ޔާމީން ޞާލިޙް ވ. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 597/Cv-C/2016
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން ކަނޑައެޅީ ބީޗްފްލެޓް ލިސްޓުގައި ނުހިމެނުނީ ރައްޔިތުން އިއްތިފާޤުވި އުޞޫލާ ޚިލާފަށްކަން ސާބިތުނުވާތީ، އެ ގޯތި ލިސްޓުގައި ހިމެނުމަށް މިނިސްޓްރީއަށް އަންގާނެ ތަނެއް ނެތްކަމަށެވެ.
- ވާޤިޢާ
- ދ. ވާނީ ރައްޔިތުން ކުޑަހުވަދޫއަށް ބަދަލުކުރުމުގައި ހައުސިންގ ޔުނިޓް ލިބޭ ފަރާތްތައް ކަނޑައެޅީ ކައުންސިލުގެ ކޮމިޓީއަކުން، ސުނާމީގެ ކުރިން ހުރި ގޯތިތަކާއި ވާނީގެ ރަށްވެހިން ކަމުގެ އުޞޫލުންނެވެ. ސުނާމީގެ ފަހުން ބައިކުރި 'ބީޗްފްލެޓް' ގޯތީގެ ޢިމާރާތްތަކުގެ މިލްކުވެރިންނަކީ ކުޑަހުވަދޫގެ ރަޖިސްޓްރީގައިވާ ފަރާތްތަކަށްވެ، އެ ގޯތި ލިސްޓުގައި ނުހިމެނުނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ދ. ވާނީ ރައްޔިތުން ކުޑަހުވަދޫއަށް ބަދަލުކުރުމުގައި ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކުގެ ލިސްޓުގައި ވާނީގެ ރަށްވެހިން ނޫން ފަރާތްތަކުގެ ނަމުގައިވާ ގޯއްޗެއް ނުހިމެނުމަކީ ޤާނޫނުއަސާސީގެ ހިޔާވަހިކަމުގެ ޙައްޤާއި މުދަލުގެ ޙައްޤާއި ތަފާތު ނުކުރުމާ ޚިލާފު ކަމެއްތޯ، އަދި އެފަދަ ގޯތީގެ މިލްކުވެރިންނަށް ބަދަލު ދޭންޖެހޭނެތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތްތަކުން ބުނީ ހިޔާވަހިކަމުގެ ޙައްޤާއި މުދަލުގެ ޙައްޤު ގެއްލި، ތަފާތުކުރުމަށް ލަކްވެ، އެއް ފަދަ ޙާލަތެއްގެ 2015/Cv-C/2086 ގެ ނިންމުމާ ޚިލާފު ގޮތަކަށް ނިންމާފައިވާ ކަމަށެވެ. ދައުލަތުން ބުނީ ލިސްޓު ތައްޔާރުކުރީ ރައްޔިތުންގެ މަޝްވަރާއާއެކު ހެދި އުޞޫލުން ކަމަށާއި، އެ ގޯތި ޝަރުޠުތަކަށް ނުފެތޭ ކަމަށާއި، އެފަދަ ފަރާތްތަކަށް ބަދަލު ދިނުމުގެ އުޞޫލެއް މިނިސްޓްރީން ހަދަމުންދާ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ހައިކޯޓުން ފާހަގަކުރީ ހިޔާވަހިކަމުގެ ޙައްޤު ލާޒިމުވަނީ ދައުލަތުގެ ކެރިފޯރުމުގެ މިންވަރަށް ކަމާއި، ހައުސިންގ ޔުނިޓް ދިނުމަކީ ގެއަކަށް ގެއެއްގެ ބަދަލު ދިނުމެއް ނޫންކަމާއި، ބީޗްފްލެޓް ލިސްޓުން ބޭރުވީ އުޞޫލާ އެއްގޮތަށް ކަމާއި، 2015/Cv-C/2086 ގެ ޙާލަތު ތަފާތުކަމާއި، މިލްކުވެރިންނަށް ޢަދުލުވެރި ބަދަލު ދޭންޖެހޭ ނަމަވެސް މިއީ ބަދަލު ހޯދުމުގެ ދަޢުވާއެއް ނޫންކަމެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިނިންމުމުގެ ބައި ލިޔުމުގައި ނެތް (ތަޙުލީލުން ދައްކަނީ ދަށުކޯޓުގެ ނިންމުން ޤާއިމްކުރާ ގޮތް)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ހިޔާވަހިކަމުގެ ޙައްޤަކީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ ޙައްޤެއް ނަމަވެސް، އެ ޙައްޤު ރައްޔިތުންނަށް ހޯދައިދިނުމަށް ދައުލަތުގެ މައްޗަށް ލާޒިމުވަނީ ދައުލަތުގެ ތަނަވަސްކަމާއި ކުޅަދާނަކަން ހުރި މިންވަރަކުންނެވެ (ސުޕްރީމް ކޯޓުގެ ޢާއިޝަތު ޙުސައިން މަނިކު ވ. ދައުލަތް އަދި ޙަސަން ޒާހިރު ވ. ދައުލަތް).
HN2 މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން އަސާސީ ހިޔާވަހިކަން ގެއްލުނު ޢާއިލާތަކަށް އިސްކަންދީ ޚާއްޞަ ރައްކާތެރިކަން ދިނުމަކީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) ގައިވާ ތަފާތުކުރުމެއް ނޫނެވެ.
HN3 ކާރިޘާތަކުގައި ގެދޮރު ގެއްލުނު ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމުވާ ކަމަކަށްވުރެ ދައުލަތުގެ ކެރިފޯރުންތެރިކަމުގެ މައްޗަށް ބަރޯސާވާ ކަމެކެވެ؛ އަދި ރަށުން ބަދަލުކުރުމުގައި ހައުސިންގ ޔުނިޓް ދިނުމަކީ ރަށުގައިވާ ކޮންމެ ގެއަކަށް ގެއެއް ބަދަލުގެ ގޮތުގައި ދިނުމެއްކަމަށް ނުބެލެވޭނެއެވެ.
HN4 ޢާންމު މަންފާއަކަށްޓަކައި ރަށެއް މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ކަނޑައެޅުމަކީ އެ ރަށުގައިވާ މީސްމީހުންގެ ހިފައިނުގެންދެވޭ މުދާ ދައުލަތަށް ނެގުން ކަމަށް މާނަކުރެވޭތީ، އެ މުދަލުގެ ވެރިންނަށް ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) ގެ ދަށުން ޢަދުލުވެރި ބަދަލެއް ދޭންޖެހޭނެއެވެ؛ މިއީ ހައުސިންގ ޔުނިޓް ލިސްޓުގައި ހިމެނުމުގެ ދަޢުވާއާ ތަފާތު، ބަދަލު ހޯދުމުގެ ދަޢުވާއެކެވެ.
HN5 ކޮމިޓީއަކުން ކަނޑައަޅާފައިވާ އުޞޫލުގެ ދަށުން ޝަރުޠުތައް ފުރިހަމަނުވާ ގޯއްޗެއް ލިސްޓުގައި ނުހިމެނުމަކީ އެ އުޞޫލާ ޚިލާފު ކަމެއް ނޫނެވެ؛ އެ އުޞޫލުގެ ދަށުން ޝަރުޠު ފުރިހަމަވާ ފަރާތަކާ ބެހޭ ކުރީގެ ނިންމުމަކީ ޙާލަތު ތަފާތު ފަރާތަކަށް ތަޠުބީޤުކުރެވޭނެ ނިންމުމެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޢަލީ ސަމީރު، ޙުސައިން ޝަހީދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުއްރައޫފު އިބްރާހީމް · ތާއީދުކުރެއްވީ: ޢަލީ ސަމީރު، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
g ދިވެހިރާއްޖގޭ ހައިކޯޓު ދިވެހިރާއްޖެ ޝަރީޢަތް ނިމުނގޮތު ޤަޟިއްޔާ ނަންބަރު: 2017/HC-A/300 އިސްތިއުނާފުކުރި ފަރާތް: ޔާމިން ޞާލިޙް، ފިނިވާދީ ޞާލިޙް، ފިނިވާދީ އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) މައްސަލައިގެ ބާވަތް: ދައުލަތުގެ އިދާރާއެއް ހިމެނޭ އިދާރީ ޠަބީޢަތުގެ ދަޢުވާ މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރުޢަބްދުއްރައފު އިބްރހީމާ ފަނޑިޔާރު ޢަލީ ސަމީރު ފަނޑިޔާރު ޙުސައިން ޝަހީދު 23 ޝަޢުބާނ 3113 ނިމުނު ތާރީޚް: 33 މާރިޗު 3233 31 ޝައްވާލް 2131 ހައިކޯޓުގައި ޤަޟިއްޔާ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 33 ޖުލައި 3332 އިސްތިއުނާފުކުރެވުނު މައްސަލަ: ނަންބަރު: 16C/20-/Cv597 ނިންމި ތަން: ސިވިލް ކޯޓު ބާވަތް: ދައުލަތުގެ އިދާރާއެއް ހިމެނޭ އިދާރީ ޠަބީޢަތުގެ ދަޢުވާ ހުށަހެޅުނު ތާރީޚް: 29 މާރިޗު 6201 ނިމުނު ތާރީޚް: 29 މާރިޗު 3323 ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔު: މި ރައުޔަށް ފަނޑިޔާރު ޢަލީ ސަމީރު އަދި ފަނޑިޔާރު ޙުސައިން ޝަހީދު ތާއީދުކުރެއެވެ. ތަޢާރަފް:
3މިއީ ސިވިލް ކޯޓުގެ ނަންބަރު C/2016-/Cv597 ޤަޟިއްޔާ ނިންމާފއިވަނަ ޝަރުޢީ އަދި ޤާނޫނީ އޞު ލުތަކާ ޚިލާފަށް ކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް، ދ.ކުޑަހުވަދޫ/ފިނިވާދީ، ޔާމިން ޞާލިޙް އާއި އެގޭ ސާމިން ޞާލިޙްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާ އެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފުރައްދުވާފަރާތަކީ، ދިވެހދައުލަތި (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) އެވެ. މައްސަލައިގައި ކަން ހިނގާފައިވާގޮތް:
3. ދ.ވާނީ ރައްޔިތުން ދ.ކ ޑަހުވަދ އަށް ބަދަލު ކުރުމުގެ މަޝްރޫޢު ދެ ފިޔަވައްސަކަށް ބަހާލައިގެން ހިންގާފައި ވެއެވެ. ފުރަތަމަ ފިޔަވަހީގައި ވާނީ ރައްޔިތުން ކޑަހުވަދއަށު ބަދަލު ކުރެވުނީ ސުނާމީ ކާރިސާއާ ގުޅި ގެންނެވެ. އަދި ދެވަނަ ފިޔަވަހީގައި ބަދަލު ކުރެވުނީ ދ.ވާނީއަ ކ މީހުން ދިރިނޫޅޭ ރަށެއް ކަމަށް ރައީސުލްޖުމްހ ރިއްޔާގެ ޤަރާރަކުން 33 ޖަނަވަރީ 3231 ގައި ނިންމުމާ ގުޅިގެންނެވެ.
2އެގޮތުން މީހުން ބަދަލުކުރުމަށް ހިންގުނު މަޝްރޫޢުގެ ދަށުން ވާނީ ރައްޔިތުންގެ ތެރެއިން، ކުޑަހުވަދއިން ބޯހިޔާވަހިކަން ފޯރުކޮށްދެވިފައިނުވާ ފަރާތްތަކަށް ކުޑަހުވަދގައި ޢިމާރާތް ކުރާ ގޮތަށް ހަމަޖެހިފައިވާ ހައުސިންގ - ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 1 ވަނަ ބާބާއި، ޤާނ ނ ނަންބަރު 3232/3 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނ ނ) ގެ 323 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ޔުނިޓްތައް ދޭނެ ފަރާތްތަކުގެ ލިސްޓްހެދުމުގެ މަސައްކަތް ދ.އަތޮޅު ކައުންސިލްގެ އިދާރާ އާއި ވާނީ ކައުންސިލްގެ އިދާރާއާ ޙަވާލުކޮށް، ހައުސިންގ ޔުނިޓްތައ ލިބް މީހުންގެ ލިސްޓް އެކުލަވާލުމަށްފަހު ފޮނވައު ދިނުމަށް ވާނީ ކައުންސިލަށް މިނިސްޓްރީ އޮފް ހައުސިން ގ އެންޑް އިންފްރާސްޓްރަކްޗަރ (މީގެ ފަހުން "މިނިސްޓްރީ" ކަމަށް މުޚާތަބު ކޮށްފައިވާ) އިން އަންގާފައި ވެއެވެ. އަދި އެކަން 23 ޑިސެމްބަރު 3232 ގެ ކުރިން ނިންމައި ހައުސިންގ ޔުނިޓްތައ ލިބް މީހުންގެ ލިސްޓް ފޮނުވައި ދިނުމަށް މިނިސްޓްރީން ވާނީ ކައުންސިލްގެ އިދާރާގައި އެދިފައި ވެއެވެ.
1. އިސްވެ ބަޔާންކޮށްފައިވާ ހައުސިންގ ޔުނިޓުތައް ލިބޭނެ ފަރާތްތައް ކަނޑައެޅުމަށް މިނިސްޓްރީން ވާނީ ކައުންސިލަށް އެންގުމާ ގުޅިގެން 5 (ފަހެއް) މެމްބަރުންގެ މައްޗަށް ކޮމިޓީއެއް އެކުލަވާލައި ކައުންސިލާއެކު ހައުސިން ޔުނިޓްތައް ދޭނެ ފަރާތްތައް ކަނޑައެޅުމަށް މަސައްކަތް ކުރުމަށް ދ.ވާނީ ކައުންސިލުން ޤަރާރެއް ފާސްކުރި އެވެ.
5އިސްވެ ބުނެވުނު ޤަރާރުގެ ދަށުން އެކުލަވާލެވުނު ކޮމެޓީން ހައުސިންގ ޔުނިޓްތައް ޙައްޤުވާ ފަރާތްތައް ކަނޑައެޅުމުގެ މަސައްކަތް ކުރި ގޮތުގެ ރިޕޯޓެއް (ކަން ނިންމް ގޮތުގެ ރިޕޯޓް) އެކުލަވާލާފައި ވެއެވެ. އެރިޕޯޓަށް ބަލާއިރު، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު 2012/8DS1/379/-138 (2 ޑިސެމްބަރު 3233) ސިޓީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްތްރަކްޗަރގެ ނަންބަރު DS1/238/2013/25-138 (35 ނޮވެމްބަރު 3232(ސިޓީ - ކޮމެޓީގެ ރިޕޯޓަށް ބަލާއިރު، 3 މެންބަރުން ހިމެނެއެވެ. އެއީ ކައުންސިލްގެ 1 މެންބަރުންނާއި ކޮމެޓީގެ 5 މެންބަރު ންނެވެ. މި3 ފަރާތަކީވެސް ކޮމެޓީގެ މެންބަރުންގެ ގޮތުގައި ހިމެނޭ ފަރާތްތަކެއްކަން ކޮމެޓީގެ ރިޕޯޓުން އެނގެއެވެ. - ދ.ވާނީ ކައުންސިލްގެ އިދާރާގެ ނަންބަރު 2014/01-379-A ޤަރާރު
5.3 އެރިޕޯޓަކީ ސަރުކާރުން ދ.ކުޑަހުވަދގައި އިމާރާތްކުރަމުންދާ ހައުސިންގ ޔުނިޓްތައް ދ.ވާނީ ރައްޔިތުންގެ ތެރެއިން ލިބެންޖެހޭ އޭގެ އެންމެ ޙައްޤުވެރި ފަރާތްތައް ކަނޑައެޅުން ކަމަށަ އެރިޕޯޓުގެ "މަޤްޞަދު" ގައި ބަޔާންކޮށްފައި ވެއެވެ.
5.3 ލިސްޓް ފައިނަލް ކުރެވުނު ގޮތކަމުގައ އެރިޕޯޓުގައި ބަޔާންކޮށްފައިވަނީ، "ސ ނާމީ ކާރިޘާއާގުޅިގެން ދ.ވާނީގެ ރައްޔިތުން އެހެންރަށަކަށ ބަދަލުވުމަށް ރައްޔިތުން ނިންމާފައިވަން ސުނާމީގެ ކުރީގެ ޙާލަތަށް ބަލައިގެންނެވެ. އެގޮތުން ސުނާމީގެ ފަހުން ބައެއް ގޯތިތައް ބައިކުރެވިފައިވީނަމަވެސ އެފަދް އެއްވެސ ތަނެއް ނުހިމެނޭ ގޮތަށް ސުނާމީގެ ކުރެން ދ.ވާނީގައ ހުރި ގެޔާއި ގޯތިތަކުނ އެއްވެސް ތަނެއް އުނިނުވާނޭ ގޮތެއްގެ މަތިނ ރަށުން ބަދަލުވުމުގެ މަސައްކަތް ކުރުމަށް ދ.ވާނީ ރައްޔިތުންވަނީ އިއްތިފާޤުވެފައެވެ. ގެތައް ލިބެންޖެހޭ ފަރާތްތައް ކަނޑައެޅުމުގައި ކޮމިޓީން ބަލާފައިވާނީ މަތީގައި ދެންނެވިފައިވާ ޙާލަތަށެވެ. ކޮމިޓީގެ2 ދުވަހުގެ މަޝްވަރާ ބައްދަލުވުންތަކަށްފަހު ދ.ވާނީގެ ރައްޔިތުންނަށް ބޭނުންވެފައިވް52 ގޯތީގެ ތެރެއިން 52 ގޯއްޗަކީ ދ.ވާނީގެ ރަށްވެހިންގ ގޮތުގައެ ތިބި ދ.ވާނި ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަން ނުލިބިވާ ހުރިހާ ފަރާތްތަކަށް ބޯހިޔާވަހިކަން ލބެންވާނ ކަމަށެ ކޮމެޓީން ނިންމުނެވެ. ދެ.ވާނީގައ ވާނި ރައްވެހިންގ ގޮތުގައެ ނުހިމެނި ފަރާތްތަކެއްގެ ގެދޮރު ހުރުމާއެކު އެފަރާތްތަކަށް މި ކޮމެޓީން ގޮތެއް ނިންމުމަކީ އެންމެ ޢައުލާކަން ބޮޑުގޮތެއް ނންކަމަށ ކޮމެޓީއަށް ފެންނާތީވެ، މިފަރާތްތަކަށ ސަރުކާރުން ގޮތއެ ނިންމުން އެންމެ ރަނގަޅުވާނ ކަމަށެ ކޮމިޓީން ނިންމުނެވެ. ގެ ލިބެންޖެހޭނެކަމަށް ކޮމިޓީން ލިސްޓްކުރެވިފައިމިވާ ގޯތިތަކަކީ ސުނާމީގެ ކުރިން އަދި ސުނާމީގެ ފަހުންވެސް ދ.ވާނީގައ ހުރި ގޯތިތަކަކަށްވާތިއާއި މިގެތަކުގެ ތެރެއިން ބައެއް ގޯތިތައް ބެހިފައިވީނަމަވެސ މިއިން އެއްވެސް ބަޔަކަށް ރާއްޖޭގެ އެއްވެސް ހިސާބަކުން ބޯހިޔާވަހޯ ކަމެއް ލިބިފައިނުވާތިއާއ އަދި މިގީ ތ ތަކުގެ ވެރިފަރާތްތަކަކ ދ.ވާނީގެ ރަށްވެހިން ކަމުގައިވާތީއެވެ. އަދި މިލިސްޓ ޖަދުވަލް 3 ގައި މިވަނީއެވެ." މިފަދައިންނެވެ.
6އިސްވެ ބުނެވުނު ޤަރާރުގެ ދަށުން ކުޑަހުވަދގައި ވާނީ ރައްޔިތުންނަށް އަޅާފައިވާ ހައުސިންގ ޔުނިޓްތައް ދނޭ ފަރާތްތައް ކަނޑައެޅުމުގައި ކޮމެޓީން ގެންގުޅެފައިވާ އުޞޫލަށް ބަލާއިރު،ސުނާމީ ކާރި ސާގެ ކުރިން ވާނީގައި ހުރި ގެޔާއި ގޯތިތަކުން އެއްވެސް ތަނެއް އުނިނުވާނެ ގތުގެމަތިނޮ ގޯތި/ގެ ދިނުމާއި އަދި ސުނާމީ ކާރިސާގެ ފަހުން ގޯއްޗެއް/ގޯތިތަކެއް ބައިކުރެވިފައި ވަނީ މަވެސަ އެފަރާތަކީ ރާއްޖޭގެ އެއްވެސް ރަށަކުން ބޯހިޔާވަހިކަމެއް ލިބިފައިނެތް އަދި ވާނީގެ ރައްވެހިންކަމުގައިވާ ފަރާތްތަކަށް ގޯތި ދިނުމަށް ނިންމާފައިވާކަން އިސްވެ ބުނެވުނު ވާން ކައުންސިލްގެ އިދާރާގެ "ކަން ނިންމް ގޮތުގެ ރިޕޯޓް" އިނ އެނގެއެވެ.
3ބުނެވިދިޔަ އުޞޫލުގެ ދަށުން ވާނީއިން ކުޑަހުވަދޫ އަށް ބަދަލުވި ވާނީގެ ރައްޔިތުންނަށް، ކުޑަހުވަދގައި އިމާރާތް ކޮށްފައިވާ 52 ހައުސިންގ ޔުނިޓްގެ ތެރެއިން 52 ޔުނިޓް ލިބޭ ފަރާތްތަކުގެ ލިސްޓް ފައިނަލް ކުރެވުނެވެ. އެ ލިސްޓް ގައި ވާނީ، "ބީޗްފުލެޓް" ގޯތި/ގެ ހިމެނިފައި ނުވެއެވެ.
1. ވާނީގެ ރައްޔިތުންނަށް، ކުޑަހުވަދގައި އިމާރާތްކޮށްފައިވާ 52 ހައުސިންގ ޔުނިޓްގެ ތެރެއިން 52 ޔުނިޓް ލިބޭފަރާތްތައ ކަނޑައަޅައް އެކުލަވާލެވުނު ލިސްޓްގައިވާ ފަރާތްތަކަށް ހައުސިންގ ޔުނިޓްތައް ޙަވާލުކުރުމަށް މިނިސްޓްރީން ނިލަންދެއަތޮޅު ދެކުނބުރު ކުޑަހުވަދޫ ކައުންސިލަށް އަންގާފައި ވެއެވެ. އެ ލިސްޓަށް ޢަމަލުކުރުމަށް މިނިސްޓްރީން ނިންމި ސަބަބެއްކަމުގައި ބަޔާންކޮށްފައިވަނީ އެލިސްޓްކީ ކުރީގެ ދ.ވާނީ ކައުންސިލާއި ދ.ވާނީ ރައްޔިތުން ހިމެނޭގޮތުން އެކައުންސިލުން އެކުލަވާލި "ކޮމެޓީ" އަކުން ތައްޔާރުކޮށް ފާސްކޮށްފައިވާ ލިސްޓަކަށްވާތީއާއި، ދ.އަތޮޅު ކައުންސިލާއި، ދ.ކުޑަހުވަދޫ ކައުންސިލުން ވެސް، މިހައުސިންގ ޔުނިޓްތައް ދކުރުމުގައ އެންމި މަސްލަޙަތު ހުރިގޮތަކީ މި ލިސްޓަށް އަމަލުކުރުން ކަމުގައި ނިންމާފައިވާތީކަން އެނގެއެވެ. އަދި، އެލިސްޓްގައ ހިމެނި ފަރާތްތަކާ ހައުސިންގ ޔުނިޓްތައް ޙަވާލުކުރުމަށްފަހު އެޔުނިޓްތަކުގެ ރަޖިސްޓްރީ އެފަރާތްތކުގ ނަމުގެ މައްޗަށަ ބަދަލު ކުރުމަށް އަންގާފައި ވާ އެވެ. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު DS1/381/2014/35-138 ސިޓީ.
ދ.ވާނީ، ބީޗްފްލެޓް ގޯތި
3. ދ.ވާނީ، ވިލާޑީސޯސަނ ކިޔް ގޯއްޗަކާ ސުނާމީގެ ކާރިޘާގ ކުރީގެ ގޯއްޗެކެވެ. އެގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ މިލްކްވެރިންގެ ތެރޭގައި ދ.ވާނީ، […] ޞާލިޙް މުޙައްމަދު ހިމެނެއެވެ. ވާނީ "ބީޗްފްލެޓް" އަކީ ވާނީ، ވިލާޑީސޯސަން އެވެ ކިޔާގޯތި ހަތަރުބައިކޮށް ދ.ވާނީ، […] (ދ.ކުޑަހުވަދޫ ފިނިވާދީ) ޞާލިޙް މުޙައްމަދަށް ލިބުނު ބައެވެ. ޞާލިޙް މުޙައްމަދުގެ ނަމުގައި ވާނީ ބީޗްފުލެޓް ރަޖިސްޓްރީކޮށްދީފައވަނި 33 ފެބުރުވަރީ 3226 ގައެވެ. މިކަންކަން ހިނގާފައި ވަނީ ސުނާމީ ކާރިޘާގެ ފަހުންނެވެ.
32.ޞާލިޙް މުޙައްމަދުގެ ނަމުގައު "ބީޗްފްލެޓް" ރަޖިސްޓްރީކޮށް ދީފައިވަނިކޮށް އ ގޯތީގައިވާ އެންމެހައި ޢިމާރާތާއި ވަޅުފަދަ ތަންތަން އޭނާގެ ދދަރިނެ ކަމުގައިވާ ދ.ކުޑަހުވަދޫ/ފިނިވާދީ، ޔާމީން ޞާލޙި އާ އެގޭ ސާމިން ޞާލިޙށަ ހިބައިން ދިނުމަށް ޞާލިޙް މުޙައްމަދުގެ ފަރާތުން ހުށަހެޅި މައްސަލަ ދ.ކުޑަހުވަދޫ ކޯޓުގެ ނަންބަރު 25/M8C/2009 ޤަޟިއްޔއިނާ ބަލައި، މި ހިބައިގެ އީޖާބާއި ޤަ ބިލު ޝަރީޢަތުގެ މަޖްލީހުގައި ޞައްޙަ މަގުން ހިންގައި ނިމިފައިވާތީ ދ.ވާނީ ބީޗްފުލެޓް އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި އިމާރާތްތަކާއި ވަޅުފަދަ ތަންތަނަކީ ދ.ކުޑަހުވަދޫ/ފިނިވާދީ، ޔާމީން ޞާލިޙއި ދ.ކުޑަހުވަދޫ/ ފިނިވާދީ، ސާމިން ޞާލިޙގެ ހަމަހަމަ މިލްކު ތަންތަން ކަމުގައި، 21 ޖޫން 3223 ގައި ޙުކުމް ކޮށްފައި ވެއެވެ. މިގޮތަށް ޙުކުމް ކޮށްފައިވީނަމަވެސް ބީޗްފްލެޓް ކިޔާ ގޯތީގއިވަ އިމާރާތްތަކާއި ވަޅުފަދަތަންތަނގެ ރަޖިސްޓްރު މި މައްސަލަ އިސްތިއުނާފުކުރާ ޔާމީން ޞާލިޙާއި ސާމިން ޞާލިޙގް ނަމުގެ މައްޗަށް ބަދަލުކޮށްފައި ނވު އެވެ. - ދ.ވާނީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 06/M6C/2004 ޤަޟިއްޔާގެ ތަރިކަ މައްސަލައިގެ ތެރެއިން ރަޖިސްޓްރީ ނަންބަރު M/2006/06-(6)A ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވާ
33މި މައްސަލައިގައި ހުށަހަޅާފައިވާ ދަޢުވާއަކީ، ދ.ވާނީ ރައްޔިތުންނަށް އަމާޒު ކުރެވިގެން ދ.ކުޑަހުވަދޫ ގައި ޢިމާރާތް ކޮށްފައިވާ 52 ހައުސިންގ ޔުނިޓް ލިބޭ ފަރާތްތައް ކަނޑައެޅުމަށް ދ.ވާނީ ކައުންސިލާއި އެ ކައުންސިލުން އެކުލަވާލައފައިވާ ކޮމިޓީއަކުން ތައްޔާރުކޮށްފައިވ 52 ފަރާތެއް އެކުލެވޭ ލިސްޓަކަށް ޢަމަލު ކުރުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު DS1/381/2014/35-138 (36 ނޮވެންބަރު 3231) ސިޓީ ން ނިންމާފައިވާތީ އާއި، ދ.ކުޑަހުވަދޫ ކައުންސިލްގެ ނަންބަރު 2015/39-381/1-B (32 ޖޫން 3235) އިޢުލާނުގައި 52 ފަރާތެއްގެ ނަން ޢންމުކޮށާ 33 ޖޫން 3235 މިތާރީޚުގައި އެލިސްޓުގައިވާ ފަރާތްތަކަށް ހައުސިންގ ޔުނިޓް ޙަވާލު ކޮށްފައިވުމުން ދ.ކުޑަހުވަދޫ ފިނިވާދީ ޔާމިން ޞާލިޙް އާއި އެގޭ ސާމިން ޞާލިޙް ދ.ވާނީ "ބީޗްފްލެޓް" ކިޔާ ގޯއްޗާއި ޢިމާރާތްތައް އެލިސްޓްގައި ހިމަނާފައި ނެތުމުގެ ސަބަބުން ދިވެހިރާއްޖޭގެ ޖުމްހ ރިއްޔާގެ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާގެ (ށ) އާއި އަދި 12 ވަނަ މާއްދާގެ (ހ) އިން ދަޢުވާކުރާ ފަރާތްތަކަށް ކަށަވަރުކޮށް ދޭ "ހިޔާވަހިކަމުގެ ޙައްޤާއި" މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ޙައްޤު ޔާމނި ޞާލިޙް އާއި ސާމިން ޞާލިޙް އަށް ގެއްލިފައިވާތީ، ދ.ވާނީ ރައްޔިތުންނަށް ޢަމާޒު ކުރެވިގެން ދ.ކުޑަހުވަދގައި ޢިމާރާތްކުރި 52 ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކުގެ ލިސްޓުގައި ދ.ކުޑަހުވަދޫ ފިނިވާދީ ޔާމިން ޞާލިޙް އާއި ސާމިން ޞާލިޙަށް ލިބިގެންވާ ދ.ވާނީ ބީޗްފްލެޓް ކިޔާ ޢިމާރާތާއި ގޯތި ހިމަނައި ދިނުމަށް އެންގުމަށް އެދި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާރސްޓަކްޗަރ އަށް ރައްދުވާ ގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ޔާމިން ޞާލިޙް އާއި ސާމިން ޞާލިޙގް ފަރާތުން ކޮށްފައިވާ ދަޢުވާއެއްކަން އެނގެއެވެ. - ސިވިލް ކޯޓުގެ ނަންބަރު 597/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ސިވިލް ކޯޓުން މައްސަލަ ނިންމގޮތި
33. ސިވިލް ކޯޓުން އެ މައްސަލަ ބަލައި ނިންމާފައިވަނީ، ދ.ވާނީ މީހުން ދ.ކުޑަހުވަދޫއަށް ބަދަލުކުރި ކުރުމުގައި ދ.ވާނީ ރައްޔިތުންނަށް އަމާޒު ކުރެވިގެން ދ.ކުޑަހުވަދގައި އިމާރާތް ކޮށްފައިވާ ހައުސިންގ ޔުނިޓް ލިބޭފަރާތްތަކުގެ ފައިނަލް ލިސްޓްގައި ދ.ކުޑަހުވަދޫ ފިނިވާދީ، ޔާމިން ޞާލިޙް އާއި ދ.ކުޑަހުވަދޫ ފިނވާދީ، ސާމިނ ޞާލިޙް ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ދ.ވާނީ، "ބީޗްފްލެޓް" ކިޔާ ގޯތި ހިމަނާފައި ނުވަނީ ދ.ވާނީ ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމަށް އިއްތފާގި ވެފައިވު ހަމައާއި އުޞޫލާ އެއްގޮތަށް ނޫންކަން ޝަރީޢަތަށް ޘާބިތު ނުވާކަމަށް ކަނޑައަޅައި، ބުނެވިދިޔަ ގޮތުގެ މައްޗަށް ދ.ވާނީ ރައްޔިތުންނަށް އަމާޒު ކުރެވިގެން ދ.ކުޑަހުވަދގައި ޢިމާރާތް ކޮށްފައިވާ ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓަށް ދ.ކުޑަހުވަދގައި ޢިމާރާތް ކޮށްފައިވާ ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓަށް ދ.ކުޑަހުވަދޫ ފިނިވާދީ ޔާމިން ޞާލިޙް އާއި ދ.ކުޑަހުވަދޫ ފިނިވާދީ ސާމިނ ޞާލިޙް ގެ ނަމުގއަ ރަޖިސްޓްރީކޮށްފައިވާ ދ.ވާނީ "ބޗްފްލީ ޓް" ކިޔާ ގޯތީގެ ނަން އިތުރުކޮށެ އެލިސްޓްގައި ދ.ވާނީ "ބީޗްފްލެޓް" ކިޔާ މި ގޯތި ހިމެނުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާރސްޓްރަކްޗަރ އަށާއި ދިވެހި ދައުލަތަށް ޝަރީޢަތުގެ ފަރތުނާ އަންގާނެ ތަނެއނެތް ކަމަށެވެ.
އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް
32.ސިވިލ ކޯޓުގް ނަންބަރު 597/Cv-C/2016 ޤަޟިއްޔާ ނިންމފައިވަނާ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ދ.ކުޑަހުވަދޫ/ފިނިވާދީ، ޔާމީން ޞާލިޙް އާއި އެގޭ ސާމިން ޞާލިޙްގެ ފަރާތުން ތިރީގައި އެވާ ނުކުތާތައް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައި ވެއެވެ.
32.3 ސިވިލް ކޯޓުގެ ނަންބަރު 597/Cv-C/2016 ޤަޟިއްޔާހުށަހެޅިފައިވަނީ، ދ.ވާނީ ރައްޔިތުންނަށް އަމާޒުކުރެވިގެން ދ.ކުޑަހުވަދޫގައި 52 ހައުސިންގ ޔުނިޓް އިމާރާތްކޮށް، ދ.ވާނީ ކައުންސިލާއި އެކައުންސިލުން އެކުލަވާލާފައިވާ ކޮމެޓީއަކުން ތައްޔާރުކޮށްފައިވާ ލިސްޓަކަށް އަމަލުކުރުމަށް، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ނަންބަރު DS1/381/2014/35-138 ) 36 ނޮވެމްބަރ 3231) ގެ ސިޓީން ނިންމާފައިވާތީ، އެ ނިންމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނޫއަސާސީގެ 33 ވަނަ މާއްދާ، 31 ވަނަ މާއްދާ، 32 ވަނަ މާއްދާ އާއި ޚިލާފުވާތީ އާއި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނިންމުމުގެ ސަބަބުން، ދޢަ ވާކު ރ ފަރާތްތަކަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނއަސާސީގު 12 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ މުދަލުން މުޢާމަލާތު ކުރުމާއި މުދަލުން ތަސައްރުފް ކުރުމުގެ ޙައްޤާއި، އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނުނޫއަސާސީގެ 32 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ބޯހިޔާވަހިކަމުގެ ޙައްޤު ގެއްލިފައިވާތީ އެ މައުޟޫޢުގެ މައްޗަށް ކަމުގައި ވީހިނދު ސިވިލް ކޯޓުގެ ނަންބަރު 597/Cv-C/2016 ޤަޟިއްޔާގެ ޙުކުމުގައި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު DS1/381/2014/35-138( 36 ނޮވެމްބަރ 3231) ގެ ސިޓީން ނިންމާފައިވާ ނިންމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 33 ވަނަ މާއްދާ، 31 ވަނަ މާއްދާ 32 ވަނަ މާއްދާ އާއި ޚިލާފުވާތީ އެކަމުގެ މައްޗަށް ރިޢާޔަތް ކޮށްފައި ނުވުމާއި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނިންމުމުގެ ސަބަބުން ދޢަ ވާކުރު ފަރާތް ތަކަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނޫއަސާސީގެ 12 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ މުދަލުން މުޢާމަލާތު ކުރުމާއި މުދަލުން ތަސައްރަފް ކުރުމުގެ ޙައްޤާއި، 32 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ބޯހިޔާވަހިކަމުގެ ޙައްޤު ގެއްލިފައިވާކަމުގެ މައްޗަށް ރިޢާޔަތް ކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
32.3 ސިވިލްކޯޓުގެ ނަންބަރު 597/Cv-C/2016 ޤަޟިއްޔާގެ ޙުކުމުގައި "ދ.ވާނީ ރައްޔިތުންގެ ގޮތުގައި ނުހިމެނޭ ފަރާތްތަކުގެ ގޯތި ގެދޮރާއި މެދުގައި ވަކި ގޮތެއް ދައުލަތުން ނިންމާފައިނުވާ ކަމަށް ދައުވާކުރާ ފަރާތުން ބުނެފައިވުމުން ދައުލަތގު ފަރާތުން ވަކިގޮތެއް އެކަމާ މެދުގައި ނިންމާފައިނުވާކަމުގެ މައްޗަށް ޙުސޫމަތް އުފައްދާ އެނިންމުން ޠަޢުނު ކުރުމަށް ދޢަ ވާ ކުރެވޭނޭ ހަމައެއް ނެތް" ކަމުގައި ކަނޑައާފައިވަނީ ކްން އަސާސެއްގެ މައްޗަށް ބިނާކޮށާ ކަން ބަޔާންކޮށްފައެނުވާއިރު، ޝަރީޢަތުން ނިންމާފައިވެ އެ ނިންމުން ދިވެހިރާއްޖޭގ ޖުމްހޫރިއްޔާގެ ޤާނޫނއަސާސީގ 12 ވަނަ މާއްދާގަ (ނ) އާއި ޚިލާފުވާކަމަށް ދ ޢވާކުރާ ފަރާތުން ދެކޭ ކަމަށ ބުނެ ހުށަހެޅިފައިވާ ނުކުތާ.
32.2 ސިވިލްކޯޓުގެ ނަންބަރު 597/Cv-C/2016 ޤަޟިއްޔާގެ ހުކުމުގައި "މިއީ ދ.ވާނީގައ ހުރި ދ.ވާނީ ރައްޔިތުންގެ ގޮތުގައި ނުހިމެނޭ ފަރާތްތަކުގެ ގޯތިގެދޮރާއ މެދުގައި ވަކި ގޮތެއް ނިންމާފައި ނުވާކަމުގެ މައްޗަށް ޚުޞޫމަތެއް އުފެދިގެން ބެލޭ މައްސަލައެއް ނުން ކަމުގައި" ނިންމާފައިވާނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްގެން ކަން ސާފު ނުވާއިރު، ސިވިލްކޯޓުގެ ނަންބަރު C/2016-v597/C ޤަޟިއްޔާގެ ދައުވާފޯމުގައްޔާއި ހުށަހަޅާފައިވާ ބަޔާންތަކުގައި ޙުޞޫމަތު ބިނާކޮށްފައިވަނީ ދ.ވާނީ ރައްޔިތުންނަށް އަމާޒުކުރެވިގެން ދ.ކުޑަހުވަދޫގައި އިމާރާތްކުރި 52 ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކުގެ ލިސްޓަށް އަމަލުކުރުމަށް މިނިސްޓްރީއޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ނިންމި ހިނދު ދ.ވާނީ އަށް ނިސްބަތްނުވާ ފަރާތްތަކުގެ ގޯތި ގެދޮރާއ މެދުގައި ދައުލަތުން ގޮތެއް ނިންމާފައި ނުވުމުގެ މައްޗަށް ކަމަށް ވީހިނދު، ސިވިލް ކޯޓުގެ ނަންބަރު 597/Cv-C/2016 ޤަޟިއްޔާގެ ހުކުމުގައި "މިއީ ދ.ވާނީގައި ހުރި ދ.ވާނީގައި ރައްޔިތުންގެ ގޮތުގައި ނުހިމެނޭ ފަރާތްތަކުގެ ގޯތިގެދޮރާއ މެދުގައި ވަކި ގޮތެއް ނިންމާފައި ނުވާކަމުގެ މައްޗައް ޚުޞޫމަތެއް އުފެދިގެން ބެލޭ މައްސަލައެއް ނޫން ކަމުގައި" ނިންމާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 597/Cv-C/2016 ޤަޟިއްޔާގެ ދައުވާ ހުށަހަޅާ ފޯމުގެ 1 ވަނަ ނަންބަރުގެ ދަށުން 2 ވަނައަށް ފާހަގަކޮށްފައިވާ ނުކުތާ އާއި، ނަންބަރު 597/Cv-C/2016 ޤަޟިއްޔާ އާއި ގުޅިގެން ދައުވާކުރާ ފަރާތުން 3236 ނޮވެމްބަރ 31 ގައި ހުށަހަޅާފައިވާ ފުރަތަމަ ބަޔާނުގެ 5.3 އަދި ދައުވާކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ޚުލާސާ ބަޔާނުގެ 5.2 ގައި މި ނުކުތާތަކަށް ރިޢާޔަތް ނުކުރާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ.
32.1 ދ.ވާނީ ބީޗްފްލެޓް ކިޔާ ގޯއްޗަކީ، ދ.ވާނީ ރައްޔިތުންނަށް އަމާޒުކުރެވިގެން ދ.ކުޑަހުވަދޫގައި އިމާރާތްކުރި ހައުސިންގ ޔުނިޓްތައ ލިބް ފަރާތްތަކުގެ ލިސްޓުގައި ހިމެނޭ ޝަރުޠުތަކާއި އުންޞުރު ތަކަށް ފެތޭ ގޯއްޗެއް ކަމުގައި ވީހިނދު، ސިވިލް ކޯޓުގެ ނަންބަރު 597/Cv-C/2016 ޤަޟިއްޔާގެ ޙުކުމުގައި ދ.ވާނީ ރައްޔިތުންނަށް އަމާޒުކުރެވިގެން ދ.ކުޑަހުވަދޫގައި އިމާރާތްކުރި ހައުސިންގ ޔުނިޓްތައ ލިބް ފަރާތްތަކުގެ ލިސްޓަށް ދ.ވާނީ ބީޗްފްލެޓް އިތުރުކޮށް އެ ލިސްޓުގައި ދ.ވާނީ ބީޗްފްލެޓް ހިމެނުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް އަމުރުކުރާނޭ ތަނެއް ނެތް ކަމުގައި ޙުކުމް ކޮށްފައިވަނީ ލިސްޓް ފައިނަލް ކުރުމުގައި ބަލާފައިވާ ހަމައާއި އޞުލާއ ގުޅިގެނި ހުށަހަޅަފައިވާ ލިޔުންތަކާއި އެލިޔުންތަކުން ސާބިތު ވާ ކަންކަމަށް ރިޢާޔަތްނުކޮށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
32.5 ސިވިލް ކޯޓުގެ ނަންބަރު C/2016-/Cv759 ޤަޟިއްޔާގައި، ދ.ވާނީ ބީޗްފްލެޓަކީ ދ.ވާނީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 06/M6C/2004 ޤަޟިއްޔާގެ ދަށުން ލިބިފައިވާ ތަރިކަ މުދަލެއް ކަމަށާއި، ސިވިލް ކޯޓުގެ ނަންބަރު 2086/Cv-C/2015 ޤަޟިއްޔާގައި ދ.ވާނީ ކޯޓުގެ ނަންބަރު 06/M6C/2004 ޤަޟިއްޔާގެ ދަށުން ލިބިފައިވާ ގޯއްޗެއް ދ.ވާނީ ރައްޔިތުންނަށް އަމާޒުކުރެވިގެން ދ.ކުޑަހުވަދޫގައި އިމާރާތްކުރި ހައުސިންގ ޔުނިޓްތަކުގެ ލިސްޓުގައި ކަނޑައެޅުމަށް ޙުކުމް ކޮށްފައިވާތީ އެކަމަށް ރިޢާޔަތްކޮށް ނަންބަރު -/Cv759 C/2016 ގައި ދޢުވަކުރާފަރާތްތަކުގެ ނަމުގައިވާ ގޯތި އެ ލިސްޓުގައި ހިމަނައި ދިނުމަށް އެދި ހުށަހެޅި ނުކުތާއާ ގުޅިގެން، ނަންބަރު 2086/Cv-C/2015 ޤަޟިއްޔާގައި ދަޢުވާކުރި ފަރާތަކީ ދ.ވާނީ ރައްޔިތެއް ކަމަށާއި، ހުށަހެޅި ބެލެމުން މިދާ މައްސަލައަކީ ދ.ކުޑަހުވަދުއަށް ނިސްބަތްވާ ފަރާތްތަކެއްގެ މައްސަލައަކަށް ވާތީ، ނަންބަރު 2086/Cv-C/2015 ޤަޟިއްޔާގައި ކަން ހިނގާފައިވާ ގޮތާއި، ނަންބަރު C/2016-/Cv759 ޤަޟިއްޔާ އެއްގޮތް ނުވާކަމަށް ޝަރީޢަތުން ކަނޑައަޅާފައި ވާއިރު ޝަރީޢަތުން ނިންމާފައިވާ އެ ނިންމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނޫއަސާސީގެ 33 ވަން މާއްދާގައި ބާޔާންކުރާ ތަފާތު ނުކުރުމާއި، 31 ވަނަ މާއްދާގައި ބާޔާންކުރާ ދައުލަތުގެ ވާޖިބާއި ޚިލާފު ކަމުގައި ދަޢުވާކުރާ ފަރާތްތަކުން ދެކޭކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ.
32.6 ސިވިލް ކޯޓުގެ ނަންބަރު 597/Cv-C/2016 ޤަޟިއްޔާގެ ޙުކުމުގައި، ދ.ވާނީ މީހުން އެހެން ރަށަކަށް ބަދަލުވުމަށް ހިނގާދިޔަ ދެ ފިޔަވަހީގެ ލިސްޓުގައި ދ.ވާނީ "ބީޗްފްލެޓް" ކިޔާ މި ގޯތި ހިމެނިފައިނުވަނީ އުޞޫލާއި އެއްގޮތަށްކަން ޝަރީޢަތުގެ ހަމަތަކުން އެނގޭކަމުގައި ކަނޑައަޅާފައިވާއިރު، ޝަރީޢަތުން ބަލާފައިވާ އެ އުޞޫލަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަށްސީގެ 12 ވަނަ މާއްދާގެ (ހ)، (ށ)، އާއި ޚިލާފުވާ އުޞޫލެއް ކަމުގައިވާ ކމަށަ ބުން ހުށަހަޅާފައިވާ ނުކުތާ.
32.3 ސިވިލް ކޯޓުގެ ނަންބަރު 597/Cv-C/2016 ޤަޟިއްޔާގެ ޙުކުމުގައި، ދ.ވާނީ މީހުން އެހެން ރަށަކަށް ބަދަލުވުމަށް ހިނގާދިޔަ ދެ ފިޔަވަހީގެ ލިސްޓުގައި ދ.ވާނީ "ބީޗްފްލެޓް" ކިޔާ މިގޯތި ހިމެނިފައިނުވަނީ އުޞޫލާއި އެއްގޮތަށް ކަން ޝަރީޢަތުގެ ހަމަތަކުން އެނގކަމުގައޭ ކަނޑައަޅާފައިވާއިރު، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު DS1/381/2014/35-138 (36 ނޮވެމްބަރ 3231) ގެ ސިޓީން ދ.ވާނީ ރައްޔިތުންނަށް އަމާޒުކުރެވިގެން ދ.ކުޑަހުވަދޫގައި އިމާރާތް ކުރެވުނު ހައުސިންގ ޔުނިޓްތަކުގެ ތެރެއިން 52 ފަރާތެއް ހިމެނޭ ލިސްޓަކަށ ޢަމަލުކުރުމަށް ނިންމުމުގއަ ދަޢުވާކުރާ ފަރާތްތަކަށް އިޖުރާއީ ޢަދުލުއިންޞާފު ގެއްލިފައިވުމާއި، ހައުސިންގ ޔުނިޓްތައ ލިބް ފަރާތްތަކުގެ ލިސްޓަށް އަމަލުކުރުމަށް ހައުސިންގ މިނިސްޓްރީން ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 12 ވަނަ މާއްދާގެ (ހ) އަދި (ށ) ބަޔާންކުރާ ޢަދުލުވެރި ކަމާއެކު އިދާރީ ފިޔަވަޅު އެޅުމާއި ޚިލާފަށް ކަމުގައިވީއިރު، އެ ކަމަށް ނުބައްލަވާ ސިވިލް ކޯޓުގެ ނަންބަރު 597/Cv-C/2016 ޤަޟިއްޔާގެ ޙުކުމުގައި، ދ.ވާނީ މީހުން އެހެން ރަށަކަށް ބަދަލުވުމަށް ހިނގާދިޔަ ދެ ފިޔަވަހީގެ ލިސްޓުގައި ދ.ވާނީ "ބީޗްފްލެޓް" ކިޔާ މި ގޯތި ހިމެނިފައިނުވަނ އުޞޫލީ އެއްގޮތަށް ކަން ޝަރީޢަތުގެ ހަމަތަކުން އެނގޭ ކަމުގައި ކަނޑައަޅާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ.
31.މ މައްސަލި އިސްތިއުނާފުކުރާފަރާތްތަކުން އެދިފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 597/Cv-C/2016 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލްކޮށްދިނުމަށާއި، ދ.ވާނީ ރައްޔިތުންނަށް އަމާޒު ކުރެވިގެން ދ.ކުޑަހުވަދގައި އިމާރާތްކުރާ ހައުސިންގ ޔުނިޓްތައް ލިބެންޖެހޭ ފަރާތްތަކުގެ ލިސްޓްގައި ދ.ވާނީ "ބީޗްފްލެޓް" ކިޔިގޯތ ހިމެނުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އުންފްރސްޓްރަކްޗަރ ގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.
35.މި މައްސަލައިގެ އިސްތިއުނާފުރައްދުވާ ފަރާތުން ބުނެފައިވަނީ، އިސްވެ ބުނެވުނު ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ބައެއް ނުކުތާތަކުގައި ކޯޓުތަކގު ޤާނނުގައާއި ހައިކޯޓުގެ ގަވާއިދުގައި ބުނެފައިވާ ފަދައިން މައްސަލަ އިސްތިއުނާފުކުރެވޭ ފަދަ ސަބަބެއް އަދި ޙާލަތެއް ފާހަގަ ކޮށްފައިނުވާ ކަމަށާއި އެގޮތުން އިސްތިއުނާފު ފޯމުގެ ނަންބަރު .33 އާއި، .23 އަދި .13 ގައި ފާހަގަކޮށްފައިވާ ނުކުތާތަކަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކުގެ ތެރެއިން ކޮން އުޞ ލަކާ ޚިލާފުވެގެން ހުށަހަޅާފައިވާ ނުކުތާތަކެއް ކަން އެނގެންނެތް ކަމަށާއި، އެހެންކަމުން އެނުކުތާތައް އިސްތިއުނާފު ފޯމުން އުނިކޮށްދިނުމަށް އެދޭކަމަށާއި، ދަށު ކޯޓުގެ ޤަޟިއްޔާގައި ނިންމާފައި ނިންމުމަކީ ޤާނޫނުއަސާސީގެ 33،31،32،32 އަދި 12 ވަނަ މާއްދާތަކުގެ ދަށުން އިސްތިއުނާފުކރު ފަރާތްތަކަށް ލިބިދީފައިވާ ޙައްޤުތަކާ ޚިލާފު ނިންމުމެއް ނޫން ކަމަށާއި، ދ.ވާނީ ރައްޔިތުންނަށް ދ.ކުޑހުވަދަ ގައި އިމާރާތްކުރި 52 ގެ ޙަވާލުކުރާނެ ފަރާތްތައް ކަނޑައެޅިގެން ދިޔައީ ރައްޔިތުންގެ މަޝްވަރާގެ މަތިން ދ.ވާނީ ކައުންސިލުން އެކުލަވާލި އުޞ ލެއްގެ ދަށުން ކަމަށާއި އެއުޞ ލުގެ ދަށުން ދ.ވާނީގެ ރައްޔިތުންގެ ގޮތުގައެ ނުހިމެނި ފަރާތްތަކަށް ގެ ލިބޭ ގޮތަށް ބަޔާންކޮށްފައި ނުވާ ކަމަށާއި، އެ އުޞލ އެއްގޮތްވާ ގޮތުގެމަތިން ގެ ލިބޭ ފަރާތްތަކުގެ ކިބައިގައި ފުރިހަމަ ވާންޖެހޭ ޝަރުޠުތައް ދ.ވާނީ "ބީޗްފުލެޓް" ކިޔާ ގޯތީގައި ހަމަނުވާތީ އެލިސްޓްގައި އެގެ ހިމެނިފައި ނުވާ ކަމަށާއި އެހެންކަމުން، އެގެ ދ.ވާނީން ގެ ލިބޭ މީހުންގެ ލިސްޓްގައި ހިމަނައި ދިނުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާންސްޓަރަކްޗަރގެ މައްޗަށް އަންގައި އަމުރު ކުރާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި، އިސްތިއުނފުކުރެވިފައާ މިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށް ދައުލަތުގެ ފަރާތުން އެދިފައިވެއެވެ. ފާހަގަ ކުރެވުނު ކަންތައްތައް:
36.ހިޔާވަހިކަން ލިބުމާއި، ދިރިއުޅޭނެ ސާފު އަދި ޞިއްޙަތަށް ރަނގަޅު މާޙައުލެއް ލިބުމަކީ ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިގެންވާ ޙައްޤެއް ކަމާއި އަދި އެ ޙައްޤުތައް ރައްޔިތުންނަށް ހޯދޭނެ މަގު ތަނަވަސް ކޮށްދިނުމަށް ދައުލަތުން މަސައްކަތް ކުރަންވާނެ ކަމަށް، ދިވެހިރާއްޖގޭ ޖުމްހ ރިއްޔާގެ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާގއަ ބަޔާންކޮށް ފައި ވެއެވެ. ދިވެހިރާއްޖޭގެ ޖުމްހ ރިއްޔާގެ ޤާނޫނުއަސާސީއާ އެއްގޮތަށް ޢަމަލުކުރުމާއި، ޤާނޫނުއަސާސީގެ [އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ] ބާބުގައި ބަޔާންވެގެންވާ ޙައްޤުތަކާއި މިނިވަންކަން ޙިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަން ޤނޫނުއަސާސީގާ 31 ވަނަ މާއްދާއިން އެނގޭއިރު، އެ ޙައްޤުތއަ ރައްޔިތުންނަށް ހޯދޭނެ މަގު ތަނަވަސްކޮށް ދިނުން ދައުލަތުގެ މައްޗަށް ލާޒިމުކޮށްފައިވާ މިންވަރަކީ، ދައުލަތުގެ ތަނަވަސްކަމާއި، ކުޅަދާނަކަން ހުރި މިންވަރކުނަކަން އެނގެއެވެ. ދިވެހިރާއްޖޭ ގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ޢާއިޝަތު ޙުސައިން މަނިކު ވ.ދައުލަތް މައްސަލައިގައާއި ޙަސަން ޒާހިރު ވ. ދައުލަތް މައްސަލައިގައި ބަޔާންކޮށްފައިވަނީ ދިވެހިރައްޔިތުންނަށ ހިޔާވަހިކަން ހޯދައިދިނުމުގެ ޒިންމާ ދައުލަތުގެ މައްޗަށް ލާޒިމްކޮށްފައިވާ މިންވަރަކީ ދައުލަތުގެ ތަނަވަސްކަމާއި ކރިފޯރުންތެރިކަނ ހުރް މިންވަރަކުން ކަމަށެވެ.
33.އިސްވެ ހަވާލާދެވުނު ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި، ހިޔާވަހިކަމުގެ ޙައްޤަކީ ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިގެންވާ ޙައްޤެއްކަމަށް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވަނ ތަނަވަސް ކަމާއި، ކެރިފޯރުންތެރިކަނ ހުރް މިންވަރަކަށް ނިސްބަތްކޮށް ލާޒިމުވެފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/365 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 2 ގެ (ކ)، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/05 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުތޮގުގެ ރިޕޯޓުގެ 2.6 ވަނަ ނުކުތާ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/271 ޤަޟިއްޔާގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުގެ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓުގެ 2.3 -ދިވެހިރާއްޖޭގ ސުޕްރީމްކޯޓުގެ ނަންބަރA/30 -2017/SC ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 1 ވަނަ ނަންބަރުގެ (ފ) ގައި އަދި ނަންބަރު -2017/SC A/29 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ފ) ގައި. މިންވަރެ އެކަމަށް ނޫނީ ޤާނޫނީގޮތުން ނުބެލެވޭނި ކަމާއި، ޅ.މާފިލާފުށްޓަކީ މީހުން ދިރިނ ޅ ރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅިއިރު، އޭރު އެރަށުގައި ދިރިއުޅެމުން އައި ފަރާތްތަކުން އެ ރަށުގައި ދިރިއުޅެމުން އައު ހިޔާވަހިކަން ފިޔަވައި އިތުރު އެއްވެސް ހިޔާވަހިކަމެއް އ ހެން ރަށަކުން ލިބިފައިނެތް ޢާއިލާތަކުގެ ތެރެއިން، ސަރުކާރުގ އެ ނިންމުމުގެ ސަބަބުން އެ ފަރާތްތަކުގެ އަސާސީ ހިޔާވަހިކަން ގެއްލިގެން ގޮސްފައިވާ ޢާއިލާތަކަށ އިސްކަންދީ، އެފަދަ ޢާއިލާތަކަށް ޚާއްޞަ ރައްކާތެރިކަމެއް، ވީ އެންމެ އަވަހަކަށް ލިބޭގޮތަށް ސަރުކާރުގެ ފ ރާތުނ ކަންތައްތައް ރާވާ އިންތިޒާމުކޮށް ހަމަޖެއްސުމަކީ، އެއީ ޤާނޫނުއަސާސީގާ33 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ތަފާތުކުރުނ ކަމުގައް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ނުބެލޭނަކަމާއި، ޅ.މާފިލާފުށްޓަކީ މީހުން ދިރިނޅ ރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑެއެޅުމުގެ ސަބަބުން އެ ރަށުގައި އޭރު ދިރިއުޅެމުން ދިޔަ ޢާއިލާތަކުގ ތެރެއިން،އްމީހުންގެ އަސާސީ ހިޔާވަހިކަން ގެއްލިދިޔަ ޢާއިލާތަކަށް ހުޅުމާލޭގައި ސަރުކާރުން ހިންގާ ބޯހިޔާވަހ ކަމުގެ މަޝްރޫޢެއްގެ ދަށުނާ ފްލެޓެއް، ނުވަތަ އެ ޢާއިލާއެއް ނިސްބަތްވާ ރަށެއްގައި ސަރެ ކާރުން ހިންގާ ހިޔާވަހިކަމުގެ މަޝްރއެއްގެ ދަށުން އަޅާ ޢިމާރާތަކުން ހިޔާވަހިކަމެއްގެ ގޮތުގައި، ނުވަތަ އާމްދަނީ ހޯދުމުގެ ބޭނުމުގައި، ޅ.މާފިލާފުށީގައި ގެދޮރު ބިނާކޮށްގެން ތިބި ޢާއިލާތަކަށް ކަނޑައެޅިފައިވާ އުޞ ލުން ބޭރުން ޚާއްޞަ ގޮތްތަކެއް ދައުލަތުގެ ފަރާތުނެ ހަމަޖައްސައްދޭންޖެހޭ ސަބަބެއް ކަމަށްވެސް ނުބެލެވޭނެ ކަމާއި، އެކަނ ޤާނޫނުއަސާސީގް 33 ވާނަ މާއްދާގަ (ށ) ގައި، މުޖްތަމަޢުގެ ޢާންމު ޙާލަތަށެވުރެ ނިކަމެތިކަމެއް ލިބިފައިވާ މީހަކަށް ނުވަތް ބަޔަކަށް، ނުވަތަ އިޖްތިމާޢީ ގޮތުން ޚާއްޞަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ ބަޔަކަށް ރައްކާތެރިކަން ލިބިދިނުމަށްޓަކައ ކުރި ކަންތައްތަކަކީ، އެ މާއްދާގައި (ހ) ގައި ބުނެފައިވާ ތަފާތުކުރުން ކަމުގައި ނުބެލެވޭނެ ކަމަށް ބަޔާންކޮށްފައި އޮންނަ އަސާސަށް ބެލުމުން، އިތުރަށް ކަށަވަރުވަގެންދާކަނ އެނގެން އޮންން ކިމަށް އ ބަޔާންކޮށްފައި ވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2017/SC-A/29 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ފ)
31.ސުނާމީ ކާރިޘާގައ ނުވަތި އަދި އެނންވެސ އެފަދް ޙާދިޘާތަކުގައި ގެދޮރު ނެތި ގޮސްފައިވާ ހުރިހާ ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ، ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ މީހުން އެކަމަށް ބޭނުންޖެހިފައިވާ މިންވަރަށް ހިނދުން ހިނދަށް ކުރުން ދައުލަތުގެ މައްޗަށް ލާޒިމްވެގެންވާ ކަމަކަށް ވުރެ ބޮޑަށް ދައުލަތުގެ ކެރި ފޯރުންތެރިކަމުގެ މައްޗަށް ބަރޯސާވެގެންވާ ކަމެކެވެ.
33.މ މައްސަލައިގައި ދ.ކުޑަހުވަދގައ ވާނި ރައްޔިތުންނަށް ސަރުކާރުން ހައުސިންގ ޔުނިޓްތަކެއް އަޅާފައިވަނީ ވާނީގައ ހުރި ކޮންމެ ގެއަކަށް ގެއެއް ބަދަލުގެ ގޮތުގައި ދިނުމަށް ކަމަކަށް ނުބެލެވެއެވެ. އެ ހައުސިންގ ޔުނިޓްތައް ދިނުމުގައި ޢަމަލުކޮށްފައިވަނީ ދ.ވާނީ ކައުންސިލާއި ދ.ވާނީ ރައްޔިތުންގެ މައްޗަށް އެކުލެވޭ ކޮމެޓީއަކުން އެކުލަވާލި އުޞ ލުގެ ދަށުން އެކުލަވާލި ހައުސިންގ ޔުނިޓްތައް ލިބޭނެ ފަރާތްތަކުގެ ލިސްޓްގައިވާ ފަރާތްތަކަށް ހައުސިންގ ޔުނިޓްތައް ޙަވާލުކުރުންކަން އެނގެއެވެ.
32.މި މައްސަލަ އިސްތިއުނާފުކުރާފަރާތްތަކުން އެދިފައިވަނީ، ދ.ވާނީ ރައްޔިތުންނަށް އަމާޒު ކުރެވިގެން ދ.ކުޑަހުވަދގައި އިމާރާތްކުރި ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކުގެ ލިސްޓުގައި އެފަރާތްތަކުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ދ.ވާނީ"ބީޗްފުލެޓް" ކިޔާގެ ވެސް ހިމަނައި ދިނުމަށެވެ. އަދި އެ މައްސަލަ ސިވިލް ކޯޓުން ނިންމުމުގައި ހައުސިންގ ޔުނިޓްތައ ލިބް މީހުންގެ ލިސްޓްގައި ދ.ވާނީ، ބީޗްފުލެޓް ހިމެނިފއިނުވަނީ އެގެއަކަ ސުނާމީ ކާރިޘާ ގެ ފަހުން އުފަންވެފައިވާ ގޯއްޗަކަށްވާތީ އާއި އެގޯތީގައިވާ އިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ މިލްކްވެރި ފަރާތްތަކަކީ ވާނީ ރައްޔިތުންނަށް ނުވާތީކަން އެނގެއެވެ. 2017/HC-A/05 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 2.6 ވަނަ ނުކުތާ ދ.ވާނީ، "ބީޗްފުލެޓް" ގެއަށް ބަދަލު ދޭންޖެހޭނެތޯ؟
33.މުދާހޯދުމާއި މިލްކްކުރުމާއި މުދަލުން މުޢާމަލާތު ކުރުމުގެ ޙައްޤު ލިބިގެންވާ ކަމާއި، މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެވޭނެ ތަކެތި ނޫންކަމަށާއި، ޢާންމުވެގެންވާ މަންފާއަކަށްޓަކައި، ޤާނނުގައ ކަނޑައެޅި ބަޔާންވެގެންވާ ގޮތެއްގެމަތިން، އަދި އެކަމަށްޓަކައި ކޯޓަކުންކުރާ ޙުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް އެމީހެއްގެ ރުހުންނެތި ދައުލަތަށް ނަގައިގެން ނުވާނެކަމަށާއި، އަދި މީހެއްގެ މުދަލެއް ދައުލަތަށް ނަގަންވާނީ ކޯޓުން ކަނޑައަޅާ ޢަދުލުވެރި ބަދަލެއް އެމުދަލެއްގެ ވެރިފަރާތަށް ދިނުމަށްފަހު ކަމަށް ދިވެހިރާއްޖޭގެ ޖުމްހ ރިއްޔާގު ޤާނޫނުއަސާސީގެ 12 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ބެލުމުން އެނގެން އޮވެއެވެ. މިމާއްދާއަށް ބަލާއިރު، މީސްމީހުންގެ އަމިއްލަ މުދާ އެމީހުންގެ ނުރުހުމުގައި ނެގުމުގެ ބާރު ދައުލަތަށް ލިބިގެންވީނަމަވެސް، އެގޮތަށް އެމުދާ ނެގޭނީ ޢާންމު ވެގެންވާ މަންފާއަކަށްޓަކައި ކަމާއި އަދި އެކަންކުރަންވާނީ ޤާނޫނު ގައި ކަނޑައެޅި ބަޔާންކޮށްފައިވާ ހަމަތަކާއި އިޖްރާއަތުގެ ތެރެއިން ޝަރުޢީ މަރުހަލާގެ ތެރެއިން ކަމާއި، ދައުލަތަށް ނަގާ މުދަލުގެ ވެރިފަރާތަށް ޢަދުލުވެރި ބަދަލެއް ދޭންވާނެކަން އެނގެއެވެ. ދ.ވާނީއަކީ މީހުން ދިރިނ ޅ ރަށެއްގެ ގޮތގައު ސަރުކާރުން ނިންމައި، އެރަށުގައި ފުލުހުން ތަމްރީންތައް ހިންގުމަށް ޚާއްޞަކޮށް ފުލުހުންނާ އެރަށް ޙަވާލުކޮށްފައިވާ ކަމަށް ދައުލަތުގެ ފަރާތުން މިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ބުނެފައިވެއެވެ.ފުލުހުންގެ ޚިދުމަތަކީ ދައުލަތުގެ ސަލާމަތީ ބާރުގެ ތެރޭ ގައި ހިމެނޭ ބައެއްކަމާއި ކުށްކުރުން ހުއްޓުވައި އަމާންވެއްޓެއ ޤާއިމްކޮށް އަމަންއާންމު ބެލެހެއްޓުމަކީ ފުލުހުންގެ މަސްއ ލިއްޔަތުތަކުގެ ތެރޭގައި ހިމެނިފައިވާ ކަމެއްކަމުގައިވާތީ ވާނީ އަކީ މީހުން ދިރިނ ޅ ރަށެއްގެ ގޮތުގައި ކަނޑައެޅުމަށްފަހު އެރަށުގައި ފުލުހުންގެ މަރުކަޒެއް ޤާއިމްކޮށް ހިންގުމަށް އެރަށް ޚާއްޞަކުރުމަކީ ޢާންމު މަސްލަހަތުގައި ނިންމާފައިވާ ނިންމުމެއް ކަމުގައި ނޫނީ ނުބެލެވޭނެ ކަމާއި، އެހެންކަމުން، ދ.ވާނީއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޢާންމުވެގެންވާ މަންފާއަކަށްޓަކައި ކަމަށް ބަލަންޖެހެއެވެ. މ ހުނ ދިރިއުޅެމުން ދިޔަ ރަށެއް، އެއީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ކަނޑައެޅުމުން އެރަށެއްގައި ދިރިއުޅެމުން ދިޔަ ޢާއިލާތައ އެހެން ރަށްރަށަށް ބަދަލުކޮށް އެ މީހުންނަށްއަސާސީ ހިޔާވަހިކަން ފޯރިކޮށްދީ، އަދުއެމީހުންގްމުދަލަށް ޝަރުޢީ ބަދަލެދޭންޖެހޭނިއެވެ. މިކަނޭޅ.މާފިލާފުށި މީހުން ދިރިނޅ ރަށެއްގެ ގޮތުގައެ ކަނޑައަޅައި ދައުލަތުގް ބޭނުމަށާއެރަށިނެގުމެ ގުޅިގެން އެރަށުގައި ހުރް އަމިއްލަ ފަރާތްތަކުގެ މުދަލަށަ ޝަރުޢްޢިދުލުވެރި ބަދަލެއް ދޭންޖެހޭކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިނމާފައް ވާ، ޙަސަން ޒާހިރު ވ. ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) އިން އެނގެއެވެ.
33.ދ.ވާނީ މީހުން ކުޑަހުވަދޫއަށް ބަދަލުކޮށްފައިވަނީ ދެފިޔަވައްސަކަށ ބަހާލައިގެން ކަމާއި، ދ.ވާނީ ބީޗްފުލެޓް ގެއަކީ އެރަށުން މީހުން ދ.ކުޑަހުވަދޫ އަށް ބަދަލު ކުރިއިރު، ހައުސިންގ ޔުނިޓް ލިބޭ މީހުންގެ ލިސްޓްގައި ހިމެނިފައިވާ ގެއެއް ނޫންކަމާއި، ހައުސިންގ ޔުނިޓްތައ ލިބް މީހުންގެ ލިސްޓްގައި އެގެ ހިމެނިފައިނުވަނީ އެގެއަކީ ސުނާމީ ކާރިސާ ހިނގުމުގެ ފަހުން ރަޖިސްޓްރީކޮށްދީފައިވާ ގޯއްޗަކަށްވާތީ ކަމަށް ދައުލަތުގެ ފަރާތުން ބުނެފައި ވެއެވެ. ސުނާމީ ކާރިޘާގެ ފަހުން ބައިކުރެވިފައިވާ ގޯތިތަކަށްވެސް ކުޑަހުވަދގައި އަޅާފައިވާ ހައުސިންގ ޔުނިޓް ދީފައިވާ ކަމާއި އެގޮތުން އެމީހުންނަށް ހައުސިންގ ޔުނިޓް ދިނުމަށް ނިންމފައިވަނާ އެމީހުންނަކީ ވާނީ ރައްޔިތުންކަމުގައިވެފައި، އެމީހުންނަށް ރާއްޖޭގެ އެހެންތަނަކުނ ބޯހިޔާވަހިކަން ލިބިފައިނުވާތީކަން މިމައްސަލައިގައި ހައުސިންގ ޔުނިޓް ލިބޭ ފަރާތްތައް ކަނޑައެޅުމަށް އެކުލަވާލި ކޮމެޓީން ތައްޔާރުކޮށްފައިވާ "ކަން ހިނގާދިޔަ ގޮތުގެ ރިޕޯޓް" އިން އެނގެއެވެ. ދ.ވާނީ، މީހުން ދިރިނ ޅ ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ސުނާމީ ކާރިސާގެ ފަހުން 3232 ގައިކަން އެނގޭއިރު، އެއިރު ދ.ވާނީ ބީޗްފުލެޓް ނަމުގައި ގެއެއް ރަޖިސްޓްރީކޮށްފައިވ ކަމާއި އެގޯތީގެ މިލްވެރިކަން ލިބިފައިވާ ދެފަރާތަކީ ވާނީ ރައްޔިތުންގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކެއް ނޫން ކަމާއި އެމީހުންނަކީ ކުޑަހުވަދގެ ރަޖިސްޓްރީގައި ތިބި ފަރާތްތަކެއްކަން އެނގެއެވެ. މިފަދަ ފަރާތްތަކާމެދު ގޮތެއް ނިންމުމަކީ މިނިސްޓްރީން ކުރަންޖެހޭ ކަމެއްކަމަށް ކޮމެޓީން ނިންމާފައިވާކަން އެނގެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2017/SC-A/29 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ލ) ވާނީގައި ހުރާ އެފަދަ ފަރާތްތަކުގެ ގޯތިގެދޮރު ފަދަ ތަންތަނަށް ބަދަލު ދިނުމުގައި ޢަމަލުކުރާނެ އުޞ ލެއ މިނިސްޓްރީން އެކުލަވާލަމުންދާ ކަމަށާއި އެއުޞ ލ އެކުލަވާލެވުމުން ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ބުނެވިދިޔަ ފަރާތްތަކަށް ބަދަލު ދިނުމާއި ބަދަލު ދޭނެ ގޮތާމެދު ގ ތެއް ނިންމޭނެ ކަމަށް ދައުލަތުގެ ފަރާތުނ މިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ބުނެފައިވާކަން އެނގެއެވެ.
32.ދ.ވާނީ މީހުން ކުޑަހުވަދޫއަށް ބަދަލުކުރިއިރު އެރަށުގައި ހުރި އެހެންރަށްރަށުގެ ރަޖިސްޓްރީގައި ތިބި މީހުންގެ ގޯތި/ގެ އާމެދު ގޮތެއް މިނިސްޓްރީން ނިންމަން ފެންނަކަމަށް ހައުސިންގ ޔުނިޓްތައް ލިބޭނެ ފަރާތްތައް ކަނޑައެޅުމަށް އެކުލަވާލި ކޮމެޓީން ނިންމާފައިވާކަން އެނގޭއިރު، ވާނީ އަކީ މީހުން ދިރިނ ޅ ރަށެއްގެ ގޮތުގައި ކަނޑައެޅުމުން އެރަށުގައި ހުރި މީސްމީހުންގެ މުދާ (ހިފައި ނުގެންދެވޭ) ދައުލަތަށް ނެގުން ކަމަށް މާނަ ކުރެވޭނެ ކަމަށް އިސްވެ ބަޔާންކޮށްފައިވާ ޙަސަން ޒާހިރު ޤަޟިއްޔާއާއި ޢާއިޝަތު ޙުސައިން މަނިކު ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމަށް ބެލުމުން އެނގޭތީ، ވާނީއަކީ މީހުން ދިރިނ ޅ ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވުމުން އެރަށުގައި ހުރި މީސްމީހުންގެ އަމިއްލަ ގޯތިގެދޮރަށް ޤާނޫނުއަސާސީގެ 12 ވަނަ މާއްދާގެ
(ށ) ގައި ބަޔާންކޮށްފައިވާ އުޞ ލުން ޢަދުލުވެރި ބަދަލެއް ދޭންޖެހޭނެ ކަމަށް ޤަބޫލުކުރެވޭ ކަމާއި މިއުޞޫލުން ބަލާއިރު،ވާނީ "ބީ ޗްފުލެޓް"ގައިވާ ޢިމާރާތްތަކާއި ވަޅުފަދަތަންތަނުގެ މިލްކްވެރިންނަށް ޢަދްލުވެރި ބަދަލެއް ދޭންޖެހޭނެ ކަމަށް ޤަބ ލ ކުރެވެއެ ވެ.
31.ސިވިލ ކޯޓުން ނިންމާފައިވާ އެކޯޓުގެ ނަންބަރު 2086/Cv-C/2015 ޤަޟިއްޔާގައި ބެލެވުނު މައްސަލައިގައި ހައުސިންގ ޔުނިޓް ކުޑަހުވަދން ލިބެންޖެހޭނެ ކަމަށް ކަނޑައަޅާފައިވަނީ އެފރާތަކ ވާނީ ރައްޔިތަކަށަ ވާތީކަމަށް ވެފައި އޭނާގެ ނަމުގައިވާ ގޯތީގެ ބަދަލުގައި ހައުސިންގ ޔުނިޓެއް ލިބިފައިނުވާތީކަން އެނގެއެވެ. ހައުސިންގ ޔުނިޓްދިނުމުގައި ޢަމަލުކުރުމަށް އެކުލަވާލި އުޞޫލުގައިވާ ގޮތުން ވާނީ ރައްޔިތުންގެ ތެރެއިން ރާއްޖޭގެ އެއްވެސް ތަނަކުން ބޯހިޔާވަހިކަމެއް ލިބިފައިނުވާ ފަރާތެއްނަމަ ހައުސިންގ ޔުނިޓް ލިބިދޭކަން އެއުޞޫލަށ ބެލުމުން އެނގެއެވެ.މ މައްސަލައިގައި ހިމެނޭ ފަރާތްތަކަކީ ވާނީ ރައްޔިތުންނެއް ނޫނެވެ. އަދި އެފަރާތްތަކްކ ވާން ބީޗް ފުލެޓް ގޯތީގައި އެއްވެސް ދުވަސްވަރަކީ ދިރިއުޅުނު ފަރާތްތަކެއްވެސް ނޫންކަން އެފަރާތްތަކުގެ ބަދަލުގައި މިކޯޓަށް ހާޒިރުވި ފަރާތުން މިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބެލުމުނު އެނގެއެވެ. އެހެންކަމުން މި މައްސަލައާއި ބުނެވިދިޔަ ސިވިލް ކޯޓުގެ ޤަޟިއްޔާގައި ބެލުނު މައްސަލައިގުޙާލަތް ތަފާތކަނ އެނގެއެވެ.
35.ދ.ވާނީ މީހުން ކުޑަހުވަދއަށ ބަދަލުކުރުމަށް ސަރުކާރުން ހިންގި ޕްރޮޖެކްޓުގެ ދަށުން ހައުސިންގ ޔުނިޓް ލިބޭފަރާތްތައ ކަނޑައެޅުމަށް އެކުލަވާލި ކޮމިޓީން ނިންމާފައިވާ އުޞޫލުގެ ދަށުން ދ.ވާނީ ބީޗްފްލެޓް އަކީ ސުނާމް ކާރިސާގެ ކުރީގައި ހުރި ގެއަކަށް ނުވާތީއާއި އަދި އެގޯތީގައިވާ އިމާރާތްތަކާއި ވަޅުފަދަތަންތަނުގެ މިލްކްވެރިންނަކީ ވާނީ ރައްޔިތުން ކަމުގައިނުވާތީ ދ.ކުޑަހުވަދން ހައުސިންގ ޔުނިޓް ލިބޭ ވާނީ މީހުންގެ ލިސްޓްގައި އެގެ ހިމެނިފައިނުވަނީ ހައުސިންގ ޔުނިޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށް އެކުލަވާލާފައިވާ އުޞ ލާ ޚިލާފަށް ކަމަކަށް ނުބެ ލެވެއެވެ. އަދި ހައުސިންގ ޔުނިޓް ލިބޭ ފަރާތްތައް ކަނޑައަޅައި އެކުލަވާލާފައިވާ ލިސްޓްގައިވާ ފަރާތްތަކާ ހައުސިންގ ޔުނިޓތައް ހަވާލުކުރުމަށް މިނިސްޓްރނީ ނިންމާފައިވާކަން އެނގެއެވެ. މި މައްސަލައިގައި އިސްތިއުނާފުކުރާފަރާތްތަކުނ ދަށް ކޯޓުގައު ކޮށްފައިވާ ދަޢުވާއަކީ ވާނީ ރައްޔިތުންނަށް ކުޑަހުވަދގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައ ލިބް މީހުންގެ ލިސްޓްގައި އެފަރާތްތައް ވެސް ހިމަނައި ދިނުމަށް އެދި ކޮށްފައިވާ ދަޢުވާއެއްކަން އެނގެއެވެ. އަދި މި މައްސަލައިގައި ކޮށްފައިވާ ދަޢުވާއަކީ އެމީހުންގެ މިލްކްގައިވާ ވާނީ ބީޗްފުލެޓް ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ ބަދަލު ހޯދުމަށް އެދިގެން ކޮށްފައިވާ ދަޢުވާއެއް ނޫންކަން އެނގެއެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާ (ހިޔާވަހިކަމުގެ ޙައްޤު) (ޕީޑީއެފްގައި '32')
- ޤާނޫނުއަސާސީގެ 18 ވަނަ މާއްދާ (ދައުލަތުގެ ވާޖިބު) (ޕީޑީއެފްގައި '31')
- ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) އަދި (ށ) (ޕީޑީއެފްގައި '33')
- ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އަދި (ށ) (މުދަލުގެ ޙައްޤު) (ޕީޑީއެފްގައި '12')
- ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ، 43 ވަނަ މާއްދާ (އިސްތިއުނާފީ ނުކުތާތަކުގައި)
- ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) (ރައީސުލްޖުމްހޫރިއްޔާގެ ޤަރާރާ ގުޅޭ ޙާޝިޔާގައި؛ ނަންބަރު ޔަޤީން ނޫން)
- 2017/SC-A/29
- 2017/SC-A/30
- 2009/HC-A/365
- 2017/HC-A/05
- 2019/HC-A/271
- 2015/Cv-C/2086
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.