ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-A/250

ކޯސްޓްލައިން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދަ ހޯކްސް ޕވޓ ލޓޑ

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިޚިލާފު ރައުޔެއް
ސުޕްރީމް ކޯޓުން ބާޠިލުކޮށްފައިޙުކުމުގެ ހާލަތު
ހައިކޯޓު · 26 ޖޫން 2022ދަށު ކޯޓު: ސިވިލް ކޯޓު 1414/Cv-C/2020ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 1414/Cv-C/2020
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓު: 2022/SC-A/76 — ހައިކޯޓުގެ ޙުކުމް ބާޠިލުކޮށްފައި

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ޑީސަލް ވިއްކި އިންވޮއިސްތަކުގައި ބަޔާންކުރާ ދުވާލަކަށް 0.50% ގެ ލަސްވުމުގެ ޖުރުމާނާ (ޕްރިންސިޕަލް ޢަދަދާ އެއްވަރަށް) ނަގައިދިނުމަކީ ދަޢުވާގައި އެދުނު މިންވަރާއި، ޟިމްނީ އެއްބަސްވުމާއި، ގެއްލުން ސާބިތުކުރުމާއި، ކޮވިޑް-19 ގެ ގުދުރަތީ ޙާލަތާއި، ސުޕްރީމް ކޯޓުގެ 2020/SC-A/28 ގައި ކަނޑައެޅި ޕެނަލްޓީ ކްލޯޒްގެ އުޞޫލުތަކާ ޚިލާފުތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް (އަޣްލަބިއްޔަތުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދަށުކޯޓުގެ ފަނޑިޔާރު ޤާނޫނީ ގޯހެއް ހަދާފައިވާކަމަށް ނުވަތަ ހެކިތަކަށް ރިޢާޔަތްނުކުރާކަމަށް ހަމައެކަނި ބުނުމަކުން ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ މިންގަނޑު ފުރިހަމަ ނުވާނެއެވެ؛ އިސްތިއުނާފީ ނުކުތާގައި އުފެދޭ ޤާނޫނީ ބަހުޘަކީ ކޮބައިކަން ސާފުކޮށް ބުނަންވާނެއެވެ (2019/SC-L/87–91).

HN2 ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގެ ދަށުން ދަށު މަރުޙަލާގެ ކޯޓުތަކުން މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ތަބާވާން ޖެހޭތީ، ދަޢުވާގައި އެދުނު މިންވަރަށްވުރެ ކުޑަ ޖުރުމާނާއެއް އެ ވަގުތު ހިނގާ މަތީ ކޯޓުގެ ނިންމުމަކަށް ބިނާކޮށް ނަގައިދިނުމަކީ ކޯޓުގެ އަމިއްލަ އިސްނެގުމުގައި އެދިފައިނުވާ އެއްޗެއް ނަގައިދިނުމެއް ނޫނެވެ.

HN3 ލަސްވުމުގެ ޖުރުމާނާ ބަޔާންކުރާ އިންވޮއިސްތަކަށް އިންކާރުކުރިކަމުގެ ހެއްކެއް ދަށުކޯޓަށް ހުށަނާޅާނަމަ، އެ ޖުރުމާނާއަށް އިންކާރުކުރިކަމަށް އިސްތިއުނާފުގައި ބުނުމަކުން ނަތީޖާއަށް ބަދަލެއް ނާދެއެވެ؛ އަދި ސުޕްރީމް ކޯޓުގެ ޤަޟިއްޔާއަކާ ޚިލާފަށް ނިންމާފައިވާކަމަށް ބުނާނަމަ ޚިލާފުވީ ކޮން އުޞޫލަކާކަން ސާފުކޮށް ބަޔާންކުރަންވާނެއެވެ.

HN4 އިސްތިއުނާފީ ނުކުތާގައި ހަވާލާދޭ ޤަޟިއްޔާތަކަކީ އެ ނުކުތާގައި އުފެދޭ މައްސަލައާ (ޖުރުމާނާއަށް ގެއްލުން ސާބިތުކުރުމާ) ގުޅޭ ޤަޟިއްޔާތަކެއް ނޫންނަމަ، އެއީ ޤާނޫނީ އަސާސެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާ ނުކުތާއެއް ނޫނެވެ.

މަދަނީ › މަސައްކަތާއި މުދަލާއި ޚިދުމަތުގެ އަގު ހޯދުމަށް އެދި

HN5 ގުދުރަތީ ޙާލަތެއް ދިމާވެގެން ފައިސާ ނުދެއްކިދާ ޙާލަތެއްގައި ކަންކުރާނެ ގޮތެއް ފަރާތްތަކުގެ މެދުގައި އެއްބަސްވެފައި ނުވާއިރު، ދަށުކޯޓުން ގޮތެއް ނުނިންމާ އޮތް އެފަދަ ނުކުތާއެއްގައި ކޯޓުގެ އިސްނެގުމުން ގޮތް ކަނޑައެޅުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ.

HN6 ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް، އިސްތިއުނާފީ މަރުޙަލާގައި ތަޠުބީޤުކުރަންވާނީ ސުޕްރީމް ކޯޓުގެ ފަހުގެ ނިންމުމެވެ، އެ ނިންމުން ނިކުމެފައިވަނީ ދަށުކޯޓުގެ ޙުކުމުގެ ފަހުން ކަމުގައި ވިޔަސްއެވެ.

HN7 ޖުރުމާނާއެއް ޕެނަލްޓީ ކްލޯޒެއްކަން ކަނޑައަޅަނީ 2020/SC-A/28 (ޙަސަން ޢަލީމަނިކު ވ. އަޙްމަދު ނަޖާޙް) ގެ ހަމަތަކުންނެވެ: ސާބިތުކުރެވޭ އެންމެ ބޮޑު ގެއްލުމަށްވުރެ ބޮޑުވުން، ގެއްލުމާ ގުޅުމެއް ނެތުން، އެކި ވަރުގެ ގެއްލުންތަކަށް އެއްފަހަރާ ދައްކަންޖެހޭ ޢަދަދަކަށްވުން، ނުވަތަ ބުރަޖެއްސުމުގެ/އުޤޫބާތުގެ މަޤްޞަދު؛ ގެއްލުމެއް ލިބިދާނެކަން އެނގިފައިވޭތޯ ވަޒަންކުރަނީ އެއްބަސްވުމުގެ ބައިވެރިއަކަށްވާ އާދައިގެ ސަބަބުވެރި މީހަކު ދެކޭނެ ގޮތުންނެވެ.

މަދަނީ › މަސައްކަތާއި މުދަލާއި ޚިދުމަތުގެ އަގު ހޯދުމަށް އެދި

HN8 އަގު އަވަހަށް ބަދަލުވާ ތެލުގެ ވިޔަފާރިކުރާ ފަރާތަކަށް ފައިސާ ލިބެންޖެހޭ ތާރީޚަށް ނުލިބުމުން ޙަޤީޤީ ގެއްލުން ލިބޭނެކަން ދޭހަވާތީ، އިންވޮއިސްގައިވާ ދުވާލަކަށް 0.50% ގެ ޖުރުމާނާއަކީ އުޤޫބާތެއްގެ ގޮތުގައި ހިމަނާފައިވާ ޕެނަލްޓީއެއް ނޫން، ލިބޭނެކަމަށް އަންދާޒާކުރެވޭ ގެއްލުމުގެ ތެރެއަށް ވަދެގެންދާ ޢަދަދެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުސައިން މަޒީދު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފާޠިމަތު ފަރްހީޒާ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ޚިލާފު ރައުޔު
ފާޠިމަތު ފަރްހީޒާ

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1މިއީ ސ ވިލް ކޯޓުގެ ނަންބި ރ 1414/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ކޯސްޓްލައިން އިންވެސްޓމ ންޓްސ ޕްރައިވެޓް ލިމިޓެޑް )ރަޖިސްޓްރީ ނަންބަރު: C-129/94، މީގެ ފަހުން "އިސްތިއުނާފުކުރަ ފަރާތް" ނުވަތް " ކޯސްޓްލައިން އިންވެސްޓްމަންޓްސެ " މިފަދައިން ބަޔާންކުރެވިފައި( ގ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލީ ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް )ރަޖިސްޓްރީ ނަންބަރު: C-109/2007، މީގެ ފަހުން "އިސްތިއުނާފުރައްދުވާ ފަރާތް" ނުވަތަ "ދަ ހޯކްސް" މިފަދައިން ބަޔާންކުރެވިފައި( އެވެ.

މައްސަލައިގެ ފަސްފަހަތް

2ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ ޕާޗޭސް އޯޑަރުތަކަށް ދަ ހޯކްސް ގެ ފަރާތުން ކޯސްޓްލައިން އިންވެސްޓްމަންޓްސް އަށް 12 ފެބުރުވަރީ 2020 އިން 29 މާރިޗު 2020 އާ ދެމެދު 15 ފަހަރެއްގެ މަތިން ވިއްކާފައިވާ ޑީސަލްއަށްވ ފައިސާ ދެއްކުމަށްއަންގާ ކޯސްޓްލައިން އިންވެސްޓްމަންޓްސް އަށް އިންވޮއިސްތައް ފޮނުވިއެވެ. މިކަމާމެދު ޚިލާފެއް ނެތެވެ.

3މި އިންވޮއިސްތަކުގައިވާ ފައިސާ US$773,955.39 )ހަތްލައްކަ ހަތް ދިހަތިންހާސް ނުވަސަތޭކަ ފަންސާސްފަހެއް އެމެރިކާ ޑޮލަރު ތިރީސް ނުވައެއް ސެންޓް( އާއި ފައިސާ ނުދެއްކުމުގެ ސަބަބުނ 31 މޭ 2020 ތާރީޚުގެ ނިޔަލަށް އަރާފައިވާ ޖުރުމާނާ US$276,114.24 )ދެލައްކަހަތްދިހަހަހާސް އެއްސަތޭކަ ސާދަ އެމެރިކާ ޑޮލަރު ސައުވީސް ސެންޓް( އާ އެކި ޖުމްލަ US$1,050,069.20 )އެއްމިލިއަން ފަންސާސްހާސް ފަސްދޮޅަސްނުވައެއް އެމެރިކާ ޑޮލަރު ވިހި ސެންޓް( ދެއްކުމަށްކޯސްޓްލައިން އިންވެސްޓްމަންޓްސއަށް ދަ ހޯކްސް ގެ ފަރާތުން އެންގުމުންވެސް އެފައިސާ ދައްކާފައި ނުވާކަމަށްބުނެ، އިންވޮއިސްތަކުގައިވާ ޕްރިންސިޕަލް އަދަދާއި ފައިސާ ދައްކާ ތާރީޚާ ހަމައަށް އަރާ ޖުރުމާނާގެ ފައިސ ޝަރީޢަތް މެދުވެރިކޮށް އެކް އެއްފަހަރާ ނަގައިދިނުން އެދްދަ ހޯކްސްގެ ފަރާތުން ކޯސްޓްލައިން އިންވެސްޓްމަންޓްސ އަށް ރައްދުވާގޮތަށް ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ.

4އެ ދަޢުވާ އެކޯޓުގައި ބަލާފައިވަނީ ނަންބަރު 1414/Cv-C/2020 ޤަޟިއްޔާ ގައެވެ. އަދި އަންނަވި މައިގަނޑު ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށް މައްސަލައިގައި ގޮތް ކަނޑައަޅާފައިވެއެވެ. ސިވިލް ކޯޓުގެ ޙުކުމް ބިނާކޮށްފައިވާ މައިގަނޑު ސަބަބުތައް

5ސިވިލް ކޯޓުގެ ނަންބަރ 1414/Cv-C/2020 ޤަޟިއްޔާ ގެ ޙުކުމް ބިނާކޮށްފައިވަނީ އަންނަނިވ މައިގަނޑު ސަބަބުތަކުގެ މައްޗަށެވެ.

5.1. ކޯސްޓްލައިން އިންވެސްޓްމަންޓޯސްގެ ޕާޗޭސް އޯޑަރުތަކަށް ދަ ހޯކްސް ގެ ފަރާތުން ކޯސްޓްލައިން އިންވެސްޓްމަންޓްސް އަށް 12 ފެބުރުވަރީ 2020 ތާރީޚުން ފެށިގެން 29 މާރިޗު 2020 އާ ދެމެދު 15 ފަހަރެއްގެ މަތިން ވިއްކާފައިވާ ޑީސަލްއަށްވ ފައިސާ ދެއްކުމަށް ފޮނުވާފައިވާ އިންވޮއިސްތައް ކޯސްޓްލައިން އިންވެސްޓްމަންޓްސް އަށް ލިބުނުކަމާމެދު އެފަރާތުން އިންކާރުކޮށްފައިނެތުން.

5.2. ބުނެވުނު އިންވޮއިސްތަކުގައިވާ ޖުރުމާނާއާމެދ އިޢުތިރާޟު ކުރިކަމަށް ކޯސްޓަލައިން އިންވެސްޓްމަންޓްސް އިން ބުނި ނަމަވެސް އެފަދައިން އިޢު ތިރާޟްކޮށ އެންގުމެއް އަންގާފައިވާކަން އެނގެން ނެތުމުން އިންވޮއިސްގައިވާ ޖަޒާއީ ޝަރުތް ކޯސްޓލައިނ އިންވެސްޓްމަންޓްސް އިން ޟިމްނީގޮތުން ޤަބޫލުކޮށްފައިވާކަމަށް ބަލަންޖެހުން.

5.3. ދަޢުވާގައި ބަޔާންކޮށްފައިވާ ފައިސާގެ ތެރެއިން US$100,000.00 )އެއްލައްކަ އެމެރިކާ ޑޮލަރު( ކޯސްޓްލައިން އިންވެސްޓްމަންޓުން ދަ ހޯކްސް އަށް ދައްކާފައިވާކަމަށް ދަ ހޯކްސް އިން ބނެފައިވުން.

5.4. އަޞްލު ޢަދަދަށްވުރެ ނަގައިދެވޭ ޖުރުމާނާގެ ޢަދަދު ބޮޑުވެގެން ނުވާނެކަން 2017/HC-A/124 ޤަޟިއްޔާއިން އެނގެން އޮތުން، މިއެވެ.

ސިވިލް ކޯޓުގެ ޙުކުމް

6ސިވިލް ކޯޓުގެ ނަންބަރ 1414/Cv-C/2020 ޤަޟިއްޔާ ގެ ޙުކުމުގައިވަނީ އަންނަނިވި ފަދައިންނެވެ. " ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކަށާއި ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށ ރިޢާޔަތްކޮށް ބަލާއިރު، ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުން ކޯސްޓްލައިން އިންވެސްޓްމަންޓް ޕްރައިވެޓ ލިމިޓެޑށަ 12 ފެބްރުއަރީ 2020 ން 29 މާރިޗް 2020 އާއި ދެމެދު 15 ފ ހަރެއްގެ މަތިން ވިއްކާފައިވަ ޑީސަލްއަށްވ ފައިސާ ދެއްކުމަށް ފޮނުވާފައިވާ މިދަޢުވާގައި ހިމެނޭ އިންވޮއިސްތަކުގެ ޖުމްލަ ޢަދަދުގެ ތެރެއިން މިދަޢުވާގައި ހޯދުމަށް އެދިފައިވާ US$773,955.39 )ހަތްލައްކަ ހަތްދިހަތިންހާސް ނުވަސަތޭކަ ފަންސާސްފަހެއް އެމެރިކާ ޑޮލަރު ތިރާ ސ ނުވައެއް ސެންޓް(ގެ ތެރެއިން މި ދަޢުވާ ހުށަހެޅިފަހުން ކޯސްޓްލައިން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް ދައްކާފައިވާ ޖުމަލ US$100,000.00 )އެއްލައްކަ އެމެރިކާ ޑޮލަރު( އުނިކުރުމުން ބާކީވާ US$673,955.39 )ހަތްލައްކަ ހަތްދީ ހަތިންހާސް ނުވަސަތޭކަ ފަންސާސް ފަހެއް އެމެރިކާ ޑޮލަރު ތިރީސް ނުވައެއް ސެންޓް( އާއި ބުނެވިދިޔ އިންވޮއިސްތަކުގައިވާ ފައިސާ އިންވޮއިސްތަކުގައި ކަނޑައަޅާފައިވާ ތާރީޚުގައި ދައްކާފައިނުވާތ 11 މާރިޗް 2021 މިތާރީޚުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ ގެ ތެރެއިން، ޖޫރިމަނާ އެ މައްޗަށ ބިނާވާ އަޞްލު ޢަދަދާއި އެއްވަރު ޢަދަދެއްކަމުގައިވ US$673,955.39 )ހަލައްކަ ހަތްދިހަތިންހާސް ނުވަސަތޭކަ ފަންސާސްފަހެއް އެމެރިކާ ޑޮލަރު ތިރީސް ނުވައެއް ސެންޓް( އާއިއެކު އެކުޖުމްލ US$1,347,910.78 )އެއްމިލިޔަން ތިންލައްކަ ސާޅީ ސ ހަތްހާސް ނުވަސަތޭކަ ދިހައެއް އެމެރިކާޑޮލަރ ހަތްދިހަ އަށެއް ސެންޓް( އަކީ ކޯސްޓްލައިން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުނ ދަ ހޯކްސް ޕްރައިވެޓ ލިމިޓެޑަށް ދައްކަންޖެހި ނުދައްކާ އޮތް ފައިސާއެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން ސާބިތުވެއްޖެކަމށް ކަނޑައަޅައި، މިފައިސ US$1,347,910.78 )އެއްމިލިޔަން ތިންލައްކަ ސާޅީސް ހަތްހާސް ނުވަސަތޭކަ ދިހައެއް އެމެރިކާޑޮލަރު ހަތްދިހަ އަށެއް ސެންޓް( ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑށަ ލިބިދިނުމުގެ ގޮތުނ 14 މާރިޗް 2021 މިދުވަހުނ ފެށިގެން މަދުވެގެން އެމަހަކަށް ޖެހޭވަރު އެމަހަކު ސިވިލް ކޯޓަށް ފައިސާ ދައްކަމުން ގޮސް މީލާދީ 06 )ހައެއް( މަސްދުވަހުގެ ތެރޭގައި US$1,347,910.78 )އެއްމިލިޔަން ތިންލައްކަ ސާޅީސް ހަތްހާސް ނުވަސަތޭކަ ދިހައެއް އެމެރިކާޑޮލަރު ހަތްދިހަ އަށެއް ސެންޓް( ދައްކާ ޚަލާޞްކުރުމަށް ދަޢުވާލިބޭ ކޯސްޓްލައިން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް އަންގައި ޙުކުމްކޮށްފީމެވ." އެ ޙުކުމާމެދު ހިތްހަމަނުޖެހިގެން ކޯސްޓްލައިން އިންވެސްޓްމަންޓްސް ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ.

އިސްތިއުނާފީ ނުކުތާތައް

7ސިވިލް ކޯޓުގެ ނަންބަރު 1414/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފުކުރަމުން ކޯސްޓްލައިން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑގް ފަރާތުނ އަންނަނިވި 05 )ފަހެއް( ނުކުތާ ހުށަހަޅާފައި ވެއެވެ. • ފުރަތަމަ ނުކުތާ އަކީ: ދަޢުވާކުރި ފަރާތުން ދަޢުވާގެ ސީޣާގައި އެދިފައި ނެތް ޖުރުމާނާ ފައިސާއެއް ޝަރީޢަތުގެ އިސްނެގުމުގައި ނަގައިދީފައިވަނީ ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރ 2017/HC-A/124 ޤަޟިއްޔާއާ ޚިލާފަށްކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ދެވަނަ ނުކުތާ އަކީ: ދަށު ކޯޓަށް ހުށަހެޅުނު މައްސަލައިގައި އިންވޮއިސްތަކުގައިވާ ޖުރުމާނާއަށް އިންކާރުކޮށްފައިވުމާއެކުވެސް ޖުރުމާނާ ކްލޯޒް ހިމެނޭ އިންވޮއިސްތަކެއް ބަލައިގަތުން މަޖުބޫރުވާ އެހެންވެ ގޮތެއް ނެތިފައި ވަނިކޮށް ޟިމްނީ ގޮތުން ޖުރުމާނާ ފައިސާއަށް އެއބަސްވެފައިވ ކަމަށާ ބަޔާންކޮށް ޖުރުމާނާ ފައިސާ ނަގައިދީފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/27 ޤަޟިއްޔާގެ ނިންމުމާ ޚިލާފަށް ކަމަށް ފެންނަ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ތިންވަނަ ނުކުތާ އަކީ: ދަށު ކޯޓަށް ހުށަހެޅުނު މައްސަލައިގައި ދަޢުވާކުރި ފަރާތަށް އެވަރުގެ ގެއްލުމެއް ލިބުން ކަނު އެފަރާތުން ބުން ބުނުން ފިޔަވައި ގެއްލުން ލިބުނުކަން ސާބިތުކުރަން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާއިރު، ނަގައިދީފައިވާ ބަދަލުގެ މިންވަރު އެއްވެސް އަސާސެއްގެ މައްޗަށް ބިނާނުކޮށް ޝަރީޢަތުން އަމިއްލައަށު ހިސާބުކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގ ނަންބަރ 2016/HC-A/231 ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/16 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވ އުސޫލާ ޚިލާފަށް ކަމަށް ފެންނަ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ހަތަރުވަނަ ނުކުތާ އަކީ: ކޮވިޑް 19 ގެ ސަބަބުން ވިޔަފާރިތަކާ ވިޔަފާރި ޙަރަކާތްތައް ހުއްޓި ރިސޯޓްތައް ބަންދުކޮށްފައިވާ ދަނޑިވަޅެއްގައި، ކުއްލި ގޮތަކަށް ވިޔަފާރިތަކުގެ ކޭޝް ފްލޯ ހުއްޓިފައި ވަނިކޮށް، ގުދުރަތީ ކަމަކާ ގުޅިގެން ނުވަތަ އާދަމްދަރިންގެ މަޤުދޫރުނ ބޭރުން ހިނގި ކަމެއްގެ ސަބް ބުން އެއްބަސްވުމަށް އޭގެ ވަގުތުގައި ޢަމަލުކުރުން މުސްތަޙީލުވެފައި ވަނިކޮށް އަދި ފައިސ ނުދެއްކުނު ޙަޤީޤީ ސަބަބަކީ ކޮވިޑް 19 ގ ސަބަބުން ރިސި ޓް )ވިޔަފާރި( ބަންދުކުރަން ޖެހުން ކަމަށް ދަށް ކޯޓުގައު ބަޔާންކޮށްދިނީ ނަމަވެސް އެނުކުތާގައ ދަށް ކޯޓު ނިންމުނު ސައިލެންޓްކޮށ އޮތުމުން، އެފަދަ ޙާލަތެއްގައި އެއްބަސްވުމަކަށް ޢަމަލު ނުކޮށްގެން ކަމަށްބުނެ ޖުރުމާނާ ނަގައިދިނުމަކީ ކޮންޓްރެކްޓްގެ ފިޠުރީ އުސޫލާ ޚިލާފު ކަމެއް ކަމުގައި ދެކޭތީ މިއީ މަތީ މަރުޙަލާގެ ކޯޓަކުން ބަހެއް ބުނެ ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއްކަމުގައ ދެކޭތީ ހުށަހަޅާ ނުކުތާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ފަސްވަނަ ނުކުތާ އަކީ: ދަށުކޯޓުގެ ނިންމުން ބިނާކޮށްފައިވާ މައިގަނޑު ނުކުތާ އަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2013/SC-A/27 ޤަޟިއްޔާ އާއި އެކޯޓުގެ ނަންބަރު 2015/SC-A/16 ޤަޟިއްޔާ ކަމުގައި ވެފައި، މި ދެ ޤަޟިއްޔާގައި ބަޔާންކުރާ މައިގަނޑު އުސޫލާ ދުރަށް ދާންޖެހޭކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/28 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/28 ޤަޟިއްޔާގައި އިސްތިޤރާރ ކޮށްފައިވު އުސޫލުތަކާ ޚިލާފަށާ ނިންމާފައިވް ކަމަށް ފެންނަ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާ

8އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ކޯސްޓްލައިނެ އިންވެސްޓްމަންޓްސްގެ ފަރާތުން ދިވެހިރާއްޖޭގ ހައިކޯޓުގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ޕްރިންސިޕަލް ފައިސާގެ އަދަދާ އެއްވަރުގެ ޖުރުމާނާގެ ފައިސާގެ އަދަދެއް ނަގައިދޭން ދަ ހޯކްސްގެ ފަރާތުން ދަށު ކޯޓުގައި އެދިފައިނުވާކަމަށާއި އެހެންކަމުނ އެފަދައިނެ ޖުރުމާނާ ނަގައިދިނުމަކީ ދަށު ކްޓުގެ އިސްނޯ ގުމަކަށް ކޮށްފައިވާކަމެއ ކަމަށް ދެކޭ ކަމަށެވެ. އަދި އިންވޮއިސްގައިވާ ޖުރުމާނާގެ އަދަދަށް ފުރަތަމަ ދުވަހުން ފެށިގެން އިންކާރުކޮށްފައިވާއިރު ޖުރުމާނާ ފައިސ ނަގައިދީފައިވަނީ ރަނގަޅަށް ނޫންކަމަށެވެ. މީގެ އިތުރުން ދީ ހޯކްސް ގެ ފަރާތުން ގެއްލުން ސާބިތުކޮށްދީފައިނުވާކަމަށާއި އެހެންކަމުން ޖުރުމާނާ ނަގައިދެވިގެނ ނުވާން ކަމަށެ ދެކޭކަމަށެވެ. އަދި ގުދުރަތީ ކަމއެ ދިމާވެގެން ފައިސް ދެއްކިފައިނުވާތީ އެ ޙާލަތުގައި ޖުރުމާނާ ނެގުމާމެދު މަތީ މަރުޙަލާގެ ކޯޓަކުން ގޮތް ކަނޑައަޅަންޖް ހޭކަމަށް ދެކޭކަމަށެވެ. މީގެ އިތުރުން ދަށު ކޯޓުނެ ނިންމުން ބިނާކޮށްފައިވާ މައިގަނޑު ދެ ޤަޟިއްޔާއަކީ އެ ދެ ޤަޟިއްޔާގައި ބަޔާންކުރާ މައިގަނޑު އުސޫލާ ދުރަށް ދާންޖެހޭކަމަށް ދިވެހިރާއްޖޭގ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ދެ ޤަޟިއްޔާ ކަމަށްވާތީ، ދަށު ކޯޓުގެ ނިންމުން އެ އުސޫލާ ޚިލާފު ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކީ ދަށު ކޯޓުގެ ޙުކުމުގައި ކަނޑައަޅާފައިވާ ޖުރުމާނާގެ ބައި ބާޠިލްކޮށްދިނުން ކަމަށެވެ.

9HN1ޖަވާބުގައިދަ ހޯކްސްގެ ފަރާތުން ފާހަގަކޮށްފައިވަނ ޕްރިންސިޕަލް އަދަދާ އެއްވަރުގެ ޖުރުމާނާގެ އަދަދާ އ ނަގައިދިނުމާ ގުޅޭގޮތުން ކަންކަން ބަޔާންކޮށްފައިވ ދިވެހިރާއްޖޭގު ހައިކޯޓުގެ ޤަޟްއްޔާ ނިންމާފައިވަނީ ދަށު ކޯޓަށް ދަޢުވާ ހުށަހެޅުމުގެ ފަހުން ކަމަށެވެ. އަދި 31 މޭ 2020 ގ ނިޔަލަށް ޖުރުމާނާ ހިސާބުކޮށްފައިވަނީ އެއިރު ދަޢުވާ ހުށަހެޅުމަށް ކަމަށާއި ނަމަވެސް މައްސަލަ ރަޖިސްޓްރީވީ ޖޫން 2020 ގައާ ކަމަށެވެ. މީގެ އިތުރުން އިންވޮއިސްގައިވާ ޖުރުމާނާއާމެދު އިންކރުކުރިކަމުގެ އެއްވެސް ހެއްކެއް ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ ފަރާތުން ދަށު ކޯޓަށް ހުށަހަޅާފައިނުވާކަމަށެވެ.އަދ މި މައްސަލައިގައި އިންވޮއިސް ރައްދުވިކަމާމެދު އެއްވެސް ސުވާލެއް ނެތް ކަމަށެވެ. މީގެ އިތުރުން ކޮވިޑްގެ ޙާލަތާ ގުޅޭ އެލާރމްތަ އ ދިވެހިރާއްޖެއަށްވެސް އަންނިމުން ދިޔަ ދަނޑިވަޅުގައިވެސ ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ ފަރާތުނ ތެޔޮ ގަންނަމުން ގޮސްފައި، ފަހުން ކޮވިޑުގެ ޙާލަތާ ގުޅިގެން ފައެސާ ނުދެއްކުނީ ކަމަށް ބުނުމުން އެކަމަކު ބަލައިގަނެވޭ ކަމް އ ނޫންކަމަށެވެ. އަދި އެފަދަ ލެޔެއ ކޯސްޓްލައިން އިންވެސްޓްމަންޓްސް އަށް ދީފައިވެސ ނުވާނެކަމަށެވެ. އަދި ދަށު ކޯޓުގަނިންމުން ބިނާކޮށްފައިވާ މައިގަނޑު ދެ ޤަޟިއްޔާއަކީ އެ ދެ ޤަޟިއްޔާގައި ބަޔާންކުރެ މ އިގަނޑ އުސޫލު ދުރަށް ދާންޖެހޭކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ދ ޤަޟިއްޔާ ކަމަށްވާތީ، ދަށު ކޯޓުގެ ނިންމުން އެ އުސޫލާ ޚިލާފު ކަމަށް ކޯސްޓްލައިން އިންވެސްޓްމަންޓްސްގ ފަރާތުން ބަޔާންކޮށްފައިވީނަމަވެސް،އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމެ ކޯޓުން ނިންމަވާފައިވަނީ ދަށު ކޯޓުން މައްސަލަ ނިމުނުފަހުން ކަމަށެވެ. ވުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭ ގޮތަކީ ދަށު ކޯޓުގ ނިންމުން ދަމަހައްޓައިދިނުން ކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރުމުގެ މިންގަނޑު

9.1. މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް ހަމައެކަނިބުނާ ބުނުމަކުން ނުވަތަ ރިޢާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާ ބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގޯ 43 ވަނަ މ އްދާއިނ ހުއްދަކުރާ މިންގަނޑަށް ވާސާ ލުނުވެވޭނެކަމާއ ޤާނޫނި ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ބުނާ ނަމަ ނުވަތަ ޙައްޤުތައް ގެއްލިފައިވާކަމަށް ބުނާނަމަ ނުވަތަ އިންސާފަށް ހުރަސްއެޅިފައިވާކަމަށް ބުނީ ނަމަ އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީކޮބި އ ކަން އެ ނުކުތާގައޭ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ސާފުކޮށް ބުނަންވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/87، 2019/SC-L/88، 2019/SC-L/89، 2019/SC-L/90 އަދި 2019/SC-L/91 މައްސަލި ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު ތަކުގައ ކަނޑައަޅުއްވާފައިވެއެވެ. އެދިފައިނުވާ ޖުރުމާނާގެ އަދަދެއް ނަގައިދީފައިވާކަމަށ ބުން ހުށަހެޅި އިސްތިއުނާފީ ފުރަތަމަ ނުކުތާއާމެދު ޝަރީޢަތުން ރިޢާޔަތްކުރިގޮތް

10HN2އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ ދަޢުވާކުރާ ފަރާތުން ދަޢުވާގެ ސީޣާގައި އެދިފައި ނެތް ޖުރުމާނާ ފައިސާއެއް ޝަރީޢަތުގެ އިސްނެގުމުގައި ނަގައިދީފައިވަނީ ދިވެހިރާއްޖޭގު ހައިކޯޓުގެ ނަންބަރ 2017/HC-A/124 ޤަޟިއްޔާއާ ޚިލާފަށްކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. މިނުކުތާގައި . ޤާނޫނު ނަންބަރު 2010/22 . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/87، 2019/SC-L/88، 2019/SC-L/89، 2019/SC-L/90 އަދި 2019/SC-L/91 މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ ޕްރިންސިޕް ލ އަދަދާ އެއްވަރުގެ ޖުރުމާނާގެ ފައިސާ ދަށު ކޯޓުނަ ނަގައިދީފައިވަނީ އެކަމަށް ދަ ހޯކްސްގެ ފަރާތުން އެދިފައިނުވާއިރު ކަމަށެވެ.މިނުކުތާއަށ ޝަރީޢަތުން ރިޢާޔަތްކުރިއިރު އަންނަނިވ ކަންކަން ފާހަގަކުރެވެއެވެ.

10.1. ދަށު ކޯޓގައުދަ ހޯކްސްގެ ފަރާތުން ދަޢުވާ ބިނާކުރިއިރު އެދިފައިވަންއިންވޮއިސްތަކުގައިވާ ޕްރިންސިޕަލ ފައިސް ދައެކާ ދުވަހާހަމައަށް އަރާ ޖުރުމާނގ އެންމެހާ ފައިސް ނަގައިދިނމަށު ކަމާމެދު ޚިލާފެއް ނެތެވެ.ނަމަވެސް ދަށް ކޯޓުން އެފަދައިން ޖުރުމާނާގު މުޅި ޢަދަދު ނަގައި ދިނި މުގ ބަދަލުގައި ނަގައިދީފައިވަނި އެދިފައިވާ ޢަދަދަށް ވުރެ ކުޑަ ޖުރުމާނާގެ ޢަދަދެކެވެ.

10.2. ދަށު ކޯޓުގައި ނަގައިދިނުމަށް އެދިފައިވާޖުރުމާނާގ އަދަދަށްވުރެ ކުޑަ ޢަދަދެއީއެ ކޯޓުން ކަނޑައަޅާފައިވަނީ މަތީމަރުޙަލާގެ ކޯޓުގެ އެއިރުގެނިންމުންތަކަށް ބިނާކޮށްކަން ދަށު ކޯޓުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ. އަދި މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙާލާގ ކޯޓުތަކުން ތަބާވާންޖެހޭނެކަން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އިން އެނގެން އޮތް އިރު،މިނުކުތާގައ އުފެދި ޤާނޫނީ ބަހުސެއް އިސްތިއުނާފުކުރާ ފަރާތަށް ބަޔާންކޮށްދެވިފައިވާކަމަކަށ އަހުރެން ނުދެކެމެވެ. އަދި ޖުރުމާނާގެ އެންމެހާ ފައިސާ ނަގައިދިނުމަށް ދަ ހޯކްސްގެ ފަރާތުނ އެދިފައިވާއިރު،ސިވިލ ކޯޓުން ޖުރުމާނާގެ ޢަދަދު ކަނޑައަޅާފައިވަނީ އެކޯޓުގެ އަމިއްލަ އިސްނެގުމަކަށްކަން ކަނޑައެޅިދާނުޤާނޫނީ ހަމައެއް އޮތް ކަމގައިވެސ އަހުރެން ނުދެކެމެވެ. އިންވޮއިސްގައިވާ ޖުރުމާނާއަށް އިންކާރުކޮށްފައިވަނިކޮށް ޖުރުމާނާ ނަގައިދީފައިވާކަމަށްބުނެ ހުށަހެޅި އިސްތިއުނާފީ ދެވަނަ ނުކުތާއާމެދު ޝަރީޢަތުން ރިޢާޔަތްކުރިގޮތް

11HN3އިސްތިއުނާފީ ދެވަނަ ނުކުތާއަކީ ދަށް ކޯޓަށު ހުށަހެޅުން މައްސަލައިގައި އިންވޮއިސްތަކުގައިވާ ޖުރުމާނާއަށް އިންކާރުކޮށްފައިވުމާއެކުވެސް ޖުރުމާނާ ކްލޯޒް ހިމެނޭ އިންވޮއިސްތަކެއް ބަލައިގަތުން މަޖުބޫރުވާ އެހެންވެ ގޮތެއް ނެތިފައި ވަނިކޮށް ޟިމްނީ ގޮތުން ޖުރުމާނާ ފައިސާއަށް އެއްބަސްވެފައިވާ ކަމަށު ބަޔާންކޮށް ޖުރުމާނާ ފައިސާ ނަގައިދީފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2014/SC-A/27 ޤަޟިއްޔާގަ ނިންމުމާ ޚިލާފަށް ކަމަށް ފެންނަ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. މި ނުކުތާއަށް ޝަރީޢަތުން ރިޢާޔަތްކުރިއިރު އަންނަނވި ކަންކަން ފާހަގަކުރެވެއެވެ.

11.1. ސިވލި ކޯޓަށް ހުށަހެޅުން އިންވޮއިސްތަކަށް ބެލިއިރާ، އ އިންވޮއިސްތަކުގައިވަނީ ފައިސ ދައްކަންޖެހޭ ތާރީޚުގެ ފަހުން ފައިސާ ދައްކާނަމަ ދުވާލަކަށް %0.50 ގ ރޭޓު ން އިތުރް ށ ފައިސް ނެގޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އިންވޮއިސްތަކާމެދު ޚިލާފެއް އުޅޭކަން 2 ދ ވަސްތެރޭގައ ނާންގާނަމަ، އެ އިންވޮއިސްތަކަކީ ސައްޙަ އިންވޮއިސްތަކެއް ކަމަށް ބެލޭނެ ކަމަށ ބަޔާންވެގެންވެއެވެ.

11.2. މި އިންވޮއިސްތަކުގައި ބަޔާންވެގެންވާ އުސޫލުން އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާ ކަންކަމަށް ކޯސްޓްލައިން އިންވެސްޓްމަންޓްސްގ ފަރާތުން އިންކާރުކޮށްފައިވާކަން އެނގޭނެ ހެއްކެއް ސިވިލ ކޯޓަށް ހުށަހެޅިފައިނުވެއެވެ.

11.3. އެހެންކަމުން މި ނުކުތާގައިއުފެދޭ ޤާނޫނީ ބަހުސެއް ކޯސްޓްލައިން އިންވެސްޓްމަންޓްސްއަށ ބަޔާންކޮށްދެވިފައިވާކަމަކަށް އަހުރެނެނުދެކެމެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ނަންބަރު . ސިވިލް ކޯޓަށް ހުށަހެޅުނު އިންވޮއިސްތައް 2014/SC-A/27 ޤަޟިއްޔާއާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބަޔާންކޮށްފައިވީ އިރު ދަށާ ކޯޓުން ޚިލާފުވެފައިވަންއެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކޮން އުސޫލަކާ ކަން އިސްތިއުނާފުކުރާ ފަރާތުނ ސާފުކޮށް ބަޔާންކޮށްދީފައިނުވެއީވެ. އެހެންކަމުން މި ނުކުތއަކީއިސްތިއުނފާމަރުޙަލާގައި ގޮތކަނޑައެޅޭނެ ފަދައަކުން ހުށަހަޅާފައިވާ ނުކުތާއެއްކަމުގައި އަހުރެން ނުދެކެމެވެ. ލިބުނު ގެއްލުން ސާބިތުކޮށްދީފައިނުވަނީސް ޖުރުމާނާ ނަގައިދީފައިވާކަމަށްބުނެ ހުށަހެޅި އިސްތިއުނާފީ ތިންވަނަ ނުކުތާއާމެދު ޝަރީޢަތުން ރިޢާޔަތްކުރިގޮތް

12HN4އިސްތިއުނާފީ ތިންވަނަ ނުކުތާއަކީ ދަށު ކޯޓަށް ހުށަހެޅުނު މައްސަލައިގައި ދަޢުވާކުރި ފަރުތަށް އެވަރުގާ ގެއްލުމެއް ލިބުނަކަނ އެފަރާތުން ބުން ބުނުން ފިޔަވައި ގެއްލުން ލިބުނުކަން ސާބިތުކުރަން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާއިރު، ނަގައިދީފު އިވާ ބަދަލުގެ މިންވަރު އެއްވެސް އަސާސެއްގެ މައްޗަށް ބިނާނުކޮށް ޝަރީޢަތުން އަމިއްލައަށް ހިސާބުކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2016/HC-A/231 ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/16 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އްސޫލ ޚިލާފަށާ ކަމަށ ފެންނަ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.މިނުކުތާއަށް ޝަރީޢަތުން ރިޢާޔަތްކުރިއިރު މި ނުކުތާގައި ފާހަގަކޮށްފައިވާ ޤަޟިއްޔާތަކަކީ ޖުރުމާނާ ނަގައިދިނުމުގައި ގެއްލުނީ ސާބިތުކޮށްދިނުމާގުޅޭގޮތުނ ކަންކަން ބަޔާންކޮށްފައިވް ޤަޟިއްޔާތަކެއް ނޫނެވެ. އެހެންކަމުން މިނުކުތާއަކީ ޤާނޫނާއަސާސެއްގެ މައްޗަށް ބ ނިކޮށ ހުށަހަޅާފައިވް އިސްތިއުނާފީ ނުކުތާއެއް ކަމުގައި ނުފެންނާތީ މި ނުކުތާއާމެދު މި މައްސަލައިގައި ގޮތް ކަނޑައެޅިދާނެ ހަމައެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ. ގުދުރަތީ ކަމެއް ދިމާވެގެން ފައިސާ ނުދެއްކުނުނަމަވެސް ޖުރުމާނާ ނަގައިދީފައިވާކަމަށްބުނެ ހުށަހެޅި އިސްތިއުނާފީ ހަތަރުވަނަ ނުކުތާއާމެދު ޝަރީޢަތުން ރިޢާޔަތްކުރިގޮތް

13HN5އިސްތިއުނާފީ ހަތަރުވަނަ ނުކުތާއަކީ ކޮވިޑް 19ގެ ސަބަބުން ވިޔަފާރިތަކާ ވިޔަފާރި ޙަރަކާތްތައް ހުއްޓި ރިސޯޓްތައް ބަންދުކޮށްފައިވާ ދަނޑިވަޅެއްގައި، ކުއްލި ގޮތަކަށް ވިޔަފާރިތަކުގެ ކޭޝް ފްލޯ ހުއްޓިފައި ވަނިކޮށް، ގުދުރަތ ކަމަކީ ގުޅިގެނާ ނުވަތް އާދަމްދަރިންގެ މަޤުދޫރުނ ބޭރުން ހިނގި ކަމެއްގެ ސަބަބުން އެއްބަސްވުމަށް އޭގެ ވަގުތުގައި ޢަމަލުކުރުން މުސްތަޙީލުވެފައި ވަނިކޮށް އަދި ފައިސާ ނުދެއްކުނު ޙަޤީޤީ ސަބަބަކީ ކޮވިޑް 19 ގެ ސަބަބުން ރިސި ޓް )ވިޔަފާރި( ބަންދުކުރަން ޖެހުން ކަމަށް ދަށު ކޯޓުގައި ބަޔާންކޮށްދިނީ ނަމަވެސް އެނުކުތާގައ ދަށު ކޯޓު ނިންމުނު ސައިލެންޓްކޮށް އޮތުމުން، އެފަދަ ޙާލަތެއީ ގައި އެއްބަސްވުމަކަށް ޢަމަލު ނުކޮށްގެން ކަމަށްބުނެ ޖުރުމާނާ ނަގައިދިނުމަކީ ކޮންޓްރެކްޓްގެ ފިޠުރީ އުސޫލާ ޚިލާފު ކަމެއް ކަމުގައި ދެކޭތީ މިއް މަތީ މަރުޙަލާގެ ކޯޓަކުން ބަހެއް ބުނެ ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއްކަމުގައި ދެކޭތީ ހުށަހަޅާ ނުކުތާ ކަމަށަ ބުނެ ފާހަގަކުރި ނުކުތާއެވެ.

13.1. މިނުކުތާއާމެދު ޝަރީޢަތުން ރިޢާޔަތްކުރިއިރު،މިއީ ސިވިލޫކޯޓުނ ގޮތެއް ނިންމާފައިވާ ނުކުތާއެއް ނންކަނިސިވިލ ކޯޓުގް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ. އަދައިންސާނުންގެ ބާރު ނުފޯރުވޭފަދް ގުދުރަތީ ޙާލަތެއް ދިމާވެގެން ފައިސާ ނުދެއްކިދާ ޙާލަތެއް މެދުވެރިވެއްޖެނަމަ، ކަންކުރަންޖެހޭ ގޮތެއް މިދެފަރާތުގެ މެދުގައި އެއްބަސްވެފައިވާކަން އެނގެން ނެތެވެ. އެހެންކަމުން ދެފަރާތުގެ މެދުގައި އުފެދިފައިވާ ޚުސޫމާތުގައ ކޯޓުގި އިސްނެގުމަށް އެފަދަ ޙާލަތުގައި ކ ންކުރަންޖެހޭގޮތް ކަނޑައެޅުމަކީ އެންމެ އިންސާފުވެރި ގޮތްކަމުގައި އަހުރެން ނުދެކޭތީ މ ނުކުތާގައި މިކޯޓުން ގޮތް ކަނޑައަޅަންޖެހޭކަމުގައި ނުދެކެމެވެ. ޤަޟިއްޔާތަކެއްގައި ކަނޑައަޅުއްވާފައިވ އުސޫލުތަކާ ދުރަށްދާންޖެހޭކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައި ވ އުސޫލާ ޚިލާފަށާ މައްސަލް ނިންމާފައިވާކަމަށް ބުނެ ހުށަހެޅި އިސްތިއުނާފީ ފަސްވަނަ ނުކުތާއާމެދު ޝަރީޢަތުން ރިޢާޔަތްކުރިގޮތް

14އިސްތިއުނާފީ ފަސްވަނަ ނުކުތާއަކީ ދަށުކޯޓުގެ ނިންމުން ބިނާކޮށްފައިވާ މައިގަނޑު ނުކުތާ އަކީ ދިވެހިރާއްޖޭގު ސުޕްރީމް ކޯޓުގެ ނަންބަރ 2013/SC-A/27 ޤަޟިއްޔާ އާއި އެކޯޓުގެ ނަންބަރު 2015/SC-A/16 ޤަޟިއްޔާ ކަމުގައި ވެފައި، މި ދެ ޤަޟިއްޔާގައި ބަޔާންކުރާ މައިގަނޑު އުސޫލާ ދުރަށް ދާންޖެހޭކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/28 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/28 ޤަޟިއްޔާގައި އިސްތިޤްރާރ ކޮށްފައިވު އުސޫލުތަކާ ޚިލާފަށާ ނިންމާފައިވާ ކަމަށް ފެންނަ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. މި ނުކުތާގައި މައިގަނޑު ގޮތެއްގައި ކޯސްޓްލައިން އިންވެސްޓްމީންޓްސްގަ ފަރާތުން ފާހަގަކޮށްފައިވަނ އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާ ޖުރުމާނާ އަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/28 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާފަދަ ޕެނަލްޓީކްލޯޒ ނުވަތް އުޤޫބާތެއް ދިނުމުގެ ގޮތުގައި ބެލެވޭ ޖުރުމާނާއެއްކަމށެވެ. މި ނުކުތާގައި އިސްތިއުނާފުކުރު ފަރާތުން ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/28 ޤަޟިއްޔާ އަކީ 14 މާރިޗު 2021 ތާރީޚުގައި ސިވިލް ކޯޓުން މ މައްސަލަ ނިމުނުފަހުން 29 އެޕްރީލް 2021 ތާރީޚުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމަވާފައިވާ ޤަޟިއްޔާއެއްކަން ފާހަގަކުރެވެއެވެ.

15HN6ނަމަވެސް ޤާނޫނުއަސާސީގެ 143 ވަނީ މާއްދާގަ )ރ( ގައި މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވުން ލާޒިމްކޮށްފައި އޮތް އޮތުމަށް ރިޢާޔަތްކޮށް، އިސްތިއުނާފ މަރުޙަލާގައި މި އޮތް މައްސަލައަށަމިހާރ ތަޠުބީޤުކުރެވޭނެ ޤަޟިއްޔާއަކީ ފަހުގެ ނިންމުން ކަމަށްވާތީ، ބުނެވުނުދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/28 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލުތަކާ ދަށު ކޯޓުގެ ނިންމުން ޚިލާފުވޭތޯ ކަނޑައަޅަންޖެހޭކަމުގައި ދެކެމެވެ.

16HN7އެގޮތުން ބަލާއިރު، އެ ޤަޟިއްޔާގައި ) ޙަސަން ޢަލީމަނިކު ވ. އަޙްމަދު ނަޖާޙު ( ޕެނަލްޓީ ކްލޯޒް ނުވަތަ އުޤޫބތެއްގ ގޮތުގައެ ބެލެވި މާއްދާއެއްކަމަށް ކަނޑައެޅުމުގައިގެންގުޅެންޖެހޭ ހަމަތައް ބަޔާންކުރައްވާފައިވެއެވެ. އޭގެ ތެރޭގައި އެފަދަ ޖުރުމާނާ އަކީ ސާބިތުކުރެވޭ ގެއްލުމުގެ އެންމެ ބޮޑު ޢަދަދަށް ވުރެ ބޮޑު ޖުރުމާނާއަކަށްވުން ނުވަތަ ގެއްލުމާ އެއްވެސް ގުޅުމެއް ނެތް މާއްދާއަކަށްވުނ ނުވަތް ބަދަލެއްގެ ގޮތުން ދައްކަންޖެހޭ ފައިސާއަކީ އެއްފަހަރާ ދައްކަންޖެހޭ ފައިސާއަކަށްވެފައި އެ ފައިސާ ދައްކަންޖެހޭ ޙާލަތު މެދުވެރިވަނީ އެކިފަހަރު އެކިވަރުގ ގެއްލް ނ ލިބް ފަދަ ކަންތައްތަކެއް މެދު ވެރިވެގެނ ކަމަށް ވުމާއި އެފަދަ މައްދާއެއް ހިމަނާފައިވަނީ ބުރައެއް ޖެއްސުމުގ ނުވަތެ އުޤޫބާތެއް ކުރިމަތިކުރްވުމުގެ މަޤްސަދުގައިކަމަށްވުނ ވެސް ހިމެނިގެންވެއެވެ. ނަމަވެސް މިއިން އެއްވެސް ޙާލަތެއް ނުވަތަ އެ ޤަޟިއްޔާގައި ޕެނަލްޓީ ކްލޯޒް ނުވަތަ އުޤޫބާތެއްގެ ގޮތުގައި ބެލެވޭ މާއްދާއާ ގުޅިގެނ ކަނޑައަޅުއްވާފައިވާ އެހެންވެސް ހަމައެއް މި ޤަޟިއްޔާއަށް އެގޮތުގައި ތަޠުބީޤުކުރެވްގޮތެއ އިސްތިއުނާފުކުރާ ކޯސްޓްލައިން އިންވެސްޓްމަންޓްސްއަށް ބަޔާންކޮށދެވިފައިވާކަމުގައި އަހުރެން ނުދެކެމެވެ.

17HN8މީގެ އިތުރުން ހަމަ އެ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އެއެ ހަމައަކީ ވަކި ގެއްލުމަކީ ކޮންޓްރެކްޓްގެ ބައިވެރިންނަށ ލިބިދާނެކަން އެނގިފައިވާ ގެއްލުމެއްކަން ނުވަތަ ނޫންކަން ކޯޓުން ވަޒަންކުރާނީ އާދައިގެ )ސަބަބުވެރި( މީހަކައެއްބަސްވުމުގެ ބައިވެރިއަކަށް ވީނަމ، އެކަމުގެ މައްޗަށް އެ ފަރާތަކުން ދެކޭނެ ގޮތުގެ މައްޗަށްކަމެވެ. މިހަމައިން ބަލާއިރު،ތެޔޮ ފަދަ ގަނެވިއްކުމުގައި އަވަހަށު ރޯލުކުރާބާޒާރުގައި އަގު ބަދަލުވަމުންދް ތަކެތީގެ ވިޔަފާރި ކުރާ ފަރާތަކަށް ތެލުގެ މުޢާމަލާތަކުން ލިބެންޖެހި ފައިސާ ލިބެންޖެހޭ ތާރީޚަށް ނުލިބި ގިނަ ދުވަސްވުމުގެ ސަބަބުން ހަމަ ޙަޤީޤަތުގައިވެސް ގެއްލުންތަކެއް ވާނެކަމަށް ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބަލާއިރު ދޭހަވެއެވެ. އަދި މިމައްސަލައިގައި ހުށަހެޅިފައިވާ އިންވޮއިސްތަކުގައި ވާނަ ފައިސާ ދައްކަންޖެހޭ ތާރީޚުގެ ފަހުން ފައިސާ ދައްކާނަމަ ދުވާލަކަށް %0.50 ގެ ރޓޫނ އިތުރަށް ފައިސ ނެގޭނެކަމަށެވެ. މިއީ ޙަސަން ޢަލީމަނިކު ވ. އަޙްމަދު ނަޖާޙެމައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ ހަމައިން ބަލާއިރު، އުޤޫބާތެއްގެ ގޮތުން ހިމަނާފައިވާ ޖުރުމާނާއެއްކަމަކަށް ބުރައެއް ނުވެވެއެވެ.މި ޖުރުމާނާގެ ޢަދަދަކީ އަދަބެއްގެ ގޮތުން ހިމަނާފައިވާ ޖުރުމާނާއަކަށްވުރެ ބޮޑަށް ބުރަވެވެނީ މި ޖުރުމާނާގެ ޢަދަދް ކ އެފަރާތަށް ލިބޭނެކަމަށް އަންދާޒާކުރެވޭ ގެއްލުމުގެ މިންވަރުގެތެރެއަށް ވަދެގެންދާނ ޢަދަދެއްކަމަށެވެ. އެހެންކަމުން ދަށު ކ ޓުން ނަގައިދީފައިވާ ޖުރުމާނާގޯފައިސާ ނ ގައިދީފައިވަނ ޕެނަލްޓީ ކްލޯޒް އ ގުޅޭގޮތުން ޙަސަން ޢަލީމަނިކު ވ. އަޙްމަދު ނަޖާޙް މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުނ ކަނޑައަޅުއްވާފައިވ އުސޫލުތަކާ ޚިލާފަށާ ކަމަށް ކަނޑައެޅިދާނެ ހަމައެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ.

18އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން އަހުރެންނަށް ބުރަވެވެނީ ސިވިލް ކޯޓުގެ ނަންބަރ 1414/Cv-C/2020 ޤަޟިއްޔާ ގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ޤާނޫނީ ހަމައެއް ނެތް ކަމަށެވެ.

ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ ރައުޔު؛

19ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު؛

20އަހުރެންގެ ރަޢުޔު ބިނާވެފައިވަނީ މިމައްސަލައިގެ އިސްތިއުނާފީ ފަސްވަނަ ނުކުތާގެ މައްޗަށެވެ.

21ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔުގެ 15 ވަނީ ޕެރެގްރާފްގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ތާއީދު ކުރުމާއެކު، މިއަ އިންވޮއިސްއެއްގައި ހިމެނޭ ޖޫރިމަނާ ފައިސާ ނަގައިދިނުމާ ގުޅް މައްސަލައެއްކް މުން މިމައްސަލައަށ ތަޠުބީޤުކުރެވެނ ވާން ސުޕްރީމް ކޯޓުގ ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. މާލޭ ވޯޓަރ 8 7 އެންޑް ސެވަރޭޖް ކޮމްޕެނީ ޕވޓ ލމޓ އާއި އަޙްމަދު ޢާމިރު ވ. ދިވެހި ރައްޔިތުންގެ ޕާޓީ ގައި ކަނޑައެޅިފައިވާ އޞު ލުތައް ކަމުގައި ދެކެމެވެ. މި ޤަޟިއްޔާތަކުގައި ޖޫރިމަނާގެ ފައިސާއާ ގުޅިގެން އިންވޮއިސްތަކުގައި ލިޔެފައިވާއި ބާރާތަކ އިންވޮއިސްގައިވާ ގޮތަށް ފައިސާ ނުދައްކައިފިނަމަ، ފައިސާ ދައްކަންޖެހޭ ފަރާތަށް ޢުޤޫބާތެއް ކުރިމަތި ކުރުމުގެ ގޮތުން ހިމަނާފައިވާ އިބާރާތެއްކަން ނުވަތަ ފައިސާ ލިބެންވާ ފަރާތަށް އިންވޮއިސްގައިވާ ގޮތަށް ފައިސާ ނުލިބިއްޖެޙލަތެއްގައާ ލިބިދާނެ ގެއްލުމެއް ފޫބެއްދުމަށް ހިމަނާފައިވާ އިބާރާތެއްކަމަށް ބަލަންޖެހޭނެ ކަމަށާއްމި ގޮތަށި ބަލާބެލުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްފައިވެއެވެ.

21.1. އިންވޮއިސްގައި ބަޔާންކޮށްފައިވާ އިބާރާތުގައި ބުނާއެއްޗެއް؛

21.2. އިންވޮއިސްގައި ބަޔާންކޮށްފައިވާ ޕްރިންސިޕަލް އެމައުންޓްއަކީ އިންވޮއިސްގައި ބަޔާންކޮށްފައިވާ ފަދައިން ނުދެއްކުމުގެ ސަބަބުން ލިބިދާނެ ގެއްލުމެއް ފޫބެއްދުމަށްޓަކައި ބޭނުންވާނެ އެކަށޭނެ މިންވަރެއްތޯ ބެލުން؛ އަދި

21.3. ޖޫރިމަނާގެ ފައިސާއަކީ އިންވޮއިސްގައިވާ ޕްރިންސިޕަލް އެމައުންޓް ނުދެއްކުމުގެ ސަބަބުން ލިބިފައިވާ ގެއްލުމަކާ ގުޅުމެއް އޮތް ފައިސާއެއްކަން މައްސަލައިގެ ވާޤިޢާތަކުން އެނގެން އޮތްތޯ ބެލުމެވެ.

2018/SC -A/28

22މި މައްސަލައަށް، އިންވޮއިސްގައި ހިމެނޭ ޖޫރިމަނާ ފައިސާ ނަގައިދިނުމުގެ އުޞޫލު ތަޠުބީޤުކުރުމުން ދެފަރާތުގެ ދެމެދުގައި ތެޔޮ ފޯރުކޮށްދިނުމާ ގުޅޭގޮތުން ލިޔުމުން އެއްބަސްވުމެއް ވެވި އެ އެއްބަސްވުމުގައި އެއްވެސް ޖޫރިމަނާ ފައިސާއެއް ދެއްކުމަށް ލާޒިމް ކޮށްފައިވާކަން އެނގެން ނެތެވެ. އެހެންކަމުން، ދަ ހކްސްއިނޯ އިންވޮއިސްތައް ފޮނުވިއިރު، ފައިސާ ދެއްކުމަށް 30 ދުވަހުގެ މުހުލަތުތައް ކަނޑައަޅައި އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ، ދުވާލަކަށް އިންވޮއިސްގައި ވާ އަގުގެ 0.50% ގެ ޖޫރިމަނާއެއްކަނޑައަޅާފައިވެއެވެ. އެގޮތުންއެއިނީވޮއިސްތަކުގައިވަނ charge 0.50% per day) (Payments exceeding the due date subjected to މިފަދައިންނެވެ.އެހެންކަމުން، މިއީ ދެފަރާތް ދެމެދު ޚިދުމަތް ފޯރުކޮށްދިނުމަށް އެއްބަސްވި އަގުގެ ބޭރުން ކޯސްޓްލައިނ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑގް މައްޗަށް މަތިކޮށްފައިވާ ޝަރުޠެއްކަން އެނގެއެވެ.

23މިގޮތުން 12 ފެބްރުއަރީ 2020 އިން 29 މާރިޗް 2020 އާ ދެމެދު ފޮނުވާފައިވާ 15 އިންވޮއިސްއަކަށް ދައްކަންޖެހޭ ޕްރިންސިޕަލް އަދަދަކީ US$773,954.96 )ހަތްލައްކަ ހަތްދިހަތިންހާސް ނުވަސަތޭކަ ފަންސާސް ހަތަރު އެމެރިކާ ޑޮލަރު ނުވަދިހަ ހަ ސެންޓް( ކަމާއި އަދި 31 މެއި 2020 ގެ ނިޔަލަށް ) އެންމެ ގިނަ ދުވަސްވީ އިންވޮއިސްއަށް 79 ދުވަހުގެ ލަސްވުމެއް( ޖޫރިމަނާގެ ގޮތުގައް US$276,114.24 )ދެލައްކަ ހަތްދިހަ ހަ ހާސް އެއް ސަތޭކަ ސާދަ އެމެރިކެޑޮލަރު ސައުވީސް ސެންޓް( އަރާފައިވާ ކަމަށް އިސްތިއުނާފު ރައްދުވެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ފޯމުގައި ބަޔާންކޮށްފައިވެއެވ . ސިވިލް ކޯޓަށް ދަ ހޯކްސްގެ ފަރާތުން ހުށަހެޅި ދަޢުވާ ފޯމުގައި ޕްރިންސިޕަލް އަދަދެއްގެ ގޮތުގައި ލިޔެފައިވަނީ، US$773,954.96 )ހަތްލައްކަ ހަތްދިހަ ތިންހާސް ނުވަސަތޭކަ ފަންސާސް ހަތަރު ރުފިޔާ ނުވަދިހަ ހަ ސެންޓް( އެވެ. ނަމަވެސް ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅި ފަހުން ކ ސްޓްލައިނ އިން ވެސްޓްމަންޓްސ އިން US$100,000.00 )އެއްލައްކަ އެމެރިކާ ޑޮލަރު( ދައްކާފައިވާތީ ޕްރިންސިޕަލް އެމައުންޓުން އެޢަދަދު އުނިކުރުމަށްފަހު ޕްރިންސިޕަލް އެމައުންޓް އިޞްލާޙް ކުރުމުން ދައްކަންޖެހޭ ޕްރިންސިޕަލް އެމައުންޓް ޢަދަދަކީ US$673,955.39 )ހަލައްކަ ހަތްދިހަ ތިން ހާސް ނުވަސަތޭކަ ފަންސާސް ފަސް ޑޮލަރު ތިރީސް ނުވަ ސެންޓް( ކަމަށް ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 4 ވަނި ނެކުތާގެ )ށ( ގައު ބަޔާންކޮށްފައިވެއެވ. އަދި މައްސަލައިގައި ޕްރިންސިޕަލް އެމައުންޓް ގެ ގޮތުގަ ދަށުކޯޓުން ރިޢާޔަތްކޮށްފައިވާ ޢަދަދަކީވެސ US$673,955.39 )ހަލައްކަ ހަތްދިހަ ތިން ހާސް ނުވަސަތޭކަ ފަންސާސް ފަސް ޑޮލަރު ތިރީސް ނުވަ ސެންޓް( އެވެ.

24ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭކަމަށް ބުނެ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފޮނުވި އިންވޮއިސްގައި ބަޔާންކޮށްފައިވާ ޢަދަދަކީ އިންވޮއިސްގައިވާ ޕްރިންސިޕަލް އެމައުންޓް އެ އިންވޮއިސްގައި ބަޔާންކޮށްފައިވާ ފަދައިން ނުދެއްކުމުގެ ސަބަބުން ލިބިދާނެ ގެއްލުމެއް ފޫބެއްދުމަށްޓަކައި ބޭނުންވާނެ އެކަށޭނެ މިންވަރެއްތޯ ބަލާއިރު، ޙަވާލާދެވުނު މުއްދަތަށް އެކަނި ބެލިނަމަވެސް، މި ޖޫރިމަނާގެ ޢަދަދަކީ ޕްރިންސިޕަލް އަދަދުގެ 35 އިން ސައްތަ އިތުރުވުމެކެވެ. އެހެންކަމުން، މިއީ ލިބޭނެ ގެއްލުމާއި އެކަށޭނެ ބަދަލެއް ކަމުގައި ނުފެނެއެވެ.

25މީގެ އިތުރަށްމި ޖޫރިމަނާގެ ފައިސާއަކީ އިންވޮއިސްތަކުގައިވާ ޕްރިންސިޕަލް އެމައުންޓް ނުދެއްކުމުގެ ސަބަބުން ލިބިފައިވާ ގެއްލުމާ އެއްވެސް ގުޅުމެއް އޮތް ފައިސާއެއްކަން މައްސަލައިގެ ވާޤިޢާތަކުން އެނގޭކަށް ނެތެވެ.

26ކަންމިހެން އޮތުމުން މި މައްސަލައިގައި މި ވާހަކަދެކެވޭ އިންވޮއިސްގައި ޖޫރިމަނާގެ ފައިސާ ދެއްކުމަށް ހިމަނާފައިވާ އިބާރާތަކީ، ފައިސާ ލިބެންވާ ފަރާތަށް އިންވޮއިސްގައިވާ ގޮތަށް ފައިސާ ނުލިބިއްޖެނަމެ ލ ބިދާނި ގެއްލުމެއް ފޫބެއްދުމަށްޓަކައި ހިމަނާފައިވާ އިބާރާތަކަށްވުރެ ބޮޑަށް، އެ އިންވޮއިސްގައި ބަޔާންކޮށްފައިވާގޮތަށް ފައިސާ ނުދައްކައިފިނަމަ، ފައިސާ ދައްކަންޖެހޭ ފަރާތަށް ޢުޤޫބާތެއް ކުރިމަތި ކުރުމުގެ ގޮތުން ހިމަނާފައިވާ އިބާރާތެއްކަމުގައި ބެލެވެއެވެ. އެހެންކަމުން، ޖޫރިމަނާ ފައިސާ ނަގައިދިނުމުގައި މިހާރު ޢަމަލުކުރެވޭ އޞު ލުތަކަށާރިޢޔަތްކުރާއިރ މިއީ ނަގައިދެވިދާނެ ފައިސާއެއް ކަމަކަށް އަހުރެންނަކަށް ބުރައެއް ނުވެވެއެވެ. މިއް މިބާވަތުގެ މައްސަލަތައް ބެލުމުގައި ސުޕްރީމް ކޯޓުން މިހާރު ޢަމަލުކުރަމުންދާ އުޞޫލު އެމިންގަނޑުނ ތަޠުބީޤުކުރުމުން އާދެވުނު ނަތީޖާއެވެ. މިޢަދަދ ހިސާބު ކުރެވިފައިވަނީ ދަށުކޯޓަށް ދަ ހޯކްސް ގެ ފަރާތުން ހުށަހެޅި ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާ ޕްރިންސިޕަލް އެމައު ންޓަށާއި އަދ ޖޫރިމަނާގެ ޢަދަދާ ގެ މައްޗަށް ބިނާކޮށެވެ. މިއަދަދަށ ފަހުން ގެނެވުނު ބަދަލަށް ރިޢާޔަތްކުރިނަމަވެސް އެނުކުތާގައި ޖުމްލަ ގޮތެއްގައި ފާހަގަކޮށްފައވ ކަންކަމަށް ބަދަލެއް ނާދެއެވެ.

27އަދި، މިމައްސަލައިގައި އިންވޮއިސްގައި ހިމެނޭ ޖޫރިމަނާއަކީ ލިކުއިޑޭޓަޑްޑެމޭޖި ސ ގެ ގޮތުގައި ބަލައި ގެއްލުމުގެ ބަދަލު ލިބިދޭންޖެހެ ޙް ލަތެއްގައިވެސް އެދިފައިވާ ޖޫރިމަނާގީ ޢަދަދަށް ބަދަލު ގެނައުމަކުމިހާރ ޢަމަލުކުރެވެމުންދާ އޞލުތައް ތަންދޭ ކަމެއްކަމުގައި ނުދެކެމެވެ. އެހެނީ، މި ފަދައިން ފަނޑިޔާރުގެ އަމިއްލަ އިސްނެގުމަކަށް މިފަދަ ފައިސާގެ ޢަދަދުތައް ކުޑަ ނުކުރެވޭނެކަން ތަފުސީލާއެކ ދިވެހިރާއްޖޭގު ސުޕްރީމް ކޯޓގ ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙްމައްސަލައިގެ އަޣްލަބިއްޔަތު ރަޢެޔުގައި ކަނޑައަޅާފައވާތީއެވ. އަދި އެކަނ އަޙްމަދު ޢާމިރު ވ. ދިވެހި ރައްޔިތުންގޕާޓެ ޤަޟިއްޔާގައިވެސް ތަކުރާރުކޮށްފައިވެއެވެ.

28އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 1414/Cv-C/2020 ޤަޟިއްޔާގައި ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑށަ ނަގައިދީފައިވާ US$673,955.39 )ހަލައްކަ ހަތްދިހަ ތިން ހާސް ނުވަސަތޭކަ ފަންސާސް ފަސް ޑޮލަރު ތިރީސް ނުވަ ސެންޓް( ޖޫރިމަނާ ފައިސާގި ބައި ބާޠިލްކުރަންޖެހޭ ކަމުގައި އަހުރެން ދެކެމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ