ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2018/HC-A/407

ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓުން ބާޠިލުކޮށްފައިޙުކުމުގެ ހާލަތު
ހައިކޯޓު · 6 މާރިޗު 2022ދަށު ކޯޓު: ސިވިލް ކޯޓު 1260/Cv-C/2017ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 1260/Cv-C/2017
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓު: 2022/SC-A/78 — ހައިކޯޓުގެ ޙުކުމް ބާޠިލުކޮށްފައި

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ޓޫރިޒަމް އެއްބަސްވުންތަކުގެ ދަށުން ނުދައްކާ ހުރި ކުއްޔާއި ޖޫރިމަނާ ހޯދުމަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 50 ވަނަ މާއްދާގެ ދަށުން މީރާއިން ބޭންކް އެކައުންޓްތައް ހިފެހެއްޓުމަކީ އެއްބަސްވުމާއި pacta sunt servanda، ޕްރިވިޓީ އޮފް ކޮންޓްރެކްޓް، ރަޖުޢީ ތަޠްބީޤު ނުކުރުމާއި ދެ އަދަބު ނުދިނުމުގެ އުޞޫލުތަކާ ޚިލާފު ފިޔަވަޅެއްތޯ، އަދި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 50 ވަނަ މާއްދާގައިވާ 'ޤާނޫނު' ގެ މާނައިގައި ގަވާއިދު ހިމެނޭތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް (ތަޙުލީލުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 އަލްޢަޤްދު ޝަރީޢަތުލް މުތަޢާޤިދައިން (pacta sunt servanda) ގެ އުޞޫލަކީ ޤައިދެއް ނެތް އުޞޫލެއް ނޫނެވެ؛ ދައުލަތް ބައިވެރިވާ އިދާރީ ކޮންޓްރެކްޓްތަކަކީ ޕަބްލިކް ލޯގެ ބަނދެވުންތަކާ ތަބާވާ، ދައުލަތަށް ޝަރުޠުތަކަށް ބަދަލުގެނައުމާއި ތަންފީޛު ބެލެހެއްޓުމާއި ޖަޒާއީ ފިޔަވަޅު އެޅުމުގެ ޙައްޤުތަކާއި އިމްތިޔާޒުތައް ލިބިދޭ ކޮންޓްރެކްޓްތަކެކެވެ.

HN2 ދައުލަތާއި ފަރުދުންނާ ދެމެދު ވެވޭ އެއްބަސްވުންތަކުގައި ޞަރީޙަ ޢިބާރާތުން ބަޔާންކޮށްފައި ނުވިޔަސް ޤާނޫނާއި ގަވާއިދުން ލާޒިމުކުރާ އިލްތިޒާމުތަކަކީ އެއްބަސްވުމުގެ ޟިމްނީ (implied) މާއްދާތަކެވެ؛ އެހެންކަމުން ޤާނޫނާ އެއްގޮތަށް އަޅާ ޞައްޙަ ފިޔަވަޅުތަކަކީ އެއްބަސްވުމުގެ ބޭރުން އަޅާ ފިޔަވަޅު ނުވަތަ pacta sunt servanda އާ ޚިލާފު ފިޔަވަޅު ނޫނެވެ.

HN3 ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 50 ވަނަ މާއްދާ (އެ ވަގުތު އޮތް ގޮތަށް) އާއި ގަވާއިދު ނަންބަރު 2010/R-20 ގެ 6 ވަނަ މާއްދާގެ ދަށުން، ޓެކުހަށް ނުވާ ނަމަވެސް ޤާނޫނެއްގެ ދަށުން މީރާއަށް ދައްކަންޖެހޭ ކުލި/ޖޫރިމަނާ ހޯދުމުގައި ޓެކްސް ހޯދުމުގައި އަޅާ ފިޔަވަޅުތައް (ބޭންކް އެކައުންޓް ހިފެހެއްޓުން ހިމެނޭ) އެޅުމުގެ ބާރު މީރާއަށް ލިބިގެން ވެއެވެ؛ ޤާނޫނެއް ނުވަތަ ގަވާއިދެއް ބާޠިލްކަމަށް ނުކަނޑައަޅާހާ ހިނދަކު އޭގެ ޞައްޙަކަމަކީ ޤާނޫނީ އިފްތިރާޟެވެ.

HN4 ޤާނޫނެއްގައި މާނަކޮށްފައިނުވާ ލަފުޒެއް ކޯޓުތަކުން މާނަކުރަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ އެހީގައި ކަމުން، އެހެން ޤާނޫނެއްގައި (ޤާނޫނުއަސާސީގެ 274 ވަނަ މާއްދާ ހިމެނޭ) އެ ލަފުޒު މާނަކޮށްފައިވާ ގޮތަށް ރިޢާޔަތްކުރުމަކީ ޤާނޫނީ އުޞޫލުތަކާ ޚިލާފެއް ނޫނެވެ؛ ޢާންމު އުޞޫލުން 'ޤާނޫނު' ގެ މާނައިގައި ޤާނޫނުން ބާރުލިބިގެން ހެދޭ ޞައްޙަ ގަވާއިދުތައް ހިމެނޭއިރު، ޓެކްސް ނެގުން ފަދަ ބައެއް ޙާލަތްތަކުގައި އެ މާނަ މަޖިލީހުން ފާސްކުރާ ޤާނޫނަށް ހަނިވެއެވެ.

HN5 ޤާނޫނެއްގެ ދަށުން މީރާއަށް ދެއްކުން ލާޒިމު ނުކުރާ ފައިސާ ހޯދުމުގެ ހައިސިއްޔަތު މީރާއަށް ނެތްކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އުޞޫލު، ޓޫރިޒަމް ޤާނޫނުން ބާރުލިބިގެން ހެދުނު ގަވާއިދުގެ ދަށުން މީރާއަށް ދައްކަން ޖެހޭ ފައިސާއަށް ތަޠްބީޤު ނުކުރެވޭނެއެވެ.

HN6 އެއްބަސްވުމަކުން ބަނދެވުމަށްފަހު ޤާނޫނަށް ނުވަތަ ގަވާއިދަށް ބަދަލު އައުމަކީ މަޖިލީހަށް ލިބިގެންވާ ބާރެއް ކަމުން، އެފަދަ ކޮންމެ ބަދަލަކީ ކޮންޓްރެކްޗުއަލް އީކުއަލިޓީގެ އުޞޫލާ ޚިލާފު ބަދަލެއް ނޫނެވެ؛ ނަމަވެސް އެފަދަ ބަދަލުތަކަކީ ލެޖިޓިމޭޓް އަދި މުހިއްމު ޢާންމު މަންފާއަކަށްޓަކައި ގެނެވޭ ބަދަލަކަށް ވާން ޖެހޭނެއިރު، ވަކި ފަރާތަކަށް އަމާޒުކޮށް އާރބިޓްރަރީކޮށް ގެނެވޭ ބަދަލަކަށް ނުވާން ޖެހޭނެއެވެ.

HN7 ޢާންމު އުޞޫލުން އެއްބަސްވުމެއްގެ ދަށުން ފިޔަވަޅު އެޅޭނީ އެ އެއްބަސްވުމުގެ ބައިވެރިންނަށް ނަމަވެސް، ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ އުޞޫލަށް ވާ އިސްތިސްނާތަކުގެ ތެރޭގައި ޤާނޫނަކުން ތިންވަނަ ފަރާތަކަށް ބާރު ދީފައިވާ ޙާލަތު ހިމެނޭތީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ތަރަހައިގެ ތެރޭގައި މީރާއިން އަޅާ ފިޔަވަޅުތަކަކީ އެ އުޞޫލާ ޚިލާފު ފިޔަވަޅު ނޫނެވެ.

HN8 ޢާންމު އުޞޫލުން ޤާނޫނު ރަޖުޢީކޮށް ތަޠްބީޤު ނުކުރެވޭނެ ނަމަވެސް، ކުރިން ވެވުނު އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ ކުލި ހޯދުމުގެ އިޖުރާއަތަށް ފަހުން ގެނެވޭ ބަދަލު، ބަދަލުގެނައުމަށްފަހު އަޅާ ފިޔަވަޅުތަކަށް ތަޠްބީޤުކުރުމަކީ ރަޖުޢީ ތަޠްބީޤެއް ނޫނެވެ.

މަދަނީ › އިދާރީ ފިޔަވަޅުތަކާ ބެހޭ

HN9 އެއްބަސްވުމުގައި ނެތް ނަމަވެސް ޤާނޫނުން ބާރުލިބިގެން އަޅާ ފިޔަވަޅުތަކަކީ އެއް ޚިލާފަކާ ގުޅިގެން ދެ އަދަބު ނުދިނުމުގެ މަބްދަޢު (nemo debet bis vexari) އާ ޚިލާފު ކަމެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފާޠިމަތު ފަރްހީޒާ، މުޙައްމަދު ފައިޞަލް، ޙަސަން ޝަފީޢު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ޙަސަން ޝަފީޢު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު: މިރައުޔަށް ފަނޑިޔާރު މުޙައްމަދު ފައިޞަލް އާއި ފަނޑިޔާރު ޙަސަން

ޝަފީޢު ތާއީދުކުރައްވައެވެ.

ތަޢާރުފު

1މިއީ، ސިވިލް ކޯޓުގެ ނަންބަރު : 7C/201-Cv/1260 ޤަޟިއްޔާ އެކޯޓުން ނނި މާފް އިވަނީ، ޝަރުޢަ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ޔޮޓް ޓއަރސު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު ( މީގެ ފަހުން ޔޮޓް ޓއަރސު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު ނުވަތަ "ޔޮޓް ޓުއަރސް" މިގޮތަށް އޝާރާތި ކުރެވޭ ) ގެ ފަރާތުން އެމައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައި ކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މޯލްޑިވްސް އިނލް ންޑަ ރެވެނިއު އޮތޯރިޓީ (މީގެ ފަހުން " މީރާ" މިގޮތަށް އިޝާރާތްކުރެވޭ) އެވެ.

ކަންހިނގާފައިވާ ގޮތް

3 2 1

2ޓޫރިޒަމްގެ މަސައްކަތްކުރުމަށް ހއ.އަލިދޫ އަދި ހއ. ބިނާފުއްޓާއި ކަނޑާލި ފިނޮޅު ކުއްޔަށްދިނުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ޔޮޓް ޓުއަރސއް ދެމެދާ އެއްބަސްވުންތަކެއްގައި ސޮއިކުރެވުނެވެ.

3މިއެއްބަސްވުންތަކާ އެއްގޮތަށް ޔޮޓް ޓުއަރސް އިން ނުދައްކާވާ ކުއްޔާއި ޖޫރިމަނާ ހޯދުމުގެ ގޮތުން ޔޮޓް ޓުއަރސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައިވާ ބޭންކް އެކައުންޓްތައް ހިފެހެއްޓުމަށް ބޭންކްތަކަށް ފޮނުވިފައިވާކަން އަންގައި މީރާއިން 16 މާރިޗް 2017 ގައި ޔޮޓް ޓުއަރސްއަށ ނޯޓިސް ފޮނުވާފައިވެއެވެ. 5 މެއި 2005 ގެ އެއްބަސްވުން – މިއެއްބަސްވުން ފުރަތަމަ ވެވިފައިވަނީ ޓްރެންކުއަލިޓީ ޕްރައިވެޓް ލިމިޓެޑާ ދެމެދު އެވެ. އެހެންނަމަވެސް ޓްރެންކުއަލިޓީ ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާ ޙައްޤުތަކާއި އިލްތިޒާމްތައް ޔޮޓް ޓުއަރސް ޕްރައިވެޓް ލިމިޓެޑަށް ފަހުން ބަދަލުކުރެވިފައިވެއެވެ. 22 އޮކްޓބަރޯ 2013 ގެ އެއްބަސްވުން 22 އޮކްޓބަރޯ 2013 ގެ އެއްބަސްވުން - ކ ނޑާލިފިނޮޅު ކުއްޔަށްދިނުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ޔޮޓް ޓުއަރސް ދެމެދު ވެފައިވާ އެއްބަސްވުން. މީރާގެ ނަންބަރު AFN/ECD/2017/63 ބޭންކް އެކައުންޓް ހިފެހެއްޓުމަށް ފޮނުވިފައިވާކަން އެންގުން (16 މާރިޗް 2017) މިއެންގުމުގައި އެކައުންޓްތައް ހިފެހެއްޓުމަށް ފަހު ނުދައްކައިވާ ފައިސާ އެއްކޮށް ޚަލާސްކުރެވުމާ ހަމައަށް ނުވަތަ ފައިސާ ދައްކާނެ ގޮތުގެ އެއްބަސްވުމެއްގައި އެއޮތޯރިޓީއ އެކާ ސޮއިކުރުމާ ހަމައަށް ހިފެހެއްޓިފައިވާ އެކައުންޓްތައް ދޫނުކުރެވޭނެ ކަމުގައި ބަޔާންކޮށްފައިވެއެވެ.

ސިވލ ކޯޓް މަރުހަލި

4ބުނެވިދިޔަ އެންގުމާ ގުޅިގެން ޔޮޓް ޓުއަރސްގެ ފަރާތުން މީރާގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1260 ޤަޟިއްޔއިނާ މައްސަލައެއް ހުށާ ހަޅާފައިވަ އެވެ.

5އެޤަޟިއްޔާގައި ޔޮޓް ޓުއަރސްގެ ފަރާތުން އެދިފައިވަނީ "ޔޮޓް ޓުއަރސްގެ އެކައުންޓްތައް ފްރީޒްކޮށްފައިވަނީ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު ގެ 6 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 20 ވަނަ މާއްދާގެ (ށ) އާއި ޤާނޫނީ މަބާދިޢުތަކާއި، ދިވެހިރާއްޖޭގެ އިސްތިއުނާފީ ނ ންމެވުންތަކާއި ޚިލާފަށްކަމާއި އެއްބަސްވުމުގެ ސީދާ މަސްލަ ޙަތ އޮތު ފަރާތަކުން އެކުލަވާލާފައިވާ ގަވާއިދަކުން އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިޖުރާއަތާއި ޚިލާފަށް އެއްބަސްވުމުގެ އަނެއް ބައިވެރިއ މެދާ ފިޔަވަޅު އެޅުމަކީ ޕްރިންސިޕަލް އޮފް އިކުއަލިޓީގެ އުސޫލުތަކާއި ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއާ ކަށަވަރުކޮށްދޭ ޙައްޤާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މޮޑެލް ފްރޭމް ވާރކްތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ޚިލާފަށް ކަނޑައެޅިގެން އާރބިޓްރަރީ ކަމެއް ކަމުގައިވުމުން ރިސޯޓުތަކުގެ ކުއްޔާއި ޖޫރިމަނާ ނުދެއްކުމުގެ ސަބަބުން އެކައުންޓްތައް ފްރީޒް ކުރުމަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ގެ 50 ވަނަ މާއްދާއާ، ޚިލާފު ނިންމެވުމެ އ ކަމުގައް ކަނޑައަޅާ ދިނުމަށެވެ". ޤާނޫނޫ ނަންބަރު 2010/3 ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ފޯމުގައި އެދޭގޮތް

6ސިވިލް ކޯޓުގެ ނަންބަރު 7C/201-Cv/1260 ޤަޟިއްޔާ ނިންމާފައިވަނީ އނަ ނަނިވި ފަދައިންނެވެ. "......، ދައުވާލިބޭ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން ފްރީޒް ކޮށްފައިވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމް އާއި، ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއެކު ވެފައިވާ އެއްބަސްވުންތަކާއި އެއްގޮތަށް، ހއ.އަލިދޫ އަދި ހއ. ބިނާފުއްޓާއި ކަނޑާލިފިނޮޅުގެ ކުއްޔާއި ޖޫރިމަނާގެ ފައިސާ ދައްކާފައިނުވާތީކަން، ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާތީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ނަންބަރު AFN/EDC/2017/63 (16 މާރިޗް 2017) ގެ އެންގެމުން، ދައުވާކުރާ ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓްތައް ފްރީޒްކޮށްފައިވަނީ، ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 91/4 (ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫ ނ) 20 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ޙައްޤާއި، އަދި ޤާނޫނީ މަބާދިއުތަކާއި، ދިވެހިރާއްޖޭގެ އިސްތިއުނާފީ ނިންމެވުންތަކާ ޚިލާފަށްކަ މަށާއި، ރިސޯޓްތަކުގެ ކުއްޔާއި، ޖޫރިމަނާ ނުދެއްކުމުގެ ސަބަބުން އެކައުންޓްތައް ފްރީޒް ކުރުމަކީ، ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 50 ވަނަ މާއްދާއާއި، ޚިލާފު ނިންމެވުމެއް ކަމުގައި ކަނޑައަޅާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް، ކަނޑައަޅައި ޙުކުމްކޮށްފީމެވ".

7ސިވިލް ކޯޓުގެ ނިންމުން ބިނާވެފައިވަނީ އަންނަނިވި ކަންތައްތަކުގެ މައްޗަށް ކަން ފާހަ ގަކުރެވެއެވެ.

1.7. މީރާ އިން ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ބޭންކު އެކައުންޓް ހިފެހެއްޓް މަށު ފޮނުވާފައިވަނ ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހއ. ބިނާފުއްޓާއި، ކަނޑާލިފިނޮޅު އަދި ހއ.އަލިދޫގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުދައްކައިވާ ފައިސާހޯދުމަށްޓަކައިކަން ؛

2.7. ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓާ އަދި ޓޫރިސްޓް ގެސްޓް ހައުސްތަކުން ދައްކަންޖެހޭ ކުލީގެ ޢަދަދު ކަނޑައަޅައި، ކުލި ބަލައިގަނެ، ކުއްޔަށް ގެނެވޭ ބަދަލުތަކާއެކު މިގަވާއިދު ތަންފީޛުކުރުމާއި، ސިވިލް ކޯޓުގެ ނަންބަރު: C/2017-Cv/1260 ޤަޟިއްޔާ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފަހާގަކު ރެވުނު ނުކުތާ 3 (ހ) ސަރުކާރަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ ހޯދުމަށްޓަކައި މިޤަވާއިދު ތަންފީޛުކުރުމާއި ސަރުކާރަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ ހޯދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނީ ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނު ގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ކަން ކުއްޔަށްދޭ ރަށް ރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާ ބެހޭ ގަވާއިދު ގެ 06 ވަނަ މާއްދާއިން އެނގެން އޮތުމުން ދަޢުވާ ކުރާ ފަރާތުގެ ބޭންކް އެކައުންޓްތައް ހިފަހައްޓާފައިވަނީ، ޢަމަލުކުރެވެމުންދާ ޤނޫނުތާ ކާއަ ގަވާޢިދުތކާއި ޚިލާފަށްކަށ ބެލެވެން ނެތުނަ

3.7. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ގެ 50 ވަނަ މާއްދާގައި އެއްވެސް ޤާނޫނަކުން މީރާއަށް ދެއްކުމަށް އެއްވެސް ފަރާތަކަށް ލާޒިމުކުރާ ފީއެއް ކުއްޔަށް ނުވަތަ އެހެން ވެސް ފައިސާއެއް ހޯދުމުގައި މީރާއިން ޢަމަލުކުރަންވާނީ ޓެކްސް ދެއްކުން ލާޒިމްކުރާ ފަރާތަކުން ދައްކަންޖެހި ނުދައްކާ އޮތް ޓެކުހެއް ހޯދުމުގައި ޢަމަލުކުރާ އުސޫލުން ކަން އެނގޭކަމަށް

4.7. ޓެކްސް ދައްކަންޖެހި ނުދައްކާ އޮތް ފަރާތެއްގެ ބޭންކު އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމަށް ބޭންކްތަކަށް އެންގުމަށްޓަކައި މީރާއިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް އެންގިދާނެކަން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ގެ 47 ވަނަ މާއްދާގެ (ރ) ގެ (1) އިން އެނގޭކަން

5.7. ޤާނޫނުއަސާސީގެ 274 ވަނަ މާއްދާއިންނާއި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 20 ވަނަ މާއްދާ (ނ) އިން ޤާނޫނު މާނަކުރަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުތަކާއި އެޤާނޫނުތަކުން ބާރު ލިބިގެން ޙަވާލާދެވޭ ގަވާއިދުތަކަށކަން އެނގެން އޮތުމުން ޓޫރިސްޓް ސިވިލް ކޯޓުގެ ނަންބަރު: C/2017-Cv/1260 ޤަޟިއްޔާ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފ ހާގަކުރެވުނު ނުކުތާ 3 (ށ) ޤާ ނޫނު ނަންބަރު 2010/03 ސިވިލް ކޯޓުގެ ނަންބަރު: C/2017-Cv/1260 ޤަޟިއްޔާ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފ ހާގަކުރެވުނު ނުކުތާ 3 (ނ) ޤާ ނޫނު ނަންބަރު 2010/03 ސިވިލް ކޯޓުގެ ނަންބަރު: C/2017-Cv/1260 ޤަޟިއްޔާ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފ ހާގަކުރެވުނު ނުކުތާ 3 (ނ) ރިޒޯޓާއި،ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓް ހައުސް ހެދުމަށް ކުއްޔަށްދޭ ރަށް ރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާ ބެހޭ ގަވާއިދު އާ ޚިލާފުވެފައިވާނަމަ ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނު ގެ 50 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެކަން އެނގޭކަމަށް

6.7. ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 18 ވަނަ މާއްދާގައި ކޮންޓްރެކްޓެއްގައި އޮންނަ އެއްވެސް މާއްދާއަކުން އޭގެ ބައިވެރިއަކަށް ޤާނޫނީ ފިޔަވަޅު އެޅުން މަނާކުރާނަމަ، އެމާއްދާއަކީ ބާޠިލް މާއްދާއެއް ކަމަށް ބަޔާންކޮށްފައިވާއިރު ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ވެވިފައިވާ އެއްބަސްވުންތަކުގައި ޤާނޫނީ ފިޔަވަޅު އެޅުން މަނާ ކުރާ މާއްދާއެއް ނެތްކަން

7.7. ހއ. ބިނާފުއްޓާއި، ކަނޑާލިފިނޮޅު އަދި ހއ.އަލިދޫ ކުއްޔަށްދިނުމާމެދު ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު ން ކުއްޔާއި ޖޫރިމަނާ ދައްކާފައިނުވާކަން ލިޔެކިޔުންތަކުން އެނގޭކަން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކތާތު އ

8ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 0172C/-Cv/1260 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފކޮށްފައިވަނީ އަންނަނިވި ނުކުތާތަކުގެ މައްޗަށެވެ.

1.8. ޓޫރިޒަމްގެ ބޭނުމަށް ރަށެއް ކުއްޔަށްދޫކުރެވޭ ފަރާތާއި، ސަރުކާ ރާއި ދެމެދު ވެވޭ އެއްބަސްވުމާ ޚިލާފުވުމުން ދައުލަތުގެ ތަންފީޛީ ބާރުތައް ބޭނުންކުރެވޭ ޙާލަތަކީ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާގެ މިންވަރު ޝަރުއީ ކޯޓެއްގައި ސާބިތުވެ، އެ ކޯޓެއްގެ ތަންފީޛީ ބާރުގެ ތެރެއިން ކުރާ ސިވިލް ކޯޓުގެ ނަންބަރު: C/2017-Cv/1260 ޤަޟިއްޔާ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފ ހާގަކުރެވުނު ނުކުތާ 3 (ރ) ސިވިލް ކޯޓުގެ ނަންބަރު: C/2017-Cv/1260 ޤަޟިއްޔާ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފ ހާގަކުރެވުނު ނުކުތާ 3 (ބ) ސިވިލް ކޯޓުގެ ނަންބަރު: C/2017-Cv/1260 ޤަޟިއްޔާ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފ ހާގަކުރެވުނު ނުކުތާ 3 (ޅ) އަމުރެއްގެ ދަށުންކަމާއި، ދެފަރާތުގެ ދެމެދުގައިވެވޭ ދެބަސްވުންތަކާއި ޙުޞޫމާތްތަކަށް ޙައްލު ހޯދައިދިނުމުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީ ން ރިޢާޔަތްކުރަންޖެހޭނީ "އަލްޢަޤްދު ޝަރީޢަތުލަ މުތަޢާޤިދައިނި" ގެ އުސޫލުން ކަމާއި، މިކަންކަމާއާ ފާހަގަކޮށްފައިވާ ނުކުތާތަކަށް ރިޢާޔަތް ކުރުމެއްނެތި މައްސަލަ ނިންމާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

2.8. ޓޫރިޒަމްގެ އެއްބަސްވުންތަކާއި ގުޅިގެން އެއް ޙަސްމުނ ދައުލަތަށް ދައްކާ ފައިސާ އަކީ އެއްވެސް ޤާނޫނެއްގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ދައްކަން ޖެހޭ އެއްޗެއް ނޫންކަމާއި، ދެފަރާތުގެ ޚިލާފު އުފެދިއްޖެނަމަ އަމަލުކުރަން ވަކިގޮތެއް ބަޔާންކޮށްފައި އޮއްވާ، އެއްބަސްވުމުގެ ސ ދީ މަސްލަޙަތު އޮތް ފަރާތެއްކަމުގައިވާ މިނިސްޓްރީ އޮފް ޓޫރިޒަމް އިން އެކުލަވާލާ ޤަވާއިދަކުން އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާއި ޚިލާފަށް، ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި މެދު ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިވެފައި އޮތުމަކީ principle of contractual equality ގެ އުޞޫލުތަކާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ޙައްޤާއި ފްރީމާކޓެ އިކޮނޮމިކްސް ގެ އެއްމެ އަސާސީ މަބްދަޢު ކަމުގައިވާ ލިމިޓެޑް ގަވަރމަންޓްގެ އުސޫލާއި ދިވެހިރާއްޖޭގެ ބައިވެރިވެފައިވާ ޔުނައިޓެޑް ނޭޝަންސ ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް ގެ މޮޑެލް ފްރޭމްވާރކްތަކުގައި ބަޔާންކޮށް ފައިވާ ފުލް ޕްރޮޓެކްޝަން އެންޑް ސެކިއުރިޓީ އޮފް އިންވެސްޓްމަންޓް ގެ އުޞޫލުތަކާއި ޚިލާފް ކަނޑައެޅިގެން އާރބިޓްރަރީ ކަމެއްކަމުގައި ބަޔާންކޮށް ފާހަގަކޮށްފައިވާ ނުކުތާތަކަށް ރިޢާޔަތް ކުރުމެއްނެތި މައްސަލަ ނިންމާފއިވުންކަމަށ ބުން ހުށަހެޅި ނުކުތާއެވެ.

3.8. އެއްބަސްވުމުގެ ދަށުން ތައުޒީރީ އަދަބެއް ކަނޑައެޅުމަށްފަހު، މުޅިން އެހެން ޤާނޫނީ ނިޒާމެއްގެ ތެރެއިން ހަމަ މި ޚިލާފާއ ގުޅިގެނި ފިޔަވަޅެއް އެޅުމަކީ nemo debet bis vexari pro una et eadem causa (އެއް ޚިލާފާއ ގުޅިގެނި ދެ އަދަބު ނުދިނުމުގެ މަބާދިޢު) އާއި ޚިލާފްކަމެއް ކަމާއި، އަދި މިނިސްޓްރީ އޮފް ޓޫރިޒަމް (ދިވެހި ދައުލަތް) އާއި ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުމުގައި ނުހިމެނޭ ތިންވަނަ ފަރާތަކުން، އެ އެއްބަސްވުމުގެ ބާރު ކަނޑުވާލާ، އެއެއްބަސްވުމުގެ ދަށުން އަޅަން އޮންނަ ފިޔަވަޅުތައް އެކަހެރިކޮށް އެއްބަސްވުމުގެ ބޭރުން ފިޔަވަޅުތައް އެޅުމަކީ contract of privity ގެ އުޞޫލާއި ޚިލާފަށް އެއްބަސްވުމުގެ އިތުރު އަޙްކާމުތަކެއ އިތުރުކޮށް އެ އަޙްކާމުތައ ރަޖުޢީކޮށް ތަޠުބީޤުކުރުން Retrospective( )application ކަމުގައި ބަޔާންކޮށް ފާހަގަކޮށްފައިވާ ނުކުތާތަކަށް ރިޢާޔަތް ކުރުމެއްނެތި މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

9އިސްތިއުނާފު ކުރާ ފަރާތުން ހައިކޯޓުގެ މިޤަޟިއްޔާގައި އެދިފައިވަނީ ސިވިލް ކޯޓުގެ C/2017-Cv/1260 ގެ ޤަޟިއްޔާ ގެ ޙުކުމް ބާޠިލްކޮށް ދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވޭ ކަންތައްތައް

(ހ) އިސްތިއުނާފީ ނުކުތާ (1: )

10ހުށަހެޅިފައިވާ އިސްތިއުނާފީ ފުރަތަމަ ނުކުތާއަށް ބަލާއިރު، މިނުކުތާގައި އިސްތިއުނާފު ކުރާ ފަރާތުން މައިގަނޑު ދެކަމެއް ބަޔާންކުރެއެވެ. ފުރަތަމަ ކަމަކީ އެއްބަސްވުން ތަންފީޛުކުރުމުގައި އެއްބަސްވުމުގައި ނުހިމެނޭ ކަންތައްތަކުގެ މައްޗަށް ރިޢާޔަތްނުކުރެވޭނެ ކަމަށް ފާހަގަކުރި ކަންތައްތަކަށް ޝަރީޢަތުން ރިޢާޔަތްނުކުރެމެވެ. ދެވަނަ ކަމަކީ އެއްބަސްވުމަކާ ޚިލާފުވުމުގެ ސަބަބުން އެއްބަސްވުމުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމެއް ނެތި ދައުލަތުގެ އެހެނިހެން ތަންފީޛީ އިދާރާތަކަށް ލިބޭ ބާރުގެ ބޭނުން ނުކުރެވޭނެ ކަމަށް ބުނި ބުނުމަށް ރިޢާޔަތް ނުކުރެމެވެ. (I)"އަލްޢަޤްދު ޝަރީޢަތުލް މުތަޢާޤިދައިން) pacta sunt servanda" ( އުސޫލަށް ރިއާޔަތްނކުރުނު

11HN1ޤާނޫނީ ޢާންމު އުސޫލަކީ އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި ގޮތް ކަނޑައަޅާ ހަކަމަކީ އެއެއްބަސްވުމެވެ. އެހެންނަމަވެސް، އަލްޢަޤްދު ޝަރީޢަތުލް މުތަޢާޤިދައިން )pacta sunt servanda" (ގެ މި އުޞޫލު ހިނގަން އެއްވެސް ޤައިދެއް ނުވަތަ ބަނދެވުމެއް ނެތި ނޫންކަމާއި، އިދާރީ ކޮންޓްރެކްޓްތަކުގައި ކޮންޓްރެކްޓްކުރާ ދައުލަތް ނުވަތަ ދައުލަތުގެ އިދާރާއިން އެ ފަރާތަކާއެކު ކޮންޓްރެކްޓްކުރާ ފަރާތް އިޚުތިޔާރުކުރުން ފަދަ ކަންތަކުގައި އިދާރީ ޤާނޫނު ނުވަތަ ޢާންމު މާލިއޔަތުގް ޤާނޫނު ފަދަ ޕަބްލިކް ލޯ ގެ ޤާނޫނެއްގެ ދަށުން ތަބައުވާންޖެހޭ ބަނދެވުންތަކެއް ހުންނަކަމަށް ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑު ވ އެންޓި ކޮރޮޕްޝަން ކޮމިޝަން ޤަޟިއްޔާގައި ކަނޑައެޅިފައިވެއެވެ. އެގޮތުން އެޤަޟިއްޔާގައި ކަނޑައެޅިފައިވަނީ އިދާރީ ކޮންޓްރެކްޓްތަކަކީ އެ ކޮންޓްރެކްޓްގެ އެއް ބައިވެރިއަކު ކަމުގައިވާ ދައުލަތް ނުވަތަ ކޮންޓްރެކްޓުގެ ބައިވެރިއަކު ކަމުގައިވާ އިދާރާއަށް ކޮންޓްރެކްޓްގެ ޝަރުޠުތަކަށް ބަދަލުގެނައުމާއި، ކޮންޓްރެކްޓް ތަންފީޒުކުރުވޭ މިންވަރު ބަލަހައްޓައި އަދި އެކަމާގުޅިގެން އަޅަންޖެހޭ ޖަޒާއީ ފިޔަވަޅުތައް އެޅުމުގައި ޙައްޤުތަކާއި އިމްތިޔާޒްތަކެއް އޭގެ ޒާތުގައި ލިބިދޭ ކޮންޓްރެކްޓްތަ ކެއް ކަމަށެވެ.

12ހަމަ މިއާއެކު އެކޯޓުގެ ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޤަޟިއްޔާގައި އިސްވެ ހަވާލާދެވުނު ނެކްސްބިޒް ލިމިޓެޑު ވ އެންޓި ކޮރޮޕްޝަން ކޮމިޝަން ޤަޟިއްޔާ ތަފްސީލުކުރަމުން ބަޔާންކޮށްފައިވަނީ އެއްބަސްވުމެއްގައި މަސްލަހަތުގެ ގޮތުން ދެ ފަރާތް ހަމަހަމަ ނުވާނީ ގައުމެއްގެ ޤާނޫނުގައި އެފަދަ އެއްބަސްވުންތަކުގައި ހުރުން ލާޒިމު ބަނދެވުންތަކެއް ބަޔާންކޮށްފައިވާ ނަމަކަމަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/26-SC/2012 ޤަޟިއްޔާގައި ފާހަގަކުރެވުނު ނުކުތާގެ (އ) ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/26-SC/2012 ޤަޟިއްޔާގައި ފާހަގަކުރެވުނު ނުކުތާގެ (އ) ގައި A/59-SC/2019 ގެ 42 ވަނަ ޕެރެގްރާފް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/26-SC/2012 ޤަޟިއްޔާ

13އެޤަޟިއްޔާގެ 43 ވަނަޕެރެގްރާފްގައި ބަޔާންކޮށްފައިވަނީ ދައުލަތާއި ޢާންމު ފަރުދުންނ ދެމެދާ ވެވޭ އެއްބަސްވުން ތަކުގައި، ސާފު ޢިބާރާތުން ލިޔެފައިނެތް ނަމަވެސް، ޟިމްނީ ގޮތެއްގައި )lypliedIm( އެ ފަދަ އެއްބަސްވުންތަކުގައި އެ ޝަރުޠުތަކަށް ޢަމަލުކުރުން ލާޒިމުވާ ޝަރުޠުތަކެއް ޤނޫނުގައާ ބަޔާންވެފައވި ޤާނޫނުތަކެއް ނެތް ހާލަތުގައި އެއްބަސްވުމާ ގުޅިގެން ނިންމާ ނިންމުންތކުގަ އަސާސަކަށްވާނ ދީ ފަރާތުގެ ދެމެދުގައިވާ އެއްބަސްވުމެވެ.

14HN2ބުނެވިދިޔަ ޤާނޫނީ އުސޫލުތަކަށް ރިޢާޔަތްކުރާއިރު، މިބާވަތުގެ އެއްބަސްވުންތަކުގައި ޞަރީޙަ ޢިބާރާތުން ބަޔާންކޮށްފައިނުވިނަމަވެސް، އެއްބަސްވުމުގެ ބައިވެރިންގެ މައްޗަށް ޤާނޫނުގެ ދަށުން ލާޒިމުވާ ކަންތައްތަކަކީ އެއްބަސްވުމުގެ ޟިމްނީ މާއްދާ ތަކެއް ކަމުގައި ބެލެވެއެވެ. އިސްތިއުނާފު ކުރާ ފަރާތާއި ދައުލަތާއި ދެމެދު ކުރެވިފައިވަނީ ޤާނޫނަކާއި ގަވާއިދުތަކެއްގެ ދަށުން ގައިދުކުރެވޭ މުއާމަލާތެއްގެ އެއްބަސްވުމެކެވެ. ޤާނޫނުން ލާޒިމުކުރު ޞައްޙަ އިޖުރާއަތެއްގެ ދަށުން އެޅޭ ފިޔަވަޅުތަކަކީ އެއްބަސްވުމުގެ ބޭރުން އެޅޭ ފިޔަވަޅުތަކެއް ކަމުގައި ބަލައި އެފޔަވަޅުތައ އެއްބަސްވުމް ޚިލާފުކަމުގައި ނުބެލެވޭނެއެވެ.

15ބުނެވި ދިޔަ އެންމެހައި ކަންތައްތަކަށް ރިއާޔަތްކުރާއިރު، އެއްބަސްވުމުގައި ނުހިމެނުނު ނަމަވެސް ޤާނޫނާއި ގަވާއިދުން ލާޒިމްކުރާ އިލްތިޒާމްތަކަކީ އެއްބަސްވުމުގެ ބައިވެރިން އެމައްޗަށް ޢަމަލުކުރަންޖެހޭ ޟިމްނު މާއްދާތަކެއްކަމުގައިވާތީ ޤާނޫނާ އެއްގޮތަށް ޞައްޙަ ފިޔަވަޅެއް އެޅުމަކީ "އަލްޢަޤްދު ޝަރީޢަތުލް މުތަޢާޤިދައިން )pacta sunt servanda" ( އުސޫލާ ޚިލާފުވުން ކަމުގައި ނުދެކެމެވެ. (ii) ދައުލަތުގެ ތަންފީޛީ އިދާރާތަކުގެ ބޭނުންކޮށް އެއްބަސްވުމެއް ތަންފީޛުކުރުން

16ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމުން ޔޮޓް ޓުއަރސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފުވެގެން ދައުލަތުގެ ޤާނޫނު ނަންބަރު 99/2 ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު މިސާލަކަށް ގަވާއިދު ނަންބަރު 20-R/2010 ތަންފީޛީ އިދާރާތަކުގެ ބޭނުންކުރެވޭނެ ހަމައެކަނި ހާލަތަކީ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާގެ މިންވަރު ޝަރުޢީ ކޯޓަކަށް ސާބިތުވެގެން އެކޯޓުގެ ތަންފީޛީ ބާރުގެ ތެރެއިން ކަމަށެވެ. ދައުލަތުގެ އިދާރާތަކުގެ ހިންގުމުގެ ތެރެއިން ލިބިދޭ ތަންފީޛީ ބާރުތައް ބޭނުންކުރެވޭނީ ޤާނޫނާ ގަވާއިދާއި ޚިލާފުވުމުންކަމަށެވެ.

17މިނުކުތާގެ ޖަވާބުގައި މީރާ އިން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ޓެކްސްގެ ނިޒާމް ވުޖޫދަށް އައުމާ ގުޅިގެން ދައުލަތުގެ އިދާރީ އޮނިގަނޑަށް އައި ބަދަލުގެ ތެރޭގައި ޓޫރިޒަމާބެހޭ ޤާނޫނު ގެ ދަށުން ހެދިފައިވާ އެއްބަސްވުންތަކުގައި ހިމެނޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ ހޯދުމުގެ ޒިންމާ އެޤާނޫނުން ބާރު ލިބިގެން ހެދިފައިވާ ގަވާއިދުގެ ދަށުން މީރާއަށް ހަވާލުކުރެވިފައިވާކަމަށެވެ. މިފަދަ އެއްބަސްވުންތަކާ ގުޅިގެން މީރާގެ މައްޗަށް އޮންނަ ޤާނޫނީ ޒިންމާއަކީ، އެއްބަސްވުމާ ގުޅިގެން ނުދައްކާ ހުރި ފައިސާ ހޯދުމަށްޓަކައި އިދާރީ ޤާނޫނުގެ ދަށުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމުގައި ޢަމަލުކުރާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން އަޅަންޖެހޭ ތަންފީޛީ ފިޔަވަޅު އެޅުންކަމަށެވެ.

18މިނުކުތާއާ ގުޅިގެން ގޮތެއް ކަނޑައަޅަންޖެހޭ ޤާނޫނީ ސުވާލުކަމުގައި، އަހުރެންނަށް ފެންނަނީ، ޓޫރިޒަމާ ގުޅޭ މުޢާމަލާތްތަކުގެ ކުލި ހޯދުމުގެ ގޮތުން އެކައުންޓް ފްރީޒްކުރުމުގެ ފިޔަވަޅުއެޅުމު ގެ ބާރު މީރާއަށް ލިބޭތޯ؟ އަދި އެފަދައިން ބާރު ލިބޭނަމަ އެއީ އެއްބަސްވުމުގެ ޟިމްނީ މާއްދާއެއް ކަމުގައި ބެލެވި އެއްބަސްވުމުގެ ބައިވެރިންގެ މައްޗަށް ޙައްޤުތަކާއި އިލްތިޒާމްތައް އުފެދޭނަމަ އެއީ އއްބެ ސްވުމުގެ ބޭރުނަ ދައުލަތުގެ ތަންފީޛީ އިދާރާތައް ބޭނުންކުރުން ކަމުގައިވޭތޯއެވެ.

19HN3މިމައްސަލައިގެ ހާދިސާ ހިނގިއިރު އަމަލުކުރެވެމުން ދިޔަ "ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓް ހައުސް ހެދުމަށް ކުއްޔަށްދޭ ރަށް ރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާ ބެހޭ ގަވާއިދު ގެ 06 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. ގަވާއިދު ނަންބަރު 20-R/2010- (ގަވާއިދު ނަންބަރު 2021-171) ގެ 15 ވ ނ މާއްދާގަ (ށ) ގެ ދަށުން މިގަވާއިދު ވަނީ އުވާލެވިފައެވެ. މިގަވާއިދުގެ ދަށުން، ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓާ އަދި ޓޫރިސްޓް ގެސްޓްހައުސްތަކުން ސަރުކާރަށް ދައްކަންޖެހޭ ކުލީގެ އަދަދު ކަނޑައަޅައި، ކުލި ބަލައިގަނެ، ކުއްޔަށް ގެނެވޭ ބަދަލުތަކާއެކު މިގަވާއިދު ތަންފީ ޒުކުމާއި، ސަރުކާރަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ ހޯދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނީ ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު ) ގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީންނެވެ .

20މިމައްސަލައިގައި ހާދިސާ ހިނގައިދިޔައިރު އަމަލުކުރެވުމުން ދިޔަ ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނު ގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. ޓެކްސްއަށްނުވާ ފައިސާ ހޯދުމުގައި ޓެކްސްގެ އުސޫލު ހިނގުން އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާހިނދަކު، އެއްވެސް ގާނޫނެއްގެ ދަށުން މރާއަށީ ދެއްކުމަށް އެއްވެސް ފަރާތަކަށް ލާޒިމްކުރާ ފީއެއް، ނުވަތަ ކުއްޔެއް، ނުވަތަ ރޯޔަލްޓީއެއް، ނުވަތަ ޖޫރިމަނާ އެއް، ނުވަތަ އެހެންވެސް ފައިސާއެއް، އެ ފައިސާ ދައްކަނޖެހް މުއްދަތުގައި ދައްކާފައިނުވާނަމަ، އެ ފައިސާ އެފރާތުނަ ހޯދުމުގައި މީރާއިން އަމަލުކުރާނ، ޓެކްސް ގާނޫނެއްގެ ދަށުން ޓެކްސް ދެއްކުން ލާޒިމްކުރާ ފަރާތަކުން ދައްކަންޖެހި ނުދައްކާ އޮތް ޓެކްސްއެއް އެފަރާތުން ހޯދުމުގައި މީރާއިން އަމަލުކުރާނެ އުސޫލުތައްކަމަށް މި ބާބުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށެވެ .

21ބުނެވިދިޔަ މާއްދާއަކީ ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނު ގެ ހަތަރުވަނަ ބާބުގައި ހިމެނޭ މާއްދާއެކެވެ. މިބާބުގައި ބަޔާންކުރެވިފައިވަނީ ލިބެންވާ ޓެކްސް ހޯދުމުގައި މީރާއަށް އެޅިދާނެ ތަފާތު ފިޔަވަޅުތަކެވެ. މިގޮތުން މިބާބު ގައި ހިމެނޭ 47 ވަނަ މާއްދާގެ (ރ) ގައި ޓެކުހާއި ޖޫރިމަނާއާއި ނުދައްކާ އޮތްނަމަ، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަންގާ އެންގުމަކުން ޓެކްސް ދައްކަންޖެހި ނުދައްކާ އޮތް ފަރާތެއްގެ ބޭންކް އެކައުންޓްގައިވ ފައިސާ ހިފެހެއްޓުމަށް ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު އެމައްޗަށް ހިނގާ ބޭންކަކަށް އެންގުމަށްޓަކައި މީރާއިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް އެންގިދާނެކަމަށެވެ. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު (ގާނޫނު ނަންބަރު 2010/3) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 2020/27) ގެ 8 ވަނަ މާއްދާއިން މިމާއްދާ ވަނީ އިސްލާޙުކުރެވިފައެވެ.

22އެހެންކަމުން، ޓެކުހަށ ނުވިނަމަވެސް ޤާނޫނެއްގެ ދަށުން މީރާއަށް ދައްކަން ޖެހޭ ފައިސާ ހޯދުމުގައި، ޓެކްސް ފައިސާ ހޯދުމުގައި ޢަމަލަކުރުމުގައި އަޅާ ފިޔަވަޅުތައް އެޅުމުގެ ބާރު އޭރު ޢަމަލުކުރެވެމުން ދިޔަ ޤާނޫނާއި ގަވާއިދުގެ ދަށުން މީރާއަށް ލިބިދީފައިވެއެވެ. ބުނެވި ދިޔަ ޤާނޫނާއި ގަވާއިދުގޫ ޞައްޙކަމަކަ އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގެ މަޢުޟޫއެއް ނޫނެވެ. ޤާނޫނެއް ނުވަތަ ގަވާއިދެއް ބާޠިލްކަމަށް ކަނޑަނާޅާ ހިނދަކު ޤާނޫނީ އިފްތިރާޟަކީ އެޤާނޫނާއި ގަވާއިދާ ސައޙް ވުމެވެ. ދަށު ކޯޓުން މައްސަލަ ނިންމާފައިވަނީ އެއިފްތިރާޟްގެ މައްޗަށެވެ. މިމައްސަލަ މިކޯޓުގައި ހިނގަމުންދަނިކޮށް ބުނެވިދިޔަ ޤާނޫނު އަދި ގަވާއިދު އިސްލާޙުވެ މިބާރ މިހާރު ލިބިގެންވަނީ ދައުލަތުގެ ބަންޑާރަނއިބަށަ ކަމާއި ފީ ބަލައިގަތުމުގައި މީރާގެ ދައުރު ހަނިކުރެވިފައިވާކަން ފާހަގަކުރެވެއެވެ.

23ކުރިންވެސް ފާހަގަކުރި ފަދައިން، މިބާވަތުގެ އިދާރީ ކޮންޓްރެކްޓް ތަކުގައި ޤާނޫނުން ލޒިމ ކުރް ޟިމްނާ މާއްދާތަކުގެ ދަށުށް ފިޔަވަޅު އެޅުމުގެ ބާރު ލިބޭ ކަން އެނގޭއިރު، އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކުރާ ތަންފީޛީ ފިޔަވަޅުތަކަކީ ޤާނޫނާ ގަވާއިދުގެ ދަށުން އެޅޭ ޞައްޙަ ފިޔަވަޅެއް ކަމުގައިވނަމާ އެއީ އެއްބަސްވުމުގެ ބޭރުން ތަންފީޛް ފިޔަވަޅު އެޅުން ކަމުގައި ނުބެލެވޭނެއެވެ.

(ށ) އސްތިއުނާފި ދެވަނަ ނުކުތާ:

(i) "ޤާނޫނު" މި ލަފުޒު މާނަކުރުން

24މިނުކުތާގެ ތަފްސީލުގައި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވަނީ އަންނަނިވި ވހަކަތަކެވެ. މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނނޫ )4/2011) ގެ 20 ވަނަ މާއްދާގެ (ބ) ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު (ގާނޫނު ނަންބަރު 2010/3) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު (ޤާނޫނު ނަންބަރު 2020/27) (ގަވާއިދު ނަންބަރު 2021-171)

1.24. ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނު ގެ 50 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރު މީރާއަށް ލިބިގެންވަނީ އެއްވެސް ޤާނޫނެއްގެ ދަށުން މީރާއަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ހޯދުމުގައި ކަމަށެވެ.

2.24. ކުއްޔާއި ޖޫރިމަނާ ނެގުމުގެ މަސްއޫލިއްޔަތު މީރާއަށް މަތިކުރެވިފައިވަނީ ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓް ހައުސް ހެދުމަށް ކުއްޔަށްދޭ ރަށް ރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާ ބެހޭ ގަވާއިދު ގެ ދަށުން ކަމާއި އެހެންކަމުން މިއީ ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނު ގެ 50 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ "ޤާނޫނު" އެއް ނޫންކަމަށެވެ. އަދި މިމާއްދާގައި "ޤާނޫނު" އޮތް އޮތުމުގެ ތެރެއަށް ވެރިކަން ހިންގާ ފަރާތުގެ އަމިއްލަ އިސްނެގުމަށް އެކުލަވާލާ ގަވާއިދު ޕޮލިސީ ވެއްދުނ ވާން މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު ގެ 3 ވަނަ މާއް ދާ (ނ) އާ ޚިލާފު ކަމެއް ކަމަށެވެ. އަދި ޤާނޫނު އަސާސީގެ 274 (ހ) ގައި "މިޤާނޫނު އަސާސީގައި ލަފްޒެއް ނުވަތަ އިބާރާތެއް ހިމެނިފައިވގޮތުނާ، އެހެންގޮތަކަށް ކަނޑައެޅިގެން ދޭހަ ނުވާނަމަ" މިގޮތަށް ބަޔާންކޮށްފައިވާކަމާއި އެހެންކަމުން މިއީ މުޅި ޤާނޫނީ ނިޒާމު ތެރޭގައި ޤާނޫނު މާނަކުރަންޖެހޭ ގޮތެއް ނޫންކަމަށެވެ. "ޤާނޫނު" މި ލަފުޒު މާނަކުރުމުގެ ބޭނުމަށް އޭގެ އާއްމު އިޖުތިމާއީ މާނައިގައި ތަޠްބީޤުކުރެވެންވާނީ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ހ) ގެ ދާއިރާއިން އުފެދިގެން އަންނަ ޤާނޫނީ ވަޘީޤާތަކުގެ މާނައިގައެވެ.

3.24. ކުއްޔާއި ޖޫރިމަނާ ނެގުމުގެ މަސްއޫލިއްޔަތު މީރާއަށް މަތިކުރެވިފައިވާ ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓް ހައުސް ހެދުމަށް ކުއްޔަށްދޭ ރަށް ރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާ ބެހޭ ގަވާއިދު ގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ "އަޅަންޖެހޭ ފިޔަވަޅުތައް" ކަމަށްވުމުން އެފަދަ ފިޔަވަޅުތައް ތަރައްތުބުވާން ޖެހޭނީ ދެފަރާތުގެ ދެމެދުގައި ވަކި ގޮތަކަށް ޢަމަލުކުރުމަށް ވެވިފައިވާ އެއްބަސްވުމުގެ ދަށުން ކަމަށް އެނގޭކަމަށެވެ. އަދި، އެއްބަސްވުމުގެ ބައިވެރިއަކު އެކުލަވާލާ ގަވާއިދަކުން އެއްބަސްވުމުގައި ބަޔާންވެފައިވާ އިޖުރާއަތާ ޚިލާފު ފިޔަވަޅުތައް އެޅުމަށް މަގު ފަހިވެފައި އޮތުމަކީ ޕްރިންސިޕަލް އޮފް ކޮންޓްރެކްޗުއަލް އީކުއަލިޓީގެ މަފްހޫމާ ޚިލާފުކަމެއް ކަމަށެވެ.

25މިނުކުތާތަކ ގުޅިގެނާ ޖަވާބުގައި މީރާއިން ފާހަގަކޮށްފައިވަނީ އަންނަނިވި ކަންތައްތަ ކެވެ.

1.25. މައްސަލައިގައި ހުސޫމާތް އުފެދިފައިވާ އެއްބަސްވުމުގެ އަސާސް ބިނާވެފައިވަނީ ޓރިޒަމާބެހޫ ޤާނޫނޫގެ މައްޗަށް ކަމަށެވެ. ބެލެނިވެރި ޤާނޫނެއްގެ ދަށުން ހަދާ ގަވާއިދަކީ ޤާނޫނުއަސާސީގަ 274 ވަނަ މާއްދާގައި ޤާނޫނު މާނަކޮށްފައިވާ ގޮތަށް ބަލާއިރު ޤާނޫނގ މާނައިގެ ތެރޭގައި ހިމެނޭކަމަށެވެ.

2.25. މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު ގެ 20 ވަނަ މާއްދާގެ (ބ) ގެ ދަށުން ޤާނޫނަކުން ބާރު ލިބިގެން ހެދޭ ގަވާއިދުތަކަކީ ޞައްޙަ އެއްޗެއްކަމުގައި ކޯޓުތަކުން ބަލަންވާނެކަމަށް ބަޔާންކޮށްފައިވާކަމާއި އެހެންކަމުން އެމާއްދާއަކީ ޤާނޫނުގެ ބައެއްގެ ގޮތުގައި ބަލަންޖެހޭކަމަށެވެ.

3.25. މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު ގެ 6 ވަނަ މާއްދާގެ ދަށުން ޤާނޫނު މާނަކުރުމުގައި އެޤާނޫނުން ހާސިލްކުރަން ބޭނުންވާމަޤްސަދަށް ބަލަންޖެހޭ ކަމަށް މީރާއިން ފާހަގަކޮށްފައިވެއެވެ. މިގޮތުން، ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ހެދޭ އެއްބަސްވުމުގެ މަޤްސަދަކީ ދައުލަތަށް އާމުދަނީ ހޯދުންކަމަށެވެ. ޓެކްސް ނިޒާމް ތައާރުފުވުމ ގުޅިގެނާ ޓެކްސްއަށ ނުވް އެހެނިހެން ފައިސާ ހޯދުމުގައި މީރާއިން ޢަމަލުކުރަންޖެހޭ އުސޫލު ބަޔާންކޮށް ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނު ގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމުން، އެމާއްދާގެ ދަށުން ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ފައިސާ ހޯދުމަށް އެމާއްދާ ހުއްދަކުރާ ތަންފީޛީ ފިޔަވަޅު އެޅުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމުގައި ބެލުން ވެގެންދަނީ ރައްޔިތުންގެ މަޖިލީހުން ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނު އާއި ޓޫރިޒަމާބެހޭ ޤާނޫނު ވުޖޫދަށް ގެނައުމުގެ މަޤްސަދު ނެތި ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބި ޤާނޫނޫގެ މަޤްސަދު ގެއްލިގެންދާ ކަމެއް ކަމަށެވެ. އަދި ހައިކޯޓުގެ ޒުލައިޚާ ޙަފީޡާ ވ މޯލްޑިވްސް އިނލް ންޑް ރެވެނިއު އޮތޯރިޓީ މިކަން އިތުރަށް ކަށަވަރުވެގެންދާކަމަށެވެ.

26ދެފަރާތުން ފާހަގަކުރި ބުނެވިދިޔަ ކަންކަމުގެ މައްޗަށް ބަލައި މިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ކަމަކީ "ޤާނޫނު" މިލަފުޒުގ މާނައިގެ ތެރޭގައި ގަވާއިދު ހިމެނޭ ތޯއެވެ. ސިވިލް ކޯޓުގެ ނަންބަރު: C/2017-Cv/1260 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ

(ރ) ގައި ޤާނޫނުއަސާސީގެ 274 (ހ) އާއި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ނ) އަށް ޙަވާލާދީ "ޤާނޫނު" މި ލަފޒުގު މާނައިގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުތަކާއި އެޤާނޫނުތަކުން ބާރު ލިބިގެން، އެޤާނޫނުތަކުގ އިމުގެ ތެރޭގައި ހަދާ ގަވާއިދުތައް ހިމެނޭ ކަމަށް ބަޔާންކޮށްފައިވެއެވެ.

27ސިވިލް ކޯޓުގެ މިނިންމުން ޚިލާފުވާ ޤާނޫނީ އުސޫލެއް ކަމުގައި އިސްތިއުނާފު ކުރާ ފަރތުނާ ބަޔާންކޮށްފައިވަނ ޤާނޫނީ މިލަފޒު މާނަކުރުމަށްޓަކައ ޤާނޫނުއަސާސީގައި ކޮށްފައިވާ މާނަކުރުމަށް ޙަވާލާ ނުދެވޭނެކަމަށެވެ. ސަބަބެއް ކަމުގައި ފާހަގަކޮށްފައިވަނީ ޤާނޫނުއަސާސީގައިވާ މާނަކުރމަކު އެޤާނޫނުއަސާސީގެ ކޮންޓެކްސްޓުގައި އެލަފޒު މާނަކުރެވޭ ގޮތް ކަމަށާއި މުޅި ޤާނޫނީ ނިޒާމް ތެރޭގައި ޤާނޫނު މިގޮތަށް މާނަކުރެވިގެނ ނުވާން ކަމަށެވެ. އަދި ޤާނޫނު މި ލަފުޒުގެ އިޖުތިމާއީ މާނައިގައި ތަޠްބީޤުކުރެވެންވާނީ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ހ) ގައި ދާއިރާއިން އުފެދިގެން އަންނަ ޤާނޫނީ ވަޘީޤާތަކގ މާނައިގެ ކަމަށެވެ. މިކޯޓުގެ ނަންބަރު A/06-HC/2013 ޤަޟިއްޔާ ސިވިލް ކޯޓުގެ ނަންބަރު: C/2017-Cv/1260 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ސަފްހާ 6

28HN4މިމައްސަލައިގައި މާނަކުރަން ޖެހިފައިވަނީ ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނު ގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ޤާނޫނު" މިލަފުޒެވެ. އެޤާނޫނުގައި މި ލަފުޒު މާނަކޮށްފައިނުވެއެވެ. ޤާނޫނުގައި ވަކި ލަފުޒެއް މާނަ ކޮށްފައިނުވާނަމަ ކޯޓުތަކުން އެފަދަ ލަފުޒުތައ މާނަކުރަން މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނާ ކަނޑައެޅިފައިވާ އުސޫލުތަކުގެ އެހީގައެވެ. މިގޮތުން އެޤާނޫނުގެ 11 ވަނަ މާއްދާގައި ޤާނޫނާ މާނަކުރުމުގައި ގާނޫނުގެ ބޭރުން ބޭނުންހިފިދާނެ ވަސީލަތްތަކުގެ ތެރޭގައި މާނަކުރަންޖެހިފައިވާ މާއްދާއާގުޅޭ ނުވަތަ މައޟު އާގުޅޫ ބަހެއް، އެހެން ޤނޫނެއްގައާ ބޭނުންކުރެވިފައިވާ ތަނަކާއި ގޮތް ހިމެނިފައިވެއެވެ. އެހެންކަމުން، ޤާނޫނު މިލަފޒު މާނަކުރުމުގައި ޤާނޫނުއަސާސީގައި މިލަފުޒު މާނަކޮށްފައިވާ ގޮތަށް ދަށު ކޯޓުން ރިޢާޔަތްކޮށް ހުއްޖަށް ޤާއިމުކޮށްފައިވަނީ ޤާނޫނީ އުސޫލުތަކާއި ޚިލާފަށް ކަމުގައި ނުބެލެވެއެވެ. އަދި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރާ ފަދައިން ޤާނޫނުއަސާސީގައި މިލަފުޒުގައ މާނަކުރުމުގައި އެޤާނޫނުއަސާސީގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާނަމަ މިގޮތަށް ބަޔާންވެފައިވުމަކީ އެހެން ޤާނޫނެއްގައި އެލަފުޒު މާނަކުރުމުގައި އެހީއެއްގޮތުގައި ބޭނުންކުރުމަށް ހުރަސްއެޅޭ ކަމެއް ނޫނެވެ. މިކަން އިސްވެ ބުނެވުނު މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނާ ގެ މާއްދާތަކުން ސާފެވެ. ދަށު ކޯޓުން "ޤާނޫނު" މިލަފުޒު މާނަކުރިގޮތް ގޯސްކަމެއް ދެކޭ އިތުރު ސަބަބެއް އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްފައިނުވެއެވެ.

29އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރާ އެއްކަމަކީ ޤާނޫނު މި ލަފުޒުގެ އިޖުތިމާއީ މާނއިގައަ ތަޠްބީޤުކުރެވެންވާނި ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ހ) ގައި ދާއިރާއިން އުފެދިގެން އަންނަ ޤާނޫނީ ވަޘީޤާތަކުގ މާނައިގެ ކަމަށެވެ. މިގޮތަށް އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކުރާ ސަބަބު ތަފްސީލްކޮށް ބަޔާންކޮށްފައިނުވެއެވެ.

(ޤާނޫނާ ނަންބަރު 2011/4) ގެ 11 ވަނަ މާއްދާގެ (ބ)

30ޤާ ނޫނު މާނަކުރުމުގައި ގެންގުޅޭ އެއް އުސޫލަކީ އާންމުކޮށް އަމަލުކުރެވެމުންދާ އުސޫލު ނުވަތަ އެ ބަސް ބަލައިގަނެވި އެއަށް އަމަލުކުރެވެމުންދާގޮތެވެ. ޢާންމު އުސޫލުން ބަލާއިރު، ގވާއިދަކަ ރައްޔިތުން ގެ މަޖިލީހުން ހަދާފައިވާ ޤާނޫނެއް ތަންފީޒުކުރުމުގެ ގޮތުން ނުވަތަ އެ ޤާނޫނެއްގައި ބަޔާންކުރާ ކަމެއްގެ އިތުރު ތަފްސީލު ދިނުމުގެ ގޮތުން ނުވަތަ ކަމެއް ކުރަން އޮންނަ ގޮތް ބަޔާން ކުރުމުގެ ގޮތުން ހެދޭ އުސޫލުތަކެކެވެ. ޤާނޫނުއަސާސީގައި "ޤާނޫނު" ކަމުގައި ޤާނޫނުތަކުން ބާރުލިބިގެން، އެޤާނޫނު ތަކުގެ އިމުގެ ތެރޭގައި ހަދާ ގަވާއިދު ތައް ވެސް ހިމެނިގެންވާ ސަބަބެއް ކަމުގައި ފާހަގަކުރެވިފައިވަނީ ޤާނޫނުހެދުމަށ ރައްޔިތުން އިންތިޚާބު ކޮށްފައިވާ ބައެއްގެ އަތްމަތިނ ރައްޔިތުން އިންތިޚާބުކޮށްފައި ނުވާ ބައެއްގެ އަތްމައްޗަށް އިދާރީ ގޮތުން "ޤާނޫނު" ހެދުމުގެ ދައުރެއް ދިނުމަށް ޤާނޫނުއަސާސީން ހުއްދަކށްފައޮ ވަނީ، އެފަދަ ދައުރެއްނެތި ސަރުކާރެއް ހިންގުމަކީ މުސްތަހީލު ކަމަށްވާނެތީއެވެ. އެހެން ކަމުން ރާއްޖޭގައި ޢަމަލުކުރެވެމުންދާ ޢާންމު އުސޫލަކީ "ޤާނޫނ"ގ މާނައިގެ ތެރޭގައި، ޤާނޫނުއަސާސީގައިވެސް މާނަކުރެވިފައިވާ ފަދައިން، ޤާނޫނުތަކުން ބާރު ލިބިގެން ހެދޭ ޞައްޙަ ގަވާއިދު ހިމެނުމެވެ. އެހެންނަމަވެސް، ޤާނޫނު މިލަފުޒުގެ މާނަ ހަމައެކަނި "ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނު" ތަކަށް ހަނިކުރެވޭ ހާލަތްތައް ( މިސާލު: އެއްވެސް ޓެކުހެއް ނެގުމަށް) ވެސް ހުރި ކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް، މިމައްސަލައިގައި ސުވާލު އުފެދިފައިވާ "ޤާނޫނު" ހަމަ އެކަނި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް ގޮތުގައި ހަނި ކުރަންޖެހޭ އިތުރު ސަބަބެއް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިނުވެއެވެ. ގާނޫނު ނަންބަރު 4/2011) ގެ 11 ވަނަ މާއްދާގެ (ރ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު DM/01-HC/2020 ޤަޟިއްޔާ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ވ ދިވެހި ދައުލަތް (އެޓާރނީ ޖެނެރަލްގެ އޮފީސް ) ގެ އ ޣަލިއްޔާ ރައުޔު - ޕެރެގްރާފް 10 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ(. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު DM/01-HC/2020 ޤަޟިއްޔާ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ވ ދިވެހި ދައުލަތް (އެޓާރނީ ޖެނެރަލްގެ އޮފީސް ) ގެ އަޣްލަބިއްޔަތު ރައުޔު - ޕެރެގްރާފް 27

31HN5މީގެ އިތުރުން މިމައްސަލަ މިކޯޓަށް ހުށަހެޅިފައިވަނިކޮށް ސުޕްރީމް ކޯޓުން މިމަޢުޟޫޢުގައި ނިންމާފައިވާ ޤަޟިއްޔާތަކުން ވެސް ޤާނޫނުން ލާޒިމު ނުކުރާ ކުއްޔާއި ޖޫރިމަނާ ނެގުމުގެ ބާރު މީރާއަށް ލިބިގެންނުވާކަމަށް ކަނޑައެޅިފައިވާ ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ. ސުޕްރީމް ކޯޓުގެ އާދަމް ނަޞީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ،ޒުލައިޚާ ޙަފީޘާ ވ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ،މޫސާ ނަސީރު ވ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާތަކުގައި ޓެކްސް އަށް ނުވާ އެހެނިހެން ފައިސާ ހޯދުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ޤާނޫނީ ގޮތުން މަސައްކަތްކުރެވޭނ އެފައިސާއަކީ ޤާނޫނެއްގެ ދަށުން އެއޮތޯރިޓީއަށް ދައްކަން ވަކި ފަރާތަކަށް ލާޒިމުކޮށްފައިވާ ފައިސާއެއް ކަމުގައިވާނަމަކަނ ސާފުކޮށް އެނގޭކަމަށާއި އެމައްސަލަތަކުގެ މައުޟޫޢުގައި ވާހަކަދެކެވޭ ކުއްޔާއި ޖޫރިމަނާގެ ފައިސާއަކީ ޤާނޫނެއްގެ ދަށުން މީރއަށ ދެއްކުން ލާޒިމާ ފައިސާއަކަށް ނުވާތީ އެފައިސާ ހޯދުމަށް ދައުވާ ކުރުމުގެ ހައިސިއްޔަތު މީރާއަށް ލިބިގެންނުވާކަމަށް ކަނޑައެޅިފައިވެއެވެ. އެޤަޟިއްޔާތަކާ ޚިލާފަށް މިމައްސަލައިގައި މީރާއިން ހޯދުމަށް މަސައްކަތް ކޮށްފައިވާ ފައިސާއކަ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުން ބާރު ލިބިގެން ހެދިފައިވާ ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓެލާއި،ޓޫރިސްޓް ގެސްޓް ހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާ ބެހޭ ގަވާއިދު ގެ 6 ވަނަ މާއްދާގެ ދަށުން މީރާ އަށް ދައްކަންޖެހޭ ފ އިސާތަކެކެވެ. އެހެންކަމުން އެޤަޟިއްޔާތަކުގައި ކަނޑައެޅިފައިވާ ހަވާލާދެވުނު އުސޫލު މިމައްސަލައަށް ތަޠްބީޤުކުރެވޭނެކަމުގައި ނުދެކެމެވެ.

32އެހެންކަމުން، ބުނެވިދިޔަ ކަންތައްތަކަށް ރިއާޔަތްކުރާއިރު، އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ޤާނޫނު މި ލަފުޒުގ މާނައިގެ ތެރޭގައި ގަވާއިދު ހިމަނައިގެން ދަށު ކޯޓުން ކޮށްފައިވާ މާނަކުރުން ގޯސްކަމުގައި ބެލެވެން ނެތެވެ. ހަމަ އެހެންމެ، މިމައްސަލަ މިކޯޓުގައި ހިގަމުންދނިކޮށަ، މާނަކުރެވެމުންމިދ މާއްދާ ރައްޔިތުންގެ މަޖިލީހުން އިސްލާޙުކޮށްފައިވެއެވެ . އެގޮތުން އެމާއްދާގައި މިހާރު ބަޔާންވެގެންވަނީ "އެހެން ގާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ނުވަތަ އެއްބަސްވުމެއްގެ ދަށުން، އަމިއްލަ ފަރުދަކު ނުވަތަ ގާނޫނީ ޝޙަ ސަކުން ސަރުކާރަށް ނުވަތަ ދައުލަތަށް ދެއްކުމަށް ލާޒިމުކުރާ ޓކްސެ ފިޔަވައި އެހެނިހެން ފައިސާ ދައުލަތުގެ ނަމުގައި މީރާއަށް ބަލައިގަނެވިދާނެއެވެ" މިފަދައިން ކަން ފާހަގަކުރަމެވެ. (ii) ޤާނޫނު/ ގަވާއިދަކުން އެއްބަސްވުމުގެ އިލްތިޒާމްތައް ބަދަލުވުނާ

33އިސްތިއުނާފ ދެވަނަ ނުކުތާގެ އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރާ އިތުރު ކަންތައްތަކުގެ ތެރޭގައި އެއްބަސްވުމުގެ އެއް ބައިވެރިއަކު އެކުލަވާލާ ގަވާއިދަކުން އެއްބަސްވުމާ ޚިލާފަށް ފިޔަވަޅު އަޅަން މަގު ފަހިވެފައިވުމަކީ ޕްރިންސިޕަލް އޮފް ކޮންޓްރެކްޗުއަލް އިކުއަލިޓީއާ ޚިލާފކަމެއްކަމަށު ފާހަގަކޮށްފައިވެއެވެ. މީގެ އިތުރަށް މިއީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއާ ކަށަވަރުކޮށްދޭ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ޙައްޤާއި ފްރީމާކެޓް އިކޮނޮމިކްސްގ ލިމިޓެޑެ ގަވަރމަންޓްގެ އުސޫލާއި ދިވެހިރާއްޖެ ބއިވެރިވެފައިވަ ޔުނައިޓެޑް ނޭޝަންސ ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓްގެ މޮޑެލް ފްރޭމް ވޯކްތަކުގައި ބަޔާންކޮށްފައިވާ ފުލް ޕްރޮޓެކްޝަން އެންޑް ސެކިއުރިޓީ އޮފް އިންވެސްޓްމަންޓްގެ އުސޫލުތަކާއި ޚިލާފު އާރބިޓްރަރީ ކަމެއް ކަމުގައި ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، މިއުސޫލުތަކ ޚިލާފުވާ ގތޮ ތަފްސީލުކޮށް ބަޔާންކޮށް މިކަމުގައި އުފެދޭ ޤާނޫނީ ބަހުޘު ސާފުވާ މިންވަރަށް އިސްތިއުނާފ ކުރާ ފަރާތުނު ދަށު ކޯޓުގައި އަދި މިކޯޓުގައި ވަކާލާތުކޮށްފައިނުވެއެވެ. ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު (ގާނޫނު ނަންބަރު 3/2010) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 27/2020) ގެ 8 ވަނަ މާއްދާއިން ގެނެވުނު އިސްލާޙު

34މިނުކުތާ އިސްތިއުނާފު ކުރާ ފަރާތުން ގެނ ސްފައިވ ގޮތުނާ އުފެދޭ ޤާނޫނީ ސުވާލުކަމަށް އަހުރެންނަށް ޤަބޫލުކުރެވެނީ އެއްބަސްވުމަކުން ބަނދެވުމަށް ފަހު ޤާނޫނަށް ނުވަތަ ޤަވާއި ދަކުނ ބަދަލެއް އައުމަކީ ޤާނޫނީ އުސޫލުތައް ނުދަންނަ ކަމެއްތޯއެވެ؟

35HN6ވިޔަފާރި މުޢާމަލާތްތަކުގައި ބައިވެރިންނަށް އެއްބަސްވެވޭ ކަންތައްތަކަކީ ދެފަރާތުގެ ރުހުމާއެކު މެނުވީ ބަދަލު ނުކުރެވޭނެ ކަންކަން ކަށަވަރުވެގެން ދިއުމަކީ ދެމެހެއްޓެނިވި އިޤްތިސާދެއް ޤާއިމުވުމަށް މުހިއްމު ކަމެކެވެ. އެހެންކަމުން، ކޮންޓްރެކްޓާބެހޭ ޤާނޫނީ އުސޫލުތައް ބާރު އަޅަނީ ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އަޤުދުތަށް އިސްތިސްނާއީ ހާލަތެއްގައި މެނުވީ އަބަދުވެސް ތަންފީޛުކުރުމށެވެ. ހަމަ މިއާއެކު، ދައުލަތެއް ހިންގުމުގައި ވަކި ލަނޑު ދަނޑިތަކެއް ހާސިލްކުރުމަށްޓަކައި ދައުލަތުގެ ސިޔާސަތުތައް ބަދަލުކޮށް ޤާނޫނުތައް ހެދުމަކީ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެކެވެ. މިފަދައިން، ޤާނޫނުތައް ބަދަލުވެގެންދާއިރު، ކޮންޓްރެކްތަކުން ވެވިފައިވާ އެއްބަސްވުމަކަށް ބަދަލުތައް އަންނަ ހާލަތްތައް މެދުވެރިވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މިފަދަ ކޮންމެ ބަދަލު އައުމަކީ ޕްރިންސިޕަލް އޮފް ކޮންޓްރެކްޗުއަލް އީކުއަލިޓގެ މަފްހޫމީ ޚިލާފު ބަދަލެއް ކަމުގައި ބެލިދާނެކަމެއް ކަމުގައި ނ ދެކެމެވެ.

36ޤާނޫނު/ ގަވާއިދު ހެދުމުގެ ބާރު ދައުލަތުގެ ސިޔާދަތީ ބާރުގެ ތެރެއިން ލިބިގެންވީ ކަމުގައިވީނަމަވެސް، މިފަދައިން ގެނެވޭ ބަދަލުތަކަކީ ޕްރައިވެޓް އަދި ޕަބްލިކް ކޮންޓްރެކްޓްތަކަށް ބޮޑެތި ބަދަލުތައް ގެންނަ ބަދަލުތަކަށވާނަމް އެކަމަށް ސަމާލުވުން މުހިއްމެވެ. އެހެނީ، އެއްވެސް ޤައިދެއް ނެތި ދައުލަތުގެ އިލްތިޒާމްތަކުން ބަރީޢަވެވޭގޮތަށް ޤަވާއިދުތައް ފާސްކުރެވޭނަމަ، އެކަމުގެ ސަބަބުން ވިޔާފަރިވެރިންގެ މެދުގައި ނުތަނަވަސްކަން އުފެދި އިޤްތިސާދަށް އޭގެ ނޭދެވޭ އަސަރުކުރުމަކީ އެކަށީގެންވާ ކަމަކަށްވެއެވެ. އެހެންކަމުން މިފަދައިން ގެނެވޭ ބަދަލުތަކަކީ ލެޖިޓިމޭޓް އަދި މުހިއްމުވެގެންވާ ޢާންމު މަންފާއަކަށްޓަކައި ގެނެވޭ ބަދަލަކަށްވެސް ވާންޖެހޭކަމާއ އަދި ވަކި ފަރާތަކަށް އަމާޒުކޮށް އާރބިޓްރަރީކޮށް ގެނެވޭ ބަދަލަކަށް ވެގެންނުވާނެ ކަމުގައި ދެކެމެވެ.

37މިމައްސަލައިގައި ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނަށް ގެނެވެނު އިސްލާހުގެ ދަށުން ޓެކުހަށް ނުވާ އެހެންނަމަވެސް ޤާނޫނަކުން މީރާއަށް ދެއްކުން ލާޒިމުވާ ފީތައް ދެއްކުމުގައި ޓެކްސް ނިޒާމްގެ ދަށުން ފިޔަވަޅު އެޅުން މީރާއަށް ހުއްދަ ވެގެން ދިޔަ ދިޔުމަކީ ޤާނޫނުން މީރާއަށް ލިބިދިން ބާރެކެވެ. ޤާނޫނަށް މިގެނެވުނު އިސްލޙުގާ ޞައްޙަކަމަކީ ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައިގެ މަޢުޟޫއެއް ނޫނެވެ.

(ނ)އިސްތިއުނާފީ ތިންވަނަ ނުކުތާ: )i( އެއްބަސްވުމުގައި ނުހިމެނޭ ތިންވަނަ ފަރާތަކުން އެއްބަސްވުމުގެ ބޭރުން ފިޔަވަޅު އެޅުން (privity of contract(

38އިސްތިއުނާފީ ތިންވަނަ ނުކުތާއާ ގުޅިގެން ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފާހަގަކޮށްފައިވާ އެއްކަމަކީ މިނިސްޓްރީ އޮފް ޓޫރިޒަމާއި ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑއާ ދެމެދު ވެވިފައިވާ އެއްބަސްވުމުގައި ނުހިމެނޭ ތިންވަނަ ފަރާތަކުން (މީރާ) އެއްބަސްވުމުގެ ބާރު ކަނޑުވާލައި އެއްބަސްވުމުގެ ދަށުން އަޅަން އޮންނަ ފިޔަވަޅުތައް އެކަހެރިކޮށް އެއްބަސްވުމުގެ ބޭރުން ފިޔަވަޅު އެޅުމަކީ ޕްރިވިޓީ އޮފް ކޮންޓްރެކްޓުގެ އުސޫލާ ޚިލާފުކަމެއް ކަމަށެވެ. ހަމަ މިވާހަކަތައް އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެންވެސް ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފާހަގަކޮށްފައިވެއެވެ.

39ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ އުސޫލާ ގުޅިގެން މީރާއިން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ، އިގިރޭސި rd ވިލާތް ފަދަ ޤައުމުތަކުގެ Parties) Act 1999 Contract ( Rights of 3 ފަދަ ޤާނޫނުތަކުން ޕްރިވިޓީ އޮފް ކޮންޓްރެކްޓުގެ މަބްދައުއަށް އިސްތިސްނާދީފައިވާކަމަށެވެ. ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ އުސޫލުތަކަށް ދުނިޔޭގެ ތަފާތު ޖޫރިސްޑިކްޝަންތަކުގައި އިސްތިސްނާތަކެއް ދީފައިވާކަމަށެވެ. އޭގެ ތެރޭގައި އެއްބަސްވުމުގެ ދަށުން މަންފާވެރި ފަރާތަކީ ތިންވަނަ ފަރާތެއް ކަމުގައިވާނަމަ އެފަދަ އެއްބަސްވުމެއް ތަންފީޛުކުރުމަށް އެފަރާތަށް ހުރަހެއް ނެތް ކަމަށެވެ. މިމައްސަލައިގައި ހިމެނޭ އެއްބަސްވުމުގެ ޓޫރިޒަމް މިނިސްޓްރީން ސޮއިކޮށްފައިވަނީ ދައުލަތް ތަމްސީލުކުރުމުގެ ގޮތުންކަން އެއްބަސްވުމުގެ ފެށުމުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މީރާއިން ތަންފީޛީ ފިޔަވަޅު އެޅުމަށް ފަހު ހޯދާ ފައިސާ ޖަމާކުރަނީ ދައުލަތުގެ އެކައުންޓަށްކަމުގައިވުމުން މީރާއިން ހޯދާ ފައިސާގެ ޙަޤީޤީ މަންފާވެރިއަކީ ދައުލަތްކަމަށެވެ.

40HN7ޢާންމު އުސޫލެއްގެ ގޮތުން ދެފަރާތެއްގެ ދެމެދު ވވެ އެއްބަސްވުމެއްގެ ދަށުން ފިޔަވަޅު އެޅޭނީ އެއެއްބަސްވުމުގެ ބައިވެރިންނަށެވެ. އެއެއްބަސްވުމުގައި ބައިވެރިއެއް ކަމުގައިނުވާ ފަރާތެއްގެ މައްޗަށް ޢާންމު އުޞޫލެއްގެ ގޮތުން އެއްބަސްވުމުގެ ދަށުން ކަންކަން ލާޒިމްނުކުރެވޭނެއެވެ. މިކޮމަންލޯ މަބްދަޢު ކަމުގައިވާ ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ އުސޫލަށް އިސްތިސްނާތަކެއް ވެއެވެ. ރާއްޖޭގޭ ކޯޓުތަކުން ބަލައިގަނެފައިވާ އިސްތިސްނާތަކުގެ ތެރޭގައި ޤާނޫނކުނ އެފަދް ބާރެއަ ތިންވަނަ ފަރާތަކަށް ދީފައި އޮންނަ ހާލަތު ހިމެނެއެވެ.

41މިމައްސަލައިގައި ހިމެނޭ އެއްބަސްވުމާ ގުޅިގެން އެއްބަސްވުމުގެ އެއްބައިވެރިއެއް ކަމުގައިވާ މިނިސްޓްރީ އޮފް ޓޫރިޒަމް ( ދައުލަތް) އަށް ދައްކަންޖެހޭ ފައިސާދައްކަން ވީ އިޖުރާއަތެއް ދެފަރާތުގެ ދެމެދުގައާ ވެވިފައިވާ އެއްބަސްވުމުގައި ބަޔާންކުރެވިފައިނުވެއެވެ. އެހެންނަމަވެސް، މިބާވަތުގެ މޢާމަލާތްތައު ރެގިއުލޭޓް ކުރެވޭ ގަވާއިދުގައި ބަޔާންކޮށްފައިވަނީ މިފައިސާ ދައްކަންޖެހެނީ މީރާއަށް ކަމަށެވެ. އަދި މީރާ އަށް ފައިސާ ހޯދުމުގައި އެޅިދާނެ ފިޔަވަޅުތައް ބަޔާންކޮށްފައިވަނީ ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނޫގައެވެ. އެހެންކަމުން، އެޤާނޫނުން ބާރު ލިބިގެން އެޤާނޫނުގެ ތަރަހައިގެ ތެރޭގައި އެޅޭ ފިޔަވަޅުތަކަކީ ޕްރިވިޓީ އޮފް ކޮންޓްރެކްޓަށް އޮތް އިސްތާނާއީ ހާލަތެއްގެ ތެރެއިން އެޅިފައިވާ ފިޔަވަޅުތަކެކެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް ވ އަޙްމަދު މުޖާޙް A/45-HC/2017 ފާހަގަކުރެވުނު ނުކުތާ (ރ) ގައި ފާހަގަކޮށްފައިވާ ހާލަތްތައް:- އެޖެންޓަކު އޭނާ ޢައްޔަންކުރި ފރާތަ ތަމްސީލްކޮށް އޭނާއަށް ދީފައިވާ ބާރުތަކުގެ ތެރެއިންވެވޭ އެއްބަސްވުމަށް އެ އެޖެންޓެއް ތަމްސީލުރިފަރާތް (ޕްރިންސިޕަލް) ޒިންމާވާންޖެހޭ ޙާލަތާއި، ކޮލެޓްރަލް އެއްބަސްވުމެއްގެ ދަށުން ތިންވަނަ ފަރާތަކަށް ޒިންމާ ވާންޖެހޭ ޙާލަތާއި، އިކުއިޓީގެ މަބްދައުގެ ދަށުން މުދަލެއް އަމާނާތެއްގެ ގޮތުގައި ބެލެހެއްޓުމަށް ޙަވާލުވެފައިވާ ފަރާ ތަކުން ތިންވަނަ ފަރާތަކަށް ޒިންމާވާންޖެހޭނެ ޙާލަތާއި، އެއްބަސްވުމުގައި ހިމެނޭ ޝަރުތެއްގެ ސަބަބުން ތިންވަނަ ފަރާތަކަށް ޒިންމާވާންޖެހޭނެ ޙާލަތާއި، ޤާނޫނެއްގެ ދަށުން ތިންވަނަ ފަރާތަކަށް ޒިންމާވާންޖެހޭނެ ޙާލަތާއި، އެއްބަސްވުމެއްގެ ދަށުން ގެއްލުމުގެ ބަދަލު ތިންވަނަ ފަރާތަކަށް އަދާކުރަންޖެހޭ ޙާލަތު )ii(ރެޓްރޯސްޕެކޓިވ ކޮށް އަހްކާމްތައް ތަޠްބީޤުކުރުން

42އިސްތިއުނާފީ 3 ވަނަ ނުކުތާގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވާ ދެވަނަ ކަމަކީ ދެފަރާތު ގެ ދެމެދުގައިވާ އެއްބަސްވުމަށް އައު އހްކާމްތަކެއަ އިތުރުކޮށް އެއަހްކާމުތއަ ރަޖުއީކޮށް ތަޠްބީޤުކުރިކަމަށ ބުން ފާހަގަކުރި ނުކުތާއެވެ. އެހެންނަމަވެސް، ރެޓްރޯސްޕެކްޓިވކޮށް ތަޠް ބީޤުކޮށްފައިވަނީ ކޮން " އައު އަހްކާމުތަކެއް" ކަމެއް އިސްތިއުނާފު ފޯމުން ސާފެއް ނޫނެވެ. މައްސަލައިގެ މައުޟޫއަށް ބަލާއިރު އިސްތިއުނާފު ކުރާ ފަރާތުން މިނުކުތާގައި ފާހަގަކުރަން ބޭނުންވަނީ ދެފަރާތުގެ ދެމެދުގައި އެއްބަސްވުން ވެވުނު ތާރީޚުގެ މާފަހުން ފާސްކުރެވުނު ޤާނޫނަކުން އަދި ގަވާއިދެއްގެ ދށުނަ މީރާއަށް ލިބުނު ބާރެއްގެ ބޭނުންކޮށް ފިޔަވަޅު އެޅުން ކަމުގައި ބެލެވެއެވެ.

43މިމައްސަލައިގައި ހިމެނޭ އެއްބަސްވުންތަކަކީ އެކި ދުވަސްވަރުގައި ސޮއިކޮށް އިސްލާޙުގެނެވިފައިވާ އެއްބަސްވުންތަކަކެވެ. ކުލި ނުދައްކައިގެން އެކައުންޓް ފްރީޒްކުރި ރަށްތަކުގެ ތެރެއިން ހއ.އަލިދޫ ކުއްޔަށް ދިނުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ 05 މެއި 2005 ގައެވެ. އިސްތިއުނާފު ކުރާ ފަރާތަށް ޑީޑް އޮފް އެސައިންމަންޓެއްގެ ދަށުން މިޙައްޤުތައް ނަޤުލުވެފައިވަނީ 26 އޯގަސްޓް 2010ގައެވެ. ހއ.ބިނާފުށި ކުއްޔަށް ދިނުމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ 22 އޮކްޓބަރޯ 2013 ގައެވެ. ކަނޑާލި ފިނޮޅު ކުއްޔަށް ދިނުމާ ބެހޭ އެއްބަސްވުން ވެވިފައިވަނީ 22 އޮކްޓޯބަރު 2013 ގައެވެ. ޓެކްހަށް ނުވާ ފައިސާ ހޯދުމުގައި ޓެކްސް ފައިސާއެކޭ އެއްގޮތަށް ފިޔަވަޅު އެޅުން ޤާނޫނުން ހުއްދަކުރީ 29 ޑިސެންބަރު 2011 ގައެވެ. ކުއްޔާއި ޖޫރިމަނާ ނުދައްކައިގެން އެކައުންޓްތައް ފްރީޒްކުރިކަން އަންގާފައިވަނީ 16 މާރިޗް 2017 ގައެވެ.

44މިއިން އެއްވެސް އެއްބަސްވުމެއް ގައި ކުލި ދެއްކުމުގައި ޢަމަލުކުރަންވީ ގޮތެއް ބަޔާންކޮށްފައިނުވެއެވެ. ކުލި ދެއްކުމުގެ ކަންތައްތައް ރެގިއުލޭޓްކުރަމުން ގޮސްފައިވަނީ ކުއްޔަށްދޭ ރަށް ރަށާއި ބިންބިމުގެ ކުލި ޤާނޫނާ ނަންބަރު 2011/14 ސަރުކާރަށް ދެއްކުމާ ބެހޭ ގަވާއިދު ގެ ދަށުންނެވެ. މިގަވާއިދަކީ 30 ޑިސެންބަރު 2010 ގައި އެކުލަވާލެވުނު ގަވާއިދެއްކަން އެނގޭއިރު މިބާވަތުގެ އެއްބަސްވުންތަކާ ގުޅިގެން ކުލި ދައްކަންޖެހެނީ މީރާއަށް ކަން މިގަވާއިދުގައި ކަނޑައެޅިފައިވެއެވެ. ޓެކްސްއަށްނުވ ފައިސާ ހޯދުމުގައި ޓެކްސްގެ އުސޫލު ހިނގުމުގެ އުސޫލު ޤާނޫނުން ތަޢާރުފުކޮށްފައިވަނ ޓެކްސީ ނެގުމާބެހޭ އިދާރީ ގާނޫނު (ޤާނޫނު ނަންބަރާ 2010/3) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނާ ންނެވެ. މިއީ 29 ޑިސެންބަރު 2011 ގައި ގެޒެޓުކުރެވިފައިވާ ޤާނޫނެކެވެ. އެހެންކަމުން، މިމައްސަލައިގއަ ހިމެނި އެއްބަސްވުންތަކުގެ ތެރެއިން ހއ.އަލިދޫގެ އެއްބަސްވުން ފިޔަވައި ދެން ހުރި އެއްބަސްވުންތަކަކީ ބުނެވިދިޔަ ޤާނޫނަށާއި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ފަހުގެ އެއްބަސްވުންތަކެވެ.

45ސުވާލަކީ ކުލި ހޯދުމުގައި އެޅޭ ފިޔަވަޅކަ ހއ.އަލިދޫ އެއްބަސްވުމުގައި ސޮއިކުރެވުނު ފހުނަ ތަޢާރުފުކުރެވުނ ޤާނޫނު އުސޫލަކަށް ވާތީ މި އުސޫލަކީ މިއެއްބަސްވުމަށް ތަންފީޛުކުރުމކަ ޤާނޫނުތައް ރަޖުއީ ކޮށް ތަޠްބީޤުކުރުމުގެ އުސޫލާ ޚިލާފު ކަމެއްތޯއެވެ.

46HN8ޢާންމު އުސޫލަކީ، ރަޖުޢީކޮށް ޤާނޫނު ތަޠްބީޤްކޮށްގެން ނުވުމެވެ . މާނައަކީ ޤާނޫނުގައި ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ، ޤާނޫނު ތަޠްބީޤުކުރެވެންވާނީ އެޤާނޫނަކަށް ޢަމަލުކުރުމުގެ ފަހުން ހިނގާ ކަންތައްތަކަށާއި މައްސަލަތަކަށެވެ. މީގެ މާނައަކީ، ކުރިން ހިނގަމުން އައި ކަމެއް ޤާނޫނަކުން ބަދަލެއް ނުކުރެވުމެއް ނޫނެވެ. ރެޓްރޯ އެކްޓިވްކޮށ ޤާނޫނެއް ތަޠްބީޤުކުރުމުގައި ކުރިން ޢަމަލުކުރަމުން އައި ގޮތަކަށް ބަދަލު އައުމަކީ ޤާނޫނީ ރަޖުއީ ކޮށް ތަޠްބީޤުވުމެއް ނޫނެވެ. މިސާލަކަށް؛ ޓެކްސް ނެގުމާ ބެހޭ ޤާނޫނެއްގެ ދަށުން ޓެކްސް ނެގޭނީ (އެޤާނޫނޫގައި އެހެންގޮތަކަށް ބަޔާންނުކުރާނަމަ) އެމުޢާމަލާތަކީ އެޤާނޫނު ފާސްވުމގު ފަހުގެ މުޢާމަލާތަކަށް ވާނަމައެވެ.އެހެންނަމަވެސް، ދެފަރާތުގެ ދެމެދުގައި މުއާމަލާތާއި ގުޅޭ ޤާނޫނާ ނަންބަރު 2011/14 ދިވެހިރާއްޖޭގެ ހައިކޯޓުގެ A/210-HC/2011 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ A/02-SC/2008 ޤަޟިއްޔާ އެއްބަސްވުން ވެފައި އޮތީ މާކުރީގެ ތާރީޚެއްގައި ކަމަށް ވުމީ ޤާނޫނަށް ޢަމަލުކުރަން ފެށމުގު ފަހުން ކުރެވޭ މުޢާމަލާތަކަށް ޤާނޫނޫގެ ދަށުން ދައްކަންޖެހޭ ޓެކުހަށ ހުރަސް އެޅޭ ކަމެއް ނޫނެވެ.

47ކުރިންވެސް ބުނެވުނު ފަދައިން މިބާވަތުގެ އިދާރީ ކޮންޓްރެކްޓްތަކަށް ޤާނޫނާއި ގަވާއިދުތަކުން އިފްތިރާޟްކުރެވޭ އިލްތިޒާމްތަކެއް ހުރެއެވެ. އެހެންކަމުން، ކުލި ދެއްކުމާ ކުލި ނުދެއްކުމުން ކުލި ހޯދުމުގައި އެޅިދާނެ ފިޔަވަޅުތައް ކަމަށް ޤާނޫނާއި ގަވާއިދުގައި ބަޔާންކުރާ އިލްތިޒާމްތަކަކީ އެއްބަސްވުމުގެ އިފްތިރާޟީ އިލްޒާމްތަކެކެވެ.

48މިނިސްޓްރީ އޮފް ޓޫރިޒަމާ އިސްތިއުނާފު ކުރާ ފަރާތާ ދެމެދު އެއްބަސްވެވުނު ފަހުން (ބައެއް ރަށްރަށް މިސާލަކަށް ހއ.އަލިދޫ 35 އަހަރަށް ކުއްޔަށް ދިނުން) ޤާނޫނަށް އަންނަ ބަދަލަކުން އެފަދަ ކުލި ހޯދުމަށް އޮތް އިޖުރާއަތަށް އަންނަ ބަދަލުތައް އެއެއްބަސްވުމަށް ތަޠްބީޤުކުރުމީ ރެޓްރޯސްޕެކްޓިވްކޮށް ޤާނޫނު ތަޠްބީޤުކުރުމުގައި ނުބެލެވޭނެއެވެ.

)iii(އެއް ޚިލާފަކާ ގުޅިގެން ދެއަދަބު ކަނޑައެޅުން

49HN9އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރާ އެއް ކަމަކީ އެއްބަސްވުމާ އެއްވެސް ފަރާތަކުން ޚިލާފު ވެއްޖެނަމަ އަޅާނެ ފިޔަވަޅު ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވަނިކޮށް މުޅިން އެހެން ޤާނޫނީ ނިޒާމެއްގެ ދަށުން އެއްބަސްވުމުގެ މައްޗަށް ފިޔަވަޅު އެޅުމަކީ nemo debet bis vexari pro una et eadem causa (އެއް ޚިލާފާއ ގުޅިގެނި ދެ އަދަބު ނުދިނުމުގެ މަބާދިޢު) އުސޫލާ ޚިލާފުކަމެއް ކަމަށެވެ. ކުރިންވެސް ފާހަގަކުރި ފަދައިން މިބާވަތުގެ ކޮންޓްރެކްޓްތަކަށ ހިންގުން ލާޒިމު އިފްތިރާޟީ އިލްތިޒާމްތަކުގެ ތެރޭގައި ޤާނޫނުން ލާޒިމްކުރާ ކަންތައްތައް ހުރެއެވެ. އެހެންކަމުން، ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމުގައި ނެތް ނަމަވެސް ޤާނޫނުން ބާރު ލިބިގެން އެޅޭ ފިޔަވަޅުތަކަކީ އެއް ޚިލާފާއި ގުޅިގެން ދެ އަދަބު ނުދިނުމުގެ މަބާދިޢު ގެ އުސޫލާ ޚިލާފޫ ކަމެއްކަމުގައި ބެލެވިދާނެ ކަމުގައި ނުދެކެމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ