ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2023/HC-A/318

ޢަލީ މުސްތަފާ ވ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ހައިކޯޓު · 18 ޖުލައި 2024ދަށު ކޯޓު: ސިވިލް ކޯޓު 144-B8/VN2023/01ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 144-B8/VN2023/01
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދުމުގެ ޝަރުޠު ފުރިހަމަނުވާކަމަށް ދައުލަތުން ނިންމި ނިންމުމާ ގުޅޭ ޖުޑީޝަލް ރިވިއުގެ މައްސަލައިގައި، ވަގުތީ އަމުރު ނުނެރުމަށް ސިވިލް ކޯޓުން ނިންމިއިރު، ހުށަހެޅި ހެކިތަކަށް ރިޢާޔަތްނުކޮށް ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ނިންމައި ޢަބްދުﷲ ޖަމީލް ޤަޟިއްޔާ ގޯސްކޮށް ތަޠުބީޤުކުރިތޯއާއި، ޕްރައިމާ ފޭސީ މިންގަނޑަށްވުރެ މަތީ މިންގަނޑަކުން ހެކި ވަޒަންކުރިތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ސިވިލް ކޯޓުގެ ވަގުތީ އަމުރާމެދު ނިންމިގޮތް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ވަގުތީ އަމުރަކީ، ކޯޓަށް ހުށަހެޅިފައިވާ ދަޢުވާއެއްގައި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ވަގުތީ ފަރުވާއެއް ހޯދައިދިނުމުގެ ގޮތުން ކޯޓުން ނެރެދޭ ވަގުތީ ފަރުވާގެ އަމުރެކެވެ.

HN2 މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހުވެސް، ވަގުތީ ފަރުވާ ދޭންޖެހޭ ޙާލަތެއް ވުޖޫދުވެފައިވޭތޯ ބެލުމުގައި ޢަމަލުކުރެވޭނީ ސުޕްރީމް ކޯޓުން ނެކްސްބިޒް މައްސަލައާއި އެސް.ޕީ.އެޗް ވ. ޖުމެއިރާ މައްސަލައިގައި ކަނޑައަޅާފައިވާ އުޞޫލުތަކަށެވެ. އެއީ: (1) އެދޭ ފަރާތަކީ ވަގުތީ އަމުރަކަށް އެދުމުގެ ޞިފަތު ނުވަތަ ޙައިޘިއްޔަތު ލިބިފައިވާ ފަރާތެއްކަމުގައިވުން، (2) ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވުން، (3) ވަގުތީ އަމުރު ނުނެރެ މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ނުރައްކަލެއް ނުވަތަ ތަދާރުކު ނުކުރެވޭ ގެއްލުމެއް އޮތުން.

HN3 މައުޟޫޢީ ދަޢުވާ ލަސްވުމުން ޚަސްމުންނަށް ލިބިދާނެ ގެއްލުން ވަޒަންކުރުމުގައި ރިޢާޔަތްކުރެވޭނީ ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓަށެވެ.

HN4 ދަށުކޯޓުން ވަގުތީ އަމުރާމެދު ގޮތެއް ނިންމިފަހުން ތައްޔާރުކޮށް ސޮއިކޮށްފައިވާ ލިޔުމަކަށް، އެ ނިންމުމުގެ އިސްތިއުނާފުގެ މަރުޙަލާގައި ރިޢާޔަތްކުރެވޭނެ ޤާނޫނީ ހަމައެއް ނެތެވެ.

HN5 ވަގުތީ އަމުރެއްގައި އެދޭ ފަރުވާއަކީ މައުޟޫޢީ މައްސަލައިގައި އެދޭ ފަރުވާއާ އެއް ފަރުވާއެއްނަމަ، މައުޟޫޢީ މައްސަލައިގައި ކުރިއާލައި ގޮތެއް ކަނޑައެޅުމުގެ ފުރުޞަތު އޮންނާނެތީ، އެ ޙާލަތުގައި ވަގުތީ އަމުރެއް ނުނެރެވޭނެއެވެ.

HN6 ޙިމާޔަތްކުރެވެންޖެހޭ މައުޟޫޢީ ޙައްޤު ފާޅުކަން ބޮޑުގޮތެއްގައި އޮތްތޯ ބެލުމުގައި ހެކި ވަޒަންކުރަނީ މަތިމަތިންނެވެ؛ ހެކިތަކުން ދޭހަވާ ވާޤިޢާއަކާމެދު ކުރިއާލައި ވަކިގޮތެއް ނިންމުމަކާނުލައި، ޖުމްލަ ހެއްކަށް ރިޢާޔަތްކޮށް އެފަދަ ޙައްޤެއް އޮތުމުގެ ފުރުޞަތު ބޮޑުކަމާމެދު ގޮތެއް ނިންމޭ މިންވަރަށް ކަންކަން ސާފުވާންވާނެއެވެ.

HN7 ވަގުތީ އަމުރުގެ އިސްތިއުނާފުގައި، މައުޟޫޢީ ދަޢުވާގެ މައިގަނޑު ޤާނޫނީ ބަހުސަށް (މިސާލަކަށް އުޞޫލެއްގެ ޝަރުޠު ފުރިހަމަވޭތޯ) ގޮތެއް ނިންމުމަކާނުލައި، އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތަށާއި މިންވަރަށް ހައިކޯޓަށް ރިޢާޔަތް ނުކުރެވޭނެއެވެ؛ އެފަދަ ގޮތަކަށް ހެކި ވަޒަންކުރުމަށް އެދުމަކީ ޕްރައިމާ ފޭސީ މިންގަނޑުން ހެކި ވަޒަންކުރުމަށް އެދުމެއް ނޫނެވެ.

HN8 އެދޭ ފަރާތުގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ބޯހިޔާވަހިކަމެއް އޮތްކަމުގެ މައްޗަށް ޕްރައިމާ ފޭސީ މިންގަނޑުން މަތިމަތިން ބަލައި، ޙިމާޔަތް ލިބެންޖެހޭ ޤާނޫނީ މަރުކަޒެއް ފާޅުކަން ބޮޑުގޮތެއްގައި ނެތްކަމަށް ކަނޑައެޅުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާއި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނިންމުމެއް ކަމަށާއި، ޢަބްދުﷲ ޖަމީލް ޤަޟިއްޔާ (2015/SC-A/17) ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށްކަމަށް ކޯޓުން ނިންމިއެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ޢރުޝަދަ ޢަބްދުލްޙަކީމް، ދަ ލޯ އޮފީސް އޮފް އަރުޝަދު ހަކީމް
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ސަހުނާ ޢަބްދުއްޞަމަދު، ސާދިން މުޙައްމަދު ރަޝީދު
ބެންޗު
ދީބާނާޒް ފަހުމީ، މުޙައްމަދު ފައިޞަލް، ޙުޒައިފާ މުޙައްމަދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ދީބާނާޒް ފަހުމީ · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ޙުޒައިފާ މުޙައްމަދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔު (މި ރައުޔަށް ފަނޑިޔާރު މުޙައްމަދު ފައިޞަލް އަދި ފަނޑިޔާރު ޙުޒައިފާ

މުޙައްމަދު ތާއީދު ކުރައްވައެވެ).

ތަޢާރފަ

1މި މައްސަލައަކީ، ސިވިލް ކޯޓުގެ ނަންބަރު 2023-CVC-2843 ޤަޟިއްޔާއިން ބައްލަވަމުން ގެންދަވާ ޖުޑީޝަލް ރިވިއުގެ މައްސަލައިގައި، ސިވިލް ކޯޓުގެ ނަންބަރު B8/VN/2023/01-144 (12 ސެޕްޓެމްބަރ 2023) "ވަގުތީ އަމުރާމެދު ނިންމި ގޮތް" އިސްތިއުނާފު ކުރުމަށްއެދި، […] ޢަލީ މުޞްޠފަ މުޙައްމަދު، (މީގެފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ޢަލީ މުޞްތަފާ މުޙައްމަދު" ކަމަށްބުނެފައިވާ ) ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައިފައިވާ ޤަޟިއްޔާއެކެވެ.

2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ، ދައުލަތުގެ ތެރެއިން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (މީގެފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "ދައުލަތް" ނުވަތަ "މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ" ކަމަށްބުނެފައިވާ)ގެ މައްޗަށެވެ.

މައްސަލައިގައި ކަންހިނގާފައިވާގޮތް

3މި މައްސަލައާއެކު ލިބިފައިވާ ލިޔުންތަކުގެ މައްޗަށް ބިނާކޮށް، ފާހަގަކުރެވޭ ކަންކަން ތިރީގައި ބަޔާން ކޮށްފައިވާ އިރު، މި އިސްތިއުނާފާ ގުޅުންހުރި މައުޟޫޢީ މައްސަލައަކީ ސިވިލް ކޯޓުގައި ކުރިއަށްދާ މައްސަލައަކަށްވެފައި، ތިރީގައިވާ ކަންކަން ބަޔާންކޮށްފައިވަނީ މި މައްސަލައިގެ ކަންހިނގާފައިވާގޮތް ސާފުކޮށްދިނުމުގެ ބޭނުމުގައެވެ. އެހެންކަމުން، އެކަންކަން މި ނިންމުމަށް ގައިދުކުރަމެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ.

4އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ޖުޑީޝަލް ރިވިއުގެ ދަޢުވާ ފޯމުގައި، މާލޭގެ ކޮށީ ނަންބަރު 175 ގައިއޮތް، މުތްކޮޅު އެވެކިޔާ ގޯތީގައި، ދަޢުވާކުރާ ފަރާތުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ

123.5 އަކަފޫޓު އޮތްކަމަށްބުނެ، އެކަން ސާބިތުކުރުމުގެ ގޮތުން އެ ގޯތީގެ ރަޖިސްޓަރީ އެގްޒިބިޓް 3 ގެގޮތުގައި ހުށަހަޅާފައިވެއެވެ.

5ޢަލީ މުޞްޠަފާ މުޙައްމަދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ލިޔުންތަކަށް ބަލާއިރު، އަމީން ބިލްޑްވެއަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، ހުޅުމާލެ ލޮޓު ނަންބަރު 24-N2 ގައި ތަރައްގީކުރ އަމީނާ އެވެނިއުގެ ބްލޮކް Bގެ ނަންބަރު B1102 އެޕާޓްމަންޓާއި، އެ އެޕާޓްމަންޓްގެ ނިސްބަތުންޖެހޭ ބިމުން ޙިއްޞާވާ މިންވަރު ގަނެ ވިއްކުމާގުޅޭގޮތުން، އަމީން ބިލްޑްވެއަރއާއި، މި މައްސަލަ އިސްތިއުނާފުކުރާ ޢަލީ މުޞްޠަފާ މުޙައްމަދއު ދެމެދު، 13 އޮގަސްޓު 2017 ދުވަހު އެއްބަސްވުމެއް ވެފައިވާކަން އެނގެއެވެ. މި އެއްބަސްވުމުގެ ބައިވެރިންގެ ގޮތުގައި އަމީން ބިލްޑްވެއަރއާއި ޢަލީ މުޞްޠަފާ މުޙައްމަދު ފިޔަވައި އިތުރު ފަރާތެއްނެތެވެ.

6މާލެއަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުގެ ދަށުން، "ގެދޮރުވެރިން" މި ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމްގެ ތެރެއިން، މާލޭގެ ރައްޔިތުންނަށް ގޯތިދޫކުރުމަށްޓަކައ ހިންގި "ބިންވެރިޔާ ސްކީމް"ގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމާ ގުޅޭކަންކަމާއި، ގޯއްޗަށްއެދ ކުރިމަތިލި ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ މަޢުލޫމާތު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު 2/154HDS3/471/202-(IUL)471 (27 ޖޫން 2022) އިޢުލާނުން ޢާއްމުކޮށްފައިވެއެވެ. އެ މީގެ ފަހުން "އަމީން ބިލްޑްވެއަރ"ކަމަށް ބުނެފައިވާ. އިޢުލާނަކީ 26 ޖޫން 2022 ދުވަހު ކުރިއިޢުލާނުގައި ކުށެއްއޮތުމުން އިޞްލާޙުކޮށް އަލުންހަމަ އެ ނަންބަރުގައި 27 ޖޫން 2022 ދުވަހު ކޮށްފައިވާ އިޢުލާނެކެވެ.

7މާލެއަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތު އެއްގޮތްވާ ގޮތުގެމަތިން، އުޞޫލު ނަންބަރު 19-2022/G "ބިންވެރިޔާ ސްކީމްގެދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު" ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައިވަނީ 26 ޖޫން 2022 ދުވަހުއެވެ.

8ޢަލީ މުޞްޠަފާ މުޙައްމަދު ގަނެފައިވާ، އަމީން އެވެނިއު، ޓީކްގެ އެޕާޓްމަންޓް ނަންބަރު B1102 އަކީ، އިސްތިއުނާފުކުރާ ފަރާތާއި، […] ފާޠިމަތު ސާދުނާއާއި، […] ޢާއިޝަތު ޢުލްޔާ މުޞްޠަފާއާ ތިންމީހުންގެ ތަނއެ ކަމަށާއި، އެތަނަށް ބުނެވިދިޔަ ތިންމީހުންވެސް ފައިސާ ދައްކާފައިވާކަމަށާއި، އެތަން ތިންމީހުންގެ މައްޗަށް ރަޖިސްޓަރީކޮށްދިނުމަށް އެދޭކަމަށްބުނެ، އަމީން ބިލްޑްވެއަރގެ މެނޭޖިންގ ޑިރެކްޓަރަށް ބުނެވިދިޔަ ތިންމީހުންގެ ނަމުގައި ސ އިކޮށް، ސިޓީއެއް ފޮނުވާފައިވެއެވެ. 13 އޮގަސްޓު 2017 ދުވަހު ޢަލީ މުޞްޠަފާ މުޙައްމަދުގެ ނަމުގައިއޮތް އެޕާޓްމަންޓު، އިސްތިއުނާފުކުރާ ފަރާތާއި، ފާޠިމަތު ސާދުނާއާއި، ޢާއިޝަތު ޢުލްޔާ މުޞްޠަފާގެ ނަންމައްޗަށް ބަދަލުކުރުމަށްއެދ ސިޓި ފޮނުވާފައިވަނީ 10 ޖުލައި 2022 ދުވަހުއެވެ.

9ހުޅުމާލެ ލޮޓު ނަންބަރު 24-N2 ގައި ތަރައްގީކުރ އަމީނާ އެވެނިއުގެ އެޕާޓްމަންޓެއް ގަތުމަށް، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން އާއެކު އިސްތިޞްނާޢު އިސްލާމިކް ފައިނޭންސް ފެސިލިޓީ އެގްރީމަންޓއްގައި، ޢަލީ މުޞްޠަފާ މުޙައްމަދުއާ ފާޠިމަތު ސާދުނާ ސޮއިކޮށްފައިވާއިރު، އެ އެއްބަސްވުން ވެފައިވާ ތާރީޚެ އ އެލިޔުމުން އެނގޭކަށްނެތެވެ. މީގެފަހުން "ބިންވެރިޔާ އުޞޫލު"ކަމަށް ބުނެފައިވާ. މީގެފަހުން "އެޗް.ޑީ.އެފް.ސީ"ކަމަށް ބުނެފައިވާ.

10ޢަލީ މުޞްޠަފާ މުޙައްމަދުގެ ފަރާތުން ބިންވެރިޔާ އުޞޫލުގެ ދަށުން ގޯއްޗަށްއެދި ހުށަހަޅާފައިވަނީ 18 ސެޕްޓެމްބަރ 2022 ދުވަހުކަމަށް އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާފޯމުގައި ބުނެފައިވެއެވެ. ބިންވެރިޔާ އުޞޫލުގެ 3 ވަނަ މާއްދާގެ (ނ)ގައި، އެ އުޞޫލުގެދަށުން ގޯއްޗަށްއެދޭ ފަރާތަކީ މާލެ ސަރަޙައްދުގައި ތިމާގެ އަމިއްލަ ނަމުގައި 600 (ހަސަތޭކަ) އަކަފޫޓަށްވުރެބޮޑު ބިމެއް ނުވަތަ ބޯހިޔާވަހިކަމެއް ނެތްމީހަކަށ ވާންވާނެކަމަށް ބުނެފައިވެއެވެ.

11ބިންވެރިޔާ އުޞޫލުގެ ދަށުން ގޯއްޗަށްއެދ ހުށަހަޅާފައިވި ފަރާތްތަކުގެ ވަގުތީ ލިސްޓުގައި، ބިންވެރިޔާ އުޞޫލުގެ 3 ވަނަ މާއްދާގެ (ނ)ގައިވާ ޝަރުޠާ އިސްތިއުނާފުކުރު ފަރާތުގާ ކިބައިން ފުރިހަމަނުވާކަމަށް އެންގުމުން، ޝަރުޠު ފުރިހަމަނުވާކަމަށް ކަނޑައަޅުއްވާފައިވާގޮތާ ގުޅޭގޮތުން ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް 11 ޖުލައި 2023 ދުވަހު ޢަލީ މުޞްޠަފާ މުޙައްމަދު ޝަކުވާ ހުށަހަޅާފައިވެއެވެ. ބުނެވިދިޔަ ވަގުތީ ލިސްޓުގައި، ފޯމު ނަންބަރު B2022/41185 ހުށަހަޅާފައިވަނީ، ޢަލީ މުޞްޠަފާ މުޙައްމަދާއި […] ވުޑް، ޢާއިޝތަ ޢުލްޔާ މުޞްޠަފާކަމަށް ދައްކާއިރު، ޢާއިޝތަ ޢުލްޔާ މުޞްޠަފާގެ ޝަރުޠު ހަމަވާކަމަށާއި، ޖޮއިންޓްވެގެން ގޯތިލިބުމުގެ ފުރުޞަޠު އޮތްކަމަށްވެސް ބުނެފައިވެއެވެ.

12ހުޅުމާލެ ލޮޓު ނަންބަރު 24-N2 ގައި ތަރައްގީކުރ އަމީނާ އެވެނިއުގެ ބްލޮކް B ގެ ނަންބަރު B1102 އެޕާޓްމަންޓާއި އެ އެޕާޓްމަންޓްގެ ނިސްބަތުންޖެހޭ ބިމުން ޙިއް ޞާވ މިންވަރާ ގަނެވިއްކުމާ ގުޅޭގޮތުން، ޢަލީ މުޞްޠަފާ މުޙައްމަދުއާއި ފާޠިމަތު ސާދުނާއާއި ޢާއިޝަތު އުލްޔާ މުޞްޠަފާ، މި ތިންމީހުންނާއި އަމީން ބިލްޑްވެއަރއާ ދެމެދު، 17 ސެޕްޓެމްބަރ 2023 ދުވަހު އެއްބަސްވުމެއް ވެފައިވެއެވެ. ސިވިލް ކޯޓުގެ ނަންބަރު 2023-CvC-2843 ޤަޟިއްޔާއާއެކު އެގްޒިބިޓް 2ގ ގޮތުގައެ ހުށަހަޅާފައިވާ، މާލެ ސަރަޙައްދުން ގޯތިލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓުގެ ގޮތުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރއިން ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ ލިޔުން.

13މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށް ހުޅުވާލި ފުރުޞަތުގައި، ބިންވެރިޔާ އުޞޫލުގެދަށުން ޢަލީ މުޞްޠަފާ މުޙައްމަދު ގޯއްޗަށްއެދި ހުށަހެޅުމުން، އިސްތިއުނާފުކުރާ ފަރާތުގެ ޝަރުޠު ފުރިހަމަނުވކަމަށާ ދައުލަތުން ކަނޑައަޅުއްވާފައިވަނީ އެ އުޞޫލާ ޚިލާފަށްކަމަށާއި، ދައުލަތުގެ ޢަމަލުގެ ސަބަބުން ޢަލީ މުޞްޠަފާ މުޙައްމަދުގެ ޙައްޤަށް އުނިކަންލިބިފައިވާތީ، ދައުލަތުގެ ނިންމުމަކީ ޤާނޫނީ އިމުގެތެރެއިން އަޅާފައިވާ ފިޔަވަޅެއްތޯ ބަލައިދިނުމަށާއި، އެ ފިޔަވަޅަކީ ޤާނޫނީ އިމުންބޭރުން އަޅާފައިވާ ފިޔަވަޅެއްނަމަ ބާޠިލު ކޮށްދިނުމަށާއި، ބިންވެރިޔާ އުޞޫލުގެ 3 ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާ ޝަރުޠު އިސްތިއުނާފުކުރާ ފަރާތުގެ ކިބައިގައި ފުރިހަމަވާކަމަށް ކަނޑައަޅައި ދިނުމަށްއެދި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ)ގެ ދަށުން ޖުޑީޝަލް ރިވިއުގެ މައްސަލައެއް އިސްތިއުނަފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ. އެ މައްސަލަ ބަލަނީ ސިވިލް ކޯޓުގެ ނަންބަރު 2023-CVC-2843 ޤަޟިއްޔާއިންނެވެ.

14ބިންވެރިޔާ ސްކީމްގެ ދަށުން ބަންޑާރަގޯތި ހޯދުމަށްއެދި ޢަލީ މުޞްޠަފާ މުޙައްމަދުގެ ފަރާތުން 18 ސެޕްޓެމްބަރ 2022 ދުވަހު ހުށަހެޅުމުން، ބިންވެރިޔާ އުޞޫލުގެ ދަށުން ގޯއްޗަށްއެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓު ޝާއިޢުކުރިއިރު، އިސްތިއުނާފުކުރާ ފަރާތުގެ ޝަރުޠު ފުރިހަމަނުވާކަމަށް ކަނޑައަޅާފައިވާތީ، ޝަރީޢަތުން ވަކިގޮތެއް ކަނޑައަޅަންދެން ބިންވެރިޔާ އުޞޫލުގެ ދަށުން ގޯތި ދޫކުރުމުގެގޮތުނ ދައުލަތުން ކުރަމުންދާ އެންމެހައި ކަންކަން ހުއްޓާލުމަށް ދައުލަތުގެ މައްޗަށް އަމުރު ކޮށްދިނުމަށާއި، ޢަލީ މުޞްޠަފާ މުޙައްމަދުގެ ނަމުގައި މާލެ ސަރަޙައްދުން 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ބޮޑުބިމެއް ރަޖިސްޓަރީ ކޮށްފައިވާކަމުގެ ހެކިހާމަކުރުމަށް އެންގުމަށްއެދި ވަގުތީ އަމުރަކަށް އެދިފައިވެއެވެ. މީގެފަހުން "ޤާނޫނުއަސާސީ"ކަމަށް ބުނެފައިވާ.

15މި މައްސަލައިގައި ޢަލީ މުޞްޠަފާ މުޙައްމަދުގެ ފަރާތުން އިސްތިއުނާފު ކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 2023-CVC-2843 ޤަޟިއްޔާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ވަގުތީ އަމުރަކަށް އެދުމުން، އެ އަމުރާމެދު ނިންމިގޮތެވެ.

ސިވިލް ކޯޓުން ނިންމިގޮތް

16އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ކަންކަމުގެ މައްޗަށް ބިނާކޮށް، ކޯޓުން ނިންމާފައިވާ މައިގަނޑުކަންކަން ތިރީގައި އެވަނީއެވެ. "5. ވަގުތީ އަމުރަށްއެދޭ ފަރާތަށް، ޤާނޫނީގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހްތިމާލް ފާޅުކަން ބޮޑު ގޮތެއްގައި ގާއިމްވެގެންތޯ ބަލާއިރު، މާލެ ސަރަހައްދުން ގޯތި ދޫކުރުމުގެ އުސޫލިގެ 3 ވަނަ މާއްދާގެ (ނ)ގައި ވަނި "މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިގިނލި) ގައި ތިމާގެ އަމިއްލަ ނަމުގައި 600 (ހަސަތޭކަ) އަކަފޓަށްވުރޫ ބޮޑު ބިމެއް ނުވަތަ ބޯހިޔާވަހިކަމެއް ރަޖިސްޓަރީވެފައި ނެތުން" މިފަދައިންކަމާއި، ހުށަހެޅިފައިވާ މައްސަލައިގައި 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ބޮޑު ބޯހިޔާވަހިކަމެއް ޢަލީ މުޞްޠަފާ މުޙައްމަދު އަށް ލިބިފައި އޮތްކަން 1102 -Ameen Avenue Teak B އިން އެގެން އޮތުމުން، ޢަލީ މުޞްޠަފާ މުޙައްމަދު އަށް ހިމާޔަތްލިބެންޖެހޭ މައުޟޫއީ ހައްގެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހްތިމާލް ފާޅުކަން ބޮޑު ގޮތެއްގައި ގާއިމްވެގެން ނުވާކަމުގައި ޝަރީޢަތުން ދެކެމެވެ.

6. 1102 -Ameen Avenue Teak B ޢަލީ މުޞްޠަފާ މުޙައްމަދުގެ ނަމުގައި ރަޖިސްޓްރީވެފައި ނުވިކަމުގައި ވީނަމަވެސް ޢަލީ މުޞްޠަފާ މުޙައްމަދު އާ އެކު ދެންނެވުނު ފުލެޓް ގަތުމަށް އެއްބަސްވުމެއް ވެފައިވާކަން ދެފަރާތުގެ ބަހުންނާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެގޭކަމާއި އެ ފުލެޓްގ އަތުގެ ވެރިކަން އޮތީ ޢަލީ މުޞްޠަފާ މުޙައްމަދުގެ އަތުގައި ކަމާއި އެ ފުލެޓްގެ މައްޗަށް ޢަލީ މުޞްޠަފާޙައްމަދުގެ ކޮންޓްރޯލް އޮތުމުން 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ބޮޑުބިމެއް އެފަރާތުގެ ނަންމަތީގައި ރަޖިސްޓްރީވެފައިވާކަން ބަލަންޖެހޭ ކަމުގައި ދެކެމެވެ. މި އުސޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޖަމީލް ވ. ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ ޤަޟިއްޔާގެ 38 ވަނަ ނަންބަރުން ވެސް އެގެން އޮވެއެވެ.

7. (Prima facie) ކޮށް ފުރަތަމަ ނަޒަރުން ބަލާއިރު މި މައްސަލައިގައި ޢަލީ މުޞްޠަފާ މުޙައްމަދު އަށް ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ހައްގެއް އޮތްކަން އެގޭނެ ކާފީ ވަގާއިއުތަކެއ ފެންނަން ނެތެވެ.

8. ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ހައްގެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑުގޮތެއްގައި ފެންނަން ނެތުމުން ގެއްލުމަކީ ތަދާރުކް ނުކުރެވޭނެ ގެއްލުމެއްތޯ ނުވަތަ ނޫންތޯ ބަލަންޖެހޭ ސަބަބެއް ނެތުމުން މިމައްސަލާގައި އެކަން ބަލާފައި ނުވާނެއެވެ.

9. ޢަލީ މުޞްޠަފާ މުޙައްމަދުގެ ނަމުގައި މާލޭ ސަރަހައްދުން 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ރަޖިސްޓރީކޮށްފައިވަ ކަމުގެ ހެކި ހާމަކުރުމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގެ (ށ) ގެ (9) ގެ ދަށުން ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވާއިރު މިމައްސަލާގައި ދައުލަތުން ފާހަގަކުރާ 600 އަކަފޫޓަށް ވުރެ ބޮޑު ބޯހިޔާވަހިކަމެއް ޢަލީ މުޞްޠަފާ މުޙައްމަދުގެ ނަމުގައި އޮތްކަމާއި ގުޅޭ ހެކި ނުވަތަ އެކަމާގުޅޭ އެއްބަސްވުން މިމައްސަލާގައި ދައުވާއާއެކު ހުށަހަޅާފައިވާތީ، އެފަދަ އަމުރެއް ނެރުމާމެދު މިމައްސަލާގައި ގޮތެއް ކަނޑައަޅަންޖެހޭ ތަނެއް ނެތެވެ. ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ރިޢާޔަތްކުރާއިރު، ޢަލީ މުޞްޠަފާ މުޙައްމަދު އެދިފައިވާފަދަ ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ކަނޑައަޅައިފީމެވެ." އިސްތިއުނާފު ނުކުތާއާއި ދެކެވުނު ވާހަކަ

17ސިވިލް ކޯޓު ގެ ވަގުތީ އަމުރާމެދު ނިންމިގޮތަކ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ނިންމުމެއް ކަމަށްބުނެ، އިސްތިއުނާފުކުރާ ފަރާތުން 2 (ދޭއް) ނުކުތާ ހުށަހަޅާފައިވެއެވެ . މި މައްސަލައިގެ އިސްތިއުނާފު ފޯމުގައިވާ ނުކުތާތަކުގެ ތަފުސީލާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެކެވުނު މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

18އިސްތިއުނާފުކުރާ ފަރާތުގެ ފުރަތަމަ ނުކުތާގައި، ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ބޮޑު ބޯހިޔާވެހިކަމެއް ޢަލީ މުޞްޠަފާ މުޙައްމަދަށް ލިބިފައި އޮތްކަން އަމީން އެވެނިއު ޓީކް B1102އިނ އެނގެން އޮތްކަމަށާއި ޢަލީ މުޞްޠަފާ މުޙައްމަދުއަށް އަމީން އެވެނިއު ޓީކް B1102ގ އަތުގެ މިލްކުވެރިކަން ލިބިފައިވާކަމަށް ކަނޑައަޅުއްވާފައިވަނީ، ދަޢުވާއާއި ވަގުތީ އަމުރާމެދު ބަހުސްކުރުމަށ ބޭއްވުން ޝަރީޢަތުގެ މަޖިލީހުގައި، ޝަރީޢަތުން ބަލައިގެންފައިވާ ހެއްކަށް ރިޢާޔަތް ކުރެއްވުމެއްނެތި، ޤާނޫނު ނަނަބަރު 2010/13 (ފަނޑިޔާރުންގެ ޤާނޫނު)ގެ 5 ވަނަ މާއްދާގެ (ށ)އާ ޚިލާފަށްކަމަށާއި، އަދި އެ މައްސަލައަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދު ﷲ ޖަމީލް ވ. ފާދިއްޕޮޅު ނައިފަރު ކައުންސިލުގެ އިދާރާ ޤަޟިއްޔާ ތަޠުބީޤު ކުރައްވާފައިވަނީ ގޯސްކޮށްކަމަށް ބުނެފައިވެއެވެ.

19ސިވިލް ކޯޓުން ވަގުތީ އަމުރާމެދު ނިންމެވިގޮތުގައި، ޢަލީ މުޞްޠަފާ މުޙައްމަދުއަށް ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނެތްކަމަށް ކަނޑައަޅުއްވފާ އިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ)އާ ޚިލާފަށްކަމަށް އިސްތިއުނާފުކުރާ ފަރާތުންދެކޭ ސަބަބުތަކުގެ ތެރޭގައި، ސިވިލް ކޯޓުން އަމުރާމެދު ގޮތެއްނިންމެވުމުގައި ރިޢާޔަތް ކުރައްވާފައިވަނީ، އަމީން އެވެނިއު، ޓީކް B1102 ފްލެޓް ގަތުމުގެ އެއްބަސްވުމަށް އެކަނިކަމަށްވުން ހިމެނޭކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން ހެއްކާއެކު ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް، އިސްތިއުނާފުކުރާ ފަރާތުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވަނީ "މުތްކޮޅު" އެވެކިޔާ ގޯތީގައިވާ 123.5 އަކަ ފޫޓުކަން އެނގޭކަމަށެވެ.

20އަމީން އެވެނިއު ޓީކް B1102 އެޕާޓްމަންޓު ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޢަލީ މުޞްޠަފާ މުޙައްމަދުގެ ނަމުގައިކަމަށެވެ. އެހެންނަމަވެސް، އެ އެޕާޓްމަންޓު ގަނެފައިވަނަ އިސްތިއުނާފުކުރާ ފަރާތުގެ އަންހެނުން ފާޠިމަތު ސާދުނާއާއި ދަރިފުޅު ޢާއިޝތަ ޢުލްޔާ މުޞްޠަފާގ މާލެ އެހީތެރި ކަމާއެކުކަމަށާއި، އެޕާޓްމަންޓުގެ މިލްކުވެރިކަން ތިންމީހުންގެ ނަންމައްޗަށް ބަދަލުކުރުމަށްއެދި 10 ޖުލައި 2022 ދުވަހު އަމީން ބިލްޑްވެއަރއަށ ހުށަހަޅާފައިވް ސިޓީއާއި، އެ އެޕާޓްމަންޓު ގަތުމަށް ތިންފަރާތުން އަމީން ބިލްޑްވެއަރއާއެކު 17 ސެޕްޓެމްބަރ 2023 ދުވަހު ވެފައިވާ އެއްބަސްވުން ސިވިލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ. މީގެފަހުން "ފަނޑިޔާރުންގެ ޤާނޫނު"ކަމަށް ބުނެފައިވާ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/17 ޤަޟިއްޔާ، އަދި މީގެފަހުން "ޢަބްދުﷲ ޖަމީލް މައްސަލަ" ކަމަށް ބުނެފައިވާ.

21ޢަލީ މުޞްތަފާ މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ އެންމެހައި ލިޔުންތަކަށް ކޯޓުން ރިޢާޔަތް ކުރެއްވިނަމަ، އަމީން އެވެނިއުގެ އެޕާޓްމަންޓަކީ އެކަކަށްވުރެ ގިނަމީހުންގެ ނަންމައްޗަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު އޮތްތަނެއްކަން އެނގޭނެކަމަށެވެ. އަދި އެ އެޕާޓްމަންޓާ ގުޅޭގޮތުން އަމީން ބިލްޑްވެއަރއާއެކު ފުރަތަމަ ވެފައިވާ އެއްބަސްވުމުމަކ ޢަލީ މުޞްޠަފާ މުޙައްމަދާއެކު ހަދާފައިވާ އެއްބަސްވުމަކަށް ވީނަމަވެސް، އެ އެޕާޓްމަންޓަކީ ތިންމީހުންގެ ތަނެއްކަން ލިޔުންތަކަށް ބެލުމުން އެނގޭނެކަމަށެވެ.

22ދިވެހިރާއްޖޭގެ ސުޕްރީމް ކޓުގޯ ޢަބްދުﷲ ޖަމީލު މައްސަލއިގަ އުޞޫލތައު މި މައްސަލައަށް ތަޠުބީޤު ކުރެވޭނެކަމަށް ނުދެކޭކަމަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި، މަތީމަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ނުވަތަ ކަނޑައަޅުއްވާ އުޞޫލަތަކަށް ދަށުކޯޓުން ތަބާވުމަކީ އެއްވެސް ހައްދެއްނެތި އޮތްކަމަށް ނޫންކަމަށެވެ. އަދި މައްސަލައިގެ މުހިއްމު ވާ ޤިޢާތައ ނުވަތް މެޓީރިއަލް ފެކްޓް ތަފާތުވާ ޙާލަތުގައި މަތީމަރުޙަލާގެ ނިންމުން ތަފާތުކަމަށްބަލައި، އެ ނިންމުމަށް ޢަމަލު ނުކުރުމުގެ ފުރުޞަތު ދަށުކޯޓަށް އޮންނާނެކަމަށެވެ. މައްސަލައިގެ އަސާސީ ވާޤޢި އެއްގޮތްނުވާ ޙާލަތުގައި އެއްއުޞޫލެއް ތަޠުބީޤުކުރުމުން އެންމެ އިންޞާފުވެރި ނަތީޖާ ނުނެރިވިދާނެކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވ. އިލެކްޝަން ކޮމިޝަން ޤަޟިއްޔާގައި ކަނޑައަޅުއްވާފައި ވާކަމަށެވެ.

23ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދު ﷲ ޖަމީލު މައްސަލއަ ގައި ކަނޑައަޅުއްވާފައިވާ އުޞޫލަކީ، ދިރިއުޅުމަށް ބަންޑާރަގޯތި ދިނުމަށް އެކުލަވާލާ އުޞޫލެއްގެ ޝަރުޠެއްގެ ގޮތުގައި ބޯހިޔާވަހިކަމެއްގެ "ރަޖިސްޓަރީ" ނެތުމުގެ މާނައިގެ ތެރޭގައި އެފަދަތަނެއް ލިބިފައިއޮތުން ހިމެނޭކަމަށެވެ. އަދި މީހަކަށް ފްލެޓެއް ނުވަތަ ގޯއްޗެއް "ލިބިފައިވާ ކަމަށް" ބެލެވޭނީ އެތަނަކާއި އެމީހަކާދެމެދު ކިހާވަރެއްގެ ގުޅުމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/15 ޤަޟިއްޔާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު C/01-2023/SCޤަޟިއްޔާ، އޮތުމުންތޯ ބަލަންޖެހޭނެކަމަށް ކަނޑައަޅުއްވާފައި ވާކަމަށެވެ. އެގޮތުން، މީހަކަށް ތަނެއް ނުވަތަ ގޯއްޗެއްވެސް "ލިބިފައިވާ"ކަމަށް ބެލެވޭނީ، އެމީހަކަށް ޤާނޫނީ މިލްކުވެރިކަން ނުވަތަ ޢަދާލަތުގެ މިލްކުވެރިކަމެއް ލިބިފައިވާނަމަކަމަށް އެ ޤަޟިއްޔާގައި ކަނޑައަޅުއްވާފައި ވާކަމަށެވެ.

24ޢަލީ މުޞްތަފާ މުޙައްމަދުއާއި އަމީން ބިލްޑްވެއަރއާއެކު 13 އޮގަސްޓު 2017 ދުވަހު އެޕާޓްމަންޓް ގަތުމުގެ އެއްބަސްވުމެއްވެފައި ވީނަމަވެސް، އެތަން އިސްތިއުނާފުކުރާ ފަރާތުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިނުވާކަމަށެވެ. މި މައްސަލައިގައި، ބަހުސްއޮތީ ޢަދާލަތުގެ ޙައްޤެއް ނުވަތަ ޢަދާލަތުގެ މިލްކުވެރިކަމެއް އެ އެޕާޓްމަންޓުގެ މައްޗަށް އޮތްކަމާމެދުކަމަށެވެ.

25މި މައްސަލައިގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، އަމީން އެވަނިއުގެ އެޕާޓްމަންޓަށް އެޗް.ޑީ.އެފް.ސީއިން ލޯނު ނަގާފައިވަނީ އިސްތިއުނާފުކުރާ ފަރާތާއި، ފާޠިމަތު ސާދުނާ ކަމަށްވާއިރު، އެ އެޕާޓްމަންޓުގއަ ޢަދާލަތުގެ މިލްކުވެރިކަން އިސްތިއުނާފުކުރާ ފަރާތާ އެއްމިންވަރަކަށް ފާޠިމަތު ސާދުނާގެ ކިބައިގައިވެސް އޮއްނާނެކަމަށެވެ. އަދި އެ އެޕާޓްމަންޓަކީ މޯގޭޖެކޮށްފައިވާ ތަނަކށަ ވާތީ، ޢަދާލަތުގެ މިލްކުވެރިކނަ އެޗް.ޑީ.އެފް.ސީގެ ކިބައިގައިވެސް އޮންނާނެކަމަށެވެ. އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތަށް 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ބޮޑު ބޯހިޔާވަހިކަމެއްގ ޤާނޫނެ މިލްކުވެރިކަން ނުވަތަ އަދާލަތުގެ މިލްކުވެރިކަމެއްވެސ ލިބިގެންވާކަމަށް ކަނޑައެޅޭނެކަމަށް ނުދެކެމޭކަމަށެވެ.

26އިސްތިއުނާފުކުރާ ފަރާތުގެ ދެވަނަ ނުކުތާގައި، ވަގުތީ އަމުރާމެދު ގޮތެއްނިންމާ މަރުޙަލާގައި ޕްރައިމާ ފޭސީ ކޭސްއެއް އޮތްތޯ ނުވަތަ ނެތްތޯ ބެލުމުގައި، މައްސަލައިގެ ލިޔުންތައް ވަޒަންކުރަންވާނީ މައްސަލައިގެ މައުޟޫޢުއަށް ގޮތެއްނިންމާއިރު ވަޒަންކުރާ މިންގަނޑުން ނޫންކަމަށްވާއިރު، ސިވިލް ކޯޓުން މައްސަލަ ނިންމަވާފައިވަނީ އެ މިންގަނޑަށް ރިޢާޔަތް ކުރެވުމަކާ ނުލައިކަމަށެވެ. އަދި ޕްރައިމާ ފޭސީ ކޭސްއެއް އޮތުމުގެ އޮޅިގަނޑު ތިރިވާނެކަމަށާއި، މި ޙާލަތުގައި ބަލަންވާނީ އިނގިރޭސިވިލާތުގެ ކުންފުންޏާބެހޭ ޤާނޫނުގެދަށުނ ހުށަހެޅް ޑެރެވެ ޓިވް ކްލެއިމްސް މައްސަލަތަކުގައިވާ ދެ މަރުޙަލާ ޓެސްޓާ އެއްގޮތަށްކަމަށް ދެކޭކަމަށެވެ.

27ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢާއިޝަތު އާޒިމާ ޝަކޫރު ޤަޟިއްޔާގެ 26 ވަނަ ނުކުތާގައި، ޕްރައިމާ ފޭސީ ކޭސްއެއ އޮތްކަން ނުވަތް ނެތްކަން ކަނޑައެޅުމަކީ މައްސަލައެއްގައި އެކަށީގެންވާ ހެކިހުރިކަން ކަނޑައެޅުންކަމަށާއި، އެކަންބިނާވާނީ ކޮންމެ މައްސަލައެއްގައި ކަންހިނގާފައިވާގޮތުގެ މައްޗަށާއި އެ މައްސަލައިގައި ހިމެނޭ ވާގިއާތަކުގެ މައްޗަށްކަން ބަޔާންކޮށްފައި ވާކަމަށެވެ. މި މައްސަލައިގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، އަމީން އެވެނިއުގެ އެޕާޓްމަންޓުގައި އިސްތިއުނާފުކުރާ ފަރާތާއި ފާޠިމަތު ސާދުނާއާއި ޢާއިޝަތު ޢުލްޔާ މުޞްޠަފާގެ އަދާލަތުގެ މިލްކުވެރިކަމުގެ ޙައްޤުއޮތީ އެއްމިންވަރަކަށްކަމާއި، އެޕާޓްމަންޓު ރަޖިސްޓަރީކުރެވޭނީ ތިންމީހުންގެ ނަންމައްޗަށްކަން ލިޔުންތަކުން އެނގޭނެކަމަށެވެ. އަދި އެ އެޕާޓްމަންޓަކީ މޯގޭޖްކޮށްފައިވާ ތަނަކަށްވުމުން، އެޗް.ޑީ.އެފް.ސީގެ ކިބައިގައިވެސް ޢަ ދާލަތުގ މިލްކުވެރިކަމުގެ ޙައްޤު އޮންނާނެކަމަށެވެ. އެ އެޕާޓްމަންޓުގައި ޢަލީ މުޞްޠަފާ މުޙައްމަދުއާ އެއްމިންވަރަކަށް ޢަދާލަތުގެ މިލްކުވެރިކަމުގެ ޙައްޤުއޮތް އިތުރު މީހުން ތިބިކަން ސާބިތުވާފަދަ ހެކިހުށަހަޅާފައިވުމުން، މި މައްސަލައިގައި ޕްރައިމާ ފޭސީ ކޭސްއެއ އޮތްކަމަށް ބަލަންޖެހޭނެކަމަށެވެ.

28ދިވެހިރާއްޖޭގެ ހައިކޯޓުގެ ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން) ވ. ޙުސައިން ޙާފިޘްއާއި އިތުރު 8 މީހުން ޤަޟިއްޔާއަކީ، ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ އިޢުލާނެއްގެ ދަށުން 87 (އަށްޑިހަ ހަތެއް) ރަޖިސްޓަރީގެ ޞައްޙަކަމާމެދު ސުވާލު އުފެދުނު ޖުޑީޝަލް ރިވިއުގެ މައްސަލައެއްގެ ވަގުތީ އަމުރަކާ ގުޅުންހުރި މައްސަލައެއް ކަމަށެ ވެ. އެ މައްސަލައިގެ އަޣުލަބިއްޔަތު ރައުޔުގައި، ރަޖިސްޓަރީ ހަދާފައިވަނީ ޞައްޙަމަގުނ ނޫންކަން އެނގޭތީ، އެ ރަޖިސްޓަރީތައް ނިސްބަތްވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/42,43 ޤަޟިއްޔާ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ކޯޓުގެ ނަންބަރު 2022/HCA/426 ޤަޟިއްޔާ، ފަރާތްތަކަށް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނެތްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމަށް ނިންމާފައި ވާކަމަށެވެ. އަދި އެ މައްސަލައި ރަޖިސްޓަރީގެ ޞައްޙަކަމާމެދު ގޮތެއްކަނޑައަޅާނީ މައުޟޫޢީ މައްސަލައިގެ ތެރެއިން ކަމަށްވެފައި، ރަޖިސްޓަރީ އޮތުމުގެ މައްޗަށްބުރަވެ، ރަޖިސްޓަރީއޮތް ފަރާތްތަކުގެ ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް އޮތްކަމަށް ކަނޑައަޅުއްވާފައި ވާކަމަށެވެ.

29މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު ޕްރައިމާ ފޭސީ މައްސަލައެއް އޮތްކަން އެނގޭނެ ހެކިހުށަހަޅާފައިވުމުން، އެ ސަބަބަށްޓަކައި ޢަލީ މުޞްޠަފާ މުޙައްމަދުގެ ހިމާޔަތް ލިބެންޖެހޭ ޤާނޫނީ މަރުކަޒެއް އޮތްކަމަށް ކަނޑައަޅަން ޖ ހޭނެކަމަށެވެ.

30މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުން ކޮށްފައިވާ ސުވާލާ ގުޅިގެން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި އެވަނީއެވެ.

1.30. މި މައްސަލައަކީ ވަގުތީ އަމުރަކާމެދު ނިންމިގޮތެއްގެ އިސްތިއުނާފެއް ކަމަށްވެފައި، އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ މައްސަލަ ތަޙުވީލު ކޮށްދިނުމަށް ކަމަށްވާއިރު، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު)ގެ 47 ވަނަ މާއްދާގެ ބޭނުމަށް، މިއީ ތަޙުވީލުކުރަންޖެހޭ މައްސަލައެއްތޯ ޝަރީޢަތުން ސުވާލުކުރުމުން، މި މައްސަލައިގައި ވަގުތީ އަމުރާމެދު ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ކަނޑައަޅައިދިނުމަށާއި، އަލުން ގޮތެއް ކަނޑައަޅަންޖެހޭކަމަށް ދެކޭކަމަށް ޖަވާބުދީފައިވެއެވެ.

2.30. މި މައްސަލައަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޖަމީލު މައްސަލަ ތަޠުބީޤު ނުކުރެވޭނެކަމަށް ދެކޭސަބަބު ސާފުކޮށްދިނުމަށް ޝަރީޢަތުން އެދުމުން، އެ ޤަޟިއްޔާއާއި މި މައްސަލައިގެ ވާޤިޢާތައް ތަފާތުކަމަށާއި، އެ ޤަޟިއްޔާގައި ފްލެޓް ގަނެފައިވަނީ އެންމެ މީހެއްކަމަށާއި މި މައްސަލައިގައި އެޕާޓްމަންޓު ގަނެފައިވަނީ ތިންމީހުންކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. އަދި ތަނުގެ ޤާނޫނީ މިލްކުވެރިކަމާއި ޢަދާލަތުގެ މިލްކުވެރިކަމުގައި ތަފާތުތަކެއް ހުރިއިރު، ސުވާލު އުފެދިފައިވާ އެޕާޓްމަންޓަކީ މޯގޭޖްކޮށްފައިވާ ތަނެއްކަމަށްވެފައި، އެތަނުގައި އެޗް.ޑީ.އެފް.ސީއާއި އިތުރު ތިންމީހެއްގެ ކިބައިގައި ޢަދާލަތުގެ މިލްކުވެރިކަން އޮތްކަމަށް ދެކޭކަމަށް ބުނެފައިވެއެވެ.

3.30. މި މައްސަލައިގެ ޙާލަތުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދު ﷲ ޖަމީލު މައްސަލައި ގެ 38 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ފަދައިން، އިސްތިއުނާފުކުރާ ފަރާތުގެ ކިބައިގައި އަތުގެވެރިކަން ނޯންނަންވީ ކީއްވެގެންތޯ ޝަރީޢަތުން ސުވާލުކުރުމުން، އިސްތިއުނާފުކުރާ ފަރާތުން ޤަބޫލުކުރާގޮތުގައި އިސްކަންދޭންޖެހޭނީ މޯގޭޖް ރައިޓްސްއަށްކަމަށާއި އެއަށްފަހު އެ ހެން ޢަދާލަތުގެ ޙައްޤުތަކަށްކަމަށާއި، އިކުއިޓަބަލް ނުވަތަ ބެނެފިޝަލް އޯނަރޝިޕެއްއޮތް މީހުންނަށް ކޮންޓްރޯލް އޮންނާނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ޖަވާބުދީފައިވެއެވެ.

4.30. އިސްތިއުނާފުކުރާ ފަރާތުގެ ކިބައިގައި މިހާރުއޮތީ ކޮންޙައްޤެއްތޯ ޝަރީޢަތުން ސުވާލުކުރުމުން، ދިރިއުޅުމުގެ ޙައްޤު އެބައޮތްކަމަށާއި، ކުއްޔަށްހިފާ ފަރާތަކަށްވެސް އެ ޙައްޤު ލިބިދާނެކަމަށް ޖަވާބު ދީފައިވެއެވެ. އަދި އެއީ އިކުއިޓަބަލް ރައިޓެއްތޯ ޝަރީޢަތުން ސުވާލުކުރުމުން، އެއީ އިކުއިޓަބަލް ރައިޓެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން ޖަވާބުދީފައިވެއެވެ.

5.30. އިސްތިއުނާފުކުރާ ފަރާތަކީ ތަންކުއްޔަށްހިފާ ފަރާތެއް ނުވަތަ މިލްކުވެރިކަމުގެ ޙައްޤެއް ނުވަތަ ކޮންދަރަޖައެއްގެ ޙައްޤެއްއޮތ ފަރާތެއްކަން އިތުރަށް ތަފުޞީލު ކޮށްދިނުމަށް ޝަރީޢަތުން އެދުމުން، އިސްތިއުނާފުކުރާ ފަރާތުގެ ކިބައިގައިއޮތީ މިލްކުވެރިކަމުގެ ޙައްޤެއްކަމަށާއި، އެއާއެކު އެހެން ފަރާތްތަކުގެ ޙައްޤުތައް ހިމެނޭކަމަށް ޖަވާބުދީފައިވެއެވެ.

6.30. ފުރަތަމަ ނަޒަރުން ބަލާއިރު، އިސްތިއުނާފުކުރާ ފަރާތް ފިޔަވައި އެހެން ފަރާތެއްގެ ޙައްޤު އަމީން އެވެނިއުގެ އެޕާޓްމަންޓުގައި އޮތްކަމަށް ފެންނަނީ 10 ޖުލައި 2022 ދުވަހުގެ ސިޓީއަކުން ކަމަށްވެފައި، ބިންވެރިޔާ އުޞޫލުގެ ދަށުން ގޯއްޗަށް އެދުމަށް ފުރުޞަތު ހުޅުވާލާފައި ވަނީ ޖޫން 2022 ގައިކަމަށްވާއިރު، އޭގެކުރިން އިތުރު ބައެއްގެ މިލްކުވެރިކަން އޮތްކަން އެނގޭނެ ލިޔުމެއް އޮތްތޯ ޝަރީޢަތުން ސުވާލުކުރުމުން، 2017 ވަނަ އަހަރު ލޯނެއް ނެގުމަށް އެޗް.ޑީ.އެފް.ސީއަށް ތިންފަރާތުނ ހުށަހަޅާފައިވާކަމަށް ޖަވާބުދީފައިވެއެވެ.

7.30. އެޗް.ޑީ.އެފް.ސީ އާއެކު ވެފައިވާ އެއްބަސްވުމުގެ އެއްވެސް މާއްދާއަކުން އިތުރު ފަރާތެއްގެ ނަމުގައި އެޕާޓްމަންޓު ރަޖިސްޓަރީވާނ ނުވަތެ ވެފައިއޮތްކަމަށް އަންގައިދޭ އެއްވެސް މާއްދާއެއް އޮތްތޯ ޝަރީޢަތުން ސުވާލުކުރުމުން، އެފަދައިން އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވާކަމަށް ބުނެފަ އިވެއެވެ.

އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް

31އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ތިރީގައިވާގޮތަށެވެ. "...މ މައްސަލާގައި އިސްތިއުނާފުކުރި ފަރާތުން އެދެނީ، ޢަލީ މުޞްޠަފާ މުޙައްމަދު އަށް 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ބޮޑު ބޯހިޔާވަހިކަމެއް ލިބިފައިއޮތްކަނާ 1102 -Ameen Avenue Teak Bއިނ އެނގެން އޮތްކަމަށާއި، ޢަލީ މުޞްޠަފާ މުޙައްމަދުއަށް 1102 -Ameen Avenue Teak Bގ އަތުގެ މިލްކުވެރިކަން ލިބިފައި އޮތްކަމަށް ކަނޑައަޅުއްވާފައިވަނީ ދައުވާއާއެކު އަދި ވަގުތީ އަމުރާމެދު ބަހުސްކުރުމަށ ބޭއްވުން ޝަރީއަތުގެ މަޖިލީހުގައި ޝަރީއަތުން ބަލައިގެންފައިވާ ހެއްކަށް ރިޢާޔަތް ކުރެއްވުމެއްނެތި ކަމުގައިވާތީ އެ ނިންމުމަކީ ޤާނޫނޫ ނަންބަރު 2010/13 ( ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) އާއި ޚިލާފަށް ނިންމި ނިންމުމެއް ކަމުގައި ކަނޑައަޅުއްވައި، އަދި އެ މައްސަލައަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޖަމީލް ވ. ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ ޤަޟިއްޔާ ތަޠުބީޤު ކޮށްފައިވނަ ގޯސްކޮށްކަމަށް ކަނޑައަޅުއްވައި، އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި މައްސަލާގައި Facie Prima ކޭސްއެއް ނެތްކަމށަ ކަނޑައަޅުއްވާފައިވަނީ އެ މަރުހަލާގައި ހެކި ވަޒަންކުރަންޖެހޭ މިންގަނޑަށްވުރެ މަތީ މިންގަނޑަކުން ކަމުގައިވާތީ Prima Facie ކޭސްއެއް ނެތްކަމަށް އަދި ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ހައްޤެއް ނެތްކަމަށް ސިވިލް ކޯޓުން ކަނޑައެޅުއްވި ކަނޑައެޅުއްވުން ބާޠިލްކޮށްދެއްވައި، އިސްތިއުނާފުކުރާ ފަރާތަށް ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ހައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތްކަމަށް ކަނޑައަޅުއްވައި ދެއްވައި، ވަގުތީ އަމުރެއް ނެރެދޭންޖެހޭ ހާލަތެއް އޮތްތޯ ބެލުމުގައި ފުރިހަމަވާންޖެހޭ އަނެއް ޝަރުޠު ކަމުގައި ވާ، ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދައުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް ނުވަތަ އިއާދަ ނުކުރެވޭނެ ގެއްލުމެއް އޮތްތޯ ރިއާޔަތްކުރުމަށ ސިވިލް ކޯޓުގް މައްޗަށް އަންގައި އެ ވަގުތީ އަމުރާމެދު ނިންމި ނިންމުން އަލުން ސިވިލް ކޯޓަށް ތަހުވީލު ކޮށްދެއްވުން އެދެމެވެ." އިސްތިއުނާފު ރައްދުވާފަރާތުން ދައްކާފައިވާ ވާހަކަ

32މި މައްސަލައާ ގުޅިގެން ބޭއްވުނު ޝަރީޢަތުގެ މަޖިލީހު ގައި، އިސްތިއުނާފު ނުކުތާތަކުގެ ޖަވާބާއި އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ ރައްދުގައި ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

33ބިންވެރިޔާ އުޞޫލުގެ 3 ވަނަ މާއްދާގައި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ހޯދުމަށްއެދޭ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ނ)ގައި، މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިނގިލި)ގައި އެމީހެއްގެ އަމިއްލަ ނަމުގައި 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ބޮޑުބިމެއް ނުވަތަ ބޯހިޔާވަހިކަމެއް ރަޖިސްޓަރީވެފައި ނެތުމަކީ ޝަރުޠެއްކަމަށ ބަޔާން ކޮށްފައިވާކަމަށެވެ.

34ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބީ.އެމް.ސީ ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ޤަޟިއްޔާގެ 27 ވަނަ ނުކުތާއިން 32 ވަނަ ނުކުތާގައި ތަފްޞީލުކޮށްފައިވާ ވާހަކަތަކަށް ބަލާއިރު، ވަކިމީހަކ ނުވަތު ވަކިފަރާތެއް ޤާނޫނާ ޚިލާފަށް، އަދި ޚާއްޞަކޮށް ޤާނޫނުއަސާސީއާއި ޢަދުލު އިންޞާފުގެ އަސާސީ މަފްހޫމަކާ ޚިލާފުވާކަމަށް ބުނުމަކީ ކުޑަ ނުވަތަ އާދައިގެ ކަމެއް ނޫންކަމާއި، އެފަދައިން ކަން ހިނގާފައިވާކަމަށް ބުނާނަމަ، އެފަދަ ޚިލާފުވުމަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދީ، އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން ބަޔާންކޮށް، ކަންހިނގާފައިވާ ގޮތުން ޙައްޤަކަށް ނުވަތަ މިނިވަންކަމަށް އަސަރުކުރަނީ ނުވަތަ ޤާނޫނީ އުޞޫލެއް ނ ގެހެއްޓިފައިނުވަނީ ކިހިނެތް ކަން ބުނެދެވެންވާނެކަމަށް ބަޔާންކޮށްފައި ވާކަމަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/65 ޤަޟިއްޔާ

35ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިމާދ ޔޫސުފު ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގެ 14 ވަނަ ނުކުތާގައި، އެ ކޯޓުން ފާހަގަކުރައްވާފައިވަނީ "...ހައިކޯޓަށް އިސްތިއުނާފު މައްސަލަ ހުށަހެޅުމުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތެއް އޮތްނަމަ، އެކަންހާމަކޮށް ހުށަހެޅުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒި އްމާއެކެވެ. އެހެނީ، ޤާނޫނެއްގެ މާއްދާއަކަށް ޙަވާލާދީ، ޖުމްލަ ގޮތެއްގައި ދަށު ކޯޓުގެ ނިންމުން ގޯސްކަމަށް ބުނުމަކުން، އެފަރާތުން އިސްތިއުނާފު ކުރުމުގައި އުފުލަންޖެހޭ މަސްއޫލިއްޔަތު އަދާކޮށް ނިމުނީއެއް ނޫނެވެ. ދަށު ކޯޓުގެ ނިންމުން ރަނގަޅު ނޫންކަ މަށް ބުނާނަމަ، އެފަދައިން ބުނާސަބަބު، ޤާނޫނުތަކުގެ މާއްދާ އަދި ޤާނޫނީ އުޞޫލުތަކުގެ އަލީގައި ބަޔާންކުރުމަކީ މައްސަލައެއް އިސްތިއުނާފުކުރުމަށް ހުށަހަޅާ ފަރާތުގެ މަސްއޫލިއްޔަތެކެވެ. އެއީ، ފަރުދެއް، މުއައްސަސާއެއް ނުވަތަ ޤާނޫނީ ޝަޚްޞަކަށް ވީނަމަވެސްމެއެވެ. އަދި ވަކިން ޚާއްޞަކޮށް، އިސްތިއުނާފުކުރަން ހުށަހަޅާ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދާނަމަ، މި މިންގަނޑަށް ކަންކަންކުރުމަކ ޤާނޫނީ ވަކީލުގެ ޒއި މ އެއްވެސްމެއެވެ." މިފަދައިން ކަމަށެވެ.

36އަމީން އެވެނިއުގ އެޕާޓްމަންޓުގެ މިލްކުވެރިކަންއޮތީ ހަމައެކަނި އިސްތިއުނާފުކުރާ ފަރާތުގެ ކިބައިގައި ނޫންކަން އެނގޭނހެކެ ހުށަހަޅާފައިވާއިރު، އެ ހެކިތަކަށް ސިވިލް ކޯޓުން ރިޢާޔަތް ކުރައްވާފައި ނުވާކަމަށް ޢަލީ މުޞްޠަފާ މުޙައްމަދު ބުނެފައިވާއިރު، ސިވިލް ކޯޓުން ވަގުތީ އަމުރާމެދު ގޮތެއް ނިންމެވުމުގައި، އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާޔަތް ކޮށްފައިވާކަން ވަގުތީ އަމުރާމެދު ނިންމި ގޮތުގެ 5 އަދި 6 ވަނަ ނުކުތާއިން އެނގޭކަމަށް ދައުލަތުން ބުނެފައިވެއެވެ.

37މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގެ (ށ)އަށް ރިޢާޔަތްކުރާއިރު، ވަކިކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގައި ވަގުތީ އަމުރއެ ކޯޓަށް ނެރެވިދާނެކަމަށް ބަޔާންކޮށްފައި ވާކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެސް.ޕީ.އެޗް. ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓް ސަރވިސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކޮށްފައިވަނ ވަގުތީ ފިޔަވަޅުތަކަކީ މައްސަލައިގެ މައުޟޫޢީ ޙައްޤަށް ޤަޟާޢީ ޙިމާޔަތް ނިހާއީ ސިފައެއްގައި ލިބުމުގެ ކުރިން، ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބިދާނެތީ އެފަދަ ގެއްލުމެއް ވިޔަނުދިނުމަށް ނުވަތަ އެ ގެއްލުންތައް ވީހައިވެސް ކުޑަކުރުމަށއަޅް ފިޔަވަޅުތަކެއްކަމަށެވެ.

38ވަގުތީ އަމުރެއް ނުވަތަ ވަގުތީ ފިޔަވަޅެއް އެޅުމުގައި ފަނޑިޔާރަށް ލިބިފައިވާ އިޚްތިޔާރީ ބާރަކީ މުޠުލަޤު ބާރެއް ނޫންކަމަށާ އ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި- ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި، ވަގުތީ އަމުރު ނެރުމުގައި ތިރީގައިވާ 3 ޝަރުޠަށް ރިޢާޔަތް ކުރަންޖެހޭކަމަށް ކަނޑައަޅުއްވާފައި ވާކަމަށެވެ.

1.38. ވަގުތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރްކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމްވެގެންވުމާއި،

2.38. ވަގުތީ އަމުރު ނެރުމަކާނުލ އަޞްލާ މައުޟޫޢު ދަޢުވީ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުމާއި،

3.38. ވަގުތީ އަމުރަކަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ "ޞިފަތު" (“capacity”) ނުވަތަ ޙައިޘިއްޔަތު ލިބިގެންވާ ފަރާތެއް ކަމުގައިވުމެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/21-SC/2012 ޤަޟިއްޔާ. މީގެފަހުން "ނެކްސްބިޒް މައްސަލަ"ކަމަށް ބުނެފައިވާ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/21-SC/2012 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ ނަންބަރުގައިވާ އުޞޫލު.

39ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް މައްސަލައިގައި ބަޔާންކޮށްފައިވާ ފުރަތަމަ ޝަރުޠު ފުރިހަމަ ނުވާކަމަށާއި، އެހެންކަމުން ދެވަނަ ޝަރުޠު ފުރިހަމަވޭތޯ ބަލާފައިނުވާކަން ވަގުތީ އަމުރާމެދު ނިންމިގޮތުގެ 8 ވަނަ ޕެރަގްރާފުގައި ބަޔާން ކޮށްފައިވާކަމަށެވެ.

40މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދޭނެތަނެއ ނެތްކަމަށް ސިވިލް ކޯޓުން ނިންމަވާފައިވަނީ، އަމީން އެވެނިއުގެ ބްލޮކް Bގެ ނަންބަރު B1102 އެޕާޓްމަންޓު ގަތުމަށް އިސްތިއުނާފުކުރާ ފަރާތާއި އަމީން ބިލްޑްވެއަރއާ ދެމެދު އެއްބަސްވުމެއް ވެފައިވާކަން އިސްތިއުނާފުކުރާ ފަރާތުގެ ބަހުންނާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގޭތީ، އެ އެޕާޓްމަންޓުގެ ރަޖިސްޓަރީ އިސްތިއުނާފުކުރާ ފަރާތުގެ ނަމުގައި ހެދިފައިވާ ނުވިނަމަވެސް، އެތަނުގެ އަތުގެވެރިކަނއޮތީ އިސްތިއުނާފުކުރާ ފަރާތުގެ ކިބައް ގައިކަމާއި، އެ ތަނުގެ މައްޗަށް އިސްތިއުނާފުކުރާ ފަރާތުގެ ކޮންޓްރޯލް އޮތުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ގެ ޢަބްދުﷲ ޖަމީލު މައްސަލައިގެ 38 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުޞޫލު ސިވިލް ކޯޓުން ރަނގަޅަށް ތަޠުބީޤުކޮށް، އިސްތިއުނާފުކުރާ ފަރާތުގެ ނަމުގައި 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ބޮޑުބިމެއް ރަޖިސްޓަރީ ވެފައިވާކަމަށް ބަލަންޖެހޭކަމަށާއި، ފުރަތަމަ ނަޒަރުން މި މައްސަލައަށް ބަލާއިރު އިސްތިއުނާފުކުރާ ފަރާތަށް ވަގުތީ އަމުރަކުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެފައިވާކަން އެނގޭނެ އެކަށީގެންވާ ވާޤިޢާތަކެއް ފެންނަން ނެތަތީކަމަށެވެ.

41ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޖަމީލު މައްސަލައިގައި ގޮތެއް ކަނޑައަޅުއްވާފައިވާ ސުވާލަކީ، ޤާނޫނު ނަންބަރު 2002/1 (ބިމާބެހޭ ޤާނޫނު)ގެ 11 ވަނަ މާއްދާގައި، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރެވޭނީ، ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ އެ ޤާނޫނުގެ 15 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް، މީގެފަހުން "ބިމާބެހޭ ޤާނޫނު"ކަމަށް ބުނެފައިވާ. ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައިނުވާ ދިވެހި ރައްޔިތުންނަށްކަމަށް ބުނެފައިވާކަމަށެވެ. އަދި ބިމާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގެ (ބ) އަދި

(ޅ)ގެ ދަށުން، ބަންޑާރަ ގޯއްޗެއް ހޯދުމަށް ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ބޯހިޔާވަހިކަމުގެ ޝަރުޠުގެ ގޮތުގައި "ރަޖިސްޓްރީވެފައި ނެތުން" މި ޢިބާރާތް ބޭނުންކޮށްފައިވާތީ ބަންޑާރަ ގޯތި ދިނުމަށް އެކުލަވާލެވޭ އުޞޫލެއްގައި ބިމާބެހޭ ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން އެ ގަވައިދުގެ 7 ވަނަ މާއްދާގައިބުނާ ޝަރުޠުގެ އިތުރުން ކަނޑައަޅާ ޝަރުޠުތަކުގައި، ގޯއްޗަށްއެދ ހުށަހަޅި ފަރާތުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠެއްގެ ގޮތުގައއޮތި "އިތުރު ބޯހިޔާވަހިކަމެއް ރަޖިސްޓްރީވެފައި ނުވުން"އަކީ، ބިމާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ ބޭނުމަށް އިތުރު ބޯހިޔާވަހިކަމެއް ލިބިފައިނެތުން ކަމަށް ބެލެވޭނެތޯ ނުވަތަ ނޫންތޯއެވެ.

42މި މައްސަލައިގައި ޝަރީޢަތުގެ ކުރިމަތީގައިއޮތް ސުވާލަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޖަމީލު މައްސަލައި ގައިވާ ސުވާލުކަމަށެވެ. އަދި އިސްތިއުނާފުކުރާ ފަރާތުގެ ކިބައިގައި ބިންވެރިޔާ އުޞޫލު ގެ ދަށުން މާލެ ސަރަޙައްދުން ގޯއްޗަށް އެދި ހުށަހެޅުމުގެ ޝަރުޠު ފުރިހަމަ ނުވާކަމަށް ނިންމާފައިވަނީ، ބިންވެރިޔާ އުޞޫލުގެ 3 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތް ކޮށް ކަމަށެވެ. މި ޙާލަތުގައި ބިންވެރިޔާ އުޞޫލުގެ 3 ވަނަ މާއްދާގެ (ނ)ގައި ލިޔެފައިވާ އިބާރާތާއި ބިމާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގައި ލިޔެފައިވާ އިބާރާތް ފުށުއަރާކަމަށާއި، މި ޙާލަތުގައި އިސްކަންދންޖެހޭނޭ ބިމާބެހޭ ޤާނޫނަށކަމަށެވެ.

43އެގޮތުން، އަމީން އެވެނިއު ޓީކް B1102 އެޕާޓްމަންޓު ގަނެވިއްކުމުގެ އެއްބަސްވުމުގައި، ގަންނަފަރާތުގެ ގޮތުގައި ބަޔާންކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތް ކަމުގައިވާތީއާއި، އެ ފުލެޓުގެ ރަޖިސްޓަރީ އެއް އިސްތިއުނާފުކުރާ ފަރާތުގެ ނަމުގައި ހެދިފައި ނުވިނަމަވެސް، ބިމާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ ބޭނުމަށްޓަކައި، އިސްތިއުނާފުކުރާ ފަރާތަކީ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައިވާ ފަރާތެއް ކަމުގައި ބެލެވޭނެކަމުގައި ދައުލަތުން ދެކޭމަށެވެ. އަދި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށްޓަކައި، އެޕާޓްމަންޓުގެ ޙަޤީޤީ މިލްކުވެރިކަން ޢަލީ މުޞްޠަފާ މުޙަމަދުއާ އެއްމިނަކަށް އޭނާގެ އނަ ބިމީހާއާއި ދަރިފުޅަށް ލިބިގެންވާކަމަށް ނުވަތަ އަދާލަތުގެ މިލްކުވެރިކަންއޮތީ އެޗް.ޑީ.އެފް.ސީގެ ކިބައިގައިކަމަށް ބުނުމަކީ ޤާނޫނީގޮތުން ހަމަޖެހޭ ވާހަކައެއް ނޫންކަމަށެވެ.

44ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދު ﷲ ޖަމީލު މައްސަލައިގައި، ބިމާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ މަޤްޞަދަކީ ބިމުގެ ތަނަވަސްކަން ލިބިފައިވާ ފަރާތްތަކަށް ހިލޭ ބަންޑާރަ ގޯއްޗެއް ނުދިނުންކަމާއި، އެމާއްދާ އެގޮތަށް ލިޔެފައިވަނީ ދިވެހިރާއްޖޭގެ ރަށްރަށުގައި މީހުން ދިރިއުޅުމަށް ބޭނުންކުރާނެ ބިމުގެ ދަތިކަން ބޮޑުވަމުންދިއުމުގެ ސަބަބުން ދިމާވެފައިވާ މައްސަލަ ޙައްލު ކުރުމުގެގޮތުން، ބަންޑާރަ ގޯތި ހިލޭދެވޭނީ ބިމުގެ ތަނަވަސްކަން އެއްވެސް ގޮތަކަށް ނެތް ފަރާތްތަކަށްކަން ކަށަވަރުކުރުމުގެ ބޭނުމުގައި ކަމަށްވާއިރު، މި މައްސަލައިގަ އ އިސްތިއުނާފުކުރި ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙުތިމާލު "ފާޅުކަން ބޮޑު ގޮތެއްގައި" ލިބިފައިނުވާކަމަށް ކަނޑައަޅުއްވައި، ވަގުތީ އަމުރު ނެރެދޭނެ ތަނެއް ނެތްކަމަށް ކަނޑައެޅުއްވުމުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޖަމީލު މައްސަލަ ތަޠުބީޤު ކުރައްވާފައިވަނީ ރަނގަޅަށްކަން ދައުލަތުން ދެކޭކަމަށެވެ.

45މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުގެ ވަގުތީ އަމުރަށްއެދޭ ފޯމާއި ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ރިޢާޔަތް ކުރާއިރު، ވަގުތީ އަމުރާމެދު ގޮތެއްނިންމިއިރު އަދި ބިންވެރިޔާ އުޞޫލުގެދަށުން ގޯއްޗަށްއެދި ހުށަހެޅުމުގެ ކަޓ- އޯފް ޑޭޓްއާ ހަމައަށްވެސް، އެ އެޕާޓްމަންޓުގެ މިލްކުވެރިކަން އިސްތިއުނާފުކުރާ ފަރާތް ނޫން ފަރާތަކަށް ލިބިގެން ނުވާކަން އެނގޭކަމަށެވެ. އަދި އިސްތިއުނާފު ފޯމުގެ 8.8 ވަނަ ނަންބަރުގައި، ޢަލީ މުޞްޠަފާ މުޙައްމަދުގެ ފަރާތުން ޙަވާލާދޭ އެއްބަސްވުމުގައި އެޕާޓްމަންޓު ގަންނަ ފަރާތުގެ ގޮތުގައި އިސްތިއުނާފުކުރާ ފަރާތުގެ އިތުރުން، އިތުރު 2 (ދޭއް) ފަރާތެއް ހިމަނާފައިވީނަމަވެސް، އެ އެއްބަސްވުމަކީ ވަގުތީ އަމުރު ނެރެދޭނެތަނެއް ނެތްކަމަށް 12 ސެޕްޓެމްބަރ 2023 ދުވަހު ނިންމުމުގެ 5 (ފަހެއް) ދުވަސް ފަހުން، 17 ސެޕްޓެމްބަރ 2023 ދުވަހު ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމުގައިވާއިރު، ބިންވެރިޔާ އުޞޫލުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު އިސްތިއުނާފުކުރާ ފަރާތުގެ ޝަރުޠު ފުރިހަމަ ނުވާކަމަށް ނިންމި ނިންމުން ބިނާވި ޙާލަތު އެގޮތުގައި އޮތްކަމަށް ދައުލަތުން ދެކޭކަމަށެވެ.

46އިސްތިއުނާފުކުރާ ފަރާތުގެ ދެވަނަ ނުކުތާއަކީ، ވަގުތީ އަމުރާމެދު ގޮތެއް ނިންމުމުގައި، ކޭސްއެއް އޮތްތޯ ނުވަތަ ނެތްތޯ ބެލުމުގައި ހެކި ވަޒަންކުރަންޖެހޭ ޕްރައިމާ ފޭސީ މިންގަނޑަށް ރިޢާޔަތް ނުކޮށްކަމަށެވެ. މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ފޯމާއި ލިޔުންތަކަށް ބަލާއިރު، ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު އޮތްކަމަށް ބެލެވުމަށްވުރެ ނެތުން ގާތްކަމަށް ޕްރައިމާ ފޭސީ މިންގަނޑުން ބުރަވެވޭކަމަށެވެ.

47މި މައްސަލައަށް ފުރަތަމަ ނަޒަރުން ނުވަތަ ޕްރައިމާ ފޭސީ މިންގަނޑުން ބަލާއިރު، ބުނެވިދިޔަ އުޞޫލުތަކަށް ބިނާކޮށް އިސްތިއުނާފުކުރާ ފަރާތުގެ ޝަރުޠު ފުރިހަމަ ނުވާކަމަށް ނިންމާފައިވުމުން، އިސްތިއުނާފުކުރާ ފަރާތަށް ޤާނޫނީގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު "ފާޅުކަން ބޮޑުގޮތެއްގައި" ޤާއިމްވެގެން ނުވާތީ، ވަގުތީ އަމުރު ނެރުމުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް މައްސަލައިގައި ކަނޑައަޅުއްވާފައިވާ ފުރަތަމަ ޝަރުޠު ވަގުތީ އަމުރަށް އެދޭ ފަރާތުގެ ކިބައިގައި ފުރިހަމަ ނުވާކަ މަށެވެ.

48އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައުޟޫޢީ ދަޢުވާގައި ބަޔާންކުރާ ފަދައިން، ބިންވެރިޔާ އުޞޫލުގެ 3 ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާ ޝަރުޠު ފުރިހަމަނުވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނާ ޚިލާފުކަމަށް ބެލެވޭނެ ޤާނޫނީ ނައްޞެއް ނެތްކަމަށެވެ. ސިވިލް ކޯޓުގައި ހިނގަމުންދާ މައުޟޫޢީ ދަޢުވާގެ ދަށުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް "ފާޅުކަން ބޮޑުގޮތެއްގައި" އޮތްކަމަށް ބެލެވިދާނެ ސަބަބެއް ނެތްކަމަށް ކަނޑައަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދު ﷲ ޖަމީލު މައްސަލައިގައި ކަނޑައަޅުއްވާފައިވ ޤާނޫނާ އުޞޫލީ އެއްގޮތަށްކަމަށެވެ. އަދި މައްސަލައިގެ ލިޔުންތަކަށް ބަލާއިރު، އަމީން އެވެނިއު ޓީކް B1102 އެޕާޓްމަންޓު ގަނެވިއްކުމުގެ އެއްބަސްވުމުގެ 2 ވަނަ މާއްދާގެ

(ށ)ގައި، ގަންނަފަރާތުގ ގޮތުގައެ ބަޔާންކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތް އެކަނި ކަމުގައިވާތީ، އިސްތިއުނާފުކުރާ ފަރާތަކީ ބިމާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައިވާ ފަރާތެއްކަމަށް ފުރަތަމަ ނަޒަރުން އަދި ޕްރައިމާ ފޭސީ މިންގަނޑުން ހެކިވަޒަންކުރުމުން ބަލަންޖެހޭނެކަމަށެ ވެ.

49އެހެންކަމުން، މި މައްސަލައިގައި ސިވިލް ކޯޓުން ވަގުތީ އަމުރުގެ ބޭނުމަށް ހެކި ވަޒަން ކުރައްވާފައިވަނީ ޕްރައިމާ ފޭސީ މިންގަނޑުންކަމަށ ދައުލަތުން ދެކޭކަމަށެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް

50އިސްތިއުނާފު ރައްދުވާ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި އެދިފައިވަނީ ތިރީގައިވާގޮތަށެވެ.

1.50. ދިވެހިރާއްޖޭގެ ހައި ކޯޓުގެ ނަންބަރު 2023/HC-A/318 ޤަޟިއްޔާއިން ބައްލަވަމުން ގެންދަވާ މި މައްސަލައިގައި، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުގެ ނަންބަރު B8/VN/2023/01-144 ވަގުތީ އަމުރާމެދު ނިންމި ގޮތަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައިދެއްވައި، އެ ނިންމުމަށް ތާޢީދުކޮށް ދިނުމަށާއި،

2.50. އިސްތިއުނާފުކުރާ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަންބޮޑު ގޮތެއްގައި ޤާއިމުވެފައިވާކަމަށް ކަނޑައަޅުއްވާނެ ތަނެއް ނެތްކަމަށް ކަނޑައަޅައިދިނުމަށާއި، އަދ،

3.50. ވަގުތީ އަމުރު ނެރުމަކާނުލާއި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް ނުވަތަ އިޢާދަ ނުކުރެވޭނެ ގެއްލުމެއް އޮތްތޯ ރިޢާޔަތްކުރުމަށް ސިވިލް ކޯޓުގެ މައްޗަށް އަންގައި، ސިވިލް ކޯޓުން ވަގުތީ އަމުރާމެދު ނިންމި ނިންމުން އަލުން ބަލނަ ސިވިލް ކޯޓަށް ތަހުވީލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑަ އަޅައި، އެ މޭރުމުން މި މައްސަލައިގައި ފައިޞަލާކުރަނިވި ޙުކުމެއކޮށް، ވެވުނު އެންމެ އަވަސް ފުރު ޞަތެއްގެ ތެރޭގައި މި މައްސަލަ ނިންމައިދިނުމަށެވެ.

ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް

51HN1ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމަށްފަހު، އެ ޤާނޫނުގައިވާ ގޮތުގެމަތިން ވަގުތީ އަމުރަކީ، ކޯޓަށް ހުށަހެޅިފައިވާ ދަޢުވާއެއްގައި ކޯޓުން ގޮތެއް ކަނޑައެޅުމުގެކުރިން ވަގުތީ ފަރުވާއެއް ހޯދައިދިނުމުގެ ގޮތުން ކޯޓުން ނެރެދޭ ވަގުތީ ފަރުވާގެ އަމުރެކެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ބާވީސްވަނަ ބާބުގެ ދަށުން "ވަގުތީ ފަރުވާއާއި ރައްކާތެރިކަމުގެ އަމުރު" ސުރުޚީގެ ދަށުގައިވާ މާއްދާތަކަށް ޖުމްލަކޮށް ބަލާއިރު، އެ ޤާނޫނުގައި ބަޔާންކޮށްފައިވަނ ވަގުތީ ފަރުވާގެ އަމުރުތައް ހުށަހެޅޭނެކަމާއި އެފަދަ އަމުރަކަށް އެދުމުގައި ޢަމަލުކުރަންޖެހޭ ގޮތްތަކެވެ.

52HN2ވަގުތީ ފަރުވާއަކަށްއެދ ހުށަހަޅި މައްސަލައެއްގައި، އެފަދަ ފަރުވާއަކަށް އެދުނު ފަރާތަކަށް އެފަދަ ރައްކާތެރިކަމެއް ދޭންޖެހޭފަދަ ޙާލަތެއް ވުޖޫދުވެފައިވޭތޯ ބެލުމުގައި މިހާރުވެސް ޢަމަލުކުރެވޭނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެކްސްބިޒް މައްސަލައާއި އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓް ސަރވިސަސް (މޯލްޑިވްސް) ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ މައިގަނޑު އުޞޫލުތަކުގެ މައްޗަށް ބިނާކޮށްކަމަށް ދެކެމެވެ. މީގެފަހުން "މަދަނީ އިޖުރާއަތުގެ ޤާނޫނު"ކަމަށް ބުނެފައިވާ. މަދަނީ އިޖުރާއަތުގެ ޤާނޫނގު 242 ވަނަ މާއްދާގެ (ހ).

53އެގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޓުނޯ ނެކްސްބިޒް މައްސަލައިގައި ވަގުތީ އަމުރެއް ނެރުމުގައި ފުރިހަމަވާންޖެހޭ ޤާނޫނީ ޝަރުޠުތަކަކީ:

1.53. ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ "ޞިފަތު" ނުވަތަ ޙައިސިއްޔަތު ޤާނޫނީ ގޮތުން ލިބިފައިވާ ފަރާތެއްކަމުގައި ވުމާއި؛

2.53. ވަގުތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެގެންވމާއު ؛

3.53. ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ، ކުރިމަތިވެދާނެ ނުރައްކަލެއް ނުވަތަ ތަދާރުކު ނުކުރެވޭ ގެއްލުމެއް އޮތު މެވެ.

54HN3ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެކްސްބިޒް މައްސަލައިގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ ތެރެއިން، މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ޚަސްމުންނަށް ލިބިދާނެ ގެއްލުމެއް ވަޒަންކުރުމުގައި ރިޢާޔަތްކުރެވޭނީ ބެލެންސް އޮފް ކޮންވީނިއެންސް ޓެސްޓްއަށްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެސް.ޕީ.އެޗް ޕްރައިވެޓް ލިމިޓެޑް ވ. ޖުމެއިރާ މެނޭޖްމަންޓް ސަރވިސަސް (މޯލްޑިވްސް) ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވެއެވެ.

55އިސްތުނާފުކުރާ ފަރާތަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެކްސްބިޒް މައްސަލައިގައި ބަޔާން ކޮށްފައިވާފަދައިން ވަގުތީ އަމުރަށް އެދުމުގެ ޞިފަތު ނުވަތަ ޤާނޫނީ ޙައިސިއްޔަތުއޮތް ފަރާތެއްކަމާމެދު ބަހުސެއްނެތެވެ.

56މި މައްސަލައިގައި ޝަރީޢަތުގެ ކުރިމަތީގައިއޮތް ފުރަތަމަ ސުވާލަކީ، ސިވިލް ކޯޓުން ވަގުތީ އަމުރާމެދު ގޮތެއް ނިންމެވުމުގައި، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅަފައިވާ ހުރިހާ ހެއްކަކަށް ރިޢާޔަތް ކޮށްފައިވޭތޯއާއި، އެ ހެކިތަކަށް ރިޢާޔަތް ކުރިނަމަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެކްސްބިޒް މައްސަލައިގައި ބަޔާން ކޮށްފައިވާފަދައިން، ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް އިސްތިއުނާފކުރު ފަރާތަށް ލިބިގެންވާކަމަށް ކަނޑައެޅަންޖެހޭތޯއެވެ.

57HN4ސިވިލް ކޯޓަށް ހުށަހެޅި މައުޟޫ ޢީ ދަޢުވާއާއެކު ހުށަހަޅާފައިވަނީ މި ނިންމުމުގެ ނުކުތާ 4 އަދި 5 ގައި ބަޔާންކޮށަފައިވާ ލިޔުންތަކެވެ. އިސްތިއުނާފު ފޯމާއެކު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ފޯމުގެ 8.8 ގައި ޙަވާލާދީފައިވާ ލިޔުމަކީ މި ނިންމުމުގެ 45 ނުކުތާގައި ދައުލަތުން ފާހަގަކޮށްފައިވާ ފަދައިން، ވަގުތީ އަމުރާމެދު ގޮތެއް ނިންމިފަހުން ތައްޔާރުކޮށްފައިވާ ލިޔުމަކަށްވެފައި، އެ ލިޔުމަށް މި މަރުޙަލާގައި ރިޢާޔަތްކުރެވޭނެ ޤާނޫނީހަމައެއްނެތެވެ. އަދި މި ނިންމުމުގެ 30 ވަނަ ނުކުތާގައި، ޝަރީޢަތުންކުރި ސުވާލުތަކާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ދީފައިވާ ޖަވާބަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުގެ ކިބައިގައިއޮތީ މިލްކުވެރިކަމުގެ ޙައްޤެއްކަމާއި، ބިންވެރިޔާ އުޞޫލުގެ ދަށުން ގޯތިހޯދުމަށް ޖޫން 2022 ގައި ފުރުޞަތު ހުޅުވާލުމުގ ކުރީގެ އެއްވެސް ލިޔުމެއްގައި، އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ހުށަހަޅާފައިވާ ފަދައިން، ޢަލީ މުޞްޠަފާ މުޙައްމަދު ފިޔަވައި އިތުރު ފަރާތެއްގެ ޙައްޤެއް އޮތްކަމަށް ޝަރީޢަތަށް ބެލެވޭފަދަ އެއްވެސް ލިޔުމެއްނެތެވެ.

58HN8މި މައްސަލައިގެ ވަގުތީ އަމުރާމެދު ގޮތެއް ނިންމެވުމުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޖަމީލް މައްސަލައިގައިވާ އުޞޫލު ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް އިސްތިއުނާ ފުކުރާ ފަރާތުން ބުނެފައިވާއިރު، އިސްތިއުނާފުކުރާ ފަރާތުގެ ޝަރުޠު އުނިވުމަށް ދައުލަތުން ނިންމުމުގައި ރިޢާޔަތްކުރި ލިޔުންތަކާ ގުޅުވައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ކުރެވުނު ސުވާލުތަކުގެ ޖަވާބަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުގެ މިލްކުވެރިކަމުގެ ޙައްޤެއް ނެތްކަމަށް ނުވަތަ އަތުގެ މިލްކުވެރިކަން ނެތްކަމަށް ފުރަތަމަ ނަޒަރުން ބަލަންޖެހޭފަދަ ސަބަބެއް ސާފުކޮށްދީފައިނުވެއެވެ.

59އެހެންކަމުން، ސިވިލް ކޯޓުން ވަގުތީ އަމުރާމެދު ގޮތެއް ނިންމަވާފައިވަނީ، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ)ގައި، ފަނޑިޔާރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ބަލަންޖެހޭ ކަންކަމަށް ރިޢާޔަތް ކޮށްގެންކަމަށް ދެކެމެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދު ﷲ ޖަމީލް މައްސަލަ މި މައްސަލައަށް ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށްކަމަށް ދެކެމެވެ.

60HN5ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ވ. ވޯޓަރ ފްރޮންޓް ހޮޓެލް އެންޑް ލެޝަރ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގެ 16 އިން 21 ވަނަ ނުކުތާގައި، މައުޟޫޢީ މައްސަލަ ނިމުމުގެ ކުރިން، ވަގުތީ އަމުރެއްގައި އެދޭފަރުވާއަކ މައުޟޫޢީ މައްސަލައިގައި އެދޭފަރުވާއާ އެއްފަރުވާއެއް ކަމުގައިވާނަމަ، މައުޟޫޢީ މައްސަލައިގައި ކުރިއާލައި ގޮތެއްކަނޑައެޅުމުގެ ފުރުޞަތު އޮންނާނެކަމަށާއި، އެ ޙާލަތުގައި ވަގުތީ އަމުރެއް ނުނެރެވޭނެކަމަށް ކަނޑައަޅުއްވާފައިވެއެވެ.

61HN6މީގެއިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެކްސްބިޒް މައްސަލައިގައި ވަގުތީ އަމުރަށް އެދޭފަރާތުގެ ހިމާޔަތް ކުރެވެންޖެހޭ މައުޟޫޢީ ޙައްޤު ފާޅުކަން ބޮޑުގޮތެއްގައި އޮތްކަން ބެލުމުގައި، ވަގުތީ އަމުރާމެދު ގޮތެއް ނިންމުމުގެ ބޭނުމަށް މަތިމަތިން ހެކިވަޒަންކުރުމުން، ވަގުތީ އަމުރަށް އެދޭފަރާތުގެ ހުށަހެޅުމާ ގުޅިގެން ހެކިތަކުން ދޭހަވާ ވާޤީޢާއަކާމެދު ކުރިއާލައި ވަކިގޮތެއް ނިންމުމަކާނުލައި، ޖުމްލަ ހެއްކަށް ރިޢާޔަތްކޮށް އެފަދަ މައުޟޫޢީ ޙއަ ޤެއް އޮތުމުގެ ފުރުޞަތު ބޮޑުކަމުގެ މައްޗަށް ޝަރީޢަތުން ގޮތެއް ނިންމޭފަދަ މިންވަރަށް ކަންކަން ސާފުވާން ވާނެކަމަށްދެކެމެވެ.

62HN7އިސްތިއުނާފުކުރާ ފަރާތުގެ ދެވަނަ ނުކުތާގައި އުފައްދާ ޤާނޫނީ ބަހުސަކީ، މި މައްސަލައިގައި ވަގުތީ އަމުރާމެދު ގޮތެއް ނިންމުމުގައި ބަލަންޖެހޭނީ ފުރަތަމަ ނަޒަރުން ޕްރައިމާ ފޭސީ މިންގަނޑުންކަމަށާއި، ސިވިލް ކޯޓުން މައްސަލަ ބަލާފައިވަނީ އެ މިންގަނޑުން ނޫންކަމަށެވެ. އެ ނުކުތާ އިތުރަށް ތަފުޞީލު ކުރމުނަ، ދަށުކޯޓަށް ހުށަހަޅާފައިވާ ލިޔުންތައް ވަޒަންކުރުމާ ގުޅޭގޮތުން ޢަލީ މުޞްޠަފާ މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ޤާނޫނީ ބަހުސެއް އުފައްދާފައިވަނީ، އެ ލިޔުންތަކުގެ އަލީގައި އިސްތިއުނާފުކުރާ ފަރާތކަ ބިންވެރިޔާ އުޞޫލުގެ ބޭނުމަށް ގޯތި "ލިބިފައިވާ ފަރާތެއް" ނޫންކަމަށެވެ. އަދި އެ ބަހުސް އުފެއްދުމުގައި އަމީން އެވެނިއުގެ އެޕާޓްމަންޓުގައ އިސްތިއުނާފުކުރި ފަރާތުގެ ކިބައިގައިއޮތް މިލްކުވެރިކަމުގެ ޙައްޤުގެ ދަރަޖައާއި ނިސްބަތުގެ މައްޗަށް ބިނާކޮށް، ބިންވެރިޔާ އުޞޫލުގެ ޝަރުޠު ފުރިހަމަނުވާކަމަށް ދައުލަތުން ކަނޑައަޅާފައިވަނީ ޤާނޫނީ އުޞޫލާ ޚިލާފަށްކަމަށްބުނެ އުފައްދާ ސުވާލު ވަށައިބުރު ޖަހާފައި އަންނަނީ، އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ޖުޑީޝަލް ރިވިއުގެ މައުޟޫޢީ ދަޢުވާގައި ޝަރީޢަތުގެ ކުރިމަތީގައިއޮތް ޤާނޫނީ ސުވާލަށެވެ.

63ސިވިލް ކޯޓަށް ހުށަހަޅާފައިވާ އެ ކޯޓުގެ ނަންބަރު 2023-CVC-2843 ޤަޟިއްޔާގެ މައިގަނޑު ބަހުސކަމުގައިވް، ބިންވެރިޔާ އުޞޫލުގެ 3 ވަނަ މާއްދާގެ (ނ)ގައި ބަޔާންކުރި ޝަރުޠާ ފުރިހަމަވުމާއި ނުވުމުގެ ޤާނޫނީ ބަހުސަށް ގޮތެއް ނިންމުމަކާ ނުލައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ކުރިމަތީގައިއޮތް ވަގުތީ އަމުރުގެ އިސްތިއުނާފުގައި، އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާގޮތަށާއި މިންވަރަށް ރިޢާޔަތް ނުކުރެވޭނެކަމަށް ދެކެމެވެ. އެހެންކަމުން، މި ޙާލަތުގައި އިސްތިއުނާފުކުރާ ފަރާތުން ހެކިވަޒަން ކުރުމަށް ޢަމަލީގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގައި އެދިފައިވަނީ، ޕްރައިމާ ފޭސީ މިންގަނޑުންކަމަށް ނުދެކެމެވެ.

64ސިވިލް ކޯޓުން ވަގުތީ އަމުރާމެދު ނިންމިގޮތުގެ 5 ވަނަ ނުކުތާގައި، ސިވިލް ކޯޓުގެ ނަންބަރު -2843 2023-CVC ޤަޟިއްޔާގައި އެހައިތަނަށ ހުށަހަޅާފައިވް ލިޔުންތަކަށް ރިޢާޔަތްކޮށް، ޢަލީ މުޞްތަފާ މުޙައްމަދުގެ ނަމުގައި 600 (ހަސަތޭކަ) އަކަފޫޓަށް ވުރެބޮޑު ބޯހިޔާވަހިކަމެއް އޮތްކަމުގެ މައްޗަށް ޕްރައިމާ ފޭސީ މިންގަނޑުން މަތިމަތިންބަލއަ ބުރަވެ، އިސްތިއުނާފުކުރާ ފަރާތަށް ޙިމާޔަތް ލިބެންޖެހޭ ޤާނޫނީ މަރުކަޒެއް ފާޅުކަން ބޮޑުގޮތެއްގައި ނެތްކަމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަމަށް ދެކެމެވެ.

މައްސަލަ ނިންމަން ފެންނަގޮތް

65ބުނެވިދިޔަ ކަންކަން އެގޮތުގެމަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 2023-CVC-2843 ޤަޟިއްޔާގެ ޖުޑީޝަލް ރިވިއު މައްސަލައިގެ، ސިވިލް ކޯޓުގެ ނަންބަރު B8/VN/2023/01-144 (12 ސެޕްޓެމްބަރ 2023) "ވަގުތީ އަމުރާމެދު ނިންމިގޮތް"އަށް ބަދަލެއް ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، މައްސަލަ ނިންމަން ފެނެއެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

66މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ނިންމުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚުންނެވެ . އެހެންނަމަވެސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާ އަށް ބިނާކޮށް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ). ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ). ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ). 2023lHC-N318 3l ,r. 3c. a ,.aa, to . ,.a, trHa, ,2rt1' ".ary c ,a o?? ,4. . a ,. o, .67 .sztvl?? zr.r.'. -t24 CUoU ,rzUJ .t-r.r,-.r2 2 ,--?.-.. ,r. 3r.c., o ., ,o . ,a, tJr2r.12 t.rcl ,r)rt C 2' Oarr, ,4, , a aa O, .t2/r'frr? /1,.r,, 324 eTeu ,rz.rJ .r'rr2Prr2 2 .68 , aaaa cD 2v1 2rOa c z? o O ,, , O . C 2-c a C, a. o a j.3.2,- j 2843 -CY C-2023 sev rtP (tr2r/ ,-?2srcs., lr,rr27e '.Jrl a, / . o c oc j:-,:ii.ii (2023 le2€jP t2) 144-B8lYNl2023lO1 .lrii i&9 ,a ):t jL-,]a, a a.a Oa ... . oaroa cc.. zlti 4coa oa Oca/ O2l1 ora o 2c'u,. ,<ll ,orPrr2 2 .rrtlr2.2r. .r2t Jqr a00P -/r3 /eu./.rs .rz/rc /., -?t2,7.2 12r2.' f3t /?.r4 oD o ? 1r- orr. o a, , co r? . e >C2 z c4 o.2 c .ii,sr.?f; 2t /, uJc2 3'.-r 2 (f JJ.?nr.t .-r/2e2 s.Prar zuJ 3 eYrr,,/ s e.r-rr2l a ,aa , oD .. aa a 'JrY 2Y1 tt.tf t a /2' I ,aa a </KNJT ( JF2t ra2 Jt, 12 '"r2'?l .3r:i ;r:t3 -1.i:-i a / ra aa \ v-n:) /s4- o )- l. t€a* w) 55lb+ ll :pvJ .JJZ)Vly is) tgatz22 (22 .?t-/ cr'@, teva/ tear'/ty'

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ