މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ވ. ސެންޓަރ އެންޓަރޕްރައިސަސް ޕވޓ ލޓޑ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 1263/Cv-C/2016
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓު: 2019/SC-A/13, 2021/SC-A/52 — ހައިކޯޓުގެ ޙުކުމް ދަމަހައްޓާފައި
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން 1009 ދުވަހުގެ ޖޫރިމަނާ ހިސާބުކޮށް، އެ ޢަދަދު ދެބައިކުޅަ އެއްބަޔަށް ކުޑަކޮށް، 138,952,081.40ރ. ދައްކަން ޙުކުމްކުރި.
- ވާޤިޢާ
- ޓަގް ބޯޓެއް ބަނދެ ސަޕްލައިކުރުމުގެ ޚިދުމަތަށް 2012 ގައި ފޮނުވި އިންވޮއިސްގައި 7 ދުވަހުގެ ތެރޭގައި ނުދައްކައިފިނަމަ ދުވާލަކު 2% ސަރޗާޖު ނެގޭނެކަމަށް ބުނެފައިވިއެވެ. ބާކީ ޖީއެސްޓީ ފައިސާ ދައްކާ ޚަލާސްކުރީ 2015 ގައި. ކުރިން 83 ދުވަހުގެ ޖޫރިމަނާއަށް ހުށަހެޅި 2014/Cv-C/1899 ޤަޟިއްޔާ ހައިކޯޓުގެ 2016/HC-A/366 އިން ބާޠިލުކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ހައިކޯޓުގެ 2016/HC-A/366 ޤަޟިއްޔާއިން، ހަމަ އެ އިންވޮއިސްގެ ދަށުން ޖޫރިމަނާ ފައިސާ ނަގައިނުދެވޭނެކަމަށް ކަނޑައަޅާފައިވާއިރު، އެ އިންވޮއިސްގެ 2% ސަރޗާޖުގެ ދަށުން އިތުރު މުއްދަތަކަށް ޖޫރިމަނާ ނަގައިދީފައިވާ ސިވިލް ކޯޓުގެ ޙުކުމް ޤާއިމުކުރެވޭނެތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބުނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާއާ ޚިލާފު ކަމަށާއި، ސުޕްރީމް ކޯޓުގެ 2013/SC-A/27 އާއި 2015/SC-A/16 ގެ އުޞޫލުތަކާ ޚިލާފު ކަމަށާއި، ފައިސާ ދެއްކުމަށް ސިޓީއަކުން ދެފަރާތް އެއްބަސްވެފައިވާ ކަމަށް.
- ކޯޓުގެ ސަބަބުތައް
- ހަމަ އެ އިންވޮއިސްގެ ދަށުން ޖޫރިމަނާ ނަގައިނުދެވޭނެކަމަށް 2016/HC-A/366 އިން ކަނޑައަޅާފައިވާތީ، ސަބަބު ބަދަލުނުވަނީސް އެހެން ގޮތަކަށް ނިންމޭނެ ކަމުގައި ނުދެކޭތީ، ސިވިލް ކޯޓުގެ ނިންމުމަށް ބަދަލު ގެނައި.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ޙުކުމް ބާޠިލު
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ހަމަ އެ ޚަޞްމުން ހިމެނޭ، ހަމަ އެ މައުޟޫޢުގެ މައްސަލައެއްގައި ހައިކޯޓުން ކުރިން ކަނޑައަޅާފައިވާ އުޞޫލެއް، އެ ނިންމުމުގެ ސަބަބު ބަދަލުނުވަނީސް، ހައިކޯޓުން އެހެން ގޮތަކަށް ކަނޑައެޅިދާނެ ކަމުގައި ނުދެކެއެވެ.
HN2 އިންވޮއިސް ކުރެވުނު ތާރީޚުގެ މައްޗަށް ބިނާކޮށް، އެ އިންވޮއިސްގެ ދަށުން ޖޫރިމަނާ ފައިސާ ނަގައިނުދެވޭނެކަމަށް ހައިކޯޓުން ކަނޑައަޅާފައިވާނަމަ، އެ އިންވޮއިސްގެ ދަށުން އެހެން މުއްދަތަކަށް ޖޫރިމަނާ ހޯދަން ހުށަހަޅާ ދަޢުވާއަށް ވެސް ހަމަ އެ އުޞޫލު ތަޠްބީޤުކުރެވެންވާނެއެވެ.
HN3 އެހެންކަމުން، 2016/HC-A/366 ޤަޟިއްޔާގައި ކަނޑައެޅި އުޞޫލާ ޚިލާފަށް ޖޫރިމަނާ ނަގައިދިން ސިވިލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ޖެހެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ފާޠިމަތު ފަރްހީޒާ، ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ތަޢާރުފު
1މިއީ، ސިވިލް ކޯޓުގެ ނަންބަރު : 6C/201-Cv/1263 ޤަޟިއްޔާ އެކޯޓުން ނިނމާފް އިވަނީ، ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (މީގެ ފަހުން އެމް. ޕީ. އެލް ނުވަތަ އިސްތިއުނާފުކުރާ ފަރާތް) ގެ ފަރާތުން އެމައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
2މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ސެންޓަރ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން ސެންޓަރ އެންޓަރ ޕްރައިސަސް ނުވަތަ އިސްތިއުނާފު ރައްދުވާ ފަރާތް) އެވެ.
ކަންހިނގާފައިވާ ގޮތް
3ސެންޓަރ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑއާ އެމް. ޕީ. އެލް އާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ޓަގް ބޯޓެއް ބަނދެ ސަޕްލައިކުރުމުގެ ގޮތުން ފޯރުކޮށްދީފައިވާ ޚިދުމަތަށް އަގު ހޯދުމަށް ސެންޓަރ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު 2012-05-CEN/MPL އިންވޮއިސް އެމް. ޕީ އެލް އަށް ފޮނުވާފައިވެއެވެ.
4އިންވޮއިސްގެ ދަށުން ލިބެން ޖެހޭ ޖުމުލަ ޢަދަދުކަމުގައި ބަޔާންކޮށްފައިވަނީ 13,771,266.74 (ތޭރަ މިލިއަން ހަތް ލައްކަ ހަތްދިހަ އެއްހާސް ދުއިސައްތަ ފަސްދޮޅަސް ހަރުފިޔާ ހަތްދިހަ ހަތަރު ލާރި ) އެވެ.
5އެ އިންވޮއިސގް ޓާރމްސް އެންޑް ކޮންޑިޝަންސްގަ އ އަންނަނިވި ފަދައިން ބަޔާންކޮށްފައިވެއެވެ. Please settle the payment within 7 days from the date of this invoice. A surcharge of 2% of the total invoice value will be levied per day for the due payments”
6ބުނެވިދިޔަ އިންވޮއިސްގެ ތާރީޚް ކަމަށް ބަޔާންކޮށްފައިވަނީ 07 އޯގަސްޓް 2012 އެވެ. މިއިންވޮއިސްގައިވާ ފައިސާ އެއްކޮށް ދައްކާ ޚަލާސްކުރެވިފައިވަނީ 04 އޮކްޓޯބަރު 2015 ގައެވެ. މިތާރީޚގައު ދައްކާ ޚަލާޞްކޮށްފައިވަނީ މިއިންވޮއިސްގެ ދަށުން ޖީ. އެސް.ޓީގެ ގޮތުގައެ ހިމެނިފައިވާ 779503.40ރ. ( ހަތްލައްކަ ހަތްދިހަ ނުވަހާސް ފައްސަތޭކަ ތިން ރުފިޔާ ސާޅީސް ލާރި) ކަން މި ޕޭމަންޓް ވައުޗަރ އަށް ބެލުމުން އެނގެއެވެ.
7ބުނެވިދިޔަ އިންވޮއިސް ގައިވާ މުއްދަތަށް ފައިސާ ނުދެއްކި ހިނގާފައިވާ 1065 (އެއްހާސް ފަސްދޮޅަސް ފަހެއް) ދުވަހަށް އިންވޮއިސް ޖުމްލަ އަދަދުގައި ބުނާ 13,771,266/74ރ. (ތޭރަމިލިއަން ހަތްލައްކަ ހަތްދިހަ އެއްހާސް ދުއިސައްތަ ފަސްދޮޅަސް ހަރުފިޔާ ހަތްދިހަ ހަތަރުލާރި% ގެ )2 (ދޭއް އިންސައްތަ) އާއި އެއްވަރުގެ ސަރޗާޖެއްގ ގޮތުގައެ އެކު ޖުމްލަ 293,327,981/56ރ. (ދުއިސައްތަ ނުވަދިހަ ތިންމިލިއަން ތިންލައްކަ ހަތާވީސްހާސް ނުވަސަތޭކަ އަށްޑިހަ އެއްރުފިޔާ ފަންސާސް ހަލާރި) ހޯދުމަށް އެދި ސެންޓަރ އެންޓަރ ޕްރައިސަސް އިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ މައްޗަށް ދަޢުވާ ކޮށްފައިވެއެވެ. އެއީ އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު : 6C/201-Cv/1263 ޤަޟިއްޔާއެވެ.
8ސިވިލް ކޯޓުގައި އެމް. ޕީ އެލްގެ ފަރާތުން މިދަޢުވާއަށް އިންކާރުކޮށް ފާހަގަކޮށްފައިވާ މައިގަނޑު ކަންތައްތަކަކީ މޯލްޑިވްސް ޕޯރޓްސް ލިމިޓެޑްގެ ޕޭމަންޓް ސެޓްލްމަންޓް ވައުޗަރ ނަންބަރު 15/03301 ސެންޓަރ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު 0122-05-CEN/MPL އިންވޮއިސް
1.8. ސިވިލް ކޯޓުގެ ނަންބަރު C/2014-Cv/1899 ޤަޟިއްޔާއިން، މިއިންވޮއިސްގައިވާ ފައިސާގެ ބަދަލު ހޯދުމަށް ދަޢުވާކޮށްފައިވާކަމަށާއި އެމައްސަލަ ހައިކޯޓުން އިސްތިއުނާފުކުރެވިފައިވާކަމަށާއި އެހެން ކަމުން އއ އިންވޮއިސްއެއްގެ މައްޗަށް ދެ ދަޢުވާއެއް ކުރެވިގެން ނުވާނެކަމަށް،
2.8. މިއިންވޮއިސްގެ ދަށުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދެއްކިވާ ފައިސާއަކީ ޖީ އެސް ޓީގެ ފައިސާކަމަށެވެ. އެގޮތަށް ފައިސާ ދެއްކުން ލަސްކުރެވިފައިވަނީ މިމަސައްކަތަކ ޖީ އެސް ޓީ ތަޢާރުފުކުރުމުގެ ކުރިން ކޮށްފައިވާ މަސައްކަތަކަށް ވާތީ ދެފަރާތުން މަޝްވަރާކުރުމަށް ފަހު އެފައިސާ ދައްކަންޖެހޭ ކަމާމެދު ގޮތެއް ކަނޑައެޅުމުން ފައިސާދެއްކުމ މެދާ އެއްބަސްވެގެންކަމަށްވާތީ ޖޫރިމަނާ ފައިސާ ދައްކަންނުޖެހޭނެކަމަށް،
3.8. އަދި އިންވޮއިސްގައި ބުނެފައިވާ %2 ޖޫރިމަނާކުރެވޭނެކަމަށ ބުނެފައިވް މާއްދާއަކީ އެއިންވޮއިސް ހުށަހެޅި ތާރީޚް ގައި އެމާއްދާ ކެންސަލް ކުރައްވައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ މާއްދާއެއްކަމަށް
9ސިވިލް ކޯޓުގެ ނަންބަރު 2016C/-Cv/1263 ޤަޟިއްޔާ ނިންމާފައިވަނީ، "ދެންފަހެ، އިސްވެބުނެވިދިޔަ ކަންކަން އެހެން ހުރުމުން، ނަންބަރު 05/2012-CEN/MPL އިންވޮއިސްއާއި ގުޅިގެން ދަޢުވާލިބޭ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ފަރާތުން ޖޫރިމަނާގެ ގޮތުގައި ދަޢުވާކުރާ ސެންޓަރ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއަށް ދައްކަންޖެހޭ ފައިސާގެ އަދަދަކީ .401138،952،08ރ. (ސަތޭކަ ތިރީސް އަށް މިލިއަން ނުވަލައްކަ ފަންސާސް ދެހާސް އަށްޑިހ އެއްރުފިޔާ ސާޅީސްލާރި) ކަން ޝަރީޢަތަށް ޘާބިތުވާކަމަށް ކަނޑައަޅައި، މިފައިސާ ސެންޓަރ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއަށް ލިބިދިނުމުގެ ގޮތުން މިއަދުން (26 ޑިސެމްބަރު 2016 އިން) ފެށިގެން 06 (ހަޔެއް) މަސްދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި މިދަރަނި ޚަލާސްކުރުމަށް ދަޢުވާ ލިބުނު މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއަށް އަންގައި ޙުކުމްކޮށްފީމެވެ". މިފަދައިންނެވެ.
10ސިވިލް ކޯޓުން ބުނެވި ދިޔަ ގޮތަށް ނިންމުން ބިނާކޮށްފައިވަނީ އަންނަނިވި ކަންތައްތަކުގެ މައްޗަށެވެ.
1.10. ސިވިލް ކޯޓުގެ ނަންބަރު C/2014-Cv/1899 ޤަޟިއްޔާގައި މިމައްސަލައިގައި ހިމެނޭ ޓަރމްސް އެންޑް ކަންޑިޝަންގެ ދަށުން ނެގޭ %2 ޖޫރިމަނާ ހިމެނޭ މާއްދާއާ މެދު ފައިސަލާ ކޮށްފައިވާތީ އެމާއްދާއަކީ ކެންސަލްކުރެވިފައިވާ މާއްދާއެއް ކަމަށް ބެލެވެން ނެތމުނު ؛
2.10. 30 އޮކްޓޯބަރު 2012 އިން ފެށިގެން 4 އޮކްޓޯބަރު 2015 އަށް ހަނި ގާފައިވަނީ 1009 ދުވަސްކަމުން އެ 1009 ދުވަހުގެ ޖޫރިމަނާގެ ގޮތުގައި ނަގައިދެވޭނީ ދުވާލަކަށް .33425،275ރ. ( ދެލައްކަ ހަތްދިހަ ފަސް ހާސް ހަތަރު ސަތޭކަ ފަންސަވީސ ރުފިޔާ ތިރީސް ތިން ލާރ) ގެ މަގުން 277,904,162.81ރ. ( ދުއިސައްތަ ހަތް ދިހަ ހަތް މިލިއަން ނުވަ ލައްކަ ހަތަރު ހާސް އެއް ސަތޭކަ ފަސް ދޮޅަސް ދެރުފިޔާ އަށްޑިހަ އެއްލާރި) ކަމަށް ؛
3.10. މިފަދަ ޖޫރިމަނާ ނަގައިދިނުމުގައި މިޒަމާނުގެ ގިނަ ޖޫރިސްޑިކްޝަންތަކުގައި ޢަމަލުކުރަމުންދާ އުޞޫލަށް ރިޢާޔަތްކޮށް، އެމް. ޕީ. އެލް ގެ ފަރާތުން ޖުމްލަ ފައިސާ ދައްކާ ޚަލާސްކޮށްފައިއޮތުމުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ޢަދަދުގެ 2/1 އަށް ކުޑަކުރަންޖެހޭކަމަށާއި، އެގޮތުން އެމް.ޕީ . އެލް ގެ ފަރާތުން 138,952,081/40ރ. ( ސަތޭކަ ތިރީސް އަށް މިލިއަން ނުވަ ލައްކަ ފަންސާސް ދެހާސް އަށްޑިހަ އެއް ރުފިޔާ ސާޅީސް ލާރި) ސެންޓަރ އެންޓަރ ޕް ރައިސަސްއަށް ދައްކަންޖެހޭކަމަށް. ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1263 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ގެ ފާހަގަކުރެވުނު ނުކުތާ 3 ގެ (ހ)ގ ފަހެ ޕެރެގްރާފް ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1263 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާ 3 ގެ (ނ) ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1263 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާ 3 ގެ (ރ) ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކތާތު އ
11ސިވިލް ކޯޓުގެ ނަންބަރު 2016C/-Cv/1263 ޤަޟިއްޔާގައި ޙުކުމްކުރުމާ ގުޅިގެން މލްޑިވްސޯ ޕޯޓްސް ލިމިޓެޑުގެ ފަރާތުން އެމައްސަލަ ދިވެހިރާއްޖޭގެ ހަ އިކޯޓުގައ އިސްތިއުނާފި ކުރމުނަ އަންނނިވި ނުކުތާތައަ ފާހަގަކޮށް، އެނުކުތތަކާ މެދާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައި ވެއެވެ. މިގޮތުން ހުށަހެޅި ނުކުތާތަކަކީ؛
1.11. ސިވިލް ކޯޓުގެ ނިންމމަކު ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތގާ ތަފްސީލްގައި އެމް.ޕީ އެލް އިން ބުނެފައިވަނެ ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 09 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ފަރާތަށް ޤަބޫލުކުރާކަން އެންގުމުން ޤަބޫލުކުރުން ފުރިހަމަވީކަމަށާއި އިންވޮއިސްގައިވާ ފައިސާ ދެއްކުން ލަސްވުމުން އެކަން ސެންޓަރ އަށް އަންގައި ސެންޓަރުގެ ފަރާތުން އެހުށަހެޅުން ޤަބޫލުކޮށްފައިވާކަމާއި އެފަހުން އިންވޮއިސްގެ ދަށުން ޖޫރިމަނާ ފައިސާ ނަގައިދީފައިވަނީ މިމާއްދާއާ ޚިލާފަށް ކަމަށެވެ.
2.11. ސުޕްރީމް ކޯޓުގެ ނަންބަރު A/27-SC/2013 ޤަޟިއްޔާގެ މިފަދަ އިންވޮއިސްތަކުގައިވާ ޖަޒާޢަ ޝަރުތުތަކުގައ ފައިސި ނަގާދީފައިވާ އުސޫލާއި ޚިލާފަށް މިމައްސަލައިގައި ޖޫރިމަނާ ނަގާދީފައިވާކަމށަ އެމް. ޕީ. އެލް ގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. މިގޮތުން ތަފްސީލުގައި ބަޔާންކޮށްފައިވަނީ އެޤަޟިއްޔާގައި ޖޫރިމަނާ ފައިސާއެއް ނަގައިދެވޭނީ އިންވޮއިސްގައިވާ އެންމެހައި ޝަރުޠުތަކަށް ޢަމަލުކުރުމަށް ނުވަތަ އިންކާރުކޮށްފައިނުވާ ފައިސާ ކަމާއި މިމައްސަލައިގައި އިންވޮއިސް ޙަވާލުކުރި ދުވަހު ޖޫރިމަނާ އަށް އެމް. ޤާނޫނު ނަންބަރު 91/4 ޕީ. އެލް އިން އިންކާރުކުރުމުން އެދުވަހު ހަމަ އެވަގުތު އެބައި ކަނޑާލާފައިވާކަމަށް ވާތީ މިފައިސާ ނަގައިދިނުމަކީ ޝަރުއީ ޤާނޫނީ އުސޫލާ ޚިލާފުކަމެއްކަމުގެއެވެ.
3.11. ސުޕްރީމް ކޯޓުގެ ނަންބަރު A/16-SC/2015 ޤޟިއްޔާގަ ފާހަގަކުރެވުނު ނުކުތާތަކުގެ ތެރެއިން 6 ވަނަ ނަންބަރުގައިވާ ޙާލަތަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
4.11. ދެފަރާތުގެ ދެމެދުގައި 18 އޮކްޓބަރޯ 2012 ގައި ބަދަލުކުރެވފައިވި ސިޓީން ދެފަރާތުން ފައިސާދެއްކުމުގައި ވަކިގޮތަކަށް އެއްބަސްވެ ރުހިފައިވާކަމަށ ފެންނަން އޮތްހިނދު އެސިޓީއިން ދެފަރާތުން ވެފައިވާ އެއްބަސްވުމާ ޚިލާފަށް ނަގާދީފައިވާ ޖޫރިމަނާ ފައިސާއެއްކަމުގައި މިފައިސާވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
މިކޯޓުން ރިޢާޔަތްކުރެވިފައިވާ ކަންތައްތައް
12މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމަށާއި ދެފަރާތުން ދެއްކި ވާހަކަތަކަށް ބަލާއިރު މިއިންވޮއިސްއ ގުޅާ އިތުރު ޚުޞޫމަތެއް ޝަރީޢަތަށް ހުށަހެޅިފައިވާކަން އެނގެއެވެ. އެއީ ސިވިލް ކޯޓުގެ ނަންބަރު C/2014-Cv/1899 ޤަޟިއްޔާއެވެ.
13ސިވިލް ކޯޓުގެ ނަންބަރު C/2014-Cv/1899 ޤަޟިއްޔާއަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ހުށަހެޅި ސެންޓަރ އެންޓަރޕްރައިސަސް ގެ ނަންބަރު 05/2012-CEN/MPL އިންވޮއިސަށް ލިބެންޖެހޭ 12,991,723.34ރ. ( ބާރަމިލިއަން ނުވަލައްކަ ނުވަދިހަ އެއްހާސް ހަތްސަތޭކަ ތޭވީސް ރުފިޔާ ތިރީސް ހަތަރު ލާރި )، އިންވޮއިސްގައި ބަޔާންކޮށްފައިވާ ޓާރމްސް އެންޑް ކޮންޑިޝަންގެ ދަށުން ހުށަހެޅި ތާރީޚުން ފެށިގެން 10 ދުވަހުގެ މުއްދަތުގައި ނުދީ އޮވެއްޖެނަމަ، އިތުރަށް ފާއިތުވާ ކޮންމެ ދުވަހަކު ޖޫރިމަނާގެ ގޮތުގައި ނުވަތަ ސާރޗާރޖުގެ ގޮތުގައި ދައްކަން ޖެހޭކަމަށް އިންވޮއިސްގައި ބަޔާންކޮށްފައިވާ %2 ޖޫރިމަނާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ކިބައިން ލިބިގަތުމަށް އެދި ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރުމުން ބެލުނު މައްސަލައެކެވެ.
14އެޤަޟިއްޔާގައި، އެއިންވޮއިސްގެ ދަށުން ފައިސާ ނުދައްކައި އެހިނދަށް ހިނގާފައިވާ 83 (އަށްޑިހަ ތިނެއް) ދުވަހުގެ ޖޫރިމަނާއަށް ވާ 21,566,260/18ރ. ( އެކާވީސްމިލިއަން ފަސްލައްކަ ފަސްދޮޅަސްހަހާސް ދުއިސައްތަ ފަސްދޮޅަސް ރުފިޔާ އަށާރަ ލާރ) އަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހފައިވި ފައިސާ ކަމަށް ސާބިތުކޮށް މިފައިސާ 06 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ މައްޗަށް ޙުކުމްކުރެވިފައިވެއެވެ.
15އެޤަޟިއްޔާގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑނު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށް މިކޯޓުގެ ނަންބަރު A/366-HC/2016 ޤަޟިއްޔާގައި ގޮތެއް ކަނޑައަޅާފައިވެއެވެ.
16ހައިކޯޓުގެ ނަންބަރު A/366-HC/2016 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު އެރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާގެ 3.4 ގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. 17 ޓަނުގެ ބޮލާރޑް ޕުލ ޓަގް ބޯޓުގެ މަސައްކަތް މުޅިން ނިމި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ޙަވާލުކުރުމުގެ ކުރިން ނުވަތަ އިސްވެދެންނެވުނު ޕްރޮގްރެސިވ ޕޭމަންޓް އުސޫލު ފިޔަވާ، އެމަސައްކަތައް އިތުރު ފައިސާ ސެންޓަރ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ދޫނުކުރުމަށް އަންގާ އަދި އެ އެންގުމާއި ޚިލާފުވާ ފަރާތްތަކާ ދެކޮޅަށް ޤާނޫނު ނަންބަރު: 2008/13( އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނ( އާއި، ޤާނޫނު ނަންބަރު: 2000/2( ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު( ގެ ދަށުން ޤާނޫނީ ފިޔަވަޅު އަޅާނެކަން އެކޮމިޝަނުގެ ނަންބަރު 07/2012/113/123-B( 17 ޖެނުއަރީ 2012) B/113/2017/07-123 (13 މެއި 2012) ( B/113/2012/09-123 (01 އޮގަސްޓް 2012) އަންގާފައިވާކަން ސާފުކޮށް އެނގޭކަމާއި އިސްތިއުނާފުމިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު: C/2014-Cv/1899 ޤަޟިއްޔާއަކީ 07 އޮގަސްޓް 2012 ވަނަ ދުވަހު ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ހުށަހެޅި އެކުންފުނީގެ ނަންބަރު: 05/2012-CEN/MPL ކޮމާޝަލް އިންވޮއިސްއެއްގެ މައްސަލައެއްކަމާއި، އެހެންނަމަވެސް، 01 އޮގަސްޓް 2012 ގެ ފަހުން، ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާ، ޓަގު ބޯޓާއި ގުޅޭ، ކުރިން ވާހަކަދެކެވި ވަކިގޮތަކަށް އެއްބަސްވެވިފައިވާ އިންވޮއިސް ނޫން އެހެން އެއްވެސް އިންއޮއިސް އަކަށް މޯލްޑިވްސް ޕޯޓްސްލިމިޓެޑްގެ ފަރާތުން، އިސްވެ ދެންނެވުނ އެންޓި ކޮރަޕްޝނަ ކޮމޝި ނ ގެ ސިޓީތަކުން ހށު ހަޅުއްވާފައިވާ އިރުޝާދުތަކާއި ޚިލާފަށަ ޢަމަލްކުރަން ނުޖެހޭ ކަމަށް ދެކެ މެވެ.
17HN2ހައިކޯޓުގެ މިނިންމުމަށް ބަލާއިރު މިނިންމުމުގެ އަސާސް ބިނާވެފައިވަނީ، 01 އޯގަސްޓް 2012 ގެ ފަހުން ސެންޓަރ އެންޓަރ ޕްރިސަސް އިން ހުށަހަޅާ އިންވޮއިސްއަކަށް، އެމް. ޕީ އެލް އިން ފައިސާދައްކަން ނުޖެހޭނެކަމަށް ކަނޑައަޅައި، ޚުޞމާތޫ އުފެދިފައިވާ ސެންޓަރ އެންޓަރޕްރައިސަސް ގެ ނަންބަރު 05/2012-CEN/MPL އިންވޮއިސްއަކީ އެތާރީހުގ ފަހުގެ އިންވޮއިސްއެއް ކަމުގައިވުމުން އެއިންވޮއިސްގެ ދަށުން ޝަރީޢަތުން ފައިސާ ނަގައިނުދެވޭނެކމުގެ މައްޗަށެވެ.
18HN1އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1263 ޤަޟިއްޔާގައި ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހޯދުމަށް އެދިފައިވަނީ ވެސް ހަމަ މިއިންވޮއިސްގެ ދަށުން 30 އޮކްޓބަރޯ 2012 އިން ފެށިގެން 04 އ ކްޓޯބަރ 2015 ގެ ނިޔަލަށް ހިނގާފައިވާ މުއްދަތަށްއަރާފައިވާ ޖޫރިމަނާގެ ފައިސާއެވެ. ދެމައްސަލައިގައި ވެސް ހިމެނެނީ އެއް އިންވޮއިސްއެއްކަމާއި އެއިންވޮއިސް ކުރެވިފައިވާ ތާރީޚް ގެ މައްޗަށް ބިނާކޮށް އެއިންވޮއިސްގެ ދަށުން ޖޫރިމަނާ ފައިސާ ނަގައިނުދެވޭނެކަމަށް ހައިކޯޓުގެ ނަންބަރު A/366-HC/2016 ޤަޟިއްޔާއިން ކަނޑައަޅާފައިވުމުން އެޙުކުމުގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ހަމަ ހައިކޯޓުގެ ނަންބަރު A/366-HC/2016 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާގެ ފާހަގަކުރެވުނު ނުކުތާ 3.2 އަދި 3.4 އިން މިކަން އިތުރަށް ތަފްސީލްވެގެންދޭ އެމަޢުޟޫގައި އެޚޞަ މުން ހިމެން މައްސަލައެއްގައި، އެސަބަބ ބަދަލު ނުވަނީސް، މިކޯޓުން އެހެން ގޮތެއް ކަނޑައެޅިދާނެކަމުގައި ނުދެކެމެވެ.
19HN3ސިވިލް ކޯޓުގެ ނަންބަރު C/2014-Cv/1899 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގައި ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 05/2012-CEN/MPL އިންވޮއިސްގައިވާ 2% (ދޭއް އިންސައްތަ) ސަރޗާޖުގެ ގޮތުގައި އެހިނދަށް ޖެހިފައިވާ ފައިސާ ނަގާދީފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫންކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ނަންބަރު C/2014-Cv/1899 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް މިކޯޓުގެ ނަންބަރު A/366-HC/2016 ޤަޟިއްޔާއިން ބާޠިލްކޮށްފައިވާކަން އެނގެނެ އޮވެއެވެ. ކުރިންވެސް ބުނެވުނު ފަދައިން ހައިކޯޓުން އެގޮތަށް ނިންމާފައިވަނީ އެއިންވޮއިސް ކުރެވިފައިވާ ތާރީޚގް މައްޗަށް ބިނާކޮށް އެއިންވޮއިސްގެ ދަށުން ޖޫރިމަނާ ފައިސާ ނަގައިނުދެވޭނެކަމުގެ މައްޗަށެވެ. އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު C/2016-vC/1263 ޤަޟިއްޔާ ގައި ސިވިލް ކޯޓުން ސެންޓަރ އެންޓަރ ޕްރައިސަސްއަށް ނަގާދީފައިވާ ފައިސާއަކީވެސް ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު 05/2012-CEN/MPL އިންވޮއިސްގެ ދަށުން ނަގާދީފައިވާ ފައިސާއެއް ކަމަށް ވާތީ، ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1263 ޤަޟިއްޔާއިން ނަގާދީފައިވާ ފައިސާ އާ ގުޅިގެން ވެސް މިކޯޓުގެ ނަންބަރު A/366-HC/2016 ޤަޟިއްޔާއިން ކަނޑައަޅާފައިވާ އުޞޫލު ތަޠްބީޤުކުރެވެންވާނެކަމަށް ފެނެއެވެ. އެހެންކަމުން، އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1263 ޤަޟިއްޔާގައި އެދިފައިވާ ޖޫރިމަނާ ފައިސާ ނަގައިދިނުމަށް ސިވިލް ކޯޓުން ނިންމި ނިންމުމަށް ބަދަލެއް ގެންނަން ޖެހޭ ކަމުގައި ދެކެމެވެ.
20ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، މިކޯޓުގެ ނަންބަރު A/366-HC/2016 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާ އޞު ލުގޫ މައްޗަށް ބިނާކޮށް ސިވިލް ކޯޓުގެ ނަންބަރު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.