިބުނު ގެއްލުމުގެ ދަޢުވާ ސާބިތުނުކުރެވޭ ކަމާއި، މި ތިން ރުކުން ސާބިތުވުމުން ބަދަލު ލިބުމުގެ ޙައްޤު ފެށެނީ ގެއްލުން ލިބުނު ފަރާތަށް ގެއްލުން ލިބުނުކަން ސާބިތުވާ ވަގުތުން ފެށިގެންކަމާއި، ބަދަލުގެ މިންވަރު އަގުކުރެވެނީ ނަގުދު ފައިސާއިން ކަމަށްވާނަމަ، ފުރަތަމަ އަގުކުރަންވާނީ ލިބިފައިވާ ސީދާ ގެއްލުމުގެ މިންވަރުކަމާއި ސީދާ ގެއްލުމުގައި ހިމެނެނީ ގެއްލުންވި ފަރާތަށް ލިބުނު ގެއްލުމާއި (Damnum emergens)، ގެއްލުނު ނަފްޢު ނުވަތަ އާމްދަނީ (lucrum cessans) ކަން އެނގެން އޮންނަ އޮތުމެވެ.

12.2- ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ. އެމް.އެމް.އައި ބަންބޫ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ މި ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ރ) ގައި ބަޔާންކޮށްފައިވަނީ: "... ތަޤްޞީރީ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ "ޚަޠައު އިހުމާލު" ގެ މައްސަލަތަކުގައި އިހުމާލުވުމުގެ ޢަމަލުކުޅައީ ގެއްލުން ދިނުމުގެ ޤަޞްދުގައިކަން ސާބިތުކުރުމަކީ ޝަރުޠެއް ނޫންކަމާއި، އިހުމާލުވުމުގެ ސަބަބުން ތަޤްޞީރީ މަސްއޫލިއްޔަތު އުފުލަންޖެހެނީ އެފަދަ ކަމެއްގައި ނުވަތަ އެފަދަ ޕްރޮފެޝަނެއްގައި ހުރި، މަޢުޤޫލު (Reasonable) މީހެއްގެ ބެލުންތެރިކަމާއި، ފަރުވާތެރިކަން ހުންނާނެ މިންވަރު ކަމަށް ބެލެވޭ މިންވަރަށް ފަރުވާތެރި ނުވުމުގެ ސަބަބުން އެހެން ފަރާތަކަށް ގެއްލުން ލިބުމުންކަން އެނގެން އޮންނަ އޮތުމެވެ."

12.3- އަޙްމަދު އިޙްސާން ވ. ދައުލަތް (މިނިސްޓްރީ އޮފް ހެލްތް) ޤަޟިއްޔާ މި ޤަޟިއްޔާގެ ފާހަގަކުރެވެނު ނުކުތާތަކުގެ (ކ) ގައި ބަޔާންކޮށްފައިވަނީ: "... [ބޭސްފަރުވާ ކުރުމުގައި ފަރުވާބަހައްޓަންޖެހޭ މިންގަނޑަށް ފަރުވާނުބެހެއްޓުމުން އުފެދޭ] މަސްއޫލިއްޔަތަކީ ތިން ރުކުނެއް ނުވަތަ އުންޞުރެއް ފުރިހަމަވުމުން އުފުލަންޖެހޭ މަސްއޫލިއްޔަތެއް ކަމާއި؛ ފުރަތަމަ ރުކުނަކީ ޑޮކްޓަރުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ ބަލިމީހާއަށް ފަރުވާދިނުމުގައި ކުރެވޭ ގޯސް ތަޞައްރުފު (malpractice) ކަމާއި، ދެވަނަ ރުކުނަކީ ބަލިމީހާއަށް ގެއްލުން (damage) ލިބުން ކަމާއި، ތިންވަނަ ރުކުނަކީ ބަލިމީހާއަށް ލިބުނު ގެއްލުމާއި ޑޮކްޓަރުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ކުރެވޭ ގޯސް ތަޞައްރުފާ ދެމެދު ސަބަބީ ގުޅުމެއް (عِلاقَة سَبَيْة/ causal relation) އޮތުން، ނުވަތަ ބަލިމީހާއަށް ލިބުނު ގެއްލުމަކީ ޑޮކްޓަރުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ކުރެވޭ ފަންނީ ކުށެއްގެ ނަތީޖާއެއްގެ ގޮތުން [ލިބޭ ގެއްލުމަކަށްވުމެވެ.]

13HN2ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ލަޠީފް ވ. އާމިނަތު ޝާހިދާ އަދި ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ. އެމް.އެމް.އައި ބަންބޫ ޕްރައިވެޓް ލިމިޓެޑް އަދި އަޙްމަދު އިޙްސާން ވ. ދައުލަތް (މިނިސްޓްރީ އޮފް ހެލްތް) ، މި 03 (ތިނެއް) ޤަޟިއްޔާއަށް ބެލުމުން، ތަޤްޞީރީ މަސްއޫލިއްޔަތު އޮތްކަމަށް ބެލެވޭނީ މައިގަނޑުގެ 02 (ދޭއް) އުންސުރެއް ފުރިހަމަވެގެންކަން އެނގެއެވެ. އެއީ، ޤާނޫނީ ވާޖިބު (legal duty) އެއް އޮވެ، އެ ޤާނޫނީ ވާޖިބު އަދާކުރުމުގައި ސަމާލުކަންދޭންޖެހޭ ފަރުވާބެހެއްޓުމުގެ ޒިންމާ (duty of care) ގެ މިންގަނޑުތަކާ ޚިލާފުވުމުންކަން އެނގެއެވެ.

14HN3ޤާނޫނު މަތިކުރާ ފަރުވާބެހެއްޓުމުގެ ޒިންމާ (duty of care) ގެ އިން ކަނޑައަޅައި އެ އިމުގެ ތަރަހަކީ ކޮބައިކަން ރަނުން ރަނަށް ބުނެދެވިދާނެ ކަމަށް އަހުރެންނެއް ނުދެކެމެވެ. އެހެންނަމަވެސް، ފަރުވާބެހެއްޓުމުގެ ޒިންމާ (duty of care) ގެ މިންގަނޑުތަކާ ޚިލާފުވެފައިވާކަން ކަނޑައެޅުމުގައި އަންނަނިވި އަސާސީ 03 (ތިނެއް) ރުކުން ފުރިހަމަވެފައިވޭތޯ ޔަޤީންކުރަންވާނެއެވެ. (1) ޤާނޫނުން މަތިކުރާ ޢަމަލަކާ ޚިލާފުވުމުގެ ޢަމަލު (Fault)؛ (2) ޤާނޫނުން މަތިކުރާ ޢަމަލަކާ ޚިލާފުވުމުގެ ސަބަބުން އެހެން ފަރާތަކަށް ގެއްލުން ލިބުން، (Damage)؛ އަދި (3) އެ ގެއްލުން ލިބިފައިވަނީ އެ ޢަމަލުގެ ސަބަބުންކަން ދައްކައިދެނިވި ސަބަބީ ގުޅުން (Causal link). މިއެވެ.

15HN4ފަރުވާބެހެއްޓުމުގެ ޒިންމާ (duty of care) އެއް އޮތްތޯ ބެލުމުގައި ގިނަ ޖޫރިސްޑިކްޝަންތަކުގައި ކަޕާރޯ އިންޑަސްޓްރީސް ޕލކ ވ. ޑިކްމަން ޤަޟިއްޔާގައި ބަޔާންކުރާ 03 (ތިނެއް) ކަމެއް އެކުލެވޭ "ކަޕާރޯ ޓެސްޓް" (Caparo test) ފުރިހަމަވޭތޯ ބަލައި އެޓެސްޓް ތަޠުބީޤުކުރެއެވެ. މި ރާއްޖޭގައި ޢަމަލުކުރަމުންދަނީ، އެޕްރޯޗްޑް ބޭސްޑް (approached based) އުޞޫލެއް ގެންގުޅެ، ޤާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ގޮތުގެމަތީން، މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ދަށު މަރުޙަލާގެ ކޯޓުތަކުން ތަބަޢުވާންޖެހޭ އުޞޫލަށް ބެލުމާއެކު ވަކިވަކި މައްސަލަތަކުގައި މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމަވާފައިވާ ނިންމެވުންތަކަށް ރިޢާޔަތްކޮށް މައްސަލަ ބައްލަވާ ފަނޑިޔާރުގެ ކުރިފުޅުމަތީގައި އޮތް މައްސަލައަށް މަތީ މަރުޙަލާގެ ކޯޓުގެ ނިންމުން ތަޠުބީޤު ކުރެއްވުމެވެ.

16HN5ފަރުވާބެހެއްޓުމުގެ ޒިންމާ (duty of care) އަދާނުކުރުމުގެ ސަބަބުން ގެއްލުން ލިބިފައިވަނީ ވަކި ފަރާތެއްގެ އިހުމާލުން ކަމަށް އެއްވެސް ފަރާތަކުން ބުނާނަމަ، އިހުމާލުވިފަރާތް އެ ގެއްލުމަށް ޒިންމާކުރުވުމަށްޓަކައި އަންނަނިވި އަސާސީ 04 ރުކުން ސާބިތުކޮށްދޭންޖެހޭނެއެވެ. އެއީ؛ (1) އިހުމާލުވިކަމަށް ބުނާ ފަރާތުން ގެއްލުން ލިބުނު ފަރާތުގެ މައްޗަށް އަދާކުރަންޖެހޭ ފަރުވާބެހެއްޓުމުގެ ޒިންމާއެއް އޮތްކަން (Duty of Care)؛ (2) އިހުމާލުވި ފަރާތުން އެ ޤާނޫނީ ޒިންމާއާ ޚިލާފުވެފައި ވާކަން (Breach of Duty of Care)؛ (3) އިހުމާލުވިފަރާތުން އެ ޤާނޫނީ ޒިންމާއާ ޚިލާފުވުމުގެ ސަބަބުން ގެއްލުމެއް ލިބިފައިވާކަން (Damages)؛ އަދި (4) އެ ގެއްލުމަކީ އިހުމާލުވިފަރާތުން ޤާނޫނީ ޒިންމާއާ ޚިލާފަށް ކުރި ޢަމަލާ ގުޅިފައިވާ ގެއްލުމެއްކަން (Causation). މިއެވެ.

17HN6މި މައްސަލައަކީ، ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީއިން ހިންގާ ބަނދަރަށް ނޮކް ހިއު ޝިޕިންގގެ ބޯޓު (MV Thai Binh Star 1) ބަނދަރުކޮށް އެ ބަނދަރު ބޭނުންކުރަމުން ދަނިކޮށް އެ ބަނދަރުގެ ބިންގަނޑު ކަނޑައިގެން ގޮސް އުޅަނދު ކައިރިކޮށްފައިވާ ފާލަމާއެކު ކަނޑަށް ފައިބައިގެން ދިއުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކުރި ދަޢުވާއެކެވެ. މިފަދަ މައްސަލަތަކަކީ، ހާދިސާ ހިންގިކަމުގެ މައްޗަށް ހަމައެކަނި ރިޢާޔަތްކޮށް (res ipsa loquitur)، ތަޤްޞީރީ މަސްއޫލިއްޔަތު އުފުލަންޖެހޭނެ މައްސަލައެއް ކަމަކަށް އަހުރެން ނުދެކެވެ. މިފަދަ މައްސަލަތަކުގެ ޒިންމާ އުފުލަންޖެހޭކަމަށް ކަނޑައެޅޭނީ، ޤާނޫނީ ގޮތުން އެތަނެއްގެ އަމުރުވެރި ފަރާތް (occupier) އަކީ ކޮބައިތޯ ބަލައި މަތީގައިވާ ޕެރެގްރާފް 16 ގައި ބަޔާންކޮށްފައިވާ އަސާސީ 04 ރުކުން ސާބިތުކޮށްދެވިގެންނެވެ.

18ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީގެ ފަރާތުން ނޮކް ހިއު ޝިޕިންގ ގެ މައްޗަށް ޤާނޫނު މަތިކުރާ ފަރުވާބެހެއްޓުމުގެ ޒިންމާ (Duty of Care) އޮތްތޯ ބަލާއިރު، މި ވާހަކަދެކެވޭ ބަނދަރަކީ ކޮންޓްރެކްޓެއްގެ ދަށުން ސޮނީ ހާޑްވެއަރއާ ހަވާލުކުރެވިފައިވާ ބަނދަރެކެވެ. އަދި ނޮކް ހިއު ޝިޕިންގ ގެ ބޯޓަކީ ސޮނީ ހާޑްވެއަރގެ އެދުމަށް ސޮނީއިން ގެނައި މުދާ ބަރުކޮށްގެން އައިސް އެ ބަނދަރަށް މުދާބޭލި އުޅަނދެކެވެ. ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީއާއި ސޮނީ ހާޑްވެއަރ އާދެމެދު ސޮނީ ހާޑްވެއަރއިން ބަނދަރު ބޭނުންކުރުމަށް ވެފައިވާ އެއްބަސްވުމުގެ 1 ވަނަ މާއްދާ 17 އަށް ބަލާއިރު، އެ ބަނދަރު ބޭނުންކުރުމުގެ މަސައްކަތުގެ ތެރެއިން އެއްވެސް އުޅަނދަކަށް ނުވަތަ އެއިން އުޅަނދެއްގައިވާ މީހަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަކީ ސޮނީ ހާޑްވެއަރއިން އަޅަންޖެހޭ ފިޔަވަޅުތަކެއްކަން އެނގެން އޮވެއެވެ. އަދި މި ހާދިސާއާ ގުޅިގެން ނޮކް ހިއު ޝިޕިންގ އިން ހުށަހަޅާފައިވާ ސާވޭ ރިޕޯޓުގައި، އެ ހާދިސާ ހިނގިކަމަށް ބެލެވޭ ސަބަބަކީ، ފާލަމަށް ބަރުކުރަންޖެހޭ ވަރަށްވުރެ ބޮޑަށް ބަރުކުރުން ކަމަށް ބެލެވޭ ކަމަށް ބަޔާންކޮށްފައިވެއެވެ.

19HN7ކޮންޓްރެކްޓެއްގެ ދަށުން، ކޮންޓްރެކްޓްގައި ހިމެނޭ ވަކި ފަރާތަކުން ވަކި ކަމެއް ކުރަން އެއްބަސްވެފައިވާނަމަ ނުވަތަ ވަކި މަސްއޫލިއްޔަތެއް އަދާކުރަން އެއްބަސްވެފައިވާނަމަ އެ ކަމެއް ކުރާނީ ނުވަތަ އެ މަސްއޫލިއްޔަތު އުފުލާނީ ކޮންޓްރެކްޓްގައިވާ ގޮތުގެ މަތިން އެ މަސްއޫލިއްޔަތު މަތިކުރެވިފައިވާ ފަރާތުންނެވެ. ކޮންޓްރެކްޓެއް އޮތުމަކީ އޭގެ ޒާތުގައި ތަޤްޞީރީ މަސްއޫލިއްޔަތު 17 މި މާއްދާގައި ބުނަނީ: During discharging all necessary safety precautions are to be carried out for prevention of injury to port staff stevedores and vessels crew due care should be exercised when using port premises ...” އުފުލަންޖެހޭ ނުވަތަ އުފުލަންނުޖެހޭ ސަބަބެއްވެސް ނޫނެވެ. ތަޤްޞީރީ މަސްއޫލިއްޔަތު އުފުލަންޖެހޭނީ ތަޤްޞީރީ މަސްއޫލިއްޔަތު އުފުލަންޖެހޭކަމަށް ޤާނޫނު ޤަބޫލު ކުރާ ޝަރުޠުތައް ފުރިހަމަވުމުންނެވެ.

20HN8ފަރުވާބެހެއްޓުމުގެ ޒިންމާ (Duty of Care) އެއް އޮވެގެން މެނުވީ އެ ޒިންމާއާ ޚިލާފެއް ނުވެވޭނެއެވެ. ޙަޤީޤަތެއް ސާބިތުވެއްޖެކަމަށް ޝަރީޢަތުން ބަލާނީ އެކަމެއް ސާބިތުކުރުމަށް ކަނޑައެޅިފައިވާ ހަމަތަކުގެ މަތިން އެކަމެއް ސާބިތުވެއްޖެކަމަށް ޝަރީޢަތުގެ މަޖިލީހަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައެވެ. މި ޝަރީޢަތަށް ހުށަހެޅިފައިވާ ހުށަހެޅުންތަކަށް ބަލާއިރު، މި ހާދިސާ ހިނގީ ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީއިން ވި އިހުމާލަކުން، ނުވަތަ ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީގެ މައްޗަށް ޤާނޫނު މަތިކުރާ ފަރުވާބެހެއްޓުމުގެ ޒިންމާ (Duty of Care) އެއް އޮވެ އެ ޒިންމާއާ ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީއިން ޚިލާފުވެފައިވާކަން ނޮކް ހިއު ޝިޕިންގ އަށް ޝަރީޢަތަށް ސާބިތުކޮށްދެވިފައެއް ނުވެއެވެ.

21ބަނދަރުއޮތީ ކޮންޓްރެކްޓެއްގެ ދަށުން ސޮނީ ހާޑްވެއަރއާ ހަވާލުކުރެވިފައެވެ. އަދި ހާދިސާ ހިނގިއިރު އެ ކޮންޓްރެކްޓްގެ ދަށުން ބަނދަރުގެ އަމުރުވެރިފަރާތަކީ ސޮނީ ހާޑްވެއަރ ކަމުގައި އަހުރެންނަށް ޤަބޫލު ކުރެވެއެވެ. އަދި ޚުޞޫމަތް އުފެދިގެން އުޅޭ ހާދިސާ ހިނގިކަމަށް ބެލެވޭ ސަބަބަކީ، ފާލަމަށް ބަރުކުރަންޖެހޭ ވަރަށްވުރެ ބޮޑަށް ބަރުކުރުން ކަމަށް ނޮކް ހިއު ޝިޕިންގ އިން ހުށަހެޅި ސާވޭ ރިޕޯޓުންވެސް އެނގެއެވެ. އެހެންކަމުން، މިކަންކަމަށް ރިޢާޔަތްކުރައްވައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/318 ޤަޝިއްޔާއިން ނިންމާފައިވާ ނިންމުން ރަނގަޅު ކަމުގައި އަހުރެން ދެކެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

22މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

23މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމުން، ހައިކޯޓުގެ ނަންބަރު 2017/HC-A/318 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: (ރިޔާސަތު)

ފުޓްނޯޓު

  1. ނޮކް ހިއު ޝިޕީންގ އިން ބަނދަރު ބޭނުންކޮށްފައިވަނީ ހައިސް އިންވެސްޓްމަންޓާއި ސޮނީ ހާޑްވެއަރ ޕްރައިވެޓް ލިބިޓެޑްއާ ދެމެދު ދެފައިވާ ކޮންޓްރެކްޓެއްގެ ދަށުން.
  2. މިއީ، ކަމެއް ވުން ނުވަތަ ހާދިސާއެއް ހިނގުން އެއީ އިތުރު ކަމަކަށް ނުބަލައި ފަރުވާކުޑަވުން ކަމަށް ބެލުމުގެ މަބްދޮއުގެ މަބްދޮއުގެ ސޫރުލު. (res ipsa loquitur). ހައިސް ޕްރައިވެޓް ޕޯޓް ފެސިލިޓީ އިން ދެކެނީ މި އުޞޫލު މި މައްސަލައިގެ ތެރެއަށް ތަޠުބީޤުނުކުރެވޭނެކަމަށެވެ.
  3. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/10 ޤަސިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ބ) ގެ (ހ) (ޝަރީޢަތް ނޫމާނުގޮތަށް އެމްރާސާގެ ސަފްޙާ 10 ގައި).
  4. [2012/SC-A/20]
  5. [2016/SC-A/05] މިއީ ބޭސްވެރިކަމުގެ އިހުމާލާ ގުޅޭ މައްސަލައެކެވެ.
  6. [2012/SC-A/10]
  7. [2012/SC-A/20]
  8. [2016/SC-A/05]
  9. Caparo Industries PLC v Dickman) [1990] UKHL 2
  10. "ކަޕާރޯ ޓެސްޓް"14 (Caparo test) އަކީ: (1) ދަޢުވާލިބޭ ފަރާތުގެ މައްޗަށް މަތިކޮށްފައިވާ ފަރުވާބެހެއްޓުމުގެ ޒިންމާއާ އޭނާ ޚިލާފުވެއްޖެނަމަ ދައުވާކުރާ ފަރާތަށް ގެއްލުމެއް ލިބިދާނެކަން ތަޞައްވުރުކުރެވުން ނުވަތަ ގެއްލުމެއް ލިބިދާނެކަމުގެ އިހުތިމާލު އޮތުން (foreseeability)؛ (2) ދައުވާކުރާ ފަރާތާއި ދައުވާލިބޭ ފަރާތާ ދެމެދު އެކަނީގެންވާ ގާތްގުޅުމެއް އޮތުން (proximity)؛ އަދި (3) މިފަދަ ޒިންމާއެއް އޮތްކަމަށް ކަނޑައެޅުމުގައި ޢަދުލުވެރިހަމައަށާއި، ސަބަބުވެރި މިންގަނޑަށް ރިޢާޔަތްކުރުން (is it fair, just and reasonable to impose a duty?)
  11. އެޕްރޯޗް ބޭސްޑް (approached based) އަކީ މައްސަލައިގެ ވަށައިގެންވާ ހުރިހާކަމަކަށް ބެލުމަށް ފަހު އެ މައްސަލައަކަށް ތަޢުބީޤުކުލެވޭނެ އުސޫލު ކަނޑައެޅުމެވެ.
  12. ޙުސައިން ރަޝީދު ވ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް 2020/SC-A/71 ގެ ޕެރެގްރާފް 42.
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ