ހެބިޓެޓް ޕވޓ ލޓޑ ވ. ޓްރެވަލް ލިންކް މޯލްޑިވްސް ޕވޓ ލޓޑ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 1821/Cv-C/2017
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން ޑެލިވަރީ ނޯޓެއް ނެތް އިންވޮއިސް ނަންބަރު HPL/I/0455 ގެ 3،498 ރުފިޔާ އުނިކޮށް 153،964.68 ރުފިޔާ ދައްކަން ކަނޑައަޅައި، ޖޫރިމަނާގެ ފައިސާ ނަގައިދޭނެ ތަނެއް ނެތްކަމަށް ނިންމާފައިވެއެވެ.
- ވާޤިޢާ
- ކާޕެޓާއި ވުޑް ފްލޯރިންގެ މުދާ ހަތަރު ފަހަރެއްގެ މަތިން ވިއްކައި ޑެލިވަރީކޮށް އިންސްޓޯލްކޮށްދިނުމުގެ ބާކީ އަގާއި، އިންވޮއިސްގައިވާ ޖަޒާއީ ޝަރުތެއްގެ ދަށުން ޖޫރިމަނާގެ ގޮތުގައި 627،730.68 ރުފިޔާ ހޯދުމަށް ވިއްކި ކުންފުނިން ދަޢުވާ ކުރެވުނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޑެލިވަރީ ނޯޓެއް ނެތް އިންވޮއިސްއެއްގެ ފައިސާ ދައްކަންޖެހޭކަން ސާބިތުވޭތޯއާއި، އިންވޮއިސްގައި ހިމަނާފައިވާ ޖަޒާއީ ޝަރުތެއްގެ ދަށުން ޖޫރިމަނާގެ ފައިސާ ނަގައިނުދިނުމަކީ ސުޕްރީމްކޯޓުގެ ސާބިޤާތަކާ ޚިލާފު ނިންމުމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ކުންފުނިން ބުނީ ޖަޒާއީ ޝަރުތާބެހޭ ސުޕްރީމްކޯޓުގެ ސާބިޤާތަކާ ޚިލާފަށް ޖޫރިމަނާ ނަގައިނުދީ، ޖޮބް ކޮމްޕްލީޝަން ފޯމަށް ރިޢާޔަތްނުކޮށް އިންވޮއިސްގެ ފައިސާ އުނިކޮށްފައިވާކަމަށެވެ. ދަޢުވާލިބުނު ކުންފުނިން ހައިކޯޓުގައި ބުނީ އިންވޮއިސްތައް އެ ކުންފުންޏަށް ރައްދުވާ އިންވޮއިސްތަކެއް ނޫންކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ޚިލާފު އިންވޮއިސް ރައްދުވެފައިވާކަމާއި ޑެލިވަރީ ސާބިތުނުވާތީ އެ ފައިސާ ދައްކަންޖެހޭކަމަށް ނުބެލެވޭނެއެވެ. ޖަޒާއީ ޝަރުތަށް ކުރިއާލައި އެއްބަސްވުމެއް ނެތުމާއި، ޙަޤީޤީ ގެއްލުމާއި އޭގެ މިންވަރާއި ނިސްބަތުގެ އަސާސް ސާބިތުނުކުރުމުން ޖޫރިމަނާ ނަގައިނުދެވޭނެއެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދަޢުވާލިބޭ ފަރާތުން އިންކާރުކުރާ އިންވޮއިސްއެއް، އެ ފަރާތަށް ރައްދުވެފައިވާކަން (ހަވާލުވި ފަރާތުގެ ނަމާއި ސޮއި) ނުވަތަ މުދާ ނުވަތަ ޚިދުމަތް ފޯރުކޮށްދިންކަން ދައްކާ ޑެލިވަރީ ނޯޓެއް ނެތްނަމަ، އިތުރު ހެއްކެއް ނެތި ހަމައެކަނި 'ޖޮބް ކޮމްޕްލީޝަން ފޯމް' އަށް ބަލައި އެ އިންވޮއިސްގެ ފައިސާ ދައްކަންޖެހޭކަން ސާބިތުވާކަމަށް ނުބެލެވޭނެއެވެ.
HN2 އަސްލު ކޮންޓްރެކްޓުގައި ޝަރުތު ޖަޒާއީ ހިމެނިފައި ނުވިނަމަވެސް އިންވޮއިސްގައި އެފަދަ ޝަރުތެއް ހިމެނުން ހުއްދައެވެ. ނަމަވެސް އެ ޝަރުތުގެ ދަށުން ފައިސާ ދެއްކުން އިންވޮއިސް ރައްދުވާ ފަރާތަށް ލާޒިމްވަނީ، އެ ޝަރުތަށް އެ ފަރާތް ސަރީޙަކޮށް ނުވަތަ ޟިމްނީކޮށް ރުހި ޤަބޫލުކޮށްފައިވާނަމައެވެ.
HN3 އެއްބަސްވުމެއްގައި ޝަރުތު ޖަޒާއީ އޮތުމަށްޓަކައި އެކަނި ފައިސާ ނަގައިނުދެވޭނެއެވެ. އަނެއް ފަރާތަށް ޙަޤީޤީ ގެއްލުމެއް ލިބިފައި ނުވާނަމަ ނުވަތަ ގެއްލުމުގެ މިންވަރު އެނގޭނެ ގޮތެއް ނެތްނަމަ އެ ބަދަލު ނަގައިނުދެވޭނެއެވެ. އަދި އެއީ ގެއްލުމުގެ ބަދަލެއްކަމުން، ކޮންޓްރެކްޓާބެހޭ ޤާނޫނުގައި ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ކަނޑައެޅިފައިވާ އުޞޫލުތައް ޝަރުތު ޖަޒާއީ ތަންފީޒުކުރުމުގައިވެސް ތަޠްބީޤުކުރަންވާނެއެވެ.
HN4 އިންވޮއިސްއެއްގައިވާ ޝަރުތު ޖަޒާއީގެ ދަށުން ފައިސާ ހޯދުމަށް އެދޭ މައްސަލައެއްގައި ކޯޓުން ބަލަންޖެހޭނީ: (1) އިންވޮއިސްތައް ދަޢުވާލިބޭ ފަރާތަށް ރައްދުވެފައިވޭތޯ، (2) އިންވޮއިސްގެ ފައިސާ ދައްކަންޖެހޭކަމަށް ސަރީޙަކޮށް ނުވަތަ ޟިމްނީކޮށް އެ ފަރާތް އެއްބަސްވެފައިވޭތޯ، (3) ފައިސާ ހޯދަން އެދޭ ފަރާތަށް ޙަޤީޤީ ގެއްލުމެއް ވެފައިވޭތޯއާއި އޭގެ މިންވަރު ސާބިތުކޮށްދެވިފައިވޭތޯއެވެ.
HN5 ހައިކޯޓުން މައްސަލަ ބަލާނީ ދަށުކޯޓަށް ހުށަހެޅުނު ހެކިތަކާއި ދިފާޢުތައް އަސްލެއްކަމުގައި ބަލައިގެންކަމުން، ދަށުކޯޓަށް ޙާޟިރުވެ ދިފާޢުގައި ވާހަކަދެއްކުމުގެ ފުރުޞަތު ލިބިހުރެ އެ ފުރުޞަތު ދޫކޮށްލި ފަރާތަކަށް، އިންވޮއިސްތައް އެ ފަރާތަށް ރައްދުނުވާކަމުގެ ދިފާޢު އާކޮށް ހައިކޯޓުގައި ނެގޭކަށް ނެތެވެ. އަދި ދަށުކޯޓުގައި ޣައިރު ޙާޟިރުގައި މައްސަލަ ހިންގުމާމެދު ސުވާލު ނުއުފައްދާނަމަ، ލިޔުންތަކާމެދު ދިފާޢުގައި އެއްޗެއް ބުނަން ބޭނުން ނުވަނީކަމުގައި ބެލެވޭނެއެވެ.
HN6 ޝަރުތު ޖަޒާއީގެ މައްޗަށް ބިނާކޮށް ފައިސާ ހޯދަން އެދޭ ފަރާތުގެ މައްޗަށް ޙަޤީޤީ ގެއްލުމެއް ލިބިފައިވާކަމާއި އޭގެ މިންވަރު ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހެއެވެ. ގެއްލުމާއި ނިސްބަތް ކަނޑައެޅި އަސާސް ހުށަނާޅާނަމަ ޖޫރިމަނާގެ ފައިސާ ނަގައިނުދެވޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ޙަމީދު، ޙުސައިން ޝަހީދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަލީ ސަމީރު · ތާއީދުކުރެއްވީ: ޢަބްދުﷲ ޙަމީދު، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1ޓްރެވަލް ލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ އެދުމުގެ މަތިން، ކާޕެޓާއި އެއގުޅާ ތަކެތި އަދި ވޫޑް ފްލޯރިންގ އާ އެއާގު ޅ ތަކެތި ހަތަރު ފަހަރެއްގެ މަތިން އެ ކުންފުންޏަށް ހެބިޓެޓ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވިއްކާ ޑެލިވަރީކޮށްދީ އިންސްޓޯލް ކޮށްދީފައިވނޭކަމަށާއާ، މި ގޮތުން ހަތަރު ފަހަރެއްގެ މަތިން ކުރެވުނު މުޢާމަލާތުގެ އަގުގެ ގޮތުގައި ޓްރެވަލް ލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ޖުމްލަ 234,834.00ރ. (ދެލައްކަ ތިރީސް ހަތަރުހާސް އަށސަތޭކް ތިރީސް ހަތަރު ރުފިޔާ) ގެ ތެރެއިން ޓްރެވަލް ލިންކް މޯލްޑިވްސް ޕްރައިވެޓް ލމިޓެޑި އިން ދައްކާފައިވާ 77،380.32ރ. (ހަތްދިހަ ހަތްހާސް ތިން ސަތޭކަ އަށްޑިހަ ރުފިޔާ ތިރީސް ދެ ލާރި) އުނިކުރުމުން ބާކީ ދައްކަންޖެހޭ ޖުމްލަ ފައިސާ ކަމުގައިވާ 462.68،157ރ. (އެއްލައްކަ ފަންސާސް ހަތްހާސް ހަތަރުސަތޭކަ ފަސްދޮޅަސް ދެ ރުފިޔާ ފަސްދޮޅަސް އށަ ލާރި) އާއި އެ ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި 21 ޖޫން 2017 ގެ ނިޔަލަށް އަރާފައިވާ 627،730.68ރ. (ހަލައްކަ ހަތާވީސް ހާސް ހަތްސަތޭކަ ތިރީސް ރުފިޔާ ފަސްދޮޅަސް އަށްލާރި) ހޯދުމަށް ޓްރެވަލް ލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓޑެ އަށް ރައްދުވް ގޮތށަ ހެބިޓެޓ ޕްރައިވެޓް ލިމިޓެޑް އިން ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ.
2ބުނެވުނު ދަޢުވާ ސިވިލް ކޯޓު ގެ ނަންބަރު 1821/Cv-C/2017 ޤަޟިއްޔާ އިން ބައްލަވާ ނިންމާފައިވަނީ؛
(ހ) މައްސަލައް ގުޅިގެނިހެބިޓެޓ ޕްރައިވެޓް ލިމިޓެޑް އީނ ހުށަހަޅާފައިވަނީ 04 (ހަތަރެއް) ޓެކްސް އިންވޮއިސް ކަމަށާއި މި 04 (ހަތަރެއް) ޓެކްސް އިންވޮއިސްގައިވާ ޖުމްލަ ފައިސާގެ ޢަދަދަކީ -234,843/ރ. (ދެލައްކަ ތިރީސްހަތަރުހާސް އަށްސަތޭކަ ސާޅީސް ތިންރުފިޔާ) ކަމަށާއި މި ފައިސާގެ ތެރެއިން ޓްރެވަލް ލިންކް މޯލްޑވްސި ޕްރައިވެޓް ލިމިޓެޑް އިން 77,380/32ރ. (ހަތްދހިހަތްހާސް ތިންސަތޭކަ އަށްޑިހރުފިޔަ ތިރީސް ދެލާރި) އަދާކޮށްފައިވާކަން ހެބިޓެޓް ޕްރައިވެޓް ލިމިޓެޑް އިން ބުނާކަމަށާއި، ބުނެވުނު 04 އިންވޮއިސްގެ ތެރެއިން 03 (ތިނެއް) އިންވޮއިސްގައިވާ މުދާ ހެބިޓެޓް ޕްރައިވެޓް ލިމޓެޑި އިން ޓްރެވަލް ލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ރައްދުކޮށްފައިވާކަން މި މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ޑެލިވަރީ ނޯޓުތަކަށ ބެލުމުން އެނގެން އޮތްއިރު، ހުށަހެޅިފައިވާ 04 އިންވޮއިސްގެ ތެރެއިން ނަންބަރު HPL/I/0455 (06 އޯގަސްޓް 2014) އިންވޮއިސްގައިވާ މުދާ ހެބިޓެޓް ޕްރައިވެޓް ލިމިޓެޑް އިން ޓްރެވަލް ލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ރައްދުކޮށްފައިވާކަން އެނގޭފަދަ ޑެލިވަރީ ނޯޓެއް ނުވަތަ ހެއްކެއްވިޔަސް ނެތުމާއެކު، ހެބިޓެޓް ޕްރައިވެޓް ލިމިޓެޑް އިން ފޯރުކޮށްދީފައި ވާ މުދަލުގެ އަގުގެ ގޮތުގައި ބަޔާންކޮށްފައިވާ -234,843/ރ. (ދެލައްކަ ތިރީސްހަތަރުހާސް އަށްސަތޭކަ ސާޅީސް ތިންރުފިޔާ) ގެތެރެއިން ނަންބަރ HPL/I/0455 (06 އޯގަސްޓް 2014) އިންވޮއިސްގައިވާ މުދަލަށްވާ -3,498/ (ތިންހާސް ހަތަރުސަތޭކަ ނުވަދިހަ އަށްރުފިޔާ) އުނިކުރުމުން ޖެހޭ -231,345/ރ. (ދެލައްކަ އެއްތިރީސްހާސް ތިންސަތޭކަ ސާޅީސް ފަސްރުފިޔާ) އަކީ ހެބިޓެޓް ޕްރައިވެޓް ލިމިޓެޑް އިން ޓްރެވަލް ލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ފޯރުކޮށްދީފައިވާ މުދަލުގެ އަގުކަން، ހުށަހެޅިފައިވާ ލިޔުންތަކަށް ބަލައި މަދަނީ މިންގަނޑުތަކު ނ ޝަރީޢަތަށް ޘާބިތުވާކަމަށް ކަނޑައަޅައި، ހެބިޓެޓް ޕްރައިވެޓް ލިމިޓެޑް އިން ފޯރުކޮށްދީފައިވާ މުދަލުގެ ޖުމްލަ އަގަށްވާ -231,345/ ރ. (ދެލައްކަ އެއްތިރީސްހާސް ތިންސަތޭކަ ސާޅީސް ފަސްރުފިޔާ) ގެ ތެރއިނެ ޓްރެވަލް ލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ހެބިޓެޓް ޕްރައިވެޓް ލިމިޓެޑް އަށް އަދާކޮށްފައިވާކަން އެނގެން އޮންނަ 77,380/32ރ. (ހަތްދިހަ ހަތްހާސް ތިންސަތޭކަ އަށްޑިހަ ރުފިޔާ ތިރީސްދެލާރި) އުނިކުރުމުން ޖެހޭ 153,964/68ރ. (އެއްލައްކަ ފަންސާސްތިންހާސް ނުވަސަތޭކަ ފަސްދޮޅަސް ހަތަރު ރުފިޔާ ފަސްދޮޅަސް އަށްލާރި) އަކީ ޓްރެވަލް ލިންކް މޯލްޑވްސި ޕްރައިވެޓް ލިމިޓެޑް އިން ހެބިޓެޓް ޕްރައިވެޓް ލިމިޓެޑް އަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި،
(ށ) ޖްރިމަނާގ ފައިސާގެ ގޮތުގައާހެބިޓެޓ ޕްރައިވެޓް ލިމިޓެޑުން ނަގައިދިނުމަށް އެދިފައިވާ 627,730/68ރ. (ހަ ލައްކަ ހަތާވީސްހާސް ހަތްސަތޭކަ ތިރީސްރުފިޔާ ފަސްދޮޅަސް އަށްލާރި) ޓްރެވަލް ލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑގް ކިބައިން ނަގައިދިނުމަށް ޝަރީޢަތުން އަންގާނޭތަނެއް ނެތްކަމަށް ކަނޑައަޅައެވެ. އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް:
3ސިވިލް ކޯޓގު ނަންބަރު 1821/Cv-C/2017 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ހެބިޓެޓ ޕްރައިވެޓް ލިމިޓެޑގް ފަރާތުންނެވެ. މި ގޮތުން 2 (ދޭއް) ނުކުތާ ހުށަހަޅައި އެ ނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛
3.1 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/27 ޤަޟިއްޔާއާއި ނަންބަރު 2015/SC-A/16 ޤަޟިއްޔާގައި "ޖަޒާއީ ޝަރުތު" ނަގައިދިނުމާ ގުޅޭ ގޮތުން ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ ޚިލާފަށް މައްސަލަ ނިންމަވާފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާ އާއި؛
3.2 ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 05 ވަނަ މާއްދާގެ
(ށ) ގެ 1 ވަނަ ނަންބަރާ ޚލާފަށި މައްސަލް ނިންމަވާފައިވ ކަމަށްބުނާ ހުށަހެޅި ނުކުތާއެވެ. އިންވޮއިސް ނަންބަރު HPL/I/0455 (06 އޯގަސްޓް 2014) ގައި އޮންނަ ފައިސާގެ ޢަދަދު އުނިކުރުން:
4ހެބިޓެޓ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްސީލުގައި އެ ފަރާތުން ދެއްކި ވާހަކަ ތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަކުރި ކަމަކީ، ހެބިޓެޓ ޕްރައިވެޓް ލިމިޓެޑުން ޓްރެވަލް ލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ފޮނުވި ހަތަރު އިންވޮއިސްގެ ތެރެއިން ނަންބަރު HPL/I/0455 މި އިންވޮއިސް ގައި އޮންނަ ފައިސާގެ ޢަދަދު ސިވިލް ކޯޓުން އުނިކޮށްފައިވަނީ އެ އިންވޮއިސްގައިވާ ފައިސގާ ޢަދަދަކީވެސ ޓްރެވަލް ލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އނި ދައްކަންޖެހޭ ފައިސާއެއްކަން ސާބިތު ކުރެވޭވަރުގެ ހެކި ޤަރީނާ އެ ކުންފުނިން ޝަރީޢަތަށް ހުށަހަޅާފައިވަނިކޮށް އެ ހެކި ޤަރީނާތަކަށް ރިޢާޔަތް ކޮށްފައިނެތި ކަމަށް ބުނެފައިވާ ބުނުމެވެ. މި ގޮތުން ބުނެވުނު އިންވޮއިސްގައިވާ މުދާ ޓްރެވަލް ލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އށަ ޑެލިވަރީ ކުރިކަން ސާބިތު ކުރުމަށްޓަކައި " ޖޮބް ކޮމްޕްލީޝަން ފޯމް" މި ނަމުގައި އޮންނަ ފޯމެއް ހެބިޓެޓު ޕްރައިވެޓް ލިމިޓެޑު އިނ ޝަރީޢަތަށް ހުށަހަޅާފައިވާނެކަމަށާއި އެހެންނަމަވެސް އެ ލިޔުމަށް ދަށު ކޯޓުން ރިޢާޔަތް ކޮށްފައި ނެތްކަމަށް އެކުންފުނިން ބުނެއެވެ.
5HN1ޚިލާފު އުފެދިފައިވާ، ހެބިޓެޓ ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު HPL/I/0455 އިންވޮއިސްއަށް ބަލާއިރު، އެ އިންވޮއިސްގައިވާ ޖުމްލަ ފައިސާގެ ޢަދަދަކީ، 3498ރ. (ތިންހާސް ހަތަރުސަތޭކަ ނުވަދިހަ އަށްރުފިޔާ) އެވެ. ހެބިޓެޓް ޕްރައި ވެޓ ލިމިޓެޑުން ޓްރެވަލް ލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އށަ ވިއްކި މުދަލުގެ އަގާއި ޚިދުމަތުގެ އަގުން ބުނެވުނު އިންވޮއިސްގައިވާ ޢަދަދުގެ ފައިސާ އުނިކުރަން ޖެހުނު ސަބަބު މިމައްސަލ ނިންމެވުމުގައި ސިވިލް ކޯޓުން ވަނީ ފާހަގަ ކުރައްވާފައެވެ. ބުނެވުނު އިންވޮއިސްގައިވާ ޢަދަދުގެ ފައިސާ އަކީ ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ސިވިލް ކޯޓުން ބިނާކޮށްފައިވާ ސަބަބުގެ މައްޗަށާއި މައްސަލައާއި އެކު ދެން ހުށަހެޅުނު ލިޔުންތަކުގެ މައްޗަށް ބަލާއިރު، ޚިލާފު އުފެދިފައިވާ އިންވޮއިސް ފިޔަވައި ދެން ބާކީ އޮތް 3 އިންވޮއިސްގައިވެސް، އިންވޮއިސްތަކާއި ޙަވާލުވި ފަރާތެއްގެ ނަމާއި، ސޮޔާއި އަދި ތާރީޚުތައް edreceiv Invoice މިހެން ލިޔެފައިވާ ތަނުގައި ފެންނަން އެބަ އޮތެވެ. އަދި މި އިންވޮއިސްތަކުގައިވާ މުދަލާއި ޚިދުމަތްތައް ފޯރުކޮށްދިންކަމުގެ ޑެލިވަރީ ނޯޓުތައ ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކުގައި ފެންނަން އެބަ ހުއްޓެވެ. އެއާއި ޚިލާފަށް ހެބިޓެޓ ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު HPL/I/0455 އިންވޮއިސް އަކީ ޓްރެވަލް ލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ރައްދުވެފައިވާ އިންވޮއިސްއެއްކަން އެ އިންވޮއިސް އަށް ބެލުމުން ސާފުވާނެ ގޮތެއް ނެތެވެ. އަދި އެ އިންވޮއިސްގައިވާ ޚިދުމަތް ނުވަތަ މުދާ ފޯރުކޮށްދިންކަން އެނގޭފަދަ ޑެލިވަރީ ނޯޓެއް ހެބިޓެޓ ޕްރައިވެޓް ލިމިޓެޑުން ޝަރީޢަތަށް ހުށަހަޅާފައެއްވެސް ނުވެއެވެ. މިހެންކމުނަ ނަންބަރު HPL/I/0455 އިންވޮއިސްގައި ބުނާ ފައިސާގެ ޢަދަދަށް ޓްރެވަލް ލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިންކާރުކުރާ ހިނދު، އަދި މި އިންވޮއިސްއަކީ، އެ އިންވޮއިސްއެއް ރައްދުވެފައިވާކަންވެސ އެނގެން ނެތް އެހެން އިންވޮއިސްތަކާއި ތަފާތު ގޮތަކަށް އޮތް އިންވޮއިސް އެއް ކަމުގައިވާއިރު، އިތުރު އެހެން ހެއްކެއްނެތި ހެބިޓެޓ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅް "ޖޮބް ކޮމްޕްލީޝަން" ފޯމުގެ މައްޗަށް އެކަނި ބަލައި ނަންބަރު HPL/I/0455 އިންވޮއިސްގައިވާ ފައިސާއަކީ، ޓްރެވަލް ސިވިލް ކޯޓުގެ ނަންބަރު 1821/Cv-C/2017 ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ (3) ވަނަ ނަންބަރުގެ (ށ) ގައި ފާހަގަ ކުރައްވާފައިވާ ގޮތުން، ހެބިޓެޓް ޕްރައިވެޓް ލިމިޓެޑުން ޝަރީޢަތަށް ހުށަހެޅި 04 އިންވޮއިސްގެ ތެރެއިން، 03 އިންވޮއިސްގައިވާ މުދާ ޓްރެވަލް ލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ރައްދު ކުރެވިފައިވާކަން މައްސަލައާއި އެކު ހުށަހެޅި ޑެލިވަރީ ނޯޓުތަކަށ ބެލުމުން އެނގޭއިރު، އިންވޮއިސް ނަންބަރު HPL/I/0455 ގައިވާ މުދާ ރައްދުކުރިކަން އެނގޭފަދަ ޑެލިވަރީ ނޯޓެއް ނުވަތަ ހެއްކެއް ވިޔަސް ޝަރީޢަތަށް ހުށަހަޅާފައެއް ނުވެއެވެ. ލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އނެ ހެބިޓެޓ ޕްރައިވެޓް ލިމިޓެޑް އ ށ ދައްކަންޖެހޭނެ ފައިސާކަމުގައި ސާބިތުވާކަމަށް ބެލެވެންނެތެވެ. ޝަރުތު ޖަޒާއީގެ ގޮތުގައިހިމަނާފައިވ އެއްވެސް ފައިސާއެއް ނަގައިދީފައި ނެތުން:
6ހެބިޓެޓ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅި ފުރަތަމަ ނުކުތާގައި ފާހަގަކުރާ ކަމަކީ، މި މައްސަލަ ސިވިލް ކޯޓުން ނިންމެވިއިރު، ހެބިޓެޓ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅް އިންވޮއިސްތަކުގައިވާ ޢަދަދަށް ޓްރެވަލް ލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓޑެ އިނ ފައިސް ނުދެއްކުމުން އަރާފައިވާ ޖޫރިމަނާގެ ފައިސާ ދަށު ކޯޓުން ނަގައިދީފައި ނެތް ނެތުމެވެ. މި ގޮތުން ހެބިޓެޓ ޕްރައިވެޓް ލިމިޓެޑުން ޓްރެވަލް ލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ރައްދުކުރި އިންވޮއިސްތަކުގައި ޖަޒާއީ ޝަރުތެއް ހިމަނާފައިވާނޭކަމަށާއި، އެ ޝަރުތަކީ އިންވޮއިސްތަކުގައި ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ ޖޫރިމަނާގެ ގޮތުގައި %2 (ދޭއް) އިންސައްތަ ނެގޭނެކަމަށް ބަޔާންކޮށް ހިމަނާފައި އޮތް ޝަރުތެއްކަމަށް ހެބިޓެޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ބުނެއެވެ. އަދި އިންވޮއިސްގައިވާ ޖަޒާއީ ޝަރުތުގައި، ޖޫރިމަނާގެ ގޮތުގައި %2 (ދޭއް) އިންސައްތަ ނެގޭނެކަމަށް އޮތްނަމަވެސް ހެބިޓެޓް ޕްރައިވެޓް ލިމިޓެޑުން ޝަރީޢަތަށް މައްސަލަ ހުށަހެޅިއިރު ބޭނުންވީ %0.2 (ސުމެއ ޕޮއިންޓް ދޭއް އިންސައްތަ) ޖޫރިމަނާގެ ގޮތުގައި ނަގައި ދިނުމަށް ކަމަށާއި، ދަށު ކޯޓުން ޖޫރިމަނާ ފައިސާ ނަގައިދީފައި ނެތް ނެތުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/27 ޤަޟިއްޔާއާއި ނަންބަރު 2015/SC-A/16 ޤަޟިއްޔާގައި "ޖަޒާއީ ޝަރުތު" ނަގައިދިނުމާ ގުޅޭ ގޮތުން ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެފައިވެއެވެ.
7ޖަޒާއީ ޝަރުތުގެ ގޮތުގައި ހެބިޓެޓ ޕްރައިވެޓް ލިމިޓެޑުން ނަގައިދިނުމަށް އެދުނު ފައިސާ، ޓްރެވަލް ލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އނި ނަގައިދެވެން ނެތް ސަބަބުން ބަޔާން ކުރަމުން ސިވިލް ކޯޓުން ފާހަގަކުރައްވަނީ " ޖޫރިމަނާގެ ގޮތުގައި ހޯދުމަށް އެދުނު ފައިސާ އަކީ މުދަލާއި ޚިދުމަތުގެ އަގަށްވުރެ ދެ ގުނައަށްވރެ އިތުރު ފައިސު ކަމަށްވުމާއި، "ޝަރުތު ޖަޒާއީ"ގެ މިންވަރާއި މެދާ ހެބިޓެޓް ޕްރައިވެޓް ލިމިޓެޑާއި ޓްރެވަލް ލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުރިއާލައި އެއްބަސްވެފައި ނެތުމާއި، ޖޫރިމަނާގެ ގޮތުގައި %0.25 އިންސައްތަ ނަގައިދިނުމަށް ކޯޓުގައި އެދިފައިވަނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްގެންކަން އެނގެން ނެތުމާއި، އެ ނިސްބަތަކީ މި ދެފަރާތުގެ ދެމެދުގައި ސަރީޙަކޮށް އަދި ޟިމްނީކޮށްވެސް އެއްބަސްވެފައިވާ ނިސްބަތުގ ފައިސާގެ ޢަދަދެއްކަން އެނގެން ނެތުމުން، ދިވެހިރާއްޖޭގެ ސޕްރީމު ކޯޓުގް ނަންބަރު 2015/SC-A/16 ޤަޟިއްޔާއަށް ރިޢާޔަތްކުރާއިރު، ޖޫރިމަނާގެ ފައިސާ ޝަރީޢަތުން ނަގައިދެވެން ނެތީކަމަށވެ.
8HN2ސިވިލް ކޯޓުން ޙަވާލާދެއްވާފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/16 ޤަޟިއްޔާގައި، ޝަރުތު ޖަޒއީއ ގުޅާ ގޮތުން ފާހަގަ ކުރައްވާފައިވާ ކަންކަމުގެ މައްޗަށް ބަލާއިރު، އަސްލު ކޮންޓްރެކްޓު ގެ ދަށުން "ޝަރުތު ޖަޒާއީ" ހިމެނިފައި ނުވިނަމަވެސް، ޝަރުތު ޖަޒާއީ ފަދަ ޝަރުތުތައް އިންވޮއިސްގައިވެސ ހިމެނުން ހުއްދަވެގެންވާކަން އެނގެއެވެ. އަދި އިންވޮއިސްގައި ހިމަނާފައިވާ "ޝަރުތު ޖަޒާއީ " ގެ ދަށުން ކަނޑައެޅޭ ފައިސާ ދެއްކުން އިންވޮއިސް ރައްދުވާ ފަރާތުގެ މައްޗަށް ލާޒިމްވާނީ، އެ ޝަރުތާމެދު ސަރީޙަކޮށް ނުވަތަ ޟިމްނީކޮށް ނަމަވެސް އިންވޮއިސް ރައްދުވާ ފރާތުނަ ރުހި ޤަބޫލވެފައިވާނަމު ކަމަށްވެސް އެ ޤަޟިއްޔާގައި ފާހަގަކުރައްވާފައިވެއެވެ. ދަށުކޯޓު ގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ (3) ވަނަ ނަންބަރުގެ (ރ).
9HN3ޝަރުތު ޖަޒާއީ އާއި ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމަވާފައިވާ ޤަޟިއްޔާތަކަށް ރިޢާޔަތްކޮށް، ޖަޒާއީ ޝަރުތެއް އެއްބަސްވުމެއްގައި ހިމެނުން ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އިސްލާމީ ޝަރީޢާ މަނާ ނުކުރާކަމަށް ބަޔާން ކުރުމަށްފަހު، ޝަރުތު ޖަޒާއީ އަކީ އެ ޝަރުތު އެއްބަސްވުމެއްގައި އޮންނަ އޮތުމަށްޓަކައ އެކަނި ނަގައިދެވޭ ފައިސާއެއް ނޫންކަމަށާއި، އެއްބަސްވުމެއްގައި ޝަރުތު ޖަޒާއީ އޮތްނަމަވެސް އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަށް ޙަޤީޤީ ގެއްލުމެއް ލިބިފައިނުވާނަމަ ނުވަތަ ގެއްލުންވި މިންވަރެއް އެނގޭނެ ގޮތެއް ނެތްނަމަ މިފަދަ ބަދަލެއް ނަގައިދެވެން ނޯންނާނެކަމަށާއި އަދި މިފަދަ ޝަރުތެއްގެ ދަށުން ނަގައިދެވެނީވެސް ގެއްލުމުގެ ބަދަލެއް ކަމުގައިވާތީ ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ޢަމަލުކުރަންޖެހޭ ޤާނޫނީ އެންމެހައި ހަމަތައް އެކަމުގެ މައްޗށަ ތަތުބީޤު ކުރެވެން ވާނޭކަމަށް މި ކޯޓުން ނިންމާފައިވާ ނަންބަރު 2017/HC-A/108 ޤަޟިއްޔާގައިވަނީ ކަނޑައަޅާފައެ ވެ. އަދި އެ ގޮތަށް ޖަޒާއީ ޝަރުތެއްގެ ދަށުން ފައިސާ ނަގައިދޭން ކޯޓުން ކަނޑައަޅާއިރު، ޤާނޫނު ނަންބަރު 91/4 (ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނ) ގައި ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ކަނޑައެޅިފައިވާ އެންމެހައި އުސޫލުތައް ޖަޒާއީ ޝަރުތެއް ތަންފީޛުކުރުމުގެ ތެރޭގައި ބެލެވެންޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ. ޝަރުތު ޖަޒާއީއާ ގުޅޭ ގޮތުން ނިންމާފައިވާ ބުނެވުނު އުސޫލުތައް މި މައްސަލައަށް ތަތުބީޤުކުރުން:
10ޖަޒާއީ ޝަރުތުގެ ގޮތުގައި ހިމެނޭ ފައިސާ ނެގެންޖެހޭ ކަމަށް ހެބިޓެޓ ޕްރައިވެޓް ލިމިޓެޑަށް ފެނުނު ސަބަބަކީ، އެ ކުންފުނިން ޓްރެވަލް ލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް އިންވޮއިސް ފޮނުވި ފޮނުވުމުގައި ޖަޒާއީ ޝަރުތު ހިމެނިފައި އޮތް އޮތުމާއި، ހެބިޓެޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ކޯޓަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 އަދި 24 ވަނަ މާއްދާ. ހުށަހެޅި މައްސަލައިގައިޖަޒާއީ ޝަރުތުގެ ގޮތުގައި ހޯދުމަށް އެދޭ ފައިސާގެ މިންވަރަކީ އިންވޮއިސްގައި ބުން މިންވަރަށްވުރެވެސ ދަށް ޢަދަދެއްކަމުގައްވާތީކަމަށް ހެބިޓެޓ ޕްރައިވެޓް ލިމިޓެޑގް ފަރާތުނ ބުނެއެވެ. މިހެންކަމުން މި މައްސަލައިގައި ޙަވާލާ މި ދެވެން، ޖަޒާއީ ޝަރުތަކާ މެދު ކުރިއާލައި ވެފައިވާ އެއްބަސްވުމެއްނެތި، ފޮނުވުނު އިންވޮއިސްގައި ޖަޒާއީ ޝަރުތެއް ހިމަނާފައިވާ އޮވެގެން އެ އިންވޮއިސްގައި އެފަދައިން ލިޔެފައި އޮތް އޮތުމުގެ މައް ޗަށް ރިޢާޔަތްކޮށް ޖަޒާއީ ޝަރުތުގެ ގޮތުގައި އޮތް ފައިސާއެއް ނެގުމާއި މެދުގައިކަން އެނގެއެވެ.
11HN4ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/16 ޤަޟިއްޔާގައި ޖަޒާއީ ޝަރުތާއި ގުޅޭ ގޮތުން އޮތް އުސޫލުތަކުގެ މައްޗަށް ބަލާއިރު، މި މައްސަލައިގައި ފުރަތަމަ ކުރަން އޮތް ސުވާލަކީ ބުނެވުނު އިންވޮއިސްތަކަކީ، ޓްރެވަލް ލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ރައްދުވެފައިވާ އިންވޮއިސް ތަކެއްކަމާމެދު ކުރަން އޮތް ސުވާލެވެ. އަދި އެ އަށްފަހު ދެން ކުރަން އޮތް ސުވާލަކީ އިންވޮއިސްގައިވާ ފައިސާއަކީ ދައްކަންޖެހޭ ފައިސާކަމަށް ސަރީޙަކޮށް ނުވަތަ ޟިމްނީކޮށް ނަމަވެސް ޓްރެވަލް ލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން އެއްބސްވެފައަވާކަނ ނުވަތް ނޫންކަމާއި މެދުގައި ކުރަން އޮތް ސުވާލެވެ. އެ ދެ ސުވާލުގެ ޖަވާބާ އެކު ދެން ކުރަން އޮތް ސުވާލަކީ، ޖަޒާއީ ޝަރުތުގެ ގޮތުގައި ފައިސާ ހޯދުމަށް އެދޭ ފަރާތަށް ޙަޤީޤީ ގެއްލުމެއްވެފައިވޭތޯ އާއި އެ ގެއްލުމާއި މިންވަރު ސާބިތު ކޮށްދެވިފައިވާކަމާއި މެދުގައި ކުރެވެން އޮތް ސުވާލެވެ.
12HN5މ މައްސަލައިގައި ޙަވާލާދެވުނު އިންވޮއިސްތައް ރައްދުވެފައިވާކަން ނުވަތަ ނޫންކަމާއި މެދު ޓްރެވްލް ލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވަނީ، މި މައްސަލައިގައި ހެބިޓެޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޝަރީޢަތަށް ހުށަހެޅި އެއްވެސް އިންވޮއިސްއަކީ އެ ކުންފުންޏަށް ރައްދުވެފައިވާ އިންވޮއިސްއެއް ނޫންކަމަށެވެ. އެހެންނަމަވެސް މި މައްސަލައިގައި ދަށު ކޯޓަށް ހުށަހެޅް އިންވޮއިސްތަކާއި ގުޅިގެންނާއ އަދި މުޅި ދަޢުވާއާ ގުޅިގެންޓްރެވަލްލިންކ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އ ށ ދިފާޢުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމުގެ ގޮތުން އެ ކުންފުނި ދަށު ކޯޓަށް ޙާޟިރ ކުރުމުގު މަސައްކަތް ސިވިލް ކޯޓުން ކޮށްފައިވީނަމަވެސ ޓްރެވަލް ލިންކް މޯލްޑިވްސްޕްރައިވެޓް ލިމިޓެޑއް ނ ދަށް ކޯޓަށު ޙާޟިރުވެފްއި ނުވަނީކަން މި މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުންއެނގެން އޮތުމުންނާއްއަދ މި މައްސަލި ދަށު ކޯޓުނ ޓްރެވަލް ލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަ ގެ ޣައިރު ޙާޟިރުގައްމައްސަލް ހިންގި ހިންގުމުގެ އިޖުރާއާތާއި ގުޅޭ ގޮތުންޓްރެވަލ ލިންކް މޯލްޑިވްސ ޕްރައިވެޓް ލިމިޓެޑްއިން ހައިކޯޓުގައި ސުވާލެއް އުފައްދާފައި ނެތުމުން، ބަލަންޖެހެނީ މައްސަލައިގައި ހިމެނޭ ލިޔުންތަކާމެދު ޓްރެވަލް ލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑގް ދިފާޢުގައި އެއްޗެއް ބުނަން ބޭނުން ނުވަނީކަމުގައެވެ. ޢާއްމު އުސޫލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ބަލާނީ ދަށު ކޯޓަށް ހުށަހެޅުނު ހެކިތަކާއި ދިފާޢުތައް އެއީ އަސްލެއްކަމުގައި ބަލައިގެންކަމުގައިވާތީ، ޓްރެވަލް ލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ދިފާޢުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ލިބި އޮތް ކަމެއްގައި އެ ފުރުސަތު ދޫކޮށްލުމުގެ ނަތީޖާއެއްގެ ގޮތުން ހެބިޓެޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި އިންވޮއިސްތަކަކީ ރައްދުނުވާ އިންވޮއިސްތަކެއް ކަމެއް ޓްރެވަލް ލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން މިހާރު ހައިކޯޓުގައި ބުނެ އެ ދިފާޢު ނެގިދާނެކަމަށް ބެލެވޭކަށްނެތެވެ.
13HN6ކުރިންވެސް ފާހަގަކުރި ގޮތަށް އެއްބަސްވުމެއްގައި ޝަރުތު ޖަޒާއީ އެއް އޮންނަ އޮތުމަކީ ހަމަ އެކަނި އެ ސަބަބަށްޓަކައި ޝަރުތު ޖަޒާއީގެ ގޮތުގައި ފައިސާގެ ޢަދަދެއް ނަގައި ދޭން ޖެހޭ ސަބަބެއް ނޫނެވެ. އިންވޮއިސްއެއް ފޮނުވުމުގެ ތެރެއިންކަމުގައިވިޔަސ ނުވަތް އެ ނޫން ގޮތަކަށް ކަމަށްވިޔަސް ޖަޒާއީ ޝަރުތެއްގ މައްޗަށް ބިނާކޮށީ ކޯޓުން ފައިސާ ނަގައިދޭ ދިނުމުގައި، ފައިސާ ލިބެންވާ ފަރާތަށް ޙަޤީޤީ ގެއްލުމެއް ލިބިފައިވަކަން އަދި ލިބިފައިވާނަމަ ލިބިފައިވާ ގެއްލުމުގެ މިންވަރަކީ ކޮބް އިކަނޭ ޝަރީޢަތަށް ހުށަހަޅައި އެކަން ސާބިތުކޮށްދިނުމުގެ ބުރައަކީ ފައިސާ ހޯދުމަށް އެދި ހުށަހަޅާ ފަރާތުން އުފުލަންޖެހޭ ބުރައެކެވެ. މި މައްސަލައިގައި ހެބިޓެޓ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަށު ކޯޓަށް ހުށަހަޅާފައިވާ ދަޢުވާ ފޯމަށާއި ހުށަހެޅުނު ލިޔުންތަކަށްބެލެ މުން، އިންވޮއިސްގައިވާ ޢަދަދުގެ ފައިސާ ހެބިޓެޓ ޕްރައިވެޓް ލިމިޓެޑުން ދައްކާފައި ނެތުމުގެ ސަބަބުން، ލިބިފައިވާ ގެއްލުންތަކަކީ ކޮބައިކަން އަދި ގެއްލުންތަކުގެ މިންވަރ ކަނޑައެޅު ކޮން އުސޫލެއްގެ މައްޗަށް ބިނާކޮށްގެންކަން އެނގޭ ސަބަބުތަކެއް ދަށާ ކޯޓަށު ހުށަހަޅްފައެއް ނުވެއެވެ. މިހެންކަމުން ހެބިޓެޓ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޖޫރިމަނާގެ ފައިސާގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާގެ ނިސްބަތް ކަނޑައަޅާފައިވަނީ ކޮން ގޮތަކަށް ކަން އަދި އ ނިސްބަތުގެ މައްޗަށް ބިނާކޮށް ޖޫރިމަނާގެ ފައިސާގެ ޢަދަދު ނަގައިދިނުމަށިކްޓުގައު އެދިފައިވަނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްގެންކަން އެނގެން ނެތްކަމަށް ބަލައި، އިންވޮއިސްގައިވާ ޖަޒާއީ ޝަރުތު ތަންފީޛް ކުރުމުގު ގޮތުނެ ޖޫރިމަނާގެ ގޮތުގައި ޓްރެވަލް ލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ކިބައިން ހޯދުމަށްއެދި ހެބިޓެޓް ޕްރައިވް ޓީ ލިމިޓެޑުން ހުށަހެޅި ޢަދަދުގެ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެންނަންޖެހޭނެކަމަށ އަހުރެން ނުދެކެމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 4/91 (ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 އަދި 24 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/16
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/27
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/108
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.