ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުހައްމަދު ޢާނިމް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ކްރިމިނަލް ކޯޓު 145-B4(576-2020)/2021/06
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ކްރިމިނަލް ކޯޓުން ބަންދު މުރާޖަޢާކުރުމުގައި، ފަރުވާ ލިބުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ތުހުމަތުކުރެވޭ ފަރާތް ވަގުތީ ގޮތުން ޝަރުޠުކޮށް ބަންދުން ދޫކޮށްލަން އަމުރުކޮށް، މުއްދަތު ހަމަވުމުން ބަންދަށް އަނބުރާ ދާންޖެހޭކަން ކަނޑައެޅިއެވެ.
- ވާޤިޢާ
- މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ތުހުމަތުގައި ޝަރީޢަތް ނިމެންދެން ބަންދުގައި ހުރި މީހަކަށް ދަތުގެ ފަރުވާ (ރޫޓް ކެނަލް) އަށް މާލެ ގެންދަން 2021 ޖޫން މަހު ޑޮކްޓަރު ލަފާދިން ނަމަވެސް، ސެޕްޓެމްބަރު މަހާ ހަމައަށް ކަރެކްޝަނަލް ސަރވިސްއިން ފަރުވާ ހަމަޖައްސައިނުދިނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޝަރީޢަތް ނިމެންދެން ބަންދުގައި ހުރި މީހެއްގެ ބަންދު މުރާޖަޢާކުރާ އަޑުއެހުމުގައި، ޖަލުން އެކަށީގެންވާ ސިއްޙީ ފަރުވާ ނުދީ ލަސްކުރުމުގެ ޝަކުވާއަށް ރިޢާޔަތްކޮށް، ފަނޑިޔާރަށް އޭނާ ވަގުތީ ގޮތުން ޝަރުޠުކޮށް ބަންދުން ދޫކޮށްލެވިދާނެތޯ؛ އަދި އެގޮތަށް ދޫކޮށްލުމަކީ ޤާނޫނުއަސާސީގެ 49 އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއާ ޚިލާފު ކަމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ދައުލަތުން ބުނީ ކުށުގެ ބާވަތާއި ހެކިތަކަށް ބަލާއިރު މުޖުތަމަޢަށް އޮތް ނުރައްކާ ފިލައިގެން ނުދާތީ ދޫކޮށްލުމަކީ ޤާނޫނާ ޚިލާފު ކަމެއްކަމަށާއި، 2021/HC-A/025 އާއި 2018/HC-A/208 ގެ އުޞޫލުތައް ތަޠްބީޤުކުރީ ރަނގަޅަށް ނޫންކަމަށެވެ. ތުހުމަތުކުރެވޭ ފަރާތުން ބުނީ ފަރުވާ ނިމުމުން ބަންދަށް އެނބުރި ދާން އިޢުތިރާޟެއް ނެތްކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ޑޮކްޓަރު ލަފާދިން ފަރުވާ އެކަށީގެންވާ މުއްދަތަށްވުރެ ލަސްކޮށްފައިވާތީއާއި ކޮވިޑް ޙާލަތަކީ މަޤްބޫލު ޢުޛުރެއް ނޫންތީއާއި، ދޫކޮށްލީ ވަގުތީ ގޮތުން ކުރު މުއްދަތަކަށް ކަމަށްވާތީ، ދަށުކޯޓުގެ ނިންމުމަކީ ހައިކޯޓުގެ ކުރީގެ ނިންމުންތަކުގެ އުޞޫލުތަކާ ޚިލާފު ނިންމުމެއް ނޫނެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ އަމުރު ޤާއިމް (ގިނަ ފަނޑިޔާރުންގެ ރައުޔު)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ސިއްޙީ ޙާލަތަށް ބަލައި އިސްތިސްނާ ޙާލަތެއްގެ ދަށުން ވަގުތީ ގޮތުން ބަންދުން ދޫކޮށްލުމަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ސަބަބެއް ނެތިގެން ދޫކޮށްލުމެއް ނޫނެވެ. އެހެންކަމުން، ބަންދުގެ ސަބަބުތަކާ ބެހޭ ޤާނޫނުއަސާސީގެ 49 އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ނުކުތާތައް އެފަދަ އަމުރަކަށް ތަޠްބީޤެއް ނުކުރެވޭނެއެވެ.
HN2 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގެ ދަށުން ކޮންމެ 30 ދުވަހަކުން ބަންދު މުރާޖަޢާކުރުމުގެ މަޤްޞަދަކީ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ މައްސަލަތައް އަވަސްކުރުމާއި، ބަންދުގައި ބެހެއްޓި ސަބަބު ވުޖޫދުގައި އޮތްތޯ ބަލައި އެ ސަބަބު ފިލައިފައިވާނަމަ ދޫކޮށްލުމެވެ.
HN3 ޖަލުގައި ހުންނަ މީހުންގެ ސިއްޙީ ކަންކަން ބެލެހެއްޓުމަކީ އަސްލުގައި ޖަލު ބަލަހައްޓާ ފަރާތުގެ މަސްއޫލިއްޔަތެކެވެ. ނަމަވެސް، ބަންދުގައި ހުންނަނީ ފަނޑިޔާރުގެ އަމުރެއްގެ ދަށުން ކަމަށްވާތީ، ބަންދު މުރާޖަޢާކުރުމުގައި ސިއްޙީ ފަރުވާ ނުލިބުން ފަދަ އަސާސީ ޙައްޤެއް ގެއްލޭ ޝަކުވާއެއް ހުށަހެޅުމުން ފަނޑިޔާރަށް ލޯ މަރާލެވިގެން ނުވާނެއެވެ. އެކަމަށް ރިޢާޔަތްކޮށް ބަންދާމެދު އިތުރު ގޮތެއް ކަނޑައެޅުމަކީ އިސްތިސްނާ ޙާލަތެއްގެ ގޮތުން ފަނޑިޔާރަށް އޮންނަ ބާރެކެވެ.
HN4 ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ހުރި މީހަކަށް ފަރުވާ ނުދެވުމުން ފުރާނައަށް ނުވަތަ ސިއްޙަތަށް ބޮޑު ގެއްލުމެއް ލިބިދާނެކަމަށް ފެންނަ ޟަރޫރީ ޙާލަތެއްގައި، ބަންދަށް ލުޔެއް ދެވިދާނެއެވެ. އަދި ކަފާލަތުގެ އުޞޫލުން ނުވަތަ ޝަރުޠުކޮށް ދޫކޮށްލެވިދާނެއެވެ.
HN5 ޖަލުން އެކަށީގެންވާ ބޭސްފަރުވާ ނުދޭކަމުގެ ޝަކުވާއެއްގައި، އަވަސް ފަރުވާ ބޭނުންވާ ބައްޔެއް ހުރިކަމާއި، އެކަން ޖަލު އޮފިސަރުންނަށް އެނގޭކަމާއި، އެނގިހުރެ ގަސްދުގައި ފަރުވާ ނުދިނުން ނުވަތަ ލަސްކުރުމާއި، އެކަމުގެ ސަބަބުން ޙާލަތު ބޮޑުވުން ނުވަތަ ގެއްލުން ލިބުން ސާބިތުވާންޖެހެއެވެ.
HN6 ބަލި ޙާލަތަށް ރިޢާޔަތްކޮށް ދޫކޮށްލެވޭ މީހުން ދޫކޮށްލަންވާނީ ދާއިމަށް ނޫނެވެ. މުޖުތަމަޢުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރުމަށް އެންމެ ހަރުކަށި ފިޔަވަޅުތަކާއެކު، ސިއްޙަތަށް އޮތް ނުރައްކާ ކުޑަކުރެވެންދެނެވެ. ޖަލުން ކޮވިޑް ކޭސްތަކެއް ފެނުމަކީ ޑޮކްޓަރު ލަފާދީފައިވާ ފަރުވާ ދިގު މުއްދަތަކަށް ލަސްކުރުމުގެ މަޤްބޫލު ޢުޛުރެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ފަނޑިޔާރު ޢަލީ ސަމީރު، އިސް ފަނޑިޔާރު ހާތިފް ޙިލްމީ، ފަނޑިޔާރު މުޙައްމަދު ފައިޞަލް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޢަލީ ސަމީރު · ތާއީދުކުރެއްވީ: ފަނޑިޔާރު މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- އިސް ފަނޑިޔާރު ހާތިފް ޙިލްމީ
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޢަލީ ސަމީރު ގެ ރައުޔު،)މި ރ އަޔަށް ފަނޑިޔާރު މުޙައްމަދު ފައިޞަލް ތާއީދު ކުރެއެވެ. (
މައްސަލައިގެ ތަޢާރަފު
1މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 145-B4(576-2020)/2021/06 އަމުރު،އެކޯޓުން ނެރެފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެ އ އަމުރު އިސްތިއުނާފުކުރުމަށް އެދިޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެފަރާތުން ހުށަހެޅުމުނެބެލި މައްސަލައާ ކ ވެ. މި މައްސަލައިގައި އިސްތިއުނާފުރައްދުވ ފަރާތަކިހދ.މާވައިދޫ / ތުނިވެލ، މުޙައްމަދު ޢާނިމް އެވެ. ކަން ހިނގާފައިވާގޮތް:
2ގދ.ތިނަދޫ / ގޮފި، ޢަލީ ޙުޒާމް ސަޢީދު އާއި ހދ.މާވައިދޫ / ތުނިވެލި، މުޙައްމަދު ޢާނިމް އަޙްމަދު އިތުރު ބަޔަކާ ގުޅިގެން އެއަރ ކަރގޯ މެދުވެރިކޮށް ދިވެހިރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ޓްރެފިކްކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައ، 2020 ޖުލައި 3 ވަނަ ދުވަހުގެ 21:13 ގައި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މުޙައްމަދު ޢާނިމް އަޙްމަދު ހައްޔަރުކޮށްފައިވެއެވެ.
3މުޙައްމަދު ޢާނިމް ހައްޔަރު ކުރުމަށްފަހު، ބަންދުކޮށްފައިވަނީ ޤާނޫނާއި އެއްގޮތަށްކަމަށް ކަނޑައަޅައިދެއްވައި، މީނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދއްވުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުނި،އޭނާ ހައްޔަރުކުރެވިފައިވަނީ ޤާނޫނާ އެއްގޮތަށްކަމަށް ކަނޑައަޅައި،އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ ޖިނާއީ ބޮޑު ކުށަކަށް ކަމަށްވެފައީ،ތުހުމަތުކުރެވޭ މިންވަރަށް ހެކި ޤަރީނާ ހުށަހަޅާފައިވާތީ، މުޖުތަމަޢުގެ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު ހައްޔަރުކުރެވޭ މީހާގެ މަޢުލޫމާތު ފޯމް ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، 4 ޖުލައި 2020 ގެ 15:15 އިން ފެށިގެން 19 ޖުލައި 2020 ގެ 15:14 އަށް 15 )ފަނަރަ( ދުވަހަށް އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވެއެވެ.
4ބުނެވުނު އަމުރުގެ މުއްދަތު ހަމަވުމަށްފަހު 19 ޖުލައި 2020 އިން ފެށިގެން 24 ޖުލައި 2020 އަށް 15 )ފަނަރަ( ދުވަހަށް، 24 ޖުލައި 2020 އިން ފެށިގެން 3 އޮގަސްޓް 2020 ގެ ނިޔަލަށް 10 )ދިހައެއް( ދުވަހަށް، 13 އޮގަސްޓް 2020 އިން ފެށިގެން 18 އޮގަސްޓް 2020 ގެ ނިޔަލަށް 5 )ފަހެއް( ދުވަހުގެ މުއްދަތަށް އަދި 18 އޮގަސްޓް 2021 އިން ފެށގެނި 2 ސެޕްޓެމްބަރު 2020 ގެ ނިޔަލަށް 15 )ފަނަރަ( ދުވަހުގެ މުއްދަތަށި،މުޙައްމަދު ޢާނިމް އަޙުމަދުގެ ބަންދުގެ މުއްދަތު އިތުރު ކުރަމުން ގޮސްފައިވެއެވެ. އަދ 2 ސެޕްޓެމްބަރު 2020 އިން ފެށގެނި ޝަރީޢަތް ނިމެންދެން ނުވަތްކޯޓުނ އިތުރު ގޮތެއް ކަނޑައަޅަންދެން މުޙައްމަދު ޢާނިމް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވެއެވެ.
5ބުނެވުނު ބަންދު އަމުރުގެ ތެރެއިން 19 ޖުލައި 2020 އިން ފެށިގެން 24 ޖުލައި 2020 ގެ 15:13 އަށް 15 )ފަނަރަ( ދުވަހުގެ މުއްދަތަށް މުޙައްމަދު ޢާނިމް އަޙްމަދ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިތުރު ބަޔާނުގައި " މީނާގެ ޞިއްޙީ ޙާލަތު ބައްލަވާ ފަރުވާ ދިނުމަށް" މިފަދައިން ބަޔާންކޮށްފައި ކްރިމިނަލް ކޯޓުގެ 145-J/MA/2020/2035 ނަންބަރުކޯޓު އަމުރު އޮވެއެވެ. މީގެ އިތުރުނެ 3 އޮގަސްޓް 2020 ގައި ކްރިމިނަލް ކޯޓުނުނެރުންބަންދު އަމުރުގެ އިތުރު ބަޔާނުގައިވެސު މުޙައްމަދު ޢާނިމި އަޙްމަދގެ "ބޭސްފަރުވާގެ އިންތިޒާމް ހަމަޖައްސައިދިނުމަށް" އަދ 18 އޮގަސްޓް 2020 ގައި ނެރުނު ބަންދް އަމުރުގެ އިތުރު ބަޔާނުގައު މުޙައްމަދު ޢާނިމްއަޙްމަދް"ޑޮކްޓަރަށް ދައްކާ ފަރުވާ ދިނުމަށް" ބުނެފައިވެއެވެ.
6ޝަރީޢަތް ނިމެނަ ދެން ނުވަތް ކޯޓުނު އިތުރު ގޮތެއް ކަނޑައަޅަންދެންމުޙައްމަދުޢާނިމްއަޙްމަދް ރިމާންޑް ޖަލެއްގައި ބަންދުކުރުމަށުކްރިމިނަލް ކޯޓުން ނެރުނު އެ ކޯޓުގެ ނަންބަރ 145-J/MA/2020/2224 ކޯޓު އަމުރު ނެރެފައިވަނިކޮށް މުޙައްމަދު ޢާނިމް އަޙުމަދުގެ ބަންދު މުރާޖަޢާ ކުރަން ބޭއްވުނު އަޑުއެހުމުގައި، މުޙައްމަދު ޢާނިމްއަޙްމަދގެ ފަރާތުން ބުނެފައިވަނު މީނާގެ ދަތް ހަލާކުވުމުގެ ސަބަބުން ދަތްގެ ފަރުވާ ދިނުމަށް ޑޮކްޓަރު ލަފާދީފައިވާކަމަށާއި، ނަމަވެސް ޑޮކްޓަރުލަފާ ދެއްވާފައިވާ ގޮތަށް މުޙައްމަދު ޢާނިމް އަޙުމަދަށް ފަރުވާ ލިބިފައިނެތީކަމަށާއި ފަރުވާ ލިބިފައިނުވުމުގެ ސަބަބުން ދަތުގައާއި ބޮލުގައި ރިއްސާތ ކާއެއްޗެހި ކެއުމުގައި އުނދަގޫވާކަމަށާއޫ،ހަމައެހެންމެ ނިދުމަށް ދ ތިވެ މިނޫންވެސް އުނދަގަ ތައް ވާކަމަށެވެ. މުޙައްމަދު ޢާނިމް އަޙްމަދުގެ ފަރާތުން ހުށަހެޅި އެ ޝަކުވާއާ ގުޅިގެން މުޙައްމަދު ޢާނިމެއަޙްމަދި ގ ބޭސްފަރުވާ ކުރިއަށްދާގޮތުގެ ލިޔުންތައް ކަމާ ގުޅުންހުރި އެ ދާރާތަކުން ހޯދައި އ ލިޔުންތަކަށް ބައްލަވައި، މުޙައްމަދު ޢާނިމްއަޙްމަދެގާދަތުގްފަރުވަ އަށިބޭނުންވާކން ކަށަވަރު ކުރެވި،މީނާއަށް ފަރުވާ ދިނުމުގައި އެކަށީގެންވާ މަސައްކަތެއް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ކޮށްފައް ނުވާކަނު ފަނޑިޔާރަށް ޤަބޫލުކުރެވޭކަމަށް ފާހަގަކެ ރުމަށްފަހު މުޙައްމަދު ޢާނިމް އަޙްމަދަށް ފަރުވާ ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމުގ ގޮތުން،ޝަރުޠުކޮށުމުޙައްމަދު ޢާނިމް އަޙްމަދްވަގުތީ ގޮތުނ ބަންދުން ދޫކުރުމަށް 13 ސެޕްޓެންބަރު 2021 ގައި ކްރިމިނަލް ކޯޓުގެ ނަންބަރު 145-B4(576-2020)/2021/06 އަމުރު ނެރުއްވާފައިވެއެވެ.
7އިސްތިއުނާފު ކުރެވިފައިވާ މިވަނީ މުޙައްމދަ ޢާނިމްގާބަލި ޙާލަތަށްޓަކައި ވަގުތީ ގޮތުން ބަންދުން ދޫކޮށްލުމަށް އަމުރުކޮށް ކްރިމިނަލް ކޯޓުން ނެރުއްވާފައިވ އެ ކޯޓުގެ ނަންބަރު 145-B4(576-2020)/2021/06 ކޯޓު އަމުރެވެ. އިސްތިއުނާފީ ނުކުތާތަކާއި ތަފްސީލުގައި ދެއްކި ވާހަކަތައް އަދި ރައްދު
8ކްރިމިނަލް ކޯޓުގެ ނަންބަރު 145-B4(576-2020)/2021/06 އަމުރު އެކޯޓުން ނެރެފައިވަނަޤާނޫނ އުޞޫލުތަކާ ޚިލާފެށކަމަށް ބުނީ، އެ އަމުރު އިސްތިއުނާފު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން 03 )ތިނއް( ނުކުތާ ހުށަހަޅައެ އެނުކުތތަކާ ބެހޭ ގޮތުން ދިވެހެރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގި މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އަގޮތުނާހުށަހޅާފައިވ ނުކުތާތަކަކީ، • ކްރިމިނަލް ކޯޓުގެ ނަންބަރު 145-B4(576-2020)/2021/06 އަމުރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ގ 60 ވަނަ މާއްދާގެ )ށ( އާއި އެ ޤާނޫނުގެ 59 ވަނަ މާއްދާ އާއި އެ ޤާނޫނުގެ 22 ވަނަ މާއްދާގެ )ކ( އާ ޚިލާފަށް ނެރުއްވާފައިވާ އަމުރެއް ކަމަށްބުނެ ހުށަހެޅި ނުކުތާއާއި، • ކްރިމިނަލް ކޯޓުގެ އަމުރަކީ، ޤާނޫނު ނަންބަރު: 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ގެ 63 ވަނަ މާއްދާއަށް ރިޢާޔަތްކުރެއްވުމެއްނެތި ނެރުއްވާފައިވާ އަމުރއެ ކަމަށްބުނެ ހުށަހެޅި ނުކުތާއާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 145-B4(576-2020)/2021/06 ކޯޓު އަމުރު • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( ގައި 'މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިނަމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ" ކަމަށ ބަޔާންކޮށްފައިވާ އުސޫލުތަކާ ޚިލާފަށް ނެރުއްވާފައިވާ އަމުރަކަށްވ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
9ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން ފުރަތަމަ އަދި ދެވަނަ ނުކުތާގެ ތަފްސީލުގައި މައިގަނޑު ގޮތެއްގައި ބުނެފައިވާ ބުނުމަކީ، މުޙައްމަދު ޢާނިމް އަޙްމަދު ގ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށުގެ ބާވަތަށާއި ހުށަހެޅިފައިވާ ހެކިތަކުގެ މައްޗަށް ބަލާއިރު މުޙައްމަދ ޢާނިމް އަޙްމަދް ގެ ފުށުނު މުޖުތަމަޢުއަށް އޮތް ނުރައްކާ ފިލައިގެން ގޮސްފައިނުވާކަމަށާއި، މުޙައްމަދު ޢާނިމ އަޙްމަދގު މައްޗަށް ތުހުމަތު ކުރެވޭ ކުށަކީ، ކަފާލަތުގެ ދަށުންވެސް ޝަރުތުކޮށް ބަންދުން ދޫނުކުރެވޭ ބާވަތުގެ ކުށެއްކަމުގައިވާތީ، މުޙައްމަދު ޢާނިމ އަޙްމަދު ޝަރުތުކޮށް ބަންދުން ދޫކޫށްލޮ ދޫކޮށްލުން ޤާނޫނާއި އެއްގޮތް ނޫންކަމަށެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅު އިސްތިއުނާފީ ތިން ވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2021/HC-A/025 އަދި ނަންބަރު 2018/HC-A/208 ޤަޟިއްޔާގައި ކަނޑައަޅާފައިވަ އުސޫލުތައް ކްރިމިނަލް ކޯޓުން މި މައްސަލަ އަށް ތަޠުބީޤު ކުރި ގޮތް ރަނގަޅު ނޫންކަމަށެވެ.
10ދައުލަތުގެ ފަރާތުން ހުށަހެޅިއިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި، މުޙައްމަދު ޢާނިމް އަޙްމަދް ފާހަގަކުރި މައިގަނޑު ކަމަކީ، މުޙައްމަދު ޢާނިމ އަޙްމަދް ޝަރުތުކޮށް ބ ންދުނަ ދޫކޮށްލީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މުޙައްމަދު ޢާނިމް އަޙުމަދަށް ފޯރުކޮށްދޭންޖެހޭ ސިއްޙީ ފަރުވާ ފޯރުކޮށްދެވިފައި ނެތުމުން ވަގުތީ ގޮތުން ކަމަށާއި، މުޙައްމަދު ޢާނިމ އަޙްމަދ އެދުނީ އޭނާއަށް ފަރުވާ ލިބޭނެ ގޮތެއް ތަނަވަސް ވުންކަމަށެވެ. އަދ ފަރުވާ ނިމުމަށްފަހު އަނބުރާ އިހު ހުރި ގޮތަށް ދާން އެއްވެސް އިޢުތިރާޟެއް ނުކުރާކަމަށާއި ބަންދުން ދޫކޮށްލުމުން މުޙައްމަދު ޢާނިމް އަޙްމަދގެ ފަރުވާ މިހާރު ފަށާފައިވާކަމަށެވެ. މުޙައްމަދު ޢާނިމ އަޙުމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވަނީ އޭނާއަށް ފަރުވާގެ ފުރުސަތު ތަނަވަސްވާ ގޮތަކަށް މި މައްސަލަ ނިންމާ ދިނުމަށް ކަމަށެވެ. މުޙައްމަދު ޢާނިމް ޝަރުޠުކޮށް ވަގުތީ ގޮތުން ބަންދުން ދޫކޮށްލަން ނިންމި ސަބަބު
11އިސްތިއުނާފު ކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރ 45-B4(576-2020)/2021/061 ކޯޓު އަމުރުގެ އިތުރުބަޔާނަށް ބަލާއިރު، މުޙައްމަދު ޢާނިމ އަޙްމަދ ވަގުތީ ގޮތުން ބަންދުން ދޫކޮށްލަންޖެހުނު ސަބަބުގެ ގޮތު ގައި ކްރިމިނަލް ކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވްސަބަބަކީ، މުޙައްމަދު ޢާނިމީ އަޙްމަދަކް ސިއްޙީ ފަރުވާ ބޭނުންވާ ފަރާތެއްކަންމޯލްޑިވްސް ކަރކްޝަނަލެ ސަރވިސްއަށް އެނގިހުރެ އެކަށީގެންވާ ސިއްޙީ ފަރުވާ މޯލްޑިވްސްކަރެކްޝަނަލް ސަރވިސްގެ ފަރާތުނ އޭނާއަށްދެމުން ގޮސްފައިނުވާތީ އޭނާއަށް ސިއްޙީ ފަރުވާ ހޯދޭނެ މަގެއް ތަނަވަސް ކޮށދިނުންކަން އެނގެއެވެ. މި ގޮތުން މި އަމުރުގެ އިތުރު ބަޔާނުގައި، " މީނު ވަގުތީ ގޮތުން ބަންދުން ދޫކޮށްލުމުގެ މައިގަނޑާ ބޭނުމަކީ، މުޙައްމަދު ޢާނިމް އޙި މަދަށް އެކަށީގެންވާ ބޭސްފަރުވާ ބަންދުގައި ހުރެގެން ލިބިފައިނުވާތީ އާއި 13 ސެޕްޓެމްބަރ 2021 ވަނަ ދުވަހު ބޭއްވުނު އަޑުއެހުމުގައިވެސް މާފުށީގެ ކޮވިޑް ޙާލަތާއި ގުޅިގެން ފަރުވާ ލިބުމަށް އިތުރަށް ދުވަސް ނަގާނެކަން ދައުލަތުން ފާހަގަކޮށްފައިވާތީ، ފަރުވާ ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން" މިފަދައިން ފާހަގަކޮށްފައިވެއެވެ. އަދި ވަގުތީ ގޮތުން ދެވިފައިވާ މުއްދަތު ހަމަވުމުން މުޙައްމަދު ޢާނިމ އަޙްމަދ ޝަރީޢަތް ނިމެންދެން ބަންދަށް އަނބުރާ އިޢާދަވާނެކަންވެސް މ އަމުރުގައި ފާހަގަކުރައްވާފައިވާ ކަންކަމުން އެނގެން އެބައޮތެވެ. ކްރިމިނަލް ކޯޓުގެ ނަންބަރު 145-B4(576-2020)/2021/06 އަމުރުގެ އިތުރު ބަޔާނުގެ 10 ވަނަ ނަންބަރު. ކްރިމިނަލް ކޯޓުގެ ނަންބަރު 145-B4(576-2020)/2021/06 އަމުރުގެ އިތުރު ބަޔާނުގެ 07 އަދި 08 ވަނަ ނަންބަރު.
12HN1މުޙައްމަދު ޢާނިމް އަޙްމަދުޝަރުތުކޮށް ބަންދުން ދޫކޮށްލުމަށް ނިންމާފައިވާ ބުނެވުނު ސަބަބުގެ މައްޗަށް ބަލާއިރު، މި މައްސަލައިގައި މުޙައްމަދު ޢާނިމް އަޙްމަދް ބަންދުން ދޫކުރެވިފައިވަނީ އޭނާގެ ބަލި ޙާލަތަށް ބަލައި އިސްތިސްނާ ޙާލަތެއްގެ ދަށުންކަން އެނގެން އޮތުމުންނާއި މިއީ ދިވެހިރާއްޖޭގެ ޖުމެ ހޫރިއްޔާގ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާފަދަ ސަބަބެއް ނެތިގެން މުޙައްމަދު ޢާނިމް އަޙްމަދ ބަންދުން ދޫކުރި ދެ ކުރުމެއް ނޫންކަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި އިސްތިއުނާފ ފުރަތަމަ އަދި ދެވަނަ ނުކުތާ މި މައްސަލައިގެ ވާޤިޢާގެ މައްޗަށް ތަޠްބީޤު ކުރްވެން އޮތްކަމުގައި ބެލެވެން ނެތުމުން އެ ދެ ނުކުތާއާއި ގުޅިގެން އިތުރުކަމެއް މި ކޯޓުން ފާހަގަކުރަނޖެހޭނެ ކަމުގައި ނުދެކެމެވެ. މުޙައްމަދު ޢާނިމް އަޙްމަދު ގެ ފަރުވާއާމެދު ކަން ވެފައިވާ ގޮތް
13މި މައްސަލައިގައި ފެންނަން ހުރި ލިޔުންތަކުގެ މައްޗަށް ބަލާއިރު، މުޙައްމަދު ޢާނިމް އަޙްމަދ ބަންދަށް ގެންދިއުމުގެ ފަހަށް،ތަފާތު އެކި ފަހަރުތަކުގެ މަތިން ޖުމްލަ 06 ފަހަރެއްގެ މަތިން ޑޮކްޓަރަށް ދައްކާފައިވާކަން އެނގެން އެބަ އޮވެއެވެ. ދައުލަތުން ބުނެފައިވަނީމި މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހެޅަ ލިޔުންތަކަށް ބަލާއިރު މުޙައްމަދު ޢާނިމް އަޙުމަދަށް އެކަށީގެންވާ ފަރުވާ ދެވިފައިވާކަން ލިޔުންތަކުން އެނގެން އޮންނަކަމަށެވެ. އެހެންނަމަވެސް މުޙައްމަދު ޢާނިމްއަޙްމަދު ގެ ފަރާތުން އިނާގެ ބަންދު އަމުރު މުރާޖަޢާގެ އަޑު އެހުމުގައ ކޮށްފައިވާޝަކުވާއަކީ އޭނާ އެއްވެސް އިރެއްގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުނ ޑޮކްޓަރަށް ދައްކާފައިނެތިގެ ން ކޮށްފައިވާ ޝަކުވާއެއް ނޫންކަން އެނގެއެވެ. އޭނާގެ މައިގަނޑު ޝަކުވާއަކީ، 2021 އެޕްރީލް 05 ވަނަ ދުވަހު މާފުށި ސިއްޙީ މަރުކަޒުގައި މަސައްކަތް ކުރާ ދަތުގެ ޚާއްޞަ ޑޮކްޓަރަކަށް ދެއްކުމުނުމުޙައްމަދު ޢާނިމް އަޙްމަދުގ ދަތުގައި ފުޓުނި އަޅަން ޑޮކްޓަރު އިރުޝާދު ދީފައިވާއިރު، ފުޓުނި އެޅުމަށްފަހު 23 ޖޫން 2021 ވަނަ ދުވަހު ރިވިއުކުރުމަށް ލަފާ ދެއްވުމާއި ގުޅިގެން ރިވިއުއަށް އަށް ދިއުމުނީއިތުރު ފަރުވާއަށް )ރޫޓް ކެނަލް ޓްރީޓްމަންޓް( އަށް މާލެ ގެންދަން މާފުށި ސިއްޙީ މަރުކަޒުން ލަފާދީފައިވީނަމަވސް އެފަރުވާ މުޙައްމަދު ޢާނިމެ އަޙުމަދަށް 13 ސެޕްޓެމްބަރ 2021 މި ތާރީޚާއި ހަމައަށްވެސް ނުލިބި އެތަކެއް ދުވަސް ފާއިތުވިއިރުވެސިއެ ފަރުވާ ލިބޭނެކަން އަދި ލިބޭނެ ތާރީޚެއްވެސް އެނގިފައިނެތަތީ ފަރުވާ ލިބޭނެ މަގެއް ހޯދުމަށާއި ފަރުވާ ލިބުން ލަސްވެގެން ކޮށްފައިވާ ޝަކުވާއެއްކަން އެނގެއެވެ.
14HN6މި މައްސަލައި ގައި ފެންނަން ހުރި ލިޔުންތަކަށް ބަލާއިރު އަދި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މުޙައްމަދު ޢާނިމް އަޙްމަދް ގެ ދަތަށް ލިބިފައިވާ ގެއްލުމަށް އިތުރު ފަރުވާއަށް މާލެ ގެންދަން މާފުށި ސިއްޙީ މަރުކަޒުން 23 ޖޫން 2021 ވަނަ ދުވަހު ދީފައިވާ ލަފަޔާއި އެއްގޮތަށް މުޙައްމަދު ޢާނިމް އަޙުމަދުގެ ބަންދުގެ މުރާޖަޢާ އަޑުއެހުން ބޭއްވި ތާރީޚުކަމުގައިވ 13 ސެޕްޓެމްބަރ 2021 އާއި ހަމައަށްވެސްމޯލްޑިވްސް ކަރެކްޝަނަލް ސަރވިސއިނ ޢަމަލުކޮށްފައި ނެތްކަން އެނގެއެވެ. މުޙައްމަދު ޢާނިމް އަޙުމަދަށް ފަރުވާ ދިނުން މަޑު ޖައްސާލާފައިވަނީ މާފުށީ ޖަލުން ކޮވިޑް ކޭސްތަކެއް ފެނިގެންކަމަށާއި މާފުށި ޖަލު ޢާއްމު ޙާލަތަކަށް ބަދަލުވީހާ އަވަހަކަށް މުޙައްމަދު ޢާނިމ އަޙުމަދގެ ބޭސް ފަރުވާގެ ކަންކަން ކުރިއަށްދާނެކަމަށު 07 ސެޕްޓެމްބަރ 2021 މި ތާރީޚުގައި މޯލް ޑިވްސ ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފޮނުވާފައިވާ ސިޓީއެއްގައި ފާހަގަކުރައްވާފައި އެބައޮތެވެ. ބުނެވުނު ސިޓީއަށް ބަލާއިރު 23 ޖޫން 2021 ފެށިގެން މުޙައްމަދު ޢާނިމް އަޙްމަދގެ ފަރުވާގެ ކަންކަން ހަމަޖެއްސުމަށް އެ ސިޓީ ފޮނުވި ތާރީޚއާ ހަމައަށް އެއްވެސްކަމެއ ކޮށްފައިވާކަން އެނގޭކަށް ނެތެވެ. އަދި އެކަން ސާފު ކުރުމަށް ހައިކޯޓުން ކުރި ސުވާލުގެ ޖަވާބުގައި ދައުލަތުން ބުނެފައިވަނީ، މުޙައްމަދު ޢާނިމް އަޙްމަދގެ ފަރުވާއަށް އޭ.ޑީ.ކޭ ހޮސްޕިޓަލަށް ގެންދިއުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 503 ނަންބަރު ސިޓީ )07 ސެޕްޓެމްބަރ 2021( މަސައްކަތް ކުރެވުނު ކަމަށާއި ދިމް ވާ ސަބަބަކާއި ގުޅިގެން ހޮސްޕިޓަލަށް ގެނެވިފައި ނުވާކަމަށެވެ. އެހެންނަމަވެސް ދިމާވި ސަބަބަކީ ކޮބައިކަން އަދި އޭގެ ފަހުން ދެން ކަން ކުރި ގޮތަކީ ކޮބައިކަން ދައުލަތަށް ބުނެދެވިފައެއް ނުވެއެވެ. ކޮވިޑް ކޭސްތަކެއް މާފުށި ޖަލުން ފެނުމަކީ ކޮންމެހެން ސިއްޙީ ފަރުވާ ބޭނުންވާ ފަރާތަކަށް ސިއްޙީ ފަރުވާ ނުދީ ލަސްކުރަންޖެހޭ ސަބަބެއް ކަމުގައި ޤަބޫލު ކުރެވޭކަށްނެތެވެ. ބަންދު މުރާޖަޢާ ކުރާ އަޑުއެހުންތަކުގައި ސިއްޙީ ޙާލަތަށް ރިޢާޔަތްކޮށް ބަންދުން ދޫކޮށްލުން
15HN2ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ށ( ނުވަތަ )ކ( ގެ ދަށުން ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެނިންމުން، ކޮންމެ 30 )ތިރީސް( ދުވަހަކުން މުރާޖަޢާ ކުރަންވާނެކަމަށް އެ މާއްދާގީ )ވ( ގައި ކަނޑައަޅައި ތަޢާރަފުކުރި މި އިޖުރާއާތުގެ މަޤްސަދު ކ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ މައްސަލަތަކުގައި އަވަހަށް ގޮތެއް ނިންމުމަށް ބާރު އެޅުންކަމަށާއި އަދި ބަންދުގައި ބެހެއްޓި ސަބަބު ވުޖޫދުގައި އޮތްތޯ ކޮންމެ 30 ދުވަހަކުން ބަލައި އެ ސަބަބު ފިލައި ގޮސްފައިވާނަމަ ބަންދުން ދޫކޮށްލުންކަމަށާއި އެ ސަބެ ބ ވުޖޫދުގައި އޮތްނަމަ އެ މީހަކު ބަންދުގައި ބެހެއްޓުންކަމަށާއި، ކޮންމެ 30 ދުވަހަކުން މައްސަލަ ބަލާ ފަނޑިޔާރު އެ މީހެއްގެ ޙާލަތު މުރާޖަޢާކުރާނަމަ، އެ މައްސަލަ އަވަހަށް ނިމިގެންދިއުމަށް ބާރު އެޅި ވާނުވާ ނޭގޭ ގޮތުގައި އެ މީހަކު ބަންދުގައި ނުހުންނާނެކަމަށް ދެ ވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ޢަލީ ޒުބައިރު، ޙުސައިން ޒަހީން، އަރުޝަދު ޚާލިދު ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގައި ފާހަގަ ކުރައްވާފައިވެއެވެ.
16އަދި ހަމަ އެ ޤަޟިއްޔާގައި، " ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ވ( ގައި، ބުނާ ކޮންމެ 30 ދުވަހަކުން ބަންދު މުރާޖަޢާކުރަންވާނެކަމަށާއި އެ މީހަކު އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/108,109,110 ޤަޟިއްޔާގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު . ސަބަބެއް އޮތްތޯ ބެލުމަށް، އޭނާ ހައްޔަރުކޮށްފައިވާ ފަރާތުން ކޮންމެ 30 ދުވަހަކުން ކޯޓަށް ޙާޟިރުކުރަންވާނެކަމަށް ބަޔާންކޮށްފައިވަނީ، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ މައްޗަށ ކުރެވޭ ޝަރީޢަތް އިންތިހާއަށް ލަސްވެ ދިއުމުގެ ސަބަބުން، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުން ދިގު މުއްދަތަކަށް،ޙުކުމް ނުކޮށް، ތިބުމާގެ މައްސަލަ ޙައްލުކުރުމުގެ ގޮތުން، އެގޮތުން އެފަދަ މީސްމީހުންބަންދުގައި ބޭތިއްބުމަށް ޤާނޫނުއަސސީގ 49 ވަނަ މާއްދާއިން ޟަރޫރަތެ ކުރް ސަބަބު އ ގޮތުގައި ދެމިނެތް ކަމުގައިވާނަމަ އެފަދަ މީހުންގެ ބަންދު މުރާޖަޢާކޮށް، ޝަރުތުތަކާއިއެކު ނުވަތަ ކަފާލަތުގެ ދަށުން ބަންދުން ވީއްލާފައި ބޭތިއްބުމަށްޓަކައި އެ މަޤްސަދުގައި 30 ދުވަހުން 30 ދުވަހުން ބަންދު މުރާޖަޢާކުރުމަށް ޖިނާއީ އިޖުރާއާތު ލާޒިމް ކުރަނީކަމަށްވެސް ބުނެފައި އެބައޮތެވެ.
17ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ވ( ވުޖޫދު ކުރެވުނު ކަމަށް ބުނާ، ބުނެވުނު ސަބަބުގެ މައްޗަށް ބަލާއިރު، އ އިޖުރާއާތުގަޙަޤީޤީ މަޤްސަދަކީ، ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ނިންމާފައިވާ ފަރާތްތަކުގެ މައްސަލަތައް އަވަސް ކުރުމާއި އެކަޝަރީޢަތުން މައްސަލައިގެ ގޮތެއް ކަނޑައެޅުމުގެ ކުރިން ބަންދުގައި ހުރި ފަރާތުގެ ބަންދުކުރި ޙާލެ ތ ބަދަލުވެފައިވޭތޯ ނުވަތަ ނޫންތޯ ބެލުން ކަމުގައިވީނަމަވެސް އެ މަޤްސަދު އެ އިޖުރާއާތުގެ ސަބަބުން ޙާސިލު ކުރވ ކަމަކަށް ނުފެނެއެވެ. ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށާ އަމުރު ކުރެވޭ ގިނަ ފަރާތްތަކަކީ، ބޮޑެތި ކުށްތަކުގެ ތުހުމަތުގައި އަދި އެ މީހުންގެ ފުށުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ކުރިމަތިވެދާނެ ކަމަށް ފެނިގެން ބަންދު ކުރެވިފައިވާ ފަރާތްތަކެއް ކަމުގައި ވުމުން އެފަރާތްތަކުގެ މައްޗަށް ޙުކުމެއް ކުރުމުގެ ކުރިން އެ ފެރާތްތަކުގަ މައްޗަށ ތުހުމަތު އ އޮތް ގޮތުގައި އޮއްވާ އަދި ހެކިތައްވެސް އެހުރި ގޮތަށް ހުއްޓާ ތުހުމަތު ކުރެވުނު ޙާލަތާއި ކަންކަން އެހެން ގޮތަކަށް ބަދަލުވާނެކަމުގެ އިޙްތިމާލެއް ވަރަށް ނާދިރު ޙާލަތުތަކެއްގައި މެނުވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/108,109,110 ޤަޟިއްޔާގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު . އޮވެދާނެކަމަކަށް ނުފެނެއެވެ.އަދިމް ފަދަ މައާ ސަލަތައް އެންމެ ގިނައިން ހުށަހެޅޭ ކޯޓު ކަމުގައިވާ ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުގައި މައްސަލަތައް ހުރި ޢަދަދަށާއި ޤާޟީންގެ ޢަދަދަށް ބަލާއިރު މިއީ ގޮންޖެހުން ބޮޑުކަމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ސުޕްރީމިކޯޓުގެ ބުނެވުނު ޤަޟިއްޔާގައިވެސް ފާހަގަ ކުރައްވާފައ އެބަވެއެވެ.
18ބުނެވުނު ސަބަބުތައް އެފަދައިން ހުރުމުން ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓާ ފަރާތްތަކުގްބަންދުގ މުރާޖަޢާ އަޑުއެހުން ކޮންމެ 30 ދުވަހަކުން 30 ދުވަހަކުން ބޭއްވުނު ނަމަވެސް އެ އިޖުރާއާތުގެ އެ ގޮތުގައި އޮތުމުގެ މަޤްސަދު ޙާސިލުނުވާތީ އެކަން ވަނީ މަޤްސަދު ޙާސިލުނުވާ ގޮތަކަށް އޮތް އިޖުރާއާތެއްކަމުގައެވެ. ޝަރީޢަތް ނިމެންދެން ބަންދުކުރެވިފައިވާ ފަރާތްތަކުގެ ބަންދު މުރާޖަޢާކުރުމުގެ އަޑު އެހުންތަކުގައ ބަންދުގައި ތިބޭ ފަރާތްތަކުން ކުރާޝަކުވާ ތަކުގެ މައިގަނޑަކީ، ޖަލްބަންދުގައި ތިބޭ ފަރާތްތަކަށް ލިބެންޖެހޭ ބައެއް ވަސީލަތްތަކާއި ސިއްޙީ ފަރުވާއާއި ގުޅުން ހުރި ޝަކުވާތަކެވެ.
19ސުވާލަކީ، ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ވ( ގައި ބުނާ ކޮންމެ 30 ދުވަހަކުން 30 ދުވަހަކުންބަންދު މުރާޖަޢާ ކުރުމަށް ބޭއްވޭ އަޑު އެހުންތަކުގައްބަންދުގައި ހުރި ފަރާތަކަށް ޖަލު ބަލަހައްޓާ ފަރާތުން ފޯރުކޮށްދޭނޖެހ ސިއްޙީ ފަރުވާ ފަދަ ކަންކަން އެކަށީގެންވާގޮތެއްގައި ފޯރުކޮށް ނުދީވާކަމަށް ބުނާބުނުމަކީ އެކަމުގެ މައްޗަށް ފަނޑިޔާރު އެއްވެސްވަރަކަށް ރިޢާޔަތް ކުރަންޖެހނުކަމެއްތޯ އެވެ. އަދި އެއީ އެކަމި ގެ މައްޗަށް ރިޢާޔަތްކޮށް ބަންދުގައި ހުންނަ މީހެއްގެ ބ ންދާއެ މެދު އިތުރްގޮތަކަށް ކަންކުރުމުގ ވިސްނުން ފަނޑިޔާރު ގެންގުޅެން ޖެހޭނެ ސަބަބެއްތޯ އެވެ.
20HN3އެ ސުވާލުގެ އެއް ޖަވާބަކީ، ޖަލުގައި ބަންދުކޮށްފައި ހުންނަ މީހުންގެ ސިއްޙީ ކަންކަން ބެލެހެއްޓުމަކީ ފަނޑިޔާރުންގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވެފައި އެއީޖަލު ބަލަހައްޓާ ފަރާތްތަކުން ކުރާކަމެއް ކަމުގައިވާތީ އެކަމުގައި ފަނޑިޔާރު އިތުރަށް ކުރަން ޖެހޭނެކަމެއް ނޯންނާނެކަމެވެ. އަދި އެކަމުގެ ޙައްލު ހޯދަން ޖެހޭނީ ޖަލު ބަލަހައްޓާ ފަރާތުންކަމާއަޝަކުވާވެސް ހުށަހަޅަން ޖެހޭނީ ކޯޓަށް ނޫންކަމާއި ކަމާއި ބެހޭ މުއައްސަސާތަކުގެ މައްޗަށް ކަމެވެ.
21އެހެންނަމަވެސް، ބަންދު މުރާޖަޢާ ކުރުމުގެ މައްސަލަތަކުގައި ޖަލު ބަންދުގައި ތީބޭ ފަރާތްތަކުން ހުށަހަޅާ ސިއްޙީ ފަރުވާ ނުލިބުން ފަދަ ޝަކުވާތަކާއި ގުޅިގެން އެކަންކަންވެފައިވާ ގޮތެއްގެ މައްޗަށް ރިޢާޔަތްކޮށް ބަންދުގްއި ހުންނަ މީހެއްގެ ޝަކުވްގައި ކަންވެފައިވާ ގޮތެއްގެ މައްޗަށް ރިޢާޔަތްކޮށް،ބަންދާއި މެދު އިތުރު ގޮތެއް ކަނޑައެޅުމަކީ އިސްތިސްނާ ޙާލަތެއްގެ ގޮތުން ފަނޑިޔާރަށް އޮންނާނެ ބާރެއްކަމަށް އަހުރެން ދެކެމެވެ. އަދި އެއީ ފަނޑިޔާރަށް އެކަމުގެ މައްޗަށް ރިޢާޔަތް ނުކޮށް ދޫކޮށްލެވެން އޮތްކަމެއް ކަމުގައިވެސް ނުދެކެމެވެ.އެހެނީ، ބަންދުގައި އެ މީހަކު އެ ހުންނަނީ ފަނޑިޔާރު ކޮށްފައިވާ އ މުރެއްގަދަށުން ކަމަށްވެފައި އެ ފަރާތް ބަންދުގައި ހުންނައިރު އެ ފަރާތުގެއަސާސީ ޙައްޤަކަށް އުނިކަން ލިބޭ ކަމުގެ ޝަކުވާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅުމުން އެފަދަ ޙައްޤެއް ގެއްލިފައިވާކަން އެނގިހުރެ އެކަމާއި މެދު ފަނޑިޔާރު ލޯ މަރާލައިގެނ ހުރެގެންވާނެކަމަށް ނުދެކޭތީއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން ކުރިން ނިންމާފައިވާ ބައެއް ޤަޟިއްޔާތަކުގައި ފަނޑިޔާރަށް އެ ފުރުސަތު އޮންނާނެކަމަށް ބުނެފައިވެސް އެބައޮތެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/208 ޤަޟިއްޔާއާއި، ނަންބަރު 2021/HC-A/025 ޤަޟިއްޔާ އާއި ނަންބަރ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2021/HC-A/034 ޤަޟިއްޔާ. ސިއްޙީ ޙާލަތުގެ މައްޗަށް ރިޢާޔަތްކޮށް ބަންދުން ދޫކޮށްލުން
22HN4ކޯޓުގެ އަމުރެއްގެ ދަށުން ބަންދުގައި ހުންނަ ފަރާތެއްގެ ސިއްޙީ ޙާލަތުގެ މައްޗަށް ރިޢާޔަތްކޮށް ސިއްޙީ ފަރުވާ ލިބޭނެ ގޮތެއްގެ މައްޗަށް ބަންދުން ކުޑަނަމަވެސް މުއްދަތަކަށް ލުޔެއް ދިނުމަކީ ކޯޓު ތަކުން ޢަމަލު ކުރަމުން އައިސްފައިވާ ގޮތެކެވެ.
23މި ގޮތުން ޖަލުގައި ބަންދުގައި ހުރި މީހެއްގެ ބައްޔަށް ބޭސް ފަރުވާ ނުކުރުމުގެ ސަބަބުން އޭނާގެ ފުރާނައަށް ނުވަތަ ސިއްޙަތަށް ބޮޑު ގެއްލުމެއް ލިބިދާނެކަމަށް ފެންނަ ޟަރޫރީ ޙާލަތެއްގައި ޖަލު ބަންދުގައި ހުރި މީހެއްގެ ބަންދަށް ލުއި ދެވިދާނެކަމަށް ބަޔާންކުރަމުން މި ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޒާމިލް ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ " ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ ފަރާތުގެ ސިއްޙީ ޙާލަތު ހުރި ގޮތުން ޖަލުގައި ބަންދުގައި ހުރެގެން އެ ފަރާތަށް ލިބެންވާ ފަރުވާ ނުދެވި އެ ފަރާތުގެ ފުރާނައަށް ނުވަތަ ސިއްޙަތަށް ބޮޑަ ގެއްލުމެއް ލިބިދާނެކަމަށް ޤަބޫލުކުރެވޭ ފަދަ ސަބަބުތަކެއް ހުރި ނަމަ، ނުވަތަ ބަންދުގައި ޖަލުގައި ބަހައްޓަންޖެހޭ ފަރާތް ޖަލުގައި ބަހައްޓައިފިނަމަ ގާތުން ކިރުބޯ ކުއްޖަކަށް ކިރު ނުދެވި އެ ކުއްޖާގެ ފުރާނައަށް ނުވަތަ ސިއްޙަތަށް ބޮޑު ގެއްލުމެއް ލިބިދާނެކަމަށް ޤަބ ލ ކުރެވުންފަދަ ހަރުދަނާ ސަބަބެއް ނުވަތަ ސަބަބުތަކެއް ހުރި ނަމަ އެ ޙާލަތު ނުވަތަ ޙާލަތުތައް އެފަދައިން ހުރިކަން ކަށަވަރު ކުރުމާއެކު، އެ ޟަރޫރީ ޙާލަތުގެ މައްޗަށް ބިނާކޮށް އެފަދަ ފަރާތެއްގެ ބަންދަށް ލުޔެއް ދެވިދާނެކަމަށް ޤަބޫލު ކުރެވޭކަމާއި، އަދި އެ ޙާލަތުގައި ކަފާލަތުގެ އުސޫލުން ނުވަތަ ޝަރުޠުކޮށް އެފަދަ ފަރާތެއް ބަންދުން ދޫކޮށްލެވިދާނެ ކަމަށް ޤަބޫލު ކުރެވޭކަމަށެވެ." މިފަދައިންނެވެ.
2018/HC-A/208
24HN5ބުނެވުނު ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަނޑައެޅުމަށް ތާއީދު ކުރމުނަ މި ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ.އަޙްމަދ ވިސާމް މައްސަލައިގައި ބުނެފައިވަނީ، " ޖަލުގައި ބަންދުކޮށްފައި ހުރި ޤައިދީއަކަށް އެކަށީގެންވާ ބޭސްފަރުވާ ނުލިބޭކަމަށް ބުނެ ކުރާ ދަޢުވާއެއް ނުވަތަ ޝަކުވާއެއްގައި އަންނަނިވ ކަންތައްތައް ސާބިތުކޮށްދޭންޖެހޭނެކަމަށެވެ. އެއީ، އަވަސް ފަރުވާ ލިބެންޖެހޭ ބައްޔެއް ގ އިދީގެ ހުރިކަން،އެ ބަލި ގައިދީގެ ހުރިކަން ޖަލު އޮފިސަރަށް އެނގޭކަން، އެކަން އެނގިހުރެ ގަސްދުގައި ފަރުވާނުދިނުން/ފަރުވާދިނުން ލަސްކުރިކަން،އެކަމުގެ ސަބަބުން ގައިދީގެ ޙާލަތު އިތުރަށް ބޮޑުވެގެން ދިއުން ނުވަތަ ގެއްލުން ލިބުން،" މިއެވެ.
25ބުނެވުނު ދެ ޤަޟިއްޔގާ އިތުރުން މި ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ.ޙުސައިން ޢިރުފާން މައްސަލައިގައި ފާހަގަކުރައްވާފައިވަނީ " ބަލި ޙާލަތަށް ރިޢާޔަތްކޮށް ބަންދުން ދޫކޮށްލެވޭ މީހުން ދޫކޮށްލަންވާނީ، ދާއިމަށް ނޫންކަމާއި، އެ މީހަކު ދޫކުރެވެންވާނީ، އެމީހެއްގެ ފަރާތުން މުޖުތަމަޢުގަސަލާމަތަށް އޮތް ނުރައްކާ ކުޑަކުރުމަށް އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅުތަކަކާއެކު އެ މީހަކު ބަންދުގައި ބަހައްޓައިފިނަމަ ސިއްޙަތަށް އޮތް ނުރައްކާ ކުޑަކުރެވެންދެންކަމަށެވެ." ހައިކޯޓުން ނިންމާފައިވާ އުސޫލުތައް މި މައްސަލައިގައި ތަޠުބީޤު ކުރީ ރަނގަޅަށްތޯ؟
26މުޙައްމަދު ޢާނިމް އަޙްމަދް ގެ ޝަކުވާގައި ހިމެނޭ ފަރުވާގެ ކަންކަމަކީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ސަމާލުކަމަށް އެކަން އައިސްފައިވާ ކަމެއްކަނި ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އެބައޮތެވެ. މުޙައްމަދު ޢާނިމް އަޙުމަދަށް ފަރުވާ ދޭން ޖެހޭކަމަށް ޑޮކްޓަރު ލަފާ ދެއްވާފައިވަނިކޮށް އޭނާއަށް ފަރުވާ ދިނުމެއްނެތި އެކަށީގެންވާ މުއްދަތަށް ވުރެ ގިނަ ދުވަސް ލަސްކޮށްފައިވާކަން އެނގެން އެބައޮތެވެ. ފަރުވާދިނުން ދިގު މުއްދަތަކަށު ލަސްވެގެން ދިޔަ ސަބަބުކަމަށް ދައުލަތުން ބނު ސަބަބު މަޤްބޫލެއް ނޫނެވެ. އަދި މުޙައްމަދު ޢާނިމް އަޙުމަދަށް ފަރުވާ ފެށޭނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/025 ޤަޟިއްޔާ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/034 ޤަޟިއްޔާ. ސީދާ ވަކި މިވެނި ދުވަހަކުންކަން ބުނެދެވިފައިނުވާއިރުކޮވިޑް ގެ ޙާލަތެއާ އޮތް އޮތުމަކީ ހަމައެކަނި އެ ސަބަބަށްޓަކައި މުޙައްމަދު ޢާނިމް އަޙުމަދަށް ދޭން ޖެހޭކަމަށް ޑޮކްޓަރު ބުނެފައިވޭފަރުވާއެއް ފަށަނީ ލަސްކުރާންޖެހ މަޤްބޫލު ޢުޛުރެއްކަމަކަށް ނުފެނެއެވެ. މުޙައްމަދު ޢާނިމް އަޙްމަދީފަރުވާ ހޯދުމަށް އެދޭ ބައްޔަކީ އޭނާގެދަތާއި ގުޅިފައިވާ ފަރުވާއެއް ކަމުގައިވާއިރު ދަތަށ އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަބަބުން އޭނާއަށްކެއުމުގައި އުނދަގޫތަކއް ދިމާވެފައިވެ ކަން ފާހަގަކޮށްފައި އެބައޮތެވެ.އެއީ ފަރުވާ ނުދީ ގިނަދުވަސް ވެއްޖެނަމު މުޙައްމަދު ޢާނިމްއަޙްމަދގަސިއްޙަތަށް އެކަމުގެ ސަބަބުން ނުރައްކާވެ އަދި ފަހަރުގައި ފުރާނއށްވެސް ނުރައްކާ ވުމުގެ އިޙްތިމާލު އޮތްކަމެއްކަން އެނގެއެވެ.މުޙައްމަދު ޢާނިމް އަޙްމަދ ބަންދުން ދޫކުރީ ދާއިމީ ގޮތަކަށް ނޫނެވެ.އަދި އެކަށީގެންނުވާ ދިގު މުއްދަތަކަށްވެސް ނޫނެވެ. މުޙައްމަދު ޢާނިމް އަޙްމަދ ޝަރުތުކޮށް ބަންދުން ދޫކުރީވަގުތީ ގޮތުން ފަރުވާ ލިބޭނެ ގޮތެއްގެ މައްޗަށް ރިޢާޔަތްކޮށްގެން ފަރުވާ ފުރިހަމަ ކުރެވޭނެކަމަށް ލަފާކުރެވޭ މުއްދަތެއްގެ މައްޗަށް ރިޢާޔަތް ކުރު މުއްދަތެއް ދީގެންނެވެ.
27ބުނެވުނު ސަބަބުތައް އެފަދައިންހުރުމުން މުޙައްމަދު ޢާނިމް އަޙްމަދގެ ސިއްޙީ ޙާލަތުގެ މައްޗަށ ރިޢާޔަތްކޮށް ވަގުތީ ގޮތުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މި މައްސަލައިގައިނިންމި ނިންމުން މިފަދަ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ އުސޫލުތަކާއި ޚިލާފު ކަމުގައި ބެލެވޭކަށްނެތެވެ.
28އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މި މައްސަލައިގައި އަހުރެންދެކެނީ، ކްރިމިނަލުކޯޓުގ ނަންބަރ 45-B4(576-2020)/2021/061 ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމުގައެވެ. އިސްފަނޑިޔާރު ހާތިފް ޙިލްމީގެ ރައުޔު:
29މުޙައްމަދު ޢާނިމް އަޙްމަދް އަކީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވިގެން ޝަރީޢަތް ނިމެނދެނިނުވަތަ އިތުރު ގޮތެއް ކަނޑައަޅަންދެން ރިމާންޑް ޖަލެއްގައި ބަންދުކޮށްފައި ހުރި މީހެކެވެ. އޭނާ ބަންދުކުރުމަށް ކްރިމިނަލް ކޯޓނު ނެރެފައިވ ނަންބަރު: 145-J/MA/2020/2224 ކޯޓު އަމުރު މުރާޖަޢާކުރުމަށް ހުށަހެޅުމުން، މުޙައްމަދ ޢާނިމް އަޙްމަދުގެ ބަލި ޙާލަތަށް ރިޢާޔަތްކޮށް އޭނާ ވަގުތީ ގޮތުން ބަންދުން ދޫކޮށްލުމަށް އަންގައި، އެ ކޯޓުގ ނަންބަރު: 145-B4(576-2020)/2021/06 ކޯޓު އަމުރު ނެރެފައިވެއެވެ.
30ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލާ ނިންމާފައިވާ ޢަލީ ޒުބައިރު، ޙުސައިން ޒަހީން، އަރުޝަދު ޚާލިދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް )2020( އެވެކިޔުނު ޤަޟިއްޔާގެ ޙުކުމް ބިނާކޮށްފައިވާ
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔުގެ 42 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވަނީ،
"ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ށ( ނުވަތަ )ކ( ގެ ދަށުން ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އ ނިންމުން ކޮންމެ 30 )ތިރީސް( ދުވަހަކުން މުރާޖަޢާ ކުރަން ވާނެ ކަމަށް އެ މާއްދާގެ )ވ( ގައި ކަން ޑި އަޅައި ތަޢާރަފުކުރި މި އިޖުރާއަތުގެ މަޤްޞަދަކީ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ މައްސަލަތުގައި އަވަހަށް ގޮތެއް ނިންމުމަށް ބާރުއެޅުމެވެ. އަދ ބަންދުގައި ބެހެއްޓި ސަބަބު ވުޖޫދުގައި އޮތްތޯ ކޮންމެ 30 )ތިރީސް( ދުވަހަކުން ބަލައި 2020/SC-A/108,109,110 އެ ސަބަބު ފިލައި ގޮސފައިވާނަމް ބަންދުން ދޫކޮށްލުމެވެ. އެ ސަބަބުތައް ވުޖޫދުގައި އޮތްނަމަ އެ މީހަކު ބަންދުގައި ބެހެއްޓުމެވެ." މިފަދައިންނެވެ. މި މައްސަލައިގައ މުޙައްމަދު ޢާނިމ އަޙްމަދުޝަރީޢަތް ނިމެނދެންނުވަތަ އިތުރު ގޮތެއް ކަނޑައަޅަންދެން ރިމާންޑް ޖަލެއްގައި ބަންދުކޮށްފައި ބަހައްޓާފައިވަނީ އޭނާގެ މައްޗަށ ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުމާއެކު އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވިގެންނެވެ. އޭނާ ބަންދުގައް ބެހެއްޓި ސަބަބު މުރާޖަޢާކުރިއިރު، މި ސަބަބު ފިލައި ގޮސްފައިވާކަން ފަނޑިޔާރު ކަނޑައަޅާފައިނުވެއެވެ. އަދި އޭނާގެ ޞިއްޙީ ޙާލަތުގެ މައްޗަށް ރިޢާޔަތްކޮށް އޭނާ ބަންދުން ދޫކޮށްލާފައިވަނީ ވަގުތީ ގޮތުންކަމަށްވާތީ، އޭނާ ބަންދުގައި ބެހެއްޓި ސަބަބު ވުޖޫދުގައި އޮތްކަން އެނގެއެވެ.
31ދެން މި މައްސަލައިގައި އުފެދިގެންދާ ސުވާލަކީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހަކު ބަންދުގައި ލުޔެއް ދެވިދާނެތޯއެވެ. އަހުރެން ދެކޭ ގޮތުގައި، ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހަކު ބަންދުގައި ލުޔެއ ދެވޭނީ އޭނާ ބަންދުގައި ބެހެއްޓި ސަބަބު އެ ޞިއްޙީ ޙާލަތުގި ސަބަބުން ފިލައި ދާ ޙާލަތުގައެވެ. އޭނާ ބަންދުގައި ބެހެއްޓި ސަބަބު ވުޖޫދުގައި އޮތްވާ، އޭނާ ބަންދުން ދޫކޮށްލައިފިނަމަ، އޭނާ ބަންދުގައި ބެހެއްޓި މަޤްޞަދު ގެއްލި ހިނގައިދާނެއެވެ. މިސާލަކަށް، ހެކި ފޮރުވުމަށް ނުވަތަ ހެއްކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފއިވާނެ ކަމަށްޓަކައި ބަންދުކޮށްފައިވާ މީހާއަށް ހެކި ފޮރުވުމަށް ނުވަތަ ހެއްކަށް ނުފޫޒު ފޯރުވުމަށް ފުރުޞަތު ދެވުމެވެ. ކޯޓަށް ޙާޟިރުނުވެދާނެކަމަށް ނުވަތަ ފިލައިފާނެކަމަށްޓަކައި ބަންދުކޮށްފައިވާ މީހާއަށް ކޯޓަށް ޙާޟިރުނުވެ ފިލުމުގެ ފުރުޞަތު ދެވުމެވެ. އަދި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި ބަންދުކޮށްފައިވާ މީހާއަށް މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވާފަދަ ކަމެއް ކުރުމުގެ ފުރުޞަތު ދެވުމެވެ.
32މުޙައްމަދު ޢާނިމް އަޙްމަދުގެޞިއްޙާ ޙާލަތަށް ބަލާއިރުގައި، މުޙައްމަދު ޢާނިމައަޙްމަދާ އަށް ކުރިމު ތިވެފައިވ މައިގަނޑު މައްސަލައަކީ، އޭނާގެ ދަތެއް ހަލާކުވެ އެ ދަތުގައި ފުޓުނެ އަޅަންޖެހުމާއި ދަތުގެ މައްސަލަތަކެކެވު. މިއީ އޭނާގެ ފުރާނައަށް ނުރައްކާވާފަދަ ޞިއްޙީ ޙާލަތެއް ނޫނެވެ. އަދި މި ޞިއްޙީ ޙާލަތުގެ ސަބަބުން އޭނާ ބަންދުކޮށްފައި ބަހައްޓަން ޖެހުނު ސަބަބީ ފިލައި ގޮސްފައެއް ނުވެއެވެ. ބަންދު މުރާޖަޢާކުރުމުގެ މަޖިލީހަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އަދާކުރަންޖެހޭ މަދަނީ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކޮށްފައިވާ މިންވަރު ބަލައި، އެ އިދާރާއިން އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް ނުވަތަ ޒިންމާއެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްފައިނުވާނަމަ، އެ ޚިދުމަތަށް އެދުނު ފަރާތުން ހޯދަންޖެހޭ މަދަނީ ޙައްލުތައް ހޯދުމުގެ ބަދަލުގައި، ބަންދު މުރަޖަޢާކުރުމުގެ މައްސަލައިގެ ތެރެއިން، އެ އިދާރާއިން އަދާކުރަންޖެހޭ މަދަނީ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކޮށްފައިނަ ވާކަމަށް ނިންމައިގެން، އެ ޚިދުމަތް އޭނާ އަމިއްލައަށް ހޯދުމުގެ ފުރުޞަތު ފަނޑިޔާރު ތަނަވަސްކޮށްދިނުމަށް އޮންނަ މަޖިލީހެއްކަމަށް އަހުރެން ނުދެކެމެވެ. ބަންދުކޮށްފައި ހުންނަ މީހުންނަށް ލިބެންޖެހޭ ޞިއްޙީ ފަރުވާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ނުލިބިގެން މީގެ ކުރިންވެސް އެފަދަ މައްސަލަތައް އެފަރާތްތަކުން ސިވިލް ކޯޓަށް ހުށަހަޅައިފައިވެއެވެ. މިގޮތުން ސިވިލް ކޯޓުން ބަލައި ނިންމާފައިވާ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ވ. މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް، މިނިސްޓްރީ އޮފް ހޯމް އެފެއަރޒް ކްރިމިނަލްކޯޓގު ނަންބަރު: 145-B4(576-2020)/2021/06 ކޯޓުއަމުރގު އިތުރުބަޔާނުގެ 1 ވަނަ ނަންބަރުގައި . )2018( އެވެކިޔުނު ޤަޟިއްޔާއަކީ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ޖަލުގައި ބަންދުކުރެވުނު ފަހުން އާނާގ އެތެރެހަށީގައި ސިސްޓެއް އުފެދި، ލޮލުގެ ނުރައްކާތެރި ބައްޔެއްކަމަށްވާ ގްލޮކޮމާ ޖެހިފައިވާކަމަށާއި އަދ އޭނާގެ ކިޑްނީގައި ހިލަ އުފެދިފައިވާކަމަށް ޑޮކްޓަރުން ކަށަވަރުކާ ށްދީފައިވާ ޙާލަތުގައި، މި ބަލިތަކަކ ރާއްޖެއިން ފަރުވާ ކުރެވެން ނެތް ބަލިތަކެއްކަމަށާއި އަދި ކަމާބެހޭ މުއައްސަސާތަކުން އެކަށީގެންވާ ފަރުވާ އޭނާއަށް ދެމުންނުދާކަމަށް ބުނެ އޭނާ ސިވިލް ކޯޓަށް ހުށަހެޅުމުން ބަލާފައިވާ މައްސަލައެކެވެ. މ މައްސަލައިގައި ސިވިލް ކ ޓުން ނިންމާފައިވާ ނިންމުން ބިނާކޮށްފައިވަނީ ޤައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ޖަލުގެ ޞިއްޙީ މަރުކަޒު ފިޔަވައި، ރާއްޖޭގެ ޞިއްޙީ ފަރުވާދޭ ތަންތަނާއި، ރާއްޖެއިން ބޭރުން ފަރުވް ހޯދުމާބެހޭ ޤަވާއިދަށުރިޢާޔަތްކޮށްގެންނެވެ. މީގެ އިތުރުންވެސް ބަންދުގައި ތިބޭ މީހުންގެ ބޭސްފަރުވާއާ ގުޅޭގޮތުން މައްސަލަތައް ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ. މީގެ މިސާލެއްގެ ގޮތުގައި ފަތުޙީ ﷲ އިބްރާހީމް ވ. ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސް )2015( އެވެކިޔުނު ޤަޟިއްޔާއަކީ، ބޭސްފަރުވާ ކޮށްދިނުމަށް އަމުރުކޮށްދިނުމަށާއި ބޭސްފަރުވާ ކޮށްނުދިނުމުގެ ސަބަބުން އޭނާގެ ބަލިބޮޑުވަމުންދާތީ އެކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހުށަހެޅި މައްސަލައެކެވެ. ވީމާ، މިއީ މިފަދަ މަދަނީ ޠަބިޢަޔަތުގެ މައްސަލަތަކުގައި ޙައްލު ހޯދުމަށް އޮންނަ މަގުކަމަށް އަހުރެން ދެކެމެވެ.
33އިސްވެބަޔާންވެދިޔަ ސަބަބުތައް އެގޮތުގައި ހުރުމުންކްރިމިނަލް ކޯޓުން ނެރެފައިވ ނަންބަރު: 145-B4(576-2020)/2021/06 ކޯޓު އަމުރު ބާޠިލުކުރަންޖެހޭކަމަށް އަހުރެން ދެކެމެވެ.
ގަވާޢިދު ނަންބަރު: 2014/R-187
34މުޙައްމަދު ޢާނިމް އަޙްމަދު އަކީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވިގެން ޝަރީޢަތް ނިމެނދެނިނުވަތަ އިތުރު ގޮތެއް ކަނޑައަޅަންދެން ރިމާންޑް ޖަލެއްގައި ބަންދުކޮށްފައި ހުރި މީހެކެވެ. އޭނާ ބަންދުކުރުމަށް ކްރިމިނަލް ކޯޓނު ނެރެފައިވ ނަންބަރު: 145-J/MA/2020/2224 ކޯޓު އަމުރު މުރާޖަޢާކުރުމަށް ހުށަހެޅުމުން،މުޙައްމަދ ޢާނިމްއަޙްމަދގެ ބަލި ޙާލަތަށު ރިޢާޔަތްކޮށް އޭނާ ވަގުތީ ގޮތުން ބަންދުން ދޫކޮށްލުމަށް އަންގައި، އެ ކޯޓުގެ ނަންބަރ: 145-B4(576-2020)/2021/06 ކޯޓު އަމުރު ނެރެފައިވެއެވެ.
35ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލާ ނިންމާފައިވާ ޢަލީ ޒުބައިރު، ޙުސައިން ޒަހީން، އަރުޝަދު ޚާލިދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް )2020( އެވެކިޔުނު ޤަޟިއްޔާގެ ޙުކުމް ބިނާކޮށްފައިވާ
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔުގެ 42 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވަނީ،
"ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ށ( ނުވަތަ )ކ( ގެ ދަށުން ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އ ނިންމުން ކޮންމެ 30 )ތިރީސް( ދުވަހަކުން މުރާޖަޢާ ކުރަން ވާނެ ކަމަށް އެ މާއްދާގެ )ވ( ގައި ކަން ޑެއަޅައި ތަޢާރަފުކުރި މި އިޖުރާއަތުގެ މަޤްޞަދަކީ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ މައްސަލަތުގައި އަވަހަށް ގޮތެއް ނިންމުމަށް ބާރުއެޅުމެވެ. އަދި ބަންދުގައި ބެހެއްޓި ސަބަބު ވުޖޫދުގައި އޮތްތޯ ކޮންމެ 30 )ތިރީސ(ދުވަހަކުން ބަލައި އެ ސަބަބު ފިލައި ގޮސްފައިވާނަމަ ބަންދުން ދޫކޮށްލުމެވެ.އެ ސަބަބުތައް ވުޖޫދުގައި އޮތްނަމަ އެ މީހަކު ބަންދުގައި ބެހެއްޓުމެވެ". 2020/SC-A/108,109,110 މިފަދައިންނެވެ. މި މައްސަލައިގައި މުޙައްމަދ ޢާނިމް އަޙްމަދުޝަރީޢަތް ނިމެނދެންނުވަތަ އިތުރު ގޮތެއް ކަނޑައަޅަންދެން ރިމާންޑް ޖަލެއްގައި ބަންދުކޮށްފައިބަހައްޓާފައިވަނީ އޭނާގެ މައްޗަށ ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުމާއެކު އޭނެބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވިގެނނެވެ.އޭނާ ބަންދުގައި ބެހެއްޓި ސަބަބު މުރާޖަޢާކުރިއިރު، މި ސަބަބު ފިލައި ގޮސްފައިވާކަން ފަނޑިޔާރު ކަނޑައަޅާފައިނުވެއެވ. އަދި އޭނާގެ ޞިއްޙީ ޙާލި ތުގ މައްޗަށް ރިޢާޔަތްކޮށް އޭނާ ބަންދުން ދޫކޮށްލާފައިވަނީ ވަގުތީ ގޮތުންކަމަށްވާތީ، އޭނާ ބަންދުގައި ބެހެއްޓި ސަބަބު ވުޖޫދުގައި އޮތްކަން އެނގެއެވެ.
36ދެން މި މައްސަލައިގައި އުފެދިގެންދާ ސުވާލަކީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހަކު ބަންދުގައި ލުޔެއި ދެވިދާނެތޯއެވެ. އަހުރެން ދެކޭ ގޮތުގައި، ޝަރީޢަތް ނިމެންދެން ބަންދުކޮށްފައް ވާ މީހަކު ބަންދުގައި ލުޔެއަދެވޭނީ އޭނާ ބަންދުގައި ބެހެއްޓި ސަބަބު އެ ޞިއްޙީ ޙާލަތުގެ ސަބަބުން ފިލައި ދާ ޙާލަތުގައެވެ. އޭނާ ބަންދުގައި ބެހެއްޓި ސަބަބު ވުޖޫދުގް އ އޮތްވާ، އޭނާ ބަންދުން ދޫކޮށްލައިފިނަމަ، އޭނާ ބަންދުގައި ބެހެއްޓި މަޤްޞަދު ގެއްލި ހިނގައިދާނެއެވެ. މިސާލަކަށް، ހެކި ފޮރުވުމަށް ނުވަތަ ހެއްކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފައިވާނެ ކަމަށްޓަކައި ބަންދުކޮށްފައިވާ މީހާއަށް ހެކި ފޮރުވުމަށް ނުވަތަ ހެއްކި ށ ނުފޫޒު ފޯރުވުމަށް ފުރުޞަތު ދެވުމެވެ. ކޯޓަށް ޙާޟިރުނުވެދާނެކަމަށް ނުވަތަ ފިލައިފާނެކަމަށްޓަކައ ބަންދުކޮށްފައިވާ މީހާއަށް ކޯޓަށް ޙާޟިރުނުވެ ފިލުމުގެ ފުރުޞަތު ދެވުމެވެ. އަދި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނކަމަށްޓަކައެ ބަންދުކޮށްފައިވާ މީހާއަށް މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވާފަދަ ކަމެއް ކުރުމުގެ ފުރުޞަތު ދެވުމެވެ.
37މުޙައްމަދު ޢާނިމް އަޙްމަދުގެޞިއްޙާ ޙާލަތަށް ބަލާއިރުގައި، މުޙައްމަދު ޢާނިމާ އަޙްމަދުއަށް ކުރިމަތިވެފައިވު މައިގަނޑު މައްސަލައަކީ، އޭނާގެ ދަތެއް ހަލާކުވެ އެ ދަތުގައި ފުޓނި އަޅަންޖެހުމެވާ . މިއީ އޭނާގެ ފުރާނައަށް ނުރައްކާވާފަދަ ޞިއްޙީ ޙާލަތެއް ނޫނެވެ. އަދި މި ޞިއްޙީ ޙާލަތުގެ ސަބަބުން އޭނާ ބަންދުކޮށްފައި ބަހައްޓަން ޖެހުނު ސަބަބު ފިލައި ގޮސްފައެއް ނުވެއެވެ. ބަންދު މުރާޖަޢާކުރުމުގެ މަޖިލީހަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސެ އިން އަދާކުރަންޖެހޭ މަދަނީ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކޮށްފައިވާ މިންވަރު ބަލައި، އެ އިދާރާއިން އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް ނުވަތަ ޒިންމާއެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްފައިނުވާނަމަ، އެ ޚިދުމަތަށް އެދުނު ފަރާތުން ހޯދަންޖެހޭ މަދަނީ ޙައްލުތައ ހޯދުމުގެ ބަދަލުގައި، ބަންދު މުރަޖަޢާކުރުމުގެ މައްސަލައިގެ ތެރެއިން، އެ އިދާރާއިން އަދާކުރަންޖެހޭ މަދަނީ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކޮށްފައިނުވާކަމަށް ނިންމައިގެން، އެ ޚިދުމަތް އޭނާ އަމިއްލައަށް ހޯދުމުގެ ފުރުޞަތު ފަނޑިޔާރު ތަނަވަސްކޮށްދެ ނުމަށް އޮންނަ މަޖިލީހެއްކަމަށް އަހުރެން ނުދެކެމެވެ. ބަންދުކޮށްފައި ހުންނަ މީހުންނަށް ލިބެންޖެހޭ ޞިއްޙީ ފަރުވާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ނުލިބިގެން މީގެ ކުރިންވެސް އެފަދަ މައްސަލަތައް އެފަރާތްތަކުން ސިވިލް ކޯޓަށް ހުށަހަޅައިފައިވެއެވެ. މިގޮތުން ސިވިލ ކޯޓުން ބަލައި ނިންމާފައިވާ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ވ. މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް، މިނިސްޓްރީ އޮފް ހޯމް އެފެއަރޒް )2018( އެވެކިޔުނު ޤަޟިއްޔާއަކީ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ޖަލުގައި ބަންދުކުރެވުނު ފަހުން އާނާގެ އެތެރހަށީގައި ސިސްޓެއް އުފެދި، ކްރިމިނަލް ކޯޓގު ނަންބަރު: 145-B4(576-2020)/2021/06 ކޯޓު އަމުރުގެ އިތުރުބަޔާނުގު 1 ވަނަ ނަންބަރުގައި . ލޮލުގެ ނުރައްކާތެރި ބައްޔެއްކަމަށްވާ ގްލޮކޮމާ ޖެހިފައިވާކަމަށާއި އަދި އޭނާގެ ކިޑްނީގައި ހިލަ އުފެދިފައިވާކަމަށް ޑޮކްޓަރުން ކަށަވަރުކޮށްދީފައިވާ ޙާލަތުގައި، މި ބަލިތަކަކީ ރާއްޖެއިން ފަރުވާ ކުރެވެން ނެތް ބަލިތަކެއްކަމަށާއި އަދި ކަމް ބެހޭ މުއައްސަސާތަކުން އެކަށީގެންވާ ފަރުވާ އޭނާއަށް ދެމުންނުދާކަމަށ ބުނެ އޭނާ ސިވިލް ކޯޓަށް ހުށަހެޅުމުން ބަލާފައިވާ މައްސަލައެކެވެ. މި މައްސަލައިގައި ސިވިލް ކޯޓުނ ނިންމާފައިވާ ނިންމުން ބިނާކޮށްފައިވަނީ ޤައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހީ ންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ޖަލުގެ ޞިއްޙީ މަރުކަޒު ފިޔަވައި، ރާއްޖޭގެ ޞިއްޙީ ފަރުވާދޭ ތަންތަނާއި، ރާއްޖެއިން ބޭރުން ފަރުވާ ހޯދުމާބެހޭ ޤަވާއިދަށުރިޢާޔަތްކޮށްގެންނެވެ. މީގެ އިތުރުންވެސް ބަންދުގައި ތިބޭ މީހުންގެ ބޭސްފަރު ވާއާ ގުޅޭގޮތުން މައްސަލަތައް ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ. މީގެ މިސާލެއްގެ ގޮތުގައި ފަތުޙީ ﷲ އިބްރާހީމް ވ. ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރ އެންޑް ރިހެބިލިޓޭޝަން ސަރވިސަސް )2015( އެވެކިޔުނު ޤަޟިއްޔާއަކީ، ބޭސްފަރުވާ ކޮށްދިނުމަށް އަމުރުކޮށްދިނުމަށާއި ބޭސެ ފަރުވާ ކޮށްނުދިނުމުގެ ސަބަބުން އޭނާގެ ބަލިބޮޑުވަމުންދާތީ އެކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހުށަހެޅި މައްސަލައެކެވެ. ވީމާ، މިއީ މިފަދަ މަދަނީ ޠަބިޢަޔަތުގ މައްސަލަތަކުގައި ޙައްލު ހޯދުމަށް އޮންނަ މަގުކަމަށް އަހުރެން ދެކެމެވެ.
38އިސްވެބުޔާންވެދިޔަ ސަބަބުތައް އެގޮތުގައި ހުރުމުނާކްރިމިނަލް ކޯޓުން ނެރެފައިވ ނަންބަރު: 145-B4(576-2020)/2021/06 ކޯޓު އަމުރު ބާޠިލުކުރަންޖެހޭކަމަށް އަހުރެން ދެކެމެވެ. ގަވާއިދު ނަންބަރ: 2014/R-187
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) (ދައުލަތުން)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ކ)، 59 ވަނަ މާއްދާ، 63 ވަނަ މާއްދާ (ދައުލަތުން)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ)، (ކ)، (ވ)
- ގަވާއިދު ނަންބަރު 2014/R-187 (ޚިލާފު ރައުޔުގައި)
- 2020/SC-A/108,109,110
- 2018/HC-A/208
- 2021/HC-A/025
- 2021/HC-A/034
- 3355/Cv-C/2017 (ސިވިލް ކޯޓު - ޚިލާފު ރައުޔުގައި)
- 78/Cv-C/2013 (ސިވިލް ކޯޓު - ޚިލާފު ރައުޔުގައި)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.