އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ވ. މެޑިކްއިޕް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން ކަނޑައެޅީ އެއްބަސްވުމުގައި މުޤާބިލެއް އޮތްކަމަށާއި، ހޮސްޕިޓަލުން އެއްބަސްވުމަށް ޢަމަލުކުރުން ހުއްޓާލީ އެއްބަސްވުމާ ޚިލާފަށްކަން ސާބިތުނުވާކަމަށާއި، ނަމަވެސް ހުއްޓާލުމާ ހަމައަށް ރީއެޖެންޓްސް ކުންފުނިން ނުގަތުމުގެ ސަބަބުން ގެއްލުމެއް ލިބިފައިވާނަމަ، އެކަމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު ކުންފުންޏަށް ލިބިގެންވާކަމަށެވެ.
- ވާޤިޢާ
- ހޮސްޕިޓަލާއި ކުންފުނީގެ ދެމެދު 2014 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން، ކުންފުނިން ހިލޭ އައު ލެބޯޓަރީ މެޝިނެއް އިންސްޓޯލްކޮށްދީ، މެޝިނަށް ބޭނުންވާ ރީއެޖެންޓްސް 05 އަހަރަށް ހަމަޖެހިފައިވާ އަގެއްގައި ކުންފުނި މެދުވެރިކޮށް ފޯރުކޮށްދޭނެކަމަށް ބަޔާންކޮށްފައިވެއެވެ. 2017 ގައި ހޮސްޕިޓަލުން މެޝިންތައް ބޭނުން ނުކުރާތީ ގެންދިޔުމަށް ސިޓީއެއް ފޮނުވުމުން، ކުންފުނިން އެއްބަސްވުމަށް ޢަމަލުކުރުމާއި ގެއްލުމުގެ ބަދަލު ހޯދުމުގެ ޙައްޤު ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގައި މުޤާބިލެއް އޮތްކަމަށާއި، އެ މުޤާބިލަކީ މެޝިނަށް ބޭނުންވާ ރީއެޖެންޓްސް އިސްތިއުނާފު ރައްދުވާ ފަރާތް މެދުވެރިކޮށް ގަތުންކަމަށް ސިވިލް ކޯޓުން ކަނޑައެޅީ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްތޯ؛ އަދި ދައުލަތުން އެއްބަސްވުމާ ޚިލާފުވެފައިވާކަން ސާބިތުނުވާއިރު، ރީއެޖެންޓްސް ނުގަތުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު ލިބިގެންވާކަމަށް ކަނޑައެޅީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާއި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާއި ޚިލާފަށްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ދައުލަތުން ބުނީ މުއާމަލާތަކީ ހިލޭ އެހީއެއް ކަމަށާއި މުޤާބިލެއް ނެތްކަމަށާއި، ސިވިލް ކޯޓުން ފަރާތްތަކުގެ ނިޔަތަށް ބަލައި 2021/SC-A/39 އާއި 2015/SC-A/24 އާ ޚިލާފުވެފައިވާކަމަށާއި، އެއްބަސްވުމާ ޚިލާފުވިކަން ސާބިތުނުވާއިރު ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާއި 2019/SC-A/85 އާއި 2020/SC-A/38 ގެ ދަށުން ބަދަލު ހޯދުމުގެ ޙައްޤެއް ނެތްކަމަށެވެ. ކުންފުނިން ބުނީ ދައުލަތުން އެއްބަސްވުމެއް އޮތްކަން ޤަބޫލުކުރާކަމަށާއި، ކޮންސިޑަރޭޝަނަކީ މުޅި ކޮންޓްރެކްޓަށް ނިސްބަތްވާ އެއްޗެއްކަމަށާއި، އެއްބަސްވުން ނިމުމުން ކުރިން އުފަންވެފައިވާ ޙައްޤުތައް (accrued rights) ނެތިނުދާނެކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- އެއްބަސްވުމުގެ މަޤްޞަދާއި ރީއެޖެންޓްސް ކުންފުނި މެދުވެރިކޮށް ހޯދުމަށް ސާފުކޮށް ބަޔާންކުރާ މާއްދާއަށް ބަލާއިރު މުޤާބިލު އޮތްކަން ސާފުކަމަށާއި، 2021/SC-A/39 ގެ މައުޟޫޢީ ޓެސްޓަކީ ކޮންޓްރެކްޓެއް އުފެދުނުކަމާމެދު ސުވާލު އުފެދޭ ޙާލަތަށް ނިސްބަތްވާ އުޞޫލެއްކަމަށް ކޯޓުން ކަނޑައެޅިއެވެ. ސިވިލް ކޯޓުން ކަނޑައެޅި ޙައްޤަކީ އެއްބަސްވުމާ ޚިލާފުވުމުގެ މައްޗަށް ބިނާވާ ގެއްލުމުގެ ބަދަލެއް ނޫން، ރީއެޖެންޓްސް ގަތުމުގެ ޒިންމާ އަދާނުކުރުމުން އުފަންވާ ވަކި ދަޢުވާއެއް ކުރުމުގެ ޙައްޤަކަށްވާތީއާއި، އެފަދަ ދަޢުވާއެއް މަނާކުރާ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލެއް ނެތުމުން ސިވިލް ކޯޓުގެ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 2336/Cv-C/2021
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
ކޮންޓްރެކްޓަކީ ދެ ޝަޚްޞުންގެ ނުވަތަ އެއަށްވުރެ ގިނަ ޝަޚްޞުންގެ މެދުގައި، ކަމެއްކުރުމުގެ ނުވަތަ ކަމެއް ކުރުމުން މަނާވެގަތުމުގެ ޤާނޫނީ އިލްތިޒާމު އުފުލުމަށް ވެވޭ އެއްބަސްވުމެކެވެ. އެފަދަ އެއްބަސްވުމެއް މައުޟޫޢީގޮތުން އެކުލަވާލުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު މަބްދައު ސުލްޠާނުލް އިރާދާގެ ދަށުން ކޮންޓްރެކްޓްގެ ބައިވެރިންނަށް ލިބިދެއެވެ. މިއީ freedom to contract ގެ މަފްހޫމެވެ. (ޕެރ. 39)
މި ބާރާއި އިޚްތިޔާރު ޤާނޫނީގޮތުން ޤައިދުކުރެވޭނެ ހަމައެކަނި ގޮތަކީ ކޮންޓްރެކްޓުގެ އެއްބަސްވުމަކީ 'އަމުރުކުރުވަނިވި ޤާނޫނީ ޤާޢިދާ' (peremptory rule) އަކާއި ނުވަތަ ދައުލަތުގެ ޢާންމު ނިޒާމާއި ޢާންމު އަދަބުތަކުގެ (public order/public decency) ޤާޢިދާއަކާއި ޚިލާފު އެއްބަސްވުމަކަށް ވާނަމައެވެ. (ޕެރ. 40)
ކޮންޓްރެކްޓަކީ ޤާނޫނު އެހެން ގޮތަކަށް ކަނޑަނާޅާނަމަ، ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫނެވެ. އެހެންކަމުން، ޞަރީޙަ ބަހުން ނުވަތަ ޟިމްނީ ގޮތުންވެސް ކޮންޓްރެކްޓެއް އޮވެދާނެއެވެ. ކޮންޓްރެކްޓެއް ލިޔެ ސޮއިކޮށްފައި އޮތުން ޤާނޫނު ލާޒިމެއްނުކުރެއެވެ. (ޕެރ. 42)
ކޮންޓްރެކްޓް ޞައްޙަވުން ބިނާވެފައިވަނީ 02 (ދޭއް) އަސާސެއްގެ މައްޗަށެވެ. އެއީ ކޮންޓްރެކްޓުގެ ބައިވެރިން އެއްވެސް މަޖުބޫރުކަމެއްނެތި އަމިއްލަ އިޚްތިޔާރުގައި އެ ކޮންޓްރެކްޓް ކުރުމުގެ މައްޗަށް އޭގެ ބައިވެރިންގެ ފުރިހަމަ ރުހުމާއި ޤަބޫލު އޮތުމެވެ. އަދި އެ ކޮންޓްރެކްޓްގެ ބައިވެރިންގެ ރުހުމާއި ޤަބޫލު، ޝަރީޢަތާއި ޤާނޫނު ޤަބޫލުކުރާ، އަދި ޝަރީޢަތާއި ޤާނޫނު އެކަންކުރުމުގެ މައްޗަށް ބާރުދޭ ކަމެއްގެ މައްޗަށް އޮތުމެވެ. (ޕެރ. 44)
ހުށަހެޅުމާއި، ޤަބޫލުކުރުމާއި، ޤާނޫނީ ގޮތުން ބަނދެވޭ ގުޅުމެއް އުފެއްދުމުގެ ނިޔަތް އޮތުމާއި، ކޮންޓްރެކްޓް އުފެއްދުމުގެ ޤާބިލިއްޔަތު ހުރުމާއި، ރުހުން އޮތުމުގެ އިތުރުން، މުޤާބިލަކީ (consideration) ކޮންޓްރެކްޓެއް ފުރިހަމަވުމަށް ކޮންމެހެން ފުރިހަމަވާންޖެހޭ އުންސުރެކެވެ. ދެ ފަރާތެއްގެ ދެމެދުގައި ކޮންޓްރެކްޓެއް ވުޖޫދުވާނީ ޤާނޫނު ޤަބޫލުކުރާ އަދި ޤާނޫނު ބާރުދޭ ކޮންޓްރެކްޓަކަށްވުމަށް ލާޒިމުވާ އުންސުރުތައް ފުރިހަމަވެގެންނެވެ. (ޕެރ. 48-49)
ކޮންޓްރެކްޓެއްގައި މުޤާބިލު އެކުލެވިފައިވޭތޯ ދެނެގަތުމުގައި ކޮންޓްރެކްޓް ކުރުމުގެ މަޤްޞަދަށް ބަލަންޖެހޭނެއެވެ. މުޤާބިލުގައި ދެވޭ ނުވަތަ ބަދަލުކުރެވޭ އެއްޗަކީ އަގު ކުރެވޭ އެއްޗަކަށްވުން ލާޒިމުވާނެއެވެ. (ޕެރ. 51)
މުޤާބިލަކީ އެކަށޭނަ (sufficient) ނުވަތަ އެ ލިބިގަންނަ ފަރާތަށް އަގު ކުރެވޭ ނުވަތަ އަގެއް ހުރި އެއްޗެއް ކަމުގައިވާންޖެހެއެވެ. އެކަށޭނެ މިންވަރަކަށްވުމަކީ، ލިބުނު ވަޢުދާ އިޤްތިޞާދީ ގޮތުން ހަމަހަމަ މިންވަރެއްގެ އަގެއް އޭގައި ހުރުމެއް ނޫނެވެ. މުޤާބިލަކީ ފުދޭ (adequate) އެއްޗަކަށްވާކަށް ނުޖެހެއެވެ. ޤާނޫނުގެ ކުރިމަތީގައި އަގެއް ހުރުމުން ފުދޭނެއެވެ. ވަކި އެއްޗެއް އޭގެ އަމިއްލަ ޒާތުގައި މާލީ އަގު ދަށްވުމަކީ ނުވަތަ އެއްވެސް މާލީ އަގެއް ނެތުމަކީ، އެ އެއްޗެއް ކޮންސިޑަރޭޝަނެއްގެ ގޮތުގައި ބެލުމަށް ހުރަސްއަޅާ ކަމެއް ނޫނެވެ. (ޕެރ. 52.1-52.2)
މުޤާބިލު އެއް ފަރާތުން އަނެއް ފަރާތަށް ބަދަލުވާންވާނެއެވެ. މުޤާބިލު އަންނަންވާނީ ވަޢުދު ރައްދުވާ (promisee) ފަރާތުންނެވެ. އާންމު އުޞޫލުން، ވަޢުދެއް ތަންފީޛުކުރަން އެދޭ މީހަކީ އެ ވަޢުދަށްޓަކައި މުޤާބިލު ފޯރުކޮށްދީފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. (ޕެރ. 52.3)
މާޒީގެ ގޮސްފައިވާ މުޤާބިލަކީ އާންމު ގޮތެއްގައި ޞައްޙަ މުޤާބިލެއްނޫނެވެ. ކޮންސިޑަރޭޝަން ދޭންވާނީ ވަޢުދުގެ ބަދަލެއްގެ ގޮތުގައެވެ. ވަޢުދުވުމުގެ ކުރިން މީހަކު ޢަމަލެއް ކޮށްފިނަމަ، އެ ޢަމަލު ޢާންމުގޮތެއްގައި ބެލެވޭނީ މާޒީވެ ގޮސްފައިވާ ކޮންސިޑަރޭޝަނެއްގެ ގޮތުގައެވެ. އަދި އޭގެ ފަހުން ވާ ވަޢުދަކަށް އެއިން ބާރެއް ނުލިބޭނެއެވެ. (ޕެރ. 52.4)
ޢާންމު އުޞޫލެއްގެ ގޮތުން ދެ ފަރާތުން ކޮންޓްރެކްޓެއްގެ މުޤާބިލު އެއް ފަރާތުން އަނެއް ފަރާތަށް ބަދަލުކުރުމަށް ވަކި ވަގުތަކަށް އެއްބަސްވުމުގެ ބައިވެރިންނަށް އެއްބަސްވެވިފައިވާނަމަ، ނުވަތަ އެއްބަސްވުމުގައި ވަކި ވަގުތެއް ކަނޑައަޅާފައިވާނަމަ، އެ ވަގުތެއްގައި އެ މުޤާބިލު އެއް ފަރާތުން އަނެއް ފަރާތަށް ބަދަލުވެ، ނަޤުލުވެގެން ދާނެއެވެ. (ޕެރ. 52.6، 53)
މުޤާބިލު އެއް ފަރާތުން އަނެއް ފަރާތަށް ބަދަލުވުމާއި، މުޤާބިލަކީ މާޒީގެ މުޤާބިލަކަށް ނުވުމާއި، މުޤާބިލަކީ ފުދޭ (adequate) އެއްޗަކަށް ނުވިނަމަވެސް އެކަށޭނަ (sufficient) ނުވަތަ އެ ލިބިގަންނަ ފަރާތަށް އަގު ކުރެވޭ ނުވަތަ އަގެއް ހުރި އެއްޗެއް ކަމުގައި ވާންޖެހޭއިރު، މިއިން ޝަރުޠެއް މުޤާބިލުގައި ފުރިހަމަ ނުވާނަމަ، ޤާނޫނީ ގޮތުން ތަންފީޛުކުރެވޭ ޞައްޙަ އެއްބަސްވުމެއް އުފެދިގެން ނުދާނެއެވެ. (ޕެރ. 54)
ކޮންޓްރެކްޓަކަށް ދެފަރާތް ވާޞިލްވެފައިވޭތޯ ބެލުމަށްޓަކައި ކޯޓުތަކުން ބޭނުންކުރާ މައުޟޫޢީ ޓެސްޓު ނިސްބަތްވަނީ ކޮންޓްރެކްޓެއް އުފެދުނުކަމާމެދު ސުވާލު އުފައްދާ ޙާލަތަށެވެ. މި ޓެސްޓުގެ ދަށުން ގޮތެއް ކަނޑައެޅުމުގައި ކޯޓުން ބަލާނީ ޚަޞްމުން ކަންކަން ކޮށްފައިވާ ގޮތަށާއި ދައްކާފައިވާ ވާހަކަތަކަށާއި އަދި ލިޔެފައިވާ ލިޔުންތަކާއި އަދި އެއިން ދޭހަކުރެވޭ ދޭހަކުރުންތަކަށެވެ. ހުށަހެޅުމާއި ޤަބޫލުކުރުން ފުރިހަމަވެ ޚަޞްމުންގެ މެދުގައި ކޮންޓްރެކްޓެއް އުފެދުނުކަމާމެދު ސުވާލެއްނެތްހިނދު، އެ އުޞޫލު ތަޠުބީޤުކުރަންޖެހޭކަމުގައި ނުދެކެމެވެ. (ޕެރ. 58، 60)
އެއްބަސްވުމެއް ވުޖޫދުވާނީ އެ އެއްބަސްވުމުގައި މުޤާބިލުގެ އުންސުރު ހިމެނިގެންކަމާމެދު ޝައްކެއްނެތެވެ. އެއްބަސްވުމުގައި މުޤާބިލެއްނެތްނަމަ، އެއީ ޤާނޫނު ޤަބޫލުކުރާ އަދި ޤާނޫނު ބާރުދޭ އެއްބަސްވުމަކަށްނުވާނެއެވެ. އެހެންކަމުން، އެއްބަސްވުމެއް ވެފައިވާކަމާމެދު އިޢުތިރާޟެއްނެތި، އެ އެއްބަސްވުމުގައި މުޤާބިލެއްނެތްކަމަށް ބުނާ ބުނުމަކީ ދެކޮޅުޖެހޭކަމެއްނޫނެވެ. (ޕެރ. 61)
އެއްބަސްވުމުގައި ސާމާނުތައް ވަކި ފަރާތެއް މެދުވެރިކޮށް ހޯދުމަށް ސާފުކޮށް ބަޔާންކޮށްފައި އޮތުމުން އެއީ އެއްބަސްވުމުގެ މުޤާބިލުކަން ސާފެވެ. އަދި އެ ސާމާނުތައް އެހެން ފަރާތެއްގެ ފުށުން ހޯދާފައިވުމަކީ، ނުވަތަ އެ މުއްދަތުގެ ތެރޭގައި އެއްވެސް މިންވަރަކަށް އެ ފަރާތް މެދުވެރިކޮށް ހޯދާފައިނުވުމަކީ އެއްބަސްވުމުގައި މިވާ ޙަޤީޤަތް ނެތިދާނެކަމެއްނޫނެވެ. (ޕެރ. 65)
ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއަކީ، ކޮންޓްރެކްޓެއްގެ ބައިވެރިޔަކު އެ ކޮންޓްރެކްޓަކާ ޚިލާފު ޢަމަލެއް ކުރުމުން، އެ ޢަމަލެއްގެ ސަބަބުން ލިބުނު ގެއްލުމަކަށް، އެ ޢަމަލުކުރި މީހަކު، ބަދަލު ދޭންޖެހުމެވެ. ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ކުރިން އެއްބަސްވުމާ ޚިލާފުވީ ފަރާތެއް ދެނެގަންނަން ޖެހޭނެއެވެ. އެއްބަސްވުމާ ޚިލާފުވެގެން ލިބޭ ގެއްލުމުގެ ބަދަލަކާމެދު ގޮތެއް ނިންމޭނީ އެއްބަސްވުމާ ޚިލާފުވީ ކޮން ފަރާތަކުންކަން ކަނޑައެޅިގެންނެވެ. އެއްބަސްވުމާ ޚިލާފުވެފައިނުވާނަމަ، 23 ވަނަ މާއްދާގެ ދަށުން ބަދަލު ނަގައިނުދެވޭނެއެވެ. (ޕެރ. 68، 70)
އެއްބަސްވުމުގެ ދަށުން އެއް ފަރާތަށް އޮތް ޒިންމާއެއް އެ ފަރާތުން އަދާކޮށްފައިނުވުމުގެ ސަބަބުން ގެއްލުމެއް ލިބިފައިވާނަމަ، އެކަމުގެ ބަދަލު ހޯދުމަށް އުފަންވާ ޙައްޤަކީ އެއްބަސްވުމާ ޚިލާފުވުމުގެ މައްޗަށް ބިނާވާ ގެއްލުމުގެ ބަދަލެއް ނޫނެވެ. މިފަދަ ދަޢުވާއެއް ކުރުމުގެ ޙައްޤު މަނާވެގެންވާ ޝަރުޢީ އަދި ޤާނޫނީ އުޞޫލެއް ނެތެވެ. (ޕެރ. 72)
ބައެއް ޙާލަތްތަކުގައި ޝަރީޢަތުން ގޮތެއް ކަނޑައަޅާފައިނުވާ ކަންކަމުގެ މައްޗަށް ބިނާކޮށް، ކުރެވޭ މުޢާމަލާތަކާ ގުޅިގެން އެއް ފަރާތުން އަނެއް ފަރާތުގެ މައްޗަށް ދަޢުވާކުރުމަށް ހުރަހެއްނެތްކަމަށް ޝަރީޢަތުން ބަޔާންކުރަންޖެހޭ ޙާލަތެއް މެދުވެރިވެދާނެއެވެ. އަދި ބައެއް ޙާލަތްތަކުގައި ބަލަމުންދާ މައްސަލަ ނިންމުމަކުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ އާންމު އުޞޫލުތަކުގެ ދަށުން ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމަށް ހުރަހެއްނެތްކަމަށް ކަނޑައަޅާ ޙާލަތުވެސް މެދުވެރިވެދާނެއެވެ. (ޕެރ. 73-74)
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާ އާއި 6 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 7 ވަނަ، 8 ވަނަ އަދި 9 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 268 ވަނަ މާއްދާ އާއި 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ)
- ސުޕްރީމް ކޯޓު 2015/SC-A/24 (ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ވ. ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓު 2021/SC-A/39 (އިބްރާހީމް ރަޝީދު އަދި އިތުރު 2 ފަރާތެއް ވ. ޢަބްދުﷲ ޢަޒީޒު)
- ސުޕްރީމް ކޯޓު 2016/SC-A/16 (އިބްރާހީމް ޚަލީލް ވ. ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ))
- ސުޕްރީމް ކޯޓު 2009/SC-A/30 (ޙަސަން ޙަލީމް ވ. ހަރންގް ތްޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓު 2014/SC-A/16 (ޙަސަން ޢަލީ މަނިކު ވ. ޙާމިދު އިސްމާޢީލް)
- ސުޕްރީމް ކޯޓު 2017/SC-A/01 (އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓު 2019/SC-A/56 (ބިޒްނާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް (ދައުލަތް))
- ސުޕްރީމް ކޯޓު 2022/SC-A/58 (ޑރ. މުޙައްމަދު ޒާހިރު ޙުސައިން ވ. ފާރޫޤު ޙަސަން އަދި އިބްރާހީމް ރަޝީދު މޫސާ)
- ސުޕްރީމް ކޯޓު 2022/SC-A/90 (ސުލްޠާނާ އަޙްމަދު ވ. ފިރުދައުސް ޙަނީފް)
- ސުޕްރީމް ކޯޓު 2020/SC-A/113 (ފާޠިމަތު ޙުސައިން ވ. ފާޠިމަތު ޖަމްޝީދާ)
- ސުޕްރީމް ކޯޓު 2019/SC-A/85 (ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ)
- ސުޕްރީމް ކޯޓު 2020/SC-A/38 (ސެންޓަރ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ވ. ޓްރޮޕިކް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓު 2019/SC-A/70 (ކޮރަލްގޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓު 2022/SC-A/83 (ޢާއިޝަތު ޝިޔާމާ އަޙްމަދު ވ. މުޙައްމަދު ޔޫސުފް)
- Currie v Misa (1875) LR 10 Ex 153
- Chappell & Co Ltd v The Nestle Co Ltd (1960) AC 87
- Photo Production Ltd v Securicor Transport Ltd (1980) AC 827
ފަނޑިޔާރުން
- ބެންޗު
- ޙުޒައިފާ މުޙައްމަދު، ޙުސައިން މަޒީދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ޙުކުމުގެ ފުރިހަމަ ލިޔުން މި ޑޭޓާބޭސްގައި އަދި ނެތް. ކޯޓުގެ ޙުކުމު ކިޔުމަށް ޕީޑީއެފް ބައްލަވާ.
ޙުކުމުގެ ޕީޑީއެފް ހުޅުވާމި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.