ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުސް ސަލާމް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2021/HC-A/042، Q8C-CA/1/2021
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ފުލުހުން ޢަބްދުސް ސަލާމް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އެދުމުން، ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ Q8C-CA/1/2021 އަމުރުގައި، ޚާއްޞަ ޤާނޫނެއް އޮއްވާ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ބަންދުކުރެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި އޭނާ ބަންދުން ދޫކޮށްލިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފުކުރުމުން، ހައިކޯޓުގެ 2021/HC-A/042 ޤަޟިއްޔާގައި އެ އަމުރަށް ތާއީދުކުރިއެވެ. އެއަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިއެވެ.
- ވާޤިޢާ
- ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ޢަބްދުސް ސަލާމްގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ތުހުމަތު ކުރެވިފައިވެއެވެ. ފުލުހުން އޭނާ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އެދުނީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ ދަށުންނެވެ. ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ ދަށުން އެދިފައެއް ނުވެއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގައިވާ ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް، އެ ޤާނޫނުގެ 30 ވަނަ މާއްދާ ދޫކޮށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ދަށުން އެދިދާނެތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، ޤާނޫނު ނަންބަރު 12/2009 ގެ 30 ވަނަ މާއްދާގެ (ހ) އަކީ ފުލުހުންނަށް ދީފައިވާ އިޚްތިޔާރެއް ކަމަށާއި، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 212 ވަނަ މާއްދާގެ (ނ) ތަޠުބީޤުކޮށްގެން އެ އިޚްތިޔާރު ނަފީކުރުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށެވެ. އަދި އެ ޤާނޫނުގެ 60 ވަނަ މާއްދާގެ އިޖުރާއަތަކީ މުއްތަހަމަށް ލުއި އިޖުރާއަތެއް ކަމަށާއި، ހައިކޯޓުގެ ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށް ބުންޏެވެ.
- ކޯޓުގެ ސަބަބުތައް
- ސުޕްރީމް ކޯޓުން ކަނޑައެޅީ، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 212 ވަނަ މާއްދާގެ (ނ) ގެ ދަށުން ޚާއްޞަ ޤާނޫނެއްގައި ވަކި އިޖުރާއަތެއް ކަނޑައަޅާފައިވާނަމަ ޢަމަލުކުރަންވާނީ އެ އިޖުރާއަތަށް ކަމަށެވެ. ޤާނޫނު ނަންބަރު 12/2009 ގެ 30 ވަނަ މާއްދާގެ (ހ) ން ފުލުހުންނަށް ލިބޭ އިޚްތިޔާރަކީ ބަންދަށް އެދި ކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު ކަމުން، އެ އިޚްތިޔާރު ބޭނުން ނުކުރުމުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާ އޮޓޮމެޓިކުން ހިނގަން ނުފަށައެވެ. ޢިނާޔަތްތަކުގެ ތަފާތަށް ފަރުވާ ދެވޭނީ ޤާނޫނު ހަދާ ފަރާތުންނެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން އެދޭ ބަންދުގައި ކޯޓަށް ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ހާލަތްތަކަށްވެސް ރިޢާޔަތްކުރެވޭތީ، ހައިކޯޓުގެ ޙުކުމަށް އިއްތިފާޤުން ތާއީދުކުރިއެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 212 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ، ޖިނާއީ ކުށް ކަނޑައެޅުމުގެ ޚާއްޞަ ގާނޫނެއްގައި ވަކި ކަމެއް ކުރުމުގެ ޚާއްޞަ އުސޫލުތައް ކަނޑައަޅައިދީފައި ވާނަމަ، އަމަލުކުރަން ޖެހޭނީ އެ ޚާއްސަ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން، ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގައި ބަޔާންކުރެވިފައިވާ ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ތަހުގީގުގެ މަރުހަލާގައާއި ޝަރީއަތުގެ މަރުހަލާގައި ބަންދުކުރުމުގައި އަމަލުކުރާނެ ވަކި އުސޫލުތަކެއް ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީވެ، ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގައި ބަޔާންކުރެވިފައިވާ ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ތަހުގީގުގެ މަރުހަލާގައާއި ޝަރީއަތުގެ މަރުހަލާގައި ބަންދުކުރުމުގައި އަމަލުކުރަންވާނީ ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތަށެވެ.
HN2 ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކު ބަންދުކުރުމުގައި އަމަލުކުރާނީ ޚާއްސަ އުސޫލަކަށްތޯ ނުވަތަ އާންމު އުސޫލަކަށްތޯ ނިންމުމުގެ އިޚްތިޔާރަކީ ގާނޫނުން ފުލުހުންނަށް ދީފައިވާ އިޚްތިޔާރެއްތޯ ބަލާއިރު، އެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ)ގައިވާ އިބާރާތުން ދޭހަވަނީ އެ މާއްދާގެ ދަށުން ފުލުހުންނަށް އިޚްތިޔާރު ލިބެނީ އެ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ކުރާ މީހަކު ބަނދުގައި ބަހައްޓައި ދިނުމަށް އެދި ކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު އެމާއްދާގެ ދަށުން ފުލުހުންނަށް ލިބިގެންވާ ކަމެވެ. މީގެ އިތުރުން އެމާއްދާގައި ބަޔާންކޮށްފައިވަނީ، އެމާއްދާގެ ދަށުން މީހަކު ބަންދުގައި ބަހައްޓައިދިނުން އެދޭނަމަ ފުރިހަމަ ކުރަންޖެހޭ ޝަކުލިއްޔާތެވެ. ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިޚްތިޔާރު ފުލުހުން ބޭނުން ނުކުރުމުގެ ނަތީޖާއަކަށްވާނީ ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއްގެ ތުހުމަތު ކުރެވޭ މީހަކު ތަހުގީގުގެ މަރުހަލާ އާއި ޝަރިއަތުގެ މަރުހަލާ ނިމެންދެން ކޯޓުން ބަންދު ނުކުރުމެވެ. ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިޚްތިޔާރު ފުލުހުން ބޭނުން ނުކުރުމުގެ މާނައަކީ، އެ އިޚްތިޔާރު ބޭނުން ފުލުހުން ބޭނުން ނުކުރުމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގައިވާ އިޖުރާއަތުތައް އޮޓަމެޓިކުން އެ ހާލަތާއި ކުށުގެ ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ހިނގަން ފެށުމެއް ނޫނެވެ.
HN3 ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ އެއްވެސް ކަމަކާ ގުޅިގެން ޖިނާއީ އިޖުރާތުގެ ގާނޫނަށް ރުޖޫއަވާން ނުޖެހޭނެއެވެ. ޚާއްސަ އުސޫލުތަކެއް ގާނޫނެއްގައި ކަނޑައަޅާފައިވަނީ އެކަމުގެ ޚާއްޞަ މަގުސަދުތަކެއް އޮވެގެން ކަމާއި، ޚާއްސަ ގާނޫނެއްގައި ކަނޑައަޅާފައިވާ ކަންކަން އެ ގާނޫނުގައިވާ ގޮތުގެމަތިން ތަންފީޒުކުރުން ލާޒިމުވާނޭ ކަމާއި، ޚާއްސަ ގާނޫނެއްގައި ކަނޑައަޅާފައިވާ ކަންކަމާއި، އާންމު އިޖުރާއަތުގެ ގާނޫނު ތަކުގައިވާ ކަންކަމާއި މަސްހުނި ނުކުރުމަކީ ޚާއްސަ ގާނޫނެއް އޮތުމުގެ އެންމެ މުހިއްމު މަގުސަދެވެ.
HN4 ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިޖުރާއަތުގެ ދަށުން އެ މާއްދާގައި ބަޔާންކޮށްފައިވާ ޝަކުލިއްޔާތު ފުރިހަމަކުރެވިގެން، ތަހުގީގުގެ މަރުހަލާގައާއި ޝަރިއަތުގެ މަރުހަލާގައި މުއްތަހަމު ބަންދުގައި ބަހައްޓައިދިނުމަށް ކޯޓުގައި އެދިއްޖެ ނަމަ، ތަހުގީގުގެ މަރުހަލާގަ އާއި ޝަރިއަތުގެ މަރުހަލާގައި މުއްތަހަމު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރުމުގައި، ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ 31 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ އިތުރުން، ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިތުރު ހާލަތްތަކަށް ރިއާޔަތްކުރުމަށް ހުރަހެއް އޮތްކަމަށް ގަބޫލެއް ނުކުރެވެއެވެ. އެހެނީ، ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ 31 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ މަގްސަދަކީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދާއިރާ ހަނިކުރުން ކަމަށް ނުވާތީވެ، ގާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ބޭނުން ކުރުމަކީ ކޯޓުގެ އިޚްތިޔާރުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސްނުއްސުޢޫދު (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، މަޙާޒު ޢަލީ ޒާހިރު
- ރިޔާސަތު
- ޙުސްނުއްސުޢޫދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސްނުއްސުޢޫދު · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، މަޙާޒު ޢަލީ ޒާހިރު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 1 މާރިޗު 2021 · ރަޖިސްޓްރީކުރީ 15 މާރިޗު 2021 · ނިމުނީ 21 އޭޕްރީލް 2021 (37 ދުވަސް)
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2021/SC-A/13
ޝަރީޢަތް ނިމުނުގޮތް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުސް ސަލާމް
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޙުސްނުއް ސުޢޫދުފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުނިމުނު ތާރީޚު
21 އޭޕްރިލް 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2021/HC-A/042
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
އަބްދުސް ސަލާމް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ގާނޫނީ ވަކީލު: ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމްޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛު އަޙްމަދު ފަރާސް ޝާކިރުޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ ފާޠިމަތު ނަބާހާ
ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ ފާޠިމަތު ޝިފާޒާ
ތަރުޖަމާނު މުޙައްމަދު ޚަލީލް، ފުލޫނިޔާގެ، ފ. ނިލަންދޫ ޖިނާއީ – ކޯޓު އަމުރު - ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 212 ވަނަ މާއްދާ - ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުސް ސަލާމް
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)
ތަޢާރުފު
1ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު Q8C-CA/1/2021 ކޯޓު އަމުރު އެކޯޓުން ނެރެފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެ އަމުރު އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. އެ ގަޒިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/042 ގަޒިއްޔާގައެވެ.
2މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/042 ގަޒިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް (މީގެ ފަހުން "ދައުލަތް" މިހެން އިޝާރާތް ކޮށްފައިވާ) ގެ ފަރާތުން މި ކޯޓަށް ހުށަހެޅުމުން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ގަޒިއްޔާގައި އިސްތިއުނާފު ރައްދުވަނީ ޢަބްދުސް ސަލާމް، ބަންގްލަދޭޝް، (މީގެ ފަހުން "ޢަބްދުސް ސަލާމް" މިހެން އިޝާރާތް ކޮށްފައިވާ) ގެ މައްޗަށެވެ.
މައްސަލައިގެ ފަސްފަހަތް
3ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު Q8C-CA/1/2021 އަމުރަކީ ޢަބްދުސް ސަލާމްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައި ދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން، "މި މައްސަލައަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚައްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން މީނާއާ މެދު ތުހުމަތުކުރެވި ތަހުގީގު ކުރިއަށް ގެންދެވޭ މައްސަލައެއް ކަމަށްވާއިރު، މި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އެދިފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަމަށްވާތީވެ، ޚާއްސަ އުސޫލުން އަމަލުކުރުމުގެ ގާނޫނެއް އޮއްވާ ޚާއްސަ އުސޫލު ދޫކޮށް އާންމު އިޖުރާއަތަށް ދިއުމަކީ ކުރެވެން އޮންނާނެ ކަމެއް ނޫންކަން މިހާތަނަށް ކޯޓުތަކުން ނިންމާފައިވާ ގަޒިއްޔާތަކުން އެނގެން އޮންނާތީވެ، މި މައްސަލައިގައި އަބްދުސް ސަލާމް ޝަރީއަތް ނިމެންދެން ބަންދުކުރެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި" އޭނާ ބަންދުން ދޫކޮށްލުމަށް ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވެއެވެ.
4ގދ. ފަރެސް މާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު Q8C-CA/1/2021 އަމުރުގެ މައްސަލަ އެކޯޓުން ނިންމާފައިވާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުގެ ނަންބަރު2021/HC-A/042 ގަޒިއްޔާގައި ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ޢަބްދުސް ސަލާމްގެ މައްޗަށް ތުހުމަތުކުރެވި ތަހުގީގު ކުރިއަށް ގެންދެވެނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚައްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށަކާ ގުޅިގެން ކަމަށްވާއިރު، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އެދިފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަމަށްވާތީ، ޚާއްސަ އުސޫލުން އަމަލުކުރުމުގެ ގާނޫނެއް އޮއްވާ ޚާއްސަ ގާނޫނު ދޫކޮށް އާންމު އިޖުރާއަތަކަށް ދިއުމަކީ ކުރެވޭނެކަމެއް ކަމަށް ނުވާތީވެ، ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު Q8C-CA/1/2021 އަމުރުގެ މައްސަލަ އެކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަމަށެވެ.
އިސްތިއުނާފުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުން
5ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2021/HC-A/042 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކެވެ.
(ހ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/042 ގަޒިއްޔާގައި، ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގައި ބަންދުކުރުމަށް ކަނޑައަޅާފައިވާ އިޖުރާއަތުގެ އިޚްތިޔާރީ ބާރު ނަފީވެގެންދާ ގޮތަށް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 212 ވަނަ މާއްދާގެ (ނ) ތަތުބީގުކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2021/HC-A/042 ގަޒިއްޔާ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
އިސްތިއުނާފުކުރަން ހުށަހެޅި ފުރަތަމަ ނުކުތާ
6ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 212 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ، ޖިނާއީ ކުށް ކަނޑައެޅުމުގެ ޚާއްސަ ގާނޫނެއްގައި ވަކި ކަމެއް ކުރުމުގެ ޚާއްސަ އުސޫލުތައް ކަނޑައަޅާފައި ވާނަމަ، އަމަލުކުރަން ޖެހޭނީ އެ ޚާއްސަ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތާ އެއްގޮތަށް ކަމަށެވެ.
7ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އެ ގާނޫނުގެ ދަށުން ކުށުގެ ތުހުމަތުކުރެވޭ މީހަކާ މެދު، އެ ގާނޫނުން ލިބިދޭ ޚާއްސަ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް، ފުލުހުންނަށް ފެނިއްޖެ ހިނދެއްގައި، އެ ގާނޫނުގެ ދަށުން ކުށެއް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާ ތަހުގީގުގެ މަރުހަލާ އާއި ޝަރީއަތުގެ މަރުޙަލާ ނިމެންދެން، ބަންދުގައި ދެމެހެއްޓުމުގެ އަމުރެއް ހޯދުމަށް، ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓަށް ހުށަހަޅައިދިނުން އެދި، ކޮމިޝަނަރ އޮފް ޕޮލިސްއަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ ގާތުގައި އެދެވިދާނެއެވެ.
8ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި ފުރަތަމަ އިސްތިއުނާފީ ނުކުތާގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2021/HC-A/042 ގަޒިއްޔާގައި ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގައި ބަންދުކުރުމަށް ކަނޑައަޅާފައިވާ އިޖުރާއަތުގެ އިޚްތިޔާރީ ބާރު ނަފީވެގެންދާ ގޮތަށް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 212 ވަނަ މާއްދާގެ (ނ) ތަތުބީގުކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ.
9ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މި މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅި ފޯމުގެ 6 ވަނަ ނަންބަރުގެ ދަށުގައިވާ 1.3 ވަނަ ޕެރެގްރާފުގެ ދެވަނަ ބަސް ކޯޅީގައި ބުނެފައިވަނީ މީހަކު ބަންދުކުރުމުގައި އާންމު ހާލަތަށްވުރެ ލުއި އިޖުރާއަތެއް ކަނޑައަޅާފައިވާ ހާލަތުގައި އެ އިޖުރާއަތަށް އަމަލުކުރުމުގެ އިޚްތިޔާރު ގާނޫނު ހަދާފަރާތުން ވަކިފަރާތަކަށް ދިނުމަކީ ގާނޫނު ހެދުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، މިގޮތުން ކޮމިޝަނަރ އޮފް ޕޮލިސް އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ތަގްދީރީ ބާރުގެ ތެރޭގައި ވަކި ޚާއްސަ އިޖުރާއަތެއް އިޚްތިޔާރުކުރެވިދާނެ ކަމަށް އޮތުމުން މި އިޖުރާއަތުގެ ބޭނުން ހިފަން ޖެހޭނީ ގާނޫނުގެ މަގްސަދު ކުރިއެރުވުމަށްޓަކައި ބޭނުންތެރި ހާލަތުގައި ކަމަށެވެ. މީގެ އިތުރުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މި މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅި ފޯމުގެ 6 ވަނަ ނަންބަރުގެ ދަށުގައިވާ 1.4 ވަނަ ޕެރެގްރާފުގެ ދެވަނަ ބަސް ކޯޅީގައި ބުނެފައިވަނީ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާ ބަންދުކުރުމުގައި އަމަލުކުރާނީ ޚާއްސަ އުސޫލަކަށްތޯ ނުވަތަ އާންމު އުސޫލަކަށްތޯ ނިންމުމުގެ އިޚްތިޔާރަކީ ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުލުހުންނަށް ދީފައިވާ އިޚްތިޔާރެއް ކަމަށް ވާއިރު، މި މައްސަލައިގައި ދަށު ކޯޓާއި ހައިކޯޓުގެ ނިންމުންތަކުގެ ނަތީޖާއަކީ އެ އިޚްތިޔާރު ނެތިގެން ދިއުން ކަމަށް ކަނޑައެޅުމަކީ ފުލުހުންނަށް ގާނޫނުން ލިއްބައިދިން އިޚްތިޔާރު ނެތިދިއުން ކަމަށެވެ.
10ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިތުރަށް ބުނެފައިވަނީ ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ ދަށުން މީހަކު ބަންދުކުރުމަށް ވުރެ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުން މީހަކު ބަންދުކުރުމަށް ކަނޑައަޅާފައިވާ އިޖުރާއަތަކީ މުއްތަހަމަށް ލުއި އިޖުރާއަތެއް ކަމަށެވެ. އެގޮތުން ވަކި މިންވަރަކަށް ހެކި ހުރިތޯ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުން މީހަކު ބަންދުކުރުމުގައި ކޯޓުން ބަލަންޖެހެއެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ބަންދު މުރާޖައާ ކުރުމުގެ ފުރުސަތު ލިބުމާއި ޖިނާއީ އިޖުރާއަތުގެ 94 ވަނަ މާއްދާގައި ބަޔާންކުރާ ގޮތަށް ދައުވާ އުފުލުމުގެ މުއްދަތާއި ތަހުގީގުގެ މުއްދަތު އިތުރުކުރުން ފަދަ ތުހުމަތު ކުރެވޭ މީހާއަށް ފައިދާހުރި އިޖުރާއަތުތައް ހިނގާނެއެވެ.
11HN2ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކު ބަންދުކުރުމުގައި އަމަލުކުރާނީ ޚާއްސަ އުސޫލަކަށްތޯ ނުވަތަ އާންމު އުސޫލަކަށްތޯ ނިންމުމުގެ އިޚްތިޔާރަކީ ގާނޫނުން ފުލުހުންނަށް ދީފައިވާ އިޚްތިޔާރެއްތޯ ބަލާއިރު، އެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ)ގައިވާ އިބާރާތުން ދޭހަވަނީ އެ މާއްދާގެ ދަށުން ފުލުހުންނަށް އިޚްތިޔާރު ލިބެނީ އެ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ކުރާ މީހަކު ބަނދުގައި ބަހައްޓައި ދިނުމަށް އެދި ކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު އެމާއްދާގެ ދަށުން ފުލުހުންނަށް ލިބިގެންވާ ކަމެވެ. މީގެ އިތުރުން އެމާއްދާގައި ބަޔާންކޮށްފައިވަނީ، އެމާއްދާގެ ދަށުން މީހަކު ބަންދުގައި ބަހައްޓައިދިނުން އެދޭނަމަ ފުރިހަމަ ކުރަންޖެހޭ ޝަކުލިއްޔާތެވެ. ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިޚްތިޔާރު ފުލުހުން ބޭނުން ނުކުރުމުގެ ނަތީޖާއަކަށްވާނީ ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއްގެ ތުހުމަތު ކުރެވޭ މީހަކު ތަހުގީގުގެ މަރުހަލާ އާއި ޝަރިއަތުގެ މަރުހަލާ ނިމެންދެން ކޯޓުން ބަންދު ނުކުރުމެވެ. ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިޚްތިޔާރު ފުލުހުން ބޭނުން ނުކުރުމުގެ މާނައަކީ، އެ އިޚްތިޔާރު ބޭނުން ފުލުހުން ބޭނުން ނުކުރުމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގައިވާ އިޖުރާއަތުތައް އޮޓަމެޓިކުން އެ ހާލަތާއި ކުށުގެ ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ހިނގަން ފެށުމެއް ނޫނެވެ.
12HN1އެއްބަހެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުން މީހުން ބަންދުކުރުމަށް ކަނޑައަޅާފައިވާ އިޖުރާއަތަކީ މުއްތަހަމަށް ލުއި އިޖުރާއަތެކެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކުރެވޭ މީހުންނަށް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ބަންދު މުރާޖައާ ކުރުމުގެ ފުރުސަތު ލިބުމާއި ޖިނާއީ އިޖުރާއަތުގެ 94 ވަނަ މާއްދާގައި ބަޔާންކުރާ ގޮތަށް ދައުވާ އުފުލުމުގެ މުއްދަތާއި ތަހުގީގުގެ މުއްދަތު އިތުރުކުރުން ފަދަ ތުހުމަތު ކުރެވޭ މީހާއަށް ފައިދާހުރި ކަންތައް ތަކެއް ހިމެނެއެވެ. ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 212 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ، ޖިނާއީ ކުށް ކަނޑައެޅުމުގެ ޚާއްޞަ ގާނޫނެއްގައި ވަކި ކަމެއް ކުރުމުގެ ޚާއްޞަ އުސޫލުތައް ކަނޑައަޅައިދީފައި ވާނަމަ، އަމަލުކުރަން ޖެހޭނީ އެ ޚާއްސަ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން، ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގައި ބަޔާންކުރެވިފައިވާ ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ތަހުގީގުގެ މަރުހަލާގައާއި ޝަރީއަތުގެ މަރުހަލާގައި ބަންދުކުރުމުގައި އަމަލުކުރާނެ ވަކި އުސޫލުތަކެއް ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީވެ، ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގައި ބަޔާންކުރެވިފައިވާ ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ތަހުގީގުގެ މަރުހަލާގައާއި ޝަރީއަތުގެ މަރުހަލާގައި ބަންދުކުރުމުގައި އަމަލުކުރަންވާނީ ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތަށެވެ.
13HN3އެހެންކަމުން ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ އެއްވެސް ކަމަކާ ގުޅިގެން ޖިނާއީ އިޖުރާތުގެ ގާނޫނަށް ރުޖޫއަވާން ނުޖެހޭނެއެވެ. ޚާއްސަ އުސޫލުތަކެއް ގާނޫނެއްގައި ކަނޑައަޅާފައިވަނީ އެކަމުގެ ޚާއްޞަ މަގުސަދުތަކެއް އޮވެގެން ކަމާއި، ޚާއްސަ ގާނޫނެއްގައި ކަނޑައަޅާފައިވާ ކަންކަން އެ ގާނޫނުގައިވާ ގޮތުގެމަތިން ތަންފީޒުކުރުން ލާޒިމުވާނޭ ކަމާއި، ޚާއްސަ ގާނޫނެއްގައި ކަނޑައަޅާފައިވާ ކަންކަމާއި، އާންމު އިޖުރާއަތުގެ ގާނޫނު ތަކުގައިވާ ކަންކަމާއި މަސްހުނި ނުކުރުމަކީ ޚާއްސަ ގާނޫނެއް އޮތުމުގެ އެންމެ މުހިއްމު މަގުސަދެވެ.
14ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ތަހުގީގުގެ މަރުހަލާގައާއި ޝަރިއަތުގެ މަރުހަލާގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކަށް ލިބޭ އިނާޔަތްތަކަށް ވުރެ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ތަހުގީގުގެ މަރުހަލާގައާއި ޝަރީއަތުގެ މަރުހަލާގައި ބަންދުގައި ތިބޭ ފަރާތަތްކަށް ލިބޭ އިނާޔަތްތައް ލުއިކަމަށްވާނަމަ، އަދި ފުރިހަމަކުރަންޖެހޭ ޝަކުލިއްޔާތުތައް ފަސޭހަކަމުގައިވާނަމަ، އެ ކަމުގެ ފަރުވާ ދެވޭނީ ގާނޫނު ހަދާ ފަރާތުގެ އަމަލަކުން ކަމަށް ދެކެމެވެ.
އިސްތިއުނާފުކުރަން ހުށަހެޅި ދެވަނަ ނުކުތާ
15HN4ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2021/HC-A/042 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި ދެވަނަ ނުކުތާގައި ބުނެފައިވަނީ، އެ ގަޒިއްޔާ ހައިކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. މި ނުކުތާގެ ތަފްސީލު ދެމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކުރަނީ މުޖުތަމައުގައި ހިމެނޭ ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި ނުވަތަ ހެކި ފޮރުވަފާނެ ކަމަށް ނުވަތަ ހެކިންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމުގެ ހާލަތު ކަމަށްވާއިރު، ގާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުން ކުށުގެ ތުހުމަތުގައި މީހަކު ބަންދުގައި ބެއްޓުން ހުއްދަކުރާ ހާލަތްތަކުން ކުރެ އެއް ހާލަތުކަމަށްވާ ކުށްވެރިޔާ ފިލާފާނެ ކަމަށް ނުވަތަ ކޯޓަށް ހާޒިރުނުވެދާނެ ކަމަށް ބެލެވޭ ހާލަތުގައި މުއްތަހަމް ބަންދުގައި ބެހެއްޓުމަށް އަމުރުކުރުން ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގައި ނުހިމެނޭ ކަމަށެވެ. އެހެން ކަމުން މި މައްސަލަ ސުޕްރީމް ކޯޓުން ނިންމާގޮތަކުން ގާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުން ކުށުގެ ތުހުމަތުގައި މީހަކު ބަންދުގައި ބެއްޓުން ހުއްދަކުރާ ހާލަތްތަކުން ކުރެ އެއް ހާލަތުކަމަށްވާ ކުށްވެރިޔާ ފިލާފާނެ ކަމަށް ނުވަތަ ކޯޓަށް ހާޒިރުނުވެދާނެ ކަމަށް ބެލެވޭ ހާލަތުގައި ބަންދުގައި ބެހެއްޓުމުގެ މަގު ބަންދުވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފައިވާ މި ނުކުތާއަށް ބަލާއިރު، ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިޖުރާއަތުގެ ދަށުން އެ މާއްދާގައި ބަޔާންކޮށްފައިވާ ޝަކުލިއްޔާތު ފުރިހަމަކުރެވިގެން، ތަހުގީގުގެ މަރުހަލާގައާއި ޝަރިއަތުގެ މަރުހަލާގައި މުއްތަހަމު ބަންދުގައި ބަހައްޓައިދިނުމަށް ކޯޓުގައި އެދިއްޖެ ނަމަ، ތަހުގީގުގެ މަރުހަލާގަ އާއި ޝަރިއަތުގެ މަރުހަލާގައި މުއްތަހަމު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރުމުގައި، ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ 31 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ އިތުރުން، ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިތުރު ހާލަތްތަކަށް ރިއާޔަތްކުރުމަށް ހުރަހެއް އޮތްކަމަށް ގަބޫލެއް ނުކުރެވެއެވެ. އެހެނީ، ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ 31 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ މަގްސަދަކީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދާއިރާ ހަނިކުރުން ކަމަށް ނުވާތީވެ، ގާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ބޭނުން ކުރުމަކީ ކޯޓުގެ އިޚްތިޔާރުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީއެވެ.
16މަތީގައިވާ ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/042 ގަޒިއްޔާގެ ހުކުމަށް ތާއީދުކުރަމެވެ.
17ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
18މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/042 ގަޒިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި، އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބަލައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/042 ގަޒިއްޔާ ނިންމާފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލަކާ ޚިލާފަށްކަމަށް ބެލެވޭނެ ހަމައެއް ނެތުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/042 ގަޒިއްޔާގެ ހުކުމަށް ތާއީދުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ގަޒިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރުޙުސްނުއްސުޢޫދުމަޙާޒު ޢަލީ ޒާހިރު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 212 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 31 ވަނަ މާއްދާގެ (ހ) އަދި (ށ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.