ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-A/334

ޢަބްދުލްޤާދިރު އަޙްމަދު ވ. ޙަސަން ސިނާން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 21 އޮގަސްޓް 2023ދަށު ކޯޓު: ސިވިލް ކޯޓު 1642/Cv-C/2020ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 1642/Cv-C/2020
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ދަޢުވާލިބޭ ފަރާތާ ޙަވާލުކުރި US$35,000 ހޯދުމުގެ ދަޢުވާގައި، ފައިސާ ޙަވާލުވީ ތިންވަނަ ފަރާތެއް ބުނެގެންކަމަށް ބުނާ ދަފްޢު ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ކާކުތޯ އަދި ސިވިލް ކޯޓުން ސާބިތުކުރުމުގެ ބުރައާ ގުޅޭ އުޞޫލުތައް ރަނގަޅަށް ތަޠުބީޤުކުރިތޯ؛ އަދި ދަޢުވާލިބޭ ފަރާތުން ހުށަހެޅި ޝަފަހީ ހެކިން ޙާޟިރުނުކޮށް މައްސަލަ ނިންމުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ)ގެ (1) އާ ޚިލާފު ކަމެއްތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 މަދަނީ ޚުޞޫމާތްތަކުގައި ސާބިތުކުރުމުގެ ބުރަ އަކީ އުޞޫލެއްގެ ގޮތުން ދަޢުވާކުރާ ފަރާތުން އުފުލަންޖެހޭ އިލްތިޒާމެކެވެ. އެ ބުރަ ބެހިގެންވަނީ ދެ ބަޔަކަށެވެ: (1) ދަފްޢު އުފުލާ ފަރާތުން އެކަން ސާބިތުކުރުމަށް ހެކި ހުށަހެޅުން (burden of production) އަދި (2) ހުށަހަޅާ ހެއްކަކީ އަނެއް ފަރާތުގެ ހެއްކާ އަޅާކިޔާއިރު އެ ދަފްޢު ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއްގެ ހެއްކަކަށް ވުން (burden of persuasion).

HN2 މި މާނައިގައި 'ދަޢުވާކުރާ ފަރާތް' އަކީ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާ ފަރާތް ނޫނެވެ. އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރުވާ ދަފްޢެއް ސާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭނީ އެ ދަފްޢު ކުރިމަތިކުރުވާ ފަރާތެވެ؛ އެހެންކަމުން ދަޢުވާލިބޭ ފަރާތް ދިފާޢުގައި ކުރާ ދަފްޢު ސާބިތުކުރުމުގެ ބުރަ އޮންނާނީ ދަޢުވާލިބޭ ފަރާތުގެ މައްޗަށެވެ.

HN3 މަދަނީ މައްސަލަތަކުގައި ހާދިސާއެއް ނުވަތަ ޢަމަލެއް ސާބިތުކުރުމަށް ބަލާނީ 'ބޮޑަށް ބުރަވެވޭ ގޮތަށް' (balance of probabilities) އެވެ. ހާދިސާއާ ގުޅުންހުރި ހެކި ޤަރީނާއަށް ރިޢާޔަތްކޮށް، އެ ހާދިސާ ނުހިނގާކަމަށްވުރެ ހިނގިކަމަށް ފަނޑިޔާރަށް ބޮޑަށް ބުރަވެވުމުން އެ ހާދިސާ ހިނގިކަމަށް ކަނޑައަޅާނެއެވެ.

HN4 ފައިސާ ލިބުނުކަމުގެ ލިޔުމަށް ދަޢުވާލިބޭ ފަރާތް އިންކާރުނުކޮށް ފައިސާއާ ޙަވާލުވިކަމަށް އިޢުތިރާފުވެ، ފައިސާ ޙަވާލުކުރި ބޭނުމާ ގުޅޭ ދަޢުވާކުރާ ފަރާތުގެ ބުނުމަށް ދަޢުވާލިބޭ ފަރާތް ޝަރީޢަތަށް ދިން ބަޔާނުން ބާރުލިބޭނަމަ، ދަޢުވާކުރާ ފަރާތުގެ ސާބިތުކުރުމުގެ ބުރަ މަދަނީ މިންގަނޑުން އަދާކުރެވިއްޖެކަމުގައި ބެލެވޭނެއެވެ.

HN5 ހެކި ހުށަހެޅުމަކީ ޚަޞްމުންނަށް ލިބިގެންވާ ޙައްޤެއް ނަމަވެސް އެއީ މުޠުލަޤު ޙައްޤެއް ނޫނެވެ. ޚަޞްމުން ޙާޟިރުކުރަން އެދޭ ހެކިން ޙާޟިރުނުކުރަން ނިންމާ ޙާލަތްތަކުގައި އެކަމުގެ ސަބަބު ތަފްޞީލުކޮށް ބަޔާންކުރަންޖެހޭނެއެވެ. ޖާއިޒު ސަބަބުތަކެއް ބަޔާންކޮށް ހެކިން ޙާޟިރުނުކުރަން ނިންމުމުގެ ނަތީޖާއަކީ ހެކި ޙާޟިރުކުރުމަށް އެދޭ ޚަޞްމުގެ ޙައްޤު ގެއްލުނީކަމުގައި ބަލަންޖެހޭ ސަބަބެއް ނޫނެވެ.

HN6 ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގައި އިޝާރާތްކުރަނީ ފަނޑިޔާރުންގެ ޢަމަލުތައް ބަހައްޓަންޖެހޭ ގޮތަށެވެ. ފަނޑިޔާރު ހެކި ވަޒަންކުރި ގޮތް ޤާނޫނީ އުޞޫލަކާ ޚިލާފުވާނަމަ، ޚިލާފުވެފައިވަނީ ހެކި ވަޒަންކުރުމުގެ ކޮން އުޞޫލަކާކަން އިސްތިއުނާފުކުރާ ފަރާތުން ބުނެދޭންވާނެއެވެ. ފަނޑިޔާރުގެ ސުލޫކާ ގުޅޭ މާއްދާތަކާއި މައްސަލައެއްގައި ތަޠުބީޤުކުރަންޖެހޭ ފަންނީ ޤާނޫނީ އުޞޫލެއް ތަޠުބީޤުނުކުރެވުން ނުވަތަ ނުބައިކޮށް ތަޠުބީޤުކުރެވުމަކީ މުޅިން ތަފާތު ދެކަމެކެވެ.

HN7 މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް، ނުވަތަ ހެކިތަކަށް ރިޢާޔަތްކުރަންޖެހޭ މިންވަރަށް ރިޢާޔަތްކޮށްފައި ނުވާކަމަށް، ނުވަތަ ތިމާގެ ވާހަކަތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ހަމައެކަނި ބުނާ ބުނުމަކުން ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއިން އިސްތިއުނާފަށް ހުއްދަކުރާ މިންގަނޑަށް ވާސިލެއް ނުވެވޭނެއެވެ.

HN8 ހެކިންގެ ހެކިބަހުން ދަޢުވާލިބޭ ފަރާތް ކުރިމަތިކުރުވި ދަފްޢު (ތިންވަނަ ފަރާތެއްގެ އޭޖެންޓެއްކަމާއި ފައިސާ ޙަވާލުވީ އެ ފަރާތް ބުނެގެންކަން) ސާބިތުނުކުރެވޭނަމަ، އެ ހެކިން ޙާޟިރުނުކުރަން ސަބަބު ބަޔާންކޮށް ދަށު ކޯޓުން ނިންމުމަކީ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކުރި ނިންމުމެއް ކަމަށާއި، އެއީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ)ގެ (1) އާ ޚިލާފު ނިންމުމެއް ނޫންކަމަށް ކަނޑައެޅިއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ޖަވާބުދާރީވި ފަރާތުގެ ވަކީލުން
އަޙްމަދު ނަޝާޠު
ބެންޗު
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު، ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު މުޙައްމަދު ފައިޞަލް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު މުޙައްމަދު ފައިޞަލް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު

މައްސަލައިގެ ތަޢާރފަ

1މާލެ، […] ޙަސަން ސިނާން )ދިވެހި ރައްޔިތެއްކަން އަންގައިދޭ( )މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "ޙަސަން ސިނާން"( ދުބާއީގައި ހުރިޙަސަން ސިނާންގ ރޙްމަތްތެރިއަކަށ ފައިސާ ފޮނުވުމުގެ ގޮތުން މާލެ، […] ޢަބްދުލްޤާދިރު އަޙްމަދު )ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރ ( )މީގެ ފަހު ނ "އިސްތިއުނާފުކުރާ ފަރާތް" ނުވަތާ ޢަބްދުލްޤާދިރު އަޙްމަދު( އ US$35,000 )ތިރީސްފަސްހާސް އެމެރިކާ ޑޮލަރު( ޙަވާލުކޮށްފައިވީނަމަވެސް، އެ ފައިސާއާ ޖާމިނުވެ ފައިސާ ފޮނުވާދިނުމުގެ ޒިންމާއާ ޙަވާލުވުމަށްފަހު އެ ފައިސިދުބާއީއަށް ފޮނުވާދީފައިނުވާތއާއީ، އެ ފައިސިއަނބުރާ ޙަވާލުކުރުމަށް އެދުނުނަމަވެސް އެ ފައިސާ އަނބުރާ ޙަވާލުކޮށްފައިނުވާކަމަށް ބުނެ، އެ ފައިސާ ހޯދުމަށް އެދޭ ޙަސަން ސިނާންގެ ފަރާތުން ޢަބްދުލްޤާދިރު އަޙްމަދގު މައްޗަށް ދަޢުވާކުރިއެވެ. އެ ދަޢުވާ ސިވިލް ކޯޓުގައި ބަލާފައިވަނީ އެ ކޯޓުގެ ނަންބަރ 1642/Cv-C/2020 ޤަޟިއްޔާއިންނެވެ.

2މިއީ، ސިވިލް ކޯޓުގެ ނަންބަރު 1642/Cv-C/2020 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޢަބްދުލްޤާދިރު އަޙްމަދުގެ ފަރާތުނ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފުރައްދުވ ފަރާތަކީ ޙަސަން ސިނާންއެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް

3ސިވިލް ކޯޓުގެ ނަންބަރު 1642/Cv-C/2020 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ؛ ސިވިލް ކޯޓުގެ ނަންބަރު 1642/Cv-C/2020 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ "ދަޢުވާގެ ޚުލާޞާ" "ދެންފަހެ، އިސްވެދިޔަ ނުކުތާތަކަށް ބަލައި، ޢަބްދުލްޤާދިރު އަޙްމަދުގެ ފަރާތުން ޙަސަން ސިނާންއަށ US$35,000 )ތިރީސްފަސްހާސް އެމެރިކާ ޑޮލަރު( ދޭންޖެހޭކަމަށް ކަނޑައަޅައި، މިފައިސާ ޙަސަން ސިނާނަށް ލިބިދިނުމަށްޓަކައި، މިއަދ 09 ސެޕްޓެންބަރު 2021 މިދުވަހުން ފެށިގެން 05 )ފަހެއް( މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކު US$7,000 )ހަތްހާސް އެމެރިކާ ޑޮލަރު( ނުވަތަ އެޢަދަދަށވުރެ މަދުނޫން ޢަދަދެއްގެ ފައިސާ ސިވިލް ކޯޓަށް ދައްކައި، މި ދަރަނި ޚަލާޞްކުރުމަށް، ދަޢުވާލިބުނު ޢަބްދުލްޤާދިރު އަޙްމަދަށް އަންގައި، ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.

4ސިވިލް ކޯޓުގެ މި ނިންމުމަށް ވާސިލުވުމުގައި އަންނަނިވި ސަބަބުތައް ފާހަގަކޮށްފައިވެއެވެ.

4.1. ޙަ ސަން ސިނާންގެ ފަރާތުން ހުށަހަޅާފައިވާ ރިސިޕްޓްގައ 08 މެއި 2019ގައި US$35,000 )ތިރީސްފަސްހާސް އެމެރިކާ ޑޮލަރު( ޢަބްދުލްޤާދިރު އަޙްމަދުއަށް ލިބުނުކަމަށް އެއްބަސްވެ، ޢަބްދުލްޤާދިރު އަޙްމަދުއާއި ޙަސަން ސިނާން ސޮއިކޮށްފައިވާކަމާއި، މިކަމީ ޚަޞްމުންގެ މެދްގައ ޚިލާފެއްއޮތްކަމެއް ނޫނކަނ.

4.2. ޙަސަން ސިނާންއާއި ޢަބްދުލްޤާދިރެއަޙްމަދއާ ދެފަރާތުގު ދ މެދުގައި ޚިލާފު އުފެދިފައިވަނީ ފައިސެ ޙަވާލުކުރި ސަބަބާއިމެދުގައިކަމަށްވާއިރު، މި ފައިސާއަކީ ދުބާއީގައ ހުރި މީހަކަށް ދިނުމަށް ޢަބްދުލްޤާދިރު އަޙްމަދުއާއި ޙަވާލުކުރި ފައާސާއެއްކަމުގައި ޙަސަން ސިނާން ބުނެފައިވާއިރު، މ ފައިސއަކީ ރަވިންދްރާ ސިންގް ޗައުހަނ ނަމަކަށް ކިޔާ މީހަކު ބުނެގެން ޙަވާލުވިފައިސާއެއްކަމުގައި ޢބްދުލްޤާދިރ އަޙްމަދު ބުނެފައިވާކަން.

4.3. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާގައި ބަޔާންކުރި އުޞޫލާ މި މައްސަލައަށް ތަޠުބީޤުކުރާއިރު، ފައިސާއާ ޙަވާލުވިކަމަށް ޢަބްދުލްޤާދިރު އަޙްމަދު އިޢުތިރާފުވުމާއި، އަދ އެ ފައިސާ ގެނައީ ޙަސަން ސިނާންކަނ އެނގެން އޮތުމުން، އެ ފައިސާއަކީ ރަވިންދްރާ ސިންގ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުސްޠަފާ ޤަޟިއްޔ ޗައުހަ ނ ބުނެގެން ޙަވާލުވި ފައިސާއެއްކަމާއި، ޢަބްދުލްޤާދިރު އަޙްމަދައަކީ ރަވިންދްރާ ސިންގ ޗައުހްންގެ އޖެންޓެއްކަނ ސާބިތުކުރުމަކީ ޢަބްދުލްޤާދިރު އަޙްމަދު ކިބައިގައި އޮންނާނެ ޒިންމާއެއްކަން.

4.4. ޢަބްދުލްޤާދިރު އަޙްމަދުގެ ފަރާތުން 02 ޑިސެންބަރު 2020ގައި ހުށަހެޅި ބަޔާނުގެ 5 ވަނަ ނަންބަރުގައި އެ ފައިސީދު ބާއާ އަށް ނުފޮނުވި ލަސްވަނީ، އިބްރާހީމް ޚަލީލްގެ ފަރާތުން އެ ފައިސާ ޔަޒީދ ޢަބްދުލްޙަމީދުއ 09 މެއި 2019ގައި ޙަވާލުކުރުމުން އެ ފައިސާ ނުފޮނުވާތީކަމަށް ޢަބްދުލްޤާދިރު އަޙްމަދުއާއި އޭނާގެ ވަކީލު ހިމެނޭގޮތަށް ބޭއްވުނު ބައްދަލުވުމުގައި ބަޔާންކޮށްފައިވާކަނ.

4.5. ދަޢުވާގައި ހުށަހެޅި ކަންކަމަށް ބަލާއިރު، ފައިސާއާ ޙަވާލުވި ރިސީޓުން ފައިސާއާއި ޙަވާލުވެފައިވަނީ ޢަބްދުލްޤާދިރު އަޙްމަދުކަނ އެނގެން އޮތުމާއި، އަދި އޭނާގެ އިޢުތިރާފުން އެ ފައިސާއާއި ޙަވާލުވިކަމަށ ބުނެފައިވާއިރު، އެ ފައް ސާއަކީ ރަވިންދްރާ ސިންގް ޗައުހި ންޙަވާލުވުމަށ އެދިގެން ޙަވާލުވި ފައިސާއެއްކަން ސާބިތުކޮށްދެވިފައިނުވާކަނ.

އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް

5ސިވިލް ކޯޓުގެ ނަންބަރު 1642/Cv-C/2020 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކރުމަށު އެދް ޢަބްދުލްޤާދިރު އަޙްމަދުގެ ފަރާތުން ހުށަހަޅާފައިވަނީ

2 )ދޭއް( ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:

5.1. މަދަނީ މައްސަލަތަކުގައި ދަފްޢު ސާބިތުކުރުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 4 3 2010/SC-A/02 ޤަޟިއްޔާ އަދި ނަންބަރު 2013/SC-A/28 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި ޚިލާފަށް، އިސްތިއުނާފު ރައްދުވާ ފަރާތުގެ ދަފްޢު ސާބިތުކޮށްދޭ ހެކި އެފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުސްޠަފާ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ ހުށަހަޅާފައި ނެތްއިރު، އެކަމަށް ނ ބައްލަވައި، އިސްތިއުނާފުކުރްފަރާތުގެ ދިފާޢު ސާބިތުކޮށްދެވިފައިނުވާކަމަށް ކަނޑައަޅުއވާފައިވާކަމަށ ބުން ހުށަހެޅި ނުކުތާއާއި،

5.2. ޤާނޫނު ނަންބަރު 2010/13 )ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު(ގެ 5 ވަނަ މާއްދާގެ )ށ( ގެ 1 ވަނަ ނަންބަރާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/36 ޤަޟިއްޔާއާ ޚިލާފަށް އިސްތިއުނާފުކުރެ ފަރާތުން ހުށަހަޅާފައިވާ ހެކިން ޙާޟިރުނުކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނީ ހުށަހެޅި ނުކުތާއެވެ.

6އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްޞީލުގައި ޢަބްދުލްޤާދިރު އަޙްމަދުގެ ފަރާތުން ބުނެފައިވަން ޙަސަން ސިނާންގެ ފަރާތުން ދަށު ކޯޓުގައި ކޮށްފައިވާ ދަޢުވާއަށް އިންކުރާކޮށްފައިވާނެކަމަށާއި،އިސްތިއުނާފުކުރާ ފަރާތަށް ޙަވާލުކުރި ފައިސާއަކީ އިސްތިއުނާފު ރައްދުވާ ފަރާތުން ބޭނުންވާ ވަކި ތަނަކަށް ނުވަތަ މީހަކަށް ފޮނުވުމަށްޓަކައި އިސްތިއުނާފު ރައްދުވާ ފަރާތުން ޙަވާލުކުރި ފައިސާއެއް ނޫންކަމަށާއި، އިސްތިއުނާފުކުރާ ފަރާތުންއެ ފައިސާއާ ޙަވާލުވީ އިސްތިއުނާފުކުރާ ފަރާތުގާރައްޓެއްސެއްކަމުގައިވާ ރަވިންދރް ސިންގްޗައުހަން އިސްތިއުނާފުކުރާ ފަރާތށ ފޯނުން ގުޅައި ޑޮލަރުކޮޅެއ ހިފައިގެން މީހަކިއިސްތިއުނާފުކުރާ ފަރާތަށް ޙަވާލުކުރުމަށް އަންނާނެކަމަށް ބުނެފައިވަނިކޮށް، ފައިސާ ހިފައް ގެން އިސްތިއުނާފު ރައްދުވާ ފަރާތުން އައުމުންކަމަށާއި، ފައިސ ޙަވާލުކުރުމަށްފަހ އެއާމެދު ޢަމަލުކުރާނެ ގޮތުގެ އެއްވެސް އިރުޝާދެއް އިސްތިއުނާފު ރައްދުވާ ފަރާތުނ ދީފައިނުވާކަމަށ ދަޢުވާއަށް ޖަވާބުދާރީވަމުން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާނެކަމަށއ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ އާއި ނަންބަރު 2013/SC-A/28 ޤަޟިއްޔާގައި ދަޢުވާ ސާބިތުކުރުމާ ގުޅޭގޮތުން ކަނޑައެޅި އިސްތިޤުރާރުވެފައިވާ އުޞޫލަށް ބެލުމުން ދަޢުވާއެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ޙަސަން ޤަޟިއްޔ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުސްޠަފާ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔ ސާބިތުކުރުމުގެ ބުރަ ދެބަޔަށް ބެހިގެންވާކަމަށާއި، އެގޮތުން ދަފްޢު އުފުލާ ފަރާތުން އެކަން ޝަރީޢަތަށް ސާބިތުކޮށްދިނުމަށް ހެކި ހުށަހެޅުމާއި production) of (burden އާއެކު، ދަފްޢު ސާބިތުކުރުމަށް ހުށަހެޅިފައިވާ ހެއްކަކީ އެދަފްޢު ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއްގެ ހެއްކަކަށް (burden of persuasion) ވާންޖެހޭނެކަމަށާއި،އިސްތިއުނާފ ރައްދުވު ފަރާތުގާ ރަޙްމަތްތެރިއެއްކަމަށްވ ނަވީލް މާލިކުއާ ޙަވާލުކުރަން އިސްތިއުނާފުކުރާ ފ ރާތ ޙަވާލުކުރާ ފައިސި އެފަރާތަށް ލިބިފައިނުވާކަމަށ ބަޔާންކޮށް ދަޢުވާކޮށްފައިވާއިރު އިސްތިއުނާފުކުރާ ފަރާތާ ފައިސާ ޙަވާލުކޮށްފައިވަނީ ނަވީލް މާލިކުއަށ ދިނުމަށްކަން، އަދި އެކަން އިސްތިއުނާފުކުރާ ފަރާތަށް އަންގައި ފައިސާ ޙަވާލުކުރަންޖެހޭ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯނު ނަންބަރު ފަދަ އެއްވެސް މަޢުލޫމާތެއް އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފުކުރ ފަރާތާއި ޙަވާލުކުރިކަން ނުވަތަ ޙިއްސާކުރިކަން ސާބިތުވާފަދަ އެއްވެސް ހެއްކެއް އަދި ޤަރީނާއެއް އިސްތިއުނާފ ރައްދުވާ ފަރާތުން ދަށު ކޯޓަށް ހުށަހަޅާފައިނުވާކމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތުންބަޔާންކުރާގޮތަށް ނަވީލް މާލިކުއަށ ފޮނުވުމަށް 08 މެއި 2019 ގައް އިސްތިއުނާފި ރައްދުވު ފަރާތުން އިސްތިއުނާފުކުރާ ފަރާތާއި ޙަވާލުކުރި ފައިސާ ނުލިބިގެން ނަވީލް މާލިކުގެ ފަރާތުން އިސްތިއުނާފުކުރާ ފަރާތާއި މުޢާމަލާތްކޮށ އެފައިސާ ހޯދަން މަސައްކަތްކުރިކަން އަންގައިދޭ އެއްވެސް ހެއްކެއް އިސްތިއުނާފު ރައްދުވާ ފަރާތުނ ހުށަހަޅާފައިނުވާކަމަށާއި، އިސްތިއުނާފުކުރާ ފަރާތަކާ ބޭރު ޤައުމުތަކަށ ފައިސް ފޮނުވުމުގެ ޚިދުމަތްދޭ ފަރާތެއްކަމަށް ނުވާއިރު އިސްތިއުނާފު ރައްދުވާ ފަރާތް ނުދަންނަ މީހަކާ ފައިސާ ޙަވާލުކުރި ސަބަބެއް އިސްތިއުނާފު ރައްދުވާ ފަރާތަށް ބުނެދެވިފައިނުވާކަމަށާއި، އެހެންކަމުން، އިސްތިއުނާފު ރައްދުވާ ފަރާތުނ ހުށަހެޅި ދަފްޢު / ދަޢުވާ ސާބިތުކުރި މަށް އެކަށީގެންވާ ހެކި ހުރިކަމަށް ބެލެވޭނެ ޙާލަތެއް ނޫންކަމަށްވާއިރު، ދިފާޢުގައ ފާހަގަކުރި ކަންކަން ސާބިތުކުރުމަށް އެކަށީގެންވާ ހެކި ހުށަހެޅިފައި ނެތްކަމަށް ކަނޑައަޅައި، އިސްތިއުނާފި ރައްދުވު ފަރާތުން އެދިފައިވާ ގޮތަށް ޙުކުމްކުރައްވާފައިވަނީ އެފަރާތުގެ ދަޢުވާ ސާބިތުވާފަދަ ހެކި ނެތި، މަދަނީ ދަޢުވާ ސާބިތުކުރުމާ ގުޅޭގޮތުން ކަނޑައެޅިފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށެވެ.

7އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްޞީލުގައި ޢަބްދުލްޤާދިރު އަޙްމަދުގެ ފަރާތުން ބުނެފައިވަނީ ރަވިން ދްރް ސިންގުޗައުހަނ އެދިގެން އެފައިސާ އިބްރާހީމް ޚަލީލްއާ ޙަވާލުކްރިކަމަށާއި، އެފައިސާ ރަވިންދްރާ ސިންގ ޗައުހަން އަށް ނުލިބިދިއުމުން އަދި އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތުގެ އަތުން ފައިސ ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން ދުބާއީގައ ތިބި ފަރާތްތަކާ މި ދެފަރާތު ހިމެނޭ ގޮތް ށ އިތުރު ބަޔަކާއެކު ދެކެވުނު ވާހަކަތަކުން އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކަންޖެހޭ ފައިސާއެއް ނޯންނާނެކަމަށ ބުނިކަމަށް ހެކިވާނެ ފަރާތެއްކަމަށްވ މުޙައްމަދާ ޒިޔާދުއަށް އެނގޭނެކަނ ފާހަގަކޮށް ދަޢުވާލިބޭ ފަރާތުން ހުށަހަޅާ ހެކީގެ ގޮތުގައި އިބްރާހީމް ޚަލީލް އާއި މުޙައްމަދު ޒް ޔާދި ހުށަހަޅާފައިވީނަމަވެސް، އ ފަރާތްތަކުގެ ހެކިބަހުން ރަވިންދްރީ ސިންގް ޗައުހަންގެ އެޖެންޓެއްކަން އަދި އިސްތިއުނާފު ރައްދުވާ ފަރާތުން ފައިސާ ގެނައި ރަވިންދްރެ ސިންގް ޗައުހަންއަށ ފައިސް ދިނުމަށްކަން ސާބިތުން ކުރެވޭކަމަށު ފާހަގަކޮށް އ ޝަފަހީ ހެކިން ޙާޟިރުކުރަންޖެހޭ ތަނެއް އޮތްކަމަށް ނުދެކޭކަމަށް ދަށުކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 10 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވާކަމަށާއި، ފަނޑިޔާރުންގެމަސްއޫލިއްޔަތު އަދާކުރުމުގައި މައްސަލާގައި ހުށަހެޅިފައިވާ ހެއްކާ ޤަރީނާއަށް ރިޢާޔަތްކުރަންވާނެކަމަށް ޤާނޫނު ނަންބަރު 13/2010 )ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު(ގ 5 ވަނަ މާއްދާގެ )ށ( ގެ 1 ވަނަ ނަންބރުގައަ ބަޔާންކޮށްފައިވާކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން ޝަފަހީ ހެކިންގަގޮތުގައ ހުށަހަޅާފައިވި ފަރާތްތަކަކީ އިސްތިއުނާފުކުރާ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިވް ޖަވާބާއި ބަޔާންތަކުގައި ފާހަގަކޮށްފައިވާ ކަންކަން ހިނގާދިޔަގޮތް ގުޅިގެނާ ހެކިބިސ ދެވޭނެ ފަރާތްތަކެއްކަމަށާއި، މީގެ އިތުރުން އިސްތިއުނާފުކުރާ ފަރާތާއި ޙަވާލުކުރި ފައި ސާއަށ ވީގޮތެއް އޮޅުން ފިލުވުމަށްޓަކައ އިސްތިއުނާފުކުރި ފަރާތާއި ބައްދަލުކޮށް ވާހަކަދެއްކި ކަމަށް މައްސަލަ ހުށަހަޅާ ފޯމުގައި އިސްތިއުނާފު ރައްދުވާ ފަރާތުނެވެސް ފާހަގަކޮށްފައި އޮންނައިރު، ޝަފަހީ ހެކިންގެގޮތުގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ހކިންނަކ އިސްތިއުނާފީ ރައްދުވު ފަރާތުން ބަޔާންކުރާ އެ ބައްދަލުވުމުގައި ބައިވެރިވި

2 )ދޭއް( މީހުންކަމަށާއި، އެ ފަރާތްތަކުގި ހެކިބަހަކީ މައްސަލައިގެ ޙަޤީޤަތް ރަނގަޅަށް ދެނެގަނެ ޢަދުލުވެރި ނިންމުމަކަށް ވާސިލްވުމަށްޓަކައި މުހިންމު ހެކިންކަމަށްވާއިރު، އެފަރާތްތީ އ ހެކީންގެ ގޮތުގައި ޙާޟިރުކުރަންޖެހަ ތަނެއް އޮތްކަމަށް ނުފެންނަކަމަށް ކަނޑައަޅާފައިވަނާހެކިބަސް ނެގުމާ ގުޅޭގޮތުން މަތީ މަރުޙަލާ ކޯޓުތަކުން ނިންމާފައިވްނިންމުންތަކާ ޚިލާފަށްކަމަށާއި، އަދި އެފަރާތްތައް ޙާޟިރުނުކޮށް މައްސަލަ ފައިސަލާކޮށްފައިވުމުން އެ ނިންމުމަށް ވާސިލްވެފައިވަނީ މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ހެކި ޤަރީނާއަށް ރިޢާޔަތްކުރެވިގެނ ނޫންކަމުގައި ކަނޑައަޅަންޖެހޭކަމަށް ދެކޭކަމަށެވެ.

8ޢަބްދުލްޤާދިރު އަޙްމަދުގެ ފަރާތުން އެދިފައިވަނީ ؛ "... އިސްތިއުނާފުކުރާ ފަރާތުގެދަފްޢ ސާބިތުކޮށްދެވިފައިނުވާތަދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާއަކީ އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފ ރައްދުވު ފަރާތަށް ދޭންޖެހޭ ފައިސާކަމަށް ކަނޑައަޅާފައިވަނީ، ދަފްޢު ސާބިތުކުރެވޭފދަ އެކަށީގެންވާ ހެކި އެފަރާތުނި ހުށަ ހަޅާފައ ނެތްއިރު އެކަމަށް ނުބައްލް ވައިކަމަށާއި، އިސްތިއުނާފުކުރާ ފަރާތުނ ހުށަހަޅާފައިވާ ހެކިން ޙާޟިރުނުކުރުމަށް ނިންމާފައިވަނީ ހެކިން ހާޟިރުކުރުމާ ގުޅޭގޮތުން މަތީ މަރުހަލާގެ ކޯޓުތަކުން ނިންމަވާފައިވާ ނިންމެވުންތަކާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި، އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 1642/Cv-C/2020 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭކަމަށް ކަނޑައަޅުއްވައިދެއްވައި، އެޙުކުމް ބާޠިލުކަމަށް ކަނޑައަޅުއްވައި ދެއްވުމަށެވެ." މިފަދައިންނެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުގެ ރައްދު

9އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ރައްދުގައި ޙަސަން ސނާންގެ ފަރާތުން ބުނެފައިވަނި އިސްތިއުނާފު ރައްދު ފަރާތުން ސިވިލް ކޯޓަށް ހުށަހެޅް މައްސަލައިގައި މައިގަނޑު ގޮތަކަށް ކުރިމަތިކުރުވާފައިވާ ދަފްޢުތަކަކީ އިސްތިއުނާފު ރައްދުވާ ފަރާތުނ 09 މޭ 2019 ގައި US$35,000 )ތިރީސްފަސްހާސް އެމެރިކާ ޑޮލަރު( އިސްތިއުނާފުކުރާ ފަރާތާ ޙަވާލުކުރިކަމަށާއި، އެ ފައިސާ ޙަވާލުކުރުމުން، އެ ފައިސާއާ އިސްތިއުނާފުކުރ ފަރާތުން ޙަވާލުވެ، އެ ފައިސާއަށް ޖާމިނުވިކަމަށާއި، އެ ފައިސާ ޙަވާލުކުރިކަން އެނގޭ ލިޔުމެއގައ ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމް"ގެ 10 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވޭ. އިސްތިއުނާފުކުރާ ފަރާތުން ސއިކޮށްފައިވާކަމަށާއި، އެ ފައިސާ ޙަވާލުކުރީ ދުބާއީގައ ހުރި އިސްތިއުނާފު ރައްދުވު ފަރާތުގާ ރަޙުމަތްތރިއަކަށް ފޮނުވުމަށްކަމަށާއ އަދި އެގޮތުގެ މަތިން ދުބާއީގައ ހުރި އިސްތިއުނާފި ރައްދުވި ފަރާތުގާ ރަޙުމަތްތެރިޔާއަށް އެ ފައިސާ ރައްދުކޮށްދީފައިނުވާކަމަށެވެ. އެ ސްތިއުނާފ ރައްދުވު ފަރާތުގާ ދަފްޢު ސާބިތުކުރުމުގެ ގޮތުން އިސްތިއުނާފު ރައްދުވާ ފަރާތް ސޮއިކޮށްފައިވާ "އެކްނޮލެޖްމަންޓް ރިސިޕްޓް" ގ ކޮޕީއިއް ހުށަހަޅާފައިވާއިރ އެ ލިޔުމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޮޅު ހަދާފައިނުވާކަމަށާއ، އަދި އެ ލިޔުން ޚުދ އިސްތިއުނާފުކުރު ދަށުކޯޓަށް ހުށަހެޅ ޖަވާބާއެކު ޑޮކިއުމަންޓް-1 ގެ ގޮތުގައެ ހުށަހަޅާފައިވާކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތަށް ޙަވާލުކުރި ފައިސާ އިސްތިއުނާފު ރައްދުވާ ފަރާތުގެ ރަޙުމަތްތެރިއާއަށް ލިބިފައިނުވާތީ، 15 ޖޫން 2020 ގައި ދެފަރާތް ހިމެނޭގޮތަށް ބައްދަލުވުމެއް ބޭއްވިފައިވާކަމަށާއި، މި ބައްދަލުވުން ބޭއްވުނުކަމަށް އިސްތިއުނާފުކުރާ ފަރާތުން އެއްބަސްވިކަމަށާއި، އ ބައްދަލުވުމުގައި ހިނގައިދިޔަ ކަންކަން، އިސްތިއުނާފު ރައްދުވާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅ 26 ޖޫން 2020 ގައި އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތަށް ފޮނުވި ސިޓީއިން އެނގޭކަމަށާއި،އަދ މި ބައްދަލުވުމުގައި، އެ ފައިސާއަށް ވީގޮތެއް އޮޅުންފިލުވާ ދޭނެކަމަށާއި، އެ ފައިސ އަނބުރާ ރައްދުކޮށްދޭނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާކުމަށާއި، އެ ފައިސާ ދުބާއީގައ ހުރި އިސްތިއުނާފ ރައްދުވް ފަރާތުގާ ރަޙުމަތްތެރިޔާއަށް ފޮނުވިފައިނުވާކަމަށް އިސްތިއުނާފުކުރާ ފަރާތި ނ އިޢުތިރާފުވެފައިވާކަމަށެވެ. އެހެންކަމުން، އިސްތިއުނާފު ރައްދުވާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅ މައްސަލައިގައި ހުށަހަޅާފައިވް ދަފްޢުތައް އެ ކޯޓުގައި ސާބިތުކޮށްދީފައިވާކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުނ ދަށް ކޯޓުގައު ފާހަގަކޮށްފައިވަނީ އެ ފައިސާއަކީ އެ ފަރާތުގެ އިންޑިޔާގެ ރަޙުމަތްތެރިއެއްކަމުގައިވާ ރަވިންދްރ ސިންގ ޗައުހަން ބުނެގެން ޙަވާލުވި ފައިސާއެއްކަމަށާއި، އެ ފައިސާއަކީ ވަކި ތަކަނަށ ފޮނުވުމަށް ޙަވާލުކުރި ފައިސާއެއް ނޫންކަމަށެވެ. ނަމަވެސް، އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުން ފިޔަވައި އެކަން ސާބިތުކުރުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަމަށެވެ.

10އިސްތިއުނާފީ ދެވަނަ ނުކުތާގެ ރައްދުގައި ޙަސަން ސ ނާންގެ ފަރާތުން ބުނެފައިވަނީ މި މައްސަލައިގައި ކަނި ހިނގާދިޔަ ގޮތަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ހުށަހެޅިދަފްޢަކީ މި މ އްސަލައިގައ ހިމެނި ފައިސާއަކީ އެ ފަރާތުގެ އިންޑިއާގެ ރަޙްމަތްތެރިއެއްކަމުގައވާ ރަވިންދްރާ ސިންގ ޗައުހަން ބުނެގެންޙަވާލުވި ފައިސާއެއްކަމަށާއި، އެ ފައިސާއަކީ ވަކި ތަނަކަށް ފޮނުވުމަށް ޙަވާލުކުރި ފައިސާއެއް ނޫންކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން ދަށު ކޯޓަށް ހުށަހެޅުމަށް އެދުނު ހެކިންނަކީ، އިސްވެ ދެންނެވި ކަންކަން ސާބިތުކުރުމަށް ހުށަހަޅަން އެދުނު ހެކިން ނޫންކަން އެފަރާތުން ހުށަހެޅި ހެކިންގެ ލިސްޓުން އެނގެން އޮންނަކަމަށެވެ. މިކަމަށް ރިޢާޔަތްކުރައްވައި، އިސްތިއުނާފުކުރާ ފަރެ ތުން ދަށު ކޯޓުގައި ހުށަހަޅަން އެދުނު ކޮންމެ ޝަފަހީ ހެއްކެއް ހުށަހެޅުމާ ގުޅޭގޮތުން ސިވިލް ކޯޓުން ނިންމެވި ގޮތް، ސަބަބާއެކު ވަކިވަކިން ސިވިލް ކޯޓުގ ނިންމެވުމުގައި ތަފްޞީލުކޮށްދެއްވާފައިވާކަމަށެވެ. ސިވިލް ކޯޓުން މި މައްސަލައިގައި ހެކިން ޙާޟިރުނުކުރުމަށް ނިނީ މެވި ސަބަބުތައް، ކޮންމެ ހެއްކަކަށް ވަކިން ސާފުކޮށް ބަޔާންކޮށްދީފައިވާއިރު، އ ނިންމުންތަކަކީ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުންތަކެއްކަމަށެވެ. އަދި ހެކިން ޙާޟިނުކުރުމަށް ސިވިލް ކޯޓުނ ނިންމި ނިންމުމަކީ ދިވެހިރާއްޖޭގެ ފަނޑިޔާރު ންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ( ގެ 1 ވަނަ ނަންބަރާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2011/SC-A/36 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވ އުޞޫލާ ޚިލާފަށާ ނިންމަވާފައިވާ ނިންމުމެއްކަމަށް ބެލެވޭނެ ޤާނޫނީ ހަމައެއް ނެތްކަމަށެވެ.

11ޙަސަން ސިނާންގެ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1642/Cv-C/2020 ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ނުވަތަ އެ ޙުކުމް ބާޠިލުކުރަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނ އުޞޫލެއް ނެތްކަމަށް ކަނޑައަޅުއްވައިދެއްވައި، އިސްތިއުނާފު ފޯމުގެ 10 ވަނަ ނަންބަރުގައި އިސްތިއުނާފުކުރާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ޙަސަން ޤަޟިއްޔ ފަރާތުން އެދޭ ފަދައިން ކަނޑައެޅުއްވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައިދެއްވައި، އެ މޭރުމުން ފައިޞަލާ ކުރަނިވި ޙުކުމެއް ނެރުއްވައިދެއްވުމަށެވެ.

ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން

12HN1HN2މަދަނަ ޚުޞޫމަތްތަކގައ ދަޢުވި ސާބިތުކުރުމުގެ ބުރަ )proof of burden( އަކް އުޞޫލެއްގެ ގޮތުން ދަޢުވާކުރާ ފަރާތުން އުފުލަންޖެހޭ އިލްތިޒާމެއްކަން ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކަށް ބެލުމުން އެނގެއެވެ. ދަޢުވާ ސާބިތުކުރުމުގެ ބުރަ ބެހިގެންވަނީ 02 )ދޭއް( ބަޔަކަށެވެ. އެއީ )1( ދަފްޢު އުފުލާ ފަރާތުން އެކަން ޝަރީޢަތަށް ސާބިތުކޮށްދިނުމަށް ހެކި ހުށަހެޅުމާއި production) of (burden، އަދި )2( ހުށަހަޅާފައިވާ ހެއްކަކީ )އަނެއް ފަރާތުން ހުށަހަޅާފައިވާ ހެއްކާ އަޅާކިޔާއިރު ( އެ ދަފްޢު ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއްގެ ހެއްކަކަށް persuasion) of (burden ވާންޖެހުނ ކަން ސުޕްރީމް ކޯޓުގެ މުޙައްމަދު ސަޢީދު އިސްމާއީލް ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާއަށް ބެލުމުން އެނގެން އޮވެއެވެ. ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީޚުޞޫމަތްތަކުގައ ސާބިތުކުރުމުގެ ބުރަ އުފުލުމަކީ ދަޢުވީ ކުރާ ފަރާތުގެ މަސްއޫލިއްޔަތެއިކަމާއި، މި މާނައިގައި ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާ ފަރާތް ނޫންކަމާއި، އެހެންކަމުން ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ 'ދަފްޢު' ސެބތުކުރުމުގ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ 'ދަފްޢެއް' ކުރާ ފަރާތްކަން ސުޕްރީމް ކޯޓުގެ ނިންމުންތަކުންވެސ އެނގެން އޮވެއެވެ. މިގޮތުން މިފަދައިން ނިންމާފައިވާ ޤަޟިއްޔާތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 )އަޙްމަދ ނާޝިދު ވ. މުޙައްމަދު މުޞްތަފާ( ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2015/SC-A/02 )މުޙަ އްމަދު ރަޝާދު ވ. ޙުސައިން ރަޝީދު( ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/49 )ދިވެހި ރައްޔިތުންގެ ޕާޓީ ވ. ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް( ޤަޟިއްޔާ ފާހަގަކުރަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/13 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 )އަޙްމަދ ނާޝިދު ވ. މުޙައްމަދު މުޞްތަފާ( ޤަޟިއްޔާ

13HN3މަދަނީ މައްސަލަތަކުގައި ހާދިސާ ނުވަތަ ޢަމަލު ސާބިތުކުރުމަށް ބަލާނީ "ބޮޑަށް ބުރަވެވޭ ގޮތަށް" (balance of probabilities) އަށެވެ. ހިނގާފައިވާ ވަކި ހާދިސާއެއް އެއީ ޙަޤީޤަތުގައިވެސް ހިނގިކަމެއްތޯ ކަނޑައެޅުމަށްޓަކައި، ހާދިސާއާ ގުޅުން ހުރި އިތުރު ހެއްކާއި ޤަރީނާތަކަށް ރިޢާޔަތްކުރުމާއެކު، އެ ހާދިސާއަކާ ޙަޤީޤަތުގައިވެސް ހިނގިކަމެއްތޯ ކަނޑައަޅާނީ އެ ހާދިސާއަކީ ނުހިނގާކަމަށް ވުރެ ބޮޑަށް ހިނގިކަމެއްކަމަށ ފަނޑިޔާރަށް ބުރަވެވުމުންނެވެ.

14HN4ޙަސަން ސިނާންގެ ފަރާތުން ޢަބްދުލްޤާދިރު އަޙްމަދުއަށް ފައިސާ ޙަވާލުކުރިކަން ސާބިތުކޮށްދިނުމުގެ ގޮތުން ދަށު ކޯޓަށް ކިތާބީ ހެކި ހުށަހަޅާފައިވެއެވެ. އެއް 09 މޭ 2019 ގައި ޙަސަން ސިނާން އާއި ޢަބްދުލްޤާދިރު އަޙްމަދު ސޮއިކޮށްފައިވާ ލިޔުމެކެވެ. ޙަސަން ސިނާންގެ ފަރާތުން ޢަބްދުލްޤާދިރު އަޙްމަދުއަށް US$35,000 )ތިރީސްފަސްހާސް އެމެރިކާ ޑޮލަރު( ލިބިފައިވާކަން އެލިޔުމުން އެނގެއެވެ. އެ ލިޔުމަށް ޢަބްދުލްޤާދިރު އަޙްމަދު އިންކާރުކޮށްފައިނުވާއިރު އެ ފައިސާއާ ޙަވާލުވިކަމާއި އ ފައިސާ ޢަބްދުލްޤާދިރު އަޙްމަދު އާ ޙަވާލުކުރީ ޙަސަން ސިނާންކަމަށް ޢަބްދުލްޤާދިރު އަޙްމަދު އެއްބަސްވެއެވެ. އެހެންކަމުން،ޙަސަން ސިނާންއާއި ޢަބްދުލްޤާދިރުއ ދެމެދު ފައިސާގެ މުޢާމަލާތެއް ހިނގިކަމާއި، ޙަސަން ސިނާން US$35,000 )ތިރީސްފަސްހާސް އެމެރިކާ ޑޮލަރު( ޢަބްދުލްޤާދިރު އަޙްމަދުއަށް ދިނުމުން، މި ފައިސާއާ ޢަބްދުލްޤާދިރު އަޙްމަދު ޙަވާލުވެފައިވާކަމާމެދު މައްސަލައިގެ ޚަޞްމުންގެ މެދުގައި ޚިލާފެއްނެތެވެ.

15ބުނެވުނު ފައިސާ ޢަބްދުލްޤާދިރު އަޙްމަދުއާ ޙަވާލުކުރެވުނު ބޭނުމަށް ބަލާއިރު،މި ފައިސާއަކީ ދުބާއީގައަހުރި މީހަކެށ ދިނުމަށް ޢަބްދުލްޤާދިރު އަޙްމަދުއާ ޙަވާލުކުރި ފައިސާކަމުގައި ޙަސަން ސިނާން ބުނެފައިވާއިރު، މ ފައިސާއާ ޙަވާލުވެފައިވަނީ ރަވިންދްރާ ސިންގ ޗައުހންގެ އެދުމަކަށްކަން ޢަބްދުލްޤާދިރު އަޙްމަދު ބުނެފައިވެއެވެ. މީގެނ އެނގެން ފައިސާ ޙަވާލުކުރި ބޭނުމާއިމެދު ދެ ފަރާތް ދެމެދު ޚިލާފެއް އޮތްކަމެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/53 )ޢަލީ މޫސާ ވ. އާޝިޔަތު ނިޒާރު( ޤަޟިއްޔާ

16ދަޢުވާ ސާބިތުކުރުމުގެ ބުރަ ދަޢުވާކުރާ ފަރާތުގެ ކިބައިގައި އޮތްއިރު، ޙަސަން ސިނާން US$35,000 )ތިރީސްފަސްހާސް އެމެރިކާ ޑޮލަރު( ޢަބްދުލްޤާދިރު އަޙްމަދުއަށް ދިނުމުން، މި ފައިސާއާ ޢަބްދުލްޤާދިރު ޙަވާލުވެފައިވާކަން ދެ ފަރާތުގެ ބަހުން އެނގެން އޮތަތީ، ފައިސާގެ މުޢާމަލާތެއް ދެ ފަރާތުގެ ދެމެދު ހިނގާފައިވާކަމުގެ ބުރަ ދަޢުވާކުރާ ފަރާތުން ސާބިތުކޮށްދީފައިވާކީ މުގައި ބަލަމެވެ. ދެން އޮތީ މި ފައިސ ޢަބްދުލްޤާދިރު އަޙްމަދުއާ ޙަވާލުކުރި ބޭނުމެވެ. މި ފައިސާ ޢަބްދުލްޤާދިރު އަޙްމަދުއާ ޙަވާލުކޮށްފައިވަނ ދުބާއީގައ ހުންނަ މީހަކަށް ރައްދުކުރުމަށްކަނ ޙަސަން ސިނާން ބުން ބުނުމަށް ބާރު ދެނީ ޢަބްދުލްޤާދިރު އަޙްމަދު ސިވިލް ކޯޓުގެ ޝަރީޢަތަށް 02 ޑިސެންބަރު 2020 ގައި ދީފައިވާ ބަޔާނުންނެވެ. މި ބަޔާނުގައި ޢަބްދުލްޤާދިރު އަޙްމަދު ބުނެފައިވަނު "...އެ ފައިސު ދ ބާއީއަށް ނުފޮނުވި ލަސްވަނީ އިބްރާހީމް ޚަލީލްގެ ފަރާތުން އެ ފައިސާ ޔަޒީދ ޢަބްދުލްޙަމީދުއާއ 09 މެއި 2019ގައިޙެ ވާލުކުރުމުން އ ފަރާތުން އެ ފައިސާ ފޮނުވާފައިނުވާތީއެވެ. އަދި އ ފައިސު ޔަޒީދް ޢަބްދުލްޙަމީދް ގެ ފަރާތުން ހޯދުމަށްޓަކައި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިގެން ކުރިއަށްދާކަމަށްވެސް އެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ..." މިފަދައިންނެވެ. އެހެންކަމުން، ޙަސަން ސިނާން މި ފައިސާ ޢަބްދުލްޤާދިރު އަޙްމަދުއާ ޙަވާލުކޮށްފައިވަނީ ދުބާއީގައި ހުރި މީހަކަށް ފޮނުވުމަށްކަމީ ޢަބްދުލްޤާދިރު އަޙްމަދް ގެ އެނގުމުގެ ތެރޭގައި ހުރި މަޢުލޫމާތުކަން މި ބަޔާނުން ސާފުކޮށް އެނގެއެވެ.ވީމާ، ޙަސަން ސިނާން ކުޅަ މި ދަ ޢުވާގައ ދަޢުވާކުރި ފަރާތުގާ ޙް އިސިއްޔަތުނ ޙަސަން ސިނާން އުފުލަންޖެހޭ ސާބިތުކުރުމުގެ ބުރަ މަދަނީ މިންގަނޑުން ޙަސަން ސިނާންގެ ފަރާތުން އަދާކުރެވިއްޖެކަމުގައި ބެލެވެއެވެ.

17ދެން އޮންނާނީ ދަޢުވާލިބޭ ފަރާތުން ދަޢުވާގެ ދިފޢުގައ ކުރި ދިފާޢާދަޢުވާ ސާބިތުކުރުމުގެ ބުރައެވެ. އެ ބުރަ އޮންނާނީ ދަޢުވާލިބޭ ފަރާތުގެ މައްޗަށެވެ. އެހެނީ ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރުވާ ދަފްޢު ސާބިތުކުރުމުގެ މަސާ އ ލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ ދަފްޢެއް ކުރިމަތިކުރުވާ ފަރާތުންކަމުގައިވާތީއެވެ.

18އެ ފައިސާއާ ޙަވާލުވީ ރަވިންދްރާ ސިންގް ޗައުހަންނަމަކަށ ކިޔް މީހަކާ ބުނެގެންކަމަށް ޢަބްދުލްޤާދިރު އަޙްމަދުގެ ފަރާތުން ބުނާއިރު،މި ދަފްޢު ސާބިތުކޮށްދިނުމަށްޓަކައި ހެކިންގެ ގޮތުގައި ޢަބްދުލްޤާދިރު އަޙްމަދުގެ ފަރާތުނު އިބްރާހީމް ޚަލީލްއާއި މުޙައްމަދު ޒިޔާދއާއި ޔަޒީދ ޢަބްދުލްޙަމީދު ހުށަހަޅާފައިވެއެވެ.މި ފަރާތްތަކުގެ ތެރެއިނީއިބްރާހީމ ޚަލީލް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނެ ޙަސަން ސިނާން، ޢަބްދުލްޤާދިރު އަޙްމަދުއަށް ދިނ ފައިސް އިބްރާހީމާ ޚަލީލްއާ ޙަވާލުކުރިކަން ސާބިތުކުރުމަށްކަމަށްވާއިރު، ޔަޒީދ ޢަބްދުލްޙަމީދު ހެއްކެއްގެ ގޮތުގައި ހުށަހު ޅައި ސާބިތަކުރުމަށް އެދިފައިވާ ނުކުތާއަކީ އިބްރާހީމް ޚަލީލްގެ ފަރާތުން މި ފައިސާ ޔަޒީދ ޢަބްދުލްޙަމީދުއަށް ލިބިފައިވާކަމެވެ. މުޙައްމަދު ޒިޔާދު ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ މި ފްއިސ އިބްރާހީމާ ޚަލީލްއަށް ދިނޭކަމާއި، އަދި ޢަބްދުލްޤާދިރު އަޙްމަދު، ޙަސަން ސިނާން އަށް އެއްވެސް އެއްޗެއް ދޭން ނުޖެހެކަނ ސާބިތުކުރުމަށެވެ.

19މާ މައްސަލައިގައި ޢަބްދުލްޤާދިރު އަޙްމަދު ކުރިމަތިކުރުވި ދަފްޢުއަކީ އެ ފައިސާއަކީ ވަކި މީހަކަށް ފޮނުވުމަށް ޙަސަން ސިން ން ޙަވާލުކުރި ފައިސާއެއްނޫންކަމަށް އ، އެ ފައިސާއަކީ ރަވިންދްރާ ސިންގް ޗައުހަނުބުނެގެނ ޙަވާލުވި ފައިސާކަމަށެވެ. މި ދަފްޢު ސާބިތުކުރޯ މުގެ ޒިންމާ ޢަބްދުލްޤާދިރު އަޙްމަދަށ އަދާކުރެވިފައިވޭތ ބަލާއިރު، ހެކިން ޙާޟިރުކުރުމާއި ގުޅޭ ގޮތުން އަންނަނިވި ކަންކަން ފާހަގަކުރަމެވެ.

20HN5ހެކް ހުށަހެޅުމަކީ ޙަޞްމުންނަށ އޮތް ޙައްޤެއް ނަމަވެސް މިއީމުޠުލަޤުކޮށ އޮތް ޙައްޤެއް ނޫންކަން މިހާތަނަށް ޝަރުޢީ ކޯޓުތަކުން ޢަމަލުކުރަމުން އައި ގޮތުން ފާހަގަކުރެވެއެވެ. ޖިނާއީ މައްސަލަތަކުގައާއި މަދަނީ ދިވެހިރާއްޖޭގު ސުޕްރީމް ކޯޓުގެ ނަންބަރ 2010/SC-A/02 )އ ޙްމަދު ނާޝިދު ވ. މުޙައްމަދު މުސްޠަފާ( ޤަޟިއްޔ ޢަބްދުލްޤާދިރު އަޙްމަދުގެ ފަރާތުން ހުށަހަޅާފައިވާ "ވިޔަފާރިއާބެހޭ ބަޔަށް ހުށަހަޅާ ދަޢުވާއާއި މައްސަލައިގެ ޖަވާބު ފޯމް"ގެ 10 ވަނަ ނުކުތާއާއި، ސިވިލް ކޯޓުގެ ނަންބަރ 1642/Cv-C/2020 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނުކުތާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/26 )މެރީޑިއަމ ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ވ. ސަޢީދާ މޫސާ( ޤަޟިއްޔާ މައްސަލަތަކުގައިވެސ ހެކިން ޙާޟިރުކޮށްދިނުމަށް އެދުން ނަމަވެސް، އެކި ސަބަބުތަކާ ހުރެ ހެކިން ޙާޟިރުކުރުމަކާއި ނުލއ މައްސަލަތަކުގައި ގޮތި ކަނޑައަޅާފައިވަ އެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުން މައްސަލަ ބަލަމުންދާއިރު، ހެކި ބަލައިގަތުމާއި މެދު ފަނޑިޔާރުންނަށް ލިބިދެވިފައިވާ ބާރުތަކާއި އެބާރުތަކުގެ އިންތައ ޤާނޫނަކުން ކަނޑައަޅާފައިނުވެއެވެ.ޚޞްމުނަ ޙާޟިރުކުރުމަށް އެދް ހެކިނި ޙާޟިރުނުކުރުމަށް ނިންމާ ޙާލަތްތަކުގައި އެކަމުގެ ސަބަބު ތަފްސީލުކޮށް ބަޔާންކުރަންޖެހޭކަމުގައި ސުޕްރީމް ކޯޓުގެ އެކި މައްސަލަތަކުގައި ބަޔާންވެފައި އެބަހުއްޓެވެ.މީގެ ތެރެއިން ގިނަ މައްސަލަތަކުގައި ހެކިން ޙާޟިރުނުކުރުމަށް ނިންމި ސަބަބު އެ ޤަޟިއްޔާގައި ބަޔާނުކުރުމުނ އެއް ޖާއިޒު ސަބަބުތަކެއްކަމުގައިވެސ ކަނޑައެޅިގެން ގޮސްފައިވެއެވެ. އަދ މިފަދަ ނިންމުންތަކުގެ ނަތީޖާއަކީ ހެކި ޙާޟިރުކުރމަށ އެދް ޚަޞްމެއްގެ ޙައްޤު ގެއްލުނީކަމުގައި ބަލަންޖެހޭ ސަބަބެއްވެސް ނޫނެވެ.

21HN6އިސްތިއުނާފީ ދެވަނަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ(ގ 1 ވަނަ ނަންބަރަށް ޙަވާލާދީފައިވާއިރު، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގައި އިޝާރާތްކުރަނީ ފަނޑިޔާރުންގެ ޢަމަލުތައް ބަހައްޓަންޖެހޭ ގޮތް ކަމުގައިވާއިރު، ފަނޑިޔާރުން ހެކި ވަޒަންކުރިގޮތް ޤާނޫނީ އުޞޫލަކާ ޚިލާފުވާނަމަ، ޚިލާފުވެފައިވަނީ ހެކި ވަޒަންކުރުމުގެ ކޮން އުޞޫލަކާކަން ބުނެދޭންވާނެކަމާއި، ފަނޑިޔާރެއްގެ ޢަމަލު ނުވަތަ ސުލޫކާ ގުޅޭ މާއްދާތަކާއި، މައްސަލައެއްގައި މި މައްސަލަ ހުށަހެޅިފައިވަނީ ޤާނޫނު ނަންބަރު 2220/11 )ހެއްކާބެހޭ ޤާނޫނު( ވުޖޫދުވުމަށްފަހު ކަމުގައިވާތީ، މި މައްސަލައިގެ ބޭނުމަށް ޙަވާލާދެވިފައިވަނީ އެއިރު ހެއްކާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުޞޫލުތަކުގެ މައްޗަށެވެ. މގޮތުނި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2017/SC-A/26 )މެރީޑިއަމ ސަރވިސަސް ޕްރައި ވެޓ ލިމިޓެޑް ވ. ސަޢީދާ މޫސާ( ޤަޟިއްޔާ އާއި، އެ ކޯޓުގެ ނަންބަރ 2021/SC-A/01 )މަޢާނާ މުޙައްމަދާ ވ. އިބްރާހީމް މުޢިއްޒު އާއި އިތުރު 4 ފަރާތެއް( ޤަޟިއްޔާ އަދި އެކޯޓުގެ ނަންބަރު 2020/SC-A/98 )މުޙައްމަދާ ވަޙީދު ވ. ސިލިންކޯ އިންޝުއަރެންސް ކޮމްޕެނީ ޕްރައިވެޓް ލ މިޓެޑް( ޤަޟިއްޔާގައި މިކަންކަން ބަޔާންކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/26 )މެރީޑިއަމ ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ވ. ސަޢީދާ މޫސާ( ޤަޟިއްޔާ ޤާނޫނު ނަންބަރު 2010/13 )ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު(ގެ 5 ވަނަ މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވަނީ "ފަނޑިޔާރުންގެ ނިންމުންތައް ނިންމުމުގައިފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނަށެވެ. ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިނުވާ ކަންކަން ނިންމުމުގައި އްސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައަޅާފައިވާ ގޮތަށް ފަނޑިޔާރުނި ރިޢާޔަތްކުރަންވާނެއެވެ." އެ މާއްދާގެ )ށ( ގައި ބަޔާންކށްފައިވަނީ "މި މާއްދާގެ )ހ( ގައިވާ ގޮތުގެމަތިން، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައޮ އަންނަނިވި ކަންކަމަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެއެވެ." އެގޮތުން )1( ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ "މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާ" މިފަދައިންނެވެ. ތަޠުބީޤުކުރަންޖެހޭ ފަންނީ ޤާނޫނި އުޞޫލެއް ފަނޑިޔާރު ތަޠުބީޤުނުކުރެވުން ނުވަތަ ނުބައިކޮށް ތަޠުބީޤުކުރެވުމަކ މުޅިން ތަފާތު ދެ ކަމެއްކަމުގައި ފެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް )މޯލްޑިވްސ ޕޮލިސް ސަރވިސް( ޤަޟިއްޔާގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުގެ 17 ވަނަ ޕެރެގްރާފްގައި ފާހަގަކުރައްވައެވެ.

22HN7ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ފަދައިން، މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަރަ ޢާޔަތް ކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފް އާނުވާކަމަށ ބުންބުނުމަކުން، ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮ ށފައި ނުވާކަމަށްބުނ ބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ޤާނޫނު ނަންބަރު 2010/22 ) ދިވެހިރާއްޖޭގ ކޯޓުތަކުގެ ގާނޫނެ (ގ 43 ވަނަ މާއްދާ އިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވނެއެވެ.

23HN8އިސްވެ ބަޔާންކުރަނިވި ނުކުތާތަކުގެ އަލީގައި، ޝަރީޢަތުގެ ކުރިމަތީގައި އޮތް ސވާލަކު މައްސަލައެއްގައި ހެއްކަކު ޙާޟިރުނުކުރަން ނިންމި ނިންމުން ބިނާވަނީ އެކަށީގެންވާ ސަބަބެއްގެ މައްޗަށްތޯ ނުވަތަ ނޫންތޯއެވެ.

24ސިވިލް ކޯޓުގެ ނަންބަރ 1642/Cv-C/2020 ޤަޟިއްޔާގެ ނިންމުމުގައި ޢަބްދުލްޤާދިރު އަޙްމަދުގެ ފަރާތުން ހުށަހެޅް ޝަފަވީ ހެކިން ޙާޟިރުނެ ކުރަން ނިންމި ސަބަބަތުތައި އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، ފައިސާއާއި ޙަވާލުވިކަމަށް ޢަބްދުލްޤާދިރު އަޙްމަދުގެ ފަރާތުނ އެއްބަސްވުމާއި، އަދި އެ ފައިސާ ގެނައީ ޙަސަން ސިނާންކަނ އެނގެން އޮތުމުން، އެ ފައިސާއަކީ ރަވިންދްރ ސިންގް ޗައުހަނ ބުނެގެން ޙަވާލުވި ފައިސާއެއްކަމާއި، ޢަބްދުލްޤާދިރު އަޙްމަދަކީ ރަވިންދްރާ ސިންގ ޗައުހަންގެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/98 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 "މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު" )ހ( އިސްތިއުނާފުކުރުން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުން ނުވަތަ ޤާނޫނ ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހުރުން. އޭޖެންޓެއްކަން ސާބިތުކުރުމަކީ ޢަބްދުލްޤާދިރު އަޙްމަދުގެ ކިބައިގައި އޮންނާނެ ޒިންމާއެއްކަމަށް ދަށު ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ. އިބްރާހީމާ ޚަލީލް އަދި ޔަޒީދު ޢަބްދުލް ޙަމީދުއަށް ދަޢުވާގައި ބަޔާންކުރާ ފައިސާ ދިނުމަކުން، ޢަބްދުލްޤާދިރު އަޙްމަދަކީ ރަވިންދްރާ ސިންގްޗައުހަންގެ އޭޖެންޓެއްކަން އަދި ޙަސަން ސިނާން ފައިސާ ގެނައީ ރަވިންދްރާ ސިންގް ޗައުހަންއަށ ފައިސް ދ ނުމަށްކަނިސާބިތުނުކުރެވޭނެތީ އިބްރާހީމް ޚަލީލް އަދި ޔަޒީދު ޢަބްދުލް ޙަމީދުގެ ހެކިބަސް ނަގާފައިނުވާކަން ދަށުކޯޓުގެ ނިންމުމުގައި ތަފްޞީލްކޮށ ބަޔާންކޮށްފައވެއެވެ.ހަމަމިއާއެކު، ޢަބްދުލްޤާދިރު އަޙްމަދުގެ ފަރާތުން ޙަސަން ސިނާންއަށް އެއްވެސް ފައިސާއެއް ދޭންނުޖެހޭކަން ސ ބިތުކުރުމަށ މުޙައްމަދް ޔަޒީދުގެ ހެކިބަސް ނެގުމަށް އެދިފައިވާއިރު، ދޭންނުޖެހ ފައިސާއެއްކަން ސާބިތުކުރާނެ ގޮތެއް ޢަބްދުލްޤާދިރު އަޙްމަދުގެ ފަރާތުން ހުށަހަޅާފައިނުވާތީ އާއްޢަބްދުލްޤާދިރ އަޙްމަދަކީ ރަވިންދްރާ ސިންގ ޗައުހަންގެ އޭޖެންޓެއްކަން އަދި ޙަސަން ސްނާނ ފައިސް ގެނައީ ރަވިންދްރި ސިންގ ޗައުހަންއަށ ފައިސް ދ ނުމަށްކަނ މުޙައްމަދް ޒިޔާދު ހާޟިރުކޮށްގެން ސާބިތުކޮށްދިނުމަށް ޢަބްދުލްޤާދިރި އަޙްމަދުގެ ފަރާތުން ހުށަހަޅާފައިނުވާތީ އެފަރާތުގެ ހެކިބަސް ނަގާފައިނުވާކަން ދަށުކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވ.

25މި މައްސަލައިގައި ކަން ހިނގާފައިވާގޮތަށް ބަލާއިރު ޙަސަން ސިނާންގެ ފަރާތުން ޢަބްދުލްޤާދިރު އަޙްމަދުއަށް US$35,000 )ތިރީސްފަސްހާސް އެމެރިކާ ޑޮލަރު( ޙަވާލުކުރިކަމާއި އެ ފައިސާއާ ޢަބްދުލްޤާދިރު އަޙްމަދު ޙަވާލުވިކަމާމެދު ޚުޞޫމާތެއް ނެތެވެ. އެ ފައިސާއަކީ ދްބާއީގައ ހުރި ޙަސަން ސިނާންގެ ރަޙުމަތްތެރިއަކަށު ރައުދުކުރުމުގ ގޮތުނެ ޢަބްދުލްޤާދިރު އަޙްމަދުއަށް ޙަވާލުކުރި ފައިސާކަމަށް ޙަސަން ސިނާން ބުނާއިރު، އެ ފައިސާއަކީ ރަވިންދްރާ ސިންގް ޗައުހަނ މިނަން ކިޔް މީހަކާ ބުނެގެން ޙަވާލުވި ފައިސާއެއްކަމުގައ ސިވިލް ކޯޓުގެ ނަންބަރު 1642/Cv-C/2020 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް"ގެ 7 ވަނަ ނަންބަރު ސިވިލް ކޯޓުގެ ނަންބަރު 1642/Cv-C/2020 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް"ގެ 9 ވަނަ ނަންބަރު ސިވިލް ކޯޓުގެ ނަންބަރު 1642/Cv-C/2020 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް"ގެ 9 ވަނަ ނަންބަރުގެ )ނ( ޢަބްދުލްޤާދިރު އަޙްމަދުގެ ފަރާތުން ބުނެފައިވެއެވެ. ޙަސަން ސިނާން ޙަވާލުކުރި ފައިސާއާ ޢަބްދުލްޤާދިރު އަޙްމަދު ޙަވާލުވީ ކޮން ބޭނުމެއްގައިކަން ޢަބްދުލްޤާދިރު އަޙްމަދު ބުނާ ބުނުން ފިޔަވާ އެކަން ސާބިތުކޮށްދޭނެ ހެއްކެއް ހުށަހަޅާފައިނެތެވެ. ރަވިންދްރާ ސިންގް ޗައާ ހަންއަކީ ޢަބްދުލްޤާދިރު އަޙްމަދުގެ އޭޖެންޓްއެއްކަމާއި، އެ ފައިސާއާ ޙަވާލުވީ ރަވިންދްރ ސިންގް ޗައުހަން ބުނެގެންކަނ ސާބިތުކޮށްދީގެން މެނުވީ އެ ފައިސާ ޢަބްދުލްޤާދިރު އަޙްމަދުގެ ފަރާތުން ތިންވަނަ ފަރާތަކަށް ޙަވާލުކުރިކަން ސާބިތުކޮށްދިނުމުގެ ގޮތުން ޝަފަހީ ހެކނ ޙާޟިރުކުރަންޖެހޭ ސަބަބެއް އޮތްކަމުގައި ނުދެކެމެވެ.

26ސިވިލް ކޯޓުގެ ނަންބަރ 1642/Cv-C/2020 ޤަޟިއްޔާގެ ނިންމުމަށް ވާސިލުވެފައިވަނީ މައްސަލައިގެ ޚަޞްމުނ ހުށަހަޅާފައިވް ކަންކަމަށް ރިޢާޔަތްކޮށްގެންކަން އެނގޭއިރު، އިސްތިއުނާފީ މުމައްސަލައިގައި ޢަބްދުލްޤާދިރު އަޙްމަދު ހުށަހަޅާފައިވާ ކަންކަމަށް ބިނާކޮށް،ސިވިލ ކޯޓުގް ނިންމުމުގެ ނަތީޖާ ބަދަލުވާނެގޮތެއް ނުވަތަ އޭނާގެ ފަރާތުން ކުޅަ ދަފްޢު ސާބިތުވާނެގޮތެއް ޢަބްދުލްޤާދިރު އަޙްމަދުގެ ފަރާތުނ ސާފުކޮށްދީފައެއް ނުވެއެވެ.

27އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 1642/Cv-C/2020 ޤަޟިއްޔާގެނިންމުމަކެ ދިވުހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނގ 5 ވަނަ މާއްދާގެ )ށ( ގެ 1 ވަން ނަންބަރާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކމަށަ ކަނޑައަޅާނެ ތަނެއް އޮތް ކަމުގައި ނުދެކެމެވެ.

ނިންމުން

28އިސްވެ ބަޔާންކުރަނިވި ކަންކަން އެގޮތުގެ މަތީން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރ 1642/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޢަބްދުލްޤާދިރު އަޙްމަދުގ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށ ރިޢާޔަތްކޮށް، އެ ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް އަހުރެން ދެކެމެވެ.

ފަނޑިޔާރާ މުޙައްމަދު ނިޔާޒްގެ ރައުޔު

29ފަނޑިޔާރު ޙުޒައިފާ މުޙައްމަދު ގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔު

30ފަނޑިޔާރު ޙުޒައިފާ މުޙައްމދުގަ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

31މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ.މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރި ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖަ ހ ވަގުތީ ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މ ދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނ ނަންބަރ 2021/32(ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. މަދަނު އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރ 2021/32(ގެ 284 ވަނަ މާއްދާގެ )ހ(

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ