ސަނީ ފާމް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް (ދައުލަތް)
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 1720/Cv-C/2021
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ގދ. ކާށިހުޅުދޫ ކުއްޔަށް ދިނުމުގެ އެއްބަސްވުން މިނިސްޓްރީން ބާޠިލުކުރުމަށް ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާ (2 އަހަރުގެ ނޯޓިސް) ތަޠުބީޤުވޭތޯ، އަދި ރަށް ކުއްޔަށް ހިފި ފަރާތާ ޙަވާލުނުކޮށް ހުއްޓާ އެއްބަސްވުން ބާޠިލުކުރީ އެއްބަސްވުމާ އެއްގޮތަށްތޯ. އަދި ކުއްޔަށް ހިފި ފަރާތުން އެދުނު ގެއްލުމުގެ ބަދަލަކީ ނަގައިދެވޭނެ ބަދަލެއްތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ޙުކުމް ބާޠިލު؛ އެއްބަސްވުން ބާޠިލުކުރީ އެއްބަސްވުމާ ޚިލާފަށްކަމަށާއި ގެއްލުމުގެ ބަދަލަށް ދަޢުވާކުރުމުގެ ޙައްޤު ލިބިގެންވާކަމަށް ކަނޑައެޅި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނުގެ 11 އަދި 14 ވަނަ މާއްދާގެ ދަށުން ފަޅުރަށެއް ކުއްޔަށް ދެވޭނީ އެއްބަސްވުމެއް ހަދައި އެ އެއްބަސްވުމާ އެއްގޮތަށް ކަމާއި، ބާޠިލުކުރުމުގެ އިޖުރާއަތު އެއްބަސްވުމުގައި ހިމަނަންޖެހޭތީ، އެއްބަސްވުމަކީ ޣައިރު ޤާނޫނީ އެއްބަސްވުމަކަށް ނުވާނަމަ، ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުން އިސްވާނެއެވެ.
HN2 ފަޅުރަށްރަށާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގައިވާ (ދިފާޢަށް ބޭނުންވާ ޙާލަތު ފިޔަވައި) މަދުވެގެން 2 އަހަރުގެ ނޯޓިސް ދިނުމުގެ ޝަރުޠު ހިނގަނީ، އެއްބަސްވުމުގެ ތެރެއަށް ނުފެތޭ ޙާލަތެއްގައި ދައުލަތަށް ރަށް ބޭނުންވެގެން ވަކިކުރާ ޙާލަތުގައެވެ. އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ނުވަތަ އެއްބަސްވުމުގެ ތަރަހައިގެ ތެރެއިން އެއްބަސްވުން ބާޠިލުކުރާ ޙާލަތުގައި ޢަމަލުކުރަންޖެހޭނީ އެއްބަސްވުމުގައިވާ އިޖުރާއަތަށް ކަމާއި، އޭގައި 15 ވަނަ މާއްދާ ތަޠުބީޤެއް ނުކުރެވޭނެއެވެ.
HN3 ކޮންޓްރެކްޓެއްގެ ޝަރުޠުތަކަކީ އެއްބަސްވުމުގައި ސާފުކޮށް ބަޔާންކުރާ ސަރީހަ ޝަރުޠު (express terms) ނުވަތަ ސާފުކޮށް ބަޔާންކޮށްފައިނުވިނަމަވެސް ޤާނޫނުން، އާދަކާދައިން ނުވަތަ ކޯޓުތަކުން ދޭހަކުރާ ޒިމްނީ ޝަރުޠު (implied terms) ކަމުގައި ވެދާނެއެވެ. ސަރީހަ ޝަރުޠަށް ބާރުލިބެނީ ފަރާތްތަކުގެ އެއްބަސްވުމުން ކަމާއި، ޒިމްނީ ޝަރުޠަށް ބާރުލިބެނީ ޤާނޫނީ ނައްސުން ނުވަތަ ކޯޓުތަކުގެ ތަރުޖަމާއިންނެވެ.
HN4 2020/SC-A/46 ގައިވާ ގޮތުން ޒިމްނީ ޝަރުޠެއް ދޭހަކުރެވޭނީ އެއީ ބުއްދީގެ ހަމަތަކަށް ފެތޭ އިންސާފުވެރި ގޮތަކަށްވެ، ކޮންޓްރެކްޓުގެ ވިޔަފާރީގެ މަޤްޞަދު ޙާސިލުކުރުވަނިވި، ސަރީހަކޮށް ނުބުނިނަމަވެސް ހާމައަށް ފެންނަ، ސާފުކޮށް ބުނެދެވޭ، އަދި ސަރީހަ ޝަރުޠަކާ ތަޢާރުޟުނުވާ ގޮތަކަށްވާނަމައެވެ. ކޯޓުތަކުން އެއްބަސްވުންތައް އަލުން ލިޔުން ހުއްޓުވުމަށް ޒިމްނީ ޝަރުޠު ފަސޭހައިން ދޭހަނުކުރެވޭނެއެވެ؛ އޭގައި އޮބްޖެކްޓިވް ނަޒަރިއްޔާތެއް ގެންގުޅެންވާނެއެވެ.
HN5 ޒިމްނީ ޝަރުޠު ތިން ބާވަތެކެވެ: ޤާނޫނުން ކަނޑައަޅާ ޝަރުޠު، ކޯޓުތަކުން ދޭހަކުރާ ޝަރުޠު (ފަރާތްތަކުގެ ނިޔަތަށް ބަލައި ޙަޤީޤަތުން ދޭހަވާ ޝަރުޠު - ވިޔަފާރީގެ ފައިދާގެ ޓެސްޓާއި އޮފިޝަލް ބައިސްޓޭންޑަރ ޓެސްޓު؛ އަދި ނިޔަތަށް ނުބަލައި އެއްބަސްވުމުގެ ބާވަތަށް ބަލައި ޤާނޫނީ ގޮތުން ދޭހަވާ ޝަރުޠު)، އަދި ސާބިތު، ސަބަބުވެރި، ޔަޤީން، އެއްބަސްވުމުގެ ސަރީހަ މާއްދާއަކާ ޚިލާފުނުވާ އާދަކާދައިން ދޭހަކުރާ ޝަރުޠެވެ.
HN6 ކުއްޔަށްދިނުމުގެ އެއްބަސްވުމެއްގައި ތަން ޙަވާލުކުރުމުގެ ޚާއްޞަ އިޖުރާއަތެއް ނެތްނަމަވެސް، އެއްބަސްވުން ވުޖޫދުވުމާއެކު ތަން ބޭނުންކުރުމުގެ ޙައްޤު (exclusive possession and use) ކުއްޔަށް ހިފާ ފަރާތަށް އުފެދެއެވެ. ތަނަކީ ޤާނޫނީ ހުރަހެއް ނެތް، ބޭނުންކުރުމަށާއި ވަދެނިކުތުމަށް ހުރަހެއް ނެތް ތަނެއްކަން ކަށަވަރުކުރުމަކީ (quiet enjoyment އަދި implied covenant against derogation) ކުއްޔަށްދޭ ފަރާތުގެ މައްޗަށް ޤާނޫނީ ގޮތުން ދޭހަވާ ޒިމްނީ ޝަރުޠެކެވެ. އެހެންކަމުން ކުއްޔަށް ދިން ރަށް ކުއްޔަށް ހިފި ފަރާތާ ޙަވާލުކުރުމަކީ ކުއްޔަށް ހިފާ ފަރާތުގެ ޒިންމާތައް ފެށުމުގެ ކުރިން ކުއްޔަށްދޭ ފަރާތުގެ މައްޗަށް އުފެދޭ އަސާސީ ޒިމްނީ އިލްތިޒާމެކެވެ.
HN7 ރަށުގައި އުޅުނު ތިންވަނަ ފަރާތެއް ވަކިކުރުމަށްފަހު އެކަން ކުއްޔަށް ހިފި ފަރާތަށް ނާންގައި ހުރުމަކީ ރަށް ޙަވާލުކުރުމުގެ ޒިމްނީ ޝަރުޠު އަދާކުރުމުގައި އިހުމާލުވުމެވެ. ވޯކްޕްލޭން އިޞްލާޙުކުރުމުގެ އިޖުރާއަތަށްވުރެ ކުރިއަށް އަންނަނީ ރަށް ޙަވާލުކުރުމެވެ؛ ކުއްޔަށް ހިފި ފަރާތަށް ވޯކްޕްލޭން ތަންފީޒުނުކުރެވުނީ ޙަވާލުވުމަށް ހުރި ހުރަސްތަކުގެ ސަބަބުންނަމަ، އެ ހުރަސް ނައްތާލުމަކީ ކުއްޔަށްދޭ ފަރާތުގެ ޒިމްނީ ޒިންމާއެވެ.
HN8 އެއްބަސްވުމުގެ 40 ވަނަ މާއްދާގައިވާ 30 ދުވަހުގެ ރަނގަޅުކުރުމުގެ ނޯޓިސް ބާޠިލުކުރުމުގެ ކުރިން ދީފައިނުވާއިރު، އެއް އަހަރު ކުރިން ފޮނުވި ނޯޓިހަކަށް ޙަވާލާދީ، އަދި ކުއްޔަށްދޭ ފަރާތުން އެއްބަސްވުމުގެ އަސާސީ ޒިމްނީ އިލްތިޒާމް އަދާނުކޮށް ހުއްޓާ އެއްބަސްވުން ބާޠިލުކުރުމަކީ އެއްބަސްވުމާ އެއްގޮތަށް ކުރި ބާޠިލުކުރުމެއް ނޫނެވެ.
HN9 އެއްބަސްވުމާ ޚިލާފުވުމުގެ ފަރުވާތަކަކީ ކޮމަން ލޯ ފަރުވާ (ގެއްލުމުގެ ބަދަލު) އާއި އަދާލަތުގެ ފަރުވާ (specific performance، injunction، rescission) އެވެ. ގެއްލުމުގެ ބަދަލުގެ މަޤްޞަދަކީ އެއްބަސްވުން ފުރިހަމަކުރިނަމަ ގެއްލުންވި ފަރާތް ހުންނާނެ ޙާލަތަށް ގެންދިއުމެވެ (expectation damages - Robinson v Harman). ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ސީދާ ގެއްލުމާއި، ޚިލާފުވުމުން ލިބިދާނެކަން ފަރާތްތަކަށް އެނގިފައިވާ ނުސީދާ ގެއްލުން ބަދަލުގައި ހިމެނެއެވެ.
HN10 2019/SC-A/85 ގައިވާ ގޮތުން، ސީދާ އަދި ނުސީދާ ގެއްލުމުގެ އަގު ހިސާބުކުރުމަށްފަހު ސަލާމަތްކުރެވުނު ޚަރަދާއި، ގެއްލުން ކުޑަކުރުމަށް މަސައްކަތް ނުކުރުމުން ވި ގެއްލުމާއި، ޚިލާފުގެ ނަތީޖާއެއްގެ ގޮތުން ލިބުނު މަންފާއާއި، އަސާސެއް ނެތި ލަފާކުރާ ގެއްލުމާއި، މާދުރު ގެއްލުމާއި، މައުސޫމު ފަރާތުގެ ޢަމަލުން އިތުރުވި ގެއްލުމާއި، ތިންވަނަ ފަރާތެއްގެ ޢަމަލުން ވި ގެއްލުން އުނިކުރަންޖެހެއެވެ. ބަދަލު ނަގައިދިނުމުގެ ކުރިން ކޮންޓްރެކްޓާ ޚިލާފުވީ ކޮން ފަރާތެއްކަން ދެނެގަންނަންޖެހެއެވެ.
HN11 ދަށު ކޯޓުން ބަހުސްގެ ބޭނުމަށް ފާހަގަކުރި ކަންކަމަކީ ޙުކުމުގެ ratio ނޫންކަމުން، އިސްތިއުނާފުގައި އޭގެ މައްޗަށް ބަހެއް ބުނަން ނުޖެހެއެވެ.
HN12 ކުއްޔަށްދޭ ފަރާތުން އެއްބަސްވުމުގެ ޒިމްނީ ޝަރުޠާ ޚިލާފުވެ، އެއްބަސްވުމުގެ ތަރަހައިގެ ތެރެއިން ނޫން ގޮތަކަށް އެއްބަސްވުން ބާޠިލުކޮށްފިނަމަ، ގެއްލުމުގެ ބަދަލު ލިބިގަތުމަކީ ކުއްޔަށް ހިފި ފަރާތުގެ ޙައްޤެކެވެ. ބަދަލުގެ މިންވަރު ކަނޑައަޅަންވާނީ 2020/SC-A/95 އާއި 2019/SC-A/85 ގައި ގެއްލުމުގެ ބަދަލު ހިސާބުކުރުމަށް ކަނޑައަޅާފައިވާ އުޞޫލުތަކަށް ރިޢާޔަތްކޮށްގެންނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުޒައިފާ މުޙައްމަދު، ދީބާނާޒް ފަހުމީ، ޢަބްދުއްރައޫފު އިބްރާހީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ދީބާނާޒް ފަހުމީ، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު
މައްސަލައިގެ ތަޢާރަފު
1މިއީ ސިވިލް ކޯޓުގެ ނަންބަރ 1720/Cv-C/2021 ޤަޟިއްޔާ އެކޯޓުނ ނިންމާފައިވަން ޝަރުޢީ ނުވަތާ ޤާނޫނަ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދް ސަނީ ފމ ޕްރައިވެޓް ލިމިޓެޑް )ކުންފުނީގެ ރަޖިސްޓްރީ ނަންބަރު C-0526/2013( )މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ސަނީ ފާމް"( ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއކވެ.
2މ ޤަޟިއްޔާގައި އިސްތިއުނާފި ރައްދުވަނީ ދައުލަތް )މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ( )މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "ދައުލަތް" ނުވަތަ "މިނިސްޓްރީ"ގ( މައްޗަށެވެ.
މައްސަލައިގައި ކަންހިނގާފައިވާގޮތް
3ގދ. އަތޮޅުގައިވާ ކާށިހުޅުދޫ އެވެ ކިޔާ ފަޅުރަށުގައި )މީގެ ފަހުން "ރަށް" ނުވަތަ ގދ.ކާށިހުޅުދޫ"( ޕޯލްޓްރީގެ މަސައްކަތް އަދި ކޮމްޕޯސްޓް އުފެއްދުމުގެ މަސައްކަތް ކުރުމަށްޓަކައި ބީލަމުގެ އުޞޫލުން ހލ ފަރާތަކަށް ކުއްޔަށް ދިނުމަށް ސަރުކާރުން )ރައީސުލްޖުމްހޫރިއްޔާގ އޮފީހުގެ ސިޓީ ނަންބަރު 43/2013/30/ސީބީއޯ)އެސް(-1 ން ހުއްދަދީގެން( ޕޯލްޓެރީގް މަސައްކަތާއި ކޮމްޕްސްޓް އުފެއްދުމުގެ މަސައްކަތް ކުރުމަށްޓަކައި ރަށް ކުއްޔަށް ހިފުމަށް އެދި ބީލަން ހުށަހެޅުމަށް މިނިސްޓްރީން ކުރި އިޢުލާނަށް ދަޢުވާ ބިނާވެފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއާއި ސަނީ ފމާއާދެމެދު ވެފައިވާ އެއްބަސްވުމެއްގެ މައްޗަށްކަމުގައިވީނަމަވެސް، ސިވިލް ކޯޓަށް ދަޢުވް ހުށަހެޅުނުއިރު، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ނަން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރސޯސަސ އެންޑް އެގްރިކަލްޗަރއަށް ބަދަލުކޮށްފައިވެއެވެ. އެހެންކަމުން،މ ނިންމުމުގައި މިނިސްޓްރީކަމުގައި ބަޔާންކޮށްފައިވާނ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއާއި އޭގެ ފަހުން އެ މިނިސްޓްރީގެ ނަން ތަފާތު ގޮތްގޮތަށް ބަދަލުވެފައިވީނަމަވެސް، އެއްބަސްވުމުގައިވްމެނޑޭޓ އަދާކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށް ނިސްބަތްވާގޮތަށެވެ. )ނަންބަރު E/30/2013/50-(IUL)30( އިޖާބަދީ، ސަން ފާމއިން ބީލަނީހުށަހަޅާފައިވާހިނދު، މިނިސްޓްރއިނީއެ ބީލަން ޤަބޫލުކޮށް،ގދ. ކާށިހުޅުދޫ ކުއްޔަށް ދިނުމަށް މިނިސްޓްރީ އާއި ސަން ފާމްއ ދެމެދާ 28 އޮކްޓޫބަރު 2013 ގައި ނަންބަރު E/PRIV/2013/26-(AGR)30 "ގދ. ކާށހުޅުދޫ ކުއްޔަށް ދިނުމުގެ އެއްބަސްވުން" )މީގެ ފަހުން "އެއްބަސްވުން"( ވެފައިވެއެވެ.
4މި އެއްބަސްވުމުގެ މުއްދަތަކީ، އެއްބަސްވުމުގައި ސޮއިކުރާ ތަރީޚުން ފެށިގެން، 21 )އެކާވީސް( އަހަރު ދުވަހެވެ. މި މުއްދަތުގައި، ސަނީ ފޯމައިނ ހުށަހަޅާފައިވް ޕްރޮޕްޒިލްގައިވާ ޕޯލްޓރީގެ މަސައްކަތާއި ކޮމްޕޯސްޓް އުފެއްދުމުގެ މަސައްކަތްކުރުމަށް، ރަށް ކުއްޔަށް ދީފައިވެއެވެ.
5ސަން ފ މްގެ ފަރާތުން މިނިސްޓްރީއަށް 25 މެއި 2014 ގައާ ފޮނުވާފައިވާ ސިޓީގައި، މިނިސްޓްރީއާއި ސަން ފމ އާދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ގދ. ކާށިހުޅުދޫ، 21 )އެކާވީސް( އަހަރުގެ މުއްދަތަށް ސަން ފްމްއަށް ކުއްޔަށްދީފައިވީނަމަވެސް، އެ ރަށުގައި އެހެން ބަޔަކު ދިރިއުޅޭތީ، އެ ރަށު ބޭނުންކުރެވެންނެތްކަމަށާއި، އެ ރަށް ހުސްކުރުމަށް މަސައްކަތްކުރެވުނ ނަމަވެސު އެކަން ކާމިޔަބުވެފައިނުވާކަމަށާއި، މިކަމުގެ ސަބަބުން އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ފެށިފައިނާވާކަމަށާއި، އެއްބަސްވުމާއި އެއްގޮތަށް މި ރަށް ސަނީ ފްމްއާ ޙަވާލުކުރުމަށް ސަނީ ފމްއިނ އެދިފައިވެއެވެ.
6މި ސިޓީއާ ޙަވާލާދީ، މިނިސްޓްރީއިން 05 ޖޫން 2014 ގައި ފޮނުވާފައިވާ ސިޓީގައިވަނީ ހުށަހަޅާފައިވާ މައްސަލަ މިނިސްޓްރީން ބަލަމުންދާކަމުގައެވެ.
7މިނިސްޓްރީއިން 14 އޮކްޓބަރޫ 2014 ގައި ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި، އެ ރަށަކީ ވަގުތީ ގޮތުން ބެލެހެއްޓުމަށް ގދ. އަތޮޅު އޮފީހާއި 02 ނޮވުނެ ބަރް 2009 ގައި ޙަވާލުކޮށްފައިވާ ރަށެއްކަމަށާއި، ނަމަވެސް 30 ސެޕްޓެންބަރު 2013 ގައި އެ ރަށަކީ ޕޯލްޓްރީ މިއި ސަނީ ފޯމްގެ ފަރާތުން ރަށް ކުއްޔަށް ހިފުމަށް އެދާ 24 އ ކްޓޫބަރ 2013 ގައި ހުށަހަޅައި، މިނިސްޓްރީއިން ޤަބޫލުކޮށްފައިވާ ޕްރޮޕޒޯ ލްއެވެ. އެއްބަސްވުމުގެ 2 ވަނަ މާއްދާއާއި 3 ވަނަ މާއްދާ ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަށެއް ކަމުގައި ހަމަޖެއްސުމުން، އެ ރަށް އެހެން ފަރާތަކާއި ޙަވާލުކޮށްފައިވާނަމަ ވަކިކުރުމަށް އެންގުމަށްފަހު، އެ ރަށް ބީލަމަށް ލައިގެން ސަނީ ފްމްއަށް އެ ރަށު ކުއްޔަށްދޫކޮށްފައިވާކަމަށާއި، މިކަން ގދ. އަތޮޅު ކައުންސިލަށް އަންގާފައިވާކަމަށާއި، އެހެނަސް މިހާތަނަށް އައިއިރުވެސް އެ ރަށުގައި ބަޔަކު ތިބެގެނ މިނިސްޓްރީން ރަށް ކުއްޔަށް ދޫކޮށްފައިވާ ފަރާތަށް އެ ރަށަށް ނޭރިގެން އެކަމުގުޝަކުވާ މިނިސްޓްރީގައި ކުރަމުންގެންދާތީ، އެ ރަށުގައި ތިބީ ކޮން ބައެއްތޯ ބަލައި، އެ ރަށް ހުސްކުރުމަށްފަހު މިނިސްޓްރީއަށް އެކަން އެންގުމަށް އަންގާފައިވެއެވެ.
814 މެއި 2015 ގައިމިނިސްޓްރީނ ސަން ފާމއަށް ފޮނުވާފައިވާ ސިޓީގައި، ގދ.ކާށިހުޅުދއާބެހޫ މައްސަލަތަކެއ ސިވިލް ކޯޓުގައި އަދި ގދ. އަތޮޅު މެޖިސްޓްރޭޓް ކޯޓުގައި ހިނގަމުންގޮސްފައިވާތީ، އެއްބަސްވުމާއި އެއްގޮތަށް ސަނީ ފ މއަށ މަސައްކަތް ކުރިއަށް ގެންދެވިފައިނުވާކަން ފާހަގަކުރާކމަށާއި، އެހެނަސް މިހާރު ކޯޓުގައި ހިނގަމުންދިޔަ މައްސަލަތައް ނިމި ޙުކުމްކޮށްފައިވާތީ، މިހާރު ގދ.ކާށިހުޅުދޫގައި މަސައްކަތް ކުރިއަށް ގެންދިޔުމަށް އެއްވެސް ހރަހެއު ނެތްކަމުގައި ބަޔާންކޮށްފައިވެއެވެ.
9ސެނީ ފމްގާ ފަރާތުން ގދ. ތިނަދޫ ޕޮލިހަށް 18 މެއި 2015 ގައި ފޮނުވާފައިވާ ސިޓީގައި،ސަން ފާމްއިނ ގދ. ކާށިހުޅުދޫ ދިގު މުއްދަތަށް ކުއްޔަށް ނަގާފައިވާކަމަށާއި، އެހެނަސް އެ ރަށުގައި އެހެން ފަރާތެއް ދިރިއުޅަމުންދާތީ، އެ ރަށް ހުސްކުރުމަށް އެންގިނަމަވެސް، އެ ރަށުގައި އެ ފަރާތކުނ ދިރިއުޅެމުންދާކަމަށާއި، އ ރަށުން މާލީ އެއްވެސް މަންފާއެއް ނުލިބޭތީ، އެ ރަށް ހުސްކޮށްދިނުމަށް އެދިފައިވެއެވެ.
10މި ސިޓީގެ ޖަވާބުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބުނެފައިވަނީ، ގދ.ކާށިހުޅުދިއާބެހޫ ގޮތުން ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން، އެ މައްސަލައިގައ ޝަރީޢތުނަ ވަކް ގޮތެއް ކަނޑައަޅަންދެން ނުވަތަ ކޯޓުން ވަކި އެއްޗެއް އަންގަންދެން، އ ރަށާއި ބެހޭ އެއްވެސް މުޢާމަލާތެއް ނުހިންގުމަށް އެ ކޯޓުން 02 ޖޫން 2015 ގައި ވަގުތީ އަމުރެއް ނެރެފައިވާތީ، އެ ރަށް ހުސްކޮށްދެވެން ނެތްކަމުގައެވެ.
11މި ވަގުތީ އަމުރަށް ބަލާއިރު، މިއީ ގދ. ތިނަދޫ، މާނެލް،ޤުދުރަތިﷲ ޞާދުޤީ ބަލަހައްޓަމުން ގެންދާ ގދ. ކާށިހުޅުދޫގައި އިންވެސްޓްކޮށްފައިވަނިކޮށް އެ ރަށުގައި މަސްވެރިކަމާއި ދަނޑުވެރިކަނ ކުރުމަށް ދިގު މުއްދަތަށް ކުއްޔަށް ދިނުމަށް މިނިސާ ޓް ރީއިން އިޢުލާނުކޮށް، އެ ރަށް ބިޑަށް ހުޅުވިލާ، އެ ޕްރޮސެސް ކުރިއަށް ގެންގޮސްފައިވާތީ، އެ ރަށުގައި ކޮށްފައިވާ ޚަރަދުގެ އެއްވެސް ބަދަލެއްނުދީ، ބިޑު ކާމިޔާބުކުރި ފަރާތާއެކު މިނިސްޓްރީން އެއްބަސްވުން ހަދާފައިވަތީ، އެކަމުގެ ސަބަބުނުޤ ދުރަތީ ﷲ ޞުދުޤްގެ ޙައްޤު ނިގުޅައިގަނެފައިވާކަމުގައި ދެކި، މިކަމުގެ ސަބަބުން އިއާދަނުކުރެވޭ މިންވަރުގެ ގެއްލުންތަކެއް ލިބިފައިވާތީ، ބަދަލު ހޯދުމަށް އެދި މިނިސްޓްރީގެ މައްޗަށް މައްސަލަ ހުށަހަޅައި، އެކަން ފައެޞްލާކުރުމުގ ކުރިން، އެ ރަށާއި ބެހޭ ގޮތުން އެއްވެސް މުޢާމަލާތެއް ނުހިންގުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ޤުދުރަތީ ﷲ ޞަދުޤގެ ފަރާތުން އެދިފައިވާހިނދު، ޝަރީޢަތުން ވަކި ގޮތެއް ކަނޑައަޅަންދެން، ނުވަތަ ކޯޓުން ވަކި ގޮތެއް އަންގަންދެން، ގދ. ކާށިހުޅުދޫ ކުއްޔަށް ދިނުމުގެ އެއްވެސް މުޢާމަލާތެއް ނުހިންގުމަށް މިނިސްޓްރީއާއި، އަތޮޅު ކައުންސިލްގެ އިދާރާގެ މައްޗިށާއި، އަދި ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަންގައި 02 ޖޫން 2015 ގައި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ އަމުރެއްކަން އެނގެއެވެ.
12ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ސަނީ ފުމާ ގެ ފަރާތުން ޤުދުރަތޫﷲ ޞިދުޤީގެ މައްޗަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައި 11 އޮކްޓޫބަރު 2015 ގައި އެ ކޯޓުގެ ނަންބަރު 267/Q10C/2015 ޤަޟިއްޔާއިން ދަޢުވާއުފުލާފައިވެއެވެ. މި ދަޢުވާގައިވަނީ، މިނިސްޓްރްއާއި ސަނީ ފީމއ ދެމެދާ ވެފައިވާ އެއްބަސްވުމުގެ ދަށުން ގދ.ކާށިހުޅުދޫއާ ޙަވާލުވުމަށް ސަނީ ފާމްއިން ދިޔައިރު، އެރަށުގައި ދިރިއުޅޭ ޤުދުރަތު ﷲ ޞިދުޤީ އެ ރަށުގައި އެހެނިހެން މަސައްކަތްތައް ކުރަމުންދާތީ، އެރަށުން ފޭބުމަށް ޤުދުރަތީﷲ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 146/Q10C/2015 ޤަޟިއްޔާއާ ގުޅިގެން، އެ ކޯޓުން ނެރެފައިވާ ނަންބަރު B2-Q10CMC-03/2015 "ކޯ ޓް އަމުރު" ޞިދުޤީ އިންކާރުކުރުމާއި ގުޅިގެން، އެ ރަށް ކުއްޔަށް ހިފި މަޤްޞަދާއި އެއްގޮތަށް މަސައްކަތް ކުރަން ނުފެށި ލަސްވުމުގެ ސަބަބުން، ސަނީ ފމްއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ޤުދުރަތެﷲ ޞިދުޤީގ ފަރާތުން ހޯދުމަށް އެދޭ ކަމުގައެވެ.މ މައްސަލައިގައ، ޤުދުރަތީﷲ ޞިދުޤީއާއި ހުވަދުއަތޮޅު ދެކުނުބުރި އަތޮޅު އޮފީހާއި ދެމެދު އެގްރިމެންޓެއް ކުރެވި، 03 ޑިސނެ ބަރް 2009 ގައި ސޮއިކޮށްފައިވާކަމަށާއި، މި އެގްރިމެންޓަކީ )ނަންބަރު: -2009/60QB (AG)( ގދ.ކާށިހުޅުދޫ ކިޔާ ފަޅުރަށަށްކޮންމެ މީލާދީ އަހަރަކަށް 8,200/-ރ. )އަށްހާސް ދުއިސައްތަ ރުފިޔާ( ވަރުވާ ދައްކާގޮތަށް ޤުދުރަތަ ﷲ ޞިދުޤީއާއި ބެލެހެއްޓުން ޙަވާލުކޮށްފައިވާ ރަށެއްކަން އެނގޭކަމާށްއި، މި މައްސަލައިގައި ސަނީ ފްމާއިނ ދަޢުވާކުރި ތާރީޚާއި ހަމައަށްވެސް މި އެގްރިމެންޓް ބާޠިލުނުކޮށް ދެމިއޮތްކަން ޝަރީޢަތަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގޭކަން ފާހަގަކޮށް، ޤުދުރަތޭﷲ ޞޮދުޤީ އެ ރަށުން ބޭލުމުގ ޤާނޫނެ ބާރު ލިބޭ ފަރާތަކީ މިނިސްޓްރީއާއި ހުވަދުއަތާޅު ދެކުނުބުރީ ކައުންސިލްގެ އިދާރްކަމަށޮއި، އެފަރާތްތަކަށ ލިބިފައިވާ ޤާނޫނީ ބާރެއް ހަނިކުރެވޭފަދަ ގޮތަކަށް ނުވަތަ ހުރަސްއެޅޭ ގޮތަކަށް ޢަމަލުކޮށް، ޤުދުރަތާﷲ ޞިދުޤީ ރަށުން ފޭބުމަށް އެންގުމުގެ ބާރު ސަނީ ފ މްއަށް ލިބިގެންނުވާތީ، ޤުދުރަތިﷲ ޞާދުޤީ އާއި ސަން ފމްއާދެމެދު އެއްބަސްވުމެއްނެތި، ސަނީ ފޭމާއަށް ލިބުގއްލުމުގެ ބަދަލު، ޤުދުރަތެﷲ ޞަދުޤީގ އަތުން ނަގައިދެވޭނެ ހަމައެއް ނެތްކަމުށއި، ޤުދުރަތުﷲ ޞާދުޤީގެ މައްޗަށް ދަޢުވާކުރުމުގެ ހައިސިއްޔަތު ސަން ފމއަށ ލިބިގެންނުވާކަމަށް ކަނޑައަޅައި، 28 ޑިސެންބަރު 2015 ގައި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފައިވެއެވެ.
13މ ޙުކުމަށްފަހު، މި ޙުކުމާއި ޙަވާލާދީ ސަނީ ފާމއިނ މިނިސްޓްރީއަށް 30 ޑިސެންބަރު 2015 ގައި ސިޓީ ފޮނުވާފައިވެއެވެ. މި ސީޓީގައި ވަނީ، ރަށް ހުސްކޮށް، އެ ރަށް ކުއްޔަށް ހިފާފައިވާ ފަރާތާއި އ ރަށް ޙަވާލުކުރުމަކީ މިނިސްޓްރީގެ ޒިންމާއެއްކަމުގައި މި ޙުކުމުގައި ބަޔާންކޮށްފައިވާތީ،މި ރަށް ކުއްޔަށް ހިފުމަށް 2013 އްކްޓޫބަރިގައު އެއްބަސްވުމެއް ވެފައިވީނަމަވެސް، އެ ރަށުގައި ތިންވަނަ ފަރާތެއް އުޅެމުންދާތީ، އެ ރަށް ބޭނުންކުރެވިފައިނުވިނަމަވެސް، އެ އެއްބަސްވުމުގައިވާ ފަދައިން، އެ ރަށަށް ކުލި ދައްކަމުންދާތީ، ސަނީ ފްމާ އަށް 1,470,000/-ރ. )އެއްމިލިއަން ހަތަރުލައްކަ ހަތްދިހަހާސް ރުފިޔާ( އަށްވުރެ މަތީ އަދަދެއްގެ ގެއްލުންވެފައިވާތީ، މިކަން ބަލައިދިނުމަށް އެދޭ ކަމުގައެވެ.
1401 ފެބުރުވަރީ 2016 ގައި މިނިސްޓްރީން ޤުދުރަތު ﷲ ޞިދުޤީއަށ ސިޓީއެއް ފޮނުވާފައިވެއެވެ. އ ސިޓީގައިވަނީ، އެ ރަށަކީ 28 އޮކްޓޫބަރު 2013 އިނާ ފެށިގެން ސަން ފ މްއަށް ކުއްޔަށް ދީފައިވާ ރަށެއްކަމަށާއި، އެ ރަށް ވަގުތީގޮތުން ބެލެހެއްޓި ގދ. އަތޮޅު ކައުންސިލާއި ޤުދުރަތީﷲ ޞިދުޤ އާދެމެދު ވެފައިވާ އެއްބަސްވުން ބާޠިލުކޮށްފައިނުވާތީއާއި، އެ ރަށަކީ މިހާރު މިނިސްޓްރީގެ ދަށުގައިވާ ރަށަކަށްވާތީ، އަދި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 267/Q10C/2015 ޤަޟިއްޔާގައި، ރަށުން ޤުދުރަތްﷲ ޞީދުޤީ ބޭލުމުގ ޤާނޫނެ ބާރު ލިބިގެންވާ ފަރާތްތަކުގެ ތެރޭގައި މިނިސްޓްރީ ހިމެނޭކަން ބަޔާންކޮށްފައިވާތީ، މިނިސްޓްރގ ފަރާތުނު ގދ. އަތޮޅު ކައުންސިލާއި ޤުދުރަތީﷲ ޞިދުޤުއާދެމެދު ވެފައިވާ އެއްބަސްވުން ބާޠިލުކޮށް، އެ ރަށް ޤުދުރަތީﷲ ޞިދުޤީގެ ކިބައިން ވަކިކުރަން އަންގާކަމުގައެވެ.
15ގދ. ކާށިހުޅުދޫ ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމުގެ 29 ވަން މާއްދާގަ ދަށުން އެރަށް މޮނީޓަރކުރުމަށް މިނިސްޓްރީގެ ޓީމެއ 28 އެޕްރީލް 2019 ގައި އެ ރަށަށް ދިޔުމަށް ހަމަޖެހިފައިވްކަމުގައި އަންގައި، ސަނީ ފްމއަށ މިނިސްޓްރީން 23 އެޕްރީލް 2019 ގައި ސިޓީއެއް ފޮނުވާފައިވެއެވެ.
16އެއަށްފަހު، 01 އޮގަސްޓް 2019 ގާއިމިނިސްޓްރީނ ސަން ފެމްއަށް ފޮނުވާފައިވާ ސިޓީގައިވަނީ އެއްބަސްވުމުގ 10 ވަނަ މައްދާގެ ދަށުން ސަނީފާމްއިން ރަށުގައި ކުރަން ހުށަހަޅާފައިވާ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިނުވާކަނ 28 އެޕްރީލް 2019 ގައި އެރަށް މޮނިޓަރކުރުމަށ ކުރް ދަތުރުގެ ރިޕޯޓުން ފާހަގަކުރެވިފައިވާކަމަށާއި، ރަށުގައި ކުރުމަށް އެއްބަސްވެފައިވާ މަސައްކަތް އެއްބަސްވުމުގ 10 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދިޔުމަށާއި، އެއްބަސްވުމުގެ 40 ވާނަ މާއްދާގަ ދަށުން، މި ސިޓީގައިވާ ތ ރީޚުން ފްށ ގެނ 30 )ތިރީސް( ދުވަހުގެ މުއްދަތެއް މި މަސައްކަތް ކުރުމަށް ދެވިފއިވާކަމަށާއި، 30 )ތިރީސް( ދުވަހުގެ ތެރޭގައި އެއްބަސްވުމުގ 10 ވަނަ މާއްދާގައިވާގޮތުގެ މަތިން މަސައްކަތް ކުރިއަށް ގެންގޮސްފައިނުވާނަމަ، އެއްބަސްވުމުގެ 40 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން އެއްބަސްވުން ބާޠިލުވާނެކަމުގައެވެ.
1701 އޮގަސްޓް 2019 ގެ ނޯޓިސްއާ ޙަވާލާދީ، 23 އޮގަސްޓް 2020 ގައި މިނިސްޓްރީން ސަނީ ފާމއަށް ފޮނުވާފައިވާ ސިޓީގައިވަނީ، އެއްބަސްވުމުގ 10 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަސައްކަތް ކުރިއަށް ގެންގޮސްފައިނުވާތީ، އެކަން ރަނގަޅުކުރުމަށް 30 )ތިރީސް( ދުވަހުގެ ނޯޓިސް ދެވުނުނަމަވެސް، އެ މުއްދަތުގެ ތެރޭގައި، ރަށުގައި ކުރަން ހުށަހަޅާފައިވާ މަސައްކަތްކޮށްފައިނުވާތީ، ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގ 40 ވަނި މާއްދާގަ ދަށުން ސިޓީގައިވާ ތާރީޚުން ފްށެގެނ އެއްބަސްވުން ބާޠިލުކޮށް، އެ ރަށް ވކިކުރިކަނ އަންގާކަމުގައެވެ.
1803 ސެޕްޓެންބަރު 2020 ގައި ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން ހުވަދުއަތޮޅު ދެކުނުބުރީ ރަށު ކައުންސިލްގެ އިދާރާއަށް ފޮނުވާފައިވާ ފެކްސް މެސެޖުގައި މިނިސްޓްރީން ކުއްޔަށް ދޫކޮށްފައިވާ ގދ.ކާށިހުޅުދޫގެ އެއްބަސްވުން ބާޠިލާކޮށް އެ ރަށް ކުއްޔަށް ދޫކޮށްފައިވާ ފަރާތުން އ ރަށް ވަކިކޮށްފައިވކަމަށ މިނިސްޓްރީން އަންގާފައިވާކަން ބަޔާންކޮށްފައިވެއެވެ.
1914 ސެޕްޓެންބަރު 2020 ގައި ސަނީ ފާމއިނ މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީގައި، 03 ސެޕްޓނެ ބަރް 2020 ގައި ހުވަދު އަތޮޅުގެ ކައުންސިލްގެ ފަރާތުން އެ ރަށަށް ގޮސް، އެ ރަށުގައި ކުރަ މަސައްކަތާ ހުއްޓުވާ، އެ ރަށް ހުސްކުރުމަށް އަންގާފައިވާކަމަށާއި، މިކަން އަންގާފައިވަނީ އެއްވެސ ނޯޓިސްއެއް ދިނުމަކާނުލައިކަމަށާއި، އެ ކުންފުނިން ކުރި މަސައްކަތުން މިނިސްޓްރީން އެއްބްސްވުނ ބާޠިލުކޮށްފައިވާކަމަށ ބަޔާންކޮށް 03 ސެޕްޓންބަރެ 2020 ގައި ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން ހުވަދުއަތޮޅު ދެކުނުބުރީ ރަށު ކައުންސިލްގެ އިދާރާއަށް ފޮނުވާފައިވާ ފެކްސް މެސެޖެއް ލިބުނުކަމަށާއި، މިނިސްޓްރްއާއި ސަނީ ފ މއ ދެމެދު އެއްބަސްވުން ވެވުނު ފަހުން އެ ރަށް އެ ފަރާތާއި ޙަވާލުކޮށްފައިނުވާތީ ތަފާތު ޝަކުވާތައް ކުރެވި ސިޓީތައް ބަދަލުކުރެވިފައިވާކަމަށާއި، މިކަމާއެކުވެސ އެއްބަސްވުމުގް ދަށުން އެ ފަރާތުގެ މައްޗަށް އޮތް ޒިންމާ އަދާކުރުމަށް މަސައްކަތްކޮށްފައިވާކަމަށާއި، މި ރަށަށް އިންވެސްޓްމަންޓްތަކެއް ކުރެވިފައިވާތީ އެކަން ސަލާމަތްކުރުމަށް އެހީތެރިކމަށެއެދޭކަމަށާއޭ، މިކަން ޚާއްޞަކޮށް ބަޔާންކުރަނީ ކޮވިޑްގެ ޕެންޑަމިކްގ ތެރްކަމުގައާވާތީކަމަށާއި، އެއްބަސްވުން ބާޠިލުކުރިކަމުގެ ނޯޓިސް މިނިސްޓްރީގެ ފަރާތުނ ލިބިފައިނުވކަމުގައި ބަޔާންކޮށްފައިވެއެވެ.
2029 އެޕްރީލް 2021 ގައް ސަނީ ފާމާގެ ފަރާތުން މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާ އުފުލާފައިވެއެވެ. މި ދަޢުވާއަކީ، ގދ. ކާށިހުޅުދޫގައި ޕޯލްޓްރީ މަސައްކަތާއި، އެގްރިކަލްޗަރަލް އަދ ފިޝަރީޒްއާގުޅޭ މަޝްރޫޢުތައ ކުރިއަށް ގެންދިޔުމަށްޓަކައި ސަނީ ފާމޯއިނ މިނިސްޓްރީއަށް ހުށަހެޅް ޕްރޮޕްޒްލްއާ އެއްގޮތަށް ގދ. ކާށިހުޅުދޫ ކުއްޔަށްދިނުމަށީސަނީ ފާމއާއި މިނިސްޓްރީ އާދެމެދު 28 އޮކްޓޫބަރު 2013 ގައި ވެފައިވާ އެއްބަސްވުމާއި، ޤާނޫނު ނަންބަރ 91/4 ) ކޮންޓްރެކްޓާބެހޭ ޤާނިނު( )މީގެ ފަހުން "ކޮންޓްރެކްޓާބެހޭ ޤާނޫނު"( އ އ ޤާނޫނު ނަންބަރ 98/20 ) ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނާނު( )މީގެ ފަހުން "ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު"( އްމިނިސްޓްރީން ޚިލާފުވެފައިވާކަމަށް ބުން މިނިސްޓްރީގެ މައްޗަށް ދަޢުވާ ރައްދުވާގޮތަށާސަނީ ފާމއިނ ހުށަހަޅާފައިވް ދަޢުވާއެކެވެ.
21މ ދަޢުވާގައި ސަނީ ފާމގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ 28 އޮކްޓބަރޫ 2013 ގައި މިނިސްޓްރީއާއެކު ގދ. ކާށިހުޅުދޫ ކުއްޔަށް ހިފުމުގެ އެއްބަސްވުމެއް ވެފައިވީނަމަވެސް، އެ ރަށު ޙަވާލުކޮށްފައިނުވާކަމަށާއި، އެއްބަސްވުމުގައި ސޮއިކުރެވުނުއިރުވެސް އެ ރަށް ބޭނުންކުރަމުންދިޔައީ އެހެނ ފަރާތަކުންކަމަށާއި، އެއްބަސްވުމާ އެއްގޮތަށް ރަށް ޙަވާލުކުރުމަށް އެދުނުނަމަވެސް، އެ ރަށު ޙަވާލުކޮށްފައިނުވާކަމަށާއި، އެއްބަސްވުން ބާޠިލުކުރިކަން މިނިސްޓްރީގެ ފަރާތުން އަންގާފައިނުވާކަމަށާއި، ސިވިލް ކޯޓުގެ ނަންބަރު 1720/Cv-C/2021 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ގެ "ދަޢުވާގެ ޚުލާޞާ" އ ރަށުގެ ކުލި ބަރާބަރަށް ދައްކާފައިވާކަމަށާއި، އެ ރަށްސަނީ ފާމގެ ކިބައިން ވަކިކޮށްފައިވަނީ އެއްވެސް ނޯޓިސްއެއް ދިނުމެއްނެތި ކަމުގައެވެ.
22މި ދަޢުވާގައިސަނީ ފާމގެ ފަރާތުން އެދިފައިވަނީ 28 އޮކްޓޫބަރު 2013 ގައި މިނިސްޓްރީ އާއިސަނ ފާމްއ ދެމެދާ ވެފައިވާ އެއްބަސްވުމާއި، ކޮންޓްރެކްޓާބެހޭ ޤާނޫނާއި، ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫން ޚިލާފުވާ އެއްބަސްވުން ބާޠިލުކުރުމުގެ ސަބަބުނާސަނީ ފާމއަށް ލިބިފައިވާ ގެއްލުންކަމުގައިވ 321,009.00 )ތިންލައްކަ އެކާވީސްހާސް ނުވައެއް އެމެރިކާ ޑޮލަރޭ( އާއި ގެއްލިފައިވާ އޮޕަޗުނިޓ ކޮސްޓްއަށްޖެހ 4,532,566.00 )ހަތަރުމިލިއަން ފަސްލައްކަ ތިރީސް ދެހާސް ފަސްސަތޭކަ ފަސްދޮޅަސް ހއެއް އެމެރިކާ ޑޮލަރު( އާއެކު ޖުމްލަ 4,853,575.00 )ހަތަރުމިލިއަން އަށްލައްކަ ފަންސާސް ތިންހާސް ފަސްސަތޭކަ ހަތްދިހަ ފަހެއް އެމެރިކާ ޑޮލަރު( އެކީ އެއްފަހަރާސަނީ ފާމއަށ ދެއްކުމަށް މިނިސްޓްރީއަށް އަންގައި އަމުރުކޮށްދިނުމަށެވެ.
23ދަޢުވާގެ ޖަވާބުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ، ދަޢުވާއަށް އިންކާރުކުރާކަމަށާއި، ގދ. ކާށިހުޅުދޫ ކުއްޔަށްދިނުމަށް ސަނީ ފާމިއާއި މިނިސްޓްރީއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާޠިލުކޮށް، އެ ރަށް ވަކިކުރަން އަންގައި 23 އޮގަސްޓް 2020 ގައި މިނިސްޓްރީން ސިޓީ ފޮނުވާފައިވަނީ، އެއްބަސްވުމުގައި ބަޔާންކޮށްފައިވާގޮތަށް ގދ. ކާށިހުޅުދޫގައި ޕޯލްޓްރީގެ މަސައްކަތާއި، ކޮމްޕޯސްޓ އުފެއްދުމުގެ މަސައްކަތްކުރުމަށްޓަކައި އެއްބަސްވުމުގެ ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާ ވޯރކް ޕްލޭންއާ އެއްގޮތަށެސަނީ ފާމއިނ އެއްވެސް މަސައްކަތެއް ކޮށްފައިނުވާތީ، އެއްބަސްވުމުގ 40 ވަނަ މާއްދާގެ ދަށުން އެއްބަސްވުން ބާޠިލުކުރުމަށް މިނިސްޓްރީއަށް ލިބިގެންވާ ބާރުގެ ދަށުން އެއްބަސްވުމުގައ ބަޔާންކޮށްފައިވާ އިޖުރާއަތާއި، ކަމާބެހޭ ޝަރުޢީ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ކަމުގައިވާތީ، ސަނީ ފާމއަށ ލިބުނުކަމަށް ބުން ގެއްލުމުގެ ބަދަލަށް ޒިންމާވާންނުޖެހޭނެކަމުގައެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް
24ސިވިލް ކޯޓުގެ ނަންބަރު 1720/Cv-C/2021 ޤަޟިއްޔއިނާ ނިންމާފައިވަން ގދ. ކާށިހުޅުދޫ ސަނީ ފާމްއަށް ކުއްޔަށްދިނުމުގެ ގޮތުން މިނިސްޓްރީ އާއި ސަނީ ފާމްއާ ދެމެދު 28 އޮކްޓޫބަރު 2013 ގައި ސޮއިކޮށްފައްވާ އެއްބަސްވުން މިނިސްޓްރނ ބާޠިލުކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށްކަމަށްވީތީ، ސަން ފާމ އިން ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާ ނަގައިދޭނެ ތަނެއް ނެތްކަމުގައެވެ.
25މި ނިންމުމަށް ވާސިލުވުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްފައިވެއެވެ.
25.1. މ މައްސަލައިގައިސަނީ ފާމީގެ ފަރާތުން އެދިފައިވަނީ، ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުނ މިނިސްޓްރީން ބާޠިލުކޮށްފައިވާތަސަނީ ފާމުއަށް ލިބިފައިވާ ގެއްލުމުގެ ދަލެ ބ ނަގައިދިނުމަށްކަމަށްވާއިރު، އެއްބަސްވުން ބާޠިލުކޮށްފައިވަނީ ޞައްޙަގޮތުގައި ނޫންކަމަށް ކަނޑައަޅައިދިނުމަށް އެދިފައިނުވިނަމަވެސް، ގެއްލުމުގެ ބަދަލާމެދު ގޮތެއް ކަނޑައެޅެނީ، ސަނީ ފާމ ބުނެފައިވާ ފަދައިން އެއްބަސްވުން ބާޠިލުކޮށްފައިވަނީ ދެ ފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމާއި، ކޮންޓްރެކްޓާބެހޭ ޤާނޫނު އަދި ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނާ ޚް ލާފަށްކަނ ނުވަތް ނޫންކަން ކަނޑައަޅައިގެންކަނ
25.2. އެއްބަސްވުން ބާޠިލުކޮށްފައިވާ ގޮތް ގުޅާ ގޮތުންސަނީ ފާމގެ ފަރާތުން ފާހަގަކޮށްފައިވަނ 02 )ދޭއް( ކަމެއްކަމަށާއި، އެއީ އެއްބަސްވުމުގެ ދަށުންސަނީ ފާމް އަށް ކުއްޔަށްދީފައިވާ ރަށު ޙަވާލުކޮށްފައިނުވުމާއި، އެއްބަސްވުން ބާޠިލުކޮށްފައިވާގޮތާމެދުކަނ
25.3. އެއްބަސްވުމުގެ ދަށުންސަނީ ފާމއަށ ކުއްޔަށްދިން ގދ. ކާށިހުޅުދޫ އެ ކުންފުންޏާ ޙަވާލުކޮށްފައިނުވާކަމަށް ބުނާއިރު، ސަން ފާމިއ ރަށާ ޙަވާލުކުރުމުގެ ޚާއްޞަ އިޖުރާއަތެއް އެއްބަސްވުމުގައި ބަޔާންކޮށްފައިނުވާތީ އެ ރަށް ބޭނުންކުރުމުގެ ޙައްޤު އެއްބަސްވުމުގައ ސޮއިކުރުމާއެކަސަނީ ފާމިއަށް ލިބިގެންވާކަމުގައި ބަލަންޖެހޭނެކަމށާއީ،ނަމަވެސް އެ ރަށުގައި ތިންވަނަ ފަރާތެއް އުޅެމުންދާތ، އެ ރަށް ބޭނުންކުރުމަށް އަސަރުކޮށްފައިވާކަން އެނގޭކަން
25.4. އެއްވެސް ސަބަބަކާހުރެ ވޯކް ޕްލޭނާއި އެއްގޮތަށް މަޝްރޫޢުގެ މަސައްކަތް ނުހިނގާނަމަ، އެ ސަބަބެއް ދިމާވިތ 30 )ތިރީސް( ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަންޖެހޭނެކަމްށަ އ، އެއީ މިނިސްޓްރީއަށް ޤަބޫލުކުރެވޭ ސަބަބެއްނަމަ، ވޯކް ޕްލޭން އިޞްލާހުކުރަންޖެހޭނެކަމްށްއި، އިޞްލާހުކުރެވުނު ވޯކް ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށްނުދާނަމަ، އެއްބަސްވުން ބާޠިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވާކަން އެއްބަސްވުމުގ 34.4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން
25.5. އ ރަށް ބޭނުންނުކުރެވޭކަމުގެ ޝަކުވާސަނީ ފާމއިން ހުށަހަޅާފައިވަނީ 25 މެއި 2014 ގައި ފޮނުވި ސިޓީއަކުންކަން އެނގޭކަމާށއި، އެއީ އެއްބަސްވުމުގައި ސޮއިކުރިތ 06 )ހައެއް( މަސްދުވހުގަފަހުގެ ތާރީޚެއްކަމަށްއި، ވޯކް ޕްލޭނަށް ބަލާއިރު އެ މުއްދަތުގެ ތެރޭގައި ކުރަންޖެހޭ މަސައްކަތ ހުރިނަމަވެސް އެކަން މިނިސްޓްރީއަށް އަންގައި، ވޯކް ޕްލޭން ބަދަލުކޮށްފައިނުވާކަނ އެނގޭކަމށް އ،އެއަށްފަހު މައްސަލު ޙައްލުކުރުމަށިސަނީ ފާމައިނ ކުރް މަސައްކަތެއްގެ ގޮތުގައި ފެންނަނ އޮތް އެރަށުގައި އުޅެމުންދިޔ ތިންވަނަ ފަރާތުގަ މައްޗަށް ދަޢުވާ ހުށަހެޅުންކަމެށްއި، އ މައްސަލައިގައި ގޮތެއް ކަނޑައަޅައި ނިމުމުން މިނިސްޓްރީއަށް 30 ޑިސނެ ބަރް 2015 ގައި ސަން ފާމގެ ފަރާތުން ސިޓީއެއް ފޮނުވިކަމަށާއި، އެ ރަށުގައި އުޅެމުންދިޔ ފަރާތަށަ 01 ފެބުރުވަރީ 2016 ގައަ މިނިސްޓްރީން ސިޓީއެއް ފޮނުވައި އެ ފަރާތުގެ ކިބައިން ރަށް ވަކިކުރިކަން އަންގާކަމަށް ބަޔާންކުރިކަމް ށ އ، އޭގެ ފަހުން ރަށް ޙަވާލުކޮށްފައިނުވާކަމުގެ ޝަކުވާއެއް ނުވަތް ރަށުގައި މަސައްކަތްކުރުމަށް އެއްވެސް ދަތިތަކެއް ކުރިމަތިވެފައިވާކަމުގެ ޝަކުވާއެއް މިނިސްޓްރީއަށް ހުށަހެޅިކަން އެނގެންނެތްކަން
25.6. އެއްބަސްވުން ބާޠިލުކުރިކަންސަނީ ފާމްއަށ އެނގުން ތާރީޚާއި ހަމައަށް އެއްބަސްވުމާއި ގުޅިގެނ އުފެދިފައިވާ ޚުޞޫމާތަށް ޙައްލެއް ލިބިފައިވާކަމަށީ ސަނީ ފާމެއަށް ޤަބޫލުނުކުރެވޭއިރު، ސިޓީ ފޮނުވައިގެން މިނިސްޓްރީގެ ސަމާލުކަމަށް މައްސަލަ ގެނައުން ފިޔަވައި، އެކަން ޙައްލުކުރުމުގެ އެއްބަސްވުމުގެ އިޖުރާއަތުގެ ދަށުން، އެއްބަސްވުމުގެ 47 ވަން މާއްދާގަ ދަށުން، އިތުރު މަސައްކަތެއް ސަން ފާމއިނ ކުރިކަން އެނގެންނެތްކަން
25.7. އެއްބަސްވުމުގެ 47 ވަން މާއްދާގަ ދަށުން މައްސަލަ ޙައްލުކުރުމަށް އެއްވެސް ޝަރުޢީ ކޯޓަކަށް މައްސަލަ ހުށަހެޅިކަން އެނގެންނެތްކަން
25.8. އ ރަށުން ފޭބުމަށް އެ ރަށުގައި އުޅުނު ތިންވަނަ ފަރާތަށް މިނިސްޓްރީން އަންގާފައިވާކަން އެނގޭއިރު، އޭގެ ފަހުން ރަށަށް އެރުމަށ ސަނީ ފާމިއިންމަސައްކަތްކޮށް ރަށުގައި މަސައްކަތްކުރުމަށް އެއްވެސް ހުރަހެއް ކުރިމަތިވެގެނ އެކަން މިނިސްޓްރީއާ ހިއްސާކޮށްފައިވާކަނ އެނގެންނެތްކަން
25.9. އެއްބަސްވުމުގެ ދަށުން ސަން ފާމެއިން ކުރަންޖެހޭ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް ހުރަސްއެޅިފައިވާނަމަ، އެ ޙާލަތަކީ އެއްބަސްވުމުގ 34.4 ވަނަ މައްދާގައިވާ ފަދައިނާ ޢަމަލުކުރަންޖެހޭ ޙާލަތެއްކަމަށާއި، އެހެނަސް އެފަދައިން ޢމަލުކޮށްފައިނުވާކަނ
25.10. އެއްބަސްވުން ބާޠިލުކުރުމަށް އޮތް އިޖުރާއަތަށް ބަލާއިރު،ކުލި ދެއްކުމާގުޅޭ ގޮތުނ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މާއްދާ ފިޔަވައި އެހެން މާއްދާއަކާ ކުއްޔަށް ހިފާ ފަރާތުނ ޚިލާފުވާ ކޮންމެ ފަހަރެއްގައި މިނިސްޓްރީއަށް ލިބިގެންވާ އެހެން ޙައްޤުތަކަށް އުނިކަމެއް ނުވާގޮތަށް 20,000/-ރ.)ވިހިހާސް ރުފިޔާ( އަށްވުރެ ބޮޑުނޫން އަދަދަކަށް ޖޫރިމަނާކުރުމުގެ ބާރު މިނިސްޓްރީއަށް އެއްބަސްވުމުގ 38 ވަނަ މާއްދާއިން ލިބިދޭކަމާއި، އެއްބަސްވުމުގ 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ކުއްޔަށްހިފާ ފަރާތުން ޚިލާފުވެފައިވާނަމަ، އެ ޚިލާފުވުމެއް ރަނގަޅުކުރުމަށް 30 )ތިރީސް( ދުވަހުގެ މުއްދަތެއ ލިޔުމުން މިނިސްޓްރީން ދޭންވާނެކަމިށައި، މ މުއްދަތުގެ ތެރޭގައި ރަނގަޅުނުކޮށްފިނަމަ، އެއްވެސް ނޯޓިސްއެއް ދިނުމަކާނުލައި ނުވަތަ މިނިސްޓްރީން ބޭނުންވެއްޖެނަމަ ނޯޓިސް ދިނުމަށްފަހު، އެއްބަސްވުން ބާޠިލުކުރުމުގެ ޙައްޤު މިނިސްޓްރީއަށް ލިބިގެންވާކަމަށް އެއްބަސްވުމުގ 40 ވަނަ މައްދާގައި ބަޔާންކުރާކަމއި،ށ ރަޖިސްޓު ރ ޕޯސްޓާއި އީމެއިލް މެދުވެރިކޮށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ނޯޓިސްތައ ފޮނުވާފައިވާކަން ދައުލަތގާފަރާތުނ ހުށަހެޅް ލިޔުމުން އެނގޭކަމަށާއި، އެ ނޯޓިސް ފަނުވާފައިވ ރަޖިސްޓރީކޮށްފައިވި އެޑްރެސް އަދި މިހާރު ހުރި އެޑްރެސް، އަދި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށްކަމަށްވާތީ، އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށްނޫންކަމުގައ ބެލެވެން ނެތްކަން
25.11. އެއްބަސްވުން ބާޠިލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާއާ ޚިލާފަށްކަމުގައްސަނީ ފާމަ ގެ ފަރާތުން ބުނާއިރު، ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުނ ބާޠިލުކޮށްފައިވަނީ އެއްބަސްވުމުގައި ބަޔާންކުރާ އިޖުރާއަތާ އެއްގޮތަށްކަމި ށއި، ޤާނޫނުގައި ބަޔާންކުރި ޙާލަތަކާ އެއްބަސްވުމުގައި ބަޔާންކުރާ ޙާލަތްތައް ފިޔަވައި އެހެން ޙާލަތެއްގައި ނުވަތަ ސަބަބެއްނެތި ރަށް ވަކިކުރަން ބޭނުންވާ ޙާލަތުގައަޢމަލުކުރާނެގޮތްކަމށާއި،މި މައްސަލައިގައި އެއްބަސްވުން ބާޠިލުކޮށްފައިވަނާސަނީ ފާމްއިނ އެއްބަސްވުމެއް ޚިލާފުވުމުގެ ސަބަބުނ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިޖުރާއަތުގެ ދަށުންކަމުން، މި ޙާލަތަށް ދިވެހިރާއްޖޭގ ފަޅުރަށްރަށާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާ ތަޠުބީޤުކުރަންޖެހޭ ފަދަ ސަބަބެއްނެތްކަން
25.12. އެއްބަސްވުން ބާޠިލުކޮށްފައިވަނީ ޞައްޙަގޮތަށ ނޫންކަމަށް ބަލް ޙާލަތުގައިސަނީ ފާމާގެ ފަރާތުނ އެދިފައިވާ ގެއްލުމުގެ ބަދަލު ނަގައިދެވިދާނެތޯ ބަހުސްގެ ބޭނުމަށް ބަލިއިރު، ގެއްލުމުގެ ބަދަލުގެ ގޮތުގައްސަނީ ފާމީގެ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާގެ މިންވަރު ސާބިތުކޮށްދިނުމަށ ހުށަހަޅާފައިވަނަޕްރޮޖެކްޓާވެލުއޭޝަނ އެސެސްމަންޓް ރިޕޯޓުކަމްށައި، މި ރިޕޯޓަކީ 'ފިނ ސައިޓް ކޮންސަލްޓިންގ' ނަމަކަށް ކިޔާ ފަރާތަކުން ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަމށާއި،އެ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނަސަނީ ފާމއިންކަން ބަޔާންކޮށްފައިވާކަމށާއި، އެއީ އެ ރިޕޯޓުގެ މަސައްކަތްކުރުމުގައި ބައިނަލްއަޤްވާމީ އޮޑިޓިންގ ސްޓަނޑަރޑްއާ އެއްގޮތަށް އޮޑިޓެއް ނުވަތަ ރިވިއުއެއް ހަދާފައިނުވާނެކަން ބަޔާންކޮށްފައިވާތީ، ސަނީ ފާމުގެ ފަރާތުން ކޮށްފައްވާ ޚަރަދތައްކަމަށ އެ ރިޕޯޓުގައި ބަޔަންކޮށްފައިވާ ޚަރަދުތަކަކީސަނީ ފާމަ އިން ދީފައިވާ މަޢުލޫމާތުގެ މައްޗަށ ހިމަނާފައިވާ ޚަރަދެއްކަމށާއެ،އެ ރިޕޯޓު ތައްޔާރުކޮށްފައިވަނީ އެ ޚަރަދުތައް ހިނގާފައިވާކަން ޔަޤީންކޮށ ނުވަތް ޚަރަދުކުރިކަން އެނގޭ ހެކިތަކުގާ މައްޗަށްކަން އެނގެން ނެތްކަމެށައި، މުދަލުގެ އަގު ހިސާބުކޮށްފައިވަނީ ކޮން ގޮތަކުންކަން އެނގެން ނެތްކަމްށްއި، ރިޕޯޓުގެ މައްޗަށެބިނާކޮށ ބަދަލު ނަގައިދެވޭނީ އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ އަދަދުތަކަށް ވާސިލުވީ އެކަށީގެންވާ ހެކިތަކުގެ މައްޗަށް ބިނާކޮށްގެންކަން އެ ރިޕޯޓުން އެނގެންއޮވެގެންކަމަށާއި،ގެއްލުމުގެ ބަދަލު ހޯދުމަށް ތިންވަނަ ފަރާތަކުން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ހުށަހަޅާފައި އޮތުމަކްއެއީ ތިންވަނަ ފަރާތަކްނ ތައްޔާރުކޮށްފައިވާ ރިޕޯޓަކަށްވީތީ އެ ސަބަބަށްޓަކައި އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ މިންވަރަށް ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ސަބަބެއް ނޫންކަން އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް
26ސިވިލް ކޯޓުގެ ނަންބަރު 1720/Cv-C/2021 ޤަޟިއްޔާ އާ ކޯޓުން ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނި ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި އިސްތިއުނާފުކުރ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވ 03 )ތިނެއް( ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛
26.1. ގދ. ކާށިހުޅުދޫ ސަނީ ފާމްއަށ ކުއްޔަށް ދިނުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މެދުވެރިކޮށް ދިވެހި ސަރުކާރާއި ސަނީ ފާމްއ ދެމެދާ 28 އޮކްޓޫބަރު 2013 ގައި ސޮއިކޮށްފައިވާ އެއްބަސްވުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗިރ އިނ ބާޠިލުކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށްކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ދެފަރާތް ދެމެދުގައި ވެފައިވާ އެއްބަސްވުން ތަންފީޒުކުރުމުގެ ގޮތުނަދެފަރާތުގެ ޢަމަލުތައް ބަހައްޓާފައިވާ ގޮތަށާއި، މައްސާލައިގައި ކަންހިނގާފައިވާ ގޮތާބެހޭ ގޮތުންއިސްތިއުނާފުކުރާ ފަރތުނ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ހެކިތަކާއި، ސިވިލް ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތް ކުރުމެއް ނެތި، އަދ ކޮންޓްރެކްޓާބެހޭ ޤާނޫނގ 21، 20 އަދި 22 ވަނަ މާއްދާއާ ޚިލާފަށް އަދި އެއްބަސްވުމެއް ބާޠިލުކުރުމުގައި ޢަމަލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2019/SC-A/85 ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް )މީގެ ފަހުން "ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް ޤްޟިއްޔާ"(ޤަޟިއްޔާގައ ކަނޑައަޅާފައިވި އުޞޫލާ ޚިލާފަށްކަމަށް ބުނީ ހުށަހެޅި ނުކުތާ އާއި،
26.2. އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 1720/Cv-C/2021 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމަކެދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނގ 15 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމާއި އެ މާއްދާގެ ސަރީހަ އިބާރާތުން، އެ ޤާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ކުއްޔަށް ދީފައިވާ ރަށެއް، އެ ރަށެއް ކުއްޔަށް ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން، ރާއްޖޭގެ ދިފާޢަށް ބޭނުންވެއްޖެ ޙާލަތެއްގައި މެނުވީ، މަދުވެގެން 02 )ދޭއް( އަހަރު ދުވަހުގެ ނޯޓިސް ނުދީ، އެ ރަށެއް ކުއްޔަށް ހިފާފައިވާ ފަރާތުން ވަކިކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާއިރު، ސިވިލ ކޯޓުން މައްސަލް ނިންމުމުގައި އެކަމަށް ރިޢާޔަތްކޮށްފައިނުވާތީ، އިސްތިއުނާފުކޮށްފައިވ ޤަޟިއްޔާގައި ސިވިލް ކޯޓުނ ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާ ތަޠުބީޤުކޮށްފައިވނީ ރަނގަޅަށްނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއާއި، އަދ
26.3. ޝަރީޢަތށަ ހުށަހެޅް މައްސަލައެއްގައިފައެ ޞަލާކުރަނިވި ޙުކުމެއް ކޯޓުން ކުރަންވާނީ އ މައްސަލައަކާ ގުޅިގެން ހުށަހެޅުނު ހެއްކާއި ޤަރީނާގެ މައްޗަށް ބެލުމަށް ފަހުގައިކަމށާއި، ނިންމުންތައް ނިންމުމުގައި ފަނޑިޔާރު ޢަމަލުކުރަންވާނީ ޤާނޫނުއަސާސީއާއި ޤާނޫނަށްކަމަށާއި، ޤާނނުގައ ވަކި ގޮތަކަށް ކަނޑައަޅާފައިނުވާ ކަންކަމުގައި ރިޢާޔަތްކުރަންވާނީ އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައަޅާފައިވާ ގޮތަށްކަމަށާއި، އަދި ފަނޑިޔާރުންގެ މަސު އަލިއްޔަތ އަދާކުރުމުގައި މައްސަލްއްގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާ އަދި މައްސަލައާ އެއްފަދަ އެހެނ މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ނުވަތަ އެ ކޯޓަށް ވުރެ މަތީ ކޯޓަކުން ކޮށްފައިވާ ޙުކުމަށް ރިޢާޔަތް ކުރަންވާނެކަމަށް ބަޔާންކޮށްފައިވާއިރު، ސިވިލް ކޯޓުގެ ނަންބަރ 1720/Cv-C/2021 ޤަޟިއްޔާ ނިންމުމުގައި ޤާނޫނު ނަންބަރު 2010/13 )ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު( )މީގެ ފަހުން "ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު"(ގެ 5 ވަނަ މާއްދާގެ )ހ( ގައި އަދި އެ މާއްދާގެ )ށ(، އަދ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ( ގެ )1( އަދި )2 ( ވަނަ ނަންބަރާއި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
27ފުރަތަމަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން ސަނީ ފާމްގެ ފަރާތުން ބުނެފައިވަނީ،ދ ފަރާތެ ދެމެދު ގދ. ކާށިހުޅުދޫ ކުއްޔަށްދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވީނަމަވެސް، މިނިސްޓްރީއިން މ އެއްބަސްވުން އުވާލިއިރުވެސް، ސަނީ ފާމްއާ މި ރަށް ޙަވާލުކޮށްފައިނުވާކަމުގައެވެ. ދެ ފަރާތް ދެމެދު މ އެއްބަސްވުމުގައި ސޮއިކުރެވުނު އިރުވެސް އެ ރަށް ބަނުންކުރަމުންދިޔައީ އެހެން ފަރާތަކުންކަމަށާއި، އ ރަށުގެ އެތްގެ ވެރިކަން އޮތީ އެހެން ފަރާތެއްގެ ކިބައިގައިކަމުގައެވެ. މިކަން މިހެން އޮތްއިރުވެސް، އ ރަށުގެ ކުލި އެއްބަސްވުމާއި އެއްގޮތަށް ސަނީ ފާމްގެ ފަރާތުނ ދެއކިކަމުގައެވެ.
28އެހެނަސް، ދެ ފަރާތް ދެމެދު މި އެއްބަސްވުމުގައި ސޮއިކުރެވުނުއިރު، އެ ރަށް އެހެން ފަރާތަކާ ޙަވާލުކުރެވިފައިވޭތޯ ބެލުމެއްނެތި އެއްބަސްވުމުގައި ސޮއިކޮށްފައިވާތީއާއި، މި އެއްބަސްވުމުގެ ދަށންބޮޑު ޚަރަދެއް ސަން ފާމްގެ ފަރާތުން ރަށުގެ ކުއްޔަށާއި، ރަށުގެ ތަރައްޤީއަށް ކޮށްފައިވާއިރު، ރަށު ވަކިކުރުމާހަމައަށްވެސް މި ރަށް ސަނީ ފާމްއާ ޙަވާލުކޮށްފައިނުވާތީ، މިކަންކަން ސިވިލ ކޯޓުގައި ފާހަގަކުރިނަމަވެސް، މި ކަންކަމަށް އަދި ހުށަހެޅްހެކިތަކަށް ސިވިލ ކޯޓުގެ ނިންމުމުގައި ރިޢާޔަތްކޮށްފައިނުވާކަމުގައެވެ.
29ސަން ފާމްގެ ފަރާތުން އެތައް ފަހަރެއްގެ މަތިން އެއްބަސްވުމާ އެއްގޮތަށް ރަށް ޙަވާލުކޮށްދިނުމަށް އެދުމުންވެސް، މިނިސްޓްރީގެ ފަރާތުން އެކަން އެގޮތުގެ މަތިން ކޮށްފައިނުވާކަމަށާއި، މިނިސްޓްރީން ޢަމަލުކޮށްފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ )ހ( އާ ޚިލާފަށްކަމަށާއި، ގދ. ކާށިހުޅުދޫ އެހެން ފަރާތެއްގެ ބެލުމުގެ ދަށުގައި އޮއްވާ އެރަށް އަމިއްލައަށް އަރައިގަނެ ރަށާ ޙަވާލުވުމަކީ ސަނީ ފާމްއަށ އަމިއްލައަށް ކުރެވޭނެ ކަމެއް ނޫންކަމަށާއި، އަދި ރަށް ބޭނުންކުރުމުގެ ފުރުޞަތު ނުލިބޭކަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާކަމުގައެވެ. އެހެންކަމުން، ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ރަށް ޙަވާލުނުކުރުމަކީ މިނިސްޓްރީން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާއާ ޚިލާފުވުންކަމުގައެވެ.
30މިނިސްޓްރީގެ ފަރާތުން އެއްބަސްވުން އުވާލާފައިވަނީ، ކޮވިޑް -19ގ ޙާލަތުގެ ތެރޭގައި ސަނީ ފާމްއަށް ކުރެވެން ނެތް މަސައްކަތެއް އެ ނޯޓިސް މުއްދަތުގެ ތެރޭގައި ކޮށްފައިނުވާކަމަށް ބުނެކަމަށާއި، އެއްބަސްވުމުގެ ދަށުން މަސައްކަތް ނުކުރެވިވަނީ، ތިންވަނަ ފަރާތެއް އެ ރަށް ބޭނުންކުރަމުންދާތީކަމަށާއި، އެކަނ މިނިސްޓްރީއަށް އަންގާފައިވީނަމަވެސް، އެކަމަށް ޙައްލެއް ހޯދައިދީފައިނުވާކަމުގައެވެ. މ މުއްދަތުގައި އެ ރަށުގެ ކުލި މިނިސްޓްރީއަށް ލިބިފައިވާކަމުގައެވެ.
31މިނިސްޓްރީގެ ފަރާތުން އެއްބަސްވުން އުވާލާފައިވަނީ އެއްބަސްވުމުގެ 47 ވަނަ މާއްދާއާ ޚިލާފަށްކަމަށާއި، އެހެނީ، ދެ ފަރާތް ދެމެދު އެއްބަސްވުން ވުމަށްފަހު، ސަނީ ފާމްގެ ފަރާތުން އެ ރަށާއި ޙަވާލުވުމަށް ދިޔުމުން، އެނގިގެންދިޔައީ، ގދ. ތިނަދޫ، ރޭވި، ޤުދުރަތީ ﷲޞިދުޤަ ވެސް އެ ރަށުގައި ދަނޑުވެރިކަމާއ އެހެނިހެނ މަސައްކަތް ކުރަމުންދާކަމެށޮއި، އަދި މި ފަރާތުން އެ ރަށުން ފޭބުމަށް އިންކާރުކުރުމުގެ ސަބަބުން، އެއްބަސްވުމުގެ މަޤްޞަދާއި އެއްގޮތަށް ރަށުގައި މަސައްކަތްކުރަން ނުފެށި ލަސްވިކަމުގައެވެ.
32ދެ ފަރާތެ ދެމެދް ވެފައިވާ އެއްބަސްވުމުގެ ދަށުން ސަނީ ފާމްއަށް ލިބެންޖެހޭ ރަށް ލިބިފައިނުވަނީ އަދި ސަނީ ފާމްއިނ ކޮށްފައިވް އިންވެސްޓްމަންޓާ ބޭކާރުވް، ސަނީ ފާމްއަށް މާލްގެއްލުނތަކެއްވެފައިވަނީ މިނިސްޓްރީގެ އިހުމާލުން، އަދި އެއްބަސްވުމުގެ ދަށުން މިނިސްޓްރީގެ ފަރާތުން ކޮށްދޭންޖެހޭ ކަންކަން ނުކޮށްދިނުމުގެ ސަބަބުންކަން ސާފުކޮށް އެނގޭއިރު، ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި މިކަންކަމަށް ރިޢާޔަތްކޮށްފައިނުވާކަމުގައެވެ.
33ސިވިލް ކޯޓުގެ ނިންމުމުގެ 6 ވަނަ ނުކުތާގެ )ރ( އިން ސަނީ ފާމްއަށް ރަށުގައި މަސައްކަތް ކުރެވިފައިނުވަނީ އެ ރަށުގައި ބަޔަކު އުޅެމުންދާތީކަން މި ނުކުތާއިންވެސް އެނގޭއިރު، އެ ރަށު ބޭނުންކުރުމުގެ ޙައްޤު ސަނީ ފާމްއަށް ލިބިގެންވާއިރު، ދައުލަތުގެ އެހެން އިދާރާއަކުން އެރަށް ތިންވަނަ ފަރާތަކަށް ދީފައިވާއިރު، އަދި އެ ފަރާތުން އެ ރަށުން ފޭބުމަށް އިންކާރުކުރާއިރު، ސަނީ ފާމްއަށް އ ރަށް ބޭނުންނުކުރެވޭނެކަނ ސަލާމަތް ބުއްދި ހުރި ކޮންމެ ފަރާތަކަށްވެސް އެނގޭނެކަމުގައެވެ.
34ސިވިލް ކޯޓުން ފާހަގަކޮށްފައިވާ ނުކުތާއަކީ، އެފަދަ ކަމެއް ދިމާވާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައި ސަނީ ފާމްއިނ މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަންޖެހޭނެކަމށާއި،އަދި ވ ކޯ ޕްލޭން އިސްލާހުކުރަންޖެހޭނެކަމށާއި،އިސްލާހުނުކޮށް ކުރިއަށްދާނަމަ މިނިސްޓްރީއަށް އެއްބަސްވުން ބާޠިލުކުރުމުގެ އިޚްތިޔާރު އެއްބަސްވުމުގ 34.4 ވަނަ މާއްދާއިން ލިބިދޭކަމުގައެވެ. އެހެނަސް، އެ ރަށް ތިންވަނަ ފަރާތަކުން ބޭނުންކުރަމުންދިޔަ ދިޔުމަށް ޙައްލެއް ނުލިބެނީސް، މަޝްރޫޢު ލަސްކުރުމަށް ވަކި މުއިދަތެއް ކަނޑަނެޅޭނެކމަށާއ، ޕްލޭނެއް ތައްޔާރުކުރުމުގެ ބޭނުމެއްވެސް ނެތްކަމުގައެވެ.
35ބަޔަކު ތަނެއް ކުއްޔަށްދޭއިރު، އެތަނަކީ ކުއްޔަށްދެވޭ ފަދަ ޙާލަތެއްގައި ހުރި ތަނެއްކަން ކަށަވަރުކުރުމަކީ ކުއްޔަށްދޭ ފަރާތުގެ ޒިންމާއެއްކަމުގައެވެ. މިކަން ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 267/Q10C/2015 ޤަޟިއްޔާގެ ޙުކުމުންވެސް އެނގޭކަމުގައެވެ. މިކަމާ ގުޅިގެން ސަނީ ފާމްގެ ފަރާތުން މިނިސްޓްރީއަށް އެތައް ސިޓީތަކެއް ފޮނުވާފައިވީނަމަވެސް، އެކަމަށް ޙައްލެއް ލިބިފައިނުވާކަމށއި، 30 )ތިރީސް( ދުވަހުގެ ތެރޭގައި ސަނީ ފާމްގެ ފަރާތުން ކުރަންޖެހޭ ވަކި ކަންތައްތަކެއް ނުކުރެވަ ކަމަށް ބުނެ ކުރި ތުހުމަތު ބަލައިގަތްއިރު، މްނިސްޓްރީގެ ފަރާތުން އެތައް ލައްކަ ޑޮލަރެއް ކުލީގެ ގޮތުގައި ލިބިގަނެ ރަށް ހަވާލުނުކުރުމުގެ ޒިންމާ އެ ފަރާތުން ނަގަންޖެހޭއިރު، ސިވިލ ކޯޓުގެ ނިންމުމުގައި އެކަމަށް ރިޢާޔަތްކޮށްފައިނުވާކަމުގައެވެ.
36މިނިސްޓްރީގެ ފަރާތުން 02 ޑިސެންބަރު 2014 ގައި ފޮނުވާފައިވާ ނަންބަރު E/PRIV/2014/97630- ސިޓީގައި ރަށުގައި މަސައްކަތްކުރުމަށް އެއްވެސް ހުރަހެއް އޮތްކަމަށް ޤަބޫލުނުކުރެވޭކަމަށް ބުނެފައިވާއިރު، އެ ރަށުގައި އެއިރު ދިރިއުޅެމުންދިޔައީ ދައުލަތުގެ އިދާރާއެއް ކަމުގައިވާ ގދ. ތިނަދޫ ކައުންސިލްގެ އިދާރާއިން އެ ރަށް ޙަވާލުކޮށްފައިވާ ފަރާތްކަމށާއ، އެއްބަސްވުމުގި އެންމެ އަސާސީކަމަކީ އެއްބަސްވުމުގެ ދަށުން އެ ރަށް ޙަވާލުކުރުންކަމަ ށާއި، އެހެނަސް، މި ކޮންޓްރެކޗް އަލް އޮބްލިގޭޝަން މިނިސްޓްރީގެ ފަރާތުން އަދާކޮށްފައިނުވާކަމުގައެވެ. އެހެންކަމުން، ރަށުގެ ވޯކް ޕްލޭން އިޞްލާޙުކޮށް ހުށަހެޅުމަށް އަންގާފައިވަނީ މިނިސްޓްރީގެ ޒިންމާ އަދާކުރުމެއ ނެތިކަމުގައެވެ.
37ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑޭ ޤަޟިއްޔާގައިވަނީ އެއްބަސްވުނ ނިމުމަކަށް ގެނެވަ ނ ވެފައިވާ ޚިލާފަކީ ކޮންޓްރެކްޓްގެ މައިގަނޑު ކަމަކީ ޚިލާފުވެފައިވާނަމަކަމށާއް،މ މައްސަލައިގައި ސަނީ ފާމްގެ ފަރާތުން ޚިލާފުވީކަމަށް ބަޔާންކޮށްފައިވާ ކަމަކީ ސީރިއަސް ބުރަދަން ހުރި ޚިލާފެއު ތޯ ބަލާއިރު، އެއްބަސްވުމުގެ ދަށުން މަސައްކަތް ނުކުރެވޭ އެތައް މުއްދަތެއް ފާއިތވ، މިނިސްޓްރީން އެއްބަސްވުމުގެ އަސާސީ މާއްދާއާ ޚިލާފުވަ،ރަށް ޙަވާލުކޮށްފައިނުވާތީކަމށާއި،އެ ރަށް އޮތީއެހެން ތިންވަނަ ފަރާތެއްގެ ބެލުމުގެ ދަށުގައިކަނ މިނިސްޓްރީއަށް އެނގޭނެކަމްށއި، މި ޙާލަތުގައި އެ ރަށުގައި މަސައްކަތެއް ނުކުރެވޭނެކަން މިނިސްޓްރީއަށް އެނގޭނެކަމުގައެވެ.
38އެއްބަސްވުމުގެ އަސާސީ މާއްދާކަމުގައިވ އެއްބަސްވުމުގާ ދަށުން ދޫކޮށްފައިވާ ރަށް ސަނީ ފާމްއާ ޙަވާލުކޮށްފައިނުވާއިރާވެސ ސަން ފާމްގެ ފަރާތުން ދިޔައީ ރަށަށް ކުލި ދައްކަމުންކަމްށެއި، ސިވިލ ކޯޓުނ ސަން ފާމްއިނ ޚިލާފުވެފައިވާކަމަށް ބުން މާއްދާއަކާ އެ މާއްދާއަށް ބަރޯސާވެ، މިނިސްޓްރީގެ ފަރާތުނ އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށްކަމަށް ކަނޑައެޅިދާނެ މާއްދާއެއްނޫންކމުގައެވެ.
39ދެވަނަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން ސަނީ ފާމްގެ ފަރާތުން ބުނެފައިވަނީ،ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މިނިސްޓްރީއަށް ސަން ފާމްގެ ކިބައިން އެ ރަށް ވަކިކުރެވޭނީ އެ ރަށް ވަކިކުރުމަށްޓަކައ ޤާނޫނުގައި ބަޔާންކުރި ނޯޓިސް ދިނުމަށްފަހުކަމަށާއި، ނަމަވެސް، މިނިސްޓްރީގެ ފަރާތުނ 02 )ދޭއް( އަހަރު ދުވަހުގެ ނޯޓިހެއް ދީފައިނުވާކަމަށާއި، އެހެންކަމުން ރަށް ވަކިކޮށްފައިވަނީ މި މާއްދާގައި ބަޔާންކުރާ އުޞޫލާއި ޚިލާފަށްކަމުގައެވެ.
40އެހެނަސް، ސިވިލް ކޯޓުން ނިންމާފައިވަނީ އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމުގައި އިޖުރާއަތާއި އެއްގޮތަށްކަމުގައިވާތީ، ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާ ތަޠުބީޤުކުރަންޖެހޭ ސަބަބެއް ނެތްކަމުގައެވެ.
41އެއްބަސްވުން ހަދަންވާނީ އެކަމަކަށް ހަދާފައިވާ ޤާނޫނާއި އެއްގޮތަށްކަމަށާއި، ޤާނޫނުގައި ޢަމަލުކުރުމަށް ވަކިގޮތެއް ބަޔާންކޮށްފައިވާނަމަ، އެއްބަސްވުމުގައި ކޮންމެ ގޮތެއް ބަޔާންކޮށްފައިވީނަމަވެސް، އިސްވާނެ ޤާނޫނުކަމަށާއި، ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނުގައި ރަށް ވަކިކުރެވޭނީ ވަކި ގޮތަކަށް ކަމުގައި ބަޔާންކޮށްފައިވުމުން، އެ ރަށް ވަކިކުރެވޭނީ އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ކަމުގައެވެ.
42ތިންވަނަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން ސަނީ ފާމްގެ ފަރާތުން ބުނެފައިވަނީ،ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާފައިވާ ޕްރޮޖެކްޓް ވެލުއޭޝަން އެސެސްމަންޓް ރިޕޯޓަކީ ބައިނަލްއަޤްވާމީ އޮޑިޓިންގ ސްޓެންޑަރޑްއާ އެއްގޮތަށް ހަދާފައިވާ އޮޑިޓެއް ނުވަތަ ރިވިއުއެއ ނޫންކަމަށް ސިވިލް ކޯޓުގް ނިންމުމުގެ 6 ވަނަ ނުކުތާގެ )ކ( ގައި ބަޔާންކުރުމަށްފަހު،ސަނީ ފާމްއިން އެދިފައިވާ ގެއްލުމުގެ ބަދަލަކ ނަގައިދެވޭނީ ބަދަލެއް ނޫންކަމަށް ނިންމާފައިވަނީ މިފަދަ މައްސަލަތަކުގައި ދިވެހިރާއްޖޭގ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކާއި ޚިލާފަށްކަމުގައެވެ.
43މިނިސްޓްރީން އެ ރަށް ޙަވާލުނުކުރުމުގެ ސަބަބުން ސަނީ ފާމްއިނ ކޮށްފައިވް އިންވެސްޓްމަންޓް ބޭކާރުވެގެން ގޮސްފައިވާކަމށާއި،މިކަން ތަކުރާރުކޮށް މިނިސްޓްރީއަށް އަންގާފައިވާކަމުގައެވެ. އެ ރަށް ޙަވާލުކުރުމުގެ މަސައްކަތް ކުރަމުން ދިޔައިރު، ސަން ފމްއިން ދިޔައީ މުވައްޒަފުން ނަގައި، މުވައްޒަފުންނަށް މުސާރަ ދީ، އޮފީސް ހިންގުމަށްޓަކައި ތަނެއް ހިފައި އެ ތަނަށް ކުލި ދައްކަމުންކަމަށާއި، މިކަމަށ މިނިސްޓްރީން ޒިންމާވާންޖެހޭނެކަމަށާއި، ސަބަބަކީ، މި ގެއްލުން ލިބިފައިވަނީ އެއްބަސްވުމުގ ދަށުނ މިނިސްޓްރީން އަދާކުރަންޖެހޭ ޒިންމާ އަދާނުކުރުމުގެ ސަބަބުންކަމުގައެވެ.
44ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ )ހ( ގައިވަނީ ކޮންޓްރެކްޓެއްގެ ބައިވެރިޔަކު، އެ ކޮންޓްރެކްޓާ ޚިލާފު ޢަމަލެއްކޮށްފިނަމަ، އެ ޢަމަލެއް ކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ދޭންޖެހޭކަމަށާއި، މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގެ އަސާސީ މާއްދާއާ ޙަވާލުވެ، ރަށް ޙަވާލުނުކޮށް، އެއްވެސް ނޯޓިހެއް ދިނުމެއްނެތި އެއްބަސްވުން ބާޠިލުވެފައިވާކަމަށް އަންގާފައިވަނީ އެއްބަސްވުމާ ޚިލާފަށްކަމުގައެވެ.
45ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނުގައި ވަރޭވާއަށް ލިޔެފައިވާ ފަޅު ރަށްރަށަށް އަރާ ފޭބުމާއި، ބަދަލު ދިނުމުގެ ވާހަކަ ބަޔާންކޮށްފައިވަނީ މިފަދަ މައްސަލަތަކުގައި ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހ އިޖުރާއަތުތައް ފުރިހަމަކުރުމަށްކަމށާއ، އަދި މި މައްސަލާގައި އެއްބަސްވުމުގައި ސޮއިކުރިއިރު އެ އިޖުރާއަތުތައް ފުރިހަމަކޮށްފައިނުވާތީ، މިނިސްޓްރީގެ އެ ޢަމަލުތަކުގެ ސަބަބުން ސަނީ ފާމްއށް އެ ރަށު ނުލިބި، އެ ފަރާތުގެ އިންވެސްޓްމަންޓަށް މަންފާ ނުލިބި ގެއްލުން ވެފައިވާކަމުގައެވެ.
46ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 267/Q10C/2015 ޤަޟިއްޔާގެ ޙުކުމުގައި، ސަނީ ފާމްއަށ ރަށް ޙަވާލުކުރަންޖެހޭ ފަރާތަކީ މިނިސްޓްރީކަމަށާއި، އަދި ސަނީ ފާމްއަށް ލިބެމުންދާ މާލީ ގެއްލުމަށ އެއްވެސް ފަރާތަކުން ޒިންމާވާނަމަ، ޒިންމާވާންޖެހޭނީ މިނިސްޓްރީއިންކަމަށ ބަޔާންކޮށްފައިވާކަމުގައެވެ. މިކަން ބަޔާންކޮށް މިނސްޓްރީއަށ 30 ޑިސެންބަރު 2015 ގައް ސިޓީ ފޮނުވިނަމަވެސް، މިނިސްޓްރީން އެއްބަސްވުން ބާޠިލުކުރުމާއި ހަމައަށްވެސް އެއްވެސް ޙައްލެއް ހޯދައިދީފައިނުވާކަމުގައެވެ.
47ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/32 ޑަބްލިއު.އެލް. ޓީ ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް )މިނިސްޓްރީ އޮފް ޓޫރިޒަމް އަރޓްސ އެންޑް ކަލްޗަރ( އަދި އެއަރޕޓޯ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް)މީގެ ފަހުން "ޑަބްލިއު.އެލް.ޓީ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ"( ޤަޟިއްޔާގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކުރަނީ ކޮންޓްރެކްޓާ ޚިލާފުވުމުން ސީދާ ނުވަތަ ޙަޤީޤުގެއްލުމާއި، ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ލިބިދާނެކަމަށް ފެންނަ ނުވަތަ ތަސައްވުރ ނުވަތު ލަފާކުރެވޭ ގެއްލުންކަނ އެނގެން އޮތްއިރު، ކޮންޓްރެކްޓްގެ ބައިވެރިޔަކު އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާނުކުރުމުން، ނުވަތަ އަދާނުކޮށް ލަސްކުރުމުން ކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާއަށް ލިބިދާނެ ގެއްލުމުގެ ބަދަލާ ގުޅޭ ގޮތުން ކޮންޓްރެކްޓްގައި ބަދަލުގެ މިންވަރު ހިމަނާފައިނުވާނަމަ، އެ ބަދަލުގެ މިންވަރު ތަޢާޤުދީ މަސިއްލއްޔަތުގ އުޞޫލުތަކުގެ މައްޗަށ ރިޢާޔަތްކޮށް، ކަނޑައެޅުމަކީ ކަމާބެހޭ ކޯޓަށް ލިބިގެންވާ ބާރެއް ކަމުގައެވެ.
48މިކަން މި މައްސަލައަށް ތަޠުބީޤުކުރާއިރު، މިނިސްޓްރީން އެއްބަސްވުމާ ޚިލާފުވެފައިވާތީ، ގެއްލުމަށް އެ ފަރާތުން ބަދަލުދޭންޖެހޭނެކަމިށއި، އެހެނީ، އެއްބަސްވުމާއި އެއްގޮތަށް ސަނީ ފާމްގެ ފަރާތުން ކުލި ދައްކަމުންދިޔަނަމަވެސް، އެ ރަށް ޙަވާލުކޮށްފައިނުވާތީ ކަމުގައެވެ.
49ކޮންޓްރެކްޓާ ޚިލާފުނުވާ ފަރާތް މާލީ ގޮތުން ހުންނާނެ މަޤާމާ ވީހާވެސް ގާތަށް ގެންގޮސްދިނުމުގެ މާނައަކީ ކޮންޓްރެކްޓާ ޚިލާފުނުވާ ފަރާތް ކޮންޓްރެކްޓްގެ ޒަރިއްޔާއިން ހޯދަ ވިޔަފާރީގެ މަންފާ ލިބިދިނުންކަމށާއ، މިއީ އެކްސްޕެކްޓޭޝަން ޑެމޭޖަސްކަމާއި، މީގައި ކޮންޓްރެކްޓާ ޚިލާފުނުވާ ފަރާތަށް ލިބުނު ސީދާ ގެއްލުމާއި ނުސީދާ ގެއްލުން ހިމެނޭކަމށާއ، އެކަން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ )ށ( ގެ )1( އަދި )2( އިން ކަށަވަރުކޮށްދޭކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމުގައެވެ.
50އިނގިރޭސިވިލާތުގެ އިންގްލެންޑ އެންޑް ވޭލްސގްކޯޓ އޮފް އެޕީލްގެ ސިވިލް ޑިވިޝަންގެ ޤަޟިއްޔާއެއްކަމުގައިވ ޑަރްހަމް ޓީސް ވެލީ އެއަރޕޯޓް ލިމިޓެޑް ވ. ބީއެމްއައިބޭބ ލިމިޓެޑީ ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކުރާ އުޞޫލު ތަޠުބީޤުކުރުމުން، ސަނީ ފާމްއަށ ރަށް ޙަވާލުކޮށްފައިނުވުމުގ ސަބަބުން އެ ފަރާތުން ކުރަން އުޅުނު މަސައްކަތް ނުކުރެވުމުގެ ސަބަބުން އެ ފަރާތުން ކޮށްފައިވާ އިންވެސްޓްމަންޓާއި މަސައްކަތަށް ލިބުނު ގެއްލުމުގެ އިތުރުން، އެ ފަރާތުން އެއްބަސްވުމާ އެއްގޮތަށް އެ ރަށަށް ދީފައިވާ ކުއްޔަށް މިނިސްޓްރީން ޒިންމާވާންޖެހޭނެކަމުގައެވެ.
51ސަނީ ފާމްއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބިފައިވާ މިންވަރު ކަނޑައަޅާފައިވަނީ އަމިއްލައަށް ނޫންކަމށާއް،އެ މިންވަރަށް އެދިފައިވަނީ ބައިނަލްއަޤަވާމީ މިންގަނޑުތަކާއި އެއްގޮތަށް ޕްރޮފެޝަނަލު ފަރާތަކުން ތައްޔާރުކޮށްފައިވާ ރިޕޯޓާއި އެއްގޮތަށްކަމށާއ، ގެއްލުން ސާބިތުކުރުމަށްޓަކައި މިއަށްވުރެ ހަރުދަނާ ހެއްކެއް އޮންނާނެކަމަށް ޤަބޫލުނުކުރެވޭކަމުގައެވެ.މިއަށް މިނިސްޓްރީގެ ފަރާތުން އިންކާރުކުރާނަމަ، އެ ފަރާތުން ޖެހޭނީ ހެކި ހުށަހަޅަންކަމެށްއި، އެ ފަރާތުން ހަމައެކަނި ބުނާ ބުނުމެއްގެ މައްޗަށް ބިނާކޮށް، ސިވިލް ކޯޓަށް ހުށަހަޅާފައިވާ ރިޕޯޓަކީ ޞައްޙަނޫން ރިޕޯޓެއްކަމަށ ކަނޑަނޭޅޭނެކަމުގައެވެ.
52ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ( ގެ )1( ވަނަ ނަންބަރުގައި އަދި ) ( 2 ވަނަ ނަންބަރްގައި ފަނޑިޔާރުންގޫމަސުއލިއްޔަތާއަދާކުރުމުގައ މައްސަލައިގައި ކޯޓަށި ހުށަހެޅް ހެއްކާއި ޤަރީނާއާ މައްސަލައާ އެއްފަދަ އެހެން މައްސަލަތުގައި އެ ކޯޓުން ކުރިން ކޮށްފައިވަޙުކުމ ނުވަތް މަތީ ކޯޓަކުން ކޮށްފައިވް ޙުކުމަށް ރިޢާޔަތްކުރަންވާނެކަމަށް ބަޔާންކޮށްފައިވާއިރު، ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި ޢަމަލުކޮށްފައިވަނީ މިއާ ޚިލާފަށްކަމުގައެވެ. މި މައްސަލަ ނިންމާފައިވަނީ އެ ކޯޓަށް ހުށަހަޅާފައިވާ ކަންކަމަށް ރިޢާޔަތްކުރުމެއްނެތ، ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާއި، 42 ވަނަ މާއްދާއާ ފުށުއަރާގޮތަށް ސަނީ ފާމްގެ ޙައްޤުތައް ގެއްލޭގޮތަށް ބޭއިންސާފުންކަމށާއި،އަދި މި މައްސަލައިގައި މިނިސްޓްރީގެ ފަރާތުން ސަނީ ފާމްއަށް ގެއްލުމުގެ ބަދަލު ދޭންނުޖެހޭނެކަމަށ ނިންމާފައިވަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއާއި، އެ ކޯޓުގެ ޑަބްލިއު.އެލް. ޓީ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއާ ޚިލާފަށްކަމުގައެވެ.
53އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1720/Cv-C/2021 ޤަޟިއްޔާގެ ނިންމުން ބާޠިލުކޮށޭ،ދ ފަރާތެ ދެމެދް ވެފައިވާ އެއްބަސްވުމުގެ ދަށުން ސަނީ ފާމީއާ ޙަވާލުކުރަންޖެހް ގދ. ކާށިހުޅުދޫ ސަނީ ފާމްއާ ޙަވާލުނުކޮށް، މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގެ އެންމެ އަސާސީ މާއްދާއާ ޚިލާފުވެ އެގޮތުގެ މަތިން ދެމިހުރީތީ ސަނީ ފާމްއަށް ލިބިފައިވާ ގެއްލުން ކަމުގައިވާ 321,009.00 )ތިން ލައްކަ އެކާވީސްހާސް ނުވއެއައެމެރިކާ ޑޮލަރު( މިނިސްޓްރީގެ ކިބައިން ސަނީ ފާމްއަށ ޝަރީޢަތުން ނަގައިދިނުމަށްއި، އަދި ދެފަރާތް ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުނ އިސްތިއުނާފުކުރި ފަރާތާ ޙަވާލުކުރަންޖެހޭ ގދ. ކާށިހުޅުދޫ އިސްތިއުނާފުކުރާ ފަރާތާ ޙަވާލުނުކޮށް، އްސްތިއުނާފު ރައްދުވީފަރާތުނިއެއްބަސްވުމުގ އެންމެ އަސާސީ މާއްދާއާ ޚިލާފުވެ އެގޮތުގެ މަތީ ދެމިހުރީތީ ލިބޭނެކަމަށް ބެލެވިފައިވާ ގެއްލުމުގެ ބަދަލު ގޮތުގައި 4,532,566.00 )ހަތަރުމިލިއަން ފަސްސަތޭކަ ބައްތިރީސްހާސް ފަސްސަތޭކަ ފަސްދޮޅަސް ހައެއް އެމެރިކާ ޑޮލަރު( އިސްތިއުނާފުރައްދުވ ފަރާތުގެ ކިބައިން އިސްތިއުނާފުކުރާ ފަރާތަށް ޝަރީޢަތުން ނަގައިދިނުމަށެވެ.
އިސްތިއުނާފީ ނުކުތާތަކުގެ ރައްދު
54ފުރަތަމަ އިސްތިއުނާފީ ނުކުތާގެ ރައްދުގައި މިނިސްޓްރީގެ ފަރާތުން ބުނެފައިވަނީ،ދ ފަރާތެ ދެމެދު ވެފައވި އެއްބަސްވުމަކާ ގދ. ކާށިހުޅުދޫ ކުއްޔަށް ދޫކުރުމަށްޓަކައި މިނިސްޓްރީން ހުޅުވާލި ބީލަމަށް ސަނީ ފާމްއިން އިޖާބަދީ، އެ ފަރާތުން ހުށަހެޅި ބީލަން ޤަބޫލުކޮށް، އެ ފަރާތުގެ ބީލަމާއިއެކ ހުށަހެޅު ޕްރޮޕެޒިލްއާއި، ވޯކް ޕްލޭނާއި އެއްގޮތަށް އެ ރަށުގައި ޕޯލްޓަރީ މަސައްކަތާއި ކޮމްޕޯސްޓް އުފެއްދުމުގެ މަސައްކަތް ކުރުމަށްޓަކައ 28 އޮކްޓޫބަރު 2013 ގައި ވެވުނު އެއްބަސްވުމެއް ކަމުގައެވެ. އެގޮތުން، މި އެއްބަސްވުމުގެ 10 ވަނަ މި އާ ދާގައި ސަނީ ފާމްއިން މަސައްކަތްކުރަންވާނީ އެ ފަރާތުން ހުށަހެޅ ބީލަމާއި ޕްރޮޕިޒޯލްއާއި ވޯކް ޕްލޭނާއި އެއްގޮތަށް ކަމުގައި ބަޔާންކޮށްފައިވާކަމުގައެވެ. އަދި ވޯކް ޕްލޭންގައ ކަނޑައަޅާފައިވާ މަސައްކަތްތައް ކުރަމުންދާއިރު، އެ މަސައްކަތުގެ ތަފްޞީލު ރިޕޯޓު ކޮންމެ މަހަކު އެއްފަހަރު މިނިސްޓްރީއަށް ހުށަހަޅަން ޖެހޭކަމުގައި އެއްބަސްވުމުގ 34.2 ވަނަ މާއްދާގައި ބަޔާންކުރާކަމެށާއި، އެއްވެސް ސަބަބަކާހުރެ ވޯކް ޕްލޭނާއި އެއްގޮތަށް މަސައްކަތް ނުހިނގާނަމަ، އ ސަބަބު ދިމާވިތ 30 )ތިރީސް( ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަންޖެހޭނެކަމށާއ، މަޝްރޫޢު ލަސްކުރަންޖެހޭ ސަބަބެއް މެދުވެރިވެފައިވާކަމަށް މިނިސްޓްރީއަށް ޤަބޫލުކުރެވޭނަމަ، މަޝްރޫޢު ލަސްކުރުމަށް ދެ ފަރާތުން އެއްބަސްވާ މުއްދަތަކަށް ވޯކް ޕްލޭން އިޞްލާޙުކުރަންޖެހޭކަމަށް ބަޔާންކުރާ ކަމުގައެވެ.
55އެއްބަސްވުމުގައި ހިމަނާފައިވާ ޕްރޮޕެޒޯ ލްއާ އެއްގޮތަށް މަސައްކަތް ކުރިއަށްނުދާނަމަ، އެއްބަސްވުމުގ
10.2 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެއްބަސްވުން ބާޠިލުކުރުމުގެ އިޚްތިޔާރު ދައުލަތަށް ލިބިދޭކަމުގައެވެ. އަދި ހަމައެއާއެކު، އެއްބަސްވުމުގ 9 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން ރަށުގެ އަހަރީ ކުލި ދެއްކުން ފިޔަވައި،އެއްބަސްވުމުގ އެހެނެ މާއްދާއަކާ ކުއްޔަށްހިފާ ފަރާތުން ޚިލާފުވެއްޖެނަމަ، އެ ޚިލާފުވުމެއް ރަނގަޅުކުރުމަށް 30 )ތިރީސް( ދުވަހުގްމުއްދަތެއް މިނިސްޓްރީން ކުއްޔަށް ހިފި ފަރާތަށް ލިޔުމުން ދިނުމަށްފަހު، އެ މުއްދަތުގެ ތެރޭގައި އެ ޚިލާފެއް ރަނގަޅުނުކޮށްފިނަމަ، އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި އެއްބަސްވުން ބާޠެ ލުކޮށް ރަށް ވަކިކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންދާކަނ އެއްބަސްވުމުގް 40 ވަނަ މާއްދާއިން އެނގޭކަމުގައެވެ.
56ސިވިލް ކޯޓުނަ ނިންމާފައިވާ ފަދައިން، އެއްބަސްވުމުގެ ދަށުން ރަށް ކުއްޔަށް ހިފާ ފަރާތާ ޙަވާލުކުރުމުގެ ޚާއްޞަ އިޖުރާއަތެއް އެއްބަސްވުމުގައި ބަޔާންކޮށްފައިނުވާކަމށާއި،އެއްބަސްވުމުގައި ކުއްޔަށް ދެވޭ ރަށް ބަޔާންކޮށްފައިވުމުންނާއި، ރަށުގެ ސައިޓް މެޕް އަދި ކުރެހުންތައ އެއްބަސްވުމުގް ބައެއްގެ ގޮތުގައެ ހިމަނާފައިވުމުން، އެއްބަސްވުމުގައި ސޮއިކުރި ދުވަހުން ފެށިގެން އެ ރަށް ސަނީ ފާމްއާ ޙަވާލުކުރެވުނު ކަމަށް ބަލަންޖެހޭކަމުގައެވ.
57ސަނީ ފާމްއ އާ ރަށް ޙަވާލުކޮށްފައިނުވާކަމަ ށާއި، ވޯކް ޕްލޭނާއިއެއްގޮތަށް ރަށުގައި މަސައްކަތްކުރެވިފައިނުވަނީ އެ ރަށުގައި އިތުރު ބަޔަކު އުޅެމުންދާތީކަމުގައި ސަނީ ފާމްގެ ފަރާތުނ ފާހަގަކުރާއިރު، އެއްބަސްވުމުގ 30 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެކަން މިނިސްޓްރީއަށް ހުށަހަޅާފައިނުވާކަމުގައެވެ.
58އެއްބަސްވުމުގެ ވޯކްޕްލޭނާއި އެއްގޮތަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން 28 އެޕްރީލް 2019 ގައި އެ ރަށް މޮނިޓަރކުރުމަށ މިނިސްޓްރީން ކުރް ދަތުރުގައި ފާހަގަކުރެވުނުކަމށާއަ، އެއްބަސްވުމުގައި ސޮއިކުރި ދުވަހުން ފެށިގެން 30 )ތިރީސް( ދުވަހުގެ ތެރޭގައި އެއްބަސްވުމުގައިވާ ގޮތުގެ މަތިން މަސައްކަތްނުކުރެވޭކަމަށް ބަޔާންކޮށް، ސަނީ ފާމްއިން ޝަކުވާ ހުށަހަޅަ ފިއިނުވާކަމށާއ، އެ ފަރާތުން އެންމެ ފުރަތަމަވެސް ޝަކުވާ ހުށަހަޅާފައިވަނީ އެއްބަސްވުމުގައި ސޮއިކުރިތާ 06 )ހައެއް( މަހާއި 27 )ހަތާވީސް( ދުވަސް ފަހުން ކަމުގައެވެ.
59މިގޮތުން އިތުރު ފަރާތެއް ރަށުގައި އުޅެމުންދާތީ، ސަނީ ފާމްއަށ މާލް ގެއްލުންތައް ލިބެމުންދާކަމށާއަ، އެއްބަސްވުމާއި އެއްގޮތަށް ރަށް ޙަވާލުކުރުމަށް އެދި ސަނީ ފާމްއިން 25 މެއި 2014 ގައި މިނިސްޓްރީއާށްފުރަތަމަ ފޮނުވި ސިޓީއާ ގުޅިގެން އެކަން ބަލަމުންދކަނ 05 ޖޫން 2014 ގައި ސަނީ ފާމްއަށ މިނިސްޓްރީން އަންގާފައިވާކަމުގައެވެ. އަދ 30 ޑިސނެ ބަރް 2015 ގައް ސަނީ ފާމްއިން މިނިސްޓްރީއަށް ފޮނުވި ސިޓީއަށްފަހު، އެއްބަސްވުން ބާޠިލުކުރުމާ ހަމައަށް ވޯކްޕްލޭން އިޞްލާޙުކުރުމަށް އެ ފަރާތުން އެދިފައިނުވާކަނ ސިވިލ ކޯޓުގެ ނިންމުމުގެ 6 ވަނަ ނަންބަރުގެ )ރ( ގައި ސިވިލ ކޯޓުންވެސް ކަނޑައަޅާފައިވާކަމުގައެވެ.
60މީގެ އިތުރުން، ވޯކް ޕްލޭން އިޞްލާޙުކުރުމަށް މިނިސްޓްރީން އަންގާފައިވާއިރު،ވޯކް ޕްލޭން އިޞްލާޙުކުރުމަށް މިނިސްޓްރީއަށް ހުށަހަޅާފައިނުވާކަމށާއި،އެ ޙާލަތުގައި ސަނީ ފާމްއިން ޢަމަލުކުރަންޖެހެނީ އެއްބަސްވުމާއިއެކ ހުށަހަޅާފައިވަ ވޯކް ޕްލޭނާއި އެއްގޮތަށްކަމަށާއި، އެއާ އެއްގޮތަށް މަސައްކަތްނުކުރާނަމަ، އެއްބަސްވުން ބާޠިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވާކަމށާއި، ދައުލަތުނަ އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމާއި އެއްގޮތަށްކަން ސިވިލް ކޯޓުން ކަނޑައެޅުމުގައ ހުށަހަޅާފައިވި ލިޔެކިޔުންތަކަށް ރިޢާޔތްކޮށްފައިވާކަން އެ ނިންމުމުގެ 6 ވަނަ ނަންބަރުގެ )ބ( އިން އެނގޭކަމުގައެވެ.
61އެއްބަސްވުން ބާޠިލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓ ލިމިޓެޑް ޤަޟިއްޔާއާ ޚިލާފަށްކަމުގައި ނުދެކޭކަމަށާއި، އެއްބަސްވުމުގެ ދަށުން ސަނީ ފާމްއިން ކުލި ދައްކަމުން ދިޔަނަމަވެސް، އެ ރަށުގައި ކުރަންޖެހޭ މަސައްކަތް ޝެޑިއުލްއާ އެއްގޮތަށް ކުރަމުންނުދާނަމަ، އެއްބަސްވުމުގެ ދަށުން ހާސިލުކުރަން ބޭނުންވާ މަޤްޞަދު ޙާސިލުނުވާނެކަމަށާއި، ރަށުގައި ކުރަން ހަމަޖެހިފައިވާ އެއްވެސް ކަމެއް ނުކުރުމަކީ އެއްބަސްވުމުގެ އަސާސީ މާއްދާއަކާ ޚިލާފުވުން ކަމުގައެވެ.
62އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުލި ސަނީ ފާމްއިން ދައްކަމުންދާކަމުގައި އެ ފަރާތުން ބަޔާންކުރިނަމަވެސް، 01 އޮކްޓޫބަރު 2018 އިނ ފެށިގެން ކުލި ދައްކަމުންނުދާކަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ރިކޯޑުތަކުން އެނގޭކަމުގައެވެ. އެއްބަސްވުމުގެ ދަށުން ކުލި ދައްކަމުންދިޔަކަމަށް ބެލިނަމަވެސް، އެއްބަސްވުމުގެ އަސާސީ މަޤްޞަދަކީ ހަމައެކަނި ކުލި ދެއްކުން ނޫންކަމަށާއި،ވޯކް ޕްލޭނާއި އެއްގޮތަށް މަސައްކަތްކުރުމަކީވެސ އެއްބަސްވުމުގް އަސާސީ މާއްދާއެއްކަމުށައި، މިއާ އެއްގޮތަށް މަސައްކަތްނުކުރުމަކީ އެއްބަސްވުން ބާޠިލުކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިދޭ ކަމެއްކަމާށައި، އެފަދައިން ބާޠިލުކުރިކުރުމަކީ އެއްބަސްވުމާ ޚިލާފުކަމެއްނޫންކަމށާއި،އެއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓ ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާއި ޚިލާފުކަމެއްނޫންކަމުގައެވެ.
63ދެވަނަ އިސްތިއުނާފީ ނުކުތާގެ ރައްދުގައި މިނިސްޓްރީގެ ފަރާތުން ބުނެފައިވަނީ،އެއްބަސްވުން ބާޠިލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާއާ ޚިލާފަށްނޫންކަމަށާއި، އެ ޤާނޫނުގެ 11 ވަނަ މާއްދާގައި ފަޅުރަށްރަށް ކުއްޔަށްދޭންވަނީ ކަމާބެހޭ މިނިސްޓްރީއާ ރަށް ކުއްޔަށް ހިފި ފަރާތާ ދެމެދާ ވެވޭ އެއްބަސްވުމަކުންކަމަށާއެ، އެ އެއްބަސްވުމުގައި ހިމަނަންޖެހޭ ކަންކަމުގެ ތެރޭގައި އެއްބަސްވުން ބާޠިލުކުރެވޭގޮތ ހިމެނޭކަން އެ މާއްދާގެ )ރ( އަދި )ބ( އިން އެނގޭއިރު، އެ ޤާނޫނުގެ ދަށުނ ކުއްޔަށް ދޫކޮށްފައިވާ ރށްތަކ ގުޅާ ގޮތުން ޢަމަލުކުރަންވާނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވ ގޮތުގެ މަތިން ކަމުގައެވެ.
64އެއްބަސްވުމއާ ޚިލާފުނުވި ޙާލަތެއްގައި، އަދި ދައުލަތުން ބޭނުންވެގެން އެ ރަށް ނަގަން ޖެހިއްޖެ ޙާލަތެއްގައި ރަށް ވަކިކުރެވޭނެ ޙާލަތު އެ ޤާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކުރާކަމަށާއި، އެ ޤާނޫނުގެ 14 ވަނަ މާއްދާއާ އެއްގޮތަށް އެއްބަސްވުމެއްގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ރަށެއް، ކުއްޔަށް ހިފާ ފަރާތުން އެއްބަސްވުމާއި ޚިލާފުވާ ޙާލަތުގައިވެސް 02 )ދޭއް( އަހަރު ދުވަހުގެ ނޯޓިހެއް ދިނުން ލާޒިމުވާގޮތަށް، އެ ޤާނޫނުގެ 14 ވަނަ މާއްދާގެ ބާރު ކެނޑޭގޮތަށް އެ ޤާނޫނުގެ 15 ވަނަ މާއްދާ މާނަނުކުރެވޭނެކަމުގައެވެ. މިނޫންގޮތަށް އެ މާއްދާ މާނަކުރުމަކީ، ޤާނޫނުން ހާސިލުކުރަން ބޭނުންވާ މަޤްޞަދު ގެއްލޭ ގޮތަށް ކުރެވޭ މާނަކުރުމެއް ކަމުގައެވެ.
65މި ޙާލަތަށް ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާ ތަޠުބީޤުނުކުރެވޭނެކަމަށާއި،މި މައްސަލައިގައި ބަލަންޖެހޭނީ އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވ އިޖުރާއަތާއި އެއްގޮތަށްތެނުވަތަ ނޫންތޯ ކަމުގައިވާއިރު، މި މައްސަލައިގައި އެއްބަސްވުން ބާޠިލުކޮށްފައިވަނީ ޤާނޫނުގެ 14 ވަނަ މާއްދާގެ ދަށުން ވެފައިވާ އެއްބަސްވުމާ ކުއްޔަށް ހިފާ ފަރާތުން ޚިލާފުވުމުގެ ސަބަބުން އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިޖުރާއަތުގެ ތެރެއިން ކަމުގައެވެ.
66ތިންވަނަ އިސްތިއުނާފީ ނުކުތާގެ ރައްދުގައި މިނިސްޓްރީގެ ފަރާތުން ބުނެފައިވަނީ،ސިވިލް ކޯޓުގެ ނަންބަރ 1720/Cv-C/2021 ޤަޟިއްޔާގެ 6 ވަނަ ނުކުތާގެ )ކ( ގއ ގެއްލުމުގާބަދަލު ނަގައިދީފައިނުވ ސަބަބާ ތަފްޞީލުކޮށް ބަޔާންކޮށްފައިވާކަމުގައެވެ. ޝަރުޢީ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކުގައި ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ރިޢާޔަތްކުރާ އުޞޫލުތަކާއި މިންގަނޑުތައް ކަނޑައަޅާފައިވާއިރު، ސަނީ ފާމްގެ ފަރާތުން އެދިފައިވާ ގޮތަށަމ އުޞޫލުތަކާއި މިންގަނޑުތަކާއި ޚިލާފށް ނަގައިދެވޭނެ ބަދަލެއް ކަމުގައިވާތީ، މި ބަދަލު ނަގައިދިނުމަށް ދައުލަތުގެ ފަރާތުނ އިންކާރުކޮށްފައިވާނޭކަމުގައެވެ.
67ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގަ ދަށުން، ގެއްލުމުގެ ބަދަލު ދޭންޖެހޭނީ ކޮންޓްރެކްޓާ ޚިލާފު ޢަމަލެއް ކޮންޓްރެކްޓްގެ ބައިވެރިން ކުރާ ޙާލަތުގައިކަމި ށއި، ސިވިލް ކޯޓަށް ދީފައިވާ ޖަވާބާއި އަދ ހުށަހެޅި ލިޔެކިޔުންތަކުގައިވާ ފަދައިން މި އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމާއި އެއްގޮތަށް ކަމުގައިވާތީ، މި ޙާލަތުގައި ގެއްލުމުގެ ބަދަލަށް ދައުލަތުން ޒިންމާވާންނުޖެހޭނެ ކަމުގައެވެ.
68ސަން ފާމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ޕްރޮޖެކްޓް ވެލުއޭޝަނޯއެސެސްމަންޓް ރިޕޯޓު ތައްޔާރުކޮށްފައިވަނީ ސަނީ ފާމްއިނ ފޯރުކޮށްދިން މަޢުލޫމާތާއި ޕްރޮޕިޒަ ލްގެ މައްޗަށް އެކަނ ބިނާކޮށްގެންކަމުގައި އެ ރިޕޯޓުގައި ބަޔާންކޮށްފައިވާކަމު ށއި، އެއީ ބައިނަލްއަޤި ވާމަމިންގަނޑުތަކާއ އެއްގޮތަށް ހަދާފައިވާ ރިޕޯޓެއްނޫންކަން އެ ރިޕޯޓުގައި ބަޔާންކުރާކަމިށއި، އެ ރިޕޯޓުގައި date” to incurred costs “actual މި ސުރުހީގެ ދަށުން ބަޔާންކޮށްފައިވާ ޚަރަދުތައް ހިނގާފައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުން ސަނީ ފާމްގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަމުގައެވެ.
6901 އޮކްޓޫބަރު 2018 އިނަ ފެށިގެން ސަން ފާމްގެ ފަރާތުން ކުލި ދައްކާފައިނުވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ރިކޯޑުތަކުން އެނގޭކަމްށާ އ، އެއްބަސްވުން ބާޠިލުކުރުމާއި ހަމައަށް ސަނީ ފާމްގެ ފަރާތުން ކުލި ދެއްކިކަމަށް ބުނެ އެ ފަރާތުން ހުށަހަޅީފައިވަނީ ކުންފުނީގެ އަހަރީ ފ ދެއްކިކަމުގެ ރަސީދުކަމެށއި، މިފަދައިން ކުލި ދެއްކިކަމަށް ބަލައިގެން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގެ އާޚިރު ނަތީޖާ ޞައްޙަނުވާނެކަމުގައެވެ.
70ސަނީ ފާމްގެ ފަރާތުން މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ޚަރަދުކޮށްފައިވާކަމަށް ރިޕޯޓުގައި ބަޔާންކުރާއިރު، އެ ފަރާތުން އެއްބަސްވުމުގެ ދަށުން އެއްވެސް މަސައްކަތެއްކޮށްފައިނުވާކަމށާއި، އެ މަސައްކަތް ކުރުމަށް އިދާރީ އޮފީހެއް ޤާއިމުކުރުމަކީ އެއްބަސްވުމުގެ ފުރަތަމަ އަހަރު ކުރަންޖެހޭކަމަކަށްވާއިރު، އެ ފަރާތުން ރަށުގައި އެއްވެސް މަސައްކަތެއްކޮށްފައިނުވާކަނ ރަށް މޮނިޓަރ ކުރި ފަރާތުގެ ރިޕޯޓުން އެނގޭކަމްށައި، ޕްރޮޖެކްޓް ގުޅިގެނާ މުވައްޒަފުންނަށް ޚަރަދުނުކުރާކަނ އެނގޭކަމެށއި، އެހެނީ އެއްވެސް ޚަރަދެއް ކުރިނަމަ އ ރަށުގައި މުވައްޒަފުން ތިބީސްކަމުގައެވެ.
71ސަނީ ފާމްއިނ އެއްވެސް އިންވެސްޓްމަންޓެއް ނުވަތް މަސައްކަތެއް ރަށުގައި ކޮށްފައިނުވާކަން އެނގޭތީ، އޮޕޮޗުނިޓީ ކޮސްޓްގެ ގޮތުގައި އެއްވެސް މިންވަރެއް ނަގައިދޭން ނުޖެހޭނެކަމްށިއި، މި ކޮސްޓް ދޭންޖެހިދާނެކަމަށް ބަހުސްގެ ބޭނުމަށް ބެލިނަމަވެސް، އެ ރަށުގައި ފިޝަރީޒްގެ މަސައްކަތުންނާއި، ކާށ ތެޔޮ އުފެއްދުމުގެ މަސައްކަތުން ލިބެންޖެހޭކަމަށް އަންދާޒާކުރެވޭ އާމްދަނީއަކީ އެ ފަރަތަށް ނަގައިދެވިދާނާ ބަދަލެއްނޫންކަމުގައެވެ. އެއީ އެއްބަސްވުމާއި އެއްގޮތަށް އެފަދަ މަސައްކަތެއް ކުރުމަށް ހުއްދަ މިނިސްޓްރީން ދީފައިނުވާތީކަމުގައެވެ.
72ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/218 އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ޝަރީފްޤަޟިއްޔާއާއި،ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރ 2009/HC-A/201 ސަން އެއަރ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީ )ދައުލަތް( ޤަޟިއްޔާގައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދެވޭ މިންވަރު ކަނޑައަޅަންވާނ ސާބިތުކޮށްދީ ގެއްލުމުގެ މިންވަރުގެ މައްޗަށްކަމާއި، އަދި ގެއްލުންވެފައިވާކަމަށް ބުނީ ހުށަހަޅާ ކަންކަމަކީ ޙަޤީޤަތުގައިވެސް އެ ފަރާތުން ބުނާ ފަދައިން ލިބިފައިވާ ގެއްލުންތަކެއްކަނ ސާބިތުކޮށްދޭންޖެހޭނެކަމާއި، އެކަމަށް ކާފީ ހެކި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާއިރު، މ މައްސަލައިގައި އެފަދައިން ސަނީ ފާމްގެ ފަރާތުން ހެކުޤަރީނާ ހުށަހަޅާފައިނުވާތީ ގެއްލުމުގެ ބަދަލު ނަގައިދޭންޖެހޭނެތަނެއ ނެތް ކަމުގައެވެ.
73މީގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/95 އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. ފާޠިމަތު ފަތުހިއްޔާ ޙަސަން އަދި އިތުރު އަށް މީހުން )މީގެ ފަހުން "އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާޤަޟިއްޔާ"( ޤަޟިއްޔާގައި ކަނޑައަޅފައިވ އުޞޫލަށް ރިޢާޔަތްކުރާއިރު، ސަނީ ފާމްއަކީ މައުސޫމު ފަރާތްކަމުގައި ބެލެވޭ ޙާލަތުގައިވެސް، އެއްބަސްވުން ބާޠިލުކުރުމުގެ ސަބަބުން ސަނީ ފާމްއަށް މުސްތަޤުބަލުގައި ލިބޭނެކަމަށް އަންދާޒާކުރެވޭ ގެއްލުމުގެ ބަދަލު ނަގައިދެވޭނީ އެ ފަރާތުން ވޯކެޕްލޭނާއި އެއްގޮތަށް މަސައްކަތްކޮށްފައިވާނަމަ، ނުވަތަ މަސައްކަތްކުރުމުގެ ޚަރަދެއް ނުވަތަ އިންވެސްޓްމެންޓެއް ކޮށްފައިވާނަމަ ކަމަށްވާތީ، ސަނީ ފާމްގ ފަރާތުން އޮޕޮޗުނިޓީ ކޮސްޓްގެ ގޮތުގައި ހޯދުމަށް އެދިފައިވާ ބަދަލަކީ މި މައްސަލައިގައި ނަގައިދެވޭނީ ބަދަލެއްނޫނކަމުގައެވެ. އެ ފަރާތުން އެދިފައިވާ މިންވަރަށް ބަދަލު ނަގައިދިނުން ވެގެންދާނީ ގެއްލުމުގެ ބަދަލު ނަގައިދިނުމާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓ ލިމިޓެޑްޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާއި ޚިލާފަށް ނަގައިދެވޭ ބަދަލެއް ކަމުގައެވެ. އެއީ އެ ރަށުގައި އެއްވެސް މަސައްކަތެއްކޮށްފައިނުވާއިރު، އެ ޚަރަދުތައް ހިނގާނެކަމަށް ބަލައިގެން ތައްޔާރުކޮށްފައިވާ ވެލުއޭޝަން ރިޕޯޓުގެ މައްޗަށް ބިނާކޮށް ސަނީ ފާމްއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ނަގައިނުދެވޭނެ ކަމުގައެވެ.
74ސިނީ ފާމްގެ ފަރާތުން އެއްބަސްވުން ބާޠިލުކުރުމއާހަމައަށ ވޯކް ޕްލޭން އިޞްލާޙުކުރުމަށް މިނިސްޓްރީއަށަ ހުށަހަޅާފާއިނުވާކަމށއި،އަދި އިޞްލާޙުކުރުމަށް މިނިސްޓްރީން ފޮނުވި ނޯޓިހާއި އެއްގޮތަށް ޢަމަލުކޮށްފައިނުވާތީ، އެ ފަރާތުން ގެއްލުން ކުޑަކުރުމަށް މަސައްކަތްކޮށްފައިނުވާކަނ އެނގޭކަމްށއި، އެ ފަރާތުން އެދިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި މިކަމަށްވެސ ރިޢާޔަތްކުރަންޖެހޭނެކަމުގައެވެ.
75އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީސަނީ ފާމްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، ސިވިލް ކޯޓުގެ ނަންބަރ 1720/Cv-C/2021 ޤަޟިއްޔއިނާ ކޮށްފައިވް ޙުކުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި، ސަނީ ފާމްގެ ފަރާތުން ސިވިލް ކޯޓުގައި ނަގައިދިނުމަށް އެދުނު ފަދައިން ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އަމުރުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، އެ މޭރުމުން މި މައްސަލައިގައި ފައިސަލާކުރަނިވި ޙުކުމެއް ކުރުމަށެވެ.
ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
76އިސްތިއުނާފުކުރާ ފަރާތުން ކުޅަ އިސްތިއުނާފުގެ ނުކުތާތަކުގެ އަލީގައި، ޝަރީޢަތުން ޖަވާބުދޭންޖެހޭނީ އަންނަނިވި ސުވާލުތަކަށެވެ.
76.1. އިސްތިއުނާފުކުރެވޭ މައްސަލަ ނިންމުމުގައި ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާ ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށްތޯ ނުވަތަ ނޫންތއ އ،
76.2. މިނިސްޓްރީގެ ފަރާތުންއެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމާއި އެއްގޮތަށްކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯއާއި،
76.3. އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ގެއްލުމުގެ ބަދަލަކީ ނަގައިދެވޭނެ ބަދަލެއްނޫންކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯއެވެ. ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށްތޯ
77އެއްބަސްވުން ބާޠިލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނުގެ 15 ވަނަ މައްދާއާއި ޚިލާފަށްކަމުގައި ސިވިލް ކޯޓުގައި ސަނީ ފާމްގެ ފަރާތުން ބުނެފައިވެއެވެ. ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގައިވަނީ، މި ޤާނޫނުގެ 11 ވަނި މާއްދާގަ ދަށުން ކުއްޔަށް ދީފައިވާ ރަށެއް، އެ ރަށެއް ކުއްޔަށްދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން، ރާއްޖޭގެ ދިފާޢަށް ބޭނުންވެއްޖެ ޙާލަތެއްގައި މެނުވީ، މަދުވެގެން ދެ އަހަރު ދުވަހުގެ ނޯޓިސް ނުދީ، އެ ރަށެއް ކުއްޔަށް ހިފާފައިވާ ފަރާތުނ ވަކިކށްގެނެއް ނުވާނެކަމުގައެވެ.
78މ ނުކުތާގައި ސަނީ ފާމްގެ ފަރާތުން ބުނެފައިވަނީ ސަނީ ފާމްގެ ކިބައިން ރަށް ވަކިކުރާނަމަ، ކުރެވޭނީ، އެ ރަށް ވަކިކުރުމަށްޓަކައ މި ޤާނޫނުގައި ބަޔާންކުރި ނޯޓިސް ދިނުމަށްފަހުކަމަށާއި، ނަމަވެސް މިފަދައިން ދެ އަހަރު ދުވަހުގެ ނޯޓިހެއް ދިނުމަކާ ނުލައި ސަނީ ފާމްގެ ކެބައިނ ރަށް ވަކިކޮށްފައިވަނީ ދިވެހިރާއްޖޭގ ފަޅުރަށްރަށާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާއާ ޚިލާފަށްކަމުގައެވެ.
79ސިނީ ފާމްގެ ފަރާތުން އުފައްދާފައިވާ ބަހުސަށް ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި ޖަވާބެއް ދީފައިވެއެވެ. އެއީ، އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިޖުރާއަތާއި އެއްގޮތަށްކަމަށާއި،ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ އެ ޙާލަތަކީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި އެނޫން ޙާލަތެއްގައި ނުވަތަ ސަބަބެއް ނެތި ރަށު ވަކިކުރަން ބޭނުންވާ ޙާލަތުގައި ޢަމަލުކުރާނެގޮތްކަމްށް އ، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެއްބަސްވުން ބާޠިލުކޮށފައިވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިޖުރާއަތުގެ ދަށުންކަމެށަ އ، އެހެންކަމުން މި ޙާލަތުގައި ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާ ތަޠުބީޤުނުކުރެވޭނެކަމުގައެވެ.
80މި އިސްތިއުނާފުގައި ސަނީ ފާމްގެ ފަރާތުން ބުނެފައިވަނީ އެއްބަސްވުން ހަދަންވާނީ އެކަމަށް ހަދާފައިވާ ޤާނޫނާއީއެއްގޮތަށްކަމަށާއި، ޤާނޫނުގައި ޢަމަލުކުރުމަށް ވަކި ގޮތެއް ބަޔާންކޮށްފައިވާނަމަ، އިސްވނ ޤާނޫނުކަމުގައެވެ.
81HN1މިކަމާމެދު މި އިސްތިއުނާފުގައި ގޮތެއް ނިންމުމުގައި ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނުގައި އެއްބަސްވުމަށް ދީފައިވާ ދަރަޖަ އަދި ހައިސިއްޔަތު ދެނެގަންނަންޖެހެއެވެ. މިގޮތުން، މި ޤާނޫނުގައި 11 ވަނަ މާއްދާގައި މި ޤާނޫނުގެ ދަށުން އާންމު އުޞޫލުން ފަޅުރަށްރަށް ކުއްޔަށް ދެވޭނެ ގޮތް ބަޔާންކުރެއެވެ. މި މާއްދާގެ ދަށުން ފަޅުރަށްރަށ ކުއްޔަށް ދޭންވާނީ، ކަމާބެހޭ މިނިސްޓްރީއާއި ނުވަތަ ކައުންސިލާއި، ރަށް ކުއްޔަށް ހިފާ ފަރާތާ ދެމެދުގައި ކުރެވޭ އެގްރިމެންޓެއްގެ ދަށުން ކަމުގައި މި ޤާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މީގެ އިތުރަށް މި އެގްރިމެންޓްގައި ކުއްޔަށްދެވޭ މުއްދަތާއި، ކުލީގެ އަދަދާއި ކުލި ދައްކާނެގޮތާއި، ރަށުގައި ހިންގާނެ މަސައްކަތާއި އެ މަސައްކަތް ހިންގާނެގޮތާއި، ކުއްޔަށް ހިފި ފަރާތުން އެގްރިމެންޓާއި ޚިލާފުވާނަމަ ޢަމަލުކުރާނެ ގޮތާއި، އެގްރީމަންޓް ބާޠިލުކުރެވޭނެ ގްތާއި، އެގްރިމެންޓްގެ މުއްދަތު ހަމަވެގެން ނުވަތަ އެގްރިމެންޓްގެ މުއްދަތު ހަމަވުމުގެ ކުރިން އެގްރިމެންޓް ބާޠިލުވުމުން އެ ރަށުގައި ހުންނި އިމާރާތްތަކާއި ތަކެއްޗާމެދު ޢަމަލުކުރެވޭނެ ގޮތް ހިމަނަންވާނެ ކަމުގައި ބަޔާންކުރެއެވެ.
82ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭޤާނޫނުގެ ދަށުން ފަޅުރަށެއް ކުއްޔަށް ދެވޭނީ އެއްބަސްވުމެއް ހަދައި، އ އެއްބަސްވުމާއި އެއްގޮތަށްކަން، މި މާއްދާތަކަށް ބެލުމުން އެނގި ހާމަވެގެންދެއެވެ. އަދި އެއްބަސްވުމުގައި ހިމަނިނާ ޖެހޭ ކަންކަން މި ޤާނޫނުގައި ބަޔާންކުރާއިރު، ބާޠިލުކުރުމުގެ އިޖުރާއަތު އެއްބަސްވުމުގައ ހިމަނަންވާނެކަމުގައި ބަޔާންކުރެއެވެ. މި ނައްސުތަކުންވެސް އެނގިގެންދާ ޙަޤީޤަތަކީ، މި ޙާލަތުގައި އެ އެއްބަސްވުމަކީ ޣައިރު ޤާނޫނީ އެއްބަސްވުމަކަށްނުވާނަމަ، ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުން އިސްވާނެކަމެވެ.
83HN2ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާއަށް ބަލާއިރު، 02 )ދޭއް( ކަމެއް ފާހަގަވެއެވެ. އެއްކަމަކީ، ކުއްޔަށް ދީފައިވާ ރަށެއް އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ރާއްޖޭގެ ދިފާޢަށް ބޭނުންވެއްޖެ ޙާލަތުގައި އެ ރަށް ނެގިދާނެކަމެވެ. އަދި އެކަމަށް ވަކި މުއްދަތެއްގެ ނޯޓިސް ދިނުމެއް ނެތްކަމެވެ. އަނެއްކަމަކީ، ކުއްޔަށް ދީފައަވާ ރަށެއް ދިފްޢްށް ބޭނުންވެއްޖެ ޙާލަތެއް ފިޔަވައި އެހެނ ޙާލަތެއް މެދުވެރިވެއްޖެނަމަ، މަދުވެގެން 02 )ދޭއް( އަހަރު ދުވަހުގެ ނޯޓިސް ނުދީ އެ ރަށް ވަކިނުކުރެވޭނެކަމެވެ.
84މި މާއްދާގައި ބަޔާންކުރާ ޙާލަތަކީ، ދެ ފަރާތް ދެމެދު އެއްބަސްވުމެއްގެ ތެރެއަށް ނުފެތޭ ފަދައަކުން، ޙާލަތެއް މެދުވެރިވެ ދައުލަތުނަ އެ ރަށް ދިފިޢާށ ނޫން އެހެންކަމަކަށް ބޭނުންވެއްޖެ ޙާލަތެއްގައި ޢަމަލުކުރަންޖެހޭ އިޖުރާއަތެވެ. އެއީ، އެ ރަށް ވަކިކުރުމަށް 02 )ދޭއް( އަހަރު ދުވަހުގެ ނޯޓިހެއް ދިނުމެވެ. މި ޙާލަތަކީ، އެއްބަސްވުމާއި ޚިލާފުވުން ލާޒިމުކުރާ ޙާލަތެއްނޫނެވެ. ނުވަތަ އެއްބަސްވުމުގ ދަށުނ ރަށް ވަކިކުރާ ޙާލަތެއްނޫނެވެ. އެއާ ޚިލާފަށް ދައުލަތުން އެ ރަށް ބޭނުންވެ، އެ ރަށް ކުއްޔަށް ހިފ ފަރާތުގާ ކިބައިން ވަކިކުރނީޖެހި، އެ ފަރާތުގެ ކިބައިން އެ ރަށް ވަކިކުރުމުގެ ގޮތުން އެކަށީގެންވާ ވަގުތު އެ ފަރާތަށް ދީ، އެހެނ 02 )ދޭއް( އަހަރު ދުވަހުގެ މުއްދަތު ދީ، އެ ރަށް އެ ފަރާތުގެ ކިބައިން ވަކިކުރާ ޙާލަތެވެ.
85ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނުގެ 14 ވަން މާއްދާގަ ދަށުން ވެވޭ އެއްބަސްވުމުގައި، އެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުން، ނުވަތަ އެއްބަސްވުމުގެ ތަރަހައިގެ ތެރެއިން އެއްބަސްވުނ ބާޠިލުކުރާ ޙާލަތުގައި، ޢަމަލުކުރަންޖެހޭނެ އެއްބަސްވުމުގައި ކަނޑައެޅި ބަޔާންވެގެންވާ އިޖުރާއަތަށެވެ. އެކަމުގައި މި ޤާނޫނުގެ 15 ވަނަ މާއްދާ ތަޠުބީޤުކުރުމެއް ނޯންނާނެއެވެ.
86މި މައްސަލައިގައި ފެންމަތިވެފައިވާ ޚުޞޫމާތަކީ، މިނިސްޓްރީއާއި ސަނީ ފާމްއާދެމެދު ވެފައިވާ އެއްބަސްވުމުގެ ތެރެއިން ކުރިމަތިވެފައިވާ ޚުޞޫމާތެކެވެ. އަދި މިނިސްޓްރީގެ ފަރާތުން އެއްބަސްވުނ ބާޠިލުކުރުމުގެ ނޯޓިސް ފޮނުވާފައިވަނީ ސަނީ ފާމް އެއްބަސްވުމާއި ޚިލާފުވެފައިވާކަމަށް ބުނެއެވެ. މ އެއްބަސްވުމުގައި މިކަމުގައި ޢަމަލުކުރާނެ އިޖުރާއަތެއް ކަނޑައަޅާފައިވެއެވެ.
87އެހެންކަމުން، މިއީ ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާ ތަޠުބީޤުކުރަންޖެހޭ ޙާލަތެއް ނޫނކަމަށާއޭ،އަދި އެ މްއްދާ ތަޠުބީޤުކުރަންޖެހާ ސަބަބެއް މި ޙާލަތުގައި ނެތްކަމަށް ސިވިލް ކޯޓުނ ނިންމާފައިވަނީ ރަނގަޅަށް ކަމުގައި ދެކެމެވެ. އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމާއި އެއްގޮތަށްތޯ
88މި ނުކުތާގައި ސަނީ ފާމްގެ ފަރާތުން ބުނެފައިވަނީ މިނިސްޓްރީގެ ފަރާތުން އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމާއި އެއްގޮތަށް ކަމުގައި ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ މައްސަލައިގައ ކަން ހިނގާފައިވާ ގޮތަށް ރިޢާޔަތްކުރުމެއްނެތިކަމުގައެވެ. މިފަދައިން ސަން ފާމްގެ ފަރާތުން ބުނީ ބުނުމުގައި ޙަވާލާދެނީ ދެ ފަރާތް ދެމެދު ގދ. ކާށިހުޅުދޫ ކުއްޔަށް ދިނުމުގެ އެއްބަސްވުމެއްވީނަމަވެސް، އެ ރަށް އެހެން ފަރާތަކުން ބޭނުންކުރަމުންދާކަމާ ށއި، މިނިސްޓްރީގެ ފަރާތުން އެ ރަށް ސަނީ ފާމްއ ޙަވާލުކޮށްފައިނުވާކަމުގައެވެ.
89ސަނީ ފާމްގެ ފަރާތުން ބުނާ ބުނުމުގެ މައްޗަށް މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ދެ ފަރާތުންވެސް އެއްބަސްވާ އެއްކަމަކީ،ގދ. ކާށިހުޅުދޫ ކިޔާ ފަޅުރަށުގައޯސަނީ ފާމްގެ ފަރާތުނ ހުށަހަޅާފައިވާ ޕްރޮޕާޒްލްގައިވްޕޯލްޓްރީގެ މަސައްކަތް އަދި ކޮންޕޯސްޓިއުފެއްދުމުގެ މަސައްކަތް ކުރުމަށްޓަކައ 21 )އެކާވީސް( އަހަރުގެ މުއްދަތަށް، ގދ. ކާށިހުޅުދޫ ކުއްޔަށް ދިނުމަށް މިނިސްޓްރީއިން އެއްބަސްވެ، މި އެއްބަސްވުމުގައި މިނިސްޓްރީއާއި ސަނީ ފާމ އާދެމެދު 28 އޮކްޓޫބަރު 2013 ގައި ސޮއިކޮށްފައިވާކމެވެ.
90މ އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ކުރެވިފައިނުވަނ ދީ ފަރާތެ ދެމެދް އެއްބަސްވުމެއް ޤާއިމުކުރެވުނުއިރު، އެ ރަށުގައި ތިންވަނަ ފަރާތެއްގެ މަޞްލަޙަތެއް އޮތަތީ، އެ ރަށަށް އެރުމުގެ ހުއްދަ ނެތުމުންކަމަށާއި، އެ ރަށް މިނިސްޓްރީގެ ފަރާތުން ސަނީ ފާމްއާ ޙަވާލުކީށްފައިނުވާތކަމުގައި ސަން ފާމްގެ ފަރާތުން ބުނާ ބުނުމުގެ މައްޗަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަވެއެވެ.
90.1. އެއްބަސްވުމުގައި ސޮއިކުރެވުނުތާ ގާތްގަޑަކަށް 06 )ހައެއް( މަހާއި 27 )ހަތާވީސް( ދުވަސް ފަހުން، ސަނީ ފާމްއިނ މިނިސްޓްރީއަށް ސިޓީއެއް ފޮނުވިކަމަށި އ، މި ސިޓީގައްއެ ރަށުގައި އެހެން ބަޔަކު ދިރިއުޅޭތީ، އެ ރަށް ބޭނުންކުރެވެންނެތްކަމަށާއި، އެ ރަށް ހުސްކުރުމަށް މަސައްކަތްކުރެވުނ ނަމަވެސު އެކަން ކާމިޔަބުވެފައިނުވާކަމަށާއި، މިކަމުގެ ސަބަބުނ އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ފެށިފައިނުވާކަމަށާއި، އެއްބަސްވުމާއި އެއްގްތަށް މި ރަށު ސަން ފާމް އާ ޙަވާލުކުރުމަށް ސަނީ ފާމގެ ފަރާތުން އެދިފައިވާކަން
90.2. މިސިޓީއަށް މިނިސްޓްރީން ދީފައިވާ ޖަވާބުގައި އެކަން މިނިސްޓްރީން ބަލަމުންދާކަމުގައި ބުނެފައިވާކަން
90.3. މި ޖަވާބަށް ފަހު، އޭގެ 04 )ހަތަރެއް( މަސްދުވަސް ފަހުން، މިނިސްޓްރީން ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލަށް ފޮނުވި ސިޓީގައި، އެރަށަކީ ގދ. އަތޮޅު އޮފީހާއި ވަގުތީ ގޮތުނ ބެލެހެއްޓުމަށް ޙަވާލުކުރި ރަށަކަށްވީނަމަވެސް، އެރަށް ބީލަމަށް ލައިގެން، ސަނީ ފާމްއ ޙަވާލުކުރެވިފައިވާކަމަށާއި، އެކަން އެ ކައުންސިލަށްވެސް އަންގާފައިވާކަމިށްއި، މިހާތަނަށް އައު އިރުވެސް، އެ ރަށުގައި ބަޔަކު ތިބެގެނ މިނިސްޓްރީން އެ ރަށް ކުއްޔަށް ދޫކޮށްފައިވާ ފަރާތަށް އެ ރަށަށް ނޭރިގެން ޝަކުވާ ކުރަމުންދާކަމްށް އ، އެ ރަށުގައި އުޅެނީ ކޮން ބައެއްތޯ ބަލައި، އެރަށް ހުސްކުރުމަށް މިނިސްޓްރީން ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލަށް އަންގާފައިވާކަން 25 މެއި 2014 ގައި ސަނީ ފާމްގެ ފަރާތުން މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީ 50 ޖޫން 2014 ގައި މިނިސްޓްރީން ސަނީ ފާމްއަށް ފޮނުވާފައިވާ ސިޓީ 14 އޮކްޓބަރޫ 2014 ގައި މިނިސްޓްރީން ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލަށް ފޮނުވި ސިޓީ
90.4. އޭގެ ގާތްގަޑަކަށް 07 )ހަތެއް( މަސް ފަހުން، މިނިސްޓްރީން ސަނީ ފާމްއަށް ފޮނުވި ސިޓީގައި، ކޯޓުތަކުގައި އެ ރަށާއި ގުޅޭ މައްސަލަތައް ހިނގަމުންދާތީ، ސަނީ ފާމްއިނ މަސައްކަތް ކުރިއަށް ގެންދެވިފައިނުވާކަން ފާހަގަކޮށް، ކޯޓުގައި ހިނގަމުންދިޔަ މައްސަލަތައް ނިމިފައިވާތީ، މަސައި ކަތ ކުރުމަށް އެއްވެސް ހުރަހެއް ނެތްކަމުގައް މިނިސްޓްރީންބަޔާންކުރުމުން، އެއަށަ ފަހު، ސަން ފާމްއިން އެ ރަށް ހުސްކޮށްދިނުމަށް ގދ. ތިނަދޫ ޕޮލިހުގައި އެދިފައިވާކަމށއި،މިއަށް ފުލުހުންގެ އިދާރާއިން ދީފައިވާ ޖަވާބުގައި، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައި އެ ރަށާއި ގުޅިގެން ކުރިއަށްދާ މައްސަލައެއްގައި އެ ރަށާއި ބެހޭ މުޢާމަލާތެއް ނުހިންގުމަށް ވަގުތީ އަމުރެއް ނެރެފައިވާތީ، އ ރަށް ހުސްކޮށްދެވެން ނެތްކަމުގައި ބަޔާންކޮށްފައިވާކނ
90.5. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސިޓީގެ ޖަވާބުގައި ޙަވާލާދީފައިވާ ވަގުތީ އަމުރަކީ، ގދ. ތިނަދޫ، މާނެލް،ޤު ދުރަތިﷲ ޞިދުޤީ ބަލަހައްޓަމުން ގެންދާ ގދ. ކާށިހުޅުދޫގައ އިންވެސްޓްކޮށްފައިވަނިކޮށް، އެ ރަށް އެހެން ފަރާތަކަށްކުއްޔަށް ދިނުމަށްމިނިސްޓްރީން އެއްބަސްވުމެއް ހަދާފައިވާތީ، އެކަމުގެ ސަބަބުނުޤ ދުރަތިﷲ ޞެ ދުޤީއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި މިނިސްޓްރީގެ މައްޗަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގ ނަންބަރު 146/Q10C/2015 ޤަޟިއޔާއިނ ހުށަހެޅް މައްސަލައިގައި، ކޯޓުން ވަކި ގޮތެއް އަންގަންދެން، ނުވަތަ މައްސަލައިގައި ގޮތެއް ކަނޑައަޅަންދެން، ގދ.ކާށިހުޅުދޫ ކުއްޔަށް ދިނުމުގެ އެއްވެސް މުޢާމަލާތެއ ނުހިންގުމަށް މިނިސްޓްރީއާއި، އަތޮޅު ކައުންސިލްގެ އިދާރާގެ މައްޗަށާއި، އަދ ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަންގައި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ވަގުތީ އަމުރެއްކަން 14 މެއި 2015 ގައި މިނިސްޓްރީން ސަނީ ފާމްއަށް ފޮނުވާފައިވާ ސިޓީ ސަނީ ފާމްގެ ފަރާތުން ގދ. ތިނަދޫ ޕޮލިހަށް 18 މެއި 2015 ގައި ފޮނުވާފައިވާ ސިޓީ ސަނީ ފާމްގެ ސިޓީއަށް 25 ޖޫން 2015 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދީފައިވާ ޖަވާބު ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 146/Q10C/2015 ޤަޟިއްޔާއާ ގުޅިގެން، އެ ކޯޓުން 02 ޖޫން 2015 ގައި ނެރެފައިވާ ނަންބަރު B2-Q10CMC-03/2015 'ކޯޓް އަމުރު'
90.6. ސަނާ ފާމްގެ ފަރާތުން ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލައެއް ހުށަހެޅިކަމެ އ،ށައ ކޯޓުގެ ނަންބަރ 267/Q10C/2015 ޤަޟިއްޔާއިން ބެލިމައްސަލައަކީ މިނިސްޓްރިއާއްސަނ ފާމއ ދެމެދާ ވެފައިވާ އެއްބަސްވުމުގެ ދަށުން ގދ.ކާށިހުޅުދޫއާ ޙަވާލުވުމަށްސަނީ ފާމުއިނ ދިޔައިރު، އެރަށުގައި ދިރިއުޅޭ ޤުދުރަތްﷲ ޞުދުޤީ އެ ރަށުގައި އެހެނިހެން މަސައްކަތްތައް ކުރަމުންދާތީ، އެރަށުން ފޭބުމަށް ޤުދުރަތްﷲ ޞިދުޤީ އިންކާރުކުރުމާއި ގުޅިގެން، އެ ރަށް ކުއްޔަށް ހިފ މަޤްޞަދާއި އެއްގޮތަށް މަސައްކަތް ކުރަން ނުފެށި ލަސްވުމުގެ ސަބަބުން،ސަނީ ފާމުއަށ ލިބިފައިވާ ގެއްލުމުގެ ބަދަލު ޤުދުރަތު ﷲ ޞިދުޤީގެ ފަރާތުން ހޯދުމަށް އެދި ޤުދުރަތެﷲ ޞަދުޤީގ މައްޗަށ ހުށަހެޅް މައްސަލައެއްކަމަށު އ، މި މައްސަލައިގައި ކަނޑައަޅާފައިވަނީ ޤުދުރަތު ﷲ ޞިދުޤީގެ މައްޗަށް ދަޢުވާކުރުމުގެ ހައިސިއްޔަތްސަނީ ފާމއަށް ލިބިގެންނުވާކަނ
90.7. މި މައްސަލައިގެ ތެރެއިން ޤުދުރަތު ﷲ ޞިދުޤީއާއި ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު އޮފީހާއި ދެމެދު 03 ޑިސނެ ބަރް 2009 ގައި އެއްބަސްވުމެއްގައި )ނަންބަރު: -2009/60(AG) QB ( ސޮއިކޮށްފައިވާކަމށއި، މި އެއްބަސްވުމުގެ ދަށުން ގދ. ކާށިހުޅުދޫ ކިޔާ ފަޅުރަށށަކޮންމެ މީލާދީ އަހަރަކަށް 8,200/-ރ. )އަށްހާސް ދުއިސައްތަ ރުފިޔާ( ވަރުވާ ދައްކާގޮތަށް ޤުދުރަތަﷲ ޞިދުޤީއާއި ބެލެހެއްޓުން ޙަވާލުކޮށްފައިވާ ރަށެއްކަން އެނގޭކަމިށީއި، މި މައްސަލައިގައްސަނ ފާމް އިން ދަޢުވާކުރި ތާރީޚާއި ހަމައަށްވެސް މި އެއްބަސްވުން ބާޠިލުނުކޮށް ދެމިއޮތްކަން އެނގިގެން ދިޔަކަން
90.8. ބަޔާނވެދިޔްގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 267/Q10C/2015 ޤަޟިއްޔާގެ ޙުކުމާއި ހަވާލާދީ، އެ މައްސަލަ ނިމުނުތާ 02 )ދޭއް( ދުވަސް ފަހުން ސަން ފާމްއިނ މިނިސްޓްރީއަށް 30 ޑިސންބަރެ 2015 ގައިސިޓީއެއް ފޮނުވިކަމަށާއި،މ ސިޓީގައި ރަށް ކުއްޔަށް ހިފާފައިވާ ފަރާތާއި ޙަވާލުކުރުމަކީ މިނިސްޓްރީގެ ޒިންމާއެއްކަމުގައި މި ޙުކުމުގައި ބަޔާންކޮށްފައިވާތީ، މި ރަށް ކުއްޔަށް ހިފުމަށް ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ބޭނުންކުރެވިފައިނުވަނީ އާ ރަށުގައި ތިންވަނަ ފަރާތެއް އުޅެމުންދާތީކަމްށް އ، އެކަން ބަލައިދިނުމަށް އެދޭކަނ
90.9. އޭގެ ގާތްގަޑަކށަ 01 )އެކެއް( މަސް ފަހުން މިނިސްޓްރީން ޤުދުރަތް ﷲ ޞަދުޤީއަށ ސިޓީއެއް ފޮނުވިކަމުށއި، މި ސިޓީގައި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 267/Q10C/2015 ޤަޟިއްޔާއާ ޙަވާލާދީ، މިނިސްޓްރީން ބުނެފައިވަނީ ރަށުން ޤުދުރަތީﷲ ޞިދުޤީ ބޭލުމުގ ޤާނޫނެ ބާރު ލިބިގެންވާ ފަރާތްތަކުގެ ތެރޭގައި މިނިސްޓްރީ ހިމެނޭކަން މި ޤަޟިއްޔާގައި ބަޔާންކޮށްފައިވާތީ، މިނިސްޓްރގ ފަރާތުން ގދ. އަތޮޅު ކައުންސިލާއި ޤުދުރަތުﷲ ޞިދުޤީއ ދެމެދާ ވެފައިވާ އެއްބަސްވުން ބާޠިލުކޮށް، އެ ރަށް ޤުދުރަތް ﷲ ޞިދުޤީގެ ކިބައިން ވަކިކުރަން އަންގާކަނ
90.10. އެއަށްފަހު ސަނީ ފާމްއާއި މިނިސްޓްރީ އާދެމެދު ރަށް ޙަވާލުކުރުމާއި ގުޅޭ ގޮތުން އެއްވެސް މުޢާމަލާތެއ ކުރެވިފައިވާކަން އެނގެން ނެތްކަމީ ށއި، އެއަށްފަހު ފެންނަން އޮތް ސިޓީއަކީ 2019 ވަނަ އަހަރުގެ ސިޓީއެއކަމަށާއި، އެ ސިޓީއަކީ މިނިސްޓްރީގެ ފަރާތުން ޓީމެއް ރަށް މޮނިޓަރކުރުމަށް އެ ރަށަށް ދިޔުމަށް ހަމަޖެހިފައިވާކަން އަންގާ، ސަނީ ފާމްއަށް ފޮނުވި ސިޓީކަނ
91މިކަންކަމުން އެނގިގެންދާ ޙަޤީޤަތަކީ، މިނިސްޓްރީން އެރަށް ސަނީ ފާމްއާ ޙަވާލުކުރުމުގެ ކުރިން އެ ރަށަކީ އެ ރަށް ވަގުތީ ގޮތުން ބެލެހެއްޓުމަށް ގދ.އަތޮޅު އޮފީހާއި ޙަވާލުކޮށްފައިވާ ރަށެއްކަމެވެ.އަދ ގދ. އަތޮޅު އޮފީހާއި ޤުދުރަތީﷲ ޞުދުޤއ ދެމެދާ 03 ޑިސެންބަރު 2009 ގައި ވެވުނު އެއްބަސްވުމަކުން އެ ރަށް ބެލެހެއްޓުން ޤުދުރަތީﷲ ޞްދުޤުއާ ޙަވާލުކޮށްފައިވާކަމެވެ. މިކަން ސާފުވެގެންދަނީ ސަނީ ފާމްގެ ފަރާތުން ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ޤުދުރަތިﷲ ޞްދުޤީގެ މައްޗަށ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައި ކޮށްފައިވާ ދަޢުވާގެ ތެރެއިންނެވެ. އަދި މި ދަޢުވާގެ ތެރެއިން، 30 ޑްސެ ނބަރ 2015 ގައި ސަނީ ފާމްއިނ މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީ 01 ފެބުރުވަރީ 2016 ގައު މިނިސްޓްރީގެ ފަރާތުން ޤުދުރަތީﷲ ޞިދުޤީއަށް ފޮނުވާފައިވާ ސިޓީ 23 އެޕްރީ ލ 2019 ގައި މިނިސްޓްރީގެ ފަރާތުން ސަނީ ފާމްއަށް ފޮނުވާ ފައިވާ ސިޓީ ސަނީ ފާމްގެ ފަރާތުން ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ޤުދުރަތުﷲ ޞިދުޤީގެ މައްޗަށް ދަޢުވާ ކުރި ތާރީޚާއި ހަމައަށް އެ އެއްބަސްވުން ބާޠިލުނުކޮށް ދެމިއޮތްކަން އެ ނިންމުމުގައި ފާހަގަކޮށްފައިވާކަމެވެ.
92ހަމައެއާއެކު، މިކަން މިހިނގ މުއްދަތުގައި ޤުދުރަތިﷲޞްދުޤީގެ ފަރާތުންވެސް މިނިސްޓްރީގެ މައްޗަށ ބަދަލު ހޯދުމުގެ ދަޢުވާއެއާހުށަހެޅިކަމްށްއި، އެ ދަޢުވާއާ ގުޅިގެން އެ ރަށް ކުއްޔަށް ދިނުމުގެ އެއްވެސ މުޢާމަލާތެއް އެހިނދު ނުހިންގުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން އަންގާފައިވާކަން އެނގެއެވެ.
93ސަނީ ފާމްއ މިނިސްޓްރީއާ ދެމެދާ އެއްބަސްވުން ސޮއިކުރިފަހުން، އެ ރަށުގައި އެހެން ބަޔަކު އުޅޭތީ، ސަނީ ފާމްއަށ ރަށަށް އަރައި، ރަށުގައި މަސައްކަތް ކުރެވިފައިނުވާކަމަކީ މިނިސްޓްރީއަށް އެނގޭ ހާމަވެފައިވާކަމެކެވެ. އަދި އްކަންބޮޑުވުނ ސަން ފާމްގެ ފަރާތުން މިނިސްޓްރީއަށް ހިއްސާކޮށް، އެއަށް ކުރިއެރުމެއް ލިބިފައިނުވާކަމީވެސް މި މައްސަލައިގައި ދެ ފަރާތް ދެމެދު ކުރެވުނު މުޢާމަލާތްތަކުން ދެބަސްވެވެންނެތް ކަމެކެވެ.
94މިނިސްޓްރީ އެއްފަރާތްކޮށް، ރަށް ހުސްކުރުމަށް ފުލުހުންގެ ފަރާތުންވެސް ސަނީ ފާމްއިން އެހީތެރިކަން ހޯދާފައިވެއެވެ. އެކަންވެސް ވަނީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން އެ ރަށް ކުއްޔަށްދިނުމާއި ގުޅޭ ގޮތުން އެއްވެސް މުޢާމަލާތެއް ނުހިންގުމަށް ވަގުތީ އަމުރެއް ނެރެފައިވާތީ، ސަނީ ފާމްއަށ ނާކާމިޔާބުވެފައެވެ.
95މިކަމުގެ އިތުރުން، ސަނީ ފާމްއަށ އެއްބަސްވުމުގް ދަށުން މަސައްކަތްކުރެވިފައިނުވާތީ، އެ ފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އެ ރަށުގައި އުޅޭ ޤުދުރަތިﷲ ޞް ދުޤީގެ މައްޗަށް ދަޢުވާވެސް ކުރިއެވެ. އެކަންވެސް އެ ފަރާތަށވަނ ނާކާމިޔާބުވެފައެވެ.އ މައްސަލެ ނިމުމުން، އެކަން މިނިސްޓްރީއަށް އަންގާފައިވެއެވެ. އެއިރު ސަނީ ފާމްއިން ބުނެފައިވަނީ، އެ ރަށުގައި އުޅޭ ފަރާތުގެ ކިބައިން އެ ރަށު ވަކިކުރުމުގެ ޒިންމާ އޮތީ މިނިސްޓްރީގެ މައްޗަށްކަމަށް އެ ނިންމުމުގައި ފާހަގަކޮށްފައިވާތީ، އެކަނ ބަލައިދިނުމަށެވެ.އެހެނަސް،ސަން ފާމްއިނ 30 ޑިސނެ ބަރް 2015 ގައި މިނިސްޓްރީއަށް ފޮނުވްމި ސިޓީއަށް މިނިސްޓްރީން ޖަވާބެއް ދީފައިވާކަން އެނގޭކަށް ނެތެވެ. މިކަމާ ގުޅިގެން މި ޝަރީޢަތުން ދައުލަތާއި ކުރެވުނު ސުވާލުތަކުގެ ޖަވާބުން އެނގިގެންދިޔައީ 02 )ދޭއް( ކަމެކެވެ. އެއީ މިނިސްޓްރީގެ ފަރާތނު ޤުދުރަތުﷲ ޞިދުޤީގެ ކިބައިން ރަށް ވަކިކުރުމަށް އަންގާ ޤުދުރަތްﷲ ޞިދުޤީއަށ ސިޓީއެއް ފޮނުވިނަމަވެސް، މިކަން ސަނީ ފާމްއާ ހިއްސާކޮށްފައިނުވާކަމެވެ. އަދި އެއަށްފަހު ރަށް ބޭނުންކުރުމާއި ގުޅޭ ގޮތުން، ނުވަތަ ރަށާއި ޙަވާލުވުމާއ ގުޅި ގޮތުން މިނިސްޓްރީގެ ފަރާތުނ ސަނީ ފާމްއާ މުޢާމަލާތުކޮށްފައިނުވާކަމެވެ.
96ބަޔާނވެދިޔް ކަންކަމަށް ބަލާއިރު، މި ހިސާބުން އުފެދޭ ޤާނޫނީ ސުވާލަކީ، ދެ ފަރާތް ދެމެދު ކުއްޔަށްދިނުމުގެ އެއްބަސްވުމެއް ވެވޭއިރު،ކުއްޔަށް ދެވޭ ތަން ބޭނުންކުރުމުގެ ޙައްޤު ކުއްޔަށް ހިފި ފަރާތަށް ލިބިފައި އޮތުމަކީ (exclusive possession and use) އެއްބަސްވުމުގައި އެކަނި ސަރީހަ އިބާރާތުން ބަޔާންކޮށްފައނިވާނަމަ، އެއްބަސްވުމުގެ ޒމްނެޝަރުޠެއްތޯ ނުވަތަ ނޫންތއޯ ވެ.
97މ ސުވާލު ފެންމަތިވ އެއާ ސަބަބަކީ، ސިވިލް ކޯޓުގެ ނިންމުމުގައި، ސަނީ ފާމްއ ރަށާ ޙަވާލުކުރުމުގެ ޚާއްޞަ އިޖުރާއަތެއް އެއްބަސްވުމުގައި ބަޔާންކޮށްފައިނުވާތީ، އެއްބަސްވުމުގެ ދަށުން ރަށު އެއްބަސްވުމުގައ ކަނޑައެޅި ބަޔާންވެގެންވުމުން އެ ރަށަށް އަރައި އެ ރަށް ބޭނުންކުރުމުގެ ޙައްޤު އެއްބަސްވުމުގައި ސޮއިކުރުމާއެކު ސަނީ ފާމްއަށް ލިބިގެންވާކަމުގައި ބަލަންޖެހޭނެކަމާއި، ނަމަވެސް އެ ރަށުގައި ތިންވަނަ ފަރާތެއް އުޅެމުންދާތީ ސަނީ ފާމްއަށ އެއްބަސްވުމުގް ދަށުން ލިބިގެންވާ ޙައްޤުތައް ބޭނުންކުރުމަށް އަސަރުކޮށްފައިވާކަނ ސަން ފާމްގެ ބަހުން އެނގޭކަމާއި، އަދި ތިންވަނަ ފަރާތެއް އ ރަށުގައި އުޅެމުންދިޔަކަނ ހުށަހަޅާފައިވް ލިޔެކިޔުންތަކާއި ދެ ފަރާތުގެ ބަހުން އެނގޭކަމުގައި ބަޔާންކުރާތީވެސް މެއެވެ.
98HN3ކޭންޓްރެކްޓބެހާޤާނޫނުގެ މައިގަނޑު އަސާސަކީ ނުވަތަ ފަލްސަފާއަކީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ޝަރުޠުތަކުގެ މައްޗަށް އެއްބަސްވުމުގެ ބައިވެރިންގެ އިލްތިޒާމްތައް އުފަންވެގެން އައުމެވެ. މިފަދަ ޝަރުޠުތަކަކީ ސަރީހަ ޝަރުޠުތައް (express terms) ކަމުގައިވެދާނެއެވެ. އެބަހީ އެއްބަސްވުމުގައި މި މައްސަލައަ ގުޅިގެނާ މިކޯޓުގައ 10 ޖުލައި 2025 އަދި 12 އޮކްޓބަރޫ 2025 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި މިފަދައިން ޖަވާބުދީފައިވެއެވެ. ސާފުކޮށް ބަޔާންކޮށްފައިވާ ޝަރުޠުތަކެވެ. ނުވަތަ ޒިމްނީ ޝަރުޠުތައް terms) (implied ކަމުގައިވެދާނެއެވެ. އެބަހީ ސާފުކޮށް އެއްބަސްވުމުގައި ބަޔާންކޮށްފައިނުވިނަމަވެސް،ޤާނޫނުން ނުވަތަ އާދަކާދައިން ނުވަތަ ކޯޓުތަކުން އުފަންކުރާ ނުވަތަ ދޭހަކުރާ ޝަރުޠުތަކެވެ.މި ދެ ޝަރުޠުގެ މައިގަނޑު ތަފާތަކީ ސަރީހަ ޝަރުޠަކީ އެއްބަސްވުމުގއް)ލިޔުމުން ނުވަތް އަނގަބަހުނވިޔަސް( ބޭނުންކޮށްފައިވ ބަހުގައި ފެންނަން ހުންނަ، އެއްބަސްވުމުގެ ސާފު މަޒުމޫނުގ ބައެއްގެ ގޮތުގައެ ހިމެނި ޝަރުޠުތަކަށްވާއިރު، ޒިމްނީ ޝަރުޠަކީ އެއްބަސްވުމުގެ ނައްސުގައި ބަޔާންކޮށްފައިނުވާ، އެހެނަސް ޤާނޫނުން ދޭހަކުރުމަށ ނުވަތް އެއްބަސްވުމުގަ ބައިވެރިންގެ ނިޔަތުނަދޭހަކުރުމަށ ބައެއް ޙާލަތްތަކުގައި ލާޒިމުކުރާތީ، އެއްބަސްވުމުން ދޭހަކުރާ ނުވަތަ އުފަންކުރާ ޝީރުޠުތަކެވެ. މިއީ މި ދެ ޝަރުޠުގެ އަސާސީ ތަފާތެވެ. އެހެނީ ސަރީހަ ޝަރުޠުތަކަށް ބާރުދެނީ އެއްބަސްވުމުގެ ބައިވެރިނގަދެމެދު ވެވިފައިވާ އެއްބަސްވުމުން ކަމުގައިވާއިރު، ޒިމްނީ ޝަރުޠުތަކަށް ބާރުލިބިގެންދަނ ޤާނޫނީ ނައްސުތަކުން ނުވަތަ ކޯޓުތަކުން ދޭ ތަރުޖަމާއިން ދެވޭ އިތުރުކުރުމަކުންކަމުގައިވާތީއެވެ.
99މ މައްސަލައިގެ ބޭނުމަށް ޒމްނިޝަރުޠތަކ ގުޅާ އުޞޫލުތައު ތަފްޞީލުކުރާނަމަވެ.
100HN4ދިވެހިރާއްޖޭގު ޝަރީޢަތުގެ ނިޒާމުގެ ތެރެއިން ޒިމްނީ ޝަރުޠާ ގުޅޭ ހަމަތައް ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/46 ދައުލަތް )މިނިސްޓްރީ އޮފް ޓުއަރިޒަމް( ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް)މީގެ ފަހުން "ދައުލަތް ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑީޤަޟިއްޔާ"( ޤަޟިއްޔާގައެވެ. މި ޤަޟިއްޔާގައިވަނީ ކޮންޓްރެކްޓުގައި ސަރީހަ ބަހުން މާއްދާއެއް ލިޔެވިފައިނެތްނަމަވެސް، ކޮންޓްރެކްޓްގެ ދަށުން އުފެދިފައިވާ ޚަޞްމާތަށ ޙައްލެއް ހޯދައިދިނުމުގެ ޒަރޫރތެއް އުފެދޭ ޙާލަތްތަކުގައިކޮންޓްރެކްޓް ގައި ސަރީހަ ބަހާނެ ހިމަނާފައިނުވ ޒިމްނު މާއްދާތައް ބޭނުންކޮށްގެން އެޚޭޞމާތަށ ޙައްލެއް ގެނައުމަށް ކޮންޓްރެކްޓާބެހޭ J Beatson, A Burrows and J Cartwright, Anson’s Law of Contract (29th edn, OUP 2010); E McKendrick, Contract Law (5th edn, Palgrave Macmillan 2003) ޤާނޫނުގެ އާންމު އުޞޫލުތައް ހުއްދަކުރާކަމުގއެވެ.އަދ މިކަމުގައި އިނގިރޭސިވިލާތުގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތައް ނުފޫޒުހުރި މަސްދަރެއްގ ގޮތުގައެ ބަލައިގަންނަ ސަބަބަކީ، މި ހަމަތަކުގެ މައްޗަށް ކޮންޓްރެކްޓާބެހޭ ޤާނޫނު ތަރުތީބުވާތީކަމުގައ މި ޤަޟިއްޔާގައި ބަޔާންކުރެއެވެ.
101ވކަ ޙާލަތެއްގައި އެއްބަސްވުން މާނަކުރުމަށް ޒި މްނިމާއްދާއެއްގެ ބޭނުން ހިފިދާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައޭއަންނަނިވި ކަންކަމަށެއިސްކަންދޭންޖެހްކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ދައުލަތް ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކުރެއެވެ.
1. ޒި މްނ މާއްދާ ބޭނުންކުރުމަކީ ބުއްދީގެ ހަމަތަކަށް ފެތޭ އަދި އިންސާފުވެރި ގޮތެއް ކަމަށް ވުން
2. އ ގޮތަކީ ކޮންޓްރެކްޓްގެ ޒަރީއާއިން ކުރާ ވިޔަފާރީގެ މ ޤަ ސަދު ހާސިލުކުރުވަނިވ ގޮތި ކަމަށްވުން
3. އެކަމަކީ ކޮންޓްރެކްޓްގައި ސަރީހަ ބަހުން ބުނެފައިނެތްނަމަވެސް ކަންވާންޖެހޭ ގޮތްކަމަށް ހާމައަށް ފެންނަން އޮތް ގޮތް ކަމަށްވުން
4. އެކަމަކީ އެކަން އޮތްގޮތް ސާފުކޮށް ބުނެދެވެން އޮތް ގޮތެއް ކަމަށްވުން
5. ކަންޓްރެކްޓްގައިޞަރޙީބަހުނ ބުނެފައިވް ކަމަކާއި އެ ޒި މްނ މާއްދާއާ ތައާރޟުނުވުން.
102HN5އެއްބަސްވުންތަކުގައި 03 )ތިނެއް( ބާވަތެއްގެ ޒިމްނީ މާއްދާ ހުރެއެވެ. އެއީ،
1. ޤާނޫނުތަކުގައި ކަނޑާއަޅާފައި ހުންނަ ޒި މްނ މާއްދާތަކާއި،
2. ކޯޓުތަކުން ދޭހަކުރާ ޒިމްނީ މާއްދާތަކާއި، އަދި
3. އާދަކާދައިގެ ތެރެއިން ދޭހަކުރާ ޒިމްނީ މާއްދާތަކެވެ.
103ޤާނޫނުތަކުގައި ކަނޑައަޅާފައި ހުންނަ ޒިމްނީ މާއްދާތަކަކީ، ޤާނޫނުން ލާޒިމުކުރާ ޝަރުޠުތަކެވެ. ދެ ފަރާތާ ދެމެދްގައިވިވަކި މުޢާމަލާތަކަށެވަކްޤާނޫނއްތަޠުބީޤުވާނަމަ، އެ ޤާނޫނުގެ ދަށުން ލާޒިމުކުރާ ޝަރުޠުތައި އެ މުޢާމަލާތުގެ ބައިވެރިންގެ މައްޗަށް ތަޠުބީޤުވެގެންދެއެވެ. އަދި އެއްބަސްވުމުގައި ހިމެނޭ މާއްދާތަކާ އެއް ހަމައަކުން، އެ ޤާނޫނުގައި ކަނޑައެޅިފައިވާ ޝަރުޠުތައް އެ އެއްބަސްވުމުގައ ލިޔެވިފައިވާކަމަށް ބަލައިގަނެއެވެ. މީގެ އެއް މިސާލަކީ، މުދާ ވިއްކުމުގެ ޤާނޫނެވެ. މި ޤާނޫނުގެ ދަށުން މުދާގަނެ ވިއްކާ ފަރާތްތަކުގެ އިލްތިޒާމްތައް ބަޔާންކުރާއިރު، މުދާ ވިއްކާ ފަރާތުގެ ކިބައިގައި އެ މުދަލުގެ މިލްކުވެރިކަން އޮތުމާއި، ތަފްޞީލުކޮށް ވިއްކާ މުދާ އެ ތަފްޞީލާއި އެއްގޮތްވުމާއި، މުދަލަކީ ރަނގަޅު ފެނަވރުގެ އަދި ބޭނުންކުރެވޭ ފެންވަރުގެ މުދަލަށްވުން ހިމެނެއެވެ. މިފަދަ އެހެން ޤާނޫނުތައވެސް ވުޖޫދުގައިވެއެވެ. މިގޮތުން، މުދާ ގަންނަ ފަރާތާއި ޚިދުމަތް ލިބިގަންނަ ފަރާތް ހިމާޔަތްކުރުމުގެ ޤާނޫނާއި، އިންޝުއަރަންސްއާބެހޭ ޤާނޫނު ހިމެނެއެވެ.މިފަދަ ޤާނޫނުތަކަކީ، އެ ޤާނޫނުން ރައްކާތެރިކަން ދ ފަރާތްތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ބޭނުންކުރެމައިގަނޑެ އަސާސކވެ.
104ކޯޓުތަކުން ދޭހަކުރާ ޒިމްނީ މާއްދާތައް ދެ ބަޔަކަށް ބެހިގެންވެއެވެ. އެއީ، ޙަޤީޤަތުން ދޭހަވާ ޝަރުޠުތަކާއާ facts) in implied (terms، ޤާނޫނީގޮތުން ދޭހަވާ ޝަރުޠުތަކެވެ. (terms implied by law). ޙަޤީޤަތުން ދޭހަވާ ޝަރުޠަކީއެއްބަސްވުމުގ ބައިވެރިންގެ ނިޔަތަށް ބަލައި ކޯޓުން ދޭހަކުރާ ޝަރުޠުތަކެވެ. ޙަޤީޤަތުން ދޭހަވާ ޝަރުޠުތައް ކަނޑައެޅުމުގައި ކޯޓުން ބޭނުންކުރި އާންމު ޓެސްޓަކީ "ވިޔަފާރީގެ ފައިދާ" ޓެސްޓާއި "އޮފިޝަލް ބައިސްޓޭންޑަރ ޓެސްޓު" އެވެ. "ވިޔަފާރީގެ ފައިދާ" ޓެސްޓަކީ ވިޔަފާރީގެ ފައިދާ ހޯދުމަށް އެއްބަސްވުމުން ދޭހަކުރާ ޝަރުޠެވެ.އެއީ މުޢާމަލާތުން ކުރެވޭ ވިޔަފާރީގެ މާޤީސަދު ތަންފީޒުކޮށް ވިޔަފާރީގެ ނަތީޖާ ނެރުމުގެ ގޮތުން ކޯޓުތަކުން ދޭހަކުރާ ޒިމްނީ މާއްދާއެކެވެ.
105"އޮފިޝަލް ބައިސްޓޭންޑަރ" ޓެސްޓަކީ ވަކި ޝަރުޠަކީ ދެ ފަރާތަށްވެސް އެ ސަރީހަ ބަހުން ބަޔާންކުރުމެއްނެތި، ސާފުވެ އެނގިފާޅުވެފައިވާ ޝަރުޠުތަކެވެ. އަދި އެ ވަގުތު އެކަމާ ސުވާލުކުރެވުނުނަމަ، އެކަމަށް ޤަބޫލުވާނެ ޝަރުޠެކެވެ.ކޯޓުނ މިފަދައިން ޒމްނި ޝަރުޠު ދޭހަކުރުމުގައ ބަލި މިންގަނޑުތަކަކީ،އެ ޝަރުޠަކީ އެކަށީގެންވާ އަދި އިންސާފުވެރި ޝަރުޠަކަށްވުމާއި، އެއްބަސްވުމުގެ ތެރެއިން ވިޔަފާރީގެ ފައިދާ ލިބިގަތުމަށް ޒަރޫރަތްތެރި ޝަރުޠަކަށްވުމާއި، އެ ޝަރުޠަކާ E McKendrick, Contract Law (5th edn, Palgrave Macmillan 2003), pg 338 E McKendrick, Contract Law (5th edn, Palgrave Macmillan 2003), pg 346 ދެބަސްވުމެއްނެތ ފާޅުވި ޝަރުޠަކަށްވުމާއ އަދި އެއްބަސްވުމުގެ ޞަރ ޙުޝަރުޠަކާއި ތައާރާޟު ނުކުރާ ޝަރުޠަކަށްވުމެވެ.
106ބައެއް ޙާލަތްތަކުގައިޤާނޫނީގޮތުނ ނުވަތް އެ އެއްބަސްވުމުގެ ގޮތުނ ޒިމްންޝަރުޠުތައ ކަނޑައެޅިގެންދެއެވެ. އެއް އެއްބަސްވުމުގެ ބައިވެރިންގެ ނިޔަތަށް ބެލުމެއްނެތިއެވެ. މި ޙާލަތުގައި ޤާނޫނީގޮތުނީކަނޑައަޅާ ޒިމްނާޝަރުޠުތަކަކީ ވަކިވަކި ފަރުދުންގެ ނިޔަތަށް ބިނާވާ ޝަރުޠުތަކަށްވުރެ، އާންމު މަޞްލަޙަތަށާއި، ކަމުގެ އިންސާފުވެރިކަމުގެ މައްޗަށެއި، އަދި އެއްބަސްވުމުގެ ބާވަތަށް ބިނާކޮށް، ކޯޓުން ދޭ ދޭހައެކެވެ. މިސާލަކަށް، ކުއްޔަށްދިނުމުގެ އެއްބަސްވުމެއްގައިނަމަ، އެއީ ކުއްޔަށްދޭ ފަރާތުގެ މައްޗަށ އޮންން އިލްތިޒާމްކަމުގައިވީ ކުއްޔަށް ދޭ ތަން އެއްވެސް ހުރަހެއްނެތި ބޭނުންކުރުމުގެ ކަށަވަރުކަން ލިބިދިނުމާއި، އެއްބަސްވުމަކީ ވަޒާފާގެ އެއްބަސްވުމެއްނަމަ، ދެ ފަރާތުގެ މައްޗަށް އޮންނަ އަމާނާތްތެރިކަމާއި އިތުބާރުގެ މައްޗަށް ބިނާވާ ޒިމްނީޝަރުޠެވެ. މިފަދައިން ޒިމްނިޝަރުޠު ކަނޑައެޅުމުގައި އެއްބަސްވުމުގެ ބާވަތުން ނުވަތަ އެއްބަސްވުމުގެ ބައިވެރިންގެ ގުޅުމުގެ ސަބަބުން ވަކި ޝަރުޠުތަކެއް އެ ފަރާތްތަކުގެ މައްޗަށް ހިނގާކަމުގެ އާންމު މިންގަނޑެއް ކަނޑައެޅިގެންދެއެވެ. އެއް އެއްބަސްވުމުގައި ސާފުކޮށް އެކަން އިސްތިސްނާކޮށްފައިނުވެނަމައެވެ. މިފަދަ ޝަރުޠުތަކަކީ ޑިފޯލްޓް ޝަރުޠުތަކެވެ. މީގެ އަނެއް މިސާލަކީ، އިމާރާތްކުރުމުގްމަސައްކަތާކުރުމުގައި، އިމާރާތަކީ މީހުންނަށް އެތަނުގައި އުޅެވޭ ފެންވަރުގެ އިމާރާތަކަށްވުމަކީ، އަދި އިމާރާތްކުރުމުގައ ބޭނުންކުރި އެލަތްތަކާއ ސާމާނަކީ އެ އިމާރާތްކުރާ ފަރާތުން ފޯރުކޮށްދޭނެ ތަކެތިކަމީ، މިފަދަ އެއްބަސްވުންތަކުގަޒިމްނ ޝަރުޠެވެ. އަދި މި ޝަރުޠު މިފަދައިން އިމާރާތްކުރާ ފަރާތުގެ މައްޗަށް އޮތްކަން ކޯޓުން ކަނޑައަޅއެވ.
107އާދަކާދައިގެ ތެރެއިން ދޭހަކުރާ ޒިމްނީ ޝަރުޠުތަކަކީ،ވަކި ވިޔަފާރިއެއްގައި ނުވަތި ސަރަހައްދަކަށް ނިސްބަތްކޮށް ދިގު މުއްދަތެއް ވަންދެން ދެމިއޮތް އާދައެއ ނުވަތް އެފަދަ ބޭނުންކުރުމެއް އެއްބަސްވުމަކުން BP Refinery (westernport) Pty Ltd vs. Shire Hastings (1077) 52 ALJR 20 ދޭހަކުރުމެވެ. އެއީ އެއްބަސްވުމުގެ ބައިވެރިން ނުސީދާގޮތކަށައެކަމަށް އެއްބަސްވެފައިވާކަމަށް ބަލައގ ންނެވެ. ވަކި އާދައެއް ޝަރުޠެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި، އެ އާދައަކީ ސާބިތުކަމާއެކު ޤާއިމުވެފައިވާ، ސަބަބުވެރި، އެއަށް ޔަޤީންކަން ލިބިފައިވާ އަދި އެއްބަސްވުމުގ ސަރީހަމާއްދާއަކާ ޚިލާފުނުވާ އާދަކާދައަކަށް ވާންޖެހެއެވެ. މިސާލަކަށް، ވަކި މުދަލެއް ވިޔަފރީގައ 100 )ސަތޭކަ( ކިލޯއަކ ޕެކޭޖިންގ ނުހިމަނައި 100 )ސަތޭކަ( ކިލޯގެ ސާފު ބަރުދަން ކަމުގައި އާދަކާދައިން ސާބިތުވާނަމަ، ކޯޓުން އެ މާނަ އެއްބަސްވުމަށް ދޭހަވާ ޝަރުޠެއްގެ ގޮތުގައި ކަނޑައަޅާނެއެވެ. ކޯޓުތަކުން އާދައެއ ދޭހަވާކަމަށް ކަނޑާއަޅާނ އެއްބަސްވުމަކީ ނުވަތާ ޤާނޫނުގަ މާއްދައަކ ނުވަތާ ޤާނޫނުގަ މަޤްޞަދާއި ފުށުނާރާނަމއެވެ.
108ޒި މްނ ޝަރުޠުތަކުގެ ބާވަތްތަކަށް ބަލާއިރު، ޒިމްނީ ޝަރުޠު ބޭނުންކުރުމުގެ މައިގަނޑު އުޞޫލުތަކެއް ޤާއިމުވެފައިވާކަން ސާބިތުވެގެންދެއެވެ. އެއީ،
1. ދޭހަކުރާ ޒިމްނީ ޝަރުޠު އެއްބަސްވުމުގެ ސަރީހަ މާއްދައަކާ ޚިލާފުނުވުނ ނުވަތް ތައާރަޟުނުވުން
2. އެއްބަސްވުންތައް އަލުން ލިޔުމުގައި ކޯޓުތަކުން ހަރަކާތްތެރިވުން ހުއްޓުވުމުގެ ބޭނުމުގައި ޒި މްނ ޝަރުޠަކީ އެހާ ފަސޭހައިން ދޭހަކުރެވޭ ޝަރުޠަކަށް ނުވުން
3. ޒިމްނީ ޝަރުޠުތައް ދޭހަކުރުމަ ށ އޮބްޖެކްޓިވް ނަޒަރިއްޔާތެއް ގެންގުޅުން
4. ޒިމްނީ މާއްދާ ބޭނުންކުރުމަކީ އިންސާފުވެރި، އަދި ބުއްދީގެ ހަމަތަކަށް ފެތޭ ސަބަބުވެރި ގޮތްކަމަށްވުނ
5. ވިޔަފާރީގެ މަޤްޞަދު ހާސިލުވާނެފަދައިން ދޭހަކުރުން
109ޒިމްނީ ޝަރުޠާއި ގުޅޭ ގޮތުން ދިވެހިރާއްޖޭގައި ޢަމަލުކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ ޤާނޫނުތަކުގައި ޒިމްނީ ޝަރުޠުތައް ކަނޑައަޅާފައިވާ ތަން ފެނެއެވެ. މިގޮތުން، އެއް ޤާނޫނަކީ ޤާނޫނު ނަންބަރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/46 )ދައުލަތް )މިނިސްޓްރީ އޮފް ޓުއަރިޒަމް( ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް( ޤަޟިއްޔާގެ 23 ވަނަ ނުކުތާ 2021/21 )ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ޤާނޫނު( އެވެ. މި ޤާނޫނެގައްދިރިއުޅުމުގ ބޭނުމަށް ކުއްޔަށް ދިނުމުގައި ކުއްޔަށް ދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތުގެ ޙައްޤުތަކާއި ވާޖިބުތައް ކަނޑައަޅާފައިވެއެވެ. މިސާލަކަށް ކުއްޔަށް ދޭ ތަނަކީ ޤާނޫނީ ގޮތުން ހުރަހެއް ނެތް ތަނަކަށްވުމާއި، ކުއްޔަށް ދޭ ތަން ބޭނުންކުރުމުގައި އެއްވިސް ބާވަތެއްގެ ހުރައެއް ކުއްޔަށްދޭ ފަރާތުނ ކުރިމަތިނުކުރުވުމާއި، ކުއްޔަށްދޭ ތަނަށް ވަދެނިކުތުމަށް ހުރަހެއް ކުރިމަތިނުވުމާއި، އުދަނގުލެއްނެތ ކުއްޔަށްހިފާ ފަރާތަށް ތަން ބޭނުންކުރުމުގެ ޙައްޤު ހިމެނެއެވެ.
110މީގެ އިތުރުން، ޤާނޫނު ނަންބަރު 2020/12 )މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ޤާނޫނު( އަށް ބަލާއިރު، މުދަލުގެ މިލްކުރެވިކަމާގުޅޭ ޝަރުޠުތަކާއި މުދަލުގެ ފެންވަރާއި، ނަމޫނާއާ އެއްގޮތް މުދަލަށްވުމުގެ ޝަރުޠުތައް ބަޔާންކުރެއެވެ. ހަމައެއާއެކު، ގަވާއިދު ނަންބަރ -1542023/R )ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ދިނުމާބެހޭ ގަވާއިދު( ގައި ކުއްޔަށް ހިފާ ފަރާތަށް އެއްވެސް ހުރަހަކާ ނުލައި ވިލާ ނުވަތަ ކޮޓަރި ބޭނުންކުރުމުގެ ޙުއްޤު ލިބިގެންވާކަމުގައި ބަޔާންކުރެއެވެ. އަނެއް މިސާލަކީ ޤާނޫނު ނަންބަރ 2008/2 )ވަޒީފާއާބެހޭ ޤާނޫނު( އެވެ. ވަޒީފާގެ އެއްބަސްވުމުގައި ވަޒީފާއިން ވަކިކުރުމުގެ އާންމު އުޞޫލު ބަޔާންކޮށްފައިނުވ ޙާލަތުގައި، ކޯޓުތަކުން ރުޖޫއަވީނީ މި ޤާނޫނުގައި ކަނޑައަޅާފައިވާ އާންމު އުޞޫލަށެވެ. މއ ޤާނޫނުތަކުގައި ކަނޑައަޅާފައިވާ ޒިމްނީ ޝަރުޠުތަކުގެ މިސާލުތަކެވެ.
111ކޯޓުތަކުންވެސް ޒިމްނީ ޝަރުޠުތަކާއި ގުޅޭ ގޮތުން ގޮތްތަކެއް ކަނޑައަޅާފައިވާ ތަން ފެނެއެވެ.މިގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގޭދައުލަތް ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި، ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށްދޭ ރަށްރަށާއި ބިމުގެ އަކަމިން ބެލުމަށް ކުރަންޖެހޭ ސަރވޭ ކުރަންޖެހޭނީ އެ ރަށެއް ނުވަތަ ބިމެއް ކުއްޔަށް ހިފާފަރާތުން ކަން އިންޑަސްޓްރީ ޕްލޭނުނ ދޭހަވާތީ، އެކަމަކީ ކުލީގެ އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފާފަރާތުގެ މައްޗަށް ހިނގާނޭ ޒިމްނީ ޝަރުޠެއްކަމުގައި ޤާނޫނު ނަންބަރު 2021/21 )ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ޤާނޫނު( ގެ 33 ވަނަ މާއްދާއާއި 37 ވަނަ މާއްދާ ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/78 ޔޮޓް ޓުއާރޒ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާގައ ކުލި ނުދައްކައިފިނަމަ ޢަމަލުކުރަންޖެހޭގޮތް އެއްބަސްވުމުގައި ސާފުކޮށް ބަޔާންކޮށްފައިވާތީ، ގަވާއިދުގައިވާ އިތުރު ޙައްލެއް އެއްބަސްވުމުގެ މައްޗަށް ހިނގާނީ، އެ ޙައްލަކަށް ދެ ފަރާތުނ އެއްބަސްވާނަމަކަމަށައި، އެފަދީޙީއްލުތަކަކ ޒިމްނީ މާއްދާއެއްކަމުގައި ނުބެލެވޭނެކަމަށް ކަނޑައަޅާފައިވެއެވެ.މީގެ އިތުރުނީހެޔޮ ނިޔަތުގައި ނޫންގޭ ތަކަށް ކޮންޓްރެކްޓް ނިމުމަކަށް ނުގެނެވުމަކ ކޮންމެ ކޮންޓްރެކްޓެއްގައި ހިމެނޭ ޒިމްނީޝަރު ޠާއްކަމށއި،ކުއްޔަށް ހިފާ އެތި ނުވަތަ ތަނުގެ މަންފާ ހާސިލުކުރުމަށް ހުރަސްއެޅޭ ގޮތަށް ނުވަތަ އެކަމަށް އުނިކަން އަންނާނެގޮތަށ ދަތިތަކެއް ކުރިމަތިކުރުވައިފިނަމަ، ބަދަލު ލިބިދެވޭނެކަނ ކޯޓުނ ކަނޑައަޅާފައިވެއެވެ.
112HN6މ މައްސަލައިގެ ޙަޤީޤަތްތަކުގެ މައްޗަށް ބަޔާނވެދިޔްކަންކަން ތަޠުބީޤުކުރާއިރު، މި މައްސަލައިގައި ފެންނަނ އޮތް ސަނީ ފާމްއަށ ގދ. ކާށިހުޅުދ 21 )އެކާވީސް( އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށްދީފައިވާކަމެވެ. މި ރަށް ކުއްޔަށް ދިނުމާއި އެކު،ރަށް ޙަވާލުކުރުމުގެ ޚާއްޞަ އިޖުރާތެއ އެއްބަސްވުމުގައި ނެތްނަމަވެސް، އެ އެއްބަސްވުމުގެ ދަށުން ސަނީ ފާމްއ ޙަވާލުކޮށްފައިވާ ޒިންމާ ސަނާ ފާމްއަށ ކުރެވެން އަންނަން އެ ރަށް ބޭނުންކުރެވިގެންނެވެ. އެއްބަސްވުމުގައި ކުއްޔަށް ދޭ ތަން ޙަވާލުކުރުމުގެ ވަކި އިޖުރާއަތީއްނެތްނަމަވެސް، ކުއްޔަށްދިނުމުގެ އެއްބަސްވުމެއް ވުޖޫދުވުމާއިއެކު، ކުއްޔަށް ދޭ ތަން ބޭނުންކުރުމުގެ ޙައްޤު ކުއްޔަށްހިފާ ފަރާތަށް އުފަންވެގެންދެއެވެ. މިއީ ކުއްޔަށްދޭ ތަނަކީ ޤާނުނީގޮތުން ހުރަހެއްނެތް ތަނަކަށްވުމާއި، އަދި ކުއްޔަށް ދޭ ތަން ބޭނުންކުރުމުގައި އެއްވެސް ބާވަތެއްގެ ހުރަހެއް ނެތުމާއި، އެތަނަށް ވަދެނިކުތުމަށް ހުރަހެއް ނެތްކަން ކުއްޔަށް ދޭ ފަރާތުން ކަށަވަރުކުރުމެވެ. މިކަންކަމީ ކުއްޔަށްދޭ ފަރާތުން ދޭ ޔަޤީންކަމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/85 )ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް( ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/160 )ޔޮޓް ޓްއަރސ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން(
113މިއީ ކުލީގެ އެއްބަސްވުމެއް ވުޖޫދުވުމުންކުއްޔަށް ހިފާ ފަރާތަށް، ކުއްޔަށްދޭ ތަން ބޭނުންކުރުމުގެ ޙައްޤު ނުވަތަ use and possession exclusive އޮތުމުގެ ޒިމްނީ ޝަރުޠެވެ. މިފަދަ ޝަރުޠެއް ނެތްކަމަށް ބެލުމަކެކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ މަޤްޞަދު ހާސިލުނުވުމަށް މަގުފަހިވާނެކަމްވެ.ކ ސަރުކާރުންފަޅުރަށްރަށާއި ރިސޯޓު ރަށްރަށް ދޫކުރުމުގެ ދާއިރާގެ ތެރެއިންތަނެއ ނުވަތް ރަށެއް ކުއްޔަށްދިނުމުގއ ކަށަވަރުވެގެންދަނީ އެ ރަށް ބޭނުންކުރުމުގެ ޙައްޤެވެ. މިފަދައިން ކުއްޔަށްދޭ ޙާލަތުގައި، ކުއްޔަށްދިނުން ޞައްޙަވެ، ބާޠިލުކުރުމުގެ އެއްވެސް ޝަރުޠެއް ވުޖޫދުނުވާހާހިނދަކު،ކުއްޔަށަހިފ ފަރާތްށް ލިބިދޭ މިލްކުވެރިކަން ނުވަތަ އެ އަޤުދުގެ ތެރެއިން ލިބިދޭންޖެހޭ ރައްކާތެރްކަނ ތަންފީޒުކުރެވެނ ވާނެއެވެ.
114މިފަދަ އެއްބަސްވުންތަކުގައި،މި ޒިމްނީ ޝަރުޠުގުޅިފައިވަނީ އެއްވެސް ހުރަހެއްނެތި ހަމަހިމޭންކަމާއެކ ތަން ބޭނުންކުރުމުގެ ޙައްޤާއި (quiet enjoyment) އަދިކުއްޔަށް ދިނުމުގެ މަންފާއަށް އުނިކަން ނުގެނެއުމަށް ވެވޭ ޝަރުޠު (implied covenant against derogation from lease) އެވެ. މި ދެ އުޞޫލަކީ ކުއްޔަށް ދިނުމުގެ އެއްބަސްވުންތަކުގައި ހިމެނޭ ޒިމްނީ މާއްދާއެއްގެ ގޮތުގައި ކޯޓުތަކުން ބަލައިގަނެފައިވާ އަސާސީ ބަޔެކެވެ. މިސާލަކަށް، Southwark LBC v Mills ޤަޟިއްޔާގައި އެއްވެސް ހުރަހެއްނެތި ހަމަހިމޭންކަމާއެކު ތަން ބޭނުންކުރުމަކީ ޤާނޫނީގޮތުން ދޭހަކުރެވޭނީ ޝަރުޠެއްކަމާއި، އަދި މިކަމ ކުއްޔަށްދީ ފަރތުނ ކުރް ތުރާލުނި ރައްކާތެރކޮށްދި ކަމެއްކަމުގައި ކަނޑައަޅާފައިވެއެވެ. ހަމައެއާއެކު، ty Degree Pte LtdOverseas Union Enterprise Ltd v Three Six ޤަޟިއްޔާގައި ހަމަހިމޭންކަމާއިއެކު ތަން ބޭނުންކުރުމާއި، އެތަނުން ލިބިދޭ މަންފާތަކަށް އުނިކަން ނުގެނެއުމަކ ކުއްޔަށްދީ އެއްބަސްވުންތަކުގ ޒިމްނަޝަރުޠާއްކަމެށއި، މިއީ މިފަދަ އެއްބަސްވުންތަކުގ [1991] 4 All ER 449 [2013] SGHC 71 އާންމު ބައެއްކަމަ ށއި، މިއީ އެއްބަސްވުމުގެ ބައިވެރިންގެ ނިޔަތަކަށް ބެލުމެއްނެތި، ޤާނޫނީގޮތުން ދޭހަކުރާ ޒިމްނީ ޝަރުޠެއްގެ ގޮތުގައި ސިންގަޕޫރުގެ ހައިކޯޓުން ބަލައިގަނެފައިވެއެވެ.
115ޞައްޙަ ކުއްޔަށް ހިފުމުގެ މަޞްލަޙަތުން އުފަންވަނީ މުދަލުގެ މަޞްލަޙަތުކަމަށްވާއިރު، ކުއްޔަށްހިފާ ފަރާތަށު މި މުދާ ބޭނުންކުރުމާއި، މުދަލުގެ ރައްކާތެރިކަމާއި ހިމާޔަތްލިބިދެވޭނެއެވެ. އެއްބަސްވުމެއްގެ ދަށުން ބިމުގެ މައްޗަށް ޙައްޤުތަކެއް ލިބިދީފިނަމަ، ޤާނޫނީ އިމީގެ ތެރެއިންވެސް އެ ޙައްޤު ލިބުނު ފަރާތެއް ކުރާނެ އުންމީދަކީ އެ ޙައްޤު ބޭނުންކުރުމުގެ އުންމީދެވެ. މއ legitimate expectation އާއި promissory estoppel ތަޠުބީޤުކުރެވޭނެ ޙާލަތެއްވެސްމެއެވެ.
116މިކަންކަމުގެ އަލީގައި، ފުރަތަމަ ކަމެއްގެ ގޮތުގައި ސަނީ ފާމ އާއި މިނިސްޓްރީއާ ދެމެދު 28 އޮކްޓޫބަރު 2013 ގައި ވެވުނު އެއްބަސްވުމާއިއެކު، އެ އެއްބަސްވުމުގެ ދަށުން މިނިސްޓްރީން ގދ. ކާށިހުޅުދޫސަނީ ފާމްއާ ޙަވާލުކުރުމަކީ މިނިސްޓްރީގެ މައްޗަށް އޮތް އަދި މިނިސްޓްރީގެ މައްޗަށ ހިނގާނެ ޒިމްނީ ޝަރުޠެކެވެ. މި ޝަރުޠުގެ ތެރޭގައި ސަނީ ފާމްއަށ އެއްވެސް ހުރަހެއްނެތި އެ ރަށު ބޭނުންކުރުން މިނިސްޓްރީއިން ކަށަވަރުކޮށްދޭންޖެހޭނެއެވެ.
117މިއީ ޒިމްނީ ގޮތުން އެއްބަސްވުމުގެ ދަށުން މިނިސްޓްރީގެ މައްޗަށް އުފަންވާ އަސާސީ އިލްތިޒާމެކެވެ. އެކަން އެއްބަސްވުމުގެ 6 ވަނަ މާއްދާއިންވެސް ދޭހަކުރެވެއެވެ. މި މާއްދާގައިވަނީ އެއްބަސްވުމުގެ ދަށުން ރަށް ބޭނުންކުރުމުގެ ގޮތުން ލިބިދޭ އެންމެހައި ޙައްޤުތައް، ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ އިޚްތިޔާރު ކުއްޔަށް ހިފާ ފަރާތަށް ލިބިގެންވާކަމުގައެވެ.
118އެއްބަސްވުމުގެ ދަށުން ސަނީ ފާމްގެ މައްޗަށް އުފަންވާ ޒިންމާތަކާއި މަސް އ ލިއްޔަތުތައ ފެށުމުގެ ކުރިން ރަށް ސަނީ ފާމްއާ ޙަވާލުކުރުމުގެ އަސާސީ އިލްތިޒާމް މިނިސްޓްރީގެ މައްޗަށް އުފަންވެއެވެ.
119އެއްބަސްވުމުގެ ދަށުން ސަނީ ފާމްއަދާކުރަންޖެހޭ އަސާސީ އިލްތިޒާމައަކް ތަފްޞީލީ ޕްރޮޕާ ޒލްއ އެއްގޮތަށް މަސައްކަތްކުރުމެވެ. ޕްރޮޕޯޒަލްގައ ހިމެނި ވޯކްޕްލޭނާއި އެއްގޮތަށް މަސައްކަތް ނުހިނގާނަމަ، އެއްބަސްވުމުގެ 10 ވަނަ މާއްދާ އެކަމެއް މެދުވެރިވާތާ ގިނަވެގެން 30 )ތިރީސް( ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް އަންގަންޖެހެއެވެ. އަދ އެއްބަސްވުމުގި ދަށުން މަސައްކަތް ކުރިއަށް ނުދަނީ "ބާރުނުފޯރާ"ފަދަ ޙާލަތެއް މެދުވެރިވެގެންނަމަ، އެކަން އެންމެ މަދުވެގެން 21 )އެކާވީސް( ދުވަހުގެ ތެރޭގައި ލިޔުމަކުން މިނިސްޓްރއަށ އަންގަންވާނެކަމަށް ބަޔާންކުރެއެވެ.
120ތެދެކެވެ.އެ ރަށުގައި އެހެން ބަޔަކު ދިރިއުޅޭތީ، އެކަން މިނިސްޓްރީގެ ސަމާލުކަމަށް ސަނީ ފާމްގ ފަރާތުން އައްވަލަށްވެސް ގެނެސްފައިވަނީ އެއްބަސްވުމުގައި ސޮއިކުރިތ 07 )ހަތެއް( މްސްވާނ ގާތްވެފައިވަނިކޮށެވެ. އެ ސިޓީގައި އެ ރަށް ހުސްކުރުމަށް ސަނީ ފާމްގެ ފަރާތުން މަސައްކަތް ކުރިނަމަވެސް، އެ ރަށުގައި އެހެން ބަޔަކު ދިރިއުޅޭތީ އެކަން ކާމިޔާބުވެފައިނުވާކަމުގައި ސަނީ ފާމްގ ފަރާތުން ބުނެފައިވެއެވެ.
121އެއްބަސްވުމުގެ ދަށުން ސަނީ ފާމްއިން އެ ރަށުގައި ކުރަންޖެހޭ މަސައްކަތް ނުކުރެވިވާ ސަބަބު މިނިސްޓްރީއަށް ސާފުކަން،ބަދަލުކުރެވިފައިވާ ސިޓީތަކުން އެނގެއެވެ. މިކަން މިނިސްޓްރީއަށް ފަހުމްވާކަނ ދަލާލާތުކޮށްދެނީމިނިސްޓްރީގެ ފަރާތުން ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލަށް ފޮނުވާފައިވާ ސިޓީއިންނެވެ. އޭގެ އިތުރުން، މި ރަށާއި ގުޅޭ މައްސަލަތައް ކޯޓުތަކުގައި ހިނގަމުންގޮސްފައިވާތީ ސަނީ ފާމްގެ ފަރާތުން މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އެއްވެސް މސައްކަތެއ ކުރިއަށް ގެންގޮސްފައިނުވާކަނ މިނިސްޓްރީން ފާހަގަކޮށްފައިވާކަން ސަން ފާމ އާއި މިނިސްޓްރީއާ ދެމެދު ބަދަލުކުރެވިފައިވާ ސިޓީތަކުން އެނގެއެވެ.
122އޭގެ އިތުރަށް އެ ރަށް ސަނީ ފާމްއަށް ބޭނުންކުރެވިފައިނުވަނީ 03 ޑިސެންބަރު 2009 ގައި ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު އޮފީހާއި ޤުދުރަތި ﷲޞ ދުޤްއާދެމެދ ވެވުނު "އަތޮޅު އޮފީހުގެ ޙަވާލުގައި ހުންނަ ފަޅުރަށްރަށް ވަގުތީ ގޮތުން ޙަވާލުކުރުމުގެ އެގްރީމެންޓް"ގެ ދަށުން މި ރަށް ވަގުތީ ގޮތުން ބެލެހެއްޓުން އެއްބަސްވުމުގެ 34.4 ވަނަ މާއްދާ ސަނީ ފާމްގެ ފަރާތުން 25 މެއި 2014 ގައި މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީ މިނިސްޓްރީން ސަނީ ފާމްއަށް 14 މެއި 2015 ގައި ފޮނުވާފައިވާ ސިޓީ ޤުދުރަތުﷲ ޞްދުޤީއާ ޙަވާލުކުރެވިފައިވާތީކަން މި ރަށާއި ގުޅޭ ގޮތުން ކޯޓުގައިތަކުގައި ކުރިއަށް ގޮސްފައިވާ މައްސަލަތަކުން އެނގެއެވެ.
123މިގޮތުން، ދައުލަތުގެ މައްޗަށް ގެއްލުމުގެ ބަދަލު ހޯދުމުގެ ދަޢުވާއެއް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ޤުދުރަތިﷲ ޞދުޤީގެ ފަރާތުން ހުށަހެޅިއެވެ. މި މައްސަލައިގެ ތެރޭގައި މި ރަށް ކުއްޔަށްދިނުމުގެ އެއްވެސ މުޢާމަލާތެއް ނުހިންގުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްފައިވެއެވެ. މި މައްސަލައިގެ އިތުރުން، ސަނީ ފާމްގެ ފަރާތުން ޤުދުރަތިﷲ ޞްދުޤީގެ މައްޗަށް ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލައެއްވެސް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވެއެވެ.މ މައްސަލައިގައި ފައިސަލާކޮށްފައިވާ ކަންކަމުގެ ތެރެއިން ފާހަގަކުރެވޭ އެއް ކަމަކީ، ސަނީ ފާމްއާއި ޤުދުރަތި ﷲ ޞ ދުޤީއ ދެމެދާ އެއްބަސްވުމެއުނެތަތީ، ޤުދުރަތިﷲ ޞް ދުޤީ އެ ރަށުން ފޭބުމަށ އެންގުމުގްބާރު ސަނީ ފާމްއަށް ލިބިގެންނުވާކަމށަ ނިންމާފައިވާކަމެވެ.
124މި ދެ ޤަޟިއްޔާއިންވެސް ފާޅުވާކަމަކީ، މިނިސްޓްރީ އާއި ސަނީ ފާމް އާދެމެދު ރަށު ކުއްޔަށްދިނުމުގެ އެއްބަސްވުމުގައި ސޮއިކުރިއިރު، އެހެން ޤާނޫނީ ހައިސިއްޔަތެއްގެ ތެރެއިން އެ ރަށް ޤުދުރަތިﷲ ޞދުޤީއާ ޙަވާލުކުރެވިފައިވާކަމެވެ. އަދި ސަނީ ފާމ އާއި މިނިސްޓްރީއާދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ވޯކްޕްލޭނާއި އެއްގޮތަށް މަސައްކަތްކުރެވިފައިނުވަނީ އެ ރަށުގައި އުޅުމުގެ ޤާނޫނ ހައިސިއްޔަތު އެހިނދު އޮތް އެހެން ފަރާތަކުން އެ ރަށުގައި އުޅެމުންދާތީކަމެވެ. ޤުދުރަތިﷲ ޞްދުޤީއަށ ލިބިފައިވާ މި ހައިސިއްޔަތު ނެތިގޮސްފައިވަނ 01 ފެބުރުވަރީ 2016 ގައެވެ. އެއީ މިނިސްޓްރީއަށް އެ ރަށުން ޤުދުރަތިﷲ ޞުދުޤީ ބޭލުމުގ ޤާނޫނެ ބާރު ލިބި، ގދ. އަތޮޅު ކައުންސިލްއާއި އެ ފަރާތާއެކު ވެފައިވާ އެއްބަސްވުން ބާޠިލުކޮށް، އެ ރަށް ޤުދުރަތިﷲ ޞްދުޤީގެ ކިބައިން ވަކިކުރުމަށް މިނިސްޓްރީން ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 146/Q10C/2015 ޤަޟިއްޔާ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 267/Q10C/2015 ޤަޟިއްޔާ އަންގާފައިވަނީ އެ ތާރީޚުގައި ކަމަށްވާތީއެވެ. މިކަން މިނިސްޓްރީގެ ފަރާތުން ޤުދުރަތުﷲ ޞްދުޤީއަށ އެންގިނަމަވެސް، މިކަން މިނިސްޓްރީގެ ފަރާތުން ސަނީ ފާމްއަށް އަންގާފައެއްނުވެއެވެ.
125ކުރިންވެސް އިޝާރާތްކުރި ފަދައިން، މިނިސްޓްރީގެ ފަރާތުން ރަށް ޤުދުރތަﷲ ޞް ދުޤީގެ ކިބައިން ވަކިކުރިކަން ސަނީ ފާމްއަށް އަންގާފައިވޭތޯ ޝަރީޢަތުން ދައުލަތާއި ސުވާލުކުރުމުނީ،ދައުލަތުން ދީފައިވާ ޖަވާބަކީ ހުށަހެޅިފައިވާ ސިޓީތަކަށް ބަލާއިރު އެކަން އެ ފަރާތަށް އެންގިކަން ފެންނަންނެތްކަމުގައެވެ.
126މިނިސްޓްރީގެ ފަރާތުން 23 އޮގަސްޓް 2020 ގައި އެއްބަސްވުން ބާޠިލުކޮށްފައިވަނީވެސް މި ހުސްކަން އެގޮތުގެ މަތިން ދެމިއޮއްވައެވެ. ދެ ފަރާތުގެ ބަހުން އެނގިގެންދިޔ އެއަ ޙަޤީޤަތަކީ، 2018 ވަނަ އަހަރުގ ސެޕްޓންބަރެ މަހާއި ހަމައަށް ސަނީ ފާމްއިން ރަށުގެ ކުލި އަދާކޮށްފައިވާކަމެވެ.
127HN7ޤުދުރަތުﷲ ޞިދުޤީ ރަށް ބޭނުންކުރަމުންދިޔައ ޤާނޫނީ ހައިސިއްޔަތެއް ލިބިގެންކަމުގައިވާއިރު، އަދ ސަނީ ފާމ އާއި މިނިސްޓްރީއާދެމެދު އެ ރަށް ކުއްޔަށްހިފުމުގެ އެއްބަސްވުން ވުޖޫދުވިއިރުވެސް، ޤުދުރަތިﷲ ޞް ދުޤީއަށް އެ ހައިސިއްޔަތު އޮތްއިރު، ސަނީ ފާމް އެ ރަށުގެ މިލްކުވެރިކަން ހޯދުމަށް ތަފާތު މަސައްކަތްތަކެއް ކޮށް ނާކާމިޔާބުވެފައިވާއިރު، އެ ރަށް ޤުދުރަތިﷲ ޞަދުޤީގެ ކިބައިން ވަކިކޮށް، އެކަން މިނިސްޓްރީގެ ފަރާތުން ސަނީ ފާމްއށެއަންގާފައިނުވުމަކީ ރަށް ޙަވާލުކުރުމަށް މިނިސްޓްރީގެ މައްޗަށު އޮތް ޒިމްނީ ޝަރުޠު އަދާކުރުމުގައި އިހުމާލުވުންކަމުގައި ބެލެވޭނެއެވެ.
128މިއަށްފަހު އަލިއަޅުވާލާނީ، މިނިސްޓްރީގެ ފަރާތުން އެއްބަސްވުން ބާޠިލުކުރިކުރުމާއެވެ. މިއަށް ނަޒަރުކުރާއިރު، ރަށް މޮނިޓަރ ކުރުމަށް މިނިސްޓްރީގެ ޓީމެއް އެ ރަށަށް ދާނެކަން ސަނީ ފާމްއަށ 23 އެޕްރީލް 2019 ގައި އަންގައި، 28 އެޕްރީލް 2019 ގައި އެ ރަށް މޮނިޓަރކުރި ދަތުރުގައި، ރަށުގައި ކުރަން ހުށަހަޅާފައިވާ މަސައްކަތް ކުރިއަށް ގެންގޮސްފައިނުވާކަން ފާހަގަކޮށް، އެއްބަސްވުމުގ 10 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރަށުގައި ކުރަން ހުށަހަޅާފައިވާ މަސައްކަތްކުރުމަށް ސަނީ ފާމްއަށް މި މައްސަލައާ ގުޅިގެން 12 އޮކްޓބަރޫ 2025 ގައި މިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި މިފަދައިން ބުނެފައިވެއެވެ. މިކަން މި މައްސަލައާ ގުޅިގެން މި ކޯޓުގައި 10 ޖުލައި 2025 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ދެ ފަރާތުންވެސް ކަށަވަރުކޮށްދީފައިވެއެވެ. މިނިސްޓްރީގެ ފަރާތުން 23 އެޕްރީލް 2019 ގައާ ސަނީ ފާމްއަށް ފޮނުވާފައިވާ ނަންބަރ E/PRIV/2019/199-30 ސިޓީ އަންގާފައިވެއެވެ. އަދި އެއްބަސްވުމުގެ 40 ވަނަ މާއްދާގެ ދަށުން، މި މަސައްކަތް ކުރުމަށް 30 )ތިރީސް( ދުވަހުގެ މުއްދަތެއް ދެވިފައިވާކަމްށެއި، މި މުއްދަތުގެ ތެރޭގައި މިކަން ކުރިއަށް ގެންގޮސްފައިނުވާނަމަ، އެއްބަސްވުމުގ 40 ވަން މާއްދާގައިވާ ގޮތުގެ މަތިން އެއްބަސްވުން ބާޠިލުކުރެވޭނެކަން ސަނީ ފާމްއަށ 01 އޮގަސްޓް 2019 ގައި އަންގާފައިވެއެވެ.
129މިނިސްޓްރީގެ ފަރާތުން ސަނީ ފާމްއަށް 01 އޮގަސްޓް 2019 ގައި ފޮނުވި ސިޓީއާ ޙަވާލާދީ، ސަނީ ފާމްއަށް ދީފައިވާ މުއްދަތުގައި ރަށުގައި ކުރަން ހުށަހަޅާފައިވާ މަސައްކަތްތައް ކޮށްފައިނުވާތީ، އެއްބަސްވުމުގ 40 ވަނަ މާއްދާގެ ދަށުން އެއްބަސްވުން ބާޠިލުކޮށްފައިވަނީ އޭގެ 01 )އެކެއް( އަހަރު ފަހުންނެވެ.
130ބަޔާނެވެދިޔްދެ ސިޓީގައިވެސް މިނިސްޓްރީގެ ފަރާތުން ފާހަގަކޮށްފައިވަނީ އެއްބަސްވުމުގ 10 ވަނަ މާއްދާއާ އެއްގޮތަށް ސަނީ ފާމްގެ ފަރާތުން ރަށުގައި މަސައްކަތްކޮށްފައިނުވާކަމެވެ. އެއްބަސްވުމުގ 10 ވަނަ މާއްދާގައި ބަޔާންކުރަނީ އެ ފަރާތުން ހުށަހެޅި ބީލަމާއި، އެއްބަސްވުމުގައި ހިމެނޭ ޕްރޮޕާ ޒޯ ލްއ އެއްގޮތަށް މަސައްކަތްކުރުމަށެވެ.
131އެއްބަސްވުމުގެ ދަށުން ޢަމަލުކުރުމަށް އޮތް ވޯކްޕްލޭނާއި އެއްގޮތަށް ޢަމަލުކުރެވެން ނެތްނަމަ، އެކަން
30 )ތިރީސް( ދުވަހުގެ ތެރޭގައި އެންގުމާއި، ވޯކްޕްލޭނާއި އެއްގޮތަށް މަސައްކަތް ކުރިއަށްނުދާނަމަ ވްކެޕްލޭން އިޞްލާހުކުރުމުގެ އިޖުރާއަތަށް ވުރެ ކުރިއަށް އަންނަ އިޖުރާތަކީ، އެއްބަސްވުމާއި އެއްގޮތަށް ރަށް ޙަވާލުކުރުމެވެ. އެކަމުގެ ޒިންމާ އޮންނާނީ ކުއްޔަށް ދޭ ފަރާތުގެ މައްޗަށެވެ. އެއީ މިނިސްޓްރީގެ މައްޗަށެވެ. މި ޙާލަތުގައި، ސަނީ ފާމްއަށ މަސައްކަތް ނުފެށި، ވޯކްޕްލޭން ތަންފީޒުނުވެވަނީ އެ ރަށާއި ޙަވާލުވުމަށް އޮތް ހުރަސްތަކުގެ ސަބަބުންނެވެ. އެ ހުރަސްތައް ނައްތާލުމަކީ، މިނިސްޓްރީގެ މައްޗަށ އެއްބަސްވުމުގެ ދަށުން އޮތް ޒިމްނީ ޝަރުޠެކެވެ. އެހެނަސް،އެއްބަސްވުމުގައިވާ ޕްރޮޕި ޒަ ލ އަދ ވޯކްޕްލޭނާއި އެއްގޮތަށް ސަނީ ފާމްއށް މަސައްކަތްކުރެވިފައިނުވަނީ މިނިސްޓްރީގެ މައްޗަށ މިނިސްޓްރީގެ ފަރާތުން 10 އޮގަސްޓް 2019 ގައާ ސަނީފާމްއަށް ފޮނުވާފައިވާ ނަންބަރ E/INDIV/2019/424-30 ސިޓީ ކުއްޔަށްދީފައިވ ރަށާ ޙަވާލުކުރުމުގެ ޒިމްނީ ޝަރުޠު އޮވެމެ، އެ ޒިމްނީ ޝަރުޠާއި މިނިސްޓްރީން ޚިލާފުވިފައިވާތީކަން އިސްވެ ބަޔާންކުރެވިއްޖެއެވް. މިނިސްޓްރީގެ ފަރާތުން އެ ޒިމްނީ ޝަރުޠާއި ޚިލާފުވުމުގެ ނަތީޖާއަކީ ސަނީ ފާމްއަށ އެއްބަސްވުމުގް ދަށުން އަދާކުރަންޖެހޭ ޒިންމާއާއި މަސުއލިއްޔަތ އަދާކުރުމަށް ނުކުޅެދުމެވެ.އަދި އެ ރަށް ބޭނުންކުރުމުގައި އުފެދުނު ޚުޞޫމާތާއި ގުޅިގެން، އެ ރަށު ބޭނުންކުރުމަށް އޮތް ހުރަސްނެތިގެންދިޔުމުން، އެފަދަ ހުރަހެއްނެތްކަންވެސ މިނިސްޓްރީގެ ފަރާތުނ ސަނީ ފާމްއާ ހިއްސާކޮށްފައިނުވާކަންވެސް އިސްވެ ބަޔާންކުރެވިއްޖެއެވެ.
132އެއްބަސްވނު ބާޠިލުކުރުމަށް ޙަވާލާދީފައިވާ މާއްދާއަކީ އެއްބަސްވުމުގ 40 ވަނަ މާއްދާއެވެ. އެ މާއްދާގައިވަނީ، އެއްބަސްވުމުގ 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ކުއްޔަށް ހިފާ ފަރާތުން ޚިލާފުވެއްޖެނަމަ، އެ ޚިލާފުވުން ރަނގަޅު ކުރުމަށް 30 )ތިރީސް( ދުވަސް ދެވޭނެކަމިށެއި، މ މުއްދަތުގައި އެ ޚިލާފުވުން ރަނގަޅުނުކޮށްފިނަމަ، އެއްބަސްވުން ބާޠިލުކޮށް ކުއްޔަށް ހިފާ ފަރާތުގެ ކިބައިން ރަށް ވަކިކުރުމުގެ ޙައްޤު މިނިސްޓްރީއަށް ލިބިގެންވާކަމުގައެވެ. މި އެއްބަސްވުމުގ 38 ވަނަ މާއްދާގައި ބަޔާންކުރަނީ، އެއްބަސްވުމުގ 9 ވަނަ މާއްދާ ފިޔަވައި އެހެން މާއްދާއަކާ ޚިލާފުވާ ކޮންމެ ފަހަރެއްގައި، ކުއްޔަށް ހިފާ ފަރާތް ޖޫރިމަނާކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވާކަމުގައެވެ.
133HN8އެއްބަސްވުން ބާޠިލުކޮށްފައިވަނީ މިނިސްޓްރީގެ ފަރާތުން އެއްބަސްވުން ބާޠިލުކުރި ތާރީޚުގެ 01 )އެކެއް( އަހަރުކުރިއަށް ނިސްބަތްވާ ނޯޓިހަކަށް ޙަވާލާދީ ކަމަށްވާއިރު، އެއްބަސްވުން ބާޠިލުކުރުމުގެ ކުރިން އ ރަށް މޮނިޓަރކުރުމުގެ މަސައްކަތެއް ކުރިއަށް ގެންގޮސްފައިވާކަމެއް އެނގޭކަށްނެތެވެ. އަދ އެއްބަސްވުމުގ 10 ވަނަ މާއްދާއާ އެއްގޮތަށް މަސައްކަތްކުރެވިފައިނުވަނީ މިނިސްޓްރީގެ ފަރާތުނ އަދާކުރަންޖެހޭ ޒިންމާ އަދާކޮށްފައިނުވާތީކަމުގައިވާއިރު، މިކަމާ ގުޅިގެން މަޝްވަރާކުރެވުނު ކަމެއް ނުވަތަ އެއްބަސްވުމުގެ ތެރެއިން ކަންކަން ޙައްލުކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާކަމެއް އެނގޭކަށްނެތެވެ.
134އެއްބަސްވުން ބާޠިލުކުރުމުގެ ކުރިން ކުއްޔަށް ހިފާ ފަރާތުން ވެފައިވާ ޚިލާފު ރަނގަޅުކުރުމަށް 30 )ތިރީސް( ދުވަހުގެ މުއްދަތެއް ލިޔުމުން ދީ، މި މުއްދަތުގެ ތެރޭގައި އެކަމެއް ރަނގަޅުނުކޮށްފިނަމަ، އެއްބަސްވުން ބާޠިލުކޮށް، އެ ރަށް ވަކިކުރުމުގެ ޙައްޤު އެއްބަސްވުމުގެ 40 ވަނަ މާއްދާއިން ދީފައިވާއިރު، މ މާއްދާގައި ބަޔާންކުރި ފަދަ ބާޠިލުކުރުމުގެ 30 )ތިރީސް( ދީވަސ ކުރިން ދޭންޖެހޭ ނޯޓިސް ދީފައިވާކަން އެނގޭކަށްނެތެވެ. އިސްވެ ބަޔާންކުރި ފަދައިން ބާޠިލުކުރުމަށް ފޮނުވި ސިޓީގައި ޙަވާލާދެނީ އޭގެ 01 )އެކެއް( އަހަރުގެ ކުރިން ފޮނުވި ސިޓީއަކަށެވެ. މިއީ ވެސް ސުވާލެއުފެދޭ ކަމެވެ.ކ
135ބަޔާނވެދިޔްކަންކަމުގެ އަލީގައި، އެއްބަސްވުމުގެ ދަށުން ރަށުގައި މަސައްކަތްކުރެވޭ ގޮތަށް، އެއްވެސް ހުރަހެއްނެތި ރަށް ބޭނުންކުރެވޭގޮތަށ ރަށް ސަން ފާމްއާ ޙަވާލީކުރުމުގްއެންމެ އަސާސީ އިލްތިޒާމް އޮތ މިނިސްޓްރީގެ މައްޗަށް ކަމުގައިވާއިރު، އަދި މިއީ ދެ ފަރާތްދެމެދު ވެފައިވާ ރަށް ކުއްޔަށްދިނުމުގެ އެއްބަސްވުމުގެ ދަށުން މިނިސްޓްރީގެ މައްޗަށ އޮތްޒިމްނީ ޝަރުޠެއްކަމުގައިވާއިރު، މި އަސާސީ މަސެއލިއްޔަތު މިނިސްޓްރީން އަދާނުކޮށް، އެއްބަސްވުމުގ 40 ވަނަ މާއްދާއާ ޙަވާލާދީ، ނޯޓިސްއާމެދު ސުވާލު އުފެދޭ ބީދައިން އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމާއި އެއްގޮތަށް ކަމުގައި ނުދެކެމެވެ.
136އެހެންކަމުން، މިނިސްޓްރީގެ ފަރާތުން އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމާއި އެއްގޮތަށް ކަމުގައި ސިވިލް ކޯޓުން ކަނޑައޅާފައިވަނ ރަނގަޅަށް ކަމުގައި ނުދެކެމެވެ.
ގެއްލުމުގެ ބަދަލަކީ ނަގައިދެވޭނެ ބަދަލެއްތޯ
137HN9އެއްބަސްވުމަކާ ޚިލާފުވެއްޖެނަމަ، އެކަމަށް ފަރުވާތަކެއް ލިބިދެއެވެ. މި ފަރުވާތައް ދެ ބަޔަކަށް ބެހިގެންވެއެވެ. އެއީ ކޮމަން ލޯ ނިޒާމުން ޤާއިމުވެފައިވާ ފަރުވާތަކާއި، އަދާލަތުގެ ހައްލުގ remedy) (equitable ފަރުވާތަކެވެ. ކޮމަން ލޯ ނިޒާމުން ޤާއިމުވެފައިވާ ފަރުވާތަކުގެ ތެރޭގައި ގެއްލުމުގެ ބަދަލު ނަގައިދިނުން ހިމެނޭއިރު، އަދާލަތުގެ ޙައްލުގ ފަރުވާތަކުގެ ތެރޭގައި، ވަކިގޮތަކަށް ޢމަލުކުރުމުގެ އަމުރާއި performance) (specific، ވަކި ފަރާތަކަށް ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ކޯޓުން ކުރި injunction އަމުރާއި، އެއްބަސްވުމުގެ ބައިވެރިން އެއްބަސްވުން ވުޖޫދުކުރުމުގ ކުރިން ތިބި ޙާލަތަށް އަނބުރާ ރުޖޫއަކުރުމުގ rescission ގެ ފަރުވާތައް ހިމެނެއެވެ.
138އެއްބަސްވުމާ ޚިލާފުވުމުން ދެވޭ މައިގަނޑު ފަރުވާއަކީ ގެއްލުމުގެ ބަދަލެވެ.އާންމު ގޮތެއްގައި ގެއްލުމުގެ ބަދަލަކީ މާލީ ބަދަލެވެ. އޭގެ މައިގަނޑު މަޤްޞަދަކީ އެއްބަސްވުމާއި ޚިލާފުވި ފަރާތުން އެއްބަސްވުމުގ އިލްތިޒާމް އަދާކުރިނަމަ، ގެއްލުންވި ފަރާތް ހުންނާނެ ޙާލަތަށް ގެންދިޔުމަށް އަމާޒުކޮށްފައިވާ ބަދަލެކެވެ. މީގެ މާނައަކީ، އެއްބަސްވުމާއި ޚިލާފުނުވާ ފަރާތް އެއްބަސްވުމުގެ ޒަރިއްޔާއިން ހޯދާނެ ވިޔަފާރގީ މަންފާއަށް އޭނާއަށް ލިބިދިނުމެވެ. މިއީ Robinson v Harman ޤަޟިއްޔާގައި ކަނޑައަޅާފައިވާ ފަދައިން، ވައުދުވޢ މަލުގެ އަގު ލިބިގަތުމެވެ.
139މައްސަލައިގެ ޙާލަތަށާއި ވަށައިގެންވާ އެންމެހާ ކަންކަމުގެ މައްޗަށް ނަޒަރުކޮށް ތަފާތު ބާވަތްތަކުގެ ގެއްލުމުގެ ބަދަލުތައް ދެވިދާނެއެވެ. އެންމެ އާންމުކޮށް ނަގައިދެވޭ ގެއްލުމުގެ ބަދަލަކީ އެއްބަސްވުމުން ހާސިލުކުރުމުގެ އުންމީދުކުރި މަންފާގެ ނުވަތަ expectation damages ބަދަލެވެ.
140މ ބަދަލުގެ ގޮތުގައާ ސ ދ ގެއްލުމާއި ނުސީދާ ގެއްލުން ހިމެނެއެވެ. މިކަން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަމާއްދާގައި ކެނޑައަޅާފައިވެއެވެ. މި މާއްދާގައިވަނީ ކޮންޓްރެކްޓެއްގެ ބައިވެރިޔަކު އ ކޮންޓްރެކްޓަކާ ޚިލާފު ޢަމަލެއް ކޮށްފިނަމަ، އެޢަމަލެއ ކުރުމުން ލިބުން ގެއްލުމަކަށް އެޢަމަލުކުރި މީހަކު، ބަދަލުދޭން ޖެހޭންކަމުގައެވެ. މިގޮތުން، ބަދަލުދޭންޖެހޭ ގެއްލުމަކީ ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ސީދ ލިބާ ގެއްލުމާއި، އެފަދަ ޚިލާފު ޢަމަލެއް ކުރުމުން ލިބިދާނެކަން ކޮންޓްރެކްޓްގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުމެވެ.
141HN10ސީދާ ގެއްލުމާއި ނުސީދާ ގެއްލުމުގެ ތަފްޞީލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑަޤަޟިއްޔާގައި ބަޔާންކުރެއެވެ. ސީދާ ގެއްލުމުގެ ބަދަލު ހިސާބުކުރުމަށް ކުރަންޖެހޭކަމަކީ ކޮންޓްރެކްޓާ ޚިލާފުވި ފަރާތުން ކޮންޓްރެކްޓްގެ ޢަމަލު ނުކުރުމުގެ ސަބަބުން ނުވަތަ ފުރިހަމައަށްޢިމަލުނުކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ އަގު ހޯދުމެވެ. ނުސީދާ ގެއްލުމަކީ ގެއްލުން ކުޑަކުރުމަށް މައުސޫމު ފަރާތުން މަސައްކަތް ކުރުމާއެކުވެސ އަނެއް ފަރާތުން ކޮންޓްރެކްޓް ޚު ލެފ ވުމުގެ (1848) 1 Ex Rep 850 ނަތީޖާގެ ގޮތުނެ ލިބް ގެއްލުންތަކެވެ. މި ބަދަލު ނަގައިދެވޭނީ އެ ގެއްލުމަކީ ކޮންޓްރެކްޓާ ޚިލާފުވެއަޖްނަމ އެ ގެއްލުމެއް މެދުވެރިވެދާނެކަމަށް ކޮންޓްރެކްޓާ ޚިލާފުވި ފަރާތަށް އެނގޭ، ނުވަތަ އެނގެންޖެހޭނެކަމަށ ޤަބޫލުކުރެވޭ ސަބަބުތައް ހުންނަ ކަންކަމެވެ.
142ސީދާ ގެއްލުމުގެ އަގާއި ނުސީދާ ގެއްލުމުގެ އަގު ފައިސާއިން ހިސާބުކުރުމަށްފަހު، ސީދާ ގެއްލުމުގެ އަގާއި ނުސީދާ ގެއްލުމުގެ އެގެން އުނިކުރަންޖެހޭ އަދަދުތަކެއްވާކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑްޤަޟިއްޔާގައި ބަޔާންކުރެއެވެ. މިގތުނޮ އަންނަނިވ އަދަދުތަކަށް ޙަވާލާދީ، ތަފްޞީލުކޮށްފައިވެއެވެ. )ހ( މައުސޫމު ފަރާތުން ކުރިއަށް އޮތްތަނުގައި އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާކުރަން ނުޖެހުމުގެ ސަބަބުން ސަލާމަތްކުރެވުނު ޚަރަދު. )ށ( މައުސޫމު ފަރާތުން ގެއްލުން ކުޑަކުރުމަށް މަސައްކަތް ނުކުރުމުގެ ސަބަބުން ހިނގާފައިވާ ޚަރަދު ނުވަތަ ލިބިފައިވާ ގެއްލުން. )ނ( ޚިލާފުގެ ނަތީޖާއެއްގެ ގޮތުން ލިބިފައިވާ މަންފާތައް )ރ( ޔަޤީން ނުކުރެވޭ ގޮތަށް އަދި އަސާސެއް ނެތި ލަފާކޮށްފައިވާ ގެއްލުންތައ )ބ( ޚިލާފުގެ މާދުރު ނަތީޖާއެއްގެ ގޮތުން ލިބޭ ގެއްލުންތައް )ޅ( މައުސޫމު ފަރާތުގެ ޢަމަލެއްގެ ސަބަބުން އިތުރުވި ގެއްލުން )ކ( ތިންވަނަ ފަރާތެއްގް ޢެ މަލެއްގެ ސަބަބުން ނުވަތަ އެ ދެމެދަށް ވަންނަ އެނޫންވެސް ސަބަބަކާ ހުރެ މެދުވެރިވާ ގެއްލުން
143ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/59 ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ )ދައުލަތް( ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/85 )ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް( ޤަޟިއްޔާގެ 87 ވަނަ ނުކުތާއިން 99 ވަނަ ނުކުތާއަށް ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑްޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/38 ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ވ. ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްޤަޟިއްޔާއަށް ބަލާއިރު، ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ނަގައިދޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ކުރިން އަސާސީ ކަމެއްގެ ގޮތުގައި ކޮންޓްރެކްޓްގެ ބައިވެރިންގެ ތެރެއިން ކޮންޓްރެކްޓާ ޚިލާފުވާ ކޮން ފެރެތަކުންކަން ދެނެގަންނަންޖެހެއެވެ. މި މައްސަލައިގައި، މިނިސްޓްރީގެ ފަރާތުނ އެއްބަސްވުމުގް ޒިމްނީ ޝަރުޠަކާއި ޚިލާފުވެފައިވާކަމަށް ކަނޑައެޅިއްޖެއެވެ. އަދި އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމުގެ ހަމަތަކާއި އެއްގޮތަށް ނޫންކަންވެސް ބަޔާންކުރެއްވިއްޖެއެވެ. އެހެންކަމުން، މިކަމުން އެނގި ހާމަވެގެންދަނީ މިނިސްޓްރީން އެއްބަސްވުމާއި ޚިލާފުވެފައިވާކަމެވެ.
144މާ މައްސަލައިގައިސަނީ ފާމްގެ ފަރާތުން އެދިފައިވަނީ އެ ފަރާތާއި މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމާއި މިނިސްޓްރީގެ ފަރާތުން ޚިލީފު ވެ، މި އެއްބަސްވުން ބާޠިލުކުރުމުގެ ސަބަބުން ސަން ފާމްއަށް ލިބިފައިވާ ގެއްލނ ކަމުގައިވާ 321,009.00 )ތިންލައްކަ އެކާވީސްހާސް ނުވުއެއް އެމެރިކަ ޑޮލަރު( އާއި ގެއްލިފައިވާ އޮޕަޗުނިޓީ ކޮސްޓްއަށް ދޭންޖެހޭ 4,532,566.00 )ހަތަރުމިލިއަން ފަސްލައްކަ ތިރީސ ދެހާސް ފަސްސަތޭކަ ފަސްދޮޅަސ ހައެއް އެމެރިކާ ޑޮލަރު( އާއެކު މުޅި ޖުމްލަ 4,853,575.00 )ހަތަރުމިލިއަން އަށްލައްކަ ފަންސާސް ތިންހާސް ފްސަ ސަތޭކަ ހަތްދިހަ ފަހެއާއު މެރިކ ޑޮލަރު( ނަގައިދިނުމަށެވެ. އަދި މިކަން ދައްކުވައިދޭން ޕްރޮޖެކްޓް ވެލުއޭޝަން އެސެސްމަންޓް ރިޕޯޓެއް ހުށަހަޅާފައިވެއެވެ.
145މިކަމާ ގުޅޭ ގޮތުން ސިވިލް ކޯޓުން ގޮތެއް ނިންމާފައިވެއެވެ. ސަނީ ފާމްގެ ފަރާތުން ގެއްލުމުގެ ބަދަލާއި ގުޅޭ ގޮތުން ހުށަހެޅި އިސްތިއުނާފީ ނުކުތާގައި ޠަޢނުކޮށްފައިވަނީ މި ނިންމުމެވެ. މި މައްސަލައިގައި 03 މޭ 2026 ގައި ޙުކުމް ކުރުމަށް ބޭއްވުނު ޝަރީޢަތުގާ މަޖިލީހުގައް މި ޕެރެގްރާފުގައި ބަޔާންކުރި އަދަދުތައްދިވެހިރުފިޔާއިނ ކަމުގައި ބަޔާންކުރެވިފައިވަނީ ކިޔުމުގެ ކުށަކުންނެވެ. ރަނގަޅު ގޮތަކީ އެމެރިކާ ޑޮލަރެވެ.
146ސިވިލް ކޯޓުން ނިންމާފައިވަން ދީ ފަރާތެ ދެމެދް ވެފައިވާ އެއްބަސްވުން މިނިސްޓްރީގެ ފަރާތުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމާއި އެއްގޮތަށް ކަމުގައިވާތީ، ސަނީ ފާމްގެ ފަރާތުން ދަޢުވާގައި ހޯދުމަށް އެދިފައިވ ފައިސާ ނަގައިދޭނެ ތަނެއް ނެތްކަމުގައެވެ. މިއީ ސިވިލް ކޓުގޯ ނިންމުމުގެ ratio ނުވަތަ ޙުކުމަށް އެ ކޯޓުން ވާސިލުވި ނަތީޖާއެވެ. އެއީ ސަނީ ފާމްގެ ފަރާތުން ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ތަނެއް ނެތްކަމުގައެވެ.
147HN11މި އިސްތިއުނާފީ ނުކުތާގައި ސަނީ ފާމްއިންޠަޢުނުކޮށްފައިވަނު އެއްބަސްވުން ބާޠިލުކޮށްފައިވަނ ޞައްޙަގޮތުގައި ނޫންކަމަށް ބަލާ ޙާލަތުގައި ސަނީ ފާމްގެ ފަރާތުން އެދިފައިވާ ގެއްލުމުގެ ބަދަލު ނަގައިދެވިދާނެތ ބަހުސްގެ ބޭނުމަށް ސިވިލް ކޯޓުން ބަލައި، ފާހަގަކޮށްފައިވާ ކަންކަމެވެ. ސިވިލް ކޯޓުގެ ނިންމމުގައު ބަހުސްގެ ބޭނުމަށް ފާހަގަކޮށްފައިވާ އެންމެހާ ކަންކަމީ އެ މައްސަލައިގެ ratio ކަމުގައިނުވާތީ، އަދި މި އިސްތިއުނާފުގެ މިސްރާބުގެ އަލީގައި، މިއީ މި އިސްތިއުނާފުގައި އޭގެ މައްޗަށް ބަހެއް ބުނަންޖެހޭކަމެއ ކަމުގައް ނުދެކެމެވެ.
148HN12ސިވިލ ކޯޓުގް ނިންމުމާއި ޚިލާފަށް، މި އިސްތިއުނާފުގައި މި ކަނޑައެޅިގެންދަނީ، މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގެ ޒިމްނީ ޝަރުޠަކާއި ޚިލާފުވެފައިވާކަމާއި، އަދި އެއްބަސްވުން ބާޠިލުކޮށްފައިވަނ އެއްބަސްވުމުގ ތަރަހައިގެ ތެރެއިން ނޫންކަމުގައެވެ. މި ނިންމުމާއިއަކު، ގެއްލުމުގެ ބަދަލު ލިބިގަތުމަކީ ސަނީ ފާމްގެ ޙައްޤެކެވެ. މި ބަދަލު ކަނޑައޅަންވާނ ގެއްލުމުގެ ބަދަލާއި ގުޅޭ ގޮތުން އިސްވެ ފާހަގަކޮށްފައިވާ ކަންކަމާއި، އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްޤަޟިއްޔާ އާއި ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ގެއްލުމުގެ ބަދަލު ހިސާބުކުރާނ ގޮތެ ކަމުގައި ކަނޑައަޅާފައިވާ އުޞޫލުތަކަށް ރިޢާޔަތްކުރެވިގެންނެވެ.
149މިފަދައިން މި ފާހަގަކުރަނީ ސަނީ ފާމްގެ ފަރާތުން ހުށަހަޅާފައިވާޕްރޮޖެކްޓ ވެލުއޭޝަން އެސެސްމންޓްއ ގުޅޭ ގޮތުން މިނިސްޓްރީގެ ފަރާތުން ފާހަގަކުރާ އުނިކަންތައްތަކެއް ހުރިޔަތީ، ސިވިލް ކޯޓުގެ ނަންބަރު 1720/Cv-C/2021 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ގެ 6 ގެ )ކ( ބަދަލާއިމެދު އުފެދިފައިވާ ޚުޞޫމާތު އިންސާފުވެރިކަމާއިއެކު ކަނޑައެޅުމުގެ ބޭނުމުގައެވެ. އެހެނީ، މި މައްސަލައިގައި ސަނީ ފާމްއަށް ގެއްލުމުގެ ބަދަލު ޙައްޤުވާކަމަށް މި ކޯޓުން ކަނޑައަޅާހިނދު، އިންސާފުވެރި އުޞޫލެއްގެ ތެރެއިން، ގެއްލުމުގެ ބަދަލު ކަނޑައެޅިގެން ދިޔުން މުހިންމުކަމަށް ދެކޭތީއެވެ.
150ވީމާ، މި ނިންމުމާއިއެކު، މިނިސްޓްރީގެ ފަރާތުން ރަށް ޙަވާލުކުރުމަށް އޮތް ޒިންމާ އަދާނުކުރުމުގެ ސަބަބުން އެއްބަސްވުމުގައިވާ ފަދައިން ސަނީ ފާމްއަށ ޢަމަލުކުރުމަށް ހުރަސްއެޅި، އަދި މިނިސްޓްރީގެ ފަރާތުން އަދާކުރަންޖެހޭ ޒިންމާ އަދާނުކޮށް، އެއްބަސްވުމާއި ޚިލާފަށް އެއްބަސްވުން ބާޠިލުކޮށްފައިވާތީ، ސަނީ ފާމްއަށް ގެއްލުމުގެ ބަދަލު ލިބިދެވެންޖެހޭކަމުގައި ދެކެމެވެ.
151އެހެންކަމުން، މި މައްސަލައިގެ ނިންމުމުގައި އަލީގައި، މިނިސްޓްރީގެ ފަރާތުން އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމާއި ޚިލާފަށްކަމުގައިވާތީ، ގެއްލުމުގެ ބަދަލު ލިބިގަތުމަށް އެދި ސަނީ ފާމްގެ ފަރާތުން ދަޢުވާކޮށްފިނަމަ، އެ ދަޢުވާ ބަލައިގަނެ، ގެއްލުމުގެ ބަދަލުގެ އަދަދު ކަނޑައަޅަންޖެހޭ ކަމުގައި ދެކެމެވެ.
މައްސަލަ ނިންމަން ފެންނަގޮތް
152އިސްވެ ބަޔާންވެދިޔަ ކަންކަމުގެ އަލީގައި، ސިވިލް ކޯޓުގެ ނަންބަރު 1720/Cv-C/2021 ޤަޟިއްޔއިނާ ކޮށްފައިވް ޙުކުމާ ބާޠިލުކޮށް، މިނިސްޓްރީގެ ފަރާތުން އެއްބަސްވުން ބާޠިލުކޮށްފައިވަނީ ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފަށްކަމުގައިވާތީ، ސަނީ ފާމްއަށ ލިބުން ގެއްލުމުގެ ބަދަލު ހޯދުމަށް ސަނީ ފާމްއަށް ދަޢުވާކުރުމުގެ ޙައްޤު ލިބިގެންވާކމަށ ކަނޑައަޅަން ފެނެއެވެ.
ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔު
153ފަނޑިޔާރު ޙުޒައިފާ މުޙައް މަދުގ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔު
154ފަނޑިޔާރު ޙުޒައިފާ މުޙައްމަދު ގ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
155މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމ،އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރި ތާރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ކޯޓުނ މައްސަލައިގް ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އނެ ނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ހ( މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ށ( މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ )ނ(
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20، 21، 22 އަދި 23 ވަނަ މާއްދާ (23 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ (1)، (2))
- ޤާނޫނު ނަންބަރު 20/98 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) ގެ 11، 14 އަދި 15 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އަދި (2) (ހެޑްނޯޓް)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ (ހެޑްނޯޓް)
- ޤާނޫނު ނަންބަރު 21/2021 (ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ޤާނޫނު) ގެ 33 އަދި 37 ވަނަ މާއްދާ (ޤާނޫނުން ކަނޑައަޅާ ޒިމްނީ ޝަރުޠުގެ މިސާލަކަށް)
- ޤާނޫނު ނަންބަރު 12/2020 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ޤާނޫނު) (މިސާލަކަށް)
- ގަވާއިދު ނަންބަރު 2023/R-154 (ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ދިނުމާބެހޭ ގަވާއިދު) (މިސާލަކަށް)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) (މިސާލަކަށް)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 268 އަދި 284 ވަނަ މާއްދާ (އިސްތިއުނާފުގެ އިޖުރާއަތު)
- 2019/SC-A/85 (ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް)
- 2020/SC-A/46 (ދައުލަތް (މިނިސްޓްރީ އޮފް ޓުއަރިޒަމް) ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް)
- 2022/SC-A/78 (ޔޮޓް ޓުއާރޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ)
- 2009/HC-A/160 (ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން)
- 2019/SC-A/59 (ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ)
- 2020/SC-A/38 (ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ވ. ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް)
- 2020/SC-A/95 (އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. ފާޠިމަތު ފަތުހިއްޔާ ޙަސަން އަދި އިތުރު 8 މީހުން)
- Southwark LBC v Mills
- Overseas Union Enterprise Ltd v Three Sixty Degree Pte Ltd [2013] SGHC 71
- Robinson v Harman (1848) 1 Ex Rep 850
- BP Refinery (Westernport) Pty Ltd v Shire of Hastings (1977) 52 ALJR 20
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.