ފިއުލް ސަޕްލައިސް މޯލްޑިވްސް ޕވޓ ލޓޑ ވ. މުޙައްމަދު ޖިނާޙް މަންޞޫރު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ވަޒީފާއާބެހޭ ޓްރައިބިއުނަލް 132/VTR/2020
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވާނަމަވެސް، ތަޙުޤީޤަށްފަހު ހޯދުނު ކަންކަމަށް ޖަވާބުދާރީވުމުގެ ފުރުޞަތު ނުދީ ވަކިކުރީތީ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާކަމަށް ކަނޑައަޅައި، 87 (ށ) ގެ ދަށުން 2 މަހުގެ މުސާރައާއި އިނާޔަތް (24,600ރ) ބަދަލުގެ ގޮތުގައި ދިނުމަށް ޓްރައިބިއުނަލުން ނިންމިއެވެ.
- ވާޤިޢާ
- ބާޖު ކެޕްޓަނެއްގެ ގޮތުގައި ހުރި މުވައްޒަފު ދުއްވި ބާޖު ކުންފުނީގެ އެހެން ބާޖެއްގައި ޖެހިގެން، އިދާރީ ގޮތުން ބަޔާންނަގައި ބެލުމަށްފަހު ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިހާނުލާ ވަކިކޮށްފައިވެއެވެ. ހާދިސާ ހިނގީ މުވައްޒަފަށް ފަހު އިންޒާރު ދިނުމަށްފަހުއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ފަހު އިންޒާރު ދީފައިވާ މުވައްޒަފަކު ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިހާނުލާ ވަކިކުރުމުގައި، އިދާރީ ތަޙުޤީޤެއްގައި ބަޔާން ނެގުމަށްފަހު ތަޙުޤީޤުގެ ނިންމުންތަކަށް ޖަވާބުދާރީވުމަށް އިތުރު ފުރުޞަތެއް ނުދިނުމުން އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅީ ރަނގަޅަށްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ކުންފުނިން ބުނީ ތުހުމަތު ސާފުކޮށްދީ ބަޔާން ނަގައި ޖަވާބުދާރީވުމުގެ ފުރުޞަތު ދީފައިވާތީ މަދަނީ މިންގަނޑުން އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވާ ކަމަށެވެ. މުވައްޒަފު ބުނީ އެކްސިޑެންޓަކީ ފުލުހުން ތަޙުޤީޤުކުރަންޖެހޭ ކަމެއްކަމަށާއި ވަކިކުރީ ޤާނޫނާ ޚިލާފަށް ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ފަހު އިންޒާރު ދީފައިވާ މުވައްޒަފެއްގެ ތުހުމަތު ސާފުކޮށްދީ ބަޔާން ނަގައި ބަސްބުނުމުގެ ފުރުޞަތު ދީފައިވާއިރު، ތަޙުޤީޤު ރިޕޯޓެއް ތައްޔާރުކޮށް އިތުރު ފުރުޞަތެއް ދޭން ޖެހޭނެ ޤާނޫނީ ހަމައެއް ނެތީތީ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަމަށް ކަނޑައެޅިއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ޙުކުމް ބާޠިލު (އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާކަމަށް ކަނޑައެޅި ބައާއި 24,600ރ ބަދަލު ބާޠިލު)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ވަޒީފާއާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހުއެވެ.
HN2 ދަށުކޯޓު ނުވަތަ ޓްރައިބިއުނަލުން މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަމަށް ކަނޑައަޅާފައިވާ ބައި މުވައްޒަފު އިސްތިއުނާފު ނުކޮށްފިނަމަ، ވަޒީފާދޭ ފަރާތުން ކުރާ އިސްތިއުނާފެއްގެ ތެރެއިން އެ މައްސަލައާމެދު ޤާނޫނީ ބަހުސެއް ކުރިއަށް ގެންދެވޭނެ ހަމައެއް ނެތެވެ؛ އިސްތިއުނާފުގެ ދާއިރާ ގައިދުވަނީ އިސްތިއުނާފުކުރި ނުކުތާއަށެވެ.
HN3 ވަޒީފާއާބެހޭ މައްސަލަތަކުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވޭތޯ ކަނޑައެޅުމުގައި ޢާއްމު އުޞޫލުތަކުގެ އިތުރުން ކޮންމެ މައްސަލައެއްގެ ޚާއްޞަ ސިފަތަކަށް ރިޢާޔަތްކުރަންޖެހެއެވެ؛ ވަކިކުރުމަށް މެދުވެރިވި މައުޟޫޢީ ސަބަބާމެދު ގޮތެއް ކަނޑައެޅުމުގެ ވަސީލަތަކާ ގުޅުންހުރި އިޖުރާއަތުތައް ފުރިހަމަވެފައިވާ މިންވަރު ވަޒަންކުރަންޖެހެއެވެ.
HN4 ނޯޓިހާނުލާ ވަކިކުރާ މައްސަލަތަކުގައި ޖަވާބުދާރީވުމުގެ ފުރުޞަތު ބިނާވަނީ ވަކިކުރެވޭ ޙާލަތާއި ވަގުތާއި ތުހުމަތުގެ ޠަބީޢަތަށް ބަލައިގެންނެވެ؛ ލިޔުމުން ޖަވާބުދާރީވުމުގެ ފުރުޞަތު ނުދެވުނަސް ތުހުމަތު ސާފުކޮށްދީ ސުވާލުކުރެވިދާނެއެވެ؛ ތަޙުޤީޤެއް ހިންގާފައިވޭތޯ ބަލަނީ މަދަނީ މިންގަނޑުން ކަމަށާއި ރިޕޯޓެއް އޮތުމަކީ ތަޙުޤީޤު ހިންގިކަން ބެލުމުގެ ހަމައެކަނި ވަސީލަތް ނޫނެވެ.
HN5 ފަހު އިންޒާރު ދީފައިވާ މުވައްޒަފަކީ މަސައްކަތުގެ އަޚުލާޤު އެކަށީގެން ނުވުމުގެ ސަބަބުން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިހާނުލާ ވަކިކުރެވިދާނެ މުވައްޒަފެކެވެ؛ މިފަދަ މައްސަލަތަކުގައި ވަކިކުރުމުގެ ކުރިން ޖިނާއީ ތަޙުޤީޤެއް ހިންގުން ލާޒިމުވާކަމަށް ބެލެވޭނެ ޤާނޫނީ ނުވަތަ ޝަރުޢީ ހަމައެއް ނެތެވެ.
HN6 ތުހުމަތުކުރެވޭ ޢަމަލުތައް ސާފުކޮށްދީ، މުވައްޒަފުގެ ބަޔާންނަގައި، އިދާރީ ތަޙުޤީޤެއްގެ ތެރެއިން ބަސްބުނުމުގެ ފުރުޞަތު ދީފައިވާނަމަ، ވަކިކުރުމުގެ ކުރިން ތަޙުޤީޤު ފުރިހަމަކޮށް ވަކި ރިޕޯޓެއް ތައްޔާރުކުރުމާއި، ތަޙުޤީޤުގެ ނިންމުންތަކަށް ޖަވާބުދާރީވާން އިތުރު ފުރުޞަތެއް ދިނުން ލާޒިމުވާކަމަށް ބެލެވޭނެ ޤާނޫނީ ހަމައެއް ނެތެވެ؛ އެ ޙާލަތުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވާނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޢަބްދުﷲ އަކުރަމް، ޢަލީ އަމީރު
- ބެންޗު
- ދީބާނާޒް ފަހުމީ، ޙުޒައިފާ މުޙައްމަދު، މުޙައްމަދު ސަލީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ދީބާނާޒް ފަހުމީ · ތާއީދުކުރެއްވީ: ޙުޒައިފާ މުޙައްމަދު، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔު (މި ރައުޔަށް ފަނޑިޔާރު ޙޒައިފު މުޙައްމަދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމް
ތާއީދު ކުރައްވައެވެ. )
ތަޢާރަފު
1މި މައްސަލައަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 132/VTR/2020 މައްސަލަ އިސްތިއުނާފު ކުރުމަށްއެދި، ފިއުލް ސަޕްލައސި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (މީގެފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ފިއުލް ސަޕްލައސި މޯލްޑިވްސް" ނުވަތަ "ކުންފުނި"ކަމަށް ބުނެފައިވާ)ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ގދ. ފިޔޯރީ، ވާދީރޯސް، މުޙައްމަދު ޖިނާޙް މަންޞޫރު (މީގެފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ " މުޙައްމަދު ޖިނާޙް މަންޞޫރު "ކަމަށް ބުނެފައިވާ)އެވެ.
މައްސަލައިގައި ކަންހިނގާފައިވާގޮތް
2ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 132/VTR/2020 މައްސަލއިގަ "މައްސަލަ ނިމުނުގޮތުގެ ހުލާސާ ރިޕޯޓު"އާއި މައްސަލައިގެ ލިޔުންތަކުގެ މައްޗަށް ބިނާކޮށް، މައްސަލައިގައި ކަންހިނގާފައިވާކަމަށް ބެލެވޭގޮތް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
3ފިއުލް ސަޕްލައސި މޯލްޑިވްސްގެ ބާޖު ކެޕްޓަނެއްގެ ވަޒީފާއަށް މުޙައްމަދު ޖިނާޙް މަންޞޫރު ޢައްޔަނުކޮށްފައިވަނީ 28 މާރޗް 2014 ދުވަހުއެވެ. ކުންފުނީގެ ރަޖިސްޓަރީ ނަންބަރު 358/2000-C. ދިވެހި ރައްޔިތެއްކަން އަންގައިދޭ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 132/VTR/2020 މައްސަލައިގެ "މައްސަލަ ނިމުނުގޮތުގެ ހުލާސާ" ނުކުތާ 1.
4މުޙައްމަދު ޖިނާޙް މަންޞޫރުގެ ފަރާތުން ޝަކުވާ ހުށަހެޅުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 132/VTR/2020 މައްސަލައިން ބަލާފައިވާ މައްސަލައަކީ، މެދުކެނޑުމެއްނެތި 8 (އަށެއް) އަހަރު ދުވަހު ފިއުލް ސަޕްލައިސް މޯލްޑިވްސްގެ "ފުންނަ" ނަމަކަށްކިޔާ ބޯޓުގެ ކެޕްޓަނެއްގެ ވަޒީފާ އަދާކުރަމުންދަނިކޮށް، ފުންނަ ބޯޓާއި އެހެން އުޅަނދެއް ޖެހިގެންކަމަށްބުނެ، މުޙައްމަދު ޖިނާޙް މަންޞޫރު 35,000.00ރ (ތިރީސ ފަސްހާސް ދިވެހި ރުފިޔާ)އިން ޖޫރިމަނާކޮށް، 05 ޖުލައި 2020 ދުވަހު މުޙައްމަދު ޖިނާޙް މަންޞޫރު ވަޒީފާގެ މަސްއޫލިއްޔަތުން އެއްފަރާތް ކުރުމަށްފަހު، 16 ޖުލައި 2020 ދުވަހު ވަޒީފާއިން ވަކިކޮށް، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު)އިން ދޭންޖެހޭކަމަށްބުނާ 3 (ތިނެއް) މަސްދުވަހުގެ މުސާރައާއި، ޖުލައި މަހުގެ 16 (ސޯޅަ) ދުވަހުގެ މުސާރަވެސް ދީފައިނުވުމުގެ މައްސަލައެވެ.
5ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 132/VTR/2020 މައްސަލައިގައި، ބުނެވިދިޔަ އެކްސިޑެންޓު ހިނގާފައިވަނީ 02 ޖުލައި 2020 ދުވަހު ކަމަށާއި، އެ އެކްސިޑެންޓާ ގުޅިގެން އެއްވެސް އިދާރާއަކުން ތަޙުޤީޤުކުރުމަށް ފިއުލް ސަޕްލައސި މޯލްޑިވްސްގެ ފަރާތުން ހުށަހަޅާފައި ނުވާކަމަށާއި، މުޙައްމަދު ޖިނާޙް މަންޞޫރު 35,000.00ރ (ތިރީސ ފަސްހާސް ދިވެހި ރުފިޔާ)އިން ޖޫރިމަނާކޮށް، ފައިސާ ދެއްކުމަށް އަންގާފައިވާ ލިޔުމުގައި، ޖޫރިމަނާކުރި ސަބަބު ބަޔާންކޮށްފައި ނުވާތީ، އެ ލިޔުމުގައި ސޮއިކޮށްފައި ނުވާކަމަށް މުޙައްމަދު ޖިނާޙް މަންޞޫރު ބުނެފައިވާކަމަށެވެ. އެހެންކަމުން، ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން ދިނުމަށް އިންކާރުކޮށްފައި ވާކަމަށް މުޙައްމަދު ޖިނާޙް މަންޞޫރު ބުނެފައިވާކަމަށެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ އެނެކްސް 2 (ދޭއް) ގައި މައްސަލަހުށަހެޅި ފަރާތުން ވަޒީފާއާބެހޭ ޓަރައިބިއުނަލްއަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ 2.2 ގައި ބަޔާންކޮށްފައިވާ، މުޙައްމަދު ޖިނާޙް މަންޞޫރަށ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ ނަންބަރު 2020/092-L-REF-HR-FSM (05 ޖުލައި 2020) ސިޓީ. މީގެފަހުން "ވަޒީފާއާބެހޭ ޤާނޫނު"ކަމަށް ބުނެފައިވާ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 132/VTR/2020 މައްސަލައިގެ "މައްސަލަ ނިމުނުގޮތުގެ ހުލާސާ" ނުކުތާ 1.1.
6ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 132/VTR/2020 މައްސަލައިގައި، މުޙައްމަދު ޖިނާޙް މަންޞޫރު ވަޒީފާއިން ވަކިކޮށްފައިވަނީ ހިނގާދިޔަ އެކްސިޑެންޓާ ގުޅިގެންކަމަށްބުނެ އެއްވެސް އިންޒާރެއް ދިނުމެއްނެތި، އަދި ކުށްވެރިވާ ފަރާތް ހޯދުމެއްނެތި ކަމަށްވާތީ، ކުއްލިއަކަށް ލިބިދޭންޖެހޭ އެތައް އުޖޫރައެއްނުދީ އަދި އިތުރަށް ޖޫރިމަނާ ކޮށްފައިވާތީ، ލިބުނު އެންމެހައި ގެއްލުމުގެ ބަދަލު ލިބިދިނުމަށާއި، ޤާނޫނުން ލިބިދޭންޖެހޭ ވަޒީފާގެ ރައްކާތެރިކަން ލިބިދިނުމަށާއި، އުޖޫރައާއި، ލޮކްޑައުން ފްރންޓަލައިން ސްޓާފް އިނާޔަތްތައް ލިބިދިނުމަށް، މުޙައްމަދު ޖިނާޙް މަންޞޫރު އެދިފައިވެއެވެ.
7މުޙައްމަދު ޖިނާޙް މަންޞޫރުގެ ފަރާތުން ހުށަހެޅި ޝަކުވާގެ ޖަވާބުގައި، މުޙައްމަދު ޖިނާޙް މަންޞޫރު ވަޒީފާއިން ވަކިކޮށްފައިވަނީ، މުޙައްމަދު ޖިނާޙް މަންޞޫރގެ ކެޕްޓަން ކަމުގައި ދުއްވި "ފުންނަ" ބާޖު 01 ޖުލައި 2020 ދުވަހު، އެސް.ޓީ.އޯ ފިއުލް ޑީސީ (ކ. ފުނަދޫ) ފަޅުތެރޭގައި، ފިއުލް ސަޕްލައިސް މޯލްޑިވްސްއިން އޮޕަރޭޓްކުރާ "ބޮލިކެ" ބާޖުގެ މެދެއްހައ ހިސާބުގައި ޖައްސައި، "ބޮލިކެ" ބާޖަށް އެތައް ގެއްލުމެއް ލިބިފައިވާތީ، އެ މައްސަލަ ފިއުލް ސަޕްލައސި މޯލްޑިވްސްއިން ބަލަމުންދާތީ، މައްސަލަބަލައި ވަކިގޮތެއް އަންގަންދެން 05 ޖުލައި 2020 ދުވަހުން ވަޒީފާއިން އެކަހެރިކޮށް، ކުންފުނީގެ ފަރާތުން އިދާރީގޮތުން މައްސަލަބަލައި، "ފުންނަ" އަދި "ބޮލިކެ" ބާޖުގެ ކެޕްޓަނާއި ކްރޫއިންގެ ބަޔާންނަގައި، މައްސަލަ ބެލި ބެލުމުގައި، 01 ޖުލައި 2020 ދުވަހު، މުޙައްމަދު ޖިނާޙް މަންޞޫރުގެ ކެޕްޓަންކަމުގައި ދުއްވި "ފުންނަ" ބާޖުގައި، "ބޮލިކެ" ބާޖު ނެރުން ވަދެގެން އައުމުގެ ތެރޭގައި ޖެހިގެން، "ފުންނަ" ބާޖުން "ބޮލިކެ" ބާޖުގެ މެދެއްހައ ހިސާބުގައި ގަސްދުގައި ޖއްސެމުން، "ބޮލިކެ" ބާޖަށް އެތައް ގެއްލުމެއް ވެފައިވާތީކަމަށ ފިއުލް ސަޕްލައސި މޯލްޑިވްސްގެ ފަރާތުން ބުނެފައިވެއެވެ.
8މުޙައްމަދު ޖިނާޙް މަންޞޫރު، 16 ޖުލައި 2020 ދުވަހު ވަޒީފާއިން ވަކިކޮށްފައިވަނީ، މުޙައްމަދު ޖިނާޙް މަންޞޫރއާއު ފިއުލް ސަޕްލައސި މޯލްޑިވްސްއާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެމަތިން، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުންކަމަށެވެ. އަދި މުޙައްމަދު ޖިނާޙް މަންޞޫރު ދީފައިވާ ބަޔާނުގައި، 01 ޖުލައި 2020 ދުވަހު ބަންކަރިންގއަށް ދާންއުޅެނިކޮށް، "ބޮލިކެ" ބާޖު ނެރުން ވަދެގެން އައިސް "ފުންނަ" ބާޖު ކުރިމަތިން ހުރަސްކުރުމުން، ފަހަތަށް ކުޑަކޮށް މަޑުޖައްސާލާފައި ކުރިއަށް ހިފާލެވުނުވަގުތު "ބޮލިކެ" ބާޖުގައި ޖެހުނުކަމަށް ބަޔާންކޮށްފައި ވީނަމަވެސް، ވީޑިއޯ ފުޓޭޖުން ފެންނަ ގޮތުގައި، މުޙައްމަދު ޖިނާޙް މަންޞޫރގެ ޢަމަލުތައްހުރީ "ބޮލިކެ" ބާޖުގައި ޖައްސަންކަން އެނގޭކަމަށާއި، މައްސަލައާ ގުޅިގެން ބަޔާންދިން އެހެން މުވައްޒަފުންގެ ބަޔާންތަކުން، އެއީ މުޙައްމަދު ޖިނާޙް މަންޞޫރު ގަސްދުގައިކުރި ޢަމަލެއްކަން ސާފުވާކަމަށް ފިއުލް ސަޕްލައސި މޯލްޑިވްސްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ބުނެފައިވެއެވެ.
9ފިއުލް ސަޕްލައސި މޯލްޑިވްސްއިން ވަޒީފާއާބެހް ޓްރައިބިއުނަލްގައި އެދިފައިވަނީ، މުޙައްމަދު ޖިނާޙް މަންޞޫރު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ އެކަށީގެންވާ ސަބަބަކާއެކުކަމަށް ކަނޑައަޅައިދިނުމަށާއި، މުޙައްމަދު ޖިނާޙް މަންޞޫރު އެދިފައިވާގޮތަށް މުސާރައާއި އިނާޔަތްތަކާއި ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ހަމައެއްނެތްކަމަށް ކަނޑައަޅައި ދިނުމަށާއި، ފްރަންޓްލައިން އެލަވަންސަކީ ދޭންޖެހޭ ފައިސާއެއް ނޫންކަމަށް ކަނޑައަޅައި ދިނުމަށެވެ.
10ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 132/VTR/2020 މައްސަލައިގައި، މުޙައްމަދު ޖިނާޙް މަންޞޫރު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވޭތޯ ބެލުމުގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ އެނެކްސް 4 ގައި، މައްސަލަރައްދުވާ ފަރާތުން ހުށަހެޅި ލިޔެކިޔުންތަކުގެ 4.5 ގައިވާ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު T/2020/028-HR-FSM (16 ޖުލައި 2020) ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓގު ނަންބަރު (,30A/27-2014/SC) އިސްމާޢީލް މަސްޢޫދު ވ. ހައުސިންގް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކަށް ރިޢާޔަތް ކޮށްފައިވެއެވެ. އެގޮތުން، "މައްސަލަ ނިމުނުގޮތުގެ ހުލާސާ ރިޕޯޓު"ގ 14 ވަނަ ނުކުތާގައި، މުޙައްމަދު ޖިނާޙް މަންޞޫރުގެ ޢަމަލާއި، ވަޒީފާގެ ޒިއްމާއާއި، މުޙައްމަދު ޖިނާޙް މަންޞޫރު ދީފައިވާ ބަޔާނާއި، ހާދިސާއާގުޅ މައްސަލޭ ނިމުނުގޮތުގެ ރިޕޯޓާއި، އެ ރިޕޯޓާއެކު ހިމަނާފައިވާ ބަޔާންތަކާއި، ހާދިސާގެ ވީޑިއޯއަށް ރިޢާޔަތް ކުރުމުން، ފިއުލް ސަޕްލައސި މޯލްޑިވްސްއަށް ލިބިފައިވާ ގެއްލުމަކީ މުޙައްމަދު ޖިނާޙް މަންޞޫރުގެ އިހުމާލުން ލިބިފައިވާ ގެއްލުމެއްކަމަށް ބުރަވެވޭތީ، މުޙައްމަދު ޖިނާޙް މަންޞޫރު ވަޒީފާއިން ވަކިކުރުމުގައި، ފިއުލް ސަޕްލައސި މޯލްޑިވްސްގެ ފަރާތުން މައުޟޫޢީ ޢަދުލުވެރިކަން ޤއިމުކޮށްފައިވާކަމަށާ ބުރަވޭވޭކަމަށް ބުނެފައިވެއެވެ.
11ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ "މައްސަލަ ނިމުނުގޮތުގެ ހުލާސާ ރިޕޯޓު"ގެ 14.1 ވަނަ ނުކުތާގައި، މުޙައްމަދު ޖިނާޙް މަންޞޫރު ވަޒީފާއިން ވަކިކުރުމުގެ ކުރިން އިދާރީ ތަޙުޤީޤެއްކޮށް، މުޙައްމަދު ޖިނާޙް މަންޞޫރުގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަން އަންގާފައިވީނަމަވެސް، ފިއުލް ސަޕްލައސި މޯލްޑިވްސްއިން ކޮށްފައިވާ އިދާރީ ތަޙުޤީޤަށްފަހު، ހޯދާފައިވާ އެންމަހައި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް، މައްސަލަ ހުށަހެޅި ފަރާތަށް އެކަންތައްތަކުން ދިފޢާވެ، ވާހަކަދައްކައި ޖަވާބުދާރީވާން ފުރުޞަތު ދެވިފައިވާކަން އެނގެންނެތަތީ، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމެއްނެތިކަމަށް ބުރަވޭވޭކަމަށް ބުނެފައިވެއެވެ.
12ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ "މައްސަލަ ނިމުނުގޮތުގެ ހުލާސާ ރިޕޯޓު"ގެ 15 ވަނަ ނުކުތާގައި، ފިއުލް ސަޕްލައސި މޯލްޑިވްސްއިން ފޮނުވާފައިވާ ނަންބަރ 2020/110-L-REF-HR-FSM (16 ޖުލައި 2020) ސިޓީގައި، މުޙައްމަދު ޖިނާޙް މަންޞޫރއަށު ދައްކަން އަންގާފައިވާ 29,351.60ރ (ނަވާވީސްހާސް ތިންސަތޭކަ ފަންސާސްއެކެއް ދިވެހި ރުފިޔާ އަދި ފަސްދޮޅަސް ލާރި)އަކީ މުޙައްމަދު ޖިނާޙް މަންޞޫރު އަށް ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ކަނޑައަޅައި ދިނުމަށް އެދިފައިވީނަމަވެސް، އެ ފައިސާއާމެދު ގޮތެއްނިންމުމަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމެއްނޫންކަމުގައި ދެކޭކަމަށް ބުނެފައިވެއެވެ.
13ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ "މައްސަލަ ނިމުނުގޮތުގެ ހުލާސާ ރިޕޯޓު"ގެ 16 ވަނަ ނުކުތާގައި، ލޮކްޑައުން ފްރަންޓްލައިން ސްޓާފެއްގެ އިނާޔަތް ލިބިދިނުމަށް މުޙައްމަދު ޖިނާޙް މަންޞޫރުގެ ފަރާތުން އެދިފައިވީނަމަވެސް، މުޙައްމަދު ޖިނާޙް މަންޞޫރު ކޮވިޑް-19 ގެ ބަލިމަޑުކަމުގައި "ފްރަންޓްލައިން" މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާކަން ހުށަހަޅާފައިވާ ލިޔުންތަކުން އެނގެން ނެތްކަމަށާއި، އެފަދައިން މަސައްކަތް ކޮށްފައިވާކަން ސާބިތު ކޮށްދިނުމުގެބުރަ އަދާކުރަންޖެހެނީ މުޙައްމަދު ޖިނާޙް މަންޞޫރު ކަމަށްވާއިރު، މުޙައްމަދު ޖިނާޙް މަންޞޫރުއަށ އެކަން ސާބިތް ކޮށްދެވިފައިނުވާތީ، މުޙައްމަދު ޖިނާޙް މަންޞޫރު އެދިފައިވާ ފަދައިން ފްރަންޓ ލައިން ސްޓާފްގ އިނާޔަތުގެ ގޮތުގައެ އެއްވެސް ފައިސާއެއް ނަގައިދެވޭނެ ހަމައެއް އޮތްކަމަށް ނުދެކޭކަމަށް ބަޔާންކޮށްފައިވެއެވެ.
ވަޒީފާއާބެހޭ ޓރައިބިއުން ލްއިނަ މައްސަލް ނިންމިގޮތް
14އިސްތިއުނާފު ކޮށްފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 132/VTR/2020 މައްސަލއަ ގ ނިންމުން ތިރީގައި އެވަނީއެވެ. "ދެންފަހ މައްސަލެ ހުށަހެޅަ ފަރާތުންނާއި މައްސަލި ރައްދުވަ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށާއި، މައްސަލައިގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ދީފައިވާ ބަޔާންތަކަށާއި ހެކިންގެ ހެކިބަހަށް ރިއާޔަތްކޮށް ބެލިއިރު، ގދ. ފިޔޯރީ، ވާދީރޯސް، މުޙައްމަދު ޖިނާޙް މަންޞޫރު (ދިވެހި ރައްޔިތެއްކަން އަންގައިދޭ 28 މާރިޗު 2014 އިން ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ބާޖު ކެޕްޓަންއެއްގެ މަގާމުގައި ވަޒީފާ އަދާކުރަމުންދަނިކޮށް، ވަޒީފާއާބެހޭ ޤާނޫނާ ޚލާފަށި -35,000/ރ. (ތިރީސ ފަސްހާސް ރުފިޔާ) އިން ޖޫރިމަނާކޮށް ވަޒީފާއިން ވަކިކޮށްފައިވާތީއާއި، ލޮކްޑއުންއަ ގުޅިގެން 4 (ހަތަރެއް) މަސްދުވަހަށް ދުވާލު މަގުން އެފަރާތަށް ލިބެންޖެހޭ -500/ރ. (ފަސްސަތޭކަ ރުފިޔާ) ލިބިދީފައިނުވާތީއާއި، މުޙައްމަދު ޖިނާޙް މަންޞޫރު ވަޒީފާއިން ވަކިކޮށްފައިވަނީ އެއްވެސް އިންޒާރެއް ދިނުމެއްނެތިކަމުގައިވާތީ، ޤާނޫނުން ލިބިދޭންޖެހޭ ވަޒީފާގެ ރައްކާތެރިކަމާއި، އުޖޫރައާއި ލޮކްޑައުން ފްރޮންޓް ލައިން ސްޓާފް އިނާޔަތްތައް ލިބިދިނުމަށާއި، މުޙައްމަދު ޖިނާޙް މަންޞޫރަށ ލިބުން އެންމެހައި ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ރައްދުވާގޮތަށް 04 އޮގަސްޓް 2020 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާ މި މައްސަލާ ގައި، މުޙައްމަދު ޖިނާޙް މަންޞޫރު ވަޒީފާއިން ވަކިކުރެފައިވަނ ޤާނޫނީ ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބުތަކެއް އޮވެގެންކަން ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސާބިތުކޮށްދީފައިވާތީ، މުޙައްމަދު ޖިނާޙް މަންޞޫރު ވަޒީފައިން ވަކިކުރުމުގައި ގާއިމުކުރަންޖެހޭ މައުޟޫއީ އަދުލުވެރިކަން (substantive fairness) ގާއިމްކުރެވިފައިވާކަމށަ ކަނޑައެޅިނަމަވެސް، މުޙައްމަދު ޖިނާޙް މަންޞޫރު ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާއީ އަދުލުވެރިކަން (procedural fairness) ގާއިމުކުރުމެއްނެތި ކަމަށްވާތީ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 87 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް މުޙައްމަދު ޖިނާޙް މަންޞޫރަށް އަދުލުވެރި ބަދަލެއް ނަގައި ދިނުމަށް ބުރަވެވޭތީ، މުޙައްމަދު ޖިނާޙް މަންޞޫރަށް މުސާރައިގެ ގޮތުގައި ލިބެމުންދިޔަ -/5,000ރ. (ފަސްހާސް ރުފިޔާ) އާއި އިނާޔަތުގެ ގޮތުގައި ލިބެމުންދިޔަ -7,300/ރ. (ހަތްހާސް ތިންސަތޭކަ ރުފިޔާ) ގެ ނިސްބަތުން 2 (ދޭއ) މަސްދުވަހުގެ މުސާރައިގެ ގޮތުގައި ޖެހޭ -24,600/ރ. (ސައްވީސްހާސް ހަސަތޭކަ ރުފިޔާ) ބަދަލެއްގެ ގޮތުގައި ނަގައިދިނުމަށް ކަނޑައަޅައި، މި ފައިސާ މިއަދު (27 ޑިސެންބަރު 2021) އިން ފެށިގެން 14 (ސާދަ) ދުވަސްތެރޭގައި މުޙައްމަދު ޖިނާޙް މަންޞޫރަށް ދެއްކުމަށްފަހު، އެކަން ހަމަޖެހޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އަންގާ އަމުރުކޮށް މި މައްސަލަ ނިންމައިފީމެވެ." އިސްތިއުނާފު ނުކުތާއާއި ދެކެވުނު ވާހަކަ
15ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 132/VTR/2020 މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އިސްތިއުނާފުކުރާ ފަރާތުން 1 (އެކެއް) ނުކުތާ ހުށަހަޅާފައިވެއެވެ. މި މައްސަލައިގެ އިސްތިއުނާފު ފޯމުގައިވާ ނުކުތާއާއި، އެ ނުކުތގާ ތަފޞުލާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެކެވުނު މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
16އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ނުކުތާއަކީ، އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރއާ ޢަދުލުވެރިކަން ޤާއިމުކުރުމެއް ނެތިކަމަށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނިންމވަ ފައިވަނީ، ޢާއްމު ޙލަތުގައާ އިޖުރއާ ޢަދުލުވެރިކަން ޤއިމުކުރުމުގައާ ބަލަންޖެހޭކަމަށް މަތީމަރުހަލާގެ ކޯޓުތަކުން ނިންމަވާފައިވާ ނިންމުންތަކާ ފުށުއަރާގޮތަށް، އަދި ހުށަހެޅިފައިވާ އެންމެހއަ ލިޔެކިޔުންތަކާއި ހެކިތއަ އެކަށީގެންވާ މިންވަރަށް ވަޒަން ކުރުމެއްނެތިކަމަށެވެ.
17ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ "މައްސަލަ ނިމުނުގޮތުގެ ހުލާސާ ރިޕޯޓު"ގެ 13 ވަނަ ނުކުތާގައި، މުޙައްމަދު ޖިނާޙް މަންޞޫރު ވަޒީފާއިން ވަކިކުރުމުގައި، މައުޟޫޢީ ޢަދުލުވެރިކަން ޤއިމުކޮށްފައިވާކަމަށާ ކަނޑައަޅުއްވާފައިވާކަމަށް ފިއުލް ސަޕްލައސި މޯލްޑިވްސްއިން ބުނެފައިވެއެވެ.
18ބުނެވިދިޔަ އިސްތިއުނާފު ނުކުތާގެ ތަފުޞީލުގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ "މައްސަލަ ނިމުނުގޮތުގެ ހުލާސާ ރިޕޯޓު"ގެ 14.1 ވަނަ ނުކުތާއަށް ޙަވާލާ ދިނުމަށްފަހު، އެ ނުކުތާގައި މުޙައްމަދު ޖިނާޙް މަންޞޫރު ވަޒީފާއިން ވަކިކުރުމުގެ ކުރިން އިދާރީ ތަޙުޤީޤެއްކޮށް، ތުހުމަތުކުރެވޭ ކަންކަން އެންގިކަމަށް ދޭހަވާގޮތަށް މައްސަލަ ނިންމެވި މެންބަރު ފާހަގަ ކުރައްވާފައިވާއިރު، ކަންހިނގިގޮތަކީ، އިދާރީ ތަޙުޤީޤެއް ކުރުމަށްޓަކައ އިޖުރާއީ ކަންކަން ފުރިހަމަކުރުންކަމަށ ފިއުލް ސަޕްލައސި މޯލްޑިވްސްއިން ބުނެފައިވެއެވެ. އަދި އެގޮތުން ޢަމަލުކުރި އިޖުރާއަތު އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވަނީ ތިރީގައިވާ ގޮތަށެވެ.
1.18. ތުހުމަތުކުރެވޭ ފަރާތް ޙާޟިރުކޮށް، އެފަރާތާމެދު ތުހުމަތުކުރެވޭ ކަންކަންމުގެ އެންމެހައި ތަފުޞީލު ދިނުމަށްފަހު، އެ ތުހުމަތުތަކާމެދު ޖަވާބުދާރީވުމަށް ފުރުޞަތު ދީފައިވުން،
2.18. ތުހުމަތުކުރެވޭ ފަރާތްތަކުން އެފަރާތަށް ތުހުމަތުކުރާ ކަންކަމުގެ ދިފާޢުގައި ޖަވާބުދާރީ ވުމުގެގޮތުން ބަޔާން ދީފައިވުން،
3.18. ތުމަތުކުރެ ވ ފަރާތްތަކުން ދީފައިވާ ބަޔާނާއި، މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމާއި، ލިބިފައިވާ ހެކިތަކަށް ރިޢާޔަތްކޮށް، މައްސަލަ އިދާރީގޮތުން ބަލާފައިވުން،
4.18. މައްސަލަ އިދާރީގޮތުން ބެލިބެލުމުން، އިސްތިއުނާފު ރައްދުވާ ފަރާތް ކުންފުނީގެ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ ހަމަތަކުން ކުރެވޭނެކަމެއް ނޫންކަމުގައި ފެނިގެން، އެ ފަރާތް ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާކަން އަންގާފައިވުން، މިއެވެ.
19މީގެއިތުރުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ "މައްސަލަ ނިމުނުގޮތުގެ ހުލާސާ ރިޕޯޓު"ގެ 14.1 ވަނަ ނުކުތާގައި، ފިއުލް ސަޕްލައސި މޯލްޑިވްސްގެ ފަރާތުން ކޮށްފައިވާ އިދާރީ ތަޙުޤީޤަށްފަހު ހޯދިފައިވާ އެންމެހައި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް، މުޙައްމަދު ޖިނާޙް މަންޞޫރަށް އެކަންތައްތަކުން ދިފާޢުވެ ވާހަކަ ދައްކައި ޖަވާބުދާރީވާން ފުރުޞަތު ދީފައިވާކަން އެނގެންނެތްކަމަށް ބަޔާން ކޮށްފައިވާކަމަށެވެ.
20ބުނެވިދިޔަ ކަންކަމަށް ބެލެމުން، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހުކަން އެނގޭކަމަށެވެ. އަދި މުޙައްމަދު ޖިނާޙް މަންޞޫރު ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަމާ ގުޅޭގޮތުން އެވަގުތު ކުންފުންޏަށް ލިބިފައިވާ ހުރިހާ މަޢުލޫމާތެއް ދިނުމަށްފަހު، މައްސަލއަ ގ ވީޑިއޯ ފުޓޭޖތަކާއު ފޮޓޯތައް ދައްކައި، މުޙައްމަދު ޖިނާޙް މަންޞޫރގު ބައިވެރިވުންއޮތީ ކިހއަވަރަކަށްކަން ކިޔައިދީ، މުޙައްމަދު ޖިނާޙް މަންޞޫރުގެ ފަރާތުން ބަޔާނެއް ނެގުމަށްފަހެ އިދާރީ ތަޙުޤީޤެއް ފުރިހަމަކުރުމަށްފަހު ކަމަށްވާއިރު، މި މައްސަލައިގައި އިޖުރާއީ ޢަދުލުވެރިކަން ޤއިމުނުވާކަމަށާ ވަޒީފާއާބެހް ޓްރައިބިއުނަލުން ކަނޑައަޅުއްވާފައިވާ ސަބަބު ސާފުނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
21ވަޒީފާގެ މައްސަލަތަކަކީ ޖިނާއީ މައްސަލަތައް ނޫންކަމަށާއި، މިފަދަ މައްސަލަތަކުގައި ޖަވާބުދާރީވާން ފުރުޞަތު ދޭންޖެހޭނީ މަދަނީ މައްސަލަތަކުގައި ޢަމަލުކުރާ އުޞޫލުންކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށް ބުނެފައިވެއެވެ. ވީމާ، ތުހުމަތު ސާފުކޮށްދިނުމަށްފަހު ޖަވާބުދާރީވުމަށް ފުރުޞަތު ދީފައިވާކަމަށާއި، ޖަވާބުދާރީ ވުމުގައި އިތުރު ފަރާތެއްގެ އެހީތެރިކަން ހޯދުމަށް އެދުމުގެ ފުރުޞަތު އޮތްއިރު، އެފަދައިން އެދުނުކަން އެނގެން ނެތްކަމަށެވެ. އެހެންކަމުން، ޢާއްމު އުޞޫލުން އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާކަމަށް ބަލަންޖެހޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށެވެ.
22އެހެންކަމުން، މި މައްސަލައިގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައި ނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅުއްވާފައިވަނީ މަތީމަރުޙަލާގެ ނިންމުންތަކުގައިވާ ޤާނޫނީ އުޞޫލުތަކާ ފުށުއަރާގޮތަށްކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށެވެ.
23މި މައްސަލައިގެ އަޑުއެހުމުގައި ޝަރީޢަތުންކޮށްފައިވާ ސުވާލުތަކުގެ ޖަވާބުގައި އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި އެވަނީއެވެ.
1.23. އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދޭ އިދާރީ ތަޙުޤީޤު ފުރިހަމަކުރެވުނީ ކޮންތާރީޚެއްގައިތޯ ޝަރީޢަތުން ސުވާލުކުރުމުން، ތަޙުޤީޤު ފުރިހަމަކުރެވުނު ތާރީޚެއް އެނގެން ނެތްކަމަށް ފިއުލް ސަޕްލައސި މޯލްޑިވްސް އިން ބުނެފައިވެއެވެ.
2.23. މި މައްސަލައިގައި ދީފައިވާ ބަޔާންތަކުގައި ތާރީޚެއް ނެތްކަމާއި، ތަޙުޤީޤުކުރި ތާރީޚެއް އެނގެންނެތި، ތަޙުޤީޤުކުރިގޮތާ ގުޅޭގޮތުން މި ކޯޓުން ގޮތެއްނިންމާނީ ކޮންކަމަކަށް ރިޢާޔަތް ކޮށްގެންތޯ ޝަރީޢަތުން ސުވާލުކުރުމުން، ތާރީޚު އެނގެން ނެތްކަމަށާއި، ބަޔާން ނަގާފައިވަނީ ހާދިސާ ހިނގިފަހުން އަދި އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގެ ކުރިންކަމަށް ފިއުލް ސަޕްލައސި މޯލްޑިވްސްގެ ފަރާތުން ބުނެފައިވެއެވެ.
3.23. މި މައްސަލައިގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅުއްވުމުގައި ސާފުވެފައިނުވަނީ ކޮންކަމެއްތޯ ޝަރީޢަތުން ސުވާލުކުރުމުން، 01 ޖުލައި 2020 ދުވަހު ހާދިސާ ހިނގިފަހުން މުޙައްމަދު ޖިނާޙް މަންޞޫރުގ ބަޔާނެ ނަގާފައިވާކަން އެނގޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
4.23. މި ޙާލަތުގައި ސާބިތުކުރުމުގެ ޒިއްމާއޮތީ ކޮންފަރާތެއްގެ ކ ބައިގައިތޯ ޝަރީޢަތުން ސުވާލުކުރުމުން، ސާބިތު ކުރަންޖެހޭނީ މަދަނީ މިންގަނޑުން ކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތަށް ޖަވާބުދާރީވުމަށް ފުރުޞަތު ދީފައިވާކަމަށް ދެކޭކަމަށް ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ފަރާތުން ބުނެފައިވެއެވެ.
5.23. އިސްތިއުނާފުކުރާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ވަކާލާތުކުރުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 1120/HC-A/134 ޤަޟިއްޔާއާ ޙަވާލާދީފައިވަނީ ކޮންކަމެއް ސާބިތުކުރުމުގެ ބޭނުމެއްގައިތޯ ޝަރީޢަތުން ސުވާލުކުރުމުން، އެގޮތަށް ޙަވާލާދީފައިވަނީ ފާޅުކަން ބޮޑުގޮތެއްގައި ކަންހިނގާފައިވާގޮތް ފެންނަންއޮންނަ ޙާލަތެއްގައި، އިތުރު ފުރުޞަތެއް ދޭންނުޖެހޭކަން ސާބިތުކޮށްދިނުމުގެ ބޭނުމަށްކަމަށާއި، މި މައްސަލައިގެ ހާދިސާ ސާފުކަމަށާއި، ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބަކާއެކުކަން އެނގޭކަމަށް ބުނެފައިވެއެވެ. އަދ އެ ޤަޟިއްޔާއަށް ޙަވާލާދީފައިވަނީ ބަހުސްގެ ބޭނުމަށްކަމަށާއި، މިހައިސާފުކޮށް ކަންހިނގާފައި ދިވެހިރާއްޖޭގެ ހައިކޯޓުގެ މޯލްޑިވްސް ޓްރާންޕޯޓ އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް ވ. އަޙްމަދު މުޙައްމަދު ޤަޟިއްޔާ. ވާއިރުވެސް އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަޔާންނަގައި ޖަވާބުދާރީވުމަށް ފުރުޞަތު ދީފައިވާކަން އެނގޭކަމަށް ފިއުލް ސަޕްލައސި މޯލްޑިވްސްއިން ބުނެފައިވެއެވެ.
6.23. މި މައްސަލައިގައި ބެލުންތަކެއް ބެލުމަށްފަހު ރިޕޯޓެއް ތައްޔާރު ކޮށްފައިވޭތޯ ޝަރީޢަތުން ސުވާލުކުރުމުން، ވަކިޑޮކިއުމަންޓެއްގ ގޮތުގައެ ރިޕޯޓެއް ތައްޔާރު ކޮށްފައިވާކަން އެނގެން ނެތްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
7.23. ބަޔާނެއް ނަގާފައިވަނީ ހާދިސާ ހިނގިތާ ފަސްވަރަކަށ ދުވަސް ފަހުންކަމަށް މުޙައްމަދް ޖިނާޙް މަންޞޫރުގެ ފަރާތުން ދައްކަވާ ވާހަކައަކީ ރަނގަޅު ވާހަކައެއްތޯ ޝަރީޢަތުން ސުވާލުކުރުމުން، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން އެކަހެރި ކޮށްފައިވަނީ ހާދިސާ ހިނގިތާ ފަސްވަރަކަށް ދުވަސް ފަހުންކަމަށާއި، އޭގެފަހުން ބަޔާން ނެގުމަށްފަހު ވަޒީފާއިން ވަކިކޮށްފައވާކަމަށް ފިއުލި ސަޕްލައސި މޯލްޑިވްސްގެ ފަރާތުން ބުނެފައިވެއެވެ.
8.23. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު (2022/SC-A/51) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ ޤަޟިއްޔާގެ 15 ވަނަ ނުކުތާގައިވާ ކޮންޙާލަތެއްތޯ މި މައްސަލައިގައިއޮތީ ޝަރީޢަތުން ސުވާލުކުރުމުން، އެ ޤަޟިއްޔާ ދިރާސާ ކުރެވިފައި ނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
9.23. މި މައްސަލަ އިގެ ލިޔުންތަކަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެކަށީގެންވާ ބުރަދަން ނުދެއްވުމުގައި ހެދިފައިވާ ޤާނނޫ ގޯހަކީ ކޮބައިތޯ ޝަރީޢަތުން ސުވާލުކުރުމުން، މި ޙާލަތުގައި ތަޙުޤީޤު ފުރިހަމަ ކުރުމަށްފަހު އިތުރު ފުރުޞަތެއްދިނުނ ކޮންމެހެން ލާޒިމުކަމަށް ނުދެކޭކަމަށް ފިއުލް ސަޕްލައސި މޯލްޑިވްސް ގެ ފަރާތުން ބުނެފައިވެއެވެ.
އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް
24ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމުން، އިސްތިއުނާފުކުރާ ފަރާތުން އެދެނީ، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރަންޖެހޭ އިޖުރާއީ ޢަދުލުވެރިކަން (procedural fairness) ގާއިމުކުރުމަށްފަހުކަމަށް ކަނޑައަޅައި، އިސްތިއުނާފު ރައްދުވާ ފަރާތަށް މުސާރައިގެ ގޮތުގައި ލިބެމުންދިޔަ 5,000.00ރ (ފަސްހާސް ދިވެހި ރުފިޔާ)އާއި އިނާޔަތުގެ ގޮތުގައި ލިބެމުންދިޔަ 7,300.00ރ (ހަތްހާސް ތިންސަތޭކަ ދިވެހި ރުފިޔާ)ގެ ނިސްބަތުން، 2 (ދޭއް) މަސްދުވަހުގެ މުސާރައިގެގޮތުގައި ޖެހޭ 24,600.00ރ (ސައުވީސ ހާސް ހަސަތޭކަ ދިވެހި ރުފިޔާ) ބަދަލެއްގެ ގޮތުގައި ނަގައި ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމުން ބާޠިލުކޮށް، މައްސަލަ ނިންމައިދިނުމަށްކަމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކާފައިވާ ވާހަކަ
25އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ޖަވާބު ފޯމާއި ޝަރީޢަތުގައި ދެކެވުނު މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
26އިސްތިއުނާފު ރައްދުވާ ފަރާތުގެ ޖަވާބު ފޯމުގެ 4 ވަނަ ނުކުތާގައި، ޤާނޫނު ނަންބަރު 78/69 (ކނޑުގައަ ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނު) ޓްރާންސްޕޯޓު އޮތޯރިޓީގެ ޤާނޫނުން ބާރު ލިބިދީގެން ހަދާފައިވާ ގަވާއިދަށް ބަލާއިރު، އެ ގަވާއިދަށް ބެލުމެއްނެތި ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ވިޔަފާރި ކުންފުންޏަކުން ޢަމަލުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށެވެ. ސަބަބަކީ ޤާނޫނާއި ގަވާއިދާ ޚިލާފުވާ ފަރާތްތައް ހޯދައި ކުށްވެރިވާ ފަރާތެއް ކަނޑައެޅުމަށް ތަޙުޤީޤު ކުރުމުގެބާރު ޤާނޫނުގެ 9 ބާބުން މީގެފަހުން "ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނު"ކަމަށް ބުނެފައިވާ. މަތިކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށެވެ. އަދި މި މައްސަލައާ ބެހޭގޮތުން އިތުރަށް ވާހަކަދައްކާނީ ޝަރީޢަތުގެ މަޖިލީހުގައިކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ލިޔެފައިވެއެވެ.
27މި މައްސަލައާ ގުޅިގެން ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި، އިސްތިއުނާފުކުރާ ފަރާތުގެ ހުށަހެޅުންތަކަށްފަހު މުޙައްމަދު ޖިނާޙް މަންޞޫރުއަށް ދެވުނު ފުރުޞަތުގައި، މުޙައްމަދު ޖިނާޙް މަންޞޫރު ވަޒީފާއިން ވަކިކޮށްފައިވަނީ އެކްސިޑެންޓު މައްސަލައަކާ ގުޅިގެންކަމަށްވާއިރު، އެފަދަ މައްސަލަތަކަކީ ފުލުހުންގެ އިދާރާއިން ތަޙުޤީޤު ކުރަންޖެހޭ މައްސަލައެއްކަމަށް ދެކޭކަމަށް ބުނެފައިވެއެވެ. ބަޔާންތަކަށް ބެލުމުންވެސް ތަޙުޤީޤުކުރި ވުޒާރާއެއްގެ ތައްގަނޑެއް ނުވަތަ ނިޝާނެއް ނެތްކަމަށް ބުނެފައިވެއެވެ. އެހެންކަމުން، ތަޙުޤީޤު އިދާރާއަކުން މައްސަލަ ބަލާފައިނުވާތީ، މި މައްސަލައިގައި ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ދެކޭކަމަށް މުޙައްމަދު ޖިނާޙް މަންޞޫރު ބުނެފައިވެއެވެ.
28ފިއުލް ސަޕްލައސި މޯލްޑިވްސްގެ ފަރާތުން މުޙައްމަދު ޖިނާޙް މަންޞޫރުގެ މުސާރައާއި ޢިނާޔަތްތައް ހިފަހައްޓާފައި ވާކަމަށާއި، ފައިސާ ނެގޭނީ ތޙަޤީޤުކޮށ ޝަރީޢަތަށް ހުށަހަޅައިގެންކަމަށެވެ. މުޙައްމަދު ޖިނާޙް މަންޞޫރު ޖޫރިމަނާކޮށް ބިރުދައްކައި ވައްކަމުގެ ބަދުނާމެއްވެސް އަޅުވާފައިވާކަމަށެވެ. މުޙައްމަދު ޖިނާޙް މަންޞޫރު ޚިޔާނާތްތެރިވިކަމަށ އެއްވެސް ކޯޓަކުން ޙުކުމްކޮށްފައި ނުވާކަމަށެވެ.
29މި މައްސަލައިގެ އަޑުއެހުމުގައި ޝަރީޢަތުންކޮށްފައިވާ ސުވާލުތަކުގެ ޖަވާބުގައި އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި އެވަނީއެވެ.
1.29. މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި މުޙައްމަދު ޖިނާޙް މަންޞޫރގު ފަރާތުން އެދޭގޮތަކާމެދު ޝަރީޢަތުން އިތުރަށް ސުވާލުކުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުންވެސް ރަނގަޅު ނޫންކަމަށް ދެކޭކަމަށް ބުނެފައިވެއެވެ.
2.29. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ރަނގަޅު ނޫންކަމަށް މުޙައްމަދު ޖިނާޙް މަންޞޫރުގެ ފަރާތުން ދެކިވަޑައިގަންނަވާއިރު، މައްސަލަ އިސްތިއުނާފު ކޮށްފައިނުވަނީ ކީއްވެގެންތޯ ޝަރީޢަތުން ސުވާލުކުރުމުން، މި މައްސަލަ މަދަނީ ކޯޓަށް ހުށަހަޅާފައިވަނިކޮށް ފިއުލް ސަޕްލައސި މޯލްޑިވްސްއިން މައްސަލަ އިސްތިއުނާފު ކޮށްފައިވާކަން އެނގުނުކަމަށް ބުނެފައިވެއެވެ. މުޙައްމަދު ޖިނާޙް މަންޞޫރުގެ މިވާހަކަތަކާ ގުޅިގެން، މިހާރު ކުރިއަށްދާ ޤަޟިއްޔާއަކީ ފިއުލް ސަޕްލައިސް މޯލްޑިވްސްއިން ހުށަހެޅި އިސްތިއުނާފުގެ މައްސަލައެއްކަމަށާއި، މުޙައްމަދު ޖިނާޙް މަންޞޫރ މިހާރު އެދިވަޑައިގަންނަވާ ކަންކަމަކީ، މި މައްސަލައިގެ ތެރެއިން މިހާރުބެލޭނެ މައްސަލައެއް ނޫންކަން ޝަރީޢަތުން ސާފުކޮށްދީފައިވެއެވެ.
3.29. މުޙައްމަދު ޖިނާޙް މަންޞޫރުގެ ބަޔާންނެގުނު ގޮތަކާގުޅޭގޮތުން ޝަރީޢަތުންކުރި ސުވާލުތަކާ ގުޅިގެން، ލޮޖިސްޓިކް ޑިޕާޓްމަންޓަށް ޙާޟިރުކޮށް، ކަންހިނގިގޮތް ލިޔެފައި ދިނުމަށް އެދުމުން، ކަންހިނގިގޮތް ލިޔެފައި ބަޔާނެއް ދިންކަމަށާއި، ޓްރާންސްޕޯޓު މިނިސްޓްރީގެ ގަވާއިދަށް ބައްލަވާލެއްވުން އެދޭކަމަށްވެސް ލިޔެފައިވާނެކަމަށް ބުނެފައިވެއެވެ. މުޙައްމަދު ޖިނާޙް މަންޞޫރު ދީފައިވާނީ އެއްބަޔާން ކަމަށާއި، ޓައިޕުކޮށްފައިވާ ބަޔާނެއްގައި ސޮއިކޮށްފައިވާނެކަމަށެވެ. ޝަރީޢަތުން އިތުރަށް ސުވާލުކުރުމުން، މައްސަލައިގެ ލިޔުންތަކުގެ ތެރޭގައި ހިމަނާފައިވާ ބަޔާނަކީ މުޙައްމަދު ޖިނާޙް މަންޞޫރުގެ ފަރާތުން ދީފައިވާ ބަޔާނެއްކަން ސާފުކުރެވިފައިވެއެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް
30އިސްތިއުނާފު ރައްދުވާ ފަރާތުގެ ޖަވާބު ފޯމުގެ 5 ވަނަ ނުކުތާގައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ. މުޅިދުނިޔެއާއ މުޅި ޤައުމު ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ވަނިކޮށް، 2008/2 ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާ ބޭނުންކޮށްގެން ވަޒީފާއިން ވަކިކޮށް، ޤާނޫނާ ޚިލާފަށް 35,000.00ރ (ތިރީސްފަސްހާސް ދިވެހި ރުފިޔާ)އިން ޖޫރިމަނާކޮށް، މުސާރައާއި އިނާތްތައް ހިފަހައްޓައި، އަމިއްލަ މަޞްލަޙަތު އޮންނަ ބަޔަކަށް މަންފާ ހޯދައިދިނުމަށްޓަކައި ގަސްދުގައިވަނީ އަނިޔާވެރިވެފައެވެ. އަދި މިދިޔަ ދުވަސްތަކުގައިވަނީ 23 ވަނަ މާއްދާއިން ވަޒީފާއިން ވަކިކޮށްފައިވާތީވެ އެއްވެސް ކުންފުންޏަކުން ވަޒީފާދޭނ އިންކާރުކޮށް ލިޔުން ދީފައެވެ.
އަދި މި ލިޔުންތައްވެސް ހުށަހަޅަމެވެ."
31މީގެއިތުރުން އިތުރު ގަނޑެއްގައި ބަޔާންކޮށްފައިވަނީ ތިރީގައިވާ ގޮތަށެވެ. "އަޅުގަނޑު އެދެނީ އަޅުގަނޑާއި އަޅުގަނޑުގެ އަނބިދަރިންނަށ ލިބުން އެންމެހައި ގެއްލުމެއްގެ ޙައްޤު ބަދަލު ޤާނޫނުން ލިބިދިނުމަށެވެ. 24,600.00 (ސައުވީސްހާސް ހަސަތޭކަ ރުފިޔާއަކީ އެކަށީގެންވާ ބަދަލެއްނޫންކަމަށާއި، ލިބިފައިވާ ގެއްލުމަކީ މިލިއަނުން ގުނިއަސް އަދަދު ނުކުރެވޭވަރުގެ ބޮޑުގެއްލުމެއް ކަމަށެވެ. ވީމާ އަޅުގަނޑު އެދެނީ ޤާނޫނުން ލިބިދޭ އެންމެހައި ޙައްޤެއްގެ ބަދަލާއި ވަޒީފާއެވެ. އިސްތިއުނާފު ކުރމަށްއެދު ފިއުލް ސަޕްލައިސް މޯލްޑިވްސްއިން ހުށަހަޅާފައިވާތީ، އަޅުގަނޑު އެދެނީ މުޅިމައްސަލައަށް ރިޢާޔަތް ކޮށްދިނުމަށެވެ.
ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
32މި މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރެއިން، ފިއުލް ސަޕްލައިސް މޯލްޑިވްސގް ނަންބަރު T/2020/028-HR-FSM "ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު" (16 ޖުލައި 2020)ގައި، މުޙައްމަދު ޖިނާޙް މަންޞޫރު ވަޒީފާއިން ވަކިކުރި ސަބަބަކީ ކުންފުނީގެ މުދަލަށް ގެއްލުން ދިނުންކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 132/VTR/2020 މައްސަލއިގަ "މައްސަލަ ނިމުނުގޮތުގެ ހުލާސާ ރިޕޯޓު"ގެ 10 ވަނަ ނުކުތާއަށް ބެލުމުން، އެ މައްސަލައިގައި މުޙައްމަދު ޖިނާޙް މަންޞރުގޫ ފަރާތުން ޝަކުވާ ކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގާ 23 ވަނަ މާއްދާގެ ދަށުންކަން އެނގެއެވެ.
33HN2މި މައްސަލައިގައި، މުޙައްމަދު ޖިނާޙް މަންޞޫރު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލު ވެރިކަމާއު އިޖުރާއީ ޢަދުލުވެރިކަން ޤއިމުކޮށްފައިވޭތާ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބައްލަވާފައިވެއެވެ. އަދި މި މައްސަލައިގައި މުޙައްމަދު ޖިނާޙް މަންޞޫރު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤއިމުކޮށްފައިވާކަމަށާ ވަޒީފާއާބެހް ޓްރައިބިއުނަލްގެ ނަންބަރު 132/VTR/2020 މައްސަލައިގައި ކަނޑައަޅުއްވާފައިވާއިރު، އެ ނިންމުން މުޙައްމަދު ޖިނާޙް މަންޞޫރގު ފަރާތުން އިސްތިއުނާފު ކޮށްފައިނުވާކަން މި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމުންވެސް އެނގެންއޮތަތީ، މުޙައްމަދު ޖިނާޙް މަންޞޫރު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވުމާ ގުޅޭގޮތުން ޤާނޫނީ ބަހުސެއް ކުރިއަށްގެންދިޔުމުގެ ފުރުޞަތު މި މައްސަލައިގެތެރއެނ އޮތްކަމަށް ބެލެވޭނެ ޤާނޫނީ ހަމައެއްނެތެވެ.
34މި މައްސަލައަކީ ފިއުލް ސަޕްލައސި މޯލްޑިވްސްގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ މައްސަލައަކަށްވާއިރު، އިސްތިއުނާފުކުރާ ފަރާތުގެ ޤާނޫނީ ބަހުސް ބިނާކޮށްފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 132/VTR/2020 މައްސަލއިގައަ ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ފަރާތުން އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައި ނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކނޑައަޅުއްވާފައަ ވަނި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމުގެ މައްޗަށެވެ.
35ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ފަރާތުން ހުށަހެޅި ޤާނޫނީ ބަހުސްގެ ޚުލާޞާއަކީ، މުޙައްމަދު ޖިނާޙް މަންޞޫރު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުންކަމާއި، މި މައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅުއްވާފައިވާއިރު، މުޙައްމަދު ޖިނާޙް މަންޞޫރު ވަޒީފާއިން ވަކިކުރި ޙާލަތާ ގުޅިގެން ތަޙުޤީޤު ފުރިހަމަކުރުމަށްފަހު، މުޙައްމަދު ޖިނާޙް މަންޞޫރުގެ ފަރާތުން ޖަވާބުދާރީވުމަށް އިތުރު ފުރުޞަތެއް ނުދިނުމުގެ ސަބަބުން އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނުވާކަމުގެ މައްޗަށް ބައްލަވައި، އެ ޓްރައިބިއުނަލުން މައްސަލަ ނިންމަވާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށެވެ. އަދި އެ ނިންމުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވާސިލުވުމުގައި މައްސަލައިގެ އެންމެހައި ލިޔުންތަކަށް އެކަށީގެންވާގޮތަށް ރިޢަޔާތް ކުރައްވާފައި ނުވާކަމަށެވެ.
36HN1ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ވަޒީފާއާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހުކަމަށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ނިންމުންތަކުން ސާފުވެއެވެ. އެގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު (-HC2011/ A/134) މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ވ. އަޙްމަދު މުޙައްމަދު ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު (2017/SC-A/44) ސަންލޭންޑް ޓްރެވަލް ލިމިޓެޑް ވ. އަންޖަލނީ މޭރީ ނާޒއި ޤަޟިއްޔާއާއި، (A/27,30-SC/2014) އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާ އަދި (2018/SC-A/49) މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާފަދަ ނިންމުންތަކަށް ބެލުމުން އެނގެއެވެ.
37މި މައްސަލައިގައި ހުށަހަޅާފައިވާ އިސްތިއުނާފުގެ ދާއިރާ ގައިދުކުރެވިފައިވަނީ މުޙައްމަދު ޖިނާޙް މަންޞޫރު ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކޮށްފައިވާ އިޖުރާއަތުގެ ދާއިރާއަށްކަން އެނގެއެވެ. މި މައްސަލައިގައި ޝަރީޢަތުގެ ކުރިމަތީގައިއޮތް ސުވާލަކީ، އިދާރީ ތަޙުޤީޤއެ ހިންގުމަށްފަހު މުޙައްމަދު ޖިނާޙް މަންޞޫރގު ފަރާތުން ޖަވާބުދާރީވުމަށް އިތުރު ފުރުޞަތެއް ދިނުމަކާނުލައި، ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ފަރާތުން މި މައްސަލައިގައި މުޙައްމަދު ޖިނާޙް މަންޞޫރު ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާއީ ޢަދުލުވެރިކަން ޤއިމުކުރުމާ ގެ އުޞޫލުތަކާ ޚިލާފަށްތޯ ނުވަތަ ނޫންތޯއެވެ.
38ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ ލިޔުންތަކަށް ބެލުމުން، ފިއުލް ސަޕްލައސި މޯލްޑިވްސގް ނަންބަރު 6ACT/2019/03-HR-FSM "ފަހު އިންޒާރު" މުޙައްމަދު ޖިނާޙް މަންޞޫރަށް 22 ޑިސެމްބަރ 2019 ދުވަހު ދީފައިވާކަމަށް ބަލަންޖެހެއެވެ. އެ ލިޔުމުގައި މުޙައްމަދު ޖިނާޙް މަންޞޫރު ސޮއިކުރުމަށް އިންކާރު ކޮށްފައިވާކަމަށް ބަޔާންކޮށް، އެ ކުންފުނީގެ އިތުރު ދެ މުވައްޒަފުން ސޮއިކޮށް އިޖުރާއަތު ފުރިހަމަ ކޮށްފައިވާކަން އެނގެއެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން، މި މައްސަލައިގައި މުޙައްމަދު ޖިނާޙް މަންޞޫރު ވަޒީފާއިން ވަކިކުރުމުގައި، މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނިންމެވި ސަބަބުތަކުގެ ތެރޭގައި، މައްސަލައިގައިވާ ހާދިސާއަކީ މުޙައްމަދު ޖިނާޙް މަންޞޫރުގެ އިހުމާލުން ހިނގާފައިވާ ހާދިސާއެއްކަމަށް ބެލެވުމުގެ އިތުރަށް، މި ހާދިސާ ހިނގާފައިވަނީ ބުނެވިދިޔަ ފަހު އިންޒާރު، މުޙައްމަދު ޖިނާޙް މަންޞޫރުއަށް ދިނުމަށްފަހުކަމަށްވުނ ހިމެނޭކަމަށް ދެކެމެވެ.
39HN3ދެންއޮތް ސުވާލަކީ، ވަޒީފާގެ މަސައްކަތު އަޚުލާޤު އެކަށީގެންނުވާކަމަށް ބެލެވިގެން އެންމެފަހު އިންޒާރު ދީފައިވާ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާކަމަށް ފުދޭނީ ކޮންމިންވަރަކަށ އިޖުރާއަތުތައް ފުރިހަމަކޮށްގެންތޯއެވެ. ވަޒީފާއާބެހޭ މައްސަލަތަކުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަން ކަނޑައެޅުމުގައި، ޢާއްމު އުޞޫލުތަކުގެ އިތުރުން ކޮންމެ މައްސަލައެއްގެ ޚާއްޞަ ސިފަތަކަށް ރިޢާޔަތްތެރިކަމެއ ދޭންޖެހޭކަމަށް ދެކެމެވެ.
40ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު (2019/SC-A/23) މުޙައްމަދު ނާޝިދު ވ. ސިވިލް ސަރވިސް ކޮމިޝަން ޤަޟިއްޔާގައި، މުޙައްމަދު ނާޝިދު ވަޒީފާއިން ވަކިކޮށްފައިވަނީ އިންޓެލިޖަންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށްކަމަށްވާއިރު، މުވައްޒަފު ވަޒީފާއިން ވަކިކުރި ސަބަބު މުވައްޒަފަށް އަންގާފައިނުވާއިރު، އެ ސަބަބާގުޅިގެން ޖަވާބުދާރީވުމުގެ ފުރުޞަތު ލިބިދީފައިނުވާތީ، އިޖުރާއީ ޢަދލުވެރިކަނު ޤާއިމުވެފައި ނުވާކަމަށް ކަނޑައަޅުއްވާފައިވެއެވެ.
41HN4ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު (2021/SC-A/20) ޤާސިމް މޫސާ ވ. ސިވިލް ސަރވިސް ކޮމިޝަން ޤޟަ އްޔާގައި، ޤާސިމް އިބްރާހީމްގެ މައްޗަށް ތުހުމަތުކުރެވުނު ވައްކަމުގެ ހާދިސާއާގުޅިގެން އިދާރީ ތަޙުޤީޤެއްގެ މައްޗަށް ބިނާކޮށް ވަޒީފާއިން ވަކިކުރުމުގައި، މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަމަށް ކަނޑައަޅުއްވާފައިވެއެވެ. އަދި އިމިގްރޭޝަންގެ ފަރާތުން ޤާސިމް މޫސާގެ އިޖުރާއީ ތަޙުޤީޤެއް ކުރެވުނު ވައްކަމުގެ ހާދިސާއާގުޅިގެން މުވައްޒަފުގެ ފަރާތުން ޖަވާބުދާރީވާން ފުރުޞަތު ދީފައިވާކަމަށް ބަޔާންކުރުމަށްފަހު، ނޯޓިހެއް ދިނުމެއްނެތި ވަޒީފާއިން ވަކިކުރާ މައްސަލަތަކުގައި، ޖަވާބުދާރީވުމުގެ ފުރުޞަތު ބިނާވާނީ، ވަޒީފާއިން ވަކިކުރެވޭ ޙާލަތާއި، ވަގުތާއި އަދި ތުހުމަތުގެ ޠަބީޢަތަށް ބަލައިގެންކަމަށާއި، ކޮންމެ ޙާލަތެއްގައި ލިޔުމުން ޖަވާބުދާރީވުމަށް ފުރުޞަތު ނުދެވުނުކަމުގައި ވީނަމަވެސް، ތުހުމަތު ސާފުކޮށްދީ ސުވާލު ކުރެވިދާނެކަމަށް ކަނޑައަޅުއްވާފައިވެއެވެ.
42ދިވެހިރާއްޖޭގެ ހައިކޯޓު ގެ ނަންބަރު (2021/HC-A/221) ޗަމްޕާ ބްރަދާރސ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޝަހީދާ އިސްމާޢީލް ޤަޟިއްޔާގައި، ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރަޢުޔުގައި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާކަމަށްބުނެ ބަދަލެއް ނަގައިދޭއިރު، ވަޒީފާ އަދާކުރާ ފަރާތުން ޢަމަލު ކުރިގޮތަކީވެސް ޢަދުލުވެރި އިޖުރާއަތެއްކަމުގައި ވާންޖެހޭނެކަމަށާއި، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން އުފެދިގެންއަންނަ ޙައްޤުތަކާއި ޒިއްމާތަކަކީ ދެފަރާތުގެ މަޞްލަޙަތާއި ޙައްޤުތަކާ ގުޅުންހުރި އިޖުރާއަތެއްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ވަޒީފާ އަދާކުރާ ފރާތުނަ މުޢާމަލާތްކުރުމަށް މައްސައްކަތް ކުރުމުން، އެކަމަށް ގަސްދުގައި ހުރަސްއެޅޭގޮތަށް ޢަމަލުކޮށްފައިވާ މުވައްޒަފަކަށް، އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ ލިޔުން ރައްދުނުކުރެވި އޮތުމަކީ، ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް، އިޖުރާއީ ޢަދުލުވެރިކަން ޤއިމާ ނުވާކަމަށްބަލައި، ބަދަލު ނަގައިދެވޭނެ ޢަދުލުވެރިހަމައެއ ނޫންކަމަށް ކަނޑައަޅުއްވާފައިވެއެވެ.
43މީގެއިތުރުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު (2021/HC-A/323) ފިއުލް ސަޕްލައސި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އަޙްމަދު އަސްލަމް ޤޟިއްޔަ އަކީ، އަޙްމަދު އަސްލަމްގެ ފަރާތުން ތެޔޮއަޅައިދޭ މިންވަރު މަދުވުމުގެ ޝަކުވާތަކަކާ ގުޅިގެން މައްސަލަ ބަލަމުންދާތީ އަޙްމަދު އަސްލަމް ވަޒީފާއިން އެއްފަރާތްކޮށް، އިދާރީ ތަޙުޤީޤެއްކޮށ ބަޔާން ނެގުމަށްފަހު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފު ވަޒީފާއިން ވަކިކުރި މައްސަލައެކެވެ. އެ ޤަޟިއްޔާގައި ފިއުލް ސަޕްލައސި މޯލްޑިވްސްގެ ޝަކުވާއަކީ، އިދާރީ ތަޙުޤީޤުގައި، ތުހުމަތު ސާފުކޮށްދީ މުވައްޒަފު ޖަވާބުދާރީވުމަށް ފުރުޞަތު ދީފައިވާއިރު އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާކަމަށް ވަޒީފާއާބާ ހ ޓްރައިބިއުނަލްއިން ކަނޑައަޅުއްވާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށެވެ. އެ މައްސަލައިގައި ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔުގައި، ރިޕޯޓެއް އޮތުމަކީ ތަޙުޤީޤުގައި ކަންހިނގާދިޔަގޮތުގެ ޝައްކުތައް ފިލައިދާ ސަބަބަކަށް ވީނަމަވެސް، އެއީ އެފަދަ ތަޙުޤީޤެއް ހިނގާފައިވާކަމަށް ބެލުމުގެ ހަމައެކަނި ވަޞީލަތް ނޫންކަމަށާއި، ތަޙުޤީޤެއް ހިންގައިފައިވޭތޯ ބަލަނީ މަދަނީ މިންގަނޑުންކަމަށް ކަނޑައަޅުއްވާފައިވެއެވެ.
44ބުނެވިދިޔަ އުޞޫލުތަކަށް ރިޢާޔަތް ކުރުމުން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަން ނުވަތަ ނޫންކަން ބެލުމުގައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމަށް މެދުވެރިވި މައުޟޫޢީ ސަބަބާމެދު ގޮތެއްކަނޑައެޅުމުގެ ވަސީލަތތް ކ ގުޅުންހުރި އިޖުރާއަތުތައް ފުރިހަމަވެފައިވާ މިންވަރު ވަޒަންކުރަން ޖެހޭކަމަށް ދެކެމެވެ.
45HN5HN6މި މައްސަލައިގައި މުޙައްމަދު ޖިނާޙް މަންޞޫރު ވަޒީފާއިން ވަކިކޮށްފައިވަނީ އެންމެފަހު އިންޒާރު ދިނުމަށްފަހު ހިނގި ހާދިސާއަކާ ގުޅިގެންކަމަށްވާއިރު، އެފަދަ މުވައްޒަފަކީ، މަސައްކަތުގެ އަޚުލާޤު އެކަށީގެން ނުވުމުގެ ސަބަބުން، ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަކިކުރެވިދާނެ މުވައްޒަފެކެވެ. މިފަދަ މައްސަލަތަކުގައި، ވަޒީފާއިން ވަކިކުރުމުގެ ކުރިން ޖިނާއީ ތަޙޤީޤެއު ހިންގުން ލާޒިމުވާކަމަށް ބެލެވޭނެ ޤާނޫނީ ނުވަތަ ޝަރުޢީ ހަމައެއްނެތެވެ. އަދި ބުނެވިދިޔަ ޤާނޫނީ އުޞޫލުތައް މި މައްސަލައަށް ތަޠުބީޤުކުރާއިރު، މުޙައްމަދު ޖިނާޙް މަންޞޫރު ވަޒީފާއިން ވަކިކޮށްފައިވަނީ، ތހުމަތުކުރެވު ޢަމަލުތައް ސާފުކޮށްދިނުމަށްފަހު، މުޙައްމަދު ޖިނާޙް މަންޞޫރުގެ ބަޔާންނަގައި، އިދާރީ ތަޙުޤީޤެއްގެ ތެރެއިން ޖަވާބުދާރީވުމަށް ފުރުޞަތު ދިނުމަށްފަހުކަމަށް މައްސަލައިގެ ލިޔުންތަކުން އެނގެއެވެ.
46މި މައްސަލައިގައވި ހާދިސާއާ ގުޅިގެނާ މުޙައްމަދް ޖިނާޙް މަންޞޫރު ދީފައިވާ ބަޔާނުގައި، 01 ޖުލައި 2020 ދުވަހު ބަންކަރިންނަށްދާން ނައްޓާލަން އުޅުނުކަމަށާއި، މުޙައްމަދު ޖިނާޙް މަންޞޫރުގެ ބާޖުއޮތީ އެންމެ އެތެރޭގައިކަމަށާއި، ނައްޓާލަން އުޅުނުއިރު ފެނުނީ ބޮލކި ބާޖު ވަންނަތަން ކަމަށާއި، ވަދެގެންއައިސް ބޮލިކެ ބާޖު ފުންނަ ބާޖު ކުރިމަތީގައި ހުރަސްކޮށްލީމަ، މީނާ ބާޖު "ފަހަތަށް ކުޑަކޮށް މަޑުޖައްސާލާފައި ކުރިއަށް ހިފާލެވުނު ބޮނޑީގައި ދިޔަގޮތަށްގޮސް ބޮލިކެބާޖުގެ ޗެންޗނުގައޭ ޖެހިފައި އޭގެ ޗެންޗޭނު ބަނޑިވި"ކަމަށް ބުނެފައިވެއެވެ. އަދި އެ ބަޔާނަކީ ފިއުލް ސަޕްލައިސް މޯލްޑިވްސްއަށް ދީފައިވާ ބަޔާނެއްކަމަށްބުނެ، ބަޔާނުގެ ތިރީގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވެއެވެ.
47މި ޙާލަތުގައި މުޙައްމަދު ޖިނާޙް މަންޞޫރު ވަޒީފާއިން ވަކިކުރުމުގެ ކުރިން ތަޙުޤީޤު ފުރިހަމަކޮށް ވަކިރިޕޯޓެއް ތައްޔާރުކޮށް، ނުވަތަ އެފަދަ ތަޙުޤީޤެއްގެ އެންމެފަހު ނިންމނު ތައް ނުވަތަ ރިޕޯޓުގައިވާ ކަންކަމަށް ޖަވާބުދާރީވާން އިތުރު ފުރުޞަތެއް ދޭންޖެހޭކަމަށް ބެލެވޭނެ ޤާނޫނީ ހަމައެއްނެތެވެ. އެހެނީ، ވަޒީފާއިން ވަކިކުރުމުގެކުރިނ މުޙައްމަދް ޖިނާޙް މަންޞޫރއަކު ފަހު އިންޒާރުމަތހުރި މުވައްޒަފަކަށީ ވެފައި، ވަޒީފާއިން ވަކިކުރުމަށް މެދުވެރިވެފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓސި ދިނުމެއްނެތި ވަޒީފާއިން ވަކިކުރެވޭފަދަ ޙާލަތެއް މެދުވެރިވުމުންނެވެ. މި މައްސަލައިގައި ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ފަރާތުން މުޙައްމަދު ޖިނާޙް މަންޞޫރު ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ، ހާދިސާގައި ކަންވެފައިވާގޮތް އޮޅުންފިލުވުމަށްފަހު އަދި މުޙައްމަދު ޖިނާޙް މަންޞޫރުގެ ފަރާތުން ބަސްބުނުމަށް ފުރުޞަތު ދިނުމަށްފަހުކަނ ލިޔުންތަކުން އެނގޭތީ، މި މައްސަލައިގައި ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަމަށް ދެކެމެވެ.
މައްސަލަ ނިންމަން ފެންނަގޮތް
48ބުނެވިދިޔަ ކަންކަން އެގޮތުގެމަތިން ހުރުމުން،
1.48. މުޙައްމަދު ޖިނާޙް މަންޞޫރު ވަޒީފާއިން ވަކިކުރުމުގެ ކުރިން އިދާރީ ތަޙުޤީޤެއްކޮށް، މުޙައްމަދު ޖިނާޙް މަންޞޫރުގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަން އަންގާފައި ވީނަމަވެސް، ފިއުލް ސަޕްލައސި މޯލްޑިވްސްގެ އިދާރީ ތަޙުޤީޤަށްފަހު ހޯދިފައިވާ އެންމެހައި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް އެކަންކަމުން ދިފާޢުވެ ޖަވާބުދާރީވުމަށް ފުރުޞަތު ދެވިފައިނެތުމުގެ ސަބަބުން އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާކަމަށް ކަނޑައަޅުއްވާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލގް ނަންބަރު 132/VTR/2020 މައސަލް އިގައަ އިޖުރާއީ ޢަދުލުވެރިކަން ޤއިމުނުވާކަމަށާ ކަނޑައަޅއުވާފައިވާބައި ބާޠިލު ކުރަންޖެހޭކަމަށް ކަނޑައަޅައި، އަދި
2.48. މިފަދަ އިން ނިންމުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 132/VTR/2020 މައްސަލައިގައި، މުޙައްމަދު ޖިނާޙް މަންޞޫރއަށު، ޤާނޫނު ނަންބަރު 8200/2 (ވަޒީފާއާބެހޭ ޤާނޫނު)ގެ 87 ވަނަ މާއްދާގެ (ށ)ގެ ދަށުން ޢަދުލުވެރި ބަދަލެއްގެ ގޮތުގައި، މުޙައްމަދު ޖިނާޙް މަންޞޫރުއަށް މުސާރައިގެ ގޮތުގައި ލިބެމުންދިޔަ 5,000.00ރ (ފަސްހާސް ދިވެހި ރުފިޔާ)އާއި، އިނާޔަތުގެ ގޮތުގައި ލިބެމުންދޔި 7,300.00ރ (ހަތްހާސް ތިންސަތޭކަ ދިވެހި ރުފިޔާ)ގެ ނިސްބަތުން 2 (ދޭއް) މަސްދުވަހުގެ މުސާރައިގެ ގޮތުގައިޖެހޭ 24,600.00ރ (ސައވީސްހާސު ހަސަތޭކަ ދިވެހި ރުފިޔާ) ނަގައިދިނުމަށް ކަނޑައަޅާފައިވާ ނިންމުން ބާޠިލުކޮށް، މައްސަލަ ނިންމަން ފެނެއެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
49މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ނިންމުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފު ކުރުމށަ ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚންނު ވެ. އެހެންނަމަވެސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށ ބިނާކޮށް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު
50މި މައްސަލައިގައި ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދުކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު
51މި މައްސަލައިގައި ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދުކުރަމެވެ. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ). ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ). ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ). 20?2lH;,C-A135 27 oD 2Y.l Grlraa /2 /aaal, Olr2 ra2, O OrD o .cr*c 3 t ioee* -2a t t/_r/ .r2.r t ,rirt o.o, a 2, Ca o c ata, ,?.rrcP., ?f23to3.t ?rryr2 .rrJt.ze '-Jzl o, ecz-2a a ox? o.-o, .r/rJ ,,31i!.3it / 132NTN2020 .lrii ilA)-,i E -/o/rJ aJFt rPo .r.{/r 2 aa rt o.. t. 02, o C2 ?2 A o rlzt cOa oc .o o o oO o .o/ r',?i ,2rrJ,2 ,*rrd? ,;n1 ,tJ .v.?.rJ 3 2e22 e2.r/., Pt 222 aa -12,1 - larao ar//-) 2O-, /2 o/ arr/ /.t arrt a o /2 a ,r2 32vtv ttS.ru2ai ryrtzl4 oa 'tt222.r.r22 ,. ..2aar-d<UC., .r-J2J.t Yt U.uE.e ,r+?2 aoa , a o &ca.aa a o*,, /2 Otco aa /aa/ o oa, aa ,a a artoc -r,.P.r:1re ..o,rJ .-Pv2!2e .ft2.p.r t/r)'2,ru .r27rrr3.r 3 22.rs rt aa a a 'a/ 2l- a a z o, (.re.r/2JaOaa/ O/OrCO ,o 2 ,/oa 2e 2-',.r2 2 a_pzt2./.v :.ir.ri t32lYTN2020 a-a it-s .t21 2r/ o/ ar* or/. o C, a corr- a a r? z 2v, te3i..?3Jr.t1 -ssr)tzary Set.r/ iff.i.7.i; ".r1, irv, 2v4cD arO ,.rPt2Oc . o aa Oa ,/ , ,a O2-/a ,.2- a 22 /, ,aa 22P , aa 6-'l Jr 2ar/,2 J /, er. ,rr.2rJ ,tJ ''/'.tzJ / ra /, \ \e*tj) !:+'?':
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 87 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ
- 2011/HC-A/134 (މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް ވ. އަޙްމަދު މުޙައްމަދު)
- 2017/SC-A/44 (ސަންލޭންޑް ޓްރެވަލް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއާ)
- 2014/SC-A/27، 2014/SC-A/30 (އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް)
- 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން)
- 2019/SC-A/23 (މުޙައްމަދު ނާޝިދު ވ. ސިވިލް ސަރވިސް ކޮމިޝަން)
- 2021/SC-A/20 (ޤާސިމް މޫސާ ވ. ސިވިލް ސަރވިސް ކޮމިޝަން)
- 2021/HC-A/221 (ޗަމްޕާ ބްރަދާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޝަހީދާ އިސްމާޢީލް)
- 2021/HC-A/323 (ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އަޙްމަދު އަސްލަމް)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.