ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2022/HC-A/103

ޢަބްދުﷲ އިޝާން ވ. ސްޓޭޓް ބޭންކް އޮފް އިންޑިޔާ

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ހައިކޯޓު · 22 ޖަނަވަރީ 2023ދަށު ކޯޓު: ސިވިލް ކޯޓު B14/VA/2022/01ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު B14/VA/2022/01
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ނިޔާވެފައިވާ ދަރަނިވެރިއެއްގެ ތަރިކައިގެ މުދަލާއި ހިއްސާތަކުގެ މުޢާމަލާތް ހުއްޓުވަން ސްޓޭޓް ބޭންކް އޮފް އިންޑިއާގެ އެދުމުން ތަންފީޛީ ޤަޟިއްޔާގައި ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ)، (ރ) (ކޯޓުތަކުގެ ދަރަޖަ) އާއި ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) (މުދަލުގެ ޙައްޤު) އާ ޚިލާފު އަމުރެއްތޯ، އަދި ފަނޑިޔާރުގެ އިޚްތިޔާރީ ބާރުން ނިންމި ނިންމުމަކަށް އިސްތިއުނާފީ ކޯޓު ވަންނާނެ ޙާލަތްތައް.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ވަގުތީ އަމުރު ޤާއިމް؛ ގުޅުންހުރި ތަންފީޛީ މައްސަލަތައް އެއް ޑިވިޜަނުން ބަލަން ފާހަގަކުރި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ވަގުތީ އަމުރަކީ ދަޢުވާއެއްގައި ގޮތެއް ކަނޑައެޅުމުގެ ކުރިން ވަގުތީ ފަރުވާއެއް ނުވަތަ ރައްކާތެރިކަމެއް ހޯދައިދިނުމަށް ކޯޓުން ނެރޭ އަމުރެކެވެ؛ ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގައި ވަގުތީ އަމުރު ނެރެވިދާނެއެވެ (މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާ).

HN2 ވަގުތީ އަމުރު ނެރުމުގައި ފުރިހަމަވާންޖެހޭ ތިން ޝަރުޠަކީ: އަމުރަށް އެދޭ ފަރާތަށް އެދުމުގެ ޞިފަތު ލިބިގެންވުން؛ ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙުތިމާލު ފާޅުކަން ބޮޑުކޮށް އޮތުން؛ އަދި އަމުރެއް ނެތި އަޞްލު ދަޢުވާ ލަސްވެއްޖެނަމަ ތަދާރުކުނުކުރެވޭ ގެއްލުމެއް ނުވަތަ ނުރައްކަލެއް އޮތުމެވެ (ނެކްސްބިޒް ވ. އެންޓި ކޮރަޕްޝަން ކޮމިޝަން).

HN3 ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) އާއި (ރ) ގެ ދަށުން މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ދަށު ކޯޓުތައް ތަބާވާންޖެހެއެވެ (judicial precedent)؛ ނަމަވެސް މި ލާޒިމުކަމަކީ މުޠުލަޤު ކަމެއް ނޫނެވެ. ލާޒިމުވަނީ ކޯޓުތަކުން ކަނޑައަޅާ އުޞޫލުތަކާއި، ސާފު އުޞޫލެއް ނެތްނަމަވެސް ނިންމުން ބިނާވި ސަބަބު ހަވާލާދީ އެއް ކަހަލަ މައްސަލަތަކުގައި އެއްގޮތަކަށް ޢަމަލުކުރުމެވެ (ސުޕްރީމް ކޯޓުގެ 2019/SC-A/15). ދަށު ކޯޓުގެ ވަގުތީ އަމުރުން މަތީ ކޯޓުގެ ނިންމުމަކާ ޚިލާފުވާ ގޮތެއް ނުވަތަ އެ ނިންމުން ތަންފީޛުކުރުމަށް ހުރަހެއް އަރާގޮތެއް ބުނެނުދެވޭނަމަ، 143 ވަނަ މާއްދާއާ ޚިލާފުވާ ކަމަށް ނުބެލެވޭނެއެވެ.

HN4 ޙުކުމެއް ނުވަތަ ނިންމުމެއް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައިވާ ޙާލަތެއް (ޤާނޫނާ ޚިލާފުވުން، ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދުން، ނުވަތަ ނިންމުމަށް އަސަރުކުރި ބާޠިލު އިޖުރާއަތު) އޮތްނަމައެވެ. ހަމައެކަނި ނިންމުން ޤާނޫނާ ޚިލާފު ކަމަށް ބުނުމަކުން ނުފުދޭއިރު، އެ ޙާލަތެއް ތަފްޞީލާއެކު ހާމަކޮށްދިނުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެވެ (ސުޕްރީމް ކޯޓުގެ 2019/SC-L/91؛ 2019/SC-A/09).

HN5 ފަނޑިޔާރުގެ އިޚްތިޔާރީ ބާރުގެ ތެރެއިން ނިންމާ ނިންމުމަކަށް އިސްތިއުނާފީ ކޯޓު ވަންނާނީ: ނުރަނގަޅު އުޞޫލަކަށް ބިނާކުރުން ނުވަތަ ކަމާނުބެހޭ ކަމަކަށް ރިޢާޔަތްކުރުން؛ ރިޢާޔަތްކުރި ވާޤިޢާގެ ޙަޤީޤަތް އޮޅުން؛ މައިގަނޑު ވާޤިޢާއަކަށް ރިޢާޔަތްނުކުރުން؛ ނުވަތަ ނިންމުމުގެ ސަބަބުން އެކަށީގެންނުވާ ކަމެއް ނުވަތަ ބޭއިންސާފެއް މެދުވެރިވުން ފަދަ ޙާލަތެއް އޮތްނަމައެވެ. އެފަދަ ޙާލަތެއް ދެއްކުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ބުރައެވެ (ސުޕްރީމް ކޯޓުގެ 2022/SC-A/51).

HN6 މަރުޙޫމެއްގެ މުދާ ތަރިކައެއްގެ ގޮތުގައި ވާރިޘުންނަށް ޙައްޤުވާނީ މަރުޙޫމްގެ ދަރަނިތައް އަދާކޮށް ޚަލާޞްވުމުން ކަމަށް ކަނޑައެޅިފައިވާއިރު، ދަރަނި ޚަލާޞްވުމުގެ ކުރިން އެ މުދަލުގެ މުޢާމަލާތް ހުއްޓުވުމުން ވާރިޘުންގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) ގެ ޙައްޤަށް އުނިކަމެއް ނާދެއެވެ.

HN7 ހަމަ އެ ޚަޞްމުންނާ ގުޅޭ ނުވަތަ ހަމަ އެ މައުޟޫއާ ގުޅޭ މައްސަލަތައް (މިސާލަކަށް އެކަކުގެ ތަރިކައިގެ މުދަލުން ދަރަނި ހޯދުމުގެ ތަންފީޛީ މައްސަލަތައް) ތަފާތު ސެކްޝަންތަކުން ބަލާއިރު ފިޔަވަޅުތަކުގައި ފަރަޤުވެ އޮޅުން އެރުމުގެ އިޙުތިމާލު އޮތުމުން، އެފަދަ މައްސަލަތައް އެކުއެކީގައި އެއް ތަންފީޛުކުރުމާބެހޭ ޑިވިޜަނުން ބަލަންޖެހޭނެއެވެ (ސުޕްރީމް ކޯޓުގެ 2018/SC-A/31؛ ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 30 ވަނަ މާއްދާ).

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު، ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު

މައްސަލައިގެ ތަޢާރފަ

1މިއީ ސިވިލް ކޯޓު ގެ ނަންބަރ B14/VA/2022/01 )9 ފެބްރުއަރީ 2022 ( "ވަގުތީ އަމުރާމެދު ނިންމިގޮތް" ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށ އެދި މާލާމެ.ވިލދަށުގ ޢަބްދް ﷲ އިޝާން )ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރ (ގެ )މީގެ ފަހުން "އިސްތިއުނާފުކރު ފަރާތް" ނުވަތަ "ޢަބްދް ﷲ އިޝާން"(ގ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.

2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ )މާލެ ބްރާންޗް( )މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "ސްޓޭޓް ބޭންކް އޮފް އިންޑިއާ" ނުވަތަ "ބޭންކް"(ގެ މައްޗަށެވެ.

މައްސަލައިގެ ކަންހިނގާފައިވާ ގޮތް

3މާލެ […] މުޙައްމަދު ޔޫސުފު މޫސާ އާއި، މާ.ވިލާ ދަށުގެ މުޙައްމަދު މަނިކުއާއި، މާލެ […] އިބްރާހީމް މުޙައްމަދް ޔަޤީންކަން ދީގެން ގަސްވެލި އައިލެންޑްސް ޕްރައިވެޓ ލިމިޓެޑް )ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު: C-0399/2007( އަށާ ސްޓޭޓް ބޭންކް އޮފް އިންޑިއާ )މާލެ ބްރާންޗް( އިން ދޫކޮށްފައިވާ US$15,000,000 )ފަނަރަ މިލިއަން އެމެރިކާ ޑޮލަރު( ދޫކޮށްފައިވާ ޓަރމް ލޯނަކާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ އިންޓަރނޭޝަނަލް )މޮރިޝަސް( ލިމިޓެޑްއިން ދޫކޮށްފައިވާ US$5,000,000 )ފަސްމިލިއަން އެމެރިކާ ޑޮލަރު(ގެ ޓަރމް ލޯނާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރ 289/Cv-C/2012 ހިއްސާދާރުންނަކީ މުޙައްމަދު މަނިކު އާއި އަލީ ނިމާން ޤަޟިއްޔާއިން މި ލޯނުތަކަށް ދައްކަންޖެހޭ އެންމެހާ ފައިސެ 28 މާރިޗް 2018އިން ފެށިގެން 10 )ދިހައެއް( މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެމަހަކަށްޖެހޭ ވަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ )މާލީ ބްރާންޗް( އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ އިންޓަރނޭޝަނަލް )މޮރިޝަސް( ލިމިޓެޑްއަށް ދައްކާ ޚަލާޞްކުރުމަށ ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓި ޑާއި، މުޙައްމަދު މަނިކުއާއި، މުޙައްމަދު ޔޫސުފެ މޫސާއާއި، އިބްރާހީމް މުޙައްމަދުއަށް އަންގައި، މި މުއްދަތުގެ ތެރޭގައި ދައްކަންޖެހޭ ފައިސާތައް ދައްކައި ޚަލާޞްނުކުރެވިއްޖެނަމަ، ސްޓޭޓް ބޭންކް އޮފް އިންޑިއާ )މާލެ ބްރާންޗް( އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ އިންޓަރނޭޝަނަލް )މޮރިޝަސް( ލިމިޓެޑަގައި ރަހުނުކުރެވިފައިވާ މާލެ […] ށުގެ މުޙައްމަދު މަނިކަށ ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ގަސްވެލި، ދެކުނުބޮޑުވެލި، ކުޑައުސްފުށި )ރިސޯޓު( ކުއްޔަށް ދިނުމުން ލިބޭ ޙައްޤުތައް ވިއްކާލުމުގެ ހުއްދަ ސްޓޭޓް ބޭންކް އޮފް އިންޑިއާ )މާލެ ބްރާންޗް( އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ އިންޓަރނޭޝަނަލް )މޮރިޝަސް( ލިމިޓެޑްއަށް ދީ ޙުކުމްކޮށްފައިވެއެވެ.

4ސިވިލް ކޯޓުގެ ނަންބަރު 1050/Cv-C/2019 ޤަޟިއްޔާގެ ޙުކުމުން މ ލ […] މުޙައްމަދު މަނިކު 08 ސެޕްޓެމްބަރު 2018 ގައި ނިޔާވެފައިވާކަން އެނގޭކަމާއި، އަލް މަރްޙޫމް މުޙައްމަދު މަނިކު ނިޔާވިއިރު ވާރިޘުންގެ ގޮތުގައެ ތިބީ، އަލްމަރްޙޫމް މުޙައްމަދު މަނިކުގ ފިރިހެން ދަރި މާލެ […] ޢަބްދްﷲ 4 3 އިޝާން އާއު މަރްޙޫމްގެ އަންހެން ދަރި މާލެ […] ޢާއިޝަތު އިއުފ މުޙައްމަދާ އާއި މަރްޙޫމްގެ އަނބ މާލެމއ.ކާމިނީހުޅަނގުގެ މުސްލިމާ ޢަބްދުލްޤައްޔޫމް ކަން އެނގެއެވެ. ސިވިލް ކޯޓުގެ ނަންބަރު 289/Cv-C/2012 ޤަޟިއްޔާގެ ދަށުންއަލ މަރްޙޫމް މުޙައްމަދް މަނިކު ޒިންމާ އުފުލަންޖެހޭ ދަރަންޏް އ ސާބިތުވެފައި އޮތުމުންނާއި، މި ދަރަންޏަށުއަލެ މަރްޙޫމް މުޙައްމަދު މަނިކް ގ ވާރިޘުން ޒިންމާ ނެގުމަށް ސިވިލް ކޯޓުގެ ނަންބަރު 289/Cv-C/2012 ޤަޟިއްޔާއިން 28 މާރިޗް 2018ގައި ކޮށްފައިވާ ޙުކުމް އައިޑީއައިޑީއައިޑީކާޑު ނަންބަރ އެއްބަސްވެފައިނުވާތީ، މި ދަރަންޏަކީ އަލު މަރްޙޫމް މުޙައްމަދު މަނިކް ގ މުދަލުގެ މައްޗަށް އޮތ ދަރަންޏެއްކަމާއި، އަދ އަލެ މަރްޙޫމް މުޙައްމަދު މަނިކގްތަރިކައިގައ ހިމެނި މުދައު ދެނެގަނެވިގެންދާނީ، އަލު މަރްޙޫމް މުޙައްމަދު މަނިކް ގ މައްޗަށް އޮތް މި ދަރަނި އެ މަރްޙޫމްގެ މުދަލުން އަދާކޮށް ނިމުމުންކަމަށްވާތީ، މި ދަރަނި އަދާކުރުމުގެ ގޮތުނުއަލެ މަރްޙޫމް މުޙައްމަދު މަނިކެ ގ މުދައު، އެ މަރްޙޫމްގެ ތަރިކައިގެ ގޮތާގައި ބަލައި، އެ މަރްޙޫމްގި ވާރިޘުންނަށް ޙައްޤުވެގެންނުވާކަމުގައ ސިވިލް ކޯޓުގެ ނަންބަރު 1050/Cv-C/2019 ޤަޟިއްޔާއިން ކަނޑައަޅާފައިވެއެވެ.

5އަލްމަރްޙޫމް މުޙައްމަދް މަނިކުގެ ތަރިކައިގެ މައްސަލަ އަލމަރްޙޫމ މުޙައްމަދް މަނިކް ގުވާރިޘުންގެ ތެރެއިން ޢަބްދްﷲ އިޝާނުފެމިލީ ކޯޓަށް ހުށަހެޅިއެވެ. ފެމިލީ ކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރ 926/Fm-C/2019 ޤަޟިއްޔާއިންނެވެ. މި މައްސަލައަށް ބޭންކް އޮފް މޯލްޑިވްސް ޕލކއާއި، ހަބީބް ބޭންކް ލިމިޓެޑާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ފަރާތުން ތަދައްޚުލުވެފައިވެއެވެ. މި ފަރާތްތަކުނ ތަދައްޚުލުވެފައިވަނީ އެ ބޭންކުތަކަށު އަލމަރްޙޫމ މުޙައްމަދް މަނިކު ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ހުރުމާއިއެކު،އަލމަރްޙޫމ މުޙައްމަދް މަނިކް ގ މައްޗަށު އޮތް ދަރަނީގެ ޒިންމާ ވާރިޘް ން އަމިއްލަ ހައިސިއްޔަތުން އުފުލަނިބޭނުންނުވާ ތީއާއި، އެ ފައސި ދައްކާ ޚަލާޞްނުކުރަނީސް ވާރިޘުންގެ މެދުގައި މުދާ ބެހިއްޖެނަމަ ބޭންކްތަކުގެ ޙައްޤު ގެއްލިގެންދާނެތީކަމުގައި ބަޔާންކޮށްފައިވެއެވެ. މި މައްސަލައިގައި އަލް މަރްޙޫމް މުޙައްމަދު މަނިކީ ގ ތަރިކަ ހަމަޖައްސަން އެދެނަ މާ މަރްޙޫމްގެ މުދަލުގެ މައްޗަށް ގިނަ އަދަދެއްގެ ދަރަނި ހުރުމާއިއެކު ވާރިޘުންގެ ފަރާތުން ފަރުދީ ހައިސިއްޔަތުން ދަރަނީގެ ޒިންމާ އުފުލަންބޭނުންނުވާތުއަލެ މަރްޙޫމް މުޙައްމަދު މަނިކަގު މުދަލުން އެދު ރަނިތައް ދައްކާ ޚަލާޞްކުރުމަށްފަހ ބާކީ މުދަލެއްވާނަމަ، އެ މުދަލެއް ހަމަޖެއްސުމާއި ބެހޭ ގޮތުން ވާރިޘުންގެ މެދުގައި މަޝްވަރާކުރުމަށްފަހ ފެމިލީ ކޯޓުގެ ނަންބަރު 926/Fm-C/2019 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓު"ގެ 4 ވަނަ ނުކުތާ ކަމަށް ވާރިޘުން ބުނެފައިވެއެވެ. މި ޤަޟިއްޔާގައި ނިންމާފައިވަނީ އަލްމަރްޙޫމް މުޙައްމަދު މަނިކުގެ މައްޗަށް އޮތަ ދަރަނިތައް ޚަލާޞްކޮށް ނިމުމަށްފަހު، މަރްޙޫމްގެ މުދަލެއް ހުރެއްޖެނަމަ، އެ މުދަލަކީ މަރްޙޫމްގެ ތަރިކަ ކަމުގައި ޙުކުމްކޮށެވެ.

6ސިވިލް ކޯޓުގެ ނަންބަރު 289/Cv-C/2012 ޤަޟިއްޔާގެ ޙުކުމުގައިވާ ފަދައިން ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑާއި، އަލްމަރްޙޫމް މުޙް އްމަދު މަނިކުއާއި، މުޙައްމަދު ޔޫސުފް މޫސާއާއި، އިބްރާހީމް މުޙައްމަދު ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީ، މި ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ތަންފީޛުކުރުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވެއެވެ. މި މައްސަލަ ސިވިލް ކޯޓުގައި ބަލަމުންދަނީ އެ ކޯޓުގެ ނަންބަރު 1311/Cv-C/2021 ޤަޟިއްޔާއިންނެވެ. މިކަން ފެމިލީ ކޯޓުގެ ނަންބަރު 926/Fm-C/2019 ޤަޟިއްޔާގެ ޙުކުމުން އެނގެއެވެ. މީގެ އިތުރުން މި ޙުކުމުން، މަރްޙޫމް މުޙައްމަދު މަނިކުގެ ތ ރިކައިގަ ގޮތުގައި ހިމެނެނީ މަރްޙޫމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވ އެއަރ އެކްސްޕްރެސް ޕވޓ ލޓޑ އާއި، އަލްފާ-ކިނާމ ހޯލްޑިންގްސް ޕވޓ ލޓޑ އާއި، އެއްލައިދޫ އިންވެސްޓްމަންޓް ޕވޓ ލޓޑ އާއި، އެނަރޖީ ޓުއަރ މޯލްޑިވްސް ޕވޓ ލޓޑ އާއި، އެކްސްޕްރެސް މޯލްޑިވްސް ޕވޓ ލޓޑ އާއި، ފިޝްފްރ މޯލްޑިވްސް ޕވޓ ލޓޑ އާއި، ގެލެކްސީ އެންޓަރޕްރައިސަސް މޯލްޑިވްސް ޕވޓ ލޓޑ އާއި، ގަސްވެލި އައިލެންޑްސް ޕވޓ ލޓޑ އާއި، ހާޓްލައިނ މެޑިކަލްސް ޕވޓ ލޓޑ އާއި، އައި.އޯއެ.ފ ކޯޕަރޭޝަން ޕވޓ ލޓޑ އާއި، ލައިފްލައިން ކްލިނިކްސް، މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލްސިޕވޓ ލޓޑ އާއި، އެން.ޕީ.އެޗް ޑިވެލޮޕްމަންޓްސް ޕވޓ ލޓޑއާއި، އޮސްޕްރޭ ފިޝަރީޒް ޕވޓ ލޓޑ އާއި، ޕްރައިވެޓް ހޯލިޑޭސް ޕވޓ ލޓޑ އާއި، ޓަބޭޝް ފާޝަރީޒ މޯލްޑިވްސް ޕވތ ލޓޑ އާއި، ޓްރެވެލިނ މޯލްޑިވްސް ޕވޓ ލޓޑ އާއި، ވުޑްމޭނ މޯލްޑިވްސް ޕވޓ ލޓޑ ގައި މަރްޙޫމްގެ ނަމުގައިވހި އްސާތަކާއި، މަރްޙޫމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކަނޑު އުޅަނދު 02 ބޯޓު "އޯޝަން 29" "އޯޝަން 29" އާއި، "އޯޝަން 8" އާއި، 04 ލޯންޗް "އޯޝަން 14" އާއި، "އޯޝަން 16" އާއި "ޔަޒްދިން" އާއި، "އޯޝަން 26" އާއި، 05 ދޯނި "އޯޝަން 6" އާއި، "އޯޝަން 28" އާއި "އޯޝަން 7 " އާއި، "އޯޝަން 13" އާއި، "އޯޝަން 4" އާއި، އެއްގަމު އުޅަނދު 01 ވޭން ރަޖިސްޓްރޭޝަން ނަންބަރު: B1A7287 އާއި، 04 ކާރު ރަޖިސްޓްރޭޝަން ނަންބަރ B1A7817 އާއި، ނަންބަރު B1A8555 އާއި ނަންބަރު: B1A3489 އާއި، ނަންބަރު B1A5368 އާއި، 03 ޖީޕް ރަޖިސްޓްރޭޝަން ނަންބަރު: B1A2252 އާއި، ނަންބަރު: B1A4282 އާއި، ނަންބަރު: B1A9826 ކަމާއި،މިތަރިކަ ވާރިޘުންގެ މެދުގައި ހަމަޖައްސަން ބޭނުންވަނީ ޢަބްދީ ﷲ އިޝާން ހުށަހަޅުއްވާފައިވާ ފަދައިން މަރްޙޫމްގެ މައްޗަށް އޮތް ދަރަނި ވާރިޘުން އަމިއްލަ ހައިޞިއްޔަތުން އުފުލަން ބޭނުން ނުވާތޮތަރިކައިގައިވ މުދަލުން ދަރަނި ޚަލާޞް ކުރާގޮތަށްކަމަށާއި، އަދި ދަރަނި ޚަލާޞް ކުރުމަށްފަހު ބާކީ މުދަލެއްވާނަމަ ވާރިޘުންގެ މެދުގައި މަޝްވަރާކްށްގެންކަމަށ ބުން އަންހެން ދަރި […] އައިޝަތު އިއުފ މުޙައްމަދާ އާއި، ހުވަފަތް އަނބި […] މުސު ލިމާ ޢަބްދުލްޢައްޔޫމްގެ ފަރީތި ން ބަޔާންދީ ފައިވާކަމާއ އަދި އަލްމަރުޙޫމް މުޙައްމަދުމަނިކ ނިޔާވިއިރު ވާރިޘުންގެ ގޮތުގައި ދުނިޔޭގައި ތިބި 1 ފިރިހެންދަރި ޢަބްދުﷲ އިޝާން އާއި، 1 އަންހެން ދަރި […] އައިޝަތު އިއުފާ މުޙައްމަދުއާއި، ހުވަފަތް އަނބި […] މުސްލިމާ ޢަބްދުލްޤައްޔޫމްއާއެކު މ 03 )ތިނެއް( ވާރިޘުންކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅާފައިވާކަން ފެމިލީ ކޯޓުގެ ނަންބަރ 2642/Fm-C/2018 ޤަޟިއްޔާއިން އެނގެއެވެ. މި މައްސަލަ އިސްތިއުނާފުކުރުމަށް އެދި ޢަބްދުﷲ އުޝާނ ހުށަހެޅް ނަމަވެސް، މައްސަލަ ބާޠިލުކުރުމަށް ޢަބްދުﷲ އިޝާންގެ ފަރާތުން އެދިފައިވާތީ، އިސްތިއުނާފު މައްސަލަ ބާޠިލުކުރެވިފައިވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2020/HC-A/116 ޤަޟިއްޔާގެ ނިންމުމުން އެނގެއެވެ. ސިވިލް ކޯޓުގެ ނަންބަރު 1311/Cv-C/2021 "ވަގުތީ އަމުރާމެދު ނިންމު ގ ތ"ގ 2 ވަނަ ނުކުތާއިން މިކަން އެނގޭ

7ސިވިލް ކޯޓުގެ ނަންބަރު 134/Cv-C/2021 ތަންފީޛީ ޤަޟިއްޔާ އާއި ގުޅިގެނި ވަގުތީ އަމުރެއް ނެރެދިނުމަށް އެދް )ގަސްވެލި އައިލެންޑްސެޕވޓ ލޓޑއާއި […] ޢަބްދު ﷲ އާޝާނ އާއް […] މުސްލިމި ޢަބްދުލް ޤައްޔޫމ އާއް […] ޢާއިޝަތު އިއުފ މުޙައްމަދާ އާއު […] )މއ.ސިސިލްފަރު( މުޙައްމަދު ޔޫސުފް މޫސާ އާއި […] އިބްރާހީމެ މުޙައްމަދާއަށް ރައްދުކޮށް( ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ފަރް ތުން ހުށަހެޅިއެވެ. މިގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިއއިނ އެދިފައިވަނީ:

1. އަލްމަރްޙޫމް މުޙައްމަދް މަނިކުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން ބަދަލުވެދާނެފަދަ އެއްވެސް މުޢަމަލާތެއް ނުކުރުމަށު އަލާމަރްޙޫމ މުޙައްމަދް މަނިކެގެ ވި ރިޘުންނާއި ދައުލަތުގެ ކަމާބުހޭ އެންމެހައި އިދަރާތަކުގެ މައްޗަށް އަމުރުކރމަށާއި،

2. އަލްމަރްޙޫމް މުޙައްމަދު މަނިކުގެ އެއްވެސް ހިއްސާއެއް ތަމްސީލުކުރުމުގެ ބާރު ވާރިޘުންނަށް ލިބިގެންނުވާކަމަށް ކަނޑައެޅުމަށާއި،

3. އަލްމަރްޙޫމް މުޙައްމަދް މަނިކު ޑިރެކްޓަރެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ އެ އްވެސ ކުންފުންޏެއްގައު އަލާމަރްޙޫމ މުޙައްމަދް މަނިކް ގެ ނަމުގައި އެއްވެސް މުޢމަލާތެއްނުކުރުމަށ ކަނޑައެޅުމަށާއި،

4. އަލްމަރްޙޫމް މުޙައްމަދް މަނިކުގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏެއްގެ ހިއްސާއަށް ބަދަލު ގެނައުމުގ ގޮތުނެ އެއްވެސް މުޢާމަލާތެއް ނުކުރުމަށް އަލެ މަރްޙޫމް މުޙައްމަދު މަނިކެ ގ ވާރިޘުންގެ މައްޗަށާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިމެލޮޓްމަންޓް އަދި ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށ އަމުރުކުރުމަށާއި، އެ ކޯޓުގެ ނަންބަރު 289/Cv-C/2012 ޤަޟިއްޔާ ތަންފީޛުކުރުމަށް

5. އަލްމަރްޙޫމް މުޙައްމަދް މަނިކުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ލިބިގެންވާ ރިޒޯޓުތަކުގެ ލީސް ހޯލަޑް ރައިޓްސ އެއްވެސް ފ ރާތަކަށް ބަދަލުކުރެވޭނެފަދަ މުޢް މަލާތެއް ނުކުރުމަށު އަލު މަރްޙޫމް މުޙައްމަދ މަނިކެ ގ ވާރިޘުންގެ މައްޗަށާއި މިނިސްޓްރީ އޮފް ޓޫރިޒަމާ އަދި ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކުރުމަށެވެ. ސިވިލް ކޯޓުން ވަގުތީ އަމުރާއި މެދު ނިންމިގޮތް:

8ސިވިލް ކޯޓުގެ ނަންބަރ B14/VA/2022/01 )9 ފެބްރުއަރީ 2022( "ވަގުތީ އަމުރާމެދު ނިންމިގޮތް" އިނ ނިންމާފައިވަނީ، ......" ޝަރުއީ ކޯޓަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގައި ވަގުތީ އަމުރު ނެރުމުގައި ޝަރީޢަތުން ބަލަންޖެހޭ އުޞޫލުތައް "ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު )6(" ގެ 295ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ބަޔާންކޮށްފައިވާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވ ވަގުތާ އަމުރުތާއް ނެރުމުގައި ބަލަންޖެހަ އންމ 3 )ތިނެއް( ޝަރުޠަކީ ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫން ގޮތުން ޙިމާޔަތް ލިބެންޖެހޭ މަޢުޟޫއީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމްވެގެންވުން (fumus boni juris) އ އ، )ށ( ވަގުތާ އަމުރަށް އެދޭފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ޞިފަތުނުވަތަ ޙައިޞިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތެއްކަމުގައިވުމާއި، )ނ( ވަގުތީ އަމުރު ނެރުމަކާއ ނުލައި އަސްލު މަޢުޟޫއީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ވަގުތީ އަމުރަށް އެދޭ ފަރާތަށް ކުރިމަތިވެދާނެ ނުރައްކަލެއް (risk of imminent and irreparable damage) އޮތުމެވެ. 7- އިސްވެ ދެންނެވުނު ޝަރު ތތައ މިމައްސަލައަށް ތަޠުބީޤުކުރާއިރު،

7.1 ފްރަތަމަކަމަކ ދަޢުވާކުރީ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މަޢުޟޫއީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހތިމާލ ފާޅުކަން ބޮޑް ގޮތެއްގައި ޤާއިމްވެފައިވާކަން ފާހަގަ ކުރެވޭކަމާއި، އެހެނީ ސިވިލް ކޯޓުގެ ނަންބަރ 289/Cv-C/2012 ޤަޟިއްޔާ އިން ސާބިތުވެފައިވާ ފައިސާ ސްޓޭޓް ބޭންކް އޮފް އިންޑިޔާ )މާލެ ބްރާންޗް( އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ އިންޓަރނޭޝަނަލް )މޮރިޝަސް( ލިމިޓެޑް އަށް ދެއްކުމަށް […] / މާލެ، އަލްމަރުޙޫމް މުޙައްމަދު މަނިކު އާއި […] / މާލެ، މުޙައްމަދު ޔޫސުފް މޫސާ އަދި […] / މާލެ، އިބްރާހީމް މުޙައްމަދު އަދި ގަސްވެލި އައިލެންޑް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އަމުރު ކޮށްފައިވާކަން އެނގެއެވެ.

7.2 ދެވަނަ ކަމަކީ، މިފަދަ ވަގުތީ އަމުރަކަށް އެދުމުގެ ޞިފަތު ނުވަތަ ޙައިޞިއްޔަތު ޤާނޫނީ ގޮތުން ލިބިދީފައިވާ ފަރާތެއްތޯ ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރ 289/Cv-C/2012 ޤަޟިއްޔ އިނާ ލޯނުތަކަށް ދައްކަންޖެހޭ ފައިސާ […] / މާލެ، އަލްމަރުޙޫމް މުޙެ އްމަދު މަނިކު އާއި […] / މާލެ، މުޙައްމަދު ޔޫސުފް މޫސާ އަދި […] / މާލެ، އިބްރާހީމް މުޙައްމަދު އަދި ގަސްވެލި އައިލެންޑް ޕްރައިވެޓް ލިމިޓެޑުން ސްޓޭޓް ބޭންކް އޮފް އިންޑިޔާ )މާލީ ބްރާންޗް( އާއި ސްޓޭޓް ބޭންކް އޮފް އިންޑިޔާ އިންތަރނެޝަނަލް )މޮރިޝަސި ( ލިމިޓެޑް އަށް ދައްކަންޖެހޭއިރު، ޙުކުމް އެއްގޮތަށް އަލްމަރުޙޫމް މުޙައްމަދް މަނިކު އާއު މުޙައްމަދު ޔޫސުފް މޫސާ އަދި އިބްރާހީމް މުޙައްމަދު އަދި ގަސްވެލި އައިލެންޑް ޕްރައިވެޓް ލިމިޓެޑުން ފައިސާ ދައްކާފައި ނުވާތީ، ސިވިލް ކޯޓުގެ މަޢުޟޫއީ ޙުކުމުގެ ދަށުން ސްޓޭޓް ބޭންކް އޮފް އިންޑިއާ )މާލެ ބްރާންޗް( އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ އިންޓަރނޭޝަނަލް )މޮރިޝަސް( ލިމިޓެޑްއަށ ލިބިގެންވާ ޙައްޤުތައް ޙިމާޔަތްކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގޮ ގޮތުން ވަގުތީ އަމުރަކަށް އެދުމުގެ ޞިފަތު ނުވަތަ ޙަޞިއްޔަތ ޤާނޫނު ގތުނޮ ބޭންކަށް ލިބިގެންވާކަމަށެވެ.

7.3 ތިންވަނަ ކަމަކީ، ވަގުތީ އަމުރު ނެރުމަކާއި ނުލައި އަޞްލު މަޢުޟޫއީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ، ކުރިމަތިވެދާނެ ނުރައްކަލެއް އޮތުމުގެ މައްޗަށް ބަލާއިރު، އަލްމަރްޙޫމް މުޙައްމަދު މަނިކުގެ ނަމުގައިވާ ޙިއްޞާތައް ވިއްކާލައި ނުވަތަ ޙިއްޞާތައް ތަމްސީލުކޮށްގެނ އެޙިއްޞާތައ ނިސްބަތްވާ ކުންފުނިތަކުގެ މުދާތައް ވިއްކާލުމުގެ ފުރުޞަތު އޮތްއިރު، ވަގުތީ އަމުރެއްގެ ދަށުން އެފުރުސަތު ބަންދު ނުކޮށްފިނަމަ، ބޭންކަށް ތަދާރުކު ނުކުރެވޭނެ ގެއްލުންތަކެއް ލިބޭނެކަމާއި، އެހެނީ އަލްމަރްޙޫމް މުޙައްމަދު މަނިކުގެ ނަމުގައިވާ ޙިއްޞާތައް ވިއްކާލާ ނުވަތަ ޙިއްޞާތައް ތަމްސީލްކޮށްގެން އެޙިއްޞާތައް ނިސްބަތްވާ ކުންފުނިތަކުގެ މުދާތައް ވިއްކާލައިފިނަމަ،ބޭންކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އަލްމަރްޙޫމް މުޙައްމަދު މަނިކުގެ އެއްވެސް އަގުހުރި މުދަލެއް ނެތުމުގެ ފުރުޞަތު އޮންނާނެކަމެވެ.

7.4 ބޭންކުން ދޫކޮށްފައިވާ ލޯނުތަކުގެ ގުޅިގެން ކޮށްފައިވާ ރަހުނުތައް ވިއްކާލައިގެންވެސ ސްޓޭޓް ބޭންކް އޮފް އިނޑިއް )މާލެ ބްރާންޗް( އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ އިންޓަރނޭޝަނަލް )މޮރިޝަސް( ލިމިޓެޑަށް ލިބެންޖެހޭ އެންމެހައި ފައިސާ ޚަލާޞްވާނެކަމަށް ނުބެލެވޭއިރު، ރަހުނު ވިއްކާލުމަށްފަހު ބާކީ ބޭންކަށް ލިބެންޖެހޭ ފައިސާ ހޯދޭނީ އަލްމަރުޙޫމ މުޙައްމަދު މަނިކުގެ އަމިއްލަ މުދޭ ވިއްކާލައިގެންކަމަށް ވުމާއެކު، ރަހުނު ވިއްކާލުމަށްފަހު ބާކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ )މާލެ ބްރާންޗް( އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ އިންޓަރނޭޝަނަލް )މޮރިޝަސް( ލިމިޓެޑް އަށް ލިބެންޖެހޭ ފައިސް އަލްމަރްޙޫމާ މުޙައްމަދް މަނިކުގެ މުދާ ވިއްކާލައިގެން ހޯދުމުގެ ކަންކަން ތަންފީޛީ ޤަޟިއްޔާގެ ދަށުން ކުރިއަށް ގެންދިއުމުގެ ކުރިން މަރްޙޫމްގެ މުދާ ވިއްކާލައިފިނަމަ ބޭންކށަ ލިބެންޖެހޭ ފައިސާ ލިބުމުގެ މަގު ބަންދުވާނެކަން، އަދި ވަކިން ޙާއްޞަކޮށް މަރްޙޫމްގެ ދަރަންޏަށް ވާރިޘުން ޛިންމާނެގުމަށް އެއްބަސްވެފައި ނުވާއިރު، މިފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ބޭންކަށް ލިބެންޖެހޭ ފައިސާ ލިބޭނެ އެއްވެސް ގޮތެއް ނޯންނާނެކަމެވެ. ދެންފަހެ ބުނެވިދިޔަ ގޮތުގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 289/Cv-C/2012 ޤަޟިއްޔާ އިނާ މި ލޯނުތަކަށް ދައްކަންޖެހޭ އެންމެހައި ފައިސ 28 މާރިޗް 2018 ން ފެށިގެން 10 )ދިހައެއް( މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެމަހަކަށްޖެހޭވަރު ސްޓޭޓް ބޭންކް އިންޑިއާ )މާލެ ބްރާންޗް( އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ އިންޓަރނޭޝަނަލް )މޮރިޝަސް( ލިމިޓެޑް އަށް ދައްކާ ޚަލާޞްކުރުމަށް ކޮށްފައިވާ ޙުކުމާއި އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ، ދެންނެވުނު ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުމަށް ހިނގަމުންދާ މިޤަޟިއްޔާގެ މަޢުޟޫޢުގައި ގޮތެއް ކަނޑައަޅަންދެން، ނުވަތަ މި އަމުރާއި މެދު ވަކިގޮތެއް ނިންމަންދެން؛

1. […] / މާލެ، އަލްމަރުޙޫމް މުޙައްމަދު މަނިކުގެ އެއްވެސް މިލްކުވެރިކަންބދަލުވެދާނެފަދަ އެއްވެސް މުޢާމަލާތެއް ނުކުރުމަށް މަރްޙޫމްގެ ވާރިޘުންނާއި ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކުގެ މައްޗަށާއި،

2. […] / މާލެ، އަލްމަރުޙޫމް މުޙައްމަދުމަނިކު އެއްވެސް ޙިއްޞާއެއް ތަމްޘީލް ކުރުމުގެ ބާރު ވާރިޘުންނަށް ލިބިގެންނުވާކަމަށއި،

3. […] / މާލެ، އަލްމަރުޙޫމް މުޙައްމަދު މަނިކު ޑިރެކްޓަރެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ކުންފުންޏެއްގައި އަލްމަރްޙޫމް މުޙައްމަދު މަނިކުގެ ނަމުގައި އެއްވެސް މުޢާމަލާތެއް ނުކުރުމަށާއި،

4. އަލްމަރުޙޫމް މުޙައްމަދު މަނިކު ޙިއްޞާ އޮންނަ އެއްވެސް ކުންފުންޏެއްގް ޙެއްސާއަށ ބަދަލް ގެނައުމުގެ ގޮތުނ އެއްވެސް މުޢާމަލާތެއް ނުކުރުމަށް އަލްމަރްޙޫމް މުޙައްމަދ މަނިކުގެ ވާރިޘުންގެ މައްޗަށާއި މިނިސްޓްރއޮފީ އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށާއި،

5. […] / މާލެ، އަލްމަރުޙޫމް މުޙައްމަދު މަނިކުގެ ޙިއްޞާ އޮންނަ ކުންފުނިތަކަށް ލިބިގެންވާ ރިޒޯޓްތަކުގެ ލީސްހޯލްޑް ރައިޓްސް އެއްވެސް ފަރާތަކަށް ބަދަލުކުރެވޭނެފަދަ މުޢާމަލާތެއް ނުކުރުމަށް އަލްމަރުޙޫމް މުޙައްމަދު މަނިކުގެ ވާރިޘުންގެ މައްޗަށާއި މިނިސްޓްރީ އޮފް ޓޫރިޒަމް އަދި ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކޮށްފީމެވެ." މިފަދައިންނެވެ.

އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް

9ސިވިލް ކޯޓުގެ ނަންބަރު B14/VA/2022/01 "ވަގުތީ އަމުރާމެދު ނިންމިގޮތް" ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނ ހަމަތަކާއެއްގޮތް ނުވާކަމަށެ ބުނެއ ނިންމުން އިސްތިއުނާފުކުރުމަށ އެދާ އިސްތިއުނާފުކުރ ފަރާތުނީ ހ ށަހަޅާފައިވަނ 02 ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:

9.1 ވަގުތީ އަމުރަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަން މާއްދާގަ )ނ( އާއެ އަދި )ރ( ގައި ބަޔާންކުރާ ކޯޓުތަކުގެ ހައިރާކީ ތަރުތީބު ކުރެވިފައިވާ އުޞޫލާއި ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ބުނީ ހުށަހެޅި ނުކުތާއާއި،

9.2 ވަގުތީ އަމުރަކީ، ދިވެހިރާއްޖޭގ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގާ 40 ވަނަ މާއްދާގެ )ހ(އާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ބުނީ ނުކުތާއެވެ.

10އިސްތިއުނާފީ ފުރަތަމަ ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ޤާނޫނުއަސާސީގެ 143 ވުނ މާއްދާގަ )ނ(އަށް ބަލާއިރު، ދަށު މަރުޙަލާގެ ކޯޓުން ނިންމާ ނިންމުންތައް ބަދަލުކަ ރުމުގެ ނުވަތަ ބާޠިލުކުރުމުގެ ނުވަތަ ނިންމުމަކަށް ޢަމަލުކުރުން ފަސްކުރުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށާއި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ކަމަށެވެ. އަދި މި މާއްދާއިން ނެގޭ އަނެއް މަފްހޫމަކީ ޝަރުޢީ ކޯޓަކުން ނިންމާފައިވެ ނިންމުމެއް އެ މަރް ޙަލާގ އެހެނެ ކޯޓަކުން ނުވަތް އެ ނިންމުމެއް ނިންމި ކޯޓަކަށް ބަދަލުކުރުމުގެ ބާރާ ކެނޑޭގޮތަށް އެހެން ނިންމުމެއް ނިންމުމުގެ ބާރު ލިބިގެންނުވާކަމެވެ. މި މާއްދާގެ )ރ(ގައިވާ ގޮތުނާ މަތީ މަރުޙަލާގެ ކޯޓުން ނިންމާ ނިންމުންތަކަށް ތަބާވުމަކީ އެއަށް ވުރެ ދަށު މަރުޙަލު ގެ ކޯޓުތަކުގެ މައްޗަށ ލާޒިމުކަމެކެވެ. ސިވިލް ކޯޓުގެ ނަންބަރ B14/VA/2022/01 ވަގުތީ އަމުރު އެ ކޯޓުން ނެރެފައިވާއިރު، އެ އަމުރަށް ވުރެ ކުރިން ސިވިލް ކޯޓުގެ އެހެން މަޢުޟޫއީ ޤަޟިއްޔާތަކުންނާއި، އަދި ތަންފީޒީ އަމުރުތަކުން، އަލްމަރްޙޫމް މުޙައްމަދް މަނިކު ޕާސަނަލް ގެރެންޓީދީގެންނާއ އަދި އެ މަރްޙޫމް ހިއްސާވާ ކުންފުނިތަކުން އެކި މުދާ ރަހުނުކޮށް ނަގާފައިވާ ލޯނުތަކާއި ގުޅިގެން، އެ ލޯނުތައް އަދާކުރުމުގެ ގޮތުން ބައެއް ރިސޯޓުތަކުގެ ލީސް ހޯލްޑ ރައިޓްސް ވިއްކާލުމުގެ ހުއްދަ ލޯނު ދޫކޮށްފައިވާ ފަރާތްތަކަށް ދީ އަދި އެފަދަ ބ އެއް ނިނީމުންތައ ސިވިލް ކޯޓުގެ ތަންފީޛީ މަރުޙަލާގައި ކުރިއަށް ދެއެވެ. މިގޮތުންބިގް ސްޓޯން ޕެރ އިވެޓް ލިމިޓޑާއ އަލްމަރްޙޫމް މުޙައްމަދު މަނިކުގެ އިތުރުން މާލެ […] ހުޅަނގުގެ، މުސްލިމާ ޢަބްދުލްޤައްޔޫމް ޔަޤީންކަން ދީގެން، އަދި އއ.މާގާ އައިލެންޑް ރިސުޓު ރަހުނުކޮށް، އެއްލައިދޫ އިންވެސްޓްމަންޓް ރިސޯޓަށް ހަބީބް ބޭންކް ލިމިޓެޑުން ދޫކޮށްފައިވަ ލޯން ދައްކާފައިނުވާތީ، އއ.މަގާ އައިލެންޑް ރިސޯޓުގެ ލީސްހޯލްޑް ރައިޓްސް ވިއްކާލުމުގެ ހުއްދަ ލިބިގެންވާކަމަށް ސިވިލް ކޯޓުގެ ނަންބަރ 4332/Cv-C/2018 ޤަޟިއްޔއިނާ ކަނޑައޅާފައިވާއިރު، މި ޙުކުމް ތަންފީޛް ކުރުމުގެ ގޮތުން، އއ.މާގާ އައިލެންޑް ރިސޯޓުގެ ލީސްހޯލްޑް ރައިޓްސް ވިއްކާލާއިރު، މިނިވަން ވެލުއޭޝަން ރިޕު ޓެއްގެ މައްޗަށް ބިނާކޮށް އއ.މިގާ އައިލެންޑް ރިސޯޓު ލީސްހޯލްޑް ރައިޓްސް ވިއްކާލުމުގެ މަރުޙަލާ ކުރިއަށް ގެންދިޔުމަށް ދިވެހރާއްޖޭގި ހައިކޯޓުގެ ނަންބަރ 2021/HC-A/05 ޤަޟިއްޔާއިން އަމުރުކޮށްފައިވާކަމުގައ އިސްތިއުނާފުކުރި ފަރާތުން ބުނެފައިވެއެވެ. އަދި މ ނިންމުމުގެ ނަތީޖާއަކީ އއ.މާގާ އައިލެންޑް ރިސޯޓުގެ ލީސްހޯލްޑް ރައިޓްސް ވިއްކާލުމާއ ގުޅި ގޮތުން ހަބީބް ބޭންކް ލިމިޓެޑަށް ޙައްޤުތަކެއް ލިބިދީ ފައިވުންކަމަށް ވާއިރު، އަދި އއ. މާގާ އައިލެންޑް ރިސޯޓަކ އަލްމަރްޙް މ މުޙައްމަދު މަނިކުގެ ހިއްސާ އޮންނަ ކުންފުންޏެއްގެ މުދަލެއްކަމުން، އިސްތިއުނާފުކުރެވޭ ސިވިލ ކޯޓުގެ ނަންބަރ B14/VA/2022/01 ވަގުތީ އަމުރާއި ގުޅިގެން، ސިވިލް ކޯޓުން ނިންމާފައިވާ ނިންމުންތަކާއި، އަދި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމްތަކުގެ ބާރު )ވަގުތީ ގޮތުން ވިޔަސް( ކެނޑިގެންދާކަމުގައ އިސްތިއުނާފުކުރި ފަރާތުން ބުނެފައިވެއެވެ.

11އިސްތިއުނާފީދެވަނ ނުކުތާގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނަމުދ ހޯދުމާ ލިބިގަތުމާ އަދި މުދަލުން ތަޞައްރފުކުރުމުގެ ޙައްޤަކީ ޤާނޫނުއަސާސީގެ 40 ވަން މާއްދާގަ )ހ(އަށް ބަލާއިރު، އަސާސީ ޙައްޤެއްކަމާއި، އަލްމަރްޙޫމް މުޙައްމަދު މަނިކުގެ މައްޗަށް އޮތް ހަމައެކަނި ދަރަންޏަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި އޮތް ދަރަނި އެކަނިނޫންކަމައި، އަލްމަރްޙޫމް މުޙައްމަދު މަނިކުގެ މައްޗަށްވާދަރަނިތަކުގ ތެރޭގައި، މާލީ އިދަ ރާތަކި އ، ކުންފުނިތަކާއ އަދި ވަކި ފ ރުދުންވެސް ހިމެނޭކަމެވެ. އެހެންކަމުން، ހަމައެކަނި ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ޙައްޤު ހިމާޔަތްކުރުމަށް ވަގުތީ އަމުރެއް ނެރުމަކީ އެހެން ގިނަ ފަރާތްތަކެއްގެ ޙައްޤުތަކަށު ހުރަސްއަޅާކަމެއްކަމެވެ. އިސްތެ އ ނާފުކުރެވޭ އަމުރުގެ 4 ވަނަ ނަންބަރު އޮތް ގޮތުން، އަލްމަރްޙޫމް މުޙައްމަދު މަނިކުގެ ހިއްސާއެއް ބޭންކް އޮފް މޯލްޑިވްސްގައި ނުވަތަ މޯލްޑިވްސް އިސްލާމިކް ބޭންކް ނުވަތަ ދިރާގުގައ ނުވަތި އެސް.ޓީ.އޯގައ ނުވަތި އެމް.ޓީ.ސީ.ސީގައި އަތްނަމަ، އެ ކަމުން ނިކުންނަ ނަތީޖާއަކީ، އެފަދަ ކުންފުންޏެއްގެ ހިއްސާ ބަދަލުކުރުމުގެ ނުވަތަ ވިއްކާލުމުގެ މުޢާމަލާތެއް ނުހިންގޭނޭ ކަމެވެ. އެހެންކަމުން، އިސްތިއުނާފުކުރެވު ސިވިލް ކޯޓުގ ނަންބަރ B14/VA/2022/01 ވަގުތީ އަމުރަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 40ވުނު މާއްދާގަ )ހ( އާ ޚިލާފަށް ބޮޑެތި ޤާނޫނީ ފ ށއެރުންތަކެއ އެކުލެވޭ ގޮތަށް، ނެރެފައިވާ އަމުރެއްކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.

12އިސްތިއުނާފުކުރު ފަރާތްތަކުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރ B14/VA/2022/01 ވަގުތީ އަމުރަކީ، ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމުގައި ކަނޑައަޅައި އެއަމުރ ބާޠިލްކުރުމަށްކަމަށެވެ.

އިސްތިއުނާފީ ނުކުތާތަކުގެ ރައްދު

13ފުރަތަމް އިސްތިއުނާފަ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުނ ފާހަގަކޮށްފައިވަނީ އަލްމަރްޙޫމް މުޙައްމަދު މަނިކު ހިމެނު ފަދައިން ސްޓޭޓް ބޭންކް އޮފް އިންޑިއާއަށ ފައިސް ދެއްކުމަށް ސިވިލް ކޯޓުގ ނަންބަރ 289/Cv-C/2012 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމާއި އެއްގޮތަށް ފައިސާ ދައްކާފައިނުވާކަމެވެ. ވަގުތީ އަމުރުގެ 4 ވަނަ ނަންބަރުގައިވަނީ "އަލްމަރުޙޫމ މުޙައްމަދް މަނިކުގެ ހިއްޞާ އޮންނަ އެއްވެސް ކުންފުންޏެއްގެ ޙިއްޞާއަށ ބަދަލް ގެނައުމުގެ ގޮތުން އެއްވެސ މުޢާމަލާތެއް ނުކުރުމަށް އަލްމަރުޙޫމް މުޙައްމަދު މަނިކުގެ ވާރިޘުންގެ މައްޗަށާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށާއި،" މިފަދައިންނެވެ. އަދި މި ޤަޟިއްޔާ މިގޮތުގެ މަތިން ވަނިކޮށް އަލްމރްޙޫމ މުޙައްމަދް މަނިކަ 8 ސެޕްޓެމްބަރ 2018ގައި ނިޔާވުމާއި ގުޅިގެން، އަލްމަރް ޙޫމ މުޙައްމަދް މަނިކުގެ ވާރިޘްނު އަލެ މަރްޙޫމް މުޙައްމަދު މަނިކް ގ ދަރަންޏަށް ޒިންމާ ނެގުމަށް އެއްބަސްފައިނުވާތީ، މި ދަރަންޏަކު އަލެ މަރްޙޫމް މުޙައްމަދު މަނިކް ގ މުދަލުގެ މައްޗަށ އޮތް ދަރަންޏެއްކަމާއި، މި ދަރަނި އަދާކުރުމުގެ ކުރިނު އަލެ މަރްޙޫމް މުޙައްމަދު މަނިކގްމުދާ، އަލުމަރްޙޫމ މުޙައްމަދު މަނިކގްތަރިކައިގ ގޮތުގައެ ބަލައި،އަލު މަރްޙޫމް މުޙައްމަދު މަނިކް ގެ ވާރިޘި ންނަށް ޙައްޤުނުވާނެކަމުގައި ސިވިލް ކޯޓުން ކަނޑައަޅާފައިވާކަމުގައް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދޫކޮށްފައިވާ ލޯނުތަކައ ގުޅިގެނި ކޮށްފައިވް ރަހުނުތައް ވިއްކާލައިގެންވެސް އެ ފަރާތަށް ލިބެންޖެހޭ ފައިސާ ޚަލާޞްނުވާނެކަމަށް ބެލެވޭ ކަމުގައި އިސްތިއުނާފ ރައްދވާފަރާތުން ބުނެފައިވެއެވެ. ރަހުނު ވިއްކާލުމަށްފަހު، ބާކީ ލިބެންޖެހޭ ފައިސް ހޯދޭނީ ގެރެންޓީ ދީފައިވާ ފަރާތްތަކުގެ އަމިއްލަ މުދާ ވިއްކާލައިގެންކަމާއި، މިހެން މިކަން އޮތްއިރު، އަލްމަރުޙޫމް މުޙައްމަދު މަނިކުގ ވާރިޘް ންނަށުއަލެ މަރްޙޫމް މުޙައްމަދު މަނިކު ގ މުދަލްގެ މައްޗަށް ތަޞައްރަފުކުރުމުގެ ބާރު ލިބިއްޖެނަމަ، އަލު މަރްޙޫމް މުޙައްމަދު މަނިކް ގ ހިއްސާތައް ވިއްކާލައި ނުވަތަ ހިއްސާތައް ތަމްސީލުކޮށް، އެ ހިއްސާތައ ނިސްބަތްވާ ކުންފުނިތަކުގެ މުދާތައް ވިއްކުމުގެ ފުރުޞަތު އޮންނުނެކަމުގައ އިސްތިއުނާފި ރައްދުވު ފަރާތުނ ބުނެފައިވެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ވަގުތީ އަމުރަކަށް އެދިފައިވަނީ އެ ފަރާތުގެ ޙައްޤުތަކަށް އުނިކަން އައުމުގެ އިޙްތިމާލު އޮތުމުން، އެކަމަށް ޙައްލެއް ހޯދުމަށްކަމަށާއި، މި ވަގުތީ އަމުރުގެ ސަބަބުނ ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރު 2021/HC-A/05 ޤަޟެ އްޔާއިނ ހަބީބް ބޭންކް ލިމިޓެޑަށް ލިބިދީފައިވި ޙައްޤަށް އުނިކަން އަންނާނެކަމުގައި ނުދެކޭކަމަށާއި، އަދި ދަށު ކޯޓުން ނެރޭ އަމުރެއްގެ ސަބަބުން ހައިކޯޓުގ ސިވިލް ކޯޓުގެ ނަންބަރު 1050/Cv-C/2019 ޤަޟިއްޔާ )އިސްތިއުނަފީ ދަޢުވާގެ ޖަވާބު ހުށަހަޅާ ފޯމުގެ 4.1.3.3 ނުކުތާ( އަދި މިފަދައިން އަލްމަރްޙޫމް މުޙައްމަދު މަނިކުގެ ތަރިކައިގެ މައްސަލައިގައި )ފެމިލީ ކޯޓުގެ ނަންބަރ 926/Fm-C/2019 ޤަޟިއްޔާއިންވެސް( ކަނޑައަޅާފައިވާކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތުނ )އިސްތިއުނާފީ ދަޢުވާގެ ޖަވާބު ހުށަހަޅާ ފޯމުގެ 4.1.3.4 ނުކުތާގައި( ފާހަގަކޮށްފައިވެއެވެ. ޙުކުމެއްގެ ބާރު ނުކެނޑޭނެ ފާހަގަކޮށް، އެ ހިއްސާތައް ނިސްބަތްވާ ކުންފުނިތަކުގެ މިލްކުގައިވާ މުދަލަކީ އަލމަރްޙޫމ މުޙައްމަދް މަނިކުގެ ނަމުގައިވާ އެ މަރްޙޫމްގެ މުދަލެއް ނޫންކަމާއި، އެފަދަ މުދާތައް ވިއްކާލުމުގެ ހުރަހެއް ޤާނޫނީގޮތުން ނެތްކަމަށް ބެލެވިދާނެކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ.

14އިސްތިއުނާފީ ދެވަނަ ނުކުތާގެ ރައްދުގައި އިސްތިއުނާފީ ރައްދުވު ފަރާތުން ބަޔާންކުރަން އަލްމަރްޙޫމާ މުޙައްމަދު މަނިކުގެ ތަރިކައިގެ މައްޗަށް ތަސައްރުފުކުރުމުގެ ބާރު އަލްމަރުޙޫމް މުޙައްމަދު މަނިކުގ ވާރިޘންނަށ ލިބިފައިނުވާކަން ފެމިލީ ކޯޓުގެ ނަންބަރ 926/Fm-C/2019 ޤަޟިއްޔާއިން އެނގޭކަމާއި، މި ނިންމުން އެގޮތުގައި އޮތުމުން، އަލްމަރްޙޫމް މުޙައްމަދު މަނިކުގެ ދަރަނީއަދާކުރެވެނ އޮތް ގޮތަކީ ތަންފީޛްޤަޟިއްޔާއެއްގެ ގޮތުންއަލެ މަރްޙޫމް މުޙައްމަދު މަނިކާ ގިތަރިކައިގައިވ މުދާ ވިއްކައިގެން ފައިސ ހޯދުންކަމުގައ ދެކޭކަމަށާއި، އެހެންކަމުން، ތަންފީޛީ ޤަޟިއްޔާއަކުން ކޯޓް މެދުވެރިކޮށް އަލް މަރްޙޫމ މުޙައްމަދު މަނިކި ގ މުދާ ވިއްކާލައިގެން ދަރަނި އަދާކުރުމަށް އެއްވެސް ހުރަހެއް އޮތް ކަމަށް ނުދެކޭކަމުގައ އިސްތިއުނާފ ރައްދވު ފަރާތުން ބ ނެފައިވެއެވެ. އަލްމަރްޙޫމް މުޙައްމަދު މަނިކުގިހިއްސާތައ އޮންން ކުންފުނިތަކުގެ ތެރޭގައި ޕަބްލިކް ކުންފުންޏެއްނެތްކަމާއ، ބަހުސްގެ ބޭނުމަށް އަލްމަރްޙޫމް މުޙައްމަދު މަނިކުގެ ހިއްސާ ޕަބްލިކް ކުންފުންޏެއްގައި އޮތް ކަމުގައި ބެލިނަމަވެސް، ވަގުތީ އަމުރުގެ ދަށުނ އަމުރުކޮށްފައިވާ ކަންކަމީ ޕަބްލިކް ކުންފުނިތަކުގެ މައްޗަށް ހިނގާނެކަމެއް ނޫންކަމަށެވެ. މީގެ އިތުރުން ވަގުތީ އަމުރުގެ 4 ވަނަ ނަންބަރު އޮތް ގޮތުން، އަލްމަރްޙޫމް މުޙައްމަދު މަނިކުގެ ހިއްސާ އޮންނަ މިކަން ފެމިލީ ކޯޓުގެ ނަންބަރު 926/Fm-C/2019 ޤަޟިއްޔާގައި އަލްމަރްޙޫމް މުޙައްމަދު މަނިކުގެ ހިއްސާ އޮންނަ ކުންފުނިތައް ބަޔާންކޮށްފައިވާތީ، އެކަން ސާފުކޮށް އެނގޭކަން އިސްތިއުނާފީ ދަޢުވާގެ ޖަވާބު ހުށަހަޅާ ފޯމުގެ 4.2.2.1ގައި ބަޔާންކޮށްފައިވޭ އިސްތިއުނާފީ ދަޢުވާގެ ޖަވާބު ހުށަހަޅާ ފޯމުގެ 4.2.2.1 ގައި ބަޔާންކޮށްފައިވަނީ ޕަބްލިކް ކުންފުނިތަކުގެ ހިއްސާ ގަތުމާއި ވިއްކުމުގެ ކަންކަމީ ސްޓޮކް އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް މެދުވރިކޮށ ކުރް ކަމެއް ކަމަށާއި، ސްޓޮކް އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑްއަކީ ދައުލަތުގެ އިދާރާއަކަށްނުވާތ އިސްތިއުނާފުކުރެވިފައިވާ ވަގުތީ އަމުރު ސްޓޮކް އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ނުހިނގާނެކަމަށެވެ. ވަގުތީ އަމުރުގެ 4 ވަން ނަންބަރުގައި ވަނީ"އަލްމަރުޙޫމ މުޙައްމަދް މަނިކުގެ ޙިއްސާ އޮންނަން ކުންފުންޏެއްގެ ޙިއްސާއަށ ބަދަލް ގެނައުމުގެ ގޮތުނ އެއްވެސް މުޢާމަލާތެއްނުކުރުމަށ އަލްމަރުޙޫމް މުޙައްމަދް މަނިކުގެ ވާރިޘުންގެ މައްޗަށާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަނި ޓް އަދި ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށް" މިފަދައިންނެވެ. ކުންފުނިތަކުގެ އެހެން ހިއްސާދާރުންގެ ހިއްސާއަށް ބަދަލުގެނައުމުގެ ފުރުޞަތު ގެއްލުމަކީ ޤާނޫނުއަސާސގ 40 ވަނަ މާއްދާއާ ޚިލާފު ކަމެއްކަމަށް ފެންނަ ނަމަވެސް، އުނިކުރެވޭނީ އެ އަކުރުކަމަށާއި، އެއީ މުޅި ވަގުތީ އަމުރު ބާޠިލުކުރަންޖެހޭނެ ސަބަބެއް ނޫންކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ. އަދި އ ވަގުތާ އަމުރާއި ގުޅިހެން މަރްޙޫމްގެ ހިއްސާވާ އާ އްވެސ ކުންފުންޏެއްގެ ހިއްސާދާރަކު، އެ ފަރާތުގެ ހިއްސާ އެއްވެސް މީހަކަށް ބަދަލުނުވެގެން، އެއްވެސް ޝަކުވާއެއް ހުށަހަޅާފައިނުވާކަންވެސް އިސްތިއުނާފުރައްދުވ ފަރާތުން ފާހަގަކޮށްފައިވެއެވެ.

15އިސްތިއުނާފު ރައްދުވު ފަރާތުން އެދެނީ ސިވިލް ކޯޓުގެ ނަންބަރ B14/VA/2022/01 ވަގުތީ އަމުރު ބާޠިލްކުރާނެ ޤާނޫނީ އަދި ޝަރުޢީ އުސޫލެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަވާދެއްވުމަށްކަމަށެވެ.

ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން

16HN1ވަގުތީ އަމުރު ނެރުމުގައި ޢަމަލުކުރާނެ އުޞޫލުތައް ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު(ގައި ބަޔާންކުރެއެވެ. ވަގުތީ އަމުރަކީ ކޯޓަށް ހުށަހެޅިފައިވާ ދަޢުވާއެއްގައި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ވަގުތީ ފަރުވާއެއް ހޯދައިދިނުމުގެ ގޮތުން ނުވަތަ ވަގުތީ ރައްކާތެރިކަމެއް ހޯދައިދިނުމުގެ ގޮތުން ކޯޓުނ ނެރެދޭ ފަރުވާގެ އަމުރެކެވެ. މިގޮތުން ވ ކ ކަމެއް ކުރުމަށް އަންގައި ކުރާ ވަގުތީ އަމުރެއް ނުވަތަ ވކަ ކަމެއް ނުކުރުމަށް އަންގައި ކުރާ ވަގުތީ އަމުރެއް ކޯޓުނ ނެރެވިދާނެކަމުގައ މި ޤާނޫނުގި 242 ވަނަ މާއްދާގެ )ށ(ގ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގައި ކަނޑައަޅާފައިވެއެވެ.

17HN2ވަގުތީ އަމުރެއް ނެރުމުގު އ ކޯޓުން ބަލަންޖެހޭ ޝަރުޠުތައް ތަފްޞީލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމަ ކޯޓުގެ ނަންބަރ 2021/SC-A/21 ނެކްސްބިޒް ލިމިޓެޑް )އޮސްޓްރޭލިއާ( ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު(ގެ 242 ވަނަ މާއްދާގެ )ހ( ޤަޟިއްޔާގައެވެ. މިގޮތުން މައްސަލައެއްގައި ވަގުތީ އަމުރު ނެރުމުގައި ފުރިހަމަވެފައިވޭތޯބަލަންޖެހޭ އާންމު ތިން ޝަރްޠއ މި ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. އެ ޝަރުޠުތަކަކީ:

1. ވަގުތީ އަމުރަށް އެދޭ ފަރާތަކީ، އެފަދަ އަމުރަކަށް އެދުމުގެ ސިފަތު ނުވަތަ ހައިސިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތަކަށްވުމާއި،

2. ވަގުތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީ ގ ތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތޮ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވުމާއި،

3. ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ، ތަދާރުކުނުކުރެވޭ ގެއްލުމެއް ނުވަތަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުމެވެ.

18އިސްވެ ބަޔާންކުރަނިވި ޝަރުޠުތައް، މި މައްސަލައަށް ތަޠުބީޤުކޮށް، އިސްތިއުނާފު ރައްދުވާ ފަރާތަށް ޤާނޫނީ ގޮތުނި ހިމާޔަތް ލިބިދޭންޖެހޭ މަޢުޟޫއީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެފައިވާކަން ފާހަގަކުރެވޭކަމާއި، އިސްތިއުނާފަ ރައްދުވު ފަރާތަށް ލިބިގެންވާ ހައްޤުތައް ހިމާޔަތްކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި ވަގުތީ އަމުރަކަށް އެދުމުގެ ސިފަތު ނުވަތަ ހައިސިއްޔަތު އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިގެންވާކަމާއި، އަދިއިސްތިއުނާފ ރައްދުވު ފަރާތަށް ލިބެންޖެހޭ ފައިސ އަލްމަރްޙޫމް މުޙައްމަދު މަނިކުގެ މުދާ ވިއްކާލައިގެނ ހޯދުމުގެ ކަންކަން ތަންފީޛީ ޤަޟިއްޔާގެ ދަށުން ކުރިއަށް ގެންދިޔުމުގެ ކުރިންއަލެ މަރްޙޫމް މުޙައްމަދު މަނިކުގ މުދާ ވިއްކާލައިފިނަމަ، އިސްތިއުނާފރައްދުވާ ފަރާތަށް ލިބެނޖެހ ފައިސާ ލިބުމުގެ މަގު ބަންދުވާނެކަމާއި، އަދި ފައިސާ ލިބޭނެ ނަންބަރު B14/VA/2022/01 "ވަގުތީ އަމުރާމެދު ނިންމި ގޮތް" ގެ 7.1 ވަނަ ނުކުތާ ނަންބަރު B14/VA/2022/01 "ވަގުތީ އަމުރާމެދު ނިންމި ގޮތް" ގެ .27 ވަނަ ނުކުތާ އެއްވެސް ގޮތެއް ނޯންނާނެކަމުގެ )ތަދާރުކުނުކުރެވޭ ގެއްލުމެއް އޮތްކަމަށް( މައްޗަށް ނަޒަރުކޮށް، ސިވިލް ކޯޓުން ވަގުތީ އަމުރު ނެރެފައިވާކަން އެނގެއެވެ.

19HN3ސިވިލް ކޯޓުގެ ނަންބަރ B14/VA/2022/01 ވަގުތީ އަމުރަކީ، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ނ( އަދި )ރ( ގައި ބަޔާންކުރާ ކޯޓުތަކުގެ ހައިރާކީ ތަރުތީބުކުރެވިފައިވާ އުޞޫލާއި އަދި ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ )ހ(އ ޚިލާފަށާ ނެރެފައިވާ އަމުރެއްކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. ޤާނޫނުއަސާސީގެ 143 ވަނަ މާއްދުގެ )ނ( ގައި، ކޮންމެ ކޯޓަކަށްމެ، އެ ކޯޓެއް ހިމެނޭ މަރުޙަލާއަށްވުރާ ދަށި މަރުޙަލާއެއްގެ ކޯޓަކުން ނިންމާ ނިންމުން ބަދަލުކުރުމުގެ ބާރު ލިބިގެންވާކަމާއި، އަދި މި މާއްދާގެ )ރ( ގައް މަތި މަރުޙަލާގެ ކޯޓުތަކުން ނިންމާ ނީންމުންތަކަށ އެއަށް ވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. މއ ކޯޓުތަކުގެ ދަރަޖަ (hierachy) އޮންނަގޮތުން،މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމް ނިންމުންތަކަށް އެއަށް ވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވުމަށް ލޒިމްވާނެކަނ (judicial precedent) ދައްކުވައިދޭ މަފްހޫމެކެވެ. ސިވިލް ކޯޓުގެ ނަންބަރު B14/VA/2022/01 ވަގުތީ އަމުރަކީ ޤާނޫނުއަސާސީގެ 40 ވަނި މާއްދާގަ )ހ(އާ ޚިލާފު އަމުރެއްކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާއިރު، މ މުއްދާއަކް މުދާ ހޯދުމާއި، މިލްކުކުރުމާއި، ވާރެ ތަކުރުމާއި، ދިނުމާއި، މުދަލުން މުޢާމަލާތްކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާކަން ކަނޑައަޅާފައިވާ މާއްދާއެވެ.

20HN4ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން އިއްވާ ޙުކުމްތަކާއި ނެރޭ އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު އުފަންވާނީ އެއް މަރުޙަލާއިން މައްސަލައެއް ބެލުމުގެ ތެރޭގައި ޢަމަލުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ނަންބަރު B14/VA/2022/01 "ވަގުތީ އަމުރާމެދު ނިންމި ގޮތް" ގެ 7.4 ވަނަ ނުކުތާ މިފަދައިނ ލާޒިމުވާގޮތަށް އޮންން އޮތުމަކީ މުތުލަޤަށް، އެކަމާމެދު އިތުރު އެއްވެސް ސުވާލުކުރުމެއްނެތި އޮންނަ އޮތުމެއްނޫންކަމާއ، މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ލާޒިމުވާ ބައެއް ޙާލަތްތަކަކީ، )1( ކޯ ޓުތަކުނ ކަނޑައަޅް އުޞޫލަތައް )2 ( ސާފު އުޞޫލެއް ކަނޑައެޅިފައިނުވިނަމަވެސް، ނިންމުން ބިނާވި ސަބަބާއި ޙަވާލާދީ، އެއު ކަހަލަ މައްސަލަތަކުގައި އެއްގޮތަށް ޢަމަލުކުރުންކަމުގައި ދިވެހިރާ އްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC- A/15 )އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް( ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވެއެވެ. ޤަބޫލުކުރެވޭ ސަބަބުތަކެއްގެ މައްޗަށް ބިނާވެގެނާ ނވު . ކޯޓުން ނިންމާފައިވާ މައްސަލައެއް ނުވަތަ ނެރެފައިވ އަމުރެއް ހައިކޯޓުގައި އިސްތިއުނާފުކުރެވޭ ޙާލަތްތައް ޤާނޫނު ނަންބަރ 2010/22 )ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު(ގ 43 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިގޮތުން ޙުކުމެއް ނުވަތަ ނިންމުމެއް ދިވެހިރާއްޖޭގެ ހައް ކޯޓުގައި އިސްތިއުނާފުކުރެވޭނީ އެ ޙުކުމް ނުވަތަ ނިންމުން ބިނާކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރިނަމަ، ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ކަންކަން ހުރިނަމަ، ނުވަތަ ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިން އައު އިޖުރާއަތުގެ ސަބަބުނ އެ ޙުކުމް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވާނަމައެވެ.

21ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 43 ވަނި މާއްދާއާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އ ބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑި ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ފަދައިން، މައްސަލަ ނިންމުމުގައި މައްސަލަ ބަލާ ފަނޑިޔާރުޤާ ނޫން ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ ރިޢާޔަތް ކުރަންޖެހި މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފް އޮނުވާކަމަށ ބުނާބުނުމަކުން، ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކް ށ ފައި ނުވާކަމަށް ބުނާބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގު ޤނޫނ ގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވނެއެވެ. ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ )ށ( ގައިވަނީ ޙުކުމުގެ ނުވަތެ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އަންނަނިވި ބާވަތްތަކުންކުރ ބާވަތެއްގެ އައިބެއްގެ ސަބަބުން އެ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލް އިޖުރާއަތެއް ކަމުގައިވުން. )1( އަޑުއެހުން ބޭއްވުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފުވުން. )2 ( ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރަކީ ނުވަތަ ނިޔާވެރިއަކީ އެ މައްސަލައެއް ބެލުމަށް ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ހުރަސްއަޅާފަދަ ސަބަބެއް މެދުވެރިވެފައިވާ ފަނޑިޔާރަކު ނުވަތަ ނިޔާވެރިއަކު ކަމުގައިވުން. )3 ( ޙުކުމުގައި ނުވަތަ ނިންމުމުގައި ޙުކުމް ކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔރ ނުވަތު ނިޔާވެރިޔާގެ ސޮއި ނެތުން. )4( ޙުކުމުގެ ނުވަތަ ނިންމުމުގެ ސަބަބުތައް ބަޔާންވެފައި ނެތުން. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 "މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު"

22ދަށު ކޯޓުގެ ނުވަތު ޓްރައިބިއުނަލްގެ ނިންމުން އޮތީ ޤާނޫނާ ޚިލާފަށް ކަމަށް ބުނުމަކުން ހަމައެކަނި ނުފުދެއެވެ. ދަށު ކޯޓުގެ ނުވަތަ ޓްރައިބިއުނަލްގެ ނިންމުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނ ގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުން ކުރެ ޙާލަތެއް އޮތްކަން އެކަމުގެ ތަފްޞީލާއެކެ ހާމަކޮށްދިނުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެކެވެ. އެކަން ބަޔާންކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ޢިމާދު ޔޫސުޕް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ފާހަގަކުރަނީ ..." ހައިކޯޓަށް އިސްތިއުނާފު މައްސަލަ ހުށަހެޅުމުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތެއް އޮތްނަމަ، އެކަން ހާމަކޮށް ހުށަހެޅުމަކީ އިސްތިއުނާފު ކުރާ ފަރާތުގެ ޒިންމާއެކެވެ. އެހެނީ، ޤާނޫނެއްގެ މާއްދާއަކަށް ހ ވާލާދީ، ޖުމްލަ ގޮތެއްގައި ދަށު ކޯޓުގެ ނިންމުން ގޯސްކަމަށް ބުނުމަކުން، އެ ފަރާތުން އިސްތިއުނާފު ކުރުމުގައި އުފުލަންޖެހޭ މަސްއޫލިއްޔަތު އަދާކޮށް ނިމުނީއެއް ނޫނެވެ. ދަށު ކޯޓުގެ ނިންމުން ރަނގަޅު ނޫންކަމުގައި ބުނާނަމަ، އެފަދައިން ބުނާ ސަބަބު، ޤާނޫނުތަކުގެ މާއްދާ އަދި ޤާނޫނީ އުސޫލުތަކުގެ އަލީގައި ބަޔާންކުރުމަކީ މައްސަލައެއް އިސްތިއުނާފު ކުރަން ހުށަހަޅާ ފަރާތުގެ މަސްއޫލިއްޔަތެކެވެ. އެއީ ފަރުދެއް، މުއައްސަސާއެއް ނުވަތް ޤާނޫނަ ޝަޚުސަކަށ ވީނަމަވެސް މެއެވެ. އަދި ވަކިން ޚާއްސަކޮށް، އިސްތިއުނާފު ކުރަން ހުށަހަޅާ ފަރާތުނ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދާނަމަ، މި މިންގަނޑަށް ކަންކުރުމަކީ ޤާނޫނީ ވަކީލުގެ ޒިންމާއެއްވެސް މެއެ ވެ." އެހެންކަމުން،އައު ޤާނޫނު ބަހުސެއް ނުވަތަ އައު ހެއްކެއް ތައާރަފުކުރުމަށީ ކަނޑައަޅާ ސަބަބެއް އޮތްކަމަށް ބަޔާންކޮށް، އެކަން ހާމަކަރުމަކީ އެ ޤާނޫން ބަހުސެއް ނުވަތަ އައު ހެކި ހުށަހަޅާ ފަރާތުގެ ޒިންމއެއްކަނ ސާފެވެ.

23HN5ފަނޑިޔާރުގެ އިޚްތިޔާރީ ބާރުގެ ތެރެއިން ނިންމާ ނިންމުމެއްގެ މައްޗަށް އިސްތިއުނާފީ ކޯޓަކުން ވަންނަންވާނީ ހަމައެކަނި އަންނަނިވި ފަދަ ޙާލަތެއް އޮތްނަމަ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2022/SC-A/51 ޕްރޮސިކިއުޓަރ ޖެނެރަލް ވ. އޚމ ޤަޟިއްޔާގެ އިއްތިފާޤު ރައުޔުގައި ފަނޑިޔާރު ޙުސްނުއްސުޢޫދު ބަޔާންކުރައްވާފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/09 )ޢިމާދު ޔޫސުފު ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް( ޤަޟިއްޔާ

1. ދަށުކޯޓުގެ ފަނޑިޔާރު ގޮތް ނިންމީ ރަނގަޅުނޫން އުޞޫލކަށަ ބިނާކޮށްގެން ކަމަށްވުން؛ ނުވަތަ ދަށުކޯޓުގެ ފަނޑިޔާރު އިޚްތިޔާރުކުރި ގޮތް ނިންމުމުގައި ކަމާނުބެހޭ ކަންކަމަށް ރިޢާޔަތްކޮށްފައިވުން؛

2. ދަށުކޯޓުގެ ފަނޑިޔާރު އިޚްތިޔާރުކުރިގޮތް ނިންމުމުގައި ރިޢާޔަތްކުރި ވާގިއާތަކުގެ ޙަޤީޤަތް ދަށުކޯޓުގެ ފަނޑިޔާރަށް އޮޅިފައިއޮތުން؛

3. ދަށުކޯޓުގެ ފަނޑިޔާރު އ ޚްތިޔާރުކުރ ގޮތި ނިންމުމުގައި މައިގަނޑު ވާގިއާއަކަށ ނުވަތް ކަމަކަށް ރިޢާޔަތްކޮށްފައިނެތުން؛

4. ދަށުކޯޓުގެފަނަ ޑިޔާރު އިޚްތިޔާރުކުރި ގޮތުގެ ސަބަބުން އެކަށީގެންނުވާ ކަމެއް ނުވަތަ ބޭއިންސާފެއް މެދުވެރިވެފައި އޮތުން، މިއެވެ.

24ސިވިލް ކޯޓުގެ ނަންބަރު B14/VA/2022/01 ވަގުތީ އަމުރު ކ، ވަގުތީ އަމުރާއި ގުޅޭ އުޞޫލުތަކާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2021/SC-A/21 ނެކްސްބިޒް ލިމިޓެޑް )އޮސްޓްރޭލިއާ( ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ވަގުތީ އަމުރު ނެރުމުގައި ބަލަންޖެހޭ ޝަރުޠުތައް ތަޠުބީޤުކޮށް، ފަނޑިޔާރު ނިންމާ ނިންމުމެކެމެވެ. މި ނިންމުމަކީ ޤާނޫނުއަސާސީގެ 143 ވަން މާއްދާގަ )ނ( އަދި )ރ( އާ ޚިލާފު ނިންމުމެއްކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާއިރު، މި ނިންމުން މަތީ މަރުޙަލާގެ ކޯޓުނ ނިންމާފައިވާ ނިންމުމާއި ޚިލާފުވެފައިވާ ގޮތެއް އިސްތިއެ ނާފުކުރާ ފަރާތަކަށް ބުނެދެވިފައެއްނުވެއެވެ. ސިވިލ ކޯޓުނު ނިންމާފައިވާ މި ވަގުތީ އަމުރުގެ ސަބަބުން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރ 2021/HC-A/05 ބިގް ސްޓޯނ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ހަބީބު ބޭންކް ލިމިޓެޑް ޤަޟިއްޔާގެ ނިންމުމަށް ފުރުއަރާގް ތެއް ނުވަތަ މި ނިންމުން ތަންފީޛޮ ކުރުމަށް އޮތް ހުރަހެއް އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިނުވާއިރު، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ނ( އާއި )ރ( ގައިވާ ގޮތުގެ މަތިން ކޯޓުތައް ދަރަޖަކޮށްފައިވާ ގޮތުން މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާ އުޞޫލަތަކާއި، އަދި ސާފު އުޞޫލެއް ކަނޑައެޅިފައިނުވިނަމަވެސް، ނިންމުން ބިނާވި ސަބަބާއި ޙަވާލާދީ، އެއް ކަހަލަ މައްސަލަތަކުގައި އެއްގޮތަށް ޢަމަލުކުރުމުގެ މައްޗަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުންތަކަށް އިސްކަންދޭވޭނެތީ، ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރ 2021/HC-A/05 ބިގް ސްޓޯން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ހަބީބު ބޭންކް ލިމިޓެޑްޤަޟއްޔާ ތަންފީޛި ކުރުމަށް ހުރައެއް އޮތްކަމުގައި ނުދެކެމެވެ.

25HN6އިސްތިއުނާފުކުރެވިފައިވާ ވަގުތީ އަމުރަކީ ޤާނޫނުއަސާސީގެ 40 ވަނި މާއްދާއާ ޚލާފި އަމުރެއްކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. މުދާ ހޯދުމާއި، މިލްކުކުރުމާއި، ވާރުތަކުރުމާއި، ދިނުމާއި، މުދަލުން މުޢާމަލާތްކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމްލިބިގެނވާކަން މި މާއްދާއިން ކަނޑައަޅާފައިވާއިރު، އަލްމަރުޙޫމް މުޙައްމަދް މަނިކުގ މުދާ ތަރިކަ ގޮތުގައި ބަލާ ވާރިޘަންނަށް ޙައްޤުވާނީ މަރްޙޫމްގެ ދަރަނިތައް އ ދާކޮށް، ދަރަނިތައް ޚަލާޞްވުމުނ ކަމުގައި ސިވިލް ކޯޓުގެ ނަންބަރ 1050/Cv-C/2019 ޤަޟިއްޔާއިންނާއި ފެމިލީ ކޯޓުގެ ނަންބަރު 926/Fm-C/2019 ޤަޟިއްޔާ އިން އެނގެން އޮތުމުން، ވި ރިޘީ ންނަށް އަލްމަރްޙޫމް މުޙައްމަދު މަނިކުގެ މުދާ ތަރިކައިގެ ގޮތުގައި ބެލެވޭނީ އަދި މުދާ ޙައްޤުވެ މުދަލާއި ގުޅޭ ގޮތުން މުޢާމަލާތުކުރެވޭނުއަލެ މަރްޙޫމް މުޙައްމަދު މަނިކގުނަމުގައ އޮތި ދަރަނިތައް ޚަލާޞްވުމުންނެވެ. ވާރިޘް ންގެ މައްޗަށ މިނޫނ ޙާލަތެއް ވުޖޫދުވެފައިވެ ކަމެއާ އަދ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގައި ބަޔާންކުރާ ޙައްޤު ވާރިޘުންނަށް ލިބިދެވޭންޖެހޭ ގޮތެއް އިސްތިއުނާފުކުރާ ފަރާތަކުން ހާމަކޮށްފައެއްނުވެއެވެ.

26އެސްތިއުނާފުކުރެވިފައިމިވާވަގުތީ އަމުރު ނ ރެމުގައ ފަނޑިޔާރި ތަޠުބީޤުކޮށްފައިވި ނ ނުރަނގަޅު އުޞޫލެއްކަމެއް، ނުވަތަ ކަމާ ނުގުޅޭ ކަމަކަށް ރިޢާޔަތްކޮށްފައިވާނަމަ އެކަމެއް، ނުވަތަ ފަނޑިޔާރު ވަކި ވާގިއާއަކަށް ރިޢާޔަތްކޮށްފައިނުވާކަމެއް، ނުވަތަ ފަނޑިޔާރު ރިޢާޔަތްކުރި ވާގިއާގެ ޙަޤީޤަތް ފަނޑިޔާރަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/15 )އިބްރާހީމް ޢަބްދުލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް( އޮޅިފައިވާކަމެއ ނުވަތް ފަނޑިޔާރު ނިންމި ން ންމުމުގެ ސަބަބުން އެކަށީގެންނުވާ ކަމެއް ނުވަތަ ބޭއިންސާފެއި އިސްތިއުނާފުކުރު ފަރާތަށް ކުރިމަތިވެފައިވާނަމަ، އެކަމެއް އިސްތިއުނާފުކުރާ ފަރާތުނ ބަޔާންކޮށްދީފައެއްނުވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2022/SC-A/51 ޕްރޮސިކިއުޓަރ ޖެނެރަލް ވ. އޚމ ޤަ ޟިއްޔާގައި ކަނޑައަޅާފަދަ އިސްތިސްނާއީ ޙާލަތެއި އޮތްކަން ބުނެދިނުމަކީ، އިސްތިއުނާފުކުރި ފަރާތުން އުފުލަންޖެހޭ ބުރައަކަށްވާއިރު، އިސްވެ ބަޔާންކުރަނިވި ކަންކަމަށް ޙަވާލާދީ، މ މައްސަލައިގައ އިސްތިއުނާފުކުރި ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުންނާއ އަދި ދައުވާގައި ދައްކާފައިވާ ވާހަކަތަކުން، އެފަދަ އިސްތިސްނާއީ ޙާލަތެއް މި މައްސަލައިގައި އޮތްކަން އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިނުވާތީ، ސިވިލް ކޯޓުގެ ނަންބަރ B14/VA/2022/01 ވަގުތީ އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް އޮތް ކަމުގައި އަހުރެން ނުދެކެމެވެ.

27HN7ފެމިލީ ކޯޓުގެ ނަންބަރު 926/Fm-C/2019 ޤަޟިއްޔއިނާ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ އިތުރުން ބޭންކ އޮފް މޯލްޑިވްސް ޕލކ އާއި ހަބީބް ބޭންކް ލިމިޓެޑަށްވެސ އަލްމަރްޙޫމް މުޙައްމަދް މަނިކު ދައްކަންޖެހޭ ގިނަ އަދަދއްގެފައިސާ ހުރިކަން އެނގްއެވެ . ދިވެހިރާއްޖޭގެ ސުޕރީމ ކޯޓުގް ނަންބަރ 2018/SC-A/31 އަޙްމަދު ޝިޔާޛް އަދި އެހެނިހެން ފަރާތްތައް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައިވަނީ ސިވިލް ކޯޓަށް ނުވަތަ ފެމިލީ ކޯޓަށް މައްސަލައެއް ހުށަހެޅިފައިވަނިކޮށް، އެ މައްސަލައިގައި ހިމެނޭ ޚަސްމުންގެ ފަރާތުން އ ޚުސޫމަތ ނުވަތާ އެކަމާބެހޭ ނުވަތަ އެ މަޢުޟޫއާ ގުޅޭ އެހެން މައްސަލައެއް ހުށަހަޅައިފިނަމަ ހުރިހާ މައްސަލަތަކެއް އެއް ފަނޑިޔާރު ބެލުމަށެވެ. އަދި އެ މައްސަލަތަކަށް ވަކި ޤަޟިއްޔާ ނަންބަރެއް ދިން ނަމަވެސް، ހުރިހާ މައްސަލައެއް އެކުއެކީގައި ނިންމައި، އެ މައްސަލަތއ އެއް ރިޕޯޓެއްގައި ލިޔުމަށެވެ. އބމ ގެ 13 ވަނަ ނުކުތާ ފެމިލީ ކޯޓުގެ ނަންބަރު 926/Fm-C/2019 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓު"ގެ 4 ވަނަ ނުކުތާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2018/SC-A/31 )އަޙްމަދު ޝިޔާޛް އަދި އެހެނިހެން ފަރާތްތައް ވ. ފުރަނަ ހޯލްޑިނެ ގްސ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގެ 13 ވަނަ ނުކުތާ

28ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު )ގަވާއިދު ނަންބަރު: 2022/R-105(ގެ 30 ވަނި މާއްދާގައި ދެ ދަޢުވާގައި ނުވަތަ ދެ މައްސަލައިގައިވެސް ހިމެނޭ ސުވާލަކީ އެއް ސުވާލެއްނަމަ، ނުވަތަ އެއް ޤަޟިއްޔާގައ ކުރާ ޙުކުމުން އަނެއް ޤަޟިއްޔާގެ ޙުކުމަށް އަސަރުކުރާނެނަމ ނުވަތަ އެއަ މައެސަލަ ނިމުމުން އަނެއް މައްސަލަވާސް ނިމޭނެކަމަށްވާނަމަ، ދެ ޤަޟިއްޔާއަކުން ކޯޓަށް ހުށަހެޅިފައިވާ ދެ މައްސަލައެއް ނުވަތަ ދ ދަޢުވާއެއް ބަލައި ޙުކުމްކުރަންވާނީ، ދެ ޤަޟިއްޔާ އެއްކޮށް، އެކުއެކީގައި ކަމުގައި ބަޔާންކުރެއެވެ.

29މި މައްސަލައިގައި ޙަޞްމުންގެ ވާހަކަތަކުންނާއި ފެމިލީ ކޯޓުގެ ނަންބަރު 926/Fm-C/2019 ޤަޟިއްޔާއިން އަލްމަރްޙޫމް މުޙައްމަދު މަނިކުގެ މައްޗަށް ސާބިތުވެފައިވާ ދަރަނިތަކާއ ގުޅި ތަފާތު މައްސަލތައަ ސިވިލް ކޯޓަށް ހުށަހެޅި، އަދި ބައެއް މައްސަލަތަކުގީތަންފޛްމަރުޙަލާ ކުރިއަށްދާކަން ފާހަގަކުރެވިފައިވެއެވެ. އަދި މީގެނ ބައެއް ތަންފީޛީ މައްސަލަތައް ކުރިއަށްދަނީ ސިވިލް ކޯޓުގެ އެކި ސެކްޝަންތަކުގައ ކަމުގައާޙަސްމުން ބުނެފައިވެއެވެ. އަލްމަރްޙޫމް މުޙައްމަދު މަނިކު ބޭންކްތަކަށް ދައްކަންޖެހޭ ފައިސއާއ ގުޅި މ އްސަލަތައަ ތަފާތު ތަންފީޛުކުރުމާބެހޭ ޑިވިޜަނުން ބަލާނަމަ، ދަރަނި ޚަލާޞްކުރުމުގެ ގޮތުން އަލްމަރްޙޫމް މުޙައްމަދު މަނިކުގެ މުދާތަކާއ ގުޅި ގޮތުން އަޅާ ފިޔަވަޅުތައް އެއްގޮތްކުރުމުގައި އޮޅުންބޮޅުން އަރައި، ފިޔަވަޅު އެޅުމުގައި ފަރަޤުވެ، އެއް އުޞޫލަކުން ޢަމަލުކުރު މަށ ނުކުޅެދުމުގެ އިހުތިމާލު އޮތުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2018/SC-A/31 އަޙްމަދު ޝިޔާޛް އެހެނިހެން ފަރާތްތައް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑގް ޤަޟިއްޔާގައިވާ ފަދައިން ބަޔާންކުރަނިވި މައުޟޫއުގައި ހިމެނޭ މައްސަލަތައް ހިންގަންޖެހޭނީ އެކުއެކީގައި، އެއް ތަންފީޛުކުރުމާބެހ ޑިވިޜަނުން ކަމުގައި ދެކެމެވެ.

ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު

30ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ފާޠިމަތު ފަރްހީޒގާ ރައުޔު

31ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

32މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ.މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި،އިސްތިއުނާފުކުރަންޖެހ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތު ނިމުން ގޮތުގު ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނ ނަންބަރު 2021/32(ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ހ( މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ށ( މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ނ(

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ