ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2022/HC-JC/2

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޝާ އަލޮމް މިއާ

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިޚިލާފު ރައުޔެއް
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ބަލަމުންޙުކުމުގެ ހާލަތު
ހައިކޯޓު · 25 ޖުލައި 2024ދަށު ކޯޓު: ކްރިމިނަލް ކޯޓު 734/Cr-C/2021ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ކްރިމިނަލް ކޯޓު 734/Cr-C/2021
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކްރިމިނަލް ކޯޓުން އިޢުތިރާފުގެ މައްޗަށް ބިނާކޮށް ޤަޞްދުގައި މީހަކު މެރުމުގެ ކުށް ސާބިތުކޮށް، ހުރިހާ ވާރިޘުން ޤިޞާޞް ހިފަން ބޭނުންވާތީ، ޤާނޫނު 17/2010 ގެ 5 (ނ) ގެ ދަށުން ތުހުމަތުކުރެވޭ ފަރާތް މެރުމަށް ޙުކުމްކުރިއެވެ.
ވާޤިޢާ
ތުހުމަތުކުރެވޭ ބިދޭސީ ފަރާތް އދ.ދަނގެތީގައި މީހަކަށް ދަގަނޑު ބުރިތަކާއި ވަޅިން ހަމަލާދީ މަރާލައި ހަށިގަނޑު ފަޅުގޯއްޗެއްގެ ފެންވަޅަކަށް ވައްޓާލި ކަމަށް ޤަޞްދުގައި މީހަކު މެރުމުގެ ދަޢުވާ އުފުލުނެވެ. ތަޙްޤީޤާއި ބަންދުގެ އަޑުއެހުންތަކާއި އިބްތިދާއީ އަޑުއެހުމާއި އަވަސް ނިޔާގައި ތުހުމަތުކުރެވޭ ފަރާތް ތަރުޖަމާނެއްގެ އެހީގައި ކުށަށް އިޢުތިރާފުވިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޤަޞްދުގައި މީހަކު މެރުމުގެ ކުށް ތުހުމަތުކުރެވޭ ފަރާތުގެ އިޢުތިރާފުން ސާބިތުކޮށް ޤިޞާޞްގެ ގޮތުން މެރުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމުގެ ޞައްޙަކަން ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ރ) ގެ ދަށުން ކަށަވަރުކުރުން؛ ޚާއްޞަކޮށް، އިބްތިދާއީ އަޑުއެހުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ (ނ) ގައިވާ ޙައްޤުތައް އަންގައި ކަށަވަރުކުރުމުގައި އުނިކަމެއް ވެއްޖެތޯ، އިޢުތިރާފު ޞައްޙަތޯ، އަދި ހައިކޯޓުގެ މަރުޙަލާގައި އިޢުތިރާފުން ރުޖޫޢަވެވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޕްރޮސިކިއުޓަރ ޖެނެރަލް 4 ނުކުތާއެއް ހުށަހަޅައި، އިޢުތިރާފު ޞައްޙަކަމާއި، ދުސްތޫރީ ޙައްޤުތައް ލިބިދީފައިވާކަމާއި، ޤިޞާޞް މަނާކުރާ ސަބަބެއް ނެތްކަމާއި، ވާރިޘުންގެ ބަސް ޞައްޙަކޮށް ނަގާފައިވާކަން ކަށަވަރުކޮށްދިނުމަށް އެދުނެވެ. ތުހުމަތުކުރެވޭ ފަރާތް ހައިކޯޓުގައި ބުނީ ޑިޕޯޓްކޮށްލާނެ ކަމަށް ބުނުމުން އިޢުތިރާފުވީ ކަމަށާއި، ފުލުހުން އަނިޔާކުރި ކަމަށެވެ.
ކޯޓުގެ ސަބަބުތައް
އަޣުލަބިއްޔަތު (ފަނޑިޔާރު ނިޔާޒް، ފަނޑިޔާރު ފަރްހީޒާ) ދެކުނީ އިބްތިދާއީ އަޑުއެހުމުގައި ތަރުޖަމާނު މެދުވެރިކޮށް ޙައްޤުތައް އަންގާފައިވާކަން ރެކޯޑިންގއިން އެނގޭ ކަމަށާއި، ވަކި ކަންކަމުގައިވާ އުނިކަންތަކުން ބޭއިންޞާފެއް ނުލިބޭ ކަމަށާއި، އިޢުތިރާފު 1204 (ށ) އާއި 108 (ހ) ގެ ޝަރުޠުތައް ފުރިހަމަވާ، ހެކިތަކުން ތާއީދުވާ އިޢުތިރާފެއް ކަމަށާއި، ހައިކޯޓުގައި ރުޖޫޢަވުމަށް ހުށަހެޅި ސަބަބުތައް ޤަބޫލުކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ. ފަނޑިޔާރު ޝަފީޢު ދެކުނީ 107 (ނ) ގެ ޙައްޤުތައް ކަށަވަރުކޮށްފައި ނުވާތީ އިޢުތިރާފު ޞައްޙަ ނޫން ކަމަށާއި ޙުކުމް ބާޠިލުކޮށް އަލުން ބެލުމަށް ފޮނުވަން ވާނެ ކަމަށެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ދަށުކޯޓުގެ ޙުކުމްގެ ޞައްޙަކަން ކަށަވަރުކޮށް ޤާއިމްކުރި (އަޣުލަބިއްޔަތުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ދަށުކޯޓުން ޙުކުމްކުރާ ކޮންމެ މައްސަލައެއް، ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ރ) ގެ ދަށުން އޭގެ ޒާތުގައި ޕްރޮސިކިއުޓަރ ޖެނެރަލް މަތީ މަރުޙަލާގެ ކޯޓަށް ހުށަހަޅަންވާނެ ކަމަށާއި، އެ މައްސަލައެއްގައި ޙުކުމުގެ ހުރިހާ ޤާނޫނީ ނުކުތާތަކާއި ކަންހިނގާފައިވާ ގޮތް އަލުން ބަލަންވާނެއެވެ. އަދި ޙައްދު ނުވަތަ ޤިޞާޞްގެ އަދަބު ތަންފީޛުކުރެވޭނީ ހުރިހާ މަރުޙަލާއެއް ނިމި ސުޕްރީމް ކޯޓުން އެ އަދަބު ދިނުމަށް ޙުކުމްކޮށްފިނަމައެވެ.

HN2 ދަޢުވާއާ ގުޅޭ ލިޔެކިޔުން ލިބިދިނުމުގެ މަޤްޞަދަކީ ކުށުން ބަރީޢަވުމަށް މަސައްކަތްކުރުން ކަމުން، ޤާނޫނީ ވަކީލަކު ހަމަޖައްސާފައިވާ ޙާލަތުގައި (ޚާއްޞަކޮށް ދިވެހިބަސް ލިޔަން ކިޔަން ނޭނގޭ ބިދޭސީއެއްގެ މައްސަލައިގައި) އެ ލިޔުންތައް ދިފާޢީ ވަކީލަށް ލިބިފައިވާކަން ކަށަވަރުކުރުމުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ (ނ) ގެ (1) ގެ ބޭނުމަށް އެކަން ފުރިހަމަވެއެވެ.

HN3 ދަޢުވާ ސާފުވެއްޖެތޯ ކަށަވަރުކުރުން ކުރެވޭނީ ހަމައެކަނި ދަޢުވާލިބޭ މީހާއާ ސުވާލުކޮށްގެން ނޫނެވެ؛ ތަރުޖަމާނު މެދުވެރިކޮށް ނުވަތަ ޤާނޫނީ ވަކީލާ ސުވާލުކޮށްގެންވެސް އެކަން ކުރެވިދާނެއެވެ. އަޞްލު ކުށާއި އޭގެ އަދަބު ސާފުކޮށްދީފައިވާ ޙާލަތުގައި، ކުށް ކުރަން އުޅުމާއި އެހީތެރިވުމުގެ ކުށްތައް (107 ވަނަ މާއްދާގެ (ރ)) ސާފުކޮށް ނުދެވުމަކީ، އަޞްލު ކުށް ސާބިތުވާ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތަށް ބޭއިންޞާފެއް ލިބޭ ކަމެއް ނޫނެވެ.

ޖިނާއީ › ޤަސްދުގައި މީހަކު މަރާލުން

HN4 ޙައްޤުތައް ލިބިދިންކަން ނުވަތަ އެންގިކަން ކަށަވަރުކުރުމަށް ލިޔުމެއްގައި ސޮއިކުރުވައި އިނގިލީގެ ނިޝާން ޖަހާފައި ނެތުމަކީ، ޝަރީޢަތުގެ މަޖިލިސް ހިނގި ގޮތް އަޑާއި މަންޒަރާއެކު ރެކޯޑްކުރެވި ރައްކާކުރެވިފައިވާ ޙާލަތުގައި އިޖުރާއަތު ބާޠިލުވާނެ ސަބަބެއް ނޫނެވެ. އަދި އަވަސް ނިޔާއިން މައްސަލަ ބެލޭނެކަން އެންގުން އިސްފަސްވުމަކީ، ބޭއިންޞާފެއް (prejudice) ނުލިބޭހާ ހިނދަކު، ޙުކުމް ބާޠިލުވާ ސަބަބެއް ނޫނެވެ.

HN5 ދަޢުވާއަށް އިޢުތިރާފުވޭތޯ ނުވަތަ އިންކާރުކުރޭތޯ ސުވާލުކުރުމަކީ ފަނޑިޔާރު ކުރަންޖެހޭ ކަމެކެވެ. ދިފާޢީ ވަކީލު ފަނޑިޔާރަށް ކުރިން އެ ސުވާލުކުރުމަކީ ޝަރީޢަތުގެ ތަރުތީބަށް ބުރޫއަރާ ކަމެކެވެ.

HN6 ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 19 ވަނަ މާއްދާގެ ދަށުން، ޖިނާއީ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި ފަނޑިޔާރެއްގެ ކުރިމަތީގައި ބޭއްވޭ ކޮންމެ އަޑުއެހުމެއްގައި (ބަންދާމެދު ގޮތެއް ނިންމުމުގެ އަޑުއެހުމާއި އޯޑިއޯ ވީޑިއޯ އަޑުއެހުން ހިމެނޭގޮތުން) ބުއްދި ސަލާމަތުން ހުރެ ވާ އިޢުތިރާފަކީ ހެއްކެއްގެ ގޮތުގައި ބެލެވިދާނެ ޤަޟާއީ އިޢުތިރާފެކެވެ. މަރުގެ އަދަބު އަތުވެދާނެ ކުށެއްގައި ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ށ) ގެ ޝަރުޠުތައް (ހުޅުވާލެވިފައިވާ ކޯޓެއްގައި، ވަކީލެއްގެ އެހީ ލިބިހުރެ، ކުށުގެ ހުރިހާ ރުކުންތަކަށް އަމިއްލަ އިޚްތިޔާރުގައި ވާ އިޢުތިރާފު) ފުރިހަމަވާންޖެހެއެވެ.

HN7 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ހ) ގެ ދަށުން އިޢުތިރާފު ބަލައިގަތުމުގެ ކުރިން ފަނޑިޔާރު ދެކަމެއް ކަށަވަރުކުރަންޖެހެއެވެ: އެއީ މަޖުބޫރުކުރުމެއް، ނުފޫޒެއް ނުވަތަ ބިރުދެއްކުމެއް ނެތި ބުއްދި ސަލާމަތުން އަމިއްލަ އިޚްތިޔާރުގައި ވާ އިޢުތިރާފެއްކަމާއި، ޙަޤީޤަތެއްގެ މައްޗަށް ބިނާވެގެންވާ އިޢުތިރާފެއްކަމެވެ. ކޮންމެ އިޢުތިރާފަކަށް މެޑިކަލް ޓެސްޓެއް ހެދުން ލާޒިމެއް ނޫނެވެ؛ ބުއްދިއަށް އުނިކަން ލިބިގެންވުމާއި ޝަރީޢަތަށް ނުކުޅެދުމުގެ ދިފާޢުތަކަކީ ތުހުމަތުކުރެވޭ ފަރާތުން ނަގަންޖެހޭ ދިފާޢެވެ. އިޢުތިރާފު ޙަޤީޤަތެއްގެ މައްޗަށް ބިނާވާކަން، އެއާ ގުޅި ލާމެހިގެންވާ އެހެން ހެކިތަކުން (ސީސީޓީވީ، ޒަޚަމްތައް، ހެކިވެރިން) ކަށަވަރުކުރެވިދާނެއެވެ.

HN8 ޤަތުލު ޢަމްދުގެ މައުނަވީ ރުކުން (mens rea) ކަމުގައިވާ މެރުމުގެ ޤަޞްދު ދެނެގަނެވޭނީ ހަމަލާ އަމާޒުކުރި ހަށިގަނޑުގެ ތަންތަނާއި، ބޭނުންކުރި އާލާތާއި، ހަށިގަނޑު ފޮރުވުން ފަދަ ވަށައިގެންވާ ކަންކަމަށް ބަލައިގެންނެވެ.

HN9 މުއްތަހަމާމެދު ރަނގަޅު ގޮތެއް ހަދައިދޭނެ ކަމަށް ބުނެ ދެވޭ ވަޢުދުތަކާއި ދަޢުވާ ނުކުރާނެ ކަމުގެ އުއްމީދު ފަދަ ކަންކަމަކީވެސް އިޢުތިރާފު ބާޠިލުކުރާ އިކުރާހުގެ ތެރޭގައި ހިމެނޭ ކަންކަމެވެ؛ ނަމަވެސް، އިޢުތިރާފުވިއިރު އަދަބަށް ލުޔެއް ނުލިބޭނެކަން އަންގައިދީފައިވާނަމަ ލުޔެއްގެ އުއްމީދުގައި އިޢުތިރާފުވީ ކަމަށް ބެލެވޭކަށް ނުޖެހެއެވެ.

HN10 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 109 ވަނަ މާއްދާގެ ދަށުން އިޢުތިރާފުން ރުޖޫޢަވުމުގެ ފުރުޞަތު އޮތީ އިބްތިދާއީ މަރުޙަލާއާ ހަމައަށެވެ. ފަނޑިޔާރެއްގެ ކުރިމަތީގައި ޝަރީޢަތުގެ މަޖިލީހުގައި ބުއްދި ސަލާމަތުން އިޢުތިރާފުވެ، އަވަސް ނިޔާގައިވެސް އެ އިޢުތިރާފު ދަމަހައްޓައި އޭގެ މައްޗަށް ކުށް ސާބިތުކޮށް އަދަބު ކަނޑައެޅުމަށްފަހު، މަތީ މަރުޙަލާގައި އިޢުތިރާފުން ރުޖޫޢަވުމަށް ފުރުޞަތު ނުދެވޭނެއެވެ. އިޢުތިރާފުން ރުޖޫޢަވުމަށް ފުރުޞަތު ދިނުމުގައި ސަބަބުވެރި ހަމައެއް އޮންނަންޖެހެއެވެ.

HN11 ޙައްދު ކަނޑައެޅިފައިވާ ޒިނޭގެ މައްސަލަތައް ފިޔަވައި، ޙައްދާއި ޤިޞާޞްގެ މައްސަލަތަކުގައި އިޢުތިރާފު ތަކުރާރުކުރުމަކީ ޝަރުޢީ ހަމައިން ލާޒިމު ކަމެއް ނޫނެވެ.

HN12 ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ނ) ގެ (2) (ދަޢުވާ ރައްދުވާ ފަރާތުގެ ބަޔާން ހިމެނޭގޮތުން ހެކިބަސްތަކުގައި އެއްވެސް ފުށުއެރުމެއް އޮތްނަމަ ކުށް ސާބިތުނުވާނެ) ލަފުޒީ މާނައަށް ތަރުޖަމާކުރުމަކީ ޙައްދާއި ޤިޞާޞްގެ ކުށް ސާބިތުކުރުން މުސްތަޙީލުކޮށްލާ ކަމަކަށްވާތީ، އެ މާއްދާތައް ތަރުޖަމާކުރަންވާނީ ޙައްލު ހޯދައިދިނުމުގެ އުޞޫލު (mischief rule) އާ އެއްގޮތަށެވެ.

HN13 ސުޕްރީމް ކޯޓުގެ 2011/SC-A/23 ޤަޟިއްޔާގައިވާ ގޮތުން ޖިނާއީ އިޢުތިރާފުން ރުޖޫޢަވުން މަނާކަމެއް ނޫން ނަމަވެސް، ރުޖޫޢަވުމާއި އޭގެ ސަބަބުތައް ވަޒަންކުރުމުގެ ބާރު ލިބިގެންވަނީ މައްސަލަ ބަލާ ފަނޑިޔާރަށެވެ؛ ދަށުކޯޓުގެ ރެކޯޑިންގތަކާއި ފަހުން ލިޔުނު ސިޓީއެއްގެ ވާހަކަތައް ތަޢާރުޟުވާނަމަ، ފަހުން ހުށަހަޅާ ރުޖޫޢަވުމުގެ ސަބަބުތައް ބަލައިނުގަނެވޭނެއެވެ.

HN14 މަރަށް މަރު ހިފުމާއި ދިޔަ ހިފުމާއި މަޢާފުކުރުމުގެ ޙައްޤު ލިބިގެންވަނީ މަޤްތޫލުގެ ވާރިޘުންނަށެވެ. ޤިޞާޞް ހިފުމުގެ ކުރިން ކޮންމެ ވަގުތެއްގައިވެސް ވާރިޘުންނަށް އެ ޙައްޤު ދޫކޮށްލެވޭތީ، ޤިޞާޞްގެ ޙުކުމް ތަންފީޛުކުރުމުގެ ކުރިން ތަންފީޛުކުރާ ފަރާތުން ވާރިޘުންގެ ބަސް އަލުން ހޯދައި، އެންމެ ފަހު ވަގުތުގައިވެސް ތިބީ ޤިޞާޞް ހިފަންތޯ ކަށަވަރުކުރަންވާނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ޢަލީ އަޙްމަދު، މުނާ ޝަމީމް، އަޙްމަދު ޤާސިމް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ބެންޗު
ޙަސަން ޝަފީޢު، މުޙައްމަދު ނިޔާޒް، ފާޠިމަތު ފަރްހީޒާ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ފާޠިމަތު ފަރްހީޒާ
ޚިލާފު ރައުޔު
ޙަސަން ޝަފީޢު

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު

ތަޢާރުފު

1މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 734/Cr-C/2021 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގެ ޞައްޙކަނަ ކަނޑައެޅުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާއެކެވެ. ޙުކުމުގެ ޞައްޙަކަން ކަނޑައެޅުމަށް މި ކޯޓަށް ހުށަހެޅިފައިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 734/Cr-C/2021 ޤަޟިއްޔާގައި ދަޢުވާ ރައްދުވި ފަރާތަކީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޝާ އަލޮމް މިއާ އެވެ.

2މި ރިޕޯޓުގައި "ދަށުކޯޓު" ކަމަށް ބަޔާންކުރެވިފައި އެވަނީ ކްރިމިނަލް ކޯޓަށް ނިސްބަތްކޮށެވެ. އަދި "ދަށުކޯޓުގެ ޙުކުމް" ކަމަށް ބަޔާންކުރެވިފައި އެވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 734/Cr-C/2021 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ނިސްބަތްކޮށެވެ.

ކަން ހިނގާފައިވާގޮތް

32021 އޮކްޓޯބަރު 14 ވަނަ ދުވަހުގެ 10:20 ހއ އިރު، އދ.ދަނގެތި/ މޮނަލާޒް، މަޙްމޫދު އަބޫބަކުރު ގެއްލިގެން އެކަން ފުލުހުންނަށާއި ރަށު ކައުންސިލަށް ރިޕޯޓުކޮށްފައިވެއެވެ. އެ ރިޕޯޓާ ގުޅިގެން މަޙްމޫދު އަބޫބަކުރު ހޯދަމުންދަނިކޮށް، މަޙްމޫދު އަބޫބަކުރު މަރާލާފައި ވަޅަކަށް ވައްޓާލާފައި އޮއްވައި ފެނިފައިވެއެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ އެ ދުވަހުގެ 15:00 ހައއިރުއެވެ.

4މަޙްމޫދު އަބޫބަކުރު މަރާލާފައިވާތީ، ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ، ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ، ޝާ އަލޮމް މިއާގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވެއެވެ. އެ މައްސަލަ ކްރިމިނަލް ކޯޓުގެ ނަންބަރު 734/Cr-C/2021 ޤަޟިއްޔާއިން ބަލާފައިވެއެވެ.

5މިއީ ބުނެވިދިޔަ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގެ ޞައްޙަކަން ކަނޑައަޅައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅުމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަލާފައިވާ ޤަޟިއްޔާއެވެ.

ކްރިމިނަލް ކޯޓަށް ހުށަހެޅުނު ދަޢުވާ

6ޝާ އަލޮމް މިއާ، 13 އޮކްޓޯބަރު 2120 ދުވަހު 21:30 އެހައިކަށްހާއިރު، އޭނާ ދިރިއުޅޭ އދ. ދަނގެތި/ ނެދުންގޭގައި، އދ.ދަނގެތި/ މޮނަލާޒް، މަޙްމޫދު އަބޫބަކުރުގެ ކަރަށާއި، ބޮލަށާއި، މެއަށް، ވަޅިއަކާއި، ކޮޅުތޫނުކޮށްފައި އޮތް ދަނގަޑުބުރި އަކާއި، އިތުރު ދެ ދަގަނޑު ބުރި ބޭނުންކޮށްގެން ހަމަލާދީ، މަޙްމޫދު އަބޫބަކުރު މަރާލަފައިވާތީ، ޤާނޫނު ނަންބަރު 2010/17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރއާ ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުން މައްސަލަ ނިންމި ގޮތް

7ކްރިމިނަލް ކޯޓުގެ ނަންބަރު 734/Cr-C/2021 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ: "ދެންފަހެ، ދައުލަތުން ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޝާ އަލޮމް މިއާގެ މައްޗަށް ކުޅަ ޤަޞްދުގައި މީހަކު މަރާލުމުގް ކުށުގެ މި ދަޢުވާ ޝަރީޢަތުން ބެލި ބެލުމުން، ޝާ އަލޮމް މިއާ، 13 އޮކްޓޯބަރު 2021 ދުވަހު 21:30 އެހައިކަށްހައިއިރު، މީނާ ދިރިއުޅޭ އދ.ދަނގެތި، […] ގައި، އދ.ދަނގެތި/ މޮނަލާޒް، މަޙްމޫދު އަބޫބަކުރުގެ ކަރަށާއި، ބލަށާއި، މެއަށް، ވަޅިއަކާއި، ކޮޅތޫނުކުށްފައި އޮތް ދަނގަޑު ބުރިއަކާއި، އިތުރު ދެ ދަނގަޑު ބުރި ބޭނުންކޮށްގެން ހަމަލާދީ، މަޙްމޫދު އަބޫބަކުރު މަރާލާފައިވާކަމަށް ޝަރީޢަތުގެ އިބްތިދާއީ މަޖިލީހުގައިވެފައިވާ އިޢުތިރާފު އަވަސްނިޔާގެ ޝަރީއަތުގެ މަޖިލީހުގައި ދަމަހައްޓާފައިވާތީ، ޝަހާދަތުގެ ދެކަލިމަ ދުލުންކިޔައި ހިތުން ޤަބޫލުކުރާ މުސްލިމެއްގެ ލޭ ޙައްޤަކާއި ނުލައި އޮހޮރުވުމަކީ ކީރިތި ޤުރުއާނުގެ ޞަރީޙަ ނައްޞުންނާއި، މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައި ވަސައްލަމްގެ ސުންނަތުން ކަނޑައެޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 145/DF/2021/497 ދަޢުވާ ހުށަހަޅާ ފޯމު މަނާކޮށްފައިވާ ކަމަކަށްވާތީއާއި، ދިރިހުރުމުގެ ޙައްޤާއި ނަފުސު ރައްކާތެރި ކުރުމުގެ ޙައްޤަކީ ކޮންމެ މީހަކަށްމެ ލިބިފައިވާ އަސާސީ ޙައްޤެއްކަމަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ ޤާނޫނުއަސާސީގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީއާ، އަދި މަޙްމޫދު އަބޫބަކުރުގެ ލޭ އޮހޮރުވަންޖެހޭ އެއްވެސް ސަބަބެއް މެދިވެރިވެފައި ނެތުމުންނާއި، މަޙްމޫދު އަބޫބަކުރުގެ މަރުގެ ބަދަލުގައި މަޙްމޫދު އަބޫބަކުރުގެ ވާރިޘުންގެ ގޮތުގައި ދުނިޔޭގައި ތިބި ބާލިޣުވެފައިވާ ބުއްދި ސަލާމަތުން ތިބި 07 (ހަތެއް) މީހުންކަމަށްވާ މަޙްމޫދު އަބޫބަކުރުގެ މަންމަ އދ.ދަނގެތި/ މަންޒަރުގެ ސިއްތި އިސްމާޢީލްއާއި، މަޙްމޫދު އަބޫބަކުރުގެ އަންހެނުން މުއުމިނާ ޢުމަރުއާއި، ދަރިންކަމުގައިވާ އދ.މަންދޫ/ ނަސީމީވިލާ، މަރްޔަމް ނަޢުމާއާއި، އދ. ދަނގެތި/ މޮނަލާޒް، މަރްޔަމް މިޛްނާއާއި، އދ.ދަނގެތި/ ޗާންދަނީގެ، އަޙްމަދު ފިރުޝާންއާއި، އދ.ދަނގެތި/ މޮނަލާޒް، އިބްރާހީމް ފަރުޝާންއާއި، އދ.ދަނގެތި/ ޗާންދަނީގެ، މުޙައްމަދު ފިޒާން ބޭނުންވަނީ، މަޙްމޫދު އަބޫބަކުރު މަރުގެ ބަދަލުގައި ޤާތިލުގެ ކިބައިން ޤިޞާޞް ހިފަންކަމަށް ޝަރީޢަތުގައި ބުނެފައިވާތީއާއި، ޤާނޫނު ނަންބަރު 2010/17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގައި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޙައްޤަކާ ނުލައި މީހަކު މަރައިފިނަމަ، ޤަޞްދުގައި މީހަކު މެރުމުގެ ކުށުން އެމީހަކު ކުށްވެރިވާނެކަމަށް ކަނޑައަޅާފައިވާތީއާއި، އެ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ، މަރުގެ އަދަބުކަމަށް އެމާއްދާގެ (ނ) ގައި ކަނޑައަޅާފައިވާތީއާ، ޝާ އަލޮމް މިއާ މަޙްމޫދު އަބޫބަކުރުގެ ކަރަށާއި، ބޮލަށާއި، މެއަށް، ވަޅިއަކާއި، ކޮޅު ތޫނުކޮށްފައި އޮތް ދަނގަޑު ބުރިއަކާއި، އިތުރު ދެ ދަނގަޑު ބުރި ބޭނުންކޮށްގެން ޙަމަލާދިނުމުގެ ސަބަބުން މަޙްމޫދު އަބޫބަކުރު ނިޔާވެފައިވާތީ، ޤާނޫނު ނަންބަރު 2010/17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަމާއްދާގެ (ހ) ގެ ދަށުން، ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޝާ އަލޮމް މިއާ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1205 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު 2010/17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާ (ނ) ގެ ދަށުން، ޝާ އަލޮމް މިއާގެ މައްޗަށް ސާބިތުވި ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ އުޤޫބާތެއްގެ ގޮތުން، އިސްލާމީ ޝަރީޢަތުގައިވާ އުޞޫލުތަކާއި ޚިލާފު ނުވާނޭ ގޮތެއްގެ މަތިން، ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޝާ އަލޮމް މިއާ މެރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތަށް އަންގައި މި ގޮތުގެ މަތީން ޙުކުމްކޮށް، މި ޤަޟިއްޔާ ނިންމީއެވެ." ޙުކުމުގެ ޞައްޙަކަން ކަށަވަރުކުރުން

8HN1ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1205 ވަނަ މާއްދާގެ (ށ) ގައިވާގޮތުން، އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައެޅިފައިވާ ނުވަތަ ޤިޞާޞް ކަނޑައެޅިފައިވާ ކުށެއް ސާބިތުވެގެން ކަނޑައެޅޭ އަދަބު ތަންފީޒުކުރަންވާނީ، އެ މައްސަލައެއްގެ ޝަރީޢަތުގެ ހުރިހާ މަރުޙަލާއެއް ނިމުމަށްފަހު ސުޕްރީމްކޯޓުން އެ އަދަބެއް ދިނުމަށް ޙުކުމްކޮށްފިނަމަކަން އެނގެއެވެ.

9ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1204 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުން، ކުށުގެ އަދަބެއްގެގޮތުން ކުށްވެރިޔާ މެރުމަށް ކޯޓުން ޙުކުމް ކޮށްފިނަމަ، އެ ޙުކުމުގެ ހުރިހާ ޤާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަން ހިނގާފައިވާގޮތް ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޓުތަކުނޯ އަލުން ބަލަންވާނެކަން

10ދ ވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވަނީ: "ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ކޯޓުން ޙުކުމް ކޮށްފިނަމަ، އެޙުކުމްގެ ހުރިހާ ޤާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަން ހިނގާފައިވާގޮތް ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން އަލުން ބަލަންވާނެއެވެ."

11މި މައްސަލައަކީ އިސްވެ ބުނެވިދިޔަ އުސޫލުން މި ކޯޓުން ބެލެވޭ މައްސަލައެކެވެ. މި މައްސަލަ މި ކޯޓށަ ހުށަހެޅިފައިވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 734/Cr-C/2021 ޤަޟިއްޔާގައި ޝާ އަލޮމް މިއާގެ މައްޗަށް ޤަޞްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެ، ޤިޞާޞް (މަރަށް މަރު) ގެ އަދަބު ކަނޑައެޅިފައިވާއިރު، މަރަށް މަރު ހިފުމުގެ އަދަބު ތަންފީޒުކުރެވޭނީ އެ އަދަބުގެ ޞައްޙަކަން ދިވެހިރާއްޖޭގެ ހައިކޯޓުންނާއި އަދި ޤާނޫނު ނަންބަރު 2015/26 (ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް 03 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ސުޕްރީމްކޯޓުންވެސް ކަށަވަރުކުރެވި، ސުޕްރީމް ކޯޓުން އެ އަދަބު ދިނުމަށް ޙުކުމްކޮށްފިނަމަކަމަށްވާތީ، ކްރިމިނަލް ކޯޓުގެ ޙުކުމުގެ ޞައްޙަކަން ކަށަވަރުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުންނެވެ. ޝާ އަލޮމް މިއާގެ ފަރާތުން ދަށު ކޯޓުގެ ޙުކުމް އިސްތިއުނާފުކޮށްފައިވާކަމަށް ބުނާ ބުނުމާއި އެކަމުގެ ޙަޤީޤަތް

12ޝާ އަލޮމް މިއާގެ މައްޗަށް ދަށު ކޯޓުން ކުރި ޙުކުމް އޭނާގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅާފައިވާކަމަށް އޭނާ މި ކޯޓުގައި ބުނެފައިވެއެވެ. އެހެންކަމުން، އޭނާ އެ ބުނާފަދައިން އެ ޙުކުމް މި ކޯޓުގައި އިސްތިއުނާފުކޮށްފައިވޭތޯ މި ކޯޓުގެ ރެޖިސްޓްރޭޝަން ސެކްޝަން މެދުވރިކޮށެ އިތުރަށް ކަށަވަރުކުރެވިފައިވެއެވެ.

13އެގޮތުން، ބެލިބެލުމުން ޝާ އަލޮމް މިއާގެ ފަރާތުން ދަށުކޯޓުގެ ޙުކުމް މި ކޯޓުގައި އިސްތިއުނާފުކޮށްފައި ނެތްކަން ރެޖިސްޓްރޭޝަން ސެކްޝަނުން ކަށަވަރުކޮށްދީފައިވާކަން އެނގެއެވެ.

14އެހެންކަމުން، ޝާ އަލޮމް މިއާގެ މައްޗަށް ދަށު ކޯޓުން ކުރި ޙުކުމް އޭނާގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅާފައިވާކަމަށް އޭނާ ބުނާ ބުނުމަކީ މި ކޯޓުގެ ރެކޯޑުތަކުން ފެންނަން އޮތް ޙަޤީޤަތާ ޚިލާފު ބުނުމެއްކަން ޙުކުމުގެ ޞައްޙަކަން ކަނޑައަޅައިދިނުމަށް އެދި ދައުލަތުން ހުށަހެޅި ނުކުތާތައް

15ދަށުކޯޓުގެ ޙުކުމުގެ ޞައްޙަކަން ކަނޑައަޅައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 04 (ހަތަރެއް) ނުކުތާ ހުށަހަޅާފައިވެއެވެ. އެ ނުކުތާތަކަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރޭޝަން ސެކްޝަންގެ ނަންބަރު 06/CR/2022-95 މެމޯ

1.15ކްރިމިނަލް ކޯޓުގެ ނަންބަރު 734/Cr-C/2021 ޤަޟިއްޔާގައި ޝާ އަލޮމް މިއާ ވެފައިވާ އިޢުތިރާފަކީ ޞައްޙަ އިޢުތިރާފެއްކަމާއި، އިޢުތިރާފުގެ އިތުރުން ޝަރީޢަތަށް ހުށަހެޅުނު އެހެނިހެން ހެކި ޤަރީނާ ސާބިތުކުރުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އެއްގޮތަށްކަމާއި މި ހެކިތަކުން ޝާ އަލޮމް މިއާގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެ ކުށް އެއްވެސް ޝުބުހާއެއް ނެތް މިންވަރަށް ސާބިތުވާކަން ކަށަވަރުކުރުންކަމަށް ހުށަހެޅި ނުކުތާއާއި؛

2.15ކްރިމިނަލް ކޯޓުގެ ނަންބަރު 734/Cr-C/2021 ޤަޟިއްޔާގެ ޝަރީޢަތް އެ ކޯޓުގައި ހިންގުނުއިރު، ކުށެއްގެ ދަޢުވާ އުފުލާފައިވާ ފަރާތްތަކަށް ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެންމެހައި ޙައްޤުތައް ޝާ އަލޮމް މިއާ އަށް ލިބިދީފައިވާކަން ކަށަވަރުކުރުންކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛

3.15ކްރިމިނަލް ކޯޓުގެ ނަންބަރު 734/Cr-C/2021 ޤަޟިއްޔާއިން ޝާ އަލޮމް މިއާގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޝާ އަލޮމް މިއާ މެރުމަށް ޙުކުމްކޮށްފައިވާތީ، އިސްލާމީ ޝަރީޢަތުގައި ޤިޞާޞް ހިފުން މަނާކުރާ ސަބަބެއް ޝާ އަލޮމް މއ ގެ ކިބައިގައި ފ ރިހަމަވެފައި ނެތްކަން ކަށަވަރުކުރުނުކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛

4.15ކްރިމިނަލް ކޯޓުގެ ނަންބަރު 734/Cr-C/2021 ޤަޟިއްޔާގައި ޝާ އަލޮމް މިއގެ ކިބައިން ޤިޞާޞާ ހިފުމަށް ކަނޑައެޅުއްވުމުގައި އދ.ދަނގެތި/ މޮނަލާޒް، މަޙްމޫދު އަބޫބަކުރުގެ ވާރިސުންގެ ބަސް ނަގާފައިވަނީ ޤާނޫނީ އަދި ޝަރުޢީ ހަމަތަކާ އެއްގޮތްވާގޮތުގެ މަތީންކަން ކަށަވަރުކުރުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. ކްރިމިނަލް ކޯޓުގެ ނަންބަރު 734/Cr-C/2021 ޤަޟިއްޔާގެ ޝަރީޢަތް އެ ކޯޓުގައި ހިންގުނުއިރު، ކުށެއްގެ ދަޢުވާ އުފުލާފައިވާ ފަރާތްތަކަށް ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެންމެހައި ޙައްޤުތައް ޝާ އަލޮމް މިއެ އަށާ ލިބިދީފައިވާކަން ކަށަވަރުވޭތޯ ބެލުން

16ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހުންގެ ޙައްޤުތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

17ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ: "ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ 51 ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ: މީހުންގެ ޙައްޤުތައް

(ހ) އެ މީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަކީ ކޮބައިކަން، އެ މީހަކަށް ރަނގަޅަށް ދޭހަވާނޭ ބަހަކުން، ލަސްނުކޮށް އަންގާންވާނެއެވެ.

(ށ) އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ މީހަކާމެދު ޝަރީޢަތްކޮށް ނިންމުމުގެ ޙައްޤު ލިބިގެންވެއެވެ.

(ނ) ތިމާއާ ދެކޮޅަށް ޝަރީޢަތުގައި ބަޔާނެއް ނުދިނުމުގެ ޙައްޤު ލިބިގެންވެއެވެ .

(ރ) އެ މީހަކީ ޝަރީޢަތްކުރެވޭ ބަސް ނޭނގޭ މީހަކުނަމަ، ނުވަތަ ބީރު މީހަކުނަމަ، ނުވަތަ މަންމަނު މީހަކުނަމަ، އެ މީހަކަށް ދައުލަތުގެ ފަރާތުން ތަރުޖަމާނަކު ހޯދުމުގެ ޙައްޤު ލިބިގެންވެއެވެ.

(ބ) ކުށުން ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި، އެކަށީގެންވާ ވަސީލަތްތައް ލިބޭންވާނެއެވެ. އަދި އެ މީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލަކާ މަޝްވަރާކުރުމަށް ފުރުޞަތު ދޭންވާނެއެވެ.

(ޅ) އެ މީހެއްގެ ހާޒިރުގައި ޝަރީޢަތް ކުރެވުމާއި، އެ މީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީއަވުމަށް މަސައްކަތްކުރުމުގެ ޙައްޤު ލިބިގެންވެއެވެ.

(ކ) ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ހާޒިރުކުރާ ހެކީންނާ ސުވާލުކުރުމާއި، އެ މީހަކު ބޭނުން ހެކީން ޝަރީޢަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ ހެކީންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުގެ ޙައްޤު ލިބިގެންވެއެވެ.

(އ) އެ މީހަކު ކުށެއް ކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވެއެވެ."

18އިބްތިދާއީ އަޑުއެހުމުގައި، ދަޢުވާއަށް ޖަވާބުދާރީވުމަށް އެންގުމުގެ ކުރިން ފަނޑިޔާރު ކުރަންވާނެ ކަންތައްތައް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށފައިވެއެވެ. އެގޮތުން، ފަނޑިޔާރު ކުރަންވާނެ ކަންތައްތަކުގެ ގޮތުގައި 10 (ދިހައެއް) ކަމެއް ލިސްޓްކޮށްފައިވާކަން އެނގެއެވެ. އެކަންތައްތަކަކީ:

1.18ދަޢުވާއާއި ދަޢުވާއާގުޅޭ އެންމެހައި ލިޔެކިޔުމުގެ ކޮޕީ ދަޢުވާ ލިބޭ ފަރާތަށް ލިބިފައިވާކަން ކަށަވަރުކުރުން؛

2.18ދަޢުވާ ލިބޭ މީހާގެ މައްޗަށް ކުރެވޭ ދަޢުވާއަކީ ކޮބައިކަން ދަޢުވާ ލިބޭ ފަރާތަށް އެނގޭތޯ ސުވާލުކޮށް، އޭނާއަށް ދަޢުވާ ސާފުވެފައިނުވާނަމަ ދަޢުވާ ސާފުކޮށްދިނުން؛

3.18ދަޢުވާއަށް އިންކާރުކުރުމުގެ ޙައްޤު އޭނާއަށް ލިބިގެންވާކަން އެންގުން؛

4.18ދަޢުވާއިން ބަރީޢަވުމަށް މަސައްކަތްކުރުމަށްޓަކައި މި ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި އެކަށީގެންވާ ވަގުތާއި ވަޞީލަތްތައް ލިބުމުގެ ޙައްޤު، އޭނާއަށް ލިބިގެންވާކަން އެންގުން؛

5.18އޭނާ އިޚްތިޔާރުކުރާ ޤާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީޢަވުމަށް މަސައްކަތްކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އޭނާއާމެދު ތުހުމަތުކުރެވިފައިވާ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވާ ޙާލަތުގައި، އޭނާ އަމިއްލައަށް ޤާނޫނީ ވަކީލަކު ޢައްޔަންކުރުމުގެ މާލީ ތަނަވަސްކަމެއް އޭނާގެ ކިބައިގައި ނެތްނަމަ، ހަމަޖެހިފައިވާ އުޞޫލުން ދައުލަތުގެ ފަރާތުން އޭނާއަށް ވަކީލަކު ޢައްޔަންކޮށްދެވޭނެކަން އެންގުން؛

6.18އޭނާގެ ހާޒިރުގައި ޝަރީޢަތްކުރެވުމުގެ ޙައްޤު ލިބިގެންވާކަން އެންގުން؛

7.18އޭނާއަކީ ދިވެހި ބަސް ނޭނގޭ މީހެއްނަމަ، މި ޤާނޫނުގެ 167 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަރުޖަމާނެއްގެ އެހީގައި ޝަރީޢަތް ކުރެވުމުގެ ޙައްޤު ލިބިގެންވާކަން އެންގުން؛

8.18އޭނާގެ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ޙައްޤު އޭނާއަށް ލިބިގެންވާކަމާއި، އޭނާ ޝަރީޢަތުގެ މަޖިލީހުގައި ދޭ ބަޔާނަކީ، އޭނާއާ ދެކޮޅަށް ބޭނުންކުރެވިދާނެ ބަޔާނެއްކަމާއި، އޭނާ ދޮގުހެކި ދީފިނަމަ، ދޮގުހެކި ދިނުމުގެ ދަޢުވާ އޭނާގެ މައްޗަށް ކުރެވިދާނެކަން އެންގުން؛

9.18ދައުލަތުން ޝަރީޢަތަށް ހާޒިރުކުރާ ހެކިންނާ ސުވާލުކުރުމާއި، އެ މީހަކު ބޭނުން ހެކިން ޝަރީޢަތަށް ޙާޟިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ ހެކިންނާ ޝަރީޢަތުގައި ސުވާލުކުރުމުގެ ޙައްޤު ލިބިގެންވާކަން އެންގުން؛

10.18 107 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކުށަށް އިޢުތިރާފުވެއްޖެނަމަ، އޭނާގެ މައްސަލަ ފޮނުވޭނީ 162 ވަނަ މާއްދާގެ ދަށުން އަވަސް ނިޔާއިން ބެލުމަށް ކަމުގައި އެންގުން؛ ކަން

19ބުނެވިދިޔަ ކަންކަން ފަނޑިޔާރު ކުރުމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙައްޤުތައް ލިބިގެންވާކަން އެންގުނީކަމަށް ބެލެވޭނެކަމުގައި އަހުރެން ދެކެމެވެ.

20އެހެންކަމުން، ކުށެއްގެ ދަޢުވާލިބޭ ފަރާތްތަކަށް ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ޙައްޤުތައް މި މައްސަލައިގައި ކްރިމިނަލް ކޯޓުން ޝާ އަލޮމް މިއާއަށް ލިބިދީފައިވާކަން ކަށަވަރުކުރުމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަންކަން ފަނޑިޔާރު ކޮށްފައިވޭތޯ ބަލަންޖެހޭނެކަމުގައި އަހުރެންނަށް ޤަބޫލުކުރެވެއެވެ. ވުމާއެކު، އެއިން ކޮންމެކަމެއް ފަނޑިޔާރު ކޮށްފައިވޭތޯ އަހުރެން ކޮންމެ ކަމެއް ވަކިވަކީން ބަލާނަމެވެ. ދަޢުވާއާއި ދަޢުވާއާގުޅޭ އެންމެހައި ލިޔެކިޔުމުގެ ކޮޕީ ދަޢުވާ ލިބޭ ފަރާތަށް ލިބިފައިވާކަން ކަށަވަރުކުރުން

21އިބްތިދާއީ އަޑުއެހުމުގައި، ދަށު ކޯޓުގެ ފަނޑިޔާރު މައްސަލައިގެ ލިޔެކިޔުންތައް ދަޢވާލިބު ފަރާތަށް ލިބިފައިވޭތޯ ކަށަވަރުކުރުމުގެ ގޮތުން، ދިފާޢީ ވަކީލު ކުރެން ސުވާލުކޮށްފައިވާކަން ދަށު ކޯޓުގެ މަޙްޟަރު ބަޔާންތަކުން އެނގެއެވެ. މައްސަލައާ ގުޅިގެން ހެކި ރައްކާތެރިކުރުމުގެ އަމުރުގެ ދަށުން އެއްވެސް ހެއްކެއް ރައްކާތެރިކޮށްފައި ނުވަތަ ސިއްރުކޮށްފައި ނުވާނަމަ، މައްސަލައާ ގުޅޭ ހުރިހާ ލިޔުންތަކެއް ލިބިފައިވާކަމަށް ބުނެ އެ ސުވާލަށް ދިފާޢީ ވަކީލު ޖަވާބުދީފައިވާކަން ދަށު ކޯޓުގެ މަޙްޟަރު ބަޔާންތަކުން އެނގެއެވެ. އެހެންކަމުން، މި މައްސަލައިގައި ދަޢުވާއާއި ދަޢުވާއާގުޅޭ އެންމެހައި ލިޔެކިޔުމުގެ ކޮޕީ ދަޢުވާ ލިބޭ ޝާ އަލޮމް މިއާއަށް ލިބިފައިވާކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރާ އެއްގޮތަށް ދަށު ކޯޓުގެ ފަނޑިޔާރު ކަށަވަރުކޮށްފައިވާކަން އަހުރެންނަށް ފާހަގަކުރެވެއެވެ. ދަޢުވާ ލިބޭ މީހާގެ މައްޗަށް ކުރެވޭ ދަޢުވާއަކީ ކޮބައިކަން ދަޢުވާ ލިބޭ ފަރާތަށް އެނގޭތޯ ސުވާލުކޮށް، އޭނާއަށް ދަޢުވާ ސާފުވެފައިނުވާނަމަ ދަޢުވާ ސ ފުކޮށްދިނުން

22އިބްތިދާއީ އަޑުއެހުމުގައި، ދަށު ކޯޓުގެ ފަނޑިޔާރު ދަޢުވާ ލިބޭ މީހާގެ މައްޗަށް ކުރެވޭ ދަޢުވާއަކީ ކޮބައިކަން ދަޢުވާ ލިބޭ ފަރާތަށް އެނގޭތޯ ސުވާލުކޮށްފައިވޭތޯ ބަލާއިރު، ފުރަތަމަ ކަމަކަށް މައްސަލައިގައި ދައުލަތުން ކްރިމިނަލް ކޯޓުގެ ނަންބަރު C/2021-734,735/Cr ޤަޟިއްޔާގެ 19.01.2022 ގައި ބޭއްވުނު އިބްތިދާއީ އަޑުއެހުމުގެ މަޙްޟަރު ބަޔާނުގެ 2 ވަނަ ސަފުހާގެ، 14 ވަނަ ފޮޅުވަތުން ފެށިގެން 21 ވަނަ ފޮޅުވަތުގެ ނިޔަލަށް ކުރާ ދަޢުވާ ސާފުކޮށްދިނުމަށް ފަނޑިޔާރު ދައުލަތަށް އަންގާފައިވާކަން ދަށު ކޯޓުގެ މަޙްޟަރު ބަޔާންތަކުން އެނގެއެވެ. އެއަށްފަހު، ދައުލަތުން ދަޢުވާ ސާފުކޮށްދީފައިވާކަން ދަށު ކޯޓުގެ މަޙްޟަރު ބަޔާންތަކުން

23ދައުލަތުން ދަޢު ވާލިބޭ ފަރާތުގެ މައްޗަށް ކުރާ ދެދަޢުވާ އާއި ދަޢުވާތައް ސާބިތުވެއްޖެނަމަ އަންނާނެ އަދަބު ޝަރީޢަތުގައި ހުށަހެޅުމުން، ދަޢުވާލިބޭ ފަރާތަށް ދަޢު ވާ ސާފުކޮށްދިނުމަށާއި ސާބިތުވެއްޖެނަމަ އަންނާނެ އަދަބު ސާފުކޮށްދިނުމަށް ތރުޖަމާނަށް ޝަރީޢަތުން އަންގާފައިވާކަން ދަށު ކޯޓުގަ މަޙްޟަރު ބަޔާންތަކުން އެނގެއެވެ. އަދި ތަރުޖަމާނު އެކަމަށް "އާދެ ޢިއްޒތްތެރަ ޤާޟީ" މިފަދައިން ބުނެފައިވާކަން ދަށު ކޯޓުގެ މަޙްޟަރު ބަޔާން ތަކުން އެނގެއެވެ. އަދި ދަޢުވާ ސާފުވިތޯ އާއި ދަޢުވާއާ ގުޅިގެން ބުނާ އެއްޗެއް ބެލުމަށް ވަކީލަށް ފުރުސަތު އަރުވާނެކަމަށް ފަނޑިޔާރު ބުނެފައިވާކަން ދަށު ކޯޓުގެ މަޙްޟަރު ބަޔާންތަކުން އެނގެއެވެ.

24ދައުލަތުން ކުރި ދެދަޢުވާ ދަޢުވާލިބޭ ފަރާތަށް ސާފުވެއްޖެތޯ ފަނޑިޔާރު ސުވާލުކުރުމަށްފަހު، އެ ސުވާލުގެ ޖަވާބު ދިނުމަށް ފަނޑިޔާރު ފުރުސަތު އަރުވާފައިވަނީ ދިފާޢީ ވަކީލަށްކަން ދަށު ކޯޓުގެ މަޙްޟަރު ބަޔާންތަކުން އެނގެއެވެ. އަދި އެ ސުވާލުގެ ޖަވާބުގައި ދިފާޢީ ވަކީލު ދެދަޢުވާވެސް ސާފުވެއްޖެކަމަށް ބުނެ ޖަވާބުދީފައިވާކަން ދަށު ކޯޓުގެ މަޙްޟަރު ބަޔާންތަކުން އެނގެއެވެ. ނަމަވެސް، ދަށު ކޯޓުގެ މަޙްޟަރު ބަޔާންތަކުން އެނގެންނެތް ކަމަކީ، ދަޢުވާލިބޭ ޝާ އަލޮމް މިއާގެ މަށްޗަށް ކުރެވުނު ދަޢުވާއަކީ ކޮބައިކަން އޭނާއަށް އެނގޭތޯ ފަނޑިޔާރު ޝާ އަލޮމް މިއާއާ ސުވާލުކުރިކަމެވެ. ކްރިމިނަލް ކޯޓުގެ ނަންބަރު C/2021-734,735/Cr ޤަޟިއްޔާގެ 19.01.2022 ގައި ބޭއްވުނު އިބްތިދާއީ އަޑުއެހުމުގެ މަޙްޟަރު ބަޔާނުގެ 3 ވަނަ ސަފުހާގެ، 7 ވަނަ ފޮޅުވަތް ކްރިމިނަލް ކޯޓުގެ ނަންބަރު C/2021-734,735/Cr ޤަޟިއްޔާގެ 19.01.2022 ގައި ބޭއްވުނު އިބްތިދާއީ އަޑުއެހުމުގެ މަޙްޟަރު ބަޔާނުގެ 3 ވަނަ ސަފުހާގެ، 8 ވަނަ ފޮޅުވަތުން ފެށިގެން 28 ވަނަ ފޮޅުވަތުގެ ނިޔަލަށް، އަދި 4 ވަނަ ސަފުހާގެ 1 ވަނަ ފޮޅުވަތުން 6 ވަނަ ފޮޅުވަތުގެ ނިޔަލަށް. ކްރިމިނަލް ކޯޓުގެ ނަންބަރު C/2021-734,735/Cr ޤަޟިއްޔާގެ 19.01.2022 ގައި ބޭއްވުނު އިބްތިދާއީ އަޑުއެހުމުގެ މަޙްޟަރު ބަޔާނުގެ 4 ވަނަ ސަފުހާގެ 7 ވަނަ ފޮޅުވަތުން 12 ވަނަ ފޮޅުވަތުގެ ނިޔަލަށް. ކްރިމިނަލް ކޯޓުގެ ނަންބަރު C/2021-734,735/Cr ޤަޟިއްޔާގެ 19.01.2022 ގައި ބޭއްވުނު އިބްތިދާއީ އަޑުއެހުމުގެ މަޙްޟަރު ބަޔާނުގެ 4 ވަނަ ސަފުހާގެ 13 ވަނަ ފޮޅުވަތުން 16 ވަނަ ފޮޅުވަތުގެ ނިޔަލަށް.

25އެހެންކަމުން، މި މައްސަލައިގައި ދަޢުވާލިބޭ ޝާ އަލޮމް މިއާގެ މަށްޗަށް ކުރެވުނު ދަޢުވާއަކީ ކޮބައިކަން އެނގޭތޯ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރާ އެއްގޮތަށް ދަށު ކޯޓުގެ ފަނޑިޔާރު ޝާ އަލޮމް މިއާއާ ސުވާލުކޮށްފައި ނެތްކަން އަހުރެންނަށް ފާހަގަކުރެވެއެވެ.

26މި މައްސަލައަށް ބަލާއިރު، ދަޢުވާލިބޭ ޝާ އަލޮމް މިއާއަކީ ބަން ގ ލަދޭޝްގެ ރައްޔިތެކެވެ. އޭނާގެ މައްޗަށް ޝަރީޢަތް ހިންގެނީ ދިވެހިބަހުންނެވެ. މި ޙާލަތުގައި، ފނަ ޑިޔާރު ސީދާ ޝާ އަލޮމް މިއާއާ، ތަރުޖަމާނުގެ އެހީތެރިކަމާއެކު، ސުވާލުކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި އަހުރެން ދެކެމެވެ. އެއީ، އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤަށް މުހިންމު ކަމެއްކަމުގައި ވާތީއެވެ. އަދި ދަޢުވާލިބޭ މީހާއަށް އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާ ފުރިހަމައަށް އެނގޭކަން ކަށަވަރުކުރުމަށް މުހިންމު ކަމެއްކަމުގައި ވާތީއެވެ.

27ދަޢުވާލިބޭ މީހާގެ މައްޗަށް ކުރެވޭ ދަޢުވާއަކީ ކޮބައިކަން ދަޢުވާލިބޭ ފަރާތަށް އެނގޭތޯ ބެލުމަށް ފަނޑިޔާރު ސުވާލުކުރަން ޖެހޭނީ ސީދާ ދަޢުވާލިބޭ މީހާއާކަމަށް އަހުރެންނަށް ބުރަވެވެއެވެ. ސީދާ ދަޢުވާލިބޭ މީހާއާ ސުވާލުކުރުމަކީ، އޭނާގެ މައްޗަށްކުރާ ދަޢުވާ އޭނާއަށް ދޭހަވާކަން ނުވަތަ ނޫންކަން ފަނޑިޔާރަށް ވަޒަންކުރެވޭނެކަމެކެވެ. ސީދާ ދަޢުވާލިބޭ މީހާއާ ސުވާލުކުރުމަކީ، އޭނާއަށް ޝަރީޢަތުގެ މަޖިލީހުގައި މާނަހުރިގޮތެއްގައި ބައިވެރި ވުމަށް ފަހިކޮށްދެވޭ ފުރުސަތެކެވެ. ސީދާ ދަޢުވާލިބޭ މީހާއާ ސުވާލުކުރުމަކީ، އޭނާގެ ދިފާޢުގައި ބަސްބުނުމަށް ލިބޭ ދަނޑިވަޅެކެވެ. ސީދާ ދަޢުވާލިބޭ މީހާއާ ސުވާލުކުރުމަކީ، އޭނާއަށް މަޢުލޫމާތު އެނގިހުރެ ނިންމުންތައް ނިންމާކަން ފަނޑިޔާރަށް ކަށަވަރުކުރެވޭނެ ކަމެކެވެ. ސީދާ ދަޢުވާލިބޭ މީހާއާ ސުވާލުކުރުމަކީ، އޭނާގެ ޙައްޤުތައް އޭނާއަށް އަންގާފައިވާކަން ޝައްކެއްނެތި ފަނޑިޔާރަށް ކަށަވަރުކުރެވޭނެ ކަމެކެވެ. ސީދާ ދަޢުވާލިބޭ މީހާއާ ސުވާލުކުރުމަކީ، އޭނާގެ މައްޗަށް ކުރެވޭ ދަޢުވާ ދެނެގަތުމުގެ ޙައްޤު ޙިމާޔަތްކުރެވޭނެ ކަމެކެވެ. ސީދާ ދަޢުވާލިބޭ މީހާއާ ސުވާލުކުރުމަކީ، ޤާނޫނީ މަރުޙަލާގައި ހާމަކަން ބޮޑުކޮށް ދެފުށް ފެންނަގޮތަށް ކަންކުރާކަން ކަށަވަރުކުރެވޭނެ ކަމެކެވެ. ސީދާ ދަޢުވާލިބޭ މީހާއާ ސުވާލުކުރުމަކީ، ޤާނޫނީ ވަކީލުން ނުވަތަ ތަރުޖަމާނުން ފަދަ މެދުވެރިން މެދުވެރިކޮށް މަޢުލޫމާތު ފޯރުކޮށްދިނުމުން އުފެދިދާނެ އޮޅުންބޮޅުންތައް ކުޑަކޮށްދޭނެކަމެވެ. ސީދާ ދަޢުވާލިބޭ މީހާއާ ސުވާލުކުރުމަކީ، ދަޢުވާލިބޭ މީހާއަށް ލިބިގެންވާ އިންސާފުވެރި ޝަރީޢަތެއްގެ ޙައްޤު ޙިމާޔަތްކޮށް ކުރިއެރުވުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.

28ޖުމްލަކޮށް ބަލާއިރު، ދަޢުވާލިބޭ މީހާގެ މައްޗަށް ކުރެވޭ ދަޢުވާއަކީ ކޮބައިކަން ދަޢުވާލިބޭ ފަރާތަށް އެނގޭތޯ ސުވާލުކުރުމުގައި، ސީދާ ދަޢުވާލިބޭ މީހާއާ އެ ސުވާލުކުރުމަކީ ޝަރުޢީ މަރުޙަލާގެ އިންސާފުވެރިކަން ކަށަވަރުކުރުމަށްޓަކައި ކޮންމެހެން އަސާސީ ކަމެކެވެ.

29ދަޢުވާލިބޭ މީހާއަށް ޝަރީޢަތްކުރެވޭ ބަސް ނޭގުމަކީ، ދަޢުވާލިބޭ މީހާގެ މައްޗަށް ކުރެވޭ ދަޢުވާއަކީ ކޮބައިކަން ދަޢުވާލިބޭ ފަރާތަށް އެނގޭތޯ އޭނާއާ ސުވާލު ނުކުރަންވީ ސަބަބެއް ނޫނެވެ. އެއާ ޚިލާފަށް، ޝަރީޢަތްކުރެވޭ ބަސް ދަޢުވާލިބޭ މީހާއަށް ނޭގުމަކީ، ޙަޤީޤަތުގައި އޭނާއާ އެ ސުވާލު ކުރަންވީ ސަބަބެވެ.

30ނަމަވެސް، އަހުރެންގެ ކުރިމަތީގައި އޮތް މައްސަލައަށް ބަލާއިރު، ދަޢުވާލިބޭ ޝާ އަލޮމް މިއާއަށް އޭނާގެ މައްޗަށް ކުރެވޭ ދަޢުވާ އޭނާއަށް އެނގޭތޯ، ތަރުޖަމާނު މެދުވެރިކޮށް، ދަށު ކޯޓުގެ ފަނޑިޔާރު އޭނާއާ ސުވާލުކޮށްފައި ނެތްކަން އެނގެއެވެ.

31އެހެންކަމުން، މި މައްސަލައިގައި ޝާ އަލޮމް މިއާގެ މައްޗަށް ކުރެވޭ ދަޢުވާއަކީ ކޮބައިކަން އޭނާއަށް އެނގޭތޯ ސުވާލުކޮށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރާ އެއްގޮތަށް އޭނާއަށް ދަޢުވާ ސާފުވިކނަ ދަށު ކޯޓުގެ ފަނޑިޔާރު ކަށަވަރުކޮށްފައިނެތްކަން އަހުރެންނަށް ދަޢުވާއަށް އިންކާރުކުރުމުގެ ޙައްޤު ލިބިގެންވާކަން އެންގުން

32އިބްތިދާއީ އަޑުއެހުމުގައި، ދަށު ކޯޓުގެ ފަނޑިޔާރު ދަޢުވާލިބޭ ޝާ އަލޮމް މިއާގެ މައްޗަށް ކުރެވޭ ދޢުވާއަށަ އިންކާރުކުރުމުގެ ޙައްޤު އޭނާއަށް ލިބިގެންވާކަން އަންގާފައިވޭތޯ ބަލާއިރު، ދަށު ކޯޓުގެ މަޙްޟަރު ބަޔާނުން އެކަން އެންގިކަން އެނގެން ނެތްކަން ފާހަގަކުރެވެއެވެ.

33އެހެންކަމުން، މި މައްސަލައިގައި ޝާ އަލޮމް މިއާގެ މައްޗަށް ކުރެވޭ ދަޢުވާއަށް އިންކާރުކުރުމުގެ ޙައްޤު އޭނާއަށް ލިބިގެންވާކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރާ އެއްގޮތަށް އޭނާއަށް އެންގިކަން ދަށު ކޯޓުގެ ފަނޑިޔާރު ކަށަވަރުކޮށްފައިނެތްކަން އަހުރެންނަށް ދަޢުވާއިން ބަރީޢަވުމަށް މަސައްކަތްކުރުމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި އެކަށީގެންވާ ވަގުތާއި ވަޞީލަތްތައް ލިބުމުގެ ޙައްޤު، އޭނާއަށް ލބިގެންވާކަނި އެންގުން

34އިބްތިދާއީ އަޑުއެހުމުގައި، ދަށު ކޯޓުގެ ފަނޑިޔާރު ދަޢުވާލިބޭ ޝާ އަލޮމް މިއާގެ މައްޗަށް ކުރެވޭ ދަޢުވާއިން ބަރީޢަވުމަށް މަސައްކަތްކުރުމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި އެކަށީގެންވާ ވަގުތާއި ވަޞީލަތްތައް ލިބުމުގެ ޙައްޤު އޭނާއަށް ލިބިގެންވާކަން އަންގާފައިވޭތޯ ބަލާއިރު، ދަށު ކޯޓުގެ މަޙްޟަރު ބަޔާނުން އެކަން އެންގިކަން އެނގެން ނެތްކަން ފާހަގަކުރެވެއެވެ.

35އެހެންކަމުން، މި މައްސަލައިގައި ޝާ އަލޮމް މިއާގެ މައްޗަށް ކުރެވޭ ދަޢުވާއިން ބަރީޢަވުމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި ކަނޑައެޅިފައިވާ ދާއިރާގެ ތެރެއިން އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ލިބުމުގެ ޙައްޤު އޭނާއަށް ލިބިގެންވާކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ އޭނާ އިޚްތިޔާރުކުރާ ޤާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީޢަވުމަށް މަސައްކަތްކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އޭނާއާމެދު ތުހުމަތުކުރެވިފައިވާ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވާ ޙާލަތުގައި، އޭނާ އަމިއްލައަށް ޤާނޫނީ ވަކީލަކު ޢައްޔަންކުރުމުގެ މާލީ ތަނަވަސްކަމެއް އޭނާގެ ކިބައިގައި ނެތްނަމަ، ހަމަޖެހިފައިވާ އުޞޫލުން ދައުލަތުގަ ފަރާތުން އޭނާއަށް ވަކީލަކު ޢައްޔަންކޮށްދެވޭނެކަން އެންގުން

36ދަޢުވާލިބޭ ފަރާތުން އަމިއްލައަށް ވަކީލަކު ހޯދުމުގެ ޙައްޤަކީ ޤާނޫނުން ލިބިދީފައިވާ ޙައްޤެއްކަމުން ދަޢވާލިބު ފަރާތަށް އައްޔަންކުރެވި ފައިވާ ވަކީލަކީ ދައުލަތުން އައްޔަންކޮށްފައިވާ ވަކީލެއްކަމަށްވާތީ ވަކީލާއެއްކޮށް ކުރިއަށް ގެންދަން ބޭނުންވޭތޯ ސާފުކުރުމަށް ދައުލަތުން އައްޔަންކޮށްފައިވާ ވަކީލު ޝަރީޢަތުގެ ފަރާތުން އެދުމުން އަމިއްލައަށް ވަކީލަކު އައްޔަންކުރާނެ މާލީ ތަނަވަސްކަމެއް ނެތްކަމާއި މިހާރު ދައުލަތުގެ ފަރާތުން ހަމަޖައްސާފައިވާ ވަކީލާއެކު ކުރިއަށް ދާން ބޭނުންވާ ކަމަށް ދަޢުވާލިބޭ ޝާ އަލޮމް މިއާ ބުނެފައިވާކަން ދަށު ކޯޓުގެ މަޙްޟަރު ބަޔާންތަކުން އެނގެއެވެ.

37އެހެންކަމުން، މި މައްސަލައިގައި ޝާ އަލޮމް މިއާ އިޚްތިޔާރުކުރާ ޤާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީޢަވުމަށް މަސައްކަތްކުރުމުގެ ޙައްޤު އޭނާއަށް އޮތްކަމާއި ދައުލަތުގެ ފަރާތުން އޭނާއަށް ވަކީލަކު ޢައްޔަންކޮށްދެވޭނެކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ (ނ) ގެ 5 ވަނަ ނަންބަރާ އެއްގޮތަށް އޭނާއަށް އެންގިކަން ދަށު ކޯޓުގެ ފަނޑިޔާރު ކަށަވަރުކޮށްފައި އޮތްކަމަށް ބެލިދާނެކަމަށް އަހުރެންނަށް ކްރިމިނަލް ކޯޓުގެ ނަންބަރު C/2021-734,735/Cr ޤަޟިއްޔާގެ 19.01.2022 ގައި ބޭއްވުނު އިބްތިދާއީ އަޑުއެހުމުގެ މަޙްޟަރު ބަޔާނުގެ 4 ވަނަ ސަފުހާގެ 19 ވަނަ ފޮޅުވަތުން ފެށިގެން 28 ވަނަ ފޮޅުވަތުގެ ނިޔަލަށް އޭނާގެ ހާޒިރުގައި ޝަރީޢަތްކުރެވުމުގެ ޙައްޤު ލިބިގެންވާކަން އެންގުން

38އިބްތިދާއީ އަޑުއެހުމުގައި، ދަށު ކޯޓުގެ ފަނޑިޔާރު ދަޢުވާލިބޭ ޝާ އަލޮމް މިއާގެ ހާޒިރުގައި ޝަރީޢަތްކުރެވުމުގެ ޙައްޤު އޭނާއަށް ލިބިގެންވާކަން އަންގާފައިވޭތޯ ބަލާއިރު، ދަށު ކޯޓުގެ މަޙްޟަރު ބަޔާނުން އެކަން އެންގިކަން އެނގެން ނެތްކަން ފާހަގަކުރެވެއެވެ.

39އެހެންކަމުން، މި މައްސަލައިގައި ޝާ އަލޮމް މިއާގެ ޙާޟިރުގައި ޝަރީޢަތްކުރެވުމުގެ ޙައްޤު އޭނާއަށް ލިބިގެންވާކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ (ނ) ގެ 6 ވަނަ ނަންބަރާ އެއްގޮތަށް އޭނާއަށް އެންގިކަން ދަށު ކޯޓުގެ ފަނޑިޔާރު ކަށަވަރުކޮށްފައިނެތްކަން އަހުރެންނަށް ފާހަގަކުރެވެއެވެ. އޭނާއަކީ ދިވެހި ބަސް ނޭނގޭ މީހެއްނަމަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 167 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަރުޖަމާނެއްގެ އެހީގައި ޝަރީޢަތް ކުރެވުމުގެ ޙައްޤު ލިބިގެންވާކަން އެންގުން

40ދަށުކޯ ޓުގައި ޝަރީޢަތް ފެށުނުއިރު ދަޢވާލިބު ޝާ އަލޮމް މިއާއަށް ތަރުޖަމާނެއް ޙާޟިރުކުރެވިފައިވާކަމަށް ދަށު ކޯޓުގެ ފަނޑިޔާރު ބުނެފައިވާކަން ދަށު ކޯޓުގެ މަޙްޟަރު ބަޔާންތަކުން އެނގެއެވެ. އަދި އިބްތިދާއީ އަޑުއެހުން ކުރިއަށް ގެންދެވިފައިވަނީ ތަރުޖަމާނަކާ އެކުގައިކަންވެސް މަޙްޟަރު ބަޔާންތަކުން އެނގެއެވެ.

41އެހެންކަމުން، މި މައްސަލައިގައި ޝާ އަލޮމް މިއާއަށް ތަރުޖަމާނެއްގެ އެހީގައި ޝަރީޢަތްކުރުމުގެ ޙައްޤު ލިބިގެންވާކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ (ނ) ގެ 7 ވަނަ ނަންބަރާ އެއްގޮތަށް އޭނާއަށް އެންގިކަން ދަށު ކޯޓުގެ ފަނޑިޔާރު ކަށަވަރުކޮށްފައި އޮތްކަމަށް ބެލިދާނެކަމަށް އަހުރެންނަށް ކްރިމިނަލް ކޯޓުގެ ނަންބަރު C/2021-734,735/Cr ޤަޟިއްޔާގެ 19.01.2022 ގައި ބޭއްވުނު އިބްތިދާއީ އަޑުއެހުމުގެ މަޙްޟަރު ބަޔާނުގެ 2 ވަނަ ސަފުހާގެ 14 ވަނަ ފޮޅުވަތުން ފެށިގެން 15 ވަނަ ފޮޅުވަތުގެ ނިޔަލަށް އޭނާގެ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ޙައްޤު އޭނާއަށް ލިބިގެންވާކަމާއި، އޭނާ ޝަރީޢަތުގެ މަޖިލީހުގައި ދޭ ބަޔާނަކީ، އޭނާއާ ދެކޮޅަށް ބޭނުންކުރެވިދާނެ ބަޔާނެއްކަމާއި، އޭނާ ދޮގހެކި ދީފިނަމަ، ދޮގުހެކު ދިނުމުގެ ދަޢުވާ އޭނާގެ މައްޗަށް ކުރެވިދާނެކަން އެންގުން

42އިބްތިދާއީ އަޑުއެހުމުގައި، ދަށު ކޯޓުގެ ފަނޑިޔާރު ދަޢުވާލިބޭ ޝާ އަލޮމް މިއާއަށް އޭނާގެ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ޙައްޤު އޭނާއަށް ލިބިގެންވާކަމާއި، އޭނާ ޝަރީޢަތުގެ މަޖިލީހުގައި ދޭ ބަޔާނަކީ، އޭނާއާ ދެކޮޅަށް ބޭނުންކުރެވިދާނެ ބަޔާނެއްކަމާއި، އޭނާ ދޮގުހެކި ދީފިނަމަ، ދޮގުހެކި ދިނުމުގެ ދަޢުވާ އޭނާގު މައްޗަށް ކުރެވިދާނެކަން އަންގާފައިވާކަން، ދަށު ކޯޓުގެ މަޙްޟަރު ބަޔާނުން އެނގެން ނެތްކަން

43އެހެންކަމުން، މި މައްސަލައިގައި ޝާ އަލޮމް މިއާގެ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ޙައްޤު އޭނާއަށް ލިބިގެންވާކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ (ނ) ގެ 8 ވަނަ ނަންބަރާ އެއްގޮތަށް އޭނާއަށް އެންގިކަން ދަށު ކޯޓުގެ ފަނޑިޔާރު ކަށަވަރުކޮށްފައިނެތްކަން އަހުރެންނަށް ދައުލަތުން ޝަރީޢަތަށް ހާޒިރުކުރާ ހެކިންނާ ސުވާލުކުރުމާއި، އެ މީހަކު ބޭނުން ހެކިން ޝަރީޢަތަށް ޙާޟިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ ހެކިންނާ ޝަރީޢަތުގައި ސުވާލުކުރުމުގެ ޙައްޤު ލިބިގެންވާކަން އެންގުން

44އިބްތިދާއީ އަޑުއެހުމުގައި، ދަށު ކޯޓުގެ ފަނޑިޔާރު ދަޢުވާލިބޭ ޝާ އަލޮމް މިއާއަށް ދައުލަތުން ޝަރީޢަތަށް ހާޒިރުކުރާ ހެކިންނާ ސުވާލުކުރުމާއި، އެ މީހަކު ބޭނުން ހެކިން ޝަރީޢަތަށް ޙާޟިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ ހެކިންނާ ޝަރީޢަތުގައި ސުވާލުކުރުމުގެ ޙައްޤު ލިބިގެންވާކަން އަންގާފައިވާކަން، ދަށު ކޯޓުގެ މަޙްޟަރު ބަޔާނުން އެނގެން ނެތްކަން ފާހަގަކުރެވެއެވެ.

45އެހެންކަމުން، މި މައްސަލައިގައި ޝާ އަލޮމް މިއާއަށް ދައުލަތުން ޝަރީޢަތަށް ޙާޟިރުކުރި ހެކިންނާ ސުވާލުކުރުމާއި، އެ މީހަކު ބޭނުން ހެކިން ޝަރީޢަތަށް ޙާޟިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ ހެކިންނާ ޝަރީޢަތުގައި ސުވާލުކުރުމުގެ ޙައްޤު ލިބިގެންވާކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކުށަށް އިޢުތިރާފުވެއްޖެނަމަ، އޭނާގެ މައްސަލަ ފޮނުވޭނީ 162 ވަނަ މާއްދާގެ ދަށުން އަވަސް ނިޔާއިން ބެލުމަށް ކަމުގައި އެންގުން

46އިބްތިދާއީ އަޑުއެހުމުގައި، ދަށު ކޯޓުގެ ފަނޑިޔާރު ދަޢުވާލިބޭ ޝާ އަލޮމް މިއާ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކުށަށް އިޢުތިރާފުވެއްޖެނަމަ، އޭނާގެ މައްސަލަ ފޮނުވޭނީ 162 ވަނަ މާއްދާގެ ދަށުން އަވަސް ނިޔއިން ބެލުމަށް ކަމުގައާ އަންގާފައިވާކަން، ދަށު ކޯޓުގެ މަޙްޟަރު ބަޔާނުން އެނގެން ނެތްކަން ފާހަގަކުރެވެއެވެ.

47އެހެންކަމުން، މި މައްސަލައިގައި ޝާ އަލޮމް މިއާ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކުށަށް އިޢުތިރާފުވެއްޖެނަމަ، އޭނާގެ މައްސަލަ ފޮނުވޭނީ 162 ވަނަ މާއްދާގެ ދަށުން އަވަސް ނިޔއިން ބެލުމަށް ކަމުގައާކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ ވާސިލުވެވުނު ނަތީޖާ

48ކުށެއްގެ ދަޢުވާލިބޭ ފަރާތްތަކަށް ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ޙައްޤުތައް މި މައްސަލއަ ގައި ކްރިމިނަލް ކޯޓުން ޝާ އަލޮމް މިއާއަށް ލިބިދީފައިވޭތޯ ބެލުމުގައި، ދެކަމަކަށް ބަލަންޖެހޭނެކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުން އަހުރެންނަށް ދޭހަވެއެވެ. ފުރަތަމަކަމަކީ، އެ ދުސްތޫރީ ޙައްޤުތައް ލިބިގެންވާކަން ފަނޑިޔާރު އަނގަބަހުން ޝަރީޢަތުގެ މަޖިލިހުގައި އަންގާފައިވޭތޯ ނުވަތަ ނޫންތޯ ބެލުމެވެ. ދެވަނަ ކަމަކީ، އެ ޙައްޤުތައް ލިބިގެންވާކަން އޭނާއަށް އެންގިކަން ކަށަވަރުކުރުމުގެ ގޮތުން އޭނާ ލައްވައި ސޮއިކުރުވުމެވެ.

49މި މައްސަލައިގައި ކަން ހިނގާފައިވާގޮތަށް ބަލާއިރު، ޙައްޤުތައް ލިބިދިނުމާ ގުޅޭގޮތުން ކުރިން ފާހަގަކުރެވިދިޔަ ކަންކަން އެގޮތުގައި ހުރިކަން އެނގެން އޮތުމުން، އެ އެންމެހައި ޙައްޤުތައް އެންމެ ފުރިހަމަ ގޮތުގައި ޝާ އަލޮމް މިއާއަށް ލިބިދީފައިވާކަމަށް އަހުރެންނަކަށް އެއްބަހެއްނުވެވެއެވެ. ސަބަބަކީ، އެ ހުރިހައި ޙައްޤުތަކެއް ލިބިގެންވާކަން ޝާ އަލޮމް މިއާއަށް ދަށު ކޯޓުގެ ފަނޑިޔާރު އަންގާފައިވާކަން އެނގެން ނެތަތީއެވެ. ސަބަބަކީ، އެ ޙައްޤުތައް އޭނާއަށް ލިބިގެންވާކަން އެންގިކަން ކަށަވަރުކުރުމުގެ ގޮތުން ސޮއިކުރުވަންޖެހޭ ބަޔާނުގައިވެސް ސޮއިކުރުވާފައި އޮތްކަން އެނގެން ނެތަތީއެވެ. ސަބަބަކީ، ދައުލަތުން މި ކޯޓަށް މި މައްސަލަ ހުށަހެޅި ފޯމުގައިވެސް އަދި މި ކޯޓުގައި ބޭއްވުނު އަޑުއެހުމުގައިވެސް ދަށު ކޯޓުން އެ ޙައްޤުތައް ޝާ އަލޮމް މިއާއަށް ލިބިދީފައިވާކަން އެނގޭނެ ގޮތެއް ބަޔާންކޮށްދީފައި ނެތަތީއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެގެންވާ ކަންކަން ދަޢުވާލިބޭ ފަރާތަށް އަންގާފައިވާކަން ފަނޑިޔާރު ކަށަވަރުކުރުމުގެ ގޮތުން ޝަރީޢަތްކުރުމާބެހެ ޖިނާއީ އިޖުރާއަތުގެ ގަވައިދު (ނަންބަރު: 01-REG-SC-2021) ގެ ޖަދުވަލު 32 ގައިވާ ބަޔާނުގައި ސޮއިކުރުވަންވާނެކަމަށް އެ ގަވައިދުގެ 110 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާއިރު، އެކަން އެގޮތަށް ކޮށްފައި އޮތްކަން ފެންނާކަށް ނެތެވެ. އަދި ޤަޟިއްޔާއާ ގުޅޭ ލިޔުންތަކުގެ މަޢުލޫމާތުގެ ގޮތުގައިވެސް އެ ބަޔާން ހިމެނިފައި ނެތްކަން ދަށު ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ. ޝާ އަލޮމް މިއާގެ އިޢުތިރާފަކީ ޞައްޙަ އިޢުތިރާފެއްކަން ކަށަވަރުކުރުމާއި، ޝާ އަލޮމް މިއާގެ އިޢުތިރާފުގެ އިތުރުން ޝަރީޢަތަށް ހުށަހެޅުނު އެހެނިހެން ހެކި ޤަރީނާ ސާބިތުކުރުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އެއްގޮތަށްކަމާއި އެ ހެކިތަކުން ޝާ އަލޮމް މިއާގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެ ކުށް އެއްވެސް ޝުބުހާއެއް ނެތް މިންވަރަށް ސާބިތުވާކަން ކަށަވަރުވޭތޯ ބެލުން

50މި މައްސަލައިގައި އިބްތިދާއީ އަޑުއެހުމުގައި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބަޔާންކުރާ އެންމެހައި ޙައްޤުތައް ޝާ އަލޮމް މިއާއަށް ލިބިދެވިފައިވާކަން ކަށަވަރުކުރެވިފައިވާކަން އެނގޭނެ ގޮތެއް ނެތެވެ. އިޢުތިރާފުގެ ކުރިއަށް، އެ ޙައްޤުތައް ލިބިދެވުނުކަން ކަށަވަރުކުރެވިފައި ނުވާތީ، އެ އިޢުތިރާފުގެ ޞައްޙަކަމާމެދު ސުވާލުއުފެދެއެވެ. އެއީ މަޖުބޫރުކަމެއްނެތި ވެފައިވާ އިޢުތިރާފެއްކަމާމެދު ސުވާލުއުފެދެއެވެ. އަދި އެއީ އަމިއްލަ އިޚްތިޔާރުގައި ވެފައިވާ އިޢުތިރާފެއކަމާމެދުވެސް ސުވާލުއުފެދެއެވެ. އެ ޙައްޤުތައް ލިބިދެވުނުކަން ކަށަވަރކުރެވެނު ނެތުމަކީ، އެ ޙައްޤުތައް ގެއްލިފައިވާކަމުގައި ބެލެވޭ ސަބަބެކެވެ. އެހެންނަމަވެސް، އެ ޙައްޤުތައް ކަށަވަރުވެފައި އޮތުމަކީ ޤާނޫނީ މަރުޙަލާގެ އިންސާފުވެރިކަން ކަށަވަރުކުރުމަށްޓަކައި ކޮންމެހެންވެސް މުހިންމުކަމެއްކަމުގައި އަހުރެން ދެކެމެވެ.

51ޙައްޤުތައް ލިބިދީފައިވާކަން ކަށަވަރުކުރެވޭކަން އެނގެން ނެތި، ވެފައި އޮންނަ އިޢުތިރާފަކީ މަޖުބޫރުކަމެއްނެތި ނުވަތަ އަމިއްލަ އިޚްތިޔރުގައާ ވެފައިވާ ޞައްޙަ އިޢުތިރާފެއްކަމުގައި އަހުރެންނަކަށް ނުބެލެވެއެވެ. ސަބަބަކީ، އެ ޙާލަތުގައި ދަޢުވާލިބޭ މީހާއަށް އޭނާގެ ޙައްޤުތައް ރަނގަޅަށް ފަހުމނުވް އޮވެދާނެތީއެވެ. ނުވަތަ އެކަށީގެންވާ ގޮތެއްގައި އޭނާ ޤާނޫނީ ގޮތުން ތަމުސީލުނުކުރެވި އޮވެދާނެތީއެވެ. ދަޢުވާލިބޭ މީހާގެ ޙައްޤުތައް ނިގުޅައިގަތުމަށްފަހު އޭނާގެ ކިބައިން ހޯދޭ އިޢުތިރާފަކީ ޝަރީޢަތުގެ މަރުޙަލާގައި ހެއްކެއްގެ ގޮތުގައި ބަލައިގަނެވޭނެ އިޢުތިރާފެއްކަމުގައި އަހުރެން ނުދެކެމެވެ.

52ނަހަމައިން ހޯދާފައިވާ އިޢުތިރާފުތައް އެއްފަރާތްކުރުމަކީ، ޢަދުލުއިންސާފުގެ ނިޒާމުގެ ނަޒާހަތްތެރިކަން ދަމަހައްޓައި، ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފާހިފުމުން ފަރުދުން ސަލާމަތްކޮށް ރައްކާތެރިކޮށްދޭނެކަމެއްކަމަށް އަހުރެން ދެކެމެވެ. އަދި އެކަމަކީ އިންސާފުވެރި ޝަރީޢަތެއް ކަށަވަރުކޮށްދޭނެ ކަމެކެވެ. އަދި ކޯޓަށް ހުށަހެޅޭ ހެއްކަކީ ޤާނޫނީ ޞައްޙަމަގުން ހޯދާ ހެކިކަމުގައި ކަށަވަރުކުރެވޭނެކަމެކެވެ.

53ކުރުކޮށް ބުނާނަމަ، އިޢުތިރާފެއް ހޯދުމުގެ ކުރިން އެ މީހެއްގެ ދުސްތޫރީ ޙައްޤުތައް ކަށަވަރުކޮށް ނުދެވިއްޖެނަމަ، އެ އިޢުތރާފެއްގި ޞައްޙަކަމާމެދު ބޮޑުތަނުން ސުވާލު އުފެދޭނެއެވެ. އަދި އެފަދަ އިޢުތިރާފަކީ އެއަށް ބުރަދަންދެވޭނެ އެއްޗެއްކަމަކަށް އަހުރެންނަކަށް ނުބެލެވެއެވެ.

54އެހެންކަމުން، ޝާ އަލޮމް މިއާއަށް ޤާނޫނުގައި ބަޔާންކުރާ ޙައްޤުތއަ ދެވުނުކަން ކަށަވަރުވާން ނެތް ޙާލަތެއްގައި އޭނާގެ ކިބައިން ހޯދާފައިވާ އިޢުތިރާފަކީ ޞައްޙަ އިޢުތިރާފެއްގެ ގޮތުގައި އަހުރެންނަކަށް ބަލައެއް ނުގަނެވެއެވެ. ވުމާއެކު، ޙުކުމުގެ ޞައްޙަކަން ކަށަވަރުކުރުމަށްކަމަށް ބުނެ ދައުލަތުން އިތުރަށް ހުށަހަޅާފައިވާ ނުކުތާތަކާމެދު ގޮތް ކަނޑައަޅަންޖެހޭ ފަދަ ޙާލަތެއް މިހިނދަށް ނެތްކަމަށް އަހުރެން ދެކެމެވެ.

55އަހުރެންގެ ރައުޔު އަހުރެން ބިނާކޮށްފައިމިވަނީ، ދައުލަތުން މި ކޯޓަށް ހުށަހެޅި ފޯމާއި ދައުލަތުން މި ކޯޓަށް ހުށަހެޅި ކްރިމިނަލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓާއި އެ ރިޕޯޓާއެކުގައިވާ މަޙްޟަރު ބަޔާންތަކުގެ މައްޗަށް ބަލައި އަހުރެންނަށް ފާހަގަކުރެވުނު ކަންކަމުގެ މައްޗަށެވެ.

ނިންމަން ފެންނަގޮތް

56ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރިކަން ފާހަގަކުރެވިފައިވާތީ، ކްރިމިނަލް ކޯޓުގެ ޤަޟިއްޔާގެ ޙުކުމް ބާޠިލުކަމަށް ކަނޑައަޅަން ފެނެއެވެ.

57ޤާނޫނާ އެއްގޮތަށް ޙައްޤުތައް ކަށަވަރުކުރުމަށްފަހު ދަޢުވާއަށް ޖަވާބުދާރީވުމަށް ޝާ އަލޮމް މިއާއަށް އަންގައި، ޤާނޫނީ މަރުޙަލާ ފުރިހަމަކޮށް ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މައްސަލަ ތަޙުވީލުކޮށް ނިންމަން ފެނެއެވެ.

ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު

ހުށަހެޅިފައިވާ މައްސަލައިގެ ބާވަތް:

58މިމައްސަލައަކީ، ދަށު ކޯޓުގައި ދަޢުވާ ރައްދުވި ޝާ އަލޮމް މިއާ (SHA ALOM MIA) (މީގެ ފަހުން "ޝާ އަލޮމް") ގެ ފަރާތުން އަދި ދަށު ކޯޓުގައި ދަޢުވާ އުފުލި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން، ޤާނޫނު ނަންބަރު: 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 38 ވަނަ މާއްދާ އާ ޙަވާލާދީ އެޤާނޫނުގެ 43 ވަނަމާއްދާގެ ދަށުން މިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައެއް ނޫނެވެ.

59މިމައްސަލައަކީ، ކުށުގެ ދަޢުވާ އުފުލުނު ޝާ އަލޮމް ގެ މައްޗަށް ޤަޞްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެ، އޭނާ މެރުމަށް ދަށު ކޯޓުން ޙުކުމް ކުރުމުން، ޤާނޫނު ނަންބަރު:2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1204 ވަނަ މާއްދާގެ (ރ) އިން ލާޒިމު ކުރާ އިޖުރާތެއް ފުރިހަމަ ކުރުމުގެ ގޮތުން މިކޯޓުން ބަލާ މައްސަލައެކެވެ. އެއަކުރުގައި އޮތީ؛ ޙުކުމް އަމިއްލަ ޒާތުގައި އިސްތިއުނާފު 1204. (ރ) ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ކޯޓުން ޙުކުމް ކޮށްފިނަމަ، އެޙުކުމްގެ ކުރެވުން ހުރިހާ ޤާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަން ހިނގާފައިވާގޮތް ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން އަލުން ބަލަންވާނެއެވެ . މިއީ ބަންގްލަދޭޝްގެ ރައްޔިތެވެ. ޕާސްޕޯޓް ނަންބަރަކީ އެވެ.

60މީގެ އިތުރުން، ޤާނޫނުލްޢުޤޫބާތުގެ 1205 ވަނަ މާއްދާ ގެ (ހ) އާއި (ށ) ގައި ބަޔާން ކޮށްފައިވަނީ؛ އިސްލާމީ ޝަރީޢަތުގައި ޙައްދު 5120. (ހ) މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ ކުށްތައް ޙައްދު ކަނޑައަޅާފައިވާ ނުވަތަ ޤިޞާޞް ކަނޑައަޅާފައިވާ ކުށެއް، އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން އެއްވެސް ޝައްކެއްނެތް މިންވަރަށް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އެމީހެއްގެ މައްޗަށް ކަނޑައަޅަންވާނީ އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެމަތިން އެކަމަކަށް އިސްލާމީ ޝަރީޢަތުގައިވާ އަދަބެވެ .

(ށ) އެއްވެސް މީހެއްގެ މައްޗަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަދަބެއް ތަންފީޒުކުރަންވާނީ، އެ މައްސަލައެއްގެ ޝަރީޢަތުގެ ހުރިހާ މަރުޙަލާއެއް ނިމުމަށްފަހު ސުޕްރީމް ކޯޓުން އެ އަދަބެއް ދިނުމަށް ޙުކުމްކޮށްފިނަމައެވެ .

61ޤާނޫނުލްޢުޤޫބާތަށް ގެނެވުނު ތިންވަނަ އިޞްލާޙގައު "ސުޕްރީމް ކޯޓުން އެ އަދަބެއް ދިނުމަށް ޙުކުމް ކޮށްފިނަމައެވެ." މިހެން އޮތް އޮތުމާއި ގުޅިގެން، ޢަމަލު ކުރަންވީ ގޮތުގެ ސަރކިއުލައެއް ނުވަތަ މިހާރު ކިޔާގޮތުންނަމަ ޕްރެކްޓިކްސް ޑައިރެކްޝަނެއް 08 ނޮވެމްބަރ 2015 އަދި 15 ނޮވެމްބަރު 2015 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވެއެވެ.

62މިދެންނެވި ދެ ސަރކިއުލަރ ސުޕްރީމް ކޯޓުން މިހާރު ވަނީ ބާޠިލުކޮށްފައެވެ. ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ރ) އާއި 1205 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ޢަމަލު ކުރަންޖެހޭ ގޮތް ބަޔާން ކޮށްފައިވަނީ، ސުޕްރީމް ކޯޓުގެ ނަންބަރު: 2020/SC-JC/04 ޤަޟިއްޔާ ގައެވެ. މިޤަޟިއްޔާއިން މިފާހަގަ ކުރަނީ ހަމައެކަނި ކުށްވެރިޔާ މަރަން ދަށު ކޯޓުން ނިންމާ މައްސަލަތާމެދު ޢަމަލު ކުރަންޖެހޭ ކަމަށް ސުޕްރީމް ކޯޓުގެ އެ ޤަޟިއްޔާގައި ބަޔާން ކުރާ މިންވަރި ވެ. ޤާނޫނުލްޢުޤޫބާތުގެ 1205 ވަނަ މާއްދާއަށް ދެފަހަރެއްގެ މަތިން އިޞްލާޙު ގެނެސްފައިވެއެވެ. މިގޮތުން 1205 ވަނަ މާއްދާއަށް އަކުރުތަކެއް އިތުރު ކުރެވިފައި ވެއެވެ. ޤާނޫނު ނަންބަރު:2015/26 އަށް ޢަމަލު ކުރަން ފަށާފައިވަނީ 03 ސެޕްޓެމްބަރ 2015 ގައެވެ. ނަންބަރު:2015/13/SC (08 ނޮވެމްބަރު 2015) ސަރކިއުލަރ އާއި ނަންބަރު:2015/14/SC (15 ނޮވެމްބަރު 2015) ސަރކިއުލަރ. 13 ޑިސެމްބަރު 2020 ގައި ނަންބަރު:2015/14/SC (15 ނޮވެމްބަރު 2015) ސަރކިއުލަރ ބާޠިލުކޮށްފައި. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އާމިނަތު އަޙްމަދު.

63މިދެންނެވި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ބަޔާން ކުރަނީ؛ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވަނީ ދަށު ކޯޓުން ނިންމާ މައްސަލަތަކުގެ ތެރެއިން ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ކޯޓުން ހުކުމްކޮށްފިނަމަ މަރުގެ ކޮންމެ ހުކުމެއް އޭގެ އަމިއްލަޒާތުގައި މަތީ މަރުހަލާގެ ކޯޓުތަކަށް އިސްތިއުނާފު ކުރެވޭނެ ކަމަށާއި، އެ ގޮތުން އިސްތިއުނާފުގެ މައްސަލައިގައި އެ ހުކުމުގެ ހުރިހާ ގާނޫނީ ނުކުތާތަކާއި ކަންހިނގާފައިވާ ގޮތް މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަންވާނެ ކަމަށެވެ. މިމާއްދާއަކީ ޤާނޫނުލްއުގޫބާތު ފުރަތަމައަށް މަޖިލީހުން ފާސްކޮށް އަމަލުކުރަން ފެށިއި ރުވެސް ގާނޫނުލްއުގޫބާތުގައި ލިޔެފައި އޮތް މާއްދާއެކެވެ." މިފަދައިންނެވެ. މި ޤަޟިއްޔާގައި އިތުރަށް ބުނެފައިވަނީ؛ "....ނަމަވެސް މަރުގެ އަދަބު ކަނޑައެޅޭ ކޮންމެ ހުކުމެއް ޝަރީޢަތްކުރާ ކޯޓުން ނިމުމާއެކު މިހާރުވެސް އަމަލުކުރަމުންދާ ގޮތަށް ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން އެ މައްސަލައެއް އޭގެ ޒާތުގައި އިސްތިއުނާފުކުރުމަށް މަތީ މަރުހަލާގެ ކޯޓަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހަޅަންވާނެއެވެ." މިފަދައިންނެވެ. ވީމާ، މިމައްސަލައަކީ މިއުޞޫލުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިކޯޓަށް ހުށަހެޅި މައްސަލައެކެވެ. ޙައްޤުތައް ލިބިގެންވާކަން ކަށަވަރު ކުރުމާއި، އެންގުމާއި ސާފުކޮށްދިނުން:

64ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހާއަށް ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތަކުގެ ތެރެއިން މައިގަނޑު ޙައްޤުތައް ބަޔާން ކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައެވެ. އެމާއްދާގެ (ހ) އިން ފެށިގެން ގޮސް (އ) ގެ ނިޔަލަށް ބަޔާން ކުރާ ޙައްޤުތަކުގެ އިތުރުން، ޤާނޫނު ނަންބަރު:2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައި މުއްތަހަމަށް ލިބިގެންވާ ޙައްޤުތަކެއް ބަޔާން ކުރެއެވެ.

65މުއްތަހަމުގެ މައްޗަށް ހުށަހެޅިފައިވާ ދަޢުވާއަށް އިޢުތިރާފު ވަނީތޯ ނުވަތަ އިންކާރު ކުރަނީތޯބެލުމަށް ސުވާލު ކުރުމުގެ ކުރިން ފަނޑިޔާރު ކުރަންޖެހޭ ކަމަކީ، މިދެންނެވި ޙައްޤުތަކުގެ ތެރެއިން ލިބިދެވުނު ކަން ކަށަވަރު ކުރަންޖެހޭ ޙައްޤުތައް ލިބިދެވުނު ކަން ކަށަވަރު ކުރުމާއި، އެޙައްޤުތަކުގެ ތެރެއިން ލިބިގެންވާކަން އަންގަންޖެހޭ ޙައްޤުތައް ލިބިގެންވާކަން އެންގުމާއި އެޙައްޤު ތަކުގެ ތެރެއިން ލިބިގެންވާކަން ސާފުކޮށްދޭންޖެހޭ ޙައްޤުތައް ލިބިގެންވާކަން ސާފު ކޮށްދިނުމެވެ.

66ޙައްޤެއް ލިބިދެވުނުކަން ކަށަވަރު ކުރުމާއި ޙައްޤެއް ލިބިގެންވާކަން އެންގުމާއި ޙައްޤެއް ލިބިގެންވާ ކަން ސާފުކޮށް ދިނުމާއި މިއީ އިޖުރާއީ ގޮތުން ފަނޑިޔާރު ކުރާން ޖެހޭ ތަފާތު ހުރި ކަންކަމެވެ. ދަޢުވާގެ ލިޔެކިޔުންތައް ދަޢުވާލިބޭ ފަރާތަށް ލިބިދިނުން:

67HN2މުއްތަހަމުގެ މައްޗަށް އުފުލިފައިވާ ދަޢުވާގެ ލިޔެކިޔުންތައް އޭނާއަށް ލިބިފައިވާކަން ފަނޑިޔާރު ކަށަވަރު ކުރަންޖެހޭ ކަމަށް ޤާނޫނުގައި ބަޔާން ކުރެއެވެ. މިކަމަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި ބަޔާން ކުރާ ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމަށް ބޭނުންވާ ވަސީލަތް ލިބި ދިނުމުގެ ތެރޭގައި ހިމެނި ކަމެއް ކަމަށް ދެކެމެވެ. އަދި މިއީ ކުށުގެ ތުހުމަތުގައިވާ މީހާ ކުށުން ދިފާޢުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެކަމެއްގެ މައްޗަށް ބިނާވާ އެންމެ އަސާސީ އެއްކަމެވެ.

68މިދެންނެވި ޤާނޫނުގައި ބަޔާން ކުރަނީ ދަޢުވާ ލިބޭ ފަރާތަށް އެލިޔުންތައް ލިބުނުކަން ފަނޑިޔާރު ކަށަވަރު ކުރަންޖެހޭ ކަމަށެވެ. އޭގެ ބޭނުމަކީ، ކުށުން ބަރީއަވުމަށް މަސައްކަތް ކުރުން ކަމަށްވާތީ، އެލިޔުންތައް ލިބެންވީ ދަޢުވާ ލިބޭ ފަރާތަށްތޯ ނުވަތަ އޭނާގެ ފަރާތުން މަސައްކަތް ކުރާ ވަކީލަށް އެލިޔުންތައް ލިބިދީފައި އޮތް އޮތުން ރަގަޅުތޯ އެއީ ކޮންމެ މައްސަލައެއްމެ ވަކިން ބަލައި ފަނޑިޔާރަށް ގޮތް ކަނޑައެޅޭނެ ކަމެކެވެ. ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 107 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި.

69އެހެނީ، ޤާނޫނުގައި އޮތީ، ދަޢުވާ ލިބޭ ފަރާތަށް ދަޢުވާއާއި ދަޢުވާއާގުޅޭ އެންމެހައި ލިޔެކިޔުމުގެ ކޮޕީ ލިބިފައިވާކަން ކަށަވަރު ކުރަންކަމަށް ބުނެ، ހަމައެކަނި ދަޢުވާ ލިބޭ ފަރާތަށް އެލިޔުންތައް ލިބުނުކަން ކަށަވަރުކޮށް އެހިސާބުން ނިންމާލާނަމަ ޙާޞިލު ކުރަން ބޭނުންވާ މަޤްޞަދު ޙާޞިލުވެދާނެ ކަމަކަށް ނުފެނެއެވެ. ޤާނޫނީ ވަކީލަކު ހަމަޖައްސާފައިވާ ޙާލަތުގައި، އެވަކީލަށް އެލިޔުންތައް ލިބިފައިވާ ކަން ކަށަވަރު ކުރުމުން ޤާނޫނުގެ ބޭނުމަށް އެކަން ކަށަވަރު ކުރެވުނީ ކަމަށް ވާނެކަމަށް އަހުރެން ދެކެމެވެ.

70ސަބަބަކީ، ދަޢުވާއާ ގުޅޭ ލިޔުންތައް ލިބިދިނުމުގެ ބޭނުމަކީ ދަޢުވާއިން ބަރީޢަވުމަށް މަސައްކަތް ކުރުން ކަމަށްވެފައި، ދިފާޢީ ވަކީލަށް އެލިޔުންތައް ލިބިދީފައިވާކަން ކަށަވަރުކުރެ ވުމުން، ދިފާޢުގައި މަސައްކަތް ކުރެވުމުގެ ފުރުޞަތު ބޮޑުވާނެ ކަމަށް ފެންނާތީއެވެ. އަދި ދަޢުވާ ލިބޭ ފަރާތަށް އެލިޔުންތައް ލިބިދިނަސް އެލިޔުންތައް ދިރާސާކޮށް ކުށުން ބަރީޢަވުމަށް މަސައްކަތް ކުރުމަށް ދަޢުވާލިބޭ ފަރާތަށް މަސައްކަތް ނުކުރެވިދާނެ ކަމަށްޓަކައެވެ. މިސާލަކަށް މިމައްސަލައިގައި ދަޢުވާ ލިބޭ މީހަކީ ދިވެހި ބަހުން ލިޔާންކިޔާން ނުދަންނަ ބިދޭސީއެކެވެ. މިޙާލަތުގައި، އޭނާއަށް ދަޢުވާގެ ލިޔުންތައް ލިބިފައިވޭތޯ ކަށަވަރު ކުރުމުގެ ބަދަލުގައި އޭނާގެ ފަރާތުން މަސައްކަތް ކުރާ ދިފާޢީ ވަކީލަށް އެލިޔުންތައް ލިބިފައިވާކަން ކަށަވަރު ކުރުމުން، ޤާނޫނުގެ ބޭނުމަށް މާ ހަމަޖެހޭ ކަމަށް އަހުރެން ދެކެމވެ. ވީމާ، ދިފާޢީ ވަކީލަށް މުއްތަހަމުގެ ފަރާތުން ލިޔެކިޔުންތައް ލިބުނުކަން ކަށަވަރު ކޮށްދެވިއްޖެނަމަ، ޤާނޫނުގެ ބޭނުމަށް އެކަން ކަށަވަރު ކުރެވުނީ ކަމަށް އަހުރެން ދެކެމެވެ. މިމައްސަލައިގައި އެކަން ކަށަވަރު ކޮށްފައިވާކަން އެގެން އޮވެއެވެ. ކުރާ ދަޢުވާ އަކީ ކޮބާކަން ދަޢުވާ ލިބޭ މީހާއަށް ސާފުކޮށްދިނުން:

71ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށަކީ ކޮބާކަން އެމީހަކަށް ރަގަޅަށް ދޭހަވާނެ ބަހަކުން ލަސްނުކޮށް އަންގަން ޖެހެއެވެ. މިކަމުގެ ބޭނުމަކީ ދަޢުވާ ލިބޭ މީހާގެ މައްޗަށް ކުރެވޭ ދަޢުވާއަކީ ކޮބާކަން އޭނާއަށް ސާފުކޮށް އެނގޭތޯ އަހައި، ސާފުނުވާކަމަށް ބުނާނަމަ، ސާފު ކޮށްދިނުމެވެ.

72HN3ޖިނާއީ އިޖުރާއަތގު ޤާނޫނު ގެ 107 ވަނަ މާއްދާގެ (ރ) ގައި، އެމާއްދާގެ (ނ) ގެ (2) ނަންބަރުގެ ދަށުން، ދަޢުވާ ސާފު ކޮށްދިނުމުގައި ސާފުކޮށްދޭންޖެހޭ ގޮތުގެ ތަފްޞީލު ބަޔާން ކޮށްފައިވެއެވެ.

73މިގޮތުން، ދަޢުވާ ލިބޭ މީހާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަކީ ކޮބައިކަމާއި، އެ ކުށް ކުރާ މީހަކަށް ނުވަތަ ކުށް ކުރަން އުޅުނު މީހަކަށް ނުވަތަ ކުށް ކުރުމުގައި އެހީތެރިވެދިން މީހަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބަކީ ކޮބައިކަން އޭނާއަށް ސާފުކޮށްދޭންވާނެއެވެ. އަދި އޭނާގެ މައްޗަށް ދަޢުވާ އުފުލިފައިވާ ކުށް އޭނާގެ މައްޗަށް ސާބިތުނުވިނަމަވެސް، އެ ކުށް ކުރަން އޭނާ އުޅުނުކަން ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިންކަން ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާނަމަ، އެ ކުށް ކުރަން އުޅުމުގެ ނުވަތަ އެހީތެރިވުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅިދާނެކަން އޭނާއަށް ސާފުކޮށްދޭންވާނެކަމަށް ބަޔާން ކުރެއެވެ.

74ދަޢުވާ ލިބޭ މީހާގެ މައްޗަށް ކުރެވޭ ދަޢުވާ ސާފުވެއްޖެތޯ އޭނާއާ ސުވާލު ކޮށްގެންވެސް ސާފު ކުރެވިދާނެއެވެ. ހަމައެހެންމެ، ތަރުޖަމާނަކު މެދުވެރިކޮށް ދަޢުވާއަށް ޖަވާބުދާރީވާ ޙާލަތުގައި ތަރުޖަމާނު މެދުވެރިކޮށްވެސް އެކަން ކުރެވިދާނެއެވެ. އަދި ޤާނޫނީ ވަކީލަކު ޢައްޔަން ކޮށްގެން ދަޢުވާއަށް ޖަވާބުދާރީވާ ޙާލަތުގައި ދަޢުވާ ލިބޭ މީހާގެ މައްޗަށް ކުރެވޭ ދަޢުވާއަކީ ކޮބާކަން ދަޢުވާ ލިބޭ މީހާއަށް ސާފުވެއްޖެތޯ ޤާނޫނީ ވަކީލާ ސުވާލު ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ) ގައި. ކޮށްގެންވެސް ބެލިދާނެއެވެ. އެކަން ކުރެވޭނީ ހަމައެކަނި ދަޢުވާ ލިބޭ ފަރާތަށް ސުވާލު ކޮށްގެން ކަމަށް އަހުރެންނަކަށް ބުރައެއް ނުވވެ އެވެ.

މިމައްސަލައިގައި ކުރެވޭ ދަޢުވާ ސާފުކޮށްދެވުނުތޯ؟

75މިމައްސަލައިގެ އިބްތިދާއީ އަޑުއެހުން ކުރިއަށްގެންދިޔައިރު، ދަޢުވާ ލިބޭ މީހާ އާއި އޭނާގެ ތަރުޖަމާނާއި އޭނާގެ ދިފާޢީ ވަކީލުގެ ޙާޟިރުގައި ދަޢުވާ ލިބޭ މީހާގެ މައްޗަށް ޕްރޮސިކިއުޝަނުން އުފުލި ދެ ދަޢުވާ ޝަރީޢަތުގެ މަޖިލީހުގައި އިއްވިއެވެ. މިމައްސަލައިގައި ބަލަންޖެހެނީ ހަމައެކަނި މަރުގެ އަދަބު ކަނޑައެޅުމު ގ ދަޢުވާއަށް ކަމަށްވާތީ، އެ ދަޢުވާ ޕްރޮސިކިއުޝަނުން އިއްވިގޮތް ތިރީގައި ނަކަލު ކޮށްފައި އެވަނީއެވެ؛ " ....މިމައްސަލައިގައި، ޝާ އަލޮމް މިއާގެ މައްޗަށް ދައުލަތުން ...ދެ ދަޢުވާއެއް ހުށަހަޅާފައިވާނެ. އެގޮތުން ދައުލަތުން ކުރާ ފުރަތަމަ ދަޢުވާއަކީ ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ. މިދަޢުވާ ޝާ އަލޮމް މިއާގެ މައްޗަށް ކުރެވިފައި މިވަނީ، ޤާނޫނު ނަންބަރު:2010/17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެމާއްދާގެ (ނ)ގެ ދަށުން. ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ޝާ އަލޮމް މިއާގެ މައްޗަށް ކުރެވިފައި މިވަނީ ޝާ އަލޮމް މިއާ 13 އޮކްޓބަރޯ 2021 ވަނަ ދުވަހު 021:3 އެހާކަށްހާއިރު މީނާ ދިރިއުޅޭ އދ.ދަނގެތީ ނެދުންގޭގަ އދ.ދަނގެތި މޮނަލާޒް މަޙްމޫދު އަބޫބަކުރުގެ ކަރަށާއި ބޮލަށާއި މެއަށް ވަޅި އަކާއި ކޮޅު ތޫނުކޮށްފައި އޮތް ދަ ގަނޑުބުރިއަކާއި އިތުރު ދެ ދަނގަޑު ބުރި ބޭނުންކޮށްގެން ހަމަލާދީ މަޙްމޫދު އަބޫބަކުރު މަރާލާފާވާތީ. މިދަޢުވާ ސާބިތުވެއްޖެކަމަށް ވަނީނަމަ، މިކުށުގެ އަދަބެއްގެ ގޮތުގަ ޤާނޫނުގަ ކަނޑައެޅިފައިވަނީ .... މަރަށް މަރު ގެ އަދަބެއް ކަމުގައި ދައުލަތުން ފާހަގަ ކުރަން...."

76ޕްރޮސިކިއުޝަނުން މިދަޢުވާ ޝަރީޢަތަށް އިއްވުމުން، ދަށު ކޯޓުގެ ފަނޑިޔާރު އަންގާފައިވަނީ؛ "..ތަރުޖަމާނު ދެންމެ ދަޢުވާލިބޭ ފަރާތުގެ މައްޗަށް ދައުލަތުން އެކުރއެ ވި ...ދެ ދަޢުވާ ސާފުކޮށްލަ ދެއްވާ އަދި ދަޢުވާ ސާފުކޮށް ދެއްވުމަށްފަހުގައި އަދަބާ ގުޅިގެން ދެންމެގަ ވިދާޅުވި މި ކޮންމެ ދަޢުވާއެއް ގައިވެސް ސާބިތުވެއްޖެ ކަމުގައިވާނަމަ އަންނާނެ އަދަބުވެސް ސާފު ކޮށްދެއްވާ އެއަށްފަހުގައި ޝަރީޢަތުން މިދަޢުވާ ސާފުވިތޯ ދަޢުވާއާއި ގުޅިގެން ކީކޭތޯ ވިދާޅުވަނީ ބެލުމަށްޓަކައި ވަކީލަށް ފުރުޞަތު އަރުވާނަށް ކުރިއަށް ގެންދަވާ ތަރުޖަމާނު..." 19 ޖެނުއަރީ 2022 ވަނަ ދުވަހު އޮތް އިބްތިދާއީ އަޑުއެހުމުގެ އޯޑިއޯ ވީޑިއޯ ރިކޯޑިންގ ގެ 0:10:45 މިނިޓް އިން ފެށިގެން 0:13:01 އަށް. 19 ޖެނުއަރީ 2022 ވަނަ ދުވަހު އޮތް އިބްތިދާއީ އަޑުއެހުމުގެ އޯޑިއޯ ވީޑިއޯ ރިކޯޑިންގ ގެ 0:13:13 މިނިޓް އިން ފެށިގެން 0:13:38 އަށް.

77ދަށު ކޯޓުގެ ފަނޑިޔާރުގެ މިއެންގުމާއި ގުޅިގެން، ދަޢުވާލިބޭ ފަރާތުގެ ތަރުޖަމާނު އެ ދެދަޢުވާ އާއި އެ ދެ ދަޢުވާ ސާބިތުވެއްޖެނަމަ، ކަނޑައެޅޭނެ އަދަބު ދަޢުވާ ލިބޭ މީހާއަށް ރަގަޅަށް ދޭހަވާނެ ބަސް ކަމުގައިވާ ބަންގުލާ ބަހުން ވަކި ވަކިން ކިޔައިދީފައިވެއެވެ. އަދި އެދެދަޢުވާ އާއި އެ ދެ ދަޢުވާ ސާބިތުވެއްޖެނަމަ، ކަނޑައެޅޭނެ އަދަބާއި، އަދި ދެވަނަ ދަޢުވާއަށް އެއްބަސްވާ ޙާލަތުގައި އަދަބު ލުއިވެގެންދާނެ ކަންވެސް ތަރުޖަމާނު ބަޔާން ކޮށްދީފައިވެއެވެ.

78މިމައްސަލައިގައި، ދަޢުވާ ސާފުކޮށްދިނުމުގައި، ޤަޞްދުގައި މީހަކު މެރުމަށް އުޅުނު މީހަކަށް، ނުވަތަ ޤަޞްދުގައި މީހަކު މެރުމަށް އެހީތެރިވި ދިން މީހަކަށް ޤާނޫނުގައި ބަޔާން ކުރާ އަދަބަކީ ކޮބާކަން ބޔާނެއަ ނުކޮށްދެއެވެ. އަދި ޝާ އަލޮމގް މައްޗަށް އުފުލިފައވި ޤަޞްދުގައި މީހަކު މެރުމުގެ ކުށް ސާބިތުނުވާ ޙާލަތުގައި، އެކުށް ކުރަން އޭނާ އުޅުނުކަން ނުވަތަ އެކުށް ކުރަން އޭނާ އެހީތެރިވިކަން ސާބިތުވާ ވަރަށް ހެކި ހުރެއްޖެނަމަ، އެކުށްކުރަން އުޅުމުގެ ކުށް ނުވަތަ އެކުށް ކުރަން އެހީތެރިވުމުގެ ކުށް ސާބިތުވާކަމަށް ކަނޑައެޅިދާނެކަން ސާފު ކޮށްދީފައެއް ނުވެއެވެ.

79ޤަޞްދު މަރުގެ ކުށާއި ގުޅިފައިވާ އެހެނިހެންބައެއް ކުށްތައް (inchoate offense) ކަމުގައިވާ، މީހަކު މެރުމަށް އުޅުމުގެ ކުށާއި (attempt) ޤަޞްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށާއި (abetment) ގުޅޭ ގޮތުން ޝާ އ ލޮމްއަށް ސާފުކޮށް ދިނުމަށް އިޖުރާއަތުގައި ބަޔާން ކުރާ ކަންކަން ސާފުކޮށް ދެވިފައި ނެތްނަމަވެސް ދަޢުވާ ކުރެވުނު އަޞްލު ކުށް (actual offense) ކަމުގައިވާ ޤަޞްދުގައި މީހަކު މެރުމުގެ ކުށާއި (murder) އެކުށުގެ އަދަބު (punishment) ޝާ އަލޮމއަށް ސާފުކޮށްދެވިފައވި ޙާލަތުގައި، އަޞްލު ކުށް ޝާ އަލޮމްގެ މައްޗަށް ސާބިތު ކުރެވޭތީ، އެކުށާއި ގުޅިފައިވާ އެހެނިހެން ކުށްތަކުގެ ވާހަކަ ކިޔައި ނުދެވި އޮތް އޮތުމަކީ، އިޖުރާއީ ގޮތުން މިމައްސަލައަށް އަސަރު ކުރާނެ އަދި އެކަމުގެ ސަބަބުން ޝާ އަލޮމްއަށް ބޭއިންޞާފެއް ލިބިދިން ކަމަކަށް އހުރެން ނުދެކެމެވެ. ސަބަބަކީ، ޝާ އލޮމްގެ މައްޗަށް ސާބިތަ ވަނީ އޭނާއަށް އެކުށާއި އެކުށުގެ ޢުޤޫބާތް އިބްތިދާއީ މަރުޙަލާގައި ސާފުކޮށް ކިޔައިދީފައިވާ ކުށް ކަމަށް ވާތީއެވެ. ދަޢުވާއަށް އިންކާރު ކުރުމުގެ ޙައްޤު:

80މިމައްސަލައިގައި، ދަޢުވާ އުފުލިފައިވާ މީހާއަށް ލިބިގެންވާ ޙައްޤުތައް ބަޔާން ކޮށްދިނުމުގައި، ދަޢުވާއަށް އިންކާރު ކުރުމުގެ ޙައްޤު އޭނާއަށް ލިބިގެންވާކަން ތަރުޖަމާނު މެދުވެރިކޮށް އަންގާފައިވާކަން ސާފުކޮށް އެނގެން އޮވެއެވެ. އަދި އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ޙައްޤު އޮތްކަން ތަރުޖަމާނު މެދުވެރިކޮށް އަންގާފައިވާކަން އެނގެއެވެ. ޝަރީޢަތުގެ މަޖިލީހުގައި ބަޔާނެއް ދީފިނަމަ އޭނާއާ ދެކޮޅަށް ބޭނުން ކުރެވިދާނެ ކަމާއި އަދި ދޮގު ބަހުން ވާހަކަ ދައްކައިފިނަމަ އެކަމުގެ މައްޗަށް ދަޢުވާ ކުރެވިދާނެކަން އޭނާއަށް ކިޔައިދީފައިވެއެވެ. ދަށު ކޯޓުގެ ތަރުޖަމާނާއި މެދު މިކޯޓުގައި ޝާ އަލޮމް ކުޅަ ޝަކުވާއާއި ގުޅިގެން، އެހެން ތަރުޖަމާނަކު މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބޭނުން ކުރެވިފައިވެއެވެ. މިތަރުޖަމާނު މެދުވެރިކޮށް ދަށު ކޯޓުގައި ތަރުޖަމާކުރެވުނު ގޮތް ކަށަވަރުކޮށްފައިވާނެއެވެ. އެހެނިހެން ޙައްޤުތައް:

81މިމައްސަލައާއި ގުޅިގެން ދަށު ކޯޓުގެ އިބްތިދާއީ މަރުޙަލާ ކުރިއަށް ގެންދިޔަ ގޮތުގެ އޯޑިއޯ ވީޑިއޯ ރެކޯޑިންގ އަޑުއެހިއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 107 ވަނަ މާއްދާގެ (ނ) ގައި ބަޔާން ކުރާ ޙައްޤުތައް ދަޢުވާ ލިބޭ ޝާ އާލޮމަށް ތަރުޖަމާނު މެދުވެރިކޮށް ކިޔައިދީ އަންގާފައިވާކަން ސާފުކޮށް އެނގެއެވެ. ކުރނި ބަޔާން ކުރި ޙައްޤުތަކުގެ އިތުރުން ތިރީގައިވާ ޙައްޤުތައް އޭނާއަށް ކިޔައިދީފައިވެއެވެ؛ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 107 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރު. ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 107 ވަނަ މާއްދާގެ (ނ) ގެ (8) ވަނަ ނަންބަރު.

1.81 ދަޢުވާއިން ބަރީޢަވުމަށް މަސައްކަތް ކުރުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތް ލިބިގެންވާކަން.

2.81 އޭނާ އިޚްތިޔާރުކުރާ ޤާނޫނީ ވަކީލަކާއެކު ނޫނީ ދައުލަތުގެ ފަރާތުން ޢައްޔަންކޮށްދޭ ވަކީލަކާއެކު ކުށުން ބަރީޢަވުމަށް މަސައްކަތް ކުރުމުގެ ޙައްޤު ލިބިގެންވާކަން.

3.81 އޭނާ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވެ ޝަރީޢަތް ކުރެވުމުގެ ޙައްޤު ލިބިގެންވާކަން. މިމައްސަލައިގެ އިބްތިދާއީ މަރުޙަލާ ކުރިއަށް ގެންގޮސްފައިވަނީ ކޮވިޑް-19ގެ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައި ވަނިކޮށެވެ. އެމަރުޙާލަ ކުރިއަށް ގެންގޮސްފައިވަނީ އޯޑިއޯ ވީޑިއޯ މެދުވެރިކޮށެވެ. އެއީ އެކަމަށް ޤާނޫނު ހުއްދަކޮށްފައިވާ ކަމެކެވެ.

4.81 ބޭރުމީހަކަށްވާތީ، ތަރުޖަމާނެއްގެ އެހީތެރިކަމާއެކު ޝަރީޢަތް ކުރެވުމުގެ ޙައްޤު ލިބިގެންވާކަން.

5.81 ދައުލަތުން ޙާޟިރުކުރާ ހެކި ންނާއި ސުވާލު ކުރުމާއި ހެކިން ގނައުމަށެ އެދުމުގެ ޙައްޤު ލިބިގެންވާކަން. މިދެންނެވި ޙައްޤުތައް ތަރުޖަމާނު މެދުވެރިކޮށް ދަޢުވާ ލިބޭ ޝާ އ ލޮމްއަށް ކިޔައިދީފައިވެއެވެ. ޙައްޤުތައް ލިބިދިންކަން ކަށަވަރު ކުރުމުގެ ގޮތުން ސޮއިކުރުވުން:

82HN4ޝަރީ ޢަތުގެ މަޖިލީހުގައި ދެކެވޭވާހަކަ މަޙްޟަރު ކުރެވި ސޮއިކޮށް އިނގިލީގެ ނިޝާން ޖެހުމަކީ އުޞޫލެއްގެ ގޮތުން ކުރަންޖެހޭ ކަމެކެވެ. ނަމަވެސް ޝަރީޢަތުގެ މަޖިލިސް ހިނގާދިޔަ ގޮތް އަޑާއި މަންޒަރު ފެންނަ ގޮތަށް ވީޑިއޯ ކުރެވި އެވީޑިއޯ ރައްކާތެރިކަމާއެކު ބެލެހެއްޓިފައިވާ ޙާލަތެއްގައި، ލިޔުމެއްގައި ސޮއި ނުކުރެވި އޮތް އޮތުމަކީ، އިޖުރާއަތެއްގެ ބޭނުމަށްބަލާއިރު، އެއިޖުރާއަތު ބާޠިލު ވެގެންދާނެ ސަބަބެއް ކަމަށް އަހުރެން ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލާފައިވަނީ 13 މާރިޗް 2022 ގައެވެ. ޤާނޫނުނަންބަރު: 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 1-163 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ " އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކޯޓުތަކުގެ އަޑުއެހުންތަކާއި ޝަރީޢަތްތައް ކުރިއަށް ގެންދިއުމާބެހޭ ގަވާއިދު" ނުދެކެމެވެ. ސަބަބަކީ، އެދުވަހުގެ ޝަރީޢަތްތައް ހިނގާދިޔަ ގޮތް އެންމެ ދެއްކި ވާހަކަ އަޑާއި މަންޒާރާއެކު އެހެރީ ފެންނާށެވެ. ވީމާ، ޙައްޤެއް ލިބިދިންކަން ކަށަވަރު ކުރަން ނުވަތަ ޙައްޤެއް ލިބިގެންވާ ކަން އެންގިކަން ކަށަވަރު ކުރަން ނުވަތަ ޙައްޤެއް ލިބިގެންވާ ކަން ސާފުކޮށްދިންކަން ކަށަވަރު ކުރަން ލިޔުމެއް ހަދައި ސޮއިކޮށް އިނގިލީގެ ނިޝާން ނެތުމަކީ، އެޙައްޤު ލިބިދިންކަން ކަށަވަރު ކުރެވޭނެ އެހެން ވަޞީލަތްތައް ހުއްޓާ އެކަންކަމަށް ނުބަލައި ދޫކޮށްލެވޭނެ ކަމެއް ކަމަކަށް ނުދެކެމެވެ. އަވަސް ނިޔާއިން މައްސަލަ ބެލޭނެކަން އެންގުން:

83މިމައްސަލައިގެ ދަށު ކޯޓުގެ އިބްތިދާއީ އަޑުއެހުން ކުރިއަށްގެންދިޔަ ގޮތުގެ އޯޑިއޯ ވީޑިއޯ ރެކޯޑިންގ ބެލުމުން، އަވަސް ނިޔާއިން މައްސަލަ ބެލޭނެކަން އަންގާފައިވަނީ ދަޢުވާ ލިބޭ ޝާ އަލޮމްގެ އިޢުތިރާފު ދަމަހައްޓަން ބޭނުންވާކަމަށް ބުނުމުން އޭގެ ފަހުންނެވެ. ނަމަވެސް މިއިޖުރާއަތު ފަސްވެފައި ވުމުގެ ސަބަބުން މުއްތަހަމަށް ލިބުނު ބޭއިންސާފެއް އޮތްކަމަށް އަހުރެންނަކަށް ބުރައެއް ނުވެއެވެ. ސަބަބަކީ، އިސްފަސްވެގެން ނަމަވެސް، މިދަޢުވާއަށް އިޢުތިރާފުވާ ޙާލަތުގައި، މިމައްސަލަ ދެންބަލާނީ އަވަސް ނިޔާއިންކަން ފަނޑިޔާރު އަންގާ އެޝަރީޢަތް ބާއްވާނެ ދުވަހާއެކު ބަޔާން ކޮށްދީފައިވާކަން އެނގޭތީއެވެ.

84އެކަން އެހެން ދިމާވި ސަބަބެއް ކަމަށް ބުރަވެވެނީ، ދަޢުވާލިބޭ ފަރާތުގެ މައްޗަށް ދައުލަތުން ކުރި ދެ ދަޢުވާ ސާފުވެއްޖެތޯ ބެލުމަށްޓަކައި ދަށު ކޯޓުގެ ފަނޑިޔާރު ދަޢުވާ ލިބޭ ފަރާތުގެ ދިފާޢީ ވަކީލުގެ ގާތުން ސުވާލު ކުރުމާއި ގުޅިގެން، ދިފާޢީ ވަކީލު ޢަމަލު ކުރި ގޮތުން ކަމަށް އަހުރެންނަށް ބުރަވވެ އެވެ. އެހެނީ، ދަޢުވާއަށެ އިޢުތިރާފު ވޭތޯ ނުވަތަ ދަޢުވާއަށް އިންކާރު ކުރަނީތޯ ޝަރީޢަތުން ފަނޑިޔާރު ސުވާލު ކުރުމުގެ ކުރިން، ދަޢުވާލިބޭ ފަރާތުގެ ދިފާޢީ ވަކީލު ބުނެފައިވަނީ؛ ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 108 ވަނަ މާއްދާގައި އޮތީ: "..... ލިޔުމުން ނުވަތަ ވީޑިއޯ ނުވަތަ އޯޑިއޯ މެދުވެރިކޮށް، ރެކޯޑް ކުރެވިފައި އޮންނަންވާނެއެވެ." ...ދައުލަތުން ދެންމެ ޝާ އަލޮމް މިއާ ގެ މައްޗަށް އެކުރެއްވި ދެ ދަޢުވާވެސް ސާފުވެއްޖެ. އެހެންނަމަވެސް އަޅުގަނޑު އޭގެ އިތުރަށް ފާހަގަ ކޮށްލަން ބޭނުންވާ ދެތިން ކަމެއް އެބަ އުޅޭ. އެއްކަމެއްގެ ގޮތުގަ އަޅުގަނޑު ފާހަގަ ކޮށްލަން ތަރުޖަމާނު މެދުވެރިކޮށް ސާފުކޮށް ދެއްވުމަށް ޝާ އަލޮމް ގެ ފަރާތުން މިވަގުތުގަ ހަމަ އެގޮތަށްތޯއޭ މާނައަކީ ތަޙްޤީޤުގަވެސް އިޢުތިރާފުވި ގޮތަށްތޯއޭ ތިހުންނެވީ ހަމަ އެގޮތުގެ މަތިންތޯއޭ އެއްކަމަކަށް.....

85HN5ޙަޤީޤަތުގައި ދަޢުވާއަށް އިޢުތިރާފުވޭތޯ ނުވަތަ ދަޢުވާއަށް އިންކާރު ކުރޭތޯ އެހުމަކީ ފަނޑިޔާރު ކުރަންޖެހޭ ކަމެކެވެ. ފަނޑިޔާރަށްވުރެ ކުރިން ދިފާޢީ ވަކީލު މިސުވާލު ކުރުމުން، ޝަރީޢަތުގެ ތަރުތީބަށް ބުރޫ އެރީކަމަށް އަހުރެން ދެކެމެވެ. ދިފާޢީ ވަކީލުގެ މިދެންނެވި ސުވާލު ތަރުޖަމާނު މެދުވެރިކޮށް ޝާ އަލޮމްގެ ފަރާތުން ސާފުކުރުމުން، ޝާ އަލޮމް ބުނެފައިވަނީ "ތިމަންނާ ހަމަ އެކުރިއެކޭ އެއްގޮތަށް އިޢުތިރާފު ދަމަހައްޓާނީއޭ އެހެން އިތުރު އެއްޗެއް ކިޔާކަށް ތިމަންނާއެއް ނެތް "... މިގޮތަށެވެ. މިޖަވާބާއި ގުޅިގެން ދިފާޢީ ވަކީލު އިތުރަށް ދެއްކި ވާހަކައިގައި ބުނެފައިވަނީ؛ "...އަޅު ގަނޑު ފާހަގަ ކޮށްލަން ހަމަ ޝާ އަލޮމް އެގޮތުގަ ބޭނުންފުޅިއްޔާމު އަޅުގަނޑު މިހުރީ ހަމަ ދައުލަތުގެ ފަރާތުން ކުރިއަށް ގެންދާގޮތަށް. ތަރުޖަމާނު އެކަން ޔަޤީން ކޮށްދެއްވާތި. އަޅުގަނޑު އިތުރު ކަމެއްގެ ގޮތުގަ...ފަހަގަ ކޮށްލަން ބޭނުންވާ ދެކަމެއް އެބަ އޮތް މައިގަނޑުކޮށް އެއްކަމަކީ، މިމައްސަލައިގ ގުޅިގެން ތަހުޤީޤުން ފަށައިގެން އިޢުތިރާފު ވަމުން ޝާ އަލޮމް މިއައީ އިގޭތޯ އަދި ޝަރީޢަތުގެ ބަންދާ މެދު ގޮތެއް ނިންމުމަށްޓަކައި ޙާޟިރު ކުރެވުނު ޝަރީޢަތުގެ މަޖިލީހުގައި ވެސް ހަމަ ޝާ އަލޮމް ވަނީ މިމައްސަލައަށް އިޢުތިރާފު ވެފަ. ދެން އެދުވަހުން ފަށައިގެންވެސް ތަޙުޤީޤނު ފަށައިގެންވެސް އަޅުގަނޑުމެން މިދަނީ ހަމަ އިޢުތިރާފު އެއްބަސްވުމެއްގެ ދަށުން ހަމަ ޝާ އަލޮމް މިއާ އަށް މިކަމުގެ ފަރާތުން ލިބެން އޮތް އެންމެ ބޮޑު ލިޔުމެއް އޭނާގެ ފަރާތުން ހަމަ ލިބޭ ތޯ މަސައްކަތް ކުރަމުން. އަޅުގަނޑަކަށް އަދި ރަސްމީކޮށް އެނގިފައެއް ނެތް އިޢުތިރާފު އެއްބަސްވުން ހަދާކަމެއް އަދި ނަހަދާކަމެއް އަދި ނަހަދާނަމަ ނަހަދަންޖެހޭ ސަބަބެއްވެސް..." (ލިޔެވިފައި އެވަނީ ދެއްކި ވާހަކަ ދެއްކި ގޮތަށެވެ.) މިފަދައިންނެވެ. ޝާ އަލޮމް ތަޙްޤީޤު މަރުޙަލާގައި އަދި ބަންދު މުއްދަތު މަޖިލީހުގައިވެސް އިޢުތިރާފު ވަމުން އަންނަ ވާހަކަ ދިފާޢީ ވަކީލު ފާހަގަ ކުރެއެވެ. 19 ޖެނުއަރީ 2022 ވަނަ ދުވަހު އޮތް އިބްތިދާއީ އަޑުއެހުމުގެ އޯޑިއޯ ވީޑިއޯ ރިކޯޑިންގ ގެ 0:16:02 މިނިޓް އިން ފެށިގެން 0:16:55 އަށް. 19 ޖެނުއަރީ 2022 ވަނަ ދުވަހު އޮތް އިބްތިދާއީ އަޑުއެހުމުގެ އޯޑިއޯ ވީޑިއޯ ރިކޯޑިންގ ގެ 0:19:40 މިނިޓް އިން ފެށިގެން 0:20:35 އަށް.

86ދިފާޢީ ވަކީލުގެ ވާހަކަތަކާއި ގުޅިގެން، ދަށު ކޯޓުގެ ފަނޑިޔާރު ޕްރޮސިކިއުޝަނާ ސުވާލުކޮށް ފައިވ އެވެ. އަދި ދިފާޢީ ވަކީލު އެފާހަގަ ކުރެއްވި ކަންތކައި ގުޅިގެން ޕްރޮސިކިއުޝަނުން އެކަންކަން ސާފުކޮށް ދިނުމަށް އެދުމުން، ޕްރޮސިކިއުޝަނުން ބުނެފައިވަނީ؛ "މިމައްސަލައިގައި، ޝާ އަލޮމް މިއާ އިޢުތިރާފު ވެފައި ވީކަމުގައި ވީނަމަވެސް، މައްސަލައަކީ މަރުގެ މައްސަލައަކަށްވާތީ، މަތީ މަރުޙަލާގެ ކޯޓަކަށް މައްސަލަ އިސްތިއުނާފު ކުރާ ޙާލަތުގައި ދިމާވެދާނެ ކަންކަމުގެ މައްޗަށް ބަލައި ދައުލަތުން އެދެނީ މައްސަލައިގަ ހެކި ހުށަހަޅައިގެން ހެކި ހާޟިރުކޮށްގެން މައްސަލަ ކުރިއަށް ގެންގޮސް ނިންމައި ދިނުމަށް. އަދި މީގެ އިތުރުން ދިފާޢުން ދެންމެ އެފާހަގަ ކުރެއްވި އިޢުތިރާފުގެ އެއްބަސްވުމާއި ގުޅޭ ގޮތުން، ދައުލަތުން ގޮތެއް ނިންމާފައިވާ ވާހަކަވެސް ދަންނަ ވަން. އެގޮތުން އިޢުތިރާފުގެ އެއްބަސްވުމުގެ ބޭނުމަކަށްވަނީ، މިބާވަތުގެ މައްސަލައެއްގެ އިޢުތިރާފުގެ އެއްބަސްވުމުގެ ނަތީޖާ ކަމަށްވާނީ މައްސަލައިގަ އަދަބު ކަނޑައަޅާއިރުގަ މަރަށްމަރުހިފަން ވާރިޘަކު ބޭނުން ނުވާ ޙާލަތުގަ އޭނާއަށް ކަނޑައެޅޭ އަދަބުގެ މިންވަރު ތަފާތުވެގެން ދިއުން ނޫނީ އަދަބަށް ލުޔެއް ލިބުން. އެހެންނަމަވެސް މިމައްސަލައިގެ ތަޙްޤީޤު މަރުޙލާގަ ތަޙްޤީޤުގަ މައްސަލައިގަ ވާރިޘުންގެ ބަސް ހޯދިއިރުގަ އެއްވެސް ވާރިޘަކު މައްސަލައިގަ ލުޔެއް ދޭން ބޭނުންވާކަމަށް ބަޔާން ކޮށްފައެއް ނުވޭ. ހުރިހާ ވާރިޘުންވެސް މަރަށް މަރުހިފަން ބޭނުންވާ ކަމަށް ބުނެފައިވާތީ، މައްސަލައިގަ ކަންހިގާފައިވާ ގޮތަށް ބަލައި ދައުލަތުން އިޢުތިރާފުގެ އެއްބަސްވުމެއް ނުވުމަށް ނިންމާނެކަން ތަޙްޤީޤު މަރުޙލާގަ މިމައްސަލަ މި އޮފީހަށް ހުށަހެޅުމާ ހަމައިން ވާނީ ތަޙްޤީޤު ކުރި ފަރާތްތަކާ ހިއްސާކޮށްފަ. އެހެންކަމުން ދައުލަތުގެ ނިންމުމަކީ މިމައްސަލައިގ ޝާ އަލޮމް މިއާ އެކު އިޢުތިރާފުގެ އެއްބަސްވުމެއް ނުވުމަށް."

87އަވަސްނިޔާއިން މައްސަލަ ނިންމޭނެކަން އެންގުމުގެ ކުރިން ދަށުކޯޓުގެ ފަނޑިޔާރު އިތުރަށް ސާފުކުރުމުގެ ގޮތުން ސުވާލު ކޮށްފައިވެއެވެ؛ " އޭގެ ކުރީގަ ޝަރީޢަތުން އިތުރަށް ދަޢުވާލިބޭ ފަރާތުން ކަށަވަރުކޮށްލަން ބޭނުންވޭ އިޢުތިރާފު ވި ކަމުގައި ވިދާޅުވެފަ ވާއިރުގަ އިޢުތިރާފުވީ އެއްވެސް ފަރާތެއްގެ މަޖުބޫރު ކަމެއްނެތި، އަމިއްލަ އިޚްތިޔާރުގައި ވީ އިޢުތިރާފެއްގެ ގޮތުގައިތޯ އިޢުތިރާފުވަނީ އިޢުތިރާފު ވާއިރުގަ ދެ މައްސަލައަށްވެސް މިހާރު އިޢުތިރާފު ވީތޯ ކަށަވަރު ކޮށްލަން ބޭނުންވޭ. ތަރުޖަމާނު އައްސަވާލަ ދެއްވާ ދަޢުވާ ލިބޭ ފަރާތުގަ މި ދެ ދަޢުވާ ސާފުވިތޯ އަދި އިޢުތިރާފުވަނީ އެއްވެސް ފަރާތެއްގެ މަޖުބޫރުކަމެއްނެތި ބުއްދި ސަލާމަތުން ހުރެ އަމިއްލަ އިޚްތިޔާރުގައިތޯ ދައުލަތުން ކުރެއްވި ދެ ދަޢުވާއަށް އިޢުތިރާފުވީ." 19 ޖެނުއަރީ 2022 ގައި އޮތް އިބްތިދާއީ އަޑުއެހުމުގެ ރެކޯޑިންގ 0:21:23 އިން ފެށިގެން 0:22:48 19 ޖެނުއަރީ 2022 ގައި އޮތް އިބްތިދާއީ އަޑުއެހުމުގެ ރެކޯޑިންގ 14:250: އިން ފެށިގެން 42:250:

88ދަށު ކޯޓުގެ ފަނޑިޔާރުގެ އެވާހަކަތައް ތަރުޖަމާނު މެދުވެރިކޮށް ދަޢުވާލިބޭ ފަރާތަށް ސާފުކޮށްދީފައިވެއެވެ. އެވާހަކަ ތަކާއި ގުޅިގެން ޝާ އަލޮމް ބުނެފައިވަނީ، "....އޭނާ ބުނީ އެއްވެސް މީހަކު ތިމަންނާ ކައިރިއަކު ނުބުނެޔޭ އިޢުތިރާފު ވާކަށް ތިމަންނަ ހަމަ އަމިއްލަ އިޚްތިޔާރުގަ ވީ އިޢުތިރާފެކޭ." މިހެންނެވެ.

89މިމައްސަލަ ދެން ބަލާނީ އަވަސް ނިޔާއިން ކަމަށް ކަނޑައަޅައި އަވަސް ނިޔާގެ ޝަރީޢަތް އޮންނާނެ ތާރީޚް ދަޢުވާ ލިބޭ ފަރާތަށް ސާފުކޮށްދީފައިވަނީ މިދެންނެވި ކަންކަން ހިނގާ ދިޔަ ފަހުންނެވެ. ދަށު ކޯޓުގެ ފަނޑިޔާރު މިކަން އަންގަމުން ބުނެފައިވަނީ؛ "...އެހެންވީމައި ދެން އޮންނާނީ އަވަސް ނިޔާގެ ޝަރީޢަތް. އަވަސް ނިޔާގެ ޝަރީޢަތް ކުރިއަށް ގެންދާނަން މި މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 9:30 ގައި. އެދުވަހު އޮންނާނީ މިމައްސަލައިގެ އަވަސް ނިޔާގެ ޝަރީޢަތް. ތަރުޖަމާނު ސާފުކޮށްލަދެއްވާ މައްސަލައިގައި ޝަރީޢަތް ކުރިއަށް ދިޔަގޮތް އަދި މިމައްސަލައިގެ އަވަސްނިޔާގެ ޝަރީޢަތް މިމަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 9:30 ގައި ކޯޓުގައި އޮންނާނެކަމަށް. އަވަސްނިޔާގެ ޝަރީޢަތް ކުރިއަށް ގެންދާއިރުގައި ދަޢުވާލިބޭ ފަރާތުން ކޯޓަށް ޙާޟިރުކޮށް ކުރިއަށް ގެންދާނީ..."

90ދަށު ކޯޓުގެ ފަނޑިޔާރުގެ މިވާހަކަތައް ތަރުޖަމާނު ޝާ އަލޮމްއަށް ކިޔައިދީފައިވެއެވެ. ވީމާ، ކުރިން ބަޔާން ކުރިހެން، އިޢުތިރާފާއި ގުޅިގެން އަވަސް ނިޔާއިން ޝަރީޢަތް ކުރިއަށް ގެންދެވޭނެކަން އެންގި އެންގުން އިސްފަސްވެފައި އޮތުމުން ދަޢުވާލިބޭ ފަރާތަށް ލިބުނު ބޭއިންސާފެއް (prejudice) އޮތކަމް ކަށް އަހުރެންނަކަށް ބުރައެއް ނުވވެ އެވެ . އަދި އެފެ ދަ ބޭއިންޞާފެއް އޮތްކަމަށް ޝާ އަލޮމް އަދި އޭނާގެ ވަކީލްވެސް ބަޔާނެއްވެސް ނުކުރެއެވެ. އިޢުތިރާފު:

91HN6ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ؛ " ތުހުމަތު ކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީޢަތުގެ މަޖިލީހުގައި ވާ އިޢުތިރާފު ފިޔަވައި، އެހެން އިޢުތިރާފުތަކަކީ ހެއްކެއްކަމުގައެއް ނުބެލެވޭނެއެވެ. މީހަކަށް މަޖުބޫރުކޮށްގެން ބަޔާން ހޯދުމާއި، ޤާނޫނާ ޚިލާފަށް 19 ޖެނުއަރީ 2022 ގައި އޮތް އިބްތިދާއީ އަޑުއެހުމުގެ ރެކޯޑިންގ 30:590: އިން ފެށިގެން 31:590: ހެކި ހޯދުމަކީ އެއްވެސް ފަރާތަކުން ކޮށްގެން ވާނޭ ކަންކަމެއް ނޫނެވެ. އެގޮތަށް ހޯދާ ބަޔާންތަކާއި ހެކިތައް ޝަރީޢަތަށް ޤަބޫލުކޮށްގެނެއް ނުވާނެއެވެ." މިފަދައިންނެވެ. ވީމާ ކުށުގެ ދަޢުވާ އަކާއި ގުޅިގެން، އިޢުތިރާފަކީ ހެއްކެއް ކަމުގައި ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ބަލާނީ ތުހުމަތު ކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފުކަން ދުސްތޫރުން މިވަނީ ކަނޑައަޅާފައެވެ.

92ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 19 ވަނަ މާއްދާގައި "ޝަރީޢަތުގެ މަޖިލިސް" އަކީ ކޮބާކަން ބަޔާން ކޮށްފައި ވެއެވެ. އެމާއްދާގައި އޮތީ؛ "ޝަރީޢަތުގެ މަޖިލިސް" ކަމަށް ބުނެފައި އެވަނީ، ޖިނާއީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި ފަނޑިޔާރެއްގެ ކުރިމަތީގައި ބޭއްވޭ ކޮންމެ އަޑުއެހުމަކަށެވެ. އޭގެ ތެރޭގައި، ކުށުގެ ތުހުމަތުގައިވާ މީހާ ހައްޔަރުކުރުމަށްފަހު ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކޮށް، ބޭއްވޭ އަޑުއެހުމާއި، އިބްތިދާއީ އަޑުއެހުމާއި، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ އަޑުއެހުންތަކާއި، މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތަކާއި، ޙުކުމްކުރުމަށާއި އަދަބު ކަނޑައެޅުމަށް ބާއްވާ އަޑުއެހުންތައް ހިމެނޭގޮތުންނެވެ. އަދި، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އެއް މާލަމަށްވުރެ ގިނަ މާލަން ގުޅުވާލައިގެން ބޭއްވޭ ކޮންމެ އަޑުއެހުމަކީވެސް، ފަނޑިޔާރެއްގެ ކުރިމަތީގައި ބޭއްވޭ ޝަރީޢަތުގެ މަޖިލީހެކެވެ ." މިފަދައިންނެވެ. ވީމާ، ޖިނާއީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި ފަނޑިޔާރެއްގެ ކުރިމަތީގައި ބޭއްވޭ ކޮންމެ އަޑުއެހުމެއްގައި ވާ އިޢުތިރާފަކީ ޤަޟާއީ އިޢުތިރާފެއް ކަމަށްވާނެތީ، އެއީ ހެއްކެއް ކަމުގައި ބެލެވިދާނެ އިޢުތިރާފެއް ކަން އެނގެއެވެ. މަރުގެ ޙުކުމެއް އަތުވެދާނެ ކުށަކަށްވާ އިޢްތިރާފު:

93އަދަބެއްގެ ގޮތުގައި މީހެއްގެ މައްޗަށް މަރުގެ ޙުކުމް އަތުވެދާނެ ފަދަ ކުށަކަށްވާ އިޢްތިރާފާއި ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 1204 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރަނީ؛ އިޢްތިރާފް 4120. (ށ) އަދަބެއްގެ ގޮތުގައި މީހެއްގެ މައްޗަށް މަރުގެ ޙުކުމް އައިސްފާނެފަދަ ކުށަކަށްވާ އިޢްތިރާފަކީ، ހުޅުވާލެވިގެންވާ ކޯޓެއްގައި އަދި ވަކީލެއްގެ އެހީތެރިކަން ލިބިހުރެ ޤާނޫނު ނަންބަރު: 2016/12 ޤާނޫނު ނަންބަރު:2014/9 އެމީހަކު އެކުށުގެ އެންމެހާ ރުކުންތަކަށް އަމިއްލަ އިޚްތިޔާރުގައިވެފައިވާ އިޢްތިރާފަކަށް ނުވާހާހިނދަކު، އެމީހެއްގެ މައްޗަށް މަރުގެ އަދަބު ދިނުމުގެ ބޭނުމުގައި، އެފަދަ ކުށެއް ސާބިތުކުރުމަށް ހަމައެކަނި އޭނާވެފައިވާ އިޢްތިރާފް ހެއްކެއްގެ ގޮތުގައި ދައުލަތުން ބޭނުންކޮށްގެން ނުވާނެއެވެ . މިފަދައިންނެވެ. ވީމާ، މަރުގެ އަދަބު އަތުވެދާނެ ކުށެއްގެ މައްޗަށް ވާ އިޢުތިރާފު ނެގުމުގައި ބަލަންޖެހޭ ހަމަތަކެއް ޤާނޫނުލްޢުޤޫބާތުގައި ބަޔާން ކުރާކަން އެނގެއެވެ.

94މިމައްސަލައިގެ އިބްތިދާއީ މަރުޙަލާގައި، ޤަޞްދު މަރުގެ ކުށް ސާބިތު ކުރުމަށް ދަޢުވާލިބޭ މީހާގެ އިޢުތިރާފުގެ މައްޗަށް އެކަނި ބުރަވުމުގެ ބަދަލުގައި ހެކި ހުށަހަޅައިގެން މިމައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދިއުމަށް ޕްރޮސިކިއުޝަނުން ދަށު ކޯޓުގައި އެދިފައިވާކަން ކުރިން ބަޔާން ކޮށްދެވިއްޖެއެވެ. ވީމާ، މި ދަޢުވާގައި ދައުލަތުން ބޭނުން ކުރަން އެދިފައިވަނީ ހަމައެކަނި ދަޢުވާ ލިބޭ މީހާގެ އިޢުތިރާފު ނޫންކަން އެނގެއެވެ.

95މިމައްސަލައިގައި، ދަޢުވާލިބޭ މީހާގެ އިޢުތިރާފު ކޯޓުން ނަގާފައިވަނީ، ހުޅުވާލެވިގެންވާ ޝަރީޢަތުގެ މަޖިލީހެއްގައެވެ. އަދި އެމަޖިލީހުގައި ދަޢުވާލިބޭ ފަރާތުގެ ޤާނޫނީ ވަކީލު ބައިވެރިވެ އޭނާގެ އެހީތެރިކަން ލިބިގެންކަން ސާފުވެއެވެ. ކުށުގެ އެންމެހާ ރުކުންތަކަށް އަމިއްލަ އިޚްތިޔާރުގައިވެފައިވާ އިޢްތިރާފެއްތޯ ބެލުން:

96HN8ޝާ އަލޮމްގެ މައްޗަށް އުފުލުނު ދެ ދަޢުވާގެ ތެރެއިން މިމައްސަލައިގައި މިބަލަނީ އޭނާގެ މައްޗަށް އުފުލުނު ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާގެ މައްޗަށެވެ. ކުށުގެ ކޮންމެ ޢަމަލަކާއި ގުޅިފައިވާ އަސާސީ ދެ ރުކުނަކީ އެކުށުގެ މާއްދީ ރުކުނާއި reus) (actus އެކުށުގެ މައުނަވީ ރުކުން (mens rea) އެވެ. މީހަކު ކުރާ ކުށުގެ ޢަމަލެއް ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއް ކުށަކަށް ވެގެންދަނީ އެކަމެއް ކުރާއިރު، އެކުށް ކުރުމަށް ބޭނުންވާ ނިޔަތް ނުވަތަ ޤަޞްދު އެމީހާގެ ކިބައިގައި އޮވެގެން ކުރުމުންނެވެ.

97ޤަތުލު ޢަމުދުގެ މާއްދީ ރުކުންތަކުގެ ތެރޭގައި ހިމެނެނީ، މުއްތަހަމު ކުޅަ ޢަމަލުގެ ނަތީޖާއެއްގެ ގޮތުން އާދަމުގެ ދަރިއަކު މަރުވުމެވެ. މިކަމުގެ ތަފްޞީލުތައް އެހެން ޤަޟިއްޔާތަކުގައި ބަޔާން ކުރެވިފައިވާތީ އިތުރަށް އެތަފްޞީލުތައް ބަޔާން ކުރުމުގެ ބޭނުމެއް އޮތްކަމަކަށް ނުދެކެމެވެ. އަދ ޤަތުލު ޢަމުދުގެ މައުނަވީ ރުކުނަކީ، މުއްތަހަމު އެޢުދުވާނީ ޢަމަލު ހިންގިއިރު، މަޤްތޫލު (މަރާލެވުނު މީހާ) މަރާލުމުގެ ޤަޞްދު އޮތުމެވެ. މީގެ ތަފްޞީލުތައްވެސް އެހެން ޤަޟިއްޔާތަކުގައި ބަޔާން ކުރެވިފައި ވާނެތީ، ތަފްޞީލުތައް ލިޔުމުގެ ބޭނުމެއް ނެތެވެ.

98މަޙްމޫދު އަބޫބަކުރު މެރިގޮތް ނުވަތަ ކުށުގެ ޢަމަލު (actus reus) ހިނގިގޮތް، ޝާ އަލޮމް ޝަރީޢަތުގެ މަޖިލީހުގައި ކިޔައިދީފައި ވެއެވެ. ޚުލާޞާ ގޮތަކަށް ބަޔާން ކުރާނަމަ، ފުރަތަމަ މަޙްމޫދު އަބޫބަކުރުގެ ނިތްކުރިމަތީގައި އަތުނޖަހައި އޭނާ ވެއްޓުމުން، ދަގަނޑު ބުރިއަކުން (އެނބުރިދަގަނޑު) ބޮލުގައި ޖެހީކަމަށް ބުނެފައިވެއެވެ. އަދި މިހާދިޘާ ހިންގި ތަންކަމަށްވާ އދ.ދަނގެތީ ނެދުންގޭގައި ހުރި ކެޔޮވަޅުތަކުގެ ތެރެއިން ކެޔޮވަޅަކަށް ހަރަކާތެއްނެތް މަޙްމޫދު އަބޫބަކުރުގެ ހަށިގަނޑު ވައްޓާލުމަށްޓަކައި ދެފައިގާ ހިފާ ދަމާފަ ގެންގޮސް ކެޔޮވަޅަށް ވައްޓާލާފަ ބޭއްވީ ކަމަށް ބުނެފައިވެއެވެ. އޭގެ ފަހުން، އަނެއްކާވެސް މަޙްމޫދު އަބޫބަކުރު ހަށިގަނޑު ކައިރިއަށް ގޮސް، މަރުވިކަން ޔަޤީން ކުރުމުގެ ގޮތުން، ވަޅިއަކުން މަޙްމޫދު އަބޫބަކުރުގެ ކަރަށާއި އަދި އެކިތަންތަނަށް ވަޅިޖެހިކަމަށް ބުނެފައިވެއެވެ. އަދި ކޮޅުތޫނުކޮށްފައިވާ ދަގަނޑެއް މަޙްމޫދު އަބޫބަކުރުގެ މިއުޞޫލީ ހަމައަކީ އިސްލާމީ ޝަރީޢަ ތުގައި ބަލައިގަންނަ ހަމައެއްކަން އަދި މި ފަދަ ޙަދީޘް ތަކުން އެނގެއެވެ. މިއުޞޫލު actus non facit reum nisi mens sit rea މިލެޓިން ޤާޢިދާއިން ބަލައިގެންފައި ވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2016/SC-A/19 ޤަޟިއްޔާގެ 50، 80، 96 ވަނަ ނުކުތާގައި އަދި ހައިކޯޓުގެ ނަންބަރު:-2018/HC JC/04 ޤަޟިއްޔާގެ 27 ވަނަ ނުކުތާ އާއި 32 ވަނަ ނުކުތާ. ހައިކޯޓުގެ ނަންބަރު:2017/HC-A/178 ޤަޟިއްޔާގެ 21 ވަނަ ނުކުތާ. ގަޔަށް ޖަހައި އެދަ ގަނޑު ދަމައިނުގަނެވިގެން މަޙްމޫދު އަބޫބަކުރުގެ ހަށިގަޑަށް ކޮޅަށް އަރައި އެދަގަނޑު ދަމައިގަތް ގޮތް ކިޔައިދީފައިވެއެވެ.

99ހަމައެހެންމެ، ޝާ އ ލޮމް، މަޙްމޫދު އަބޫބަކުރަށް ޙަމަލާ ދިނުމުގައި މެރުމުގެ ޤަޞްދު (mens rea) އޮތްކަން އޭނާ ޢަމަލު ކުރިގޮތުންނާއި ޙަމަލާ ދިނުމުގައި ބޭނުންކުރި އާލާތުން ސާފުކޮށް ދެނެގަނެއެވެ. އިންސާނެއްގެ ބޮލަށާއި މެއަށާއި ކަރަށް، ދަގަނޑު ބުރިއަކާއި އަދި ކޮޅުތޫނުކޮށްފައިވާ އެހެން ދަގަނޑަކާއި ވަޅިން ހަމަލާ ދިން ދިނުމަކީ ޝާ އަލޮމްގެ ކިބައިގައި މަޙްމޫދު އަބޫބަކުރު މެރުމުގެ ޤަޞްދު އޮތްކަމުގެ ފާޅުކަން ބޮޑު ދަލީލެކެވެ.

100ނިޔަތް ނުވަތަ ޤަޞްދަކީ ފޮރުވިގެންވާ އެއްޗަކަށްވާތީ، އެކަން ޖެހޭނީ ދެނެގަންނާށެވެ. އެކަން ދެނެގަންނާނެ އެއްގޮތަކީ، މަރާލެވުނު މީހާގެ ހަށިގަނޑުން ހަމަލާ އަމާޒުކޮށްފައިވާ ތަންތަނާއި ހަމލާދިނުމުގަ އ ބޭނުންކޮށްފައިވާ އާލާތާއި އަދި މައްސަލައިގެ ވަށައިގެންވާ އެހެނިހެން ކަންކަމަށް ބަލައިގެންނެވެ. މިމައްސަލައިގައި، މަހްމޫދު އަބޫބަކުރުގެ ފުރާނަނެތް ހަށިގަނޑު ފޮރުވުމަށްޓަކައި ފަޅުގެއެއްގައި ހުރި ފެންވަޅަކަށް ވައްޓާލީކަންވެސް ޝާ އަލޮމް ކިޔައިދެއެވެ. މިކަމުން މިދެންނެވި ކުށްވެރި ނިޔަތް އޭނާގެ ކިބައިގައި އޮތްކަން ސާފުކޮށް އެނގެއެވެ. އެހެނީ، މިއީ ހިނގާދިޔަ ޚަޠައުގެ (mistake) ޢަމަލެއްނަމަ، ނޫނީ ނަފުސުގެ ދިފާޢުގައި (self defense) ކުޅަ ކަމެއްނަމަ، މަރާލެވުނު މީހާގެ ހަށިގަނޑު ފޮރުވުމަށް މިއުޞޫލުން މަސައްކަތް ކުރާންޖެހޭ ސަބަބެއް ނެތެވެ.

101މަޙްމޫދު އަބޫބަކުރަށް ފަހުން ދިން ހަމަލާތައް ދިނުމުގެ ބޭނުމަކީ، މަޙްމޫދު އަބޫބަކުރު މަރުވިކަން ޔަޤީން ކުރުން ކަން ތަޙްޤީޤުގައި ޝާ އަލޮމް ބުނެފައިވެއެވެ. އެއީ، މަޙްމޫދު އަބޫބަކުރުގެ ހަށިގަނޑު އެއްލާލުމަށް ގެންދިއުމަށް ނަގާތަނުން އޭނާ އަލުން ތެދުވެދާނެ ކަމުގެ ބިރު އޮތުމުން އޭނާ އަލުން ނުތެދުވާނެ ވަރު ކުރުމެވެ. މިކަންކަމުން އެނގެނީ،ޝަރީޢަތުގެ މަޖިލީހުގައި ޝާ އަލޮމް ޤަތުލު ޢަމްދުގެ ރުކުންތަކަށް ޞަރީޙަކޮށް އިޢުތިރާފު ވެފައިވާކަމެވެ. އިޢުތިރާފުވި ގޮތް ކަށަވަރު ކުރުން:

102HN7ޤާނޫނު ނަންބަރު:2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 108 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރަނީ؛ އިބްތިދާއީ އަޑުއެހުމުގައި ކުށަށް 108. (ހ) އިބްތިދާއީ އަޑުއެހުމުގައި ދަޢުވާ ލިބޭ މީހާ ކުށަށް އިޢުތިރާފުވެއްޖެނަމަ، އެ އިޢުތިރާފު އިޢުތިރާފުވުން ޝަރީޢަތަށް ބަލައިގަތުމުގެ ކުރިން އެ އިޢުތިރާފަކީ، އެއްވެސް މަޖުބޫރުކުރުމެއް ނުވަތަ ނުފޫޒެއް ނުވަތަ ބިރުދެއްކުމަކާ ނުލައި، ބުއްދި ސަލާމަތުން ހުރެ އޭނާގެ އަމިއްލަ އިޚްތިޔާރުގައިވާ އިޢުތިރާފެއްތޯ ބެލުމަށްޓަކައި ފަނޑިޔާރު އެ މަޖިލީހުގައި އޭނާއާ ސުވާލުކޮށް، އެއީ އެފަދައިންވާ އިޢުތިރާފެއްކަން ކަށަވަރުކުރަންވާނެއެވެ. އަދި އެ އިޢުތިރާފަކީ ހަޤީޤަތެއްގެ މައްޗަށް ބިނާވެގެންވާ އިޢުތިރާފެއްކަންވެސް ކޯޓުން ކަށަވަރުކުރަންވާނެއެވެ .

103މަތީގައި ބަޔާންކުރި ޤާނޫނީ މާއްދާއިން އެނގޭ ގޮތުގައި ފަނޑިޔާރު ދެ ކަމެއް ކަށަވަރު ކުރަން ޖެހެއެވެ. ފުރަތަމަ ކަމަކީ، އެ އިޢުތިރާފު ބަލައިގަތުމުގެ ކުރިން، އެއީ އެއްވެސް މަޖުބޫރުކުރުމެއް ނުވަތަ ނުފޫޒެއް ނުވަތަ ބިރުދެއްކުމެއްނެތި ބުއްދިސަލާމަތުން ހުރެ އަމިއްލަ އިޚްތިޔާރުގައިވާ އިޢުތިރާފެއްކަން ކަށަވަރު ކުރުމެވެ. ދެވަނަ ކަމަކީ، އެއީ ޙަޤީޤަތެއްގެ މައްޗަށް ބިނާވެގެންވާ އިޢުތިރާފެއްކަން ކަށަވަރު ކުރުމެވެ. އިޢުތިރާފު ވީ ބުއްދި ސަލާމަތުން ހުރެ މަޖުބޫރު ކަމެއް ނެތިތޯ ބެލުން:

104މީހަކު ޙަޤީޤަތެއްގެ މައްޗަށް އިޢުތިރާފުވާ ކޮންމެ ފަހަރަކު އޭނާ އިޢުތިރާފުވަނީ ބުއްދި ސަލާމަތުންހުރެގެންތޯ ބެލުމަށް މެޑިކަލް ޓެސްޓު ހެދުމަކީ ކުރަންޖެހޭނެ ކަމެއް ނޫނެވެ. ބުއްދިއަށް އުނިކަން ލިބިގެންވުން (unsoundness of mind/disease of mind) ނުވަތަ ކުށްވެރިވާކަން ނުވަތަ ކުށްވެރިނުވާކަން ބަޔާން ކުރުމަށާއި ދަޢުވާ ބަލައިގަތުމަށާއި ކުރެވޭ ޙުކުމް ބަލައިގަތުމަށް ނުކުޅެދިގެންވުން (unfit to plead/ unfit to stand trail) ފަދަ ދިފާޢުތަކަކީ، މުއްތަހަމުގެ ފަރާތުން ނަގަންޖެހޭ ދިފާޢެވެ. އެފަދަ އެއްވެސް ދިފާޢުއެއް ޝާ އެލޮމްގެ ފަރާތުން އޭނާގެ ދިފާޢީ ވަކީލުވެސް ދަށު ކޯޓުގައި ނަގާފައެއްނެތެވެ.

105ބުއްދި ސަލާމަތުން ހުރެ އަމިއްލަ އިޚްތިޔާރުގައިވާ ކޮންމެ އިޢުތިރާފަކީ ޞައްޙަ އިޢުތިރާފެކެވެ. މަޖުބޫރު ކުރުމާއި ނުފޫޒު ފޯރުވުމާއި ބިރުދެއްކުމާއި މިކަންކަމަކީ އަމިއްލަ އިޚްތިޔާރު ނަފީ ކުރާ ކަންކަމެވެ. މިމައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި، ޝާ އަލޮމް ޝަރީޢަތުގެ މަޖިލީހުގައިވި އިޢުތރާފަކި ބުއްދި ސަލާމަތުން ހުރެވާ އިޢުތިރާފެއްތޯ އަދި އެއްވެސް ފަރާތަކުން މަޖުބޫރުކޮށްގެން ނުވަތަ ނުފޫޒެއް ފޯރުވައިގެން ނުވަތަ ބިރެއް ދައްކައިގެން ވާ އިޢުތިރާފެއްތޯ ފަނޑިޔާރު ސުވާލު ކުރިއެވެ.

106އެސުވާލާއި ގުޅިގެން، ޝާ އ ލޮމް ބުނެފައިވަނީ އޭނާ ވާ އިޢުތިރާފަކީ އެއްވެސް ފަރާތަކުން ބުނެގެންވާ އިޢުތިރާފެއް ނޫންކަމަށެވެ. އަދި މިމައްސަލައިގެ ތަޙްޤީޤު މަރުޙަލާއިން ފެށިގެން އިޢުތިރާފުވެ އެއްބާރުލުން ދެމުން އަންނަކަން ފާހަގަކޮށް ލުއި ދެވެން އޮތް އެންމެ ލުޔެއް ދިނުމަށް އެދިފައިވާކަން އެނގެއެވެ. މިކަމުން އަންގައިދޭ ކަމަކީ އޭނާ އެ ދައްކާ ވާހަކަ އާއި އޭނާ އެދޭ އެދުމުގެ މައްޗަށް އޭނާގެ ބުއްދި ރަގަޅަށް ހިންގާކަމެވެ. އޭނާ ދައްކާވާހަކަ އާއި އޭނާ އެދޭ ކަންތަކުގައި ފުށުއެރުމެއް ނެތްކަމެވެ. ޤާނޫނީ ގޮތުން މިބާވަތުގެ މައްސަލަތަކުގައި ލުއި ދެވެން ނެތުމަކީ މުޅިން އެހެން ކަމެކެވެ. ޤާނޫނުލްޢުޤޫބާތުގެ 52 ވަނަ މާއްދާގައި. ޤާނޫނުލްޢުޤޫބާތުގެ 62 ވަނަ މާއްދާގައި.

107HN9ޝާ އ ލޮމްގެ މައްޗަށް ކޮށްފައިވާ ދެ ދަޢުވާގެ ތެރެއިން ޤަޞްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެއްޖެނަމަ، އޭނާއަށް އަންނާނެ އަދަބަކީ މަރުގެ އަދަބުކަން އިބްތިދާއީ މަރުޙަލާގައި އެނާ ކުށަށް އިޢުތިރާފު ވުމުގެ ކުރިން ބަޔާން ކޮށްދީފައިވެއެވެ. އަދި ޝާ އަލޮމް އެކުށަށް އިޢުތިރާފުވިނަމަވެސް ޤަޞްދު މަރުގެ ދަޢުވާގެ އަދަބަށް ލުއި ނުދެވޭނެ ކަމާއި އެކަމަކީ މަޤްތޫލުގެ ވާރިޘުންގެ ކިބައިގައި އޮތްކަމެއް ކަން އަންގައި ދެވިފައިވެއެވެ. އަދި އިޢުތިރާފުގެ އެއްބަސްވުމެއް ނުހެދުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމާފައިވާކަން އޭނާއަށް އަންގާފައިވެއެވެ. އެހެންކަމުން، ޝާ އާލޮމް ޤަޞްދު މަރުގެ ކުށަށް ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފުވިއިރު، އޭނާއަށް ލުޔެއް ނުދޭނެކަން އޭނައަށް އަންގައިދެވިފައިވާކަން އެނގެއެވެ. ވީމާ، އޭނާ އިޢުތިރާފުވީ ލުޔެއް ލިބޭނެ ކަމުގެ އުއްމީދުގައިކަމަށް ބަލަންޖެހޭ ސަބަބެއް ނެތެވެ.

108ވީމާ، ޝާ އ ލޮމް އިބްތިދާއީ މަރުޙަލާގައި ޝަރީޢަތުގެ މަޖިލީހުގައި ވެފައިވާ އިޢުތިރާފަކީ ބުއްދި ސަލާމަތުންހުރެ، މީހަކު ހެއްލި ހެއްލުމަކާއި ނުލައި ވެފައިވާ އިޢުތިރާފެއްކަމާއި، އޭނާ އއިޢުތިރާފުވެ އަމިއްލަ ޚިޔާރުން އިޚްތިޔާރުކޮށްގެން ކަން ރަގަޅަށް ދެނެގަނެވެއެވެ. އިޢުތިރާފަކީ ޙަޤީޤަތެއްގެ މައްޗަށްވި އިޢުތިރާފެއްކަން ބެލުން:

109އދ.ދަނގެތީ، މޮނަލާޒް މަޙްމޫދު އަބޫބަކުރު މެރިކަން އެއީ ޙަޤީޤަތެކެވެ. އެކާމެދު ބަހުޘެއް ނެތެވެ. މަޙްމޫދު އަބޫބަކުރު މަރާލީ ކާކުތޯ އެއީ މިމައްސަލައިގައި ޖަވާބު ލިބެންޖެހޭ ސުވާލެކެވެ. އަދި ސާބިތު ކުރަންޖެހޭ ވާޤިއާއެވެ. މަޙްމޫދު އަބބަކުރޫ މެރީ ޝާ އަލޮމް ކަމަށް ބުނެ ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފުވެ އެސުވާލުގެ ޖަވާބު ދީފައިވަނީ ޝާ އަލޮމް އެވެ.

110ޝާ އ ލޮމް ވެފައިވާ އިޢުތިރާފުގެ މައްޗަށް ބިނާކޮށް ހަމަ ޙަޤީޤަތުގައިވެސް މަޙްމޫދު އަބޫބަކުރު މެރީ ޝާ އަލޮމްތޯ ބަލާއިރު، ޝާ އ ލޮމް ކިޔައިދޭ ވާހަކަ ތަކާއި މިމައްސަލައިގެ ތަޙްޤީޤުގައި ފުލުހުން ހޯދާފައިވާ ހެކިތަކާއި ގުޅި ލާމެހިގެން ދެއެވެ. އޭގެ ތެރެއިން ހުލާޞާ ގޮތެއްގައި ބައެއް ކަންކަމަށް ބަލާލާނަމެވެ؛

1.110 މަޙްމޫދު އަބޫބަކުރު މެރިވަގުތު، އދ.ދަނގެތީ ނެދުންގެ ކައިރިން ދިޔަ ދެ އަންހެނަކަށް އެގޯތި ތެރެއިން އަޑު ގަދަވާތީ އެތަނުން އެކެކު ފާރުމަތިން ބޯ އަރުވައި ބެލިއިރު، އެގޭގައި އުޅޭ ބޭރު މީހާ ގުދުވެ އިންސާނެއްގެ ދެފައިގާ ހިފާ ދަމާފަ ގެންދާ ގޮތަށް ގެންދާތި ފެނިގެން، ބިރުން ހުރެ އެތަނުން ގޮސް ނެދުންގޭގައި އުޅޭ މުސްކުޅި މީހާގެ ގާތްތިމާގެ މީހަކަށް އެކަން އަންގާފައިވެއެވެ. އެއީ ބޭރުމީހާ އެގޭގައި އުޅޭ މުސްކުޅި މީހާއަށް އަނިޔާ ކުރަނީކަމަށް ހީކޮށެވެ. ޝާ އަލޮމް ތަޙްޤީޤުގައި ކިޔައިދިން ގޮތުން، މަޙްމޫދު އަބޫބަބުރުގެ ނިތްކުރިއާ ދިމާލުގަ އަތުން ޖެހި އެތިފަހަރުން އޭނާ ވެއްޓުމުން، މަޙްމޫދު އަބޫބަކުރު ކެޔޮވަޅަށް އެއްލާލުމަށް ގެންދިޔައީ ދެފައިގާ ހިފާ ދަމާފައެވެ. މިދެ އަންހެނުން އެހާދިޘާ ހިނގާދިޔަ ކަމަށް ބުނާ ވަގުތާ ދިމާ ވާ ސީ.ސީ.ޓީ.ވީ ފުޓޭޖުން، މިދެއަންހެނުން އެތަނުގައި ކަންހިނގާދިޔަ ގޮތް ކިޔައިދޭ މަންޒަރު ޝާ އާލޮމް މަޙްމޫދު އަބޫބަކުރު ދަމާފައި ގެންދިޔަ ގޮތް ކިޔައިދޭގޮތުގައި ދިމާވާކަން އެނގެއެވެ.

2.110 ހަމައެހެންމެ، މަޙްމޫދު އަބޫބަކުރުގެ މަރާލާފައިވާ ހަށިގަނޑު ނެދުންގެއިން ނެރެގެން ފަޅު ގޯއްޗެއް ކަމަށްވާ، އދ.ދަނގެތީ ރަޖުނީ ކިޔާ ގޯއްޗަށް ގެންދިޔަ ގޮތް ޝާ އާލޮމް ކިޔައިދީފައިވެއެވެ. އެއީ އެހާދިޘާ ހިނގިރޭ 02:30 އާއި 03:00 އާ ދެމެދު ނެދުންގޭ ވަށާފަރު މަތިން މަޙްމޫދު އަބޫބަކުރުގެ ހަށިގަނޑު ބޭރު ކުރި ގޮތެވެ. މަޤްތޫލުގެ ހަށިގަނޑުގެ ފައިކޮޅަށާއި ބޯކޮޅަށް ދެގޯނި (ބަސްތާ) ލެއްވުމަށްފަހު ވަށާ ފާރުމައްޗަށް އަރުވާ ބާއްވާފައި، ދޮރާށިން ނިކުމެގެން ގޮސް މަގުމަތިން އެހަށިގަނޑު ތިރިކޮށް ކޮޑަށްލައިގެން ރަޖުނީ ގޯއްޗަށް ގެންދިޔަ ގޮތެވެ. އަދި ރަޖުނީ ގޯތީގައި ހުރި ވަޅެއް ކަރީގައި ހަށިގަނޑު ބޭއްވުމަށްފަހު އޭނާ ދިޔަ މަގަށް ލޭ އެޅިފައި ހުރިތޯ ބެލުމަށް އޭނާ ދިޔަ މަގުން އެނބުރިއައިސް އަނެއްކާވެސް ރަޖުނީ ގޯއްޗަށް ގޮސް ހަށިގަނޑު ފެންވަޅަށް ވައްޓާލާ ވަޅުމަތިން ޓިނު އަޅައި ފަންތޮށިއެޅި ގޮތެވެ. މިޢަމަލު ހިންގި ގޮތްކަމަށް ޝާ އާލޮމް ކިޔައިދޭ ގޮތް ފެންނަ ސީ.ސީ.ޓީ.ވީ ފޫޓޭޖް ފުލުހުން ފާހަގަ ކޮށްފައިވެއެވެ. އެމަންޒަރުން އެކަންކުރާ މީހާ ސާފުނުވިޔަސް، ފެންނަ މަންޒަރާއި ޝާ އޮލަމް ކިޔައިދޭ ވާހަކަ އާ ދިމާވާކަން ފުލުހުން ފާހަގަ ކޮށްފައިވެއެވެ.

3.110 މަޙްމޫދު އަބޫބަކުރު މެރުމަށް ބޭނުންކުރި އާލަތްތައް ކަމުގައިވާ ރޮޑްބުރި (އެނބުރިދަގަނޑު) ބުރިއަކާއި ކޮޅުތޫނު ކޮށްފައިވާ ދަގަނޑަކާއި އެސް.އެސް.ހޮޅި ބުރިއަކާއި އަދި ވަޅިއަކުން މަޙްމޫދު އަބޫބަކުރުގެ ހަށިގަނޑުން ޒަޚަމްތައް ދިންތަންތަންކަމަށް ޝާ އަލޮމް ކިޔައިދޭ ތަންތަނާއި މަޙްމޫދު އަބޫބަރުގެ މަރާލާފައިވާ ހަށިގަނޑުން އެ ޒަޚަމްތައް ފެންނަން ހުރި ތަންތަން ދިމާވާކަން އެނގެއެވެ.

111މި ބަޔާން ކޮށްދިން މިންވަރުން، ޝާ އަލޮމް ވެފައިވާ އިޢުތިރާފަކީ ޚިޔާލެއްގެ މައްޗަށް ވެފައިވާ އިޢުތިރާފެއް ނޫންކަމާއި ޙަޤީޤަތެއްގެ މައްޗަށް ވާ އިޢުތިރާފެއްކަން ދެނެގަނެވެއެވެ. އަދި އެއީ ޙަޤީޤަތެއް ނެތް ކަމެއްގެ މައްޗަށް ނުވަތަ ޝާ އަލޮމްއަށް ނުކުރެވޭނެ ކަމެއްގެ މައްޗަށް ވެފައިވާ އިޢުތިރާފެއް ނޫންކަންވެސް އެނގެއެވެ. 39 39 ކޭސް ނަންބަރު:LC2021/11068 ތަޙްޤީޤުކުރާ ފަރާތުގެ ރިޕޯރޓް. ކޭސް ނަންބަރު:LC2021/11068 ތަޙްޤީޤުކުރާ ފަރާތުގެ ރިޕޯރޓް. 41 41 ކޭސް ނަންބަރު:LC2021/11068 ތަޙްޤީޤުކުރާ ފަރާތުގެ ރިޕޯރޓް އާއެކު ހިމަނާފައިވާ ޖަދްވަލް 1ގައި ހިމަނާފައިވާ ފޮޓޯތައް.

ޝާ އަލޮމް ވެފައިވާ އިޢުތިރާފުން ރުޖޫޢަ ވެދިދާނެތޯ؟

112HN10ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގައި ބަޔާން ކުރާ ގޮތުން، ކޮންމެ ބާވަތެއްގެ ކުށަކަށްވާ އިޢުތިރާފުންވެސް ރުޖޫޢަ ވެވިދާނެއެވެ. އެޤާނޫނުގެ 104 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރަނީ؛ " ކުށުގެ ތުހުމަތުގައިވާ މީހަކު، ތަޙްޤީޤު މަރުޙަލާގައި، ނުވަތަ އޭނާގެ މައްޗަށް ދަޢުވާ އުފުލޭ ޙާލަތުގައި އިބްތިދާއީ އަޑުއެހުން ނިމުމުގެ ކުރިން ކުށަށް އިޢުތިރާފުވެއްޖެނަމަ، މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން އޭނާއާއެކު އިޢުތިރާފުގެ އެއްބަސްވުމެއް ވުމުގެ އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ ." މިފަދައިންނެވެ. ވީމާ، ތަޙްޤީޤު މަރުޙަލާގައި ނުވަތަ އިބްތިދާއީ އަޑުއެހުން ނިމުމުގެ ކުރިން ކުށަށް އިޢުތިރާފު ވެ އިޢުތިރާފުގެ އެއްބަސްވުމަކަށް ދިއުމުގެ ފުރުޞަތު މުއްތަހަމަށްވެސް އޮތްކަން މިމާއްދާގެ (ށ) އާ އެކު ކިޔުމުން އެނގެއެވެ. ހަމައެހެންމެ، ދަޢުވާއަށް ޖަވާބުދާރީވުމަށް އިބްތިދާއީ މަރުޙަލާގައި ފުރުޞަތުދިނުމުން ކުރިންވެފައިވާ އިޢުތިރާފުން ރުޖޫޢަ ވެދިދާނެކަން އެޤާނޫނުގެ 109 ވަނަ މާއްދާގެ (ހ) އިން އެނގެއެވެ. އެއަކުރުގައި ބަޔާން ކުރަނީ؛ "މި ޤާނޫނުގެ 104 ވަނަ މާއްދާގެ ދަށުން ކުށަށް އިޢުތިރާފުވެފައިވާ މީހަކަށް މި ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ދަޢުވާއަށް ޖަވާބުދާރީވުމަށް ދެވޭ ފުރުޞަތުގައި، އޭނާ ވެފައިވާ އިޢުތިރާފުން ރުޖޫޢަވެ، ދަޢުވާއަށް އިންކާރުކުރުމުގެ ޙައްޤު ލިބިގެންވެއެވެ ." މިފަދައިންނެވެ. އަދި އެކަމަކީ، ދަޢުވާލިބޭ މީހާއަށް އަންގާންޖެހޭ ކަމެއްގެ ގޮތުގައި އެ ޤާނޫނުގައި ބަޔާން ކުރެއެވެ. ޤާނޫނު ނަންބަރު:2016/12 ޤާނޫނު ނަންބަރު 21/2022 (ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 4 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު) އިން މިމާއްދާ އިސްލާހު ކޮށްފައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 107 ވަނަމާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގައި.

113ސުވާލަކީ، ޝަރީޢަތުގެ ކޮންމެ ހިސާބަކުންވެސް އިޢުތިރާފުން ރުޖޫޢަ ވެވިދާނެ ހެއްޔެވެ؟ މިސާލަކަށް، ދަށު ކޯޓުގައި އިޢުތިރާފުވެ ހައިކޯޓުގެ މަރުޙަލާގައިވެސް އެ އިޢުތިރާފު ދެމެހެއްޓުމަށްފަހު،ސުޕްރީމްކޯޓްގައި މައްސަލަ ނިންމަން އޮތް ދުވަހު، ތިމަން ކުށަށް ވެފައިވާ އިޢުތިރާފުން ރުޖޫޢަ ވެއްޖައީމޭ ބުނުމުން އެކަން ޤަބޫލު ކުރެވޭނެ ހެއްޔެވެ؟ މިގޮތުން، މި ބާވަތުގެ މައްސަލަތަކުގައި ޖިނާއީ ޢަދުލުގެ ނިޒާމުން ކުރިހާ މަސައްކަތް އެކޮށް ރޫޅިގެން ދާނީ ހެއްޔެވެ؟

114މިސުވާލަށް ޖަވާބއެ ހޯދުމަށް ބެލިއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނު އޮތް ގޮތުން، އެޤާނޫނުގެ 104 ވަނަ މާއްދާގެ ދަށުން އިޢުތިރާފު އެއްބަސްވުމެއް ވެފައިވާ މުއްތަހަމަކު އިބްތިދާއީ މަރުޙަލާގައި އިޢުތިރާފުން ރުޖޫޢަ ވެދާނެ ކަމަށްޓަކައި ދީފައި އޮތް ފަރުވާއަކީ އެޤާނޫނުގެ 109 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރާ ފަރުވާއެވެ. އެއީ އިޢުތިރާފު އެއްބަސްވުން ހިމެނޭ މައްސަލައެއް ކޯޓަށް ހުށަހަޅާނަމަ، ތަޙްޤީޤު އިތުރަށް ފުރިހަމަ ކުރަން ފުރުޞަތު ދިނުމަށް އެދި ލިޔުމުން ކޯޓަށް ހުށަހެޅުމެވެ.

115އިޢުތިރާފުގެ އެއްބަސްވމެއު ނެތި، އިބްތިދާއީ މަރުޙާލަގައި ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުގެ ކުރިމަތީގައި އިޢުތިރާފުވުމަށްފަހު، އަވަސް ނިޔާގެ މަރުޙަލާގައިވެސް އެއިޢުތިރާފު ދެ މެހެއްޓުމަށްފަހު، ދެން އަލުން އެއިޢުތިރާފުން ރުޖޫޢަވުމަށް ފުރުޞަތު ދީފައި އޮތްތަނެއް ނުފެނުނެވެ. އިޢުތިރާފުން ރުޖޫޢަވުމަށް އެއްވެސް ހަމައެއް އުޞޫލެއްނެތި ކޯޓުން ފުރުޞަތު ދޭންވެއްޖެނަމަ، ޢަދުލުއިންޞާފުގެ ނިޒާމު އިންތިޒާމުވެ ކުރިއަށް ގެންދޭވެ މަގެއް އަހުރެންނަކަށް ނުފެނެއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 111 ވަނަ މާއްދއިނާ އެނގޭ ގޮތުގައި، އިޢުތިރާފުން ރުޖޫޢަވެއްޖެނަމަ، އެއިޢުތިރާފު ދަޢުވާ ލިބޭ މީހާއާ ދެކޮޅަކަށް ބޭނުމެއް ނުކުރެވޭނެއެވެ. އެމާއްދާގައި އޮތީ؛ "މި ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ދަޢުވާއަށް ޖަވާބުދާރީވުމަށް ދަޢުވާ ލިބޭ ފަރާތަށް ދެވޭ ފުރުޞަތުގައި، އޭނާ ވެފައިވާ އިޢުތިރާފުން ރުޖޫޢަވެ، ދަޢުވާއަށް އިންކާރުކޮށްފިނަމަ، އޭނާ ކުރިން ވި އިޢުތިރާފު އޭނާއާ ދެކޮޅަކަށް ބޭނުމެއް ނުކުރެވޭނެއެވެ. އަދި އޭނާ އިޢުތިރާފުން ރުޖޫޢަވިއިރު އޭނާއަކީ، ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު އިޢުތިރާފުގެ އެއްބަސްވުމެއް ވެފައިވާ ފަރާތެއްނަމަ، އޭނާ ވި އިޢުތިރާފުން ރުޖޫޢަވެ، ދަޢުވާއަށް އިންކާރުކޮށްފިނަމަ، އެ އެއްބަސްވުމުގައި އޭނާ އެއްބަސްވެފައިވާ ކަންކަން އޭނާއާ ދެކޮޅަކަށް ބޭނުމެއް ނުކުރެވޭނެއެވެ ." މިފަދައިންނެވެ. ވީމާ، ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރެއްގެ ކުރިމަތީގައި، ބުއްދި ސަލާމަތުންހުރެ މަޖުބޫރު ކަމެއްނެތި، އަދި ޤާނޫނުގައި ބަޔާންކުރާ ހަމަތަކާއިއެއްގޮތަށް، ދަޢުވާ ލިބޭ މީހާގެ މައްޗަށް ޕްރޮސިކިއުޝަނުން އުފުލާފައިވާ ދަޢުވާއަށް އިޢުތިރާފުވުމަށްފަހު، އެއިޢުތިރާފުން ރުޖޫޢަވުމަށް ފުރުޞަތު ދެވޭނީ އިބްތިދާތީ މަރުޙަލާއާ ހަމައަށް ކަމަށް އަހުރެން ދެކެމެ ވެ. ދަށުކޯޓުގައި ވެފައިވާ އިޢުތިރާފުގެ މައްޗަށް ބިނާކޮށް، ކުށް ސާބިތުކޮށް އަދަބު ކަނޑައެޅުމުން، އިޢުތިރާފުން ރުޖޫޢަވުމަށް އިތުރަށް ފުރުޞަތު ހުޅުވައެއް ނުލެވޭނެއެވެ.

116މިމައްސަލާގައި ޝާ އާލޮމް އިޢުތިރާފު ވެފައިވަނީ ހަމައެކަނި ތަޙްޤީޤަކު ނޫނެވެ. ތަޙްޤީޤުގައި ވެފައިވާ އިޢުތިރާފު އެއްފަރާތް ކުރުމަށްފަހު ބަލާއިރު، ފަނޑިޔާރެއްގެ ކުރިމަތީގައި ޝަރީޢަތުގެ މަޖިލީހުގައި ހަތަރު ފަހަރެއްގެ މަތިން އޭނާ އިޢުތިރާފު ވެފައި އޮތްތަން ފެނެއެވެ. ވީމާ ބާލިޣުވެ އިޚްތިޔާރު ލިބިގެންވާ ބުއްދި ސަލާމަތުން ހުރި މީހަކު މަރުގެ މައްސަލަތަކުގައި ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރެއްގެ ކުރިމަތީގައި ވެފައިވާ އިޢުތިރާފަކުން ރުޖޫޢަވުމަކީ ކުރެވިދާނެ ކަމެއްކަމަށް އަހުރެންނަކަށް ބުރައެއްނވު ވެ އެވެ.

117HN11ޙައްދު ކަނޑައެޅިފައިވާ ޒިނޭގެ މއްސަލަތައްފިޔަވައި، ޙައްދާއި ޤިޞާޞްގެ މައްސަލަތަކުގައި، އިޢުތިރާފު ތަކުރާރު ކުރުމަކީ ޝަރުޢީ ހަމައިން ބަލާއިރު، ކުރަންޖެހޭ ކަމެއް ކަމަށް އަހުރެންނަކަށް ނުފެނުނެވެ. ނަމަވެސް، މިމައްސަލައިގައި، ފަނޑިޔާރެއްގެ ކުރިމަތީގައި އެކި ޝަރީޢަތުގެ މަޖިލީސްތަކުގައި ހަތަރު ފަހަރެއްގެ މަތިން ޝާ އ ލޮމް އިޢުތިރާފު ވެފައިވެއެވެ.

118ފުރަތަމަ އިޢުތިރާފު: 31 އޮކްޓބަރޯ 2021 ވަނަ ދުވަހު އދ.ދަނގެތީ މެޖިސްޓްރޭޓް ކޯޓުގައި އޮތް ބަންދާމެދު ގޮތެއް ނިންމުމުގެ ޝަރީޢަތުގެ މަޖިލީހުގައި ޝާ އަލޮމް ބުނެފައިވަނީ؛ "ފުލުހުން އަޅުގަނޑުގެ މައްޗަށް ތުހުމަތު ކުރާ، އދ.ދަނގެތި/މޮނަލާޒް މަޙްމޫދު އަބޫބަކުރު ރަޙުމްކުޑަގޮތަކަށް އަނިޔާވެރިކޮށް ތޫނުހަތިޔާރު ބޭނުންކޮށްގެން މަރާލުމަށްފަހު، ބޮލާއި ފައިގައި ގޯންޏެއް އެޅުވުމަށްފަހު، އދ.ދަނގެތީ ފަޅުގޯއްޗެއްގެ ފެންވަޅަކަށް ވައްޓާލާފައިވާނެއެވެ. މިއީ، އަޅުގަނޑުގެ ބޮލަށް ޝަޢިޠާނާ ސަވާރުވުމުން ކުރެވިފައިވާ ކަމެކެވެ. މިކަމުގައި ކުރި ހުރިހާ ކަމެއްވެސް ކުރީ އަޅުގަނޑު އަމިއްލައަށެވެ. މިއީ އަޅުގަނޑުގެ އަމިއްލަ އިޢުތިރާފްގައި އެއްވެސް ފަރާތެއްގެ މަޖުބޫރުކަމެއްނެތި ވާ އިޢުތިރާފެކެވެ."

119ދެވަނަ އިޢުތިރާފު: 15 ނޮވެމްބަރު 2021 ގައި ކްރިމިނަލް ކޯޓުގައި އޮތް ބަންދާމެދު ގޮތެއް ނިންމުމުގެ ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުގެ ކުރިމަތީގައި ތަފްޞީލީ އިޢުތިރާފު ބަޔާނެއް ޝާ އަލޮމް ދީފައިވެއެވެ. މިބަޔާނުގައި މަޙްމޫދު އަބޫބަކުރު މެރުމަށް ފުރަތަމަ ޚިޔާލު ކުރި ހިސާބުން ފެށިގެން އެކަން ކުރިގޮތް ސާފުކޮށް ކިޔައިދީފައިވެއެވެ. މިބަޔާނުގައި 25 ޞަފްޙާ ހިމެނެއެވެ. މިބަޔާން މިތަނުގައި އެކުގައި ނަކަލެއް ނުކުރާނަމެވެ. ނަމަވެސް ޝާ އަލޮމް މިކަން ކުރަން ޚިޔާލު އައިސް ޢަޒުމް ކަނޑައެޅިގޮތް ކިޔައިދެމުން ބުނެފަވަނީ؛ "...މިކަން ހިނގައިދިޔަ ގޮތަކީ އަޅުގަނޑު ރަށުގައި އުޅުނުއިރު މަންމައާ ބައްޕަ، މަންމައަކީ އެއް ލޯ މައްސަލަ ހުންނަ މީހެއް. ބައްޕައަކީ މުސްކުޅި މީހެއް. އަޅުގަނޑުގެ ތިބޭ އަޅުގަނޑާ އެއްބަނޑު އެއްބަފާ އެހެން ހަތަރު ކުދިން. އޭގެ އެއް އަންހެން ކުއްޖަކު ވަނީ ޑާކާއަށް ގޮސް. ދެން އަނެއް ދެ މީހުން މީހުންނާ އިންނނަވެ ސ ލާރި ހޯދަންޖެހޭ. ބައްޕައަކީ އަނެއްހެން މަސައްކަތް ކުރެވޭ މީހަކަށް ނުވާތީ ބައްޕަ ވާހަކަ ދައްކައިގެން މީހުން އަތުން ލޭންދޭނުކޮށް ލާރި ނަގާފައި މިތާ މިކޮޅުގައި ހުރި ބަންގްލާދޭޝް މީހަކާ ވާހަކަ ދައްކައިގެން އަޅުގަނޑ ރާއްޖެ ފޮނުވީ. އޭނަ ބުނި ރަނގަޅު މުސާރައެއް ލިބޭނެއޭ. އެކަމު މިކޮޅަށް އައިމަ ދެނީ ކޮންމެ މަހަކު -/4200 ރުފިޔާ. އެއީ ގާތްގަޑަކަށް ބަންގްލާދޭޝް ޑާކާގެ 20،000 ޑާކާ. ދެން އެކަމުގައި ވިސްނާ ވިސްނާ އެންމެ ފަހުން އަޅުގަނޑު އެކަން ކުރި ދުވަހުގެ އަޞްރު ނަމާދު ވަގުތު އަޅުގަނޑު ނަމާދަށް ދިޔަ ގަޑީގައި އަޅުގަނޑަށް ފެނުނު މަޙްމޫދުއަށް މީހަކު ބައިވަރު ލާރިތަކެއް ދިންތަން. ދެން އެހިސާބުން ފެށިގެން އަޅުގަނޑު ނިޔަތް ތަނެފިން އޭނަ މަރާލާފައި އެ ލާރިތައް މިރޭ އަތުލާނީއޭ. ދެން އެރޭ އަޅުގަނޑު އޭނައަށް ގުޅައިގެން އަޅުގަނޑު އުޅޭ ގެއަށް ގެނެއްސައި ހަމަ ފުރަތަމަ ވެސް ހަމަލާދީ އޭނަ ވައްޓާލީ ބިންމައްޗަށް. ދެން އިތުރަށް މިހާރު އަޅުގަނޑު ކުރީގައި ތަޙްޤީޤުގައި އޮންނާނީ އެވާހަކަތައް، ހުރިހާ ވާހަކައެއް ސާފުކޮށް ތެދަށް ކިޔައިދީފައި. ދެން އިތުރަށް އަޅުގަނޑު އެވާހަކަތައް ދައްކާހާ ހިތްވަރެއް އަޅުގަނޑު ގަޔަކު ނެތް. އަޅުގަނޑަށް އިނގޭ މީހަކުމަރާލީމައި ދެން އަޅުގަނޑަށް އިތުރު ގޮތެއް ނެތްކަން. ﷲ މަޢާފްވެސް ނުކުރާނެއޭ މީހުން ބުނަނީ. ދެން އިތުރަކަށް އަޅުގަނޑު ދައްކާނެ ވާހަކައެއް ނެތް. އަޅުގަނޑުގެ ލައިފް އެއްކޮށް ނިމުނީ މިހިސާބުން. އަޅުގަނޑު އޮންނާނީ ތަޙްޤީޤަށް ޙަޤީޤަތް ހިނގައިދިޔަ ގޮތަށް ކިޔައިދީފައި..." މިފަދައިންނެވެ. މިވާހަކަ ތަކުގެ އިތުރުން، މިކަން ކުރިގޮތް ސުވާލާއި ޖަވާބުގެ އުޞޫލުން ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުގެ ކުރިމަތީގައި ޝާ އލޮމަ ކިޔައިދީ އިޢުތިރާފު ވެފައިވެއެވެ.

120ތިންވަނަ އިޢުތިރާފް: 19 ޖެނުއަރީ 2022 ގައި ކްރިމިނަލް ކޯޓުގައި ބޭއްވުނު އިބްތިދާއީ އަޑުއެހުމުގެ ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުގެ ކުރިމަތީ ޝާ އލޮމް އިޢުތިރާފު ވެފައި ވެއެވެ. މިމަޖިލީހުގައި ޝާ އަލޮމްގެ މައްޗަށް ޕްރޮސިކިއުޝަނުން ކުރާ ދެ ދަޢުވާ އިއްވާ ޝާ އަލޮމްއަށް ސާފުކޮށްދިފައިވެއެވެ. އަދި ދަޢުވާ ސާފުކޮށްދިނުމަށްފަހު، ޝާ އަލޮމްގެ ދިފާޢީ ވަކީލަށް ފުރުޞަތު ދިނުމުން، އެވަކީލު ޝާ އލޮމްގަ ގާތުން ސުވާލުކޮށްފައިވަނީ؛ . "..ޝާ އަލޮމްގެ ފަރާތުން މިވަގުތުގައި އެގޮތަށްތޯ އޭ ހަމަ ތަޙްޤީޤުގައިވެސް އިޢްތިރާފްވި ގޮތަށް ތޯއޭ ތ ހުންނެވީ ހަމަ އެގޮތުގެ މަތިންތޯއޭ....." މިސުވާލު ތަރުޖަމާނު މެދުވެރިކޮށް ޝާ އަލޮމްއަށް ކުރުމުން ޖަވާބުގައި އޭނާ ބުނެފައިވަނީ؛ " ...ތިމަންނަ ކުރިއެކޭ އެއްގޮތަށް އިޢްތިރާފް ދަމަހައްޓާނީއޭ، އެހެން އިތުރު އެއްޗެއް ތިމަންނާ ކިޔާކަށްނެތޭ."... މިޖަވާބާއި ގުޅިގެން ޝާ އލޮމްގެ ދިފާޢީ ވަކީލަ ބުނެފައިވަނީ؛ ..."ޝާ އަލޮމް އެގޮތުގައި ހުރިއްޔާ އަޅުގަނޑު މިހިރީ ދައުލަތުގެ ފަރާތުން ކުރިއަށް ގެންދާގޮތަށް......މިމައްސަލައާއި ގުޅިގެން ތަޙްޤީޤުން ފެށިގެން ޝާ އަލޮމް އިޢްތިރާފުވެގެން އައީ އަދި ޝަރީޢަތުގެ ބަންދާމެދު ގޮތެއް ނިންމުމަށް ޙާޟިރުކުރެވުނު ޝަރީޢަތުގައިވެސް ޝާ އަލޮމް ވަނީ އިޢްތިރާފު ވެފައި......ތަޙްޤީޤުން ފަށައިގެންވެސް އަޅުގަނޑުމެން މިދަނީ އިޢްތިރާފް އެއްބަސްވުމެއްގެ ދަށުން ޝާ އަލޮ މ މިއާއަށް މިކަމުގެ ފަރާތުން އެންމެ ބޮޑު ލިޔުމެއް (ލުޔެއް) އޭނާގެ ފަރާތުން ލިބޭތޯ މަސައްކަތް ކުރަމުން. ދެން އަޅުގަނޑަށް ރަސްމީކޮށް އެ ނގިފައެއްނެތް އިޢުތިރާފުގެ އެއްބަސްވުމެއް ހަދާކަމެއް އަދި ނަހަދާކަމެއް. އަދި ނަހަދާނަމަ ނަހަދަންޖެހޭ ސަބަބެއްވެސް....." ޝާ އަލޮމްގެ ދިފާޢީ ވަކީލުގެ މިވާހަކަތަކާއި ގުޅިގެން ޕްރޮސިކިއުޝަނުން ބުނެފައިވަނީ؛ "....އިޢުތިރާފު އެއްބަސްވުމުގެ ނަތީޖާއަކަށްވާނީ މައްސަލައިގައި އަދަބު ކަނޑައަޅާ އިރުގައި މަރަށްމަރު ހިފަން ވާރިސަކު...ބޭނުން ނުވާ ޙާލަތުގައި ކަނޑައެޅޭ .... އަދަބުގެ މިންވަރު ތަފާތު ވެގެން ދިއުން ނޫނީ އަދަބަށް ލުޔެއް ލިބުން. އެހެންނަމަވެސް .... ވާރިޘުންގެ ބަސް ހޯދިއިރު،....އެއްވެސް ވާރިޘަކު...ލުޔެއް ދޭން 19 ޖެނުއަރީ 2022 ގައި އޮތް ނަންބަރު: C/2021-734,735/Cr ޤަޟިއްޔާގެ އިބްތިދާއީ ފުރަތަމަ އަޑުއެހުމުގެ މަޙްޟަރު ބަޔާން. ބޭނުންވާކަމަށް ބަޔާން ކޮށްފައެއް ނުވޭ......އެހެންކަމުން ދައުލަތުގެ ނިންމުމަކީ މިމައްސަލައިގައި ޝާ އަލމޮ މިއާ އާއިއެކު އިޢްތިރާފުގެ އެއްބަސްވުމެއް ނުވުމަށް....." ޕްރޮސިކިއުޝަނުގެ މިވާހަކަތައް ޝަރީޢަތުގެ މަޖިލީހުގައި ތަރުޖަމާނު މެދުވެރިކޮށް ޝާ އަލޮމްއަށް ކިޔައިދީފައިވެއެވެ. އޭގޭ ފަހުން ފަނޑިޔާރު ސުވާލު ކޮށްފައިވަނީ؛ "...ޝަރީޢަތުން އިތުރަށް ދަޢުވާ ލިބޭ ފަރާތުން ކަށަވަރުކޮށްލަން ބޭނުންވޭ އިޢްތިރާފުވި ކަމުގައި ވިދާޅުވެފައިވާއިރު އިޢްތިރާފްވީ އެއްވެސް ފަރާތެއްގެ މަޖުބޫރުކަމެއްނެތި އަމިއްލަ އިޙްތިޔާރުގައި ވީ އިޢްތިރާފެއްގެ ގޮތުގައިތޯ އިޢްތިރާފްވަނީ، އިޢްތިރާފު ވާއިރުގައި ދެ މައްސަލައަށްވެސް އިޢްތިރާފުވީ ތޯ ކަށަވަރުކޮށްލަން ބޭނުންވަނީ....އަދި އިޢުތިރާފުވަނީ އެއްވެސް ފަރާތެއް މަޖުބޫރުކަމެއްނެތި ބުއްދި ސަލާމަތުން އަމިއްލަ އިޙްތިޔާރުގައިތޯ. ދައުލަތުން ކުރެއްވި ދެ ދަޢުވާއަށް އިޢްތިރާފުވަނީ...." މިވާހަކަތައް ތަރުޖަމާނު މެދުވެރިކޮށް ޝާ އަލޮމްއަށް ކިޔައިދިނުމުން، އޭނާ ބުނެފައިވާކަމަށް ބުނެފައިވަނީ؛ "....އެއްވެސް މީހަކު ނުބުނޭ އިޢްތިރާފުވާކަށް. ތިމަންނަ އަމިއްލަ އިޚްތިޔާރުގައިވީ އިޢުތިރާފެކޭ..."

121ހަތަރުވަނަ އިޢުތިރާފް: 26 ޖެނުއަރީ 2021 ގައި އޮތް އަވަސް ނިޔާގެ ޝަރީޢަތުގެ މަޖިލީހުގައި ޕްރޮސިކިއުޝަނުން ޝާ އ ލޮމްގެ މައްޗަށް އުފުލާފައިވާ ދެ ދަޢުވާ އާއި އެ ދެދަޢުވާ ސާބިތުވެއްޖެނަމަ، އަންނާނެ އަދަބު އަނެއްކާވެސް އިއްވާފައިވެއެވެ. އަދި އެ ދެދަޢުވާ ސާބިތުވެއްޖެނަމަ އންނާނަ އަދަބު އަނެއްކާވެސް ޝާ އަލޮމް އަށް ސާފުކޮށް ދީފައިވެއެވެ. އެއަށްފަހު ފަނޑިޔާރު ސުވާލު ކޮށްފައިވަނީ؛ ".....މީގެ ކުރީގައި އިބްތިދާއީ އަޑުއެހުމުގައި ދަޢުވާލިބޭ ފަރާތުން އޭނާ ވަނީ މި ދަޢުވާއަށް އިޢްތިރާފު ވެފައި ކަމާއި މައްސަލައިގެ އަވަސް ނިޔާގެ ޝަރީޢަތް ކުރިއަށް ދާއިރުގައި އިބްތިދާއީ އަޑުއެހުމުގައި ވީ އިޢްތިރާފު ދަމަހައްޓަނީތޯ ނޫނީ ދަޢުވާއަށް އިންކާރު ކުރައްވަނީތޯ" ފަނޑިޔާރުގެ މިވާހަކަތައް ތަރުޖަމާނު މެދުވެރިކޮށް ޝާ އަލޮމްއަށް ސާފުކޮށްދިނުމުން، ޝާ އލޮމަ ބުނެފައިވާކަމަށް ބަޔާން ކުރަނީ؛ " އޭނާ ބުނީ އިޢުތިރާފްވާ ވާހަކަ." އަނެއްކާވެސް ފަނޑިޔާރު ސުވާލު ކޮށްފައިވަނީ؛ "...އިޢްތިރާފުވަނީ މިދަޢުވާގައި އޮތް ގޮތަށް އދ.ދަނގެތި، މޮނަލާޒް މަޙްމޫދު އަބޫބަކުރުގެ ކަރަށާއި، ބޮލަށާއި، މެއަށް، ވަޅިއަކާއި ކޮޅުތޫނުކޮށްފައި އޮތް ދަގަނޑު ބުރިއެއް ބޭނުންކޮށްގެން ޙަމަލާދީ އޭނާ މަރާފައިވާކަމަށްތޯ އަދި އިޢްތިރާފް ދަމަހައްޓާ އިރުގައި އެއްވެސް ކަހަލަ މަޖުބޫރު ކަމެއް ނުވަތަ ނުފޫޒެއް ވެގެންތޯ ދަމަހައްޓަނީ..." މިވާހަކަތައް ތަރުޖަމާނު މެދުވެރިކޮށް ޝާ އަލޮމްއަށް ކިޔައިދިނުމުން، އޭބާ ބުނި ކަމަށް ބުނެފައިވަނީ؛ "....އާދެ އެގޮތަށް އިޢުތިރާފު ވާކަމަށް އޭނާ ބުނަނީ" އަނެއްކާވެސް ފަނޑިޔާރު ސުވާލުކޮށްފައިވަނީ؛ "އެއްވެސް ނުފޫޒެއް މަޖުބޫރުކަމެއް ނެތި ބުއްދި ސަލާމަތުންހުރެ އިޢުތިރާފް ދަމަހައްޓަނީ އޭނާ" މިސުވާލު ތަކުރާރުކޮށް ތަރުޖަމާނު މެދުވެރިކޮށް ޝާ އޮލޮމްއާ ކުރުމުން އޭނާ ދިން ޖަވާބު ކަމަށް ބުނެފައިވަނީ؛ "...އޭނާ ބުނަނީ ކުރީ ދުވަހުގައި ބުނިގޮތަށް ތިމަންނާއަށް އެއްވެސް މީހަކު މަޖުބޫރުކުރުމެއްނެތި ތިމަންނާއަށް ޝައިޠާނާ ވަސްވާސްދީގެން ކުރެވުނުކަމެކޭ ތިމަންނަ ކުރިކަމެކޭ ތިކަމަކީ"

122ތުހުމަތު ކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީޢަތުގެ މަޖިލީހުގައި ވާ އިޢުތިރާފަކީ ހެއްކެއްކަމަށް ޤަބޫލު ކުރެވޭނެކަން ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާން ކޮށްފައިވެއެވެ. ވީމާ، އެފަދަ އިޢުތިރާފެއް ހެކީގެ ގޮތުގައި ބަލައިގަންނާނެތޯ ބެލުމަށްޓަކައި އެއިޢުތިރާފު ކުޅިވަރަކަށްވާ ވަރަށް ތަކުރާރުކުރަން ފުރުޞަތު ދިނުމަކީ ޢަދުލު އިންޞާފުގެ ނިޒާމު ނަހަމައިން ބޭނުން ކުރަން ހުޅުވާލެވޭ ފުރުޞަތެއް ކަމެއް ނޫނީ އަހުރެން ނުދެކެމެވެ. ވީމާ،އިޢުތިރާފުން ރުޢޫޖަ ވުމަށް ފުރުޞަތު ދިނުމުގައި ސަބަބުވެރި ހަމައެއް އޮންނާންޖެހޭ ކަމަށް ދެކެމެވެ.

123HN12ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 1204 ވަނަ މާއްދާގެ (ހ) (ށ) އަދި (ނ) އާއި 1205 ވަނަ މާއްދާގެ (ށ) ބަލާއިރު، ޙައްދާއި ޤިޞާޞްގެ މައްސަލަތަކާއި ގުޅިގެން އެކަށާއަޅާފައިވާ އިޖުރާއަތުތަކުގެ ދަށުން ޙައްދާއި ޤިޞާޞްގެ ކުށްތައް ސާބިތު ވުމަކީ މުސްތަޙީލު ކަމެކެވެ. ސަބަބަކީ، އެއިޖުރާއަތުގައި ބަޔާން ކުރާ ހެކި ސާބިތު ކުރުމުގެ ހަމައަކީ ވަޟަޢީ އަދި ޝަރުޢީ ހަމަތަކުގައި އެކައަޅާފައިވާ މަގުންވެސް އެކަން ކުރެވޭނެ ގޮތަށް އޮތް ހަމައެއް ނޫންކަމަށްވާތީއެވެ. އެހެނީ، މިދެންނެވި 1204 ވަނަ މާއްދާގެ (ހ) ގައި؛ " މީހެއްގެ މައްޗަށް މަރުގެ ޙުކުމް ކުރުމަށްޓަކައި، ދައުލަތުން ކުށުގެ އެންމެހައި ރުކުންތައް ސާބިތުކޮށްދޭންވާނެއެވެ. އަދި އެމީހަކު އެކުރި ކުށަކީ އެހެން އެއްވެސް ކުށަކަށް ވުރެ ބޮޑު ކުށެއް ކަމާއި، އަދި އެ ކުށް ކުރުމުގެ ނިޔަތް އެމީހެއްގެ އޮތްކަން ޢަމަލީގޮތުން ޔަޤީންކުރެވޭ މިންވަރަށް ދައުލަތުން ސާބިތުކޮށްދޭންވާނެއެވެ." މިހެން ބަޔާން ކުރުމަށްފަހު، އެމީހަކު އެކުރި ކުށަކީ އެހެން އެއްވެސް ކުށަކަށް ވުރެ ބޮޑު ކުށެއްކަމަށްވާތީ، އެކުށް ސާބިތު ކުރުމަށް ބަޔާން ކުރާ އިޖުރާއަތު އެމާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ބަޔާން ކުރަނީ؛ "ދަޢުވާ ރައްދުވާ ފަރާތުގެ ބަޔާން ހިމެނޭ ގޮތުގެމަތިން، ކުށެއް ސާބިތުކުރުމަށް ހުށަހަޅާ އެއްވެސް ހެއްކެއްގެ ބަޔާނެއް ނުވަތަ އެ ބަޔާނުން އެއްވެސް މިންވަރެއް އެ ކުށް ސާބިތުކުރުމަށް ހުށަހަޅާ އެހެން ހެއްކެއްގެ ބަޔާނަކާއި އެއްވެސް މިންވަރަކަށް ފުށުއެރުމެއްވާނަމަ، މި މައްދާގެ (ހ) ގައިވާ މިންވަރަށް އެކުށެއް ސާބިތުވީކަމަކަށް ނުބެލެވޭނެއެވެ." މިހެންނެވެ. ދަޢުވާ ރައްދުވާ ފަރާތް ނުވަތަ ކުށްކުރި ކަމަށް ތުހުމަތު ކުރެވޭ މުއްތަހަމު ހިމެނޭ ގޮތަށް "ހެއްކެއްގެ ބަޔާނެއް ނުވަތަ އެބަޔާނުން އެއްވެސް މިންވަރެއް" "އެހެން ހެއްކެއްގެ ބަޔާނަކާއި އެއްވެސް މިންވަރަކަށް ފުށުއެރު.." މުން ހައްދާއި ޤިޞާޞްގެ ކުށް ސާބިތު ނުވާނެ ކަމަށް އެވަނީ ބަޔާން ކުރެވިފައެވެ. ދަޢުވާ ރައްދުވާ މީހާގެ ފަރާތުން ދޭ ބަޔާނާ ޚިލާފަށް ޝަރީޢަތުގެ މަޖިލީހުގައި އޭނާއަށް ޤަޞްދުގައިވެސް ވާހަކަ ދެއްކޭނެ ތ، މިއީ ޙައްދާއި ޤީޞާޞްގެ ކުށް ސާބިތު ކުރުމަށް އޮތް މުސްތަޙީލު އިޖުރާއަތެކެވެ. އަދ ހެކިބަސްދޭ ހެކިންގެ ހެކިބަސް އެއްވެސް މިންވަރަކަށް ފުށު ނާރާގޮތަށް ހެކިބަސް ދިނުމަކީ ވެސް އިންސާނީ ޠަބީޢަތުން ބޭރު މުސްތަޙީލު ކަމެކެވެ. ފަނޑިޔާރުންގެ ދައުރަކީހެކިބަސްދޭ ހެކިންގެ ހެކިބަހުން ފުށުއަރާ މިންވަރަކީ ކޮބާތޯ ބަލާހޯދައި އެއީ ބަލައިގަނެވޭނެ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުން ކަމަށްވާއިރު، ސީދާ ޤާނޫނުގައި މިގޮތަށް އެއްވެސް ފުށުއެރުމެއްވާނަމަ، ކުށް ސާބިތުވާ ކަމަށް ނުބެލެވޭނެކަމަށް ކަނޑައަޅައި މިއޮތް އޮތުމުން ފަނޑިޔާރުންގެ ދައުރު ނިމުމަކަށް އާދެއެވެ. މި އިޖުރާއަތަކީ، އަހުރެން ބެލިތަނުން، ދުނިޔޭގެ އެހެން އެއްވެސް ޖުޑީޝަލް ނިޒާމެއްގައި މަރުގެ ކުށެއް ސާބިތު ކުރުމަށް އެކަށައަޅާފައިވާ އިޖުރާއަތެއް އދ މިންގަނޑެއް ކަމަށް ނުފެނުނެވެ. އަދި އެއީ އިސްލާމީ ޝަރީޢަތުގައި ޙައްދާއި ޤިޞާޞް ސާބިތުކުރުމުގައި ޢަމަލުކުރަން އޮތް އިޖުރާއަތެއް ކަމަކަށްވެސް ނުފެނުނެވެ. ވީމާ މިމާއްދާތަކުގެ ލަފުޒީ މާނައަށް ނުވަތަ މަޤްޞަދަށް ބަލައިގެން މިމާއްދާތަކުގެ މާނަ ކުރުމަކީ، އެމީހަކު އެކުރި ކުށަކީ އެހެން އެއްވެސް ކުށަކަށް ވުރެ ބޮޑު ކުށެއްކަމަށްވާތީކަމަށް ބުނެ، އެކަންކަމުން އޭނާ ބރަޢަކޮށް އެހެން މީހުންނަށް މިބާވަތުގެ ބޮޑެތި ކުށް ކުރުމަށް ހިތްވަރު ލިބިގެންދާނެ މާނަ ކުރުމެއް ކަމަށްވާނެތީ، މިމާއްދާތައް ތަރުޖަމާވެގެން ދާންޖެހޭނީ ޙައްލު ހޯދައިދިނުމުގެ އުޞޫލު (mischief rule)އާ އެގޮތަށް ކަމަށް ދެކެމެވެ. ހައިކޯޓުގެ މަރުޙަލާގައި އިޢުތިރާފާމެދު ދެއްކިވާހަކަ:

124މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޝާ އަލޮމް ވާހަކަ ދެއްކިއިރު، އޭނާ ކުށަށް އިޢުތިރާފުވީ، ކުށަށް އިޢުތިރާފު ވެއްޖެނަމަ، އޭނާ ޑީޕޯޓް ކޮށްލައި ރާއްޖެއިން ފޮނުވާލާނެ ކަމަށް ބުނެފައިވާތީ ކަމަށް ބުނެއެވެ. މިއީ މީގެ ކުރިން ތަޙްޤީޤުގައިވެސް އަދި ދަށު ކޯޓުގައި ހިންގުނު އިބްތިދާއީ މަރުޙަލާގައިވެސް އަދި އަވަސް ނިޔާގެ މަރުޙަލާގައިވެސް ޝާ އަލޮމް ދެއކް ވާހަކައެއް ނޫނެވެ.

125އަހުރެންވެސް އެއްބަހެވެ. މީހަކު ލައްވާ އިޢުތިރާފު ބަޔާނެއް ހޯދުމުގައި ބާރު އޮތް ފަރާތުން ކުރާ މަޖުބޫރާއި ނުފޫޒަކީ ކޮންމެ ފަހަރަކު ނުރަގަޅު ގޮތެއްގައި ކުރާ މަޖުބޫރަކާއި ނުފޫޒަކަށް ވާކަށް ނުޖެހެއެވެ. އަދި ނުފޫޒު ފޯރުވުމަށް އަނިޔާވެރި ވާކަށްވެސް ނުޖެހެއެވެ. މުއްތަހަމާމެދު ރަގަޅު ގޮތްތަކެއް ވާނެކަމަށް ބުނެ ނުވަތަ ރަގަޅު ގޮތެއް ހަދައިދޭނެ ކަމަށްބުނެ، އޭނާއަށްދޭ އުފާވެރިކަމުގެ ޚަބަރު ތަކާއި ދަޢުވާ ނުކުރާނެ ކަމަށް ބުނެ އުފައްދާ އުފާވެރިކަމުގެ އުއްމީދު ތަކަކީވެސް މުއްތަހަމުގެ މައްޗަށް ތުހުމަތު ކުރާ ކުށަށް އޭނާވާ އިޢުތިރާފު ބާޠިލު ކުރާނެ އިކުރާހުގެ ތެރޭގައި ހިމެނޭނެ ކަންކަމެވެ.

126ހައިކޯޓުގެ މަރުޙަލާއަށް މިމައްސަލަ ހުށަހެޅުމުގެ ކުރިން ފަނޑިޔާރެއްގެ ކުރިމަތީގއަ ޝަރީޢަތުގެ މަޖިލީހުގައި ޝާ އަލޮމް އިޢުތިރާފްވި ގޮތް ކިޔައިދޭނެ އެތަކެއް ފުރުޞަތު ދެވުނުކަން އެނގެއެވެ. އަދި އޭނާ ވެފައިވާ އިޢުތިރާފުން ރުޖޫޢަވުމުގެ ފުރުޞަތު އަވަސްނިޔާގެ މަރުޙަލާގައިވެސް އޭނާއަށް ދީފައިވެއެވެ. ނަމަވެސް ޤަޞްދު މަރުގެ މިކުށަށް ޝާ އަލޮމް އިޢުތިރާފުވީ، އިޢުތިރާފުވުމުން ޑިޕޯޓްކޮށްލާނެ ކަމަށް ނުވަތަ ރާއްޖެއަށް ފޮނުވާލާނެ ކަމަށް ބުނެ އެކަމުގެ އުއްމީދުގައިކަމަށް މީގެ ކުރިން އެއްވެސް ޝަރީޢަތުގެ މަޖިލީހެއްގައި ބަޔާނެއް ނުކުރެއެވެ.

127HN13މިއަދު މިކޯޓުގައި އެގޮތަށް އެވާހަކަ ދެއްކުމުން އަހުރެންނަށް ޤަބޫލު ކުރެވެނީ އެއީ މާފަހުން ކޮންމެވެސް ބަޔަކު ލައިދީގެން ޝާ އލޮމަ ދައްކާވާހަކައެއް ކަމަށެވެ. އަހުރެންގެ މިޤަބޫލު ކުރުމަށް ބާރުދެނީ 18 އޮކްޓބަރޯ 2022 ގައި ޝާ އލަ މްގެ ނަންމަތީގައި ދިވެހި ބަހުން ލިޔެ ސޮއިކޮށް ޖަލުން ފޮނުވާފައިވާ ސިޓީއެވެ. އެސިޓީގައި؛ "ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އަޅުގަނޑުވާނީ ކުށަށް އިޢުތިރާފު ވެފައެވެ. ނަމަވެސް އަޅުގަނޑު ނުކުރާކަމަކަށް އަޅުގަނޑު އިޢުތިރާފުވީ ދިވެހިރާއްޖޭގެ ފުލުހުން އަޅުގަނޑަށް އޮޅުވާލާއި އަދި ކުރި ރަހުމުކުޑަ އަނިޔާގެ ސަބަބުންނެވެ. އަޅުގަނޑު ކައިރީގައި އެމީހުން ބުނީ ކުށަށް އިޢުތިރާފުވުމުން ބަންގްލދޭޝްއަށާ ފޮނުވާދޭނެ ކަމަށެވެ. އަދި އިޢުތިރާފު ކުރުވު މަށްޓަކައި ވަރަށް ރަހުމުކުޑަކޮށް އެތައް އަނިޔާއެއް ދިނެވެ. އަޅުގަނޑު ދިވެހިބަސް ނޭނގޭ މީހަކު ލައްވާ އޮޅުވާލައިގެން ދިވެހިރާއްޖޭގެ ފުލުހުން ހިންގި ބޮޑު ޖަރީމާއެކެވެ. ނަމަވެސް މިހާރު އަޅުގަނޑުވާނީ އަޅުގަޑަށް ކްރިމިނަލް ކޯރޓުން ކޮށްފައިވާ ހުކުމަށް އިސްތިއުނާފަށް ލާފައެވެ. ހއިކަރޓަށް އެޙުކުމަށް އިސްތިއުނާފަށް ލީފަހުން ދުވަސްތަކެއް ވޭތުވެ ދިޔައިރު އެއްވެސް އަޑުއެހުމެއް ބާއްވާފައި ނުވާތީ އެކަމާ ކަންބޮޑުވެ ހިތާމަ ކުރަ މެވެ. ވީމާ އަޅުގަނޑުގެ ޝަރީޢަށް އަވަސް މުއްދަތަކު ފެށޭނެ ގޮތް ހައްދަވައި ދެއްވުން އެދެމެވެ." މިފަދައިން ބަޔާން ކޮށްފައި އޮވެއެވެ.

128ޝާ އ ލޮމް އަކީ ދިވެހިބަސް ލިޔާން ކިޔނާ އެނގޭ މީހެއް ނޫންކަމަށް އޭނާ ތަޙްޤީޤުގައިވެސް އަދި ކޯޓުގައިވެސް ބުނެއެވެ. ވީމާ މިސިޓީ އަކީ ޝާ އަލޮމް ލިޔުނު ސިޓީ އެއް ނޫންކަން ދެނެގަނެވެއެވެ. މިސިޓީ އަކީ ޝާ އަލޮމް އިމްލާ ކޮށްދިނުމުން ބަންގްލާ ބަސް ދަންނަ ދިވެހިބަހުން ލިޔާން އެނގޭ މީހަކު ލިޔެފައި އޮތް ސިޓީއެއްކަމަށް ބެލިނަމަވެސް، އެކަން މިސިޓީން އެނގޭކަށް ނެތެވެ. ހަމައެހެންމެ، މިސިޓީގައި ބަޔާނަ ކުރާ ވާހަކަތކަ ކ ޝާ އަލޮމްގެ އަމިއްލަ ވާހަކަތަކަށްވުރެ އެހެން މީހަކު ލައިދީގެން ލިޔެދީގެން ބަޔާން ކުރާ ވާހަކަތަކެއްކަމަށް ބުރަވެއެވެ. ސަބަބަކީ، މިސިޓީގައި ބަޔާން ކުރާ ވހަކަތާ ކަކީ ފެންނާން ހުރި ބައެއް ހަޤީޤަތްތަކާއި ތަޢާރުޟުވާ ވާހަކަތަކެއް ކަމަށްވާތީއެވެ. އެގޮތުން، ކްރިމިނަލް ކޯޓުގައި ވެފައިވާ އިޢުތިރާފަކީ، ފުލުހުން އަނިޔާ ކުރުމުގެ ސަބަބުން ނުވަތަ ބަންގްލާދޭޝްއަށް ފޮނުވާލާނެ ކަމުގެ ދަޅަ ދައްކުވައިގެން ވީ އިޢުތިރާފެއް ނޫންކަންދަށު ކޯޓުގެ ޝަރީޢަތްތުގެ މަޖިލީސްތަކުގެ އޯޑިއޯ ވީޑިއޯ ރެކޯޑިންގ އިން ފެންނާނެ އެބަ ހުއްޓެވެ. އަދި ޝާ އަލޮމް ގެ ފަރާތުން މިމައްސަލަ އިސްތިއުނާފު ކޮށްފައިވާކަމަށް ބުނާ ބުނުމަކީވެސް ރަގަޅު ވާހަކައެއް ނޫނެވެ.

129ތަޙްޤީޤުގައި ސުވާލުކޮށް ބަޔާން ނެގި ގޮތުގެ އޯޑިއޯ ވީޑިއޯ ތަކާއި ދަށު ކޯޓުގެ ޝަރީޢަތްތައް ހިންގި ގޮތުގެ އޯޑިއޯ ވީޑިއޯތައް ހުށަހެޅިފައި އެބަހުއްޓެވެ. މި ދެމަރުޙަލާގައިވެސް ދިފާޢީ ވަކީލާއި ތަރުޖަމާނު ހާޒިރުވެ ތިއްބެވެ. އަދި އެ ޝަރީޢަތް ތަކުގައި، ތަރުޖަމާނު ޝާ އލޮމަ އަށް ކިޔައިދޭ ވާހަކަތަކާއި ޝާ އަލޮމް ކިޔައިދޭ ވާހަކަތައް ތަރުޖަމާނު ޝަރީޢަތަށް ކިޔައިދޭ ގޮތް އިތުރަށް ޔަޤީން ކުރެވިފައިވެއެވެ. މިކަމުން އަހުރެންނަށް ޔަޤީން ކުރެވުނީ، ދިވެހިބަހުން ކިޔައިދޭ ވާހަކަތައް ބަނގްލާ ބަހަށް ތަރުޖަމާކޮށް ޝާ އަލޮމއަށް ބަޔާން ކޮށްދިނުމާއި އަދި ޝާ އލޮމަ ބަންގލު ބަހުން ދައްކާ ވާހަކަ ދިވެހިބަހަށް ކިޔައިދިނުމުގައި ދަށު ކޯޓުގައި މަސައްކަތްކުރި ތަރުޖަމާނު ގޯހެއް ހަދާފައި ނެތްކަމެވެ.

130ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2011/SC-A/23 ޤަޟިއްޔާގައި "އިޢުތިރާފު" އާ ގުޅޭ ގޮތުން ބަޔާން ކޮށްފައިވަނީ؛ "5- ޖިނާއީ ޤާނޫނުގެ އިޞްތިލާޙުގައި އިޢުތިރާފް (Confession) އަކީ މުއްތަހަމު އޭނާއަށް ތުހުމަތުކުރެވިފައިވާ ކުށުގައި ޝާމިލުވާ ޢަމަލެއް ކުރިކަމަށް އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށްވާ އިޤްރާރެއްކަން އެނގެން އޮންނައިރު، އިޢުތިރާފަކީ ތަފާތު ޖުރިސްޑިކްޝަންތަކުގައި ޖިނާއީ ކުށްތައް ސާބިތުކުރުމުގެ އެންމެ މުހިންމު އެއް ވަސީލަތްކަން އެނގެން އޮންނަކަމާއި، މިގޮތުން ޖިނާއީ އިޢުތިރާފު އަސާސީގޮތަކަށް ބެހިގެންވަނީ ދެބަޔަކަށްކަމާއި، އެއީ ޤަޟާއީ އިޢުތިރާފު (Judicial Confession) އާއި، ޤާޟާއީ ނޫން އިޢުތިރާފު Confession) (Extrajudicial ކަމާއި؛ ޤަޟާއީ އިޢުތިރާފަކީ މުއްތަހަމު ޝަރީޢަތުގެ މަޖިލީހުން ބޭރުގައި ތަޙުޤީޤުގެ މަރްޙަލާގައި ތަޙްޤީޤުކުރާ ފަރާތުގެ ކުރިމަތީގައި ނުވަތަ އެނޫންވެސް ފަރާތެއްގެ ކުރިމަތީގައިވާ އިޢުތިރާފުކަމާއި، ޤަޟާއީ ނޫން އިޢުތިރާފު ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅޭ ދެގޮތެއްވާކަމާއި؛ ފުރަތަމަ ގޮތަކީ، މުއްތަހަމު އިޢުތިރާފުވީކަމަށް ޝަރީޢަތުގެ މަޖިލީހުގައި މީހަކު ދޭ ހެކިބަހެއްގެ ސިފައިގައި ކަމާއި، ދެވަނަގޮތަކީ، މުއްތަހަމުގެ އިޢުތިރާފު ބަޔާންކޮށް މަޙްޟަރުކުރެވިފައިވާ ކިތާބީ ހެއްކެއްގެ ސިފައިގައި ކަމާއި، މިއިން އެއްވެސް ބާވަތެއްގެ އިޢުތިރާފެއްގެ މައްޗަށް ބިނާކޮށް މުއްތަހަމުގެ މައްޗަށް ދަޢުވާ ސާބިތުވާނީ، ޖިނާއީ އެހެނިހެން ހެކިތަކާއި ދަލީލުތަކެކޭ އެއްފަދައިން މައްސަލަ ބަލާ ފަނޑިޔާރަށް އެ އިޢުތިރާފަކާމެދު އިޤްތިނާޢު ވެވިގެންކަން ތަފާތު ޖުރިސްޑިކްޝަންތަކުގައި ޢަމަލު ކުރެވޭ ޖިނާއީ އިޖްރާއާތުގެ އުޞޫލުތަކަށް ބެލުމުން އެނގެން އޮވެއެވެ. 6- މަދަނީ އިޖުރާއަތުގެ ޤާނޫނުގައި އިޢުތިރާފަކީ ނުވަތަ އިޤްރާރަކީ އިޤްރާރުވާ މީހާގެ މައްޗަށް ޤަޠްޢީ ޙުއްޖަތެއް ކަމުގައި ވީނަމަވެސް، ޖިނާއީ އިޢުތިރާފަކީ ޖިނާއީ ދަޢުވާ ސާބިތުކުރެވޭ ދަލީލުތަކުގެ ތެރެއިން، މައްސަލަ ބަލާ ފަނޑިޔާރުގެ އިޤްތިނާޢުގެ މައްޗަށް ބިނާކޮށް ޤާއިމުވެވޭ ދަލީލެއްކަމާއި، އެހެންކަމުން މަދަނީ އިޢުތިރާފާއި ޚިލާފަށް ޖިނާއީ އިޢުތިރާފުން ރުޖޫޢަވުމަކީ މުއްތަހަމަށް ތަފާތު ޖުރިސްޑިކްޝަންތަކުގައި މަނާކަމެއް ނޫންކަމާއި، ނަމަވެސް މުއްތަހަމު އޭނާވެފައިވާ އިޢުތިރާފުން ރުޖޫޢަވުމާއި، އެ ރުޖޫޢަވުން ބިނާކުރި ސަބަބުތައް ވަޒަންކޮށް ތަޤްޔީމުކުރުމަކީ މައްސަލަބަލާ ފަނޑިޔާރަށް ލިބިގެންވާ ބާރެއްކަން އެނގެން އޮންނައިރު، ބައެއް – އެންގްލޯ އެމެރިކަން ޤައުމުތައް ފަދަ – ޤައުމުތަކުގެ ޖުރިސްޑިކްޝަންތަކުގައި އިސްތިޤްރާރުވެފައިވާ ޤަޟާއީ ނޫން އިޢުތިރާފް، ނުވަތަ ހަމައެކަނި ޝަރީޢަތުގެ މަޖިލީހުން ބޭރުގައި ވެފައިވާ އިޢުތިރާފެއްގެ މައްޗަށް ކުށް ސާބިތުނުވުމުގެ މަބްދައަކީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމު ބަލައިގެންފައިވާ މަބްދައެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއިން އެނގޭކަމާއި، އެގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަމާއްދާގެ ޞަރީޙަ ނައްޞުގައި " ތުހުމަތު ކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީޢަތުގެ މަޖިލީހުގައި ވާ އިޢުތިރާފު ފިޔަވައި، އެހެން އިޢުތިރާފުތަކަކީ ހެއްކެއްކަމުގައެއް ނުބެލެވޭނެއެވެ. މީހަކަށް މަޖުބޫރުކޮށްގެން ބަޔާން ހޯދުމާއި، ޤާނޫނާ ޚިލާފަށް ހެކި ހޯދުމަކީ އެއްވެސް ފަރާތަކުން ކޮށްގެން ވާނޭ ކަންކަމެއް ނޫނެވެ. އެގޮތަށް ހޯދާ ބަޔާންތަކާއި ހެކިތައް ޝަރީޢަތަށް ޤަބޫލުކޮށްގެނެއް ނުވާނެއެވެ". މިހެން ކަނޑައެޅި ބަޔާންވެގެން އޮންނައިރު، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ޝަރީޢަތުގެ މަޖިލީހުން ބޭރުގައި މުއްތަހަމު ވެފައިވާ އިޢުތިރާފަކީ ޞައްޙަ ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ވ. ޙަސަން ޢަބުދުﷲ އަދި އިތުރު ފަސްފަރާތެއް (2011) 23 ދރ.ސކ. އިޢުތިރާފެއްކަމުގައި ޝަރީޢަތުގެ މަޖިލީހުގައި އޭނާ ޞަރީޙަކޮށް އިޤްރާރު ނުވާހާހިނދަކު، އެފަދަ އިޢުތިރާފަކީ ހަމައެކަނި އޭގެ މައްޗަށް ބިނާކޮށް ޖިނާއީ މައްސަލަތައް ސާބިތުކުރެވޭ މިންވަރުގެ ކާފީ ހެއްކެއް ނޫންކަން އެނގެއެވެ. " މިފަދައިންނެވެ. ވީމާ، ޝާ އަލޮމް ވެފައިވާ އިޢުތިރާފުން ރުޖޫޢަވެވިދާނެ ކަމަށް އަހުރެންނަކަށް ނުފެނުނެވެ. މަޤްތޫލުގެ ވާރިޘުންގެ ބަސް:

131މިމައްސަލައިގައި، މަރާލެވުނު އދ.ދަނގެތީ، މޮނަލާޒް މަޙްމޫދު އަބޫބަރުގެ ވާރިޘުންގެ ގޮތުގައި ތިބީ، އޭނާގެ މަންމަ އާއި މަޙްމޫދު އަބޫބަކުރު މާރާލެވުނު އިން އަނބި މީހާ އާއި މަޙްމޫދު އަބޫބަކުރުގެ އުފަން ތިން ފިރިހެން ދަރިންނާއި އުފަން ދެ އަންހެންދަރިންނާއެކު ޖުމްލަ ހަތެއް ވާރިޘުންނެވެ. ވާރިޘުންނާބެހޭ ތަފްޞީލް ދަށު ކޯޓުގެ ރިޕޯޓްގައި ބަޔާން ކޮށްފައިވެއެވެ.

132މަޙްމޫދު އަބޫބަކުރުގެ ވާރިޘުންގެ ތެރެއިން، އެންމެންވެސް ބޭނުންވަނީ، ޝާ އލަ މްގެ ކިބައިން ޤިޞާޞޮ ހިފުމަށެވެ. އެކަން ތަޙްޤީޤު މަރުޙަލާ އާއި ދަށު ކޯޓުގެ ޝަރީޢަތުގެ މަރުހަލާގައި އެމީހުން ދިން ބަޔާނުގައި ބުނެފައިވެއެވެ.

133HN14ޤާތިލުގެ ކިބައިން މަރަށްމަރު ހިފުމާއި، ޤިޞާޞްގެ ބަދަލުގައި ދިޔަ ހިފުމާއި އެއްޗެއް ބަދަލެއްނެތި މަޢާފު ކުރުމާއި މިއީ މަޤްތޫލުގެ ވާރިޘުންނަށް ލިބި އޮތް ޙައްޤެކެވެ. އަދި ޤާތިލުގެ ކިބައިން ޤިޞާޞް ހިފމުގު ކުރިން ހަމަ ކޮންމެ ވަގުތެއްގައިވެސް ވާރިޘުންނަށް ޤިޞާޞް ހިފުމުގެ ޙައްޤު ދޫކޮށްލައި އެހެން ގޮތެއް ޚިޔާރު ކުރުމުގެ ފުރުޞަތު އޮތަތީ، މިމަރުޙަލާގައި އިތުރަށް ވާރިޘުންގެ ބަސް ހޯދުމުގެ ބޭނުމެއް އޮތްކަމަށް ނުދެކެވެ. ނަމަވެސް، ޤިޞާޞް ހިފުމުގެ ޙުކުމް ތަންފީޛު ކުރުމުގެ ކުރިން އެޙުކުމް ތަންފީޛު ކުރާ ފަރާތަކުން ނުވަތަ ދައުލަތުގެ އެކަމާ އެވަގުތަކު ޙަވާލުވެ ހުރި ފަރާތަކުން، ވާރިޘުންގެ ބަސް އަލުން އިތުރަށް ހޯދައި އެންމެ ފަހު ވަގުތުގައިވެސް ވާރިޘުންތިބީ ޤިޞާޞް ހިފަންތޯ ބަލައި އެމީހުންގެ ބަސް ކަށަވަރު ކުރަން ވާނެއެވެ.

ނިންމުން

134އިސްވެ ބަޔާންވެދިޔަ ކަންކަން އެހެން ހުރުމާއެކު، ޝާ އަލޮމްގެ މައްޗަށް ދަށު ކޯޓުން ސާބިތުކޮށްފައިވާ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށް އޭނާގެ އިޢުތިރާފުން ސާބިތުކޮށްފައިވަނީ އެއިޢުތިރާފު ބަލައިގަތުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ޤާނޫނީ އެންމެހައި އިޖުރާއަތުތައް ފުރިހަމަ ކޮށްފައިކަމަށް އަހަރެންނަށް ބުރަވެވޭތީ އާއި ދަށު ކޯޓުގައި ވެފައިވާ އިޢުތިރާފުން ރުޖޫޢަވުމަށްޓަކައި ޝާ އަލޮމް މިހާރު މިކޯޓުގައި ދައްކާ ވހަކަތާ ކ ކ، ސަބަބު ވެރިހަމައަކުން ބަލާއިރު، ޤަބޫލު ކުރެވޭނެ ކަންތައްތަކެއްކަމަށް ނުވާތީ، ދަށު ކޯޓުން ޝާ އލޮމްގަ މައްޗަށް ޤަޞްދުގައި މީހަކު މެރުމުގެކުށް ސާބިތުވާކަމަށް ކަނޑައަޅާއި އޭނާ މެރުމަށް ޙުކުމް ކޮށްފައިވަނީ ރަނގަޅަށް ކަމަށް ވާތީ އެޙުކުމް ދަމަހައްޓަން ޖެހޭކަމަށް އަހުރެން ދެކެ މެވެ.

ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރަޢުޔު

135އަހުރެން ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރަޢުޔަށް ތާއީދުކުރަމެވެ. 1022/r rc-JC/l a.PlP t 2a2 ,.*2a,1.// Jr tey ,.r-2rr )2 .PrJ/[email protected] .,. t,[email protected] . /ptt-/ 1.3.X'- i

12.,t2 ar22 2-t - 7 34lCr-C12021 // o 2x Loalrt2 ar, a /a/ ,, ca,,ra> ,., o.,o / ,!r ,P1 t JrJpo!4 Jr.y , (.atr L2- t, 2.2),9to@,- .,,-2 y ,2t,.2 ./t.2 r-a, 2.u 2-1/ /-Jo25p5 2rp3r.1 t/ra2,/ 2-"r- J t,2tl-. t.u -/ )/ 2t 'a .2 21.'.1'2t'.a 2-/- t, J-rer., @2).a 3./2 C 2 J 2-r.2' 2.2-j 2@ .43 e)/.4./ t c-r.r,/t/r jr-r 2 ".4 itt cr/) ? 2P.J /." t,*l \,.,-ttt ) .\Jtttt+ | \J.tlJltle :2j ,2r//u,rt,2t,- 1/-,.ert, !ct/,t, -vJ ' *.rvw.highcourLgov.u * :t-:-ij [email protected] ,iu S-:.'

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 21 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާއި (ނ)
  • ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1204 ވަނަ މާއްދާގެ (ހ)، (ށ)، (ނ) (2) އަދި (ރ)
  • ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1205 ވަނަ މާއްދާގެ (ހ) އާއި (ށ)
  • ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 52 ވަނަ މާއްދާ އަދި 62 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 26/2015 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް 3 ވަނަ އިޞްލާޙު)
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 19 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 104 ވަނަ މާއްދާގެ (ހ) އާއި (ށ)
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 107 ވަނަ މާއްދާގެ (ހ) (1)، (ނ) (1)–(10) އަދި (ރ)
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 108 ވަނަ މާއްދާ (ހ)
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 109 ވަނަ މާއްދާގެ (ހ) އާއި (ށ)
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 111 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 162 ވަނަ މާއްދާ، 163-1 ވަނަ މާއްދާ އަދި 167 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 21/2022 (ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިޞްލާޙު)
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 38 ވަނަ މާއްދާ އަދި 43 ވަނަ މާއްދާ
  • ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވައިދު (01-REG-SC-2021) ގެ 110 ވަނަ މާއްދާގެ (ނ) އަދި ޖަދުވަލު 32 (ޚިލާފު ރައުޔުގައި)
  • ސުޕްރީމް ކޯޓުގެ އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކޯޓުތަކުގެ އަޑުއެހުންތަކާއި ޝަރީޢަތްތައް ކުރިއަށް ގެންދިއުމާބެހޭ ގަވާއިދު
  • ސުޕްރީމް ކޯޓުގެ ސަރކިއުލަރ ނަންބަރު 2015/13/SC އަދި 2015/14/SC (ބާޠިލުކޮށްފައި)
  • ސުޕްރީމް ކޯޓު: 2020/SC-JC/04 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އާމިނަތު އަޙްމަދު)
  • ސުޕްރީމް ކޯޓު: 2011/SC-A/23 (ދައުލަތް ވ. ޙަސަން ޢަބްދުﷲ އަދި އިތުރު ފަސް ފަރާތެއް (2011) 23 ދރ.ސކ.)
  • ސުޕްރީމް ކޯޓު: 2016/SC-A/19
  • ހައިކޯޓު: 2018/HC-JC/04
  • ހައިކޯޓު: 2017/HC-A/178

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ