އަޙްމަދު އިބްރާހީމް ވ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 38/Cv-C/2019
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- އިންޖީނުގެ ވޮރަންޓީއާ ގުޅޭ ގެއްލުމުގެ ބަދަލުގެ ދަޢުވާގައި، މުއްދައީ ހުށަހެޅި ޝަފަހީ ހެކިން ޙާޟިރުނުކޮށް ހުށަހެޅުނު ލިޔެކިޔުންތަކަށް ބިނާކޮށް ދަށު ކޯޓުން މައްސަލަ ނިންމުމަކީ ހެއްކާބެހޭ ޤާނޫނުގެ 5 އަދި 6 ވަނަ މާއްދާއާ ޚިލާފު ކަމެއްތޯ، އަދި އިސްތިއުނާފީ ނުކުތާއަކީ ކޯޓުތަކާބެހޭ ޤާނޫނުގެ 43 ވަނަ މާއްދާގެ މިންގަނޑު ފުރިހަމަވާ ނުކުތާއެއްތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 މަދަނީ ދަޢުވާ ސާބިތުކުރުމުގެ ވަސީލަތްތަކުގެ ތެރެއިން އެންމެ ހަރުދަނާ ވަސީލަތަކީ ކިތާބީ ހެއްކެވެ؛ ސާބިތުވުމުގެ ބާރުގެ ހައިސިއްޔަތުން ޝަފަހީ ހެއްކަކީ ކިތާބީ ހެއްކަށްވުރެ ބަލި ވަސީލަތެކެވެ؛ ޝަރީޢަތުން ނުވަތަ ޤާނޫނުން ލިޔުމެއް އޮތުން ލާޒިމުކުރާ ކަންކަމުގައި އަޞްލެއްގެ ގޮތުގައި ބަލަންޖެހެނީ އެ ލިޔުމަށެވެ؛ އަދި އެ ލިޔުމަކީ ފޯޖް ލިޔުމެއްކަން ނުވަތަ އެހެން ގޮތެއް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުނުވާހާ ހިނދަކު އޭގެ ހުއްޖިއްޔަތު ނުވެއްޓޭނެއެވެ.
HN2 ހެކި ބަލައިގަތުމާމެދު ފަނޑިޔާރުންގެ ބާރުތަކާއި އޭގެ ޙައްދުތައް ޤާނޫނަކުން ކަނޑައަޅާފައިނުވާއިރު، ބަލަންޖެހޭ ސުވާލަކީ ހެއްކެއް ޙާޟިރުނުކުރަން ނިންމި ނިންމުން ބިނާވަނީ އެކަށީގެންވާ ސަބަބެއްގެ މައްޗަށްތޯއެވެ؛ ޚަޞްމުން ޙާޟިރުކުރަން އެދޭ ހެކިންނަށް ނުވަތަ ހުށަހަޅާ ހެއްކަކަށް ރިޢާޔަތްނުކުރަން ނިންމާނަމަ، އެ ސަބަބު ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރަންވާނެއެވެ؛ އެއީ އިންޞާފު ދެފުށް ފެންނަ ގޮތަށް ޢަމަލުކުރުމުގެ ބައެކެވެ.
HN3 ހުށަހެޅުނު ލިޔެކިޔުންތަކަކީ ކަން ހިނގާފައިވާ ގޮތް ދޭހަކޮށްދޭ ޙަޤީޤީ މުސްތަނަދުތަކަށްވެ، އެ ލިޔެކިޔުންތަކުން ކަން ހިނގާފައިވާ ގޮތް ސާފުވެފައިވާއިރު، ޝަފަހީ ހެކިން ޙާޟިރުނުކޮށް ލިޔެކިޔުންތަކަށް ބަރޯސާވެ ސަބަބު ބަޔާންކޮށް މައްސަލަ ނިންމުމަކީ ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފު ކަމެއް ނޫނެވެ.
HN4 ކޯޓުތަކާބެހޭ ޤާނޫނުގެ 43 ވަނަ މާއްދާގެ ދަށުން ދަށު ކޯޓުގެ ނިންމުމެއް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ އެ ނިންމުން ބިނާވެފައިވަނީ ޤާނޫނާ ޚިލާފު ސަބަބުތަކެއްގެ މައްޗަށް، ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވާނަމައެވެ؛ ޤާނޫނީ ގޯހެއް ހަދާފައިވާކަމަށް، ހެކިތަކަށް ނުވަތަ ވާހަކަތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ހަމައެކަނި ބުނުމަކުން އެ މިންގަނޑު ފުރިހަމައެއް ނުވެއެވެ؛ ޤާނޫނު ތަޠުބީޤުކުރުމުގައި ގޯހެއް ހަދާފައިވަނީ ކިހިނެއްކަމާއި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އިސްތިއުނާފުކުރާ ފަރާތުން ސާފުކޮށްދޭންވާނެއެވެ.
HN5 ވޮރަންޓީ ދީފައިވަނީ އުފައްދާ ކުންފުނިން ކަމަށްވެ، ޑިސްޓްރިބިއުޓަރު ޢަމަލުކޮށްފައިވަނީ މެދުވެރިއެއްގެ ހައިސިއްޔަތުން އުފައްދާ ފަރާތާ މަޝްވަރާކޮށް ވޮރަންޓީގެ މުއްދަތުގައި ދިމާވި މައްސަލަތައް ޙައްލުކޮށްދީފައިވާކަން ލިޔެކިޔުންތަކުން އެނގޭއިރު، ޑިސްޓްރިބިއުޓަރުގެ އިހުމާލުން ގެއްލުން ލިބުނުކަން ސާބިތުނުވާކަމަށް ދަށު ކޯޓުން ކުރި ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މޫސާ ޢާލިމް
- ބެންޗު
- ފަނޑިޔާރު ޙުޒައިފާ މުޙައްމަދު، ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު މުޙައްމަދު ފައިޞަލް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު
މައްސަލައިގެ ތަޢާރުފު
1މިއީ ސިވިލް ކޯޓުގެ ނަންބަރު 38/Cv-C/2019 ޤަޟިއްޔާ އެ ކޯޓުން ނިންމީ ފައިވަނީ، ޝަރުޢީ ނުވަތަ ޤާނޫނި ހަމަތަކާއި ޚިލާފަށްކަމަށް ބުނެ ގއ.ގެމަނަފުށި އޯކިޑްމާގެ އަޙްމަދު އިބްރާހީމް )( ) މީގެ ފަހުން "އަޙްމަދު އިބްރާހީމް" ނުވަތަ "އިސްތިއުނާފ ކުރާފަރާތ("ގެ ފަރާތުން އެ ޤަޟިއްޔާދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުނ ބަލާފައިވާ ޤަޟިއްޔާއެކެވެ. މި އިސްތިއުނާފު ރައްދުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ )ރަޖިސްޓްރީ ނަންބަރު: C-680( )މީގެ ފަހުން "އެމްޓީސީސީ" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް"(ގެ މައްޗަށެވެ.
2އަޙްމަދު އިބްރާހީމްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ އޯކިޑް 101 ނަމަކަށް ކިޔާ ދޯނީގައި އެޅުމަށްޓަކައި 24 ސެޕްޓެމްބަރު 2003 ގައި އެމްޓީސީސީނާ ވިއްކާފައިވާ ޔަންމ މެރިން ޑީސަލް އިންޖީނު އެމްޓީސީސީން ދީފައިވާ ގެރެންޓީ މުއްދަތުގައި މައްސލަޖެހި ޙައްލެއް ނުގެނެވި އިންޖީނަ އެއްކޮށް ހަލާކުވެފައިވާތީ، އަޙްމަދު އިބްރާހީމްއަށް ލިބިފައިވާ މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް އެދޭ އެމްޓީސީސީއަށެ ދައުވާ ރައްދުވާ ގޮތަށް ސިވިލް ކޯޓުގައި ދަޢުވާ އުފުލިއެވެ. މި ދަޢުވާ ބަލާފައިވަނީ އ ކޯޓުގެ ނަންބަރު 38/Cv-C/2019 ޤަޟިއްޔާއިންނެވެ. މޮޑެލް ނަންބަރު DTE3-6HA2M ސިވިލް ކޯޓުން ނިންމިގޮތް
3ސިވިލް ކޯޓުގެ ނަންބަރު 38/Cv-C/2019 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ: " ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތައް ހުރުމާއެކު، 24 ސެޕްޓެމްބަރު 2003 ގައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ އިން ގއ. ގެމަނަފުށި / އޯކިޑްމާގެ، އަޙްމަދު އިބްރާހީމް )ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރ ( ގަނެފައިވާ މޮޑެލް ނަންބަރ DTE3-6HA2M ޔަންމާ މެރިނ ޑީސަލް އިންޖީނަށ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ ވޮރަންޓީއެއ ދީފައިނުވާކަމާއި، އަދި އެ ކުންފުންޏަކީ ޔަންމާ ޑީސަލް އެންޖިން ކޯ ލިމިޓެޑުގެ އޮތޮރައިޒްޑް ޑީލަރެއްކަމުގައިވާތ، އެ ކުންފުނިން މި ޙާދިޘާގައިޢަމަލުކޮށްފައިވަނީ މެދުވެރިއެއްގެ ހައިސިއްޔަތުންކަމާއި، އަދި އަޙްމަދު އިބްރާހީމް ގަނެފައިވ މި އިންޖީނަށް ޔަންމާ ޑީސަލް އެނިޖިން ކޯ ލިމިޓެޑުން ދީފައިވާ ވޮރންޓީގެ މުއްދަތުގައް ކުރިމަތިވި މައްސަލަތަކަށް މެދުވެރިއެއްގެ ހައިސިއްޔަތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ އިން ހޯދައިދޭންޖެހޭ ޙައްލުތައް ހޯދައިދީފައިވާކަމާއި، އަދި އެ އިންޖީނަށް ކުރިމަތިވި މައްސަލަތަކަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކީ ޓިންގ ކޮމްޕެނީ ޕލކގެ އިހުމާލުން ކުރިމަތިވެފައިވާ މައްސަލަތަކެއްކަމަށް މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުނުވާތީ، މި ދަޢުވާގައި އަޙްމަދު އިބްރާހީމް ހޯދުމަށް އެދިފައިވާ ފައިސާ މޯލްޑިވްސ ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ ކިބައިން ނަގައިދެވެން ނެތްކަމަށް ކަނޑައަޅައި، ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް
4ސިވިލް ކޯޓުގެ ނަންބަރު 38/Cv-C/2019 މައްސަލަ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތ ނުވާކަމަށާ ބުނެ އެޤަޟިއްޔް އިސްތިއުނާފު ކުރުމަށއެދެ އަޙްމަދު އިބްރާހީމް ގ ފަރާތުނ ހުށަހަޅާފައިވަނީ 01 )އެކެއް( ނުކުތާއެވެ. އެގޮތުން ހުށަހަޅި ނުކުތާއަކީ؛
4.1 ސިވިލް ކޯޓުގެ ނަންބަރު 38/Cv-C/2019 ޤަޟިއްޔާއި ގުޅިގެނާ އަޙްމަދް އިބްރާހީމްގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ ލިޔުންތަކަށާއި، ދަޢުވު ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެއްނެތި ޝަރީޢަތުން މައްސަލަ ނިންމަވާފައިވަނީ ޤާނޫނު ނަންބަރ 24/76 )ހެއްކާބެހޭ ޤާނޫނު(ގ 5 ވަނަ މާއްދާއާއި 6 ވަނަ މާއްދާއާ ޚިލާފަށް ޝަރީޢަތުން ބަލަންޖެހޭ ކަންކަމަށް ފުރހަމައަށި ރިޢާޔަތް ކުރުމެއްނެތިކަމަށ ބުން ހުށަހެޅި ނުކުތާއެވެ.
5މިނުކުތގެ ތަފްޞީލުގައާ އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ 2003/653 އަންވޮއިސ އަށް ބެލުމުން މުދާ ވިއްކި ފަރާތަކީ އެމްޓީސީސީކަމާއި،އެއްވެސް އިރެއްގައި "ޔަންމާ" ކުންފުނީގެ ފަރާތުން އިސްތިއުނާފުކުރާ ފަރާތަށް ވޮރަންޓީއެއް ދީފައިނުވާކަމާއި، އިންޖީނު ގަނެފައިވަނީ އެމްޓީސީސީއިން ކަމަށްވެފައި، އިންޖީނަށް މައްސަލަ ޖެހުނު ހިސާބުން ފެށިގެން އެކަމުގެ ޙައްލު ގެނެސްދިނުމް ށ މަސައްކަތް ކަށްދީފައިވަނީ އެމްޓީސީސީއިނ ކަމަށްވާތީ، ހުރިހާ ޒިންމާއެއް ނަގާފީއިވަނ އެމްޓީސީސކަނ ލިޔުންތަކުން އެނގޭކަމަށެވެ.
6މުގެ އިތުރުން އިސްތިއީނާފުކުރާ ފަރާތުން ބުނެފައިވަނެވޮރަންޓގް މުއްދަތުގެ ތެރޭގައި އިންޖީނަށް މައްސަލަތައް ދިމާވެގެނ އެމްޓީސީސީއްމުޢާ މަލާތުކޮށްފައިވާކަން ދެފަރާތާދެމެދު ބަދަލުކުރެވިފައި ވ ސިޓީތަކުން އެނގެން އޮންނަކަމާއި އަދި އިންޖީނަށް ދިމާވެފައިވާ މައްސަލަ ޙައްލުކޮށްދީފައިނުވާކަމަށެވެ.
7އަޙްމަދް އިބްރާހީމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކަށް ރިޢާޔަތްކޮށފައިނުވާކަމުގައިވެސް އަޙްމަދު އިބްރާހީމްގެ ފަރާތުން ބުނެފައިވެއެވެ.
8އަޙްމަދު އިބްރާހީމްގެ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 38/Cv-C/2019 ޤަޟިއްޔާއިން އެކޯޓުނ ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ކަނޑައަޅައި، އޯކިޑް 101 )ރަޖިސްޓްރީ ނަންބަރު P5615A-01 9-P( ދޯނީގައި އެޅުމަށްޓަކައި 24 ސެޕްޓެމްބަރު 2003 ގައި އެމްޓީސީސީއިން ވިއްކާފައިވާޔަންމާ މެރިން ޑީސަލް އިންޖީނަށް ގެއްލުންވެފައިވަނެ ދައުވާ ރައްދުވާ ފަރާތގު އިޙުމާލުނ ކަމަށް ކަނޑައަޅައި، އިންޖީނު ގަތުމަށް ޚަރަދުވެފައިވާ -742898/ ރ. )ހަތްލައްކަ ސާޅީސް ދެހާސް އަށްސަތޭކަ ނުވަދިހަ އަށެއް( ރުފިޔާ އާއި ލޯނުގެ އިތުރަށް އަޙްމަދާ އިބްރާހީމްގެ ފަރާތުން ޚަރަދުވެފައިވާ 964011/-ރ. )ނުވަލައްކަ ފަސްދޮޅަސް ހަތަރުހާސް / އެގާރަ( ރުފިޔާ އާއި، ދޯނި ފަޅުގައި އ ޅާފައަ އިންނަންޖެހުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 2250000/-ރ. )ބާވީސ ލައްކަ ފަންސާސް ހާސް( ރުފިޔާ އާއެކު ޖުމްލަ -395,6909/ ރ. )ތިން މިލިއަން ނުވަލައްކަ ފަންސާސް ހަހާސް ނުވަސަތޭކަ ނުވައެއް( ރުފިޔާ އެކަ އެމްޓީސީސީގ ފަރާތުން އަޙްމަދް އިބްރާހީމްއަށް ދޭންޖެހޭ ފައިސއެއްކަމަށާ ޝަރީޢަތުން ކަނޑައަޅައިދިނުމަށެވެ. އިސްތިއުނާފީ ނުކުތާތަކަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ގެ ފަރާތުން ދީފައިވާ ރައްދު
9އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި މައިގަނޑު ގޮތެއްގައި އެމްޓީސީސީގެ ފަރާތުނު ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުންޤާނޫނ ނަންބަރު 24/76 )ހެއްކާބެހޭ ޤާނޫނު( ގެ 5 ވަނި މާއްދާއަށާއި އަދ 6 ރިޢާޔަތްކުރިއިރު، އެނުކުތާއާއި ހުށަހެޅިފައިވާ މިވާ މައްސަލައާއި ގުޅުންހުރި ގޮތެއް އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިނުވާކަމަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ގެ ބައެއް ނިންމުންތަކުގައިވާ ގޮތުގައިމައްސަލައެއްގައި ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވަނީ ކޮން ހެއްކަކަށްކަން، ނުވަތަ ޤާނޫނު ތަޠުބީޤު ކުރުމުގްއ ގޯސްކޮށް އަމަލުކޮށްފައިވަނީ ކިހިނެކުނކަނުސާބިތުކޮށިދިނުމަކީ އިސްތިއް ނާފުކުރާ ފަރާތުގެ ޒިނޭ މާއެއްކަމާއ، ޤާނޫނީ ބަހުސަކީ ކޮބައިކަމާއި، ދަފްޢު ނުވަތަ ޤާނޫނީ ނުކުތާ ނަގާ ފަރާތުން ބަޔާންކުރާ ގޮތް އޭގައި މޮޑެލް ނަންބަރު DTE3-6HA2M ސުޕްރީމް ކޯޓުގެ 2017/SC-A/02 )މޯލްޑިވްސ ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ވަޙީދު( ބަޔާންކޮށްދޭންޖެހޭނެ ކަމަށެވެ. އެހެނަސް،މިއިން އެއްވެސް ކަމެއް އިސްތިއުނާފީ ނކުތާތަކުނ އެނގެން ނެތްކަމުގައި އެމްޓީސީސީގެ ފަރާތުން ބުނެފައިވެއެވެ.
10ޤާނޫނު ނަންބަރު 10/96 )ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު( ގެ 64 ވެނ މާއްދާގަ )ނ( ގެ ދަށުން ޕަބްލިކް ކުންފުނިތަކުން، އެފަދަ ކުންފުންޏެއްގެ ހިސާބުތައް އ ކުލެވޭ ލިޔުންތައް ބަހައްޓަންޖެހެނީހިސާބުތައ ތައްޔާރުކުރާ ތާރީޚުން ފެށިގެން 06 )ހައެއް( އަހަރު ދުވަހުގެ މުއްދަތަށްކަމަށާއި، އޭގެ ފަހުން އަމަލުކުރަންފެށުނު ޤާނޫނު ނަންބަރ 2010/3 )ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު( ގެ 27 ވަނަ މާއްދާގަ )ނ( ގެ ދަށުން ޓެކްސީ ދއްކ ފަރާތުގާ ލިޔެކިޔުންތައްވެސް ބަހައްޓަންޖެހޭނީ 05 )ފަހެއް( އަހަރު ދުވަހުގެ މުއްދަތަށްކަމުން، މި މައްސަލައަކީ އޭގެ ފަހުން 12 )ބާރަ( އަހަރުވެފިއިވަ މައްސަލައެއްކަމުން މިއީ މިހާރު ދަޢުވާކޮށްގެން ކުރިއަށް ގެންދެވިދާނެ މައްސަލައެއް ކަމުގައި ނުދެކޭކަމުގައ އެމްޓީސީސީގެ ފަރާތުން ބުނެފައިވެއެވެ.
11ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ މުޙައްމަދު މުޞްތަފީޤަޟިއްޔާއަށް ޙަވާލާދީ، އެމްޓީސީސީގެ ފަރާތުން އިތުރަށް ފާހަގަކޮށްފައިވަނ ޚުޞޫމަތްތަކުގައި ސާބިތުކުރުމުގެ ބުރަ probandi) (onus އުފުލާ ފަރާތަކީ އިސްތިއުނާފުކުރާ ފަރާތްކަމާއި، އެއް ޚަޞްމުއަނެއް ޚަޞްމަކާ ކުރި މަތްކުރާ ދަފްޢު ސާބިތުކުރުމުގެ މަސު ޢްލިއްޔަތ އުފުލާ ފަރާތަކީ އެ ދަފްޢުއެއިކުރާ ފަރާތަކުންކަމަށެވެ. ސިވިލް ކޯޓުގެ މަރުޙަލާގައި އިސްތިއުނާފުކުރާ މައްސަލައާ ގުޅޭ އެތައް ލިޔުންތަކެއް ހުށަހަޅާފައްވާކަމަށާއި، މި ހުރިހާ ލިޔެކިޔުންތަކުންވެސ އިސްތިއުނާފުކުރާ ފަރާތުން ތުހުމަތުކުރާ ކަންކަން މަދަނީ މިންގަނޑުން އެ ފަރާތަށް ސާބިތުކޮށްދެވިފައިނުވާކަމަށާއި، މި ހުރިހާ ކަމަކަށްވެސް އެމްޓީސީސީއިނެ ދައުވާ ދިފާޢުގައި ދައްކާފައިވާ ވާހަކަތަކަށް ބާރުލިބިގެންދާކަމަށި ވެ. އަޙްމަދު އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވާ ކިތާބާހެކީގެ އަލީގައި ކަންކަން ހިނގީދިޔަގޮތ ސާފުވާން އޮތްއިރު، ޝަފހަ ހެކީގެ އަލީގައި މައްސަލައިގައި ސާބިތުވާކމެއަ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 )މޯލްޑިވްސ ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދ ވަޙީދު( ޤަޟިއްޔ ނަފީވެގެން ނުދާނެކަމަށާއި،އަދި އެތައް އަހަރުތަކެއީފާއިތުވުމަށްފަހު ޝަފހަހެކި ބޭނުންކުރުމަކީ އިންސާފުވެރކަމެއ ކަމުގައް ނުދެކޭކަމުގައި އެމްޓީސީސީގެ ފަރާތުން ބުނެފައިވެއެވެ.
12ގަނެ ވިއްކުމުގެ މަޢާމަލާތާއު ގުޅިގެނި ޔަންމާ ޑީސް ލ އިންޖީން ކޯ ލިމިޓެޑުން ގަންނަ ފަރާތށްދީފައިވާ ވޮރަންޓީއަށުބަލެއި، ޔަމްނާ ޑީސަލް އިންޖީން ކޯ ލިމިޓެޑަ ގެ ހުއްދަދީފައިވާ ޑިސްޓްރިބިޔުޓަރެއް، ޑީލަރއްގ އަތުން ގަންނަ މުދަލަކީ އެ މުދާ ތައްޔާރު ކުރެވޭ، ތަކެތި/ މާއްދާގައި އަދި މަސައްކަތްތެރިކަމުގައި މައްސަލައެއް ނެތެ މުދާކަން ބަޔާންކޮށް، އެފަދަ މުދަލުގެ ވޮރަންޓީގ މުއްދަތުގައި، އެމުދާ ތައްޔާރުކުރެވޭ މެޓީރިއަލްއަދި މަސައްކަތްތެރިކަމުގައި މައްސަލައެއް ވާނަމަ އެކަމެއް ހ އްލުކުރުމަށް އިތުރު ޚަރަދު ނެގަމަކާ ނުލައި، ޔަންމާއަށ ފެނުން ގޮތުގައަ ބަދޭ ލިކޮށްދޭންޖެހ އެއްޗެއް ވާނަމަ ބަދަލުކޮށްދިނުމާއ މަރާމާތުކުރުން ފަދަ ކަންކަމަކީ ޔަންމާ ޑީސަލެއިންޖިނ ކޯ ލިމިޓެޑުގާ މައްޗަށް އޮންނަކަމެއްކަމަށާއި، އޭގެ ޒިންމާ ނެގުމުގައިރާއްޖޭގައި ޑިސްޓްރިބިއުޓި ކުރުމުގެ ހުއްދަ އޮތް ފަރާތުގެ ހައިސިއްޔަތުން އެމްޓެސީސީ ޝާމިލް ކޮށްފައިނުވާކަމުގައ އެމްޓީސީސީގެ ފަރާތުން ބުނެފައިވެއެވެ.
13އެމްޓީސީސީއާއި އަޙްމަދު އިބްރާހީމްއާ ދެމެދު ވޭތުވެދިޔް ތަނުގައި ކޮށްފައިވާ މުޢާމަލާތްތަކުންވެސ ވޮރަންޓީ ލިޔުމުގައި ވާ ވޮރަންޓެ ޔަންމާ ކުންފުނީގެ މަޝްވަރާއާއެކު ޙައްލުކޮށްފައިވާކަން އެނގޭނެކަމުގައި އެމްޓީސީސީގަ ފަރާތުން ބުނެފައިވެއެވެ.
14ބަޔާންކުރަނިވި ކަންކަމުގައި އަލީގައި އެމްޓީސީސީއިން އެދެނީ ސިވިލް ކޯޓުގެ ނަންބަރ 38/Cv-C/2019 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމުގައި ކަނޑައަޅައިދިނުމަށް ކަމުގައި އެމްޓީސީސީގެ ފަރާތުން ބުނެފައިވެއެވެ.
ދެ ފަރާތް ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުންތައް
15މ މައްސަލައިގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގައި ޔަންމާގެ ވ ރަންޓީއާއި، ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅުމުގެ ކުރިނިދ ފަރާތެ ދެމެދް ކުރެވިފައިވާ މުޢަމަލާތްތަކާއ ގުޅި ގޮތުން ވާހަކަދައްކާފައިވާތީ، ވޮރަންޓީއާއް ދެ ފަރާތް ދެމެދު ބަދަލުކުރެވިފައިވާ ސިޓީ ތަކަށް ބެލުން މުހިންމުކަމުގައި ދެކެމެވެ. މގޮތުނި ޔަންމާގެ ލިމިޑެޓުވރަންޓީއަށް ބަލާއިރޮ،ވ ރަންޓ ދީފައިވަނީ ޔަންމާ ޑީސަލް އިންޖިން ކޯ ލިމިޓެޑް އިނ ކަން އެނގޭކަމާއި، އަދި އަމިއްލަ ބޭނުމަށް ބޭނުންކުރާނަމަ، ވރަންޓީގެ މުއްދަތަކޭ ކުއްޔަށް ދޭނަމަ، މުދާ ލ ބ ތާރީޚުން ފެށިގެން 12 މަސްދުވަސް ނުވަތަ 2500 ގަޑިއިރަށް ބޭނުންކުރުންކަނ ނުވަތް އަމިއްލަ ބޭނުމަށް ބޭނުންކުރާނަމަ މުދާ ލިބޭ ތާރީޚުން ފެށިގެން 24 މަސްދުވަސް ނުވަތަ 2500 ގަޑިއިރަށް )މި ދެ ގޮތުން ކުރި ކުރިން އަންނަ ވަގުތަށް( ބޮނުންކުރުންކަންމްވރަންޓީއިނޮއެނގެއެވެ. މި ވި ރަންޓީގެ މުއްދަތުގައި ޔަންމާއިނ ކޮށްދޭނެ ކަންކަމުގެ ގޮތުގައޮއަންނަނިވި ކަންކަން ވރަންޓީގައި ބަޔާންކުރެއެވެ. “YANMAR shall honour a claim during the Warranty Period…” “What is covered by the warranty – YANMAR will replace or repair, at it’s option, without charge for the parts or labor, at a place designated by YANMAR, any parts of a YANMAR engine/product covered by this Warranty found to be defective in material or workmanship”
16ދެ ފަރާތް ދެމެދު ބަދަލުކުރެވިފައިވާ ސިޓީތަކުގެ ގޮތުގައި ސިވި ލ ކޯޓަށް އަންނަނިވި ސިޓީތައް ހުށަހަޅާފައިވެއެވެ.
16.1 އެމްޓީސީސީގެ ނަންބަރު YSAS-MTCC-046/05 )23 މާރިޗް 2005 ( ސިޓީގައި، އަޙްމަދު އިބްރާހީމް 20 މާރިޗް 2005 ގައި ފޮނުވާފައިވާ ސިޓީއަށް ޙަވާލާދީ، އެ ސިޓީގައި ބަޔާންކޮށްފައިވާ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ތަރީޚަކީ 02 ޖަނަވަރީ 2019މ. ކަން "މުދަލާއި ފައިސާއާބެހޭ ބޮޑެތި މައްސަލަތައް ބަލާ ޑިވިޜަނަށް މައްސަލަ ހުށަހަޅާ ފޯމު"އިން އެނގެއެވެ. މީގައި ބަޔާންކޮށްފައިވަމިވަނީ and assiciated products” boat marine diesel engine-“Pleasureގެ ވޮރަންޓީ މުއްދަތެވެ. ކަންތައްތަކުގެ ތެރެއިން އިންޖީނު ކޫލަރު ކޮޅު ކަވަރުގައި ސެލިކނާ ހުރުމުގެ މައްސަލައާއެކު ދިމާވެފައިވާކަމަށް ބަޔާންކުރާ އެހެނިހެން މައްސަލަތައް ޔަންމގ މަޝްވަރާއަކަށް ފޮނުވާފައިވާކަމުގައި ބަޔާންކޮށްފައިވެއެވެ.
16.2 އެމްޓީސީސީގެ ނަންބަރު YSAS-MTCC-137/05 )14 ޖޫން 2005( ސިޓީގައި، އިންޖީނަށް ދިމާވެފައިވާ މައްސަލަ ހޯދުމަށް ޔަންމާގެ އިންޖިނިއަރުންނާއިއެކ ދެކެވުނު ވާހަކައިން އިންޖީނަށް ދިމާވެފައިވާ މައްސަލައަކީ އިންޖީނު އޯވަރހީޓްވުމުގެ ސަބަބުން ހެޑަށ ގެއްލުން ލިބިފައިވާ މައްސަލައެއްކަމާއި، ހެޑަށް އޯޑަރ ކޮށްފައިވާކަމާއި، ހެޑް ލިބު ދުވަހެއް ޔަނމާއިނ އެންގުމުން އެކަން އަންގާނެކަމުގައި ބަޔާންކޮށްފައިވެއެވެ.
16.3 އެމްޓީސީސީގެ ނަންބަރު YSAS-MTCC-150/05 )28 ޖޫން 2015( ސިޓީގައި، 26 ޖޫން 2005 ގައި އަޙްމަދު އިބްރާހީމް ފޮނުވާފައިވާ ސިޓީއާ ޙަވާލާދީ،ވޮރަންޓގ މުއްދަތުގައި ދިމާވި އެންމެހާ މައްސަލަތައް ހައްލުކުރުމުގައެ ވޮރަންޓގ އުޞޫލާއި އެއްގޮތަށް ޢަމަލުކޮށްފައިވާނެކަމަށާއި، 2500 ގަޑިއިރަށް ވުރެ ދިގު މުއްދަތެއް )4600 ގަޑި( އިންޖީން ބޭނުންކުރިފަހުން، ހެޑްގާސްކެޓުން ފެންލީކުވުމުގެ މައްސަލައިގައިވެސް ކުރިއަށް ދާނވީގޮތް ބަޔާންކޮށްފައިވާނެކަމަށާއި، އެއީ ވޮރަންޓީގެ ދަށުން ޢަމަލުކުރެވޭކަމެއ ނޫންކަމަށާއި، އެހެނަސް އެމްޓީސީސީއާ އޮތް ވިޔަފާރީގެ ގުޅުމަށް ބަލައި ކޮށްދެވިފައިވ ކަންކަނާ ކަމުގައި ބަޔާންކޮށްފައިވެއެވެ.
16.4 އެމްޓީސީސީގެ ނަންބަރު YSAS-MTCC-2005/172 )31 ޖުލއަ 2005( ސިޓީގައި، 19 ޖުލައި 2005 ގައި އަޙްމަދު އިބްރާހީމް ފޮނުވާފައިވާ ސިޓިއާ ހަވާލާދީ، އިންޖީނަށް ދިމާވި ހެޑްގާސްކެޓުން ވައި ލީކުވާ މައްސަލަ ޙައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް 7 ޖުލައި 2005ގައި ނިމިފައިވާކަމުގައި ބަޔާންކޮށްފައިވެއެވެ.
16.5 އެމްޓީސީސީގެ ނަންބަރ YSAS-MTCC-258/05 )29 ނޮވެމްބަރ 2005( ސިޓީގައި، 24 ނޮވެމްބަރު 2005ގައި އަޙްމަދު އިބްރާހީމް ފޮނުވާފައިވާ ސިޓީއާ ޙަވާލާދީ، ދޯނީގެ ބޮނެޓު ކަވަރުން އަޑީތެޔޮ ލީކުވި މައްސަލައިގައި، އެ ރަށުގެ އެހެން ދޯންޏެއްގެ މަސައްކަތަށް މީހަކު ދިޔުމަށް ހަމަޖެހިފައވާކަމަށާއި، މި ދަތުރުގައި އެ މައްސަލަ ބެލުމަށް އިންޖިނޭރުންގެ ހިލޭ އެހީ ލިބޭނެކަމުގައި ބަޔާންކޮށްފައިވެއެވެ.
17HN5ބަޔާންކުރެވުނު ވޮރަންޓީއާއެލިޔެކިޔުންތަކަށް ބަލާއިރު، ވޮރަންޓީގް މުއްދަތުގެ ތެރޭގައި އިންޖީނަށް ދިމާވެފައިވާ މައްސަލާ ޔަންމާ ޑީސަލް އިންޖިން ކޯ ލިމިޓެޑްއާ މަޝްވަރާކޮށް، ޔަންމާ ޑީސަލް އިންޖިން ކޯ ލިމިޓެޑް މެދުވެރިކޮށް އެމްޓީސީސީއިން ޙައްލުކޮށްފައިވކަނީއެނގޭކަމާއި، އަދި މި ވޮރަންޓީ ހަމަވުމަށްފަހުވެސް އަޙްމަދު އިބްރާހީ މްގެ އެދުމަށް ތަފާތު މަސައްކަތްތައް ކޮށްދީފައިވާކަން އެނގެއެވެ. ޤާނޫނު ނަންބަރު 24/76 )ހެއްކާބެހޭ ޤާނޫނ( ގެ 5 ވަނަ މާއްދާއާއި 6 ވަނަ މާއްދާއާ ޚިލާފަށް ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެއްނެތި ޝަރީޢަތުން ގޮތެއް ކަނޑައަޅާފައިވާކަމަށް ބުނާ ބުނުން
18އިސްތިއުނާފުކުރާ އަޙްމަދު އިބްރާހީމްގެ ފަރާތުން ހުށަހަޅާ ފައިވ އިސްތިއުނާފީ ނުކު ތާއަކ ޤާނޫނީ ނަންބަރު 24/76 )ހެއްކާބެހޭ ޤާނޫނު( ގެ 5 ވަނަ މާއްދާއާއި 6 ވަނަ މާއްދާއާ ޚިލާފަށް ޝަރީޢަތުންބަލަންޖެހޭ ކަންކަމަށް ރިޢާޔަތްނުކޮށް މައްސަލެ ނިންމާފައިވާކަމުގައި ބުން އަޙްމަދު އިބްރާހީމްގެ ފަރާތުނ ފާހަގަކޮށްފައިވާ ނުކުތާއެވެ. އެހެނަސް، މި ނުކުތާއަށް ޚާއްޞަވާ ގޮތަކަށް މިކަން ތަފްޞީލުކޮށްދީފައެއްނުވެއެވެ. ޝަރީޢަތުގައި ދެކެވުނު ވާހަކައިގައި އަޙްމަދު އިބްރާހީމްގެ ފަރާތުން ބުނެފައިވަނީ ދެ ފަރާތް ދެމެދު ބަދަލުކުރެވުނު ލިޔެކިޔުންތަކަށް ދަށު މަރުޙަލާގައި ރިޢާޔަތްކޮށްފައިނުވާކަމަށެވެ.
19ހެއްކާބެހޭ ޤާނޫނު ގެ 5 ވަނަ މާއްދާއާއި 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. އެމްޓީސީސީގެ ނަންބަރު 150/05-MTCC-YSAS )23 މާރިޗް 2005( ސިޓީން މިކަން ސާފުވެގެންދެއެވެ.
5. ޝަރީޢތުނަ ނުވަތް ޤާނޫނުން ލިޔުމެއް އޮތުން ލާޒިމްކުރާ ކަމެއްގައި ހެއްކެއްގެ ކަމުގައި ބެލޭނީ ހަމަ އެލިޔުމެކެވެ. ނަމަވެސް އެލިޔުމެއ ނެތުން ގަބޫލުކުރެވޭ ފަދަ އުޛުރަކުންކަން ޝަރީޢަތުގެ މަޖިލީހަށް ސާބިތުވާނަމަ އޭގެ ބަދަލުގައި އެހެން ހެކި ގަބޫލުކުރެވޭނެއެވެ.
6 . ހަގީގަތެއް ސާބިތުވެއްޖެކަމަށް ޝަރީޢަތުން ބެލޭނީ އެކަން ސާބިތުކުރުމަށް ކަނޑައެޅިފައިވާ ހަމަތަކުގެ މަތީން އެކަމެއް ހިނގާކަމަށް ނުވަތް ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައެވެ. އަދި ބުއްދި ސަލާމަތުނ ހުރް މީހަކު އެކަމަށް ހިނގާފައިވާކަމަށް ބަލައި، އެ މައްޗަށް އަމަލުކުރަންޖެހޭ ފަދަ މިންވަރަކަށް އެކަމެއް ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ބުރަވެވިއްޖެނަމަ،އެފދަޙާއްސަ ހާލަތަށް ކަނޑައެޅިފައިވާ އުސޫލެއްގެ މަތީން އެކަމެއްގެ ހަގީގަތް ސާބިތުވެއްޖެކަމަށް ޝަރީޢަތުގެ މަޖިލީހުން ނިންމިދާނެއެވެ.
20HN1ތަފާތު ޖުރިސްޑިކްޝަންތަކުގައި އިސްތިޤުރާރުވެފައިވް މަދަނީ ދަޢުވާ ސާބިތުކުރުމުގެ ވަސީލަތްތަކުގެ ތެރެއިން އެންމެ ހަރުދަނާ އެއް ވަސީލަތަކީ ކިތާބީ ހެއްކެވެ. ޝަރީޢަތުން ކަންކަން ސާބިތުކުރުމުގެ ވަސީލަތްތަކުގެ ތެރެއިން ކިތާބީ ) ޑޮކިއުމެންޓަރު( ހެއްކާއި ޝަފަހީ )އޯރަލް( ހެކީގެ ތެރެއިން ޝަފަހީ ހެއްކަކީ ކިތާބީ ހެއްކަށްވުރެ، ސާބިތުވުމުގެ ބާރުގެ ހައިސިއްޔަތުން ބަލި ވަސީލަތެއްކަމަށްވާއިރު، މި އުޞޫލު ޤާނޫނު ނަންބަރ 76/25 )ހެއްކާބެހޭ ޤާނޫނު(ގެ 5 ވަނަ މާއްދާއިން ކަށަވަރުވާކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/17 އިބްރާހީމް ޝިޔާރު ވ. ޢަބްދުﷲ ވަޙީދު ޤަޟިއްޔާގައި ބަޔާންކުރެއެވެ. މި ޤަޟިއްޔާއިން އިތުރަށް ދޭހަވާ ކަމަކީ، ޝަރީޢަތުން ނުވަތަ ޤާނޫނުން ލިޔުމެއް އޮތުން ލާޒިމުކުރާ ކަންކަމުގައި އެކަންކަން ސާބިތުކުރުމުގައި އަޞްލެއްކަމުގައި ބަލަންޖެހެނުއެ ލިޔުމަށްކަމެވެ. ޝަރީޢަތުން ކަންކަން ސާބިތުކުރުމުގެ މުޠުލަޤު ބާރާ އެއަށް ލިބިފައިވާ ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ވަސީލަތެއް ނުވަތަ އެފަދަ ލިޔުމަކީ ޙަޤީޤަތާ ޚިލާފު )ފޯރޖް( ލިޔުމެއްކަން ނުވަތަ އެނޫން އެހެން ގޮތެއް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުނުވާ ހިނދަކު އޭގެ ހުއްޖިއްޔަތު ވެއްޓިގެންނުދާނެކަމުގައި ދިވެހިރާއްޖޭގ ސުޕްރީމް ކޯޓުގެ ނަންބަރ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/23 )މައިކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ރީ ތިރަށ ރިސޯޓް ޕްރައިވެޓް ލިމިޓެޑް( ޤަޟިއްޔ 2017/SC-A/02 މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ވަޙީދު ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވެއެވެ.
21HN2މި މައްސަލައިގައި ދަށު ކޯޓަށް ހެކި ހާޒިރުކޮށްފައިނުވާކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާއިރު، މި ނުކުތާއާ ގުޅޭ ގޮތުން ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން ބަޔާންކުރަމެވެ. ދިވެހިރާއްޖޭގައި ކޯޓުތަކުން މައްސަލަ ބަލަމުންދާއިރު، ހެކި ބަލައިގަތުމާ މެދު ފަނޑިޔާރުންނަށް ލިބިދެވިފައިވާ ބާރުތަކާއި އެބާރުތަކުގ އިންތައ ޤާނޫނަކުން ކަނޑައަޅާފި އިނުވެއެވެ. މިކަމުން އުފެދޭ ސުވާލަކީ މައްސަލައެއްގައި ހެއްކަކު ހާޒިރުނުކުރަނ ނިންމި ނިންމުނި ބިނާވަނީ އެކަށީގެންވާ ސަބަބެއްގެ މައްޗަށްތޯ ނުވަތަ ނޫންތޯ ވަޒަންކުރާނެ ގޮތަކާމެދުއެވެ. މ މައްސަލައިގައެއަޙްމަދު އިބްރާހީމްގެ ފަރާތުން ހެކިން ހުށަހަޅަން އެދިފައިވަނީ ވޮރަންޓީގުމުއްދަތުގެ ތެރޭގައި އިންޖީނަށް ދިމާވެފައިވާ މައްސަލަތައް ސާބިތް ކުރުމުގެ ބޭނުމުގައިކަނ ސިވިލް ކޯޓަށް އަޙްމަދް އިބްރާހީމު ހުށަހަޅާފައިވާ ދަޢުވާފޯމެ ގައި ބަޔާންކޮށްފައިވެއެވެ. މި މައްސަ ލައިގެ ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 2 ވަނަ ނުކުތާގައި ފަނޑިޔާރު ފާހަގަކުރައްވަނީ ..."12 އަހަރަށްވުރެ ކުރިން ހިނގާފައިވާޙާ ދިޘާއ ގުޅިގެނާ ހެކިން ޙާޟިރުކުރުމަށް އަޙްމަދް އިބްރާހީމުއެދިފައިވިޔަސް، އަޙްމަދީއިބްރާހީމްއަށ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެން ޕލކގެ ވޮރަންޓީއެއ ލިބިފައިނުވުމާއި، މި މައްސަލައިގެ މައުޟޫޢާމެދު ޝަރީޢަތުން ފައިސަލާކުރުމަށްޓަކައ މި ޙާދިޘާ ހިނގާދިޔަގޮތް މި މައްސަލައިގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުން ދެނެގަނެވެން އޮތުމުން، މި ހެކިންނަކީ ކޮންމެހެން ޙާޟިރުކުރަންޖެހޭ ހެކިންކަމަށް ޝަރީޢަތަށް ބުރަވެވެން ނެތްކަމެވެ." މިފަދައިންނެވެ. މައްސަލައެއްގައި ޚަޞްމުން ހާޒިރުކޮށްދިނުމަށް އެދޭ ހެކިން، ނުވަތަ ޚަޞްމުން ހުށަހަޅާ އެއްވެސް ހެއްކަކަށް މައްސަލަ ބަލައި ފަނޑިޔާރުން ރިޢާޔަތް ނުކުރަން ނިންމާނަމަ، ރިޢާޔަތް ނުކުރަން ނިންމި ސަބަބު ޝަރީޢަތް ސިވިލް ކޯޓަށް އަޙްމަދު އިބްރާހީމްގެ ފަރާތުން ހުށަހަޅާފައިވާ "މުދަލާއި ފައިސާއާބެހޭ ބޮޑެތި މައްސަލަތައް ބަލާ ޑިވިޜަނަށް މައްސަ ލ ހުށަހަޅަ ފޯމް" ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރަންވާނެކަމަށް ދިވެހިރާއްޖޭގެ އިސްތިއުނާފީ ކޯޓުތަކުން ކަނޑައަޅާފައިވެއެވެ. އެހެނީ، ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކުގައި ފަނޑިޔާރުންވެސ ދ ފުށް ފެންނަ ގޮތަށް ޢަމަލުކުރުމަށް އިސްކަންދޭންޖެހެއެވެ. ދެފުށް ފެންނަ ގޮތަށް ޢަމަލުކުރުމުގައި ފަނޑިޔާރު ވަކި ނިންމުމަކަށް ވާސިލުވި ސަބަބު މައްސަލައިގެ ޚަޞްމުންނަށް ސާފުކޮށްދޭންޖެހެއެވެ. ސާފުކޮށް ނުދިނުމުގެ ނަތީޖާއެއްގެ ގޮތުން، އިސްތިއުނާފ މަރުހަލާ ތަކުގެ އިވެސް ބޭކާރު ގޮތުގައި މައްސަލަ ދިގުލައިގެން ގޮސް، އިންސާފު ޤާއިމްކުރުމަށް ހުރަސް އެޅުންފަދ ކަންކަނަ މައްސަލައިގް ޚަޞްމުން ތަހައްމަލު ކުރުމުގެ ބިރު އޮތްކަން ފާހަގަކުރެވެއެވެ .
22HN3މި މައްސަލައިގައި ހެކިން ހާޒިރުކޮށްފައިނުވ ސަބަބާ ފަނޑިޔާރު ބަޔާންކުރައްވެ އެވެ. މި ސަބަބަށް ބަލާއިރު، އިސްވެ ބަޔާންކުރަނިވި ނުކުތާތަކުގެ 20 ވަނަ ނުކުތއަށާ ޙަވާލާދީ، މި މައްސަލައިގައި ޝަރީޢަތަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކަކީ މި މައްސަލައިގެ އަސްލުކަން ހިނގާފައިވާ ގޮތާ ދޭހަކޮށްދޭ ޙަޤީޤީ މުސްތަނަދަށްވާއިރު، އަދި ހުށަހަޅާފައިވާ ލިޔެކިޔުންތަކުން ކަން ހިނގާފައިވާގޮތް ސާފުވެފައިވާއިރު،ޝަފަހީ ހެކިން ހާޒިރުނުކޮށް، މި މައްސަލައިގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަރު ސާވެފައިވަނ ޤާނޫނު ނަންބަރ 24/76 )ހެއްކާބެހޭ ޤާނޫނު(ގެ 5 ވަނަ މާއްދާއާ ޚިލާފަށްކަމުގައި ނުދެކެމެވެ.
23HN4ސިވިލް ކޯޓުގެ ނަންބަރ 38/Cv-C/2019 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނ ނަންބަރު 24/76 )ހެއްކާބެހޭ ޤާނޫނު(ގ 6 ވަނަ މާއްދާއަށް ރިޢާޔަތްނުކޮށް ކަމުގައި އަޙްމަދު އިބްރާހީމްގެ ފަރާތުން ބުނެފައިވެއެވެ. ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނު ގެ 43 ވަނަ މާއްދާގައި ބަޔާންކުރަނީ ދަށު ކޯޓުގެ ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވޭނޭ ޙާލަތްތަކެވެ. މިގޮތުން މި މާއްދާގައިވާ ގޮތުގެ މަތިން ދަށު ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/26 ޤަޟިއްޔާ އެހެން އެމްޓީސީސޮއިން ޑިސްޓްރިބިއުޓަރ )މެދުވެރިއެއްގެ( ހައިސިއްޔަތުނީ ވީ ރަންޓީގެ މުއްދަތުގައި އަޙްމަދު އިބްރާހީމްގެ ފަރާތުން ހުށަހެޅި ހުށަހެޅުންތައް ޔަންމާ ޑީސަލް އިންޖިން ކޯ ލިމިޓެޑަށް ފޯރުކޮށްދީ، ޔަންމާ ޑޮސަލް އިންޖިން ކޯ ލިމިޓެޑުގެ އިރުޝާދަށް ތަބާވެފައިވާކަމާއި، އަދި ވާ ރަންޓީގެ މުއްދަތުގައީޔަންމ ޑެ ސަލް އިންޖިން ކޯ ލިމިޓެޑުގެ އިރުޝާދާއިއެކ ކަންކަނު ޙައްލުކޮށްދީފައިވާކަނ ހުށަހަޅާފައިވް ލިޔެކިޔުންތަކުން އެނގޭކަމާއި، މިކަންކުޅައުމުގައި އެމްޓީސީސީގ ފަރާތުން އިހުމާލެއްވެފައިނުވާކަނ ކޯޓުގެ ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ އެ ނިންމުނާ ބިނާކުރި ވިފައިވަނީ ޤާނޫނެ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށާ ޤަބޫލުކުރެވޭނެ ކަންކަން ހުރު މުންކަމަށެވެ. ޝަރީޢަތުގެ ފުރަތަމަ މަރުހަލާގައި އިއްވާ ޙުކުމްތައް ނުވަތަ ނިންމާ ން ންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށްޓަކައި އިސްތިއުނާފުކުރ ފަރާތުން ގިރާކުރަންޖެހޭ ޤާނޫނީ އޮޅިގަނޑު ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް މައްސަލައިގައި އަންނަނިވި ފަދައިން ބަޔާންކޮށްފައިވެއެވެ. "ދިވެހިރާއްޖޭގ ކޯޓުތަކުގެ ގާނޫނުގެ 43 ވަން މާއްދާއަށް ބަލާއިރު، މައްސަލަ ބަލާ ފަނޑިޔާރު ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފި އެ ނުވާކަމަށް ބުނާބުނުމަކުން، ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވެ އެވެ. ދަށު ކޯޓުން މައްސަލަ ނިންމަވާފައިވަނީ ތިމަންނަގ ހައްގު ގެއްލޭގޮތަށް ކަމަށް ހަމައެކަނި ބުނާބުނުމަކުން ނުވަތަ އަދުލު އިންސާފަށް ހުރަސް އެޅޭގޮތަށ ކަމަށް ހަމައެކަނި ބުނެ ބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު ގ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވެއެވެ. ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނީ ބުނުމުގ ނުވަތެ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާބުނުމުގެ ނުވަތަ ތިމަންނަގ ފަރާތުން ދައްކާފެ އިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމަށްވުރެ ނުވަތަ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނާބުނުމުގެ ނުވަތަ އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ބުނާބުނުމުގެ އިތުރުކަމެއް އިސްތިއުނާފުކުރުމުގ ހުއްދައަށް އެދޭ ފަރާތުން ކޯޓަށް ސާފުކޮށްދޭންވާނެއް ވެ. ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ބުނާނަމަ ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ ނުވަތަ ތިމަންނަގެ ފަރާތުނ ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ ނުވަތަ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނާނަމަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 "މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު" ނުވަތަ އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ބުނާނަމަ އެކަމުގައި އުފެދޭ ގާނޫނީ ބަހުސަކީ ކޮބައިކަން އެ ނުކުތާގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ސާފުކޮށް ބުނަންވާނެއެވެ."
24ބަޔާންކުރަނިވި ކަންކަމުގެ އަލީގައި، މައްސަލަ ބަލާފަނޑޔާރިޤާ ނޫން ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަރި ޢާޔަތް ކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފް އ ނުވާކަމަށް ބުނާބުނުމަކުން، ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކް ށ ފައި ނުވާކަމަށެ ބުނާބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވޭ ނެއެވެ. އަޙްމަދު އިބްރާހީމްގެ ފަރާތުން ދަށު ކޯޓުން މި މައްސަލަ ނިންމުމުގައި ފަނޑިޔާރު ހެއްކާބެހޭ ޤާނޫނ ގެ 6 ވަނަ މާއްދާއަށް ރިޢާޔަތްކޮށްފައިނުވަނީ ކިހިނަކުންކަމެއް މައްސަލައިގެ ތަފްޞީލުގައި ސާފުކޮށްދީފައެއްނުވެއެވެ. އަދި ހެއްކާބެހޭ ޤާނޫނ ގެ 6 ވަން މާއްދާ މި މައްސަލައިގެ ޙަޤީޤަތްތަކަށް ތަޠުބީޤުކުރުމުގައި ގޯހެއް ހަދާފައިވަނީ ނުވަތަ ޤާނޫނާއި ޚިލާފުވެފައިވަނީ ކޮން ގޮތަކުންކަމެއް ނުވަތައެކަމުގއ އުފެދި ޤާނޫނީ ބަހުސަކީ ކޮބައިކަމެއް ހާމަކޮށްދީފައެއްނުވެއެވެ. އެހެންކަމުން، ބަޔާންކުރަނިވ ނުކުތާއަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނ ގެ 43 ވަނީ މާއްދް ގައި ބަޔާންކުރާ އިސްތިއުނާފާ މިންގަނޑަށް ވާސިލްވެވޭ ނުކުތާއެއް ކަމުގައި ނުފެނެއެވެ.
25އިސްވެ ބަޔާންކުރަނިވި ކަންކަން އެގޮތުގެ މަތީން ހުރުމުން، ސިވިލ ކޯޓުގެ ނަންބަރ 38/Cv-C/2019 ޤަޟިއްޔާ އިސްތިއުނާފުކްރުމަށު އެދް އަޙްމަދު އިބްރާހީމްގެ ފަރާތުނ ހުށަހަޅާފައިވި ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާގައ ނިންމާފައިވާ ނިންމުމަށް ބަދަލް ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް އަހުރެން ދެކެމެވެ. އބމ، 10 ވަނަ ޕެރެގްރާފް އބމ
ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު
26ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރއުޔަށަ އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔު
27ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައޔަށ އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
28މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރި ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ކޯޓުނު މައްސަލައިގް ޙުކުމްކުރުމަށްފަހު، އެ ޙުކުމްއިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތީ ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މަދަނު އިޖުރާއަތުގެ ޤާނޫނު )ޤާނޫ ނ ނަންބަރ 2021/32(ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއް ދާގެ )ހ( މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ށ( މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ނ(
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 76/25 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 76/25 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 268 ވަނަ މާއްދާ އަދި 284 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ 2010/SC-A/17 (އިބްރާހީމް ޝިޔާރު ވ. ޢަބްދުﷲ ވަޙީދު) ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ 2017/SC-A/02 (މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ވަޙީދު) ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ 2013/SC-A/23 (މައިކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ 2017/SC-A/26 ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ 2019/SC-L/91 (އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް) މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.