ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2020/HC-A/18

އާސިމް ތައުފީޤު ވ. ޢަލީ މުނީރު

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 23 ނޮވެމްބަރު 2022ދަށު ކޯޓު: ސިވިލް ކޯޓު 63/Cv-C-HD/2019ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 63/Cv-C-HD/2019
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ދަށުކޯޓުގައި އިންކާރުކޮށްފައިނުވާ އިންވޮއިސްއަކަށް ބިނާކޮށް މަސައްކަތުގެ އަގު ނަގައިދިނުމާމެދު، ދަށުކޯޓުގައި ނުނަގާ ނުކުތާތަކާއި އެހެން ޤަޟިއްޔާއެއްގައި ކުރި އިންކާރަށް ބިނާކޮށް އިސްތިއުނާފު މަރުޙަލާގައި އިޢުތިރާޟުކުރެވޭނެތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައިވާ ސަބަބުތަކުން ކުރެ ސަބަބެއްގެ މައްޗަށެވެ؛ އިސްތިއުނާފީ މައްސަލަތައް ބެލުމުގައި ހައިކޯޓަށް ލިބިދީފައިވާ ބާރަކީ މަޙްދޫދު ބާރެކެވެ.

HN2 އިސްތިއުނާފުކުރުމުގެ ޙައްޤު އޮތުމުގެ މާނައަކީ ތިން މަރުޙަލާގެ ކޯޓުތަކުން އެއް މައްސަލަ ތިން ފަހަރު އަލުން ބެލުމެއް ނޫނެވެ؛ ފަނޑިޔާރު ޤާނޫނީ ގޯހެއް ހެދިކަމަށް ނުވަތަ ހެކިތަކަށް ރިޢާޔަތްނުކުރިކަމަށް ހަމައެކަނި ބުނުމުން 43 ވަނަ މާއްދާގެ މިންގަނޑަށް ނުފޯރާނެއެވެ.

HN3 ހައިކޯޓުން މައްސަލަތައް ބަލާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ؛ ދަށު މަރުޙަލާގައި ފާހަގަކޮށް ވާހަކަދެއްކުމުގެ ފުރުޞަތު ލިބި ހުށަހަޅާފައިނުވާ ނުކުތާތައް އިސްތިއުނާފު މަރުޙަލާގައި ނުބެލޭނެއެވެ.

HN4 އައު ޤާނޫނީ ނުކުތާއެއް ނުވަތަ އައު ހެއްކެއް އިސްތިއުނާފު މަރުޙަލާގައި ބަލައިގަނެވޭނީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އިސްތިސްނާ ޙާލަތްތަކުގައެވެ؛ ދަށުކޯޓުގެ ނިންމުން 43 ވަނަ މާއްދާގައިވާ ޙާލަތަކަށް ފެތޭކަން ތަފްޞީލާއެކު ހާމަކުރުމާއި، އައު ބަހުސެއް ނުވަތަ ހެއްކެއް ތަޢާރަފުކުރުމުގެ ސަބަބު ބަޔާންކުރުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެކެވެ.

HN5 ދަށު މަރުޙަލާގައި އެއްވެސް ވަރަކަށް ނުދެކެވޭ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް އިސްތިއުނާފީ ނުކުތާއެއްގެ ސިފައިގައި މުޅިން އައު ޤާނޫނީ ބަހުސެއް ހުޅުވާލުމަކީ ކޯޓުތަކުގެ ޤާނޫނު ހުއްދަކުރާ ކަމެއް ނޫނެވެ.

HN6 މައްސަލައިގައި ހުށަހަޅާ ކަންކަމަށް އެއްބަސްވުމާއި އިންކާރުކުރުމާއި އިޖުރާއީ ނުކުތާ ނެގުން ކުރަންވާނީ އެ މައްސަލައިގެ ޝަރީޢަތުގެ ތެރެއިންނެވެ؛ ދެފަރާތާ ދެމެދު ހިނގި އެހެން ޤަޟިއްޔާއެއްގައި އިންވޮއިސްއަށް އިންކާރުކުރުމަކީ މި މައްސަލައިގެ ޙަޤީޤަތްތަކަށް އަސަރުކުރާނެ ކަމެއް ނޫނެވެ؛ ދަށުކޯޓުގައި އިންކާރުކޮށްފައިނުވާ އިންވޮއިސްއަކަށް ބިނާކޮށް މަސައްކަތުގެ އަގު ކަނޑައެޅުމުގައި ކުށެއް ނެތެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުޒައިފާ މުޙައްމަދު، ޙުސައިން މަޒީދު، ފާޠިމަތު ފަރްހީޒާ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، ފާޠިމަތު ފަރްހީޒާ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙުޒައިފާ މުޙައްމަދގު ރައުޔު

ތަޢާރަފު

1މާލެ،[…] ޢާޞމ ތައުފީޤް )( )މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ " ޢާޞ މ ތައުފީޤް"(އާއި މާލެ، ދަފްތަރު ނަންބަރު ރސ 13694 ޢަލީ މުނީރު )( )މީގެ ފަހުން "އިސްތިއުނާފ ރައްދުވާ ފަރާތް" ނުވަތަ "އަލީ މުނީރު"(އ ދެމެދު 2018 ފީބްރު ވަރި 14 ވަނަ ދުވަހު އިމާރާތްކުރުމާއި އިމާރާތްކުރުމުގެ އަގު އަދާކުރުމުގެ އެއްބަސްވުމެއްގައ ސޮއިކުރެވުނެވެ.

2މި އެއްބަސްވުމަކީ މި އެއްބަސްވުމާއި އެޓޭޗްކޮށްފައިވާ ކުރެހުމާއްއެއްގޮތްވާގޮތުގެ މަތިން ޢާޞިމަތައުފީޤްގެ ނަމުގައި ރޖިސްޓްރީކުރެވިފައިވ ހުޅުމާލެ ލޮޓް ނަންބަރު 11277 ރަބަރުގަސްމަގު، ގޯތީގެ ރަޖިސްޓްރީ ނަންބަރު GB21H ބިމުގައި މަސައްކަތްފަށައި، ފައުންޑޭޝަނއާ ފުރަތަމަ ބުރީގެ ޝީޓް އަޅާފައިވާ 07 )ހަތެއް( ބުރީގެ އްމާރާތގ މަސައްކަތުގެ ތެރެއިނެއި މާރާތުގ 01 ވަނަ ފްލޯރއިން ފެށގެނި 06 ވަނަފްލޯރއިހަމައަށް އމާރާތުގެ ކޮންކްރީޓް މަސައްކަތާއި، ފިނިޝިންގ މަސައްކަތް ކުރުމަށްޓަކައި ޢާޞިމެތައުފީޤްއާއި ޢަލީ މުނީރުއ ދެމެދު ވެފައިވާ އެއްބަސްވުމެކެވެ.

3މި އެއްބަސްވުމުގެ ދަށުންޢާޞިމްތައުފީޤއަށ ލިބެންޖެހޭ 01 ވަނަ ފްލޯރއާއި 03 ވަނި ފްލޯރއާއި އަދ 06 ވަނަ ފްލޯރ ލިބިފައިނުވާކަމަށް ބުނެ،އަދި އެ ފްލޯރތައް އެގްރީމެންޓުގައވި މުއްދަތުގައި ޙަވާލުކުރެވިފައް ންވާތީ ލިބެންޖެހޭ ފައިސާގެ މިންވަރު ހޯދުމަށް އެދި ޢަލީ މުނީރުގެ މައްޗަށ ޢާޞިމް ތައުފީޤް ސިވިލް ކޯޓަށް ޑޮކިއުމެންޓް 1 ގެ ގޮތުގައި ހުށަހަޅާފައިވާ "އިމާރާތްކުރުމާއި އިމާރާތްކުރުމުގެ އަގުއަދާކުރުމުގެ އެއްބަސްވުން". މި އެއްބަސްވުން ސިވިލ ކޯޓުގައި ރަޖިސްޓްރީކޮށްފައިވެއެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަންބަރު P/VF/2016/29-HDC(161) )29 ފެބްރުއަރީ 2016 ( "ކުރެހުން ފާސްކުރި ކަމުގެ ލިޔުން" އަދި މިއާއެކު ހިމަނާފައިވާ Proposed 6 Storey Building at Hulhumale Lot 11277 ސިވިލް ކޓަށޯ މައްސަލަ ހުށަހަޅާފައިވެއެވެ. މި މައްސަލަ ސިވިލް ކޯޓު ހުޅުމާލެ ޑިވިޜްނަ ނ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރ 63/Cv-C-HD/2019 ޤަޟިއްޔާއިންނެވެ.

މައްސަލާގައި ކަން ހިނގާފައިވާ ގޮތް

4ހުޅުމާލެ ލޮޓް ނަންބަރު 11277 ރްބަރުގަސްމަގު، ގޯތީގެ ރަޖިސް ޓްރީ ނަންބަރ GB21H ބިމުގައި ފައުންޑޭޝަނާއި ފުރަތަމަ ބުރީގެ ޝީޓ އަޅައި، 7 ބުރީގެ އިމާރާތުގެ މަސައްކަތުގެ ތެރެއިން އިމާރާތުގެ 1 ވަނަ ފްލޯރ އިން ފެށިގެން 6 ވަނި ފްލޯރ އާއި ހަމައަށް އިމާރާތުގެ ކޮންކްރީޓް މަސައްކަތާއި ފިނިޝިންގ މަސައްކަތްކުރުމަށްޓަކައ ޢާޞިމް ތައުފީޤްއާއިޢާލީ މުނީރއެ ދެމެދު ވެފައިވާ އެއްބަސްވުމުގ 5 ވަނަ މާއް ދާގެ )ށ( ގައި ބަޔާންކޮށްފައިވަނީ އެއްބަސްވުމުގެ ދަށުން އިމާރާތްކުރުމުގެ މަސައްކަތް ސޮއިކުރާ ތާރީޚުން ފެށިގެން 365 ދުވަހުގެ ތެރޭގައި ނިންމަންވާނެކަމަށެވެ.

5އިމަރާތުގާ ފްލޯރތަކުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތުގައި މަސައްކަތް ފުރިހަމަނުކުރެވިއްޖެނަމު އަދި އެ ފްލޯރއެއ ނިންމުމަށް ކަނޑައެޅި މުއްދަތުގައި މަސައްކަތް ނުނިމިވަނީ މަސައްކަތްކުރި ފަރާތުގެ އިހުމާލުން ނުވަތަ އެފަރާތުގް ބާރު ނުފޯރާފަދަ ކަމެއް ކުރިމަތިނުވ ނުވަތެ މަސައްކަތުގެ ޝެޑިއުލްއާއި އެއްގޮތަށް މަސައްކަތްކުރި ފަރާތަށްމަސައްކަތްކުރިއށްނުގެންދެވިގެންކަމަ ށ ވެއްޖެނަމަ އިމާރާތުގެ 01 ވަނަ ފްލޯރ އާއި 03 ވަން ފްލޯރގެ މަސައްކަތް ފުރިހަމަކުރުމި ށ ފަހު އިމާރާތުގެ ވެރިފަރާތާއި ހަވާލުކުރުމާއި ހަމައަށް މަސައްކަތް ނުނިމި ހޭދަވާ ކޮންމެ މަހަކަށް، ފްލޯރއަކަށް މަހަކު 25,000.00ރ. )ފަންސް ވީސަ ހާސް ރުފިޔާ( ދިނުމަށް މި އެއްބަސްވުމުގެ 5 ވަނަ މާއްދާގެ )ބ( އިން ކަނޑައަޅާފައިވެއެވެ. އަދި އިމާރާތުގެ 6 ވަނަ ފްލޯރ )ޓެރަސް ފްލޯރ( ގައި 2 ރޫމް އެޕާޓްމަންޓްގެ މަސައްކަތް ނިންމާ އިމާރާތުގެ ވެރިފަރާތާއި 14 ފެބްރުއަރީ 2018ގެ "އިމާރާތްކުރުމާއި އިމާރާތްކުރުމުގެ އަގުއަދާކުރުމުގެ އެއްބަސްވުން" އބމ 5 ވަނަ މާއްދާ ހަވާލުކުރުމާއި ހަމައަށް މަހަކު -/15000ރ. )ފަނަރަ ހާސް ރުފިޔާ( އިމާރާތުގެ ވެރިފަރާތަށް ދިނުމަށް މަސައްކަތްކުރާ ފަރާތުނ އެއްބަސްވެފައިވާކަން މި އެއްބަސްވުމުގެ ބަޔާންކުރަނިވި މާއްދާއިން އެނގެއެވެ.

6މި އެއްބަސްވުމާއި އެއްގޮތަށް ހުޅުމާލެ ލޮޓް ނަންބަރު 11277 ރަބަރުގަސްމަގު، ގޯތީގެ ރަޖިސްޓްރީ ނަންބަރު GB21H ބިމުގައި މަސައްކަތްފަށާ ފައުންޑޭޝަނާއި ފުރަތަމަ ބުރީގެ ޝީޓް އަޅާފައިވާ 7 ބުރީގެ އިމާރާތުގެ މަސައްކަތުގެ ތެރެއިން އިމާރާތުގެ 1 ވަނަ ފްލޯރ އިން ފެށިގެން 6 ވަނަ ފްލޯރ އާއި ހަމައަށް އިމާރާތުގެ ކޮންކްރީޓް މަސައްކަތާއި ފިނިޝިންގ މަސައްކަތް ނިންމަން އެއްބަސްވެފއިވީނަމަވެސް އެގްރީމެންޓުގެ ދަށުނ ޢާޞިމް ތައުފީޤަށް ލިބެންޖެހޭ 1 ވަނަ ފްލޯރއާއި، 3 ވަނަ ފްލޯރއާއި 6 ވަނަ ފްލޯރ ލިބިފައިނުވާކަމަށް ބުން،މ އެއްބަސްވުމާއި ޢަލީ މުނީރު ޚިލާފުވެފައިވާކަމަށް ދެކި، މި އެއްބަސްވުން ބާޠިލުކުރުމަށާއި، އެއްބަސްވުން ބާޠިލުކޮށް ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ޢަލީ މުނީރުގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ ކޮށްފައިވެއެވެ.

ސިވިލކޯޓް ގެ ހުޅުމާލެ ޑިވިޜަނުން ނިންމިގޮތް

7ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަން ގެ ނަންބަރ 63/Cv-C-HD/2019 ޤަޟިއްޔާގައި އެކޯޓުން ނިންމާފައިވަނީ، " ދެންފަހެ،ބުނެވިދިޔ ކަންކަނަ އެގޮތުގައި ހރަމާއެކު، […] / މާލެ، އާސިމް ތައުފީޤްގެ ފަރާތުން ދިލާސާގެ، ޢަލީ މުނީރުގެ މައްޗަށް ދ ޢ ވާކޮށ ހުށަހެޅް މި މައްސަލާގައި، ދެފަރާތުގެ ދެމެދުގައި ވެފައިވާ ނަންބަރ Cv-C/C-170/2018 އިގެ ރ މެންޓް ޝަރީޢަތުގޮފަރާތުން ބާޠިލްކށި،މި އެގްރު މެންޓް ބާޠިލު ކުރެވޭހްނދި އެގަ ރުމެންޓުގެ ދަށުން ދ ޢވާލިބޭ ފަރާތުން ކޮށްފައިވާ މަސައްކަތުގެ އަގުގެ ގޮތުގައި 1,193,310/13 ރ.)އެއްމިލިއަނ އެއްލައްކަ ނުވަދިހަ ތިންހާސް ތިންސަތޭކަ ދިހަ ރުފިޔާ ތޭރަލާރި( ދަޢު ވާކުރާ ފަރާތުން ދިޢް ވާލިބޭ ފަރާތަށް އަދާކުރަންޖެހޭކަމަށް ކަނޑައަޅައި، ޢާޞެ މ ތައުފީޤި ސިވިލް ކޯޓަށް ހުށަހަޅާފައިވާ "މުދަލާއި ފައިސާއާބެހޭ ކުދި އަދި އަވަސްނިޔާ" މައްސަލަ ފޯމްގެ 12 ވަނަ ނަންބަރު މިބުނެވުނު 1,193,310/13 ރ.)އެއްމިލިއަން އެއްލައްކަ ނުވަދިހަ ތިންހާސް ތިންސަތޭކަ ދިހަ ރުފިޔާ ތޭރަލާރި( ދޭ ޢް ވާލިބޭ ފަރާތަށް ލިބިދިނުމުގެ ގޮތުނ 06 ނޮވެންބަރު 2019 އިން ފެށިގެން 12 )ބާރަ( މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކު އެމަހަކަށްޖެހޭ ފައިސާގެ މިންވަރު ސިވިލް ކޯޓަށް ދައްކަމުންގޮސް މިފައިސާ ދައްކައި ޚަލާސްކުރުމަށް ދޢަ ވާކުރާ […] / މާލެ، އާސިމް ތައުފީޤްއަށް އަންގައި، ހުޅުމާލެ ގޯތީގެ ނަންބަރު 11277 އެވެ ކިޔާ )ރަޖިސްޓްރީ ނަންބަރ GB 21 H( 114.583 )ސަތޭކ ސާދަ ޕޮއިންޓް ފަހެއ އަށެއް ތިނެއް( އަކަމީޓަރުގެ ބަންޑާރަ ގޯތީގައި ހުރަ އ މާރާތުގައި ދީ ޢުވާލިބޭ ދިލާސާގެ، ޢަލ މުނީރުއަށް ނިސްބަތްވާ އުފުލޭ މުދަލެއް ހުރިނަމަ އެމދަލެއ 06 ނޮވެންބަރު 2019 އިން ފެށިގެން 15 )ފަނަރަ( ދުވަހުގެ ތެރޭގައި އެގޯތިނ ނެރުމަށް ދޢަ ވާލިބުނު ޢަލީ މުނީރުއަށް އަންގައި، މިގޮތުގެމަތީން ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.

އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް

8ސިވި ލ ކޯޓުހުޅުމާލެ ޑިވިޜަން ގ ނަންބަރު 63/Cv-C-HD/2019 ޤަޟިއްޔާނިމިފައިވާގޮތް ޝަރުޢީ އަދ ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށާބުނެ އެޤަޟިއްޔް އިސްތިއުނާފުކުރުމަށ އެދް ޢާޞިމް ތައުފީޤް ގ ފަރާތުނ ހުށަހަޅާފައިވަނީ 2 )ދޭއް( ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:

8.1 އިސްތިއުނާފި ރައްދުވު ފަރާތުން ކޮށްފައިވާ މަސައްކަތުގެ އަގު ކަނޑައަޅުއްވާފައިވަނީ އެ މަސައްކަތްކުރިކަނ ސާބިތުކުރުމަށް އެއްވެސް ހެއްކެއް ހުށަހެޅުމެއްނެތ ހަމައެކަނި އެފަރާތުން ހުށަހެޅ އިންވޮއިސްއެއްގެ މައްޗަށް ބިނާކޮށްކަމުގައިވާތީ، އެއީ މަދަނީ ދައުވާއެއްގު އ ގެއްލުން ސާބިތުކުރުމުގެ ހަމަތައް ކަނޑައަޅުއްވާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2009/HC-A/201 ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. ދައުލަތް ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/218 ދައުލަތް ވ. އިބްރާހީމް ޝަރީފް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ހަމަތަކާއި އުޞޫލުތަކާއި ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމުގައި ބުނެ ހުށަހެޅި ނުކުތާއާއި،

8.2 އިސްތިއުނާފު ރައްދުވު ފަރާތުން ކޮށްފައިވާ މަސައްކަތުގެ އަގު ނަންގަވައިދެއްވުމުގައި ރިޢާޔަތްކުރައްވާފައިވާ އިންވޮއިސްއަށް ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަނގް ނަންބަރ 120/Cv-C-HD/2019 ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތުން އިންކާރުކޮށްފައިވާއިރު އެ އިންވޮއިސްގައިވާ އަދަދަށް އިސްތިއުނާފުކުރާ ފަރާތާ ން އިންކާރުކޮށްފައިނުވާކަމަށ ކަނޑައަޅުއްވާފައިވަނީ، އިސްވެ ދެންނެވުނު ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތުން ކޮށްފައިވާ އިންކާރަށް ރިޢާޔަތްކރުމެއްނެތިކަމަށ ބުން ހުށަހެޅި ނުކުތާއެވެ.

9އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މިކޯޓުގެ ނަންބަރު 2013/HC-A/218 ދައުލަތް ވ. އިބްރާހީމް ޝަރީފް ޤަޟިއްޔާއާއި މިކޯޓުގެ ނަންބަރު 2009/HC-A/201 ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. ދައުލަތް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ފަދައިން ގެއްލުމުގެ ބަދަލުގެ ގޮތުގައިނަގައިދެވޭ މިންވަރު ކަނޑައަޅަންވާނީ ސާބިތުކޮށްދޭ ގެއްލުމުގ މިންވަރުގެ މައްޗަށްކަމާއި، އެއީ މަދަނީ މިންގަނޑުން ސާބިތުކު ށދޭ މިންވަރެއްކަމާއި، އެމިންވަރު އާންމު ފަރުދަކު ބުއްދީގެ ހަމަތަކުގެމަތީން ޤަބޫލުކުރެވޭ މިންވަރަކަށްވާންޖެހޭކަމަށް ބަޔާންކޮށްފައިވާކަމަށެވެ. އިސްވާ ބުނެވުނު ޤަޟިއްޔާ ތަކުގައި ކަނޑައަޅުއްވާ މައިގަނޑު އުޞޫލަކީ ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައެޅުމުގައި ޤާނޫނާ ޚިލާފު އަމަލެއް ސާބިތުވާންވް ނެކަމާއި، އަދި ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި އ ގެއްލުން އެމިންވަރަށްވެފައިވާކަން ސާބިތުކޮށްދޭންޖެހޭކަމަށެވެ. އެހެން ނަމަވެސް މި މައްސަލައިގައި ދަށުކޯޓުން ގެއްލުމުގެ ބަދަލު ނަގައިދީފައިވަނީ ލިބުނު ގެއްލުމަކީ ކޮބައިކަމާއި އަދި އެ ގެއްލުން ޝަރީޢަތަށް ސ ބިތުކޮށްދެވ މިންވަރަށވެސ އެއްވެސް ހއްކެއެ ހުށަހަޅާފައިނުވާއިރުކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ޢާންމުކޮށް ޢަމަލުކުރާގޮތަކ ޝަރުޢީ އަގު ކޮމިޓްއަގުކޮށް، އެ ބަދަލު ނަގައުދިނުން ކަމަށްވާއިރު، އެފަދައިން މި މައްސަލައިގައި ޝަރީޢަތުން އަމަލުކޮށްފައިނުވާކަމަށެވެ.

10އިސްތިއުނާފީ ދެވަނަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފު ރައްދުވު ފަރާތުން ކޮށްފައިވާ މަސައްކަތުގެ އަގު ނަގައިދިނުމުގައި ރިޢާޔަތްކޮށްފައިވ އިންވޮއިސްއަށް ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރ 120/Cv-C-HD/2019 ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތުން އިންކާރުކޮށްފައިވާއިރު، އެ އިންވޮއިސްގައިވާ އަދަދަށް އިސްތިއުނާފުކުރާ ފަރާތުން އިންކާރުކޮށްފައިނުވާކަމަށ ކަނޑައަޅާފައިވަނީ، އެޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތުން އިންކާރުކުރިކުރުމަށް ރިޢާޔަތްކުރުމެއްނތިކަމަށެވެ.

11ޢާޞިމް ތައުފީޤގ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުހުޅުމާލެ ޑިވިޜަން ގެ ނަންބަރ 63/Cv-C-HD/2019 ޤަޟިއްޔާގައި އިސްތިއުނާފި ރައްދުވު ފަރާތުން ކޮށްފައިވާ މަސައްކަތުގެ އަގު ކަނޑައަޅާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމުގައ ކަނޑައަޅައި، އިސްތިއުނާފު ރައްދުވާ ފަރާތުނ ކޮށްފައިވް މަސައްކަތުގެ އަގިކަނޑއެޅުމަށްޓަކައ، މި މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކުރުމަށެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުގެ ރައްދު

12އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި އިސްތިއުނާފުރައްދުވ ފަރާތުން މައިގަނޑުގޮތެއްގައި ބުނެފައިވަނީ ސިވިލް ކޯޓުގުހުޅުމާލެ ޑިވިޜަން ގެ ނަންބަރ 63/Cv-C-HD/2019 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަށު ޚަރަދުކޮށްފައިވާ މަސައްކަތުގެ އަގު ސާބިތުކޮށްދިނުމަށް ހުށަހެޅި އިންވޮއިސްއަށް އެއްވެސް ވަރަކަށް އިސްތިއުނާފުކުރާ ފަރާތުން އިންކާރުކޮށްފައިނުވާކަމަށެވެ. އަދި މިކޯޓުގެ ނަންބަރ 2013/HC-A/218 ދައުލަތް ވ. އިބްރާހީމް ޝަރީފް ޤަޟިއްޔާއާއި މިކޯޓުގެ ނަންބަރ 2009/HC-A/201 ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. ދައުލަތް ޤަޟިއްޔއަށާ ޙަވާލާދީ،އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްފައިވަނީ ގެއްލުމުގެ ބަދަލު ކަނޑައެޅުމުގެ އުޞޫލުތައް ކަމަށެވެ. ސިވިލް ކޯޓުގެ ޙުކުމުގައި އިސްތިއުނާފަ ރައްދުވާ ފަރާތަށެ ކުރް ޚަރަދު ނަގައިދިނުން ބިނާވެގެންވާ މައިގަނޑު ސަބަބަކީ ޝަރީޢތަ ނިމުން ގޮތުގު ރިޕޯޓުގެ ނުވަ ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ފަދައިން އެއްބަސްވުން ބާޠިލްކުރުމަށަމައްސަލައިގައި ހިމެނެ ދެފީރާތުންމ އެދު މިޙާލަތުގައި، ޝަރީޢަތް މެދޭ ވެރިކޮށ އެއްބަސްވުން ބާޠިލްކޮށް، ދިފާއީ ދައުވާގެ ތެރޭގައި ދައުވާލިބޭ ފަރާތުނ ހުށަހެޅް އެފަރާތުން ކުރި މަސައްކަތުގެ އަގާމެދު މި މައްސަލައިގެ ޝަރީޢަތުން ގޮތެއް ކަނޑަނާޅައިފިނަމަ، އެކަން ވެގެންދާނީ ދެފަރާތުގެ ދެމެދުގައި ވެވުނު އަދި މިހް ރ ޝަރީޢަތު މެދުވެރިކުށ ބާޠިލިކުރުމަށ ހުށަހެޅުން އެއްބަސްވުން ނިމުމަކަށް ގެނެވޭ ޙާލަތުގައިވެސް އެއްބަސްވުމުގެ ދަށުނ އެއްބައިވެރިއަކަށް ލިބެންޖެހޭ ޙައްޤަކާއުގުޅޭޚަ ޞް މާތެއް ދިރި އޮންނާނޭ ގޮތެއްގައި އެއްބަސްވުން ނިމުމަކށ ގެނައުންކަމުގައި ވެގެންދާނެތީ، މި މައްސަލައިގެ ދެފަރޭތުން އެ މައްޗަށް ވާހަކަ ދެކެވިފައިވާ އަދި ފެންނަނާ އޮތް ޚުޞޫމާތްތަކަށް ޙައްލު ލިބިދެވޭ ގޮތެއްގައި ޙުކުމެއް ކުރަންޖެހޭ ކަމުގައި ދެކި ކަމަށެވެ.

13ޢަލީ މުނީރުގެ ފަރާތުން އެދެނީ ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންގެ ނަންބަރު 63/Cv-C-HD/2019 ޤަޟިއްޔާގަ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅާ މައްސަލަ ނިންމުމަށްކަމަށެވެ.

ޝަރީޢަތުން ފާހަގަކުރާ ކަންކަން

14HN6މާ މައްސަލައިގެ އިސްތިއުނާފީ މަރުޙަލާގައި އިސްތިއުނާފުކރު ފަރާތުގާ މައިގަނޑު ޝަކުވާއަކީ ސިވިލް ކޯޓުން މަސައްކަތުގެ އަގު ކަނޑައަޅާފައިވާ ގޮތާއި، އަދި އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ އިންވޮއިސްގައިވާ އަގަށް އިސްތިއުނާފުކުރާ ފަރާތުން އިންކާރުކޮށްފައިނުވާކަމަށ ކަނޑައަޅާފައިވް ގޮތުގެ މައްޗަށެވެ. ސިވިލ ކޯޓުގައު މި މައްސަލި ހިނގިއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ޖަވާބު ފޯމީގައ އިސްތިއުނާފި ރައްދުވު ފަރާތުން ކޮށްފައިވާ މަސައްކަތުގެ އަގު )ބ އޯ ކިއު ގައިވާ ގޮތަށް( އެކީ 19 މެއި 2019ގައި ޢަލީ މުނީރުގެ ފަރާތުން ހުށަހަޅާފައިވާ "ވިޔަފާރިއާބެހޭ ބަޔަށް ހުށަހަޅާ ދަޢުވާއާއި މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމު" އެއްފަހަރާ ލިބުމަށް އެދިފައިވެއެވެ. މި ޖަވާބު ފޯމަށް ރައްދުދީ، 18 ޖޫން 1920 ގައި އިސްތިއުނާފުކުރ ފަރާތުން ހުށަހަޅާފައިވާ ބަޔާނުގައި މިކަމަށް ރައްދުދީފައެއްނުވެއެވެ. އޭގެ ބަދަލުގައި އިސްތިއެ ނ ފުކުރާ ފަރާތުގެ ރައްދު އަމާޒުކޮށްފައިވަނީ މަސައްކަތް ނުނިމިވަނީ އިސްތިއުނާފުކުރާ ފަރާތުގެ ފުށުން ވެފައިވާ ކަމެއްގެ ސަބަބުނ ނޫންކަން ހާމު ކުރުމަށެވެ. އަދި މަސައްކަތް ނިންމާފައިން ވަނީ އިސްތިއުނާފު ރައްދުވާ ފަރާތުގެ އިހުމާލުންކަން ބަޔާންކުރުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުނ 18 ޖުލައި 2019ގައި ހުށަހަޅާފައިވި ބަޔާނާއިއެކު "...މިހާތަނަށް ދަޢުވާލިބޭ ފަރާތުން އެއްބަސްވުމުގައިވާ ބީ.އޯ.ކިއު އާއު އެއްގޮތްވާ ގޮތުގެ މަތިން ކުރެވިފައިވާ މަސައްކަތުގެ ޚަރަދު އެނގޭނެ ފަދަ ލިޔުމެއް ޑޮކިއުމެންޓް 1 ގެ ގޮތުގައި ބަޔާނާއިއެކު ހުށަހެޅީމެވެ." މިފަދައިން ބަޔާންކޮށް އިންވޮއިސް ހުށަހެޅި ނަމަވެސް، އޭގެ ފަހުން ހުށަހެޅުނު ޚުލާޞާ ބަޔާނުގައި މަސައްކަތުގެ އަގަށް އިނީކާރުކޮށް، އަދި އިންވޮއިސްއަށް އިންކާރުކޮށް، މި މައްސަލައިގެ ތެރެއިން އެއްވެސް ޤާނޫނ ނުކުތާއެއް ފާހަގަކޮށް، ބަހުސެއް ކުރިއަށްގެންގޮސްފައެއްނުވެއެވެ.

15މި މައްސަލައިގައި ދަށު ކޯޓުން ނިންމާފައިވަނީ ދެ ފ ރާތ ދެމެދް ވެފައިވާ އެއްބަސްވުމުގެ ދަށުން ޢަލީ މުނީރަ ކޮށްފައިވާ މަސައްކަތުގެ އަގު ކަމުގައިވާ 1,760,976/79ރ. )އެއްމިލިއަން ހަތްލައްކަ ފަސްދޮޅަސްހާސް ނުވަސަތޭކަ ހަތްދިހަ ހަރުފިޔާ ހަތްދިހަ ނުވަލާރި( ގ ތެރެއިން، ޢާޞިމޭ ތައުފީޤްއަށ އެއްބަސްވުމުގް ދަށުން ލިބެންޖެހޭ 567,666/66ރ.)ފަސްލައްކަ ފަސްދޮޅަސް ހަތްހާސް ހަސަތޭކަ ފަސްދޮޅަސް ހަ ރުފިޔިފަސްދޮޅަސް ހަ ލާރ ( އަޅައި ކަނޑައި، މިގޮތުގެ މަތިން، މި ފައިސާ އަޅައި ކެނޑުމުން އަންނަ 1,193,310/13ރ. )އެއްމިލިއަން އެއްލައްކަ ނުވަދިހ ތިންހާސް ތިންސަތޭކަ ދިހަ ރުފިޔާ ތޭރަލާރި ( އަކީ ދެ ފަރާތުގެ ދެމެދުގައި "ވިޔަފާރިއާބެހޭ ބަޔަށް ހުށަހަޅާ ދަޢުވާއާއި މައްސަލައިގެ ޖަވަބު ހުށަހަޅާ ފޯމު"ގ 11 ވަނަ ނުކުތާގައި 18 ޖޫން 2019ގައި ދަޢުވާކުރި ފަރާތުން ހުށަހަޅާފައިވާ "ދަޢުވާކުރާ ފަރާތުން ހުށަހަޅާ ފުރަތަމަ ބަޔާން" 18 ޖުލައި 2019ގައި ޢަލީ މުނީރުގެ ފަރާތުން ހުށަހަޅާފައިވާ "ދަޢުވާލިބޭ ފަރާތުން ހުށަހަޅާ ފުރަތަމަ ބަޔާން" 18 ޖުލައި 2019ގައި ޢަލީ މުނީރުގެ ފަރާތުން ހުށަހަޅާފައިވާ ބަޔާނުގެ 3 ވަނަ ނުކުތާގެ ފަހު ފޮޅުވަތުގައި ދެ ފަރާތުންވެސް 10 އޮކްޓބަރޯ 2019ގައި ޚުލާޞާ ބަޔާން ހުށަހަޅާފައި ވެފައިވާ އެއްބަސްވުން ޝަރީޢަތް މެދުވެރިކޮށް ނިމުމަކަށް ގެންނައިރު، ޢަލީ މުނީރު ކުރި މަސައްކަތުގެ އަގުގެ ތެރެއިން އެ ފަރާތަށް ލިބިދޭންޖެހޭ ފައިސާކަމަށް ކަނޑައަޅައެވެ. މި ނިންމުމަށް ވާސިލުވެފައިވަނީ ޢަލ މުނީރުގެ ފަރާތުނ 18 ޖުލައި 2019 ގައި ހުށަހެޅި ބަޔާނާއިއެކު ހުށަހަޅާފައިވާ އިންވޮއިސްއާއި، މި އިންވޮއިސްގައި ހިމެނިގެންވާ މަސައްކަތުގެ ޙަވާލާދީފައިވާ ބިލް ނަންބަރުތަކާއި، އެ ބިލް ނަންބަރުގައި ހިމެނޭ އަގުތައް ދެ ފަރާތުގެ ދެމެދުގައި ވެފުއިވާ އެއްބަސްވުމުގައ ހިމެނި ބީ.އޯ.ކިއަގައ ހިމެނި އަގުތަކަށްވުރ ބޮޑުނުވާތީއާއި، ޢަލީ މުނީރުގެ ފަރާތުން ހުށަހަޅާފައިވާ އ ގަކީ، ޢަލީ މުނީރުގެ ފަރާތުން އ މާރާތުގައ ކުރި މަސައްކަތުގެ އަގު ކަމާމެދު ޢާޞިމް ތައުފީޤް )18 ޖުލައި 2019ގެ ފަހުން އާސިމް ތައުފީޤް ހުށީ ހެޅި ބަޔާނާއި، އަދި މައްސަލައާ ގުޅިގެން ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައިވެސް( އިންކާރުކޮށްފައިނުވާތީ، މި އަގަކީ ޢަލ މުނީރު އިމާރާތުގައި ކޮށްފައިވާ މަސައްކަތުގެ އަގުކަމަށް މަދަނީ ހަމަތަކުގެ މަތިން ބަލަންޖެހޭތީކަމަށެވެ.

16މިކަމުން ސާފުވެގެންދަނީ، ސިވިލް ކޯޓް ނ ޙުކުމަށް ވާސިލުވެފައިވަނީ ހުށަހެޅުނު އިންވޮއިސްއާއި އަދ މަސައްކަތުގެ އަގާއި ގުޅޭ ގޮތުން ހުށަހެޅުނު ހުށަހެޅުމާއި، އަދި މިކަމާ ގުޅޭ ގޮތުން ހުށަހެޅުނު ލިޔުންތަކަށް އިންކާރުކުރުމެއް ނެތުމުންނެވެ.

17HN1ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް ހައިކޯޓު ގައު އިސްތިއުނާފުކުރެވޭނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނ ގެ 43 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ. މިގޮތުން، މި މާއްދާގެ ދަށުން ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ: ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރ HD/2019-C-63/Cv ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ގެ )ވ( ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރ HD/2019-C-63/Cv ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ގެ )ވ( )ހ( އިސްތިއުނާފުކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހުރުމުން؛ )ށ( ޙި ކުމުގ ނުވަތެ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އަންނަނިވ ބާވަތްތަކުންކުރ ބާވަތެއްގެ އައިބެއްގެ ސަބަބުން އެ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވާ އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުން. )1( އުޑުއެހުނ ބޭއްވުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފުވުން. )2 ( ޙުކުމް ކުރް ނުވަތި ނިންމުން ނިންމި ފަނޑިޔާރަކީ އެ މައްސަލައެއް ބެލުމަށް ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ހުރަސްއަޅާ ފަދަ ސަބަބެއް މެދުވެރިވެފައިވާ ފަނޑިޔާރަކު ކަމުގައިވުން. )3 ( ޙުކުމުގައި ނުވަތަ ނިންމުމުގައި ޙުކުމް ކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރު ނުވަތަ ނިޔާވެރިޔާގެ ސޮއި ނެތުން. )4( ޙްކުމުގ ނުވަތެ ނިންމުމުގެ ސަބަބު ބަޔާންވެފައި ނެތުނު . މި ސަބަބުތަކުން ކުރެ ސަބަބެއްގެ މައްޗަށެވެ. މި ސަބަބުތައް ވަނީ ހައިކޯޓުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވެސް ތަކުރާރުކޮށްފައެވެ. ދަށު ކޯޓުތަކާއް ޓްރައިބިއުނަލްތަކުގެ ނިންމުންތައް އިސްތިއުނާފުކުރެއްވިއްޖެނަމަ، އިސްތިސްނާ ޙާލަތްތަކުގައި މެނުވީ، ދިވެހިރާއްޖޭގެ ހައިކޯޓުން އ މައްސަލައެއް ބަލައި ފައިސަލާކުރާނީ ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ.މިކަމުން އެނގެން މި ކޯޓަށް އިސްތިއުނާފީ މައްސަލަތައް ބެލުމުގައި ޤާނޫނުން ލިބިދީފައިވާ ބާރަކީ މަޙްދޫދުކުރެވިފައިވާ ބާރުތަކެއްކަމެވެ. އަދި ދިވެހިރާއްޖޭގ ކޯޓުތަކުގެ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު )ޤާނޫނ ނަންބަރު 2010/22(ގެ 32 ވަނަ މާއްދާ ޤާނޫނު ގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ބެލުމުން، މައްސަލަތައް އިސްތިއުނާފުކުރުމާއި އެ މައްސަލަ ހިންގުމުގައި ޤައިދުކުރުންތަކެއ ހުރިކަން އެނގިގެންދެއެވެ.

18HN2ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން އިއްވާ ޙުކުމްތަކާއި ނެރޭ އަމުރުތް އ އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤަކަ އެ މައްސަލައަކާ ގުޅުން ހުރި ނުވަތަ އެ މައްސަލައިގެ މަޞްލަޙަތު ހިމެނޭ ކޮންމެ މީހަކަށްމެ ޤާނޫނުއަސާސީއިން ލިބިދީފައިވާ ޙައްޤެއްކަމުގައިވީނަމަވެސް، އިސްތިއުނާފުކުރުމުގެ ޙައްޤު އޮތުމުގެ މާނައަކީ، ތިން މަރެ ޙުލާގ ކޯޓުތުކުނ ތިން ފަހަރު އެއް މައްސަލައެއް އަލުން ބެލުމެއް ނޫނެވެ. އެއާ ޚިލާފަށް އިސްތިއުނާފުކުރުމުގެ ޙައްޤު އުފަންވާނީ އެއް މަރް ޙު ލާއިނ މައްސަލައެއް ބެލުމުގެ ތެރޭގައި ޢަމަލުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއްގެ މައްޗަށް ބިނާވެގެނނެވެ.

19ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 43 ވަން މާއްދާއާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑި ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ފަދައިން، މައްސަލަ ނިންމުމުގައި މައްސަލަ ބަލާ ފަނޑިޔާރުޤާ ނޫން ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަރި ޢާޔަތް ކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފއޮނުވާކަމަށް ބުނާބުނުމަކުން، ނުވަތް ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކެ ށ ފައި ނުވާކަމަށް ބުނާބުނުމަކުން އ މައްސަލު ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު ގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވނެއެވެ. ޤަނޫނުއަސާސީގެ 56 ވަނަ މާއްދާ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/51 )މުޙައްމަދ ރަޝާދު ވ. އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑް( ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 "މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު"

20HN3ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 32 ވަނަ މާއްދާއިންވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ބެލުމުގެ އުސޫލުތައް ކނޑައަޅާފައިވެއެވެ. މިގޮތުން މި މާއްދާގެ )ހ( އަދި )ށ( ގައި ވަނީ އަންނަނިވި ފަދައިންނެވެ.

32)ހ( ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ. )ށ( މި މާއްދާގެ )ހ( ގައި އެހެން ބުނެފައިއޮތުމަކީ ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި، އިސްތިއުނާފުގެ މަރުޙަލާގައި ހުށަހެޅުމަށް ހުރަސްއަޅާނެކަމެއް ނޫނެވެ.

21މ މާއްދާގައި މިފަދައިން ބަޔާންކޮށްފައިވުމުން، ދަށަމަރުޙަލާގައި ފާހަގަކޮށް، ވާހަކަދެއްކުމުގެ ފުރުޞަތު ލިބި، ދަށު މަރުޙަލާގައި ހުށަހަޅާފައިނުވާ ނުކުތާތައް އިސްތިއުނާފީ މަރް ޙު ލާގައި ނުބެލޭނެކަމަށީ މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓުމައްސަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވެއެވެ. އަދ މި ނިންމެވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންވެސް ތާއިދުކރައްވާފައިވެއެވ.

22ވުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައަޅާނީ ދަށު ކޯޓުގައި ނުވަތަ ޓްރައިބިއުނަލްގައި ނިންމި ނިންމުމަކްއަސާ ސްއަކަށް ބަލައިގެންނެވެ. މައްސަލައެއްގައި ކަން ހިނގާދިޔަގތޮ ކަށަވަރުކުރުމާއި، އައު ޤާނޫނީ ބަހުސެއް ހުށަހެޅުމަށް ފުރުޞަތު ދިނުމަކީ މުޅިން ތަފާތު ދެ ކަމެކެވެ. ކޯޓުތަކުގެ ޤާނޫނ ގެ 32 ވަނަ މާއްދާގަ ސާފު އިބާރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވޭ ޙުކުމެއް ނުވަތަ ނިންމުމެއް ބިނާވާންވާނީ ދަށު ކޯޓުގެ ނުވަތަ ޓްރައިބިއުނަލްގެ ނިންމުމުގައި ގޮތެއް ކަނޑައަޅާފައިވާ ކަމެއް ނުވަތަ ނިންމާފައިވާ ނިންމުމެއްގެ މައްޗަށެވެ. މިކޯޓުގެ ނަންބަރު 2014/HC-A/83 )މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ( ޤަޟިއްޔ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/41 )މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ( ޤަޟިއްޔ

23HN4މިހެނ ބަޔާންކުރިނަމަވެސް އައު ޤާނޫނީ ނުކުތާއެއް ބަލައިގަނެވިދާނެ ޙާލަތްތައް، ނުވަތަ އައު ޤާނޫނީ ބަހުސްއަކަށް ފުރުޞަތު ހުޅުވާލެވިދާނެ ޙާލަތްތައް ދިވެހިރާއްޖޭގ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/57 ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. އަދި ދަށު މަރުޙަލާގައި ބަލައިގަނެފައިނުވާ އައު ހެކި ހުށަހެޅޭނެ ޙާލަތްތައް އެ ކޯޓުގެ ނަންބަރ 2013/SC-A/20 އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ.

24ދަށު ކޯޓުގެ ނުވަތު ޓްރައިބިއުނަލްގެ ނިންމުން އޮތީ ޤާނޫނާ ޚިލާފަށް ކަމަށް ބުނުމަކުން ހަމައެކަނި ނުފުދެއެވެ. ދަށު ކޯޓުގު ނުވަތެ ޓްރައިބިއުނަލްގެ ނިންމުން ދިވެހިރާއްޖޭގެ ކޯޓތަކުގ ޤާނޫނެ ގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުން ކުރެ ޙާލަތެއް އޮތްކަން އެކަމުގެ ތަފްޞީލާއެކެ ހާމަކޮށްދިނުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެކެވެ. އެކަން ބަޔާންކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ޢިމާދު ޔޫސުޕ ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ފާހަގަކުރަނީ ..."ހައިކޯޓަށް އިސްތިއުނާފު މައްސަލަ ހުށަހެޅުމުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތެއް އޮތްނަމަ، އެކަން ހާމަކޮށް ހުށަހެޅުމަކީ އިސްތިއުނާފު ކުރާ ފަރާތުގެ ޒިންމާއެކެވެ. އެހެނީ، ޤާނޫނެއްގެ މާއްދާއަކަށް ހަވާލާދީ، ޖުމްލަ ގޮތެއްގައި ދަށު ކޯޓުގެ ނިންމުން ގޯސްކަމަށް ބުނުމަކުން، އެ ފަރާތުން އިސްތިއުނާފު ކުރުމުގައި އުފުލަންޖެހޭ މަސްއޫލިއްޔަތު އަދާކޮށް ނިމުނީއެއް ނޫނެވެ. ދަށު ކޯޓުގެ ނިންމުން ރަނގަޅު ނޫންކަމުގައި ބުނާނަމަ، އެފަދައިން ބުނާ ސަބަބު، ޤާނޫނުތަކުގެ މާއްދާ އަދި ޤާނޫނީ އުސޫލުތަކުގެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/57 ކަޕޫރު ﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ޤަޟިއްޔގާ 10 ވަނީ ނުކުތާގައި ބަޔާންކޮށްފައިވަނ 1. ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ޢަދުލް އިންސާފު ޤާއިމުރުމަށްޓަކައި ކޮންމެހެން ރިޢާޔަތްކުރަންޖެހޭ ނުކުތާއަކަށްވާނަމަ، ނުވަތަ 2 . ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ މައްސަލަ ނިންމާ ގޮތެއްގެ ސަބާ ބުން ޙުކުމް ސީދުގުޅިލާމެހިފައިވާ ނުކުތާއެއްނަމަ، އައު ޤާނޫނީ ނުކުތާއެއް ބަލައިގަ ތމުގައ ހުރަހެއްނެތްކަމަށެވެ. މި ޤަޟިއްޔާގައި އައު ހެކި ހުށަހެޅޭނެ ޙާލަތްތައް ބަޔާންކޮށްފައިވާއިރު، އެ ޙާލަތްތަކަކީ 1. އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އެ މައްސަލައެއް ދަށު މަރުޙަލާގައި ހިނގަމުންދިޔައިރު، އެކަށީގެންވާ މަސައްކަތެއްކޮށްގެންވެސް ލިބިފައިނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން؛ 2. އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އޭގެ ސަބަބުން މައްސަލައިގެ ޙުކުމަށް ބަދަލު ނައިނަމަވެސް، އޭގެ ސަބަބުން އެ މައްސަލައެއްގެ މައުޟޫއަށް އެކަށީގް ންވާ ފަދަ ނުފޫޒެއް ފޯރުވާފަދަ ހެއްކެއްކަމަށް ނުވަތް ހުށަހެޅުމކަށްވުނަ ؛ 3. އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އޭގެ ޞައްޙަކަމާމެދު ސުވާލު އުފެދިފައިނުވާ ހެއްކެއްކަމަށް ނުވަތަ ހުށަހެޅުމަކަށްވުން؛ މިއެވެ . ދިވެހިރާއްޖޭގު ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/09 )ޢިމާދު ޔޫސުފު ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް( ޤަޟިއްޔާ އަލީގައި ބަޔާންކުރުމަކީ މައްސަލައެއް އިސްތިއުނާފު ކުރަން ހުށަހަޅާ ފަރާތުގެ މަސްއޫލިއްޔަތެކެވެ. އެއީ ފަރުދެއް، މުއައްސަސާއެއް ނުވަތަ ޤާނޫނީ ޝަޚުސަކަށ ވީނަމަވެސް މެއެވެ. އަދި ވަކިނީޚާއްސަކޮށް، އިސްތިއުނާފު ކުރަން ހުށަހަޅާ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދާނަމަ، މި މިންގަނޑަށް ކަންކުރުމަކީ ޤާނޫނ ވަކީލުގެ ޒިންމާއެއްވެސް މެއެ ވެ." އެހެންކަމުން،އައު ޤާނޫނު ބަހުސެއް ނުވަތަ އައު ހެއްކެއް ތައާރަފުކުރުމަށ ކަނޑައަޅް ސަބަބެއް އޮތްކާމަށަ ބަޔާންކޮށް، އެކަން ހާމަކަރުމަކީ އެ ޤާނޫނީ ބަހުސެއް ނުވަތަ އައު ހެކި ހުށަހަޅާ ފަރާތުގެ ޒިންމއެއްކަނ ސާފެވެ.

25HN5ދަށު މަރުޙަލާގައި އެއްވެސް ވަރަކަށް ނުދެކެވޭ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް އިސްތިއުނާފީ ނުކުތާއެއްގެ ސިފައިގައި މުޅިން އައު ޤާނޫނީ ބަހަ ސެއ ހުޅުވާލުމަށް ފުރުޞަތު ދިނުމަކީ ކޯޓުތަކުގެ ޤާނޫނު ހުއްދަކުރާ ކަމެއްނޫނެވެ. އެހެނ އިސްތިއުނާފީ މަރުޙަލާތައް ބިނާވަނީ އެއަށް ވުރެ ދަށު މަރުޙަލާއިން ގޯހެއް ހަދާފައިވާނަމަ އެކަން ރަނގަޅުކުރުމަށަކަމަށްވާއިރު، ކޮންމެ އިސްތިއުނަ ފީ މަރުޙަލާއެއްގައި އައު ވާހިކ ދެކެވޭ އައު ޤާނޫނީ ބަހުސްތައް ހުށަހެޅުމަށް ކޯޓުތަކުގެ ޤާނޫނުގައި ތަސައްވަރުކުރެވިފައިވާ އިސްތިއުނާފީ ނިޒާމްގެ މަޤްޞަދު ހާސިލުނުވާނެތީއެވެ.އެހެންކަމުން، ދަށު ކޯޓުގެ ނުވަތަ ޓްރައިބިއުނަލްގެ ނިންމުން ޤާނޫ ނާއ ޚިލާފް ކަމުގައި ބެލެވޭ ސަބަބުތައް ވާންވަނީ އެ ސަބަބުތަކާމެދު ވާހަކަ ދެކެވި، އެ ސަބަބުތަކާމެދު ދަށު މަރުޙަލާގައި އެއްޗެއް ބުނުމުގެ ފުރުޞަތު ލިބިފައިވާ ސަބަބުތަކަށެވެ.

26މި މައްސަލައިގައި ގެއްލުމުގެ ބަދަލު ނަގައިދިނުމާ ގުޅޭ ގޮތުން ހައިކޯޓުގ ނަންބަރ 2013/HC-A/218 ދައުލަތް ވ. އިބްރާހީމް ޝަރީފް ޤަޟިއްޔާއާއި މިކޯޓުގެ ނަންބަރު 2009/HC-A/201 ސަން އެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. ދައުލަތް ޤަޟިއްޔާތަކަށް އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދީފައިވާއިރު، ގެއްލުމުގެ ބަދަލާއި ގުޅޭ ގޮތުނިމ ޤަޟިއްޔާތަކުގައި ކަނޑައަޅުއްވާފައިވާ އުޞޫލާއި މި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/66 )މޯލްޑިވްސ މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އިތުރު ފަސްފަރާތެއް ވ. ސްޓޭޓް ބޭންކް އޮފް އިންޑިއާ( ޤަޟިއްޔ މައްސަލައިގެ ޙަޤީޤަތްތަކާއި ގުޅޭ ގޮތެއަ އިސްތިއުނާފުކުރު ފަރާތުން ސާފުކޮށްދީފައެއްނުވެއެވެ. އިސްތިއުނާފ ރައްދުވި ފަރާތުން ކޮށްފައިވާ މަސައްކަތުގެ އަގު ލިބުމަށް އެދޭ ކަމުގައި އެ ފަރާތުން ހުށަހެޅި ޖަވާބު ފޯމްގައ އެދިފައިވީނަމަވެސ، އިސްވެ ބަޔާންކުރަނިވި ނުކުތާތަކުގެ 14 އަދި 15 ވަނަ ނުކުތާގައިވާ ފަދައިން، މިކަމަށް އިސްތިއުނާފުކުރާ ފަރާތުން ރައްދުދީފައެއްނުވެއެވެ. މީގެ އިތުރުން، އިސްތިއުނާފު ރައްދުވާ ފަރާތުން 18 ޖުލައި 2019ގައި ހުށަހަޅާފައިވި ބަޔާނާއިއެކު މަސައްކަތުގެ އަގު އެނގޭނެ ފަދަ ޑޮކިއުމަންޓެއް ހުށަހެޅިނަމަވެސް އެއަށްވެސް އިސްތިއުނާފުކުރާ ފަރާތުން ރައްދުދީފައެއްނުވެއެވެ. އަދި އެއަށް އިންކާރުކޮށްފައެއްނުވެއެވެ. މިކަން ސިވިލ ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 3 ވަނަ ނުކުތާގެ )އ( ގައިވެސް ޚުލާޞާކޮށްފައިވެއެވެ. މައްސަލައިގެ ތެރޭގައި ހުށަހަޅާ ކަންކަމަށް އެއްބަސްވުމާއި، އިންކާރުކުރުމާއި، ހެކި ހުށަހެޅުމާއި، އިޖުރާއީ ނުކުތާ ނެގުމާއި، އަދި މިނޫންވެސް ފާހަގަކުރަންޖެހޭ ކަންކަން ފ ހަގަކުރަންވާނ އެ މައްސަލައިގެ ޝަރީޢަތުގެ ތެރެއިންނެވެ. އެހެނީ އިސްތިއުނާފަށް ހުށަހެޅޭ މައްސަލަތައް ބަލާނީ އެމައްސަލ ދށަ ކޯޓުގައު ހިނގިއިރު ހުށަހެޅާ ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމަށް ބަލައިގެންކަމުގައވި ތީއެވެ. އެހެންކަމުން، ދެ ފަރާތް ދެމެދު ހިނގިއހެން މައްސަލައެއްގައި )އެހެން ޤަޟިއްޔާއެއްގައި( އިންވޮއިސްއަށް އިންކާރުކުރުމަކީ މި މައްސަލައިގެ ޙަޤީޤަތްތަކަށް އަސަރުކުރަންޖެހޭނެ ފަދަ ކަމެއް ނޫނެވެ.

27އިސްތިއުނާފާ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ކޮށްފައިވީއިއުތިރޟަކ ސިވިލް ކޯޓުގެ ޝަރީޢަތުގައިވެސް ނެގޭނޭ އިޢުތިރާޟުތަކެވެ. މި މައްސަލދަށަ ކޯޓުގައި ހިގަމުން ދިޔައިރު، އިސްތިއުނާފުކުރާ ފަރާތުން މި އިސްތިއުނާފުގައި ހުށަހަޅާފައިވާ ކަންކަމާއި ގުޅޭ ގޮތުންނާއި، އަދި ލިޔުމުނެ އިންކާރުކުރަން ބޭނުންވާނަމަހީ އިންކާރުކުރުމުގެ ފުރުޞަތު އޮތެވެ.އެހެނަސް، ދަށު ކޯޓުގައިމިކަމ ގުޅާ ގޮތުން އެއްވެސް ވާހަކައެއް ނުދެކެވި، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހިޅާފައިވާ އައު ބަހުސްއަށ މި މަރުޙަލާގައި ކޯޓުންޖަވާބުދިނުންވާނީ، އަދި މި ނުކުތާގެ މައްޗަށް އައު ގޮތްތަކެއް ކަނޑައެޅުންވެގެންދާނީ ކޯޓުތިކގެ ޤާނޫނާއި ޚިލާފު ކަމެއް ކަމުގައި އަހުރެން ދެކެމެވެ.

ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު

28ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ފާޠިމަތު ފަރްހީޒާ ގެ ރައުޔު

29ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

30މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަޞްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނަދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ.މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ކޯޓުނު މައްސަލައިގް ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތީ ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއ، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރ 2021/32(ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ހ( މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ށ( މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ނ(

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ