ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-A/359

ޔޯމަން އެޖެންސީސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ވ. ޝާދިޔާ އިބްރާހީމް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 9 ޖުލައި 2024ދަށު ކޯޓު: ވަޒީފާއާބެހޭ ޓްރައިބިއުނަލް 142/VTR/2020ބާވަތް: ވަޒީފާއާބެހޭ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ވަޒީފާއާބެހޭ ޓްރައިބިއުނަލް 142/VTR/2020
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ޓްރައިބިއުނަލުން ވަކިވުމަކީ ކޮންސްޓްރަކްޓިވް ޑިސްމިސަލްއެއްކަމަށް ކަނޑައަޅައި، އުނިކުރި އަދި ނުދީ ހިފެހެއްޓި މުސާރައާއި، 1 އަހަރުގެ މުސާރަ ގެއްލުމުގެ ބަދަލުގެ ގޮތުގައްޔާއި، ތަފާތުކުރުމުގެ ބަދަލުގައި 2 މަހުގެ މުސާރައާއި ރަމަޟާން ޢިނާޔަތް ނަގައިދިނުމަށް ނިންމިއެވެ؛ ނޯޓިސް ފައިސާއާއި ޕިއުނިޓިވް ޑެމޭޖަސް ފަދަ އެހެން އެދުންތައް ބަލައިނުގަތެވެ.
ވާޤިޢާ
2002 އިން ފެށިގެން ސޭލްސް މެނޭޖަރުގެ ގޮތުގައި މަސައްކަތްކުރި މުވައްޒަފެއްގެ 2020 މާރިޗު އަދި އެޕްރީލް މަހުގެ މުސާރައިން ކޮވިޑް-19 ގެ ސަބަބުން އުނިކޮށް، މޭ މަހުން ފެށިގެން މުސާރަ ނުދީ ހިފަހައްޓައި، ޝަކުވާކުރުމަށްފަހުވެސް ޙައްލެއް ނުލިބުމުން، 9 އޯގަސްޓް 2020 ގައި އޭނާ ވަޒީފާއިން ވަކިވުމަށް އެދުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިއަށް ގެއްލުންވިކަމަށް ބުނެ މުވައްޒަފުގެ ރުހުމެއްނެތި މުސާރައިން އުނިކޮށް މުސާރަ ހިފެހެއްޓުމަކީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފު ކަމެއްތޯއާއި، އެކަމާ ގުޅިގެން މުވައްޒަފު ވަޒީފާއިން ވަކިވުމަކީ ކޮންސްޓްރަކްޓިވް ޑިސްމިސަލްއެއްތޯ؛ އަދި ގެއްލުމުގެ ބަދަލުގެ މިންވަރާއި، ޑޮކްޓްރިން އޮފް ފްރަސްޓްރޭޝަން އަދި ޑޮކްޓްރިން އޮފް ލޭޝަސް މި މައްސަލައަށް ތަޠުބީޤުވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ކުންފުނިން ބުނީ ކޮވިޑް-19 ގެ މާލީ ގެއްލުމަށް ރިޢާޔަތް ނުކުރާކަމަށާއި، ޕްރޮގްރެސިވް ރިޑަކްޝަނަކީ ތަފާތުކުރުމެއް ނޫންކަމަށާއި، އަމިއްލައަށް އިސްތިއުފާދިނުމަކީ ކޮންސްޓްރަކްޓިވް ޑިސްމިސަލްއެއް ނޫންކަމަށާއި، ބަދަލު އެކަށީގެންނުވާކަމަށާއި، ފްރަސްޓްރޭޝަނާއި ލޭޝަސްގެ ދިފާޢަށް ރިޢާޔަތްނުކުރާކަމަށެވެ. މުވައްޒަފު ބުނީ ވަޒީފާއާބެހޭ ޤާނޫނުގެ 50 އަދި 55 ވަނަ މާއްދާއާއި ކޮންޓްރެކްޓް ހެޔޮ ނިޔަތުގައި ތަންފީޒުކުރުމުގެ އުޞޫލުން އަމިއްލައަށް މުސާރަ އުނިނުކުރެވޭނެކަމަށާއި، ޚާއްޞަ ޤާނޫނު ހުންނައިރު ފްރަސްޓްރޭޝަން ނުހިނގާނެކަމަށާއި، ލޭޝަސްއަށް ޤާނޫނީ އަސާސެއް ނެތްކަމަށެވެ.
ކޯޓުގެ ސަބަބުތައް
މުސާރައިން އުނިކުރުން ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 55 ވަނަ މާއްދާގެ (ށ) ގެ ޙާލަތްތަކުން ބޭރުގައި އަދި މުވައްޒަފުގެ ރުހުމެއްނެތި ކުރި ކަމަކަށްވާތީ ޤާނޫނާ ޚިލާފެވެ؛ އެ ޚިލާފުވުމާ ގުޅިގެން ލިޔުމުން ޝަކުވާކުރުމަށްފަހު ވަކިވުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ކޮންސްޓްރަކްޓިވް ޑިސްމިސަލްއެކެވެ. ބަދަލުގެ މިންވަރަށް އިސްތިއުނާފީ ކޯޓު ވަންނަންޖެހޭ ސަބަބެއް ނުދައްކައި، ފްރަސްޓްރޭޝަނާއި ލޭޝަސްގެ ދިފާޢަށް ޤާނޫނީ އަސާސެއް ނުދެއްކޭތީ ޓްރައިބިއުނަލްގެ ނިންމުން ޤާއިމުކުރެވުނެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ޓްރައިބިއުނަލްގެ ނިންމުން ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ވަޒީފާއާބެހޭ ޤާނޫނުގެ 55 ވަނަ މާއްދާގެ (ށ) އިން އެނގެނީ، މުވައްޒަފުގެ ރުހުމަކާނުލައި މުސާރައަށް ބަދަލު ގެނައުމަކީ އެ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި މެނުވީ ކުރެވޭނެ ކަމެއް ނޫންކަމެވެ؛ ކޮވިޑް-19 ގެ ސަބަބުން ވަޒީފާދޭ ފަރާތަށް މާލީ ދަތިތަކެއް ކުރިމަތިވުމަކީ ޤާނޫނުގައި ބަޔާންނުކުރާ ސަބަބަކުން މުސާރައިން އުނިކުރުން ހުއްދަކޮށްދޭ ކަމެއް ނޫނެވެ.

HN2 ޤާނޫނު ނަންބަރު 20/2020 (ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) ގެ 9 ވަނަ މާއްދާގެ ދަށުން ވެސް މުސާރަ އުނިކުރުމާއި ލަސްކުރުމުގެ އިސްތިސްނާގެ ބޭނުން ހިފެވޭނީ މުވައްޒަފާ މަޝްވަރާކޮށް އޭނާގެ ރުހުމާއެކުގައި ކަމަށް ޓްރައިބިއުނަލުން ކަނޑައެޅި ގޮތަށް ހައިކޯޓުން ތާއީދުކުރެއެވެ.

HN3 ވަޒީފާދޭ ފަރާތުން ވަޒީފާގެ އެއްބަސްވުމާ ޚިލާފުވުން، ޚާއްޞަކޮށް އުޖޫރަ ދިނުމާ ގުޅޭ މާއްދާތަކާ ޚިލާފުވުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 26 ވަނަ މާއްދާގައި ބުނާ ޙާލަތެކެވެ؛ މުވައްޒަފު އެކަން ލިޔުމުން ހުށަހެޅުމަށްފަހުވެސް ޙައްލެއް ނުލިބި ވަޒީފާއިން ވަކިވެއްޖެނަމަ، 26 ވަނަ މާއްދާގެ (ށ) ގެ ދަށުން އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރީކަމުގައި ބެލެވޭނެއެވެ.

HN4 ކޮންސްޓްރަކްޓިވް ޑިސްމިސަލްއަކަށް ވާނީ ހަމައެކަނި 2018/HC-A/397 ޤަޟިއްޔާގައި ދިމާވި ފަދަ ޙާލަތުގައި ކަމަށްވުން ލާޒިމެއް ނޫނެވެ؛ ސާބިޤާ ޤަޟިއްޔާގެ ވާޤިއާތަކާއި މި މައްސަލައިގެ ވާޤިއާތައް ތަފާތުވުން ހަމައެކަނި، އެ ޤަޟިއްޔާ ތަޠުބީޤުކުރި ގޮތް ގޯސްކަމުގައި ބެލޭނެ ސަބަބެއް ނޫނެވެ.

HN5 މުވައްޒަފަކު ވަޒީފާއިން ވަކިވުމަކީ ކޮންސްޓްރަކްޓިވް ޑިސްމިސަލްއެއްކަމަށް ކަނޑައެޅޭ ޙާލަތުގައި، އޭނާ ވަކިވީ އަމިއްލައަށް އެދިގެން ކަމުގައި ވިޔަސް، އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރެވުނު މީހެއްކަމަށް ބަލައި ގެއްލުމުގެ ބަދަލު ނަގައިދެވިދާނެއެވެ.

HN6 ގެއްލުމުގެ ބަދަލަކީ މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކޮށް މައްސަލަ ބަލާ މެންބަރު ނިންމާ ނިންމުމެއް ކަމަށްވާތީ، ޙައްޤުވާ ބަދަލަކީ ކޮބައިކަމާއި އޭގެ ޤާނޫނީ އަސާސް އިސްތިއުނާފުކުރާ ފަރާތަށް ބުނެނުދެވޭހާ ހިނދަކު، އެ ނިންމުމުގެ ތެރެއަށް އިސްތިއުނާފީ ކޯޓު ވަންނަންޖެހޭ ސަބަބެއް ނެތެވެ.

HN7 ކޮންޓްރެކްޓެއް ފްރަސްޓްރޭޓްވަނީ ބައިވެރިންގެ އިހުމާލެއްނެތި ކުރިމަތިވާ ޙާލަތެއްގެ ސަބަބުން އިލްތިޒާމުތައް އަދާކުރުން މުސްތަޙީލު ނުވަތަ ޣައިރު ޤާނޫނީ ވުމުންނެވެ؛ ވަޒީފާގެ މައްސަލަތަކުގައި މިއީ ވަރަށް ނާދިރު ޙާލަތްތަކުގައި (މިސާލަކަށް ވަޒީފާ އަދާކުރަން ނުކުޅެދޭ ސިއްޙީ ޙާލަތެއް ނުވަތަ ވަޒީފާދޭ ފަރާތް މަރުވުން) ކުރިމަތިވާ ކަމެއް ކަމަށްވާއިރު، ޓްރައިބިއުނަލުން އެ ދިފާޢަށް ސާފުކޮށް ޖަވާބު ނުދިނުމަކީ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނޫނެވެ.

HN8 މުސާރައަށް ގެނައި ބަދަލާމެދު ވަޒީފާދޭ ފަރާތަށް ޝަކުވާކުރުން ލަސްވިކަމަށް ބުނެ ޑޮކްޓްރިން އޮފް ލޭޝަސް ހުށަހެޅިއިރު، އެކަމުގެ ޤާނޫނީ އަސާސެއް ބުނެނުދެވޭތީ ޓްރައިބިއުނަލުން އެކަމަށް ރިޢާޔަތްނުކުރުމަކީ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނޫނެވެ.

HN9 ރައްދު އިސްތިއުނާފެއް ބަލައިގަނެވޭނީ އިސްތިއުނާފަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުށަހަޅައިފިނަމައެވެ؛ މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރީގެ މައްސަލައެއްގައި ބަލަންޖެހޭނީ އޭރު ޢަމަލުކުރެވެމުން ދިޔަ ގޮތަށެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙަސަން ޝަފީޢު، ޙުޒައިފާ މުޙައްމަދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: މުޙައްމަދު ޝަނީޒް ޢަބްދުﷲ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ތަޢާރަފު

1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 142/VTR/2020 މައްސަލަ އިސްތިއުނާފު ކުރުމަށް މާލެ، ޔޯމަން އޖެންސީސެ (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ޔޯމަން އެޖެންސީސް")ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާފަރާތަކީ […] ހެޕީހައުސް/ ޝާދިޔާ އިބްރާހީމް އެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު މައްސަލައާއި އެ މައްސަލައިގެ ނިންމުނަ

2ޝާދިޔާ އިބްރާހީމް 25 ފެބުރުވަރީ 2002 އިން ފެށިގެން ޔޯމަން އެޖެންސީސް (މޯލްޑިވްސް) ގައި ސޭލްސް މެނޭޖަރުގެ ވަޒީފާ އަދާކުރަމުން ދަނިކޮށް، ދެފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ ވަޒީފާގެ އެއްބަސްވުމާއި ޚިލާފަށް 2020 ވަނަ އަހަރުގެ މާރިޗް މަހާއި އެޕްރީލް މަހު ޝާދިޔާ އިބްރާހީމްގެ އުޖޫރައިން އަދަދުތަކެއް އުނިކޮށްފައިވާތީއާއި، ހަމަ އެ އަހަރުގެ މޭ، ޖޫން، ޖުލައި އަދި އޯގަސްޓް މަހުގެ އުޖޫރަ ދީފައިނުވާތީއާއި، ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާގޮތަށް ޝާދިޔާ އިބްރާހީމަށް 1441ހ. ވަނަ އަހަރުގެ ރަމަޟާން މަހުގެ ޢިނާޔަތް ދީފައިނުވާތީއާއި، ޝާދިޔާ އިބްރާހީމްއާމެދު ވަޒީފާގެ މާހައުލުގައި ތަފާތުކުރުންތައް ގެންގުޅެފައިވާތިއާއި، ވަޒީފާއިން ވަކިވުމަށް މަޖުބޫރުކޮށްފައިވާތީ، ޝާދިޔާ އިބްރާހީމަށް ޙައްޤުވާ މުސާރައާއި ޢިނާޔަތްތައް ދިނުމުގައި ޔޯމަން އެޖެންސީސް (މޯލްޑިވްސް) އިން ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު)ގެ 50 ވަނަ މާއްދާއާ ޚިލާފުވެފައިވާކަމަށް ކަނޑައަޅައިދިނުމަށާއި، 2020 ރެޖިސްޓްރީ ނަންބަރު 126/96-C އައިޑީވަނަ އަހަރުގެ މާރިޗު އަދި އެޕްރީލް މަހުގެ އުޖޫރައިން އުނިކޮށްފައިވާ ފައިސާއާއި، ހަމަ އެ އަހަރުގެ މޭ، ޖޫން، ޖުލައި، އޮގަސްޓް މަހުގެ އުޖޫރައަށްވާ ފައިސާއަކީ ޔޯމަން އެޖެންސީ (މޯލްޑިވްސް) އިން ޝާދިޔާ އިބްރާހީމްއަށް ދޭންޖެހޭ ފައިސާކަމަށް ކަނޑައަޅައިދިނުމަށާއި، އެފައިސާ އެކީ އެއްފަހަރާ ޝާދިޔާ އިބްރާހީމްއަށް ދިނުމަށް ޔޯމަން އެޖެންސީސް (މޯލްޑިވްސް)ގެ މައްޗަށް އަމުރުކޮށްދިނުމަށާއި، 1441ހ. އަހަރުގެ ރަމަޟާން މަހުގެ އިނާޔަތަކީ ޔޯމަން އެޖެންސީސް (މޯލްޑިވްސް) އިން ޝާދިޔާ އިބްރާހީމްއަށް ދޭންޖެހޭ ފައިސާ ކަމަށް ކަނޑައަޅައިދިނުމަށާއި، އެފައިސާ އެކީ އެއްފަހަރާ ޝާދިޔާ އިބްރާހީމްއަށް ދިނުމަށް ޔޯމަން އެޖެންސީސް (މޯލްޑިވްސް) އަށް އަމުރުކޮށްދިނުމަށާއި، ޔޯމަން އެޖެންސީސް (މޯލްޑިވްސް) އިން ޝާދިޔާ އިބްރާހީމްއާ މެދު ތަފާތުކުރުން ގެންގުޅެފައިވާތީ ލިބުނު ގެއްލުމުގެ ބަދަލު ޔޯމަން އެޖެންސީސް (މޯލްޑިވްސް) އިން ޝާދިޔާ އިބްރާހީމްއަށް އެކީ އެއްފަހަރާ ދިނުމަށް އަމުރުކޮށްދިނުމަށާއި، ޔޯމަން އެޖެންސީސް (މޯލްޑިވްސް) އިން އެއްބަސްވުމާއި ވަޒީފާއާބެހޭ ޤާނޫނާއި ޚިލާފަށް ޝާދިޔާ އިބްރާހީމް ވަޒީފާއިން ވަކިވުމަށް މަޖުބޫރުކޮށްފައިވާކަން ސާބިތުވާކަމަށް ކަނޑައަޅައިދިނުމަށާއި، އެކަމުގެ ސަބަބުން ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ 02 (ދޭއް) މަސްދުވަހުގެ ނޯޓިސްއަށްވާ ފައިސާއަކީ ޔޯމަން އެޖެންސީސް (މޯލްޑިވްސް) އިން ޝާދިޔާ އިބްރާހީމްއަށް ދޭންޖެހޭ ފައިސާކަމަށް ކަނޑައަޅައިދިނުމަށާއި، އެފައިސާ އެކީ އެއްފަހަރާ ޝާދިޔާ އިބްރާހީމްއަށް ދިނުމަށް ޔޯމަން އެޖެންސީސް (މޯލްޑިވްސް)ގެ މައްޗަށް އަމުރުކޮށްދިނުމަށާއި، އެކަށީގެންވާ ސަބަބެއނެތް ޔޯމަން އެޖެންސީސް (މޯލްޑިވްސް)ގެ ވަޒީފާއިން ޝާދިޔާ އިބްރާހީމް ވަކިކޮށްފައިވާކަމަށް ކަނޑައަޅައިދިނުމަށާއި، އެކަމުގެ ސަބަބުން ޝާދިޔާ އިބްރާހީމްއަށް ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ޝާދިޔާ އިބްރާހީމް އަދާކުރަމުންދިޔަ މަޤާމުގެ އުޖޫރައާއި ވަޒީފާ އަދާކުރި މުއްދަތަށާއި، މަސައްކަތުގެ އަޚްލާ ޤށާއި، ޔޯމަން އެޖެންސީސް (މޯލްޑިވްސް)ގެ ޚިލާފަށާއި، މައްސަލައިގެ ވާޤިއާތަކަށް ރިޢާޔަތްކޮށް އެކަށީގެންވާ ޢަދަދެއްގެ ބަދަލު ޔޯމަން އެޖެންސީސް (މޯލްޑިވްސް)ގެ ފަރާތުން ޝާދިޔާ އިބްރާހީމްއަށް ދޭންޖެހޭ ކަމަށް ކަނޑައަޅައިދިނުމަށާއި، އެފައިސާ އެކީ އެއްފަހަރާ ޝާދިޔާ އިބްރާހީމްއަށް ދިނުމަށް ޔޯމަން އެޖެންސީސް (މޯލްޑިވްސް)ގެ މައްޗަށް އަމުރުކޮށްދިނުމަށާއި، ޝާދިޔާ އިބްރާހީމްގެ އަހަރީ ޗުއްޓީގެ ބޭނުން ހިފުމަށް ޔޯމަން އެޖެންސީސް (މޯލްޑިވްސް)ގެ ފަރާތުން އެކަށީގެންވާ ސަބަބެއްނެތި ހުރަސްއަޅާފައިވާކަން ސާބިތުވާކަމަށް ކަނޑައަޅައިދިނުމަށާއި، ޔޯމަން އެޖެންސީސް (މޯލްޑިވްސް)ގެ އަމަލުތައް ކުށްވެރިކޮށް އަދަބެއްގެ ގޮތުގައި ފައިސާގެ އަދަދެއް (punitive damages) ޔޯމަން އެޖެންސީސް (މޯލްޑިވްސް)އިން ޝާދިޔާ އިބްރާހީމްއަށް ދޭންޖެހޭ ކަމަށް ކނޑައަޅައިދިނުމަށާއަ އެފައިސާ އެކީ އެއްފަހަރާ ދިނުމަށް އަމުރު ކޮށްދިނުމަށާއި، ޔޯމަން އެޖެންސީސް (މޯލްޑިވްސް)އިން ޝާދިޔާ އިބްރާހީމްގެ ސަލާމަތާއި ރައްކާތެރިކަން ނަގާލުމަށް މަސައްކަތްތަކެއް ކޮށްފައިވާކަން ސާބިތުވާކަމަށް ކަނޑައަޅައިދިނުމަށާއި، އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް ޔޯމަން އެޖެންސީސް (މޯލްޑިވްސް)ގެ މައްޗަށް ނަޞޭހަތްތެރިވުމާއެކު، ޔޯމަން އެޖެންސީސް (މޯލްޑިވްސްގެ ފަރާތުން ޝާދިޔާ އިބްރާހީމްގެ ކިބައިން މަޢާފަށް އެދުމަށް ޔޯމަން އެޖެންސީސް (މޯލްޑިވްސް)ގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ޝާދިޔާ އިބްރާހީމް، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ.

3ޝާދިޔާ އިބްރާހީމް ޔޯމަން އެޖެންސީސް (މޯލްޑިވްސް) ގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިވި ވަކިވުމަކީ، ކޮންސްޓްރަކްޓިވް ޑިސްމިސަލް Dismissal) (Constructive އެއްކަމުގައި ބުރަވެވޭތީއާއި، ޝާދިޔާ އިބްރާހީމް ވަޒީފާ ވަކިވެފައިވަނީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 26 ވަނަ މާއްދާގެ

(ހ) ގައި ބަޔާންކުރެވިފައިވާ ޙާލަތުގައިކަމަށް ބުރަވެވޭތީ، އިސްވެބަޔާންކުރެވުނު، މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، ޝާދިޔާ އިބްރާހީމްއަކީ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރެވިފައިވާ މުވައްޒަފެއްކަމަށް ކަނޑައެޅި ނަމަވެސް ޝާދިޔާ އިބްރާހީމް ވަޒީފާއަށް އަނބުރާ ރުޖޫޢަކޮށްދިނުމަށް އެދިފައިނުވާތީ، ޝާދިޔާ އިބްރާހީމް ވަޒީފާއަށް އަނބުރާ ރުޖޫޢަކުރާނެ ހަމައެއް ނެތްކަމަށް ކަނޑައަޅައި، ޝާދިޔާ އިބްރާހީމް ޔޯމަން އެޖެންސީސް (މޯލްޑިވްސް)ގައި ވަޒީފާ އަދާކުރަމުންދިޔަ މުއްދަތުގައި އެފަރާތަށް 2020 ވަނަ އަހަރުގެ މާރިޗު މަހުގެ އުޖޫރައިގެ ބާކީ %25 އާއި، އެޕްރީލް 2020 ގެ އުޖޫރައިގެ ބާކީ 50% ނަގައިދިނުމަށާއި، 2020 ވަނަ އަހަރުގެ މޭ، ޖޫން އަދި ޖުލައި މަހުގެ އުޖޫރަ ނަގައިދިނުމަށް ކަނޑައަޅައި، 2020 ވަނަ އަހަރުގެ އޮގަސްޓް މަހު ޝާދިޔާ އިބްރާހީމް ވަޒީފާއިން ވަކިކޮށްފައިވާތީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ޝާދިޔާ އިބްރާހީމަށް އުޖޫރައިގެ ގޮތުގައި ލިބެމންދިޔު USD1,655 (އެއްހާސް ހަސަތޭކަ ފަންސާސް ފަސް އެމެރިކާ ޑޮލަރު) ގެ ނިސްބަތުން 1 (އެކެއް) އަހަރު ދުވަހުގެ އުޖޫރައަށްވާ USD19,860 (ނަވާރަހާސް އަށްސަތޭކަ ފަސްދޮޅަސް އެމެރިކާ ޑޮލަރު) ނަގައިދިނުމަށް ކަނޑައަޅައި، ޝާދިޔާ އިބްރާހީމާމެދު ވަޒިފާގެ މާހައުލުގައި ތަފާތުކުރުން ބަހައްޓާފައިވާކަމަށް ބުރަވެވޭތީ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 87 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، ޝާދިޔާ އިބްރާހީމަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 2 (ދޭއް) މަސްދުވަހުގެ އުޖޫރައަށްވާ USD3,310 (ތިންހާސް ތިން ސަތޭކަ ދިހަ ޑޮލަރު) ނަގައިދިނުމަށް ކަނޑައަޅައި، އަދި 1441ހ. ވަނަ އަހަރުގެ ރަމަޟާން މަހުގެ ޢިނާޔަތަށްވާ -3000/ރ. (ތިންހާސް ރުފިޔާ) ނަގައިދިނުމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގެ ދަށުން ދޭންޖެހޭ 2 (ދޭއް) މަސްދުވަހުގެ ނޯޓިސްއަށްވާ ފައިސާ ނަގައިދިނުމަށް ޝާދިޔާ އިބްރާހީމްގެ ފަރާތުން އެދިފައިވީނަމަވެސް އެފައިސާ ނަގައިދިނުމަށް އަމުރުކުރެވިގެން ދިއުމަކީ މައްސަލަ ހުށަހެޅި ފަރާތަށް ނުޙައްޤު މަންފާއެއް (unjust enrichment) ލިބުމުގެ ފުރުޞަތު އޮތްކަމަކަށްވާތީ، 2 (ދޭއް) މަސްދުވަހުގެ ނޯޓިސްއަށްވާ ފައިސާ ނަގައިދެވޭނެ ހަމައެއްނެތްކަމަށް ކަނޑައަޅައި، އަހަރީ ޗުއްޓީގެ ބޭނުން ހިފުމަށް ޔޯމަން އެޖެންސީސް (މޯލްޑިވްސް) އިން އެކަށީގެންވާ ސަބަބެއްނެތި ހުރަސްއަޅާފައިވާކަން ޝާދިޔާ އިބްރާހީމްއަށް ސާބިތުކޮށްދެވިފައިނުވާތީ، ޝާދިޔާ އިބްރާހީމް އެދިފައިވާފަދައިން ޕިއުނިޓިވް ޑެމޭޖަސް (Punitive Damages) އެކީ އެއްފަހަރާ ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ޝާދިޔާ އިބްރާހީމްގެ ސަލާމަތާ ރައްކާތެރިކަން ނަގާލުމަށް ޔޯމަން އެޖެންސީސް (މޯލްޑިވްސް)އިން މަސައްކަތް ކޮށްފައިވާކަން ޝާދިޔާ އިބްރާހީމްއަށް ސާބިތުކޮށްދެވިފައިނުވާތީ، ޝާދިޔާ އިބްރާހީމް ބަޔާންކޮށްފައިވާ ފަދައިން ޔޯމަން އެޖެންސީސް (މޯލްޑިވްސް)އިން ކޮށްފައިވާކަމަށް ބުނާ ޢަމަލު ތަކުރާރު ނުކުރުމަށް ޔޯމަން އެޖެންސީސް (މޯލްޑިވްސް)އަށް ނަޞޭހަތްތެރިވާނެ ހަމައެއް ނެތްކަމާއި އަދި ޔޯމަން އެޖެންސީސް (މޯލްޑިވްސް)އިން ޝާދިޔާ އިބްރާހީމގް ކިބައިން މަޢާފަށް އެދުމަށް ޔޯމަން އެޖެންސީސް (މޯލްޑިވްސް)ގެ މައްޗަށް އަމުރުކުރާނެ ހަމައެއް ނެތްކަމަށް ކަނޑައަޅައި، ބަޔާންވެދިޔަ ކަންކަން، 26 ސެޕްޓެމްބަރު 2021 އިން ފެށިގެން (ރަސްމީ ބަންދުނޫން) 21 (އެކާވީސް) ދުވެހުގެތެރޭ ފުރިހަމައަށް ތަންފީޛުކުރުމަށްފހަ، އެކަންކަން ހަމަޖެހޭތާ (ރަސްމީ ބަންދުނޫން) 05 (ފަހެއް) ދުވަހުގެތެރޭ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް ޔޯމަން އެޖެންސީސް (މޯލްޑިވްސް)ގެ މައްޗަށް އަމުރުކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 142/VTR/2020 މައްސަލައިގައި ނިންމާފައިވެއެވެ.

އިސްތިއުނާފީ ނުކުތާތައް

4ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 142/VTR/2020 މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް އަންނަނިވި ނުކުތތައާ ހުށަހަޅާފައި ވެއެވެ.

1.4 22 ސެޕްޓެމްބަރު 2020 ގައި ގެޒެޓްކުރެވިފައިވާ ޤާނޫނު ނަންބަރު 2020/20 (ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނާ 2020) މައްސަލައަށް ތަޠްބީޤުކުރެވޭނެކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނު) އިގެ 12 ވަނަ މާއްދާގެ (ބ) އާ ޚިލާފަށްކަމަށް ބުނެ ފާހަގަކުރި ނުކުތާއާއި؛

2.4ކޮވިޑް -19ގެ ސަބަބުން މުޅި ދުނިޔެއަށް ކުރިމަތިވި ބަލިމަޑުކަމުގެ ސަބަބުން ޔޯމަން އެޖެންސީސް (މޯލްޑިވްސް)ގެ މުވައްޒަފުންނަށް މުސާރަ ނުދެވިދާނެ ޙާލަތެއް މެދުވެރިވެފައިވަނީ މާލީ ގޮތުން ނުހަނު ގެއްލުން ވެފައިވާތީކަން ސާބިތުކޮށްދިން ނަމަވެސް އެކަމަށް ރިޢާޔަތްނުކޮށް ޔޯމަން އެޖެންސީސް (މޯލްޑިވްސް)އަށް މާލީ ގޮތުން ބުރަ އާއި ތަކްލީފު އުފުލަންޖެހޭ ގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ ރަނގަޅު ހަމައަކުން ނޫންކަން އަދި އެ ނިންމުމަށް ވާޞިލްވި ޤާނޫނީ އަސާސަކީ ކޮބައިކަން އެނގެން ނެތްކަމަށް ބުނެ ފާހަގަކުރި ނުކުތާއާއި؛

3.4ކޮވިޑް -19އިގެ ސަބަބުން މުޅި ދުނިޔެއަށް ކުރިމަތިވި ބަލިމަޑުކަމުގެ ސަބަބުން މާލީ ގޮތުން ކުރިމަތިވަމުން އައި ގެއްލުން ކުޑަކުރުމުގެ ގޮތުން މުވައްޒަފުންގެ މުސާރައިން އުނިކުރުމަށް ނިންމި ނިންމުމަކީ ޤާނޫނީ ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގައި ބުނާފަދަ ތަފާތުކުރުމެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ އެ މާއްދާގެ މަފްހޫމް އޮޅޭ ގޮތަށް ރަނގަޅު ހަމައަކުން ނޫންކަމަށް ބުނެ ހުށަހެޅި ނުކުތއާއާ

4.4 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/397 ޤަޟިއްޔާއަށް ރިޢާޔަތްކޮށް މި މައްސަލައަށް ތަޠުބީޢުކޮށްފައިވަނީ އެ ޤަޟިއްޔާގެ މަފްހޫމު އޮޅޭ ގޮތަށް ރަނގަޅު ހަމައަކުން ނޫންކަމަށާ އެ ޤަޟިއްޔާއިން ކަނޑައަޅާފައިވާ ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތއާއާ

54ޝާދިޔާ އިބްރާހީމް ވަޒީފާއިން އިސްތިއުފާ ދިނުމަށް އެދި އަމިއްލައަށް ހުށަހެޅި ހުށަހެޅުމަށް ރިޢާޔަތްކށޮ ވަޒީފާއިން ވަކިކުރި ކުރުމަކީ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރި މުވައްޒަފެއް ކަމަށް ބަލަންޖެހޭ ކަމަށް ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 26 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށާއި އަދި އެކަމަށް ރިޢާޔަތްކޮށް ބަދަލގު ގޮތުގައި 1 އަހަރު ދުވަހުގެ މުސާރަ ނަގައިދިނުމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާގައި ބަދަލު ދިނުމުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛ އަދި

64ޤާނޫނީ ޤާއިދާ ޑޮކްޓްރީން އޮފް ފްރަސްޓްރޭޝަން (Doctrine of Frustration) އަދި ޑޮކްޓްރީން އޮފް ލޭޝަސް (Doctrine of Laches) އާ ގުޅޭ ގޮތުން ޔޯމަން އެޖެންސީސް (މޯލްޑިވްސް) އިން ހުށަހަޅާފައިވާ ނުކުތާއަށް އެއްވެސް މިންވަރަކަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވުން އަދި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2013/SC-A/34 ޤަޟިއްޔާގައި ޑޮކްޓްރީން އޮފް ފްރަސްޓްރޭޝަން (Doctrine of Frustration) އާ ގުޅޭ ގޮތުން ކަނޑައަޅާފައިވާ ޤާނޫނީ އުސޫލުތަކާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފު ނުކުތާތަކާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަނި ފުރަތަމަ ނުކުތާއާގުޅޭ

5. ޝާދިޔާ އިބްރާހީމް، 9 އޮގަސްޓް 2020 ގައި ވަޒީފާއިން ވަކިކޮށްދިނުމަށް އެދުމާ ގުޅިގެން ވަޒީފާއިން ވަކިކޮށްފައިވަނިކޮށް އޭގެ އެތައް ދުވަހެއް ފަހުން، 22 ސެޕްޓެންބަރު 2020 ގައި ޤާނޫނުނަންބަރު 2020/20 (ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) ގެޒެޓުގައި ޝާއިއުކުރެވުނުކަމާއި، އެ ޤާނޫނުގެ 47 ވަނަ މާއްދާގައި އެ ޤާނޫނަށް ޢަމަލުކުރަންފަށާނީ، ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރު ދުވަސްކަމުގައިވާ 22 ސެޕްޓެމްބަރު 2020 އިން ފެށީގެން ކަމާއި، އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ބ) ގައި، ޤާނޫނުގެ ތާރީޚުގެ ކުރިން ހިނގާފައިވާ ކަންކަމަށް އެ ޤާނޫނު ނުހިނގާނެކަމަށް ބަޔާންކޮށްފައިވާކަމާއި، ޤާނޫނު ނަންބަރު 2020/20 (ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) މި މައްސަލައަށް ތަޠުބީޤުކޮށްފައިވަނީ ޤާނޫނީ އުސޫލުތަކާއި ޚިލާފަށް ކަމަށް ޔޯމަން އެޖެންސީސް (މޯލްޑިވްސް)ގެ ފަރާތުން

6. ކޮވިޑް -19 ގެ ހާލަތާ ގުޅިގެން ޔޯމަން އެޖެންސީސް (މޯލްޑިވްސް)ގެ ވިޔަފާރިއަށް ނުރަނގަޅު އަސަރުކޮށް މާލީ ގޮތުން ނުހަނު ބޮޑެތި ގެއްލުންވެ، ކުރިން ލިބެމުންދިޔަ އާމްދަނީވެސް ލިބެމުންދިޔަ ގެއްލުން ކުޑަކުރުމުގެ ގޮތުން މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނައުމަށް ނިންމާ ތަންފީޒުކުރެވެމުންދިޔަތާ އެތައް ދުވަހެއް ފަހުން ވުޖޫދުވި ޤާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުތަކަށް އަމަލުކޮށްފައިނުވާތީކަމަށް ބަޔަންކޮށް، އުނިކުރު މުސާރަ ދިނުމަށް އަންގާ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށާއި، ކޮވިޑް-19 ގެ ޙާލަތުގައި މުވައްޒަފުން ލައްވާ މަސައްކަތްކުރުވި ނަމަވެސް، މުވައްޒަފުންނަށް މުސާރަ ލިބެންވާނީ މާރިޗް 2020 ގައި މުސާރައާ ގުޅޭ ގޮތުން ޢަމަލުކުރުމަށް ޔޯމަން އެޖެންސީސް (މޯލްޑިވްސް)އިން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ކުޑަކުރި މުސާރަ ކަމުގައި ޔޯމަން އެޖެންސީސް (މޯލްޑިވްސް)އިން ދެކޭކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ދެވަނަ ނުކުތާއާގުޅޭ

7ކޮވިޑް -19 ގެ ސަބަބުން ޔޯމަން އެޖެންސީސް (މޯލްޑިވްސް)އަށް ގެއްލުންވެފައިވާކަން ކަނޑައެޅުމަށްފަހު، ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ބ) އާ ޚިލާފަށް ޤާނޫނު ނަންބަރު 2020/20 (ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) މި މައްސަލައަށް ތަޠުބީޤުކުރެވޭނެކަމަށް ނިންމާ ޔޯމަން އެޖެންސީސް (މޯލްޑިވްސް)ގެ ވިޔަފާރިއަށް ގެއްލުން ކުޑަކުރުމުގެ ގޮތުން މުވައްޒަފުންގެ މުސާރަ އުނިކުރުމަށް ނިންމާ، އެ ނިންމުން ތަންފީޒުކުރެވެމުން ދަނިކޯށް އުނިކުރި މުސާރަ ދިނުމަށް އެންގުމަކީ ސަބަބުވެރި އިންސާނެއްގެ ނަޒަރިއްޔާތުން ވިސްނިކަމުގއިވީނަމަވެސަ އަދި ޤާނޫނީ ގޮތުން ބެލި ނަމަވެސް ހަމަޖެހޭ ކަމެއް ނޫންކަމަށާއި، އުނިކުރި މުސާރަ ދިނުމަށް ނިންމުމަކީ ޔޯމަން އެޖެންސީސް (މޯލްޑިވްސް)އަށް މާލީ ގޮތުން އިތުރު ބުރަ އާއި ތަކްލީފް އުފުލަންޖެހޭ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމުން މި ނިންމުމުގެ ނަތީޖާއަކަށްވާނީ، ޔޯމަން އެޖެންސީސް (މޯލްޑިވްސް)ގެ ހުރިހާ މުވައްޒަފުންނަށް އުނިކުރި މުސާރަ ދޭންޖެހުން ކަމަށާއި، މި ނިންމުމަށް ރިޢާޔަތްކޮށް، ވަޒީފާދޭ ހުރިހާ ފަރާތްތަކުން އުނިކުރި މުސާރަ ހުރިހާ މުވައްޒަފުންނަށް ދޭން ޖެހުންކަމަށް ޔޯމަން އެޖެންސީސް (މޯލްޑިވްސް)ގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

ތިންވަނަ ނުކުތާއާގުޅޭ

8ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އަށް ނަޒަރުކުރުމުން، މަސައްކަތްކުރާ ހަމަހަމަ މީހުންގެ މެދުގައި ތަފާތުކުރުން ގެންގުޅުމަކީ މަނާކަމެއްކަމުގައި ބަޔާންކޮށްފައިވާކަމާއި، މުވައްޒަފުންގެ މުސާރައިން އުނިކުރުމަށް ނިންމާފައިވަނީ، އެކި މުވައްޒަފުންނަށް އެކި ނިސްބަތުންކަމަށާއި، އެގޮތަށް ކަނޑައަޅާފައިވަނީ ޕްރޮގްރެސިވް ރިޑަކްޝަންގެ އުސޫލުން އެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށާއި، ޝާދިޔާ އިބްރާހީމއަކް ކުންފުނީގެ ހިންގުމުގެ އިސް މަޤާމެއްގައި ހުރި ފަރާތެއްކަމަށްވެފައި އެ ފަރާތަސް ލިބެމުންދިޔަ މުސާރައަކީ އެފަދަ މަޤާމަކަށް ދެވޭފަދަ ބޮޑު މުސާރައަކަށްވެފައި، މުސާރައިގެ ކުޑަ ބޮޑު މިނަށް ބަލައި ބޮޑު މުސާރަ ލިބެމުންދިޔަ މުވައްޒަފުންގެ އަތުން ބޮޑު އިންސައްތައެއް ކެނޑުމަކީ އެހެން މުވައްޒަފުންނާ ޝާދިޔާ އިބްރާހީމް ތަފާތުކުރުން ގެންގުޅުން ކަމުގައި ނުބެލެވޭނެ ކަމަށާއި، ޝާދިޔާ އިބްރާހީމްއާއި އެއް ގިންތީގައް އެ ފެންވަރުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެވެސް އުނިކުރަން ނިންމާފައިވަނީ އެއް ނިސްބަތުން އެއް އުސޫލަކުން ކަމާއި، މިއީ ޤާނޫނުގައި ކަނޑައަޅާފައި އޮތް އުސޫލުން ގެންގުޅޭފައިވާ ތަފާތިކުރުމަކަށްވާތީ، މިއީ ޤާނޫނާ ޚިލާފަށް ކޮށްފައިވާ ޢަމަލެއް ނޫންކަމަށް ޔޯމަން އެޖެންސީސް (މޯލްޑިވްސް)ގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އަދި، ތަފާތުކުރުން ގެންގުޅެފައިވާތީކަމަށް ބަޔާންކޮށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 2 (ދޭއް) މަސްދުވަހުގެ މުސާރަ ނަގައިދިނުމަށް ކަނޑައަޅާފައިވަނީ ކޮން ހަމައަކުން ކަން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި ބަޔާންކޮށްފައިނުވާކަމަށް ވެސް ހަތަރުވަނަ ނުކުތާއާގުޅޭ

9ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/397 ޤަޟިއްޔާގައި Constructive Dismissal އެއްގެ ގޮތުގައި ބެލިދާނެ ޙާލަތެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ދަތިކުރުމުގެ ގޮތުން ނުރަނގަޅު ނިޔަތުގައި ވަޒީފާދޭ ފަރާތުން ކުރާ ޢަމަލުތައްކަމާއި، މި މައްސަލައިގެ ވާޤިއާތަކަށް ބަލާއިރު، ޔޯމަން އެޖެންސީސް (މޯލްޑިވްސް)ގެ ފަރާތުން ޝާދިޔާ އިބްރާހީމްއާމެދު މަސްއޫލިއްޔަތުތައް އަދާކުރުމަށް ދަތިވާނެ ފަދައިން ނުވަތަ ދަތިކުރުމުގެ ގޮތުން އެއްވެސް ޢަމަލެއް ކޮށްފައިނުވާކަމާއި، އެހެންކަމުން، ހައިކޯޓުގެ ޤަޟިއްޔާ މި މައްސަލައަށް ތަޠުބީޤުކޮށްފައިވަނީ ރަނގަޅު ހަމައަކުން ނޫންކަމަށާއި، މުސާރަ އިން އުނިކުރަން ނިންމި ނިންމުމަކީވެސް ހުރިހާ މުވައްޒަފުންނަށް އެންގުމަށްފަހު، ހުރިހާ މުވައްޒަފުންގެ މައްޗަށް އެޅި ފިޔަވަޅއެ ކަމަށް ވާއިރު، ޝާދިޔާ އިބްރާހީމް ވަޒީފާއިން ވަކިވުމަށް އެދި ދޭންޖެހޭ ލާޒިމުކޮށްފައިވާ ނޯޓިހުގެ މުއްދަތު ނުދީ ވަޒީފާއިން ވަކިވުމަށް އެދުނު އެދުމުގެ މައްޗަށް ރިޢާޔަތްކޮށް ވަޒީފާއިން ވަކިކުރުމަކީ އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރުން ކަމުގައި ނުބެލޭނެކަމާއި، އަދ constructive dismissal އެއްގެ ގޮތުގައިވެސް ބެލިދާނެ ޙާލަތެއް ނޫންކަމުގައި ޔޯމަން އެޖެންސީސް (މޯލްޑިވްސް)ގެ ފަރާތުން ދެކޭކަމަށް ބަޔާންކޮށްފައިވެއެވެ.

ފަސްވަނަ ނުކުތާއާގުޅޭ

10ބަދަލު ނަގައިދިނުމުގައި 2019/SC-A/36 ޤަޟިއްޔާގައި ބަދަލު ދިނުމުގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށާއި، ހަވާލާދީފައިވާ ޤަޟިއްޔާގެ 23 ވަނަ ނުކުތާގައިވާ ހައްލުތައް ޓްރައިބިއުނަލަށް ހޯދައިދެވޭނީ މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތިކަމަށް ޓްރައިބިއުނަލްގައި ސާބިތުވެއްޖެނަމަ ކަމަށާއި، މި މައްސަލާގައި ޝާދިޔާ އިބްރާހީމް ވަޒީފާއިން ވަކިވެފައިވަނީ އަމިއްލައަށް އެދިގެން ކަމަށް ޔޯމަން އެޖެންސީސް (މޯލްޑިވްސް)ގެ ފަރާތުން

11ގެއްލުމުގެ ބަދަލުގެ ގޮތުގައި 1 (އެކެއް) އަހަރު ދުވަހުގެ މުސާރަ ނަގައިދިނުމަށް ނިންމި ނިންމުމަށް ވާސިލުވި އަސާސަކީ ކޮބައިކަން ފާހަގަކޮށްފައިވާނުވާކަމަށާއި، އެ ނިންމުމުގައި ސަބަބުން ޝާދިޔާ އިބްރާހީމްއަށް ނުހައްޤު އަދި ބޭއިންސާފު މުއްސަނދިކަމެއް ލިބުމަށް މަގުފަހިވެފައިވާކަމަށާއި، ހަވާލާދީފައިވާ ސުޕްރީމްކޯޓުގެ ޤަޟިއްޔާގައިވެސް މިއީ އިންސާފުވެރި ގޮތެއް ނޫންކަމަށް ހަވަނަ ނުކުތާއާގުޅޭ

12އެއްބަސްވެފައިވާ މުސާރަ ދިނުމަށް ދަތިތަކާކުރިމަތިލާން ޖެހުނީ ކޮވިޑް -19 ގެ ޙާލަތާ ގުޅިގެން ކަމަށްވާތީ، މިއީ ކުންފުންޏަށްވެސް ތަސައްވަރު ނުކުރެވޭ ކަމަކަށްވާތީ، ޑޮކްޓްރިން އޮފް ފްރަސްޓްރޭޝަން (Doctrine of Frustration) ގެ ރައްކާތެރިކަންމިޙާލަތުގައި ލިބެންވާނެކަމަށް ފާހަގަކުރިނަމަވެސް، ޓްރައިބިއުނަލުން އެ ކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/34 ޤަޟިއްޔާގައި ފްރަސްޓްރޭޓް ވާނެ ގޮތް ބަޔާންކޮށްދެއްވާފައިވާކަމަށް

13ޑޮކްޓްރީން އޮފް ލޭޝަސް Laches) of (Doctrine އާ ގުޅޭގޮތުން ފާހަގަކޮށްފައިވާ ނުކުތާއަށް ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިނުވާކަމަށާއި، މި ޤާނޫނީ އުސޫލުގައި މައިގަނޑު 2 (ދޭއް) ގޮތެއް ބަޔާންކޮށްފައިވާކަމާއި، އެގޮތުން (1) ޝަކުވާކުރުމުގައި ނުވަތަ ކްލެއިމް ކުރުމުގައި ލަސްވުން (delay action) the bringing in އަދި (2) އެކަށީގެންވާ ސަބަބެއް ނެތި ޝަކުވާކުރުން ނުވަތަ ކްލެއިމްކުރުން ލަސްވުން action) commencing in delay (unreasonable ހިމެނޭކަމަށް ޔޯމަސް އެޖެންސީސްގެ ފަރާތުން ބަޔާންކޮށްފައިވެއެވެ.

14މި އުސޫލާއި ހަވާލާދީ ޔޯމަން އެޖެންސީސްގެ ފަރާތުން ފާހަގަކޮށްފައިވަނީ، މުސާރައަށް ބަދަލު ގެންނަކަން މާރިޗު 2020 ގައި އެންގިފައިވާއިރު އެކަމާ ގުޅޭ ގޮތުން ޝަކުވާކޮށްފައިވަނީ ޖުލައި 2020 ގައި އޭގެ 4 މަސްފަހުންކަމަށާއި، މިއީ އެކަށީގެންވާ ވަރަށްވުރެ ލަހުންކޮށްފައިވާ ޝަކުވާއެއް ކަމުގައިވާތީ، މުސާރައާ ގުޅިގެން ޝަކުވާ ކުރުމުގެ ފުރުޞަތު ގެއްލިފައިވާކަމަށާއި، މިއީ އިސްތިއުނާފުކުރާ ފަރާތުން ގެނައި ބަދަލަށް އިސްތިއުނާފު ރައްދުވީ ފަރާތުން ރުހި ގަބޫލވުން ކަމުގައި ބަލަންޖެހޭކަމަށް ޔޯމަން އެޖެންސީސްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް

15ޝާދިޔާ އިބްރާހީމްއަށް މުސާރައިން އުނިކޮށްފައިވާ ފައިސާ ދިނުމަށް ކަނޑައަޅައި ޝާދިޔާ އިބްރާހީމް ވަގުތުން ވަޒީފާއިން ވަކިކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުމަކީ ކޮންސްޓްރަކްޓިވް ޑިސްމިސަލްއެއް ކަމަށް ކަނޑައަޅައި ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށް ކަނޑައަޅައެ އެކި ނިސްބަތުން މުސާރައިން އުނިކުރުމަށް ނިންމާފައިވާ ނިންމުމަކީ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅެފައިވާ ކަމެއް ކަމަށް ބުރަވެވޭ ކަމަށް ކަނޑައަޅައި ބަދަލު ނަގައިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ ޤާނޫނު ނަންބަރ 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނު) އާއި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އާއި ޤާނޫނީ ޤާއިދާ ޑްކްޓްރީން އޮފް ފްރަސްޓްރޭޝަން trine of Frustration)c(Do އަދި ޑޮކްޓްރީން އޮފް ލޭޝަސް (Doctrine of Laches) އާ ގުޅޭ ގޮތުން ޔޯމަން އެޖެންސީސްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް އެއްވެސް މިންވަރަކަށް ރިޢާޔަތްނުކޮށް އަދި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2013/SC-A/34 ޤަޟިއްޔާގައި ޑޮކްޓްރީން އޮފް ފްރަސްޓްރޭޝަން (Doctrine of Frustration) އާ ގުޅޭ ގޮތުން ކަނޑައަޅާފައިވާ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ޔޯމަން އެޖެންސީސްގެ ފަރާތުން އެދިފައިވެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރި ކަންތައްތައް އިޖުރާއީ ނުކުތާ

16ޔޯމަން އެޖެންސީސްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފު ނުކުތާތަކަކީ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ) ގެ 43 ވަނަ މާއްދާގައިވާ ޤާނޫނީ މިންގަނޑު (Threshold of appeal) ފުރިހަމަނުވާ ނުކުތާތަކެއް ކަމަށް ބުނެ އިޖުރާއީ ނުކުތާއެއް ހުށަހަޅާފައިވެއެވެ. މި ނުކުތާ ހުށަހެޅުމަށްފަހު، ވަކި ވަކި އިސްތިއުނާފު ނުކުތާތަކަށް ޖަވާބުދީފައިވެއެވެ.

ފުރަތަމަ ނުކުތާއާގުޅޭ

1709 އޯގަސްޓް 2020 ގައި ވަޒީފާއިން ވަކިކޮށްދިނުމަށް އެދި ސިޓީ ފޮނުވުމުގެ ކުރިން، ނުލިބިވާ އެންމެހާ އުޖޫރައާއި ރަމަޟާން މަހުގެ އިނާޔަތްތައް 15 ޖުލައި 2020 ގެ ނިޔަލަށް ލިބިދިނުމަށް އެދި 01 ޖުލައި 2020 ގައި ސިޓީ ފޮނުވާފައިވާނެ ކަމަށް ފާހަގަކޮށް، ޤާނޫނު ނަންބަރު 2020/20 (ޢާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) ގެ 47 ވަނަ މާއްދާގައި އެ ޤާނޫނަށް ޢަމަލުކުރަން ފަށާނީ، އެ ޤާނޫނު ފާސްވެ، ތަސްދީޤުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންކަމަށް ބަޔާންކޮށްފައިވާތީއާއި، ޝާދިޔާ އިބްރާހީމް އިސްތިއުފާ ދީފައިވަނީ 09 އޯގަސްޓް 2020 ގައި ކަމަށްވީހިނދު، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ އުސޫލާއި ހިލާފުކަމަށް ޔޯމަން އެޖެންސީސްގެ ފަރާތުން ބަޔާންކުރި ނަމަވެސް، އެއީ ޤާނޫނީ ގޮތުން މައްސަލަ ނިންމުމުގައި އެކަމުގެ އަސަރު ކުރާނޭފަދަ ކަމެއްކަމުގައި ޝާދިޔާ އިބްރާހީމްގެ ފަރާތުން ނުދެކޭކަމަށް ބަޔާންކޮށްފައިވެއެވެ.

18ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި ރިޢާޔަތްކުރި ޤާނޫނީ އުސޫލުތައް ބަޔާންކުރުމަށްފަހު، ޤާނޫނު ނަންބަރު 2020/20 (ޢާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) ގެ ދަށުން، އެޤާނޫނަށް ޢަމަލުކުރެވެމުންދިޔަ މުއްދަތުގެ ތެރޭގައި އަމަލުކުރުމަށް ތައާރަފުކުރި ހާއްސަ އުސޫލުތަކުގެ ދަށުން ނަމަވެސް، އިސްތިއުނާފު ރައްދުވާ ފަރާތަށް އިސްތިއުނާފު ކުރާ ފަރާތުން ދައްކާ ހަލާސްކުރަންޖެހޭ އުޖޫރައިގެ ފައިސާ ނުދީ ހިފެހެއްޓިދާނޭ ނުވަތަ ލަސްކުރެވިދާނޭ އިސްތިސްނާ ހާލަތެއް އޮތްތޯ ނުވަތަ ނޫންތޯ ނަޒަރުކޮށްފައިވީ ނަމަވެސް، އެއީ ޔޯމަން އެޖެންސީސްގެ އަމަލުތައް ޤާނޫނީ އުސޫލުތަކާއި އެއްގޮތްތޯ ނުވަތަ ނޫންތޯ ކަށަވަރުކުރުމުގެ ބޭނުމަށް ރިޢާޔަތްކޮށްފައިވާ ކުރުމެއްކަމުގައި ބަލަންޖެހޭކަމުގައި ޝާދިޔާ އިބްރާހީމްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

19ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 50 ވަނަ މާއްދާ، 55 ވަނަ މާއްދާ އަދި ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ށ) އަދި (ނ) އަދި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2009/SC-A/30 ޤަޟިއްޔާ (ޙަސަން ޙަލީމް ވ. ހަރންގް ތްޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް) އަދި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2012/SC-A/07 ޤަޟިއްޔާ (އިބްރާހީމް ޙަސަން ވ. ޢަލީ ރަޝީދު އަދި ޙަސަން ޝރީފަ ) ގައި ކަނޑައެޅިފައިވާ ޤާނޫނީ އުސޫލުތަކަށް ކިރިޔާވެސް އިސްތިސްނާއެއް ގާއިމުކޮށްދީފައިވަނީ ގާނޫނު ނަންބަރު 2020/20 (ޢާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) ގެ 9 ވަނަ މާއްދާގެ ދަށުންކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފާހަގަކުރެވުނު ނަމަވެސް، އެމާއްދާގެ ދަށުންވެސް އެ އިސްތިސްނާއީ ހާލަތުގެ ބޭނުން ހިފިނަމަވެސް، އެފަދައިން ޢަމަލުކުރަންޖެހޭނީ މުވައްޒަފު ގެ މަޝްވަރާގެ މަތީން، އެފަރާތުގެ ރުހުމާއި އެއްބަސްވުމުގެ މތީންކަމަށަ ކަނޑައަޅާފައިވާކަން ފާހަގަކޮށް، އެފަދައިން ޔޯމަން އެޖްންސީސްއިން އަމަލުކޮށްފައިނުވާތީއާއި، ޝާދިޔާ އިބްރާހީމްގެ ރުހުމާއި މަޝްވަރާ ނެތްކަން ސާފުވާތީ، ޤާނޫނު ނަންބަރު 2020/20 (ޢާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) ގެ 9 ވަނަ މާއްދާގެ ދަށުން ގާއިމްކޮށްދީފައިވާ އިސްތިސްނާ ހާލަތުތައް މިމައްސަލަ ނިންމުމުގައި ތަތުބީގކުރެވޭނެ ހާލަތެއު ނެތްކަމުގައި ކަނޑައަޅުއްވާފައިވާކަމަށް ފާހަގަކޮށްފައިވެއެވެ.

ދެވަނަ ނުކުތާއާގުޅޭ

20މާލީގޮތުން ގެއްލުން ވެފައިވާކަން ސާބިތުކޮށްދިން ނަމަވެސް އެކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާ ބުނުމަކީ ހަގީގަތާއި ޚިލާފުކަމެއްކަމަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 142/VTR/2020 މައްސަލައިގެ ނިންމުމުގެ އިއްތިފާގުވި ރައުޔުގެ 10 ވަނަ ނުކުތާގައި، 10.1، 10.2 އަދި 10.3 ވަނަ ނުކުތާގައި މިކަމަށް ރިޢާޔަތްކޮށްފައިވާކަން އެނގޭކަމާއި، ނަމަވެސް، ވަޒީފާއާބެހޭ ޤާނޫނުގެ 50 ވަނަ މާއްދާގައި ބާ ޔާންކުރާ އުސޫލާއި އެޤާނޫނުގެ 55 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ އުޖޫރައިނާ އުނިކުރުން ހުއްދަވާ ހާލަތުތަކަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިވާކަމަށް ޝާދިޔާ އިބްރާހީމްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

21މީގެއިތުރުން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ށ) އަދި (ނ)،ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ 2009/SC-A/30 ޤަޟިއްޔާއާއި، 2012/SC-A/07 ޤަޟިއްޔާއަށް ރިޢާޔަތްކޮށް، "ކޮންޓްރެކްޓުގެ ރުކުންތައް ފުރިހަމަވެގެން އެކުލަވާލެވޭ ކޮންމެ ކޮންޓްރެކްޓެއް ނުވަތަ އެއްބަސްވުމެއް، ރަނގަޅު ނިޔަތުގައި Faith) Good( ތަންފީޛުކުރުމަކީ ކޮންޓްރެކްޓްގެ ބައިވެރިންގެ މައްޗަށް ޤާނޫނީގޮތުން ލާޒިމޫ ވެގެންވު ކަމެއްކަމުގައި ބަޔާންކށްފައިވާކަން އެނގޭކޮ މަށާއި، އަދި ކޮންޓެރްކެޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ށ) އަށް ވެސް ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިވާކަމަށް ޝާދިޔާ އިބްރާހީމްގެ ފަރާތުން ފހާގަކޮށްފައިވެއެވެ.

ތިންވަނަ ނުކުތާއާގުޅޭ

22ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2020/VTR142/ މައްސަލައިގެ ނިންމުމުގެ 11.4 ވަނަ ނުކުތާގައި، އެކި މުވައްޒަފުންގެ އުޖޫރައިން އެކި މިންވަރަށް އުނިކޮށްފައިވާކަމާއި، 01 (އެކެއް) މުވައްޒަފުގެ އުޖޫރައިން އެއްވެސް މިންވަރެއް އުނިކޮށްފައިނުވާކަން ސާފުވާކަމަށް ބަޔާންކޮށް، ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ރ) އާ ހަވާލާދީ ޓްރައިބިއުނަލުން ފާހަގަކޮށްފައިވާފަދައިން، ތަފާތުކުރުމެއް ގެންގުޅެފައިވާނަމަ، އެކަމަކީ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ތަފާތުކުރުމެއްކަން ވަޒީފާދޭ ފަރާތުން ސާބިތުކޮށްދޭންޖެހޭއިރު، އެކަން ޔޯމަން އެޖެންސީސްއަށް ސާބިތުކޮށްދެވިފައިނުވާކަމަށް ޓްރައިބިއުނަލްގެ ރިޕޯޓުގެ .511 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާކަމަށް ޝާދިޔާ އިބްރާހީމް ފާހަގަކޮށްފައިވެއެވެ.

23ވަޒީފާއާބެހޭ ޓްރައިބިއުނަލަށް، ޔޯމަން އެޖެންސީސްގެ ފަރާތުން ހުށަހެޅި ޖަވާބު ފޯމާއެކު ހުށަހަޅާފައިވާ ޑޮކިއުމަންޓް 4 ގެ ގޮތުގައި ހިމަނާފައިވާ ލިޔުމަކީ، ތަފާތުކުރުމެއް ގެންގުޅެފައި ނުވާކަން ސާބިތުކުރުމަށް އެކަށީގެންވާ ލިޔުމެއް ނޫންކަމަށް ފާހަގަކޮށް، މިހާރު އިތުރު ތަފްސީލްތަކާއެކު އައު ލިޔުމެއް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށް ފާހަގަކޮށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އައު ހެކި ހުށަނޭޅޭނެކަމަށާއި، އެ މާއްދާގެ (ށ) ގެ ދަށުން އައު ހެކި ހުށަހެޅެމަކީ، އިސްތިސްނާއީ ހާލަތުގައި މެނުވީ ހުއްދަވެގެންވާ ކަމެއް ނޫންކަމުގައި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2013/SC-A/20 (އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާގެ 28 ވަނަ ނަންބަރާއި 29 ވަނަ ނަންބަރުން ސާފުވާކަމަށް

24ތަފާތުކުރު ން ގެންގުޅެފައިވުމުގެ ސަބަބުން 2 (ދޭއް) މަސްދުވަހުގެ މުސާރަ ނަގައިދިނުމަށް ނިންމާފައިވަނީ ކޮން އަސާސެއްގެ މައްޗަށްކަން ސާފުނުވާކަމަށް ޔޯމަން އެޖެންސީސްއިން ފާހަގަކޮށްފައިވީނަމަވެސް، އެފަދައިން އަމުރުކޮށްފައިވަނީ، ވަޒީފާއާބެހޭ ޤާނޫނުގެ ނަންބަރު 87 ވަނަ މާއްދާގެ (ށ) ގެ ދަށުންކަން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ 16 ވަނަ ނުކުތާއިން އެނގެން އޮންނަކަމަށވެސް އިސްތިއުނާފީ ތިންވަނަ ނުކުތާއާ ގުޅިގެން ޝާދިޔާ އިބްރާހީމް ފާހަގަކޮށްފައިވެއެވެ.

ހަތަރުވަނަ ނުކުތާއާގުޅޭ

25ދިވެހިރާއްޖޭގެ ހައިކޯޓުގެ A/397-C2018/H ޤަޟިއްޔާ (ޙުސައިން އާސިރު ވ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑް) އަކީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގައި ބަޔާންކުރާ ހާލަތްތަކާއި މުވައްޒަފަށް ލިބިދެވޭ ރައްކާތެރިކަމާއި އެ ނޫންވެސް ޤާނޫނުގެ ތަރަހައިގެ ބޭރުން، ވަޒީފާދޭ ފަރާތަށް ލިބިދެވޭ ބަރުތަކާއި އިހްތިޔާރުތައް ނަހަމަ ގޮތުގައި ނުވަތަ ނުބައި ނިޔަތެއްގައި (malafide) ބޭނުންކުރުމަށްފަހު، "ޒިންމާދާރު މުވައްޒަފަކު" އަމަލުކުރާނ ގޮތާއި، އިސްވެބަޔާންކޮށްފައިވާ ޤާނޫނުގައި ނުހިމެނޭ ނުވަތަ ޤާނޫނު ތަސައްވުރު ނުކުރާ ހަލާތުތަކާއި ގުޅޭގޮތުން ވަޒީފާދޭ ފަރާތްތަކުން އަދުލުވެރިކަމާއެކު އަމަލުކުރުން ލާޒިމުކުރާ ހާލަތްތައް ބަޔަ ންކޮށާ މުވައްޒަފަށް ރައްކާތެރިކަން ފޯރުކޮށްދޭ ޤަޟިއްޔާއެއް ކަމަށާއި، މި ޤަޟިއްޔާ ތަޠުބީޤުކުރި ނަމަވެސް ނުވަތަ ނުކުރި ނަމަވެސް، ހުށަހެޅިފައިވާ މައްސަލައިގެ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ބަދަލު އަންނާނޭ ހަމއެއަ އޮތްކަމަށް ނުދެކޭކަމަށް ޝާދިޔާ އިބްރާހީމްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

26ވަޒީފާއާބެހޭ ޤާނޫނުގެ 50 ވަނަ މާއްދާގެ (ހ) އާއި، 20 ވަނަ މާއްދާގެ (ހ) އަދި (ށ) އަދި އެ ޤާނޫނުގެ 53 ވަނަ މާއްދާ، 2 ވަނަ މާއްދާ ގެ (ށ) އަދި (ނ) އަށް ޖަމްއުކޮށް ރިޢާޔަތްކުރުމުން އަދި އެ ޤާނޫނުގެ 1 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޤާނޫނުގެ ތައާރަފާއި މަގުސަދަށް ނަޒަރުކުރުމުން އުޖޫރައިގެ އެއްވެސް މިންވަރެއް ޝާދިޔާ އިބްރާހީމްގެ މަޝްވަރާއެއް ބަހެއް އަދި ރުހުމެއްނެތި، އަދި ޔޯމަން އެޖެންސީސްގެ އަމިއްލަ އިޚްތިޔާރުގައި (unilaterally) އުނިކުރުމުގެ އެއްވެސް އިހްތިޔާރެއް ލިބިގެންނުވާކަމުގައި ޝާދިޔާ އިބްރާހީމްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން ޤާނޫނުގައި ވަކިގޮތަކަށް ކޮންޓެރްކްޓް އޮތުން ލާޒިމްނުކުރިނަމަވެސް، ވަޒީފާގެ އެއްބަސްވުންފަދަ ލިޔުމުން އެކުލަވާލި ގާއިމުކުރެވިފައިވާ ކޮންޓެރްކްޓްގެ އެއްބަސްވުމެއްވާނަމަ، އެއެއްބަސްވުމުގައި ބަޔާންކުރާ ކަންކަން ހެޔޮ ނިޔަތުގައި (in good faith) ތަންފީޒުކޮށް އެއްބަސްވުމާއެއްގޮތަށް އަމަލުކުރުން ބައިވެރިންގެ މައްޗަށް ލާޒިމްވާނެ ކަމަށާއި، މި އުސޫލު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ 2012/SC-A/07 ޤަޟިއްޔާ (އިބްރާހީމް ޙަސަން ވ. ޢަލީ ރަޝީދު އަދި ޙަސަން ޝަރީފް) ގެ ޝަރީއަތް ނިމުނުގޮތުގެ ހުލާސް ގ 5 ވަނަ ނުކުތާގައި ބަޔު ންކޮށްފައިވާކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

27ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2020/SC-A/28 ޤަޟއްޔި (ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް) ޤަޟިއޔާގް 14 ވަނަ ނުކުތާގައި ރިޢާޔަތްކޮށްފައިވާ ޤާއިދާއެއްކަމަށްވާ، އެއްބަސްވުން އެކުލަވާލުމުގައި ޝަރުޢީ ނުވަތަ ޤާނޫނީ ގާއިދާއަކާއި ހިލާފުނުވާނޭގޮތުގެ މަތީން، އެއްބަސްވުންތައް އެކުލަވާލުމުގެ މިނިވަންކަން އެއްބަސްވުމުގެ ބައިވެރިންނަށް "މަބްދައު ސުލްޠަނުލް އިރާދާ" (freedom of contract) ގެ ދަށުން ލިބިގެންވީހިނދު ދެފަރާތުގެ ދެމެދުގައި ގާއިމުކުރެވިފައިވާ ވަޒީފާގެ އެއްބަސްވުމަށް ބަދަލު ގެނައުމަކަށް ހުރަހެއް ނެތް ކަމަށާއި، ނަމަވެސް، ހުށަހެޅުމާއި އިޖާބަ އޮންނަންޖެހޭނެކަމަށް ފާހަގަކޮށް، މި މައްސަލައިގައި ޔޯމަން އެޖެންސީސްއިން އަމަލުކޮށްފައިވަނީ އެފަދައިން ނޫންކަމަށާއި، ޝާދިޔާ އިބްރާހީމްގެ ބަހެއް ނެތި މަޝްވަރާނުކޮށް، މސާރައިނު އުނިކުރިކަމަށް ފާހަގަކޮށްފައިވެއެވެ.

ފަސްވަނަ ނުކުތާއާގުޅޭ

28ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 26 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި، ވަޒީފާއާބެހޭ ޤާނޫނާއި ނުވަތަ ވަޒީފާގެ އެއްބަސްވުމާ ވަޒީފާދޭ ފަރާތުން ޚިލާފުވާނަމަ، ނޓިސްއެއްދޯ އެކަން ރަނގަޅު ނުކޮށްފިނަމަ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ ނޯޓިސް ދީ ވަކިވުމުގެ ފުރި ޞަތު ލިބޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، ޔޯމަން އެޖެންސީސްގެ ފަރާތުން އުނިކުރި މުސާރަ ހޯދުމަށް ސިޓީ ފޮނުވާފައިވާނެ ކަމަށާއި، 2020 ވަނަ އަހަރުގެ މާރިޗު މަހާއި އެޕްރީލް މަހުގެ އުޖޫރައިން ބައެއް އަދި 2020 ވަނަ އަހަރުގެ މޭ މަހާއި ޖޫން މަހާއި، ޖުލައި މަހާއި އޮގަސްޓް މަހުގެ އުޖޫރަ އެއްވެސް މިންވަރަކަށް ދީފައިނުވާކަމަށް ޔޯމަން އެޖެންސީސްއިން ވެސް އިއުތިރާފުވެފައިވާކަމަށާއި، އެހެންކަމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލައިގައި، ޝާދިޔާ އިބްރާހީމް ވަޒީފާއިން ވަކިކޮށްފައިވަނީ، އެކަށީގެންވާ ސަބަބެއް ނެތި ކަމަށް ކަނޑައަޅާފައިވާ ޤާނޫނުގައި ބަޔާންކުރާ އުސޫލުތައް އެންމެ ފުރިހަމައަށް ތަތުބީޤުކުރުމަށްފަހު ކަމުގައި ޝާދިޔާ އިބްރާހީމް ގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

29ގެއްލުމުގެ ބަދަލުގެ ގޮތުގައި 01 (އެކެއް) އަހަރު ދުވަހުގެ މުސާރަ/ އުޖޫރަ ނަގައިދިނުމަށް ނިންމިއިރު އެނިންމުމަށް ވާސިލުވި އަސާސު ސާފުނުވާކަމަށް ޔޯމަން އެޖެންސީސްގެ ފަރާތުން ބަޔާންކޮށްފައިވީނަމަވެސް، ބަދަލުގެ މިންވަރު ކަނޑައެޅުމުގައި ރިޢާޔަތްކުރި ހައިކޯޓުގެ ޤަޟިއްޔާތައޯ ޓްރައިބިއުނަލގް ރިޕޯޓުގެ 26 ވަނަ ސަފްހާ އަދި 27 ވަނަ ސަފްހާއިން ސާފުވާކަމަށާއި، ޔޯމަން އެޖެންސީސްއިން ފާހަގަކޮށްފައިވާ ސުޕްރީމްކޯޓުގެ ޤަޟިއްޔާތަކަކީ، ޓްރައިބިއުނަލަށް އެފަރާތުން ހުށަހެޅި ޤަޟިއްޔާތަކެއް ނޫންކަމަށާއި، ގެއްލުމުގެ ބަދަލު ކުޑަކުރަންޖެހޭ ކަމަށް ބަޔާންކޮށް އެފަރާތުން ބަޔާނެއެ ދީފައިނުވާކަމީ އެފަރާތުގެ އިހުމާލުން ވެފައިވާ ކަމެއްކަމަށާއި، ގެއްލުމުގެ ބަދަލުގެ ގޮތުގައާ 01 (އެކެއް) އަހަރު ދުވަހުގެ މުސާރަ ނަގައިދިނުމުން ޝާދިޔާ އިބްރާހީމްއަށް ނުހައްގު މުއްސަނދިކަމެއް ލިބިގެންދާނކަމަށެ ބަޔާންކުރި ނަމަވެސް، އެކަމުގެ ތަފްސީލެއް ނުދޭ ކަމަށާއި، ހައްޤުވާ ގެއްލުމުގެ ބަދަލުގެ މިންވަރަކީ ކޮބައިކަން ވެސް ބުނެދީފައިނުވާކަމަށާއި، މިއީ އިސްތިއުނާފީ ނުކުތާގައި ފުރިހަމަވާންޖެހޭ އުންސުރު ފުރިހަމަވާ ނުކުތާއެއް ނޫންކަމަށް ޝާދިޔާ އިބްރާހީމްގެ ފަރާތުން ހަވަނަ ނުކުތާއާގުޅޭ

30"ޑޮކްޓްރިން އޮފް ފްރަސްޓްރޭޝަން" frustration) of (doctrine އަކީ އާންމު މަދަނީ މުއާމަލާތުތަކާއި އެއްބަސްވުންތަކަށް ތަތުބީޤުކުރެވޭ ޤާނޫނީ ޤާއިދާއެއްކަމަށާއި، ވަޒީފާއާބެހޭ މުއާމަލަތުތަކުގައި އަމަލުކުރަން ކަނޑައަޅާފައިވާ ޤާނޫނީ އުސޫލުތައް ތަފާތުވެ ޙާއްސަ ކަމަށް ބަޔާންކޮށް، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 31 ވަނަ މާއްދާގެ ދަށުން ވަޒީފާދޭ ފަރާތް ބަނގުރޫޓުވާ ހާލަތުގައި ނުވަތަ ވިޔަފާރީގެ ބައެއް ހުއްޓާލާ ހާލަތުގައި، އަމަލުކުރަންޖެހޭ އިޖުރާއަތުތަތާކައި ޤާނޫނީ ހަމަތައް ބަޔާންކޮށްފައިވާކަމަށާއި، ނަމަވެސް، މިއިން އެއްވެސް އިޖުރާއަތެއްގައި ނުވަތަ އެ މާއްދާގެ އެއްވެސް ނައްސެއްގައި މުވައްޒަފަށް ލިބެންޖެހޭ ނުވަތަ ޙައްޤުވާ ނުވަތަ އެއްބަސްވެފައިވާ މުސާރައަށް ނުވަތަ އިނާޔަތަކަށް އުނިއިތުރު ގެނައުން ހުއްދަ ނުކުރާކަމަށް

31އިސްތިއު ނާފުކުރާ ފަރާތަށް ޤާނޫނީ ދޮރުތަކާއި ފުރުސަތުތައް ހުޅުވި ފަހިވެ ފައިވީހިނދު، އަދި ޤާނޫނީ ގާއިދާއއްކަމަށްވެ “lex specialis derogat legi general” (a law governing a specific subject matter overrides a law governing only general matters) ގެ ދަށުން އާންމު އުސޫލުތަކުގެ މައްޗަށް ހާއްސަ އުސޫލުތައް ތަރުތީބުވުމުގެ ޤާނޫނީ އުސޫލުގެ ދަށުން އަދި ޤާނޫނު ހުއްދަކުރާ ކަންކަން ކުރުމުގެ ބަދަލުގައި ޤާނޫނު އެއްފަރާތްކޮށް، އަމިއްލާ މަސްލހަ ތުގައ އަމަލުކުރުމަށްފަހު، އާންމު މަދަނީ މުއާމަލާތުތަކުގައި ބޭނަންކރާ "ޑޮކްޓްރިނު އޮދް ފްރަސްޓްރޭޝަން" (doctrine of frustrarion) ގެ ދިފާއު މިހާލަތުގައި ބޭނުންކުރެވިދާނެ ކަމަކަށް ގަބޫލުނުކުރާކަމަށް

32ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނުތަކުގައި ބަޔާންކުރާ ތަގާދުމުގެ އުސޫލުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން އުފަންވާ އަދުލުވެރި ޝަރީޢަތެއްގެ ހައްގު ލިބިދިނުމުގައި އިސްތިސްނާއެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު -2020/Sc A/112 ޤަޟިއްޔާ (އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް) ގެ 47 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާކަމަށާއި، އެއްވެސް ޤާނޫނަކުން ތަގާދުމުގެ އުސޫލެއް ގާއިމްކޮށްފައިނުވާނަމަ، ޝަރީޢަތުގެ އަމިއްލަ އިސްނެގުމުގެ މަތީން، ޤާނޫނެއް ވުޖޫދުކޮށް ތަގާދުމުގެ އުސޫލެއް ތަތުބީގުކުރެވޭނެ ޤާނޫނީ އުސޫލެއް ނެތަތީ، "ޑޮކްޓްރިން އޮފް ލޭޝަސް" (doctrice of laches) އާއި ގުޅޭގޮތުން ހުށަހެޅި ހުށަހެޅުންތަކަށް ޤާނޫނީ ބުރަދަނެއް ދެވިދާނޭ އަސާސެއް ނެތްކަމަށް ޝާދިޔާ އިބްރާހީމް ފާހަގަކޮށްފައިވެއެވެ.

އިސްތިއުނާފު ރައްދުވާ ފާރަތުން އެދޭގޮތް

33ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 142/VTR/2020 މައްސަލައިގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައިދިނުމަށް ޝާދިޔާ އިބްރާހީމްގެ ފަރާތުން އެދިފަވެއެވެ.

އިސްތިއުނާފާ ގުޅިގެން ފާހަގަކުރެވޭ ކަންތައްތައް

34HN9ޝާދިޔާ އިބްރާހީމްގެ ފަރާތުން މި ޤަޟިއްޔާގައި ހުށަހަޅާފައިވާ ޖަވާބު ފޯމުގައި އިތުރު ނުކުތާއެއްގެ ގޮތުގައި، އެ ފޯމުގެ 4.7 ގައި ހުށަހަޅާފައިވެއެވެ. މި މައްސަލައަކީ މަދަނީ އިޖުރާއަތުގެ ޤާނޫނު އަށް ޢަމަލުކުރަން ފެށުމުގެ ކުރީގެ މައްސަލައަކަށް ވާތީ، ޝަރީޢަތުން މި ނުކުތާއާމެދު ގޮތް ކަނޑައެޅުމުގައި ބަލަންޖެހޭނީ އޭރު ޢަމަލުކުރެވެމުން ދިޔަގޮތުގެ މައްޗަށް ކަމަށްވާއިރު، ރައްދު އިސްތިއުނާފުކުރަން ބޭނުންވާ ފަރާތުންވެސް އިސްތިއުނާފު ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ހުށަހެޅުމުން ނޫނީ ރައްދު އިސްތިއުނާފު ބަލައިނުގަނެވޭނެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އާމިނަތު އަރީޖް ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާއިން އެނގެން އޮންނާތީ، ޝާދިޔާ އިބްރާހީމްގެ ފަރާތުން ހުށަހެޅި ނުކުތާ ބަލައިގަނެ ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް، 15 ނޮވެންބަރު 2023 ގައިމި ޤަޟިއްޔާ ބަލާ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ނިންމާފައިވެއެވެ.

35ރައްދު އިސްތިއުނާފުކުރަން ބޭނުންވާ ފަރާތުންވެސް އިސްތިއުނާފު ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ހުށަހެޅުމުން ނޫނީ ރައްދު އިސްތިއުނާފު ބަލައިނުގަނެވޭނެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އާމިނަތު އަރީޖް ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާއިން އެނގެން އޮވެއެވެ. އެހެންކަމުން، ރައްދު އިސްތިއުނާފުގެ ގޮތުގައި އިސްތިއުނާފުރައްދުވާ ފަރާތުން ހުށަހެޅި ހުށަހެޅުން ބަލައިގަންނާނެ ތަނެއް ނެތްކަމަށް އަހުރެން ދެކެމެވެ. ޤާނޫނު ނަންބަރު 2021/32 [2021] SC 35 ގެ 14 ވަނަ ނަންބަރު [2021] SC 35 ގެ 14 ވަނަ ނަންބަރު

3627 އޯގަސްޓް 2023 ގައި މިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި، އިސްތިއުނާފީ ފުރަތަމަ ނުކުތާ އުނިކޮށްދިނުމަށް ޔޯމަން އެޖެންސީސްގެ ފަރާތުން އެދިފައިވާތީ، މި ޤަޟިއްޔާގައި އެ ނުކުތާއާމެދު ގޮތް ކަނޑައަޅާފައިނުވާނެއެވެ. ކުންފުންޏަށް މާލީ ގޮތުން ބުރައާއި ތަކުލީފު އުފުލަންޖެހޭގޮތަށް މައްސަލަ ނިންމާފައިވާ ޤާނޫނީ އަސާސަކީ ކޮބައިކަން އެނގެން ނެތްކަމަށް ބުނާބުނުމާއި، ކޮވިޑް- 19 ގެ ސަބަބުން މާލީގޮތުން ކުރިމަތިވި ގެއްލުން ކުޑަކުރުމަށް މުސާރައިން އުނިކުރުމަށް ނިންމި ނިންމުމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި ބުނާފަދަ ތަފާތުކުރުމެއް ކަމަށް ނިންމާފައިވަނީ އެ މާއްދާގެ މާނަ އޮޅޭ ގޮތަށްކަމަށް ބުނާ ބުނުން

37HN2ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގެ 10.6 ގައި، މުސާރައިން އުނިކުރި ކުރުމާގުޅޭގޮތުން ބަޔާންކޮށްފައިވަނީ: "އިސްވެބަޔާންކުރެވުނު ކަންކަމަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އާއި ޤާނޫނު ނަންބަރު 2020/20 (ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) މިމައްސަލައަށް ތަތުބީޤުކުރާއިރު، މައްސަލަ ރައްދުވި ފަރާތުން މައްސަލަ ހުށަހެޅި ފަރާތުގެ އުޖޫރަ އުނިކޮށް ނުވަތަ އުޖޫރަ ވަކި މުއްދަތަކަށް ދިނުން ލަސްކުރެވިދާނެ ޙާލަތެއް މެދުވެރިވެދާނެކަން އިސްވެ ބަޔާންކުރެވުނު ޤާނޫނުތަކަށް ބެލުމުން އެނގެން އޮންނަކަމާއި، މައްސަލަ ރައްދުވި ފަރާތުން މިފަދަ މޭރުމަކުން މައްސަލަ ހުށަހެޅި ފަރާތުގެ މުސާރަ އުނިކޮށް އަދި މުސާރަ ނުދެވިވަނީ ކޮވިޑް- 19 އާ ގުޅިގެން ކުންފުންޏަށް މާލީ ގެއްލުންތަކެއް ވުމުގެ ސަބަބުންކަމަށާއި، އެފަދަ ހާލަތެއް މައްސަލަ ރައްދުވި ކުންފުންޏަށް މެދުވެރިވެފައިވާކަން ސާބިތުކުރުމަށް 2020 ގެ ޖަނަވަރީ އިން ފެށިގެން އޮކްޓޫބަރު 2020 ގެ ނިޔަލަށް ލިބިފައިވާ "ޕްރޮފިޓް ލޮސް އިންކަން" ލިޔުން، އަދި 2020 ވަނަ އަހަރާއި 2019 ވަނަ އަހަރުގެ ޖަނަވަރީ، ފެބުރުވަރީ އަދި މާރިޗު މަހުގެ 'ޓޯޓަލް ސޭލްސް' ދައްކުވައިދޭ ލިޔުމުގައި މައްސަލަ ރައްދުވި ކުންފުންޏަށް އިސްވެބަޔާންކުރެވުނު މުއްދަތުގެ ތެރޭގައި މާލީގޮތުން ނުހަނު ގެއްލުން ވެފައިވާކަން އެނގެން އޮތްނަމަވެސް، މައްސަލަ ރައްދުވި ފަރާތުން މައްސަލަ ހުށަހެޅި ފަރާތުގެ މުސާރަ އުނިކޮށް އަދި ނުދީ ހިފަހައްޓާފައިވަނީ އިސްވެ ބުނެވުނު ފަދައިން ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުންކުރެ ޙާލަތެއްގައިކަމަށްނުވާތީއާއި، ޤާނޫނު ނަންބަރު 2020/20 (ޢާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) 9 ގެ (3) ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދައިން މައްސަލަ ހުށަހެޅި ފަރާތުގެ މުސާރަ އުނިކޮށް ނުދީ ހިފަހައްޓާފައިވަނީ މައްސަލަ ހުށަހެޅި ފަރާތް ލައްވާ މަސައްކަތްކުރުމަށްފަހު، މައްސަލަ ހުށަހެޅި ފަރާތާ މަޝްވަރާކުރުމެއްނެތި، މައްސަލަ ހުށަހެޅި ފަރާތުގެ ރުހުމަކާނުލައިކަން ބުރަވެވޭ ސަބަބަށްޓަކައި މައްސަލަ ރައްދުވި ފަރާތުން މައްސަލަ ހުށަހެޅި ފަރާތުގެ މުސާރައިން އުނިކޮށްފައިވާ 2020 ވަނަ އަހަރުގެ މާރިޗު މަހާއި އެޕްރީލް މަހާއި، މުސާރަ ދީފައިނުވާ ޖޫން މަހާއި ޖުލައި މަހާއި އޮގަސްޓް މަހުގެ މުސާރަ މައްސަލަ ރައްދުވި ފަރާތުން މައްސަލަ ހުށަހެޅި ފަރާތަށް ނަގައިދޭންޖެހޭނެކަމަށް ބުރަވެވެއެވެ." މިފަދައިންނެވެ.

38HN1ވަޒީފާއާބެހޭ ޤާނޫނުގެ 55 ވަނަ މާއްދާގެ (ށ) ގައި، ވަޒީފާދޭ އެއްވެސް ފަރާތަކުން އޭނާގެ މުވައްޒަފުންނަށް ދޭ މުސާރައާއި އުޖޫރައިން އެއްވެސް އެއްޗެށް އުނިކުރެވޭނީ އަންނަނިވި ޙާލަތުތަގައިކަމަށް ބަޔާންކޮށްފައިވެއެވެ.

1.38. ޤާނޫނުގައިވާ ގޮތުގެ މަތިން ނުވަތަ ކޯޓު އަމުރަކާ އެއްގޮތްވާ ގޮތުގެމަތިން އުނިކުރަންޖެހޭ އެއްޗެއް އުނިކުރުމާއި؛

2.38. ވަޒީފާދޭ ފަރާތުން މުވައްޒަފަކަށް ހޯދައިދީފައިވާ ގެއެއް ނުވަތަ ދިރިއުޅޭނެ ތަނެއް ހޯދުމަށް، ނުވަތަ ކުއްޔަށް ހިފުމަށް ދީފައިވާ، ނުވަތަ އޭނާ އެ މުވައްޒަފަކަށް ވިއްކާ މުދަލަކަށް ލިބެންވާ ފައިސާއާ ގުޅޭގޮތުން ނުވަތަ އޭނާ އެ މުވައްޒަފަކަށް ދޫކުރާ ލޯނަކާ ނުވަތަ އޭނާ ގެރެންޓީކޮށްދީގެން ހޯދައިދޭ ލޯނަކާ ނުވަތަ މުސާރައިގެ އެޑްވާންސްގެ ގޮތުގައި ދީފައިވާ ޢަދަދަކާ ގުޅޭގޮތުން މުވައްޒަފުގެ ހުއްދަ، ލިޔުމަކުން ލިބިގެން، އެ ހުއްދަދޭ ޢަދަދަކަށް، ނުވަތަ މުވައްޒަފަކަށް ލިބޭ އުޖޫރައިގެ ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ ނުވާނޭހެން އުނިކުރާ އުނިކުރުމާއި؛ އަދި

3.38. އެ މުވައްޒަފެއްގެ ޗުއްޓީއާގުޅޭ ނުވަތަ ބޭސްފަރުވާއާގުޅޭ ނުވަތަ އިންޝުއަރެންސާގުޅޭ ފަންޑަކަށް، ނުވަތަ ޕްރޮވިޑެންޓް ފަންޑަކަށް ދެއްކުމަށް ލިބެންޖެހޭ ފައިސާއާގުޅޭ ގޮތުން އުނިކުރާ އުނިކުރުމެވެ.

39ޔޯމަން އެޖެންސީސްގެ ފަރާތުން ފާހަގަކުރަނީ، އެކުންފުންޏަށް ކޮވިޑް -19 ގެ ސަބަބުން މާލީ ގޮތނު ދިމާވި ދަތިތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށާއި، އެކަމުގެ ސަބަބުން މުވައްޒަފުންނަށް މުސާރަ ނުދެވޭނެ ހާލަތެއް ކުރިމަތިވި ކަމަށެވެ. ނަމަވެސް، އިސްވެ ބަޔާންކުރެވުނު ފަދައިން ޓްރައިބިއުނަލްގެ ނިންމުމާއި، ވަޒީފާއާބެހޭ ޤާނޫނުގެ 55 ވަނަ މާއްދާގެ (ށ) އިންވެސް އެނގެނީ، މުވައްޒަފުގެ ރުހުމަކާނުލައި މުސާރައަށް ބަދަލު ގެނައުމަކީ، އެ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މެނުވީ ކުރެވޭނެ ކަމެއް ނޫންކަމެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ޗަމްޕާލާރސް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ވ. އަޙްމަދު މުޙައްމަދު ޤަޟިއްޔާގައިވެސް، ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މެނުވީ މުސާރައިން އުނިކުރެވޭނެ ކަމަށް ނުދެކޭ ކަމަށް ކަނޑައަޅުއްވާފައިވާކަން އެނގެން އޮންނައިރު، އިސްތިއުނާފުކުރެވިފައި މިވާ މައްސަލައިގައިވެސް މުސާރައިން އުނިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާފަދަ ސަބަބެއް މެދުވެރިވެގެން ނޫންކަން އެނގެން އޮންނާތީއާއި، ޝާދިޔާ އިބްރާހީމްގެ ރުހުމާއެކުގައިކަންވެސް އެނގެން ނެތުމނު މިއީ ކޮން ޤާނޫނީ އުޞޫލަކއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަން ޔޯމަން އެޖެންސީސްއަށް ބުނެދެވިފައިވެސް ނުވާކަން ފާހަގަކުރަމެވެ.

40ތަފާތުކުރުމެއް ގެންގުޅެފައިވާކަމަށް ޓްރައިބިއުނަލުން ނިންމާފައިވަނީ، ޔޯމަން އެޖްންސީސްގެ ފަރާތުން މުވައްޒަފުންގެ މުސާރައިން އުނިކޮށްފައިވާ ގޮތް ބަޔާންކުރުމަށްފަހު، އެ މިންގަނޑުތައް ކަނޑައަޅައި ޢަމަލުކޮށްފައިވަނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްކަން ޔޯމަން އެޖެންސީސްއަށް ސާފުކޮށްދެވިފައިނުވާ ތީއާއި، އެ ތަފާތުކުރުންތައް ގެންގުޅެފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ހުށަހަޅާފައިވާ އެއްވެސް ލިޔެކިޔުމަކުން އެނގެން ނެތުމުންކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގެ 11.5 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވެއެވެ. އިސްވެ ބަޔާންކުރެވުނު ގޮތަށް މުސާރައިން 2022/HC-A/09 އުނިކުރި ކުރުމަކީވެސް ޤާނޫނާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށް އަހުރެންނަށްވެސް ޤަބޫލުކުރެވޭތީ، މި ނުކުތާގައި އިތުރަށް ގޮތް ކަނޑައަޅަންޖެހޭ ސަބަބެއް އޮތް ކަމަށް އަހުރެން ނުދެކެމެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 26 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/397 ޤަޟިއްޔާއަށް ޓްރައިބިއުނަލުން ރިޢާޔަތްކޮށް އެ ޤަޟިއްޔާ ތަޠުބީޤުކޮށްފައިވަނީ އެ ޤަޟިއްޔާގެ މަފްހޫމު އޮޅޭ ގޮތަށްކަމަށް ބުނާ ބުނުން

41ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/397 ޤަޟިއްޔާއަކީ، ކޮންސްޓްރަކްޓިވް ޑިސްމިސަލް (constructive dismissal) އެއްގެ ގޮތުގައި ބެލިދާނެ ޙާލަތްތައް ބަޔާންކޮށްފައިވާ ޤަޟިއްޔާއެކެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 142/VTR/2020 މައްސަލައިގައި، ޝާދިޔާ އިބްރާހީމް ވަޒީފާއިން ވަކިވި ވަކިވުމަކީ ކޮންސްޓްރަކްޓިވް ޑިސްމިސަލްއެއްކަމުގައި ކަނޑައެޅުމުގައި ބަލާފައިވާ ކަންތައްތައް ބަޔާންކޮށްފައިވަނީ އެ މައްސަލައިގެ 12.1 އިން ފެށިގެން 12.3 ވަނަ ނަންބަރުގެ ނިޔަލަށެވެ. މި ނަންބަރުތަކަށް ބެލުމުން، ވަޒީފާއާބެހޭ ޤާނޫނުގެ 26 ވަނަ މާއްދާގެ (ހ) އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ ބަޔާންކުރެވުނު ނަންބަރު 2018/HC-A/397 ޤަޟިއްޔާއަށް ރިޢާޔަތްކޮށްފައިވާކަން އެނގެއެވެ.

42HN3ވަޒީފާއާބެހޭ ޤާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ، "26. (ހ) ވަޒީފާދޭ ފަރާތުން މި ޤާނޫނާ ނުވަތަ ވަޒީފާގެ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފަށް ޢަމަލުކުރާނަމަ، ވަޒީފާއަދާކުރާ ފަރާތުން ވަޒީފާދޭ ފަރާތަށް އެކަން ހުށަހެޅުމުގެ ޙައްޤު ލިބިގެންވެއެވެ. މިގޮތުން ދޭ ނޯޓިސްގައި އފަދެ ކަންކަން ރަނގަޅުކުރުމަށް ދީފައިވާ މުއްދަތުގައި އެދިފައިވާ ކަންކަން ވަޒީފާގެ އެއްބަސްވުމާ އެއްގޮތަށް ރަނގަޅު ނުކޮށްފިނަމަ، ވަޒީފާގެ އެއްބަސްވުމުގައި ވަޒީފާއިން ވަކިވުމަށް ދޭންޖެހޭ ނޯޓިސް ދިނުމަށްފަހު ވަކިވުމުގެ ޙައްޤު ވަޒީފާއަދާކުރާ ފަރާތަށް ލިބިގެންވެއެވެ." މިފަދައިންނެވެ. އަދި އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ، "26. (ށ) މި މާއްދާގެ (ހ) ގެ ދަށުން، މުވައްޒަފަކު ވަޒީފާގެ އެއްބަސްވުން ބާޠިލްކޮށްފިނަމަ، އެކަށީގެންވާ ސަބަބެއްނެތި ވަޒީފާދޭ ފަރާތުން އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރީކަމުގައި ބެލެވޭނެއެވެ ". މިފަދައިންނެވެ. ވަޒީފާއާބެހޭ ޤާނޫނާއި ޚިލާފަށް ޔޯމަން އެޖެންސީސްގެ ފަރާތުން މުސާރައިން އުނިކޮށްފައިވާތީ، އެކަމުގެ ޙައްލު ހޯދުމަށް ޝާދިޔާ އިބްރާހީމްގެ ފަރާތުން ޔޯމަން އެޖެންސީސްއާ މުޢާމަލާތް ކޮށްފައިވާކަން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 12.3 ވަނަ ނުކުތާގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ. ޝާދިޔާ އިބްރާހީމްގެ މުސާރައިން އުނިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ކަމަށް ކުރިންވެސް ފާހަގަކޮށްފައިވާނެއެވެ. އެހެންކަމުން، ޔޯމަން އެޖެންސީސް ގެ ފަރާތުން ވަޒީފާއާބެހޭ ޤާނޫނާ ޚިލާފުވެފައިވާތީ، ޝާދިޔާ އިބްރާހީމް ވަޒީފާއިން ވަކިވެފައިވަނީ އޭނާގެ ފަރާތުން ފާހަގަކުރާ ކަންކަން ލިޔުމުން ހުށަހެޅުމަށްފަހުވެސް އެދެވޭ ޙައްލެއް ލިބިފައިނުވާތީކަމަށްވެސް ފާހަގަކޮށްފައިވާތީ، އަހުރެންނަށް ބުރަވެވެނީ، ވަޒީފާއާބެހޭ ޤާނޫނުގެ 26 ވަނަ މާއްދާ މި މައްސަލއަށަ ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ކަމުގައެވެ.

43HN4ވަޒީފާއާބެހޭ ޓްރައިބިއުނަލުން، ހައިކޯޓުގެ ނަންބަރު 2018/HC-A/397 ޤަޟިއްޔާ ތަޠުބީޤުކޮށްފައިވާ ގޮތަށް ބަލާއިރު، ޓްރައިބިއުނަލްގެ ނިންމުމުގެ 12.2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ "12.2 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް މެދުވެރިވާ ސަބަބަކީ، ވަޒީފާދޭ ފަރާތުން މުވައްޒަފަށް ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ދަތިވާނެފަދައިން ކުރާ ކަންތައްތަކެއް ނުވަތަ ކުރިމަތިކުރުވާ ޙާލަތެއްގެ ސަބަބުން ނުކުތް ނަތީޖާއެއްކަމުގައި ވާނަމަ، އެ މުވައްޒަފު ވަޒީފާއިން ވަކިކުރި ކުރުމަކީ ކޮންސްޓްރަކްޓިވް ޑިސްމިސަލްއެއްކަމުގައި ބެލިދާނެކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/397 ޤަޟިއްޔާއިން އެނގެން އޮވެއެވެ. ހަމަ މިފަދައިން، ވަޒީފާދޭ ފަރާތުން މުވައްޒަފަށް ވަޒީފާގެ މަސްޢޫލިއްޔަތުތައް އަދާކުރުމަށް ދތަވާނެފަދައިން ކުރާ ކަންތައްތަކެއް ނުވަތަ ކުރިމަތިކުރުމާ ޙާލަތެއްގެ ސަބަބުން ވަޒީފާގައި ދެމިހުރުމަށް ދަތިވެގެން މަޖުބޫރީ ޙާލަތުގައި މުވައްޒަފު ވަޒީފާ ދޫކޮށްލާ ކޮށްލުމަކީވެސް ކޮންސްޓްރަކްޓިވް ޑިސްމިސަލްގެ ޙާލަތެއްކަމުގައި ބުރަވެވެއެވެ." މިފަދައިންނެވެ. ހަވާލާދެވުނު ހައިކޯޓުގެ ޤަޟިއްޔާ ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ޔޯމަން އެޖްންސީސްގެ ފަރާތުން ފާހަގަކުރި ސަބަބަކީ، މި މައްސަލައިގައި ޔޯމަން އެޖެންސީސްއިން ޝާދިޔާ އިބްރާހީމްގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ދަތިވާނެ އެއްވެސް ކަމެއް ނުވަތަ ދަތިކުރުމުގެ ގޮތުން އެއްވެސް ޢަމަލެއް ކޮށްފައިނުވާނެކަމަށް ބުނެ ހުށަހެޅި ސަބަބެވެ. މުވައްޒަފަކު ވަޒީފާއިން ވަކިވި ވަކިވުމަކީ، ކޮންސްޓްރަކްޓިވް ޑިސްމިސަލްއަކަށްވާނެ ހަމައެކަނި ހާލަތަކީ، ހައިކޯޓުގެ ނަންބަރު 2018/HC-A/397 ޤަޟިއްޔާގައި ހިމެނޭ މައްސަލައިގައި ދިމާވެފައިވާ ޙާލަތުކަމަށްވުން ލާޒިމެއް ނޫނެވެ. މުވައްޒަފާ ވަޒީފާދޭ ފަރާތާދެމެދު ވެފައިވާ އެއްބަސްވުމާ ވަޒިފާދޭ ފަރާތުން ޚިލާފުވުމަކީ، ޚާއްސަކޮށް، އުޖޫރަ ދިނުން ފަދަ މާއްދާތަކާއި ޚިލާފުވުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 26 ވަނަ މާއްދާގައި ބުނާފަދަ ހާލަތެއްކަން އެނގެން އޮތްއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ހަވާލާދީފައިވާ ހައިކޯޓުގެ ޤަޟިއްޔާގައި ކަންހިނގާފައިވާ ގޮތާއި، މި މައްސަލައިގައި ކަންހިނގި ގޮތް ތަފާތުވުމަކީ ހަމައެކަނި އެކަމުގެ މައްޗަށް ބަލާ ހައިކޯޓުގެ ޤަޟއްޔި ތަޠުބީޤުކޮށް ފައިވާގޮތް ގޯސްކަމުގައި ބެލޭނެ ސަބަބެއް ކަމަށް އަހުރެން ނުދެކެމެވެ. އެހެންކަމުން، މި ނުކުތާއަކީ ކަމުދާ ޤާނޫނީ ބަހުސެއް އޮތް ނުކުތއެއާ ކަމަށް އަހުރެން ނުދެކެމެވެ.

ބަދަލު ނަގައިދިނުން

44އިސްތިއުނާފީ ފަސްވަނަ ނުކުތާގައި ޔޯމަން އެޖެންސީސްގެ ފަރާތުން ފާހަގަކޮށްފައިވަނީ، ކޮންސްޓްރަކްޓިވް ޑިސްމިސަލްއެއް ކަމަށް ކަނޑައެޅީ ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅި ޤާނޫނީ އުސޫލު ރަނގަޅު ނޫން ހަމައަކުން ތަޠުބީޤކުރުމަށްފަހުކަމުގައިވާތީ ޝާދިޔާ އިބްރާހީމް ވަކިކުރީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށް ނިންމާ، ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 1 އަހަރު ދުވަހުގެ މުސާރަ ނަގައިދިނުމަށް ނިންމާފައިވަނީ ރަނގަޅު ހަމައަކުން ނޫންކަމަށާއި، އެ ބަދަލަކީ ނަގައިދެވޭނެ ބަދަލެއް ކަމަށް ނުދެކޭ ކަމަށެވެ.

45HN5ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި، ޝާދިޔާ އިބްރާހީމް ވަޒީފާއިން ވަކިވި ވަކިވުމަކީ، ކޮންސްޓްރަކްޓިވް ޑިސްމިސަލްއެއްކަމަށް ކަނޑައެޅި ކަނޑައެޅުމަކީ ޤާނޫނީ ހަމަތަކުގެ މަތިން ނިންމާފައިވާ ނިންމުމެއް ކަމަށް މި ރައުޔުގައި ކުރިން ފާހަގަކޮށްފައިވާނެއެވެ. ގެއްލުމުގެ ބަދަލުގެ މިންވަރު އެކަށީގެންނުވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއާއި ގުޅިގެން ޔޯމަން އެޖެންސީސްއިން ފާހަގަކޮށްފައިވާ ކަމަކީ، ޝާދިޔާ އިބްރާހީމް ވަޒީފާއިން ވަކިވީ އަމިއްލައަށް އެދިގެން ކަމަށްވާތީއާއި، ގެއްލުމުގެ ބަދަލު ނަގައިދެވޭނީ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރުމުން ކަމަށެވެ. ނަމަވެސް، މުވައްޒަފަކު ވަޒީފާއިން ވަކިވި ވަކިވުމަކީ، ކޮންސްޓްރަކްޓިވް ޑިސްމިސަލްއެއްކަމަށް ކަނޑައެޅޭ ޙާލަތުގައި، އޭނާއަކީ، އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކޮށްފައިވާ މީހެއްކަމަށް ބަލަންޖެހޭކަންވެސް އިސްވެ ބަޔާންކުރެވިއްޖެއެވެ. 1 އަހަރު ދުވަހުގެ މުސާރަ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ނިންމި ނިންމުމަކީ، ޝާދިޔާ އިބްރާހީމްއަށް ނުޙައްޤު އަދި ބޭއިންސާފު މުއްސަނދިކަމެއް ލިބުމަށް މަގުފަހިވާގޮތަށް، މި ނިންމުން ނިންމާފައިވާ އަސާސް ބަޔާންނުކޮށް ނިންމި ނިންމުމެއްކަމަށްވެސް ޔޯމަން އެޖެންސީސްއިން ފާހަގަކޮށްފައިވެއެވެ.

46HN6ވަޒީފާއާއިބެހޭ ޓްރައިބިއުނަލުން ގެއްލުމުގެ ބަދަލު ކަނޑައެޅި ކަނޑައެޅުން ބިނާވާ ޤާނޫނީ އަސާސްތައް ޓްރައިބިއުނަލްގެ ނިންމުމުގެ 12.4 ގައި ބަޔާންކޮށްފައިވެއެވެ. ޓްރައިބިއުނަލްއިން ނަގައިދީފައިވާ ގެއްލުމުގެ ބަދަލަކީ އެކަށީގެންނުވާ ޢަދަދެއް ކަމަށް ޔޯމަން އެޖެންސީސްގެ ފަރާތުން ފާހަގަކުރި ނަމަވެސް، އެފަރާތަށް ޙައްޤުވާ ގެއްލުމުގެ ބަދަލަކީ ކޮބައިކަމާއި، އެކަމުގެ ޤާނޫނީ އަސާސް ޔޯމަން އެޖެންސީސްއަށް ބުނެދެވިފައިނުވާކަމަށް އަހުރެން ދެކެމެވެ. ގެއްލުމުގެ ބަދަލަކީ، މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކޮށް މައްސަލަ ބަލާ މެންބަރު ނިންމާފައިވާ ނިންމުމެއް ކަމަށްވާއިރު، އެ ނިންމުމުގެ ތެރެއަށް އިސްތިއުނާފީ ކޯޓުން ވަންނަންޖެހޭ ސަބަބެއް ޔޯމަން އެޖެންސީސްއަށް ބުނެދެވިފައިނުވާކަމަށް އަހުރެން ދެކެމެވެ. ޑޮކްޓްރިން އޮފް ފްރަސްޓްރޭޝަން އަދި ޑޮކްޓްރިން އޮފް ލޭޝަސް އާ ގުޅޭ ގޮތުން ފާހަގަކުރި ކަންކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނާ ބުނުން

47HN7ކޮންޓްރެކްޓެއް ފްރަސްޓްރޭޓްވުމަކީ ކޮންޓްރެކްޓުގެ ބައިވެރިންގެ އިހުމާލެއްނެތި ކޮންޓްރެކްޓަކަށް ޢަމަލުކުރުމުގައި ކުރިމަތިވާ ޙާލަތެއްގެ ސަބަބުން ކޮންޓްރެކްޓުގެ އިލްތިޒާމުތައް އަދާކުރުން މުސްތަހީލުވެ، އެއްބަސްވުން ނިމުމަކަށް އައުންކަމަށާއި، މިފަދަ ޙާލަތްތަކުގެ ބައެއް މިސާލުތަކަށް ބަލާލނަމާ (1) ކޮންޓްރެކްޓެއް ކުރެވުނު އެއްޗެއް ހަލާކުވުން ނުވަތަ (2) ކޮންޓްރެކްޓެއް ވުމަށްފަހު ދިމާވި ނާދިރު ކަމެއްގެ ސަބަބުން އެ ކޮންޓްރެކްޓުގެ މަޤުސަދުތައް ފުރިހަމަނުވުން (3) ކޮންޓްރެކްޓުގެ ބައިވެރިއަކު މަރުވުން (4) ޤާނޫނަކަށް ގެނެވުނު ބަދަލަކާ ގުޅިގެން އެއްބަސްވެވުނު ކަމެއް ކުރެވެން ނެތުން ނުވަތަ ޣައިރު ޤާނޫނީ ވުން ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފާސްޓް ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ބީ.އެމް.ސީ ޓްރާންސްޕޯޓް އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް ވ. ކޮރަލްގޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކޮންޓްރެކްޓެއް ފްރަސްޓްރޭޓްވާނެ ގޮތް ބަޔާންކުރައްވާ ބަޔާންކުރައްވާފައިވަނީ؛ [2022] SC 06 2013/SC-A/34 "ކޮންޓްރެ ކްޓްކުރި އިރު ކޮންޓްރެކްޓުގެ ބައިވެރިންގެ ވިސްނުމުގައި ނެތް ކަމެއް މެދުވެރިވުމުގެ ސަބަބުން އެ ކޮންޓްރެކްޓަށް ޢަމަލުކުރުމަކީ ޣައިރު ޤާނޫނީ ކަމަކަށްވުމުން، ނުވަތަ މުސްތަހީލު ކަމަކަށްވުމުން ނުވަތަ ކޮންޓްރެކްޓު ކުރިއިރު ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ އިލްތިޒާމުތަކާއި ހައްގުތައް، އެ މެދުވެރިވި ހާލަތެއްގެ ނަތީޖާއެއްގެ ގޮތުން އުފެދިފައިވާ އައު ހާލަތުގައި އެ ކޮންޓްރެކްޓުގައިވާ ކަންކަން އަދާކުރަންޖެހޭ ގޮތް އިންތިހާއަށް ބަދަލުވެފައިވާތީވެ، އެ ކޮންޓްރެކްޓަށް ޢަމަލުކުރެވެން ނެތުމުން، އެ ކޮންޓްރެކްޓުގައިވާ އިލްތިޒާމުތައް އެ ހިސާބުން ފެށިގެން އިތުރަށް އަދާކުރުމުގެ މަސްއޫލިއްޔަތު އެ ކޮންޓްރެކްޓުގެ ބައިވެރިން ވީއްލިގެން ދިއުމެވެ. ހަޤީޤަތުގައި ޑޮކްޓްރީން އޮފް ފްރަސްޓްރޭޝަން އަކީ ކޮންޓްރެކްޓުގެ ބައިވެރިން ވީއްލިގެން ދިއުމެވެ. ހަޤީޤަތުގައި ޑޮކްޓްރީން އޮފް ފްރަސްޓްރޭޝަން އަކީ ކޮންޓްރެކްޓުގެ ބައިވެރިއަކު ކޮންޓްރެކްޓާ ޚިލާފުވީކަމަށް ބުނެ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާގެ މައްޗަށް ކުރާ ދަޢުވާއެއް ގައި ދަފްއެއްގެ ގޮތުގައި ބޭނުންކުރާ މަފްހޫމެކެވެ." މިފަދައިންނެވެ.

48ޔޯމަން އެޖެންސީސްގެ ފަރާތުން ކުރާ ޝަކުވާއަކީ، ޑޮކްޓްރިން އޮފް ފްރަސްޓްރޭޝަންއާ ގުޅިގެން އެ ކުންފުނިން ފާހަގަކުރި ކަންކަމަށް ޓްރައިބިއުނަލްއިން ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ކުރާ ޝަކުވާއެއްކަން އެނގެއެވެ. ކޮންޓްރެކްޓް ފްރަސްޓްރޭޓްވުމަކީ، ވަޒީފާއާބެހޭ މައްސަލަތަކުގައި ވަރށަ ނާދިރު ހާލަތްތަކެއްގައި ކުރިމަތިވެދާނެ ހާލަތެކެވެ. އެގޮތުން، ވަޒީފާއަދާކުރުމަށް ނުކުޅެދޭފަދަ ސިއޙް ހާލަތެއް މެދުވެރިވުން، ވަޒީފާދޭ ފަރާތް މަރުވުން ފަދަ ހާލަތްތަކުގައި، ވަޒީފާގެ އެއްބަސްވުމެއް ފްރަސޓްރޭޓްވެދާނެ ކަމަށް ބެލެވެއެވެ. ހުށހެޅިފައިމިވަ މައްސަލައަށް ބަލާއިރު، ޔޯމަން އެޖެންސީސްގެ ފަރާތުން ފާހަގަކޮށްފައިވަނީ، ކޮވިޑް-19 ގެ ސަބަބުން ޓްރައިބިއުނަލްއިން މައްސަލަ ނިންމި ގޮތަށް ބަލާއިރު، ޝާދިޔާ އިބްރާހީމް ވަޒީފާއިން ވަކިވި ވަކިވުމަކީ ކޮންސްޓްރަކްޓިވް ޑިސްމިސަލްއެއް ކަމަށް ކަނޑައަޅާފައިވެއެވެ. އެހެންކަމުން، މި ހާލަތުގައި ކޮންޓްރެކްޓް ފްރަސްޓްރޭޓްވީ ކަމުގައި ޓްރައިބިއުނަލަށް ގަބޫލުނުކުރެވޭކަން ދޭހަވެއެވެ. ނަމަވެސް، މިކަން ޓްރައިބިއުނަލްގެ ނިންމުމުގައި ސާފުކޮށް ބަޔާންކޮށްފައިނުވާކަން އަހުރެންވެސް ގަބޫލުކުރަމެވެ. އެހެންނަމަވެސް، މިކަމުގެ ސަބަބުން މައްސަލައިގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭފަދަ ސަބަބެއް އޮތްކަމަށް އަހުރެން ނުދެކެމެވެ.

49HN8އިސްތިއުނާފީ ހަވަނަ ނުކުތާގައި ޑޮކްޓްރނި އޮފް ލޭޝަސްއާއި ގުޅިގެން ފާހަގަކޮށްފައިވަނީ، މުސާރައަށް ބަދަލު ގެނައިތާ 4 މަސްފަހުން އެކަމުގެ ޝަކުވާ އުފުލާފައިވާތީ އެއީ ޑޮކްޓްރިން އޮފް ލޭޝަސްގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. މި ނުކުތާގައި އަހުރެންނަށް ފާހަގަކުރެވުނީ، ޔޯމަން އެޖެންސީސްގެ ޝަކުވާއަކީ، ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގައި ނެގި މުއްދަތެއް ނޫނެވެ. ނަމަވެސް، ޝާދިޔާ އިބްރާހީމްގެ ފަރާތުން ޔޯމަން އެޖެންސީސްއަށް ކޮށްފައިވާ ޝަކުވާ ލަސްވެފައިވާތީ ކުރާ ޝަކުވާއެކެވެ. މިކަމުގެ ޤާނޫނީ އަސާސް ޔޯމަން އެޖެންސސްއަށް ބުނެދެވިފައިނުވާކަމަށް އަހުރެނ ދެކެމެވެ. އެހެންކަމުން، މިކަމަށް ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިނުވާތީ އެކަމުގެ މައްޗަށް ބަލައި ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ކަމަށް އަހުރެން ނުދެކެމެވެ.

ނިންމަންފެންނަ ގޮތް

50ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 142/VTR/2020 މައްސަލައިގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔު؛

51ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ހުޒައިފާ މުޙައްމަދު ގެ ރައުޔު؛

52ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށު އަހުރެން ތާއީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

53މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ) l.l,l,rur.aoS.pnocq8q@o3ur t.-la: xt,to?.tLnooq8rq,,/(,r,4{ ?rlt-a" .1,2.--a 7t"2. zz'. ful+e. rl L7^.7cc, t,- ttt-,tcc (r=:) z'? tz / <ro.< / .-. lt ,/ a E a.u.a -la . o4 .. inJ rr- z"rz u.<i -n.n-?. ". .aaat. -a{r a..., -p^21-o tzt{ s.-tVo o o' fr'.- te /. e. r t? fu.@,- 2 ro-a t."r/r jz)zNl\lzvt 4 t/,a / /,a or./-a f 4 ,?4 r ta. ./ i{r{ at-aa,a6-a a., ort ^.r'r-/ ,,W 6! r/V-.)t l/ I a0a

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ