ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2018/HC-A/290

ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ހައިކޯޓު · 5 ޑިސެމްބަރު 2021ދަށު ކޯޓު: ސިވިލް ކޯޓު 2730/Cv-C/2016ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 2730/Cv-C/2016
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ރިޒޯޓު މަރާމާތަށް ބަންދުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން "އިޢުތިރާޟެއް ނެތް" ކަމަށް ދިން ސިޓީއަކީ ލީސް އެގްރީމަންޓުގެ 51-56 ވަނަ މާއްދާ (ޤުދުރަތީ ކާރިސާ/އިމްޕޮސިބިލިޓީ އޮފް ޕަރފޯމަންސް) ގެ ދަށުން ކުލި މެދުކަނޑާލުމުގެ ހުއްދައެއްތޯ، އަދި އެއީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގެ ދަށުން ދެވުނު ލުޔެއް (އިޖުރާއަތު ދޫކޮށްލުމެއް) ކަމަށް ބެލެވޭނެތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ސިޓީއެއް ލިބުނުކަން ދެކޮޅު ފަރާތުން އިންކާރުކުރާއިރު، އެ ސިޓީ ރައްދުކުރިކަން ސާބިތުކުރާނެ ހެއްކެއް ނުހުށަހަޅައިފިނަމަ، އެއީ އެ ފަރާތަށް ލިބިފައިވާ ސިޓީއެއްކަމުގައި ޤާނޫނީގޮތުން ނުބެލެވޭނެއެވެ.

HN2 ކޮންޓްރެކްޓެއްގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމެއް ފުރިހަމަވާނީ ކޮންޓްރެކްޓުގައި ބުނެފައިވާ ގޮތަށް ތުނޑުން ތުނޑަށް އެކަން ކުރުމުންނެވެ. ކޮންޓްރެކްޓުގައިވާ ފޯސް މަޖޫރު/އިމްޕޮސިބިލިޓީ ބާވަތުގެ ލުއި ލިބިގަނެވޭނީ އެކަމަށް ކޮންޓްރެކްޓުގައި ކަނޑައަޅާފައިވާ ޚާއްޞަ އިޖުރާއަތު (ހާދިސާ ބަޔާންކޮށް ނޯޓިސްދިނުމާއި، ކުއްޔަށްދޭ ފަރާތުން އިންސްޕެކްޓްކޮށް ލިޔުމުން އެއްބަސްވުން) ފުރިހަމަކުރުމުންނެވެ.

މަދަނީ › އެއްބަސްވުމާ މެދު ޚިލާފު އުފެދިގެން

HN3 ކޮންޓްރެކްޓުގެ މާއްދާއަކަށް ޙަވާލާނުދީ، ޕަރފޯމަންސަށް ހުރަސްއެޅި ހާދިސާއެއް ބަޔާންނުކޮށް ފޮނުވާ ބަންދުކުރުމުގެ ނޯޓިހަކާ ގުޅިގެން ދޭ "އިޢުތިރާޟެއް ނެތް" ކަމުގެ ސިޓީއަކީ އެ މާއްދާގެ ދަށުން ދެވޭ ހުއްދައެއް ނޫނެވެ. ނޯޓިހުގައި ހުރަސްއެޅި ކަމާއި އެކަމުގެ މަޢުލޫމާތު އަނެއް ފަރާތަށް ނުލިބެނީސް، އެ ފަރާތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތު ފުރިހަމަނުކުރެވޭނެއެވެ.

މަދަނީ › އެއްބަސްވުމާ މެދު ޚިލާފު އުފެދިގެން

HN4 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގެ ދަށުން، ކޮންޓްރެކްޓަށް އިޞްލާޙު ގެނައުމުގެ (amendment) ނުވަތަ އަނެއް ބައިވެރިޔާ އުފުލަންޖެހޭ އިލްތިޒާމަކަށް ދުލެއްދިނުމުގެ (waiver) ޙާލަތު ފިޔަވައި، ބައިވެރިން ޢަމަލުކުރަންވާނީ ކޮންޓްރެކްޓުގެ ޝަރުޠުތަކާ އެއްގޮތަށެވެ.

HN5 ކޮންޓްރެކްޓުގައިވާ ކަމަކަށް ދުލެއްދިނުމާއި (waiver) ބަދަލެއް ގެނައުމަކީ (variation) ތަފާތު ދެކަމެކެވެ. ދުލެއްދިނުމަށް މުޤާބިލެއް ނުވަތަ ބަރޯސާވުމެއް ލާޒިމު ނުވާއިރު، ބަދަލެއް ގެނައުމަށް ދެފަރާތުގެ އެއްބަސްވުމާއި މުޤާބިލެއް އޮންނަންޖެހޭނެއެވެ.

މަދަނީ › އެއްބަސްވުމާ މެދު ޚިލާފު އުފެދިގެން

HN6 ކޮންޓްރެކްޓުގައިވާ ޙައްޤެއް ދޫކޮށްލީކަމަށް ބެލެވޭނީ އެ ފަރާތަށް އެކަން އެނގިހުރެ، އަމިއްލަ ރުހުމުގައި، ދޫކޮށްލުމުގެ ނިޔަތުގައިކަން މައްސަލައިގެ ވާޤިޢާތަކުން ފާޅުވާނަމައެވެ. އެކަން ފަސޭހައިން އިފްތިރާޟު ނުކުރެވޭނެއެވެ. ބައިވެރިއެއްގެ ޢަމަލުން ދޫކޮށްލުން ދޭހަކުރެވޭނީ އޮޅުމެއްނެތި، އެއް މާނައެއް ފިޔަވައި ނުނެގޭ ގޮތަށެވެ. ދޫކޮށްލީތޯ ނުވަތަ ނޫންތޯއަކީ ވާޤިޢީ ސުވާލެކެވެ.

މަދަނީ › އެއްބަސްވުމާ މެދު ޚިލާފު އުފެދިގެން

HN7 ޤުދުރަތީ ކާރިސާއެއްގެ ހާލަތު ވުޖޫދުގައިވާކަން އެނގި ނުހުރެ ދެވޭ ހުއްދައެއް، ނުވަތަ އެއްބަސްވުމުގައިވާ އިޖުރާއަތެއް ފުރިހަމަނުކޮށް ދެވޭ ހުއްދައަކީ، އެ އިޖުރާއަތު ދޫކޮށްލުމެއް، އެއްބަސްވުމަށް ބަދަލެއް ނުވަތަ 20 ވަނަ މާއްދާގެ ދަށުން ދެވުނު ލުޔެއް ކަމަށް ނުބެލެވޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފާޠިމަތު ފަރްހީޒާ، ޢަލީ ސަމީރު، ޙަސަން ޝަފީޢު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ޢަލީ ސަމީރު، ޙަސަން ޝަފީޢު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ތަޢާރުފު

1މިއީ، ސިވިލް ކޯޓުގެ ނަންބަރު : 6C/201-Cv/2730 ޤަޟިއްޔާ އެކޯޓުން ނިނމާފް އިވަނީ، ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ޔޮޓް ޓުއރސާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފރާތުނަ އެމައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މިނިސްޓްރީ އޮފް ޓޫރިޒަމް (ދިވެހި ދައުލަތް) އެވެ.

ކަންހިނގާފައިވާ ގޮތް

2ހއ.އަލިދޫގައި ރިސޯޓެއް ހިންގުމަށް 35 އަހަރު ދުވަހަށް އެރަށް ކުއްޔަށްދިނުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމްއއާ ޓްރެންކުއަލިޓީ ޕްރައިވެޓް ލިމިޓެޑާއި ދެމެދު 05 މެއި 2005 ގައި "ލީސް އެގްރީމެންޓް" ގެ ދަށުން އެއްބަސްވެފައިވެއެވެ.

3ޓްރެންކުއަލިޓީ ޕްރައިވެޓް ލިމިޓެޑާއި ޔޮޓް ޓުއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު، 26 އޯގަސްޓް 2010 ގައި ވެވުނު ޑީޑް އޮފް އެސައިންމަންޓެއްގެ ދަށުން ރަށާ ގުޅޭ އެންމެހައި ޙައްޤުތައް ޔޮޓް ޓުއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ބަދަލުކުރެވިފައިވެއެވެ. ދައުވާ ފޯމާއެކު ޔޮޓް ޓުއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑގު ފަރާތުން ހުށަހެޅި "ލީސް އެގްރީމަންޓް" ދައުވާގެ ޖަވާބު ފޯމާއެކު ދައުލަތުގެ އެގްޒިބިޓް 2 ގެ ގޮތުގައި ހުށަހެޅުނު "ޑީޑް އޮފް އެސައިންމަންޓް"

4މިނިސްޓްރީ އޮފް ޓޫރިޒަމްއާ ރަށް ކުށްޔަށް ހިފި ފަރާތާއި ދެމެދު ވެފައިވާ އެއްބަސވުމުގް 30 ވަނަ މާއްދާގެ ދަށުން ރަށަށް ކުލި ދައްކަންޖެހޭގޮތުގެ ރެންޓް ޝެޑިއުލްއާމެދު ދެފަރާތުގެ ދެމެދުގައި އެއްބަސްވެވިފައިވެއެވެ. ކަނޑައެޅިފައިވާ މުއްދަތުގައި ކުލި ނުދައްކާނަމަ، ނުދައްކާ އޮތް ޢަދަދުގެ 0.5 ޕަސެންޓް ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި ދެއްކުމަށް ކުއްޔަށް ހިފާ ފަރާތުން އެއްބަސްވެފައިވެއެވެ.

5ކުއްޔަށްދިނުމުގެ މިއެއްބަސްވުމަށް 10 ޖަނަވަރީ 2013 ގައި އިސްލާޙެއް ގެނެވިފައިވެއެވެ. މިއެޑެންޑަމްގެ ދަށުން އެހިނދަށް ނުދެއްކިވާ ފައިސާ 3 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ 10 އަހަރުތެރޭގައި ކުއަރޓަލީ އިންސްޓޯލްމަންޓަށް ބަހާލައިގެން ދެއްކުމަށް ލުއިދެވިފައިވެއެވެ.

630 އޮގަސްޓް 2014 އިން 15 ސެޕްޓެމްބަރު 2014 އާ ދެމެދު މޫސުން އާދަޔާ ޚިލާފަށް ގޯސްވެ ރިސޯޓަށް ލިބުނު ގެއްލުމުގެ ސަބަބުން، ފަތުރުވެރިންނަށް ޚިދުމަތތައ ދިނުން ދަތިވެ، ރިސޯޓް ބ ނ ދުކުރަންޖެހޭ ހާލަތް ކުރިމަތިވެފައިވާތީ "ލީސް އެގްރީމެންޓުގެ" ގެ 51 ވަނަ މާއްދާގައި ބުނާ ހާލަތްތަކުގެ ތެރެއިން ހާލަތެއް ކުރިމަތިވތީ، އެގްރީމެންޓުގެ 52 ވަނަ މާއްދާގައި ބުނާ ގޮތުގެ މަތީން އެކަން މިނިސްޓްރީ އޮފް ޓޫރިޒަމްއަށް 17 ސެޕްޓެމްބަރު 2014 ގައި އަންގާފައިވާނެކަމަށް ޔޮޓް ޓުއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެއެވެ.

8 7

7ބުނެވިދިޔަ ސިޓީ މިނިސްޓްރީ އޮފް ޓޫރިޒަމް އަށް ލިބިފައިވާ ކަމަށް އެފަރާތުން އިންކާރުކުރެއެވެ. ދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމުގެ ރެންޓް ޝެޑިއުލް ލީސް އެގްރީމަންޓްގެ 33 ވަނަ މާއްދާ ދައުލަތުގެ ޖަވާބާއެކު ސިވިލް ކޯޓަށް ހުށަހެޅި އެގްޒިބިޓް 3 ގެ ގޮތުގައިވާ orthN Addendum to the lease agreement of Alidhoo in Thiladhunmathi Atoll - ޔޮޓް ޓުއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު 95YTM/ADM/2014/ (17 ސެޕްޓެމްބަރު 2014) ސިޓީގެ ކޮޕީ އަދި އެފަރާތުގެ ދައުވާ ފޯމުގެ 8.1 (ނ) ޔޮޓް ޓުއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު 95YTM/ADM/2014/ (17 ސެޕްޓެމްބަރު 2014) ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި ޖަވާބުގެ 7.9 އަދި މިކޯޓަށް ހުށަހެޅި ޖަވާބު ފޯމު

8އަދި ހއ.އަލިދޫ ރިސޯޓު މަރާމާތުކުރުމަށްޓަކައި 15 އޮކްޓޯބަރު 2015 ގައި ފަތުރުވެރިންނަށ ޚިދުމަތް ދިނުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާކަން، 18 އޮކްޓޯބަރު 2015 ގެ ސިޓީއިން އަންގާފއިވާކަމަށް ދެފަރާތުނަ އެއްބަސްވެއެވެ. އަދި މިފަދައިން މަރާމަތަށ ބަންދުކުރުމަށް އިއުތިރޒާނުކުރާކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އިން ޖަވާބު ދީފައިވެއެވެ.

9ރަށުގެ ކުއްޔާއި ޖޫރިމަނާ ދައްކަމުން ނުދާތީ އެފައިސާދެއްކުމަށ އެދް މިނިސްޓްރީ އޮފް ޓޫރިޒަމް އިން ޔޓޮ ޓުއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް 08 ފެބްރުއަރީ 2015 ގައި އަންގާފައިވެއެވެ.

10ތަނުގެ ކުއްޔާއި ޖޫރިމަނާ އުނިކުރުމަށް އެދި އެކިފަހަރު މަތިން ޔޮޓް ޓުއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސިޓީ ފޮނުވާފައިވެއެވެ. މިގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ސިޓީތަކުގެ ލިސްޓް ހިމެނޭ ތާވަލެއް ތިރީގައި އެވަނީއެވެ. ސިޓީ ނަންބަރު ތާރީޚް ސިޓީގެ ޙުލާސާ YTM/ADM/2014/95 17 ސެޕްޓެމްބަރު 2014 އެގްރީމަންޓްގެ 51 ވަނަ މާއްދާއާ 52 ވަނަ މާއްދާ ޙަވާލާދީ YTM/ADM/2015/84 18 އޮކްޓޯބަރު 2015 މަރާމަތުކުރުމަށް ބަންދު ކުރާކަން އަންގައި YTM/ADM/2015/86 19 އޮކްޓބަރޯ 2015 18 އޮކްޓޯބަރު 2015 ގެ ސިޓީއާ ޙަވާލާދީ 55 ގެ ދަށުން ޢަމަލުކޮށްދިނުމަށް އެދި YTM/ADM/2015/88 20 އޮކްޓބަރޯ 2015 18 އޮކްޓބަރޯ 2015 ގެ ސިޓީއާ ހަވާލާދީ ކުލި ނުހިނގާގޮތަށ ހަމަޖެއްސުމަށް އެދި YTM/ADM/2015/109 03 ޑިސެންބަރު 2015 އެހެން ރިސޯޓުތަކަށް ދެވިފައިވާ ލުއިތަކުގެ މައްޗށަ ބަލައި ހއ.އަލިދޫގެ ކުއްޔާ މެދު ރަނގަޅުގޮތެއް ހަދާދިނުމަށް 2016/54/LGL/YTM 21 އޯގަސްޓް 2016 ނުދެއްކިވާ ކުލި 5 އަހަރަށް ބަހައިގެން ދެއްކުމަށް އެދި މަރާމާތުގެ މުއްދަތުގައި ކުލި ނާރާ ގޮތަށް 2016/57/LGL/YTM 20ސެޕްޓެމްބަރ 2016 ނުދެއްކި އޮތް ކުލި ޖޫރިމަނާއަށް ހައްލަކަށް އެދި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު PRIV/2015/268/LS-88 (8 ފެބްރުއަރީ 2015) ސިޓީ

11މިގޮތަށް ކަންތައްވެފައިވަނިކޮށް ރިސޯޓް ބަންދުކޮށްފައިވާ މުއްދަތުގައި ކުއްޔާއި ކުލީގެ ޖޫރިމަނާ ނެގުމަކީ ލީސް އެގްރީމެންޓް ގެ 55 ވަނަ މާއްދާއާ ޚިލާފުކަމެއްކަމަށް ދެކިގެން، އމުއްދަތުގައ ކުއްޔާއި ޖޫރިމަނެ މެދުކަނޑާލެވޭނެކަމަށް ކަނޑައަޅާއިދިނުމަށާއި، ހއ.އަލިދޫ ރިސޯޓް މަރާމާތުކުރުމަށްޓަކައި ބަންދުކޮށްފައިވާ މުއްދަތުގައި ލީސް އެގްރީމެންޓުގެ 33 ވަނަ މާއްދާގެ ދަށުން "ލިކުއިޑޭޓެޑް ޑެމޭޖަސް" ނެގުމަށް ކަނޑައަޅާފައިވާ އުސޫލަކީ އިންސާފުވެރި އުސޫލެއ ކަމަށް ނޫންކަމަށާއި، ލީސް އެގްރީމެންޓުގެ 33 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ލިކުއިޑޭޓެޑް ޑެމޭޖަސް ނުނެގޭނެކަމަށް ކަނޑައަޅައި ދިނުމަށާއި، ސިވިލް ކޯޓުގެ ނަންބަރު: C/2016-Cv/2730 ޤަޟިއްޔާ ޝަރީޢަތުން ގޮތެއް ކަނޑައަޅަންދެން ލިކުއިޑޭޓެޑް ޑެމޭޖަސް ގޮތުގައި އަރަމުންދާ ފައިސާ ހުއްޓުވުމަށާއި، އަދި އެފައިސާ ހޯދުމަށް ޔޮޓް ޓުއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އެއްވެސ ފިޔަވަޅެއް ނޭޅުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށާއި ދިވެހި ދައުލަތުގެ މައްޗަށް އަމުރުކޮށް ދިނުމަށްއެދި ޔޮޓް ޓުއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާ ކޮށްފައިވެއެވެ. ސިވިލް ކޯޓުގެ ނިންމުން:

12ސިވިލް ކޯޓުގެ ނަންބަރު 6C/201-Cv/2730 ޤަޟިއްޔާ ނިންމާފއިވަނަ އަންނަނިވި ފަދައިންނެވެ. " ...... ހއ.އަލިދޫ ރިސޯޓުގެ ކުލި މެދުކަނޑާލެވެނީ ނުވަތަ ކުލިން އުނިކުރެވޭނެ އެގްރީމެންޓުގެ 51 ވަނަ މާއްދާގައިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެގެން 52 ވަނަ މާއްދާ ނުވަތަ 53 ވަނަ މާއްދާގައިވާ އިޖުރާޢަތާ އެއްގޮތަށް 55 ވަނަ މާއްދާ ނުވަތަ 56 ވަނަ މާއްދާގެ ދަށުންކަން އެނގެން އޮތްއިރު، އެ އިޖުރާއަތާ އެއްގޮތަށް ކަންކަން ހިނގާފައިވާކަން ދައުވާ ކުރާ ފަރާތުން ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާކަމާއި، ދައުވާކުރާ ފަރާތުގެ ނަންބަރު YTM/ADM/2015/84 (18 އޮކްޓޯބަރު 2015) ސިޓީއާއި ހަވާލާދީ ދައުވާލިބޭ ފަރާތުން ދައުވާކުރާ ފަރާތަށް ފޮނުވި ނަންބަރު -88 QARS/PRIV/2015/2542 (19 އޮކްޓޯބަރު 2015) ސިޓީގައި 15 އޮކްޓޯބަރު 2015 ދުވަހުން ފެށިގެން ހއ.އިލަދޫ ރިސޯޓް ކުލި ނުހިނގާނެކަމުގައި މުޠުލަޤުކޮށް ބަޔާންކޮށްފައި ނެތުމުން އިސްވެ ބުނެވިދިޔަ ސިޓީގައި ކުލި ނުހިނގާނެކަމުގައި މުޠުލަޤުކޮށް ބަޔާންކޮށްފައި ނެތުމުން އިސްވެ ބުނެވިދިޔަ ސިޓީގައި ކުލި ނުހިނގާނެކަމުގެ މައްޗަށް ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) ގައިވާފަދަ ލުޔެއް ދައުވާ ލިބޭ ފަރާތުން ދީފައިވާކަމުގައި ބެލެވޭނެތަނެއް ނެތުމުން، ހއ. އަލިދޫ ރިސޯޓް ބަންދުކޮށްފައިވާ މުއްދަތުގައި ކުއްޔާއި ޖޫރިމަނާ ނުހިގާނެކަމަށް ޝަރީޢަތުން ކަނޑައަޅައިދެވެން ނެތްކަމާއި؛ ދައުވާކުރާ ފަރާތާއި ދައުވާލިބޭ ފަރާތާއި ދެމެދު ވެފައިވާ ލީސް އެގްރީމެންޓުގެ 33 ވަނަ މާއްދާގައި ރިސޯޓުގެ ފުރިހަމަ ކުލި ނުވަތަ ކުލީގެ ބައެއް ނުދައްކައި އޮވެގެން ލިކިއުޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި ނުދެއްކި އޮތް އަދަދުގެ %0.5 (ސުމެއ ޕޮއިންޓް ފަހެއް އިންސައްތަ) ދުވާލަކު އަރަމުންދިއުމަކީ ޤާނޫނު ނަންބަރު 99/2 ( ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އިން ބާރުލިބިގެން ހަދާފައިވާ ޤަވާޢިދު ނަންބަރު 20-R/2010 (ޓޫރިސްޓް ރިސޯޓާއި ޓޫރިސްޓް ހޮޓަލާއި، ޓޫރިސޓ ގެސްޓްހައުސް ހެދުމް ށ ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ޤަވާޢިދު) ގެ 5 ވަނަ މާއްދާގެ (ކ) ގައިވެސް ކަނޑައަޅާފައިވާ ގޮތްކަމާއި، ލީސް އެގްރީމެންޓްގެ 33 ވަނަ މާއްދާ ޢަދުލުވެރި ނޫންކަމަށް ޝަރީޢަތުން ކަނޑައަޅައިދިނުން ވެގެންދާނީ އިސްވެ ބުނެވިދިޔަ ޤަވާއިދުގެ 5 ވަނަ މާއްދާގެ (ކ) އަދުލުވެރި ނޫންކަމަށް ޝަރީޢަތުން ކަނޑައަޅައިދިނުންކަމާއި، ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ޤަވާއިދެއް ނުވަތަ ޤަވާއިދެއްގެ ބައެއް ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ތަޢާރަޟުވާކަމުގައ ނުވަތި ޢަދުލުވެރިނޫންކަމަށް ކަނޑައެޅުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ އަސްލީ އިޚްތިޞާޞްގެ ތެރޭގައިވާ ކަމެއްކަން ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު)ގެ 37 ވަނަ މާއްދާގެ(ށ) އިން އެނގެން އޮންނަކަމަށްޓަކައި، އިސްވެ ބުނެވިދިޔަ ޤަވާޢިދުގެ 5 ވަނަ މާއްދާގެ (ކ) އާ ފުށުއަރާގޮތށަ ލީސް އެގްރީމެންޓުގެ 33 ވަނަ މާއްދާ އަދުލުވެރި ނޫންކަމަށް މިކޯޓުން ކަނޑައަޅާނެ ތަނެއް ނެތުމާއެކު ޔޮޓް ޓުއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެދިފައިވާ އަމުރު ނެރެދެވެން ނެތްކަމުގައި ކަނޑައަޅައި ޙުކުމްކޮށްފީމެވެ.

13ސިވިލް ކޯޓުގެ މި ނިންމުން ބިނާކޮށްފައިވާ އަސާސްކަމުގައި އަންނަނިވި ކަންކަން ފާހަގަކރެވެއެވު

1.13. ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމުގެ 51 ވަނަ މާއްދާއާއި 52 ވަނަ މާއްދާއާއި 53 ވަނަ މާއްދާއާއި 56 ވަނަ މާއްދާގައި ޤުދުރަތީ ކާރިސާއެއް ދިމާވާ ހާލަތުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތުތައް ބަޔާންވެގެންވާކަމާއި

2.13. ރިސޯޓު މަރާމާތުކުރުމަށްޓަކައި ބަންދުކުރިކަން އަންގާ 18 އޮކްޓޯބަރު 2015 ގައި ޔޮޓް ޓުއާރސް އިން މިނިސްޓްރީ އޮފް ޓޫރިޒަމްގެ ސިޓީއަށް ދީފައިވާ ޖަވާބު ގައިވެސް ހއ. އަލިދޫ ވަގުތީ ގޮތުން ބަންދުކުރަނީ އެއްބަސްވުމުގެ 51 ވަނަ މާއްދާގައިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެގެންކަމަށް ބަޔާންކޮށްފައިނުވުން

3.13. އެއްބަސްވުމުގެ 51 ވަނަ މާއްދާގައި ބުނާ ފަދަ ހާލަތެއް ދިމާވެއްޖެނަމަ ޢަމަލުކުރަންޖެހޭ އިޖުރާއަތު އެއްބަސްވުމުގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެމާއްދާގައި ބުނާފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެކަން އަންގަންޖެހޭކަމާއި އެފަދައިން އަންގާފައިވާކަން އެނގެން ނެތްކަން

4.13. އެފަދައިން އަންގާ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި ރިސޯޓުގެ އިންސްޕެކްޝަނެއް ހަދައި ނިންމި ގޮތް ލިޔުމުން ޔޮޓް ޓުއާރސް އަށް އަންގަން ޖެހޭއިރު، އެފަދަ އިންސްޕެކްޝަނެއް ހަދާފައިވާކަން އެނގެން ނެތްކަން ސިވިލް ކޯޓުގެ ނަންބަރު: C/2016-Cv/2730 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ ފަހާގަކުރެވު ނ ނުކުތާގެ (ހ) ސިވިލް ކޯޓުގެ ނަންބަރު: C/2016-Cv/2730 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ ފަހާގަކުރެވުނު ނުކުތާގެ (ނ) (ރ) (ބ) ސިވިލް ކޯޓުގެ ނަންބަރު: C/2016-Cv/2730 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ ފަހާގަކުރެވުނު ނުކުތާގެ (ބ) ބުނެވިދިޔަ ޙަވާލާ

5.13. ހއ އަލިދޫ ރިސޯޓު ކުލި ނުހިނގާނެ ހާލަތެއް ނުވަތަ ކުލިން އުނިކުރެވިދާނެ ހާލަތެއް ކޮންޓްރެކްޓުގައިވާ ގޮތުގެ މަތިން މެދުވެރިވެފައިވާކަން އެނގެން ނެތްއިރު، އެފަދަ ކަމެއް މެދުވެރިވުމުން ޢަމަލުކުރަންޖެހޭ އިޖުރާއަތާ އެއްގޮތަށް ޢަމަލުކޮށްފައިވާކަން އެނގެން ނެތްކަމާއި އަދި ރިސޯޓު މަރާމާތަށް ބަންދުކުރިކަން އަންގައި ޔޮޓް ޓުއާރސް އިން ފޮނުވި ސިޓީގެ ރައްދުގައި މިނިސްޓްރީ އޮފް ޓޫރިޒަމްއިނި ދިން ޖަވާބުގައިވެސް ކުލި ނުހިނގާނެކަމަށް މުޠުލަޤުކޮށް ބަޔާންކޮށްފައި ނެތުމުން އިސްވެ ބުނެވިދިޔަ ސިޓީއަކީ ކުލި ނުހިނގާނެކަމުގެ މައްޗަށް ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައި ދެވުނު ލުޔެއް ކަމުގައި ބެލެވޭނެ ޝަރުޢީ ހަމައެއް ނެތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކތާތު އ

14ސިވިލް ކޯޓުގެ ނަންބަރު 6C/201-Cv/2730 ޤަޟިއްޔާގައި ޙުކުމްކުރުމާއި ގޅިގެނު ޔޮޓް ޓުއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރމުނަ އަންނަނިވި ނުކުތާތައް ފާހަގަކޮށް، އެ ނުކުތާ ތަކާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢތުގަ މަޖިލީހުގައި ވާހަކަދައްކާފައި ވެއެވެ. މިގޮތުން ހުށަހެޅި ނުކުތާތަކަކީ؛

1.14. މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު ARS/PRIV/2015/2542Q-88 ސިޓީ އިން ރިސޯޓް ހިންގުން ހުއްޓާލުމުގެ ހުއްދަ މިނިސްޓްރީ އޮފް ޓޫރިޒަމް އިން ދީފައިވާކަމަށް އެސިޓީގައި ބުނެފައިވާއިރު، އަދި އެހުއްދަ އާއި ގުޅިގެން ޢަމަލުކުރަންޖެހޭ ގޮތް ސާފުކޮށް އނެ ގެން އޮތް ހިނދު، އެވާޤިއާއަށް ރިޢާޔަތްކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. ސިވިލް ކޯޓުގެ ނަންބަރު: C/2016-Cv/2730 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ ފަހާގަކުރެވުނު ނުކުތާގެ (ޅ)

2.14. ހއ.އަލިދޫ ރިސޯޓް ކުއްޔަށްދިނުމާއި ގުޅޭގޮތުން ޔޮޓް ޓުއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ އޮފް ޓޫރިޒަމްއާއ ދެމެދި އެކުލަވާލާފައިވާ "ލީސް އެގްރީމެންޓު" ގެ 52 ވަނަ މާއްދާގައިވާ އިޖުރާއަތާއި އެއްގޮތަށް ޔޮޓް ޓުއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޢަމަލުކޮށްފައިނުވާކަމަށް ކަނޑައަޅުއްވާފައިވަނީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާއާއި ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

3.14. ދެފަރާތުގެ ދެމެދުގައި އެކުލަވާލާފައިވާ "ލީސް އެގްރީމެންޓް" ގެ 33 ވަނަ މާއްދާގެ ދަށުން "ލިކުއިޑޭޓެޑް ޑެމޭޖަސް" ނެގުމަށް ކަނޑައަޅާފައިވާ މިންގަނޑަކީ ލިބޭ ގެއްލުމާއި ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު މިންގަނޑެއްކަމާއި، މިއީ ގެއްލުމުގެ ބަދަލު ކަނޑައެޅުމުގައި ރިޢާޔަތް ކުރަންޖެހޭ ޢާންމު އުޞޫލުތަކާއި، އިސްލާމީ ޝަރީޢަތުގެ އުސޫލު ތަކާއި އަދި މިނިވަން ދީމިޤްރާތީ މުޖްތަމަޢުތަކުގައި ޢަމަލުކުރެވޭ އުޞޫލުތަކާ މުޅިން ޚިލާފު މިންގަނޑެއްކަން ކަނޑައަޅުއްވާ ދެއްވުމަށް އެދުމުން މިއީ ޤާނުނެއް ނުވަތަ ޤަވާއިދެއް ބާޠިލްކުރުމުގެ ޙާލަތެއް ކަމަށް ސިވިލް ކޯޓުން ބަލާފައިވަނީ ޔޮޓް ޓުއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ދައުވާއަށް ރަނގަޅަށް ރިޢާޔަތްކޮށްގެންކަމުގައި ނޫން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

4.14. ޤާނޫނު ނަންބަރު 2010/22 (ކޯޓުތަކާބެހޭ ޤާނޫނު) ގެ 37 ވަނަ މާއްދާގައި ދުސްތޫރީ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިޙްތިސާސް ލިބިގެންވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށް ކަމަށާ އޮތުމަކީ، "ލީސް އެގްރީމެންޓު" ގެ 33 ވަނަ މާއްދާ ނުވަތަ ޤަވާއިދު ނަންބަރު 20-R/2010 (ޓޫރިސްޓް ރިސޯޓާއި ޓޫރިސްޓް ހޓޮލާއި،ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ޤަވާއިދު) ގެ 5 ވ ނ މާއްދާގަ (އ) ގައި ކަނޑައަޅާފައިވާ އޮތް އުސޫލަކީ އަދުލުވެރި އުސޫލެއް ނޫންކަމަށް ކަނޑައެޅުމަށް އޮތް ޤާނޫނީ ހުރަހެއް ކަމަށް ބަލާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

15އިސްތިއުނާފީ ނުކުތާ ތަކުގެ ތެރެއިން 3 ވަނަ ނުކުތާއާއި 4 ވަނަ ނުކުތާ އުނިކޮށްދިނުމަށް އެދި މިމައްސަލައިގައި ބޭއްވުނު އަޑުއެހުމުގައި ޔޮޓް ޓުއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެދިފައިވެއެވެ. އެހެންކަމުން، އެނުކުތާތައް އުނިކުރެވި އެނުކުތާތަކާ މެދު މިޝަރީޢަތުން ގޮތެއް ކަނޑައެޅިފައިނުވާނެއެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާ: ރިސޯޓް ހިންގުން ހުއްޓާލުމުގެ ހުއްދައާ ގުޅިގެން ޢަމަލުކުރަނޖެހް ގޮތަށް ރިޢާޔަތްކޮށްފައިނުވުން

16މިނުކުތާގެ ތަފްސީލުގައި ޔޮޓް ޓުއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފއިވަނަ

1.16. މިނިސްޓްރީ އޮފް ޓޫރިޒަމްގެ ސިޓީގައި ސާފު އިބާރާތުން ހއ.އަލިދޫ ރިސޯޓު ހިންގުން ހުއްޓާލުމުގެ ހުއްދަ އެމިނިސްޓްރީ ދީފައިވާކަމަށެވެ. އަދި މަރާމާތުކުރުމުގެ މަސައްކަތް ނިމުމުން އިންސްޕެކްޓްކުރުމަށްޓަކައި މިނިސްޓްރީއަށް އެންގުމަށް ބުނެފައިވާކަމަށެވެ.

2.16. މީގެ އިތުރުން ޔޮޓް ޓުއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވަނީ 30 އޮގަސްޓް 2014 އިން 15 ސެޕްޓެމްބަރު 2014 އާ ދެމެދު ހއ.އަލިދޫ ރިސޯޓަށް އާދަޔާ ޚިލާފށަ މޫސުން ގޯސްވުމުގެ ސަބަބުން އެރިސޯޓު ބަންދުކުރުމަށް ހަމަޖެހިފައިވާތީ، ދެފަރާތުގެ ދމެދުގައެ ސޮއިކޮށްފައިވާ "ލީސް އެގްރީމެންޓް" ގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެފައިވާކަމާއި، މިހާލަތަކީ އެ އެއްބަސްވމުގު 55 ވަނަ މާއްދާގެ ދަށުން ލޔެއު ލިބެންޖެހޭ ހާލަތެއްކަމާއ، އަދި މިފަދި ހާލަތެއް މެދުވެރިވެފައިވާކަން ޔޮޓް ޓުއާރސް މޯލްޑިވްސް ޕްރައިވެޓ ލިމިޓެޑގް ނަންބަރު YTM/ADM/2014/95 ސިޓީއިން މިނިސްޓްރީ އޮފް ޓޫރިޒަމްއަށް އަންގާފައިވާކަމަށެވެ.

17އިސްތިއުނާފީ މިނުކުތާގެ ރައްދުގައި މިނިސްޓްރީ އޮފް ޓޫރިޒަމް ގެ ފަރާތުން ބުނެފައިވަނީ، 11 އޭޕްރީލް 2019 ގައި މިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި.

1.17. ސިވިލް ކޯޓުގެ ނަންބަރު : 6C/201-Cv/2730 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާގެ 3 ވަނަ ނަންބަރުން ރިސޯޓް މަރާމާތަށް ބަންދުކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް ޓޫރިޒަމް އިން ސިޓީ އާއި އެސިޓީއާ ގުޅުން ހުރި ލިޔެކިޔުންތަކަށް ރިއާޔަތްކޮށްފައިވާކަން އެނގޭކަމަށެވެ. އަދި އެރިޕޯޓުގައި ގުޅުން ހުރި ނުކުތާތައް ތަފްސލްކޮށްދީފައިވާކަމަށެވެ.

18ހަނގުރާމަ، ޤުދުރަތީ ހާދިސާ ފަދަ އަމިއްލަ ބާރު ނުފޯރާފަދަ ކަމެއް ދިމާވެއްޖެނަމަ ޢަމަލުކުރަންވީގޮތް ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމުގެ 51 ވަނަ މާއްދާގައި ބަޔާންކުރެވިފައިވެ އެވެ. އެގޮތުން އެމާއްދާގައި ވަނީ އަންނަނިވި ފަދައިންނެވެ.

Provision for Impossibility of performance

51In case of violence due to war civil war or civil commotion or of storm tempest, flood, inevitable accident or of other irresistible force or event beyond the Lessee’s control causing damage to the Island and/ or the Resort:

51.1 where the damage constitute total destruction of the Island and/ or the Resort or any essential part there of the Lessee shall be entitled to suspend operation of the resort in full; or

51.2 where the damage constitute partial destruction of the Island and/ or the Resort the Lessee shall be entitled to suspend operation of the Resort in part; PROVIDED ALWAYS that the Lessor or the Court referred to in Clause 53 below is agreeable to the fact that such damage has been caused to the Island and / or the Resort as the case may be.

52In the event, damage as specified in Clause 51 occurs to the Island and/ or the Resort, the Lessee shall give written notice of such damage to the Lessor as soon as practicable. And within seven (7) days after the receipt of such notice, the Lessor Shall cause and inspection of the Island and / or the Resort and inform the Lessee in writing of its decision

53Where the Lessor is not agreeable to the fact such damage has been caused to the Island and/ or the Resort, the Lessee shall be entitled to refer the matter to an appropriate Maldivian Court of Law. މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު QARS/PRIV/2015/2542-88 (19 އޮކްޓޯބަރު 2015) ސިޓީ

54Where the Lessee refers the matter to a court as provided in Clause 53 above, the parties shall to the best of their endeavours take all necessary steps to expedite the business of the said court.

55In the event the operation of the Resort is suspended in full as provided in Clause 51.1, the term of this Agreement shall be deemed temporarily suspended from the date of destruction until the date of resuming operation of the Resort. 56 In the event the operation of the Resort is suspended in part as provided in Clause 51.2 the Lessee shall be entitled to a proportionate rebate/reduction of the rent.

19މިމާއްދތަކުގައާ ބަޔާންކުރި ފަދަ އަމިއްލަ ބާރު ނުފޯރާ ފަދަ ކަމެއް (ހަނގުރާމަ ނުވަތަ ޤުދުރަތީ ކާރިސާ ފަދަ) ދިމާވެއްޖެނަމަ، އެފަދަ ގެއްލުމަކީ މުޅި ރިސޯޓު ނުވަތަ ރަށް އެއްކޮށް ހަލާކުކޮށްލާފަދަ ގެއްލުމެއް ނަމަ ރިސޯޓް ހިންގުން އެއްކޮށް ހުއްޓާލުމުގެ ޙައްޤު ކުއްޔަށް ހިފި ފަރާތަށް ލިބެއެވެ. މިފަދައިން ހުއްޓާލެވޭ ހާލަތެއްގައި، ގެއްލުން ލިބުނު ތާރީޚުން ފެށިގެން ރިސޯޓު އަލުން ހުޅުވަންދެން މުޅި އެއްބަސްވުމަށް ޢަމަލުކުރުން ވަގުތީ ގޮތުން މެދުކަނޑާލީކަމަށް ބެލެވެއެވެ. އަދި ލިބުނު ގެއްލުމަކީ ރިސޯޓު ނުވަތަ ރަށުގެ ބައެއް ހަލާކުވާ ފަދަ ގެއްލުމެއް ނަމަ ރިސޯޓުގެ ވަކި އޮޕަރޭޝަންސްތަކެއް ހުއްޓާލުމުގެ ޙައްޤު ކުއްޔަށް ހިފި ފަރާތަށް ލިބެއެވެ. މިހާލަތުގައި ހުއްޓާލި ޚިދުމަތެއްގެ ނިސްބަތުން ކުލިން އުނިކުރުމުގެ ޙައްޤު ކުއްޔަށް ހިފި ފަރާތަށް ލިބެއެވެ. އެކަމަކު މިޙައްޤުތައ ކުއްޔަށް ހިފި ފަރާތަށް ލިބެނީ އެފަދަ ހާދިސާއެއް ހިނގިތާ އެކަށީގެންވާ އަވަސް ފުރުސަތެއްގައ އެކަނި ކުއްޔަށް ހިފި ފަރާތުން ކުއްޔަށް ދިން ފަރާތަށް އަންގާ އަދި އެފަދަ ނޯޓިހެއް ލިބޭތާ 7 ދުވަހުގެ ތެރޭގައި ތަން ބަންދުކުރުމާ މެދު ކުއްޔަށް ދޫކުރި ފަރާތުން ގޮތެއް ނިންމާ އެކަން ކުއްޔަށް ހިފި ފަރާތަށް ލިޔުމުން އެންގުމުންނެވެ. އަދި ރިސޯޓު އެއްކޮށް ނުވަތަ ވަކި ބައެއް ހުއްޓާލަން ޖެހޭ ފަދަ ގެއްލުމެއް ނުވާކަމަށް ކުއްޔަށް ދިން ފަރާތުން ނިންމާ ނިންމުމެއް ޝަރީޢަތަށް ހުށަހަޅައިގެން އެކަމާ މެދު ގޮތެއް ނިންމުމުގެ ޙައްޤު ވެސް ކުއްޔަށް ހިފި ފަރާތަށް ލިބިގެންވެއެވެ. 52 ވަނަ މާއްދާ 51 ވަނަ މާއްދާގެ ޕްރޮވައިސޯ 51 ވަނަ މާއްދާގައިވާ ފަދަ ހާލަތެއް މެދުވެރިވެފައިވާކަން އެންގިތޯ؟

20އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޔޮޓް ޓުއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވނަ 30 އޮގަސްޓް 2014 އިން ފެށިގެން 15 ސެޕްޓެމްބަރު 2014 އާއި ދެމެދުގައި ހިނގި ޤުދުރަތީ ކާރިސާއެއްގެ ސަބަބުން އެރިސޯޓަށ ލިބުން ގެއްލންތަކާއު ގުޅިގެން މިނިސްޓްރީ އޮފް ޓުއަރިޒަމް އަށް ތަކުރާރުކޮށް އެތައް ސިޓީއެއް ފޮނުވިފައިވާނެކަމަށެވެ.

21ޕެރެގްރާފް 10 ގައި ހިމެނޭ ތާވަލަށް ބެލުމުން ޔޮޓް ޓުއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޤުދުރަތެ ހާދިސާއަކާ ގުޅިގެން ތަނަށް ގެއްލުންވެފައިވ ކަމަށާ އަންގާފައިވަނީ އެފަރާތުގެ 014/95YTM/ADM/2 (17 ސެޕްޓެމްބަރު 2014 ) ސިޓީއިންނެވެ. މިސިޓީގައިވަނީ އަންނަނިވި ފަދައިންނެވެ. "މި މިކުންފުނިން ހިންގަމުން އަންނަ އަލިދޫ ރިސޯޓަށް 30 އޯގަސްޓް 2014 އިން 15 ސެޕްޓެމްބަރ 2014 އާ ދެމެދު މޫސުން ވަރަށްބޮޑަށް ގޯސްވެ، ހަލަބޮލިވ ކުރިމަތިވެ ޤުދުރަތީ ކާރިސާގައި ރިސޯޓަށް ވަރަށްބޮޑ ގެއްލުނު ލިބިފައި ވުމާއި، އަދި އެޙާލަތުގައި އޮވެ ފަތުރުވެރިންނަށ ޚިދުމަތް ދިނުމަށް ވަރަށްބޮޑު ދަތިވެފައި ވާތީ، ރިސޯޓް ބަންދުކުރަންޖެހޭ ޙާލަތު ވަނީ ކުރިމަތިވެފައެވެ . ވީމާ، ދެފަރާތުގެ މެދުގައި ސޮއިކޮށްފައިވާ "ލީސް އެގްރީމެންޓް' ގެ 51 ވަނަ މާއްދާގައި ބުނާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް ހއ.އަލިދޫ ރިސޯޓަށް މިހިނދު ކުރިމަތިވެފައިވާތީ، ލީސް އެގްރީމެންޓުގެ 52 ވަނަ މާއްދާގައި ބުނެފައިވެ ގޮތުގެމަތިން ތިޔަމިނިސްޓްރީއަށ އެކަން އަންގައި، އެމާއްދާގައި ބުނާ ގޮތުގެމަތިން ތިޔަ މިނިސްޓްރީން ކުރައްވަންޖެހޭ ކަންތައްތައް ކުރިއަށް ގެންގޮސް ދެއްވުން އެދި ދެންނެވީމެވެ."

22HN1އެހެންނަމަވެސް، މިސިޓީ އަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އަށް ލިބިފައިވާ ސިޓީ އެއް ނޫންކަމަށް ބުނެ ދަށު ކޯޓު މަރުޙަލާއިން ފެށިގެން އެކަމަށް އެފަރާތުން ދިޔައީ އިންކާރުކުރަމުންނެވެ. އަދި މިސިޓީ ރައްދުކޮށްފައިވާކަނ ސާބިތުކޮށްދޭން އެއްވެސް ހެކި ޤަރީނާއެއް ހުށަހެޅިފައިނުވުމުގެ އިތުރަށް ސިޓީގައިވާ ތާރީޚުގެ 1 އަހަރު ފަހުން ޔޮޓް ޓުއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ތަކުރާރުކޮށް މިކަމާ ގުޅިގެން ސިޓީތައް ފޮނުވާ އެސިޓީތަކުގައި ކަމާ ގުޅުން ހުރި ސިޓީތަކަށް ޙަވާލާދީފައިވާއިރު ސުވާލު އުފެދިފައިވާ 21 މެއި 2017 ގައި ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި ބަޔާން އަދި ދައުވާގެ ޖަވާބު ފޯމުން. މިސިޓީއަށް ޙަވާލާދީފައިނުވާ ނުވުމުންވެސ މިއް އެމިނިސްޓްރީއަށް ރައްދުވެފައިވާ ސިޓީއެއް ނޫންކަން އެނގޭކމެއް ކަމަށް ބުނެފައިވެއެވެ.

23ސުވާލު އުފެދިފައިވާ މިސިޓީ އަކީ މިނިސްޓްރީ އޮފް ޓުއަރިޒަމް އަށް ފޮނުވިފައިވާ ސޓީއެއި ކަން ސާބިތުކުރުމުގެ ގޮތުން އެއްވެސް ލިޔެކިޔުމެއް އެއްވެސް މަރޙު ލާއެއްގައި ޝަރީޢަތަށް ހުށަހަޅާފައިނުވެއެވެ. އަދި ސިވިލް ކޯޓުގެ ނިންމުމުގައި މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެކަން އަންގަންޖެހޭކަމާއި އެފަދައިން އަންގާފައިވާކަން އެނގެން ނެތްކަމަށް ނިންމާފައިވާ ނިންމުން ވެސް އިސްތިއުނާފު ކުރާ ފަރާތުން މިމަރޙަލާގައު ތައުނު ކޮށްފައިނުވެއެވެ. އެހެންކަމުން، ބުނެވިދިޔަ ސިޓީއަކީ މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ލިބިފައިވާ ސިޓީއެއް ކަމުގައި ޤާނޫނީގޮތުން ބަލާނެ ހަމައެއް ނެތެވެ.

ރިސޯޓު ވަގުތީ ގޮތުން ބަންދުކުރުން

24ރިސޯޓު ބަންދުކުރުމާ ގުޅޭގޮތުން ދެން ދެފަރާތުގެ ދެމެދުގައި މުޢާމަލާތް ކުރެވިފައިވާކަން އެނގެން އޮތީ ގާތްގަޑަކަށް 1 (އެކެއް) އަހަރު ފަހުން 18 އޮކްޓޯބަރު 2015 ގައެވެ. ޔޮޓް ޓުއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފޮނުވި މިސިޓީގައި ބަޔާންކޮށްފައިވަނީ އަންނަނިވ ފަދައިންނެވެ. ...." މިކުންފުނިން ހިންގާ ހއ. އަލިދޫ ރިސޯޓުގެ ބައެއް މަރާމާތުތައް ކުރަންޖެހިފައިވުމާއެކު، އެމަރާމާތުތައް ކުރުމަށްޓަކައި 15 އޮކްޓޯބަރު 2015 ތާރީޚުން ފެށިގެން ފަތުރުވެރިންނަށް ޚިދުމަތްދިނުން ވަގުތީ ގޮތުން މެދު ކަނޑާލައިފައިވާތީ މިވާހަކަ ތިޔަ މިނިސްޓްރީގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ދަންނަވަމެވެ. އިސްވެ ދެންނެވުނު ހއ. އލިދަ ރިސޯޓުގެ މަރާމާތުތައްކޮށް ނިމުމާއެކު އެރިސޯޓުގެ އޮޕަރޭޝަން ފެއްޓުމުގެ ކުރިން ތިޔަ މިނިސްޓްރީން ހޯއްދަވނަ ޖެހޭ ހުއްދަ ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކތްތައ މިކުންފުނިން ކުރާން ވާހަކަވެސް މިފުރުސަތުގައި ދެންނެވީމެވެ".

25މި ސިޓީއާ ޙަވާލާދީ މިނިސްޓްރީ އޮފް ޓޫރިޒަމް ގެ ސިޓީގައިވަނީ އަންނަނިވި ފަދައިންނެވެ. ސިވިލް ކޯޓުގެ ނަންބަރު: C/2016-Cv/2730 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ ފަހާގަކުރެވުނު ނުކުތާގެ (ބ) މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު QARS/PRIV/2015/2542-88 (19 އޮކްޓޯބަރު 2015) ސިޓީގެ ކޮޕީ. Re-Closure of Alidhoo Island Resort (Alidhoo Haa Alif Atoll) th We make reference to your letter number YTM/ADM/2015/84 dated 18 October 2015, regarding the closure of Alidhoo Island Resort. We hereby inform you that we have no objection to the closure of Alidhoo Island Resort th (Alidhoo, Haa Alif Atoll) for renovation work, commencing from 15 October 2015. Once the renovation is complete arrangement shall be made to inspect the resort 01 month prior to commencing operation.

26ޔޮޓް ޓުއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފާހަގަކުރަނީ ރިސޯޓު ބަންދު ކުރުމުގެ ހުއްދަ މ ނިސްޓްރީނި ދޭ ހިސާބުން ދެން ޢަމަލުކުރަންޖެހޭ އުސޫލު ސާފު ކަމަށެވެ. ސުވާލަކީ، އެއީ ކޮން އުސޫލެއް ތޯއެވެ؟ އެއީ އެއްބަސްވުމުގެ 55 ވަނަ މާއްދާގެ ދަށުން ލިބޭ ލުއިނަމަ، ރިސޯޓު ބަންދުކުރެވޭ ކޮންމެ ހާލތެއްގައަ އެއްބަސްވުމުގެ 55 ވަނަ މާއްދާގެ ދަށުން ލިބިދެވޭ ލުއި ކުއްޔަށް ހިފި ފަރާތެއް ލިބޭނެ ހެއްޔެވެ؟

27HN2ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދައުލަތް ވ. ވިލާ އެއާރ ޕވޓ ލޓޑ މި ޤަޟިއްޔާގައި، ފަނޑިޔާރު ޙުސްނުއްސުޢޫދު ފާހަގަކޮށްފައިވަނީ، ކޮންޓްރެކްޓެއްގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމެއް ފުރިހަމަކޮށްފިކަމަށް ވާނީ ކޮންޓްރެކްޓުގައި ބުނެފައިވާގޮތަށް އެ ކަން ތުނޑުން ތުނޑަށް ކުރުމުންނެވެ. ޕެރެގްރާފް 18 އަދި 19 ގައި ތަފސީލްކޮށްފައިވާނެފަދައިން އެއްބަސްވުމުގެ 55 ވަނަ މާއްދާގެ ދަށުން ލުއި ލިބިގަތުމަށްޓަކައި އަމަލުކުރަންޖެހޭ ވަކި ޚާއްސަ އިޖުރާއަތެއް ލިޔެވިފައިވެއެވެ.

28HN3ޙަވާލާދެވުނު މާއްދާ ދެފަރާތުގެ ދެމެދުގެ އޮތް އެއްބަސްވުމުގައި ބަޔާންކުރާ ފަދަ"އިމްޕޮސިބިލިޓީ އޮފް ޕަރފޮމަންސް" އަށް ފެތޭ ޙާލަތެއް/ހާދިސާއެއް ހިންގައިގެން އެމާއްދާއަށް ޙަވާލާދީ އެމާއްދާގެ ދަށުން ލުއި ލިބިގަތުމަށް އެދި ޔޮޓް ޓުއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެދިފައިވާ ކަން އެނގެން ނެތެވެ. އެފަރާތުން މަރާމަތަށް ބަންދުކުރިކަން އަންގައި ފޮނުވި ސިޓީއަކީ ހާދިސާ ހިނގިކަމަށް ބުނާ ތާރީޚްގެ ގާތްގަޑަކަށް 1 އަހަރު ފަހުން އެންގި އެންގމެކެވު. އަދި އެމާއްދާގައިވާ ގޮތުން މިފަދަ ހާދިސާއެއް އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ބްލޫލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް A/71-SC/2019 ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު ހ ނަގައިފިނަމަ އެކަން ކުއްޔަށް ހިފި ފަރާތުން އެންގުމުން އެއްބަސްވުމުގައި ވާފަދަ ގެއްލުމެއްކަމަށް ކުއްޔަށްދޭ ފަރާތެއް ފެނި އެކަމަށް ލިޔުމުން އެއްބަސްވާންވެސް ޖެހެއެވެ. އެހެންނަމަވެސް، ބުނެވިދިޔަ، ބަންދު ކުރިކަން އެންގުމާ އެކަމުގެ އިއުތިރާޟެއ ނެތްކަމަށް ބުނި ސިޓީ އަކީ މިއިން އެއްވެސް ކަމަކަށް ޙަވާލާދީފައިވާ ލިޔުންތަކެއް ނޫނެވެ. އެހެންކަމުން، އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރާ ފަދައިން އެއްބަސްވުމުގެ 55 ވަނަ މާއްދާގެ ދަށުން ދެވިފައިވާ ހުއްދައެއް ކަމުގައި ބެލެވިދާނެކަމަށް ނުދެކެމެވެ. އެމާއްދާގައި ބުނާ ފަދަ ހާލަތެއް މެދުވެރިވި ކަން އެނގެން ނެތް ނޯޓިހަކާ އަދި އެނޯޓިހާއި ގުޅިގެން ދިން ހުއްދައެއްގެ ދަށުން އެމާއްދައިނ ލިބް ފަރުވާ އިސްތިއުނާފު ކުރާ ފަރާތް ޙައްޤުވާ ޤާނޫނީ އަސާސެއް އޮތް ކަމުގައި ނުދެކެމެވެ.

29އިސްތިއުނާފު ކުރާ ފަރާތުން މާނަކުރާ ފަދައިން، މަރާމަތަށް ބަންދު ކުރުމުގެ އިޢުތިރާޟެއް ނެތް ކަމަށް ބުނެ ލިޔުމެއް ދިނުމުން އެއްބަސްވުމުގެ 55 ވަނަ މާއްދާގެ ދަށުން ލިބިދެވޭ ލުއި ލިބުމުގެ ޙައްޤު އެފަރާތަށް ލިބޭ ކަމަށް މާނަކުރާނަމަ، އެއްބަސްވުމުގެ އެއްވެސް މާއްދާއަކާ ގުޅުމެއް ނެތް ކަމަކާ ހުރެ ވެސް ރިސޯޓުގެ ހިންގުން ވަގުތީ ގޮތުން މެދުކަނޑާލާ ކޮންމެ ހާލަތެއްގައި އެފަރާތަށް 55 އަދި 56 ވަނަ މާއްދާގައި ބުނާ ލުއި ލިބިދޭންޖެހޭނެއެވެ. މިސާލަކަށް، ތަން މަރާމަތު ކުރަނީ ތަން އިތުރަށް ތަރައްޤީކޮށް ވިޔަފާރި ފުޅާ ކުރުމުގެ ބޭނުމުގައި ނުވަތަ މާލީ ހާލަތު ދަށްވެގެން ތަން ނުހިންގިގެން ކަމަށް ވާނަމަވެސް، އިސްތިއުނާފު ކުރާ ފަރާތުން ބުނާ ގޮތުންނަމަ އެފަދަ ބަންދު ކުރުމށަ ދެވޭ ހުއްދައަކީ ވެސް އެއްބަސްވުމުގައި ބަޔާންކުރާ ހަނގުރާމަ ނުވަތަ ޤުދުރަތީ ހާދިސާފަދ އަމިއްލަ ބާރަ ނުފޯރާ ކަންތައްތަކެއް ދިމާވެއްޖެ ހާލަތެއްގައި ޢަމަލުކުރުމަށް ދެފަރާތުން އެއްބަސްވި "އިމްޕޮސިބިލިޓީ އޮފް ޕަރފޮމަންސް" ގެ ހާލަތެއް ކަމަށް ބަލައި ކުއްޔާއި ޖޫރިމަނާ ހިނގުން ހުއްޓާލައި ނުވަތަ ކުއްޔާއި ޖޫރިމަނާ އަށް ލުޔެއް ލިބެން ޖެހޭނެއެވެ. އެހެންނަމަވެސް، މިއީ އެއްބަސްވުމުގެ މިމާއްދާ ގެނެވިފައިވާ މަޤްސަދު ކަމުގައި ނުބެލެވެއެވެ. އެއްބަސްވުމުގެ 55 ވަނަ މާއްދާއާއި 56 ވަނަ މާއްދާގައި ބަޔާންކުރާ ލުއި ލިބިގަތުމަށްޓަކައި އެމާއްދާގެ ދަށުން ފޮނުވާ ނޯޓިސްއެއްގައި ޕަރފޮމަންސ އަށް ހުރަސްއެޅުމަށް މެދުވެރިވި ކަމަކީ ކޮބައިކަމާއި އެކަމާ ގުޅޭ މަޢުލޫމާތު އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަށް ލިބިގެން މެނުވީ އެމާއްދާގެ ދަށުން އެފަރާތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތު ފުރިހަމަ ކުރާކަށް ނޭނގޭނެއެވެ.

30އެހެންކަމުން، އިސްތިއުނާފު ކުރާ ފަރާތުން މިނުކުތާގައި ފާހަގަކުރާ ކަންތައްތަކަކީ އެހުއްދައާ ގުޅިގެން ޢަމަލުކުރަންޖެހޭކަމަށް ސާފުކޮށް ފެންނަން އޮތް ކަމެއް ނޫނެވެ. އެހެންކަމުން، އެކަމަށް ޝރީޢަތުނަ ރިޢާޔަތްކޮށްފައިނުވާ ކަމަށް ބަލައި މައްސަލައިގައި ނިންމުމަށް ބަދަލެއް ގެންނަން ޖެހޭ ކަމުގައި ނުދެކެމެވެ.

އިސްތިއުނާފީ ދެވަނަ ނުކުތާ: އިޖުރާއީ ލުއެއް ދިނުން

31އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްސީލުގައި ޔޮޓް ޓުއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވަނީ، ސިވިލް ކޯޓުން 07 ދުވަހުގެ މުހުލަތުގައި އިންސްޕެކްޓްކޮށ ރިޕޯޓެއް ހުށަހެޅުމުގެ އިޖުރާއަތު ފުރިހަމަކޮށްފައިނުވާތީ، ލީސް އެއްބަސްވުމުގެ 56 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙައްޤު ބޭނުންނުކުރެވޭނެކަމަށް ނިންމާފައިވަނީ، މިއިޖުރާއަތު ފުރިހަމަ ކޮށްފައިނުވިނަމަވެސްދައުލަތުން އާޚިރުގައި ނިންމަންޖެހޭ ނިންމުން ނިންމާ އެކަމުގެ ހުއްދަ 51.1 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ދީފައިވާކަމުގެ މައްޗަށާއި މިއީ ކޮންޓްރެކްޓާބހެ ޤާނނޫ ގެ 20 ވަނަ މާއްދާގައި ބުނެފައިވާ ލުޔެއް އަމަލީ ގޮތުން ދިނުންކަމުގައިވާއިރު، ލީސް އެގްރީމެންޓުގެ 52 ވަނަ މާއްދާގެ އިޖުރާޢަތުނ ދައުލަތަށް ލިބިދެވޭ އިޖުރާއީ ޙައްޤެއް އޮތް ނަމަ އެޙައްޤު ދޫކޮށްފައިވާކަމަށް ބަލަން ޖެހޭ ކަމަށެވެ.

32މިނުކުތާގެ ޖަވާބުގައި ދައުލަތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ޖަވާބުގައި ބަޔާންކޮށްފައި ހުރި ސަބަބުތަކަށް ރިޢާޔަތްކުރާއިރު، މިއީ ދައުލަތުން އިސްތިއުނާފު ކުރާ ފަރާތަށް ދިން ލުޔެއް ނޫންކަން އެނގޭ ކަމަށެވެ. އަދި މިނސްޓްރި އޮފް ޓޫރިޒަމް ރިސޯޓު މަރާމާތުކުރުމަށް ވަގުތީ ގޮތުން ހުއްޓާލުމ މެދާ އިޢުތިރާޟްނުކުރާކަމަށް އަންގާފައިވަނީ އެއްބަސްވުމުގެ 51 ވަނަ މާއްދާގައި ބަޔާންކުރާ ސަބަބަކާ ހުރެ ނޫންކަމަށާއި އެމާއްދާގައިވާ އެއްވެސް އިޖުރާއަތެއް ފުރިހަމަކޮށް އެމާއްދާގައިވާ ފަދަ ހުއްދައެއް ދެވިފައިނުވާނެކަމަށެވެ.

33HN4ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 20 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ މިފަދައިންނެވެ.

(ހ) ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ، އެ ކޮނޓްރެކްޓްގައިވް ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިއާ ޚިލާފު ގޮތަކަށް ޢަމަލުކުރެވޭނީ، އެ ކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ދުލެއް ދީފިނަމައެވެ. ނުވަތަ އޭނާ އެހެން ގޮތަކަށް ޢަމަލުކުރާނޮ އެއްބަސްވެއްޖެނަމައެވެ.

34ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 20 ވަނަ މާއްދާގެ (ހ) އަކީ ކޮންޓްރެކްޓަކަށް ޢަމަލުކުރުން ފުރިހަމަވުމާއިބެހޭ މާއްދާއެއްކަން އެ މާއްދާގެ އަރިމަތީ ސުރުޚީއަށް ބެލުމުން އެނގޭކަމާއި، އެ މާއްދާގައި ބަޔާންކޮށްފައިވަނީ އެނޫންގޮތަކަށް ޢަމަލުކުރުމަށް އެއްބަސްވުމުގެ ބައިވެރިން އެއްބަސްވާ ޙާލަތުގަ )contract the to amendment( އާއި އެއްބަސްވުމުގެ އެއް ބައިވެރިއަކު އެއްބަސްވުމުގެ އަނެއް ބައިވެރިޔާ އުފުލަންޖެހޭ އިލްތިޒާމަކަށް ދުލެއްދީފައިވާ ޙާލަތުގައި )waiver( މެނުވީ، ކޮންޓްރެކްޓްގެ ބައިވެރިން ބަނދެވިފައިވާ އެއްބަސްވުމުގެ ޝަރުޠުތަކާއި އެއްގޮތަށް ޢަމަލުކުރަންވާނެ ކަމަށް ކަމުގައިކަން ބުނެވުނު މާއްދާގެ (ހ) އިން އެނގޭ ކަމަށް ސުޕްރީމް ކޯޓުގެ ސީގޭޓް ދ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ރަޝީދު އާއި ޢަބްދުއްރަޝީދު ޢަބްދުލްކަރީމް ޤަޟިއްޔާގައި ކަނޑައެޅިފައިވެއެވެ.

ސުޕްރީމް ކޯޓުގެ ނަންބަރު A/46-SC/2013 ޤަޟިއްޔާ

35HN5ކޮންޓްރެކްޓުގެ މާއްދާއެއްގައިވާ ކަމަކަށް ދުލެއް ދިނުމާއި ކޮންޓްރެކްޓުގައިވާ ކަމަކަށް ބަދަލެއް ގެނައުމާއި މިއީ ތަފާތު ދެ ކަމެއްކަމަށް މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ވ. އެޓަރނީ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ކަނޑައެޅިފައިވެއެވެ. މިގޮތުން، ކޮންޓްރެކްޓުގައިވާ ކަމަކަށް ދުލެއް ދިނުމަކީ (waiver) އެއްފަރާތގު އަމަލއްކެމުނ ދުލެއް ދިނުމުގެ ނުވަތަ ދޫކޮށްލާ ދޫކޮށްލުމުގެ މުގާބިލެއ އޮތުން ލާޒިމުވެގެން ނުވެއެވެ. އެ ދޫކޮށްލާ ކަމެއް ދޫކޮށްލުމުގެ ސަބަބުން މަންފާ ލިބޭ ފަރާތުން އެ ދޫކޮށްލުމަށް ބަރޯސާވެފައި އޮތުންވެސް ލާޒިމު ނުވެއެވެ. އެއާ ޚިލާފަށް، ކޮންޓްރެކްޓުގައިވާ ވަކި ކަމަކަށް ބަދަލެއް ގެނެސް (variation) އެހެން ގޮތަކަށް އެކަމެއް ކުރާނަމަ ދެފަރާތުގެ އެއްބަސްވުން އެކަމަށް އޮންނަން ޖެހޭނެއެވެ. އޭގެ މާނައަކީ ކޮންޓްރެކްޓުގައިވާ ގޮތާ ތަފާތު ގޮތަކަށް އަމަލުކުރެވޭނީ ދެފަރާތުން އެކަމަށް އެއްބަސް ވެގެން އަދި އެ އެއްބަސްވުމުގެ ވަކި މުގާބިލެއް އޮވެގެންނެވެ.

36HN6ކޮންޓްރެކްޓުގައިވާ ހައްގެއް ދޫކޮށްލީ ކަމަށް ބެލެވޭނީ އެ ހައްގު ދޫކޮށްލީ އެ ހައްގު ދޫކޮށްލި ފަރާތަށް އެކަން އެނގިހުރެ އަމިއްލަ ރުހުމުގައި އެ ހައްގު ދޫކޮށްލުމުގެ ނިޔަތުގައިކަން ދޭހަވާ ނަމައެވެ. ހައްގެއް ދޫކޮށްލީކަމަށް އެ މައްސަލައެއްގައި ހިމެނޭ ވާގިއާތަކަށް ބިނާކޮށް އެހާ ފަސޭހައިން އިފްތިރާޟު ކޮށްގެން ނުވާނެއެވެ. އެ ހައްގު ދޫކޮށްލުމުގެ ނިޔަތް އޮތްކަން އެ މައްސަލައިގެ ވާގިއާތަކުން ފާޅުވެ އެނގެން ޖެހޭނެއެވެ. އެހެންކަމުން ހައްގެއް ދޫކޮށްލީކަން ނުވަތަ ނޫން ކަމަކީ އާޚިރުގައި ވާގިއީ ސުވާލަ އެ ކަމަށެވެ.

37ކޮންޓްރެކްޓުގައިވާ ކަމެއް ދޫކޮށްލީކަމަށް ކޮންޓްރެކްޓުގެ ބައިވެރިއެއްގެ އަމަލުން ދޭހަ ކުރެވިދާނެއެވެ. ނަމަވެސް އެގޮތަށް ދޭހަކުރެވޭ ދޭހަކުރުމަކީ އެއްވެސް އޮޅުމެއްނެތި ސާފުކޮށް ކުރެވޭ ދޭހަ ކުރުމަކަށް ވާންޖެހޭނެއެވެ. ކޮންޓްރެކްޓުގައިވާ ކަމެއް ދޫކޮށްލީކަމަށް ކޮންޓްރެކްޓުގެ ބައިވެރިއެއްގެ އަމަލުން ދޭހަކުރުމުގައި އެ އަމަލުން ސުޕްރީމް ކޯޓުގެ ނަންބަރު A/34-SC/2020 ޤަޟިއްޔާ ދެ މާނައެއް ނެގިގެން ނުވާނެއެވެ. އެ އަމަލުން ނެގެންޖެހޭނީ އެންމެ މާނައެކެވެ. އެއީ ކޮންޓްރެކްޓުގައިވާ ކަމަށް ދުލެއް ދިނުމުގެ ނުވަތަ މައާފުކުރުމުގެ މާނައެވެ.

38HN7މިއުސޫލުތައް މިމައްސަލައަށް ތަޠްބީޤުކުރުމަށް ބަލާއިރު، އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން މިޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތަކަށް ރިޢާޔަތްކުރާއިރު، މިނިސްޓްރީ އޮފް ޓޫރިޒަމް ގެ ފަރާތުން ތަން މަރާމާތުކުރުމަށްޓަކައި އިޢުތިރާޟްނުކުރާކަމަށް ބުނުމުގައި އހުއްދެ އެދެވެނީ އެމާއްދާގއިވަ ހާލަތެއް ވުޖޫދުގައި އޮވެގެންކަން މިނސްޓްރި އޮފް ޓޫރިޒަމްއަށް އެނގެން ނެތް ކަމާއި އެހެންކަމުން ތަން އިންސްޕެކްޓުކުރުމުގެ އިޖުރާއަތު މިނިސްޓްރީން ދޫކޮށްލީ ފަރާތަށް އެކަން އެނގިހުރެ އަމިއްލަ ރުހުމުގައި އެ ހައްގު ދޫކޮށްލުމުގެ ނޔަތުގައިކަނި އެނގެންނެތެވެ.

39އެއްބަސްވުމުގައި ސަރީޙަކޮށް ކަނޑައެޅިފައިވާ އިޖުރާއަތްތަކުގެ ތެރެއިން އެއްވެސް އިޖުރާއަތެއް ދެފަރާތަ ނ ކުރެ ފަރާތަކުން ފުރިހަމަކުރުމެއް ނެތިދެވިފައިވާ މިހުއްދައަކ ޤުދުރަތީ ކާރިސާއެއ ނުވަތް އަމިއްލަ ބާރު ނުފޯރާ ކަމަކާ ގުޅިގެން ޢަމަލުކުރުމަށް ދެފަރާތުން އެއްބަސްވެފައިވާ އެއްބަސް ވުމާ ތަފާތު ގޮތަކަށް އެއްބަސްވުމުގެ ބައިވެރިން ޢަމަލުކުރުމަށް ނިންމާފައިވާކަމަށް ނުވަތަ އެއްބަސްވުމަށް ބަދަލު ގެނެސްފައިވާކަމަށް، ނުވަތަ އެ މާއްދާތަކަށް ޢަމަލުކުރުމުގައި އެއްވެސް ލުޔެއް ދިނުމަށް ނިންމުމެއް ކަނި އެނގޭނެ އެއްވެސް ހެއްކެއް ޤަރީނާ ހުށަހެޅިފައިނުވުމުން މިއީ ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 20 ވަނަ މާއްދާގެ ދަށުން ދެވިފައިވާ ލުޔެއް ކަމަށް ނޫން ކަމަށް ދަށު ކޯޓުން ނިންމާފައިވަނީ އެމާއްދާއާ ޚިލާފަށް ކަމުގައި ނުދެކެމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ