ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2024/HC-A/153

ރެސިޑެންސީ ރިސޯޓްސް މާލެ ޕްރައިވެޓް ލިމިޓެޑް ވ. ފާޠިމަތު ފެޒްލީން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 11 ޑިސެމްބަރު 2025ދަށު ކޯޓު: ސިވިލް ކޯޓު 1508-CVC-2023ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 1508-CVC-2023
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ރިސޯޓުން އެއްފަރާތުން (unilaterally) ބާޠިލުކުރި އެއްބަސްވުމެއްގެ ދަށުން، އަނެއް ފަރާތް އަލުން ހުޅުވާލި ބިޑަށް ކުރިމަތިލުމަކީ ބާޠިލުކުރުމަށް ޟިމްނީގޮތުން ރުހުމެއްތޯއާއި، ސޮއިކުރުމާއެކު ދައްކަންޖެހޭ ރިފަންޑް ނުކުރެވޭ އެޑްވާންސް ފައިސާ ނުދައްކާ އޮއްވާ އެއްބަސްވުން ބާޠިލުކުރުމުން، އެ ފައިސާ ދައްކަންޖެހޭނެތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގެ ދަށުން ބައިވެރިންގެ އެއްބަސްވުމުން ކޮންޓްރެކްޓެއް ނިމުމަކަށް ގެނެވިދާނެ ނަމަވެސް، އެކަމަށް ރުހުން ދޭހަވާ ވާޤިޢާ ހުންނަންޖެހޭނެއެވެ؛ "we are not going ahead with the attached contract" ފަދަ، ޝަރުޠެއް ނުވަތަ މަޖުބޫރީ ޙާލަތެއް ނެތި ކުރާ އެންގުމަކީ އެއްފަރާތުން ކުރި ބާޠިލުކުރުމެކެވެ.

HN2 ޓެންޑަރަށް ނުވަތަ ޕްރޮޕޯސަލަށް ހުޅުވާލުމަކީ ހުށަހެޅުމެއް (offer) ނޫން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގައިވާ ދައުވަތެއް (invitation to treat) އެވެ؛ އެއަށް ހުށަހަޅާ ޕްރޮޕޯސަލަކީ ފޯރުކޮށްދޭ މަޢުލޫމާތެކެވެ. ދައުވަތު ފަރުމާކޮށްފައިވާ ގޮތުން އެއީ ހުށަހެޅުމެއް ކަމަށް ދޭހަވާނަމަ މެނުވީ އެއިން ބަނދެވޭ އެއްބަސްވުމެއް ނުއުފެދެއެވެ.

HN3 ބާޠިލުކުރުމަށްފަހު ހުޅުވާލި އައު ބިޑަށް ކުރިމަތިލުމަކީ، ބާޠިލުކުރި ނޯޓިހުގައި އެކަމަށް ޤައިދުކޮށްފައި ނެތްނަމަ، ކުރީގެ އެއްބަސްވުން ބާޠިލުކުރުމަށް ޟިމްނީކޮށް ރުހުމެއް ނޫނެވެ؛ އެއީ ކުރިމަތިލި ފަރާތަށް ލިބިގެންވާ ޙައްޤެއް ބޭނުންކުރުމާއި، ގެއްލުން ކުޑަކުރުމުގެ (mitigation) ޒިންމާ އަދާކުރުމެވެ.

HN4 ކޮންޓްރެކްޓެއްގައިވާ ޙައްޤެއް ދޫކޮށްލީކަމަށް ބެލެވޭނީ އެކަން އެނގިހުރެ، އަމިއްލަ ރުހުމުގައި، ދޫކޮށްލުމުގެ ނިޔަތުގައި ކަމަށް ސާފުކޮށް ދޭހަވާނަމައެވެ؛ އެކަން ފަސޭހައިން އިފްތިރާޟުކޮށްގެން ނުވާނެއެވެ. އިތުރު ވާޤިޢާއެއް ނެތި ހަނުހުރުމާއި ފިޔަވަޅު އެޅުން ލަސްކުރުމަކީ ޙައްޤު ދޫކޮށްލުމެއް ނޫނެވެ.

ޕެރ. 68-70، މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ވ. ދައުލަތްމި އުޞޫލާ ވައްތަރު އުޞޫލުތައްSaeed Lex ގައި

HN5 ދަޢުވާނުކޮށް ދިގު މުއްދަތެއް (13 އަހަރު) ވޭތުވުމުން ޟިމްނީ ރުހުމެއް ދޭހަވާކަމަށް އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ވިލާ ޝިޕިންގ ގައިވާ އުޞޫލު، ބާޠިލުކުރިތާ 16 ދުވަހުން ހިތްހަމަނުޖެހުން ފާޅުކޮށް ޤާނޫނީ މުއްދަތުގެ ތެރޭގައި ދަޢުވާކުރި ޙާލަތަށް ތަޠުބީޤެއް ނުކުރެވޭނެއެވެ.

HN6 ހެއްކާއި ޤަރީނާއަށް ރިޢާޔަތްނުކުރިކަމަށް ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އަށް ޙަވާލާދީ ބުނާ ފަރާތުން، ރިޢާޔަތްނުކުރި ހެއްކަކީ ކޮބައިކަމާއި އެއީ ކޮން ޤާނޫނީ ނުކުތާއަކާ ގުޅޭ ހެއްކެއްކަން ބުނެދޭންޖެހޭނެއެވެ؛ ހަމައެކަނި ގޯހެއް ހަދާފައިވާކަމަށް ބުނުމަކުން ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ މިންގަނޑަށް ނުފޯރެއެވެ.

HN7 އެއްބަސްވުން މާނަކުރަންވާނީ އެއްބަސްވުންވީއިރު ވަށައިގެންވާ ކަންކަން އެނގިހުރި އާދައިގެ ސަބަބުވެރި މީހަކަށް ދޭހަވާ މާނައިން، މާއްދާތައް އެކުއެކީގައި ކިޔައި، އެ މާއްދާތައް ހިމެނި މަޤްޞަދު ހާސިލުވާ ގޮތަށެވެ.

HN8 ސޮއިކުރުމާއެކު ދައްކަންޖެހޭ، ރިސޯޓުން "ކޮންމެ ސަބަބަކާހުރެ" ބާޠިލުކޮށްފިނަމަ ރިފަންޑް ނުކުރެވޭ އެޑްވާންސް ފައިސާއަކީ، ބާޠިލުކުރިއިރު ދައްކަންޖެހި ނުދައްކައި އޮތް ފައިސާއެއް ކަމުން، އެއްބަސްވުން ބާޠިލުކުރި ފަރާތުން މައުޞޫމު ފަރާތަށް ދައްކަންޖެހޭނެއެވެ؛ އެ ފައިސާ ދައްކަންޖެހެނީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ނޫން، އަދާނުކުރި އިލްތިޒާމެއްގެ ގޮތުގައެވެ (ދައުލަތް ވ. ވިލާ އެއަރ).

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުޒައިފާ މުޙައްމަދު، ޙުސައިން މަޒީދު، ފާޠިމަތު ފަރްހީޒާ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، ފާޠިމަތު ފަރްހީޒާ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު

މައްސަލައިގެ ތަޢާރަފު

1މިއީ ސިވިލް ކޯޓުގ ނަންބަރު 1508-CVC-2023 ޤަޟިއްޔ އާ ކޯޓުން ނިންމާފައިވަނީ ޝަރުޢީ ނވަތު ޤާނޫނަ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދެރެސިޑެންސ ރިސޯޓްސް މާލީ ޕްރައިވެޓް ލިމިޓެޑް)ރަޖިސްޓްރޭޝަން ނަންބަރ C-0658/2011( )މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ރެސިޑެންސީ ރިސޯޓްސް"( ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.

2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ މާލެ، […] ފާޠިމަތު ފެޒްލީނ )ޑިޓިއުންބޭންޑް( )މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "ފާޠިމަތު ފެޒްލީން"( ގެ މައްޗަށެވެ.

މައްސަލައިގައި ކަންހިނގާފައިވާގޮތް

32022 ވަން އަހަރުގެ އާ އަހަރާއި، ކްރިސްމަސް އަދި ރަޝިއަން އޯތޮޑޮކްސް ފެސްޓިވަލްގައި ވިޔަފާރީގެ އުޞޫލުން ޑިޓިއުން ބޭންޑުން ވޮށްމުލ ރިސޯޓުގައި މިއުޒިކް ކުޅެދިނުމާގުޅޭ ގޮތުނ 07 ސެޕްޓެންބަރު 2022 ގައު ރެސިޑެންސީ ރިސޯޓްސްއާއި ފާޠިމަތު ފެޒްލީންއާ ދެމެދު އެއްބަސްވުމެއް )މީގެ ފަހުން "އެއްބަސްވުން"( ވެފައިވެއެވެ. މިފަދައިން އެއްބަސްވުމެއް ވެފައިވަނީ، ޑިޓިއުންބޭންޑްގެ ފަރާތުނ 07 ސެޕްޓެންބަރު 2022 ގައިފސްޓިވް ޕެކޭޖަށެ )ކްރިސްމަސް، ނިއު ދިވެހި ރައްޔިތެއްކަން އަންގައިދޭޑިޓިއުންބޭންޑް (DETUNEBAND) )ރަޖިސްޓްރޭޝަން ނަންބަރު ( އަކީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެކެވެ. އިޔަރް،އޯތޮޑކްސ( ހުށަހަޅާފައިވާ 50,000 USD )ފަންސާސްހާސް އެމެރިކާ ޑޮލަރު(ގެ ކޯޓޭޝަންއަށް ބިނާކޮށެވެ.

4މި އެއްބަސްވުމުގެ ދަށުން އެޑްވާންސް ޕޭމަންޓްގެ އަދަދަށްވާ 25,000 USD )ފަންސަވީސްހާސް އެމެރިކާ ޑޮލަރު( އެއްބަސްވުމުގައި ސޮއިކުރުމުން ދޭންޖެހޭނެކަމުގައި ބަޔާންކުރެއެވެ.

506 ނޮވެންބަރު 2022 ގައި ރެސިޑެންސީ ރިސޯޓްސްއިން ފާޠިމަތު ފެޒްލީންއަށް ފޮނުވާފައިވާ އީމެއިލްގައި ޕޭމަންޓް ޕްރޮސެސްކުރުމަށް ފޮނުވާފައިވާ ކަމުގައި ބަޔާންކޮށްފައިވެއެވެ.

6އެއަށްފަހު، ރެސިޑެންސީ ރިސޯޓްސްއިން 11 ނޮވުނެ ބަރް 2022 ގައި ފާޠިމަތު ފެޒްލީންއަށް ފޮނުވާފައިވާ އީމެއިލްގައި، އެއްބަސްވުން ކުރިއަށް ންގެނު ދިޔުމަށް ރެސިޑެންސީ ރިސޯޓްސްއިނ ނިންމާފައިވާކަމގައި ބަޔާންކޮށްފައިވެއެވެ. އަދި އޭގެ އިތުރުން،އެ ހޮޓެލްގެ ޕްރޮކިއުމެންޓް ޕޮލިސީއާ އެއްގޮތަށް އާ އަހަރާއި، ކްރިސްމަސް އަދި ރަޝާއުން އޯތޮޑޮކްސްގައި މިއުޒިކް ކުޅެދިނުމަށް ބޭނުންވާ ފަރާތްތަކުން ބިޑުގެ އުޞޫލުންހުށހެޅުމަށަހުޅުވާލަން ގަސްދުކޮށްފައިވާކަމްށަ އ، މިފަދައިން ނިންމާފައިވަނީ USD 20,000 )ވިހިހާސް އެމެރިކާ ޑޮލަރު( އަށްވުރެ އިތުރުވެ ޚަރަދެއްނަމަ، އެއަށް ޓެންޑަރ އުޞޫލުން ބިޑް ހުށަހެޅުމަށް އެ ހޮޓެލްގުޕްރޮކިއުމެންޓް ޕޮލިސީގައި ބަޔާންކުރާތީކަމަށާއި، އަދި ޓެންޑަރ އުޞޫލުން އެ ފަރާތނ ވެސް 12 ނޮވުނެ ބަރް 2022 އަށް ޕްރޮޕޯސަލް އަލުން ހުށަހެޅުމަށް ދައުވަތު ދޭ ކަމުގައެވެ.

7މިގޮތުން، 12 ނޮވުނެ ބަރް 2022 ގައި ފސްޓިވް ޕެކޭޖަށޮ)ކްރިސްމަސް، ނިއު އިޔަރ، އޯތޮޑްކްސް( ޑިޓިއުންބޭންޑުނ 47,000 USD ) ސާޅީސްހަތްހާސް އެމެރިކާ ޑޮލަރު( ގެ ކޯޓޭޝަނެއ ހުށަހަޅާފައިވެއެވެ.

824 ނޮވުނެ ބަރް 2022 ގައި ރެސިޑެންސީ ރިސޯޓްސްގެ ފަރާތުން ފޮނުވާފައިވާ އީމެއިލްގައި، ޑިޓިއުންބޭންޑްގެ ފަރާތުން ހުށަހަޅާފައިވާ ބިޑް ކާމިޔާބުވެފައިނުވާ ކަމުގައި ފާޠިމަތު ފެޒްލީންއަށ އަންގާފައިވެއެވެ.

9އެއްބަސްވުން ބާޠިލުކޮށްފައިވަނީ ވަރަށް އިޙްތިރާމް ކުޑަގޮތަކަށކަމަށާއި،މިފަދައިން އެންމެ ފަހު ވަގުތު އެއްބަސްވުން ބާޠިލުކުރުމުން، ޕާފޯމްކުރަނ އެހެން ތަނެއް ހޯދުމަށް ދަތިވެފައިވާކަމަށ ބަޔާންކޮށް، ފާޠިމަތު ފެޒްލީނގެ ފަރާތުންރެސިޑެންސީ ރިސޯޓްސްއަށ 09 ޑިސނެ ބަރް 2022 ގައި އީމެއިލްކޮށްފައިވެއެވެ.

10ރެސިޑެންސީ ރިސޯޓްސްއާއި ފާޠިމަތު ފެންޒީލްއާ ދެމެދު 07 ސެޕްޓންބަރެ 2022 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން، ރެސިޑެންސީ ރިސޯޓްސްއިން އަދާކުރަންޖެހޭ ފައިސާ އަދާކޮށްފައިނުވާތީއާއި، އ އެއްބަސްވުމުގެ މައްޗަށް ބަރޯސާވެ ރިސޯޓުގައި މިއުޒިކު ކުޅުމަށް ފާޠިމަތު ފެޒްލީންގެ ފަރާތުނ ވާންޖެހޭ ތައްޔާރީތައީވާފައިވަނިކޮށް، އެއްބަސްވުމާ އެއްގޮތަށް ޢަމަލުނުކުރުމަށް ރެސިޑެންސ ރިސޯޓްސްއިން ނިންމާފައިވުތީ، ރެސިޑެންސީ ރިސޯޓްސްއިނ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވަނީ ޤާނޫނު ނަންބަރ 91/4 )ކޮންޓްރެކްޓާބެހޭ ޤާނޫނު( )މީގެ ފަހުން "ކޮންޓްރެކްޓާބެހޭ ޤާނޫނު"( އ ޚިލާފަށާ ކަމަށް ކަނޑައަޅައިދިނުމަށާއި، އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ފާޠިމަތު ފެޒްލީންއަށ ލިބުން ގެއްލުމުގެ ބަދަލާއި މި މައްސަލައިގައި ފަރުވާ ހޯދުމަށް ޤާނޫނީ ވަކީލުންނަށް ޚަރަދުކޮށްފައިވާ ފައިސާއާއެކު ޖުމްލަ 104,000 USD )އެއްލައްކަ ހަތަރުހާސްއެމެރިކާ ޑޮލަރު( ރެސިޑެންސީ ރިސޯޓްސްގެ ކިބައިން ހޯދުމަށް ފާޠިމަތު ފެޒްލީނ ސިވިލް ކޯޓަށް ދަޢުވް ހުށަހެޅިއެވެ.

11ފާޠިމަތު ފެޒްލީނގް ފަރާތުންއެދިފައިވަނީ ރެސިޑެންސީ ރިސޯޓްސްއިނ އެއްބަސްވުމުގް ދަށުން އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާކޮށްފައިނުވާކަމަށާއި، އެއްބަސްވުމާއި ޚިލާފުވެ އެއްބަސްވުނ ސިވިލް ކޯޓަށް ފާޠިމަތު ފެޒްލީންގެ ފަރާތުން ހުށަހަޅާފައިވާ "އިޚްތިލާފު އޮންނަ ބާވަތުގެ ދަޢުވާ ހުށަހަޅާ ފޯމު" ގެ ދަޢުވާގެ ޚުލާޞާ ބާޠިލުކޮށްފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދަގެ )ނ( އާ ޚިލާފަށްކަމަށް ކަނޑައަޅައިދީ، އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ފާޠިމަތު ފެޒްލީންއަށް ވެގެންދިޔަ ގެއްލުމަށް ރެސިޑެންސީ ރިސޯޓްސްގެ ފަރާތުން ޒިންމާވާންޖެހޭކަމަށް ކަނޑައަޅައިދީ، އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއްބަސްވުމުގެ ދަށުން ދިނުމަށް އެއްބަސްވި 50,000 USD )ފަންސާސްހާސް އެމެރިކާ ޑޮލަރެ( ފާޠިމަތު ފެޒްލީންއަށް ދިނުމަށާއި، އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބުނު ނުސީދާ ގެއްލުމުގެ ބަދަލއްގ ގޮތުން USD 50,000 )ފަންސާސްހާސް އެމެރިކާ ޑޮލަރު( ފާޠިމަތު ފެޒްލީންއަށް ދިނުމަށާއި، އަދި ޤާނޫނީ ވަކީލުންނަށް ފީ ދެއްކުމުގެ ގޮތުން ޚަރަދުކޮށްފައިވާ 4,000 USD )ހަތަރުހާސް އެމެރިކާ ޑޮލަރު( ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ރެސިޑެންސީ ރިސޯޓްސްގެ ކިބައިން ނަގައިދިނުމަށެވެ.

12ފާޠިމަތު ފެޒްލީންގެ ފަރާތުން ރެސިޑެންސީ ރިސޯޓްސްގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާއަށް އިންކާރުކޮށް، ރެސިޑެންސީ ރިސޯޓްސްގެ ފަރާތުން އެދިފައިވަނީ ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމަކީ ދެ ފަރާތުން އެއްބަސްވެގެން ނިމުމަކަށް އައިސްފައިވާ އެއްބަސްވުމެއްކަމަށ ކަނޑައަޅައިދީ، އެއްބަސްވުން އުވާލާފައިވަނ ދީ ފަރާތުން ރުހިގެން،ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކަމުގައި ކަނޑައަޅައިދީ، ރެސިޑެންސީ ރިސޯޓްސްގެ ފަރާތުން ދައްކަންޖެހޭ އެއްވީ ސ ފައިސާއެއް ނެތްކަމަށް ކަނޑައަޅައިދީ، ފާޠިމަތު ފެޒްލީންގެ ފަރާތުން އެދިފައިވާ ބަދަލަކީ ޝަރީޢަތުން ނަގައިދެވޭނެ ބަދަލެއްނޫންކަމަށް ކަނޑައަޅައިދިނުމަށެވެ. ސިވިލް ކޯޓަށް ފާޠިމަތު ފެޒްލީންގެ ފަރާތުން ހުށަހަޅާފައިވާ "އިޚްތިލާފު އޮންނަ ބާވަތުގެ ދަޢުވާ ހުށަހަޅާ ފޯމު"ގ އެ ފަރާތުން އެދޭ ގޮތް ސިވިލް ކޯޓަށް ރެސިޑެންސީ ރިސޯޓްސްގެ ފަރާތުން ހުށަހަޅާފައިވާ "ދަޢުވާގެ ދިފާޢު ހުށަހަޅާ ފޯމު" ގެ ދަޢުވާއަށް އިންކާރުކުރާ ސަބަބު އަދި އެ ފަރާތުން އެދޭ ގޮތް ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް

13ސިވިލް ކޯޓުގެ ނަންބަރު 1508-CVC-2023 ޤަޟިއްޔާއިން ޙުކުމްކޮށްފައިވަނީ 12 މެއި 2024 އިން ފެށިގެން 14 )ސާދަ( ދުވަހުގެ ތެރޭގައި ފާޠިމަތު ފެޒްލީންއަށް 29,000 USD )ނަވާވީސްހާސް އެމެރިކާ ޑޮލަރު( ދެއްކުމަށް ރެސިޑެންސީ ރިސޯޓްސއަށް އަންގައެވެ.

14މި ނިންމުމަށްވާސިލވުމުގައ އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

14.1. ދެފަރާތުގެ ދެމެދު 07 ސެޕްޓެންބަރު 2022 ގައި އެއްބަސްވުން ވެފައިވާކަމާމެދު ޚިލާފެއް ނެތްކަން.

14.2. ޚީޞޫމާތ އުފެދުނު ހިސާބަކީ އެއްބަސްވުން ވެފައިވަނިކޮށް، އެއްބަސްވުން ވެފައިވަނީ ރެސިޑެންސީ ރިސޯޓްސްގެ ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތަށް، ބީލަމަށް ހުޅުވާލެވިގެން ނޫންކަމަށް ބުނެ، އެއްބަސްވުން ބާޠިލުކުރުމާއި ހަމައިންކަން.

14.3. ދެފަރާތުގެ ދެމެދު 07 ސެޕްޓެންބަރު 2022 ގައި ވެފައިވާ އެއްބަސްވުން ރެސިޑެންސީ ރިސޯޓްސް އިން ބާޠިލުކުރިކަމަށް އަންގާފައިވަނީ 11 ނޮވެންބަރު 2022 ގައި ކުރި އީމެއިލްއެއްގައިކަމަށާއި، މި އީމެއިލްގައި ރެސިޑެންސީ ރިސޯޓްސް އިން ފާހަގަކޮށްފައިވަނ ދެފަރާތުގެ ދެމެދުގްއި ވެފައިވާ އެއްބަސްވުމާއެކު ކުރިއަށް ނުދިއުމަށް ރެސިޑެންސީ ރިސޯޓްސް އިން ނިންމާފައިވާކަމަށާއި، ރެސިޑެންސީ ރިސޯޓްސްގެ ޕްރޮކިއުމަންޓް ޕޮލިސީގައިވާ ގޮތުން 20,000 USD )ވިހިހާސް އެމެރިކާ ޑޮލަރު( އަށްވުރެ ބޮޑު ޚިދުމަތެއް ނުވަތަ މުދަލެއް ހޯދާނަމަ ބިޑަށް ހުޅުވާލްންޖެހޭތީ، އަލުން ބިޑަށް ހުޅުވާލާއިރ ޕްރޮޕޯސަލެހުށަހެޅުމުގެ ފުރުޞަތު ފާޠިމަތު ފެޒްލީންއަށ އޮތްކަމަށް އެ އީމެއިލްގައި ބުނެފައިވާކަމަށާއި، އެ އީމެއިލްއަކީ ދެފަރާތުގެ ދެމެދުގައ އޮތި އެއްބަސްވުން ބާޠިލުކޮށް ދިން ނޯޓިހަށްވާއިރު، މި ނޯޓިހުން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ބާޠިލުކުރަން ނިނީމ ޙަޤީޤީ ސަބަބަކީ މިހާރު މި މައްސަލައިގައި ވާހަކަދައްކާއިރު، ރެސިޑެންސީ ރިސޯޓްސް ގެ ފަރާތުނ ބުނާ ފަދައިން ޕްރޮކިއުމަންޓް ޕޮލިސީއާ ޚިލާފަށް އެއްބަސްވުންވެފައި އޮތުމުން ކުރިއަށް ގެންދެވެން ނެތިގެން، އެސަބަބަށްޓަކައި ބާޠިލުކުރި ކުރުމެއްކަނ ސާފުކޮށް އެނގެން ނެތްކނ

14.4. ރުސިޑެންސީ ރިސޯޓްސްއިނ އެއްބަސްވުން ނިމުމަކަށް ގެނައި ގެނައުމާމެދ ފާޠިމަތު ފެޒްލީންގެ ފަރާތުން ރުހިފައިވާކަމަށް ރެސިޑެންސީ ރިސޯޓްސްގެ ފަރާތުން ބުނާ ބުނުމާމެދ ފާޠިމަތު ފެޒްލީންގު ފަރާތުން އިންކާރކުރާކަނ

14.5. ރެސިޑެންސީ ރިސޯޓްސްއިނ އާންމުކޮށް ހުޅުވާލި ބިޑަށް ފާޠިމަތު ފެޒްލީންގެ ފަރާތުން ކުރިމަތިލި ކުރިމަތިލުނ އެއް އެހެން ފަރާތްތަކެކޭވެސް އެއްފަދައަކުން ފާޠިމަތު ފެޒްލީންއަށްވުސ އޮތް ހުޅުވާލެވިގެންވާ ޙައްޤެއްކަމުގައިވާއިރު، އެ ޙައްޤުގެ ބޭނުން ހިފިޔަތ އެއީ އެކަން ފާޠިމަތު ފެޒްލީންއާ ދެކޮޅަށް ބޭނުންކުރެވިދާނެ އަދި އަމުދުން ފާޠިމަތު ފެޒްލީންގެ ފަރާތުން އެކަން ކުރި ރެސިޑެންސީ ރިސޯޓްސްއިނ އެއްބަސްވުން ބާޠިލުކުރިކުރުން ޤަބޫލުކުރާތާނޫންކަމެ ށ އ، އ ފަރާތަށް ވެދާނެ ގެއްލުން ކުޑަކުރުމުގެ ގޮތުންކަމަށް ބުނާއިރު، ރެސިޑްންސީ ރިސޯޓްސްއިނ އެއްބަސްވުން ބާޠިލުކުރުމުން އެކަމާ ހިތްހަމަނުޖެހިގެނ 09 ޑިސންބަރެ 2022 ގައި ވެސް ފާޠިމަތު ފެޒްލީންގެ ފަރާތުން އީމެއިލްކޮށ އެކަން ހިއްސާކުރިކަން އެނގެން އޮތްއިރު، ރެސިޑެންސީ ރިސޯޓްސްގެ ނޯޓިހުގައި ސާފުކޮށް، އައު ބިޑަށް ކުރިމަތިލުމުގެ ނަތީޖާއަކީ އެއްބަސްވުން ބާޠިލުކުރި ކުރުން ފާޠިމަތު ފެޒްލީންގެ ފަރާތުން ޤަބޫލުކުރުންކަމަށ ބަޔންކޮށްފައިނެތްކަނ

14.6. އަލުން ބިޑަށް ހުޅުވާލުމުން، ފާޠިމަތު ފެޒްލީންގެ ފަރާތުން ބިޑް ހުށަހެޅުމުގެ ޢަމަލަކީ 07 ސެޕްޓެންބަރު 2022 ގެއެއްބަސްވުނ ނިމުމަކަށް ގެނައުމާމެދ ފާޠިމަތު ފެޒްލީންގެ ފަރާތުން ޟިމްނީކޮށް ރުހުންދިން ދިނުމެއްކަމަށް ރެސިޑެންސީ ރިސޯޓްސްގެ ފަރާތުން ޙަވާލާދީ އުޞޫލުތައް ތަޠުބީޤުކޮށް ބަލައިގަންނާނެ ހަމައެއްނެތުމާއެކު، އަދިދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގް ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލަށް ބަލާއިރު، އެއްބަސްވުން ބާޠިލުކުރިކަން އަންގައި ރެސިޑެންސީ ރިސޯޓްސް އިން ދިން ނޯޓިހުގައި، އާންމުކޮށް ހުޅުވާލާ ބިޑަށް ފާޠިމަތު ފެޒްލީންގެ ފަރާތުން ކުރިމަތިލުމުގެ ނަތީޖާއަކީ އެއްބަސްވުނ ބާޠިލުކުރިކުރުމަށް ރުހުންކަމާމެދު އިނެޒރުކޮށްފައި ނެތުމުން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ކޮންޓްރެކްޓެއްގެ ދަށުން ލާޒިމުކުރާ ކަންތައްތައް، އޭގެ ބައިވެރިން އެއްބަސްވެގެން،ބޭނުންވެއްޖެ ހިނދެއްގައި ނިމުމަކަށް ގެނައުން ހުއްދަކޮށްފައ އޮތްއޮތުމާއެއްގޮތަށް ރެސިޑެންސީ ރިސޯޓްސްއއް ފާޠިމަތު ފެޒްލީންއާ ދެމެދުގައި ވެފް އ އޮތަ އެއްބަސްވުން ނިމުމަކަށް ގެނައިކަމަށް ބެލެވެން ނެތްކަން

14.7. ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެޙަޤީޤަތަކީ، އެއްބަސްވުން ބާޠިލުކުރުމުގެ އިޖުރާއަތު އެއްބަސްވުމުގެ މާއްދާތަކުން ސާފުވެ އޮތް އެއްބަސްވުމެއްކަމަށާއި، އެއްބަސްވުން ނިމުމަކަށް ގެނެސްފައ އޮތި ޙާލަތަށް ބަލާއިރު، އެއްބަސްވުން ނިމުމަކަށް ގެނައީ އެއްބަސްވުމުގެ ދަށުނ ފާޠިމަތު ފެޒްލީންގެ ފަރާތުނ ޕާފޯމްކުރަންޖެހ 03 )ތިނެއް( އިވެންޓްގެ ތެރެއިން ފުރަތަމަ އިވެންޓުގެވެސް ކުރިންކަމުގައިވެފައި، އެއިރު އެއްބަސްވުމުގ 4 ވަނަ މާއްދާގެ ދަށުން އެއްބަސްވުން ނިމުމަކަށް ގެންނައިރު،ފާޠިމަތު ފެޒްލީންއަށ ލިބުން އެއްބަސްވުން ކަށަވަރުކޮށްދެނ އެއްބަސްވުމުގ 2 ވަނަމާއްދާގެ ދަށުން ދައްކާފައި އޮތުން ލާޒިމުކުރި، އަދި ރިފަންޑް ނުކުރެވޭނެ 25,000 USD )ފަންސަވީސްހާސް އެމެރިކާ ޑޮލަރު( ކަމުގައިވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގެ 67 ވަނަ ޕެރެގްރާފުގައި، އެއްބަސްވުމާ ޚިލާފުވި ފަރާތުން ދައްކަންޖެހޭ ފައިސާއަކީ ގެއްލުމުގެ ބަދަލުގ ގޮތުގައެ ދައްކާ ފައިސާނޫންކަމަށާއި، ނަމަވެސް ފައިސާ ނުދެއްކުމުގެ ގަސްތުގައި ކޮންޓްރެކްޓްގެ ދަށުން ކުރަންޖެހޭކަމެއް ނުކޮށް ކޮންޓްރެކްޓާ ޚިލާފުވެއްޖެނަމަ އެ ފައިސާއަކީ ގެއްލުމުގ ބަދަލުގެ ގޮތުގައެ ބައެއް ޙާލަތްތަކުގައި ނަގައިދެވިދާނެ ފައިސާއެއްކަމަށް އޮންނަ އޮތުމަށް ބަލާއިރު،މި މައްސަލައިގައިއެއްބަސްވުމާއި ޚިލާފަށް އެއްބަސްވުން ނިމުމަކަށް ގެނައި ފަރާތަކީ ރެސިޑެންސީ ރިސޯޓްސްގެ ފަރާތުންކަމަށްވެފައް، އެއްބަސްވުން ނިމުމަކަށް ގެނައުމާހަމައަށ އެއްބަސްވުމުގް ދަށުނޭރެސިޑެންސީ ރިސޯޓްސް އިން ދައްކާފައި އޮނާނަންޖެހ އަނބުރެއތުނުލެވޭނަ 25,000 USD )ފަންސަވީސްހާސް އެމެރިކާ ޑޮލަރު( އަކީ ސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައެ ރެސިޑެންސީ ރިސޯޓްސް އިން ފާޠިމަތު ފެޒްލީންއަށް ދޭންޖެހޭ ފައިސާއެއްކަން ދެފަރާތުގެ ދެމެދު ވެފައި އޮތް އެއްބަސްވުން ދަންނާތީ، ސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި USD 25,000 )ފަންސަވީސްހާސް އެމެރިކާ ޑޮލަރު( ނަގައިދޭންޖެހޭނެކަން

14.8. ސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ފާޠިމަތު ފެޒްލީންގެ ފަރާތުން 50,000 USD )ފަންސާސްހާސް އެމެރިކާ ޑޮލަރު( ނަގައިދިނުމަށް އެދިފައިވީނަމަވެސް، އެއްބަސްވުން ނިމުމަކަށް ގެނައުމާއި ހަމައަށް ފާޠިމަތު ފެޒްލީންއަށ ލިބުން އެއްބަސްވުން ކަށަވަރުކޮށްދެނީ 25,000 USD )ފަންސަވީސްހާސް އެމެރިކާ ޑޮލަރު( ކަމުގައިވެފައި، އެ ފައިސާއަކީ ރެސިޑެންސީ ރިސޯޓްސްގް ފަރާތުން ފާޠިމަތު ފެޒްލީންއަށ ދޭންޖެހޭ ފައިސާއެއްކަމަށް ކަނޑައެޅުމާއެކު، 50,000 USD )ފަންސާސްހާސް އެމެރިކާ ޑޮލަރު( ގެ ތެރެއިން ބާކީ އޮންނަ USD 25,000 )ފަންސަވީސްހާސް އެމެރިކާ ޑޮލަރު( ނަގައިދެވޭނެ ތަނެއް ނޯންނާނެކަން

14.9. ނުސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 50,000 USD )ފަންސާސްހާސް އެމެރިކާ ޑޮލަރު( ހޯދުމަށް ފާޠިމަތު ފެޒްލީންގެ ފަރާތުން އެދިފައިވާއިރު، އެ މިންވަރަށް އެ ގެއްލުން ފާޠިމަތު ފެޒްލީންއަށްވިކަން އެނގޭނެ ހެކި އެ ފަރާތުން ހުށަހަޅާފައިނުވާކަމަ ށާއި،އަދި ދެ ފަރާތް ދެމެދު އޮތް އެއްބަސްވުމަކީ މި ދެ ފަރާތުގެ ދެމެދުގައި އުފެދޭ ޚުޞޫމާތާމެދ ގޮތު ކަނޑައެޅުމުގައި ބޭނުންކުރަންޖެހޭ އަސާސީ ހަތިޔާރުކަމުގައިވާއިރު، އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ބާރު ރެސިޑެންސީ ރިސޯޓްސްއަށް ދީފައި އޮތްގޮތުން، އެއްބަސްވުމުގ 4 ވަނަ މާއްދާގައި ބަޔާންކުރާ ބަދަލް ފާޠިމަތު ފެޒްލީންއަށ ލިބޭގޮތަށް އެއްބަސްވުން ބާޠިލުކުރާނަމަ، އިތުރު އެހެން ބަދަލެއް ދިނުން އެއްބަސްވުމުގައާލާޒިމުނީ ކުރތ، ނުސީދާ ގެއްލުމަށް ފާޠމަތި ފެޒްލީންގެ ފަރާތުން ހޯދުމަށް އެދުނު ފައިސާ ނަގައިދެވެން ނެތްކަން

14.10.ޝަރީޢަތުގެ ޚަރަދުގެ ގޮތުގައެ ވަކީލު ފީ ހޯދުމަށް އެދިފައިވާއިރު، މައްސަލައިގެ ބާވަތަށާއި، އަދ މައްސަލާގައި އުފެދުނު ޚުޞޫމާތް އުފެދެން މެދުވެރިވީ ރެސިޑެންސީ ރިސޯޓްސްގ ސަބަބުންކަމެށްއި، އަދި ފާޠިމަތު ފެޒްލީންގެ ނިސްބަތުގައި ބަލާނަމަ މި ދަޢުވާ ގުޅިފައިވަނީ އ ފަރާތުން ދިރިއުޅުމަށް އާމްދަނީ ހޯދުމަށްކުރާ މަސައްކަތާކަމަށްވާއިރު، މި ދަޢުވާގެ މުހިންމުކަން ރެސިޑެންސީ ރިސޯޓްސްއަށްވުރެ ފާޠިމަތު ފެޒްލީންއަށް ބޮޑުވާނެކަނ އެނގެން އޮންން އޮތުމަށް ރިޢާޔަތްކޮށް، ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ފާޠިމަތު ފެޒްލީންއަށް މި ދަޢުވާކޯޓަށް ހުށަހަޅަންޖެހުމުނ ވަކީލުންނަށް ޚަރަދުކުރަނ ޖެހުން USD 4,000 )ހަތަރުހާސް އެމެރިކާ ޑޮލަރ( ފާޠިމަތު ފެޒްލީންއަށް ނަގައިދޭންޖެހޭކަނ އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް

15ސިވިލް ކޯޓުގެ ނަންބަރު 1508/Cv-C/2023 ޤަޟިއްޔާ، އ ކޯޓުން ނިންމާފައިވާ ގޮތް ޝަރުޢީ އަދ ޤާނޫނި ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދޭ ރެސިޑެންސ ރިސޯޓްސްގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި 3 )ތިނެއް( ނުކުތާތަކެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛

15.1. ސިވިލް ކޯޓުގެ ނަންބަރު 1508/Cv-C/2023 ޤަޟިއްޔާގައިދިވެހިރާއްޖގޭ ހައިކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،

15.2. ސިވިލް ކޯޓުގެ ނަންބަރު 1508/Cv-C/2023 ޤަޟިއްޔާ ނިންމާފައިވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގް ޙުސައިން ޝަރީފްވް . ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އަދި މިނިސްޓްރީ އޮފް ޓޫރިޒަމުޤަޟިއްޔާގައި ބަޔާންކޮށްފައިވާ ހެކި ވަޒަން ކުރުމުގެ އުޞޫލާ ޚިލާފަށް އަދި ޤާނޫނު ނަންބަރ 2010/13 )ފަނޑިޔާރުންގެ ޤާނޫނު( )މީގެ ފަހުން "ފަނޑިޔާރުންގެ ޤާނޫނު"(ގެ 5 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނި ހުށަހެޅި ނުކުތާއާއި، އަދ

15.3. ސިވިލް ކޯޓުގެ ނަންބަރު 1508/Cv-C/2023 ޤަޟިއްޔާގެ ނިންމުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގު ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އިބްރާހީމްމަނިކާޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޢަލީ މުސްޠަފާ މުޙައްމަދު ވ. އަމީން ބިލްޑްވެއަރ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ އަދި މުޙައްމަދް މޫސާ ވ. އިބްރާހީމް ޝަރީފް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އެއްބަސްވުން މާނަކުރުމުގެ އުޞޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

16ފުރަތަމަ އިސްތިއުނާފީ ނުކުތާތަފްޞީލުކުރަމުން ރެސިޑެންސީ ރިސޯޓްސްގެ ފަރާތުނ ބުނެފައިވަނީ ވަކި މުޢާމަލާތަކާ ގުޅިގެން އެއްބަސްވުމެއްވެފައި، އެ އެއްބަސްވުން ބާޠިލުކުރިކަމަށް އެންގުމުން، އަލުން ހަމަ އެ މުޢާމަލިތއެގުޅިގެނ ބިޑަށް ހުށަހަޅައި، ބިޑުގައި ބައިވެރިވުމުން، ދޭހަކުރެވެނީ އެ ފަރާތުނ އެއްބަސްވުން ބާޠިލުކުރުމަށް ޟިމްނީގޮތުން ރުހި ޤަބޫލުވީކަމަށް ރެސިޑެންސީ ރިސޯޓްސްގ ފަރާތުނ ސިވިލް ކޯޓުގައި ފާހަގަކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވް އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއަށް ޙަވާލާދީކަމުގައެވެ.

17އެގޮތުން، މި ޤަޟިއްޔާގައި، ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން އަނެއް ބައިވެރިއެއްގެ ޙައްޤަށް ހުރަސް އެޅޭނެކަމުގައިވްނީނަމަ، އެއަށް އިންކާރުކޮށް، ޙައްޤު ހިމާޔަތްކުރުމަށްޓަކައި ފިޔަވަޅުތައް އަޅަމުން ގެންދިޔުމަކީ އެ ފަރާތުގެ މަސައާލިއްޔަތެއްކަމިށިއި، އެކަން ގަސްތުގައި އަދާނުކޮށް އެކަމުގައި އެކަށީގެންވާ މުއްދަތެއް ހޭދަކުރުމަކީ އެކަމަށް ޟިމްނީގޮތުން ރުހި ޤަބޫލުވެފައިވާކަން ދަލާލާތުކޮށްދޭ ކަމެއްކަމުގައި ބެލިދާނެކަމަށް ބަޔާންކޮށްފައިވާކަމުގައެވެ.

18މި ޤަޟިއްޔާގައި "ޤަސްތުގައި ފިޔަވަޅެއް ނާޅައި އެކަށީގެންވާ މުއްދަތެއް ހޭދަކުރުން" މާނަކުރީންވަނ ބަޔާނވެދިޔް ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ޙާލަތު )ދަޢުވާނުކޮށް އަހަރުތަކެއް ވޭތުކޮށްފައިވުން( މައްޗަށ އެކަން ނޫންކަމާއި، މިކަން ތަޠުބީޤުކުރަންވާނީ ކޮންމެ މައްސަލައެއްގެވެސް ވަށައިގެންވާ ޙާލަތަށް ރިޢާޔަތްކޮށްގެންކަމިށްއި، މި މައްސަލައިގައ ފާޠިމަތު ފެޒްލީންގެ ފަރާތުނާއެއްބަސްވުން ބާޠިލުކުރުމއ ގުޅިގެން ޝަކުވާ ހުށަހަޅާފައިވަނީ 12 ނޮވުނެ ބަރް 2022 ގައި ބިޑުގައި ބައިވެރިވެ، 24 ނޮވުނެ ބަރް 2022 ގައި އެ ފަރާތަށް ބިޑު ކާމިޔާބުނުވާކަން އަންގައި، އޭގެވެސް ދުވަސްތަކެއް ފަހުން 09 ޑިސު ނ ބަރް 2022 ގައި ކަމުގައެވެ.

19ފާޠިމަތު ފެޒްލީންގެ ފަރާތުންއެއްބަސްވުން ބާޠިލުކުރުމއަ ގުޅިގެން ޝަކުވާ ހުށަހަޅާފައިވަނީ އެކަށީގެންވާ ވަގުތާ ފާއިތުވުމަށްފަހުގައިކަމާށިއި، އެއްބަސްވުން ބާޠިލުކުރުމއެގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ އެކަން ހުށަހަޅަންވާނީ ބިޑަށް ހުށަހެޅުމުގެ ކުރިންކަމަށާއި، ނަމަވެސް އ ފަރާތުގެ ޢަމަލުތަކަށް ބެލުމުން އެއްބަސްވުން ބާޠިލުކުރިކުރުމަށާއެ ފަރާތުން ޟިމްނީކޮށް ރުހިޤަބޫލުވކަނ ދެނެގަނެވޭކަމުގައެވެ.

20ފާޠިމަތު ފެޒްލީންގެ ފަރާތުނ ބިޑަށް ހުށަހެޅުމުން، އެ ހިސާބުން އެ ފަރާތުން ފުރިހަމަ ކުރި މުޢާމަލާތް އުވާލުމަށް އެއްބަސްވީކަމުގައި ބަލަންޖެހޭކަމުގައެވެ.

21ދެވަނަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން ބުނެފައިވަނީރެސިޑެންސީ ރިސޯޓްސްއިން އެއްބަސްވުން އުވާލުމާއި ގުޅިގެން ފާޠީމަތު ފެޒްލީންގެ ފަރާތުން އެއްވެސް ޝަކުވާއެއް ހުށަހަޅާފައިނުވާކަމަށާއި، ފުރަތަމަވެސް ޝަކުވާއެއް ހުށަހަޅާފައިވަނީ 09 ޑިސނެ ބަރް 2022 ގައި ކަމުގައެވެ. މި މައްސަލައިގެ ނިންމުމަށް ވާސިލުވުމުގައި، ޝަރީޢަތުން ބުރަދަން ދިނުން މުހިންމު އެއްކަމަކީ، އެއްބަސްވުމުގެ ބައިވެރިއެއް އެއްބަސްވުމާ ޚިލާފު ޢަމަލެއް ކޮށްފި ހިނދެއްގައި އެކަމާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައިވަނީ ކޮން އިރަކުކަމެވެ. މިކަން މްމައްސަލައިގައި ހިނގާފައިވަނީ މުޢާމަލާތާ ގުޅާ ގޮތުން ކަންކަންނިމި، މުޢާލތ ކެނޑިދިޔަތާ 16 )ސޯޅަ( ދުވަސް ފަހުން ކަމުގައެވެ.

22ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުސައިން ޝަރީފވ . ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އަދި މިނިސްޓްރީ އޮފް ޓޫރިޒަމިޤަޟިއްޔާގައި، މައްސަލައަކާ ގުޅިގެން ބަލައިގަންނާނެ ހެކި، ނުވަތަ ބަލައިގަންނަ ހެއްކެއް ވަޒަންކޮށްފައިވާ ގޮތަކީ އެކަށީގެންވާ ޤާނޫނީ ބުރަދަނެއް ހުރި ސަބަބުތަކެއްގެ މައްޗަށް ބިނާވާ ނިންމުމަކަށްވާންޖެހޭނެކަން ބަޔާންކޮށްފައިވާކަމުގައެވެ.

23މީގެ އިތުރުން، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ފަނޑިޔާރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާ ޤަރީނާއަށް ރިޢާޔަތްކުރަންވާނެކަމުގައެވެ.

24ނަމަވެސް، 09 ޑިސނެ ބަރް 2022 ގ އީމެއިލްގައި ބަޔާންކޮށްފައިވާ ކަންކަމަށް ބުރަދަންދީ، ފާޠްމަތި ފެޒްލީންގެ ފަރާތުން މި އީމެއިލެކި ށްފައިވާތީ އެކަމަށް ހަމައެކަނި ބުރަދަންދިނުމަކީ މައްސަލައިގެ ވަށައިގެންވ އެންމެހާ ކަންކަމަށް ރިޢާޔަތްކުރުންކަމުގައި ނުބެލެވޭނެކަމުގައެވެ. އެއީ، މ އީމެއިލްކޮށްފައިވަންބީލނ ބަންދުކޮށްނާކާމިޔާބުވި ފަރާތްތަކަށް އެކަން އަންގައި އޭގެ ދުވަސްތަކެއް ފަހުން ކަމުގައިވާތީކަމަށެވެ.

25މ އީމެއިލްގައިވ ކަންކަނާ ކުރިން ހިއްސާކުރިނަމަ، ދެ ފަރާތުން ވާހަކަދައްކައިގެން އިތުރު ހައްލެއް ހޯދުނީސްކަމުގައެވެ. ނަމަވެސް، އެ ފަރާތުން ކަން ކޮށްފައިވާ ގޮތުން، އެއްބަސްވުން އުވާލުމާމެދ ޝަކުވާ ހުށަހަޅާފައިވަނީ އެ ފަރާތަށް ބީލަން ކާމިޔާބުނުވުމުންކަން ސާފކަމުގައެވެ.

26އެހެންކަމުން، 09 ޑިސނެ ބަރް 2022 ގެ އީމެއިލް ވަޒަންކުރުމުގައި ސިވިލް ކޯޓުގެ ނިންމުމުގައި އެ ފަރާތުން ބިޑަށް ހުށަހެޅިހުށަހެޅުމއާ ގުޅޭ ހެކި ވަޒަންކުރުމުގައި އެ މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކޮށްފައިނުވާކަމުގައެވެ.

27ތިންވަނަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން ބުނެފައިވަނީ އެއްބަސްވުމުގެ 2 ވަނަ މާއްދާގައި އެއްބަސްވުމުގައި ސޮއިކުރުމާއެކްރެސިޑެންސީ ރިސޯޓްސްގ ފަރާތުނ 25,000 USD )ފަންސަވީސްހާސް އެމެރިކާ ޑޮލަރު( އެޑްވާންސް ފައިސާގެ ގޮތުގައި ދޭނެކަމަށީއި، މި ފައިސ ދިނުމުގެ މަޤްޞަދަކީ parties” both from agreement “firm )އެއްބަސްވުން ކަށަވަރުކުރުމަށްޓަކައި( ކަމަށް ބަޔާންކޮށްފައިވާކަމުގައެވެ. އަދި އެއްބަސްވުމުގ 4 ވަނަ މާއްދާގައި ރެސިޑެންސީ ރިސޯޓްސްގެ ފަރާތުން އެއްބަސްވުން ބާޠިލުކުރާ ޙާލަތުގައި ނުވަތަ އެއްބަސްވުމާ ޚިލާފުވާ ޙާލަތުގައި އެޑްވާންސް ފައިސާ އަނބުރާ ރައްދުކުރަން ނުޖެހޭނެކަމަށް ބަޔާންކޮށްފައިވާކަމުގައެވެ.

28މި ފައިސާއަކީ ރާސިޑެންސެ ރިސޯޓްސްގެ ފަރާތުން އެއްބަސްވުން ބާޠިލުކުރުމަށްޓަކައ އީމެއިލްކުރުމއެހަމައަށްވެސް ދައްކާފައިވާ ފައިސާއެއްކަމުގައިނުވާތީ، އެއްބަސްވުން ފުރިހަމަވެފައިނުވާކަން އެނގޭކަމުގައެވެ.

29އެއްބަސްވުމުގެ 2 ވަނަ މާއްދާއާއި 4 ވަނަ މާއްދާ އެކުއެކީގައި ކިޔުމުން، މި ފައިސާ ދެންޖެހޭނީ firm agreement އަކަށް ދިޔުމަށްޓަކައި ކަމަށްވާއިރު، އެއްބަސްވުން ބާޠިލުކުރުމަށްފަހު އެކަން ހާސލުނުވާތީ، މި ފައިސާއަކީ ދޭންނުޖެހޭ ފައިސާއެއްކަން އެނގޭކަމުގައެވެ.

30ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދ އިބްރާހީމްމަނިކުޤަޟިއްޔާގައި އެއްބަސްވުން މާނަކުރުމުގައި ކަން ހިނގާދިޔަގޮތުގެ ޙަޤީޤަތްތަކާއި، ވަށައިގެންވާ ކަންކަމަށް ބަލައި، ވިޔަފާރިއަށް ފަހި ނުވަތަ އެކަށޭނެ މާނައެއް ކުރުމަށް ފަނޑިޔާރު މަސައްކަތްކުރަންވާނެކަމިށެއި، އަދި އެއްބަސްވުމުގެ މާއްދާތައް ކިޔައި މާނަކުރަންވާނީ އެކުއެކީގައި ކަމުގައި ބަޔާންކުރާކަމުގައެވެ. އެހެންކަމުން، އެއްބަސްވުމުގ 2 ވަނަ މާއްދާއާއި 4 ވަނަ މާއްދާ ކިޔަންވާނީ އެކުއެކީގައި ކަމުގައެވެ.

31ދިވެހިރާއްޖޭގެ ހައިކޯޓުގެ ޢަލީ މުސްޠަފާ މުޙައްމަދު ވ. އަމީން ބިލްޑްވެއަރ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ އަދި މުޙައްމަދު މޫސާ ވ. އިބްރާހީމް ޝަރީފިޤަޟިއްޔާގައި، އެއްބަސްވުމުގެ މަޤްޞަދު ދެނެގަތުމުގެ އުޞޫލު ތަޠުބީޤުކުރުމުގައި އެއްބަސްވުމުގެ މާއްދާތައް މާނަކުރަންވާނީ އެއްބަސްވުމުގައ އެ މާއްދާ ހިމެނިފައިވާ މަޤްޞަދުތައް ހާސިލުވާނ ގޮތުގެ މަތިން ކަމުގައި ބަޔާންކުރާކަމުގައެވެ.

32އެއްބަސްވުމުގެ 4 ވަނީ މާއްދާގަ އިބާރާތަށް ބެލުމުން، އެއީ ފައިސާ ދީފައިވާ ޙާލަތުގައި ރިފަންޑުކުރަންނުޖެހުންކަން ސާފުވާއިރު، މި މާއްދާއިން ފައިސާ ދޭންޖެހޭކަމަށް ދޭހަކުރުމަކ އެއްބަސްވުމުގ 2 ވަނަ މާއްދާއާ ފުށުއަރާކަމެއްކަމުގައެވެ. އަދި އެއްބަސްވުމުގެ ދަށުން ދައްކާފައިނުވާ ފައިސާއެއް ދެއްކުމަށް އަމުރުކުރުމަކީ އެއްބަސްވުމުގެ ނިޔަތާއި ޚިލާފަށް ޢަމަލުކުރުން ކަމުގައެވެ.

33ރެސިޑެންސީ ރިސޯޓްސްގެ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1508-CVC-2023 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅައި، އެ ނިންމުން ބާޠިލުކޮށްދިނުމަށެވެ.

އިސްތިއުނާފީ ނުކުތާތަކުގެ ރައްދު

34ފުރަތަމަ އިސްތިއުނާފީ ނުކުތާގެ ރައްދުގައިފާޠިމަތު ފެޒްލީންގެ ފަރާތުން ބުނެފައިވަނީ، މިކަމީ ރެސިޑެންސީ ރިސޯޓްސްގެ ފަރާތުން ސިވިލް ކޯޓުގައިވެސް ފާހަގަކުރި ނުކުތާއެއްކަމަށާއި، އްފަރާތުނ ދެކެނ އިސްތިއުނާފީ ރައްދުވު ފަރާތުން ބިޑުގައި ބައިވެރިވުމުގެ ނަތީޖާއަކީ، އެއްބަސްވުން އުވާލަން ނިންމި ނިންމުމަށް އެ ފަރާތުން ޟިމްނީކޮށް ރުހި ޤަބޫލުވުންކަމަށާއި، މި ނުކުތާގައި އެ ފަރާތުނ ޙަވާލާދެނ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވް އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއަށް ކަމުގައެވެ.

35މ ޤަޟިއްޔާ މި މައްސަލައަށް ތަޠުބީޤުނުކުރެވޭނެކަމަށ ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ، މި މައްސަލައިގައް އޮތި ބަހުސަކީ ދަޢުވާނުކޮށް ދިގު މުއްދަތއާވޭތުކޮށްފައި އޮތުން ނޫންކަމިށައި، މ މައްސަލއަކަ ޤާނޫނު ނަންބަރ 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( )މީގެ ފަހުން "މަދަނު އިޖުރާއަތުގެ ޤާނޫނ(" ގައިވާ މުއްދަތުގައި ހުށަހަޅާފައިވާ މައްސަލައަކަށްވާތީ، ބަޔާނވެދިޔް ޤަޟިއްޔާގައިވ އުޞޫލާ ތަޠުބީޤުކުރާނެ ތަނެއް ނެތްކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން ހުޅުވާލި ދައުވަތާއ ގުޅިގެނި ބިޑަށް ކުރިމަތިލުމުގެ ނަތީޖާއަކީ އެއްބަސްވުން ބާޠިލުކުރިކުރުނ ޤަބޫލުކުރުންކަމަށ އެއްބަސްވުން ބާޠިލުކުރި ނޯޓިހުގައި ބަޔާންކޮށްފައިނުވާކަމުގައވެ.

36އެއްބަސްވުމުގެ ބައިވެރިން އެއްބަސްވެ، ރުހި ޤަބޫލުވެގެން އެއްބަސްވުން ބާޠިލުކުރާ ޙާލަތަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ބަލައިގަންނަ ސަބަބެއް ނަމަވެސް، މި މައްސަލައިގައި އެކަނި ދޭހަކުރެވޭ ވޤއާއެއްނެތްކަމުގައެވެ.

37އިސްތިއުނާފުކުރަ ފަރާތުން އެއްބަސްވުން ބާޠިލުކުރުމަށް ފޮނުވި އީމެއިލްއިންވެސ އެއް އެ ފަރާތުގެ ނިންމުމެއްކަން އެނގޭކަމްށ އ، މިއީ އެއް ފަރާތުނ unilaterally އެއްބަސްވުން ބާޠިލުކުރި ޙާލަތެއްކަމުގައެވެ. މިކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ދެކޭ ގޮތް ސާފުކުރުމަށް އެދިފައިނުވާކަމުގައެވެ. ބިޑަށް ކުރިމަތިލުމަކީ،އެއްބަސްވުނ ޤަބޫލުކުރުމަށް ނިންމް ނިންމުނާ ޤަބޫލުކުރުމަށް ނިންމާ ޙާލަތަށް ގައިދުކުރެވިފައިވާ ފުރުޞަތެއްކަން އެ އީމެއިލުން ދޭހަނުކުރާކަމުގައެވެ.

38ބިޑަށް ކުރިމަތިލާފައިވަނ އިސްތިއުނާފީ ރައްދުވު ފަރާތަށް ލިބޭނެ ގެއްލުން ކުޑަކުރުމުގެ ގޮތުން ކަމުގައެވެ. އެހެނީ، އާންމުކޮށް ހުޅުވާލާ ބިޑަށް ކުރިމަތިލުމަކީ، އެ ފަރާތަށްވެސް ލިބޭ ޙައްޤެއްކަމްށު އ، އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބޭ ނުވަތަ ލިބިދާނެ ގެއްލުން ކުޑަކުރުމަށް އެކަށީގެންވ ފިޔަވަޅާ އެޅުމަކީ، އެއްބަސްވުމާ ޚިލާފުނުވާ ފަރާތް ގެ މައްޗަށް ޤަނޫނުނ ލާޒިމުވާކަމެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކުރާކަމުގައެވެ.

39މިގޮތުން، އެ ފަރާތަށް ގެއްލިގެންދިޔަ ޙްއްޤު ހިމާޔަތްކުރުމަށް އެންމެ ފުރަތަމަ ކުރެވެން އޮތްކަމަކީ، ލިބެނ އޮތް ގެއްލުން ކުޑަކުރުމަށް މަސައްކަތކުރުންކަމަށާއ، އެ އަހަރުގެ ކްރިސްމަސް/ނިއު އިއަރ ފެސްޓިވަލަށް ޕަރފޯމްކުރުމުގެ ފުރުޞަތު ލިބޭތޯ މަސައްކަތްކުރުން ކަމުގައެވެ.

40ދެވަނަ އިސްތިއުނާފީ ނުކުތާގެ ރައްދުގައިފާޠިމަތު ފެޒްލީންގެ ފަރާތުން ބުނެފައިވަނީ، އެއްބަސްވުން ބާޠިލުކުރުމުގެ ބަދަލުގައި އިތުރު ފުރުޞަތެއް ދިނުމުގެ އެއްވެސް ނިޔަތެއް ރެސިޑެންސީ ރިސޯޓްސްގ ކިބައިގައި އޮތްނަމަ، އެއްބަސްވުން ބާޠިލުކުރުމަށް ނިންމުމުގެ ކުރިން، ބިޑު ކުރުމަކާ ނުލާ އެއްބަސްވެވޭ މިންވެރަކަށް އަގު ކުޑަކުރުމަށް މަޝްވަރާކޮށް އެއްބަސްވުން އިޞްލާޙކުރުމުގ ފުރުޞަތުވެސް އޮތް ކަމުގައެވެ.

41ހެކި ވަޒަންކުރުމުގައިވަށައިގެންވާ ކަންކަމަށް ރިޢާޔަތްކުރާއިރު، ރެސިޑެންސީ ރިސޯޓްސްގެ ފަރާތުން ޢަމަލުކުރިގޮތަށް ބަލަންޖެހޭނެކަމުށިއި، އެ ފަރާތުން ތަފާތުކޮށް ޢަމަލުކުރިނަމަ، މައްސަލައިގެ ޙާލަތު ތަފާތުވުމުގެ އހތިމާލު އޮތްކަމުގެ މައްޗަށްވެސް ރިޢާޔަތްކުރަންޖެހޭނެކަމުގައެވެ.

42ޙަޤީޤަތަކީ، އެއްބަސްވުން އެކުވަލާލުމުގެ ކުރިން، ރެސިޑެންސީ ރިސޯޓްސްގެ ފަރާތުން ބަލަންޖެހޭ މިންވަރަށް ބެލިނަމަ، މި ޙާލަތު ފެންމަތިނުވީސްކަމާށުއި، އެ ފަރާތުން ބަލަންޖެހޭ މިންވަރަށް ނުބަލާ އެއްބަސްވުން އެކުލަވާލުމަށްފަހު، އެކަން ފާހަގަވުމާއެކު، އެއްބަސްވުން ބާޠިލުކޮށް، ފާޠިމަތު ފެޒްލީނއަށ އެ އަހަރު ލިބެން އޮތް އާމްދަނީ ގެއްލިގެންދިޔައީމާ، އެ ފަރާތުން ޝަކުވާކުރުމަށް

16 )ސޯޅަ( ދުވަސް ހޭދަވުމަކީ، ރެސިޑެންސީ ރިސޯޓްސްއިން ޢަމަލުކުރިގޮތް ވެލިޑޭޓްވާނ ސަބަބެއްނޫންކަމުގައެވެ.

43ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފުވެފައިވަނީ ކޮނ ހެއްކަކަށް ރިޢާޔަތްނުކުރުމުންކަން، ނުވަތްދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ޙުސައިން ޝަރީފް ވ . ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އަދި މިނިސްޓްރީ އޮފް ޓޫރިޒަމް ޤަޟިއްޔާގައި ބަޔާންކުރާ ކޮން އުޞޫލަކާ ކަމެއް ރެސިޑެންސީ ރިސޯޓްސްގެ ފަރާތުން ބުނެދީފައިނުވާކަމުގައެވެ. އެހެންކަމުން، 09 ޑިސނެ ބަރް 2022 ގެ އީމެއިލްއަށް ބުރަދަންދިނުމުގައި ހަދާފައިވ ޤާނޫނާ ގޯހަކީ ކބއިކަން އެ ފަރާތަށް ބުނެދެވިފައިނުވާކަމުގައެވެ.

44ތިންވަނަ އިސްތިއުނާފީ ނުކުތާގެ ރައްދުގައިފާޠިމަތު ފެޒްލީންގެ ފަރާތުން ބުނެފައިވަނީ،މ މައްސަލައިގައި ފާޠިމަތު ފެޒްލީންގެ ފަރާތުން އެދިފައިވަނީ އެއްބަސްވުން ބާޠިލުކުރުމުގެ ސަބަބުނ ސިދާ ގެއްލުމުގެ ގޮތުގައި 50,000 USD )ފަންސާސްހާސް އެމެރިކްޑޮލަރު( ނަގައިދިނުމަށްކަމަށާއި، މިއީ އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރިނަމަ، އެ ފަރާތަށް ލިބިދެވޭނެކމުގައ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މިންވަރުކަމުގައެވެ.

45މިކަމާއި ގުޅިގެނި ގޮތެއް ނިންމުމުގައި ސިވިލް ކޯޓުން ރިޢާޔަތްކޮށްފައިވަނީ، ބަދަލު ނަގައިދިނުމއާ ގުޅޭ ގޮތުން އެއްބަސްވުމުގައި އެއްވެސް މާއްދާއެއް ހިމަނާފައިވޭތޯކަމީށައި، މިގޮތުން ރެސިޑެންސ ރިސޯޓްސްގެ ފަރާތުން އެއްބަސްވުން ބާޠިލުކުރުމުގެ ނަތީޖާ އެއްބަސްވުމުގ 4 ވަނަ މާއްދެއިގާ ބަޔާންކޮށްފައިވާކަމުގައެވެ. އެއީ އެއްބަސްވުމުގ 2 ވަނަ މާއްދާގެ ދަށުން އެޑްވާންސްގެ ގޮތުގައި ދައްކ ފައިސާ އަނބުރާ ދޭންނުޖެހނކަމުގައެވެ.

46މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑްޤަޟިއްޔާގައިވާ ފަދައިން، އެއްބަސްވުމަށް ވާސިލުވުމަށްފަހު، އެއްބަސްވުން ބާޠިލުކުރާ ޙާލަތުގައި މައުސޫމު ފަރާތަށް ލިބޭނެ ގެއްލުން ފޫބެއްދުމުގެ ގޮތުން، މައުސޫމް ފަރާތަށް ލިބިދެވޭނެކަމަށް ކަނޑައަޅައި އެއްބަސްވެފައިވާ ފައިސާކަމުގައެވެ. މިއީ އެއްބަސްވުން ބާޠިލުކުރާ ޙާލަތުގައި، މައުސޫމު ފަރާތަށް ލިބޭނެ ގެއްލުންކަމަށް އެއްބަސްވުމުގެ ބައިވެރިން ތަސައްވުރުކޮށްފައިވާ ބަދަލެވެ.

47މ މައްސަލި ސިވިލް ކޯޓުގައި ކުރިއަށް ދިޔައިރު، އެއްބަސްވުމުގެ ވަކި މާއްދާއެއް މާނަކުރަންވީ ގޮތާމެދު ދެ ފަރާތުގެ ދެމެދުގައި ޚުޞޫމާތެއް އުފެދިފައިނުވާކަމަށްއި، ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީވެސް، އެއްބަސްވުމުގެ ވަކި މާއްދާއެއް މާނަކުރުމުގެ ސަބަބުން ނުކުންނަ ނަތީޖާގެ މައްޗަށ ބިނާކޮށްނޫންކަމުގައެވެ.

48ފާޠިމަތު ފެޒްލީންގެ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1508-CVC-2023 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކަމަށް ކަނޑައަޅައި، އެ ޤަޟިއްޔާގެ ނިންމުން ބާޠިލުކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ.

ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް

49މ މައްސަލައިގައި ރެސިޑެންސީ ރިސޯޓްސްގެ ފަރާތުން ކުޅަ އިސްތިއުނާފުގެ އަލީގައި، މި ކޯޓުން ގޮތުކަނޑައަޅަންޖެހޭނ ސިވިލް ކޯޓނ މައްސަލް ނިންމުމުގައި،

49.1. ދިވެހިރާއްޖެގެ ހައިކޯޓުގ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާޤަޟިއްޔާ އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ މާނަކޮށްފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަމުގެ މައްޗަށާއި،

49.2. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުސައިން ޝަރީފްވް . ބްލޫ ލެގޫން އިންވެސްޓްމަންޓްސ ޕްރައިވެޓް ލިމިޓެޑް އަދި މިނިސްޓްރީ އޮފް ޓޫރިޒަމް ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ހެކި ވަޒަން ކުރުމުގެ އުޞޫލާ އަދި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނި މާއްދާއާ ޚިލާފުވެފައިވާކަން ނުވަތަ ނޫންކަމުގެ މައްޗަށާއި، އަދ

49.3. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އިބްރާހީމްމަނިކާޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޢަލީ މުސްޠަފާ މުޙައްމަދު ވ. އަމީން ބިލްޑްވެއަރ ޕްރައިވެޓް ލިމިޓެޑެޤަޟިއްޔާ އެއާ ދިވެހިރާއްޖޭގ ހައިކޯޓުގ މުޙައްމަދު މޫސާ ވ. އިބްރާހީމް ޝަރީފް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އެއްބަސްވުން މާނަކުރުމުގެ އުޞޫލާ ޚިލާފުވެފައިވާކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ. ދިވެހިރާއްޖެގެ ހައިކޯޓުގ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓ ލިމިޓެޑް ޤަޟިއްޔާ އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ މާނަކޮށްފައިވަނީ ރަނގަޅަށްތޯ؟

50މިއީފުރަތަމ އިސްތިއުނާފަ ނުކުތާގައި ރެސިޑެންސީ ރިސޯޓްސްގެ ފަރާތުން އުފައްދާ ބަހުސެވެ. މ އިސްތިއުނާފީ ނުކުތާގައި ސުރުހީގައިވްދެ ޤަޟިއްޔްއަށާރެސިޑެންސީ ރިސޯޓްސްގެ ފަރާތުނ ޙަވާލާދިން ނަމަވެސް، އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރުމުގައި ރެސިޑެންސީ ރިސޯޓްސްގެ ފަރާތުނ އުފައްދާފައިވާ ބަހުސާ ފަރޭމެކޮށް ތަފްޞީލުކޮށްފައިވަނީ ހަމައެކަނި ދިވެހިރާއްޖީގ ހައިކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ ސިވިލް ކޯޓުން މާނަކޮށްފައިވަނީ ރަނގަޅަށްނޫންކަމުގެ މައްޗަށެވެ. އެހެންކަމުން، މިނުކުތާއަށ ޖަވާބުދީފައިވަނީ ރެސިޑެންސީ ރިސޯޓްސްގެ ފަރާތުން ތަފްޞީލުކުރި ކުރުމުގެ މައްޗަށް ބިނާކޮށެވެ.

51HN5ދިވެހިރާއްޖގޭ ހައިކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑޭޤަޟިއްޔާގައި ކަނޑައަޅާފައިވާމ އިސްތިއުނާފި ނުކުތާއާ ގުޅް އުޞޫލތައ ޚުލާޞާކުރީމެވެ.

51.1. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 21 ވަން މާއްދާގަ )ހ( އަށް ބަލާއިރު، ކޮންޓްރެކްޓެއްގެ ދަށުން ލާޒިމުކުރާ ކަންތައް އޭގެ ބައިވެރިން އެއްބަސްވެގެން ބޭނުންވެއްޖެ ހިނދެއްގައި ނިމުމަކަށް ގެނެވިދާނެކަނ އެނގެން އޮންނަކަމާއި، ދެ ފަރާތް ދެމެދު ވެވުނު އެއްބަސްވުން ބާޠިލުކުރީވްނ ދެ ފަރާތުން އެގޮތާއ ރުހި ޤަބޫލުވެގެންކަން ދެ ފަރާތުގެ ޢަމަލުތައް ބަހައްޓާގޮތުގެ މައްޗަށ ރިޢާޔަތްކޮށް ދެނެގަނެވޭނެކަނ

51.2. އެއްބަސްވުމުގާ އެއެ ބައިވެރިޔަކު އެއްބަސްވުމާއި ޚިލާފަށް ކަމެއް ކޮށްފައިވާކަމަށް ދެކޭނަމަ، އެކަމުގެ ޝަކުވާ ނުވަތަ ދަޢުވާ ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު އޮވެމެ، އެކަމުގެ ޝަކުވާ ހުށަހެޅުމެއްނެތި، އެއްބަސްވުމުގެ ބައިވެރިޔަކު އަންގާ ގޮތަށް ޢަމަލުކޮށް، އޭގެ 13 )ތޭރަ( އަހަރު ފަހުން އެއްބަސްވުމުގެ އެއް ބައިވެރިޔަކު އެއްބަސްވުމާއި ޚިލާފުވެފައިވާކަމަށާއި، އެކަމުގެ ބަދަލް ހޯދުމަށް އެދޭ ކަމަށް ބުނެ މައްސަލަ ހުށަހެޅުމުގައި، އެހާ ދިގު މުއްދަތެއް ހޭދަވެފައިވަނ ކޮން ސަބަބެއް މެދުވެރިވެގެންކަން ބުނެދޭންވާނެކަނ

51.3. ޤާނޫނުއަސާސީގެ 19 ވަނަ މާއްދާއާއި، 42 ވަނަ މާއްދާއާއި އަދ 43 ވަން މާއްދާއަށް ބަލާއިރު، މީހެއްގެ ނުވަތަ ބައެއްގެ ޙައްޤަކަށް އުނިކަން ލިބިއްޖެކަމަށް ފެނިއްޖެނަމަ، އެކަމެއް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/255 ޤަޟިއްޔާ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނުކުތާގެ )ބ( ކޯޓަށް ހުށަހެޅުމުގެ ޙައްޤު ލިބީއޮންނަކަން އެނގޭއިރު، އެފަދަ ދަޢުވާއެއް ކޯޓަށް ހުށަހެޅުނި މަނާކުރާ އެއްވެސް ޤާނޫނީ ސަބަބެއް ނެތްނަމަ، އެ މައްސަލަ ކޯޓުން ބަލައިގެން ހިންގާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށް ނޫންކަމުގައި ނުބެލެވޭނެކަން

51.4. އެހެނަސް، ކޮންޓްރެކްޓާބެހޭ އާންމު އުޞޫލުތަކުގެ މައްޗަށް ބަލާއިރު، ކޮންޓްރެކްޓެއްގެ ބައިވެރިޔަކު ކޮންޓްރެކްޓަކާއި ޚިލާފުވުމުގެ ސަބަބުން އަނެއް ބައިވެރިއެއްގެ ޙައްޤަށް ހުރަސް އެޅޭކަމުގައި ވަނީނަމަ، އެކަމަކާމެދު އިންކާރުކޮށް އޭނާގެ ޙައްޤު ހިމާޔަތްކުރުމަށްޓަކަ އ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދިޔުމަކީ އެ ފަރާތުގެ މަސްއޫލިއްޔަތެއްކަމެ ށއި، އަދި އ މަސްއޫލިއްޔަތު ގަސްދުގައި އަދާނުކޮށް ހުރާ އެކަމުގައި އެކަށީގެންވާ މުއްދަތެއް ހޭދަކުރުމަކީ އެކަމަކާމެދު އެ ފަރާތްތަކުން ޟިމްނީގޮތުން ރުހި ޤަބޫލުވެފައިވާކަމަށް ދަލިލާތުކޮށްދ ކަމެއްކަމުގައި ބެލި އެކަން އެފަދައިން ކުރި ފަރާތަކާއި ދެކޮޅު ޤަރީނާއެއްގެ ގޮތުގައި ބެލެވިދާނެކަނ

51.5. އެއްބަސްވުމާއި ޚިލާފުވެފައިވާކަމަށް ބުނެ އެކަން ޝަރުޢީ އެއްވެސް ކޯޓަކަށް ހުށަހެޅުމެއްނެތި

13 )ތޭރަ( އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަވެފައިވާއިރު މިހާ ގިނަ ދުވަސްތަކެއް ދަޢުވާ އުފުލުމަށް ހޭދަވެފައިވަނީ ކޮން ސަބަބަކާ ގުޅިގެންކަން ބުނެދެވިފައިނުވާއިރު، ދަޢުވާއެއް ހުށަހެޅުމެއްނެތި މިހާ ދިގު މުއްދަތެއް ފާއިތުވެފައިވާ ވުމަކީ، އެއްބަސްވުން ނިމުމަކަށް އައިސްފއިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 21 ވަން މާއްދާގަ )ހ( އާ އެއްގޮތްވާގޮތުގެ މަތިންކަން ދެނެގަތުމަށްޓަކައި ފުދޭ ހަރުދަނާ ޤަރީނާއެއްކަނ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/255 ޤަޟިއްޔާ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނުކުތާގެ )ޅ(

52އިސްވެ ބަޔާންކުރެ ފަދައިން،ރެސިޑެންސީ ރިސޯޓްސްގިފަރާތުނ ސިވިލް ކޯޓުގައިވެސް މ ޤަޟިއްޔާއަށް ޙަވާލާދީ، ފަހުން ހުޅުވާލެބިޑަށް ފާޠިމަތު ފެޒްލީންގްފަރާތުން ކުރިމަތިލުމުން، އެއީ ޟިމްނީކޮށް، ކުރިން ވެފައި އޮތް އެއްބަސްވުން އުވާލި އުވާލުމާމެދ އެއްބަސްވު އެއްބަސްވުމެއްކަމަށ ބަލަންޖެހޭކަމަށް ބަޔާންކޮށްފައިވެއެވެ.

53މިކަމުގައި ސިވިލް ކޯޓުން ނިންމި ނިންމުމުގައިވަނީ، މި މައްސަލައިގައި އޮތް ބަހުސަކީފާޠިމަތ ފެޒްލީންގުފަރާތުނ ދަޢުވާނުކޮށް ވެއަތުކުރި މުއްދަތު ދިގުވެގެން އެކަމުގެ މައްޗަށް އޮތ ބަހުސަކަށްނުވާއިރު، އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ދަޢުވާކުރުމުގެ މުއްދަތުތައް މިހާރު ސާފުކޮށް ބަޔާންވެފައި އޮތްއިރު، ކޯޓުގައި އޮތް މައްސަލައަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވް ދަޢުވާކުރުމުގެ މުއްދަތާ ޚިލާފުވެގެން ބަހުސެއްވެސ އޮތް މައްސަލައަކަށްނުވާތީ، އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ ގައި ދަޢުވާކުރުމުގެ މުއްދަތާއި ގުޅިގެން އެ ޤަޟިއްޔާގެ 3 ވަނަ ނަންބަރުގެ )ޅ( ގައިވާ ހަމަ މި މައްސަލައަށް ތަޠުބީޤުނުކުރެވޭނެކަމގައެވެ.

54HN1މީގެ އިތުރުން، ސިވިލް ކޯޓުގެ ނިންމުމުގައިވަނެ، މި މައްސަލައަށް ތަޠުބީޤުކުރެވޭނެޙާލަތަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑެޤަޟިއްޔގާ 34 ވަނަ ޕެރެގްރާފްގައިވާ ޙާލަތްކަމުގައެވެ. އެއީ، އެއްބަސްވުން ބާޠިލުކުރިކަމަށް އަންގައިރެސިޑްންސ ރިސޯޓްސްގެ ފަރާތުން ދިން ނޯޓިހުގައި، އާންމުކޮށް ހުޅުވާލާ ބިޑަށް ފާޠިމަތު ފެޒްލީންގެ ފަރާތުނ ކުރިމަތިލުމުގެ ނަތީޖާއަކީ އެއްބަސްވުން ބާޠިލުކުރި ކުރުމަށް ރުހުންކަމާމެދު އިނިޒްރުކޮށްފައ ނެތުމުން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ކޮންޓްރެކްޓެއްގެ ދަށުން ލާޒިމުކުރާ ކަންތައްތައް، އޭގެ ބައިވެރިން އެއްބަސްވެގެން، ބޭނުންވެއްޖެ ހިނދެއްގައި ނިމުމަކަށް ގެނައުން ހުއްދަކޮށްފައ އޮތި އޮތުމާއެއްގޮތަށް އިސްތިއުނާފުކުރާ ފަރާތާއި، އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދުގައި ވެފައި އޮތް އެއްބަސްވުން ނިމުމަކަށް ގެނައިކަމަށް ބެލެވެން ނެތްކަމުގައެވެ.

55މި މައްސަލައިގެ ޙަޤީޤަތްތަކަށް ބަލާއިރު، އާ އަހަރާއި، ކްރިސްމަސް އަދި ރަޝިއަން އޯތޮޑިކްސޮ ފެސްޓިވަލްގައި ވިޔަފާރީގެ އުޞޫލުން ޑިޓިއުން ބޭންޑުން ވޮށްމުލ ރިސޯޓުގައި މިއުޒިކް ކުޅެދިނުމާއ ގުޅޭ ގޮތުނ ރެސިޑެންސީ ރިސޯޓްސްއާއި ފާޠިމަތު ފެޒްލީންއާ ދެމެދު 07 ސެޕްޓނެ ބަރް 2022 ގައިއެއްބަސްވުމެއް ވެފައިވާކަމާމެދު ދެބަސްވުމެއްނެތެވެ. އަދި މި އެއްބަސްވުމަށްފަހު، ދެ ފަރާތް ދެމެދު މި އެއްބަސްވުމުގައި ހިމެނޭ ކަންކަމއްގުޅޭ ގޮތުން މުޢާމަލާތްކޮށްފައިވާކަނ ސާފެވެ. އެހެނީ، 06 ނޮވުނެ ބަރް 2022 ގައި ރެސިޑެންސީ ރިސޯޓްސްގެ ފަރާތުން އެއްބަސްވުން ސޮއިކުރިކުރުމާއި ޙަވާލާދީ ފޮނުވާފައިވާ އްމެއިލްގައި އެއްބަސްވުމުގްދަށުން ދޭންޖެހޭ ފައިސާ ޕްރޮސެސްކުރުމަށ ފޮނުވާފައިވާކަން ހިއްސާކުރުމުގެ އިތުރުން، އެއްބަސްވުމުގައި ހިމެނޭ ކަންކަމާއި ގުޅޭ ކަންކަން ސާފުކޮށްފައިވާކަން އެނގޭތީއެވެ.

56ދެ ފަރާތް ދެމެދުބަދަލުކުރެވިފައިވާ އީމެއިލްތަކަށް ބަލާއިރު، އެއްބަސްވުން ބާޠިލުކުރުމުގެ ކުރިއަށް، ފެންނަން އޮތް އެއްބަސްވުން ދެމިއޮތުމުގެ މައްޗަށް ކުރެވިފައިވާ މުޢާމަލާތްތަކެވެ. އަދި މ މުޢާމަލާތްތަކުން، ރެސިޑެންސީ ރިސޯޓްސްގެ ފަރާތުނާއެއްބަސްވުން ބާޠިލުކުރުމުގެ ކުރިން، އެކަން ފާޠިމަތު ފެޒްލީންއ ހިއްސާކޮށްފައިވާކަން އެނގޭކަށްނެތެވެ. ދެ ފަރާތް ދެމެދު ބަދަލުކުރެވިފައިވާ އީމެއިލްތަކަށް ބަލާއިރު، 11 ނޮވުނެ ބަރް 2022 ގައި ރެސިޑެންސީ ރިސޯޓްސްއިންކޮށްފައިވާ އީމެއިލްގައިވަނީ އެއްބަސްވުން ބާޠިލުކުރުމުގެ ނޯޓިހެވެ. އެ ނޯޓިހުގައިވަނ އެއްބަސްވުން ސިވިލް ކޯޓުގެ ނަންބަރު 2023-CVC-1508 ޤަޟިއްޔާގެ "ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓު"ގެ 14 ވަނަ ނުކުތާ ބާޠިލުކޮށްފައިވާކަމެވެ. އެ އީމެއިލް ލަފްޒުން ލަފްޒަށް ކިޔާނަމަ، އޭގައި ވަނީ "…we are not going ahead with the attached contract…" މިފަދައިނނެވް.

57އެއްބަސްވުނ ބާޠިލުކުރަން މެދުވެރިވި، ދެ ފަރާތް ދެމެދު ވެފައިވީއެއްބަސްވުމަކީ ޢަމަލުކުރެވެން ނެތް އެއްބަސްވުމކަށވާތީ، ނުވަތަ ޢަމަލުކުރުމަށް ދަތިވާ އެއްބަސްވުމަކަށްވާތީ،ނުވަތަ ޣައިރުޤާނޫނީ އެއްބަސްވުމަކަށްވާތީ ކަމުގައި ބަޔާންކޮށްފައެއްނުވެއެވެ. އަދްމިކަމުގެ މައްޗަށްމިފަދަ ބަހުސެއް ރެސިޑެންސީ ރިސޯޓްސްގެ ފަރާތުނ ކުރިމަތިކޮށްފައެއްވެސްނުވެއެވެ.

58އެއްބަސްވުންބާޠިލުކޮށްފައިވަނީ ފާޠިމަތު ފެޒްލީންގުރުހުން އޮވެގެންކަންދ ފަރާތެ ދެމެދް ބަދަލުކުރެވިފައިވްއީމެއިލތަކުން އެނގޭކަށްނެތެވެ. އެނގެންއޮތީމިއީ ރެސިޑެންސީ ރިސޯޓްސްގެ ފަރާތުނ unilaterally އެއްބަސްވުން ބާޠިލުކުރި ކުރުމެއްކަމެވެ.މިކަމުގައި ފާޠިމަތު ފެޒްލީންދެކޭ ގޮތެއް ނުވަތް އެ ފަރާތުގެ ބަހެއް ބޭނުންވާކަން ރެސިޑެންސީ ރިސޯޓްސްގެ ފަރާތުނ ބަޔާންކޮށްފައެއްނުވެއެވެ.

59އަދި ހަމައެއާއެކު، އެއްބަސްވުން ބާޠިލުކުރިކަން އަންގާ، 11 ނޮވުނެ ބަރް 2022 ގައި ރެސިޑެންސީ ރިސޯޓްސގެ ފަރާތުނ ފޮނުވާފައިވާއީމެއިލަށް ބެލުމުން، އެއްބަސްވުމުގައިވާ ޝަރުޠުތަކާއި ޚިލާފަށް ޢަމަލުކުރުމަށެފާޠިމަތު ފެޒްލީންގެ ފަރާތުނ ދުލެއްދީފައިވާކަމެއްވެސް އެނގޭކަށްނެތެވެ. އިސްވެ ބަޔާންކުރި ފަދައިން އެ އީމެއިލުން އެނގޭ ޙަޤީޤަތަކީ،ރެސިޑެންސީ ރިސޯޓްސްގެ ފަރާތުނ އަމިއްލައަށް އިސްވެ unilaterally އެއްބަސްވުން ބާޠިލުކޮށްފައިވާކަމެވެ. އެއްވެސް ޝަރުޠެއްނެތިއެވެ. އަދި އެއްބަސްވުމަށް ޢަމަލުކުރެވެންނެތް މަޖުބޫރީ ޙާލަތެއް ކުރިމަތިވެފައިވާކަމުގ ޝަކުވާއެއްވެސް ނެތިއެވެ.

60އެއްބަސްވުން ބާޠިލުކޮށްރެސިޑެންސީ ރިސޯޓްސގެ ފަރާތުނ ފޮނުވި އީމެއިލްގައި އިތުރު ޙަޤީޤަތެއްވެއެވެ. އެއީ، ހޮޓެލްގެ ޕްރޮކިއުމެންޓް ޕޮލިސީއާ އެއްގޮތަށް އާ އަހަރާއި، ކްރިސްމަސް އަދި ރަޝއަނިއޯތޮޑޮކްސްގައި މިއުޒިކް ކުޅެދިނުމަށް ބޭނުންވާ ފަރާތްތަކުން ބިޑް ހުށަހުމަށް ހުޅުވާލަން ގަސްދުކޮށްފައިވާކަމާއި، މިފަދައިން ނިންމާފައިވަނީ 20,000 USD )ވިހިހާސް އެމެރިކާ ޑޮލަރު( އަށް ވުރެ އިތުރުވާ ޚަރަދެއްނަމަ، އެއަށް ޓެންޑަރ އުޞޫލުން ބިޑް ހުށަހެޅުމަށް އެ ހޮޓެލްގެ ޕްރޮކިއުމެންޓް ޕޮލިސީގައި ބަޔާންކުރާތީކަމަށާއި، އަދި މި ޓެންޑަރ އުޞޫލުން އެ ފަރާތް ނ ވެސް 12 ނޮވުނެ ބަރް 2022 އަށް ޕްރޮޕޯސަލް އަލުން ހުށަހެޅުމަށް ދައުވަތު ދޭ ކަން ބަޔާންކޮށްފައިވާކަމެވެ. ކުރުކޮށް ބުނާނަމަ، މިއީ ދައުވަތެކެވެ.

61ރެސިޑެންސީ ރިސޯޓްސްގެފަރާތުން ދެކުނީ، މި ބިޑަށް ފާޠިމަތު ފެޒްލީންގ ފަރާތުން ކުރިމަތިލިލުމަކީ އެއްބަސްވުން ބާޠިލުކުރުމަށް އެ ފަރާތުން ޟިމްނީގޮތުން ރުހުނީކަމުގައެވެ.

62HN2ދައުވަތު ނުވަތަ invitation to treat ނުވަތަ request for proposal ގެ ދައުރަށް ބަލާއިރު، ހުށަހެޅުމާއި (offer) މުޢާމަލާތަކަށް ދައިވު ތ ދިނުމާއި treat) to (invitation އާ ދެމެދު ތަފާތުކުރުމެއް ކުރެވެއެވެ. ހުށަހެޅުމަކުން ދަލާލާތު ކޮށްދެނީ، އެ ހުށަހެޅުން ހުށަހަޅާ ފަރާތުން، އަނެއް ފަރާތުން އެ ހުށަހެޅުމުގައިވާ ޝަރުޠުތައް ޤަބޫލުކޮށްފިނަމަ، އޭގެ ޒާތުން ޤާނޫނީ ގޮތުން ބަނދެވޭ ނެޔތއް އޮތްކަމެވެ. މިއީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 5 ވަނާ މާއްދާއާއި، 6 ވަނަ މާއްދާގެ )ހ( ގައި ބަޔާންކުރާ ހުށަހެޅުމެވެ. އެއާ ޚިލާފަށް، މުޢާމަލު ތަށް ދައެވތު ދިނުމަކީ، ކޮންޓްރެކްޓެއްގެ ޒަރިއްޔާއިން ބަނދެވުމުގެ ކުރިން، އިތުރު މަޝްވަރާތައ ކުރިއަށް ގެންދިޔުމަށް ދެކެވޭ ވާހަކަތަކެކެވެ. މިއީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގެ )ށ( ގައި ބަޔާންކުރާ ދައުވަތެވެ.

63މި މައުޟޫޢުގެ ތެރެއިން މުހިންމުވަނީ ޓެންޑަރ ނުވަތަ request for proposal ގެ ދައުރަށެވެ. މިގޮތުން، ޓެންޑަރ އުޞޫލުން މުދަލާއި ޚިދުމަތް ހޯދުމަށްޓަކައި ކުރާ އެއްކަމަކީ، ޓެންޑަރގައ ބައިވެރިވުމަށް ދައުވަތުދީ، އިޢުލާނުކުރުމެވެ. މިއީ ކޮންޓްރެކްޓްގެ އުޞޫލުގެ ތެރެއިން، ހުށަހެޅުމެއްނޫނެވެ. އެއީ އެކަށީގެންވާ ހުށަހެޅުމެއް ލިބޭތޯ ބެލުމަށް ހުޅުވާލާ ދައުވަތެކެވެ.

64މްއަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކުން، އެއަށް އިޖާބަދީ ހުށަހަޅާޕްރޮޕޯސަލެއަކ ފޯރުކޮށްދީ މަޢުލޫމާތެކެވެ. އެފަދަ މަޢުލޫމާތަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގައި ބުނާފަދަ އެއްބަސްވުމަކަށ ވުޖޫދުވުމަށް އާ ތަން ލާޒިމުވފދަ ހުށަހެޅުމެއް ކަމުގައި ނުބެލޭނެއެވެ.

65މިކަމުގައިވެސ އިސްތިސްނާތަކެއް ވެއެވެ. ދެވޭ ދައުވަތަކަށް ޓެންޑަރަރ އަކު ހުށަހެޅުމަކީ އޭގެ ސަބަބުނު ޤާނޫނީގޮތުން ބަނދެވޭ އެއްބަސްވުމެއް އުފެދޭ ކަމެއްކަން ނުވަތަ ނޫންކަން ބިނާވާނީ އ ދައވްތު ފަރުމާކޮށްފައިވާ ގޮތުގެ މައްޗަށެވެ.މިސާލަކަށް، އެންމެ މަތިން އަގު ހުށަހަޅާ ފަރާތަށް ހިއްސާ ވިއްކާނެކަމަށް ދައުވަތުގައ ބަޔާންކުރި ޙާލަތުގައި، އެ ދައުވަތުވާނީ އެންމެ މަތިން އަގު ހުށަހަޅާ ފަރާތަށް ދެވޭ ހުށަހެޅުމަކަށެވެ. މި ޙާލަތުގައި، އެންމެ މަތީ އަގު ހުށަހަޅާ ފަރާތަށް ހިއްސާ ވިއްކުމަށް ޤާނޫނީ ގޮތުން ބިނދެވިފައިވާކަމުގައ ބެލެވޭނެއެވެ.

66HN3މިކަންކަންމި މައްސަލައިގެ ޙަޤީޤަތްތަކަށް ތަޠުބީޤިކުރާއިރު، ރެސިޑެންސީ ރިސޯޓްސްއިނ ކޮށްފައިވް ދައުވަތަކީ، އާ އަހަރާއި، ކްރިސްމަސް އަދި ރަޝެއަން އޯތޮޑޮކްސްގައި މިއުޒިކް ކުޅެދިނުމަށް ބޭނުންވާ ފަރާތްތަކުން ބިޑް ހުށަހޅުމަށްހުޅުވާލަން ގަސްދުކޮށް، އެކަމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ދީފައިވާ ދައުވަތަކަށްވާއިރު،މި ދައުވަތު ގުޅެނީ، ރެސިޑެންސީ ރިސޯޓްސްއާއި ފާޠިމަތު ފެޒްލީންއ ދެމެދު 07 ސެޕްޓނެ ބަރް 2022 ގައި ވެފައިވާ އެއްބަސްވުން ބާޠިލުކުރިކުރުން ފާޠިމަތު ފެޒްލީންގްފަރާތުން ޤަބޫލުކުރިކުރުމާކަން އެނގޭކަށްނެތެވެ. އެ ފަރާތުން ބިޑަށް ކުރިމަތިލުމަކީ، އެއްބަސްވުނ ޤަބޫލުކުރުމަށް ނިންމާ ޙާލަތަށް ގައިދުކުރެވިފައިވާ ފުރުޞަތެއްކަން އެ އީމެއިލުން ދޭހައެއްނުކުރެއެވެ. ފެންނަން އޮތީ، އައު ދައުވަތެކެވެ. އެއަށް ކުރިމަތިލުމަށް އާންމންނަށް ހުޅުވާލިފުރުޞަތެކެވެ.މ ދައުވަތަކީ ހުށަހެޅުމެއްކަމަށް ބެލެވޭނެ އެއްވެސް ޝަރުޠެއްނެތެވެ.މިއަށް ފާޠިމަތު ފެޒްލީންގ ފަރާތުން Harvela Investments Ltd v. Royal Trust Co of Canada (CI) Litd [1986] AC 207 ކުރިމަތުލުމަކީ، އެއްވެސް ޙާލަތެއްގައި، ފާޠިމަތު ފެޒްލީންގ ފަރާތުން އެއްބަސްވުން ބާޠިލުކުރިކުރުމަށް ރުހިޤަބޫލުވީ ކަމުގައި ބެލެވޭނެ ހަމައެއް އޮތްކަމަކަށް ނުދެކެމެވެ.

67ދެން އޮތީ، އެއްބަސްވުން ބާޠިލުކުރިކަމަށް ރެސިޑެންސީ ރިސޯޓްސްގ ފަރާތުން އެންގި އެންގުމާއި ގުޅިގެން، ފާޠިމަތު ފެޒްލީންގްފަރާތުން ގަސްދުގައި ފިޔަވަޅެއް ނާޅައި އެކަށީގެންވާ މުއްދަތެއް ހޭދަކުރުމަކީ، އެ އެއްބަސްވުން ބާޠިލުކުރިކުރުމަށް ރުހުނީކަމުގައި ބަލަންޖެހޭނެކަމަށެ ރެސިޑެންސ ރިސޯޓްސްގެ ފަރާތުން ބުނާ ބުނުމެވެ. މިފަދައިން ރެސިޑެންސީ ރިސޯޓްސްގާފަރާތުން ބުނެފައިވަނީ އެއްބަސްވުން ބާޠިލުކުރުމއިގުޅޭ ގޮތުންފާޠމަތު ފެޒްލީންގ ފަރާތުން 09 ޑިސންބަރެ 2022 ގައި ޝަކުވާ ހުށަހަޅާފައިވަނީ އެކަށީގެންވާ މުއްދަތު ފާއިތުވުމަށްފަހުކަމުގައިވާތީއެވެ.

68HN4ކޮންޓްރެކްޓަކީ އޭގެ ޒާތުން ޙައްޤުތަކެއް ޝާމިލުވާ އަޤުދެކެވެ. ކޮންޓްރެކްޓެއްގައިވާ ޙައްޤެއް ދޫކޮށްލީ ކަމަށި ބެލެވޭނީ އެ ޙައްޤު ދޫކޮށްލީ އެ ޙައްޤު ދޫކޮށްލި ފަރާތަށް އެކަން އެނގިހުރެ އަމިއްލަ ރުހުމުގައި އެ ޙައްޤު ދޫކޮށްލުމުގެ ނަޔަތުގައިކަން ދޭހަވާ ނަމައެވެ. ޙައްޤެއް ދޫކޮށްލެކަމަށް މައްސަލާއެއްގ ވިޤާއާތަކަށ ބިނާކޮށް އެހާ ފަސޭހައިން އިފްތެރްޟުކޮށްގެން ނުވާނެއެވެ. އެ ޙައްޤު ދޫކޮށްލުމުގެ ނިޔަތެއިއޮތްކަން އެ މައްސަލައިގެ ވާޤާއާތަކުން ފާޅުވެ އެނގެން ޖެހޭނެއެވެ. ކޮންޓްރެކްޓެއްގައިވ ކަމއެ ދޫކޮށްލީކަމަށް ކޮންޓްރެކަ ޓުގެ ބައިވެރިއެއްގުޢްމަލނ ދޭހަކުރާނަމަ،އެފަދައިން ދޭހަކުރެވޭ ދޭހަކުރުމަކީ އެއްވެސް އޮޅުމެއްނެތި ސާފުކޮށް ކުރެވޭ ދހަކުރުމަކަށްވާންޖެހޭނެއެވެ.

69ކޮންޓްރެކްޓުގައިވާ ކަމެއް ދޫކޮށްލީކަމަށް ކޮންޓެރްކްޓްގ ބައިވެރިއެއްގެ ޢަމަލުން ދޭހަކުރުމުގައި، ކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާ ހަނުހުންނަނަމަ، ނުވަތަ ފިޔަވަޅު ނާޅައި ލަސްކުރާނަމަ، އެކަނ ކަށަވަރުކޮށްދޭ އިތުރިވް ޤއާއެއްނެތި، ހަނު ހުންނަ ހުރުމާއި ފިޔަވަޅު އެޅުން ލަސްކުރުމަކީ ޙައްޤެއް ދޫކޮށްލުންކަމަށ ދޭހައެއް ނުކުރެވޭނެއެވެ.

70މިއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސީވ. ދައުލަތް )މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން( ޤަޟިއްޔާގައި، ކޮންޓްރެކްޓުގައިވާ ޙައްޤެއް ދޫކޮށްލުމއްގުޅޭ ގޮތުން ކަނޑައަޅާފައިވާ އުޞޫލުތަކެވެ. މިކަން މި މައްސަލައިގައި މި ބަޔާންކުރަނީ، ރެސިޑެންސީ ރިސޯޓްސގެ ފަރާތުން އެއްބަސްވުން ބާޠިލުކުރިކުރުމާ ގުޅިގެން، ފާޠިމަތު ފެޒްލީންގ ފަރާތުން އެހިނދު ހަނުހުރި ހުރުމަކީ، އަދި ފިޔަވަޅެއް ނާޅައި ވަގުތު ހޭދަކުރުމަކީ، އެއްބަސްވުން ބާޠިލުކުރިކންޤަބޫލުކުރކަމަށިދޭހަކޮށްދޭ ކަމެއްކަމަށް ރެސިޑެންސީ ރިސޯޓްސްގެ ފަރާތުނ ބުނާތީއެވެ.

71ފެޠި މަތު ފެޒްލީންގ ރުހުން ނެތި، ރެސިޑެންސީ ރިސޯޓްސްގެފަރާތުނ އެއްބަސްވުން ބާޠިލުކުރުމުން، ފާޠމަތު ފެޒްލީންއަށިގެއްލުމެއް ލިބިފައިވާނަމަ، އެ ގެއްލުމާއި ގުޅިގެން ބަދަލު ހޯދުމަށް ހުރަހެއް އޮތްކަމަކަށް ނުދެކެމެވެ. އެހެނީ، މި މައްސަލައިގައެފާޠމަތު ފެޒްލީންގ ފަރާތުނު ޢަމަލުކޮށްފައިވާ ގޮތް ނީއެ ޙައްޤު ދޫކޮށްލީކަމަށް ބެލެވެން ނެތަތީއެވެ. މިފަދައިން މި ބަޔާންކުރަނީ،ރެސިޑެންސ ރިސޯޓްސްއިނެބީލަމަށް ހުޅުވާލި ހުޅުވާލުމަށް ފާޠިމަތު ފެޒްލީންގްފަރާތުން ކުރިމަތިލުމަކީ އެ ފަރާތަށް ލިބިގެންވާ ޙައްޤަކަށްވެފައި، އަދި އެއީ ގެއްލުންކުޑަކުރުމަށް އެ ފަރާތުގެ މައްޗަށް އޮތ ޒިންމާ އެ ފަރާތުން އަދާކުރންކަމުގައި ބެލެވޭތީއެވެ.

72އެކަން ކާމިޔާބު ނުވުމުން، ރެސިޑެންސީ ރިސޯޓްސްގެފަރާތުން އެއްބަސްވުން ބާޠިލުކުރުމުން، އ އެއްބަސްވުން ބާޠިލުކުރިތާ 16 )ސޯޅަ( ދުވަސް ފަހުން ހިތްހަމަނުޖެހުން ފާޅުކޮށް، އެކަމުގެ މައްޗަށް ޖަދަލެއް ހުށަހަޅައި، އެއްބަސްވުން ބާޠިލުކުރުމުގެ ސަބަބުން ފާޠިމަތު ފެޒްލީންއަށ ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް، ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދަޢުވާކުރުމަކީ،އެ ފަރާތުން ގަސްދުގައި ފިޔަވަޅެއް ނާޅައި، އެކަށީގެންވާ މުއްދަތެއް ހޭދަކުރި ކުރުމަ ށްކަމަށ ބެލެވޭނެކަމަކަށް ނުދެކެމެވެ.

73ބަޔާނވެދިޔްކަންކަމަށް ނަޒަރުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑެޤަޟިއްޔާގްއަލީގައި، ފާޠިމަތު ފެޒްލީންގެ ފަރާތުނ ކަން ކުޅަ ގޮތުގެ މައްޗަށް ބަލައި، ރެސިޑެންސީ ރިސޯޓްސްގެ ފަރާތުން އެއްބަސްވުނ ބާޠިލުކުރިކުރުމަށް ފާޠިމަތު ފެޒްލީންގެ ފަރާތުން ޟިމްނީކޮށް ރުހި ޤަބޫލުވެފައިވާކަމަށް ބެލެވޭނީ ޤާނޫނީ އަސާސެއް އޮތްކަމަކަށް ނުދެކެމެވެ.އަދި ސިވިލް ކޯޓުން މި މައްސަލަ ފައި ޞިލާކުރުމުގައ ދިވެހިރާއްޖޭގެ ހައިކޯޓުގް އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ ތަޠުބީޤުކުރުމުގައި ގޯހެއް ހަދާފައިވާކަމަކަށްވެސް ނުދެކެމެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުސައިން ޝަރީފވ . ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އަދި މިނިސްޓްރީ އޮފް ޓޫރިޒަމް ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ހެކި ވަޒަން ކުރުމުގެ އުޞޫލާ އަދި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފުވެފައިވޭތޯ؟

74މި މައްސަލައިގައި ރެސިޑެންސީ ރިސޯޓްސްގެ ފަރާތުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޙަވާލާދީފައިވެއެވެ. ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނީ މާއްދާގައި ބަޔާންކުރަނީ ފަނޑިޔާރުން ނިންމުންތައް ނިންމުމުގައި ޢަމަލުކުރަންވާނެ މަސްދަރުތަކެވެ. އެއް ޤާނޫނުއަސާސީއާއި ޤާނޫނެވެ. އަދި ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައަޅާފައިވާގޮތަށް ފަނޑިޔާރުން ރިޢާޔަތްކުރުމެވެ. ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަން މާއްދާގަ )ށ( ގައިވަނީ ފަނޑިޔާރުކަމުގެ މަސއެލިއްޔަތު އަދާކުރުމުގައި ފަނޑިޔާރުން ރިޢާޔަތްކުރަންވާނެ ކަންކަމެވެ. މިކަންކަމުގެ ތެރެއިން ފުރަތަމަ ކަމަކަށް އެ އަކުރުގެ 01 ވަނަ ނަންބަރުގައި ވަނީ "މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާ" މިފަދައިންނެވެ.

75HN6ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަން މާއްދާގަ )ށ( އަށް ޙަވާލާދީ، ފަނޑިޔާރުންގެ ކުރިމައްޗަށް ހުށަހެޅޭ ހެއްކާއި ޤަރީނާއަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާނަމަ، ފަނޑިޔާރުން ރިޢާޔަތްކޮށްފައިނުވ ޤާނޫނާ ކޮން ނުކުތާއަކާ ގުޅިގެން ހުށަހަޅާފައިވާ ކޮން ހެއްކަކަށްކަން ބުނެދެނުމަކ އެހެނެ ބުން ފަރާތެއްގެ ޒިންމާއެއްކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގު އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އިސްމާޢީލް ޢަބްދުލްޙަމީދު ޤަޟިއްޔާގައި ފާހަގަކުރެއެވެ.

76މީގެ އިތުރުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގައި އިޝާރާތްކުރަނީ ފަނޑިޔާރުންގެ ޢަމަލުތައް ބަހައްޓަންޖެހޭ ގޮތަށް ކަމުގައިވާއިރު، ފަނޑިޔާރުން ހެކި ވަޒަންކުރިގޮތް ޤާނޫން އުޞޫލަކީ ޚިލާފުވާނަމަ، ޚިލާފުވެފައިވަނީ ހެކި ވަޒަންކުރުމުގެ ކޮން އުޞ ލަކާކަނ ބުނެދޭންވާނެކަމަށާއި، ފަނޑިޔާރެއްގެ ޢަމަލު ނުވަތަ ސުލޫކާ ގުޅޭ މާއްދާތަކާއި، މައްސަލައެއްގައި ތަޠުބީޤުކުރަންޖެހޭ ފަންނީ ޤާނޫނީ އުޞޫލެއް ފަނޑިޔާރު ތަޠުބީޤުނުކުރެވުން ނުވަތަ ނުބައިކޮށް ތަޠުބީޤުކުރެވުމަކީ މުޅިން ތަފާތު ދެ ކަމެއްކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް )މޯލްޑިވްސ ޕޮލިސް ސަރވިސް( ޤަޟިއްޔާގއަ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުގެ 17 ވަނަ ޕެރެގްރާފްގައި ފާހަގަކުރައްވައެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/58 ޤަޟިއްޔާގެ 19 ވަނަ ޕެރެގްރާފް

77ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާޤަޟިއްޔާގައި ކަނޑައަޅާފައިވަފަދައިން، މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަރިޢާޔަތް ކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފާ އ ނުވާކަމަށް ބުނޮބުނުމަކުން، ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކާށ ފައި ނުވާކަމަށް ބުނެބުނުމަކުން އެ މައްސަލަ ދިވެހިރާއްޖޭގ ހައިކޯޓުގައި އިސްތިއުނާފުކުރަނ ޤާނޫނު ނަންބަރު 2010/22) ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު( )މީގެ ފަހުން "ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު"( ގ 43 ވަނަ މާއްދާ އިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވނެއެވެ.

78މި ނުކުތާގައި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާވެސް ޙަވާލާދީ،ރެސިޑެންސީ ރިސޯޓްސްގެ ފަރާތުން ބުނެފައިވަނީ، ދިވްހިރާއްޖޭގެ ސުޕްރީމް ކޯޓުގ ޙުސައިން ޝަރީފްވް . ބްލޫ ލެގޫން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އަދި މިނިސްޓްރީ އޮފް ޓޫރިޒަމާޤަޟިއްޔާގައި މައްސަލައަކއްގުޅިގެން ބަލައިގަންނާނެ ހެކި، ނުވަތަ ބަލައިގަންނަ ހެއްކެއް ވަޒަންކޮށްފައިވާ ގޮތަކީ އެކަށީގެންވ ޤާނޫނާ ބުރަދަނެއް ހުރި ސަބަބުތަކެއްގެ މައްޗަށް ބިނާވާ ނިންމުމަކަށްވާންޖެހޭނެކަނ ބަޔާންކޮށްފއިވާއިރު، 09 ޑިސެންބަރު 2022 ގައި ފާޠިމަތު ފެޒްލީންގްފަރާތުން ފޮނުވާފައިވާ އީމެއިލްގައިވާ ކަންކަމަށް އެކަނި ބުރަދަންދިނުމަކީ މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމަށް ރިޢާޔަތްކުރުންކަމުގައި ނުބެލެވޭނެކަމުގައެވެ. މި ނުކުތާގައި ރެސިޑެންސީ ރިސޯޓްސްގެ ބަހުސަކީ، އެއްބަސްވުނ ނިމުމަކަށް ގެނައުމުން ފާޠަމަތު ފެޒްލީންގެ ފާރާތުން ދެކޮޅުނުހަދާކަމިށއި، އަދ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 "މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު" )ހ( އިސްތިއުނާފުކުރުން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުން ނުވަތު ޤާނޫނުތަޠުބީޤުކުރުމުގައ ނުވަތި ޤާނޫނަ މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހުރުން. ރެސިޑެންސީ ރިސޯޓްސްގެ ފަރާތުން ދީފައިވާ އިރުޝާދަށް ފާޠިމަތު ފެޒްލީންގެ ފަރާތުން ޢަމަލުކޮށް ބިޑަށް ހުށަހެޅިކަމުގައެވެ.

79ރެސިޑެންސީ ރިސޯޓްސްގެ ފަރާތުން ޙަވާލާދޭ، 09 ޑިސެންބަރު 2022 ގެ މި އީމެއިލްއަކީ، 07 ސެޕްޓންބަރެ 2022 ގެ އެއްބަސްވުން 11 ނޮވުނެ ބަރް 2022 ގައި ރެސިޑެންސީ ރިސޯޓްސްގެ ފަރާތުން ނިމުމަކަށް ގެނައުމުން އެކަމާމެދު ހިތްހަމަނުޖެހުން ފާޅުކޮށް ފާޠިމަތު ފެޒްލީންގެ ފަރާތުނ ފޮނުވާފައިވާ އީމެއިލްއެކެވެ.

80މި އީމެއިލްއާ ޙަވާލާދީ، ސިވިލް ކޯޓުން ފާހަގަކޮށްފައިވަނީ، ރެސިޑެންސީ ރިސޯޓްސްގެ ފަރާތުން އެއްބަސްވުން ނިމުމަކަށް ގެނައުމުން، އެކަމާމެދު ފާޠަމަތު ފެޒްލީންގެ ފަރާތުނު ހިތްހަމ ނ ޖެހުން ފާޅުކޮށް، އެކަންއީމެއިލްކޮށް، އެކަން ރެސިޑެންސީ ރިސޯޓްސްއާ ހިއްސާކުރިކަން އެނގެން އޮތްއިރު، ރެސިޑެންސީ ރިސޯޓްސްގެ ނޯޓިހުގައި ސާފުކޮށް އައު ބިޑަށް ކުރިމަތިލުމުގެ ނަތީޖާއަކީ އެއްބަސްވުނ ބާޠިލުކުރި ކުރުން ރެސިޑެންސީ ރިސޯޓްސްގެ ފަރާތުން ޤަބޫލުކުރުންކަމަށ ބަޔާންކޮށްފައިނެތްކމުގައެވެ.

81މި ނިންމުމުގެ 58 އަދި 59 ވަނަ ނުކުތާގައިވާ ފަދައިން،ރެސިޑެންސީ ރިސޯޓްސްގެ ފަރާތުން އެއްބަސްވުން ބާޠިލުކޮށްފައިވަނީ ފާޠްމަތު ފެޒްލީންގެ ރުހުން އޮވެގެންކަން އެ އީމެއިލުން އެނގޭކަށްނެތެވެ. އެނގެންއޮތް މިއީ ރެސިޑެންސީ ރިސޯޓްސްގެ ފަރާތުނ unilaterally އެއްބަސްވުން ބާޠިލުކުރި ކުރުމެއްކަމާއި، މިކަމުގައި ފާޠިމަތު ފެޒްލީން ދެކޭ ގޮތެއް ނުވަތަ އެ ފަރާތުގެ ބަހެއް ބޭނުންވާކަން އެ އީމެއިލްގައި ބަޔާންކޮށްފައިނުވާކަމާއި، އެއްބަސްވުން ނިމުމަކަށް ގެނެސްފައިވަނީ އެއްވެސް ޝަރުޠެއްނެތި، އަދި އެއްވެސް ޝަކުވާއެއްނެތިކަމވެ. ސިވިލް ކޯޓުގެ ނަންބަރު 2023-CVC-1508 ޤަޟިއްޔާގެ "ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓު"ގެ 14.6 ވަނަ ނުކުތާ

82ފާޠިމަތު ފެޒްލީންގެ ފަރާތުން ބިޑަށް ކުރިމަތިލުމަކީ، އެއްބަސްވުން ޤަބޫލުކުރުމަށް ނިންމާ ޙާލަތަށް ގައިދުކުރެވިފައިވާ ފުރުޞަތެއްކަން ރެސިޑެންސީ ރިސޯޓްސްއިނ އެއްބަސްވުން ނިމުކަކަށ ގެނެސް 11 ނޮވުނެ ބަރް 2022 ގައި ފޮނުވާފައިވާ އީމެއިލްއިން ދޭހައެއްނުކުރެއެވެ. މި ނިންމުމުގެ 66 ވަނަ ނުކުތާގައިވާ ފަދައިން، އެ އީމެއިލްގައި އޮތީ، އައު ދައުވަތެކެވެ. އެއަށް ކުރިމަތިލުމަށް އާންމުންނަށް ހުޅުވާލި ފުރުޞަތެކެވެ. މި ދައުވަތަކީ ހުށަހެޅުމެއްކަމަށް ބެލެވޭނެ އެއްވެސް ޝަރުޠެއްނެތެވެ. މިއަށް ފާޠިމަތު ފެޒްލީންގެ ފަރާތުން ކުރިމަތިލުމަކީ، އެއްވެސް ޙާލަތެއްގައި، ފާޠިމަތު ފެޒްލީންގެ ފަރާތުނ އެއްބަސްވުން ބާޠިލުކުރިކުރުމަށް ރުހިޤަބޫލުވީ ކަމުގައި ބެލެވޭނެ ހަމައެއް އޮތްކަމަކަށް ނުދެކެމެވެ.

83އިސްވެ ބަޔާނވެދިޔްޙަޤީޤަތްތައ އެފަދައިން ހުރުމުން، ރެސިޑެންސީ ރިސޯޓްސްގެ ފަރާތުން މި ނުކުތާގައި ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް،މި ނިންމުމުގެ ނަތީޖާ ބަދަލުވާންވީގޮތެއ ސާފެއްނޫނެވެ.އަދި ދަށު މަރުޙަލާގައެރެސިޑެންސީ ރިސޯޓްސްގެ ފަރާތުނިދައްކާފައިވާ ވާހަކަތަކުގެ މައްޗަށް މި މައްސަލައިގެ ޙަޤީޤަތްތައް ތަޠުބީޤުކުރުމުގައަސިވިލ ކޯޓުން ގޯހެއް ހަދާފައިވަނީ ނުވަތަ ޤާނޫނާއި ޚިލާފުވެފައިވަނީ ކޮން ގޮތަކުންކަމެއް ނުވަތަ އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަމެއް ހާމަކޮށްދީފައެއްނުވެއެވެ. އެހެންކަމުން،ސިވިލ ކޯޓުން ނިންމާފައިވާ ނިންމުމުގައި، ހެކި ވަޒންކުރުމުގެ އުޞޫލާއި، އަދި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފުވެފައިވާކަމކަށ ނުދެކެމެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދ އިބްރާހީމްމަނިކު ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޢަލީ މުސްޠަފާ މުޙައްމަދު ވ. އަމީން ބިލްޑްވެއަރ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ އަދި މުޙައްމަދު މޫސާ ވ. އިބްރާހީމް ޝަރީފް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އެއްބަސްވުން މާނަކުރުމުގެ އުޞޫލާ ޚިލާފުވެފައިވތޭ ؟

84މި ނުކުތާގައި ރެސިޑެންސީ ރިސޯޓްސްގެ ފަރާތުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އިބްރާހީމްމަނިކެޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގ ޢަލީ މުސްޠަފާ މުޙައްމަދު ވ. އަމީން ބިލްޑްވެއަރ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ އަދި މުޙައްމަދު މޫސާ ވ. އިބްރާހީމް ޝަރީފެޤަޟިއްޔާގައި ކަނޑައަޅާފައިވާ އެއްބަސްވުން މާނަކުރުމުގެ އުޞޫލާއި އެއްގޮތަށް މި އެއްބަސްވުމުގ 2 ވަނަ މާއްދާއާއި 4 ވަނަ މާއްދއާއާ އެކުއެކީގައި ކިޔުމުން، އެއްބަސްވުމުގެ ދަށުން ދައްކާފައިނުވާ ފައިސާއެއް ދެއްކުމަށް އަމުރުކުރުމަކީ އެއްބަސްވުމުގެ ނިޔަތާ ޚިލާފަށް ޢަމަލުކުރުން ކަމުގައި ދެކޭކަމުގައެވެ.

85HN7އެއްބަސްވުން މާނަކުރުމާ ގުޅިގެން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގު ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އިބްރާހީމްމަނިކު ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ، އެއްބަސްވުން މާނަކުރުމުގައި ގެންގުޅެންވާނީ އެއްބަސްވުންވީއިރ ކަނު ހިނގާދިޔަގޮތާއި ވަށައިގެންވާ ކަންކަން އެނގިހުރެ އާދައިގެ ސަބަބުވެރި އިންސާނަކު އެއްބަސްވުން ކިޔުމުން އޭގެން ދޭހަވާ މާނަ ދެނެގަތުމުގެ މިންގަނޑުކަމީށާއި، އެއްބަސްވުމުގެ މާއްދާތައް ކިޔައުމާނަކުރަންވާނި އެކއެކީގައ ކަމުގައެވެ.

86ދިވެހިރާއްޖޭގެ ހައިކޯޓުގެ މުޙައްމަދު މޫސާ ވ. އިބްރާހީމް ޝަރީފް ޤަޟިއްޔާއާއި، މި ކޯޓުގެ ޢަލީ މުސްޠަފާ މުޙައްމަދު ވ. އަމީން ބިލްޑްވެއަރ ޕްރައިވެޓް ލިމިޓެޑެޤަޟިއްޔާގައިވަނީ، ދެ ފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާމާއްދއަކާގުޅިގެން ދެ ފަރާތުގެ ދެމެދުގައި ޚިލާފު އުފެދޭ ޙާލަތްތަކުގައި، އެ އެއްބަސްވުމެއްގެ މާއްދާ މާނަކުރުމުގެ ބޭނުމަށް އެ މާއްދާއެއް އެއްބަސްވުމުގައ ހިމެނުމުގައ އެއްބަސްވުމުގި ބައިވެރިންގެ މަޤްޞަދު ދެނެގަތުމަށް އެއްބަސްވުމުގައި ހިމެނިގެންވާ ޖުމްލަ މާއްދާތަކުގެ މައްޗަށާއި، އެއްބަސްވުން އެކުލަވާލެވުނު ގޮތުގެ މައްޗަށާއި، މުޢާމަލާތް ހިނގާފައިވާ ގޮތުގެ މައްޗަށާއި، މުޅި އެއްބަސްވުމުގެ ވަށައިގެންވާ ކަންކަމަށް ބަލަންޖެހޭނެކަމުގައެވެ.

87އްހަރެންވެސް އެއްބަހެވެ.ބަޔާނވެދިޔު ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ ފަދައިން، އެއްބަސްވުމުގެ މާއްދާތައް ކިޔަންވާނީ އެކައެކީގައެވެ. މިގޮތުން މި ޚުޞީމާތްކާއެއްބަސްވުމުގައިވާ އެޑްވާންސް ފައިސިދިނުމއާގުޅޭގޮތުން އުފެދިފައިވާ ޚުޞޫމާތެއްކަމުން، އެއްބަސްވުމުގައި އެޑްވާންސް ފައިސާއާ ގުޅާ އެންމެހާ މާއްދާތައްވެސް ކިޔަންޖެހޭނީ އެއް ރޮއްޖަކުން، އެކުއެކީގައި ގުޅުވާލައިގެންނެވެ.

88އެޑްވާންސް ފައިސާއާ ގުޅޭ ބައިތައް ހިމެނެނީ އެއްބަސްވުމުގެ 2 ވަނަ މާއްދާއާއި، 4 ވަނަ މާއްދާގައެވެ.

89އެއްބަސްވުމުގެ 2 ވަނަ މައްދާގައިވަނީ އަންނަނިވި ފަދައިންނެވެ. "The resort will pay in advance USD 25000 (USD Twenty-Five Thousand only) upon signing the contract and this is to ensure firm agreement for both parties. The resort will pay the balance soon after the performance."

90އެއްބަސްވުމުގެ 4 ވަނަ މާއްދާގައިވަނީ އަންނަނިވި ފަދައިންނެވެ. "In case of termination or breach of the contract by the Resort (St. Regis Maldives Vommuli Resort) whatever the cause, the advance USD 25000 will not be refundable."

91ސިވިލް ކޯޓުން މައްސަލް ނިންމުމުގައި އެއްބަސްވުންނިމުމަކަށޭގެނައުމާ ހަމައަށް އެއްބަސްވުމުގ ދަށުން ފާޠިމަތު ފެޒްލީންއަށް ދައްކާފައި އޮންނަންޖެހޭ އަދި އަނބުރާ އަތުނުލެވޭ USD 25000 )ފަންސަވީސްހާސް އެމެރިކާ ޑޮލަރު( އަކީ ސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ރެސިޑެންސީ ރިސޯޓްސްގެ ފަރާތުން ފާޠިމަތު ފެޒްލީންއަށް ދޭންޖެހޭ ފައިސާއެއްކަން ދެ ފަރާތިދެމެދު ވެފައި އޮތް އެއްބަސްވުން ދަންނާތީ، ސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި USD 25000 )ފަންސަވީސްހާސް އެމެރިކާ ޑޮލަރު( ފާޠިމަތު ފެޒްލީންއަށް ނަގައިދޭންޖެހޭކަމުގައި ކަނޑައަޅފައިވެއެވެ.

92މިފަދައިން ނިންމުމުގައި، އެއްބަސްވުމުގެ 2 ވަނަ މާއްދާއާއި، 4 ވަނަ މާއްދާއަށްވެސް ޙަވާލާދީފައިވެއެވެ.

93މުނިންމުމުގައި ފާހަގަކޮށްފައިވަނީ، އެއްބަސްވުން ނިމުމަކަށް ގެނައީ އެއްބަސްވުމުގެ ދަށުން ފާޠިމަތު ފެޒްލީންގެ ފަރާތުން ޕާރފޯމްކުރަންޖެހ 03 )ތިނެއް( އިވެންޓގުތެރެއިނ ފުރަތަމް އިވެންޓުގެ ކުރިންކަމަށްވެފައި، އެއިރު އެއްބަސްވުމުގ 4 ވެނ މާއްދާގަ ދަށުން އެއްބަސްވުން ނިމުމަކަށް ގެންނައިރު، ފާޠިމަތު ފެޒްލީންއަށ ލިބުން އެއްބަސްވުމުން ކަށަވަރުކޮށްދެނީ އެއްބަސްވުމުގ 2 ވަނަ މާއްދާގެ ދަށުން ދައްކާފައި އޮތުން ލާޒިމުކރ އަދި ރިފަންޑް ނުކުރެވޭ 25000 USD )ފަންސަވީސްހާސް އެމެރިކާ ޑޮލަރު( ކަމުގައެވެ.

94HN8މި ނިންމުމާއި އަހަރެން އެއްބަހެވެ. އެއީ، ރެސިޑެންސީ ރިސޯޓްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރުމާއިއެކު އެޑްވާންސް ޕޭމަންޓް ދޭންޖެހޭނެތީއާއި، ދެ ފަރާތުނ އެއްބަސްވުމުގައ ސިވިލް ކޯޓުގެ ނަންބަރު 2023-CVC-1508 ޤަޟިއްޔާގެ "ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓު" ގެ 22 ވަނަ ނުކުތާ 07 ސެޕްޓންބަރެ 2022 ގައި ސޮއިކުރުމުން، އެއްބަސްވުން ކަށަވަރުވެފައިވާކަމަށް ބަލަންޖެހޭނތީއެވެ.އަދ އެއްބަސްވުމުގި މި ކަށަވަރުކަމުގެ ތެރެއިން، އެހާތަނަށް ދޭންޖެހޭ ފައިސާ ޕްރޮސެސްވާކަމުގެ ޔަޤީންކަންވެސ 06 ނޮވުނެ ބަރް 2022 ގައި ރެސިޑެންސީ ރިސޯޓްސްގެ ފަރާތުން ފޮނުވާފައިވާ އމެއިލްއިންވެސް ލިބިދޭތީއެވެ.

95އެއްބަސްވުމުގެ 4 ވަނަ މާއްދާއިން ދަލާލާތުކޮށްދޭ ކަމެއްވެއެވެ. ރެސިޑެންސީ ރިސޯޓްސްގެ ފަރާތުން އެއްވެސް ސަބަބަކާހުރެ ވިޔަސް، އެއްބަސްވުން ބާޠިލުކުރާ ޙާލަތުގައި، އެޑްވާންސްގެ ގޮތުގައި ދައްކާ ފައިސާއަކީ އަނބުރާ ދޭންޖެހޭ ފައިސާއެއްނޫންކަމެވެ. މި ފައިސާއަކީ އެއްބަސްވުމުގައި ސޮއިކުރުމާއެކު ދޭންޖެހޭ ފައިސާއެއް ކަމުގައިވާހިނދު، އެހާތަނަށް )އެއްބަސްވުން ބާޠިލުކުރުމާއި ހަމައަށް(އެ ފައިސާއަކީ ފާޠިމަތު ފެޒްލީންއަށް ލިބިދީފައިވާންވާނެ ފައިސާއެވެ. މިއީ އެއްބަސްވުން އެކުއެކީގައި ކިޔުމުން، އެއްބަސްވުމުގެ މަޤްޞަދާއި، އެއްބަސްވުމުގެ ނިޔަތްކަން ސާފެވެ.

96މެކަނ އިތުރަށް ކަށަވަރުވެގެންދަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގް ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑިޤަޟިއްޔާއިންނެވެ. މި ޤަޟިއްޔާގައިވަނީ،އަސާސީ އިލްތިޒާމެއްގެ ގޮތުގައި ކޮންޓްރެކްޓުގެ ދަށުން ޚިލާފުވި ފަރާތުން ދައްކަން އެއްބަސްވެފައިވާ ފައިސާއެއް، ޚިލާފަކާ ގުޅިގެނ މައުސޫމ ފަރާތުނު ކޮންޓްރެކްޓް ނިމުމަކަށް ގެންނަ އިރު، އެ ފައިސާއަކީ ޚިލާފުވި ފަރާތުން އެހާތަނަށް ދައްކަނޖެހް ނުދައްކައި ހުރި ފާއިސާއެއްނަމަ، އެ ފައިސާއަކީ ޚިލާފުވި ފަރާތުން ދައްކަންޖެހޭނެ ފައިސ ކަމުގައެވެ. އަދިއެ ފައިސާ ދައްކަން ޖެހެނީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައެއްނޫންކަމށއި، އެ ފަރާތުން ކޮންޓްރެކްޓުގެ ދަށުން އަދާކުރަން އެއްބަސްވެފައިވާ އިލްތިޒާމެއް އަދާކޮށްފައި ނތުމުންކަމގައެވެ.

97ބަޔާންވެދިޔަ ޤަޟިއްޔާގައި މިކަމުގެ މިސާލެއް ދީފައިވެއެވެ. އެއީކޮންޓްރެކްޓުގެ ދަށުން ޚިލާފުވި ފަރާތުން ދައްކަން ޖެހިފައި އޮތް ޑިޕޮސިޓް ފައިސާއެއް ނުދައްކައި އޮއްވާ، އެހެން ޚިލާފަކާ ގުޅިގެނ މައުސޫމު ފަރާތުން ކޮންޓްރެކްޓު ނިމުމަކަށް ގެންނައިރު އެ ޑިޕޮސިޓް ފައިސާއަކީވެސް ކޮންޓްރެކްޓް ނިމުމަކަށް ގެނައި އިރު ދައްކަންޖެހި ނުދައްކައި އޮތް ފައިސާއަކަށްވާތީ އެ ޑިޕޮސިޓް ފައިސާ މައުސޫމު ފަރާތަށް ދޭންޖެހޭނއެވެ.އެހެންނަމަވެސް މި ފައިސާ ނުދެއްކުމުގެ ގަސްތުގައި ކޮންޓްރެކްޓުގެ ދަށުން ކުރަންޖެހޭކަމެއް ނުކޮށް ކޮންޓްރެކްޓް ޚިލާފުވެއްޖެނަމަ މިފަދަ ފައިސާއަކީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ބައެއްޙެލަތތަކުގައި ނަގައިދެވިދާނެ ފައިސާއއްކަމުގައެވެ.

98މ މިސާލަކީ މި މައްސަލައިގައި ކުރިމަތިވެފައިވާ ޙާލަތެވެ. ރެސިޑެންސީ ރިސޯޓްސްއާއި ފާޠިމަތި ފެޒްލީންއ ދެމެދާ ވެފައިވާ އެއްބަސްވުން، ރެސިޑެންސީ ރިސޯޓްސްގެ ފަރާތުން ނިމުމަކަށް ގެނައި އިރު، އެހާތަނަށް އެއްބަސްވުމުގ 2 ވަނަ މާއްދާގެ ދަށުން ފާޠިމަތު ފެޒްލީންއަށް ދޭންޖެހޭ އެޑްވާންސް ފައިސާއެއްވެއެވެ.އަދި ރެސިޑެންސީ ރިސޯޓްސްގެ ފަރާތުން އެއްބަސްވުން ބާޠިލުކުރާ ޙާލަތުގައި، މިއީ އަނބުރާ ދޭންޖެހޭ ފައިސާއެއްނޫންކަމުގައ އެއްބަސްވުމުގި 4 ވަނަ މާއްދާގައިވެއެވެ.

99އެހެންކަމުން، ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި އެއްބަސްވުން މާނަކުރުމުގެ އުޞޫ ލާއި ޚިލާފުވެފައިވާކަމުގައި ނުދެކެމެވެ.

މައްސަލަ ނިންމަން ފެންނަގޮތް

100އުސްވ ބަޔާންކޮށްފައިވެ ކަންކަމަށް ބިނާކޮށް، ސިވިލް ކޯޓުގެ ނަންބަރ 1508-CVC-2023 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ރެސިޑެންސީ ރިސޯޓްސްގ ފަރާތުން ހުށަހަޅާފައިވް ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާއިން ނިންމާފައިވާ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅަން ފެނެއެވެ.

ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު

101ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔާ

102ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

103މ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނާދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ.މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ކޯޓުނަ މައްސަލައިގް ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފްއ އޮނނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ހ( މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ށ( މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ނ(

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ